
މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!
އެއީ ރޭގަނޑުގެ ވަގުތެއްކަމުން އެ ހަލަބޮލި މާލެ ވަނީ އެއްކޮށް ހަމަހިމޭންވެފައެވެ. މި ހަމަހިމޭން ވަގުތު ވާރޭގެ ފެންތިކިތައް މާލޭގެ މަގުތަކުގައި ފެންގަނޑުތައް ހައްދަމުން ދެއެވެ. އަހަރެން ބެލްކަނީގައި ވާރޭ ކުޅެމުންދާ އެ ހިއްގައިމު ގުދުރަތީ މަންޒަރުތައް ބަލަން ހުއްޓާ މީހަކު ގުޅިއެވެ. އާއެކެވެ. އެއީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އަހަރެން އަވަހަށް ސައިކަލައް އަރާ ދިޔައީ މާލޭގެ ފެން ބޮޑުވެފައިވާ މަގުމަތީ ވަރައް ބާރައް ދުއްވަމުންނެވެ. އޭރު އަހަރެންގެ މަންޒިލަކައްވީ ހޮސްޕިޓަލެވެ. އަހަރެންގެ އެކުވެރިޔާ ގުޅާފަ އެދުނީ ހޮސްޕިޓަލަށް އައުމަށެވެ. އަހަންނަށް ހޮސްޕިޓަލާ ހަމައަށް އާދެވުނު އިރު މުޅި މީހާ ވަނީ އެކަށް ތެމި ފޯވެފައެވެ. ލައިގެން ހުރި ޓީޝާޓު ވަނީ ގަޔާ ތަތްވެފައެވެ.
ކަމަކުދާކަށް ނެތެވެ؟ އެހާ ބާރުމިނުގައި ދުއްވާފައި އައިނަމަވެސް އަހަންނަށް އާދެވުނީ ވަގުތު ފާއިތުވި ފަހުންނެވެ. އަހަރެންގެ ލޯބިވެރިޔާ އީޝާ ވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އީޝާ އަކީ އަހަރެންގެ ހަޔާތަށްއާ އެންމެ ރަނގަޅު ބައިވެރިޔާއެވެ. އަދި އެކޮއެގެ އެހެރި ރީތިކަމެކެވެ. ހާދަ ދޮނެވެ. ކަޅުކަން ގަދަ ދެލޮލެވެ. ހިތިފަތު ބުމައެކެވެ. އިސްތަށިގަނޑު ދިގުވެފާ ފަނެވެ. ތުންފަތުގައި އެވާ މަޑު ފިޔާތޮށި ކުލައިން މޭކަޕު ނުކުރިޔަސް ފުދޭހާ ރީއްޗެވެ.
ކުރާނީ ކީއްހެއްޔެވެ؟ ކޮންމެ އިންސާނަކީ ވެސް މިދުނިޔެއާ އަލްވަދާޢު ކިޔާނެ މީހެކެވެ. އެމީހާ ކިތަންމެ ދޮނަސް ވެހެވެ. އެމީހާ އަކީ ތިމާ އެންމެ ލޯބިވާ މީހާ ކަމުގައި ވިޔަސްވެހެވެ. ވަގުތު އައިސް ޖެހިއްޖެނަމަ ޖެހޭނީ ހަމަ މިދުނިޔެއާ އަލްވަދާޢު ކިޔާ ދާށެވެ. ގެއްލިޖެ ވަގުތެއް އަނބުރާ ނާންނާނެއެވެ.
