
ވުމުން ހިތެއްގެ މިލްކުގައި 6
ދުވަހަކީ ވިއްސާރަ ދުވެހެކެވެ. ބޮޑު ތިކި މުތީތަކުގެ އަޑު ރީތި މިއުޒިކެއް ފަދައިން ފަޒާގައި ގުގުމަމުން ދިޔައެވެ. މާލޭގެ މަގުތަކުގައި ފެން ހެދިފައިވާއިރު ވައިރޯޅިތަކުގެ ބާރުމިނުގައި ގަސްތަށް ހެލެމުން ދިޔައެވެ. ކަޅު ބޯ ވިލާތަކުގެ ފަހަތުގައި އިރު ފަރުދާވުމުން އަޑުމަތިން ފެންނަމުންދަނީ އަނދިރިކަމެވެ.
ބެލްކަނީގައި ހުރި ކުޑަ ކައުޗްގައި އަވްޔަން އިށީނދެލިއެވެ. އޭނާގެ ހުޑީ ބޮލުގައި އަޅާލަމުން ބެލްކަނިން ބޭރުން ފެންނަ މަންޒަރަށް ނަޒަރު ހިނގާލިއެވެ. ކުރިޔާ ޙިލާށް އޭނާގެ ހިތަށް އެ ވާރޭ މުތީތަކުން ހަމަޖެހުމެއް ނުގެނައެވެ. މީގެ ދުވަސްތަކެއް ކުރިން އަލިޝްކާ އޭނާ ދެކެ ވާ ލޯބި ހާމަކުރި ހިސާބުން ފެށިގެން އަވްޔަންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދާނޭ ދިމާއެއް ނެތިފައި އަވްޔަން އެހުރީ ހުއްޓުން އަރާފައެވެ. ނަގާނެ ކޮޅެއް އަދިވެސް ހަމަ ނޭނގެއެވެ. އަލިޝްކާ ކަހަލަ ނިކަމެއްޗަކާ އިންނަން އޭނާގެ އާއިލާ ގަބޫލުނާވަޔޭ އެހިތް ބުނެއެވެ. ދެން އޮތް ގޮތަކީ ރިޔާޝާ ދެކެ ވީ ލޯބީގެ ސަބަބުން ވެއްޓުނު އަނދަވަޅުތެރޭގައި މުޅި އުމުރަށް ތާށިވެފައި އޮތުމެވެ. ހަޔާތަށް ބަހާރު މޫސުން އަންނާނީ އަލިޝްކާޔާ ގުޅިގެންނެވެ.
މާޒީގެ ސަބަބުން އެހިތުގައި ޖެހުނު ލައްގަނޑު ފިލުވައިދެވޭނީ ހަމައެކަނި އަލިޝްކާއަށެވެ. އަވްޔަންގެ ހުރިހާ އުފަލެއް ގުޅިފައިވަނީ އަލިޝްކާުޔާއެވެ. ދެން އޭނާ އަލިޝްކާޔަށް އާނބަސް ނުބުނަނީ ކީއްވެހެއްޔެވެ. އާއިލާޔަށްޓަކައި މުޅި އުމުރަށް އަވަޔްން އޭނާގެ ހިތަށް އަނިޔާދޭން ހުންނާނެހެއްޔެވެ. އެ އާއިލާ އަވްޔަންއަށް ހެޔޮއެދިގެން އަދި އަދަށް ދާންދެންވެސް ކޮންދިންކަމެއް ނެތެވެ. މީހެއްގެ ބޭނުމަށް އަވްޔަން ޖެހުނު ދުވަހު އޭނާއަށް އެހީވީ އަލިޝްކާއެވެ. ފައިސާއެއް އަތުގައި ނެތް ނިކަމެއްޗަކަސް ލޯތްބާ އޯގާތެރިކަމުގެ އަތަކުން ފިރުމާލީ އެ އަންހެން ކުއްޖާ ނޫންހެއްޔެވެ. ނަމަވެސް އެކުއްޖާގެ ލޯބި ހާސިލްކުރުމަށްޓަކައި އަވްޔަން ހުރަސްކުރަންޖެހޭ ތިން ހަރުފައެއް އެބައޮތެވެ. ފުރަތަމަ ހަރުފައިގައި އާއިލާއެވެ. ދެވަނަ ހަރުފައިގައި އަޖްވަދެވެ. ތިންވަނަ ހަރުފައިގައި ޒިޔަލްއެވެ. ހަމަގައިމުވެސް އެ ވާނީ އެންމެ އުނދަގޫ ހަރުފައަށެވެ. ލޯބީގެ އަނދަވަޅުން އަރައިގަންނަން މަސަތްކަތް ކުރާ އަވްޔަން މި އިމްތިހާނުން ފާސްވާނެބާއެވެ. އޭނާއަށް ގިނިކަންޏާ އެ ހުރިހާ ހަރުފައެއް ގިރާކުރެވޭނެ ހެއްޔެވެ.
އަވްޔަންގެ ސިކުނޑި ފަޅައިގެން ދާވަރުވިއިރުވެސް އަލިޝްކާޔަށް އާނބަސް ބުނަން އޭނާގެ ޒަމީރް އެއްބަހެއް ނުވިއެވެ. ނަމަވެސް ހިތް ދިޔައީ އެކަމަށް އާދޭސްކުރަމުންނެވެ. “ދެން އަޖްވަދާ ޒިޔަލް އޯ..” އަވްޔަން ސިކުނޑިއަށް ވެރިވީ ނުބައި ޙިޔާލެކެވެ. “އެދެމީހުން ހަދާއެއްޗެއް ބަަލަން އިހަށް މަޑުކުރަންވީ ދޯ،..އެހެންނޫނީ ރިޔާޝާޔަށް ވީގޮތް…އަލިޝްކާޔަށް..” ދެލޯ ބޮޑުކޮށްލަމުން އަވްޔަން ބޯ ހޫރާލިއެވެ. ރިޔާޝާއަށް ވީ ގޮތް އަލިޝްކާޔަށް ތަކުރާރުވާކަށް ނޭދެއެވެ. އަވްޔަންގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިން ޑރ.ސަނީހުގެ ނަން ފެނުމުން އެ ކޯލަށް ޖަވާބުދޭން އަވަސްވެގަތެވެ.
“ހަލޯ..” އަވްޔަންގެ އަޑު ކަންފަތުގައި ޖެހުމުން ސަނީހުއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. އެހެންޏާ ހިމޭންވެފައި ހުންނަ އެ އަޑުގައި ދިރުމެއް ވާކަން ސަނީހް ވަރަށް ފަސޭހަކަމާއެކު ދެނެގަތެވެ. “އޭ ބުރޯ..ކިހިނެތް ކޮންހާލެއް..” ސަނީހް އެއްސެވެ. “ދެން އެކަހަަލަ ގޮތެއް ހަމަ ކުރިން ބުނިހެން ނިދާލެވޭ އެބޭސްކޭމަ..ދެން އެކަމަކު ނާރުތަކަށް ވާންވާވާ ގޮތްވޭ..ވިސްނާލީމަ..” އަވްޔަންގެ ޖަވާބު ކުރީ ކޯލުގައިވެސް ދިނީ ހަމަ މިފަދަ ގޮތަކަށެވެ. “ދެން ލޭއަންނަ އެއްޗޯ..” ސަނީހް މާޔޫހެއް ނުވެއެވެ. އަވްޔަންގެ ބަލި ރަނގަޅުނުވާ ސަބަބު އޭނާއަށް މާ ރަނގަޅަށްވެސް އިނގެއެވެ.
“އެއީ ފިޒިކަލް ކަމެއްނު..ވަޒަން އެރިތަން އެއްކޮށް ކިއޯ ނުވާތީ ކަންނެ..މޭމަތީގައި ޖެހީމަ އެހެންވަނީ އެހެންނޫނީ އެ ކަންތަށްވެސް ރަނގަޅު..ހަމަ އެކަނި މެންޓަލް ބައި ގޯހީ..” އަވްޔަންގެ ހިތަށް ހަމަޖެހުމެއް ލިބުނީ ސަނީހުއާ ވާހަކަ ދައްކާލެވޭތީއެވެ. “އެހެންވެގެންނޭ ޕާރޓުނަރެއް ހޯދާފަ ރަނގަޅު ދިރިއުޅުމެއް ފަށާބަލަ..ތިހެން ސިންގަލް ކޮށް ހުންނާތީއޭ ރަނގަޅުނުވަނީ..އެކަނި ހުންނަވަރަކަށް ވިސްނޭނީ ދޯ..” ސަނީހްގެ ފަރާތުން އަހަން ޖެހުނީ އަބަދުވެސް އިވޭ ޝަކުވާއެވެ. އަވްޔަން ތުންފިއްތާލިއެވެ. “އެކަމަކު މިހާރު ވަރަށް މަދުވެއްޖޭ އެހެން ވާ ފަހަރުތަށް..” އަވްޔަންއަށް ވިސްނާލެވުނެވެ. އޭނާއަށް ދުލުން ބޭރުކުރެވުނެވެ.
އެއީ ވަރަށް ބޮޑު ތެދެކެވެ. އަލިޝްކާ އޭނާގެ ހަޔާތަށް އައި ފަހުން މާޒީއާ މެދު ގޯސްކޮށް ވިސްނޭ ވަގުތުތަށް ރަނގަޅަށްވެސް މަދުވެއްޖެއެވެ. “ކޮބާބާ ތިކަމުގެ ސިއްްރަކީ..ނާއިލް ބުނި ކޮންމެވެސް އަލިޝްކާއަކާ ގުޅުނު ފަހުން އަވްޔަންވަރަށް އިމްޕްރޫވް ވެއްޖެޔޭ..އިއްޔެ ބެކްސްޓޭޖުގަ ހިނގި ހުރިހާ ކަމެއް ނާއިލް ބަލާފަ މަށަށް ކިޔަދިނޭ..މަށަށް ހީވަނީ ތި ޖެހުނީ ކަންނެ އަވްޔަންގެ ރަނގަޅު ބޭސްގުޅަޔާ..” ލާނެއް ގޮތަކަށް ސަނީހް ބުނެލިއެވެ.
އަވްޔަން ބޮލުގައި މަރުދެޔޮލަލުން ޖެހި ކަހަލައެވެ. މިޖެހުނީ އަނެއް ހަ ކަންތަކާއެވެ. ނާއިލްމެންނަށް އިނގިއްޖެއްޔޭ ދެން ނޭނގޭ ބަޔަކު ނުތިބޭނެއެވެ. ނަމަވެސް އޭނާގެ ހިތް ބުނީ ދޮގެއްނޫނެވެ. އޭނާގެ ޑޮކްޓަރުވެސް އެބުނީނޫންހެއްޔެވެ. އެހެންވީމާ ދެން ގަބޫލުކުރަންވެއްޖެއެވެ. އަލިޝްކާއެއީ ހަމަ ބާރުގަދަ ބޭސްގުޅައެކެވެ. “ހްމްމް..ވިސްނާލާނީ ދޯ..އޭ އެކަމަކު އެއްވެސް މީހެއް ކައިރި ނުކިޔައްޗޭ..” އަވްޔަނ އާދޭހުގެ ރާގަކަށް ބުންޏެވެ. “މަށާ ސައިފްއާ ނާއިލް މިހާރު ޕްލޭންކޮށްފިން ކައެމެން ދެމީހުން ސެޓް ކުރަން..ވަރަށް ގުޅޭ އަސްލުވެސް..ބެކްސްތޭޖުން ފެނުނު އެންމެ މަންޒަރަކުންވެސް ޔަގީންވި.” ސަނީހް ޖަހާލީ ހިނިގަނޑެކެވެ. އޭނާ ބުނެލީ ތެދުވާހަކައެކެވެ. ނަމަވެސް އަވްޔަން އެކަން ނެގީ ސަމާސާ ޖެއްސުމެއްގެ ގޮތުގައެވެ. ތުން އަނބުރާލަމުން އަވްޔަން ފޯނު ކަނޑާލިއެވެ.
