ވުމުން ހިތެއްގެ މިލްކުގައި 5
ކޮންމެ ދުވަހެއްގެވެސް އިރުއަރައިގެން ގޮސް އިރުއޮއްސެނީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެޔޭ ބުނާ އުސޫލު ކޮންމެ މީހަކުވެސް އަޑިގަނޑުތަކާ އުސްގަނޑުތަށް ގިރާކުރަމުން ދިޔައެވެ. ކޮންމެ މީހެއްވެސް ތަފާތުގޮތަކަށެވެ. ނުފޫޒުގަދަމީހުން ނިކަމެތިންގެ މައްޗަށް ބާރުވޯވަމުންދާއިރު އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން އެބައިމީހުންގެ އެދުންތަށް ފުއްދަމުން ގެންދިޔައެވެ.
ދުވަސްތަށް މާޒީއާ އެކުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. އަލިޝްކާއާއި އަވްޔަން ހަތަރުދުވަސްވީއިރު އެދެމީހުންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އަވްޔަންގެ މިޒާޖާގައި އުޅުމުގެ އިތުރަށް އޭނާގެ ހާލަތަށްބަދަލެއް ނާދެއެވެ. ނަމަވެސް އަލިޝްކާގެ ސަބަބުން އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުން މަރުހަބާކިޔާ ފަހަރުތަށް އިތުރުވަމުން ދިޔައެވެ.
ނަމަވެސް އަލިޝްކާގެ ހާލު އޭނާޔަށް އިނގޭނީ ކިހިނަކުން ހެއްޔެވެ. އަޖްވަދް ފޮށުންތަކާއި އުނދަގޫތަކުން ސަލާމަތްވުމަށް އޭނާ ކުރަނީ ތަޢުރީފްކުރުން ހައްގު ބުރަ މަސަތްކަތެކެވެ.
** *** ** *** ** ***
ރަތް ކުލައިގެ ސްވެޓާރ އަކާއި ކަޅު ކުލައިގެ ޖިންސެއްގައި ހުރި އަލިޝްކާ ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާގެ އަމިއްލަ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އަތުކުރީގައި ސިލްވާރ ހިމަ ގަޑިއެއް އަޅާލިއެވެ. ދަބަސް އަޅުވައިގެން އޭނާ މިސްރާބުޖެހީ ގެއިން ނިކުންނާށެވެ. ވިއްސާރަ ހުއްޓާލި ކަމުގައިވިޔަސް ދުވަހަކީ ފިނި ދުވަހަކަށްވުމުން ސްވެޓާރ ލައިގެން ހުރިކަމުގައިވިޔަސް އޭނާއަށް ފިނީގެ އަަސަރު ކުރަމުން ދިޔައީ އިންތިހާއަށެވެ.
ބިންމަތީގައި ވިނަ ކާރޕެޓް އަޅާ ގަސްއިނދާފަހުރި ގޯޅިގަނޑު ހުރަސްކުރަން ދެއަތުން އަމިއްލަ ގައިގައި ބައްދައިގަނެގެން ހުރި އަލިޝްކާ ބައްދާލިއެވެ. ނަމަވެސް ދަތްތަށް ގުޑުގުޑު އަޅަމުން އޭނާ އިސްއުފުލާލީ ބޯ މީހެއްގެ މޭގައި ޖެހުމުންނެވެ. ކުރިމަތީގައި ހުރި އަވްޔަން އަށް ރަނގަޅަށް ބަލާލިއެވެ.
މިއަދު މީނާއަށް އިރުއެރީ ކޮންކޮޅަކުން ބާވައެވެ. ހެނދުނު ހަތެއްވެސް ނުޖަހަނީސް އެއައީ ކޮންތާކަށް ގޮއްސަހެއްޔެވެ. އަލިޝްކާ ހިތަށްއެރިއެވެ. ފިނި މޫސުމާއި ހެނދުނުގެ މި ވަގުތާ ގުޅޭ ގޮތަށް އަވްޔަން ހުރީ ހިމަ ކަޅުކުލައިގެ ފައިކުރިއަށް ރަބަރު ލީ ޓްރެކްޝޫޓަކާއި ގަދަ ރަތް ކުލައިގެ ހޫޑީއެއްގައެވެ.
ހީކަރުވާފައި ހުރި އަލިޝްކާޔަށް އަވްޔަން ބަލާލިއެވެ. އޭނާ ނިއްއަރުވާލިއެވެ. “ހާދަ އަވަހަކަށް ކޮންތާކަށް..ވާރޭވެސް އޮއްސާލަފާނެ” އިސްނަގާ އަވްޔަން ވާހަކަ ދައްކަން ފެށި މީ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ހަމަ ރަނގަޅަށްވެސް އަލިޝްކާ ހައިރާންކުރުވައިފިއެވެ. “ކޮލެޖަށް.” ދަތްތަށް ޖައްސާލަމުން އަލިޝްކާ ބުނެލިއެވެ. “ދީބަ ހޫޑީ ހާދަ ފިންޏޭ..” އަލިޝްކާއަށް ފަސްދީފާއި އަވްޔަން ދާން ހެދުމުން އަލިޝްކާ އެއްސެވެ. އަވްޔަންގެ ފަރާތުން އެދެވޭ ހަރާކާތެއް ފެންނާކަށް އޭނާ އުންމީދެއް ނުކުރެވެ. އޭނާ އެހެން އެދުނީ އަވްޔަން ހަދާ އެއްޗެއް ބަލާލާށެވެ. ނަމަވެސް ކަންވީ އުންމީދު ކުރި ގޮތާ ޙިލާފަށެވެ. ހޫޑީ ބާލަމުން އަވްޔަން އޭތި އަލިޝްކާޔަށް ދިއްކޮށްލިއެވެ. އަވްޔަން ހުރީ އަތްކުރު ޓީޝާރޓެއް ލައިގެންނެވެ.
“އަން ލާބަލަ..” ހައިރާންވެފައި ހުރި އަލިޝްކާއަށް ހޫޑީ ދިއްކޮށްގެން ހުރެ އަވްޔަން ބުނެލިއެވެ. އަލިޝްކާ އޭގައި ހިފާލަމުން އޭނާގެ ކޮނޑުގައި އޮތް ދަބަސް ދެފައި ދޭތެރެއިން ހިފާއްޓާލަމުން ހޫޑީ ބޮލަށް މަހާލިއެވެ. އޭނާއަށް އޭތި ވަރަށް ދުލެވެ. ނިކަން ބޮޑެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އެއީ އަވްޔަންއަށްވެސް ނުލާހިކު ދޫ އެއްޗެކެވެ. “ތެންކްސް..” ގޭ ދޮރުން ވަންނަ ދިޔަ އަވްޔަންއަށް އިވޭވަރަށް އަލިޝްކާ ގޮވާލިއެވެ. އޭނާގެ ފަރާތުން ޖަވާބު ލިބެން އިރުކޮޅެއް ނެގިއެވެ.
“ބަރަބޯ ނުތެއްމެއްޗޭ..ވަކަވެދާނެ..” ބަލިވެދާނޭ ބުނަން އުޅެފައިވެސް އަވްޔަން ޙިޔާލުބަދަލުކޮށްލިއެވެ. އަވްޔަންއާ ދެމެދު އޮތް ގުޅުން ވަރުގަދަ ނުކުރުމަށްޓަކައެވެ. ނަމަވެސް އޭނާއަށް ރޭކާނުލީ އޭނާގެ ކޮންމެ ހަރަކާތަކާއި ބަހަކުންވެސް އެދެ ޒުވާނުން ދެމެދު އޮންނަ ގުޅުން ވަރުގަދަވާކަމެވެ. ގޭން ނިކުތް އަލިޝްކާ ޖަހާލީ ހިނިގަނޑެކެވެ.
” ނާރސް ޓްރެއިނިން އިންޓަނޭޝަނަލް ކޮލެޖް” ތެރެއަށް ވަދެގެން ދިޔަ އަލިޝްކާ ވަށަަގެން ވާ މާހައުލަށް ނަޒަރު ހިންގަމުން ދިޔައީ ބީރައްޓެއްސެއް ފަދައިންނެވެ. ނަމަވެސް ކޮންމެ މީހަކާ ދެމެދުވެސް ބައްދަލުކުރެވެމުން ދާ ހިނިތުންވުމުގެ ސަބަބުން އޭނާގެ ހިތަށް ކުޑަ ހިތްހަމަޖެހުމެއް ލިބެއެވެ. އަތުގައި އޮތް ކުޑަ މެޕް ބަލައިގެން އޭނާއަށް އޭނާގެ ކްލާސް ވަކިކުރަން އިނގުނެވެ. ކުލާސް ދޮރުމަތީގައި ހުއްޓިލި އަލިޝްކާ އެ ކުލާހުގައި ތިބި އެންމެންގެ ސަމާލުކަން ހޯދިއެވެ. އޭނާ ލަދުން އިސްޖަހާލަން ޖެހުނެވެ. ކުލާހުގައި ގިިނައީ އަންހެން ކުދިންކަންވެސް ނަސީބެކެވެ.
އޭނާ ގޮސް އިށީނދެލީވެސް އަންހެން ކުއްޖެއް ކައިރީގައެވެ. ލެކްޗަރާ އައުމުގެ ކުދިން ޔަމާނީ އަނގަތަޅަން ފަށައިފިއެވެ. “އޭ އިނގޭތަ އަހަރުންނަށް އަންނަ ލެކްޗަރާ އަކީ މީހެއްގެ މެޔަށް ބަޑި ޖަހާފަ ހުރި މީހެކޯ..އެކަމަކު މިހާރު ވަރަށް ރަނގަޅޯވެސް ކިޔާ” ޔަމާނީ ބުނެލި އެތިން ބޭއިޙްތިޔާރުގައި ނަމަވެސް އަލިޝްކާ އަވްޔަން މަތިން ހަންދާންވިއެވެ. މުޅި ކުލާސް ހިމޭންފައި ވުމުން ކުދިންތަށް ތުންތުން މަތިން ޔަމާނީ ބުނި ވާހަކަ ފަތުރަމުން ދާ އަޑު އިވެއެވެ. “ދެން އޭނަ ޖަލަކަށް ނުލާތަ؟.” އަލިޝްކާ އެއްސެވެ. އޭނާ ހިސާބަކަށް ބިރުވެސް ގަތެވެ.
“ނޫން ލީ އެކަމަކު ދެއަހަރަށް ލީ އޭނަ ވަޒަން ޖެހި މީހާ މަރެއްނުވެޔޭ..އިހަށް ދުވަހު އެ ލެކްޗަރާ މިނިވަންވީ އެވެސް ލާރިގަނޑެއް ދައްކައިގެން..” ޔަމާނީގެ ވާހަކަޔަށް ބޯ ޖަހާލުން ނޫންކަމެއް އަލިޝްކާއަކަށް ނުކުރެވުނެވެ. “ވަރަށް ވަރަށް މަޝްހޫރު ލަވަކިޔުން ތެރިއަކަށޯ އެހަމަލާ ދިނީ..” ޔަމާނީގެ ވާހަކަޔާއެކު އަލިޝްކާ ދެލޯ ބޮޑުވިއެވެ. އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ.
“އަވްޔަން ތަ.” ދުލުން ބޭރުކުރަން ހިތް ނޭދުނުނަމަވެސް އަލިޝްކާއަށް އެކަން ކުރެވުނީއެވެ. ހިނިތުންވެކަމުން ޔަމާނީ ބޯޖަހާލީ އަލިޝްކާގެ ސުވާލަށް އާނބަސް ދޭ ފަދައިންނެވެ. އަލިޝްކާ މުޅި ހިމޭންވިއެވެ. އޭނާގެ ހަނދާންނުގައި އެކި ކަންތަށް ދުވަން ފެށިއެވެ. އަވްޔަންގެ ކޮޓަރިން ފެނުނު ޑައިރީއެވެ. އޭނާ ޓީޝާރޓު ބާލައިގެން ހުރި ދުވަހަކު މޭމަތިން ފެނުނުހެން ހީވި ލަކުނެވެ. އަވްޔަން ބައްޔެވެ. ކޮންމެއަކަސް ތަފާތު ޙިޔާލުތަކުން އަލިޝްކާ ސިކުނޑި ފުރި ބާރުވާން ފެށިއެވެ.
