
ދުޢާ 41(ފަހުބައި)
އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން ދާނިޔަލް ދާޔާ އުރާލިއެވެ. އެ ދަރިފުޅަށް ކިރިޔާވެސް އަނިޔާއެއް ލިބިއްޖެއްޔާ ދާނިޔަލްގެ ހިތް ފަޅައިގެން ދާނެއެވެ. އެ ދަރިފުޅަކީ ދާނިޔަލްގެ ދެލޮލުގެ ނޫރެވެ. ބާރުބޮޑު މަގު ހުރަސްކޮށްލުމަށްފަހު އިމާރާތުގެ ތެރެއަށް ވަދެ ލިފްޓަށް އަރިއެވެ. ދާޔާ އުރައިގެން އެ ހުރިގޮތަށް ހުރެފައި ދާނިޔަލް އެމީހުން އުޅޭ ބައިގެ ފިތަށް އޮބާލިއެވެ. އެއިރުވެސް ދާޔާ ދާނިޔަލްއާއި ހުއްޓުމެއްނެތި ވާހަކަދައްކަމުން ދެއެވެ. ދާޔާ ބުނެލާ މޮޅެތި ވާހަކައިން ދޭތެރެއަކުން ދާނިޔަލް ހޭން ފަށައެވެ.
“މަންމި މަންމި މަންމީ..” ގޭތެރެއަށްވަދެ ދާނިޔަލް ދާޔާ ތިރީގައި ބަހައްޓާލިތަނުން އޭނާ ދުވެފައި ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ އޮޅުލައިގަތީ ދާޔާއާއި އެއްހަމައަކަށް ތިރިވެލައިގެން ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން އިން އާލާ ގައިގައެވެ. ކަޅުކުލައިގެ ބަޓަފްލައި އަބާޔާއަކާއި މެރޫން ކުލައިގެ ޝޯލްގައި އޭނާ އިން އިރު ވަރަށް ފުރިހަމައެވެ. ދާޔާ ގެއަށް އަންނަންވާއިރަށް އޭނާ އެ އިނީ ފެންވަރާލައި ތައްޔާރުވެގެންނެވެ. “މަންމިގެ ދަރިފުޅު.. މިއަދު ސްކޫލު ކިހިނެތްތަ ދޫނި؟” ދާޔާ އޭނާއާއި ދުރުކޮށްލުމަށްފަހު ދާޔާގެ ދޮން ނިތަށް ބޮސްދެމުން އާލާ ބުނެލިއެވެ.
“ބަލާ.. ޑެޑީ ގަނެދީފަ..” ދާޔާ އަވަސް އަވަހަށް އޭނާ އަތުގައި ހުރި ލޮލީޕޮޕްތައް އާލާއަށް ދައްކާލިއެވެ. އެހިނދު އާލާ ދެބުމަ ގާތް ކޮށްލިއެވެ. “މަންމި ބުނަމެއްނު ދާޔޫ ގާތު އެވަރައް ކޭންޑީސް ނުކާނޭ..” އާލާ ދާޔާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ. “މެޑަމް މާ މޮޅޭ.. ދާޔޫގެ ޓީތްސްތައް ޖާމްސް އާ ފައިޓް ކުރާނެޔޯ ދޯ..” ދާނިޔަލްވެސް އައިސް އެ ދެމައިންގެ ސަމާސާގައި ބައިވެރިވެލިއެވެ. ދާނިޔަލް ބުނެލި ވާހަކަ އަޑުއަހައިފައި އާލާ ހޭން ފެށިއެވެ. ދާޔާ ހުރީ އޭނާގެ ހުރިހާ ކުދިކުދި ދައްތައް ފެންނަ ވަރަށް ހީލައިގެންނެވެ.
“އަވަހަށް ހިނގާ ފެންވަރާލަން ދޯ..” އާލާ ދާޔާ އުރާލައިގެން ކޮޓަރިއަށް ދަމުން ބުނެލިއެވެ. ދާނިޔަލްވެސް އޭނާގެ ބެގީ ނައްޓަމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޑިއުޓީ ނިންމާލި ގޮތަށް ގެއަށްވެސް ނައިސް އެއިރު އޭނާ ދިޔައީ ދާޔާ ބަލައި ސްކޫލަށެވެ. އެހެން ކަމުން ހަށިގަނޑަށްވެސް ވަނީ ވަރުބަލިކަން ވެރިކުރުވައިފައެވެ.
“ކޮންތާކަށް ދާންށޯ މާ ތިއްތި ވަނީ؟” އެނދުގައި އޮށޯވެލައިގެން އޮވެފައި ދާނިޔަލް އަހާލީ ދާޔާއާއި އާލާއަށެވެ. އާލާ ދާޔާ މާ ވަރަކަށް ރީތިކުރާތީ ހަމަގައިމުވެސް އެއީ ގޭގަ ހުންނާކަށް ނޫނޭ ދާނިޔަލް ހިތަށް އެރިއެވެ. “މިއަދު ދާޔާ ގޮވައިގެން ބައްޕަގެއަށް ދާންކަމަށް.. ކާފަމެން ގެއަށް ގޮސްލަން ދޯ ދަރިފުޅޫ..” ދާޔާގެ މޫނުގައި ފުއް ޖަހަމުން އަލާ ބުނެލިއެވެ. އެހިނދު ދާޔާ އުފާވެރިކަމާއެކު ބޯ ޖަހާލިއެވެ.
***
“ދަރިފުޅާ އައުސް.. ދެން އާދެބަލަ.. މިހާރު މަންމި ޓަޔަޑް ވެއްޖެ..” ރުކާ ސިޓިންގް ރޫމުގައި ހުއްޓިލައިގެން ހުރީ އޭނާގެ އަތުން ފިރިހެން ކުއްޖެއްގެ ދެ ބޫޓުކިބަ ހިފައިގެންނެވެ. އޭނާ އާއި އަޒާންގެ ދަރިފުޅު އައުސް އަކީވެސް ދާޔާއެކޭ އެއްފަދައިން ހަތަރު އަހަރުގެ ކުއްޖެކެވެ. ސްކޫލުން އައިސް ފެންވަރުވާލައިގެން ރީތިކޮށް ނިންމާލިތަނާ ދުވެފައި އައި ގޮތަށް އައުސް އެހުރީ ސޯފާތަކުގެ ނިވަލަށް ވަދެ ފިލައެވެ. ރުކާ އެތަން މިތަން ހޯދިނަމަވެސް އޭނާއަށް އައުސް ފެންނަ ގޮތެއް ނުވިއެވެ. “މަންމި ދަނީ އެހެން ވިއްޔާމު.. މަންމި ވަރަށް ވަރަށް ބޮޑަށް ސޭޑްވެފަ މިހުރީ..” ރުކާ އެތަނުން އެނބުރި ދާކަމަށް ހެދެމުން ގޭގެ މައި ދޮރޯށްޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. އައުސް އޭނާ ހުރި ތަނުގެ ނިވަލުން ނިކުމެ ދުވެފައި ގޮސް ރުކާގެ ދެފައިގައި އޮޅުލައިގަތެވެ. އެހެންކަމުން ރުކާ އޭނާ އުރާލިއެވެ.
“ނޯ މަންމި ނުދައްޗޭ އައުސް ދޫކޮށްފަ.. ސޮރީ މަންމީ..” އައުސް ރުކާގެ ކަރުގައި ބައްދައިގަންނަމުން ބުނެލިއެވެ. އޭނާ އެޔޮތީ ނުހަނު ދެރަވެފައެވެ. އައުސް އަކީ ބައެއްފަހަރަށް މާ ސަކަރާތް ބޮޑުވެގެން އުޅުނަސް މަންމައާއި ބައްޕަގެ ބަސް އަހާ ކުއްޖެކެވެ. އޭނާ މައިންބަފައިން ދެކެ އެ ވާ ލޯތްބަކީ އެ އުމުރުގެ ކުއްޖަކާއި ބަލައިފައި އާދަޔާ ޚިލާފު އެއްޗެކެވެ. “ކިހިނެތްވަނީ މިތާ؟ ވަރަށް އިމޯޝަނަލް ސީންއެއްހެން ހީވަނީ..” އަޒާން ގޭތެރެއަށް ވަދެގެން އައި އިރު އޭނާ އަތުގައި ޑޮކްޓަރ ކޯޓް އޮތެވެ. އައުސް ރުކާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތުމުން އޭނާ އެދެމައިންނާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“އައުސް..” އަޒާން ރުކާއަށް ނަޒެރެއް ދިނުމަށްފަހު އައުސްއަށް ގޮވާލައިފައި އޭނާ އުރާލިއެވެ. “ކިހިނެތްވީ ދަރިފުޅޫ؟” އަޒާން ނުހަނު ލޯތްބާއި އެކު ސުވާލު ކޮށްލިއެވެ. އައުސްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. “މަންމި އައުސް ބަހައްޓާފަ ދާން އުޅުނީ..” އަޒާންގެ ކޮނޑުގައި ބޯ އަޅާލަމުން ހިތާމަވެރި ރާގަކަށް އައުސް ބުނެލިއެވެ. އެހިނދު އަޒާން ހިނިތުންވެލިއެވެ. “މަންމި ނުދާނޭ ދަރިފުޅޫ.. އައުސް މިއަދުވެސް ދުވެފަ ދިޔައީ ދޯ މަންމި ކިޔަ ކިޔާ ހުއްޓާ..” އަޒާން އައުސްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އެހިނދު އައުސް ބުނަން ނުބުނަން ހުރި ކަހަލަ ގޮތަކަށް ހުރެފައި ކުޑަކުޑަކޮށް ބޯ ޖަހާލިއެވެ. އަޒާން ހިނިގަނޑެއް ޖަހާލައިފައި އައުސް އާއި ސަމާސާ ކުރަމުން ސިޑިން އަރައިގެން ދިޔައީ ރުކާގެ އެއް އަތުގައި ހިފާލައިގެންނެވެ.
***
އަރީފްމެން ގެއަށް ކާރު ވައްދައިފައި މަޑުކޮށްލަމުން ދާނިޔަލްއާއި އާލާ އެއިން ފޭބިއެވެ. އެޔަށްފަހު ފަހަތު ސީޓުގައި އިން ދާޔާ ބޭލުވި ތަނާ އޭނާ ދުވަމުން ގޮސް ގޭތެރެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ވިލު ނޫކުލައިގެ ވަށް ތިރިއެއް ލައިފައިވި ކަކުލަށްވުރެ ތިރިއަށް ހުރި ހެދުމުގައި ދާޔާ ފެންނަނީ ކުޑަ ކުޑަ ޕަރީއެއް ހެންނެވެ. އެ ހެދުމުގެ ބޭރުގައި އެއްކޮށް ލޭސް ލައިފައި ވާއިރު ހެދުމުގެ އަތް އިނީ ކަނޑާއިފައެވެ. ހެދުމުގެ ތިރި ކުޑަކޮށް ފުއްޕާލައިފައި ވުވުމުން ދާޔާގެ ރީތިކަމަށްވެސް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭހެން ހީވެއެވެ. އެ ހެދުމާއިއެކު ފައި ނުފެންނަ ކަހަލަ ކަޅުކުލައިގެ ސްޓޮކިންއެއް ދާޔާ ލައްވާފައިވެއެވެ.
ދާޔާގެ އިސްތަށިގަޑުގައި އިސްތަށިތައް ފެށޭ ހިސާބު ކުޑަކޮށް ގަތާލައިފައި އިން އިރު އިސްރަށިގަނޑުން ބާކީ އޮތް ބައި އެއްކޮށް އޮތީ ހާވާލައިފައެވެ. ގެތި ހިސާބު ނިމޭ ތަނުން ވިލު ނޫކުލައިގެ ރީތި މަލެއް ބޮލުގައި ހަރުކޮށްލައިފައި ވެއެވެ. ހަމަ އެޔާއެކު މުތީތަކެއް ކަހަލަ ވިލު ނޫކުލައިގެ އެސްތަކެއް ހުރި ފަށެއް އޭނާ ކަރުގައި އަޅުވާލައިފައިވެއެވެ. އަރައިގެން ހުރި ކަޅުކުލައިގެ ބޫޓާއި އެކު ދާޔާ ނުހަނު ލޯތްބެވެ. ފެންނަ ކޮންމެ މީހަކުވެސް އައިސް އޭނާގެ ފުއްގަނޑެއް ކަހަލަ ކޮލުގައި ހިފާލާ ހިތްވާނެކަން ގައިމެވެ.
ދާޔާ ދިޔަތަން ބަލަން ހިނިއައިސްފައި އާލާއާއި ދާނިޔަލް ތިބެފައި ދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ދާޔާ ލިބުނެއްކަމަކު އެ ދެމީހުންގެ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަދަލުގައި ފާއިތުވެގެންދާ ކޮންމެ ދުވަހަކު އެދެމީހުންގެ ލޯބި ދަނީ ކުރިފަޅައި ހެދެމުންނެވެ. ވަރުގަދަވަމުންނެވެ. ދާޔާ ލިބުމަށްފަހު އާލާ އޮފީހަށް ދިޔުން ހުއްޓާލީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ. ދާނިޔަލް އެއްވެސް ކަމެއްގައި އޭނާއަށް ބާރެއް ނާޅައެވެ. އާލާ ބޭނުންވަނީ އެގޮތް ކަމުގައިވުމުން ދާނިޔަލްވެސް އެގޮތާއި ރުހުނީއެވެ. ދާޔާއަށް ފުރިހަމަ ލޯތްބާއި އަޅާލުން ދިނުމުގެ ބޭނުމުގައެވެ.
ދާނިޔަލް ހިނިތުންވެލައިފައި އާލާގެ ކޮލަށް ބޮސްދިނެވެ. އެވަގުތު އޭނާގެ ދެކޮލަށް ލޭތައް ޖަމާވަމުން ގޮސް ރަތްވެލީ ގޮތުން ހީވަނީ ދޮންވެ ފައްކާވެފައި އިން ޖަންބެއް ހެންނެވެ. އަދިވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ދާނިޔަލްގެ އެފަދަ ކުދި ކުދި ގޯނާތަކުން އާލާގެ ހިތް އަވަސްކުރުވައި ލަދުގަނެއެވެ. އާލާގެ ޖަންބެއްފަދަ ރަތްވެފައިވާ މޫނުމައްޗަށް ނަޒަރު ހުއްޓާލައިގެން ދާނިޔަލް ހުރީ އާޝޯޚުވެފައެވެ. އާލާ ލަދުގަތުމުން އޭނާގެ މޫނުމައްޗަށް އެ އަރާ ކުލަވަރު ތަކަކީ ދާނިޔަލްއަށް އޭނާ ދެކެ އިތުރަށް ލޯބިވެވޭ ސަބަބެއްވެސް މެއެވެ.
ހިނިތުންވެލައިގެން އެކުގައި ދިޔަ ދެމަފިރިން ދޮރުމައްޗަށް އެރުމާއެކު ހުއްޓިލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ. އާލާ ދާނިޔަލްއަށް ބަލައިލި އިރު ދާނިޔަލްވެސް އާލާއަށް ބަލައިލަނީއެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބުމަށްފަހު އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. ދާޔާ އަރީފްގެ އުނގުގައި އިން އިރު ގާތުގައި އިން އެހެން ސޯފާއެއްގައި ޝަޒިއްޔާ އިނެވެ.
ދާޔާ އިނީ ޝަޒިއްޔާއަށް ބީރައްޓެހި ގޮތަކަށް ބަލަހައްޓައިގެންނެވެ. ކުރިޔާއި ޚިލާފަށް ޝަޒިއްޔާއަށް ވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީހާ އިހުނަށްވުރެ ހިކިފައިވާއިރު އޭނަގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަނީ ބަދަލުތައް ގެނެއްސައެވެ. ކުރިން ކަކުލާ ހަމައަށް އަރާ ޕާކިސްތާނު ހެދުމާއި ބާރު ބާރު ހިމަ ހަރުވާޅާއި އެކު ކުރުކޮށް ޝޯލް އެޅި މީހާ ލައިފައި ހުރީ ކަޅުކުލައިގެ ތަނބިކައްޓާއި ހަމައަށް އަރާ އަބާޔާ އަކާއި ކަޅުކުލައިގެ ބޮޑު ބުރުގަލެކެވެ. މޭކަޕަކާއި ނުލައި ހުރި އިރު އޭނާ އިހުނަށްވުރެ ރީތުކަމަށް ދައްކައެވެ.
ދާނިޔަލް އާއި އާލާ ފެނުމުން ޝަޒިއްޔާ ވަގުތުން ދާޔާއަށް ބަލައިލިއެވެ. އެއްފަހަރު އެދެމީހުންނަށް ބަލައިލައިފައި އަނެއްފަހަރު ދާޔާއަށް ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޮލުން ކަރުނަ ތިއްކެއް ނީރާލިއެވެ. “މިއީ އާލާގެ ދަރިފުޅުތަ؟” އަރީފްއަށް ބަލައިލައިފައި އާލާއަށް ބަލައިލަމުން ޝަޒިއްޔާ އަހާލިއެވެ. އެއިރު އޭނާގެ އަޑުގައި މަޑު ތުރުތުރުލުމެއް ވިއެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަމާއި އެކުވެސް ހިތަށް ވަނީ ނުހަނު ބޮޑަށް އަސަރު ކޮށްފައެވެ. ޝަޒިއްޔާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އާލާ ބޯ ޖަހާލިއެވެ. އެހިނދު ޝަޒިއްޔާގެ ދެލޮލުން ކަރުނައިގެ ކޯރެއް އުފެދިގެން ދިޔައެވެ. ދާޔާއާއި އެކު އަރީފް އިން ސޯފާގައި އަރީފްއާއި ގާތަށް ޖެހިލުމަށްފަހު އޭނާ އަރީފްގެ މޫނަށް ބަލައިލީ ޖެހިލުންވެފައި އިން ފަދައަކުންނެވެ. އޭނާ އާލާއަށް ބަލައިލުމަށްފަހު އަނެއްކާ އަރީފްއަށް ބަލައިލިއެވެ. އަރީފް ބޯ ޖަހާލުމާއެކު ޝަޒިއްޔާ ދާޔާގެ ކޮލުގައި ފިރުމާލިއެވެ.
“ދަރިފުޅާ.. މިއީ ދަރިފުޅުގެ މާމައޭ..” ޝަޒިއްޔާ އޭނާގެ ކުރެހިފައިވީ އަޑުން އަސަރާއި އެކު ބުނެލިއެވެ. އެއިރު އާލާ އާއި ދާނިޔަލް އައިސް އެހެން ސޯފާއެއްގައި އިށީންނަނީއެވެ. އާލާ ހިނިތުންވެލައިފައި އޭނާގެ ލޮލުން ނީރާލި ކަރުނަތިކި ފުހެލިއެވެ. މިފަހަރު އެ އައީ އުފާވެރިކަމުގެ ކަރުނައެވެ. ފަސް އަހަރު ފަހުން އޭނާގެ މަންމަ އެގޮތަށް ފެނުނު އިރު ޝަޒިއްޔާއަށް އެ އައި ހެޔޮބަދަލުން އޭނާ އިނީ ނުހަނު އުފާވެފައެވެ. މަންމައަށް ހެޔޮ ވިސްނުން ދެއްވުމުން ﷲއަށް ޙަމްދުކޮށްލި އިރު އެކަމާއި މެދު އެންމެ ބޮޑަށް އުފާކުރި އެކަކަށް އޭނާ ވިއެވެ. ދާނިޔަލް އާލާގެ އަތަށް ކުޑަކޮށް ފިއްތާލިއެވެ. އޭނާގެ މޫނުމަތިންވެސް ފާޅުވޭވޭ ހުރީ އުފާވެރިކަމެވެ.
ޝަޒިއްޔާގެ ސުވާލުން ދާޔާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. “ތެދެއް ދާޔޫ.. އެއީ ޕްރިންސެސްގެ މާމައޭ.. ދޭބަލަ..” އާލާ ބޯ ޖަހާލުމާއިއެކު ދާނިޔަލް ބުނެލިއެވެ. އެވަގުތު ޝަޒިއްޔާ ދާނިޔަލްއަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. އޭނާ ދާނިޔަލްއަށް އެހުރިހާ ކަންތަކެއް ކުރުމަށްފަހުވެސް ދާނިޔަލް އޭނާއަށް މަޢާފް ކުރުމުން ޝަޒިއްޔާގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. އެފަދަ މާތް އަޚުލާޤުގެ ވެރިއެއް އޭނާގެ ދަރިފުޅުގެ ޙަޔާތުގެ ބައވެރިޔާއަށް ހަމަޖެއްސުން އެއީ މިހާރު ޝަޒިއްޔާ އެންމެ އުފާކުރާ އެއް ކަމެވެ. އޭނާގެ ހިތުގައި މިހާރު ދާނިޔަލްއާއި މެދު ވަނީ އިޙްތިރާމާއި ޤަދަރެވެ.
ދާނިޔަލްގެ އަޑާއި އެކު ދާޔާ މަޑުމަޑުން އަރީފްގެ އުނގުން ތެދުވެގެން ގޮސް ޝަޒިއްޔާ ކައިރީގައި ހުއްޓިލިއެވެ. “މާމާ..” ދާޔާ އޭނާގެ ޅަ އަޑުން ފުރަތަމަ ފަހަރަށް ޝަޒިއްޔާއަށް ގޮވާލި ތަނުން އޭނާގެ ހިތް ލޯބިން ފުރި ބަންޑުން ވިއެވެ. ހިތަށް ކުރި ފުން އަސަރާއި އެކު ދާޔާ ގެނެސް އޭނާގެ މޭތެރޭގައި ބޮނޑިކޮށްލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފެތުރިގެން ދިޔައީ ޝަޒިއްޔާގެ ވޭނީ ރުއިމުގެ އަޑެވެ. އެ ޢާއިލާއަށް މިއަދު ބަހާރު މޫސުން އައިސްފައި ވާއިރު އެންމެ ފުރަތަމަ އެކަން ދެކުމުގެ ނަސީބެއްވެސް އޭނާއަށް ނުލިބުނެވެ. އެއީ ޚުދު އޭނާގެ ކުށުން ވީކަމެއްކަން ޝަޒިއްޔާ ޤަބޫލުވެސްކުރެއެވެ. އޭނާއަށް އެއިރު އުޅެވުނު ގޮތުން ޝަޒިއްޔާ މިހާރު ދެރަވެ ލަދުގަނެއެވެ.
“މާމާ.. އިޓްސް އޯކޭ.. ދާޔޫ މިހުރީނު.. ދެން ނުރޮވޭ އިނގޭ.. މާމާ ދާޔޫ މަތިން މާ ބޮޑަށް މިސް ވީތަ؟ ދާޔޫވެސް މާމަ މަތިން ވަރަށް ބޮޑަށް މިސްވިޔޭ..” ޝަޒިއްޔާ ދާޔާ ދުރުކޮށްލި ވަގުތު އޭނާގެ ދެ ކޯތާފަތުގައި ހުރި ކަރުނަތައް ފުހެދެމުން ދާޔާ ބުނެލިއެވެ. އަރީފްއާއި އާލަގެ އިތުރުން ދާނިޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވި އިރު ޝަޒިއްޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ހީކުރީ ދާޔާ ހުންނާނީ ބުނާނެ އެއްޗެއް ނޭނގިފައި ބީރައްޓެހިކޮށް ކަމަށެވެ. ނަމަވެސް އޭނާގެ މާމަ ދަރިފުޅު އެޔަށްވުރެ ވިސްނުން ތޫނެވެ. ޝަޒިއްޔާއަށް ހިތާހިތުން މާ ޝާ ﷲ އޭ ބުނެލެވުނެވެ. “ލައްބަ.. މާމަ ވަރަށް ވަރަށް ބޮޑަށް ދާޔޫ މަތިން މިސް ވި.. ﷲ ދެނެވޮޑިގެންވާނެ އެކަންތައް.. ދަރިފުޅު ކިހިނެތްތަ؟ މާ ޝާ ﷲ..” ދާޔާގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު އެ ލޯބި ލޯބި މޫނުގައި ބޮސްދީފައި ޝަޒިއްޔާ އަހާލިއެވެ.
އެމީހުން އެތައް ވާހަކައެއް ދެއްކުމަށްފަހު ޝަޒިއްޔާ އަލާއަށް ބަލައިލި ގޮތުން އޭނާ ވަރަށް ބޮޑަށް އާލާއާއި ދާނިޔަލްއާއި ވާހަކަ ދައްކަން ބޭނުންވެފައި އިން ކަން ދޭހަވެގެން ދިޔައެވެ. އެކަން އަރީފްއަށް އެނގުނު ފަދައެވެ. “ދާޔާ.. އިހަށް ދާންވީނު ދޯ އައިޝޫ ދައްތައާއި އެކީ ކުޅެލަން ގާޑެން އަށް.. މަންމިމެން އެ ދަނީ އިރުކޮޅަކުން..” ދާޔަގެ ބޮލުގައި ފިރުމާލައިފައި އެގޭގައި އުޅޭ އައިޝްވަރިޔާ އާއި އެކީ ބަގީޗާއަށް ދާން ބުނެލިއެވެ. ދާޔާއަށް އއިޝްވަރިއާ ވަރަށް ރަނގަޅެވެ. އެހެން ކަމުން ދާޔާވެސް އޭނާއާއި ނުހަނު ގުޅެއެވެ. އާލާއާއި ދާނިޔަލް ބޯ ޖަހާލުމުން ދާޔާ ހިނިތުންވެލައިފައި ކުޑަކުޑަ ދޫންޔެއް އުދުހިލައިފައި ދާހެން ދުވެލައިފައި އައިޝްވަރިޔާއަށް ގޮވަމުން ގޭގެ އަނެއް ފަރާތަށް ދިޔައެވެ.
“އާލާ ދަރިފުޅާ.. މަންމައަށް އިނގޭ މަންމައަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށްކަން.. މަންމައަށް މަޢާފް ކޮށްދީ.. ދާނިޔަލް.. މަންމައަށް މަޢާފްކޮށްދީ.. އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގޭ.. ބައިވަރު ވާހަކަ ބުނަން ބޭނުން.. އެކަމަކުވެސް ދުލާއި ހަމައަށް ގެނައުމުގެ ހިތްވަރެއް ނެތް މަންމަގެ.. ދަރިފުޅުމެން ދެކުދިންނަށް އިނގޭނެ މަންމަ ކަންތައް ކުރި ގޮތް.. މަންމައަކީ މި ދުނިޔެމަތީގަ ހުރި އެންމެ ނުބައި ނުލަފާ މަންމަ ކަންނޭނގެ.. ފަހަރުގަ ވެދާނެ މަންމައަށް މަޢާފް ޙައްޤު ނޫނީ ކަމަށްވެސް.. މަންމަ ކަންތައް ކުރީ އެޔަށްވުރެ މާ ގޯސްކޮށް.. މަންމަ މަސައްކަތް ކުރީ މީހެއްގެ ފުރާނަ ދުއްވާލަން..” ޝަޒިއްޔާ އިސްދަށަށް ޖަހާލައިގެން އިނުމަށްފަހު އާލާއާއި ދާނިޔަލްއަށް ބަލައިލަމުން ބުނެލިއެވެ. އަރީފް އިނީ ނުހަނު އުފަލުންނެވެ. އޭނާގެ އަންހެނުންގެ ފަރާތުން މިދުވަސް ދެކެން ބޭނުންވިތާ މިހާރު ހާދަ ދުވަހެއް ވެއްޖެއެވެ. އެންމެފަހުން އެ އިންތިޒާރަށްވެސް ނިމުމެއް އައީއެވެ.
