ތުއި ހިނގުމެއްގައި ފޮނި ގޮތަކަށް ހިނގާފައި އައިސް ވޯޑުން އެތެރެއަށް ވަން އާރާ ފެނި އީޝަލްގެ ލޭ ކެކިގަތެވެ. ބާރު ހިނގުމެއްގައި އޭނާ އާރާ އާ ދިމާލަށް ހިނގައިގަތީ ނޫރިޝް އާ ދޭތެރޭ ކަންތައް ކުރި ގޮތް ހިތަށް އެރުމުން ނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އާރާގެ ކޯތާފަތް މަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހި އެވެ. ވޯޑުން ވަދެގެން އައި އާރާގެ މޫނުމައްޗަށް އަނދިރި ވީ އަރައިގަތް ދިލަ ތަދަށް ކެތް ނުކުރެވުމުން ނެވެ. މީހާ ހަމައަކަށް އެޅިލުމަށްފަހު ކޯ މަތީގައި އަތް އަޅައިގެން ހުރެ ކުރިމަތި ބަަލާލީ ވީކީތް ތޯ ބަލާލުމުގެ ނިޔަތު ގައެވެ. ކުރިމަތީގައި ދެ ބުމަ ގޮށް ޖަހައި ލައިގެން ރުޅި އައިސް ރަތް ވެފައި ހުރި އީޝަލް ފެނުމާއިއެކު އާރާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. އެއް ފަހަރު އީޝަލް އާ ދިމާލަށް އަނެއް ފަހަރު އަނގަ މަތީގައި އަތް އަޅައިގެން ދެ ލޯ ބޮޑު ކޮށްލައިގެން ދުރުގައި ހުރި ނޫރާ އާ ދިމާލަށް ބަލަން ހުރެފައި ކޯމަތީގައި އަޅައިފައި އޮތް އަތް ނަގާ އީޝަލްގެ ގައިގައި ޖަހަން މަޅާލި ވަގުތު ފަހަތުން މީހަކު އައިސް އާރާގެ އަތުގައި ހިފަހައްޓާ ބާރަށް ފޮޅުވާލި އެވެ. ވީ ތަދުން އާރާއަށް އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނެވެ. އަތަށް ތަދުވެފައިވާ ކަން އާރާގެ ދެ ލޮލުގެ ތެރޭގައި ބޮނޑިވެފައިވާ ތާޒާ ކަރުނަތައް ހެކިވެ އެވެ. ނަމަވެސް އާރާ ކަހަލަ ހިތެއް ނެތް އަނިޔާވެރިންނަށް އަނިޔާ ހައްޤެވެ. އާރާ އެއްފަރާތަކަށް ކޮއްޕާލުމަށްފަހު އީޝަލް ފަހަތް ބަލާލީ އާރާގެ އަތުގައި ހިފެހެއްޓީ ކާކު ތޯ ބެެލުމުގެ ޝައުގު ހިތުގައި އޮތްލެއް ބޮޑު ކަމުންނެވެ. އަތުގެ މުލައްދަނޑިން އެއީ ފިރިހެނެއް ކަން ޔަގީންވި ނަމަވެސް ކާކު ކަމެއް ނޭނގުނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ފަހަތް ބަލާލި ވަގުތު ކުރި މަތިން މާޝަލް ފެނުމުން ދިޔައީ ސިއްސައިގެންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާޝަލްއަށް ހިނިތުންވެލަމުން އީޝަލް އެ ދިމާލަށް ބަލަހައްޓައިގެން ހުރި އާރާ ކައިރިއަށް ޖެހިލިއެވެ. ކުރިމަތީގައި ހުރި މީހާއަށް އީޝަލް ހިނިތުންވެލިގޮތުން އެއީ އޭނާ ދަންނަ މީހެއްކަން އާރާއަށް އިނގުނެވެ. ރަނގަޅަށް ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ބަލާލުމަށްފަހު އީޝަލްއަށް ބަލާލެވުމުން ދެ މީހުންގެ އެއް ގޮތް ސިފަތަކެއް ހުރި ކަން ފާހަގަ ވިއެވެ. އެ ވާނީ އީޝަލްގެ ބޭބެ އަކަށޭ އާރާގެ ހިތް ބުންޏެވެ. ” ކަލޭ ލަދެއް ނުގަނޭ ތަ… ނޫރިޝް އެހެން ހަދާފަ މި ތަނަށް އަންނާކަށްވެސް ” އީޝަލް ހުރީ ރުޅި އައިސްގެން ގޮސް ހަލާކު ވާވަރު ވެފަ އެވެ. ” އަހަރެން ނޫރިޝްއަށް ކީތްތަ ކުރީ… ” އާރާ ހީކުރީ އެއްވެސް މީހަކަށް އޭނާ ގެ އަދިރިފަރާތް ނޭނގޭ ކަމަށެވެ. އެކްޓްކޮށްގެން މީހުންގެ ހިތް އަތުލަންވެސް އެއަށްވުރެ މޮޅު މީހެއް ހުރެދާނެ ހެނެއް ހިއެއް ނުވެއެވެ. އޭނާގެ ފޭކު ކަރުނައިން އެހެން މީހެއްގެ ހިތް އަތުނުލެވުނު ނަމަވެސް ވާނުވާ ނޭނގިފައި ހުރި މާޝަލްގެ ހިތް ފަތަހަކޮށްލީ ކާމިޔާބުކަމާއި އެކު ގައެވެ. ” ދަރިފުޅާ! ކީކޭތަ ތި ކިޔަނީ… ” މާޝަލްގެ މޫނު މަތިން އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަން އިނގެއެވެ. ފޫހިވީ ވަރުން އީޝަލްއަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. މާޝަލް ދަރިފުޅާ އޭ ކިޔާ އީޝަލްއަށް ގޮވާލުމުން އާރާ ދިޔައީ އެއްލިގެން ނެވެ. ފާޑަކަށް މާޝަލްގެ މޫނަށް […]
