މި ވާހަކަ އަކީ ވަރަށް ތަފާތު ވާހަކައެކެވެ. ވަރަށް އަވަހަށް މިވާހަކަ ގެނެސްދޭނަށް އިންޝާ ﷲ.. އިންތިޒާރު ކޮށްލައްވާ..
ކަޅުހުއްތުބޭގެ ދުލުން ބޭރުވި ލަފްޒުތައް ނޫރާގެ ކަންފަތާއި ހަމަ އަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގަ އެވެ. ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނު އިރު ދެލޮޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ އެވެ. މަޑު ގިސްލުމެއްގެ އަޑު އިވިފައި ދެން ފެނުނީ އަނގަ މަތީ އަތް އަޅައިގެން ހުރެ ބާރަށް ރޮއެގަތް ތަނެވެ. އޭނައަށް ހިތުގެ އުދާސްތައް ބޭރުކޮށް ނުލާ ކެތްނުވީ އެވެ. ނޫރާއަށް އޭނާގެ އެއްބަނޑު އެއްބަފާގަައި ހުރި ހަމައެކަނި ކޮއްކޮ ނައިރާ އޭނާ ދެކެ ވަރަށް ރުޅި އަންނަ ކަން އިނގެ އެވެ. އަދި އިންތިހާއަށް ނަފްރަތު ކުރާކަން ވެސް އިނގެއެވެ. ނަމަވެސް އޭނާ ދެކެ އަންނަ ރުޅިއެއްގެެ ޝަޒާ ނޫރިޝްއަށް ދޭން ޖެހުނު ސަަބަބެއް ނޫރާއަކަށް ނުވިސްނު ނެވެ. ނައިރާ ކަންތައް ކުރި ގޮތުން ނޫރާ އިންތިހާއަށް ދެރަވެ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ދަރިފުޅަށް ސިހުރު ނުހަދާ އޭނާއަށް ސިހުރު ހެދި ނަމަވެސް އެކުރާ ނަފްރަތަށް ބަދަލު ހިފުނީސް ތާއޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާގެ މަންމައަށް މި ދުވަސް ދެކެން ޖެހުނު ނަމަ ދެރަވެގެން ގޮސް ހިތްހުއްޓި ދާނެ ކަން ޔަގީނެވެ. ވާނީވެސް އެހެންތާ އެވެ. ހަމައެކަނި ތިބި ދެދަރިން އާއިލީ ގުޅުން ކަނޑާލައި ރުޅި ހަދާލައިގެން އުޅޭ މަންޒަރު ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟. މި ދުވަސް ފެނުމުގެ ކުރިން މަންމަ މި އަމިއްލަ އެދުމުން ފޯވެފައިވާ ދުނިޔެ އާ އަލްވަދާއު ކީ ކަން ނަސީބޭ ފުރަތަމަ ފަހަރަށް ނޫރާގެ ހިތަށް އެރިއެވެ. ނޫރާއަށް ހޭވެރިކަންވީ ކަޅުހުއްތުބޭ ކުރިންވެސް ކުރިމަތި ކުރުވި ސުވާލު ތަކުރާރު ކުރުމުން ނެވެ. ” އާނ… އޭނަ އަހަންނަށް ވަރަށް ނަފްރަތު ކުރާނެ… ” ގިސްލެވޭ ހާލު ރޮވިފައިވާ އަޑަކުން ވަރަށް އަސަރާއެކު ނޫރާ ޖަވާބު ދިނެވެ. ” ކީއްވެ… ” ނޫރާ ޖަވާބު ދިން އިރު އަޑުގައި ހުރި އަސަރަކުން ކަޅުހުއްތުބޭގެ ހިތުގައި ވީގޮތް އެނގުމުގެ ޝައުގު އިތުރުވި ކަހަލަ އެވެ. […]
އިތުރަށް އެވާހަކަތައް އަޑު އަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ. އިއާންގެ ލޮލުގައިވި ކަރުނަތައް ފެނުމާއެކު އަޝްރާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. އިއާންގެ މޫނު މަތިން އެހިތަށް ނުހަނު އަސަރުކޮށްފާވަކަން ހާމަވާން ހުއްޓެވެ. ކުރިން އުޖާލާކަން ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަވެރިކަމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ […]
ނަމަވެސް އީޝަލްއަށް ނޭނގުނު ކަމަކީ އޭނާގެ ދެބެންގެ ދެދަރިކުއްޖާއަށް ދިމާވި ހާލަތާއި ނޫރިޝްގެ ހާލަތާ އުޑާއި ބިމާހާ ތަފާތު ވާނެކަމެވެ. އިޝާ އާއި ނޫރާ އީޝަލް އިން ދިމާލަށް އެނބުރުމުން އަތުގެ ނުފުށުން ކަރުނަ ފުހެލުމަށްފަހު ގަދަކަމުން ތުންފަތް މައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވިއެވެ. ” ދަރިފުޅާ! ހިނގާ ގެއަށް ދާން… މިހާރު އެއޮށް ދިހައެއް ޖަހަންއުޅެނީ… މާދަމާ ސްކޫލަށް ވެސް ދާން ޖެހޭނެއްނު… ” އިޝާ އައިސް އީޝަލްގެ އަތުގައި ހިފައި ތެދުކުރަމުން ބުނެލިއެެވެ. އަދި ދޮރާއި ދިމާލަށް ހިނގައިގަތީ ނޫރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައެވެ. ނޫރާވެސް ރައްދުގައި ހިނިތުންވެލިއެއް ކަމަކު އެ ހިނިތުންވުމުގެ ފަހަތުގައިވާ ވޭން އިޝާ އަށް […]