“ނޫނޭ މަންމާ.. މަންމައަށް އަހަރެމެން ދެމީހުންވެސް މަޢާފް ކޮށްފިން.. މަޢާފް ނުކުރެވޭ ވަރުގެ ކުށެއް ނޫނޭ އެއީ.. ﷲ މަންމައަށް މަޢާފުދެއްވައިފިއްޔާ ހުރިހާ ކަމެއް އެވީ.. ދެން ދާނިޔަލް.. އާލްއަށްވެސް އެތަށް ކުށެއް ކުރެވުނު.. ކޮންމެ ފަހަރަކު ދާނިޔަލްވެސް މަޢާފް ކޮށްދޭ.. އެހެން ވީމަ މަންމައަށްވެސް ހަމަ ދާނިޔަލް މަޢާފް ކޮށްދޭނެ.. ދެން އެ ހުރިހާ ކަމެއް ބާއްވަމާދޯ.. އެއީ މާޒީއެއްނު.. އިން ޝާ ﷲ ދެން ހުރިހާކަމެއްވެސް ރަނގަޅުވާނެ.. މާތް ﷲ އަށް ވަކީލްކޮށްލައިގެން ތިބޭނީ.. އާލް މިއަދު ވަރަށް އުފާވެއްޖެ މަންމައަށް ހެޔޮ ވިސްނުން ލިބުނީތީ.. މިހާރު މިތާ އިށީންފަހުންވެސް ﷲއަށް ޙަމްދު ކުރެވުނު ޢަދަދެއް ނޭނގެ.. އަސްލުވެސް ވަރަށް ވަރަށް އުފާވެއްޖެ..” އިން ތަނުން ތެދުވެގެންގޮސް ޝަޒިއްޔާ ގައިގައި ބައްދާލައިފައި އާލާ ބުނެލިއެވެ. އޭނާ އެ އިއްވާލީ އެ ހިތުގެ އަޑެވެ. އެއްވެސް ދޮގެއް ހެދުމެއް ނެތިއެވެ.
“އެއީ ތެދެއް.. މީގެ ފަސް އަހަރު ކުރިންވެސް ދާން ބުނީމެއްނު މަންމައަށް މަޢަފް ކޯށްފީމޭ.. ދެން އެކަމާއި މާ ބޮޑަށް ނުވިސްނާ.. ވީ ކަމެއް ވީ.. ވެދިޔަ ކަންތައް ބާއްވައިފަ ދެން މުސްތަޤްބަލާއި މެދު ވިސްނާނީ.. ގިނަ ގިނައިން ތައުބާވެ ﷲގެ ޙަޟްރަތުގައި ކުރެވުނު ފާފަތައް ފުއްސެވުން އެދި ދުޢާ ދަންނަވަންވީ.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާ.. އެއީ އެހާވެސް ބާރުގަދަ އެއްޗެއް.. ދެން އެކަލާނގެ ރުއްސެވުން ހޯދުމަށް ހެޔޮ ޢަމަލްތައް ގިނަކުރަންވީ.. އިން ޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ..” މަޑުމައިތރި ރާގެއްގައި ދާނިޔަލް ބުނެލި އިރު އެ ދެމީހުންގެ ވާހަކަ އަހައިފައި ޝަޒިއްޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިއަދު އޭނާ ވަރަށް އުފާވެއްޖެއެވެ.
ތިން މީހުން އިރުކޮޅެއްގައި ވާހަކަ ދައްކާލަން ތިބުމަށްފަހު ގޭގެ ބަގީޗާއަށް ދާން ހިނގައިގަތީ އެތާ ދާޔާ އެމީހުންނަށް އިންތިޒާރު ކުރާނެތިއެވެ. ކަންތައް ވީވެސް އެހެންނެވެ. “މަންމިއާއި ޑެޑީ ނައިސްގެން އައިޝޫ ދައްތި ފޮނުވަން ދާޔޫ މިހާރު މިއުޅެނީ..” އުނަގަނޑުގައި ދެއަތް އަޅުވާލައިފައި ދާޔާ ބުނެލިގޮތުން އެންމެންނަށް ހެވުނެވެ. އެ އަންހެން ކުއްޖާގެ ކޮންމެ ޢަމަލަކީ އެމީހުންގެ ހިތަށް ފިނިކަން ގެނުވާ ޢަމަލެކެވެ. “ފަހެއް ޖަހަނީނު މިހާރު.. ދެން ހިނގާދޯ ދާން މިއަދު.. އެހެން ދުވަހަކުން އަނެއްކާވެސް އަންނާނީ..” ގަޑިއަށް ބަލައިލުމަށްފަހު ދާނިޔަލް ބުނެލިއެވެ. ދާޔާ އެއްވެސް ދެކޮޅު ހެދުމެއްނެތި އެކަމާއި އެއްބަސްވެލިއެވެ.
“މާމައާއި ކާފާއަށް ގުޑްބައި ހަގް އެއް ދީ އަވަހަށް..” ދާނިޔަލް ދެޖީބަށް އަތް ޖަހާލައިގެން ހުރި އިރު އާލާ ދެއަތް އުރާލައިގެން ކޮޅަށް ހުއްޓެވެ. އެ ދެމީހުން ތިބީ ދާޔާ ކުރާ ކަމެއް ބަލާށެވެ. އޭނާ ގޮސް މަޑުމަޑުން އަރީފްއާއި ޝަޒިއްޔާ ގައިގައި ބައްދާލިއެވެ. ކުޑަކޮށް ލަދުން ހުރި ނަމަވެސް އޭނާ މާމާއާއި ކާފަދެކެ ވާ ލޯބިން އެ ދެމީހުން ގައިގައި ބައްދާލިއެވެ. އެޔަށްފަހު ދުވެލައިފައި އައިސް ދާނިޔަލްއާއި އާލާ ގާތު ހުއްޓިލިއެވެ.
އެންމެން ވަދާޢީ ސަލާމް ކުރުމަށްފަހު ވަކިވީ އަވަސް މުސްތަޤްބަލެއްގައި ދިމާވުމަށް އުންމީދުކުރާ ޙާލުގައެވެ. ދާނިޔަލް ދާޔާ އުރާލައިގެން ކާރާއި ދިމާލަށް ދިޔަ އިރު އާލާ ދާނިޔަލްއާއި ނުހަނު ގާތުގައި ހުއްޓެވެ. ދާޔާ ކާރަށް އެރުވުމަށްފަހު ދޮރު ލައްޕާލައިފައި އާލާއާއި ދިމާލަށް ދާނިޔަލް އެނބުރުނީ ވާހަކައެއް ބުނާށެވެ. “ދާންވީނު އަހަރެންގެ ކާފަ ގެއަށް.. މަންމަ ދޫކޮށްލިއްޔާ ކާފަވެސް ދޫކޮށްލާނެއްނު.. އަހަރެންގެ ހިތް ބުނޭ އެހެން.. އަދި އެބައޮތް އިރު އޮއްސެންވެސް އެއް ގަޑިއިރެއްހާ ވަގުތު.. ކުރިން މި އައީވެސް އެހެންވެގެން އެގެއަށް ދާންވެގެން..” ދާނިޔަލް އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ. އާލާވެސް އެކަމަށް ތާއީދުކޮށް ދާނިޔަލްއާއި އެއްބަސްވެލިއެވެ.
“ދާޔޫ.. ދަރިފުޅު ދާނަންތަ އައުސް ކައިރިއަށް؟ އައުސް ކޮއްކޮމެން ގެއަށް ދާން މަންމިމެން މިއުޅެނީ..” ކާރަށް އެރުމަށްފަހު ކުޑަކޮށް ފަހަތް ބަލައިލަމުން ދާޔާގެ މޫނަށް ނަޒަރު ހުއްޓާލައިފައި އާލާ އަހާލިއެވެ. އެހިނދު ދާޔާ އުފަލުން ދެއަތް ޖަހާލައިފައި އާނއެކޭ ބުނެލިއެވެ. މާލޭގެ ހަލަބޮލި މަގުތައް ހުރަސްކޮށްފައި ގޮސް ދާނިޔަލް ދެން މަޑުކޮށްލީ މަނިކުމެން ގޭ ކައިރި އިން ޕާކިން ޒޯންއަކަށެވެ. ކާރު ޕާކް ކޮށްލައިފައި އޭނާ ނިކުތް އިރު އާލާ ކާރުން ފައިބައިފައި ދާޔާ ނެރެނީއެވެ.
“ހޭންޑްސަމް.. ދާޔޫ އުރަން..” ކުރިމަތީގައި އޮތް މަގަށް ބަލައިލައިފައި ބިރުގަނެފައި ހުރި ގޮތަކަށް ދާޔާ ބުނެލިއެވެ. އެއިރު އާލާ ހުރީ ހިނި އައިސްފައެވެ. ދާނިޔަލް ހިނި އައިސްފައި އައިސް ދާޔާ ކައިރި މަޑޫކޮށްލައި އޭނާ އާއި އެއްހަމައަކަށް ތިރިވެލިއެވެ. “ދާޔޫ ނުބުންޏަސްވެސް ހެންޑްސަމް ދާޔޫ އުރާދޭނަމޭ.. ޕްރިންސެސް ދެކެ ބައްޕި ވަރަށް ބޮޑަށް ލޯބިވޭ..” އެހެން ބުނެލުމަށްފަހު ދާޔާ ގައިގައި ދާނިޔަލް ބައްދާލިއެވެ. ކޮޅަށް ހުރި އާލާ ހުރީ އެ ދެބަފައިންނަށް އުފާވެރި ހިނިތުންވުމަކާއެކު ބަލަހައްޓައިގެންނެވެ. އޭނާގެ ޙަޔާތަށް މި އައި އުފާވެރި ދުވަސްތައް ލެހެއްޓެވުން އެދި އާލާއަށް މިހާރުވެސް އެތަށް ފަހަރަކު ﷲގެ ޙަޟްރަތުން ދުޢާ ދެންނެވިއްޖެއެވެ. “އޯކޭ އޯކޭ.. ފާދަރ ޑޯޓަރ މޮމެންޓް ދެން މިގަޑިއަށް ނިންމާލަންވީނު.. މިހިރީ ވަންނަން ޖެހިފަ ހުރި ގެއެކޭ..” އާލާ ދެއަތް އުރާލަމުން ބުނެލިއެވެ. ދާނިޔަލް ކޮޅަށް ތެދުވީ ދާޔާ އުރާލައިގެންނެވެ. އެޔަށްފަހު އާލާއަށް ބަލައިލަމުން އެއްބުމަ އަރުވާލިއެވެ.
“ދާޔޫ މިއީ ބައްޕިގެ ކުއްޖެކޭ ދޯ..” ދާޔާގެ ދޮން މޫނަށް ބަލަހައްޓައިގެން އިނދެފައި ދާނިޔަލް ބުނެލިއެވެ. އޭނާ އެހެން އެބުނީވެސް އާލާ ރުޅި އަރުވާލާށެވެ. “ނޯ.. ދާޔޫ އެއީ މަންމިގެ ކުއްޖެއް.. ދޯ ދަރިފުޅޫ..” ދެބުމަ ގާތްކޮށްލުމަށްފަހު ދާނިޔަލްއަށް ބަލައިލައިފައި ދާޔާއަށް ބަލައިލަމުން އާލާ ބުނެލިއެވެ. އެ ދެމީހުން އިރުކޮޅެއް ވާންދެން އެގޮތުގައި ތިއްބެވެ. “ނޯ.. ދާޔޫ މިއީ މަންމިގެ ކުއްޖެއް ނޫން.. ދާޔޫ މިއީ ބައްޕިގެ ކުއްޖެއްވެސް ނޫން.. ދާޔޫ މިއީ މަންމިއާއި ބައްޕިއާ ދެކުދިންގެ ކުއްޖެއް..” ދާނިޔަލްގެ އުރުގައި އިން ނަމަވެސް ގާތުގައި ހުރި އާލާގެއާއި ދާނިޔަލްގެ ކަރުގައި ބައްދާލަމުން ދާޔާ ހިނިތުންވެލައިފައި ބުނެލިއެވެ. އޭނާގެ އެ ޢަމަލުން އާލައާއި ދާނިޔަލްގެ ހިތް ލޯބިން ފުރި ބަންޑުންވެގެން އައެވެ.
އެ ތިން މީހުން އެކުގައި މަގު ހުރަސްކޮށްލައިފައި ގޮސް މަނިކުމެން ގޭގެ ފުޅާ ދަގަނޑު ދޮރޯށިން އެތެރެ ވީ އިރު އެތަށް ބައެއް އެ ޢާއިލާގެ އުފާވެރިކަން ލެހެއްޓެވުން އެދި ހިތާހިތުން ދުޢާ ކުރަމުން ދިޔައެވެ. “ދޮންތީ..” ގޭތެރެއަށް ވަނުމަށްފަހު ދާނިޔަލް އޭނާގެ އުރުގައި އިން ދާޔާ ބިންމައްޗަށް ބޭލިތަނާ ސިޓިންގްރޫމުގައި އިން އައުސް ގޮވާލުމުން ދާޔާ އޭނާގެ ކުދި ފިޔަވަޅުތައް އަޅަމުން ދުވެލައިފައި ދިޔައެވެ. ދާޔާ އާއި އައުސް އާއި ޖެހިއްޖެއްޔާ އަބަދުވެސް އެހާ ފޯރި ނަގާނެއެވެ. އާލާ އާއި ދާނިޔަލް އެ މަންޒަރު ބަލަން ހުރީ އުފާވެރި ހިނިތުންވުމަކާއެކުއެވެ. “އާލާ.. ކަލޭނޭ މީނާ ނުވެސް ފެނޭ މިހާރު..” އާލާ އާއި ދާނިޔަލް އައިސް ސޯފާގައި އިށީން ތަނުން ރުކާ ކުދި ކިޔާލިއެވެ. އާލާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ދެބުމަ ގާތްކޮށްލިއެވެ. “އެހަށް ދުވަހުވެސް އައިން މިގެއަށް.. ތިހެން ކިޔާމީހާ ތިވާހަކަ ދައްކަން ރަނގަޅޭ.. ކޮންމެ ފަހަރަކު އަހަރެމެން އަންނަނީ މިގެއަށް.. ރުކާމެނަށް އަހަރެމެން ގެއަށް ދެވޭ އިރެއް ނާދޭ.. ގައިމު އައުސް ގޮވައިގެން ދާނަމައެއްނު..” އާލާވެސް ދުލެއް ނުދިނެވެ.
އޭނާއާއި ރުކާ ވާހަކައިގެ ފޯރީގައި ޖެހުނު އިރު ދާނިޔަލްއާއި އަޒާންވެސް އެމީހުންގެ އަމިއްލަ ވާހަކައިގައި މަސްއޫލުވިއެވެ. އެއިރު ދާޔާ އާއި އައުސް އުޅެނީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި އުދުހިލައިފައި އުޅޭ ދޫނިތަކެއްހެން މިނިވަންކަމާއެކުއެވެ. “އަނހަ.. މިއޮށް އުޅެނީ ކޮން ކުއްޖެއް..” އެވަގުތު ސިޑިން ފައިބައިގެން އައި ވިޝާމާއާއި އާދިން އައިސް ދާޔާއާއި ލޯބި ކޮށްލިއެވެ. އެވަގުތު މުޅި ސިޓީންގް ރޫމަށް ފެތުރިގެން ދިޔައީ ދާޔާގެ ޅަ އަޑުން ހީލި އަޑެވެ.
