Skip to content
އެސްފިޔަ

ކުނިބުނި

އާޅެން

ކުނިބުނި

އިސްމާއީލް ޢަލީ ކަނދޮޅުދޫ

ބޮޑު ރޯގާއެއްފަދަ ބޮޑު ކަމެކެވެ.

އިންސާނުންނަށް އެކަންޏެއް ނޫނެވެ.

ހުރިހާ ދިރޭ ތަކެއްޗަށް ރިހުން ލިބޭ ކަމެކެވެ.

ބޭނުން ނެތުނީމާ އުކާނުލާ ވާނެގޮތެއްނެތެވެ.

އުކާލާ ތަކެތި މަދުކުރުމީ ޙައްލެކެވެ.

ނުފެންނަ ހިސާބަށް އެޅިޔަސް ނެތް އެއްޗަކަށް ނުވާނެއެވެ.

އޭގެ އަސަރު ކޮންމެވެސް ބަޔަކަށް ފޯރާނެއެވެ.

އުކާލާ ތަކެތީގެ ބޭނުން ހިފަމާ ހެއްޔެވެ؟

ޕްލާސްޓިކު ކޮތަޅާއި ނުލައި ބާޒާރު  ކުރަމާހެއްޔެވެ؟

އުކާލެވޭ ބައެއްތަކެއްޗަކީ ކާދެވެ.

އުކާލެވޭ ބައެއްތަކެއްޗަކީ ގަހަނާއެވެ.

އިސްރާފް ކުރުމީވެސް ނެތް ކަމެކެވެ.

އިތުރުވާ ވަރަށް ތަކެތި ހޯދުމީ ކުނިގިނަ ވާނެކަމެކެވެ.

ނިމޭފޮތްތައް އެހެން ކުދިންނަށް ދިނުމީ ކުނިމަދު ކުރެވޭނެ ގޮތެކެވެ.

ދެވަނަ ވިސްނުމެއް ގެންގުޅުމީ ކުނިބުނި މަދުކުރެވޭނެ ގޮތެކެވެ.

ދަޅުކާނާ މަދު ކުރުމީ ކުނިބުނި މަދުކުރެވޭނެ ގޮތެކެވެ.

 

 

 

Comments (1)

  1. Kiyaaraa

    So short

Comments are closed.