ކަޅުހުއްތުބޭގެ ދުލުން ބޭރުވި ލަފްޒުތައް ނޫރާގެ ކަންފަތާއި ހަމަ އަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގަ އެވެ. ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނު އިރު ދެލޮޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ އެވެ. މަޑު ގިސްލުމެއްގެ އަޑު އިވިފައި ދެން ފެނުނީ އަނގަ މަތީ އަތް އަޅައިގެން ހުރެ ބާރަށް ރޮއެގަތް ތަނެވެ. އޭނައަށް ހިތުގެ އުދާސްތައް ބޭރުކޮށް ނުލާ ކެތްނުވީ އެވެ. ނޫރާއަށް އޭނާގެ އެއްބަނޑު އެއްބަފާގަައި ހުރި ހަމައެކަނި ކޮއްކޮ ނައިރާ އޭނާ ދެކެ ވަރަށް ރުޅި އަންނަ ކަން އިނގެ އެވެ. އަދި އިންތިހާއަށް ނަފްރަތު ކުރާކަން ވެސް އިނގެއެވެ. ނަމަވެސް އޭނާ ދެކެ އަންނަ ރުޅިއެއްގެެ ޝަޒާ ނޫރިޝްއަށް ދޭން ޖެހުނު ސަަބަބެއް ނޫރާއަކަށް ނުވިސްނު ނެވެ. ނައިރާ ކަންތައް ކުރި ގޮތުން ނޫރާ އިންތިހާއަށް ދެރަވެ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ދަރިފުޅަށް ސިހުރު ނުހަދާ އޭނާއަށް ސިހުރު ހެދި ނަމަވެސް އެކުރާ ނަފްރަތަށް ބަދަލު ހިފުނީސް ތާއޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާގެ މަންމައަށް މި ދުވަސް ދެކެން ޖެހުނު ނަމަ ދެރަވެގެން ގޮސް ހިތްހުއްޓި ދާނެ ކަން ޔަގީނެވެ. ވާނީވެސް އެހެންތާ އެވެ. ހަމައެކަނި ތިބި ދެދަރިން އާއިލީ ގުޅުން ކަނޑާލައި ރުޅި ހަދާލައިގެން އުޅޭ މަންޒަރު ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟. މި ދުވަސް ފެނުމުގެ ކުރިން މަންމަ މި އަމިއްލަ އެދުމުން ފޯވެފައިވާ ދުނިޔެ އާ އަލްވަދާއު ކީ ކަން ނަސީބޭ ފުރަތަމަ ފަހަރަށް ނޫރާގެ ހިތަށް އެރިއެވެ. ނޫރާއަށް ހޭވެރިކަންވީ ކަޅުހުއްތުބޭ ކުރިންވެސް ކުރިމަތި ކުރުވި ސުވާލު ތަކުރާރު ކުރުމުން ނެވެ. ” އާނ… އޭނަ އަހަންނަށް ވަރަށް ނަފްރަތު ކުރާނެ… ” ގިސްލެވޭ ހާލު ރޮވިފައިވާ އަޑަކުން ވަރަށް އަސަރާއެކު ނޫރާ ޖަވާބު ދިނެވެ. ” ކީއްވެ… ” ނޫރާ ޖަވާބު ދިން އިރު އަޑުގައި ހުރި އަސަރަކުން ކަޅުހުއްތުބޭގެ ހިތުގައި ވީގޮތް އެނގުމުގެ ޝައުގު އިތުރުވި ކަހަލަ އެވެ. […]
ނަމަވެސް އީޝަލްއަށް ނޭނގުނު ކަމަކީ އޭނާގެ ދެބެންގެ ދެދަރިކުއްޖާއަށް ދިމާވި ހާލަތާއި ނޫރިޝްގެ ހާލަތާ އުޑާއި ބިމާހާ ތަފާތު ވާނެކަމެވެ. އިޝާ އާއި ނޫރާ އީޝަލް އިން ދިމާލަށް އެނބުރުމުން އަތުގެ ނުފުށުން ކަރުނަ ފުހެލުމަށްފަހު ގަދަކަމުން ތުންފަތް މައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވިއެވެ. ” ދަރިފުޅާ! ހިނގާ ގެއަށް ދާން… މިހާރު އެއޮށް ދިހައެއް ޖަހަންއުޅެނީ… މާދަމާ ސްކޫލަށް ވެސް ދާން ޖެހޭނެއްނު… ” އިޝާ އައިސް އީޝަލްގެ އަތުގައި ހިފައި ތެދުކުރަމުން ބުނެލިއެެވެ. އަދި ދޮރާއި ދިމާލަށް ހިނގައިގަތީ ނޫރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައެވެ. ނޫރާވެސް ރައްދުގައި ހިނިތުންވެލިއެއް ކަމަކު އެ ހިނިތުންވުމުގެ ފަހަތުގައިވާ ވޭން އިޝާ އަށް […]
