ދުވަސްތައް ފާއިތުވަމުން ގޮސް މުބާރާތްތައް ފެށެން ދެދުވަހަށް ވެއްޖެއެވެ. ހުރިހާ ދަރިވަރުންވެސް ދިޔައީ ފަރިތަކުރުމަށް ލިބޭނެ އެންމެ ފަހު ދެދުވަހަށް ވުމުން ވަރަށް ފުރިހަމައަށް ފަރިތަކުރުން ކުރިއަށް ގެންދަމުންނެވެ. ހަމައެއާއެކު ކޮންމެ ހައުސްއަކުންވެސް ދަނީ ސަޕޯޓްކުރުމަށް ދިދަ އާއި ހަންފަދަ ތަކެތި ތައްޔާރުކޮށް ކުރިއާލާ ތައްޔާރުވަމުންނެވެ.
ހަވީރުގެ ހިތްގައިމު ވަގުތުތައް ނިމި އިރު އޮއްސުމަކާއި ގާތްވަމުން ދަނީއެވެ. ޕްރެކްޓިސް ނިންމާލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އަތިރިމަތި ކައިރީގައި ހުރި ހޮޅުއަށީގައި މިންހާ އާއި އަޝްރާ ތިއްބެވެ. ދެކުދިންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑަށެވެ. އިރުއޮއްސެން ގާތްވަމުން ދިޔުމާއެކު ކަނޑުގެ ލޮނުގަނޑަށްވެސް ވަނީ މަޑު އޮރެންޖު ކުލައެއް ވެރިވެފައެވެ. އުޑުމަތިވެސް ދަނީ ރަތް ވިލާތަކުން ޖަރީކުރަމުންނެވެ. މިފަދަ މަންޒަރުތަކަކީ ދުލުން ބަޔާންކޮށްދެވޭނެ މިންވަރަށްވުރެވެސް މާ ފުރިހަމަ މަންޒަރުތަކެކެވެ.
އެހިތްގައިމު މަންޒަރަށް ގެއްލިފައި ތިބި އަޝްރާ އާއި މިންހާ ސިހިފައި ހަޅޭއްލަވައިގަތީ އެދެމީހުންގެ ގައިގައި އެއްޗަކުން ޖެހުމުންނެވެ. ފަހަތަށް ބަލައިލިއިރު ކައިރީގައި ވެއްޓިފައި އޮތް ކާނި ފެނުނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު ހިމޭންވިއެވެ. ދެންމެ ކާނިގަހުން ވެއްޓުނު ކާންޏެއްކަމަށް ގަބޫލުކޮށް ދެއެކުވެރިންވެސް ހޮޅުއަށީގައި ހަމަޖެހިލިއެވެ. މިފަހަރު އިވިގެން ދިޔަ އަޑާއެކު ދެމީހުންނަށްވެސް ބާރަށް ހަޅޭއްލަވައިގަތުމާއެކު ހޮޅުއަށިންވެސް ތެދުވެވުނެވެ. އޭރު ދެމީހުންގެ ހިތްވެސް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. މިންހާ އާއި އަޝްރާއަށް ވީގޮތުން އިތުރަކަށް އިއާން އާއި ނާއިިލަކަށް ކެތެއް ނުވިއެވެ. ދެމީހުންގެ ހިނިގަނޑު ވަގުތުން ފަޅާއިގެން ދިޔައެވެ. ބަޔަކު ހޭންފެށި އަޑު އިވުމުން މިންހާ އާއި އަޝްރާގެ ދެބުމަ ވަގުތުން ގޮށްޖެހިގެން ދިޔައެވެ. އެބަޔަކު ހޯދުމުގެ ބޭނުމުގައި އަވަސް އަވަހަށް އެތަނަށް ވަށާއިގެން ނަަޒަރެއް ދިނެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ދެމީހުންނަށް ހައިރާންކަން ލިބިގެން ދިޔައީ ހޮޅުއަށި ދަށުން އިއާން އާއި ނާއިލް ބޯ ދިއްކޮށްލުމުންނެވެ. އެދެމީހުންގެ ތުންފަތުގައިވި ލާނެއް ހިނިތުންވުމުން އެއީ އެދެމީހުން ކުރި ކަމެެއްކަން މިންހާ އާއި އަޝްރާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އިއާން އާއި ނާއިލް ހެމުން ހެމުން ހޮޅުއަށި ދަށުން ނިކުތެވެ.