ލެކްޗަރާ ކްލާހަށް ވަނީވެސް އެފަދަ ޙިޔާލުތަކުގައި އަލިޝްކާ އިނދައެވެ. އޭނާ ދެލޯ ކުޑަކޮށްލަމުން ހިނިތުންވެފައި ހުރި އެ ލެކްޗަރާޔަށް ބަލަން ފެށިއެވެ. ފެންނަފެނުމުން ހީވަނީ ތިރީހުން ދަށުގެ ދުވަސްތަށް ގުނަމުން ދާ ޒުވާނެއްހެންނެވެ. ލެކްޗަރާ އިށީނދެލީ މޭޒުމަތީގައެވެ. ގިނަ ކުދިންތަކެއް މޫނަށް ވައްތަރު ޖައްސާލިއެވެ. ނަމަވެސް އަލިޝްކާ އިނީ ކަޅި ޖަހާނުލާ އެ ލެކްޗަރާއަށް ބަލާށެވެ. އެއީ ކޮންތާކުން މީހެއްތޯ އޭނާ ހަނދާންކުރަނީއެވެ.
“ހައި އެވްރިވަން..އައިމް ހުސެއިން ޒިޔަލް އެން އަލްބީ ޔޯ ލެކްޗަރާ..” ޒިޔަލް ބުނެލުމާއެކު ބޭނުންނުވިނަމަވެސް ކުދިންތަށް އަތްތިލަ ބަޑި ޖަހަން ފެށިއެވެ. ކުދިންގެ މޫނުމަތީގައިވާ ނުތަނަވަސްކަމާއި ނުރުހުން ޒިޔަލްއަށް ފާހަގަވީ ކަންނޭނގެއެވެ. “އިނގޭ މައި ޕާސްޓް އިނގޭނެކަން ހުރިހާ ސްޓޫޑެންޓަސް އަށްވެސް..އެކަމަކު ބުނެލަން އޮތީ ޕާސްޓް އިޒް ޕާސްޓޭ..އައި ހެވް ޗޭންޑް ނައު..” ލުއި ހިނިތުންވުމަކާއެކު އޭނާ ބުނެލިއެވެ. އަލިޝްކާ ފިޔަވާ ހުރިހާ ކުދިންގެ ހިތަށް އޭނާ ހަމަޖެހުން ގެނުވިއެވެ. ކިތަންމެ ހިތްހެޔޮކޮށް އޭނާ ވާޙަކަ ދެއްކިޔަސް އޭނާގެ އެ ހިތްހެޔޮކަމުގެ ފަހަތުގައިވާ ސޫރައ އިނގޭނީ ކާކަށް ހެއްޔެވެ. އަލިޝްކާ އިނީ ނުތަނަވަސްކަމެއްގެ ތެރޭގައި އޭނާގެ ސިކުނޑީގައިވަނީ ރިޔާޝާގެ ޑައިރީއެވެ. އަވްޔަންގެ މެއަށް ޒިޔަލް ވަޒަން ޖަހަންވީ ކީއްވެހެއްޔެވެ. ހަމަ މި ވަގުތު ރިޔާޝާގެ ޑައިރީކިޔަން އަލިޝްކާ ބޭނުންވިއެވެ. “ވެދާނެއެއްނު..ރިޔާޝާ އާ އަވްޔަން ގުޅުނީމަ ޒިޔަލް ޖެލެސްވީކަމަށް..” ސިކުނޑި ގޮވަންދެން އަލިޝްކާ ގެންދިޔައީ ވިސްނަމުންނެވެ. އޭނާއަަށް ވިސްނުނީ އަވްޔަންގެ ލޯބީގެ ވާހަކައަށް ވީ ފިލްމްތަކުގައިވާ ގޮތަށް ކަމަށެވެ.
މޭޒުމަތީގައި އިނުމަށްފަހު ޒިޔަލް އޭނާގެ ލެކްޗަރު ފަށައިގަތެވެ. ނަމަވެސް ކުލާހުގެ ކަނަކަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ޒިޔަލްގެ ދެލޯ ކުޑަވިއެވެ. ފޮތް މޭޒުގައި ބާއްވައިގެން ކުޑަދޮރުން ބޭރަށް ބަލަން އިން އަލިޝްކާއެވެ. “އޭ އެއްކަހަލަ ހޮޓް ބޭބް..އަމާ..” ދެލޯ ބޮޑުކޮށްލި ޒިޔަލްއަަށް ހީވީ އޭނާގެ ދުނިޔެ ރަނުން ޖަރީވިހެންނެވެ. ދެލޯ ވިދައިގަތެވެ. އަތުގައި މި ލައިގަތީ އޭނާ ބޮޑު ނަސީބޭ ހިތަށް އެރިއެވެ.
ލެކްޗަރު އަޑުއަހަން އަލިޝްކާ އިނީ އޭނާގެ އިސްއުފުލާނުލުމަށް ހުވާކޮށްގެންނެވެ. ލެކްޗަރު ނަގައިން ދެމުން ދިޔަ ޒިޔަލްގެ ނަޒަރު އެންމެ ހިންދުކޮޅަކުވެސް އަލިޝްކާޔާ ވަކިނުވެއެވެ. އަލިޝްކާގެ މޫނުމަތީގައި ސުވާލު މާކެއް ވާއިރު ޒިޔަލް ހުރީ އުފަލުން ފޮޅިފައެވެ.
** *** ** *** ** *** **
ޔަމާނީ އޭނާގެ ލޯބިވެރިޔާއެކު ސައިކަލުގައި ގެއަށް ދިޔުމުން ކޮލްޖުގެ މައި ގޭޓުން ނުކުމެ ބޭރުގައި އަލިޝްކާ ހުރީ ކާރެއްގެ އިންތިޒާރުގައެވެ. ނަމަވެސް މޫސުމުގެ ގޮތުން ހާވީރުގެވަގުތުވެސް މަގުމަތިން މީހުން ފެންނަލެއް މަދެވެ. ކިހިއްޔަށް ފޮތް ޖަހައިގެން އަނެއްއަތުން ފޯނު ކަންފަތަށް ޖަހައިގެން ހުރި އަލިޝްކާއަށް ފަހަތުން މީހެއްގެ ހިލަންވިއެވެ. އޭނާ ފަސްއެނބުރި ބަލާލިއެވެ. ޒިޔަލްގެ ސޫރަ ފެނުމުން އޭނާ ވަގުތުން ފޫހިވިއެވެ. ކަޅި އަނބުރާލަމުން މޫނު އަނބުރާލިއެވެ.
“ހެއި..އަހަރުން ދިމާވި ދޯ ކޮންމެސް ތާކުން..” އަލިޝްކާ ކައިރި ހުއްޓިލަމުން ޒިޔަލް ބުނެލިއެެވެ. “ހްމްމް..ހަނދާނެއްނެތް ކޮންތަނެއްކަމެއް..” އަލިޝްކާގެ ނަޒަރު އެންމެ ހިންދުކޮޅަކުވެސް ފޯނުގެ ސްކްރީނުންވަކިނުވެއެވެ. މާޔޫސްވުމުގެ ބަދަލުގައި އަލިޝްކާ މިއަމަލުގެ ސަބަބުން ޒިޔަލް ހިތްހަމަނުޖެހުނެވެ. “އެއްކަލަ ދުވަހު ދިއްފުށިން އައި ލޯންޗުން ދޯ.” ކޯޓާ ފަޓުލޫނުގައި ހުރި ޒިޔަލް ދެ ޖީބަށް އަތްޖަހާލިއެވެ. އަލިޝްކާ އޭނާއަށް އަވަސް ނަޒަރެއް ދިނީ އެވަގުތެވެ. އެއްޗެއް ހަނދާންވާ ފަދައިން އަލިޝްކާ ހިނިތުންވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
ޒިޔަލްއާ ބެހޭގޮތުން އިވުނު ވާހަކަތަކާއި އެންމެ ފުރަތަމަ އޭނާ އަލިޝްކާޔާ ބައްދަލުވި ދުވަހު ވާހަކަ ދެއްކިގޮތުން އެއީ މާ ރަނގަޅު މީހެއްކަމަށް އަލިޝްކާއަކަށް ނުބެލެވުނެވެ. މީހުން މަދު މިފަދަ ވަގުތެއްގައި މި ސޮރުގެ ފަހަތުން ނުބައި ޢަމަލުތަކެއް ފެނިދާނެކަމަށްޓަކައި ބިރުގަނެވުނެވެ. ފެހި ބޯޑު އަޅުފާއި ހުރި ޓެކްސީއަކަށް އަތް ދިއްކޮށްލަމުން އޭނާ މަސަތްކަތް ކުރި ޒިޔަލްއާ ދުރަށް ދާށެވެ. ނަމަވެސް އެކާރު ހުސްކޮށެ އޮވެ ހުއްޓާނުލާ އޭގެ މަންޒިލަށް ދުއްވަމުން ދިޔައެވެ. އަލިޝްކާ އަތުން ނަސީބު އަތުލައިގަންނަމުން އެ ނަސީބު ޒިޔަލްއާ ހަވާލުކުރަމުންނެވެ. އަލިޝްކާ ޕިސް ޖަހާލިއެވެ. “މިގަޑީގަ ކާރެއް ނުލިބޭނެ..ވިއްސާރަވެސް ވެހެން ކަންނެ އެއުޅެނީ..މަ ލިފްޓެއް ދީފާނަން.” ޕާރިކިން ޒޯނުން ސައިކަލު ނެރެގެން އައިސް އަލިޝްކާ ކުރިމަތީގައި ހުއްޓިލަމުން ޒިޔަލް ބުނެލީ ހިތްހެޔޮވަމުންނެވެ. ނަމަވެސް އަލިޝްކާ އޭނާއަށް ބަލާލީ ހެޔޮ ނަޒަރަކުން ނޫނެވެ. އޭނާ ދެލޯ ކުޑަކޮށްގެން ހުރެ ވިސްނަމުން ދިޔައެވެ. ގެއަށް ގޮސްފައި ރިޔާޝާގެ ޑައިރި ކިޔުމަށް އަލިޝްކާ ހުރީ ނިކަން ކެތްމަދުވެފައެވެ. އޭނާއަށް އެކަން ކުރެވޭނީވެސް ގެއަށް ގޮސްގެން ވިއްޔާއެވެ. ކިހާ ހެއްވާ ހެއްޔެވެ. ޒިޔަލްގެ ހަގީގަތް އަވަހަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ އޭނާގެ ސައިކަލު ފަހަތުގައި ގެޔަށް ދިއުމެވެ.
ދެ ޙިޔާލެއްގައި ހުރެފައި އަލިޝްކާ ޒިޔަލް ސައިކަލު ފަހަތަށް އެރިއެވެ. އެނާ ހިތްހަމަޖެހުނީ ހީކުރި ގޮތާ ޙިލާފަ މަޑު ދުވެއްޔެގައި ޒިޔަލް ދުއްވަން ފެށުމުންނެވެ. ފިނިފިނި ރޯޅިތަށް އެ ދެޒުވާނުންނަށްވެސް ގޯނާ ކުރަނީއެވެ. ލޯގަނޑު އަނބުރާލަމުން އޭނާގެ ސައިކަލު ފަހަތުގައި އިން އަލިޝްކާއަށް ބަލާލިއެވެ. ޒިޔަލްގެ ހިތް ބުނިކަހަލައެވެ. އޯ އެހެރެ ފަރިކަމެކެވެ. ދުނިޔެމަތީގައި ހޫރުޕަރީންވެސް ދުނިޔެމަތީގައި އުޅޭ ހެއްޔެވެ. ލޫޅާފަތި ހަށިގަނޑަކާއި ދިގު އިސްތަށިގަނޑެކެވެ. ބޮޑު ދެލޮލާ ގަދަ ފިޔާ ތޮށި ތުންފަތެކެވެ. ހަމަ ރަނގަޅަށްވެސް ޒިޔަލް ޖާދޫގައި ޖައްސައިފިއެވެ.