ބަލާކަށް ނުހުރެ އީޝަލް ގޮސް އެ ދޮރު ފޮތިގަނޑު ކަހާލިއެވެ. ނޫރާ އީޝަލް އަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. އޭނާ އެ ދޮރުފޮތިގަނޑު ކަހާލަ ދޭން ކިތަންމެ ބޭނުންވިޔަސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގެ ތެރޭގައި ވަށާލުމުން މުޅި މީހާ ފިނޑިވެ ހާސްވީއެވެ. އީޝަލް އައިކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. ނޫން ނަމަ އޭނާގެ ދަރިފުޅަށް ވާނެ ގޮތެއްވެސް ނޭނގުނެވެ. ވަގުތުން ކަޅުހުއްތުބޭ ކައިރި ގޮސް މި ވާގޮތެއް ބަލަން ނޫރާ ގެ ކިތް އެދެމުން ދިޔައެވެ. ނަމަވެސް ދެ ނަމާދު ދޭތެރޭގައި ބޭރަށް ނިކުތުން ރަނގަޅު ނުވާނެތީ އިޝާގެ ފަހުން ދާން ނިންމިއެވެ. ދޮރުފަތިގަނޑު ކަހާލި ފަހުން ނޫރިޝްގެ ކިބައިން އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޮޑު ކަމެއް ކުރިމަތިވެފައިވާ ކުއްޖެކޭ ފެންނަ މީހަކު ނުބުނާނެ އެވެ. އީޝަލް އާއި ދެމީހުން ސަކަރާތް ޖަހަން ތިބި މަންޒަރު ބަލަން ނޫރާ ހުރީ ހިނިތުންވެފައެވެ. އީޝަލްގެ ކައިރީގައި އިޝާ ނަމާދު ކޮށްލައިގެން ހޮސްޕިޓަލަށް އައިސް ދޭން ނޫރާ އެދިފައި އޮތުމުން އީޝަލް ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ. ކަކުލާ ހަމައަށް އަންނަ ރަތް ކުލައިގެ ގަމީހަކާއި އެކު އައިސް ބުލޫ ޖިންސެއް ލާ ނޭވީ ބްލޫ ކުލައިގެ ޝޯވލްއެއް އަޅައިގެން ހުރި އިރު ހީވަނީ ސާދަ ވިލޭރޭގެ ހަނދު ބިމަށް ފައިބައިފައި ހުރި ހެންނެވެ. އެހާވެސް އީޝަލް ފުރިހަމަ އެވެ. ހަރުގަނޑުން ކަޅުކުލައިގެ ހައިހީލްއެއް ނެގުމަށްފަހު އެއަށް އަރައިގެން އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ. ވޯޑަށް ވަދެގެން އައި އީޝަލް ފެނުމާއިއެކު ނޫރާ އިން ތަނުން ތެދުވެ އީޝަލް އަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ” އީޝްއަށް އިނގޭތަ އީޝް އެގަޑީ ކާރޓެެއިން ކަހާލީމަ އޭތި ބުނީ އީޝް މަރާލާނަމޯ… އަހަރެން ވަރަށް ދެރަ ވާނެ އަހަރެންގެ ސަބަބުން އީޝް ދެރަ ގޮތެއްވެއްޖިއްޔާ… ” ނޫރާ ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ދެރަވެފައިވާ މޫނަކާއިއެކު ނޫރިޝް ބުނެލިއެވެ. ” އެއްކަލަ ނޫ… އަހަންނަށް ކަމެއްވެއްޖެތަ… ދެންމެވެސް މިއައީ އެކަނި… ގަބުރުސްތާނު ކައިރިން ހިނގާލާފަ… ނުވެއެއްނު ކަމެއް… ނޫ މާ ބިރުން އުޅޭތީ އޭ އޭއްޗަށް ބިރު ދައްކަން ކެރެނީ… ތަންކޮޅެއް ކޫލް ކޮށް އުޅެބަލަ… އެއް އިރަކުވެސް ނޫ އަކީ ފިނޑި ކުއްޖެއް ނޫނެއްނު ދޯ… ދެން ނުވެސް ގުޅޭ ތިހެން ބިރުން އުޅެންޏަކާ… އަހަރެން ގޮތަށް އުޅެބަލަ… ” އީޝަލްގެ ބޭނުމަކަށް ވީ ނޫރިޝްގެ މޫޑު ރަނގަޅު ކޮށްލުމެވެ. އެކަން ވަރަށް ރަނގަޅު ކާމިޔާބުވެސް ވިއެވެ. ދެމީހުން ގަޔާ ވެފައި ސަކަރާތް ޖަހަމުން ދިޔައީ ކުޑަކުދިން ތަކެއް ފަދައިންނެވެ. ބިރުވެރި ފަޅު ގޮތަކަށް ބޭރުން ފެންނަން ހުރި ކަޅުހުއްތުބޭގެ ގެ ކަމަށްވާ ‘ މެޖިކަލް ވޯރލްޑް ‘ ގޭގެ ދޮރުން އެތެރެއަށް ވަންނަމުން ނޫރާ ސަލާމް ގޮވާލިއެވެ. އެތެރެއިން ސަލާމް ބަލައިގަތް އަޑު އިވުމުން ނޫރާ އެތެރެއަށް ދާން ހިނގައިގަތީ ހިތާ ހިތުން އެގޭގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. ގޭގެ ބޭރުން ކިތަންމެ އާސާރީކޮށް ފެނުނު ނަމަވެސް އެތެރެ ހީވަނީ ހިންދީ ޑްރާމާ ތަކުގައި ފެންނަ ކަހަލަ ގެއެއް ހެންނެވެ. އެހާވެސް އެގެ ފުރިހަމަ ވެފައި ނަލަ އެވެ. ފުޅާ ދިގު ކޮރިޑޯއިން ހިންގާލާފައި ދާއިރު ކަނާތް ފަރާތުން ފެންނަން އޮތް މާ ބަގީޗާއިން އެ ދިރުމެއްނުވާ ގެއަށް ދިރުން ގެނެސްދީފައިވާ ފަދައެވެ. ކޮރިޑޯ ހުރަސްކޮށްފައި ގޮސް ކުރިމަތިން ފެންނަން ހުރި ދޮރުން އެތެރެއަށް ވަތް އިރު އެތާ ހުރި ތިން ސޯފާސެޓްގެ ތެރެއިން އެއް ސޯފާ ސެޓްގައި ނޫހެއް ހިފައިގެން ކަޅުހުއްތުބޭ އިނެވެ. ނޫރާ އަށް އެތެރެ އަށް ވަންނަން ނުކެރުމުން ދޮރުމަތީ ގައި ހުރެ އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. ”ވައަލައިކުމުއްސަލާމް” ސޯފާއިން ތެދުވަމުން ކަޅުހުއްތުބޭ އޭނާގެ އަތުގައި އޮތް ނޫހުން ނަޒަރު ވަކިކޮށް ދޮރާ ދިމާލަށް ބަލާލިއެވެ. ” އަނހަ… ކީއްކުރާ ކުއްޖެއް… އަވަހަށް ވަދޭ… ” ކިބުރުވެރި ކަމެއް ބޮޑާވެރި ކަމެއް ނެތް ހިތްހެޔޮ އަޑަކުން ކަޅުހުއްތުބޭ ބުންޏެވެ. ކިތަންމެ މުއްސަނދި ނަމަވެސް ބޮޑާވެރި ކަމެއް ނެތް މީހެއްކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާ ހީކުރީ މުއްސަނދި ވެއްޖިއްޔާ ކޮންމެ މީހަކީވެސް ވަރަށް ބޮޑާ ކިބުރުވެރި މީހެއް . ކަމަށެވެ. ނަމަވެސް އެއީ މުޅިން ތެދެއް ނޫން ކަން ކަޅުހުއްތުބޭ ޔަގީން ކޮށްދީފިއެވެ. ” އަނހަ ކޮން ކަމަކު އައި ކުއްޖެއް…”. ހިތްހެޔޮ އެކުވެރި އަޑަކުން ކަޅުހުއްތުބޭ އަހާލީ ހިނިތުންވުމަކާއި އެކުގަ އެވެ. ” އަޅުގަނޑު މިއައީ ކަޅުހުއްތުބޭ ކައިރީ ކަމަކު ކިޔަންވެގެން… ް ” ނުކެރިފައި ހުރި ގޮތަކަށް ނޫރާ ބުނެލިއެވެ. ” އަނެއްކާ ކިހިނެއް ވީ… ” ނޫރާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލަހަށްޓައިގެން ހުރެ ކަޅުހުއްތުބޭ އެހިއެވެ. ނޫރާގެ މޫނު މަތިން ފެނުނު ހާސްކަމުން އެކިޔަން އުޅެނީ ކުޑަ ކަމަކު ނޫންކަން ކަޅުހުއްތުބެއަށް އިނގުނެވެ. […]
ފުން ވިސްނުމެއްގައި ހުރެ ގޮސް ވޯޑަށް ވަތް ނޫރާ ގެ ދެ ލޯ ބޮޑުވެ އަތް ތުރުތުރު ލާން ފެށީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ނެވެ. ދެ ލޯ ފެންކަޅި ވީ ހިތަށް ކުރި ފުން އަސަރަކުން ނެވެ. ނޫރިޝް އެކޭ ބުއްދި ހަމަ ނުޖެހޭ މޮޔަ އެކޭ އެއްވަރެވެ. އެނދު މަތީގައި ބޯ ހާވައިލައިގެން ދެ ފައި ވައް ކޮށްލައިގެން އެކަނި އިނދެ ވާހަކަ ދައްކަމުން ދިޔަ އިރު ދޭތެރެ އަކުން ޖަހާލާ ބާރު ހިނިގަނޑުން މާހައުލުގެ ހިމޭން ކަން ނަގާލަ އެވެ. ހީވަނީ އެހެން މީހުންނަށް ނުފެންނަ މީހަކު ނޫރިޝް އަށް ފެންނަނީ ހެންނެވެ. ނޫރާ އަށް ފެންނަމުން ދިޔަ މަންޒަރުން ހިތުގެ ހިނގުން ހުއްޓުނު ހެން ހީވިއެވެ. މަންޒަރު ފުސްވީ ލޮލަށް ކަރުނަ ޖަމާވުމުން ނެވެ. އަނެއް ފަރާތަށް އެނބުރި ރޮވޭ ހާލު ދުވެފައި ދިޔައީ ޑޮކްޓަރަށް ގޮވާށެވެ. ޑޮކްޓަރު ގެ ކޮޓަރީގެ ދޮރު ގައި ޓަކި ޖެހުމުމުން އެތެރެއިން ވަންނާށޭ ބުނި އަޑު އިވުނެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް ނޫރާ އެތެރެ އަށް ވަދެ ނޫރިޝް ގެ ހާލަތު ކިޔައިދިނެވެ. ޑޮކްޓަރާއި އެކު ވޯޑަށް ދިޔަ އިރު ނޫރިޝް މުޅި ތަން ވަށައިގެން ދުވަނީ އެވެ. އަތު ޖެހުނު އެއްޗެއް އުކަމުން ނެވެ. އެވަގުތު ވޯޑު ގައި އެއްވެސް މީހަކު ނެތް ކަން އެއީ ނަސީބެކޭ ނޫރާ ގެ ހިތަށް އެރިއެވެ. ޑޮކްޓަރު ގޮވާލުމާއި އެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ނޫރިޝް އައިސް ކުރިމަތީ ހުއްޓުނެވެ. ދެން ފެނުނީ ބަނޑުގައި އަތް އަޅައިގެން އޮވެ ހޭތަނެވެ. ނޫރާ އަދި ޑޮކްޓަރު ވެސް ހުރީ ހައިރާން ވެފައެވެ. ”ތުތީ ވެސް ދޯ! މިހާރު ހީހީ ބަނޑަށް ވެސް ތަދު ވެއްޖެ އޭ! ދެން ތުތީ ތި ގިލިގިލި ނު ކޮށްޓަ ބަލަ! ” ނޫރިޝް ހެމުން ހެމުން ކިޔަމުން ދިޔަ އެވެ. ހުނުން ހުއްޓާލުމަށްފަހު ނޫރިޝް މިސްރާބު ޖެހީ އެތަނުން އެނދަކާއި ދިމާލަށެވެ. ހީހީ ބަލިވުމުންނެވެ. ދަމުން ވެސް އިރު އިރު ކޮޅުން މި ތުތީ ގެ ކަންތަކޭ ބުނެލާ އަޑު އިވެ އެވެ. ނޫރާ އާއި ޑޮކްޓަރަށް ނޫރިޝް ކައިރި އަށް ދާން ހިނގައިގަނެވުނީ އެކީގަ އެވެ. ޑޮކްޓަރު ނޫރިޝްގެ ޗެކަޕް އެއް ހަދާ ބަލި ފެނޭ ތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ދޭތެރެ އަކުން ނޫރިޝް އާ ވެސް ސުވާލު ކޮށްލަނީ އިތުރު ކުރި އެރުމެއް ލިބޭތޯ އެވެ. ނަމަވެސް ނޫރިޝް ގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ދެނީ ސުވާލާ ނުގުޅޭ ޖަވާބު ތަކެވެ. ނުވިސްނޭ ވަރު ކުޑަ ކުއްޖެކޭ ނޫރިޝް އެކޭ މިހާރު އެއްވެސް ތަފާތެއް ނެތެވެ. އެރޭ ނިދަން އޮވެގެން ވެސް ނޫރާ ކައިރީގައި ނޫރިޝް ދެއްކީ ކޮންމެސް ތުތީ އެއްގެ މަޖާ ވާހަކަ އެވެ. ކަނޑާފައި ނުކަނޑާކަށް ފޮންޏެއް ނެތެވެ. ނޫރާ ފޫހި ކަމެއް ނެތި އެ ވާހަކަ ތައް އަޑު އަހަން އިން ނަމަވެސް ސިކުނޑި ތެރޭ އެތައް ބައިވަރު ސުވާލެއް ބުރު ޖަހަމުން ދިޔަ އެވެ. ނޫރިޝް ބުނެލާ ކޮންމެ ލަފްޒަކާއި އެކު ސިކުނޑި ތެރޭ އުފެދޭ ސުވާލުތައް ގިނަވެ އެވެ. އެންމެ ފަހުން ސިކުނޑި ތެރޭގައި އެންމެ ގިނައިން ބުރު ޖަހަމުން ދިޔަ ސުވާލު ނޫރިޝް އާ ކުރީ އެއީ އޭނާ އެންމެ ޖަވާބު ބޭނުންވާ ސުވާލަކީ އެއީ ކަމަށް ވާތީ އެވެ. ” ދަރިފުޅާ! ތުތީ އަކީ ކާކު ތަ! ” އެ ސުވާލު ކުރުމުން ނޫރިޝް ހީލާފައި މިއަދު މަންމަ އަށް ތުތީ އޭނާ އާ އެކު ކުޅެނިކޮށް ފެނުނެއް ނޫން ހޭ ބުނެލި އެވެ. ނޫރާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމުގެ ކުލަވަރެވެ. އޭނާ އަށް ނުފެންނަ މީހަކުނޫރިޝް އަށް ފެންނަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ސިކުނޑީގެ ކަނަކުން މީ ރޫހާނީ ކަންތައްގަނޑެކޭ ބުނެލުމުން ހިތް ރޫރޫއަޅައިގަތީ އޭނާގެ ދަރިފުޅު ޖިންނި މޮޔަ ވީ ބާ އޭ ހިތަށް އެރުމުންނެވެ. ނޫރިޝް އަށް ފަނޑު ހިނިތުންވުމެއް ދީފައި އަވަހަށް ނިދާލާށޭ ބުނެ ބޮލުގައި ފިރުމާލާފައި ނޫރާ ހިނގައިގަތީ އެތާ ހުރި ކުޑަ ދޮރާ ދިމާލަށެވެ. ނުތަނަވަސްވެފައިވާ ހިތަށް ފިނިކަމެއް ލިބޭ ތޯ އެވެ. ކުޑަ […]
އަލީއާއި އޭނާގެ ރައްޓިސް އަޙްމަދުއާކީި ފޯޓްނައިޓްކިޔާ ގޭމަކަށް ވަރަށް ލޯބިކުރާބައެކެވެ. ރެއާ،ދުވާލު،ނުކައި،ނުބޮއި ވަރުބަލިކަމެއްނެތި އަބަދާ އަބަދު ކުޅެމުންދެއެވެ. އެއްދުވަހުކު އޭނާގެ ރައްޓިސް އަހްމަދު ޓޮޕް 5 ޗާރްޓުގެ 2ވަނައައް އެރިއެވެ. މިކަމާ އަލީ ވަރަށް ޖޭވިއެވެ. އެހެންވެ އަލީ ގިނަގިނައިން ކުޅެގެން އަލީ ޓޮޕް 5 ޗާރްޓުގެ 5ވަނައަށް ހާސިލް ކުރިއެވެ. އެކަމަކު އަލީ ޗާރްޓުގެ 5ވަނަ ހާަސިލްވިއިރު އޭނާގެ ރައްޓިސް އަހްމަދު ޓޮޕް 5 ޗާރްޓުގެ 2ވަނައިގައިއެއް ނެތެވެ. އަލީ ހީކުރީ އަހްމަދު ބަލިވެގެން ދެތިން ދުވަހައް ނުކުޅޭތީ ދައްވީކަމަށެވެ. ނަމަވެސް ކަންވީ އެގޮތަކައްނޫނެވެ. އޭނާ ސްކޫލަކައްވެސް 3ހަފްތާވީއިރުވެސް ނުދެއެވެ. ދެން އަލީ ހީކުރީ މާލެ ދިއައީކަމަށެވެ. ދެން ގެއަށް ގޮސް މަންމަގާތުއެހުމުންބުނީ އަހްމަދު 2ދުވަސްކުރިން މަރުވިވާހަކައެވެ. ދެން އެއްރޭ އަހްމަދުގެ ގޭގައި ހޭދަކުރިދުވަހެއްގާ އަހްމަދުގެ ކޮއްކޮއާއެކީ ފިލްމެއްބަލަންއިދެފާ އަހްމަދުގެ ކޮއްކޮބުނީ ” އިގޭތަ އެގޭމޭ ދޮންބެއާއި އަޅުގަނޑުގެ ކުލާހުގާއުޅޭ މުހައްމަދުވެސް މަރާލީ ”. ” ކީކޭ؟ ” އަލީ ބުންޏެވެ. ” ލައްބަ، މުހައްމަދު ގޭމުގައި މަރުވިގޮތަކީ ބޮމެއް ކަރިއަށް ވެއްޓިގެން ގޮވައިގެން، އޭގެ 12ގަޑީރުފަހުން އެގޭގެ ބަދިގޭގައި ރޯވެގެން އުޅުންއިރު އެތަނާއެންމެ ކައިރީހުރީ މުހައްމަދުއެހެންވެގެން އޭނާ މަރުވީ ” އަހްމަދުގެ ކޮއްކޮ ބުންޏެވެ. ” ތިޔަވެދާނެ އެކްސިޑެންޓެއްކަމަށް ” އަލީ ވަރަށް ބިރުންހުރެ ބުންޏެވެ. […]
އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖަ އަށް ކެތްކުރަމުން ދިޔަ ނޫރިޝް އޮތް ތަނަށް ދެމުނީ ހޭނެތިގެންނެވެ. ޓާސްކު ފުރިހަމަ ކުރަމުން ދިޔަ ކުދިންނަށް ބަލަހައްޓައިގެން ހުރި އީޝަލް ގެ ދެލޯ ހޯދަމުން ދިޔައީ ނޫރިޝް އެވެ. ކުއްޖަކަށްފަހު ކުއްޖަކު ޓާސްކު ފުރިހަމަ ހަމަ ކޮށްފައި ސްކޮޑަށް ވަންނަން ދިޔަ އިރު އެތަނަށް އައި އެންމެ ފަހު ކުއްޖާ ފެނުމާއި އެކު އީޝަލް އަށް ނޫރިޝް އޭ ކިޔާލެވުނެވެ . ދެން ފެނުނީ ވަޅުގަނޑު ކައިރީ ހުއްޓައެވެ. ވަޅުގަނޑު ގެ ތެރޭގައި ހޭނެތިފައި އޮތް ނޫރިޝް ފެނުމާއިއެކު އީޝްލް ހުރެވުނު ތަންވެސް ނޭނގުނެވެ. ނޫރިޝް އޭ ކިޔާ ރޮއިގަތުމަށް ފަހު ވަޅުގަނޑުގެ ތެރެއަށް ފުންމާލިއެވެ. އީޝަލް ގެ އަޑަށް ހުރިހާ ކުދިންތައް ވީ ގޮތެއް ބަލާލަން ވަޅުގަނޑު ދޮށަށް އެއްވާން ފެށިއެވެ. ފެނުނު މަންޒަރުން ހުރިހާ ކުދިން ގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. ނަމަވެސް ހުރިހާ ކުދިންނާއި ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާގެ މޫނު މަތިން އެއްވެސް ވަރަކަށް ހައިރާން ކަމެއް ނުފެނެއެވެ. އެހެން ކުދިންނާއި ޚިލާފަށް އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ނޫރިޝްގެ ބޯ އީޝަލް ގެ ފައި މަތީ ބާއްވައިގެން ނޫރިޝްގެ ކޮލުގައި ތަޅާ ގޮވަމުން ދިޔަ އީޝަލްގެ ހޭބުއްދި ފިލައިފައިވާ ފަދައެވެ. އެކުވެރިޔާ އެ ހާލުގައި އޮތް ތަން ފެނުމުން އޭނާގެ ހިތަށް ކެތްނުވީއެވެ. ހައިރާންވެފައި ތިބި ކުދިންތައް ހޭވެރިކަން ވީ އީޝަލް އެމްބިއުލެންސް އަށް ގުޅާށޭ ކިޔާ ހަޅޭއްލަވައި ގަތުމުން ނެވެ. ދެ ކުއްޖަކު ގޮސް ފޯނު ހިފައިގެން އައިސް އެމްބިއުލެންސް އަށް ގުޅިއެވެ. ‘ވީއޫ ވީއޫ ‘ ސައިރެން އަޅަމުން ބާރު ދުވެލީގައި ދުއްވަމުން އައި އެމްބިއުލެންސް ސްކޫލުގެ ގޭޓު ތެރެއިން ވަދެގެން ގޮސް ކޭމްޕް އޮތް ސަރަހައްދަށް ވަދެގެން އައި އިރު ސައިރެންގެ އަޑު ގަދަ ކަމުން ސްކޫލް ދޮށަށް ކޭންޕް އަށް އައިސް ތިބި ކުދިން ގެ ބެލެނިވެރިން އެއްވަމުން ދިޔައީ އެމީހެއްގެ ދަރިއަކަށް ގޮތެއް ނުވޭތޯ ހިތާ ހިތުން ދުއާ ކުރާ ހާލުގައެވެ. އޭގެތެރޭގައި ނޫރިޝް ގެ މަންމަ ނޫރާ ވެސް ހިމެނުނެވެ. ސްޓްރެޗާރ އަކަށް ލައިގެން ގެނެސް އެންބިއުލެންސް އަށް އެރުވި ނޫރިޝް ފެނި ނޫރާ މަގޭ ދަރި އޭ ކިޔާ އެންބިއުލެންސް އާ ދިމާލަށް ދުއްވައި ގަތެވެ. ނޫރާ އެންބިއުލެންސް އަށް އެރީ ނޫރިޝް ގެ އެހީތެރި އަކު އެބަހުރި ހޭ އެހުމުންނެވެ. ނޫރާ އެންބިއުލެންސް އަށް އެރުމުން ބާރު ދުވެއްޔެއްގައި އެންބިއުލެންސް ނައްޓާލީ ރަށު ހޮސްޕިޓަލް އާ ދިމާލަށެވެ. ނޫރިޝް ދިއުމާއެކު އަނެއްކާވެސް ހުއްޓުމަކަށް އައި ހަރަކާތްތައް ކުރިއަށް ގެންދަން ފެށިއެވެ. އީޝަލް ވެސް ހުރިހާ ހަރަކާތެއްގައި ބައިވެރިވީ ނަމަވެސް ކުރިން ފެނުނު ފަދަ ޖޯޝެއް އެ މޫނު މައްޗަކުން ނުފެނެ އެވެ.އޭނާ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވަނީ ނަމަކަށެވެ. މަޖުބޫރުވެފައިވާ މީހެއް ފަދައިންްނެެވެ. ހޮސްޕިޓަލްގެ ގޭޓުން އެތެރެ އަށް އެންބިއުލެންސް ވަދެގެން އައި އިރު އެމަރޖެންސީ ޕޭޝަންޓެއްގެ ގޮތުގައި ގެނައި ނޫރިޝްގެ އިންތިޒާރުގައި ދެ ނަރުހުންނާއި ޑޮކްޓަރެއް އެމަރޖެންސީ ރޫމް ތެރޭގައި ތިއްބެވެ. އެންބިއުލެންސް އިން ބާލައިގެން ސްޓްރެޗާރގައި ގެނައި ނޫރިޝް ފެނުމުން އެމީހުން އެމީހުން ގެ މަސައްކަތާއި ހަވާލުވިއެވެ. އެމަޖެންސީ ރޫމްގެ ކުރިމަތީ ގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ ނޫރާ ގެ ނަޒަރު އެމަޖެންސީ ރޫމް ގެ ދޮރާ ވަކިނުވެއެވެ. އެތަނުން ޑޮކްޓަރު ނިކުންނާނެ އިރަކަށް އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާތާ މިހާރު ބައި ގަޑި އިރު ވަނީ އެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ދޮރު ހުޅުވާފައި ޑޮކްޓަރު ނިކުތުމުންނެވެ. ” އަޅުގަނޑުގެ ދަރިފުޅު ކިހިނެއް ތޯ! ” ބާރު ހިންގުމެއްގައި ގޮސް ޑޮކްޓަރުގެ ކުރިމަތީގައި ހުއްޓިލަމުން ނޫރާ އަށް އަހާލެވުނީ ހާސްވެފައިވާ ރާގަކަށެވެ. ވާނީވެސް އެހެންތާއެވެ. ނޫރިޝްގެ ބައްޕަ ރިޝްވާން ވަނީ ނޫރިޝް އަށް ދެ އަހަރުގައި ހިނގި އެއަރ ކްރެޝް އެކްސިޑެންޓެއްގައި މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެދުވަހުގެ ފަހުން ނޫރިޝް އަށް މަންމަ އެއްގެ ލޯބި އަދި ބައްޕައެއްގެ ލޯބިވެސް ދިނީ ނޫރާ އެވެ. ނޫރާގެ ހަށިގަނޑުގައި ނޭވާ ހުރި ހިންދަކު އެ އަމާނާތަށް ރައްކާތެރިވާން ނޫރާ ބޭނުމެވެ. ނޫރިޝް އަށް ކިރިޔާ ކަމެއްވިޔަސް އޭނާގެ އަމިއްލަ ނިދި ގުރުބާން ކޮށްފައިވެސް ނޫރިޝް އަށް ޚިދުމަތްކޮށްދޭން ނޫރާ އިންދެއެވެ. އެހާ ވެސް އޭނާގެ ހިތުގައި ނޫރިޝް އަށް އޮތް ލޯބި ފުންވެފައި ވަރުގަދައެވެ. މީގެންވެސް އިނގެނީ މައިވަންތަކަމުގެ ލޯބީގެ ބާރުގަދަ ކަމެއް ނޫން ހެއްޔެވެ؟ ” ނޫރިޝް އަށް މާ ބޮޑު ކަމެއްނުވޭ…ހުންގަދަވީމަ އަނބުރައިގަތީ… ގިނައިން ދިޔާއެއްޗެހި ދިން ވަރަކަށް ރަނގަޅުވާނީ… ހުން މަޑިއްޔާ މާދަން ބަލާލާާފަ ޑިސްޗާޖް ކުރެވޭނެ… އަނެއްހެން މާ ބޮޑުކަމެއްނުވޭ… މިހާރު ވާރޑް އަށް ބަދަލު ކުރަމުން އެދަނީ… ‘ ”ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޖަވާބު ދިނުމަށްފަހު ޑޮކްޓަރު އެނބުރި ގޮސް އެމަޖެންސީ ރޫމަށް ވަނެވެ. ޑޮކްޓަރުގެ ޖަވާބުން ނޫރާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެކަމުގެ ކުލަވަރުތައް އޭނާގެ މޫނުމަތިންވެސް ފެންނަމުން ދެއެވެ. ނޫރިޝް ވޯޑަށް ބަދަލް ކުރުމުން ނޫރާ އެތަނަށް ދިޔަ އިރު ނޫރިޝް އޮތީ ނިދިފައެވެ. އެހެންކަމުން ނޫރާ އަވަސްވެގަތީ ނޫރިޝް ހޭލުމުގެ ކުރިން ނޫރިޝް އަށް ކާނެ އެއްޗެއް ހެދުމަށް ގެއަށް ދާށެވެ. ދިޔަ މަގުމަތީގައި ކައިރި ބޭސް ފިހާރަ އަކަށް ވަދެ ބޭސް ސިތީ އަށް ބޭސް ނެގިއެވެ. ގެއަށް ގޮސް ނޫޑްލްސް ކައްކައިގެން އެ ހިފައިގެން އައިސް ވަތް ނޫރާ އަށް މީހެއްގެ ބާރު ހަޅޭކެއްގެ އަޑު އިވުނެވެ. އަޑު އައި ދިމާލަށް ދާން އުޅެފައިވެސް ނޫރިޝް ހޭލަފާނޭ ހިތަށް އެރުމުން ވޯޑާ ދިމާ އަށް ހިންގައިގަތެވެ. އެ އަޑު މަޑު މަޑުން ހިނދެމުން ހިނދެމުން ގޮސް އެއްކޮށް ހިނދުނު އިރުވެސް ނޫރާ އަށް ވިސްނެމުން ދިޔައީ އެ އަޑާ މެދުގަ އެވެ. ފުން ވިސްނުމެއްގައި ހުރެ ގޮސް ވޯޑަށް ވަން ނޫރާ ގެ ދެލޯ ބޮޑުވެ އަތް […]
އިރު ފެނުން ތޮޅެލީ ކޮންމެ މީހެއްގެ ހަޔާތުން ވެސް އާ ސޮފްހާ އެއް ހުޅުވައި ދެމުންނެވެ. އެއްބަޔަކަށް ހިތާމަ އާއި ވޭން އަދި އަނެއްބަޔަކަށް އުފަލާ ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ.ބަންދު ދުވަހަކަށް ވުމުން އެންމެންވެސް ތިބީ ތަންމަތިން ތެދުވަން ބޭނުންނުވެފައެވެ. އަރާމުގައި ނިދާލާފައި އޮތް ނޫރިޝް އަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ . ކަންނެތް ގޮތަކަށް އެއްލޯ ހުޅުވާލުމަށްފަހު އެލާމް އޮފް ކޮށްލަން އުޅެނިކޮށް ރިމައިންޑަރ އަށް އަރާފަ އިން ‘ ކެޑޭޓް ކޭމްޕް’ ފެނި ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ފޯނު އެނދު މައްޗަށް އެއްލާލުމަށްފަހު ތުވާލި ހިފައިގެން އަވަސް އަވަހަށް ފެންވަރައިގެން ނިކުމެރީތިވިއެވެ. ބުރުގާ އަށް ފަހު ޕިން ޖަހި ތަނުން ދޮރުގާ ޓަކި ޖަހާ އަޑު އިވުނެވެ. މަޑުހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި އިރު ދޮރު މަތީ ހުރީ އެންމެ ގާތް އެކުވެރިޔާ އީޝަލް އެވެ. ” ކަމަނާފާނަށް އަދިވެސް ރީތިވެވޭ ކަމަށް ނުވޭތަ! ” އީޝަލް ދިމާކުރާ ރާގަކަށް ބުނެލީ ނޫރިޝް ލޯގަނޑު ކުރިމަތީ ސެންޓު ބުރުވަން ހުރީމައެވެ. ”ސާބަސް! މި ނިމުނީ އޭ…މީނަޔާ ހެދި މަށަށް ހަމަޖެހިލައިގެން ސެންޓު ކޮޅެއްވެސް ބުރުވާ ނުލެވޭނެ…ވަރަށް ފޫހިވޭ…”އަނގަ އަށް ވައްތަރެއް ޖައްސާލަމުން ނޫރިޝް އެނދުމަތީ އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުންނަން ހިންގައިގަތެވެ. އޭނާގެ ފަހަތުން ނިކުތް އީޝަލްގެ ކޮނޑުގައި ވެސް ދަބަހެއް އޮތެވެ. ހީވާ ގޮތުން އެއީ ކޭމްޕް ގެންދަން ގެންގުޅޭ ދަބަހެކެވެ. ދެމީހުން އެކުގައި ގެއިން ނުކުންނަން މިސްރާބު ޖެހި ނަމަވެސް އީޝަލްގެ މިސްރާބު ބަދަލް ކޮށްލީ އެއްޗެއް ނުލާ އާދެވުނު ހަންދާން ވުމުންނެވެ. ގޭތެރެއަށް ވަދެފައި އެނބުރި އައި އިރު އަތުގައި ފިޔާތޮށި ކުލައިގެ ސްލީޕިންގ ބޭގް އެއް އޮތެވެ. ”އޯ ޝިޓް ” ނިތްކުރިމަތީގައި އަތުން ޖަހާލަމުން ނޫރިޝް ވެސް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ. އެނބުރި އައީ އޭނާގެ ނޫކުލައިގެ ސްލީޕިންގ ބޭގް ހިފައިގެންނެވެ . ” ތޭންކްސް އީޝް…އީޝްގެ ސްލީޕިންގ ބޭގް ފެނިފައި މި ހަނދާން ވީ ވެސް… ނޫންނަމަ ނުލާ ދެވުނީހީ… ތޭންކް ގޯޑް…” އީޝަލް ބަދަލުގައި ހިނިތުންވެލީއެވެ. މުޅި މަގުމަތިން ވެސް އެވަގުތު ފެންނަނީ ފެހި ކުލައިގެ ކެޑޭޓް ޔުނީފޯރމްގައި ކެޑޭޓަށް ދާން ތައްޔާރުވެގެން ތިބި ކުދިންނެވެ. މަޑު ހިންގުމެއްގައި ހިންގަމުން ދިޔަ ދެ މީހުންނަށް މާ ލަސްތަކެއްނުވެ ސްކޫލަށް ފޯރާފިއެވެ. ވަދެ ހަމަ ޖެހިނުލާ އުޅެނިކޮށް ސްކޮޑަށް ގޮވުމުން ދަބަސްތައް ބަހައްޓާފައި ހުރިހާ ކުދިންވެސް ގޮސް ސްކޮޑަށް އެރިއެވެ. ފުރަތަމަ އޮތީ ރަށް ވަށައިގެން ދުވުމެވެ. އެއަށް ފަހު ހެންދުނުގެ ސަޔެވެ. ހަރަކާތަކަށް ފަހު ހަރަކާތެއް ނިމެމުން ވަގުތު ހޭދަވަމުން ގޮސް ހަވީރު ވެއްޖެ އެވެ. ބަރާބަރު ހަވީރު ހަތަރަކަށް ހުރިހާ ކުދިން ހަމަވުމުން ހަވީރުގެ ހަރަކާތްތައް ފަށާފިއެވެ. ފުރަތަމަ އޮތީ ލެޕަޑް ކްރޯލް އެވެ. ލެޕަޑް ކްރޯލް އަށް މުޅި ޕްލޭ ގްރައުންޑް ވަނީ މަގެއް ހެން އެއްކޮޅުން އަނެއް ކޮޅަށް ކޮނެ ތައްޔާރު ކޮއްފައެވެ. ގުރޫޕަކަށްފަހު ގުރޫޕެއް ނިމެމުން ނޫރިޝް މެން ގުރޫޕަށް ޖެހިއްޖެއެވެ. ކުއްޖަކަށް ފަހު ކުއްޖަކު ފައިބަމުން ގޮސް ނޫޫޫޫރިޝް އަށް ޖެހިއްޖެއެވެ. އެ ވަޅުގަނޑުގެ ތެރޭ ފައި ޖެހުމާއި އެކު ނޫރިޝް ގެ ލޯމައްޗައް އަނދިރިވާހެން ހީވި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކަން ރަނގަޅު ވެ ދެން ރިއްސަން ފެށީ ބޮލުގައެވެ. އެވަގުތު އެތެރެ ހަށި ފިހޭ ފަދަ ދިލަ ހޫނެއް ހަށިގަނޑުގެ ތެރޭ ދައުރު ވަމުން ދާފަދަ އިހްސާސެއް ކުރެވުނެވެ. ކެތްކުރަން ދަތި ވުމުން ނޫރިޝް ކުޑަކަކޫ މައްޗައް ތިރިވިއެވެ. ކަށިގަނޑު ގޮއްވާލި އަޑަށް ހުރިހާ ކުދިން ޓާސްކު ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިއެވެ. ވާދަ ވެރި މާހައުލުގެ ތެރެއަށް އެންމެން ގެނބިގެން ދިޔަ އިރު މުޅި މާހައުލު ގުގުމާފައި ވަނީ ސަޕޯޓް ގެ އަޑާއި ހަޅޭކުގެ އަޑުންނެވެ. މިހެން ވުމުން ނޫރިޝް ގެ ވޭނީ ކުކުރުމުގެ ދިޔައީ އެ އަޑުގެ ތެރެއަށް އޮބިގެންނެވެ. އިރަކަށް ވުރެ އިރެއް އެ ހޫނު ދިޔައީ ގަދަވަމުންނެވެ. ހަމަ ދެންމެ ދެންމެ މީހާ ފިހިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖަ އަށް ކެތްކުރަމުން ދިޔަ ނޫރިޝް އޮތްތަނަށް ދެމުނީ ހޭނެތިގެންނެވެ. = ނުނިމޭ =