ސޯފާގައި އިނދެ އެއްނޭވާއިން ކޮފީތަށި ދަމާލިއެވެ. މާގިނައިން ވިސްނުމުގެ ސަބަބުން އަވްޔަންގެ ނާރުތަކަށް ވާންވާކަހަލަ އިހްސާސެއްކުރެވުނެވެ. އޭނާއަށް ނޭވާލަން އުނދަގޫވެ މޭގައި ރިއްސަން ފެށިއެވެ. މޭޒުމަތީގައި އޮތް ބޭސް ފުޅައެއް ބޭސް ގުޅައެއް އޭނާ ކާލިއެވެ. ފެންފޮދަކާއެކު ދިރުވާލި ނަމަވެސް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް އޭނާއަށް މާޒީ ސިފަވެގެން ދިޔައެވެ. އެ މާޒީ އަނެއްކާ ތަކުރާރު ވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ. ވެއްޓެން މިއުޅެނީ އަނެއްކާވެސް އަނދަވަޅަކަށް ހެއްޔެވެ. ކުރެވެން މިއުޅެނީ ރަނގަޅުކަމެއްބާވައެވެ. ކުރިންވެސް އޭނާގެ މާޒީ އަނދިރިކޮށްލީ ޒިޔަލްއެވެ. މިފަހަރުވެސް އެ ނުލާފާ މީހާޔާ ކުރިމަތިލާންޖެހޭނެއެވެ. އަވްޔަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ދެލޯ މަރާލިއެވެ. ސޯފާގައި ލެނގިލިއެވެ.
** *** ** *** ** *** **
“އަވްޔަނޫ..ބިލަމަގާ..” ކޮޓަރި ތެރެއަށް ވަތް އަލިޝްކާޔަށް އަވްޔަންގެ ހިލަމެއް ނުވުމުން އޭނާޔަށް ގޮވަން ފެށިއެވެ. ބެލްކަނީގައި އިން އަވްޔަންއަށް އެ އަޑުއިވުމުން ކޮޓަރިއަށް ވެނެވެ. ދޮރުމަތީގައި ހުރި އަލިޝްކާއަށް ބަލާލަމުން ކީއްވީހޭ އަހާލިއެެވެ. “މަންމަ ބުނީ ދާވަށިގަނޑު ދޭށޯ އެއްޗެހި ދޮންނަން.” އަލިޝްކާ ދެބުމަ އަރުވާލިއެވެ. “ކާކު ދޮންނަނީ..” އަވްޔަން އަހާލީ ވަކި ސަބަބެއް އޮވެގެންނެއްނޫނެވެ. “މަގޭ އެއްޗެހި ދޮންނައިރު ދޮވެލާފަ އިސްތިރިކޮށްލަންވެގެން..މަންމަ ބުނީ އަވްޔަންގެ ގަމީހެއް ނުންހުންނާނެޔޭ..އެހެންމަ މަށަށް އިސްތިރިވެސް ކޮށްލެވޭނެ…” އަލިޝްކާ ހިނިތުންވެލިއެވެ.
“ބަރަބޯ ފެނުން ދޯ ދޮވެދޭނީ..” އަވްޔަން މިސްރާބުޖެހީ އޭނާ ކްލޯސެޓަށެވެ. އެތާތެރެއިން ނެޓް ފޮތީގެ ފޮއްޓެއް ފާޑެއްގެ އެއްޗެއް ހިފައިގެން އޭނާއައެވެ. “ހޫން ޖެއްސުމެއް ނޫނީ ނުކުރާތި..ޒަމްޒަމް ފެނުން ދޮންނާނީ މިފަހަރު..” ތުން އަނބުރާލަމުން އަލިޝްކާ ލޯ އަޅާލިއެވެ. އަވްޔަން ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ އަތުގައި އޮތް ފޮށި ބަރުކަމުން އަވްޔަންއަށް އުފުލެނީ ކިރިޔާއެވެ. ވާނީވެސް އެހެންނޫންހެޔެވެ. އެއީ ދުވާލުދެދަޅަޔަށް އެއްޗެހި ބަދަލުކުރާ މީހެއް ހަފްތާއަށް ލާ އެއްޗެއްސެވެ.
“ބޮކްސާރތަކުގަ އަތް ނޫނގުޅައްޗޭ..އެއީ ވަރަށް އާސަހަރީ އެއްޗެހި..އޭގަ ހުރި އާކަން ކެނޑިދާނެ ނިންޖާރ އެއް އަތްއުނގުޅީމަ.” އަވްޔަން އެއްލޯ މަރާލިއެވެ. އަލިޝްކާ ކަޑަވީވަރުން ބުނާނެ އެއްޗެ ނޭނގުނެވެ. ބަރު ފޮށިގަނޑުން އަވްޔަންގެ ބަނޑުގައި އަޅާކޮށްޕާލިއެވެ. ނަމަވެސް އެނދުމައްޗަށް އަވްޔަން ވެއްޓެން ދިޔަގަޑީގަ އޭނާއަށް ހިފާއްޓާލެވުނީ އަލިޝާކާގެ ކޮނޑު ހުުޅުގައެވެ. ދެވަނަ ސިކުންތުގައި ކުއްލި ހަރަކާތާއެކު އެދެ ޒުވާނުން ތިބީ އެނދުގައެވެ.
ނެޓް ފޮށިގަނޑުން އެނދުން ބޭރަށް ވެއްޓިފައިވާއިރު ދާ ހެދުންތަށް އެމީހުންގެ ގައިމަތީގައި ފެތުރެނީއެވެ. ހެދުންތަކުތެރޭގައި ދެ ޒުވާނުން އޮޅިއްޖެއެވެ. އެކުއެކީގައި ބަނދެވިފައި ތިބި ކަހަލައެވެ. އަވްޔަން އޭނާގެ މޫނުމަތީގައި އޮތް ބޮކްސާނަގާ އެނދުމަތީގައި ބާއްވާލިއެވެ. “ސާބަހޭ ބަރަބޮލާ..ބިލިމަގު މާ ވަރުގަދައެއްނު..” އަވްޔަން ހީހީހަލާކުވަނީއެވެ. ބުޅާ މަސްގަނޑަަކަށް ބަލާ ފަދައިން އަވްޔަންއާއ ދިމާލަށް ބަލަހައްޓައިގެން އަލިޝްކާ އޮތެވެ. އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.
އަވްޔަންގެ ގައިމަތީގައި އޭނާ ތެދުވަން މަސަތްކަތްކުރަމުން އަވްޔަންގެ ދެފަރާތުގައި އަތްވިއްދާލިއެވެ. ނަަމަވެސް އަވްޔަންގެ ދެމޭފޮތީގެ ޓީޝާރޓެއް އެދެމީހުންގެ ގައިގައި އޮޅިފައި އޮތުމުން “ސްޕްރިންގް” އެފަދައިން އަލުން އަވްޔަންގެ ގައިމައްޗަށް އަލިޝްކާ ވެއްޓުނެވެ. އަލިޝްކާ ތުންފަތް އަވްޔަންގެ ތުންފަތުގައި ޖެހުނެވެ. ބާރު ގުގުރީގެ އަޑު ފަޒާގެ ހިމޭންކަންވެސް ނަގާލީ ހަމަ އެވަގުތެވެ. ގުޑި ނުލެފައި އަލިޝްކާޔަށް އޮވެވުނެވެ. އޭނާއަށް މި ކުރެވެނީ ކީއްކަން ރޭކާލުމުން ފުންމައިގެން ތެދުވިއެވެ. އަވްޔަންވެސް ކަރަންޓު ޝޮކެއް ޖެހިފައި އޮތެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ތެދުވިއެވެ. ތުންފަތުގައި ދޫހާކާލީ އަލިޝްކާޔާ ދިމާކޮށްލާނެގޮތެއް ފެނުމުންނެވެ. “މަ ހީކުރީ ބަރަބޯ ރަހަށް ކަމަށް ލަނީ..އެކަމަކު އިޓް ޓޯންޑް އައުޓް ޓުބީ ސްޓޯރބެރީ ލިޕް ބާމް ދޯ ދޫންޏާ..” އަވްޔަންގެ ތުންފަތްމަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ. އެނދުގައި ފަހަތަށް ދެއަށް ވިއްދާލައިގެން އިނދެ ކަނެއްގައި އިން އަލިޝްކާޔަށް ބަލާލިއެވެ. އަލިޝްކާގެ މުޅި މޫނަށް ރަތް އަރައިފިއެވެ. “އޭއި..ރުޅި އައިސްފަތަ..ލަދު ގަނެފަތަ..މަށަކަށް ނޭނގެ ވަކިކުރާކަށް..” ބާލިހެއް އަލިޝްކާޔަށް އެއްލަމުން އަވްޔަން ބުނެލިއެވެ. އެ މައުސޫމް އަންހެން ކުއްޖާ އަދިވެސް އިނީ އެސްފިޔަ ޖަހާނުލާ ޝޮކުގައި ކަންނޭނގެއެވެ.
އުނދުމަތީގައި ހުރި ހެނދުންތަށް ވަށިގަނޑަށް އަޅަމުން ދިޔަ އަލިޝްކާޔަށް ނަޒަރު ހުއްޓާލައިގެން އަވްޔަން އިނީ އާޝޯޙްވެފައެވެ. ރީތިކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. ޝާއިރެއްގެ ގަލަމުން ބަޔާންނުކުރެވޭ ކުޑަކުއްޖަކަށްވުރެ މައުސޫމްކަމާއި ނިޔަނެތިކަމެވެ. ހުރިހާ އެއްޗެއް އަޅާނިމުމުން އަވްޔަންއަށް އޭނާ ބަލާލިއެވެ. އަވްޔަންވެސް އިނީ އޭނާއަށް ބަލާށެވެ. އަވްޔަންގެ މުށުތެރޭގައި އޮތް ބޮކްސާރޔަށް އޭނާ އިޝާރާތް ކުރީ އެހެން އެއްޗިއްސާއެކު ދޮންނަން ދޭށޭ ބުނާ ފަދައިންނެވެ. އަވްޔަން އެ ނުދޭން ގަދަހެދިއެވެ. އަލިޝްކާވެސް ނުލަފާ ގޮތަކަށް ހިނިތުންވެލަމުން އޭގައި ހިފިއެވެ. ދެމީހުން ދެފަރާތަށް އެ ބޮކްސާރ ދަމަމުން ދިޔައެވެ. ހުނުން ހުއްޓާނުލައެވެ. އެ ލިބޭނީ ކާކަށް ބާއެވެ. ނަަމަވެސް ދެތިން މިނެޓަށްފަހު ކަންވީ ހީނުކުރާ ގޮތަކަށެވެ. ކުށެއް ނެތް އެ ބޮކްސާރ ދެފަރާތަށް އިރައިގެން ދިޔައީ އެވެ. ސިހިފައި އަތުތެރޭގައި އޮތް ފޮތިގަނޑުގެ ފަޅިޔަށް އަވްޔަންއާއި އަލިޝްކާ ބަލާލިއެވެ. އެއާއެކު އެދެމީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް އަލިޝްކާޔަށް ވުރެ ކުރި އަވްޔަން ހުއްޓާލިއެވެ. އަލިޝްކާ ހެމުން ގެންދިޔަތަށް ބަލަން ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެކަން ފާހަގަވެގެން އަލިޝްކާ ހުނުން ހުއްޓާލިއެވެ. އޭނާ ލާނެއް ގޮތަކަށް އެއްބުމަ އަރުވާލިއެވެ.
އަވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަލިޝްކާ ދާން ހިނގައިގަތެވެ. އެހެންނަމަވެސް އޭނާ ފޮށިގަނޑު ނަގަން އުޅުމުގެ ތެރޭގައި ޓީޝާރޓުގައި ހިފައި އަވްޔަން އެނދަށް ވައްޓާލިއެވެ. “އަދި އެއްފަހަރު ހީބަލަ..” ބޭއިޙްތިޔާރުގައި އަވްޔަންއަށް ބުނެވުނެވެ. އަލިޝްކާ ލޮލަށް ބަލަހައްޓައިގެން އޮވެއެވެ. “އެކީއްކުރަން..” އަލިޝްކާ ތުންދަމާލިއެވެ. “މަ ބަލާލަން..” އަވްޔަންވެސް ތުންދަމާލީ އަލިޝްކާ ޖައްސާހާ ވައްތަރެއް ޖައްސަމުންނެވެ. “ތިހެން އުޅެނިކޮށް އަނެއްކާ ކިސްކުރެވިދާނެ..” ދޮރުމަތީގައި ހުރިހާ މަންޒަރެއް ބަލަން ހުރި އަޝްފާގެ އަޑަށް އަވްޔަންމެން ދެމީހުން ސިހުނެވެ. އަލިޝްކާ ފުންމައިގެން ތެދުވިއެވެ. ހީހީ ހަލާކުވެފައިި ހުރި އަޝްފާ ހެމުންހެމުން ސިޑިން ފައިބައިގެން ދިޔައީ އިތުރު އެއްޗެއް ނުބުނެއެވެ. “ބަލިމަގު ކަންތަކަކޭ..” އަވްޔަންއަށް ބާލިހެއް އެއްލަމުން ފޮށިގަނޑު އުނަގަނޑަށް ޖަހާލައިގެން އަލިޝްކާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނަމަވެސް އެދެމީހުންގެ ދެމެދެ ވާހަކަތަށް ބަދަލުކުރެވެމުން ދިޔައެވެ. އަޑުއަހާނެ އިތުރުމީހަކު ނުހުންނާނެ ވިއްޔާއެވެ. “ބަރަބޯއެއް ނޫންތަ މަ އެނދަށް ވައްޓާފަ..ބަރަބޯ ރަހަ މަށަށް ދައްކަން އުޅުނީކީ..ނަސީބެއްނު އެހެން ކަމެއް ނުުކުރިކަން..” އަވްޔަންގެ އަޑުގައި ހިތްހަމަނުޖެހުމެއް ނެތެވެ. ނަމަވެސް އޭނާއަށް ހަމަ ހެވެނީއެވެ. އަލިޝްކާ ކަޑަވީމާ ބަލާލަން ހާދަ ލޯތްބެވެ.
“އުޕްސީ..އޮޅިގެން..ލަވް ޔޫ..” އަލިޝްކާ ގޮވާލިއެވެ. އޭނާގެ މިއުޒިކީ ހުނުމުގެ އަޑުއިވުނެވެ. ދޮރުލައްޕާލަމުން ލައިޓްނިވާލި އަވްޔަންއަށް މި އަޑު އިވުނެވެ. “ވަވް މޯ..” އަވްޔަންވެސް ގޮވާލިއެވެ. އޭނާއަދިވެސް “ލޯބި” އެބަސް ބޭނުމެއް ނުކުރެއެވެ. އެނދުމައްޗަށް އަވްޔަން ވެއްޓިގަތެވެ. އަލިޝްކާގެ ހިޔާލުތަކުގައި ހިނިތުންވުމަކާއެކު އޭނާއަށް ނިދޭކަށް މާ ގިނައިރެއް ނުނެގިއެވެ. ކިހާ ތަފާތުހެއްޔެވެ. ކުރިން އޭނާ ނިދަނީ ރިޔާޝާގެ ޙިޔާލުތަކުގައި ނެތިފަނާވެ ރޮއެ ހަންވާފަހުންނެވެ.
** *** ** ** *** ** ***
އެއްޗެހި ދޮންނަ ހާއްސަކޮށް ތިންވަނަ ފްލޯރގައި ހުރި ކުޑަ ގޮޅިޔަށް ވަތް އަލިޝްކާ އަވްޔަންގެ ހުރިހާ ހެދުމެއް އޮޓޯމެޝިން ތެރެއަށް އަޅާލިއެވެ. ހެދުންތަށް ދޮންނަން ޖައްސާލަމުން ނުވަ މުށީގެ އެ ކުޑަ ގޮޅީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެއްޗެހި ދޮވެވެންދެން ކުރާނެކަމެއް ނެތިފައި އިން އަލިޝްކާ ހަނދާންވީ އޭނާގެ ޕްލޭން މަތިންނެވެ. ޓްރެކްޝޫޓް ޖީބަށް އަތްކޮށްޕާލީ ފޯނު ފެނޭތޯއެވެ. ނަމަވެސް އޭނާއަށް ލިބުނ ޖަވާބު ވަރަށް ދެރައެވެ. ކުޑަ ގޮޅީގެ ދޮރުކަހާލަމުން އަލިޝްކާ އޭނާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ފޯނު ބަލައެވެ. ނަމަވެސް އޭނާ ކައްސާލަން ދިޔައެވެ. ގުދަ އޮވެ ވެއްޓެން ދިޔަ ވަގުތުން އަލިޝްކާއަށް ހިފާލެވުނު އޭނާގެ ކުރިމަތިން ފެނުނު ކަޅުކުލައިގެ އެއްޗެއްގައެވެ.
އެއީ ކޯއްޗެއް ތޯ ބަލާލަން އަލިޝްކާ އިސްއުފުލާލިއެވެ. އިސްތިރިކޮށްލައިގެން އަލިޝްކާއަށް ބަލަހައްޓައިގެން ހުރީ ކޮޓަރިން ނިކުތް އަވްޔަންވެ. އޭނާގެ މޫނުމަތިން އަސަރެއް ނުފެނުނެވެ. ނަމަވެސް ދާދި ދެންމެއަކު ނިދާހޭލާފައި ހުރިކަން އިނގެއެވެ. އަލިޝްކާއަށް ހިފާއްޓާލެވިފައިި ހުރެވުނީ އަވްޔަންގެ ސޯޓުގައިކަން ޔަގީންވި ހިނދުވަގުތުން ދޫކޮށްލެވުނެވެ. އަނެއްކާވެސް އޭނާވެއްޓެން ދިޔައެވެ. ނަމަވެސް އަވްޔަންއޭނާގެ އެއްއަތުން އަލިޝްކާގެ އުނަގަނޑުގައި ވަށަލާ އުފުލާލިއެެވެ. އޭނާގެ ދެއަތުތެރޭގައި އަލިޝްކާ ހައްޔަރުވިއެވެ. އަލިޝްކާގެ ފައި ބިމުގައި ނުޖެހުމުން ސަލާމަތްވާނެ ގޮތެއް ނެތެވެ.
“ސާބަހޭ..ބިލިމަގު ރަހަބަލަންވީތަ..” އަލިޝްކާ ބިމުގައި ބަހައްޓަމުން ގޭމް ކުޅޭ ތަނުގައި އޮތް ފެންފުޅި ހިފައިގެން އަވްޔަން މިސްރާބުޖެހިއެވެ. ވަގުތުން އަލިޝްކާ ރަތްވިއެވެ. އަވްޔަން ބުނި މާނަފުން ބަސް ދެނެގަނެވުމުންނެވެ. އޭނާ ބޯ ކަހާލަމުން ކޮޓަރީގައި އޮތް ފޯނު ހިފައިގެން އެއްޗެހި ދޮންނަ ގޮޅިއަށް ވެނެވެ. ކޮންޓެކްޓުގައި އިން ނަންބަރަށް އަލިޝްކާ ޑައިލްކޮށްލިއެވެ. ދެތިން ސިކުންތު ރިންގްވުމަށްފަހު އެ އިވެގެން ދިޔައީ ފިރިހެނަކު ސަލާންގޮވާލި އަޑެވެ. އަލިޝްކާ ސަލާންބަލައިގަތެވެ. “ތީ ޑޮކްޓާރ ސަނީހް ތޯ؟” ނުކެރިފަ ހުރެފައިވެސް އަލިޝްކާ އެއްސެވެ.
“ލައްބަ..ތީ ކޮން ބޭފުޅެއްތޯ..” ސަނީހު ހައިރާންވިއެވެ. މި ނުދަންނަ އަންހެން ކުއްޖާ އެ ގުޅަނީ ކީއްކުރަންބާވައޭ ހިތަށްއެރިއެވެ. “އަލިޝްކާ..” އެ އަންހެން ކުއްޖާ ބުނެލި އަޑުއިވުނެވެ. ސަނީހްގެ ސިކުނޑިއަށް އެންމެ ފުތަމަވެސް އައީ މީގެ ތިރީސް މިނެޓު ކުރިން އަވްޔަންއާ ގުޅައިގެން ދެކެވުނު ވާހަކަތަކެވެ. “ތިއީ އަވްޔަންއާ ގުޅުން ހުރި ފަރާތެއްތޯ..” ހީވިހީވުން ޔަގީންކޮށްލުމަށް ސަނީހު އެެއްސެވެ. “އާދެ ކިހިނެތްތޯ އިނގުނީ..” އަލިޝްކާގެ އަޑުން އޭނާ ހައިރާންވެފައި ހުރިކަން ހާމަވިއެވެ.
“އަޅުގަނޑު ބޭނުން ބައްދަލުކޮށްލަން..” ސަނީހުއާއި އަލިޝްކާޔަށް އެކުއެކީގައި ބުނެވުނެވެ. އެދެމީހުންގެ ލުއި ހުނުމުގެ އަޑު ގުގުމާލިއެވެ. ބައްދަލުވާނެތަނަކާއި ވަގުތު ކަނޑައެޅުމަށްފަހު އަލިޝްކާ ފޯނު ކަނޑާލިއެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބުނީ ދެނެވެ. ޕްލޭން ކޮށްފައިވާ ގޮތާ އެއްގޮތަށް ކަންތަށް ދާތީ ނިކަން އުފާވިއެވެ.
