ނޫރިޝް ( ހަތަރުވަނަ
ބަލާކަށް ނުހުރެ އީޝަލް ގޮސް އެ ދޮރު ފޮތިގަނޑު ކަހާލިއެވެ. ނޫރާ އީޝަލް އަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. އޭނާ އެ ދޮރުފޮތިގަނޑު ކަހާލަ ދޭން ކިތަންމެ ބޭނުންވިޔަސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގެ ތެރޭގައި ވަށާލުމުން މުޅި މީހާ ފިނޑިވެ ހާސްވީއެވެ. އީޝަލް އައިކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. ނޫން ނަމަ އޭނާގެ ދަރިފުޅަށް ވާނެ ގޮތެއްވެސް ނޭނގުނެވެ. ވަގުތުން ކަޅުހުއްތުބޭ ކައިރި ގޮސް މި ވާގޮތެއް ބަލަން ނޫރާ ގެ ކިތް އެދެމުން ދިޔައެވެ. ނަމަވެސް ދެ ނަމާދު ދޭތެރޭގައި ބޭރަށް ނިކުތުން ރަނގަޅު ނުވާނެތީ އިޝާގެ ފަހުން ދާން ނިންމިއެވެ.
ދޮރުފަތިގަނޑު ކަހާލި ފަހުން ނޫރިޝްގެ ކިބައިން އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޮޑު ކަމެއް ކުރިމަތިވެފައިވާ ކުއްޖެކޭ ފެންނަ މީހަކު ނުބުނާނެ އެވެ. އީޝަލް އާއި ދެމީހުން ސަކަރާތް ޖަހަން ތިބި މަންޒަރު ބަލަން ނޫރާ ހުރީ ހިނިތުންވެފައެވެ.
އީޝަލްގެ ކައިރީގައި އިޝާ ނަމާދު ކޮށްލައިގެން ހޮސްޕިޓަލަށް އައިސް ދޭން ނޫރާ އެދިފައި އޮތުމުން އީޝަލް ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ. ކަކުލާ ހަމައަށް އަންނަ ރަތް ކުލައިގެ ގަމީހަކާއި އެކު އައިސް ބުލޫ ޖިންސެއް ލާ ނޭވީ ބްލޫ ކުލައިގެ ޝޯވލްއެއް އަޅައިގެން ހުރި އިރު ހީވަނީ ސާދަ ވިލޭރޭގެ ހަނދު ބިމަށް ފައިބައިފައި ހުރި ހެންނެވެ. އެހާވެސް އީޝަލް ފުރިހަމަ އެވެ. ހަރުގަނޑުން ކަޅުކުލައިގެ ހައިހީލްއެއް ނެގުމަށްފަހު އެއަށް އަރައިގެން އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ.
ވޯޑަށް ވަދެގެން އައި އީޝަލް ފެނުމާއިއެކު ނޫރާ އިން ތަނުން ތެދުވެ އީޝަލް އަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ” އީޝްއަށް އިނގޭތަ އީޝް އެގަޑީ ކާރޓެެއިން ކަހާލީމަ އޭތި ބުނީ އީޝް މަރާލާނަމޯ… އަހަރެން ވަރަށް ދެރަ ވާނެ އަހަރެންގެ ސަބަބުން އީޝް ދެރަ ގޮތެއްވެއްޖިއްޔާ… ” ނޫރާ ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ދެރަވެފައިވާ މޫނަކާއިއެކު ނޫރިޝް ބުނެލިއެވެ. ” އެއްކަލަ ނޫ… އަހަންނަށް ކަމެއްވެއްޖެތަ… ދެންމެވެސް މިއައީ އެކަނި… ގަބުރުސްތާނު ކައިރިން ހިނގާލާފަ… ނުވެއެއްނު ކަމެއް… ނޫ މާ ބިރުން އުޅޭތީ އޭ އޭއްޗަށް ބިރު ދައްކަން ކެރެނީ… ތަންކޮޅެއް ކޫލް ކޮށް އުޅެބަލަ… އެއް އިރަކުވެސް ނޫ އަކީ ފިނޑި ކުއްޖެއް ނޫނެއްނު ދޯ… ދެން ނުވެސް ގުޅޭ ތިހެން ބިރުން އުޅެންޏަކާ… އަހަރެން ގޮތަށް އުޅެބަލަ… ” އީޝަލްގެ ބޭނުމަކަށް ވީ ނޫރިޝްގެ މޫޑު ރަނގަޅު ކޮށްލުމެވެ. އެކަން ވަރަށް ރަނގަޅު ކާމިޔާބުވެސް ވިއެވެ. ދެމީހުން ގަޔާ ވެފައި ސަކަރާތް ޖަހަމުން ދިޔައީ ކުޑަކުދިން ތަކެއް ފަދައިންނެވެ.