ހަ މީހުން ސޯފާގައި ތިބެގެން ވާހަކައިގައި ޖެހުނު ވަގުތު އެތާ ތިބި ދެ ކުޑަކުދިންވެސް އެމީހުންގެ އަމިއްލަ ކުޅިވަރާއި މަސްއޫލުވިއެވެ. “ތިއްތިބޭ.. ކޮބައި ކާފަ؟ މަންމަ ދޫކޮއްލައިފި މިއަދު.. އެހެން ވިއްޔާ ކާފަވެސް ދޫކޮށްލާނެއްނު..” ވާހަކައިގެ ތެރެއިން ސީރިއަސް ވެލަމުން ދާނިޔަލް ސުވާލުކޮށްލިއެވެ. އެހިނދު އާދިންވެސް އޭނާގެ މޫނުމަތީގައިވި ސަމާސާ ގޮތްގަނޑު ކަނޑުވާލައި އެ ވާހަކައިގެ ތެރެއަށް ފީނައިގަތެވެ. “ހޫމް.. ކާފަވެސް ދޫކޮށްލައިފި.. އެކަމަކު.. މިހާރު އެއީ މުޅިން އެހެން މީހެއް.. އަލްޙަމްދުލިއްލާހް.. ވަރަށް އުފާވި މިއަދު.. ދަރިފުޅުމެންގެ ކާފައަކީ މިއަދު ވިސްނޭ ހެޔޮލަފާ ޞޯލިހް މީހެއް.. އިހު އުޅުނު ގޮތާއި މެދު ދެރަވެ ހިތާމަކުރޭ މިހާރު.. ތައުބާވެސް ވެއްޖެ.. އަލްޙަމްދުލިއްލާހް..” ހިނިތުންވެލައިފައި އާދިން ބުނެލިއެވެ. އޭނާގެ އިތުރުން ދެން ތިބި މީހުންގެ ހިތްވެސް ވަނީ އުފާވެރިކަމުން ފުރާލައިފައެވެ. ދާނިޔަލްގެ އިތުރުން ދެން ތިބި އެންމެންވެސް ހިތާހިތުން ދިޔައީ ﷲއަށް ޙަމްދުކުރަމުންނެވެ. އެންމެފަހުން އެ ޢާއިލާއަށްވެސް ބަހާރު މޫސުން ގެނުވައިފިއެވެ.
“މަޑުކޮށްލާ.. އިންނާނަން ކާފަ ގާތަށް ގޮސްލައިފަ..” ދާނިޔަލް އިން ތަނުން ތެދުވެލަމުން ބުނެލިއެވެ. މަނިކާއި ބައްދަލުކޮށްލަން އޭނާގެ ހިތް ދިޔައީ ގޮވަމުންނެވެ. “އަހަރެންވެސް ދާނަން.. ދާޔޫ.. އާދެބަލަ އިހަށް..” އާލާވެސް ތެދުވެލަމުން ބުނެލިއެވެ. ދާޔާ ގޮވައިގެން ދާނިޔަލްގެ އެ ކުޑަ ޢާއިލާ ސިޑިން އަރައިގެން ދިޔައީ މަނިކުގެ ކޮޓަރިއާއި ދިމާލަށެވެ. ދާނިޔަލް ދާޔާ އުރައިގެން ހުރި އިރު އާލާ އޭނާގެ ގާތުގައި ހުއްޓެވެ. ދރު މައްޗަށް އެރި ވަގުތު ދާނިޔަލް ޓަކި ޖަހަން އުޅުމުން މި ވާގޮތެއް ނޭނގުނު ނަމަވެސް ދާޔާ އެކަން މަނާކުރިއެވެ. އެޔަށްފަހު އޭނާއަށް ތަކި ޖަހަން ފުރުސަތު ދިނުމަށް އެދުނެވެ. ދާނިޔަލް ހިނިގަނޑެއް ޖަހާލައިފައި ދާޔާ ބޭނުންވާގޮތަށް ކަންތައް ކުރިއެވެ.
“ބައްޕީ.. ކީއްކުރަންތަ މިތަނަށް މި އައީ..” ދޮރުގައި ޓަކި ޖަހާލުމަށްފަހު ދާޔާ މައުސޫމް ކަމާއެކު ބުނެލިއެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ދާނިޔަލް މަޑުޖެހިލީ މަނިކު ދޮރު ހުޅުވާލުމުންނެވެ. ދޮރު ކުރިމަތީ ހުރި މަނިކު ހުރީ އެސްފިޔަ ޖަހާލަން ނޭގިފައި ކަހަލައެވެ. ދާނިޔަލްމެނަށް ބަލައިލުމަށްފަހު އެތެރެއަށް ވަންނަން ބުނެލިއެވެ. މަނިކު ފެނުމުން ދާޔާ ދާނިޔަލްގެ ކޮނޑުގައި ބޯ އަޅާލީ ކުރިން އޭނާ ފެނިފައިނުވުމުން ކުޑަކޮށް ފަސްޖެހުމުންނެވެ. “މިއީ ދާނިޔަލްގެ ދަރިފުޅުތަ؟” އެ ކޮޓަރިތެރޭގައި ހުރި ސޯފާސެޓުން ސޯފާއެއްގައި ދާނިޔަލްމެން އިށީން ތަނުން މަނިކު އެހެން ސޯފާއެއްގައި އިނދެފައި އަހާލިއެވެ. އެއިރު އޭނާގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. ދާނިޔަލް އުފަލާއެކު ބޯ ޖަހާލުމުން މަނިކުގެ ހިނިތުންވުން ފުޅާވިއެވެ. “ދަރިފުޅާ.. މިއީވެސް ކާފައެކޭ..” ދާނިޔަލް ދާޔާގެ ކޮލުގައި ކުޑަކޮށް ހިފާލަމުން ބުނެލިއެވެ. އެހިނދު މައުސޫމް ގޮތަކަށް ދާޔާ މަނިކަށް ބަލައިލިއެވެ.
އެޔަށްފަހު މަޑުމަޑުން މަނިކާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދާޔާ ކުޑަކޮށް ފަސްޖެހިފައި ހުރީ މަނިކާއި މީގެ ކުރިން ދިމާވެފައި ނެތުމުންނެވެ. ނަމަވެސް އިރުކޮޅެއް ވުމުން އޭނާ މަނިކާއި ރައްޓެހިވި އިރު ހީވަނީ ދެކެފަރިތަ މީހެއް ހެންނެވެ. އެ ހަތަރު މީހުން އެގޮތުގައި އިރުކޮޅެއް ވާންދެން ތިއްބެވެ. “ދަރިފުޅާ ދާޔާ.. އިހަށް ދޭބަލަ އައުސް އާއެކީ ކުޅެލަން.. ކާފަމެން ދާނަން އިނގޭ އިރުކޮޅަކުން.. ބައްޕިއާ މަންމިއާ..” ދާޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން މަނިކު ބުނެލިއެވެ. އެހިނދު ދާނިޔަލްއާއި އާލާއަށް ބަލައިލުމަށްފަހު އެ ދެމީހުން ބޯ ޖަހާލުމުން އުފަލުން ފޮޅިފައިހުރެ ދާޔާ އެކޮޓަރިން ނިކުމެގެން ދިޔައެވެ.
“ކާފާ.. ޙާލު ކިހިނެތް؟” ދާޔާ ނިކުމެގެން ދިޔުމާއިއެކު އެކޮޓަރީގައި ދެން ތިބީ ދާނިޔަލްއާއި އެކު އާލާ އާއި މަނިކު އެކަންޏެވެ. އެހެން ކަމުން ފުރުސަތުގެ ބޭނުން ހިފައި ދާނިޔަލް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. ދާނިޔަލްގެ ސުވާލާއި އެކު މަނިކު ފުލާ ހިނިތުންވުމެއް ދެމުން ވަރަށް ރަނގަޅު ކަމަށް ބުނެލިއެވެ. އެވަގުތު އެ ތިން މީހުންގެ މެދުގައި ވާހަކަ ދެކެވެން ފެށުނެވެ. “ދަރިފުޅާ.. ދަރިފުޅުމެން ދެކުދިންގެ ފަރާތުން ކާފަ އަދިވެސް އެއްފަހަރު މަޢާފަށް އެދެން.. އެ ލޯބި ލޯބި ދަރިފުޅު ފެނިފަ ކާފައަށް އަނެއްކާވެސް ކުއްވެރިއެއްކަން އިޙުސާސް ކުރެވިއްޖެ.. ކިހާ ބޮޑު ދެރައެއް ތި ދެކުދިންގެ ޙަޔާތަށް ކާފަ ދޭން އުޅުނީ؟ ކާފަކަންނޭނގެ މިއީ އެންމެ ގޯސް ކާފަޔަކީ.. ކާފަޔަކު އިސްވެ ހުރެ އޭނާގެ އަމިއްލަ ރުހުމުގަ ކާފަދަރިޔަކަށް ދެރައެއް ދޭން އުޅޭނީ ކިހާ ނުބައި ވީމަ؟” އަސަރާއި އެކު ވާހަކަ ދައްކަމުން ގޮސް މަނިކު ހުއްޓާލިއެވެ. އޭނާގެ މޫނުމަތިން އަދިވެސް ފެންނަމުން ދަނީ މާޔޫސް ކަމެވެ.
“އެއީ ދެން އެއްވެސް މައްސަލައެއް ނޫނޭ ކާފާ.. އަޅުގަނޑުމެން ދެމީހުން ކާފައަށް މައާފުކޮށްފިން މީގެ އެތަށް އެތަށް ދުވަހެއް ކުރިން.. އިންސާނުންނަށްވީތީ އަހަރެމެންނަށް ކުށްވެސް ކުރެވޭނެއްނު.. އެކަމަކު ކާފަ މިއަދު ތި ވަނީ ތައުބާވެ ﷲގެ މަގަށް ރުޖޫޢަ ވެފަ.. އަލްޙަމްދުލިއްލާހް.. އެވަރު ފުދެޔޭ އަޅުގަނޑުމެންނަށް.. ކާފައަށް ހިދާޔަތް ދެއްކެވި ކަމަށްޓަކައި ﷲއަށް ޙަމްދުކުރަން.. ވަރަށް އުފާވެއްޖެ މިއަދު.. އެކަމަކު.. ކާފަ ދެން ސޮރީ ނުބުނާތި އިނގޭ.. ހެހެ..” މަނިކުގެ ވާހަކަ އިވިފައި ދާނިޔަލް އަވަހަށް އެއްޗެއް ބުނަން އަނގަ ހުޅުވާލިނަމަވެސް އާލާ އެޔަށްވުރެ ކުރިން ވާހަކަ ދައްކަން ފެށިއެވެ.
ހީވަނީ އޭނާ އިނީ މިކަހަލަ ފުރުސަތަކަށް ބަލަ ބަލާ ހެންނެވެ. އާލާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާއަށް އިނދެވުނީ އާލާގެ މޫނުމައްޗަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. އޭނާގެ އެ ވާހަކައާއި އެ މޫނުމަތިން އެ ފެންނަމުން ދާ މައުސޫމްކަމުގެ އިތރުން އެ ކުޑަކުޑަ ތުންފަތުގައިވި ރީތި ހިނިތުންވުމުގެ ސަބަބުން ދާނިޔަލްގެ ހިތް އިތުރަށް އާލާއަށް ލެނބެމުން ދިޔައެވެ. ހިތާހިތުން އާލާގެ އެ ޢަމަލާއިމެދު އުފާކޮށް ﷲއަށް ޙަމްދުކޮށްލި ވަގުތު ދާނިޔަލްގެ ތުންފަތުގައި ރީތި އެހެނަސް ލުއި ހިނިތުންވުމެއް ދުވެލިއެވެ.
އާލާ ވާހަކަ ދައްކާ ނިމުނު ވަގުތު މަނިކު ދާނިޔަލްއަށް ބަލައިލިއެވެ. އެހެންކަމުން ދާނިޔަލް އެ ހުރި ހިނިތުންވުމާއެކު ދެލޯ މަރާލަމުން ބޯ ޖަހާލިއެވެ. މަނިކުގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ﷲއަށް ޙަމްދުކުރަން ދަރިފުޅުމެން ކަހަލަ ރަގަޅު ދެކުދިން ކާފައަށް ލިބުނީތީ.. އަލްޙަމްދުލިއްލާހް..” މަނިކު ކުޑަކޮށް ހީލަމުން ބުނެލިއެވެ. އެގޮތުގައި އެމީހުންގެ ވާޙަކަ ކުރިޔަށް ދިޔައެވެ.
“ކާފާ..” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ދާނިޔަލް މަނިކަށް ގޮވާލިއެވެ. އޭނާގެ އަޑުގައި ހައިރާންކަން އެކުލެވިގެން ވެއެވެ. މަނިކު ދާނިޔަލްއަށް ބަލައިލުމަށްފަހު ހޫމް ލައްވާލިއެވެ. “ކާފައަށް އިނގޭތަ އަޅުގަނޑުގެ އަނެއް މާމަމެން ވީ ތަނެއް؟ މަންމަ ފަރާތު މާމައާއި ކާފަޔާ..” ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެ ހިތްވަރުކޮށްލަމުން ދާނިޔަލް އަހާލިއެވެ. އެހިނދު މަނިކުގެ މޫނުމަތީގައިވި ހިނިތުންވުން ފޭދިގެން ދިޔައެވެ.