** *** ** *** ** *** ** ***
“އޭ ނިޔާޒު ވަރަށް އަވަހަށް ޝިޕްމެންޓާއެއްކޮށް އައިސްބަލަ މެގޭ ކޮމްޕެނީގެ މައި ބިލްޑިންއަށް..މީޓިން ހޯލް” ސޯފާއަށް ވެޑްވެފައި އޮތް އަޖްވަދުކޮށްލީ އަމުރެކެވެ. ހުސްކޮށް އޮތް މީޓިން ރޫމުގައި އޭނާގެ އަޑު ގުގުމާލިއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ދޮރުގައި މީހަކު ޓަކިތަޅާލިއެވެ. ބާރު ފިޔަވަޅުތަކެއްގައި ގޮސް އަޖްވަދު ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާއަށް ދުވަހަކުވެސް ނުފެންނަ ޒުވާނެކެއެވެ. ކޯޓާ ފަޓްލޫނުގައި ހުރިއިރު އޭނާގެ ތުންބުޅިއާއި އިސްތަށިގަނޑު ދެއަރިމަތިން ތުނިކޮށްފައެވެ. ކިތަންމެ ހަރުދަނާ ވައްތަރު ޖެހިޔަސް އެތެރެފުށުން އެއީ ކާކުކަން އަޖްވަދުއަށް މާ ރަނގަޅަށްވެސް އިނގެއެވެ.
“ޒިޔަލް ދޯ..އަވަހަށް އާދޭ..” ޒިޔަލް ބޯ ޖަހާލުމާއެކު އޭނާ ވަންނަން އަޖްވަދު ތަންދެއްކިއެވެ. ސޯފާގައި އިށީނުމަށް ދައުވަތު އެރުވިއެވެ. “ޝިޕްމެންޓް ހިފައިގެން އަންނަ ސޮރު އަދި އުޅެނީ ބަނދަރުމަތީގަ..ވަރަށް އަވަހަށް އަންނާނެހެން ހީވަނީ..” އެކުވެރިކަމާއެކު އަޖްވަދު ވާހަކަ ފަށައިގަތެވެ. މި ޒުވާނާޔާ ބައްދަލުވި ފުރަތަމަ ފަހަރުހެންވެސް ހީނުވެއެވެ. “ހްމްމް.ނިޔާޒު އަންނަން ވާއިރަށް އެ އަލިޝްކާގެ ކަންތަށް ހަމަޖައްސާލަންވީ ދޯ..” އަޖްވަދުގެ ހިތް ބުންޏެވެ. “އާން..އަސްލު ތިބޭފުޅުން ތި ކުރައްވަނީ ވަރަށް ރަނގަޅު މަސަތްކަތެކޭ..އަޅުގަނޑުމެން ކަހަލަ ޒުވާނުންނަށް ވަރަށް ބޮޑު ފަސޭހައެއްތީ..ކިހިނެތްތޯ ކްލަބްތަކުން އެއްޗެހި ގެންނަނީ މިބުނީ..ލާރި ދެނީ ކިހިނެތްތޯއޭ..” ޒިޔަލް ވާހަކަ ދެއްކީ އަދަބުވެރިކަމާއެކުގައެވެ. “އަންހެންކުދިން ވިއްކައިގެން..” އެއްލޯ މަރާލުމް ބިޔަރު ދަޅުން އެތިފޮދެއް ޒިޔަލްގެ ތަށްޓަށް އަޖްވަދް އަޅައިދިނެވެ.
ޒިޔަލް ހިނިގަނޑެއް ޖަހާލިއެވެ. މި ދިމާވީ ރަނގަޅު މީހަކާ ނޫންހެއްޔެވެ. އަލިޝްކާ އަތުކުރުމަށް މި ސޮރު ބޭނުންކޮށްފިއްޔާ ފަސޭހަވާނެކަމަށް ޒިޔަލްގެ ޡަމީރު އޭނާއަށް ވިސްނައިދިނެވެ. ތަށިން އެތިފޮދެއް ބޯލަމުން އަޖްވަދު އޭނާގެ ފޯނު ނެގިއެވެ. ހުޅުވާލީ އަލިޝްކާގެ ފޮޓޯއެކެވެ. “ޑީލް އެއް ހަދާނަންތަ..އަންހެން ކުއްޖަކަށް..” އަޖްވަދުގެ ވާހަކައިން ޒިޔަލް ކޮށިއެރިއެވެ. އޭނާގެ ދެލޯ ބޮޑުވިނަމަވެސް އެކަމަކަށްޓަކައި އޭނާ ފެންބޮަވައިގަންފައިވާ ކަންތަކާ މެދު އެއްބަސްވެވުނެވެ. “ކިހިނެތް ކާކު ކޮންގޮތަކަށް..” ހިތުގައި ހުރި ހުރިހާ ސުވާލެއް އޭނާ ދުލުން ބޭރުކޮށްލިއެވެ. “އަހަރުމެން ދޭ ޑްރަގްގެ ޝިޕްމެންޓަށް އަގު އަދާކޮށްދިނުމުގެ ގޮތުން ލާރި ދިނުމުގެ ބަދަލަށް މި އަންހެންކުއްޖާ ގޮވައިގެން ފިލަންވީ..” ފޯނު ދައްކާލި އަލިޝްކާގެ ފޮޓޮޔާއެކު ޒިޔަލްގެ އަތުގައި އޮތް ތަށި ވެއްޓި ތަޅައިގެން ދިޔައެވެ. އޭނާގެ ތުންފަތް މައްޗަށް ބޮޑު ހިނިތުންވުމެއް ވެރިވިއެވެ. ބޮޑު ފޮށިގަނޑެއް ދަމަމުން ނިޔާޒުވެސް މީޓިންގް ރޫމަށް ވަނީ އެވަގުތެވެ. ހިނގަމުން ދާ ކުޅި ބަލަން ހެވިފައި އޭނާ ހުއްޓެވެ.
“އަމާ..މަގޭ ހޮޓް ބޭބްތީ..” ފޮޓޯޔާ ދިމާލަށް އިނގިލި ދިއްކޮށްލަމުން މޮޔައެއްހެން ޒިޔަލް ކިޔަމުން ގެންދިޔައެވެ. އަޖްވަދުވެސް އިނީ ނިކަން ހެވިފައެވެ. “މީނަ ގޮވައިން ފިލަންވީތަ..ކޮންއިރަކު މަ ހެސްކިޔާފަ ތައްޔާރު..” އުފަލުން ހުރެ ޒިޔަލް ބުންޏެވެ. “ހައްހައް ހްމްމް ދަންނަ ކުއްޖެއް ދޯ..އެކަމަކު ސަބަބެއްވެސް ނާހާނަންތަ..” އަޖްވަދް އެއްސެވެ. ” އެކީއްވެޔޯ އެ އަންހެން ކުއްޖާ ގޮވައިގެން ފިލަންވީ..” ޒިޔަލްވެސް ކޮށްލީ ސުވާލެކެވެ. “އެއީ ބޮޑު ފަގީރެކޭ..މަ ބޭނުމެއްނޫން މަގޭ ފިރިހެން ދަރިޔާ އެ މަންޖެ ގުޅޭކަށް..” އަޖްވަދް ބުނެލިއެވެ. “މަ ވަރަށް ލޯބިވޭ އޭނަ ދެކެ..އެކަމަކު އޭނަ ގޮވައިން މަ ވަންނާނީ ވަކި ކޮންތާކަށް..” ޒިޔަލް އޭނާގެ ކަންބޮޑުވުން ހާމަކޮށްލިއެވެ. “ދާ ތަނާ ހުރިހާ ލާރިއެއްވެސް މަ ހަމަޖައްސާނަން..ކައެ އެތަނުން ވަޒީފާ ހޯދާފަ ދިރިއުޅުމެއް ފެށީމަ ހުންނާނީ ހަމަ ރަނގަޅަށް..” އަޖްވަދް ވާހަކަތުން އޭނާ ކުރަން އުޅެނީ ބޮޑުކަމެއްހެންވެސް ހީނުވެއެވެ.
ޒިޔަލް ނިކަން އުފަލުން ބޯ ޖަހާލިއެވެ. “އެކަމަކު ދެ ޝަރުތު ހަމަވީމަ އެ މަންޖެ ގެންދެވޭނީ..” ބިރުވެރިގޮތަކަށް އަޖްވަދް ބުނެލިއެވެ. އޭނާގެ ދެލޯ ކުޑަވެފައިވިއެވެ. ޒިޔަލް އެއްބުމަ އަރުވާލިއެވެ. “އެނަ މިއަންނަ އަހަރު ކިޔަވާނިމުނީމަ އަދި ޒިޔަލް އޭނާ ގެންދިޔުމުގެ ކުރިން މަ ކުރިއަށް އޮތް އެއަހަރު އޭނަ ބޭނުން ކުރާނީ..އެއީ މަގޭ ގޭގަ އުޅޭ މަންޖެއެކޭ..” އަޖްވަދް އޭނާގެ ޝަރުތު ހާމަކޮށްލުމުން ޒިޔަލް މާޔޫސްވިއެވެ. އަލިޝްކާ އޭނާގެ ހައްގަކަށް ހެދެނީ އަދި އަހަރެއް ފަހުން ހެއްޔެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒިޔަލް އުފާކުރިއެވެ. އަލިޝްކާ އޭނާގެ ހައްގަކަށް ހެދުމަށްފަހު ދުަވަހަކުވެސް ދޫނުވާނެކަމުގެ ޔަގީންކަން އަޖްވަދް ދިނުމުންނެވެ.
** *** ** *** ** *** **
ވާރޭގެ ތެރޭގައި ކުޑަ ނަގައިގެން ދިޔަ އަލިޝްކާ އޭނާގެ ކުޑަ ތިރިކޮށްލީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަދެވުމުންނެވެ. އެތެރަށް ވަދެގެން އޭނާ ދާންޖެހުނީ މީހުންތަކުތެރެއިން ފުރޭނިގެންނެވެ. އޭނާއެތަނަށް އައީ އަލަށްކަމުން ހިނގައިގަންނާކަން ނޭނގުނެވެ. އޭނާއެތަނަށް އައީވެސް އަޝްފާގެ ސައިކަލުގައި ވިއްޔާއެވެ. ނަމަވެސް ލޮލުގެ ކޮޅަށް ހޮސްޕިޓަލް ފެނުމުން ކުޑަކަމެއް ދިމާވެގެން އަޝްފާ ދިޔައީއެވެ.
މުއައްޒަފެއްގެ އެހީތެރިކަމާއެކު އަލިޝްކާއަށް ޑރ.ސަނީހްގެ ކޮންސްޓަލްޓަންޓް ރޫމް ފެނުނެވެ. ބާރު ހިނގުމެއްގައި އޭނާ އެކޮޓަރި ދޮރުމަތީގައި ހުއްޓިލަމުން ޓަކި ތަޅާލިއެވެ. “ކަމް އިން..” އެތެރެއިން ފިރިހެނަކު ގޮވާލި އަޑުއިވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އަލިޝްކާއެތެރެއަށް ވަނެވެ. މޭޒު ކައިރީގައި އިން ސަނީހް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އިށީނނަން ތަންދެއްކިއެވެ. އެދެމީހުންގެ ދެމެދުގައި ފެތުރުނީ ހިމޭންކަމެވެ. ނަމަވެސް އަލިޝްކާ އެނގުނީ ކިހިނެތްކަން ސަނީހް ކިޔަދޭންފެށި އެ ހިމޭންކަން ފޫ އަޅުވާލަމުންނެވެ. ނާއިލްއާއި ސައިފްގެ ލާނެއްކަން އެނގުމުން އަލިޝްކާ ހިތަށްއެރިއެވެ. އަވްޔަން އޭނާގެ ލާނެއްކަން މިލްކުކުރީ މިދެމީހުންގެ ފަރާތުން ދޯއެވެ.
“އަސްލު އަވްޔަންއަށް ހުންނަނީ ނަފްސާނީ ބައްޔެއް ޖެހިފަ..” ސަނީހްގެ ވާހަކަޔާއެކު އަލިޝްކާގެ ދެލޯ ބޮޑުވިއެވެ. “އެކީއްވެ..ކިހިނެތް..ކޮންކަހަލަ..” އަލިޝްކާގެ ތުންފަތް ފޫއަޅުވާލިއެވެ. އޭނާއަށް އަދިވެސް ގަބޫލުނުކުރެވުނެވެ. “އަލިޝްކާޔަށްވެސް އިނގިފަ ކަންނެ އޮންނާނީ އަވްޔަންގެ ޕާސްޓް..އެދުަވަހަށް ފަހު އަވްޔަން ގެނބުނީ ބަލިމަޑުކަމެއްގެ ތެރެއަށް..އޭނާ ބުނާގޮތުންނަމަ އެކަންތަކާ މެދު ވިސްނާލުމުން ނާރުތަކަށް ވާންވާ ކަހަލަ އިހްސާސެއް ކުރެވި ބޮލަށް ބަރުވާ ގޮތްވޭ….އޭނަ ހުންނާނެ ބައެއް ވަގުތުގަ ނެގިމަޑުވެފަ..ހީވާނީ ދެން ދުނިޔެއިން ބޭރުގަ ހުންނަހެން…އަލިޝްކާޔަށްވެސް ފާހަގަ ވެފަ ކަންނެ ހުންނާނީ އެހެން މީހުންނާ ވަރަށް މިޒާޖު ތަފާތުވާނެ….މީގެ ދެއަހަރުކުރިން ފެށުނު މިކަންތަށް އަވްޔަން ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު ތަހައްމަލުކުރޭ ރަނގަޅުކުރަން..ބޭހެއް ދީގެންވެސް އަޅުގަނޑު މަސަތްކަތްކުރިން…..” ސަނީހްގެ ހުރިހާ ވާހަކައެއް ވަރަށް ކަނުލާ އަޑުއަހަމުން ގެންދިޔަ އަލިޝްކާޔަށް އަވްޔަންއާ މެދު ވިސްނެނީއެވެ. އަވްޔަންގެ ކޮންމެ އާދަޔާ ޙިލާފު ހަރަކާތެއް އޭނާގެ ހިޔާލަށް އަންނަމުން ދިޔައެވެ. ނަމަވެސް ސަނީހް އެބުނާގޮތަށް އަވްޔަންގެ ބައްޔެއް އުނިކަމެއް ފާހަގައެއްނުވިއެވެ.
“އަޅުގަނޑަކަށް ފާހަގައެއް ނުވޭ ތިބުނާހެން މޭގަ ރިއްސާފަ ބޮލުގަ ރިއްސާ އުޅޭތަނެއް..” އަލިޝްކާގެ ވާހަކަޔާއެކު ސަނީހް ހިނިތުންވެލިއެވެ. “އަވްޔަން އެހާ ޝަކުވާބޮޑެއް ނުވާނެ..މީހެއް ކައިރި ވަރަށް ނުކިޔާނެ..އެކަމަކު އަލިޝްކާޔަށް އުނިކަމެއް ފާހަގަނުވަނީ އޭނަ ދެކެ ލޯބިވާތީނު..” ސަނީހްގެ މޫޑް ލާނެއްކަމަށް ބަދަލުވިއެވެ. އަލިޝްކާގެ ދެލޯ ބޮޑުވިއެވެ. ދެވަނަ ސިކުންތުގައި ގޮށްޖެހުނެވެ. އެހެންނަމަވެސް އޭނާއަކަށް ރުޅިއެއް ނާދެވުނެވެ. “އޭން..ތިބުނީ ކީކޭ..” އަލިޝްކާޔަކަށް ސަނީހް ބުނި އެތި ރަނގަޅަށް ފަހުމެއްނުވިއެވެ. “މި ބުނީ…..އަލިޝްކާ އައިފަހުން އަވްޔަން ވަރަށް ބަދަލުވެއްޖެޔޭ..އެހެންވެގެންނޭ ނުފެންނަނީ އުނިކަމެއް..އޭނަ އެހާ މީހުންނާ ގުޅިގެނެއް ނޫޅޭ..އެކަމަކު އަލިޝްކާ އައިފަހުން އެ ރިޔާޝާގެ ހަނދާންތަކާ ދުރަށްދާން ވަރަށް ފަސޭހަކަމަށް އޭނާ ބުނަނީ..” ސަނީހް ވާހަކަތަކުން އަލިޝްކާ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “އެކަމަކު ކީއްވެ މަށާ ތި ހުރިހާ ވާހަކައެއް ހިއްސާކުރީ..ޕޭޝަންޓުންގެ ސިއްރުތަށް ހުފެއްޓުމަކީ ޑޮކްޓަރުންގެ ޒިންމާއެއްނު..” ދަތްތަށްވެސް ފެންނަވަރަށް އަލިޝްކާ ހިނިތުންވިއެވެ.
“އަވްޔަން ރަނގަޅުކުރެވޭނީ ހަމައެކަނި ތި އަލިޝްކާޔަށް..ކިހިނެތްކަން އިނގޭތަ..” ސަނީހް އެއްސެވެ. ޖަވާބުގައި އަލިޝްކާ ދެފަރާތަށް ބޯ ހޫރާލިއެވެ. “މަށަށްވުރެ ރަނގަޅަށް އަވްޔަން ދަންނަ މީހަކު ނުހުންނާނޭ ބުންޏަސް ދޮގަަކަށް ނުވާނެ…މަށަށް އިނގޭ އަވްޔަން އަލިޝްކާޔާ ގަޔާވާކަން….އޭނާއަށް ރައްކާތެރިކަން ފީލްވަނީ އެ އަލިޝްކާ ކައިރީގަ….އެހެންވެ މި ބުނީ އަލިޝްކަޔަށޭ އެންމެ ފަސޭހަ ވާނީ އަވްޔަން ރަނގަޅުކުރަން….އަލިޝްކާ މިކަން ކޮށްދީ އަހަރެން އޭނާ އެއްކޮށް ރިކަވާރ ވާ ދުވަހަކުން އަލިޝްކާޔަށް ސެލިއުޓް ކުރާނަން…” ސަނީހް ބުނެލި އެތިން އަލިޝްކާގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާޔާ އެ ހަވާލުވީ ބޮޑު މައްސޫލިއްޔަތެކޭ ހިތަށް އެރިއެވެ. “ކިހިނެތް..މަށަށް ކުރެވޭނެ ކަމެއްގެ މިސާލު ކިޔާދީބަލަ” ނުތަނަވަސްވެފައި އަލިޝްކާ އެއްސެވެ. “އޭނައަކީ ކާ މީހެއްނޫން..އަބަދުވެސް ކޮންމެވެސް ލުއި ކާނާއަކުން ފުއްދާނީ.ކަންނެތް ކަމުން .ދެން އޭނާޔަށް ކާންވެސް ދެވިދާނެއެއްނު އަތުން ދިނީމަ އަދި މާ އުފާވާނެ އޭނާ….ވީހާވެސް ގިނައިން އަވްޔަންއާ އެއްކޮށް ވަގުތު ހޭދަކުރުން މުހިންމުކަމަކީ…ކައިރީގަ ނުހުއްޓެއް ކަމަކު ގުޅާލާ ގުޅުން ބަދަހި ކުރުން…ވަރަށް ކްލޯސް ފްރެންޑްސް އަށްވާންވީ..” ހިނިތުންވެފައި ހުރި ސަނީހް ކިޔަދެމުންދިޔައެވެ. އޭނާގެ ހިތުގައި އުންމީދުގެ ހުޅު ރޯވެފައިވެއެވެ.
“އަވްޔަން އެއްބާރުލުން ނުދެންޏާ ކިހިނެތްތަށް ކްލޯސް ވާނީ..މަގޭ ޕްރޮޕޯސަލްއަށްވެސް ޖަވާބެއް ނުދޭ ވިއްޔަ..” ކިތަންމެ މަޑުން ބުންޏަސް އަލިޝްކާގެ އަޑު ވަރަށް ރީއްޗަށް ސަނީހްއެއްސެވެ. “އޯ ހޯ ޕްރޮޕޯސްވެސް ކުރީ ދޯ..އެހެންމަ ހަމަ ހުސް ފައިދާއެއްނު މި ވަނީ..އަވްޔަން ބޭނުންވިޔަސް އޭނާގެ މިޒާޖު ހުންނަގޮތުން އެހާ ކްލޯސްވެގަންނާކަށް ނޫޅޭނެ..އެމީހަކު އޭނާ ގާތް ކުރި ވަރަކަށް ގާތްވާނީ..އެންޑް ތިމީހުން ކްލޯސް ފްރެންޑްސް އަށް ވެއްޖިއްޔާ ލަވްލަވް ވެސް ވެވިދާނެއެއްނު..އަނެއްކޮޅުން ތި ކުރެވުނީ މީހަކަށް ދުވަހަކުވެސް ނުކުރެވުނު ކަމެކޭ..އަވްޔަންގެ ބަލި އެއްކޮށް ރަނގަޅު ވީ” މޫނަށް ވައްތަރު ޖައްސާލަމުން އަތުން ހިތެއް ހަދާލާ ސަނީހް އެއްލޯ މަރާލިއެވެ. އަލިޝްކާޔަށް ބޭ އިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.
“މަށަށް ތިކަންވާނެ..” އަލިޝްކާއަށް ބުނެވުނު ތަނާހެން ކޮޓަރި ދޮރު ހުޅުވުނެވެ. ވަދެގެން އައި ނާއިލްއަށާއި ސައިފްއަށްވެސް އެ އަޑުއިވުނެވެ. “އޭ ހުވާތަ..” އެ ތިން ފިިރިހެނުން ހީގަތެވެ. އުފަލުންނެވެ. އަލިޝްކާ ހައިރާންވިއެވެ. ދުވަހަކުވެސް މިހާ އުފާވެފައި ތިބި ބަޔެއްނުފެނޭ ވިއްޔާއެވެ. “ތެންކިއު ސޯ މަޗް ސިސްޓާ އިން ލޯ..މިރޭ އަވޫވޫ އަށް ނޫޑްލިސް ކައްކާފަ ފޮޓޯ ފޮނުވައްޗޭ” ނާއިލްއައިސް އަލިޝްކާގެ ކޮނޑުގައި ބައްދައިގަތެވެ. އަލިޝްކާޔަށް ނޭވާ ލާން އުނދަގޫވާ ވަރަށެވެ. ނަމަވެސް ސައިފްއަކީ މީހެއްގެ ފިރިއަކަށް ވުމުން ދުރުގައި ހުއްޓެއް ކަމަކު ޝުކުރު އަދާކޮށްލިއެވެ. ބޯޖަހާލަމުން އަލިޝްކާ ސަނީހް މެންނާ ވަކިވީ ޢަޒުމަކާ އެކީގައެވެ. އަވްޔަން އެ އަނދަވަޅުން ނެގުމަށް އޭނާއަށް ކުރެވުނު ހުރާ ކަމެއް ކުރަން އަޒްމު ކަނޑަ އަޅައިގެންނެވެ. ކޮންމެ ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ދެގޮތެއްނުވެ އޭނާ އަވްޔަން ކައިރީގައި ހުންނާނެއެވެ.