ދެބުމަ ގޮށްޖަހައިގެން ހުރެ އިއާން އާއި ނާއިލަށް ބަލަހައްޓާއިގެން ހުރި މިންހާ އާއި އަޝްރާ ގަސްދޮށަށް ވެރިފައި އޮތް ކާނިތަކުން ކާނި ހޮވަން ފެށިއެވެ. ހެމުން ގެންދިޔަ އިއާން އާއި ނާއިލްގެ ހުނުން ކުއްލިއަކަށް މަޑުވީ ދެމީހުންގެ ގައިގައި ކާނިން ޖެހުމުންނެވެ. ” އައުޗް… ތަދުވެޔޭ އަޝްރާ… ހާދަ ބާރަކަށޭ ތި އުކަނީ… ” އަޝްރާގެ ހަމަލާތަކުން ސަލާމަތްވާން މަސައްކަތްކުރަމުން ނާއިލް ބުނެލިއެވެ. ” ހެވޭ ތަދުވިޔަސް… އަހަރެމެން ގައިގައި ކުރިން ނުޖެހިނަމަ ތަދެއް ނުވީހެއްނު… ” އަޝްރާ ބުނެލިއެވެ. ” މިންނު… މިންނު ދެން… ދެން ހުއްޓާލަން ވެއްޖެއެއްނު މިހާރު… އަހަރެމެން އެންމެ ފަހަރަކުއެއްނު އެހެން ހެދީ… މިހާރު ފަސްވަރަކަށް ފަހަރު ޖަހާއިފި އަހަރެމެން ގައިގަ…” އިއާން ބުންޏެވެ. ” އެންމެ ފަހަރަކު ހެދިޔަސް ހާދަ ބިރެއްގަތޭ… މިހާރު އާންވެސް ތުއްތު ހެން އުޅެންފެށީއޭ ދޯ… ” އިއާންގެ ގައިގައި އަތުގައި އޮތް އެންމެ ފަހު ކާނިން ޖަހަމުން މިންހާ ބުނެލިއެވެ. ” ބައެއް ފަހަރު ޖެހޭނެއެއްނު ނާއިލް އާ އެއްބައިވާންވެސް… ” އިއާން އެއްބުމަ މައްޗަށް ހިއްލާލަމުން އެހެން ބުނެލުމާއެކު މިންހާ އިއާންއަށް ލޯ އަޅާލިއެވެ. މިންހާގެ އެ ހަރަކާތުން އިއާންއަށް ހެވުނެވެ. ”މި ކްރައި ބޭބީ ހާދަ ބާރުގަދައޭ ދޯ… އެހެންނު ވާނީ އެވަރަކަށް ނޫންވިއްޔަ ކަނީ ކީ… ދެން ދުވަސްކޮޅަކުން ފެންނާނީ ސިންޓެކްސް ކަޅު ހަމެއް ވަރުވެފަ ހުއްޓަ ކަންނޭނގެ… ” އަތުގެ އުޅަބޮށީގައި ފިރުމާލަމުން އަޝްރާއަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. ”ނާއިލް އާ ކޮން ބެހޭ ކަމެއް އަހަރެން ކިތަންމެ ވަރަކަށް ކެޔަސް… ފަލަވިޔަސް ނާއިލް އާ ބެހޭ ކަމެއް ނޫނެއްނު… ” އައި ރުޅީގައި އަޝްރާ ބާރަށް ބުނެލިއެވެ. ” އަހަންނަށް ކަމެއް ނުވާނެ… އަޝްރާއަށް ރަނގަޅަކަށް އަހަރެން ބުނީ… އެހާ ފަލަ ވެއްޖިއްޔާ އިންނާނެ މީހަކު ނުވާނެ އެއްނު… އޭރުން އަޝްރާއަކަށްނު ދެރަ ވާނީ… ” މޫނު މަތިން ދެރަވާކަން ދައްކާލަމުން ނާއިލް އެހެން ބުނެލުމާއެކު އަޝްރާ އިތުރަށް ރުޅިއައެވެ. ”ދެޓްސް ނަން އޮފް ޔުއާ ބިޒްނަސް… ދުވަހަކު އިންނާނެ މީހަކާ ނުވިޔަސް ތި ނާއިލް އަކާ ނީންނާނަން… ” ނާއިލް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޝްރާ ބުނެލިއެވެ. ”ސްޓޮޕް އިޓް… ” ދެމީހުންގެ ދެބަސްވުން ނިމެން ނޫޅޭތީ އެންމެ ފަހުން އިއާން ހުއްޓާލުމަށް އެދުނެވެ. އަދި އިތުރަށް ދެމީހުނަށްވެސް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އިއާން ނާއިލްގެ އަތުގައި ހިފައިގެން ޖެޓީއަށް އެރުމަށް ހިނގައިގަތެވެ. މަންޒަރު ބަލަން ހުރި މިންހާ ހުރީ ހީލަހީލައެވެ. މިންހާ ހޭން ހުރުމުން އަޝްރާ ނުރުހިފައި ދެލޯ އަޅާލިއެވެ. ” ހެހެހެހެ… ސޮރީ ސޮރީ… ހިނގާ ދާން ގެއަށް ދެންވެސް… މިހާރު އިރު އޮއްސެން ވަރަށް ގާތްވެއްޖެ… ” ލުއި ހުނުމަކާއެކު މިހެން ބުނެ އަޝްރާގެ އަތުގައި ހިފައިގެން މިންހާ ގެއަށް ދިއުމަށް ހިނގައިގަތެވެ.
ޕްރެކްޓިސް ނިންމާލުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ޝާއިފް ގޮސް ބޭރު ޖޯލިފަތީގައި އޮށޯތެވެ. އޭނަގެ ޚިޔާލުތައް ގުޅިފައި ވަނީ އަޝްރާ އާއެވެ. އަޝްރާއަށްޓަކައި އެހިތުގައިވާ އިހުސާސްތައް ފޮރުވައިގެން އެތައް ދުވަހަކު ހުރެވިއްޖެއެވެ. މިހާރު އޭނަ ބޭނުންވަނީ އެއިހުސާސްތައް އަޝްރާގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. އޭނަގެ ހިތް އަޝްރާގެ ކުރިމަތީގައި ހުޅުވާލާށެވެ. އެހެން އޮވެ ޝާއިފް ދިޔައީ އޭނަ ކަންތައް ކުރާނޭ ގޮތެެއް ވިސްނަމުންނެވެ. ރަނގަޅު ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވުމާއެކު ޝާއިފްގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.
” އޭ… އެކަނި އޮވެ ކޮންކަމަކާ ތި ހިނިތުންވަނީ… އަނެއްކާ ހޭލާ ހުރެވެސް އަޝްރާ އާއެކު ހުވަފެން ބަލަނީތަ… ” ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން އަލޫފަށް ޖޯލިފަތީގައި އެކަނި އޮވެ ހިނިތުންވަމުން ދިޔަ ޝާއިފް ފެނި ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. އެއާއެކު ސިހިފައި ޝާއިފަށް އޭނަގެ ޚިޔާލުން ނިކުމެވުނެވެ. އަދި އަލޫފަށް ބަލައިލަމުން އަވަހަށް އައިސްބަލާށޭ ބުނެލިއެވެ. ” އައި ނީޑް ޔުއާ ހެލްޕް… ” އަލޫފް އައިސް ޖެހިގެން އިން ޖޯލީގައި އިށީނުމާއެކު ޝާއިފް އޭނައަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. އަލޫފް ކޮންކަމަކަށް ތޯ ސުވާލުކުރުމުން ޝާއިފް ތަފްސީލުކޮށް އޭނަ ބޭނުންވާ ގޮތް ކިޔައިދިނެވެ. އެއާއެކު އަލޫފްގެ ތުންފަތުގައި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.