ހެނދުނު އަށެއް ޖަހާކަށް ހާއިރު އީޝާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު ސައިކަލުގައި މަޑުމަޑުން ގެއަށްދާން މިސްރާބު ޖެހީމެވެ. ނަމަވެސް ހުއްޓަން ޖެހުނީ އަންހެނަކު ‘ދަރިފުޅާ’ އޭ ކިޔާ ގޮވާލިއަޑަށެވެ. އެހެން ދެތިންފަހަރު ގޮވާލުމުން އަހަރެން އެނބުރެ ބަލާލީމެވެ. ނަމަވެސް އެތާ އެހެން ގޮވާ މީހެއް ނެތެވެ. އެއީ ހެނދުނުގެ ވަގުތެއް ކަމުން މަގުމަތިން ފެންނަ މީހުންވެސް މަދެވެ. އަހަރެން އެނބުރި ގެޔަށްދާން ސައިކަލު ދުއްވަލީމެވެ. އަނެއްކާވެސް ‘ދަރިފުޅާ’ އޭ ކިޔާ ގޮވާލިއެވެ. ކުރިޔަށްވުރެ ބާރަށެވެ. އަނެއްކާ ބަލާލެވުނެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން ގެއާ ކައިރިވީ ވަރަކަށް ހީވަނީ މީހަކު އެއްޗެއް ހިފައިގެން އަހަރެން ފަހަތުން އަންނަ ހެންނެވެ. އަހަރެން އެކަމާ އެއްވެސް ފަރުވާލެއް ނުބަހަށްޓަމެވެ.
އިސާހިތަކު އަހަންނަށް ގެއަށް އާދެވިއްޖެއެވެ. އަވަހަށް ސައިކަލު ޕާކުކުރުމަށްފަހު ގޭތެރެއަށް ދެމިގަތީމެވެ. ރޭ ނުނިދާހުރުމުގެ ސަބަބުން އަހަރެން ނިދާލަން އޮށޯވެތީމެވެ.
ކުއްލިއަކަށް ފުންމައިގެން ތެދުވެވުނީ މީހަކު ޖެހީމައެވެ. ކަމަކު ދާކަށް ނެތެވެ. މިހާރު އަހަރެން ކުރިމަތީ އެހެރީ އީޝާ އެވެ. އިލޮށުފަތި ހިފައިގެންނެވެ. އަހަންނަށް ގޮވާ ގޮވާ ނުހޭލީމާ އެޖެހީ އިލޮށިފަތިން ހޫނު އެތިފހަރެކެވެ. ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް ނުހޭލެވުނީއެވެ. މާ ހިތާމަވެރި ހުވަފެނަކީއެވެ. މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!
***ނިމުނީ***
ނޯޓް: މި ވާހަކައަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަމިއްލަ ހިޔާލުގެ މައްޗަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންގެ ފަރާތުން ބިނާކުރަނިވި ފާޑު ކިޔުންތަކެއް ކޮމެންޓުގެ ޒަރިއްޔާއިން ލިބޭނެކަމަށް އުންމީދުކުރަމެވެ.
10 Comments!
Comments are closed.
Masha allah♡♡
thanks ? R@!
❤WeLcOmE❤
varah reethi story
Nyc story eh. Waiting 4 ur next story
Dhogu nahadha bunanya mivaahaka varah hadi. mi platform ga zidhaan liyaa kahala thaakun thaaku nujehey liyumeh gothah sifa vany. Ekam thihen try kurumaky success ah hulhuveyne dhoreh. Hama hiyvaraa eku kuriyah dhiyaima iraadha kureviyya reethi vaahaka liyeveyne. Beynun vany keri hure nikume success aa hama ah vaasil vandhen try kurun. Adhi furathama faharaa balaafa vaahaka genesdheyn masakkai koffa huri goi ves ragalhu. Furihama vaany gina ginain try koh ragalhu vaahaka thah kiyaa liyan masakkai Kuryma. GOOD LUCK ??
Masha Allah. This Stry Is wonderful. ???
u knw wht? evn i use 2 wrte mikahala stories …… I mean huvafen vaahaka … u knw …
hehehe …… anyway vaahaka vvv amazing!!!! keep it up bro 🙂
v salhi…and heekuran miyahvuren reethi vaahaka ishaan liyaane kamah…waiting for next part
v salhi…and heekuran next story miahvure reethi vaanekamah…insha allah…waiting for next part