އަލިޝްކާ ނިކުތުމުން ސަނީހްމެން ތިން ފިރިހެނުން ޓަޗް ޖަހަން ފެށިއެވެ. އުފާފާޅުކުރަމުންނެވެ. “ކޮބާ ޕްލޭން ވޯކް އެއްނު..މަށަށް ޔަގީން ސިސްޓާރ އިން ލޯރ އެކަންތަށް ކޮށްފަ ނޫނީ ނުހުއްޓާނެ..” ވަރަށް ޔަގީންކަމާއެކު ނާއިލް ބުނެލިއެވެ. ދެން ތިބި ދެމީހުންވެސް އެކަމަށް އެއްބަސްވިއެވެ.
** *** ** *** ** *** ** ***
ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ސާދަ ވިލޭރޭގެ ހަނދު އުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ހީކަރުވާ ޒާތަކަށެވެ. މަގުމަތީގައި މީހުންތަށް މަދުވާން ފެށިއެވެ. ގަޑިން ރޭގަނޑު އެގާރަ ޖެހީ ވިއްޔާއެވެ. ޕޭވްމަންޓު މަތިން ހިނގާފައި ދިޔަ އަވްޔަން ހުރީ އޭނާގެ އަމިއްލަ ގައިގައި ބައްދައިގެންނެވެ. އޭނާގެ ޓީޝާރޓު އަތުކުރިން އިނގިލިތަށް ފޮރުވެއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ސިޓިންގް ރޫމް ދިއްލާފައި ހުރުމުން އޭނާ ހައިރާންވިއެވެ. މިހާރު ވާއިރު އެންމެން ތިބޭނީ ނިދާފަ ކަމަށް ހީކުރެވުނުނަމަވެސް ބަދިގެ ތެރެއިން ތެލި ކަހާ އަޑު އިވެއެވެ.
ބަދިގެ ތެރެއަށް ބޯ ދިއްކޮށްލި އަވްޔަން ހައިރާންވީ ކަންކަން އުޅުނު އަލިޝްކާ ފެނިއެވެ. ނަމަވެސް އޭނާގެ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އަވްޔަން ކާމޭޒު ކައިރީގައި އިށީނދެލިއެވެ. އަލިޝްކާ ފިޔަވާ އެއްވެސް މީހަކު ނޫޅޭތީއެވެ. ފޯނާ ކުޅެން އިން އަވްޔަން ސިހުނީ ފަހަތުން އޭނާގެ ކަރުގައި މީހަކު ބައްދާލުމުންނެވެ. އަލިޝްކާ އޭނާގެ ފަހަތުން މޭޒުމަތީގައި ބަހައްޓާލީ ނޫޑުލިސް ތަށްޓެކެވެ. ނޫޑުލިސް ތަށީގެ ވަހުން އަވްޔަން ނޭފަތް ދަމާލިއެވެ. އޭނާގެ ބަނޑު ފުރިގެން ދިޔަ ކަހަލައެވެ. “ކާން އުޅޭ..” އުލެއް ދިއްކޮށްލަމުން އަލިޝްކާ ބުނެލިއެވެ. އަވްޔަންގެ ކަރުގައި ބައްދައިގެން ހުރުމަށްފަހު އޭނާ އަވްޔަންއާއި ޖެހިގެން އިށީނދެލިއެވެ.
“އޭނ،…މަންމަ ނުބުނޭތަ މަމީ ގެއިން ކާމީހެއް ނޫނޭ..” ގަަދަ ހަދަމުން އަވްޔަން ބުނެލިއެވެ. “ދެން އަބަދު ލުއި އެއްޗެހި ކައިގެން އުޅޭކަށް ނުވާނެ އެއީ ހޯހޯ ކަމެއް..” ކުޑަކުއްޖަކާ މުޙާތަބުކުރާ ފަދައިން އަވްޔަންއާ އަލިޝްކާ މުޙާތަބްކުރިއެވެ. އޭނާ ހުރީ ނިކަން އުފަލުންނެވެ. އަވްޔަން ބޮޑާ ހޭކުމުން އަލިޝްކާ ނޫޑުލިސް ތަށި އޭނާގެ އަތަށް ނެގިއެވެ. އުލިގައި ނޫޑުލިސްގަނޑެއް އޮޅާލަމުން އަވްޔަންގެ އަނގަޔާ ދިމާލަށް ގެންދިޔައެވެ.
“އެރޯޕްލޭން…އަވަހަށް ކާލާ އޭރަށް ގޭމް އިން މޮޅުވާނީ..އެހެންނޫނީ ވެއްޓޭނީ ބިންމައްޗަށް..” އަލިޝްކާ ބިންމައްޗޭ ބުނެ އަވްޔަންގެ ޖިންސު ކައްގަނޑަށް އިޝާރާތްކުރުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ދެފައި ކައިރިކޮށްލެވުނެވެ. “ވެއްޓެން ބޭނުން ނޫނިއްޔާ އަވަހަށް އެރޯޕްލޭން ކާލާ..އާ…ކިޔާ…” އަލިޝްކާއެކޭ އަވްޔަންގެ މަންމައެކޭ އެއްވަރެވެ. ފުރަތަމަ އަވްޔަން “އެނޯއި..” ވިޔަސް ފަހުން އޭނާއަށް އެ ގޭމް މަޖާވިއެވެ. “އާ..” އަނގަ ހުޅުވާލުމަށްފަހު އަލިޝްކާ ދިން ފުރަތަމަ ސުވާ އޭނާ އަނގަޔަށް ލިޔެވެ. “ގްރެއިޓް ޖޯބް…ވަރަށް މޮޅު ގުޑް ބޯއި…” ހިނިގަނޑު އެތެރެއަށް ހިނދަމުން އަވްޔަން އުލުގައި ދަތް އަޅައިގެން މަޑުކޮށްލިއެވެ. އަލިޝްކާ އެ ދަމައިގަންނަ މަސަތްކަތްކުރިއެވެ. ނަމަވެސް އަވްޔަން ހަމަ އެތެރެއަށް ހެނީއެވެ.
“އޭ އޭ..އައްޗި ކުދިން ގޮތަށް ނޫޅޭނެ…މީ މަގޭ ތިއްތި އަވްޔަން އެކޭ..” އަލިޝްކާ ވާހަކަ ދައްކަމުން ދިޔަލެއް މައުސޫމް ކަމުން އަވްޔަންގެ ހިތް އޭނާގެ މައްޗަށް ލެނބިގަތެވެ. އެ ދެ ޒުވާނުންގެ ދެމެދު ކުޑައިރުގެ މަޖާ ވާހަކަތަކާއި ސްކޫލް ދައުރުގެ ވާހަކަތަށް ހިއްސާކުރެވުނެވެ. ކޮންމެ ސުވައެއްވެސް ހިތްހަމަޖެހުމާއެކު ކަމުން ގޮސް ތިން ޕެކެޓުގެ ނޫޑުލިސްް ތަށި އެއްކޮށް ހުސްކޮށްލިއެވެ. ދެއަހަރަށްފަހު ރަނގަޅަށް އެއްޗެއް ކާލެވުމުން އޭނާ ހިތްހަމަ ޖެހުނެވެ. ޖޫސް ބުއިމަށްފަހު ފެންވެސް ބުއީ އަލިޝްކާގެ އަތުންނެވެ. އަތަށް ފެން އަޅައިގެން އައިސް ތުން ދޮވެދިނީވެސް ހަމަ އަލިޝްކާއެވެ. އަވްޔަންއަކީ ކަންނެތް ކަމުގެ ދެވަނައެއްނުވާ ފުރިހަމަ ލާމަސީލް މިސާލެކެވެ. ސަނީހް ބުނި ވާހަކަތަށް އަލިޝްކާޔަށް ގަބޫލުކުރެވުނެވެ.
އަވްޔަންގެ ހިތަށް ނޭނގޭ ހަަމަޖެހުމެއް ލިބުނެވެ. އަލިޝްކާ އަތު ކާލެވުމުންނެވެ. އެއީ އޯގާތަރިކަމުގެ ދެވަނައެއްނުވާ މިސާލެކެވެ. ހަމަ ރަނގަޅަށްވެސް އުފާވެރިކަމުން އަވްޔަން ހިތް ރޮއްވާލިއެވެ. އޭނާގެ އުނި ސިފަތަކާއެކު ދުވަަހަކުވެސް އަންހެން ކުއްޖެއް އޭނާ ބަލައިގަންނާނެކަމަށް އުންމީދެއް ނުކުރެވުނެވެ.
ކައި ނިމުމުން އަލިޝްކާ މިސްރާބުޖެހީ އަވްޔަންއާއެ ތިންވަނަ ފްލޯރ އަށެވެ. އަވްޔަން ފަހަތުން އަލިޝްކާ އެ ކޮޓަރިއަށް ވަނުމުން އަވްޔަން ހައިރާންވިއެވެ. ނުބައި މާނައެއްވެސް ނެގުނެވެ. އަލިޝްކާގެ ލޮލުގައި އަޅައިގަތީ އަވްޔަންގެ ޑްރެސިން ދަށުގައި އޮތް ގިޓަލެވެ. ވަގުތުން އެއާ ދިމާލަށް ދުއްވައިގަތެވެ. “ހިނގާ ގިޓާ ކުޅެން..” ގިޓާ ނަގަމުން ޖޯޝާއެކު އަލިޝްކާ ބުނެލިއެވެ. ކައިގެން ބަނޑުފުރުމުން ވަރުބަލިވެފައިހުރި އަވްޔަން އަލިޝްކާގެ އަމަލުތަށް ހުރި ގޮތުން ހައިރާންވިއެވެ. ނަމަވެސް އަލިޝްކާގެ ފަރާތުން ފެނުނު ގާތްކަމުން އަވްޔަންއަށްވެސް ގާތް ވެވުނެވެ. އޭނާގެ ހިތް އިންކާރެއް ނުކުރިއެވެ. އަލިޝްކާ ގާތުގައި ވާ ކޮންމެ ވަގުތެއްގައިވެސް އޭނާއަށް ހަމަޖެހުން ލިބޭތީއެވެ. ގިޓާ ކުޅުމަށޭ ބުނެ އަވްޔަން އިށީނީ ސޯފާގައެެވެ. ބޮޑު ކަޅާ ރަތުގެ ގިޓާ ހިފައިގެން އައި އަލިޝްކާއަށް އިންނާނެތަނެއްނެތެވެ. އެންމެ ސޯފާއެއް ހުރުމުންނެވެ.