ބިރުވެރި ފަޅު ގޮތަކަށް ބޭރުން ފެންނަން ހުރި ކަޅުހުއްތުބޭގެ ގެ ކަމަށްވާ ‘ މެޖިކަލް ވޯރލްޑް ‘ ގޭގެ ދޮރުން އެތެރެއަށް ވަންނަމުން ނޫރާ ސަލާމް ގޮވާލިއެވެ. އެތެރެއިން ސަލާމް ބަލައިގަތް އަޑު އިވުމުން ނޫރާ އެތެރެއަށް ދާން ހިނގައިގަތީ ހިތާ ހިތުން އެގޭގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. ގޭގެ ބޭރުން ކިތަންމެ އާސާރީކޮށް ފެނުނު ނަމަވެސް އެތެރެ ހީވަނީ ހިންދީ ޑްރާމާ ތަކުގައި ފެންނަ ކަހަލަ ގެއެއް ހެންނެވެ. އެހާވެސް އެގެ ފުރިހަމަ ވެފައި ނަލަ އެވެ. ފުޅާ ދިގު ކޮރިޑޯއިން ހިންގާލާފައި ދާއިރު ކަނާތް ފަރާތުން ފެންނަން އޮތް މާ ބަގީޗާއިން އެ ދިރުމެއްނުވާ ގެއަށް ދިރުން ގެނެސްދީފައިވާ ފަދައެވެ. ކޮރިޑޯ ހުރަސްކޮށްފައި ގޮސް ކުރިމަތިން ފެންނަން ހުރި ދޮރުން އެތެރެއަށް ވަތް އިރު އެތާ ހުރި ތިން ސޯފާސެޓްގެ ތެރެއިން އެއް ސޯފާ ސެޓްގައި ނޫހެއް ހިފައިގެން ކަޅުހުއްތުބޭ އިނެވެ. ނޫރާ އަށް އެތެރެ އަށް ވަންނަން ނުކެރުމުން ދޮރުމަތީ ގައި ހުރެ އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. ”ވައަލައިކުމުއްސަލާމް” ސޯފާއިން ތެދުވަމުން ކަޅުހުއްތުބޭ އޭނާގެ އަތުގައި އޮތް ނޫހުން ނަޒަރު ވަކިކޮށް ދޮރާ ދިމާލަށް ބަލާލިއެވެ. ” އަނހަ… ކީއްކުރާ ކުއްޖެއް… އަވަހަށް ވަދޭ… ” ކިބުރުވެރި ކަމެއް ބޮޑާވެރި ކަމެއް ނެތް ހިތްހެޔޮ އަޑަކުން ކަޅުހުއްތުބޭ ބުންޏެވެ. ކިތަންމެ މުއްސަނދި ނަމަވެސް ބޮޑާވެރި ކަމެއް ނެތް މީހެއްކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާ ހީކުރީ މުއްސަނދި ވެއްޖިއްޔާ ކޮންމެ މީހަކީވެސް ވަރަށް ބޮޑާ ކިބުރުވެރި މީހެއް . ކަމަށެވެ. ނަމަވެސް އެއީ މުޅިން ތެދެއް ނޫން ކަން ކަޅުހުއްތުބޭ ޔަގީން ކޮށްދީފިއެވެ. ” އަނހަ ކޮން ކަމަކު އައި ކުއްޖެއް…”. ހިތްހެޔޮ އެކުވެރި އަޑަކުން ކަޅުހުއްތުބޭ އަހާލީ ހިނިތުންވުމަކާއި އެކުގަ އެވެ. ” އަޅުގަނޑު މިއައީ ކަޅުހުއްތުބޭ ކައިރީ ކަމަކު ކިޔަންވެގެން… ް ” ނުކެރިފައި ހުރި ގޮތަކަށް ނޫރާ ބުނެލިއެވެ. ” އަނެއްކާ ކިހިނެއް ވީ… ” ނޫރާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލަހަށްޓައިގެން ހުރެ ކަޅުހުއްތުބޭ އެހިއެވެ. ނޫރާގެ މޫނު މަތިން ފެނުނު ހާސްކަމުން އެކިޔަން އުޅެނީ ކުޑަ ކަމަކު ނޫންކަން ކަޅުހުއްތުބެއަށް އިނގުނެވެ. ” މީ… އަޅުގަނޑުގެ ދަރިފުޅަށް ވެފަ ހުރި ގޮތެއް ބަލާލަ ދެވިދާނެތޯ އަހާލަންވެގެން… ” ނޫރާގެ ޖަވާބުން ކަޅުހުއްތުބޭގެ ނިތްކުރިމައްޗަށް އެރި ދެތިން ރޫ ފިލުވާލުމަށްފަހު ކަޅުހުއްތުބޭ އަވަސްވެގަތީ ވެގެން މި އުޅޭ ގޮތެއް އެހުމަށެވެ. ” ދަރިފުޅަށް ކިހިނެތް ވީ ” ނޫރިޝްގެ ހާލު ކިޔައިދިނުން ވީ ނޫރާ ހީކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އޭނާ ނޫރިޝްގެ ހާލަތު ކިޔައިދޭން ފެށިއެވެ.” އަޅުގަނޑުގެ ދަރިފުޅު ހުކުރު ދުވަހު ކޭންޕް ގޮސް އުޅެނިކޮށް ހޭނެތިގެން ހޮސްޕިޓަލަށް ގެނައީ… ހޭ އެރިފަހުން އަބަދު ދައްކަނީ ކޮންމެސް ތުތީ އެއްގެ ވާހަކަ… އަބަދު އުޅެނީ އެ ތުތީ އަކާއި އެއްކޮށް ކުޅެން… އެކަމަކު އެ ބުނާ ތުތީއެއް ފެންނަނީ ހަމައެކަނި އޭނަޔަށް… އަޅުގަނޑާއި ޑޮކްޓަރުވެސް ބެލިންއެބުނި ތުތީއެއް ފެނޭތޯ… އެކަމަކު ނުފެނޭ… ދެން އަނެއް ދުވަހު ހޭލި އިރު ނެތް އެއްވެސް އެއްޗެއް ހަނދާނެއް… އިރު އޮއްސެން އުޅެނިކޮށް އެ ކޮޓަރި ކުޑަދޮރުގެ ބޭރުންފެންނަން އޮތް ގަބުރުސްތާނު ތެރޭގަ ހުރި ގަހެއް ދައްކާ ފައި ބުނަނީ އެހެރީ އޯ އޭތި… އެހެން ކިޔަނިކޮށް އޭނަގެ ރައްޓެހި ކުއްޖަކަށް އާދެވުނީ.އެކުއްޖާ ބިސްމި ކިޔާފަ ދޮރުފޮތި ގަނޑު ކަހާލި ފަހުން ދެން އޯކޭ ” ނޫރިޝްގެ ހާލަތު ކިޔައިދީ ނިންމި އިރުވެސް ނޫރާގެ ދެލޮލުން ކަރުނަ އާދެއެވެ. ” ބޭބެއަށް ހީވަނީ ތި ކަމަކީ ރޫހާނީ ކަމެއް ހެން … ”ް ވިސްނަން އިނދެފައި ކަޅުހުއްތުބޭ ބުންޏެވެ. ” އަޅުގަނޑަށްވެސް ތި ކަހަލަ އެއްޗެއް ހީވެގެން މިއައީ… ” ފަނޑު ހިނިތުންވުމަކާއި އެކު ނޫރާ ބުނެލި އެވެ. އެހެންދޯ… ބޭބެއްށް ތި ކަމުގައި އެއްޗެއް ބުނަން އިނގޭނީ ތި ކުއްޖާ ގެނެސްގެން… އެހެންވީމަ ކޮއްކޮގެ ނަމްބަރު ބޭބެއަށް ދޭންވީނު… އޭރަށް ބޭބެއަށް ދަމުން ގުޅާލެވޭނެ އެއްނު… ” ކަޅުހުއްތުބޭ ލައިގެން ހުރި ފަޓުލޫނުން އޭނަގެ ފޯނު ނަގަމުން ބުނެލިއެވެ. ” 7897632 … ޝުކުރިއްޔާ ” ނަމްބަރު ދީފައި ސޯފާ އިން ތެދުވެލަމުން ނޫރާ ޝުކުރު އަދާ ކުރިއެވެ.
އެގެއިން ނިކުމެގެން ނޫރާ މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ވޯޑަށް ގޮސް ވަތް އިރު ނޫރިޝް އަށް އޮތީ ނިދިފައެވެ. އެނދު ކައިރީގައި އީޝަލްގެ އިތުރުން އިޝާ ވެސް އިށީނދެލައިގެން އިނެވެ. ދޮރުން ވަދެގެން އައި ނޫރާ ފެނުމުން އިޝާ ގޮސް ނޫރާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލާ ކަޅުހުއްތުބޭ ބުނީ ކީކޭ ތޯ އެހިއެވެ. މިހެން ބުނި އަޑު އީޝަލްގެ ކަންފަތާ ހަމައަށް ވަރަށް ސާފުކޮށް އެހެނަސް ވަރަށް މަޑުން އިވުނެވެ. ނޫރިޝް އަށް ވެގެން މި އުޅޭ ގޮތެއް ނޭނގިގެން އެކަމާ ދޭތެރޭ ފިކުރުކުރަން އިން އީޝަލްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އިވުނު ވާހަކަ އަކުން ނެވެ. އޭނާްއަށް އިނގިފައި އޮތް ގޮތުން އެބުނާ ކަޅުހުއްތުބެ އަކީ ސިހުރު ބާތިލް ކުރުމާއި އެފަދަ ކަންކަމުގައި އެރަށުގައި އެންމެ ނަން މަޝްހޫރު މީހާ އެވެ. އަނެއްކާ ނޫރާ އަށް ކިހިނެއްވީ ބާއޭ އީޝަލްގެ ހިތަށް އެރިއެވެ. އެމީހުންގެ ވާހަކައަށް ކަންފަތް ދިނީ އެ މީހުން އެ ދައްކާ ވާހަކައެއް އަޑު އަހާ ހިތް އޮތްލެއް ބޮޑު ކަމުންނެވެ. ” ކަޅުހުއްތުބޭ ބުނީ ވަކި އެއްޗެއް އެއްޗެއް ބުނަން އިނގޭނީ ނޫރިޝް ބަލާލަފަ އޯ… ދެން ނަމްބަރުވެސް ދީފަ މިއައީ… ބުނީ އަންނަމުން ގުޅާލާނަމޯ… ” ނޫރިޝްގެ ކިބައިން އެ އާދަޔާ ޚިލާފު ކަންތައް ފެނުނު ފަހުން އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އެއީ ރޫހާނީ ކަންތައްގަނޑެއް ކަމަށެވެ. އޭނާގެ ހީ ޔަގީނަށް ބަދަލު ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އޭނާގެ ހިތް ދޭން ފެށުމުން ދެލޯ މަރާ ބާރު ކޮށްލެވުނީ ދެން ވާނެ ގޮތަކާއި މެދު ވިސްނާލެވުމުން ނެވެ. ” ކަޅުހުއްތުބޭ ބުނީ އޭނާއަށް ވެސް ހީވަނީ މިއީ ރޫހާނީ ކަމެއް ހެންނޯ… ” ނޫރާގެ ދުލުން ދެން ބޭރުވި ބަސްތަކާއިއެކު އީޝަލްއަށް މަރާލެވިފައިވާ ލޯ ހުޅުވާލެވުނީ ދެލޮލުން ވޭނީ ކަރުނަ އޮހޮރެމުންދާ ހާލުގައެވެ. އެކުވެރިޔާގެ ހާލަށް ހަމްދަރުދީ ވާ ހާލު އޭނާގެ ހިތް ރޮމުން ދިޔައީ ނޫރިޝް ވޭތުު ކުރަން ޖެހޭނެ ނުރައްކާތެރި ދުވަސްތަކާއި އުޅެން ޖެހޭނެ ހާލު ހިތަށް އެރުމުން ނެވެ. އޭނާގެ ދެބެންގެ ދެދަރި ކުއްޖަކު ޖިންނި މޮޔަވެގެން އުޅުނު ހާލު އެންމެ ގާތުން ފެނުނު މީހަކަށް އޭނާވާނެ އެވެ. އެހެންކަމުން އޭނާ އަށް ކޮންމެސް ވަރަކަށް މި ކަހަލަ ކަންތައް ހުރީ ފެނި އިނގިފައެވެ. ނަމަވެސް އީޝަލްއަށް ނޭނގުނީ އޭނާގެ ދެބެންގެ ދެދަރި ކުއްޖާއަށް ދިމާވި ހާލަތާއި ނޫރިޝްގެ ހާލަތާ އުޑާއި ބިމާ ހާ ތަފާތު ވާނެކަމެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.

Wow.varah reethi.whn next..
thankss
next part insha allah tomorrow
salhi, next part awas kohlahchey warah kiyaa hiywey eh part aneh part ah wuren furihama v ma