މުޅިން އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިިރިއުޅުމުގައި ތަފާތު އެކި ކުލަ ޖައްސަމުންނެވެ. އެއީ ދުނިޔޭގެ އާދައެވެ. އެއްބަޔަކު އުފަލުގައި ވަގުތުތައް ހޭދަކުރަމުން ދާއިރު އަނެއް ބަޔަކު ދަނީ ހިތާމަކުރަމުންނެވެ. އެނގޭހާވެސް ކަމަކީ އަބަދު އެއްގޮތަކަށް އެކަމެއް ނޯންނާނެކަމެވެ. ވަގުތާއި ހާލަތާއެކު ކަންކަން ކޮންމެފަދަ ގޮތަކަށްވެސް ބަދަލުވެގެން ހިނގައިދާނެއެވެ.
ހޮނިހިރު ދުވަހަށް ވުމުން ފަތިސް ނަމާދުކޮށްލައިގެން މިންހާ ކުޑަ ވަގުތުކޮޅަކު ނިދާލިއެވެ. އެއަށްފަހު ތައްޔާރުވެގެން ތިރިއަށް ފޭބީ ހެނދުނުގެ ނާސްތާ ތައްޔާތުކުރުމުގައި މަންމައަށް އެހީތެރިވެދޭށެވެ. މިންހާ އައިސް ބަދިގެއަށް ވަންއިރު ނާހިދާ ހުރީ ފުށް މޮޑޭށެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ” މަންމާ… މިއަދު ކޮންއެއްޗެއް ސައިބޯން ތައްޔާރު ކުރަނީ… ” މިންހާ އައިސް ނާހިދާގެ ގާތު ހުއްޓެމުން އަހާލިއެވެ. ” މިއަދު ފަތް މަސްހުނި މޮޑޭނީ… ދޮންބެ ރޭގަ ބުނި ފަތް މަސްހުނި ހަދައިދޭށޭ… މިހާރު ދުވަސްކޮޅެއް ވެއްޖެއެއްނު ނަހަދާތާ… ” ޖަވާބުގައި ނާހިދާ ބުނެލިއެވެ. އެއާއެކު މިންހާ ހޫމް ލައްވާލިއެވެ. އެކި ވާހަކައިގައި ތިބެ ދެމައިން ސައި ތައްޔާރުކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނާހިދާ ރޮށި ދަމަމުން ދިޔައިރު މިންހާ ދިޔައީ ރޮށި ފިހަމުންނެވެ. ރޮށި ފިހެ ނިންމާލުމަށްފަހު މިންހާ ފަތް މަސްހުނި މޮޑުމަށް ބޭނުންވާނޭ ބައެއް ތަކެތި ކޮށާ މޭޒު މައްޗަށް ތަށިތައް ލައިދީވެސް ހެދިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ މުރާލިކަން ފެނި ނާހިދާގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިނެވެ.
ނިދާފައި އޮތް ނާއިލްއަށް ސިހިފައި ތެދުވެވުނީ އޭނަގެ މޫނަށް ފެން އެއްޗެއް ޖެހުމުންނެވެ. ނާއިލްއަށް ވީގޮތް ފެނި ކޮޓަރީގައި ތިބި އަޝްރާ އާއި މިންހާގެ އިތުރުން ނަޝްފާއަށް ބާރަށް ހީނގަނެވުނެވެ. މޫނުގައި ދެއަތް އުނގުޅާލުމަށްފަހު ކުރިމަތީގައި ތިބި މީހުނަށް ނާއިލް ބަލައިލިއެވެ. ”އަޝްރާ… ” އަޝްރާގެ އަތުގައި ހުރި ފެން ޖަގު ފެނިފައި ނާއިލް ބާރަށް ހަޅޭއްލަވައިގަތެވެ. ނާއިލްގެ ބާރު ހަޅޭކުގެ އަޑަށް ތިން މީހުންގެ ހުނުން ވަގުތުން ހުއްޓުނެވެ. އެންމެންވެސް ތިބީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ނާއިލްގެ މޫނު މަތިން ފެނުނު ހިތްހަމަނުޖެހުމުގެ އަސަރުތަކުން އަޝްރާ އަވަސް އަވަހަށް ފެން ޖަގު ބިއްލޫރި މޭޒު މަތީގައި ބޭންދުމަށްފަހު ކޮޓަރިން ނިކުތުމަށް ދުއްވައިގަތެވެ. ނާއިލްވެސް ބަލަން ނީންދެ އެނދުން ތެދުވެ އަޝްރާގެ ފަހަތުން ދުއްވައިގަތެވެ. ބާރަށް ދުވެފައި ކޮޓަރިން ނިކުން ނާއިލް ހުއްޓުނީ ކުރިމަތިން އޭނަގެ މަންމަ ފެނުމުންނެވެ. އޭރު އަޝްރާ އޭނަގެ މަންމަގެ ފަހަތުގައި ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ. ” ކިހިނެއްވީ މާބާރަކަށް ދުވެފަ ކޮޓަރިން ނިކުތީ… ” ނޭނގޭ ކަމަށް ހެދެމުން ނާސިހާ ބުނެލިއެވެ. ” މިހިރަ އަނގަ ގަދަ މިތުރާ ހެދިއެއްނު… މަންމައަށް އެނގޭތަ މީނަ ކުރިކަމެއް… އަހަރެންގެ މޫނަށް ފެންޖެހިއްޔޭ ނިދާފަ އޮއްވަ… ” ރުޅި އައިސްފައި އަޝްރާއަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. ” ތިން ހަތަރު ފަހަރު ގޮވީމަ ނުތެދުވަންޏާ ޖެހޭނީ އެކަހަލަ ކަމެއް ކުރާކަށްނު… މިހާރު އެހެރަ ގަޑިން ދިހައެއް ޖަހަނީ… ” ނާއިލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އޭނަގެ މަންމަ ނާސިހާ ބުނެލިއެވެ. އެއާއެކު ކޮޓަރީގައި ތިބި މިންހާ އާއި ނަޝްފާގެ އިތުރުން ނާސިހާގެ ފަހަތުގައި ހުރި އަޝްރާއަށްވެސް ހެވުނެވެ. ” ނާސިހާއްތަ ބުނިއްޔޯ މިހެން ހަދާށޭ… ހެހެހެހެހެ… ” މިހެން ބުނެ ހެމުން ހެމުން އަޝްރާ ސިޑިން ފައިބައިން ފެށިއެވެ. މިންހާ އާއި ނަޝްފާވެސް އެހުނުމުގައި ބައިވެރިވެ އަޝްރާގެ ފަހަތުން ތިރިއަށް ފައިބަން ފެށިއެވެ. ” މަންމަ އެހެން… ” ހައިރާންވެފައި ހުރެ އޭނަގެ މަންމަގެ މޫނަށް ބަލައިލަމުން ނާއިލަށް ބުނެލެވުނެވެ. ނާއިލްގެ ވާހަކަ ފުރިހަމަ ނުވަނީސް ނާސިހާ ބޯޖަހާލިއެވެ. ” ހޫމް… މިންނު އާ އަޝޫ އައީ ކުންނާރު ބޭނުންވެގެން… ދެން ނާއިލް ކޮބާހޭ ބުނީމަ މަންމަ ބުނީ ނިދާފައޭ އަދިވެސް… ފެން ޖަހައިގެން ވިޔަސް ދާށޭ ހޭލައްވާލަދެން… މަންމަ ކޮޓަރި ތަޅުދަނޑިވެސް ދިނީ… މަންމަ ގޮވާ ގޮވާ ނުތެދުވަންޏާ މިހެން ވާނީ… ދެންވެސް ދޭ އަވަހަށް ތައްޔާރުވެގެން ސައިބޯން އަންނަން… ” ނާސިހާ ބުނެލިއެވެ. ”އަޝްރާ… ޔޫ ހޭވް ޓު ޕޭ ފޯ ދިސް… ” ސިޑިން ފައިބަމުން ދިޔަ އަޝްރާއަށް އަޑު އިވޭ ވަރަށް ނާއިލް ބުނެލިއެވެ. އެއާއެކު އަޝްރާ ހުއްޓުމަށްފަހު ފަސްއެނބުރި ނާއިލަށް ބަލަހައްޓާއިގެން ހުރެ ދޫ ނެރި ވައްތަރެއް ޖައްސާލިއެވެ. ނާއިލްވެސް އެހެން ވައްތަރު ޖައްސާލުމަށްފަހު ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. އެއާއެކު މުޅި ގޭތެރޭގައި ނާސިހާމެންގެ ހުނުމުގެ އަޑު ގުގުމައިގަތެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ކިތަންމެ ހޫނު ގަދަ ނަމަވެސް ޖެހިލާ މަޑު ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމު އިހުސާސެއް ކުރުވައެވެ. ހިޔާ ލިބޭ ބިޔަ ގަސްތައް ދޮށުގައި އެކި އުމުރުފުރާގެ މީހުން ޖޯލިފަތިތަކާއި ހޮޅުއަށިތަކުގައި އޮލަ ވާހަކައިގައި ތިއްބެވެ. ބައެއް ގޯތި ތެރޭގައި އިންދާފައިވި ބިޔަ ގަސްތަކުން މަގުގެ ބައެއް ހިސާބުތަކަށްވެސް ހިޔާ ލިބިފައިވެއެވެ. އާދައިގެ ހިނގުމެއްގައި ހިނގާލައިފައި ގޮސް މިންހާ އާއި އަޝްރާ ސުކޫލު ތެރެއަށް ވަނެއެވެ.
އެމީހުން އެތެރެއަށް ވަންއިރު ބައެއް ދަރިވަރުން ސުކޫލު ތެރޭގައި ތިއްބެވެ. ހައުސް މީޓިންއަކަށް ވުމުން އެވަގުތު ހަރަކާތްތެރިވަމުން ދިޔައީ ހަމައެކަނި އެ ހައުސްގެ ކުދިންނެވެ. ސުކޫލުގެ އެތެރެއަށް ވަން މިންހާއަށް އެންމެ ފުރަތަމަވެސް ހޯދާލެވުނީ އަލޫފެވެ. އެވަގުތު ހުދު ކުލައިގެ ސޯޓަކާއެކު ފިޔާތޮށި ކުލައިގެ ކުދި ކުދި މާތަކެއް ޖަހާފައިވި ހުދު ކުލައިގެ އަތް ދިގު ގަމީހެއްގައި ހުރި އަލޫފް އޭނަގެ ލޮލުގައި އަޅާއިގަތެވެ. ކަޅު ކުލައިގެ އަވި އައިނަކުން އޭނަގެ އަސަރުގަދަ ދެލޯ ފޮރުވާލާފައިވާއިރު ސޯޓުގެ ދެޖީބަށް އަތް ޖަހާލައިގެން ހުރުމުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. އެވަގުތު އަލޫފަށްވެސް އޭނައަށް ނަޒަރު ހުއްޓާލައިގެން ހުރެ މަޑު ހިނގުމެއްގައި ހިނގާފައި އަންނަ މިންހާ ފެނި އޭނަގެ ލޮލުގައިވި އަވި އައިނު ނަގާލެވުނެވެ. އަލޫފް ބަލައިލުމާއެކު މިންހާ އަވަސް އަވަހަށް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. އެކަން އަލޫފަށް ވަރަށް ރަނގަޅަށްވެސް ފާހަގަވިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. މިންހާ ގޮސް ހެލެނބެލި ގަސްދޮށުގައި ހުރި ބެންޗުތަކުން ބެންޗެެއްގައި އިށީންއިރުވެސް އަލޫފަށް ހަމަ ބެލެމުން ދިޔައީ އޭނައަށެވެ. ކަނޑު ނޫކުލައިގެ އަބާޔާއަކާއެކު އަޅި ކުލައިގެ ޝޯލްއެއް އަޅާފައިހުރިއިރު އެ ދޮން މޫނު މަތިން ފެންނަމުން ދިޔަ އުޖާލާކަމާއި މަޑު ފިޔާތޮށި ކުލަ އަރާ ތުނި ތުނި ތުންފަތުގައިވި ހިނިތުންވުމުން މިންހާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދީފައިވެއެވެ. އެކުދިން އެހެން ތިއްބާ ހައުސް މާސްޓަރުން އައުމާއެކު މީޓިން ބޭއްވުމަށް ހަމަޖެހިފައިވި ކުލާސް ރޫމުގެ ތެރެއަށް ދަރިވަރުންތައް ވަންނަން ފެށިއެވެ. މިންހާ އާއި އަޝްރާވެސް ގޮސް ފަހަތު ބަރިން ގޮނޑިއެއްގައި އިށީނެވެ. މަޑު ހިނގުމެއްގައި ހިނގާފައި އައިސް އަލޫފް އޭނަގެ ޖީބުން ނެގި ކަރުދާސްކޮޅު އަޝްރާގެ ކުރިމަތީގައި ހުރި މޭޒު މަތީގައި ބޭއްވިއެވެ. ލިބުނު ހައިރާންކަމުގައި އަޝްރާ އާއި މިންހާއަށް ފަހަތަށް އެނބުރި އަލޫފަށް ބަލައިލެވުނެވެ. އަލޫފް މަޑުމަޑުން ޝާއިފް އޭ ބުނެ އެ ކަރުދާސްކޮޅަށް ލޮލުން އިޝާރާތްކުރިއެވެ. އަދި ގޮސް ފިރިހެން ކުދިންގެ ބަރިން ގޮނޑިއެއްގައި އިށީނެވެ.
އަޝްރާ އަވަސް އަވަހަށް އެކަރުދާސްކޮޅު ނަގާ ނިއުޅުވާލިއެވެ. ” ހާއި… އަޝްރާ އާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން… ތިރީގައި މީ އަހަރެންގެ ނަމްބަރު… މި ނަމްބަރަށް މެސެޖެއް ކޮށްލާނެކަމަށް އުއްމީދުކުރަން… އަހަރެން އިންތިޒާރު ކުރާނަން… ” އަޝްރާ އެ ކަރުދާސް ކޮޅުގައިިވި ލިޔުންކޮޅު ކިޔާލިއެވެ. އެވަގުތު އޭނަގެ ހިތަށް އެރީ އެންމެ ސުވާލެކެވެ. ޝާއިފް ދައްކަން އެއުޅެނީ އަނެއްކާ ކޮން ވާހަކައެއްބާއެވެ؟ އެ ލިޔުންކޮޅު ކިޔާލުމާއެކުހެން އޭނަގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަޝްރާ މިންހާއަށްވެސް އެކަރުދާސްކޮޅު ދައްކާލިއެވެ. އެވަގުތު ހައުސް މާސްޓާރ މީޓިން ފެށުމާއެކު އަޝްރާ އެކަރުދާސްކޮޅު އޭނަގެ އަތުގެ ތެރެއަށް ބޮނޑިކޮށްލިއެވެ. އަދި މީޓިންއަށް ސަމާލުކަން ދިނެވެ. މީޓިން ކުރިއަށް ދިޔައިރުވެސް އަލޫފް އާއި މިންހާ އާއި ދެމެދު ސިއްރު ނަޒަރުތަކެއް ބަދަލުކުރެވެމުން ދިޔައެވެ. އެހެނަސް މިކަން އިއާން އަކަށް ސިއްރެއްނުވިއެވެ. އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު އިއާންގެ ހިތުގައި ޝައްކުގެ އޮއެވަރެއް ހިނގާލައެވެ. ހިތުގެ ކަނަކުން އެދެމެދުގައި ކޮންމެވެސް ކަހަލަ ގުޅުމެއް ވެޔޭ ބުނަމުން ދިޔައެވެ. އެކަން ޔަގީންކުރުމަށް އަޝްރާ އާ ވާހަކަ ދައްކަން ނިންމަމުން އޭނަގެ ފުރިހަަމަ ސަމާލުކަން މީޓިންއަށް ދިނެވެ.