“ކީއްވެ މާމަ ގޭގަ މިއޮތީ؟!“ އަހަންނަށް އޮވެވުނީ އަހަރުތަކެއް ކުރިން މާމަގެ ގޭގައި، އަހަރެން މާމައާއިއެކު ނިދި ކޮޓަރީގައެވެ. ހާސްވެ ކަންތައް ބޮޑުވެފައި ޖީބުން ފޯނު ނެގީމެވެ. ގަޑިން އޭރު ނުވަގަޑި ބައެވެ. ތާރީހުން އެކެއް ޖެނުއަރީ، ދެހާސް އަށެކެވެ. ****************************** ފޯނަށް ނުދަންނަ ނަންބަރަކުން ފޮނުވާފައި އިން މެސެޖު ހުޅުވައިލީމެވެ. އެއީ އަހަރެން މާޒީއަށް ދަތުރުކުރުމުގެ ކުރިން ޖެނުއަރީ އެކެއް ދެހާސް ނަވާރައިގައި ލިބިފައި އިން މެސެޖެކެވެ. މެސެޖު ހުޅުވައި ކިޔައިލީމެވެ. “ސޮރީ ޕާސްޓް ސާރާ. އަހަރެން […]
ކޮޓަރިން ނިކުމެގެން އަވްޔަން ގޮސް އަލިޝްކާ ކޮޓަރި ދޮރުމަތީގައި ހުއްޓިލިއެވެ. ހުޅުވާފައި ހުރި ދޮރުން އެތެރެއިން ފެންނަމުން ދިޔަ މަންޒަރުން އޭނާ ދެއަތް މުއްކެވުނެވެ. ބާރު ހިނގުމެއްގައި ކޮޓަރިއަށް ވަދެ އަލިޝްކާ ގައިމައްޗަށް ވެރިވެގަންފައި އޮތް އަޖްވަދުގެ ގަމީސްގިރުވާނުގައި ފަހަތުން ހިފާ ކޮޅަށްޖެހިއެވެ. ކިތަންމެ ބަރުނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން އަވްޔަންއަށް އެ ބަރުަކަންވެސް ހަނދާން ނެތްކަހަލައެވެ. ދުލަށް އައިހައި ނުބައި އެއްޗެއް އަވްޔަން ގޮވައިގަންއިރު އެއީ އޭނާގެ އުފަން ބައްޕަ ކަންވެސް ހަނދާން ނެތްކަހަލައެވެ. […]
އަޝްރާގެ އެ ހިމޭންކަމުގެ ސަބަބުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ އިތުރުވަމުންނެވެ. ” އަޝޫ… ދޮންބެއަށް މިހީވަނީ ހަމަ ރަނގަޅަށްތަ… ” އަޝްރާ އަދިވެސް އެެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އިއާން މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” ނޫން.. އެދެމީހުން ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯވޭ… އަޅުގަނޑަކަށް ފާހަގައެއްވެސް ނުވޭ ތިކަހަލަ އެއްވެސް ކަމެއް… ” އިއާން ދެވަނަ ފަހަރަށް ސުވާލުކުރުމުން އަޝްރާ ވިސްނާލުމަށްފަހު އޭނައަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބެއް ދިނެވެ. […]
ކަބަޑުތެރޭ އިން މީހާއާއި އަހަރެންނާއި ހަތަރުކަޅި ހަމަވިއެވެ. ދެ މީހުންގެ ހަޅޭއް ހުއްޓުނުއިރު އަހަރެންގެ ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ކަބަޑުތެރޭ އިނީ އަހަންނާއި އެއްވެސް ތަފާތެއްނެތް އަންހެނެކެވެ. ހަމަ އެއް މޫނެކެވެ. އެއް ހަށިގަނޑެކެވެ. ލައިގެން ހުރި އަންނައުނު ތަފާާތު ނޫންނަމަ ހީވާނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބެލޭހެންނެވެ. އެމީހާ ހިނިތުންވެލިއެވެ. *********************************** “ހާއި… ކިހިނެތްތަ ހާލުކޮޅު؟” ކަބަޑުން ނުކުތް މީހަކާ އަޅާބަލާފައި އޭނާ އިނީ ވަރަށް ހަމަ ޖެހިގެންނެވެ. “ތި…ތި…ތީ ކާކު؟… ކަބަޑު…ކަބަޑު ތެރެއަށް […]
ރޭގަނޑު އަނދިރިަކާމާ ރާއްޖޭގެ ހިމޭންފަޒާ ޢަލްވަދާޢު ކިޔަމުން ދުވާލުގެ އަލިކަމަށް މަރުހަބާ ކިއެވެ. ތަޙްތަށް ވެރިވެ ގަތް އިރުގެ އަލިން ފަޒާ އަލިކުރަމުންނެވެ. ރޭ ދަންވަރު ވެހުނު ވިއްސާރައިގެ އަސަރު ފިލައިގެން ނުދެއެވެ. މާތަކުގެ ފިޔަތަށް ޖަރީވެފައިވަނީ އެކުދިިކުދި ޝަބްނަމް ތިކިތަކުންނެވެ. އިރު އެރިތާ މާ ގިނައިރެއް ނުވާނެއެވެ. ކަޅު ވިލާތަކުން އަނެއްކާވެސް އެ އިރު ފަރުދާކޮށްލިއެވެ. ވާރޭ ވެހެން އުޅޭ ކަމުގެ ނިޝާނެއް ނުފެނުނަސް ގުގުރި ޖަހާލިއެވެ. މޫސުމުގެ ގޮތުން ގަނޑުގެ ބޮޑެތި ބާނިތަށްވެސް ދަތުރުކުރާލެއް […]