thanksss i will try my dest to upload soon
What a lovely story. When next part?
thankss insha allah tomorrow
Kaaku number eh e aslu. HAAIX ge tha
Wow , v v cute mi part ves , ??
Vaahaka v furihama
thankss
Ma Sha Allah v reethi… Aneh bayah inthizaaru kuran
thankss
V habeys…. Mi faharu stry kuru hen heevey… Heevi gotheh tha… Stry thereyah innany vadheh hus vefa reethi kamun…Masha Allah… Whn nxt part … Curiously waitingggg…… LYSM ……. 😉
its thousand something kuru dhw thankolheh next part thankolheh dhigu kohleveytho alaanan
thankss cutelips luv u too
Same here cute lips ??? beyru thereyga vaa ehhvess kameh neynge mi story kiyaa iru .. ehaaves reethi mi story?????? maasha allah ????????curiously waiting 4 the nxt part
Omg mi story varah reethi story kiyaairu hutta hithey ves nuvey.heevanee mi story thereyga ulhey hen. Luv you.??????
wowww…. vvv salhi…. when next… im a huge fan of yours…. luv u so much
thanksss… im rreally happy to meet a fan of mine
v reethi curiously waiting
inthizaaru kohla type koh nimunuha avahakah upkohdheynan
inthizaaru kohla type koh nimunuha avahakah upkohdheynan
Alley.. next part tomorrow dho
yeah….i think so…. miulheny lapge keypad mahsala jehigen….ehnve aslu las vany
Ahannakee noorish nama… I would suicide myself
why….
Aslu Kaku number eh eii?? ??????
alhe hama hithah aiy num eh eii…. ekamu mihaar hithah araa num eh nuliyevunu nama ey cox its someones….and eyna mahsala jahsafane thy…..
varah reethi vaahaka eh
thankss nash
Keehve konmedhuvahaku nugenevenee
sorry aslu free nuvaathii
hope u wil understand
insha allah veehaa vx avahakah aneh part nikunnaane kamuge ummeedh kuran.
yeah miadhu up kohdheveytho milheny
Masha Allah ?
Beautiful story
Eagerly waiting for the next part
thankss Eysh
vaahaka up kohfin reyga ut adhi vx pending… um really sorry for the late episode
I started writing a story. But my best friend said that the stories I write are not nice. So now that I’m 13… Mihaaru mibalanee kiyevumah samaalukan dheveytho… But good luck and congratulations to you cause you are a thousand times better than me. Masha Allah….
love the story. i am a big fan . i love reading dhivehi vaahaka . bodah kiyaa hihvany horrow stories . kudhin athun borrow kohgen ves dhivehi vaahaka kiyan.