އަޝްރާ އަންނަން ދެން އެތަނުގައި މަޑުކުރާނީއޭ ހިތައި ހިނގައިގަތް މިންހާގެ އަނގަ މަތީގައި ފަހަތުން މީހަކު އައިސް އަތް އަޅާ އޭނަގެ އަތުގައި ހިފާލަމުން އެތަނުގައި ހަދަން ފަށާފައި ހުރި ގުދަނެއްގެ ތެރެއަށް ލިއެވެ. އޭރު މިންހާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދެއެވެ. ގަންފައިވައި ބިރެއްގެ ސަބަބުން މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަލާމަތްވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނަ ހިފަހައްޓާއިގެން ހުރި މީހާ އެއަށްވުރެ ވަރުގަދަވެފައި މާ ހުޝިޔާރެވެ. އެމީހަކު ފަނޑު އަލިކަމެއް […]
ކޮންމެ އިންސާނަކަށްވެސް9 މަސް ވަންދެން މައިމީހާގެ ބަނޑު ތެރޭގައި ދުވަސްތައް ގުނަމުންގޮސް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަހަރެންނަށް މައިމީހާގެ ބަނޑުތެރޭގައި ދުވަސްތައް ގުނާލަން ލިބުނީ އެންމެ 7 މަހުގެ މުއްދަތެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަހަރެންނަށް އެހެން ކުދިންނާ ހިލާފަށް އުނި އިތުރު ވުންތަކެއް ލިބިގެންވެއެވެ. އެހެން ކުދިންނަށް ލިބިފައިވަނީ 5 އިގިއްޔެއް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހުންނަނީ އެންމެ 4 އިނގިއްޔެވެ. މިހެންގޮސް އެކި ގޮތްގޮތުން އަހަރެންގެ ސިފަތައް އުންޔޭ ބުންޏަސް ދޮގަަށް ނުވާނެއެވެ. އެހެެންނަމަވެސް އަހަރެންގެ ސަކުވާއެއް ނެތެވެ. ކުދިންނެވެ. އަޑުއަހާށެވެ. ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އޭނަގެ ސަލާމަތުން ހުންނަނީ އެންމެ ލޮލެކޭ ނޫނީ އޭނަ އަކީ މަންމަން ކުއްޖެކޭ ކިޔާފައި ބާކީނުކޮށްލާށެވެ. ކޮންމެ އިންސާނަކުވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
“ނޫން މިޒް. އެއްވެސް މަސައްކަތެއްނުކޮށް އަހަރުމެން މީހުންނާމެދު ތިގޮތަށް ނިންމާކަށް ނުވާނެ. ﷲ އީ ކިތަންމެ ނުވާނެހެން ހީވާ ކަމެއްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރައްވާ ރަސްކަލާނގެ. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން. މިއީ ވެސް ޙައްލެއް ގެނެވިދާނެ މައްސަލައެއް އިން ޝާ ﷲ….އަހަންނަށް އެނގޭ ހަދަންވީ ގޮތް.” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތީގައި ހުރި ކުލަވަރުން އޭނަ ހުރީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ. މިރްޒާނަށް އެ މޫނަށް ބަލަހައްޓައިގެން އިނދެ ކިހިނެއްހޭ އަހާލެވުނެވެ. އެ […]
ކުޑަދޮރުގެ ފަރުދާކުރުމަށްޓަކައި އަޅާފައިވާ ހުދު ކުލައިގެ ދޮރު ފޮތިގަނޑު ވިހުރެމުން ދިޔައެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުން ޖެހިލާ ފިނި ފިނި ރޯޅިތަކުގެ ސަބަބުންނެވެ. ފަރުދާ އެކީގައިހެން ހިއްލި ކުޑަދޮރުން ބޭރުން ފެންނަމުންދާ ތަރިތަކާއި ހަނދު ފާޅުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިލާރޮއްޖެއްވެސް ނެތް ކަޅު ފޮއެ އެ އުޑުގައި ތަރިތަށް ފިޔަޖަހަމުން ދިޔައީ ކަޅު ފޮތިގަނޑެއްގައި އެސްތަކެއް ވިދާނޭ ފަދައިންނެވެ. ހުދުކުލައިގެ ސްނޯ ގަނޑެއްހެން ހީވާ އެނދުގައި ނިދާފައި އޮތް ފިރިހެން ކުއްޖާ މަސަތްކަތް ކުރީ އޭނާގެ […]
ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ. އަޝްރާ ހެލޯ އޭ ބުނެލުމުންވެސް ޝާއިފް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ” ޝާއިފް… ” އަޝްރާ މަޑުމައިތިރި އަޑަކުން ޖެހިލުންވެފައިހުރެ ޝާއިފަށް ގޮވާލިއެވެ. ” އަޝްރާ ބުނެބަލަ… އަޝްރާ ލޯބިވަނީ އަހަރެންދެކެތަ ނޫނީ ނާއިލްދެކެތަ… ” ހަރުކަށިކަމާއެކު ޝާއިފް ކުރި ސުވާލުން އަޝްރާ ހިތްހަމަނުޖެހުނެވެ. އޭނަ ލޯބވަނީ ޝާއިފްދެކެކަން ޝާއިފަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އަޝްރާއަށް ހިތާހިތުން ބުނެލެވުނެވެ. ޝާއިފްގެ އެސުވާލުން އަޝްރާ ދެރަވެސް […]
ތުއި ހިނގުމެއްގައި ފޮނި ގޮތަކަށް ހިނގާފައި އައިސް ވޯޑުން އެތެރެއަށް ވަން އާރާ ފެނި އީޝަލްގެ ލޭ ކެކިގަތެވެ. ބާރު ހިނގުމެއްގައި އޭނާ އާރާ އާ ދިމާލަށް ހިނގައިގަތީ ނޫރިޝް އާ ދޭތެރޭ ކަންތައް ކުރި ގޮތް ހިތަށް އެރުމުން ނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އާރާގެ ކޯތާފަތް މަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހި އެވެ. ވޯޑުން ވަދެގެން އައި އާރާގެ މޫނުމައްޗަށް އަނދިރި ވީ އަރައިގަތް ދިލަ ތަދަށް ކެތް ނުކުރެވުމުން ނެވެ. މީހާ ހަމައަކަށް އެޅިލުމަށްފަހު ކޯ މަތީގައި އަތް އަޅައިގެން ހުރެ ކުރިމަތި ބަަލާލީ ވީކީތް ތޯ ބަލާލުމުގެ ނިޔަތު ގައެވެ. ކުރިމަތީގައި ދެ ބުމަ ގޮށް ޖަހައި ލައިގެން ރުޅި އައިސް ރަތް ވެފައި ހުރި އީޝަލް ފެނުމާއިއެކު އާރާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. އެއް ފަހަރު އީޝަލް އާ ދިމާލަށް އަނެއް ފަހަރު އަނގަ މަތީގައި އަތް އަޅައިގެން ދެ ލޯ ބޮޑު ކޮށްލައިގެން ދުރުގައި ހުރި ނޫރާ އާ ދިމާލަށް ބަލަން ހުރެފައި ކޯމަތީގައި އަޅައިފައި އޮތް އަތް ނަގާ އީޝަލްގެ ގައިގައި ޖަހަން މަޅާލި ވަގުތު ފަހަތުން މީހަކު އައިސް އާރާގެ އަތުގައި ހިފަހައްޓާ ބާރަށް ފޮޅުވާލި އެވެ. ވީ ތަދުން އާރާއަށް އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނެވެ. އަތަށް ތަދުވެފައިވާ ކަން އާރާގެ ދެ ލޮލުގެ ތެރޭގައި ބޮނޑިވެފައިވާ ތާޒާ ކަރުނަތައް ހެކިވެ އެވެ. ނަމަވެސް އާރާ ކަހަލަ ހިތެއް ނެތް އަނިޔާވެރިންނަށް އަނިޔާ ހައްޤެވެ. އާރާ އެއްފަރާތަކަށް ކޮއްޕާލުމަށްފަހު އީޝަލް ފަހަތް ބަލާލީ އާރާގެ އަތުގައި ހިފެހެއްޓީ ކާކު ތޯ ބެެލުމުގެ ޝައުގު ހިތުގައި އޮތްލެއް ބޮޑު ކަމުންނެވެ. އަތުގެ މުލައްދަނޑިން އެއީ ފިރިހެނެއް ކަން ޔަގީންވި ނަމަވެސް ކާކު ކަމެއް ނޭނގުނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ފަހަތް ބަލާލި ވަގުތު ކުރި މަތިން