މީޓިން ނިންމާލުމާއެކު ހުރިހާ ދަރިވަރުން ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް ސިޓިން ރޫމުގައި އޮތް އޭނަގެ މަންމަގެ ފޯނު ހިފައިގެން މިންހާ އާއެކު އޭނަގެ ކޮޓަރިއަށް އަޝްރާ ވަނެވެ. ޝާއިފްއަށް މެސެޖުކުރުމަށް އޭނަ ހުރީ ކެތްމަދުވެފައެވެ. ” ހާއި… އިޓްސް މީ އަޝްރާ… ކޮންވާހަކައެއް ދައްކާލަން ބޭނުންވީ؟ ” އަޝްރާ އޭނަގެ މަންމަގެ ފޯނުގައި މެސެޖު ލިޔެ ޝާއިފްގެ ނަމްބަރަށް ފޮނުވާލިއެވެ. އޭނާ ކެތްތެރިކަމާއެކު ޝާއިފްގެ މެސެޖަކަށް އިންތިޒާރުކުރަމުން ދިޔައެވެ. މާގިނައިރަކު އޭނައަށް އިންތިޒާރުކުރާކަށް ނުޖެހުނެވެ. ޝާއިފްގެ މެސެޖު ލިބުމާއެކު އަޝްރާ އެ މެސެޖު ކިޔާލިއެވެ. ” ހޭއި… ވަރަށް އުފާވެއްޖެ މިހާ އަވަހަށް އަޝްރާގެ މެސެޖެއް ލިބުނީމަ… ވަރަށް ދުވަސްވެއްޖެ އަހަރެން ބުނަން ބޭނުންވެގެން އުޅޭ ވާހަކައެއް މީ… އިތުރަށް ވަގުތު ބޭކާރުކުރާކަށް އަހަރެން ބޭނުމެއްނޫން… އަހަންނަށް އަޝްރާ ވަރަށް ކަމުދޭ… ތި ސޫރަތީ އަހަރެން މިހާރު އެންމެ ދެކެން ބޭނުންވާ ސޫރައަކީ… އައި ލަވް ޔޫ… އައި ރިއަލީ ލަވް ޔޫ… ވިލް ޔޫ ބީ މައި ގާލްފްރެންޑް… ” ޝާއިފްގެ މެސެޖު ކިޔާލި އަޝްރާގެ ހިތަށް ބަޔާންނުކުރެވޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ވީ އުފަލުން އޭނައަށް މަޑުން ހަޅޭއްލަވައިގަންނަމުން ފުންމާ ލެވުނެވެ. ” އަޝޫ… ކިހިނެއްވީ… ކީކޭތަ ބުނީ ތިހާ އުފާ ތިވީ… ” އަޝްރާގެ ހަަރަކާތުން ވާނުވާ ނޭނގިފައި އިން މިންހާ ސުވާލުކުރިއެވެ. ”މިންނު… ހީ ލަވްސް މީ… ހީ ލަވްސް މީ.. ހެހެހެ… ޝާއިފްގެ ގާލްފްރެންޑަށް ވާނަންހޯ… ” އެނދުގައި އިށީންދެ އިން މިންހާގެެ އަތުގައި ހިފާ ނަގަމުން އުފާވެފައިހުރެ އަޝްރާ ބުނެލިއެވެ. ”ވޯވް… ސީރިއަސްލީ… ” ވީ އުފަލުން މިންހާއަށްވެސް ބުނެލެވުނެވެ. އެއާއެކު އަޝްރާވެސް ހިނިތުންވެ ހުރެ ބޯ ޖަހާލިއެވެ. އަދި ޝާއިފް ފޮނުވި މެސެޖުވެސް މިންހާއަށް ދައްކާލިއެވެ. ” ދެންވެސް ނުހުރެ އަވަހަށް ޖަވާބެއް ފޮނުވަބަލަ ޝާއިފަށް… ހީ ވިލް ބީ ވެއިޓިން… ” މިންހާ އެހެން ބުނުމާއެކު އަޝްރާ އަވަހަށް ޔެސް ލިޔެލާފަ ޝާއިފަށް މެސެޖު ފޮނުވާލިއެވެ. އެވަގުތުން ފެށިގެން އަޝްރާ އާއި ޝާއިފްގެ ލޯބީގެ ގުޅުން ފެށިގެން ދިޔައެވެ. ދެމީހުންވެސް ނިންމީ އެންމެ ގާތް އެކުވެރިޔާއަށް ފިޔަވާ އެހެން އެންމެނަށް ކިޔަވާ ނިމެންދެން މިގުޅުން ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ. އަޝްރާގެ މޫނު މަތިން ފެނިގެން ދިޔަ އުފާވެރިކަމުން މިންހާގެ ހިތަށްވެސް އުފާވެރިކަން ލިބިގެން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އުފަލުގަ ހުރުމުން އުފާ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ކިތަންމެ އުފާވެފައި ހުރި ނަމަވެސް މިންހާ އޭނަގެ ރަހުމަތްތެރިޔާއަށް ނަސޭހަތްތެރިވިއެވެ. ލޯބީގެ ގޮތުން ޝާއިފްއާ ގުޅުނުނަމަވެސް ކިޔެވުމަށް ދޭ ސަމާލުކަމަށް ކުޑަކޮށްވެސް ފަރުވާކުޑަނުކުރުމަށް މިންހާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ޖަވާބުގައި އަޝްރާ އަބަދުވެސް އޭނަ އެންމެ ބޮޑު އެއްސަމާލުކަމެއް ދޭނީ ކިޔެވުމަށް ކަމުގައި ބުންޏެވެ. އަޞްރު ނަމާދުގެ ބަންގި ގޮވަންދެން މިންހާ އެގޭގައި މަޑުކުރުމަށްފަހު ގެޔަށް ދިޔައީ އަޞްރު ނަމާދުކުރުމަށެވެ.
” އީލޫ… މިފަހަރު ބަށި ރާނީގެ މަޤާމު ލިބޭނީ ކާކަށްބާ… މިންހާ ދޯ މިދިޔަ އަހަރު ހޯދީ… ” ޕްރެކްޓިސް ނިންމާލުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ޝަމްހާ އޭނަގެ އެންމެ ގާތް އެކުވެރިޔާ އީލާފް އާ ވާހަކަ ދެއްކިއެވެ. ” ނޭނގެ ދޯ… މިފަހަރު އަހަރެން ވަރަށް ބަލާނަން މިންހާއަށް ބަށި ރާނީގެ މަޤާމު ނުލިބޭތޯ… މިދިޔަ އަހަރުވެސް އޭނައަށް ލިބުނީ… އަހަރެން ބޭނުންވާ ހުރިހާ ކަމެއްވެސް އަބަދުވެސް ހާސިލްވަނީ މިންހާއަށް… މިހާރު އިއާންގެ ސަމާލުކަން ލިބޭތޯވެސް އަހަރެން މަސައްކަތްކުރާތާ ކިހާ ދުވަހެއް… އެކަމަކު ދުވަހަކުވެސް އިއާން އިސްވެ އަހަންނާ ވާހަކަވެސް ދައްކާނުލާނެ… އެންމެ ކުޑަމިނުން އަހަރެން ފެނުނަސް ހިނިތުންވެސް ނުވެލާނެ… ކިތަންމެ ކައިރީގަ ހުއްޓަސް އަޅާއިވެސް ނުލާނެ… އިއާން ދާނެ ދުރަށް… އެކަމަކު އިއާން ހުންނާނީ މިންހާ ނުފެނިފަ… އޭނަ ފެނިއްޖިއްޔާ އެނޫން އެހެން ދިމާލަކަށް ނުބެލޭނެ… އަހަރެންގެ ނެތް ކޮން ސިފައެއް ބާއޭ ހިތަށް އަރާ މިންހާގެ ހުންނަނީ…” ނުރުހުންވީވަރުން އޭނަގެ ހިތުގައި ވީހާ ޝަކުވާއެއް އެވަގުތު އީލާފްއަށް ބޭރުކޮށްލެވުނެވެ. އޭނަގެ މޫނު މަތިންވެސް އޭރު ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ” އަޅާ ނުލާ… އަދި ކޮންމެވެސް ދުވަހަކުން އަހަރެމެންނަށްވެސް ކާމިޔާބުވާނެ… ” ޝަމްހާ އީލާފްގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އޭރުވެސް އީލާފް ދިޔައީ އޭނަގެ ހިތުން މިންހާއަށް ކުދި ކިޔަމުންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތު އުޑު މައްޗަށް ނަޒަރު ހުއްޓާލައިގެން އަޝްރާ ހުއްޓެވެ. އެހެން ހުރިއިރު ޝާއިފްގެ ހަނދާންތައް އާވުމާއެކު އޭނަގެ ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއްް ވެރިވިއެވެ. އަމިއްލަ ކޮޓަރިއަށް ދާން އުޅެފައިވެސް އަޝްރާގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން އިއާން އެކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. ކޮޓަރި ތެރެއިން އަޝްރާ ފެންނަން ނެތުމާއެކު ބެލްކަނީގެ ދޮރު ހުޅުވާފައިހުރުމުން އަޝްރާ ވީ ބެލްކަނީގައިކަން އިއާންއަށް އިނގުނެވެ. އެއާއެކު އިއާން ކޮޓަރިއަށް ވަދެ ބެލްކަންޏަށް ދިއުމަށް މިސްރާބުޖެހިއެވެ.