ރަނގަޅު ޙިޔާލެއް އައުމުން އަލިޝްކާ ގޮސް އަވްޔަންގެ ދެފައި ދުރުކޮށްލަމުން އެ އުނގުތެރޭގައި އިށީނދެލިއެވެ. އޭނާގެ ކޮންމެ އާދަޔާޙިލާފް ހަރަކާތްތަކުން އަވްޔަން ސިހެމުން ދިޔަޔަސް އޭނާ އުފާވިއެވެ. އެހިތުގެ ރޫޅިފައިވާ ކޮންމެ ތަންކޮޅެއް އަލުން ގުޅިގެން ދާ ކަހަލަ އިހްސާސެއްކުރެވުނެވެ. އަވްޔަންގެ އަތުތެރޭގައި އިށީނދެ ހަމަޖެހިލަމުން ގިޓަލުގެ ނަރުތަކާ އޭނާއަށް ކުޅެން އިނގޭ ގޮތަކަށް ކުޅެމުން ގެންދިޔައެވެ. އަވްޔަން ކަންފަތަށް އުނދަގޫވީ ގޮވަން ފެށި ތޫލި އަޑުތަކުންނެވެ. ގިޓަލުން އަލިޝްކާގެ އަތް އޭނާ ނައްޓުވާލިއެވެ. “އަޅެ ޖަހާބަލަ..މަ އަޑުއަހާނަން..” އަލިޝްކާގެ އެދުމުގެ މަތިން ލަވަޔަކާއެކު އަވްޔަން ގިޓާޖަހަން ތައްޔާރުވެލިއެވެ. ގިޓާ އިނީ އަލިޝްކާގެ އުނގުމަތީގައި ކަމުން އޭނާ ގައިގައި އަތް ވަށާލައިގެން ނޫނީ އަވްޔަންއަކަށް ނުކުޅެވުނެވެ. “ނުނިދައްޗޭ..މަށަކަށް ކޮޓަރިއަކަށް ނުގެންދެވޭނެ..” އަވްޔަން އޭނާގެ ހިތްގައިމް އަޑުން ލަވަ ކިޔަން ފެށިއެވެ.
_________________________________________
ރީތިކަން ބަޔާންކޮށްދޭ މަލާއޭ…..އަޖައިބުވާ ހަރަކާތްތަކޭ ތީ…ހީލުމުން ހީވޭ ހިތް ފުރިދާހެން މަގޭ….ދުނިޔެމަތިން ނުދެކޭހާ ފުރިހަމަ ހީލުމެކޭ…..ހިތްއަވަސްވޭ ކައިރިން އަޅައިފާ ދާއިރުދެން…ހިތްގޮވާލައޭ ލޯބިން…..ލޯބި ވެވިދޭ ކައިރިން ގޮވައިގެން ދާތީ މިހިތް….ހިތް ފުރާލައޭ ސިއްރުން…..ގެއްލިފައި ހަމަ އިނދެވިދާނޭ….ފޫހި ނުވެ ކިތަންމެ އިރެއްވިޔަސް…ހީލުމުން ހީވޭ ހިތް ފުރިދާހެން މަގޭ….ދުނިޔެމަތިން ނުދެކޭހާ ފުރިހަމަ ހީލުމެކޭ….
___________________________________________
އަވްޔަންގެ ފިރިހެންވަންތަ އަޑުން އަލިޝްކާގެ ކަންފަތުގައި ގުގުމާލުމުން އޭނާ އާޝޯޙްވިއެވެ. ލަވައިގެ ކޮންމެ ބައިތެއް އޭނާއަށް ޙާއްސަކުރެވިފައި ވާ ކަހަލަ އިހްސާސެއް ކުރެވުނެވެ. އޭނާގެ މޭގައި ބޯ އަޅާލައިގެން އޮތް އަލިޝްކާގެ ލޮލަށް ނިދި ސަވާރުވާކަށް މާގިނަ އިރެއް ނުނެގިއެވެ. ލަވަ ނިމުމުން އަލިޝްކާޔަށް އަވްޔަން ބަލާލިއެވެ. މައުސޫމްކަމާއެކު ނިދާފައި އޮތް އެ ނިޔަނެތި ކުއްޖާފުޅަށް އުނދަގޫކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އޭނާ ހޭލަންދެން ބެލްކަނީގައި އިންނާނީ ކިހިނެތްހެއްޔެވެ. އަލިޝްކާގެ ކޮލުގައި ދެތިން ފަހަރު ކޮއްޓާލިނަމަވެސް ފުން ހިނިތުންވުމަކާއެކު އޮތީއެވެ. އެ ދިގު އެސްފިޔަތަށް މެރިފައިވުމުން ހިޔަނި މޫނަށް އެޅުނެވެ. ދުނިޔެމަތިން އަވްޔަންއަށް ނުފެންނަހާ ފުރިހަމަކެމެވެ. ގިޓާ ބަހައްޓާލަމުން އަތްދަނޑި މައްޗަށް އަލިޝްކާ އުފުލާލިއެވެ. މަޑު ހިނގުމެއްގައި ގޮސް އަވްޔަންގެ އެނދުގައި ބާއްވާލިއެވެ. ގަދަ ގުގުރީގައި އޮތް އަލިޝްކާ އޭނާގެ ކޮޓަރިއަށް އަވްޔަން ނުގެންދިޔައީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެ މައުސޫމް މޫނަށް ބަލަހައްޓައިގެން އޮވެ ނިދާލަން އަވްޔަން ބޭނުންވުމުންނެވެ. އޭނާގެ ހިތަށް ހަަމަޖެހުމެއް ލިބޭނެތީއެވެ.
ކޮންމެއަކަސް އަލިޝްކާ ގަައިމަތީގައި ރަޖާ އަޅާދެމުން އަވްޔަންވެސް އޮށޯތެވެ. އޮރެންޖު ކުލައިގެ ނިދާ ބޮކި އޭނާ ދިއްލާލިއެވެ. އަލިޝްކާއާއި އަވްޔަން ގާތްވިޔަސް ނުދިނުމަށްޓަކައި އެދެމެދުގައި ބާލިހެއް ބާއްވާލިއެވެ. އެހެންޏާ ފާރަކުން ވަކި ކޮށްގެން ނިދާނަމަވެސް މިހާރު ބާލިހެކެވެ. ދުވަސްކޮޅަކުން އޭނާގެ އަތުތެރޭގައިވެސް އަލިޝްކާ އޮވެދާނެޔޭ ހިތަށް އެރުމުން އަވްޔަންއަށް ހިނިތުންވެލެވުނެވެ. އަލިޝްކާގެ މޫނަށް ބަލަހައްޓައިގެން އޮއްވާ އަވްޔަންގެ އެސްފިޔަތަށްވެސް ލެއްޕުނެވެ.
ދަންވަރުގެ ވަގުތެވެ. އަވްޔަންއަށް ހޭލެވުނީ އުނދަގޫވެގެންނެވެ. އޭނާގެ ބަނޑުމަތީގައި ބަރު އެއްޗެއް އޮތް ކަހަލަ އިހްސާސެއް ކުރެވިގެންނެވެ. ގަދަ ނިދީގައި އޮވެ ދެލޯ ހުޅުވާލިއިރު އަލިޝްކާގެ ފައި އޮތީ އޭނާގެ ބަންޑުމަތީގައެވެ. އަލިޝްކާ އަތް އަވްޔަންގެ މޫނުމަތީގައެވެ. އަލިޝްކާ ދުރަށް ޖައްސާފައި އަނެއްކާވެސް ނިދޭތޯ އަވްޔަން މަސަތްކަތްކުރިއެވެ. ނަމަވެސް ފަސްމިނެޓުން ފަސްމިނެޓުން އެ މަންޖެގެ އުނދަގޫޖެހެއެވެ. އަލިޝްކާގެ އަތާ ފައިން ގައިގައި ޖެހިޖެހި އަވްޔަން ގައިގައ ރިއްސަން ފެށިއެވެ. ކުދި ކިޔަމުން ބާލިހާއެކު ބިންމަތީގައި އޮށޯތެވެ. މާރބަލް ޓައިލްސްގައި ހިފާފައިވާ ފިންޏަށް ކެތްކުރަމުން ނިދޭތޯ މަސަތްކަތް ކުރިއެެވެ. ހައްތަހާވެސް އަލިޝްކާގެ ކަންތަކެވެ. ނިދީގައިވެސް ޖެއްސުން ކުރަނީ ވިއްޔާއެވެ. އަރާމު ނިދި ނަގާލަން ޖެހުމުން އަވްޔަން ހިތާހިތުން ކުދިކިޔަން ފެށިއެވެ.
މިއީ ކިހާ ތަފާތު މަންޒަރެއް ހެއްޔެވެ. ހިލޭ ޒުވާން އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އެއްކޮޓަރިއެއްގައި މިފަަދަ ދަންވަގުތެއްގައި އުޅެންޏާ ފެންނަނީ ހަމަގައިމުވެސް ތަފާތު މަންޒަރެކެވެ. މުޅިން ވަހުޝީ ކަންތަށް ކަން ޔަގީނެވެ. ނަމަވެސް އަލިޝްކާޔާ އަވްޔަން ކިހާ މައުސޫމް ހެއްޔެވެ. އެ ދެމީހުންގެ ކޮންމެ ގޯނާއަކުން ފެނިގެން ދަނީ ހިތުގައިވާ ތެދުވެރި ލޯތްބެވެ.
(ނުނިމޭ)
50 Comments!
Comments are closed.
Masha Allah. . Mi vaahaka akii varah varah varah varah varah varah varah varah varah varah varah varah varah varah varah varah reethi vaahaka eh❤❤.. one of my favourite story in esfiya❤❤.. M varah ufaavey Thi gothah part thah upload kohdheythy.. keep it up.. when next part??
Marsha Allaah…varah reethi mi part ves…thanks gigi…luvxx?????❤???????❤?????I’m curiously waiting ingey next part ah…up kohdhehche ASAP…
Alheyy???? thank you so much my luvy fann ❤❤❤❤❤❤ ur first dho dear congratulations ?????????? much luv frm meh 2 u??????? yesh insha allah I’ll try submiting today ???????????????
Masha allaah vvvvv rethi mi part ves
Thanks alot hazu sis ❤❤❤❤❤❤???????
V salhi..when next??caantt waitt bro…miadhu up kurachey
Thank you so much deahhh❤❤❤❤❤ miadhu up kohlaanan insha allah ?????? kehthirikann bro ???? it shows good results (most of the time) ???????????
Alhey dhn haadha cute ey….?????☺?gigi…..masha allah….u r so talented…..dhn i am gonna kill ajwadh and ziyal….???alishka aky hama emme rangalhu beys avyan ah dhw….????????e dhemyhun hyvany kudakudhin hen…ehaaves cute…???????thank you so much gigi for writing a stry like this…..and love yahh
Awwwwwwn ❤❤❤❤❤❤❤ mal ge comment ehge inthizaaruga huree ???????? and finally ur loabi comment is here ???????????????I’m saah happy??????? ahah mihaaru group eh hamavejje ziyal and ajwadh maran dhaan ?and ur in 2 ??????????????? ikr biblo hama habeys ????????????? my pleasure to give u all a stry like this ???????luv u 2 moree ?????????
Vrh reethi story????
Thanks a lot deah ??????❤❤❤❤❤????