މާޝަލް ފެނުމުން ދިޔައީ ސިއްސައިގެންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާޝަލްއަށް ހިނިތުންވެލަމުން އީޝަލް އެ ދިމާލަށް ބަލަހައްޓައިގެން ހުރި އާރާ ކައިރިއަށް ޖެހިލިއެވެ. ކުރިމަތީގައި ހުރި މީހާއަށް އީޝަލް ހިނިތުންވެލިގޮތުން އެއީ އޭނާ ދަންނަ މީހެއްކަން އާރާއަށް އިނގުނެވެ. ރަނގަޅަށް ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ބަލާލުމަށްފަހު އީޝަލްއަށް ބަލާލެވުމުން ދެ މީހުންގެ އެއް ގޮތް ސިފަތަކެއް ހުރި ކަން ފާހަގަ ވިއެވެ. އެ ވާނީ އީޝަލްގެ ބޭބެ އަކަށޭ އާރާގެ ހިތް ބުންޏެވެ. ” ކަލޭ ލަދެއް ނުގަނޭ ތަ… ނޫރިޝް އެހެން ހަދާފަ މި ތަނަށް އަންނާކަށްވެސް ” އީޝަލް ހުރީ ރުޅި އައިސްގެން ގޮސް ހަލާކު ވާވަރު ވެފަ އެވެ. ” އަހަރެން ނޫރިޝްއަށް ކީތްތަ ކުރީ… ” އާރާ ހީކުރީ އެއްވެސް މީހަކަށް އޭނާ ގެ އަދިރިފަރާތް ނޭނގޭ ކަމަށެވެ. އެކްޓްކޮށްގެން މީހުންގެ ހިތް އަތުލަންވެސް އެއަށްވުރެ މޮޅު މީހެއް ހުރެދާނެ ހެނެއް ހިއެއް ނުވެއެވެ. އޭނާގެ ފޭކު ކަރުނައިން އެހެން މީހެއްގެ ހިތް އަތުނުލެވުނު ނަމަވެސް ވާނުވާ ނޭނގިފައި ހުރި މާޝަލްގެ ހިތް ފަތަހަކޮށްލީ ކާމިޔާބުކަމާއި އެކު ގައެވެ. ” ދަރިފުޅާ! ކީކޭތަ ތި ކިޔަނީ… ” މާޝަލްގެ މޫނު މަތިން އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަން އިނގެއެވެ. ފޫހިވީ ވަރުން އީޝަލްއަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. މާޝަލް ދަރިފުޅާ އޭ ކިޔާ އީޝަލްއަށް ގޮވާލުމުން އާރާ ދިޔައީ އެއްލިގެން ނެވެ. ފާޑަކަށް މާޝަލްގެ މޫނަށް […]
އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން […]
މިންހާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ” އަޝޫ… ކިހިނެއްވީ ހާދަ ހާސްވެފަ… ” ކޮޓަރިއަށް ވަދެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ހިނގައި ގަންނަމުން މިންހާ ސުވާލުކުރިއެވެ. ” ޝާއިފް ބުނީ މީޓްކޮށްލަން ބޭނުމޯ މިއަދު މިވަގުތު… އަހަރެމެން ގޭ ކައިރީ ބީޗްއަށް އަންނާށޯ… ނޭނގެ ކީއްކުރަން ކަމެއް… ދާކަށް ނުކެރޭނޭ ބުނީމަ ހުރީ ހިތްހަމަނުޖެހިފަ… އަހަރެން […]
އިސްމާޢީލް އަލީ ކަނދޮޅުދޫ ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.އަމާން އޮމާން ވެށި ވަނީ ކިލަނބުވެ ނާމާންކަން އުފެދި،ހިތް ނުތަނަވަސް ކުރުވާ،ލޮލުން ލޭ ކަރުނަ އޮހޮރޭފަދަ ބިރުވެރި ތަނަކަށް ބަދަލު ވެފައެވެ. ބިރުވެރި ފިލްމުތަކުން ފެންނަ ފަދަ ނޭވާ ހިފަހަށްޓާލަންޖެހޭ،ލޮލުން ކަރުނަ އަންނަ މަންޒަރުތައް އަޅުގަޑުމެންގެ ކުރިމަތީގައި ހިނގަމުން،ފެންނަމުން،ޢާއްމު ވަމުން ދަނީ އެވެ.ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ.ފިލްމުތަކުން އެފެންނަނީ ޙަޤީޤީ ޙާދިޘާއެއް ނޫންކަން އެނގޭއިރު އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެކަން ޔަޤީންވާއިރުވެސް […]