“އަމްމް..ނަން އަހާލެވިދާނެތަ..” އެ ދެމެދުގައިވާ ހިމޭންކަން ޒިޔަލް ފޫ އަޅުވާލިއެވެ. “ރިޔާޝާ..” ތަސްބީހަ ފައްޗެއްހެން ރިޔާޝާ ހިތުން ކިޔަމުން ދިޔަ އަލިޝްކާއަށް ބުނެވުނެވެ. ޒިޔަލްއަށް ސައިކަލު ބުރަކި ޖެއްސިއެވެ. “އޭން އާން މަގޭ ނަން ދޯ..އިޓްސް އަލިޝްކާ..” އަލިޝްކާ ކެނޑި ކެނޑިގެން ބުނެލިއެވެ. އޭނާގެ ދުލުން ރިޔާޝާގެ ނަން ބޭރުވުމުން އޭނާ ހުރީ ސިހިފައެވެ. ހަމަޖެހިލަމުން ޒިޔަލް އަނެއްކާވެސް ސައިކަލު ދުއްވާލިއެވެ. “ކުއްޖާޔާ އެއްވަރަށް ނަންވެސް ރީތި.” މަސްތީ ގޮތަކަށް ޒިޔަލް ބުނެލިއެވެ. އަލިޝްކާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެހެންނަމަވެސް އޭނާ ޝުކުރު އަދާކުރީ އޭނާގެ އަގު މި ފިިރިހެނާގެ ކުރިމަތީގައި ވައްޓާނުލުމަށެވެ.
އަލިޝްކާ ބުނި މަންޒިލަށް ޒިޔަލް އޭނާ ގެންގޮސްދިނެވެ. ހ.ކަމީލިއާ ގޭގެ ދޮރުމަތީގައި މަޑުކޮށްލަމުން ޒިޔަލް ނަންބޯޑަށް ބަލަހައްޓައިގެން އިނެވެ. ” މަ އެތިކޮޅު ބަލައި އަންނަންޖެހޭ ތަން ދޯ މީ..” އޭނާ ހިތަށްއެރިއެެވެ. ނަމަވެސް އެ މޫނުމަތިން މާ ބޮޑު އަސަރެއް ނުފެނުނެވެ. ތުން އަނބުރާލުމަކުން ފުއްދާލިއެވެ. ހުޅުމާލެއާއި މާލެ ގުޅުވައިދޭ ބްރިޖަށް އޭނާގެ ނަޒަރު ދަތުރުކޮށްލި ވަގުތު އޭނާގެ ކޮނޑުގައި އަލިޝްކާ ޖަހާލުމުން ދިޔައީ ސިއްސައިގެންނެވެ. “ތެންކްސް އިނގޭ..” އަލިޝްކާ ބުނެލިއެވެ. ޒިޔަލްވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ކޮލެޖުގެ ދެތިން ވާހަކައެއް އޮޅުން ފިލުވާލަން ސައިކަލުން ނުބައިފާ އަލިޝްކާ އިނީއެވެ. ޒިޔަލްވެސް އޭނާގެ ހިތް އެދުން ގޮތަށް އަލިޝްކާ ފައިބަން ނޭދޭތީ ނުބުނެ އިނިއެވެ.
ޒިިޔަލްމެންގެ ސައިކަލު ހުރަސްކޮށްލީ ޕްރައިވެޓް ކާރެކެވެ. އެ ކާރުގެ ޑްރައިވާސް ސީޓުގައި އިން އަވްޔަންގެ ދެބުމަ ގޮށްޖެހުނީ ޒިޔަލްއާއި އަލިޝްކާ އެއްސައިކަލެއްގައި ތިބުމުންނެވެ. ގަރާޖު ތެރެއަށް އޭނާ ކާރުވައްދާލީ ހަލުވިމުނުގައެވެ. އަލިޝްކާމެންނަށް އޭނާގެ ހިލަމެއްވެސް ނުވެއެވެ. ގަރާޖު ތެރެއިން ނިކުންނަމުން ގޭ ދޮރުމަތީގައި އަވްޔަން މަޑުކޮށްލިއެވެ. “ރިޔާޝާޔަށް ކުރެވުނު ވަރު ނުފުދިގެން އެހެން އަންހެނަކާ ގުޅިގަތީ ދޯ..އަލިޝްކާޔަށް ޖައްސާނީ ކޮން ހާލެއްބާ..” ގޭ ދޮރުމަތީގައި އެއް ފައި ލައްގާލައިގެން ދެ ޖީބަށް އަތް ޖަހައިގެން ހުރި އަވްޔަން ހިތާހިތުން އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން ދަތުރުކޮށްލިއެވެ. އެއްކޮޅުން ޝައްކުކުރެވެނީ އަޖްވަދްއެވެ. އަނެއް ކޮޅުން މި ލައިގަތީ ޒިޔަލްއެވެ. އެ ދެމީހުންވެސް އެ ބެހީ އޭނާގެ ހިނިތުންވުމުގެ އަސްލާއެވެ. ބިލިމަގު އޭނާގެ ބަރަބޯ ސަލާމަތްކުރަން ޖެހޭނެ ނޫންހެޔެވެ.
ޒިޔަލްއާ ކުޑަކޮށް ވާހަަކަ ދައްކާލާފައި ސައިކަލުން އަލިޝްކާ ފޭބުމުން އެ ސައިކަލު ދުއްވާލިއެވެ. އަލިޝްކާ ހިތްހަމަ ޖެހުނީ އޭނާ ހީކުރިކަހަލަ މީހަކަށް ޒިޔަލް ނުވުމުންނެވެ. ނަމަވެސް ތަގުދީރު ނިޔާ އެނގޭނީ ފަހެ ކާކަށް ހެއްޔެވެ. ފޮތް ހިފާއްޓާލައިގެން އިސްޖަހައިގެން ހުރެ ގޭ ދޮރުމަތީގައި ހުއްޓުނު އަލިޝްކާ އަވްޔަންއަށް ބަލާލިއެވެ. އަލިޝްކާޔާ ދިމާލަށް ބަލަހައްޓައިގެން އޭނާވެސް ހުރި އިރު އެ މޫނުމަތީގައިވާ ކުލަވަރު ދެނެގަންނަން ދައްޗެވެ. އެއްވެސް ވާހަކައެއް ނުދައްކާ އަވްޔަން ވަދެގެން ދިޔުމުން އަލިޝްކާގ ހިތުގައި ސުވާލު އުފެދުނެވެ. މިއަދު ހެނދުނު ނުލާހިކު ރީއްޗަށް ވާޙަކަ ދެއްކި އަވްޔަންއަށް މިހާރު އެހުރީ ކިއްވެފައި ހެއްޔެވެ. ހަގީގަތުގައިވެސް މިއީ ހަމަ ތަފާތު ޒުވާނެކެވެ. ހަތަރު މިނެޓު ދެދަޅަޔަށް މިޒާޖު މިސޮރުގެ ބަދަލުވެއެވެ.
“އަލީޝް..ދާންވާނެ ދޯ އަވްޔަންމެންގެ ކޮންސެޓަށް..” ގޭތެރެއަށް ވަތް އަލިޝްކާ އަޝްފާއަށް ބަލާލަމުން ސިޑިން އަރަން ދިޔަ އަވްޔަންއަށް ބަލާލިއެވެ. އަވްޔަން އަޅާވެސް ނުލާ ސިޑިން އަރައިގެން ދިޔައީއެވެ. “ޓިކެޓު..” ކާމޭޒު ކައިރީގައި ކެރެޓު ކޮށަށް ހުރި އަޝްފާ ކައިރީ ނުސީދާކޮށް އަލިޝްކާ އެއްސެވެ. ހިނިތުންވެލަމުން އަޝްފާ ބޯ ހޫރާލިއެވެ. “ދެ އެތި މަ ނޭގީމޭ އޯކޭ ވާނެ..” އަޝްފާގެ ވާހަކައިން އަލިޝްކާ ހިތްހަމަޖެހުނެވެ.
ހަވީރުގެ ސައި ބުއިމުގައި އާއިލާ އެންމެން ބައިވެރިވިއެވެ. މޭޒުމަތީގައި ނަން ހުސްކޮށް ހެދިކާޔާ ޖޫސްތަކެވެ. ކޭކުގެ އެކި ބާތްވަތްތަކެވެ. ނަަމަވެސް މުޅި މޭޒަށް ނަޒަރު ހިންގާލި އަލިޝްކާއަށް ކަމެއް ފާހަގަވިއެވެ. އަވްޔަން ނެތްކަމެވެ. އެއްވެސް މީހަކު އޭނާ ނާންނާތީ ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިއަދަކީ އަލިޝްކާއަށް މާ ނަސީބު ރަނގަޅު ދުވަހެއް ނޫނެވެ. އަޖްވަދާއި ކުރިމައްޗަށް ވާ ގޮތަށް އިންނަން ޖެހުމުންނެވެ. އަމްނާއާއި އަޝްފާޔާ ގަދަ އަނގަ ތަޅަމުން ކުޑަކުޑަ އަމްރުއާވެސް އޭނާ ސަކަރާތްޖެހީ އަޖްވަދު އިންކަން ހަނދާން ނައްތާލަން ބޭނުންވާތީއެވެ. އެ ނުލަފާ އަޖްވަދުގެ ބަދަލަށް އެތާނގައި އަވްޔަން އިން ނަމައޭ އަލިޝްކާ ހިތަށްއެރިއެވެ. “އޭ ކޮބާތަ އަވްޔަން..” އަލިޝްކާގެ ވާހަކައިން މުޅި ތަން ހިމޭންވިއެވެ. އޭނާ އެހެން ބުނީ އަޖްވަދް ރުޅި އަރުވާލުމަށެވެ. އަވްޔަންއާއެކު އަލިޝްކާ ފެނުމުން ނުވަތަ އަވްޔަން ވާޙައެއްދެއްކިޔަސް އަޖްވަދް ހަސަދަވެރިވާކަން އަލިޝްކާޔަށް އޮޅިފަކައެއް ނެތެވެ.
“ދަރިޔާ ވާ ބުނާކަށް..އެ އަވްޔަން އެއީ ކައިގެން އުޅޭ މީހެއްނޫން..ދުވާލު ދެދަޅަޔަށް ކޮފީ ތަށްޓަކުން ފުއްދާލާނީ..އެހެން ނޫނަސް އެންމެން އެއްކޮށް ކަންޏަކާ އެ ސޮރު ނާންނާނެ..” ސަމީމާ ތަފްސީލުކޮށްދިނެވެ. “އެހެންވީމައޭ މަށަށް ބިލިމަގަށްވުރެއްވެސް ހިއްކޭ ބުނެވެނީ..” ހިތާހިތުން ބުނެލަމުން އަލިޝްކާ ހިނިގަނޑެއްޖަހާލިއެވެ. އެހެންކަމުގައިވިޔަސް އަވްޔަންގެ އެ ހަރަކާތްތަކުގެ ފަހަތުގައި ކޮންމެވެސް ހިކްމަތެއް ވާނެކަން އަލިޝްކާއަށް ވިސްނުނެވެ.
ވަރުބަލިކަމާއެކު ދަބަސް ބިންމަތީގައި ދަމަމުން ތިން ވަނަ ފްލޯރ އަށް އަރާ އަލިޝްކާ ސިޓިންގް ރޫމް ބޮކިދިއްލާލިއެވެ. އަނދިރީގައި ގޭމްކުޅެން އިން އަވްޔަންއަށް އޭނާ ބަލާލިއެވެ. ނަމަވެސް “ޖޯއިސްޓް” ހިފައިގެން ކަންފަތަށް ހެޑް ސެޓް ޖަހާލައިގެން އިން އަވްޔަންއަށް ހިލަމެއްވެސް ނުވިއެވެ. އޭނާގެ ސިކުނޑި ގޭމްގެ ތެރެއަށް ވަދެ ހުސްވެފައިވާކަހަލައެވެ.
އަލިޝްކާ ކޮޓަރިއަށް ވަދެފައި ބާރަަކަށް ދޮރުޖެހިއެވެ. އެ އަޑަށް އަވްޔަން އޭނާގެ ހެޑް ސެޓް ނައްޓާލަމުން ފަސް އެނބުރި ބަލާލިއެވެ ތުންދަމާލަމުން އަނެއްކާވެސް އޭނާ ގޭމް ގުޅެން ފެށިއެވެ.
ޑްރެސިން ޓޭބަލް މަތީގައި ދަބަސް ބަހައްޓާލަމުން އަލިޝްކާ މޯޅިއަކަށް ދެމިލިއެވެ. ދެލޯ މަރާލި ވަގުތު ރިޔާޝާގެ ޑައިރީ މަތިން އޭނާ ހަނދާންވިއެވެ. ފެންވަރައިގެން ނިކުތުމަށްފަހު އޭނާ ނަމާދަށް އެރިއެވެ. އެނދު ރީތިކޮށްލަމުން ދަބަސްތަށް ރީތިކޮށްލިއިރު އޭނާގެ ހަރަކާތްތަށް އެހެން ދުވަސް ދުވަހަށް ވުރެ އަވަސްހެން ހީވެއެވެ. ކުރަންޖެހޭ ހުރިހާ މަސަތްކަތެއް ކޮށްނިންމާފައި ބާލިސްދަށުގައި އޮތް ޑައިރީ އަލިޝްކާ ނެގިއެވެ. އޭނާ އެ ހިފައިގެން ނިކުތީ ބެލްކަންޏަށެވެ.