އިއާން ގޮސް އަޝްރާގެ ގާތު ހުއްޓި ދެތިން ފަހަރު ގޮވާލި ނަމަވެސް އަޝްރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން އިއާން އަޝްރާގެ ކަންފަތް ކައިރީ ވަރަށް ބާރަށް އޭނައަށް ގޮވާލިއެވެ. އެއާއެކު އަޝްރާ ސިހިފައި އިއާންއަށް ބަލައިލިއެވެ. ” ދޮންބެ… ދޮންބެ ކޮންއިރަކު އައީ… ” ހައިރާން ކަމާއެކު އަޝްރާ ސުވާލުކުރިއެވެ. ” ދޮންބެ އައިއްސަ އިރުކޮޅެެއްވެއްޖެ… ކިހިނެއްްވެފަތަ ތިހިރީ… ކޮން ކަމަކަށް ގެއްލިފަ ތިހިރީ ދޮންބެ މިވަރަށް ގޮވިއިރުވެސް އަޑު ނީވުނީ… ” ހަށަންބަދެލައިގެން ހުރެ އިއާން ބުނެލިއެވެ. ” އަމްމް… މީ… އުޑު މައްޗަށް ބަލަހައްޓާއިގެން ހުރީ… ކިހާ ރީތި ތަރިތައް ވިދަމުން ދާއިރު… ” އިނގިލިން އުޑަށް އިޝާރާތްކުރަމުން އަޝްރާ ބުނެލިއެވެ. ” އާރް ޔޫ ޝުއާ… ” ގަބޫނުކުރެވިފައިހުރިހެން ދެލޯ ހަނިކޮށްލަމުން އިއާން ބުނެލިއެވެ. ” ޔެސް… އައިމް ޝުއާ… ހެހެހެ… ” ޖަވާބުގައި ލުއި ހުނުމަކާއެކު އަޝްރާ ބުނެލިއެވެ. ” އޯކޭ… ދެން ދޭ ނިދަން… މާދަމާ ސުކޫލަށް ދާން ޖެހޭނެއެއްނު… ދޮންބެވެސް މިދަނީ ނިދަން… ” އިއާން މިހެންބުނުމުން އިރުކޮޅަކުން މިދަނީ ކަމުގެ ބުނެ އަޝްރާ މިފަހަރުވެސް އުޑު މައްޗަށް ނަޒަރު ހުއްޓާލިއެވެ. ” އަޝޫ… ” ބެލްކަނިން ނިކުންނަން ހިނގައިގަނެފާވެސް ފަސްއެނބުރި އިއާން އަޝްރާއަށް ގޮވާލިއެވެ. ” ހޫމް… ” އަޝްރާ އެހުރި ގޮތަށް ހުރެ ހޫމް ލައްވާލިއެވެ. ”މީ… ދޮންބެ ވާހަކައެއް އަހާލަންތަ… ” ފަސްޖެހުނު ނަމަވެސް އިއާން ބުނެލިއެވެ. އެއާއެކު އަޝްރާ ފަސްއެނބުރި އިއާންއަށް ބަލައިލަމުން ބޯޖަހާލިއެވެ. ” މީ… މިންނު އާ… މިންނުއާ އަލޫފް އާ ދެމެދު އޮންނަނީ ކޮން… ގުޅުމެއް… ” އިއާން ކޮށްލި ސުވާލުން އަޝްރާ ހާސްވާގޮތްވިއެވެ. ދޭނެ ޖަވާބެއް އޭނަގެ ސިކުނޑިއަކަށް ނައެވެ. ”ތި ތިބުނީ… ” އަޝްރާ ނޭނގޭކަމަށް ހެދެމުން ބުނެލިއެވެ. ” މިބުނީ ދޮންބެއަށް ބައެއް ފަހަރު ހީވެޔޭ މިންނު އެން އަލޫފް ފްރެންޑަކަށްވުރެ ނޫނީ ކްލާސްމޭޓަކަށްވުރެ ކްލޯޒްހެން… ސީމްސް ދެޓް… ސަމްތިން އީޒް ބިޓްވީން ދެމް… މިހާރަކަށް އައިސް ވަރަށް ގިނައިން އެކަކު އަނެކަކަށް ބަލަހައްޓާއިގެން ތިބޭތަން… އެބެލުން ތަފާތުހެން ދޮންބެއަށް ހީވަނީ… މިއަދު މީޓިންގަވެސް އެކަން ފާހަގަވި… ” އޭނަގެ ހިތުގައި މިންހާއަށްޓަކައި އިހުސާސްތަކެއް ވާކަން އަޝްރާއަށް ޝައްކުވެދާނެތީ ނުތަނަވަސްވެފައި ހުރެވެސް އިއާން މިންހާ އާއި އަލޫފް އާއި ބެހޭގޮތުން އެނގެން ބޭނުންވާތީ ބުނެލިއެވެ. އަޝްރާއަށް އެއްޗެކޭ ނުބުނެ ދޭނެ ޖަވާބަކާއިމެދު ވިސްނަން ހުރެވުނެވެ. އަދި ގުޅުމެއް ނެތް ނަމަވެސް މިންހާގެ ހިތުގައި އަލޫފަށްޓަކައި އިހުސާސްތަކެއް ވާކަން ހާމަކުރަންވީ ހެއްޔެވެ؟ ނޫނީ ދެންމެވެސް ހެދި ފަދައިން އިތުރު ދޮގެއް ހަދަންވީ ހެއްޔެވެ؟ އަޝްރާގެ ހަމަހިމޭންކަމުން އިއާންގެ ހިތް އިތުރަށް ނުތަނަވަސްކުރުވިއެވެ. ހިތުގެ ކަނަކުން އޭނަގެ ޝައްކު ޔަގީންކަމުގައި ބުނެ އިންޒާރު ދެމުން ދިޔައެވެ.