Good morning gigi’s lill squad ❤❤❤❤❤ nd happy jumah mubarak ???????? VUMUN HITHEHGE MILKUGAA mi stry ge 6th part hurihaa readers ves like vaane kamah ummedhukuran ?????????????? feel free to comment down below whatever u think ?????????? I’ll be replying to all comments insha allah…..thank you all friends for the lovely support plx point out the mistakes it would be a big helpp ????? mi part inves vrh loabi comments kolheh fennane kamah ummedhukuran????????? next part miadhu haveeru insha allah liyelaafa submit kohleveythoa balaanan ???????????? sincere it’s Friday bxy veema lasves ves vedhaane but I’ll try my best ??????? and kuri part ge reply nukurevi huri comment thakah I’ve just replied ???????????? thank u so much everyone have a nice day ❤❤❤❤❤❤❤❤????????
i cant stop giggling they r so cute. #bilibo… n avyan ge vove instead of love is killing me. ? best story of urs bro proud proud
OMG lodge kolhaaaaaa ❤❤❤❤ adhi ehaa sirun ukhenikoh ves falhaa eri dhoo??????? e mae dream couple ey with that…… ??woah salhi ship name ehh #BILBO forever #ALISHKA ves hama okx vaane? ??????????????? and yeah me be like avyan “wuv u lodgyy” ????? “I more proud of u broski comment adhi nukurevunas heskiyaaha tuff hama ur stry???????????????? sy aadheba I kairiah miadhu?????? i got ma leg injured bad so u men geyah can’t go ???
#AVISHKA**
maasha allah
how gigi this story is soooo amazing
story varah loabi but mistakes thibi but eah ehaa varakah nubeley cox of avyan n alishkaa
they are super cute
asluvx cuteness overloaded
just love it
curiously waiing for the next part
varah varah varh bodah inthizaaru kurevey mi story ah
after all its soo cute
Awwwwwn my deah unique is back ❤❤❤❤❤❤❤ gigi akahves neygey ?????? I can’t believe im is doing this ??????????????? u be more loabi as usual ??????????? yesh vrh ufaavey when all the readers show love for the #BILBO couple ???????????? indeed biblo is always gonna be never changing cute ?❤❤❤??????????????? insha allah vrh avahah miadhu submit kohleveytho miulhenii tho I’m kindda sick??????????thanks alot unnniiquee ?❤❤❤❤❤❤
Omg I still can’t stop laughing ?? bandah ves thadhuvaan fashaifi mihaaru… Baraboa and bilimagu.. Varah Salhi combination eh.. ????? especially that hedhun scene varah majaa.. ?? Dhn Ekam ehn maa gina dhuvahaku nuthibeveyne eh nu e zial aa ajvadh akaai hedhi. ? gigi E meehunnah komme ves Kameh kohbala.. Sis varah rulhi aadheye E meehun dheke.. ?? hingaa E meehun maraalaan.. ????? sis ves dhaanamey gigi aai eki E meehun maran. Anyway Mi part ves hama evvana dhey varu vey ingey.. Gigi ge hurihaa part eh ves hama varah reethi.. ??Dhn neynge ithurah express kuraane words eh sis akah??.. Hehe.. Waiting waiting waiting waiting.. ????❤️???
Yaaaaah yeyyyy hooorey poorey I made sissy kolhu laugh anehkka ves ??????????? baamu ungulhaaya banduga ????????????? ikr #BILBO forever hama ?????????aan baraboa vaa rangalhehnu javaahiru boxer eh viyya iraalii ??????????aan ajwadh menahves eba jehey kommes gotheh hadhan eyrah maithirivaanii ???????? hingaa dhaan dho maran ????????????yeah and mi part ga sis ge comment ahves mi dhinni hama ehvanaiga ehvanaeh ????????????????? thank you so much I have no words to express how thankful I amh as usual ❤❤❤❤??????????????????????? yesh inthizaaru kohlahcyeyy ?????????????
Alheyy gigi avahah up kurahche,?varah varah reethi story,??Maasha Allah?? haadha kiyaa hiyy ve ey eba, story reethi kamun hama ehvana dhey varu vey, varah interesting story eh mee ❤❤ I love this story very much ?? irukolhu kolhaa balaalevey mi story ge new part eh up kohfa thoa iny?? avahah next part up kurahche alhe gigi ???please please??
When next??
Ethedheh Gigi.. Sis bunaahen hingaa emyhun maraalan… And plx knme gotheh viyas alishka mn dhuru nukuruvaathi… Mihaaru vx avyan vaa varah hithaamaiga ulhefi… Ehen vyma dhn ziyal mn ah landu dheyn jeheyny… Mihaaru ajwadh mennah vaahaa ufaluga ulhevijje…. Vrh vrh loabi couple eh..❤❤❤❤adhi vaahaka gendaa goii vx vrh reethi.. Ma Sha Allah… Vrh majaa ngey???comment nukuriyas kiyan mi stry.. Ekm mirey hama khlaa hih v… Aslu myny nunidhifa vaahaka up veythoa???
Hingaa dhaan dho ??? e dhemeehun kihinei ?????aharun emmen beet kuranii ??????? I’ll try not to to separate ingey aalishka but it’s not in my hands ????????????? indeed it’s #BILBO ehnnu ehemma loabi vaanu ????? and thank you so much zaa ❤❤❤❤❤❤❤❤❤❤ vrh ufaavejje zaa ge first comment ves ehaa supportive veema ???????????????????????? alhey gigi miulhenyy vrh bodu kameh dhimaa vgn ehemma las vanii ??????????????????
alhey gigi shifakallah
gws ASAP hihih
sry m being selfish
but miss ya
gws gigi lyssm
Awwwn thanks a lot ❤❤❤❤❤❤ thihen buneemaves faige fracture rangalhuvejje kanne ??????? lysm 2 miss more ??????????????
Kobaa tha alhe next part,?? waiting waiting , ??varah lwbi story, ???maasha Allah ??
Oh dear bodu kameh laiganfi srry lasvedhaane ?????? and thanks alot kodoo ❤❤❤❤❤???????????
Gigi kobaatha story……..vaahaka varah cute……..but ehaaa gina dhuvahakah noon dho…….?? umm i hate that too fellows??? hingaa ajvad aa ziysl maraalan dho?? i dhaanan gigi aa ehkoh………anyway story is beautiful and sooooooo cute ❤️❤️?????? mee hageegathehtha?
Alhe dear kuhliakah emergency vgn miulhenyy ❤❤❤❤❤ but still hospital ga onna iruves all readers stry ah inthizaaru kuraakan ingeythii vrh happy ????? awwn so lobx lets go dho thaareehuga liyevey varu hanguraama eh kuranvaane ???????????????????? thanks a lott it means alot ????????????? hageegatheh nun hama imahination ?????????????
Vaahaka varah reethi????❤❤??…waitin for next part??
Assu tha? ❤❤❤❤ much thanks brontho ?????????????????inthizaaru kohlahvaa broski????????
Kn irakun tha nxt part up vaany..??Waiting waiting..Pls avas kohla ba
Dearr I admitted vahtharu hunnanii ???? but vrh avahah kohdheynan ❤❤❤❤❤
Ummmmm…gigii…ur a boy????tha..
The story is awwwwsumm…they r cute..lovelyyy……so nice…ur my fav writer..
Awwwn xenny dear ❤❤❤❤❤ u be more loabi and cute ????? such a supportive reader of all time ????????? one my fav readers ingey ????????alhe guess kohlaba am I a girl or boii? ? vrh avahah bio eh laanan maybe today ?????????
Me last dhw????nys story ….,waitting for the next part??
Or maybe not ????? thanks a lot ❤❤❤❤❤ yeah inthizaaru kohlaa mihaaru submit kohlaifin ???????????????
Hi! Adhi alah mi story kiyafa comment eh mikolhee ..v v reethi story eh…first bai kiyalafa v kiyaa hithun miadhu hurihaa bayeh kiya nimailaifin..v v v best hama..story nimendhen gavaidhun up kohlumakee v bodu edhumeh…mihaaru mi site ga hunna story thah v foohi kiyan ves ..up eh ves kohnudheyne..kiya hihves nuvey ekamaku mi story v hama reethi v koyala hihvey…e aduvadhu lavva aleesha ah dhera gotheh nahadhahche..mi story v reethi ingey..masha allah v molhu writer eh thee…
Helllo ❤❤❤❤❤ ❤❤❤❤alheyyyyyy..????????????vvv vufavejje dear ge thihaa loabi comment eh libuneema ????????asluves hama speechless????????? thank you sooooooo much ziff ?????????????????? ehehe ehntha? ? But I like ifoo and jinni ge stry vrh reethi ??? and kurin up vi shine and ryn menge stry?????insha allah mi vaahaka nimendhen genes dheynan nge ??????????????????????who know what the future holds dho but let’s hope for the best ajwadh kamehkoffiyya I’ll punish him eyy ??????? don’t worry ??????? and thanks alot for the loabs comment ??????????
Miadhuge part avaskohla dheeba.. love this story ❤❤
Yesh dear submit kohlin mendhuru ❤❤❤❤❤ so sweet ?????????
Mi vaahaka v.reethi kon irakun next part up vany btw u Varah molhu vaahaka liyan
Assu tha? ❤❤❤❤❤ vvvv ufaavejje ?????????thanks alot ???????? mihaaru submit kohlaifin ????
koba next part……gigi vvv molhu vaahaka liyan… umeedh kuran vaahaka nimen dhen up kuraane kamah
Awwwn ❤❤❤❤ Thank you so much ??? welcome to the lill squad dear ???????????? yes bodu kameh dhimaanuvaahaa hindhaku genesdheynan nimendhen ???????
Alheyy gigi mi story varah varah reethi?? hurihaa part eh vx varah varah interesting???reethi kamun gos bunaane ehchei vx neynge, hama eh vana dhey varu vey gigi ah☺☺ehaa vx reethi, alhe avahah next part up kohdhyba gigi, I’m waiting waiting ?❤❤alhe hama varah varah kiyaa hiyy vey eba next part, gigi ah hama blue heart eh dheyn beynun vany ?????? ummmmmmmwh?
Awwwwwn ❤❤❤❤❤❤❤❤ alheyy sharu dear so sweet ????????? I never expected ingey…ehaa loabi comment eh ?????ekm thibuneenu dear reehchey ??????????? thank you so much ?????????????? gigi ahves neyge thank kuraane gotheh ???????????????????? theeves ehemma hama ehvanaiga kiyuntherieh ??????????????? yes mihaaru submit kohlaifin ingey vrh avahah insha allah kiyaalan libeyne ????❤❤❤❤????????? alheyyyyyy gigi ves vrh inthizaaru kuraanan next part ga sharu ge loabi comment akah ????????????? thank you so much ????? gigi dheynii sharu ah huss read heart ok? ❤❤❤❤❤❤❤❤❤❤ and thanks for the blue hearts ????????? lots more ummmmmmmmmwh ???????????????
One more thing, Xennyy ebuni thedheke, are you boy or girl?? please tell me lwbi gandoooo
Oooh loabivrrr ????? alhe guess kohlabe???????mirey bio eh laanamey eyrah ur guess correct or wrong kan ingeynu ❤❤❤❤??????
barabolakaa bilamagakaa jehigen kusheh neh boxer eh halaaku v dhw
hehehe amazing story