___________________________________________
ރިޔާޝާގެ ޑައިރީ ކުރިއަށް ހުރި ބައި
އޯޑަރު ނެގުމަށް ގޮސްފައި އަހަރެން އައި ތިބް އައިސްކްރީމް ހުރި ތަބަކަކާއެކުގައެވެ. އަހަންނަށް ފުރަގަސްދީގެން އަވްޔަން އިންކަމުގައިވިޔަސް ތިބި އެދެމީހުންގެ ވާހަކަ ވަރަށް އޮލަކަން އިނގެއެވެ. އެމީހުން ދައްކާ ވާހަކަ އަޑުއެހުމަށްޓަކައި އަހަރެން އަވްޔަންގެ ފަސްފަހަތުގައި ހުއްޓިލީމެެވެ. މޭޒުގެ އެއްއަރިމަތީގައި އިން ޒިޔަލްވެސް އޭނާގެ ފޯނާ ކުޅެމުން ދާތީ އަހަންނެއް ނުފެނުނެވެ.
“ކައެ ކީއްވެ މިހާރު އަހަރުންނާ އެހާ ދުރީ..” ނިޔަފަތިތަކާ ކުޅެމުން ދިޔަ އަވްޔަން އެއްސެވެ. ޒިޔަލް ހިނިތުންވުމަކުން ފުއްދާލަން އުޅުނެވެ ނަމަވެސް އޭނާގެ މޫނުމަތީ ކުލަވަރުން އެއްޗެއް ވިސްނަން އުޅޭހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އެ މޫނުމަތީ ކުލަވަރަު ސީރިއަސް ކަމަށް ބަދަލުވިއެވެ. “ރިޔާ ކައިރީ ނުބުނައްޗޭ..އައްސު ތެދަށް ބުނަންޏާ ތު ދެމީހުންގެ ގުޅުމަށް އަހަރެން އެއްބަހެއް ނޫން..” ޒިޔަލްގެ ޖަވާބާއެކު އަވްޔަންގެ ހަރަކާތްތަށް ހުއްޓުނެވެ. އޭނާ އެއީ ކީއްވެތޯ ޒިޔަލް ކުރެން އެއްސެވެ. “މަ ރިޔާޝާ ދެކެ ވަރަށް ލޯބިވޭ،.އަހަރުމެން ދެމީހުންގެ އެކުވެރިކަމުގެ ގުޅުމަށް ބުރޫ އަރާފާނެތީ ބުނަން ނުކެރެނީ..މަ ވަރަށް ހަސަދަވެރިވޭ ކަލޭ ދެކެ.” ޒިޔަލް ގެ ވާހަކަޔާއެކު އަހަރެންގެ ދެފައި ގުޑުގުޑު އަޅަންފެށިއެވެ. “ނުވާނެ ތިކަމެއް އެއީ މަގޭ ހައްގެއް..” އަވްޔަންގެ އަޑުން އޭނާ ރުޅިއައިއްސިކަން އަހަންނަށް އިނގުނެވެ. އަވްޔަންގެ އަޑުގައި ބޮޑާ ގޮތެއް ނެތަސް ޒިޔަލްގެ ގޮތް އަހަންނަށް އިނގެއެވެ. އޭނާ ބޭނުން އެއްޗެއް އޭނާ ހާސިލްކުރާނެއެވެ. އެއީ ފަސްޖެހޭ ޒުވާނެއް ނޫނެވެ. “އަވްޔަން ކަލޭ ހަނދާންކުރާތި ތިހެން ބުނިކަމަށްޓަކައިވެސް ރިޔާޝާ އެއީ މަގޭ ހައްގަކަށް މަ ހަދާނަން..މަށަށް ނުލިބޭ އެއްޗެއް ކަލެއަކަށްވެސް ނުލިބޭނެ..” ޒިޔަލް ވަރަށް ބާރަށް ބުންޏެވެ.
މިއީ ދުނިޔެމަތީ ކަމެއްބާއޭ އަހަރެން ހިތަށްއެރިއެވެ. ދުވަހަކުވެސް މިހެން ކަންހިނގާނެކަމަށް އަހަރެން ހިތަކަށް ނާރައެވެ. އަހަރެންގެ ދެލޮލަށް ކަރުނަބޮނޑުވިއެވެ. މިލައިގަތީ ކޮންފަދަ މުސީބާތަކާ ހެއްޔެވެ. އެއްކޮޅުން އެންމެ ލޯބިވާ އަވްޔަންއެވެ. އަނެއްކޮޅުން ކުޑައިރުއްސުރެއް އެންމެ ގާތް އެކުވެރިޔާ ޒިޔަލްއެވެ. ދާނެކޮޅެއް ނޭނގެޔޭ ހިތަށް އެރިއެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރައިގަތެވެ. އަތުގައި އޮތް ތަބަށް ބިންމައްޗަށް ވެއްޓުނެވެ. އަހަންނަށް ނުފެނުން ނަމަވެސް އެތާނގައި ތިބި އެންމެންގެ ނަޒަރު އަހަންނަށް ހުއްޓޭނެކަން ޔަގީނެވެ. “ބޭބީ…….” ވެއްޓެން ދިޔަ ވަގުތު އިވުނީ އަވްޔަން އަޑު އެކަންޏެވެ.
__________________________________________
ޑައިރީގެ އެ ސަފްހާ ކިޔާލުމަށްފަހު ދެން އޮތް ސަފްހާއަށް އަލިޝްކާ އެއްލިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ދެން ކުރިއަށް އޮތީ ހުސް ގަނޑެެކެވެ. ދެވަނަ ގަނޑުގެ މަތީގައި އިނގެރޭސިން ޖަހާފައި އޮތް “ފޮރޮމް އަވްޔަން ޓު މައި ބިލަވެޑް ޕްރިންސަސް” އެއަށްފަހު ފަށާފައި އޮތީ ދިވެހި ލަވައެކެވެ. އެއީ ރިޔާޝާގެ ލިޔުމާއި މުޅި ތަފާތު އެހެންނަމަވެސް ބަލާލަން ހިތްގައިމު ލިޔުމެކެވެ. އަލިޝްކާ އެ ލަަވަ ކިޔާލިއެވެ. ނިކަން އަސަރުގަދަ ލަވައެކެވެ. އެ ލަވައިގައިވާ ހާދިސާ ތަހައްމައުކޮށްފައިވާ މީހެއްނަމަ ރޯނެވެ. ނަމަަވެސް ލޯބީގެ އެއްވެސް ތަޖުރިބާއެއް ނެތް އަލިޝްކާއަށް ހިނިތުންވެލެވުނެވެ. އަވްޔަން ރިޔާޝާ ދެކެ ވީ މަތިވެރި ލޯބީގެ ހެކިފެނުމުންނެވެ.
ލަވަޔަށްފަހު ދެން އޮތީ ހުސް ހުސްގަނޑެވެ. އެހިސާބުން އެ ޑައިރީ ނިމުނީއޭ ހިތަށް އެރުމުން އަލިޝްކާ މާޔޫސްވިއެވެ. އެހެންކަމުގައިވިޔަސް އޭނާގެ ހިތުގައިވި އެތަކެއް ސުވާލަކަށް ޖަވާބު ލިބުނެވެ. ޒިޔަލްއާއި އަވްޔަންއާ ދެމެދު އޮތް ނަފްރަތަކީ ކޮބައިކަން ދެނެގަނެވިއްޖެއެވެ. އޭނާއަށް ނޭނގެނީ ރިޔާޝާ މަރުވެދިޔަ ހާދިސާއެވެ. އަވްޔަންގެ ފަރާތުން އެކަން ކޮންމެސް ދުވަހަކުން އޮޅުން ފިލުވުމަށް އަލިޝްކާ އަޒްމު ކަނޑައެޅިއެވެ.
ޑައިރީ ލައްޕާލި ވަގުތު އޭގެތެރެއިން ހުދުކުލައިގެ ކަނޑެއް ރަޖާގަނޑު މައްޗަށް ވެެއްޓުނެވެ. އަލިޝްކާގެ ސަމާލުކަން އެ ގަނޑުކޮޅު ހޯދިއެވެ. ގަނޑުކޮޅު ހުޅުވާ ބަލާލަން ކެތްމަދުވެފައިހުރި ހާލު އޭނާ އެފަދައިން ކަންކުރިއެވެ. އޭގާއިވަނީ ފޯނު ނަންބަރެކެވެ. ނަންބަރުގެ ތިރީގައި ޖަހާފައި އިން ނަން ތަންކޮޅެއް ބާރަށް އަލިޝްކާ ކިޔާލިއެވެ. “އަވްޔަންސް ސައިކޮލޮޖިސްޓް ސަނީހް.” އަލިޝްކާ ދެލޯ ކުޑަކޮށްލިއެވެ. އޭނާ އެ ނަންބަރު ފޯނުގައި ސޭވްކޮށްލީ ރަނގަޅު ޕްލޭނެއް ސިކުނޑީގައި ރާވާލަމުންނެވެ.
ހުދުކުލައިގެ ބާރު ސްކިނީ ބަނޑުގެ ފޫޅަށްވުރެ މައްޗަށް އަރައެވެ. އުނަގަނޑުންފެށިގެން މައްޗަށް ހުރި ކަޅުކުލައިގެ ދެމޭ ފޮތީގެ ހެދުންކޮޅަށް އަލިޝްކާ ދަމާލިއެވެ. އަމްނާއަށް ބާރުވެގެން އޭނާއަށް ހަދިޔާ ކުރި އެ ހެދުން އަލިޝްކާއަށް ހަމަ ހެޔޮވަރެވެ. އޭނާގެ އެއްކޮނޑުގައި އޮތް ކަޅުކުލައިގެ ކުޑަ ސައިޑް ބޭގް ތެރެއަށް ފޯނުލަމުން އިސްތަށިގަނޑުފަހަތަށް ދޫކޮށްލައިގެން އޭނާ ކޮޓަރި ބޮކިތަށް ނިވާލިއެވެ. އޭނާގެ ކަންފަތުގައި އަޅުވާފައި އިން ބޮޑު ވަށް ބުރު އެ ކަނދުރާޔަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ތުންފަތުގައި ރަތް ކުލަ ޖައްސާލާފައި ހުރިއިރު ފަަނަރައިގެ ހަނދުފަދައިން އެ މޫނު ފާޅުވަމުން ގެންދިޔައެވެ. ދޮރުގައި މީހަކު ޖަހާލި އަޑު އިވުމުން އަވްޔަން ކަމަށް އުނމީދުކޮށްގެން ގޮސް ދޮރު ހުޅުވާލިއެވެ.
ނަމަވެސް ދޮރު ކުރިމަތީގައި ހެވިފައި ހުރީ އަޝްފާއެވެ. ކަޅުކުލައިގެ ޝޯލްއަކާއި ރަތްކުލައިގެ ގަމީސްކޮޅެއްގައި އޭނާވެސް ހުތުރެކޭ ނުބުނެވޭނެއެވެ. ދަރިއަކު ވިހާފަ ހުރި އަންހެނަކާ ބަލާފައި ނިކަން ހިއްކެވެ. ވިހީގެ ފަހު އަހަރުތަށް ގުނަމުން ދިޔަޔަސް މޫނުމަތީގެ އޮމާންކަން ދަމަހައްޓާކަން ބަލާލާ ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ.
“ވާއު ލޯބި މާޝާﷲ..މީހެއްގެ އެސްފީނާ ނުޖައްސަވާނދޭ.” އަޝްފާ ހިނިތުންވެލިއެވެ. އަލިޝްކާ ގައިގައި އޭނާ ކުޑަކޮށް ބައްދާލިއެވެ. “ސޭމް އަޝްއަށްވެސް..މިހާރު އިންގިއްޖެ އަމްރު ބައްޕަ މަސްތުގަ ޖެހުނީ ކީއްވެކަން..” އަލިޝްކާ ސަމާސާކޮށްލިއެވެ. އެ ދެ އަންހެން ކުދިންގެ ލުއި ހުނުމުގެ އަޑު ކޮޓަރި ތެރޭގައި ގުގުމާލިއެވެ. “ހިނގާ ދެން ދާން ދޯ. އެކަމަކު އަވްޔަންއެއްވެސް ނުނިކުމޭ ކަންނެ..ބޭރުގަ އަދިވާނެ އެއްނު ޕޯޓްރޭޓް ފޮޓޯ ނަގަން..” ސެނެޕެއް ނަގާލަމުން އަލިޝްކާ ބުނެލިއެވެ. “އާން ތަންކޮޅެއް ކުރީ ބަރިއަކަށް އަރަންވާނެއެއްނު..އަވްޔަންގެ ވާހަކަ ނުދައްކާ އޭނަ ދާނީ ޝޯޥް ފެށެން ފަސް މިނެޓަށްވެފަ އޮއްވާ..އަބަދުވެސް.” އަލިޝްކާއާއި އަޝްފާ ކޮޓަރިން ނިކުތެވެ. އަމްރުގެ ކުޑަކަމެއް ކޮށްލަން އަޝްފާ އަވަހަށް ސިޑިން ފައިބައިގެން ދިޔައެވެ. ތަޅުގައި ހިފައި ދޮރު ލައްޕާލަމުން އަލިޝްކާ އަވްޔަންގެ ކޮޓަރި ދޮރާ ދިމާލަށް ބަލާލިއެވެ.
އެވަގުތު ވެގެން ދިޔައީ ގަޔަށް ސެންޓު ބުރުވާލައިގެން އަވްޔަންވެސް ކޮޓަރިން ނިކުތް ވަގުތަށެެވެ. އޭނާ ގައިން ދުވި ފިރިހެންވަންތަ ސެންޓު ވަހުން އަލިޝްކާ ނޭފަތް ދަމާލިއެވެ. އަވްޔަންއަށް އޭނާ ނަޒަރު ހިނގާލިއެވެ. އަތުކުރިއަށާއި ފަސްބަޔަށް ރަބަރު ލައްވާފައި ހުރި އޭނާގެ ޓީޝާރޓު އާންމުކޮށް ހުންނަގޮތަކަށް ގައިގައި ނުޖެހޭ ހާ ދުލެވެ. ކަޅު ޖިންސުގައި ހުރިއިރު އެހެން ދުވަސްދުވަހަށް ވުރެ ތާޒާހެން ހީވެއެވެ. މޫނުމައްޗަށް ވެރިފައިވަ ހުރި އިސްތަށިގަށް އެއްފަރާތް ކޮށް އެއަރިއަށް މަތިވާގޮތަށް އޭނާ އިސްތަށިގަނޑު ބެހެއްޓުމުން ނިކަން ގުޅެއެވެ.
އަލިޝްކާޔަށް ކަޅި ޖަހާނުލާ ބަލަން ހުރި އަވްޔަންގެ ފަރާތުން އަލިޝްކާ ތައުރީފްގެ ބަހަކަށް އިންތިޒާރުކުރެވުނެވެ. ނަމަވެސް އަޅާވެސް ނުލާ ސިޑިން ފައިބައިގެން އަވްޔަން ދިޔައީއެވެ. އޭނާގެ ޖީބަށް ފޯނު ޖަހާލައިގެންނެވެ. އަލިޝްކާ މާޔޫސްވިއެވެ. އޭނާއަށް ކުރެވުނު ކުށަކީ ކޮބައި ހެއްޔެވެ. އަވްޔަން ވާހަކަ ނުދައްކަނީ އޭނާދެކެ ރުޅިއައިސްގެން ބާވައެވެ.
ތުން އަނބުރާލަމުން އަލިޝްކާ ތިރިއަށް ފޭބިއިރު އަވްޔަން ގެއިން ނިކުތީއެވެ. އަޝްފާ ހުރީ އޭނާގެ އިންތިޒާރުގައެވެ. “އަވްޔަން ކޮން ދުނިޔެއްގަ އުޅޭ ދުވަހެއްބާ..ވާހަކަވެސް ނުދައްކާ..” އަޝްފާއަށްވެސް އޭނާގެ ކޮއްކޮގެ ބަދަލު ފާހަގަ ކުރެވިގެން އެއްސެވެ. އަލިޝްކާޔަށް އެ ސުވާލު ޖަވާބު އިނގޭނީ ވަކި ކިހިނަކުން ހެއްޔެވެ. އަޝްފާގެ ސްކޫޓީގައި ތާރު އެޅިމަގުގައި އެދެމީހުން ދަތުރުކުރަމުން ދިޔައީ ކާނިވާ ސަރަހައްދަށް ނުވައެއް ޖެހުމުގެ ކުރިން ވާސިލްްވުމަށެވެ. “އެހެންޏާވެސް އޭނަ އެއީ އެހާ ވަހަކަ ދައްކާ މީހެއް ނޫނެއްނު..” އަލިޝްކާ މަސަތްކަތްކުރީ އަޝްފާ އަވްޔަންއާ މެދު ދެކޭ ގޮތް ހޯދުމަށެވެ. “އާން..އެކަމަކު އެއްބަނޑު އެއްބަފާ ކުދިން ވާހަކަ ދައްކައިފިއްޔާ ދައްކާނެ..އަމްރުއާވެސް ސަކަރާތްޖަހާނެ އެކަމަކު ހިތަށް އެރުން އޮންނާނީ..ބައެއްފަހަރު ކިތަންމެ ވާހަކަ އެއްދެއްކިޔަސް އޭނާ އިންނާނެ އެހެން ދުނިޔެއްއެއްގެ..” އަޝްފާގެ ޝަކުވާތަށް އަހަން ހުރި އަލިޝްކާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ފެވުނެވެ. އޭނާއަށްވެސް މިފެންނަނީ ދެކުންތެރިކަމެއް ބަދަލުވުމެއްނެތް ހަމަ އަވްޔަންގެ އަސްލު ސޫރަތާއެވެ.
ކާނިވާ ސަރަހައްސު ފުރި ބާރުވަނީއެވެ. ޝޯވް ބެލުމަށްޓަކައި އެތަނަށް ގިނައިން އަންނަމުން ދިޔައީ ޒުވާނުންނެވެ. ޖޯޑުތަކާއި ރައްޓެހިންގެ ގްރްރޫޕްތަކެވެ. މީހުންތަކު ތެރެއިން ފުރޭނެމުން އަލިޝްކާއާއި އަޝްފާ އެންމެ ކުރީ ސީޓުން ޖާގަ ހޯދިއެވެ. ކޮންސެޓް ނުފެށެނީސްވެސް ގަދަ އަލިތަށް ބިމަށާއި އުޑައެޅެމުން ދިޔައީ އެ ސަރަހައްދުގައި ޝޯވް އެއްބާވާކަން މުޅި މާލެއަށް އަނގަން އުޅޭ ފަދައިންނެވެ. ޓީވީތަކުން ލައިވް ކުރަމުން ދިޔަ މި ޝޯވްގައި މަޝްހޫރު އެތަކެއް ލަވަކިޔުންތެރިންނެއް ފެންނާނެކަމަށް ހުރިހާ އެންމެންވެސް އުންމީދުކުރިއެވެ. ނަމަވެސް އަލިޝްކާގެ އެދުމަކީ ހަމައެކަނި އަވްޔަންއެވެ. އަވްޔަންގެ ހިތްގައިމު އަޑުން ލަވައެއް އަހާލަން އޭނާ ހުރީ ކެތްމަދުވެފައެވެ.
ޝޯޥް ފެށިގެން ދިޔައެވެ. ތަފާތު ލަވަތަށް ސްޓޭޖުން ފެންނަން ފެށިއެވެ. މަޑު ލަވަތަކާއި ރޮކް ލަވަތަކެވެ. ނެށުންތަކާއި އެކި ކުލަކުލައިގެ ލައިޓްތަށް މާހައުލު ދިއްލަމުން ދިޔައީ ދަންވި ދަންވީ ވަރަކަށެވެ. އެގާރަ ޖަހަން ގާތްކުރިއިރުވެސް އަވްޔަންގެ މޫނު ނުފެނުމުން އަލިޝްކާ މާޔޫސްވާ ގޮތްވިއެވެ. އަޝްފާ ދިޔައީ ފޯރިޔާއެކު ލަވަތަކަށް ތައުރީފްކުރަމުންނެވެ. ނަމަވެސް އާފުރިލަމުން އަލިޝްކާ ލޯ މަރާލިއެވެ. ކުއްލިއަކަށް މުޅި މާހައުލު ނިވުނެވެ. ދެން އިވިގެން ދިޔައީ ބަޑިއެއް ގޮއްވާލި އަޑެވެ. އުޑުމަތީގައި ހުދުކުލައިން ފެވިގެން ދިޔައީ އަވްޔަންމެންގެ ބޭންޑްގެ ނަމެވެ. އެންމެން އެއްއަޑަކުން ހަޅޭއްލަވަން ފެށިއެވެ. އުފަލުންނެވެ. އެމީހުންގެ ދިގު އިންތިޒާރަށް ނިމުން އައީތީއެވެ.
ނޫކުލައިން ސްޓޭޖް ދިއްލުމުން އަވްޔަންމެންގެ ބޭންޑުގައި ހިމެނޭ ތިން ލަވަކިޔުންތެރިންނާ މިއުޒިކް ބައިގައި ހިމެނޭ ހަތަރު މީހުންގެ މޫނު ކަޝްފުވިއެވެ. ސްޓޭޖުގެ މެދުގައި ތިން ލަވަކިޔުންތެރިން ތިބީމައި ސްޕޮޓްލައިޓް އެޅުނީ އެމީހުންނަށެެވެ. ފަަހަތުގައި އީށީނދެގެން ފިއާނޯއާއި ޑްރަމްގެ އިތުރުން ގިޓަލާއި ބެރު ޖަހަމުން ދިޔަ މީހުންވެސް ފެނުނެވެ. “މެދުގަ އެހެރީ އަވްޔަން ދެން ދެފަރާތުގަ ނާއިލްއާ ސައިފް..” މީހުންގެ ނަންތަށް ނޭނގިގެން އަލިޝްކާ އެހުމުން އަޝްފާ ކިޔަދިނެވެ.
އަވްޔަންގެ އަޑުން ލަވަފެށިގެން ދިޔައިރުވެސް ސަޕޯޓަރުންގެ އަޑު ނުކެނޑެއެވެ. ލަވައިގެ ފަހަތުން އެމީހުންވެސް ކިޔަމުން ގެންދިޔައެވެ. އަޝްފާގެ އެދުމަށް އަލިޝްކާވެސް ޖެހުނީ ކިޔާށެވެ. އޭނާއަށް އެކަން މަޖާވެސް ވިއެވެ. އަވްޔަންއާއެކު ލަވަކިޔެނީއޭ ހިތަށް އެރުުމުން ފަޙްރުވެރިވިއެވެ.
ކައުނުގާ ނުވާނެހާ ރީތިކަން ތިބާގެވާ…….ބުނެދިނަސް މިސާލުގާ ސުވާލު ހިތުގަ ގިނަވެދޭ..
ހީލުމެއްގަ ފީނުވާ ހުވަފެއްނެއް ފެނުން އުފާ…….ބީނުވާނޭ ހީވެފާ ވުމުން ހިތެއްގެ މިލްކުގާ..
ދައުރުވާ ދުވަސްތަކާ މި ދުރުނުވާ ހަނދާންތަކާ……ހާސްކަމެއްގަ ފީނަމުން ދުޢާ ކުރީ ލިބުންއަދާ…
ފާރުވީ އުފާތަކާ އެކުއެކީ ހަގީގަތާ…..ބާރުނެތް ހިތެއްގަ ވާ އަނދިރިކަން ފިލާނެބާ
އަލިޝްކާ ހަނދާންވާން ފެށިއެވެ. އެއީ ރިޔާޝާޔަށް އަވްޔަން ލިޔެވައި އޮތް ލަވައެވެ. އެ ލަވަ އަވްޔަންގެ ހިމޭން އަޑުން ހިތްގައިމު ކަމާއެކު އަޑުއިވުމުން އަލިޝްކާގެ ހިތަށް ފިނިކަން ލިބުނެވެ. އަވްޔަންއަށް ލިބެމުން ދިޔަ ސަޕޯރޓް ފެނި އޭނާޔަށްޓަކައި އަލިޝްކާގެ ހިތް ފަޙްރުވެރިކަމުން ފުރުނެވެ. ރިޔާޝާ ވާ ނަސީބު ގަދައޭ ހިތަށް އެރިއެެވެ.