“ދަރިފުޅާ.. ކާފައަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ.. ކުޑަމިނުން ކާފައާއި އެމީހުންނާއި ބައްދަލުވެސް ނުވޭ.. ކާފައަކަށް ނޭނގެ އެދެމީހުން ހުންނަ ގޮތެއްވެސް.. އެއިރު ކާފަ ހުރީ އެޔަށްވުރެ ބޮޑަށް ދަރިފުޅުގެ ބައްޕައާއި މަންމަދެކެ ރުޅި އައިސްފަ..” މާޔޫސީ އަޑަކުން މަނިކު ބުނެލިއެވެ. ދާނިޔަލްގެ ހިތަށްވެސް މާޔޫސްކަން ވެރިވެގެން ދިޔައީ ލިބުނު ނާކާމިޔާބުންނެވެ. އޭނާގެ ހިތުގައި އަބަދުވެސް ހުރިހާ މާމައިންނާއި ކާފައިންނާއި ބައްދަލުވުމަށް ބޭނުންވެފައި އޮވެއެވެ. ނަމަވެސް އަދި ބައްދަލުވީ އެއިން އެންމެ މީހަކާއެވެ. އަދި ބާކީ އޭނަގެ އެއް މާމަޔާއި ކާފަ އެބަހުއްޓެވެ. ދާނިޔަލްގެ އަބަދުގެވެސް ދުޢާ އަކީ އަވަސް މުސްތަޤްބަލެއްގައި ކޮންމެވެސް ދުވަހަކުން އެ ދެމީހުންނާއި އޭނާ ބައްދަލުކޮށްދެއްވުމެވެ. ގާތުގައި އިން އާލާގެ ނަޒަރު ހުއްޓިފައިވަނީ ދާނިޔަލްގެ މާޔޫސްވެފައިވާ މޫނަށެވެ. ދާނިޔަލް ދެރަވެފައި ހުންނަ ތަން ދެކުމަކީ މިހާރު އާލާގެ ހިތަށް މާ ފަސޭހަ ކަމެއް ނޫނެވެ. ދާނިޔަލްގެ އަތުގައި ހިފާލުމަށްފަހު މަޑުމަޑުން އެ އަތަށް އާލާ ފިތާލިއެވެ.
އަދި ދާނިޔަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކުޑަކޮށް ދެކޮޅަށް ބޯ ހޫރުވާލީ އެހާ އަވަހަށް މާޔޫސް ނުވާށޭ ބުނާ ފަދައަކުންނެވެ. އަދި އޭނާވެސް އެހުރީ ދާނިޔަލްއާއި އެކުގައިކަން އަންގާލިއެވެ. ދާނިޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެކަހަލަ ހެޔޮލަފާ އަންބެއް އޭނާއަށް ދެއްވި ކަމަށްޓަކައި ﷲއަށް ޙަމްދުކޮށް ދުޢާ ނުދަންނަވާ ދުވަހެއް އޭނާއަށް ނުދެއެވެ. ދާނިޔަލް އާލާގެ ދެލޮލަށް ނަޒަރު ހުއްޓާލި ވަގުތު އޭނާގެ ހިތްވަރު އާލާއަށް އަންގައިދިން ފަދައެވެ. މައުލޫ ބަދަލުކޮށްލުމަށްފަހު ދާނިޔަލް ހިނިތުންވެލިއެވެ.
އޭގެ އިރުކޮޅެއް ފަހުން ތިން މީހުން ކޮޓަރިން ނިކުމެގެން ސިޑިން ފައިބަމުން ދިޔައީ އެމީހުންގެ އިންތިޒާރުގައި އަދި އެހެން ބަޔަކުވެސް ތިބޭނެކަން އެނގޭތީއެވެ. އެ ތިން މީހުން އައި ވަގުތު ސިޓިންގް ރޫމުގައި ތިބި އަޒާންމެން އެމީހުންނާއި ވާހަކަ ދައްކަން ފެށިއެވެ. މުޅި އާއިލާއަށް ވަނީ ބަހާރު މުސުން އައިސްފައެވެ. އެ އުފާވެރިކަމާއި ހިތްހަމަޖެހުން އެގޮތގައި ލެހެއްޓެވުން އެދި އެންމެންގެ ހިތްތަކުން ވެސް ދިޔައީ ދުޢާ ކުރަމުންނެވެ.
“ދެން ދާންވީނު.. އިރު އޮއްސޭނެ އިރުކޮޅެއް ފަހުން.. އެހެން ދުވަހަކުން އަދި އަންނާނަން.. އިން ޝާ ﷲ..” ދާނިޔަލް ސޯފާއިން ތެދުވެލައިފައި ޖީބަށް ފޯނު ޖަހާލަމުން ބުނެލިއެވެ. އާލާވެސް އޭނާއާއި އެކު ތެދުވެލިއެވެ. އަދި ކައިރީގައި ކުޅެން އުޅުނު ދާޔާއަށް އާލާ ގޮވާލީ ނުހަނު ލޯބިންނެވެ. އެހެން ކަމުން އޭގެ އިރުކޮޅެއްފަހުން ދާޔާއާއި އައުސްވެސް އައިސް އެމީހުން ގާތު ހުއްޓެލިއެވެ. “ބައި ބާއި.. އަދި ދިމާވަންވާނެ އިނގޭ..” ދާޔާގެ ޅަ އަޑުން އެންމެނަށް ބުނެލިއެވެ. އެހިނދު އާލާއާއި ދާނިޔަލްގެ އިތުރުން އެންމެންނަށް ހެވުނެވެ. އޭނާ ކިތަންމެ ކުޑަޔަސް ނިކަން މޮޅެތި ވާހަކަ ދައްކާލައެވެ. އޭނާ އެހެން ބުނުމުން އެންމެން ހޭތީވެ ދާޔާ އޭނާގެ އިނގިލި އަނގަޔަށް ލިއެވެ. އެ ކުޑަކުޑަ ސިކުނޑިއަށް ވާގޮތެއް ދެނެނުގަނެވުނެވެ. އާލާ އޭނާ އުރާލުމަށްފަހު އެ ދޮން ފުއްފުއް ކޯތާފަތުގައި ބޮސްދިނެވެ. އަދި ދާނިޔަލްއާއި އެކު އޭނާވެސް ހިނގައިގަތީ އެންމެންނަށް ވަދާޢީ ސަލާމް ކޮށްލައެވެ. އެހިނދު ދާޔާ އޭނަގެ ކުޑަކުޑަ އަތް ހޫރަމުން ދިޔައީ ޓާޓާ ކިޔުމުގެ ބޭނުމުގައެވެ.
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ދުނިޔެއަށް ހަނާ އަޅާލިއެވެ. އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާގޮތް ނުހަނު ޗާލެވެ. ބިއްލޫރިކޮޅެއްފަދަ މޫދާއި އެ މޫދުގެ ރާޅުތައް ބޮސްދެމުން ދިޔަ ހުދު ދޮންވެލިގަނޑުން މަންޒަރަށް ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު ދެތިން މީހެއް ނޫނީ އަތިރިމަތިން ނުފެންނަ އިރު މަގުމަތިވެސް އޮތީ އާދަޔާއި ޚިލާފަށް ހަމަހިމޭންކޮށެވެ.
“ބައްޕީ… ތެދުވެބަލާ..” ފަތިސް ނަމާދުކުރުމަށްފަހު ކިޔަވަން އިނދެފައި އޮށޯތް ދާނިޔަލް އޮތީ ފުން ނިންޖެއްގައެވެ. ދާޔާ އެނދަށް އަރައިގެން އޭނާގެ ކުޑަކުޑަ ދެއަތުން ދާނިޔަލްއަށް އުނދަގޫކުރަމުން ގޮވަމުން ދިޔައެވެ. އޭނާ ދިޔައީ ދާނިޔަލްގެ އިސްތަށިގަނޑާއި އުނދަގޫ ވާވަރަށް ކުޅެމުންނެވެ. “ހޭންޑްސަމް.. ލޯ ހުލުވަބަލާ… މަންމި ބުނީ ބްލެކްފާސްޓް ރެޑީ އޯ..” ދާނިޔަލްގެ ކަންފަތް ދޮށާއި ގާތްވުމަށްފަހު ދާޔާ ބުނެލިއެވެ. ނަމަވެސް ދާނިޔަލްއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވިއެވެ. އޭނާއަށް ހޭލެވުނު ނަމަވެސް ދާޔާ ހަދާގޮތެއް ބަލަންވެގެން އަނެއް ފަރާތަށް އެނބުރިލިއެވެ.
ދާނިޔަލް ކަންތައް ކުރިގޮތުން ދާޔާ ދެއަތް އުރާލިއެވެ. ދެއަތް އުރާލުމަށްފަހު ކަނާއަތުގެ ޝަހާދަތް އިނގިލި ކޮލުގައި ޖައްސާލައިގެން އިން އިރު ހީވަނީ މޮޅު ޕްލޭންއެއް ރާވަމުން ދަނީ ހެންނެވެ. ދާޔާ އޭނާގެ ކުދި ކުދި ދަތްތައް ފެންނަ ވަރަށް ހީލަމުން އަނގަމަތީ އަތް އެ ކުޑަ ކުޑަ ދެއަތް އަލާލިއެވެ. ފަހަރުގައި އެއީ ދާނިޔަލްއަށް އޭނާގެ އަޑު އިވުނަ ނުދިނުމަށްޓަކައި ކުރި ކަމަކަށްވެސް ވެދާނެއެވެ. ދާޔާ މަޑުމަޑުން އެނދުގައި ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު ބަލާކަށް ނުހުރެ ދާނިޔަލްގެ ގައިމަތީގައި އިށީނދެ ބައްޕީ އޭ ކިޔާ ހަޅޭތް ލަވައިގަންނަމުން ދާނިޔަލްގެ ވަރުގަދަ އިސްތަށިގަނޑުގައި ހިފާލިއެވެ. އެޔާއިއެކު ދާޔާގެ ޅަ އަޑުން އޭނާގެ ހުނުމުގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ.
ދާނިޔަލްވެސް އެންމެފަހުން ދެލޯ ހުޅުވާލައި ދާޔާ އުރާލުމަށްފަހު އޭނާއާއި ސަމާސާ ކުރަމުން ދިޔައެވެ. އާލާ ކޮޓަރިއަށް އައީ އެވަގުތުއެވެ. އެހިނދު އެނާ ހުރި ފިޔަވަޅުމަތީގައި ދޮރުކައިރީ ހުއްޓިލައިގެން ހުރީ ރީތި ހިނިތުންވުމަކާއެކުއެވެ. ދާނިޔަލްއާއި ދާޔާ ސަކަރާތް ގަންނަމުން ދިޔަ ލޯބިވެތި މަންޒަރު ބަލަން ހުރި އިރު އޭނާގެ ހިތް އެ ދެމީހުންނަށްޓަކައި ލޯބިން ފުރިގެން އައެވެ. ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަ ލޯތްބާއި ވަރުގަދަ ގުޅުން އެ ކުޑަކުޑަ މަންޒަރުންވެސް ހާމަވަމުން ދިޔައެވެ. “މަންމީ ބަލާ ޑެޑީ..” ދާނިޔަލްގެ ކޮނޑުގައި އޭނާ ބާއްވަމުން ދާނިޔަލް އެނދުން ތެދުވެލިތަނާ ދާޔާއަށް އާލާ ފެނުނު ވަގުތު ކުޑަކޮށް ހަޅޭތް ލަވައިގަތެވެ. އެއިރުވެސް އޭނާގެ އިތުރުން ދާނިޔަލް ދިޔައީ ހެމުންނެވެ. “މަންމީ ބަލާ ދާޔޫ.. އެހާ އަރާމުކޮށް ނިދާފަ އޮށްވާ ޑެޑީގެ އިސްތަށިގަނޑާއި ހަމަ ކުޅެނީއޭ..” ދާނިޔަލްވެސް ދެރަވާ ކަމަށް ހެދެމުން ޝަކުވާ ކޮށްލިއެވެ. އެ ދެބަފައިންގެ ވާހަކަ އަހައިފައި އާލާ އަނގަމަތީ އަތް އަޅައިގެން ހޭންފެށިއެވެ. ހިނދުކޮޅަކަށް ނަމަވެސް އާލާގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި ދާނިޔަލްއަށް ހުރެވުނީ ދީވާނާ ވެފައިވާ މީހެއް ފަދައިންނެވެ. އޭނާއަށް ހޭވެރިކަމެއް ވީ އާލާ އައިސް އެދެމީހުން ގާތު ހުއްޓިލުމުންނެވެ.
ދާނިޔަލް އޭނާގެ ކޮނޑުގައި އެވަގުތު ދާޔާ ރީތިކޮށް ބައިންދާލިއެވެ. ދާޔާގެ ދެފައި ދާނިޔަލްގެ ދެކޮނޑަށް ބާލުވައިފައި ވާއިރު ދާނިޔަލްގެ ދެއަތުގައި ދާޔާ އިނީ ބާރަށް ހިފަހައްތާލައިގެންނެވެ. “އެއްވެސް ކުއްޖަކު ނުވާނެ އަސްލު އަނެއް ކުއްޖާއަށް އެހެން ހަދައިގެން.. އެހެން ވީމަ ޑެޑީ އަވަހަށް ސޮރީ ބުނޭ ދާޔޫއަށް.. ދާޔޫވެސް ސޮރީ ބުނޭ ޑެޑީއަށް..” އާލާ ދެއަތް އުރާލައިގެން ހުރެ ހެވިފައި ބުނެލިއެވެ. ދާނިޔަލް އޭނާގެ ކޮނޑުން ދާޔާ ބޭލުމަށްފަހު ތިރީގައި ބެހެއްޓިއެވެ. އެހެން ކަމުން އޭނާގެ ލޯބި ހިނިތުންވުމާއެކު ދާޔާ ދާނިޔަލްގާތުން މަޢާފަށް އެދުނެވެ. “ގުޑް ގާލް.. މަންމި އެންޑް ޑެޑީ ލަވް ޔޫ ސޯ މަޗް..” ދާޔާ ދާނިޔަލް ގާތުން މަޢާފަށް އެދުމުން އާލާގެ އިތުރުން ދާނިޔަލް އެ ކުޑަ ދަރިފުޅުގެ ކޮލުގައި ބޮސް ދިނެވެ.