85
16 Comments
Comments are closed.
Ifoo ifoo
December 8, 2018 at 1:51 pmSalaam dear readers ❤️❤️❤️??????… First of all I’m sorry yesterday new part eh upload nukurevunyma… Yesterday ifoo rashun beyruga ulhefa aadhevuny reygandu… So I couldn’t upload… Hope all will forgive me ???… Here is the 4th part n hope all will like this part too ???… Feel free to comment your views about this part ???… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️????????????… Love you all n next part In Sha Allah day after tomorrow ???…
Maayu
December 8, 2018 at 2:12 pmIfoo dhoonyaaa mi story vvvvvvv reethi ingey dear???❤❤❤keen to read the next part?????good luck and lotxx of luv frm me…???❤❤❤❤
Ifoo ifoo
December 8, 2018 at 3:49 pmMaayu ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ???… Much more loves from me dear ❤️❤️❤️??????…
@Ikleel
December 8, 2018 at 2:23 pmYess…!! Finally Read the Story…I checked the site many times yesterday to read this story..Mi part vex hama vrh habeys…Sifa kurun thah vrh furihama ingey…Dhn hope aan aai minnu gulhuvaane kamah…Keep your good work…May god bless you…Waitting for next..Much love from me ❤❤❤
Ifoo ifoo
December 8, 2018 at 3:50 pmAwwwwnn ❤️❤️❤️… Thankyou so much for the support ❤️❤️❤️??????… V v v ufaavehje ???… Much more loves from me dear ❤️❤️❤️??????…
Ifa
December 8, 2018 at 2:24 pmHaadha kurey mi part. Btw story varah salhi ❤️❤️
Ifoo ifoo
December 8, 2018 at 3:52 pmIfa ❤️❤️❤️… Alhey kuru tha??? It’s more than 2800 words… Thankyou so much dear ???❤️❤️❤️???… V v v ufaavehje story kamudhiyaima ???…
Ifa
December 9, 2018 at 11:41 amThi vaanee story kiyaa hithun inyma kuruhen hyvy kamah.Hehehe
Beryl Stone
December 8, 2018 at 2:46 pmIt’s ok??❤???????whn nxt? ?????plx aan aa minutes gulhuvahchey????I can’t wait to see them together????????????????naail n ashraa ulhey goiy vx vrh majaa????????????????????heheh ?????BTW me third dhw???????Much loves????curiously waiting for the nxt????????
Ifoo ifoo
December 8, 2018 at 3:54 pmBeryl Stone ❤️❤️❤️… Thankyou so much dear for the support ❤️❤️❤️??????… Mifaharuge comment vx v v v loabi ❤️❤️❤️???… Let’s see dhw vaagotheh ???… Next part In Sha Allah day after tomorrow ???… Much more loves from me dear ???❤️❤️❤️???…
Naju
December 8, 2018 at 3:36 pmMasha Allah ??? Mi partvx v v v reethi ingey ???❤❤❤???… Ur one of the best writer I’ve seen ?????????… May god bless you ⭐⭐⭐??????… n It is a wonderful story ?????????… I just can image each n every scene in it ?????????… Ur the best hama ??????❤❤❤… Curiously waiting for the next ?????????… Much loves from naju ?????????????????????????????????❤❤❤????????????????????????⭐⭐⭐☀☀☀
Ifoo ifoo
December 8, 2018 at 3:55 pmNaju ❤️❤️❤️… Again Naju ge colourful long comment eh dhw ???… Thankyou so much ❤️❤️❤️??????… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????…
unique
December 8, 2018 at 8:28 pmvarah loabi n sad mi part
but ifoo varah loabi story ingey
so much loves frm unique hihih
n miss yuh
Ifoo ifoo
December 9, 2018 at 6:27 amAwwwwnn unique dear ❤️❤️❤️???… Thankyou so much dear ❤️❤️❤️??????… V v v ufaavey knme parteh gavx unique ge comment fennaathy ???… Thanks a lot for the support ??????❤️❤️❤️… Much more loves from me dear unique n miss you too ??????❤️❤️❤️…
Naum
December 8, 2018 at 11:08 pmWow ??? story is obiness to the max hama ??❤ avahah next part up kohdhenchey… v kiyaa hithun mi hunnany next part ?
Ifoo ifoo
December 9, 2018 at 6:28 amNaum ❤️❤️❤️.. Thankyou so much ❤️❤️❤️??????… I’m so happy to see ur comment in every part ??????❤️❤️❤️… Next part In Sha Allah tomorrow ???… Keep waiting ???…