ސްޓޭޖް މަތީގައި ހުރި އަވްޔަންއަށް އޭނާގެ ސަޕޯރޓަރުންވެސް ނުފެންނަ ފަދައެވެ. ނަމަވެސް އެއްލިކަޅިން އަލިޝްކާއާއި އޭނާގެ ދޮންތަ ފެނުނެވެ. ނަމަވެސް އޭނާ އަޅައެއް ނުލިއެވެ. އަވްޔަންގެ ދެލޯ ކުރިމަތިން ރިޔާޝާއާއެކު ހޭދަކުރެވުނު ވަގުތުތަށް ފިލްމެއް ފަދައިން ފެންނަމުން ދިޔައެވެ. ކުޑަ ހިތްވަރާއެކު އޭނާ ލަވަކިޔަންފެށިއެވެ. އެ ލަވައިގެ ބޮޑުބައި އޮތީ އަވްޔަންއާ ހަވާލުކުރެވިފައެވެ. އެއީ އޭނާގެ އޮރިޖިނަލް ލަވައަކަށް ވުމުންނެވެ. ނަމަވެސް އޭނާގެ ދެލޯ ފުރިގެން ދިޔައީ ބޮޑު ތިކި މުތީގެ ކަރުނައިންނެވެ. އެ ކަރުނަތަށް ހޯސްލާފައި ބީހިލީ އަވްޔަންގެ ކޯތާފަތުގައެވެ. ލަވަ ކުރިއަށް ގެންދިޔައިރު އަޑު ކުރެހިފައިވީނަމަވެސް ފަހަތުގައި އޮތް ބޭންޑް އެކަމަށް ހައްލު ހޯދައިދިނެވެ.
ކުރީގަ ހެވިފާ..ހުރީމެ އެކުގާ…ފަހުން އެދުން ގޮތަށް ގޮސް ހުރީމެ ދުރުގާ..
ބުނީމަ ގާތުގާ މަ ކޮނޑުގަ ރޮއެފާ….އުޅެން އެކީގަ ބޭނުމޭ ނެތޭ ދެމީހުން އެކުވާން…
ހުރިން މަ ގާތުގާ….ހިޔާނެތް މަގުގާ…ހިޔާލުތަށްވި ބޮލުތެރޭގަ ދިރިހުރުން ފަނާކުރާ…
ބުނީމެ މިއަތުގައި ހިފާށެ ބާރުލާ….ހިފައިގެން ދާން ހިނގާށެ ދިރިއުޅުން ބަނާކުރުން….
އަވްޔަންގެ ކަރުނަތަށްފެނި އޯޑިއަންސް ވެސް ރޮމުން ދިޔައެވެ. އެއީ އަލަށް އެންމެންނަށްވެސް ފެނުނު މަންޒަރެކެވެ. ނަމަވެސް އަލިޝްކާއަށް މިއީ އާ މަންޒަރެއް ނޫނަސް އޭނާގެ ލޮލުންވެސް ހިފެއެއްޓުމެއްނެތި ކަރުނައައެވެ. އަލިޝްކާވެެސް އަވްޔަންއަށް ހިތްވަރަކަށް ވުމުގެ ގޮތުން ލަވަ ކުރިއަށް ގެންދިޔައެވެ. އެހެން ސަޕޯޓަރުންނާވެސް އެކީގައެވެ. ދެން އިވުނީ ލަވައިގެ ނިމޭ ބައިތެވެ. ތިން ފިރިހެނުންގެ އަޑާއި މާހައުލުގެ އަޑު އެކުވެގެން އައުމުން އެ ބައިތުގެ އިތުރަށް ފުރިހަމަކޮށްދިނެވެ.
ފެނިދެނިވާ އެދުވަސްތަށް އަނބުރާ ލިބިދާނެބާ ، އެދުވަސް ހަނދާނުގަ ނުފިލާ ވުމަށް
ހެވިފަ ތިބާ ހިތުގެ ތެރޭގައި ފެވި ރަހުމާ ، ހިތުގެ އުދާހުން ދުރުވާނެބާ
އެންމެންގެ އަތްތިލަ ބަޑީގެ އަޑު ގުގުމައިގެން ދިޔައެވެ. “ހޯ…ޕްރައުޑް އޮފް ޔޫ ބިލިމަގޫ” އަލިޝްކާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އިއްވާލެވުނީ އޭނާގެ ހިތުގެ ހާލެވެ. އެމަންޒަރު ވަރަށް ސާފުކޮށް އަވްޔަންއަށް ފެނުނެވެ. ހިތާމަވެރިކަން ވެރިވެފައިވާ އެ މޫނަށް އުފާވެރިކަން އައެވެ. އަލިޝްކާގެ އަލިވެފައިވާ މޫނު ފެނުމުންނެވެ. “ތެންކިއު ސޯ މަޗް ބަރަބޯ..ސެލިއުޓް.” އަވްޔަން އަލިޝްކާޔަށް ސެލިއުޓްކޮށްލިއެވެ. ސްޕޮޓްލައިޓް އޭނާޔަށް އެޅިފައިވުމުން އަލިޝްކާ ނިކަން ލަދުގަތެވެ. އަވްޔަން އެހެން ހަދަން ހެޔޮނުވާނެނޫންހެޔެވެ. އެފަކީރު ލަދުން މަރުވަނީއެވެ. އަޝްފާ ހުރީ ވާނުވާގައެވެ. އެދެމީހުން ދެމެދު އޮތީ ކޮން ގުޅުމެއްހެޔެވެ. ކޮންމެ ގުޅުމެއް އޮތަސް އެމީހުންގެ ހަރަކާތްތަށްހުރިގޮތުން އޭނާޔަށް ހެވުނެވެ.
ސްޓޭޖުން އަވްޔަން ބެކްސްޓޭޖަށް ފޭބިއެވެ. އެހެން ބަޔެއްގެ ހުށެއެޅުން ފެށުމުންނެވެ. “އޭ ފާހަނަޔަށް ދާން ވެއްޖެ ޕްލީސް..” އަޝްފާ ކުރިމަތީގައި އަލިޝްކާ ޑްރާމާ އެއް ފެށިއެެވެ. އޭނާގެ ޕްލޭނާ އެއްގޮތަށެވެ. “ބެކްސްޓޭޖަށް ދާން ޖެހޭނީ..އެކަމު ސަޕޯޓަރުންނަށް މަނާވާނެ..އަވްޔަންއަށް ފެނިއްޖެއްޔާ ވައްދަފާނެ..” އަޝްފާގެ ވާހަކަ ނުނިމެނީސް ބެކްސްޓޭޖަށޭ ބުނެ އަލިޝްކާ ދުއްވައިގަތެވެ. ބޮޑު ސަޕޯޓަރުންގެ ބައިގަނޑު ވަށާލާފައެވެ. ދުވެފައި ގޮސް ބެކްސްޓޭޖަށް ވަތް އިރު އެންމެ ފުރަތަމަވެސް އެރުނީ ސައިފްއާއި ނާއިލްއާއެވެ. “އަމްމްމް އަވްޔަން..” ލާނެއް ވައްތަރަކަށް ހެވިފައި ތިބި އެދެމީހުންނަށް ކަޅި އަޅާލަމުން އަލިޝްކާ އެއްސެވެ. އެމީހުން އިޝާރާތްކުރި ދިމާލަށް އަލިޝްކާ ހިނގައިގަތެވެ. އަވްޔަން ހުރީ ސިންކު ކައިރީގައި ލޯގަނޑަަށް ބަލަހައްޓައިގެންނެވެ.
ލޯގަނޑު ކުރިމަތީގައި ހުރި އަވްޔަންއަށް އޭނާގެ ފަހަތުން އަލިޝްކާގެ ސޫރަ ފާޅުވުމުން ހައިރާންވިއެވެ. “ނިންޖާރ ކޮޅާ ތީ މަނާކަމެއް..” އޭނާ ފަސް އެނބުރި ބަލާލަމުން ބުމަ އަރުވާލިއެވެ. “ފަސްޓަ އޮފް އޯލް ލަވަ ވަރަށް ސަޅި..” ހެވިފައި އަލިޝްކާ ބުނެލުމުން އަވްޔަން އޭނާގެ ޓީޝާރޓު ކަރުވަޅަށް ދަމާލީ ފޮނިވެފައެވެ. “ރިޔާޝާ އިޒް ލަކީ ޔޫ ލަވް ހާރ.” ތަންކޮޅެއް މަޑުމަޑުން އަލިޝްކާ ބުނެލި އެތިން އަވްޔަންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. “ސޮރީ އަވްޔަން މަށަށް އިނގިއްޖެ ހުރިހާ ވާހަކައެއްވެސް..” ސައިޑް ބޭގް ތެރެއިން ޑައިރީ އަވްޔަންއަށް ދިއްކޮށްލަމުން އަލިޝްކާ އިސްޖަހާލިއެވެ. އަވްޔަން އެ ޑައިރީގައި މަޑުމަޑުން ހިފިނަމަވެސް ކުއްލިއަކަށް ދަމައިގަތީ އަލިޝްކާއާއެކުގައެވެ. ނޭވާ ޖެހޭ ހިސާބުގައި އެ ދެޒުވާނުންނަށް ތިބެވުނެވެ.
“އެންމެ ފުރަތަމަ ދުވަހުވެސް ބުނެވުނު ކަންނޭނގެ މަގޭ ކޮޓަރިއަށް ވަދެ މަގޭ އެއްޗެހި ނުހާވާށޭ..އެ ޒިޔަލްއަކާ އެކީ ރައްކާވާންވީނު” އަވްޔަން ރުޅިއައެވެ. އަލިޝްކާ ބިރުން ތުުރުތުރު އަޅައިގަތެވެ. އަވްޔަން ރުޅި އައިއްސަ ހުއްޓާ ކުރިން ފެނުނު ނަމަވެސް ރުޅި އައިސްގެން އެއްޗެއް ބުނެލިތަން މި އިވުނީ އަލަށް ވިއްޔާއެވެ. “ޒިޔަލްއެއީ މަގޭ ލެކްޗަރާއޭ..އިތުރު ގުޅުމެއް ނޯވޭ..އަވްޔަން އައި ޕްރޮމިސް” އަލިޝްކާގެ ލޯ ފުރިގެން ދިޔައީ ކަރުނައިންނެވެ. އަވްޔަންގެ ހިތް މަޑުކަފަކޮޅަށް ވި ކަހަލައެވެ. “ސޮރީ..އަކަމު އަހަންނަށް ކަމެއް ކޮށްދެއްންޏާ މިކަން ސިއްރުކޮށްދީ..” އަވްޔަން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“ހިތުތެރޭގައި ހުރިހާ ކަމެއް ފޮރުވައިގެން ބޮޑު ހައިޖާންގަނޑެއް އުފެއްދާ އަމިއްލަ ނަފްސަށް މުޅި އުމުރަށް އަނިޔާ ދިނުމަށްވުރެއް ރަނގަޅުވާނެ ކަންނޭނގެ މީހަކާ ހިއްސާކޮށްލައިފިއްޔާ މަ މިހިރީ އަވްޔަން ކޮންމެ އެއްޗެއް ކިޔަސް އެކުވެރިއެއްގެ ހައިސިއްޔަތުން އަޑުއަހަން ތައްޔާރަށް..” ސޯފާގައި އިށީނދެލި އަވްޔަންގެ ކުރިމަތީގައި އަލިޝްކާ ހުއްޓިލިއެވެ. އަވްޔަން އިސްއުފުލާ އަލިޝްކާޔަށް ބަލާލިއެވެ. އަލިޝްކާ ދެލޮލުން އޭނާއަށް ރައްކާތެރިކަން އިހްސާސްވިކަހަލައެވެ. އޭނާގެ ބައްޔަށް ވާ ޝިފާއަކީ އަލިޝްކާއޭ އެހިތް ތަކުރާރުކޮށް ބުނަން ފެށިއެވެ.