“ސޮރީ ޕްރިންސެސް..” ދާނިޔަލްވެސް ދާޔާއާއި އެއް ހަމައަކަށް ތިރިވެލުމަށްފަހު ދެކަންފަތު ފޫޅުގައި ކުޑަކޮށް ހިފާލަމުން ބުނެލިއެވެ. ދާޔާ އޭނާގެ ކޮލުގައި ބޮސް ދިނުމަށްފަހު ހެވިލަމުން ދުވެލައިފައި އެކޮޓަރިން ނިކުމެގެން ދިޔައެވެ. ދާޔާ ދިޔުމާއެކު ހެވިފައި އެދިމާއަށް ބަލަން އިނުމަށްފަހު ދާނިޔަލް ރީއްޗަށް ކޮޅަށް ތެދުވެލިއެވެ. “ގުޑް ބޯއި..” ހިނިގަނޑެއް ޖަހާލައިފައި ދާނިޔަލްގެ އިސްތަށިގަނޑު ހާވާލަމުން އާލާ ބުނެލިއެވެ. އެއިރު ދާނިޔަލް ހުރީ އެއް މިޔަކަނުން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާކަށް ނުހުރެ އާލާގެ އަތުގައި ހިފުމަށްފަހު ކުއްލިއެއް ޖަހާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލާގެ މޫނު އައިސް ޖެހުނީ ދާނިޔަލްގެ ތަނަވަސް މޭމަތީގައެވެ.
ދާނިޔަލްގެ އެ ޢަމަލުން އާލާގެ ދެކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ލަދުރަކި ހިނިތުންވުމަކާއެކު ނަމަވެސް ދާނިޔަލްގެ މެދުހަށީގައި އޭނާގެ ދެއަތުން ބައްދާލުމަށްފަހު އާލާ މައްޗަށް ބަލައިލީ ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓާލުމުގެ ނިޔަތުގައެވެ. އެއިރު ދާނިޔަލްވެސް ހުރީ އޭނާގެ މޫނަށް ބަލަން ކަމުން ދެމީހުންގެ ހަތަރު ކަޅި ސީދާވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“އައި ލަވް ޔޫ ސޯ މަޗް.. އަލްޙަމްދުލިއްލާހް ތިކަހަލަ ވައިފީއެއް އަހަންނަށް ލިބުނީތީ.. އަހަންނަށް އެންމެ ބޭނުންވާ ވަގުތު ދެގޮތެއް ނުވެ އެންމެގާތުގައި ހުރި ކަމަށްޓަކައި ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ތިކަހަލަ އަތްބެއް ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށް.. ތިފަދަ ހެޔޮލަފާ ދީންވެރި އަތްބެއް އަހަންނަށް މިންވަރު ކޮށްދެއްވި ކަމަށްޓަކައި ﷲއަށް ޙަމްދުކުރެވުނު އަދަދެއްވެސް ނޭނގޭ.. ދެންވެސް ހުއްޓައެއް ނުލެވޭނެ އެކަމެއް.. އެހެން ނޫނަސް އަބަދުވެސް އެކަލާނގެއަށް ޝުކުރުވެރިވާން ޖެހޭ.. އައި ލަވްޔޫ.. ޔޫ އަރ ދަ ބެސްޓް ވައިފީ އިން ދަ ވޯރލްޑް.. ލަވްޔޫ މައި ކުއީން.. އަހަރެން ކޮންމެ ނަމާދަކަށްފަހު ﷲގެ ހަޟްރަތުގައި ކުރި ދުޢާތަށް މިއަދު އެކަލާނގެ އިޖާބަކުރައްވައިފި.. ހެޔޮލަފާ ދީންވެރި ޞޯލިޙް އަތްބެއް އަހަންނަށް ލިބިއްޖެ..” އާޅާގެ މޫނުމައްޗަށް ކަނާތު ކަންފަތް ކައިރިން ވެއްޓިފައި އިން އިސްތަށިކޮޅު ރިތިކޮށްލައިދެމުން އެ ދޮން ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސާލައިގެން ހުރެ ދާނިޔަލް އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. ދާނިޔަލްގެ އެ އަސަރުގަދަ އަޑު ކަންފަތުގައި ޖެހުނު ވަގުތު އާލާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޚްތިޔާރުން ބޭރުގައެވެ. އެ ދެލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައިގެ ފަށަލައެކެވެ.
“އައި ލަވް ޔޫ މޯރ..” އާލާ އެހެން ބުނުމަށްފަހު ދާނިޔަލްއަށް ވިސްނަންވެސް ފުރުސަތެއް ނުދީ ދާނިޔަލްގެ ކޯތާފަތުގައި އޭނާގެ ކުޑަ ފިޔާތޮށިކުލައިގެ މަޑު ތުންފަތް ޖައްސާލިއެވެ. ކޮރާލައިގެން ހުރި އިރު އޭނާގެ މޫނު އެހިސާބަށް ފޯރަނީ ކިރިޔާއެވެ. ދާނިޔަލްއަށް ހުރެވުނީ ޙަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. އާލާގެ ދުލުން އޭނާދެކެ ލޯބިވާ ވާހަކަ ބުނި އިރު އެ ހިތް ހީވަނީ އުފަލުންގޮސް އުދުހިގެންފާނެހެންނެވެ. އެހާ އުފަލުން ހުއްޓާ ދެން އެ ލިބުނު ހަދިޔާއަކީ އޭނަގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއް ނޫނެވެ. އާލާ ލަދުން އިސް ޖަހާލުމަށްފަހު ދާނިޔަލްގެ މޭތެރޭގައި އެ މޫނު ފޮރުވާލިއެވެ. އޭނާގެ ރަތްވެފަފައިވީ މޫނު ދާނިޔަލްއަށް ނުދައްކަން ކަމަށްވެސް ވެދާނެއެވެ.
ދާނިޔަލްއަށް ހޭވެރިކަންވީ އާލާ އޭނާ ގައިގައި ބައްދާލުމުންނެވެ. ރީތި ހިނިތުންވުމަކާއެކު ދާނިޔަލް އާލާގެ ގައިގައިވެސް އިތުރަށް ބައްދާލައިފައި އާލާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ދެހިތުގެ ހިނގުންވެސް އިހުނަށްވުރެ އަވަސްވެފައިވެއެވެ. ދެހިތްވެސް އުފަލުން ނަށަމުން ދިޔައިރު އެފަދަ ޙަޔާތުގެ ބައިވެރިއެއް ލިބުނީތީ ދެމީހުންވެސް ދިޔައީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމުންނެވެ.
“އަހަންނަށް ދާނިޔަލް ފެންނަ ކޮންމެ ވަގުތަކު އިޙުސާސް ކުރެވޭ އަހަންނަކީ ކިހާ ނަސީބުގަދަ މީހެއް ކަން.. ﷲ ސުބްހާނަހޫ ވަތަޢާލާ އަހަންނަށް މިންވަރު ކޮށްދެއްވައިފައިމިވާ ނިޢުމަތް އަހަންނަށް ހަނދާންވޭ.. ތިއީ މާތް ﷲ އަހަންނަށް މިންވަރު ކޮށްދެއްވި ނިޢުމަތެއް.. އަހަންނަށް ނުވެސް އެނގި ހުއްޓާ އަހަރެންގެ ޙަޔާތަށް އައި ސަޕްރައިޒެއް އެހެން ގޮތަކަށް ބުނަންޏާ.. ދާނިޔަލް އަހަރެން ގާތު ނެތިއްޔާ ދާނިޔަލް މަތިން އަހަރެން ހަނދާންވާ ވަރު ބުނެދޭންވެސް ނޭނގޭ.. އަހަރެމެން ދެމީހުން އެކުގައި ނަމާދުކުރާ ވަގުތުތައް.. ދުޢާއަށް އެކުގައި ދެއަތް އުފުލާ ވަގުތުތައް.. އެއީ އަހަރެންގެ ހިތުގެ އެންމެ ފުންމިނުގައިވެސް ބިންވަޅު ނެގިފައިވާ ހަނދާންތަކެއް..
އަހަންނަކަށް ނޭނގޭ ތި ދެލޯ ފެންނަ އިރަށް އަހަރެންގެ ހިތް މަޑުކަފަކޮޅަކަށް ވެގެންދާގޮތުގެ ފަހަތުގަ ވާ ސަބަބަކީ ކޮބައިކަމެއް.. ތި ދެލޮލުން އަހަންނަށް އަބަދުވެސް ފެންނަނީ ލޯބި.. ކެތްތެރިކަން.. ރައްކާތެރިކަން.. އަޅާލުމާއި އޯގާތެރިކަން.. އަދި އަހަރެން އެންމެ އުފާވާ ތަންކޮޅަކީ ތިއީ މިހާރު އަހަރެންގެ ބެސްޓް ފްރެންޑްކަން.. އަހަރެންގެ ކޮންމެ ކަމެއްވެސް އެއްވެސް ޖެހިލުންވުމެއްނެތި ދާނިޔަލްއާއި ޙިއްސާ ކޮށްލެވޭ.. ކިތަންމެ އިރެއް ވާންދެއް އަހަރެން ޝަކުވާ ކުރި ނަމަވެސް ދާނިޔަލް އަކީ އެ ހުރިހާ ވާހަކައެއް އަޑުއަހަން ކެތްތެރިކަމާއެކު އިންނަ ޒުވާނެއް.. ދާނިޔަލްދެކެ ކިތަންމެ ރުޅިއެއް އަންނަން ބޭނުންވިޔަސް ތި ހިނިތުންވުމަކީ އެ ރުޅިގަނޑު ފިނިކޮށްލައިދޭ އެއްޗެއް ކަހަލަ..
އަހަރެމެން ދެމީހުންގެ ދެމެދުގައި މިވާ ގުޅުމާމެދު އަހަރެން އެންމެ އުފާވާ އެއް ސަބަބަކީ މި ގުޅުމަކީ ﷲއަށްޓަކައި އުފަންވެފައިވާ ގުޅުމަކަށް ވުން.. ދާނިޔަލް އަހަރެން ދެކެ ލޯބިވީ ﷲއަށްޓަކައި.. ހަމަ އެގޮތަށް އަހަރެންވެސް ދާނިޔަލް ދެކެ ލޯބިވަނީ ﷲއަށްޓަކައި.. ކައިވެނީގެ އެންމެ ރީތި އެއްކަމަކީ އެ ދެމަފިރިއެއްގެ ދެމެދުގައި އުފެދެމެންދާ ސިއްރު ބަހުރުވަ.. ދެމީހުން އެކަކު އަނެކަކަށް ބަދަލުކުރާ ލޯބިވެތި ހިނިތުންވުންތަކާއި ދެމީހުން އެކަކު އަނެކަކަށް ބައްދަލުކުރާ ލޯބިން ފުރިގެންވީ ނަޒަރުތައް.. އަލްޙަމްދުލިއްލާހް.. އެއީ އަހަރެމެންގެ މި ކައިވެނީގެވެސް ބައެއް.. ﷲއަށް ވަކީލްކޮށް އެކަލާނގެއަށް ހުރިހާކަމެއް ދޫކޮށްލުމަށްފަހު ދާނިޔަލް އަހަންނާއި ކައިވެނި ކުރި ގޮތް އެއީ އަހަރެންގެ ހިތުން ދާނިޔަލްއަށް ދެވިފައިވާ ޤަދަރު އަބަދުވެސް މަތިވެގެންދާ ސަބަބެއް..
އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވިގެން އައި އިރު ދެމީހުންގެ ޙަޔާތަށްވެސް ދެމީހުން އައީ ދުރު ދެމީހުން ގޮތުގައި.. އެކަކު އަނެކަކު މާ ރަނގަޅަކަށް ނޭނގޭ.. އެހެން ނަމަވެސް ﷲގެ ކުޅަދުންވަންތަކަން ބަލާބަލަ.. އަހަރެން ރަނގަޅަށް ނުވެސް ދަންނަ ދުރު މީހެއް ގޮތުގައި އަހަރެންގެ ޙަޔާތަށް އައި ދާނިޔަލްއަކީ މިއަދު އަހަންނަށް އަހަރެންގެ މުޅި ދުނިޔެ.. އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އެންމެ އުފާވެރި އެއް ކަންތައް އެއީ.. ﷲއަށް ޙަމްދުހުރި..
އެންމެފަހުން އަހަރެމެން ދެމީހުންގެ ދެމެދުގައި ލޯބި އުފެދި އަހަރެންވެސް ދާނިޔަލް ދެކެ އިންތިހާއަށް ލޯބިވެވުނު.. އެއީ އެކަކު އަނެކެއްގެ އިޙުސާސްތައްވެސް ދެނެގަނެވޭހާ ބޮޑަށް.. އަނެކާގެ ތަދުތަކާއި ވޭނާއި ހިތާމަތައްވެސް ދެނެގަނެވޭ އެއީ ޚުދު ތިމާގެ ހިތަށް ލިބޭ އަނިޔާއެއް ފަދައިން.. ﷲ އަހަރެމެންގެ މެދުގައި ލެއްވި ލޯބި އެއީ މާތް އެއްޗެއް.. އެކަލާނގެ އެންގެވި ގޮތަށް އެ މަގުން ކެތްތެރިކަމާއި ސާބިތުކަމާއި އެކު ހިނގުމުން ފަހުން ލިބޭ އުފާވެރިކަން މާ ބޮޑު.. މީހެއްދެކެ ލޯބިވި ނަމަވެސް އެކަލާނގެއަށްޓަކައި ލޯބިވުމުން ލިބޭ އުފާވެރިކަމަކީ ބަޔާން ނުކުރެވޭހާ ބޮޑު އުފާވެރިކަމެއް.. މި ވަގުތީ ދުނިޔޭގައި ލިބޭ ކުޑަ ވަގުތުކޮޅަށްފަހު އެ ދެމީހުން ވަކިވުމަކުން އަދި އެ ވަކިވީކީ ނޫން.. އެކަމަކު ކުރިޔަށް އޮތްތާ މާ ބާއްޖަވެރި.. އިން ޝާ ﷲ އެ ދެމީހުން އަލުން ޖަންނަތުން ބައްދަލުވާނެ.. ދުވަހަކުވެސް މަރުވުމެއްނެތް ހިތާމަތަކަކީ އެ ދުނިޔޭގައި ނުވެސް ދަންނަ އެއްޗަކަށް ވެގެންދާ ދުނިޔޭގައި އުޅުމުގެ ފުރުސަތު ލިބޭނެ..