“މަށަށް އިނގޭ އެއްޗަކީ ރިޔާޝާއާ އަވްޔަންގެ ގުޅުން ހީނަރުވީ ކީއްވެކަން…އަހަންނަށް އިނގޭ ޒިޔަލް އަވްޔަންގަޔަށް ބަޑިޖެހިކަންވެސް ރިޔާޝާ ހާސިލްކުރަމަށް އަވްޔަން އަށް އޭނާ ނުކުރާ ކަމެއް ނޯންނަކަން ތި ޑައިރީގެ އެހީގަޔާ ޒިޔަލްއާ ބެހޭގޮތުން އިވުނު ވާޙަކަތަކުގެ އަލީގަ އަހަންނަށް އިނގުނީ..” ދެންވެސް ވާހަކަ ދެއްކީ އަލިޝްކާއެވެ. އޭނާގެ ވާހަކަތަށް ހުރި ގޮތުން އަވްޔަން އެއްމިޔަކުން ހިނިތުންވެލިއެވެ. “ތީ ސައިންޓިސްޓެއްތަ ޑިޓެކްޓިވެއްދޯ..” އަވްޔަން ސަމާސަކޮށްލިއެވެ. މިފަދަ ވަގުތެއްގައި އޭނާ ސަމާސާ ކުރުމުން އަލިޝްކާ ހައިރާންވިއެވެ. “ހޫން ދެން ކިޔާދޭންވީ ރިޔާޝާ މަރުވިގޮތާ ބަޑިޖެހި ގޮތް..” އަވްޔަން ކައިރީ ދެފައި މައްޗަށް އަލިޝްކާ އިށީނދެލިއެވެ.
“އައިސް ކްރީމް ބޯ ތަނަށް ދިޔަ ދުވަހަށް ފަހު އަހަންނާ ރިޔާޝާއާ ދެމެދު އޮތް ގުޅުންވެސް ހީނަރުވާން ފެށި..ހަމަ އެ ޒިޔަލްއާ ހެދި…ދެން އެއްދުވަހު ޒިޔަލް ރިޔާޝާ ރޭޕްކުރީ..އަހަރެން އެދުވަހު ދިޔައީ ރިޔާޝާ ސަލާމަތްކުރަން..އެކަމަކު….ރިޔާޝާ އަމިއްލަޔަށް ސަލާމަތްވެގަނެގެން ދިިރިއުޅެން ބޭނުމެއްނޫނޭ ކިޔާފަ އެރީ ޓެރެސް ރެއިލިންއަށް..އަހަރެން ހުރީ އެންމެ ތިރީގަ..އަހަރެން އޭނާ ހުއްޓަން އުޅެނިކޮށް އޭނާ ފުންމާލީ..ދެން…ޒިޔަލް މެން ފަހަތުގަ ތިބެފަ މަގޭ މެޔަށް ވަޒަން ޖެހީ…” އަވްޔަންއަށް ކިޔާދެވުނީ ވަކި ހިސާބަކަށެވެ. އޭނާގެ ހާލަތު ގޯސްވާން ފެށި ދެލޯ މެރޭ ކަހަލަ އިހްސާސެއް ކުރެވިފައި އޭނާގެ އަޑު ކުރެހުނެވެ.
އަލިޝްކާ އަވްޔަންގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ހާވާލިއެވެ. އަވްޔަންއޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. އަވްޔަންވެސް ކުޑަކޮށް ގުދުވެލަމުން އޭނާގެ ކޮނޑުގައި ބޯ އަޅަލީ އެފަދަ އޯގާތެރިކަމަކަށް އެދިގެން ހުރެވުނީމައެވެ، އަލިޝްކާގެ އަތުތެރެއިން އޭނާޔަށް ޔަގީންވީ ލޯތްބާ އޯގާތެރިކަމާ އަޅާލުމެވެ. ފުރިހަމަ ރައްކާތެރިކަމެވެ. އެހެން އެކަކުގެ ފަރާތުންވެސް ނުލިބުނު ރަހުމާއި ހަމްދަރުދީއެވެ. ކުލުނުގެ އަތަކުން ފިރުމާލީ އޭނާގެ މަންމަވެސް ޒުވާން އުމުރަށް އެޅުމުން އަތް ނުލާހާ ލޯބިންނެވެ.
“މަ ކިހާ ނަސީބު ދެރަ އެ ވަޒަން އެރީ މޭގެ ކަނާތް ފަރާތަށް..ހިތަށް އަރާ އެ ވަޒަން ވާތް ފަރާތްތަށް އަރައިގެން ރިޔާޝާޔާއެކު މަރުވެގެން ދެވުނު ނަމައޭ..” ގިސްލުމުގެ ތެރެއިން އަވްޔަން ބުނެލިއެވެ. ދެއަހަރު ފޮރުވައިގެން އުޅުނު އޭނާގެ ހިތުގެ ހުރިހާ އުދާހެއް އަލިޝްކާ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ފިރިހެނެއްކަމަކު ހިތް ފުރެދެން ރޯލިއެވެ. ފޫހިކަމެއް ޝަކުވާއެއްނެތި ކެތްތެރިކަމާއެކު އަލިޝްކާވެސް އެހުރިހާ ވާހަކަތަކެއް އަހަމުން ގެންދިޔައެވެ. އަވްޔަންގެ އިސްތަށިގަނޑުގައި އޭނާގެ ހިމަ ލޯލިއިނގިލިތަކުން ފިރުމަމުންނެވެ.
އަވްޔަންގެ ތުންފަތުގައި އަލިޝްކާ ބޮޑުވައި އިނގިލި ޖައްސާލިއެވެ. ދެން ހުއްޓާލާށޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ. ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަލިޝްކާ ނުދައްކާ ވާހަކައެއް އޮތެވެ. ސައިކޮލޮޖިސްޓް ސަނީހްގެ ވާހަކައެވެ. އޭނާޔާ މެދު ކަންތަށް ކުރާނެ ގޮތްވެސް އަލިޝްކާ ވަނީ ރާވާފައި ވިއްޔާއެވެ.
އަވްޔަން އޭނާގެ މޫނު ފޮހެލަމުން ހިނިތުންވެލިއެވެ. އޭނޭގެ ހިތުގެ އުދާސްތަށް އެކީގައި ފިލައިގެން ދިޔަ ކަހަލައެވެ. ދެއަހަރަށްފަހު ނުތަނަވަސްކަމުން ހިސޯރުކޮށްފައިވާ އެހިތަށް ހަމަޖެހުން ލިބުނެވެ. ތުންފަތުގައި ޖެހުނު އަލިޝްކާގެ އަތުކުރީގައި އަވްޔަން ހިފާއްޓާލަމުން ސޯފާއިން ތެދުވަން މަސަތްކަތްކުރިއެވެ. ނަމަވެސް އަލިޝްކާގެ އަތުކުރީގައި ލިޔެފައި އިން އެތީގެ ސަބަބުން ޝޮކްޖެހުނެވެ. ނިއް އަރުވާލެވުނެވެ.
އަލިޝްކާވެސް އޭނާގެ އަތުކުރިއަށް ބާލާލިއެވެ. ވަގުތު އަތް ދަމާލަމުން ބިންމަތިން ތެދުވެ ކޮޅަށް ހުރި އަވްޔަންއަށް ބާލާލިއެވެ. “ލަވް އަވްޔަން.” އަލިޝްކާގެ އަތުގައި ގަލަމުން ލިޔެފައިވާ އެތި އަވްޔަން ތަކުރާރުކޮށްލިއެވެ. އަލިޝްކާ ދެލޯ ބޮޑުވިއެވެ. މިއަދު ލެކްޗަރު އަޑުއަހަމުން އޭނާ ހޭވި ހަޑި އެންމެ ބޭނުންނުވާ މީހާއަށް ފަޅާއެރީތާއެވެ. “އެއްކީއްވެޔޯ ލަވް އަންނަނީ..މަށަށް ކިޔަނީ އަހްމަދް އަވްޔަން ގައިމު..” ހަގީގަތް އެނގި ހުރެވެސް އަވްޔަން ނޭނގޭކަމަށް ހެދިއެވެ. “އޭއީ…ލަވް ލަވް ވަރަށް ބޮޑަށް ވާތީ..” ތެދަށް ބުނަމުން އަލިޝްކާ އެއްލޯމަރާލިއެވެ. “އޭނ..” އަވްޔަންއަށް ގެޓްވާން އިރުކޮޅެއް ނެގިއެވެ. “ލަވް ޔޫ..” ފަލައިން ކިސްއެއް ދީފައި ބެކް ސްޓޭޖުން ބޭރަށް އަލިޝްކާ ދުއްވައިގަތެވެ. އަވްޔަންގެ މޫނުގައި ސުވާލުމާކު ޖައްސާފައެވެ. ކަންމިވީ ގޮތް ރޭކާލާން އޭނައަށް ފަސް މިނެޓު ނެގިއެވެ.
** *** ** *** ** *** ** ***
ގަޑިން މެންދަމު އެކެއް ޖެހީއެވެ. މުޅި ގޭތެރެ ނިވާލުމަށްފަހު އެންމެން ނިދަން އަރައިފިއެވެ. ޝޯވް ނިންމާލަމުން އަޝްފާއާއެކު ބްރިޖް މަތީގައި ދުއްވާލާފައި ގެއަށް އައިސް ވަތް އަލިޝްކާޔަށް މާ ނޭވާ ލެވެއެވެ. މިއަދު ޝޯވްގައި ހޭދަވި ހަތަރު ގަޑިއިރު ތެރޭގައިވެސް އެތަށް ކަމެއް ހިނގައިފިއެވެ.
“ގުޑް ނައިޓް..” އަޝްފާ އޭނާގެ ފްލޯރ އަށް އަރަމުން ހަނާއަޅާލިއެވެ. އާފުރިލަމުން އަލިޝްކާވެސް ހެނދުނުގެ ތަހުނިޔާ ރައްދުކޮށްލިއެވެ. އޭނާގެ ފްލޯރއަށް އަރަން މިސްރާބުޖެހީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. ފުރަތަމަވެސް ބަލާލެވުނީ އަވްޔަންގެ ކޮޓަރިއަށެެވެ. އެ ކޮޓަރި ދިއްލާފައި ހުރުމުން އޭނާ އުޅޭކަން ޔަގީންވިއެވެ. ހިނިތުންވެލަމުން އަލިޝްކާ އޭނާގެ ކޮޓަރިއަށް ވަދެ ފާހާނާއަށް މިސްރާބުޖެހީ ފެންވަރާލައިގެން އަވްޔަންއާ ވާހަކަ ދައްކަން ކަމަށެވެ.
އަނދިރި ސިޓިންގްރޫމް ތެރެއިން އިވުނީ ފިރިހެނެއްގެ ފިޔަވަޅުތަކުގެ އަޑެކެވެ. އެ ފިރިހެންމީހާ މަޑުކޮށްލީ އަލިޝްކާއާއި އަވްޔަންގެ ކޮޓަރިގެ މެދުގައެވެ. އެ ފިރިހެނާގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. ސުވާލު އުފައްދާނީ ކާކުހެއްޔެވެ. އެއީ ހަމަ އަޖްވަދެވެ. އޭނާ އެހުރީ ޝައިތޯނީ ވަސްވާހުން ސިކުނޑި ފުރާލައިގެން އައިހެވެ.
ފެންވަރައިގެން އައިސް އެނދަށް ވެއްޓިގަތް އަވްޔަން ބޮކިތަށް ނިވާލިއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އަލިޝްކާ ވާހަކަ ދައްކާނެ އިރަކަށެވެ. އަލިޝްކާ އެންމެ ފަހުން ބުނި ވާހަކައިގެ މާނަ ރަނގަޅަށް އިނގުނަސް އިތުރު ތަފްސީލެއް އަހަން އޭނާ ކެތްމަދުވި ކަހަލައެވެ. ނަންބަރު ނެތްނަމަވެސް އެއަށްވުރެ ބާރުގަދަ ވަސީލަތަކުން އެދެމީހުން ގުޅުަވައިދެއެވެ. ހަމަ އެންމެ ތުނި ފާރެކެވެ. “ރައްޓެހި ވާނަންތަ..” ޙިޔާލުތަކުގައި އޮތް އަވްޔަން ސިއްސައިގެން ދިޔައީ އަނެއް ކޮޓަރިން އަލިޝްކާ ގޮވާލި އަޑަށެވެ. “ކީކޭ ބަރަބޮލާ..އަދި އެއްފަހަރަ..” ގަބޫލުނުކުރެވިފައި އަވްޔަން އަދި އެއްފަހަރު އަހާލާ ހިތްވިއެވެ. “ރައްޓެހި ވާނަންހޭ..” އިސްތަށިގަނޑު ފަތުރާލަމުން ރަޖާއަޅާ ބޮކި ނިވާލި އަލިޝްކާ އަނެއްކާވެސް އޭނާގެ ވާހަކަ ތަކުރާރުކޮށްލިއެވެ. “މިހާރުވެސް މީ ހަމަ ރައްޓެހިންނެއްނު..ބަރަބޯ މޮޔައީތަ..” އަވްޔަން ސަމާސަކޮށްލިއެވެ. އަލިޝްކާ ތުންއަނބުރާލިއެވެ. “މަ މިހާރު ލަވް ޔޫ އޭވެސް ބުނެފިން ދޯ..އެހެންމަ ޕްރޮޕޯސްއޭ މިކުރީ..” އަލިޝްކާ ބުންޏެވެ. “އާންމަވެސް މި ބުނީ ވަވް ޔޫއޭ..” އަވްޔަން މަސަތްކަތް ކުރީ “ލަވް” ނުކިޔުމަށެވެ. “އެކަމަކު ރައްޓިހި ވާންދޯ…އަނުޝްކާ ޝާރމާ އުޅެނީ މީހަކާ އިނދެގެންނޭ..” އަވްޔަން ލަދުގަތްނަމަވެސް އެކަން ފޮރުވަން މަސަތްކަތްކުރިއެވެ.
“ދެން ސީރިއަސްއޭ…އައިޝަތް އަލިޝްކާޔާ ރައްޓެހިވާނަންހޭ..” ތަންކޮޅެއް ބާރަށް އަލިޝްކާ ގޮވާލުމުން އަވްޔަން ހިނިގަނޑެއް ޖަހާލިއެވެ. “މަ ވިސްނާލާންނަ ތިކަމާ..” އަވްޔަން ތެދަށް ބުންޏެވެ. “އޯކޭ މަ އިންތިޒާރު ކުރާނަން..” ހިނިތުންވުމަކާއެކު އަލިޝްކާ ލޯ މަރާލިއެވެ. ހަގީގަތުގައިވެސް އަވްޔަން ބުނީ ތެދެކެވެ އޭނާ ވިސްނާލަން ޖެހެއެވެ. އަދިވެސް އޭނާއަށް އެކީގައި މާޒީއަކުން އަރައެއް ނުގަނެވެއެވެ. އެހިތުގައި ކަނޑާ ނަގާފައިވާ ރިޔާޝާގެ ނަންމައްޗަށް ފަސްއަޅަން ދުވަސް ބޭނުންވާނެ ނޫންހެއްޔެވެ. އަލިޝްކާޔާ ރިޔާޝާ ދެމެދު ނަގާނެ މީހަކު ނޭނގިފައި އަވްޔަން އޮތެވެ. ރިޔާޝާ ނަގައިފިނަމަ ދިރިއުޅެން މިއޮތް ކުޑަދުވަސްކޮޅު ބޭކާރުވާނެއެވެ، ނަމަވެސް އަލިޝްކާ ނަގައިފިއްޔާ އޭގެ އިދިކޮޅެވެ. ދުނިޔެމަތީގައިވާ ހުރިހާ އުފަލެއް އެ އަންހެން ކުއްޖާ އަވްޔަންއަށް މިލްކުކޮށްދޭނެކަން ޔަގީނެވެ. އެހެންނޫނަސް އެއީ އަވްޔަންގެ ބައްޔަށް ވާ ޝިފާ ނޫންހެޔެވެ.
ސިޓިން ރޫމުގައި ހުރި އަޖްވަދްގެ ކަންފަތުން ދުން އަރަން ފެށިއެވެ. އޭނާ ދަތްކުނޑިވިކާލިއެވެ. ފޯނު ނަގާ ނަންބަރަކަށް ޑައިލްކޮށްލީ ހިތަށް ހަމަޖެހުން ހޯދާށެވެ. އަވްޔަންގެ ހުރިހާ އުފާތަކެއް ނިގުޅައިގަންނާށެވެ.
(ނުނިމޭ)
47 Comments
Comments are closed.
Nice, Maasha Allah, when is next part
Thanks a lot kudooo ❤❤❤❤ miadhu ge vaguthehga liye laafa submit kohlaanan insha allah ?????
Masha allah…v rythi….????one my fav stry ey meee….????i just love this stry..aslu ehn stries thakaa balaafa v unique mi stry…..ehnve kanneynge ehaa curious koh wait kureveny….?????☺??btw this is my first time to cmmnt on your stry…..mihaaru mi site ga hunna guna vaahaka thakakii hama eh type akah hunnah stries…..???☺???accept this and ifoo ge stry…..so just love your hardwork….u have a bright future in writing stries… Insha allah…. ? ? ? ? plus alishka and avyan v cute….lots of love ❤ ? ? ? ?
Woooooow mal dear ❤❤❤❤❤❤ I’m speechless ??????? vvvvvvvvvvvvvv ufaavejje thihaa loabi colourful comment eh kohleema ??????hama asluves I’m speechless I didnt imagine this much support ??????????????? thank you so much for the supportive and inspiring comment ?????????? im so thankful to have such sweet readers????insha allah mal men kiyaa hihvaa kahala unique strys kuriah oithaanga ves genesdheveytho I’ll try ????????????thikahala loabi readers and comments akee aslu mi stry unique koh avahah genesdheyn libey veh bodu hihvareh ??????and yes ifoo ge stry ves hama vrh loabi i luv it ??????? thank you so much and may Allah bless u with a bright future too ❤❤❤❤❤❤much luv from me ??????????
Alheyyyy….v lwbi story ..❤❤❤❤
Masha allah…??
Awwn ❤❤❤❤❤❤ u b more loabi ????? Thank you so much dear???????????
Salaam everyone..VUMUN HITHEHGE MILKUGAA mi vaahakaige 5th part ❤❤❤❤❤hurihaa kiyuntherinnahves kamudhaane kamah ummedhukuran.??????mistakes thah point out kohladhinumakee alhugandah..?????libeyne varah bodu kurierumeh ???????feel free to comment your views ????????I’ll be replying to all comments from 4th and 5th part?????????❤❤❤❤❤❤
Omg this is literally perfect ?❤️. Avahah up kohdheythi ❤️
Alheyyyyyy…aslu tha??❤❤❤vv ufaavejje ????yes insha allah writing mihaaru ????????
So so so so so nice and luvlyy…hama…habeyyys…
Saabaheyyy gigi..
Sweet of u ❤❤❤❤ Thank you so much xenysha dear ????? alheyy vvv loabi ingey.. ?????????
I will killl ajwad
Let’s go !!! I’ll be by your side dear?????
Omg Omg ? story varah varah reethi masha Allah. Im just speechless.???? this is my comment to this story. Mihaaru next part hama kiyaahithun vuvx hurevey. Avahah up kohdhehchey.. kn irakun next part up kurany ?????❤❤???????????☺??
Alishka and avyan gulhuvahchey ajvadhu bust kollafa arrest kobba.
story varah varah reethi. hama bunaane ehcheh neynge. Hama supper .. Masha Allah. e ajwad and ziyal haadha nulafayey. im going to both of them. I just hate that dhe gola. next part kn irakun up kurany..?? kiyaahithun nuvx hurevey.
im going to kill both of them.*
Vvvvvvvvvvvvvv ufaavejje ❤❤❤❤❤❤so laobs of u ??????? Thank you so much kookie dear ????it’s such a encouragement ??????????????? dho ziyal men dhe golayah hingaaba gotheh hadhan ???????? kookie aa gigi and aalishka ya dhaanii dho e dhegolaa maran mwahahha ????next part insha allah 3 30 kan haairu submit kohlaanan ?????????keep waiting it won’t take to long ISA ???????
maasha allah
omg gigi ur killing me heheh
i love this story a loot gigi sooooooo much loves from me
omg story loabikan alhey love avyan n alishkaa
both are soooo cute
varah naughty heheh
im curiously waiting for the next part
aslu thedhah bunaanama waitvx nukureveyne
ehaavx kiyan beynun
just love it
now u have become one of my favourite writer i just love this
its soooo unique
i just love this is soo differ
ehen story ahvure
just love it
im waiting for more of ur stories
may allah bless u
n give u more courage, confidence and more ideas to write soo unique stories
Woooooow ❤❤❤❤❤❤ vvv ufaavejje thihaa loabi comment eh kohleema ???????? alheyy much love from me 2 u ??????????????? ikr Alishka and avyan eii hama cuteness overloaded perfection ekey ??????????????????????❤❤❤❤??? ehehe next part 3 o clock vaanvaairah 3000 words hama kohlaafa submit kohlaanan ?????????keep waiting dear i admire ur patients ingey ?????? and for the second comment…..u all are my fav readers and emme kurin surrehves u have been hama one of the best favorites ❤❤❤❤❤????much love ??? insha allah adhi fennane gigi ge more strys ???? may Allah bless u with all the happiness and a bright future dear ????????????????????
Wowww mi part ves varah salhi… curiously waiting for next part..Gigi plss avahah up kohdheeba????????
U have become one my fav writer too gigi…????☺??and that’s because of ur unique idea’s…..mi vaahaka nimmaafa adhi liyaanan dhw!!!
Alheyy aslu tha ??❤❤❤❤❤ haadha sweet eyy ????? and u all are hama my fav readers ingey ????Lots luv ?????????? yes insha allah if I can mi vaahaka ninmaafa liyaanan ????????
story reethi. ekamu ibaaraai kurun hunna gothun kiyan varah undhagoovey
Thank you for correcting dearr ❤❤❤❤❤❤ insha allah I’ll try improving on that ingey ?????? but if u don’t mind it would be a big help undhagoovi thankolhege example buneladheeba ?????????????
V salhi
Thanks alot dear ??????????? hopin to see u more ????❤❤❤
Masha allah v reethi story eh ???… Wen next part??
Thank you so much lovely writer ❤❤❤❤❤ insha allah I’ll be submitting daily ingey ???????????
Wow this is perfect..omg manje haadha molhey story liyan..btw mi story nimendhen genas dhey thi..plxx im serious…waiting 4 next part…sys
Hamtti kolhuu u loabs adhi maa perfect ❤❤❤❤❤❤ I bunin dho I men collab hadhan hingaashey ???????? yesh insha allah bodu kameh dhimaanuvaahaa hindhaku genesdheynan ???????????? sys lots luvv ?????❤❤
Wow v reethi next part konirrakun up kodheyne.keepit up
Awwh thank you very much ❤???❤❤❤❤ Next part on Friday ??????????
Omg gigi ah hama evvana ingey ???Varah reethi Mi story ?? when next part?
Awwwwn my sissy ??????? comment kurumuge thee hama evvana ingey ?❤❤❤❤❤❤ Thank you so much ?????????????? next part on Friday insha allah ?????????
Woooooow.. varah reethi… kihinei goathi lavaen aee??.. it was so beautiful n hert touching.. loved it? keep it my dear..?
Ooooooh awwh thank you so much candy dearrr ❤❤❤❤❤❤❤❤ much luv ????? lava dho..it’s not my song eii symbolic records ge “DHURUVAANEBA” ?????? watch it in baiskoafu app vrh salhi ????? mi stry aa gulheythii use kohlii ????????????? thanks alot my dear ???????
konmeakas vrh reethi vaahakaeh!!maasha ALLAH… avyange javaabakah inthixaaru kurevey eba…. whn nxt…..
Alhey haadha reechey heart touching part ❤❤❤❤❤
Mihaaru mi vaahaka 1st part in feshigen baivaru buru kiyaafin
Story hama habeys superb fantastic speechless
Awwwn hazu dear ❤❤❤❤❤❤ u all make me hama speechless ingey ??????? alheyy aslu tha? So sweet of u baivaru buru kiyaaleema ??????? vrh ufaavejje mi part inves hazu ge comment eh libuneema ?????????? thi comment ves vrh loabi ingey ?????? ur such a loabi personn ??????????
Pls save alishkaa n marry kuruvaba avyan aw avahah
emeehun stage ah araa thanuga moonu “kashfuvee” ey inee. that doesnt make sense kashfuvun means gellun the correct word for that scenario would be “faalhuvun”. notice veema bunelee ingey stry v salhi
actually kashfuvun doesnt mean gellun it means faalhuvun so gigi use koffa in gothuga evves mistake eh nei search it up if u want
Thank you so much repunzel and lathy for the correction ❤❤❤❤❤ I also really donno the right way “kashfuvun” use kuran..but in some of the strys I’ve read dhe gothah ves kashfuvun beynun kurey..eheh ??????? I gotta ask someone like dhivehi sir ? but thank you so much ingey thee aslu libey vrh bodu kurierumeh ekahala gigi ahves olhun araa kanthah faahaga kohdhinun ???????????
wow nice story???
keep up the good work
Thank you so much lathy dear ❤❤❤❤??????? next part inves fennane kamah ummedhukuran ???????