އެކަލާނގެ އެންގެވި ގޮތަށް މި ދުނިޔޭގައި އުޅޭ މީހުންނަށް އެފަދަ އެތަކެއް ކާމިޔާބާއި ބާއްޖަވެރިކަން ލިބޭނެ، އިން ޝާ ﷲ.. އަހަރެންގެވެސް ދުޢާއަކީ އެފަދައިން މިދުނިޔެއަށްފަހު ޖަންނަތުންވެސް އަހަރެމެން ދެމީހުން ބައްދަލުވުން.. ވަރަށް ބޮޑަށް ލޯބިވޭ.. ޔޫ އަރ ދަ ބެސްޓް ހަޒްބެންޑް އިން ދި ވޯރލްޑް އެންޑް ތެންކް ޔޫ ފޯރ އޯލްވޭސް މޭކިންގް މީ ސްމައިލް.. އެންޑް އޯލްސޯ ބީންގް ސޯ ސަޕޯރޓިވް އެންޑް ހެލްޕްފުލް.. ތެންކް ޔޫ ސޯ މަޗް ފޯރ މޭކިން މީ ފީލް ލައިކް ދި މޯސްޓް ލަކިއެސްޓް ވިމެން އިން ދި ވޯރލްޑް.. އެގެއިން.. ތެންކް ޔޫ ފޯރ ޓްރީޓިންގް މީ ލައިކް އެ ކްއީން.. ޖަޒަކައްﷲ ޚައިރް..” ދެލޯ މަރާލައިގެން ދާނިޔަލްގެ މޭގައި ބޯ އަޅާލައިގެން އޮވެ އާލާ ވާހަކަ ދައްކާލާ ނިންމާލި އެވެ. އެއިރު އޭނާގެ ދެލޮލުން ކަރުނަ ހިލިފައި ވާއިރު އެ ރީތި އަންހެންވަންތަ އަޑު ކުރެހިފައިވަނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
އާލާގެ ބޮލުގައި ދަތްދޮޅި ޖައްސާލައގެން ހުރި ދާނިޔަލްވެސް މަރާލައިފައިވި ދެލޮލުގެ ތެރެއިން ކަރުނަތިކިތައް ރޮނގަކަށް ފައިބަމުން ދެއެވެ. ނަމަވެސް އެ ކަރުނައިގެ ތެރެއިން އޭނާ ހިނިތުންވެލިއެވެ. އާލާގެ އެ ކުރު ވާހަކަކޮޅުން އޭނާގެ ހިތަށް އަސަރު ކުރުވައިފިއެވެ. އަނެއްކާވެސް އޭނާގެ ތުންފަތް އާލާގެ އިސްތަށިގަނޑުގައި ޖައްސާލިއެވެ. އެ ބޮޑު ކޮޓަރިތެރެއަށް މިހާރު ވެރިވެފައިވީ ހަމަހިމޭންކަން ފޫ އަޅުވާލަނީ އާލާ ނޭފަތް ދަމާލާ އަޑަށެވެ. އޭނާގެ މަޑު ގިސްލުންވެސް އެ ކޮޓަރިތެރޭގައި ގުގުމަމުން ދިއެވެ.
“ހެއި.. އެވަރަށް ނުރޯނެ އިނގޭ.. ޝްޝްޝް..” އާލާ ދުރުކޮށްލުމަށްފަހު އޭނާގެ ދެ ކޯތާފަތުގައި ދާނިޔަލްގެ ދެއަތުން ހިފާލިއެވެ. އެއިރު އާލާގެ ނަޒަރު ދާނިޔަލް އަށް ހުއްޓިފައި ވެއެވެ. ރަތްވެފައިވާ އެ ދެލޯ ފެނުމުން ދާނިޔަލްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލަމުން އޭނާ އާލާގެ ލޮލުން އައިސްފައިވީ ކަރުނަތައް ފުހެލައިދިނީ އޯގާތެރިކަމާއި ނުހަނު ލޯތްބާއި އެކުއެވެ. ﷲ ދެކެ ލޯބިވާކަމުގައިވަނީނަމަ އެބައެއްގެ މެދުގައި އެކަލާނގެ ބަރަކާތް ލައްވާނެއެވެ. އަދި އެބަޔަކަށް ދަތިތަކާއި ކުރިމަތިލާންޖެހުނަސް އެއީ އިމްތިހާނެއް ކަމަށް ބަލައިގެން ކުރިޔަށް ދާނަމަ އެކަމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެއްވެސް މީހަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންނަށް ނުޖައްސަވާތީއެވެ.
“މަންމީ… ދާޔޫ މި ޑިޝް ވަރަށް ރީތި ކޮށްލަންތަ؟ އެއިރުން ޑެޑީ ކާހިތްވާނީވެސް ދޯ؟ ދާޔޫ ޑެޑީގެ ބްރެކްފާސްޓް މީލް ރީތިކޮށްލަދީފިއްޔާ ޑެޑީ ކިހާ ހެޕީ ވާނެ.. މަންމިއަށްވެސް ޑެކޮރޭތް ކޮށްލަދެންތަ؟ ޕްލީޒް މަންމީ..” ކާމޭޒުކައިރީ ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއަކަށް އަރައިފައި މޭޒުގައި ބަނޑުއަޅާލައިގެން ދެއަތް ވިއްދާލައިގެން އޮވެ ދާޔާ ކިޔަމުން ދިޔައެވެ. ހުދުކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމުގައި ދާޔާ ފެންނަލެއް ވަރަށްވެސް ރީއްޗެވެ. އެ ހެދުމުގެ ފަސްބައި ލޭޒަރ ކަޓް ގޮތަށް ހުރި ދެއަތް އިނީ ކުޑަ ވާކޮޅަކުން އައްސާލާ ގޮތަށެވެ. ހެދުމުގެ ކަރަށް ވަށާއިގެން ރޫ ޖައްސައިފައި ހުރި ގޮތުން ކޮޓަން ފޮތީގެ އެ ހެދުމަށް އެއްކޮށްވެސް ވަނީ ރީތިގޮތަކަށް ރޫ ނެގިފައެވެ. ދާޔާގެ އިސްތަށިގަނޑު ދެފަރާތަކަށް އައްސާލައިފައި ވާއިރު ނުހަނު ލޯތްބެވެ. އޭނާގެ ވަށް ވަށް މޫނުމަތިން މައުސޫމްކަން ފެންނަމުން ދިޔައެވެ.
ސިންކު ކައިރީ ހުރި އާލާގެ މޫނުމައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. “އޯކޭ ބޭބީ.. އެވަރަށް ނުބުންޏަސް މަންމި އޯކޭ ދިފާނަމޭ.. ދަރިފުޅު އެކަމް ބަލައިގެން އުޅެއްޗޭ.. ޓޭބަލް އަށް ސޯސް އާއި އެއްޗެހި ނޭޅޭނެހެން.. އިހަށް މަޑުކޮށްލާ މަންމި އެބަދަން.. ކޮއްކިއަށް އެކަނި އެއްޗެހި ކަޓް ނުކުރެވޭނެއްނު ދޯ؟” ތައްޓެއް ދޮވެލަމުން އާލާ ބުނެލިއެވެ. ބަސް އަހަމުން ދާޔާ ލައްބައޭ ބުނެލީ އޭނާގެ އެ މައުސޫމްކަންމަތީ ހުރެއެވެ.
“މާ ޝާ ﷲ..” ފޯރީގައި ތަށިތައް ކައިރީ ޙަރަކާތްތެރިވަމުން ދިޔަ އާލާއާއި ދާޔާ އިސް އުފުލާލީ ނުހަނު ގާތުން އިވިގެންދިޔަ ދާނިޔަލްގެ ފިރިހެންވަންތަ އަޑަށެވެ. އެއިރު ފެންވަރާލައިގެން ތާޒާވެގެން އައިސް ހުރި ދާނިޔަލް ހުރީ އޭނާ ލައިގެން ހުރި މަޑު ކާކީ ކުލައިގެ ސޯޓުގެ ޖީބަށް އަތް ޖަހާލައިގެންނެވެ. އެޔާއި އެކު ދާނިޔަލް ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުން އޭނާ ނުހަނު ފިރިހެންވަންތަކަމަށް ދައްކައެވެ. އިސްތަށިގަނޑުގައި އަދިވެސް ތެތްކަމެއް ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ.
ދާނިޔަލްގެ ތާޒާކަން ހާމަވަމުންދިޔަ މޫނުފެނުނު ވަގުތު ދާޔާ އޭނާގެ ހުރިހާ ކުދިކުދި ދަތްތައް ފެންނަ ވަރަށް ހީލިއެވެ. “ސަޕްރައިޒް! މިއީ ކޮއްކި ބައްޕިއަށް ދިން ގިފްތެއް.. ރީތި ތަ؟” އުންމީދީ ނަޒަރަކުން ދާނިޔަލްއަށް ބަލަހައްޓައިގެން އިނދެ ދާޔާ ބުނެލިއެވެ. ދާނިޔަލްގެ ހިތް އެ ކުޑަކުޑަ ދަރިފުޅުގެ އެ ޖުމުލައިންވެސް ފުރިގެން އައެވެ. ނަމަވެސް ދާޔާ ތަޅުވާލުމުގެ ނިޔަތުގައި ދެއަތް އުރާލުމަށްފަހު އޭނާ ކަނާއަތުގެ ޝަހާދަތް އިނގިލިން ބޮލުގައި ކުޑަކޮށް ޖަހާލަ ޖަހާލާ ހުރީ ވިސްނާކަމަށް ހެދިގެންނެވެ. ދާޔާ އިނީ ދާނިޔަލްގެ ޖަވާބަކަށް ކެތްމަދުވެފައެވެ. “ޔެސް… ވަރަށް ވަރަށް ވަރަށް ރީތި.. ތެންކް ޔޫ ދަރިފުޅޫ..” ދާޔާ އެ ގޮނޑިން ނަގައިފައި ދާނިޔަލް އޭނާ މައްޗަށް ހިއްލާލަމުން އެނބުރިލައިފައި ބުނެލިއެވެ. އެވަގުތު ދާޔާގެ ހުނުމުގެ އަޑު މުޅި ގޭތެރެއަށް ފެތުރިގެން ދިޔައެވެ. “ޖަޒަކިއްލާހް ޚައިރަން..” ދާޔާ ރީއްޗަށް އުރާލަމުން އެ ދަރިފުޅުގެ ފުއްކޮޅެއް ކަހަލަ މަޑުމަޑު ކޮލަށް ބޮސްދީފައި ދާނިޔަލް ބުނެލިއެވެ.
އެ ދެބަފައިންގެ ލޯބިވެތި ޢަމަލުތައް ބަލަން އާލާ ހުރީ ހެވިދިލިފައެވެ. “މަންމި ބާކީވީތަ؟ އެހެން ވިއްޔާ މަންމި މިހުރީ ވަރަށް ސޭޑް ވެފަ..” އާލާ ދެރަވާކަމަށް ހެދެމުން ތުންކޮޅު ފިއްތާލައިފައި ބުނެލިއެވެ. ދާޔާ ދެފަރާތަށް ބޯ ހޫރުވަޅުމަށްފަހު ނޫނެކޭ ބުނެ އޭނާގެ އަތް އާލާއާއި ދިމާލަށް ދިއްކޮށްލިއެވެ. އެވަގުތު ދާނިޔަލް އޭނާގެ އަތުގައި ހިފައި އެދެމީހުންނާއި ދިމާލަށް ދަމާލިއެވެ. ދާޔާ ހެވިދިލުނު އިރު ދާނިޔަލްއާއި އާލާ ތިބީ އޭނާގެ ދެކޮލުގައި ތުންފަތް ޖައްސާލައިގެންނެވެ. ކިތަންމެހާވެސް އުފާވެރި ކުޑަކުޑަ ޢާއިލާއެކެވެ. އެކަހަލަ އުފާވެރި ޢާއިލާއެއް ކޮންމެ މީހަކުވެސް ބޭނުންވާނެކަން ގައިމެވެ. އެ ދެމީހުންގެ ހިތުގައިވސް ވަނީ ﷲއަށްޓަކައި ޙަމްދުކުރުމުގެ ބަސްތަކެވެ.
ވަގުތުތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އާލާ ދަބަސް ހިފައިގެން ކޮޓަރިން ނިކުންނަމުން އައީ އޭގެ އެތެރެ ހާވަމުންނެވެ. ހީވާގޮތުން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. “ދާޔޫ؟ މަންމިގެ ބޭގް އިން އެއްވެސް އެއްޗެއް ނެގިންތަ؟” އާލާއަށް އެ އެއްޗެއް ނުފެނުމުން ބާރަށް ގޮވާލިއެވެ. އެވަގުތު ދުވަމުން ދާޔާ ކޮޓަރިން ނިކުމެގެން އައިސް އާލާ ގާތު ހުއްޓިލިއެވެ. މެރޫންކުލައިގެ ވައްތިރިއެއް ލައިފައިވި ހެދުމުގައި ދާޔާ ފެންނަނީ ނުހަނު ޗާލުކޮށެވެ. ހެދުމުގެ އެތެރެއަށް މެރޫންކުލައިގެ ޕްލޭން ފޮތި ލައިފައިވާއިރު ހެދުމުގެ ބޭރު އެއްކޮށްވެސް ހުރީ ރީތި ލޭސް ފޮތިގަނޑަކުން ފަރުމާކޮށްފައެވެ. ހެދުމުގެ މަތީބަޔާއި ރޫބައިވެސް މެއެވެ. ހެދުމުގެ އަތް ކަނޑައިފައިވާއިރު މަތީބަޔާއި ރޫބައި ގުޅޭ ހިސާބުން ބަންދެއް ވާގޮތަށް ފަހަތަށް ބޮޑު ޓައީއެއް ޖަހާލައިފައި ވެއެވެ. އެޔާއެކު ތިރިން ކަޅުކުލައިގެ ބޯ ސްޓޮކިންއެއް ލައްވާލައިފައި ވެއެވެ.
އެ ރީތި ހެދުމާއެކު ދާޔާގެ މާ ދިގު އަދި މާ ކުރުނޫން އިސްތަށިގަނޑު އޮތީ ހާވާލައިފައެވެ. މެރޫންކުލައިގެ މަލެއް އިން ބޭންޑެއް ބޮލުގައި އަޅުވާލައިފައިވީގޮތުން ވަރަށްވެސް ފުރިހަމައެވެ. އެ ދޮން މޫނާއި އެ ހެދުން ނުހަނު ގުޅެއެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތް ހީވަނީ ލޭކޮޅެއް ހެންނެވެ. ލިޕްސްޓިކް ނުޖައްސާ މޭކަޕް ނުކުރި ނަމަވެސް އެ މޫނުމަތި ނުހަނު ޗާލެވެ. “ނޯ މަންމީ.. ދާޔޫ އެއްވެސް އެއްތެއް ނުނަގަން.. މަންމި ކޯނޗެއް ގެއްލުނީ؟ ކޮއްކޮ ހެލްޕް ވެދީފާނަމޭ މަންމިއަށް..” ދާޔާ އޭނާގެ މައުސޫމްކަމާއެކު ބުނެލިއެވެ. އެ މައުސޫމް މޫނު ފެނި ދާޔާގެ ހިތް މަޑުކަފަކޮޅަކަށް ވިއެވެ. އޭނާއަށް ތަންކޮޅެއް ބާރަށް ގޮވާލެވުމުން ދާޔާ ދެރަވީކަމަށް އާލާއަށް ހީކުރެވުނެވެ. “ސޮރީ ދަރިފުޅޫ.. މަންމި މާބޮޑަށް ހާސްވީމަ އެހެން ވީ އިނގޭ..” ދާޔާއާއި އެއް ހަމައަކަށް އިށީންދެލަމުން އާލާ ބުނެލިއެވެ. އެހިނދު ދާޔާ ފުޅާ ހިނިތުންވުމަކާއެކު އާލާގެ ކަރުގައި ދެއަތް ވަށާލަމުން ބައްދާލިއެވެ. އާލާވެސް ހިނިތުންވެލިއެވެ.
“ހިނގާ ދޯ އެހެންވީމަ އޭތި ހޯދަން.. މަންމިގަ ތަޅުދަނޑި ގެއްލިގެންނޭ މިއުޅެނީ..” ދާޔާއާއި ދުރުވެލުމަށްފަހު އާލާ ތަންތަން ހޯދާލަމުން ބުނެލިއެވެ. ކަޅުކުލައިގެ އަބާޔާއަކާއިއެކު ހަމަ އެކުލައިގެ ޝޯލްއެއް ބޮޑުކޮށް އަޅާލައިފައިވާއިރު އާލާ ވަރަށްވެސް ފުރިހަމައެވެ. އެ ޝޯލްގައި ކަޅުކުލައިގެ އެސްތަކެއް ޖަހައިފައިވުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ހަމަ އެއާއެކު ކަޅު ޝޯލްގެ ތެރެއިން އާލާގެ ދޮން މޫނު ފެންނަމުން ދިޔަގޮތް ހީވަނީ ކަޅުވިލާތކެއްގެ ތެރެއިން ސާދަ ފަނަރައިގެ ހަނދު ފެންނަ ހެންނެވެ. އެހާވެސް ޗާލެވެ.
ދެމީހުން އެކުގައި ސޯފާއާއި ތަންތަން ބަލަމުން ދިޔައެވެ. “މިއޮތީނު މަންމީ..” އާލާގެ ތަޅުދަނޑި ނަގައި ދައްކާލަމުން ދާޔާ ބުނެލިއެވެ. ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުގެ ދަށުގައި ހަރުކޮށްފައި އިން ފިލާގަނޑުން އޭނާ އެ ތަޅުދަނޑި ނެގި އިރު ހުރީ ދަތްކޮޅު އަތަށް ނަގައިގެން ކަހަލައެވެ. “އަލްޙަމްދުލިއްލާހް.. ކޮންތާކުން ދޫނި މީތި ހޯދީ؟ މާ ޝާ ﷲ.. މަންމިގެ ޕްރިންސެސް ވަރަށް މޮޅު އިނގޭ.. އެހެންވީމަ މަންމި ބޭރަށް ގޮސްފަ އަންނަ އިރު އޮންނާނެ އިނގޭ ސަޕްރައިޒް ގިފްޓެއް..” ދާޔާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އާލާ ބުނެލިއެވެ. “މިތާނގަ އޮތީ.. ތެންކް ޔޫ މަންމީ.. ޖަޒަކިއްލާހް ޚައިރަން..” ދާޔާ މޭޒުގެ ދަށަށް އިނގިލިން އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
“މިއޮށް އައީނު ބައްޕި..” އާލާ ކޮޅަށް ތެދުވެލިވަގުތު ގޭތެރެއަށް ވަދެގެން އައި ދާނިޔަލް ފެނުމުން ބުނެލިއެވެ. އޭނާ އެ އައީ ޑިއުޓީންނެވެ. ކަނޑު ނޫކުލައިގެ ގަމީސް ބެގީކޮށްފައި ވާއިރު އެއާއިއެކު ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނުން އޭނާ ދައްކަނީ ނުހަނު ސްމާތްކޮށެވެ. “ދާނިޔަލް ކީމެއްނު މިއަދު ހަވިރު ދާޔާ ގޮވައިގެން ބޭރަށް ދާވާހަކަ؟ އެހެންވެގެން އަހަރެން ރުކާއާއި އެކު މި ދަނީ ގަންނަން ޖެހިފަ ހުރި ބައެއް ސާމާނުތައް ހުރީމަ ޝޮޕުންއަށް.. ރަނގަޅަށް ދާޔާ ބަލާތި އިނގޭ..” ދާނިޔަލްގެ ކުރިމަތީގައި ހުއްޓިލަމުން އާލާ ބުނެލިއެވެ. “އޯކޭ މެޑަމް.. އެއީ އަހަރެންގެވެސް ދަރިފުލޭ.. ރަނގަޅަށް ބަލާނެއް ނޫންތަ؟ އާލާ ދައްކާ ވާހަކަ ދޯ.. އެހެންވެޔޭ ބުނަނީ މިއީ ހަމަ ބޭބިޝް އާލްއެކޭ..” އެއްލޯ މަރާލަމުން ދާނިޔަލް ބުނެލި އިރު އޭނާގެ ދެއަތް ވަނީ އުރާލެވިފައެވެ.
ދާނިޔަލް އެހެން ބުނުމުން ދެލޯ ހަނިކޮށްލުމަށްފަހު އާލާ އޭނާގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. އެވަގުތު ދާނިޔަލް ހެމުން ހެމުން ދާޔާ ގާތަށް އައީ އާލާ ގެއިން ނިކުންނަށް ދިޔުމުންނެވެ. “ޕްރިންސެސް.. އިރުކޮޅެއް ވަންދެން މަޑުކޮށްލަން ޖެހޭނެ އިނގޭ ބައްޕި ރެޑީވަންދެން.. ޑިއުޓީއިން އައިސް ހަޑިކޮށް ހުރެގެން ނުދެވޭނެއްނު ދޯ..” ދާޔާއަށް ވިސްނައިދޭ ފަދައަކުން ދާނިޔަލް ބުނެލިއެވެ. އޭނާ ނުހަނު އަވަހަށް އެކަމާއި އެއްބަސްވެލައިފިއެވެ.
***
“މި ގަމީސްކޮޅު ހެޔޮވަރެއް ނުވާނެތަ އައުސް އަކަށް؟ ވާނެ ދޯ؟” ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައެއްގައި އާލާއާއި ރުކާ ތިބި އިރު އެމީހުން އެވަގުތު ތިބީ ފިރިހެންކުދިންގެ އަންނައުނު ތަކެއް ހުރި ހަރުގަނޑެއް ކައިރީގައެވެ. ނޫކުލައިގެ އަތްދިގު ކުޑަ ގަމީހެއް ނަގަމުން އާލާ ރުކާއާއި ސުވާލުކޮށްލިއވެ. “މީ ކޮން ސައިޒެއްތަ؟ އާނ މީތި ހެޔޮވަރުވާނެ؟” އެ ގަމީހުގެ ސައިޒު ބަލައިލަމުން ރުކާ ބުނެލިއެވެ. އާލާ އެވަގުތު އޭތި ނަގައި ވަށިގަނޑަށް ލިއެވެ. “އެއީ އަހަރެންގެ ފަރާތުން އައުސްއަށް އޮތް ހަދިޔާއެއް.. އެ ގަމީސްކޮޅާއި މި ޖީންސް.. ރީތި ދޯ މީތި..” އާލާ ކުޑަ ޖީންސެއް ނަގައިގެން އުޅެމުން ބުނެލިއެވެ. ރުކާ އެވަގުތު ހިނިތުންވެލަމުން އާލާއަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
“މިއީ އަހަރެންގެ ފަރާތުން ދާޔާއަށް އޮތް ހަދިޔާއެއް.. ދާޔާ ނޫޅޭތަ އާލް އަންނާތީވެ ފަހަތުން އަންނާކަށް؟ މަ ބޭރަށް އަންނާތީވެ މަށާއިއެކު އަންނަން އައުސް ކިޔާވަރުން އެންމެފަހުން އަޒާން ވެއްޖެ އޭނަ ގޮވައިގެން ބުރެއް ޖަހާލަން ގޮސް..”ފިޔާތޮށިކުލައިގެ ވަރަށް ރީތި ހެދުމަކާއި އެޔާއި ގުޅޭނެ ބޭންޑެއްގެ އިތުރުން ފަށެއް އާލާއަށް ދައްކާލަމުން ރުކާ ބުނެލިއެވެ. އެޔަށްފަހު އޭނާ ފެށީ އައުސްގެ ވާހަކައެވެ. އާލާ އެވަގުތު ލުއިކޮށް ހީލިއެވެ. “ހެހެހެ.. އެހެންތަ؟ ދާޔާ ކައިރި ދާނިޔަލް މިއަދު ހެނދުނު ކީ ދުއްވާލަން ދާވާހަކަ.. އެހެންވެ ނޫޅޭ އަންނާކަށް.. ބައްޕައާއި އެކީ ދެވެނިކޮށް އޭނާއަށް ބަރާބަރު ވާނެ.. ދާނިޔަލްވެސް ވެއްޖެ ދާޔާ ގޮވައިގެން ދުއްވާލަންށޭ ކިޔައިފަ ގޮސް..
އަދި މިއަދު އޭނާއަށް ސަޕްރައިޒް ގިފްޓެއް ގެންގޮސްދޭނަމޭ ކިޔައިގެން މި އުޅެނީ.. ހިނގާ އެހެން ވީއިރު އަހަރެމެން ޝޮޕިން ނިމޭހާއިރު ކޮށްފަ އެމީހުން ކައިރީ ބުނަން ރެސްޓޯރަންޓަކަށް ދާން.. އެއިރަށް އައުސްއަށް މީތި ދެވޭނީވެސް..” އެއްޗެހި ގަނެގެން ފިހާރައިން ނިކުންނަން އުޅެފައި އާލާ ބުނެލިއެވެ. ރުކާގެ ފުރިހަމަ ތާއިދު އެކަމަށް ލިބުމުން ފިހާރަތެރޭގައި ހުރެ އާލާ ދާނިޔަލްއަށް ގުޅާ އެވާހަކަ ބުނެލިއެވެ. އެޔަށްފަހު އަނެއްކާވެސް އެ ފިހާރައިން ނިކުމެ އެހެން ފިހާރައަކާއި ދިމާލަށް އެ ދެމީހުން މިސްރާބު ޖެހިއެވެ.
***
ދާނިޔަލް ކާރުގައި ދުއްވަމުން އައިސް ވަކި ހިސާބަކުން މަޑުކޮށްލިއެވެ. އެތާ ހުރި ފިހާރައެއް ތެރެއިން އޭނާއަށް ކަފަ ލޮލީތަކެއް ފެނުމުން ދާޔާއަށް އެ ކަމުދާނެކަމަށް ހީކޮށް އެ ގަންނަން ހިތަށް އެރިއެވެ. “ޕްރިންސެސް.. ކޮޓޮން ކޭންޑީސް ބޭނުންތަ؟” ދާޔާއާއި ދިމާލަށް މޫނު އަނބުރާލުމަށްފަހު ދާނިޔަލް އަހާލިއެވެ. އެވަގުތު ދާޔާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ އުޖާލާކަމާއިއެކު ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “ޔެސް.. ހޭންޑްސަމް ދާޔޫ އަށް ކޮޓޮން ކޭންޑީސް ގަނެދޭނަންތަ؟” މައުސޫމް ކަމާއެކު ދާޔާ އަހާލިއެވެ. އެވަގުތު ދާނިޔަލް އޯގާތެރި ހިނިތުންވުމަކާއެކު މަޑުމަޑުން ލޯ މަރާލަމުން އެކަމާއި އެއްބަސްވިއެވެ.
“ހިނގާ އެހެންވީމަ ކާރުން ފައިބަން ދޯ..” ދާޔާގެ ސީޓްބެލްޓް ނައްޓުވައިދެމުން ދާނިޔަލް ބުނެލިއެވެ. ދާނިޔަލް ދާޔާ އުރާލައިގެން ގޮސް އެ ބޮޑު ފިހާރަތެރެއަށް ވަނެވެ. އޭސީގެ ފިނިކަން އެ ދެމީހުންގެ ހަށިގަނޑުގައިވެސް ހިފާލިއެވެ. ހަވީރުގަޑިކަމުން ފިހާރަތެރޭގައި އިހުނަށްވުރެ މީހުން ގިނަކަމަށް ދައްކައެވެ. ދާނިޔަލް ކަފަ ލޮލީ ގަންނަންވެގެން ކައުންޓަރ ކައިރީ ހުއްޓިލުމަށްފަހު ދާޔާ ތިރީގައި ބަހައްޓާލިއެވެ. ދާޔާ އެއިރު ހުރީ ފިހާރައިގެ އެކި ތަންތަނަށް ނަޒަރު ހުއްޓާލާށެވެ.
އޭނާ އެހެން ހުރުމަށްފަހު ފިހާރައިން ނިކުންނަށް ދިޔަ މުސްކުޅި ދައިތައެއް ފެނި ދަތްތައް ފެންނަ ވަރަށް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެ ކުޑަކުއްޖާގެ މައުސޫމްކަމާއިހުރެ އެ ދައިތަވެސް ނުހަނު ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލައިފައި ފިހާރައިން ނިކުތެވެ. ފިހާރަތެރޭގައި ހުރި ދާޔާގެ ނަޒަރު ހުއްޓިފައިވަނީ އެ ދައިތައަށެވެ. އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އޭނާ ކުއްލިއަކަށް ފިހާރައިން ނިކުތީ އެ މުސްކުޅި ދައިތަ އަތުގައި ހުރި ބާޒާރު ކޮތަޅުތައް ބިންމައްޗަށް ވެއްޓި އެ އެއްޗެހިތައް ނަގަން އެ ދައިތަ ތިރިވެލި ވަގުތުއެވެ.
ކައުންޓަރ ކައިރީ ހުރި ދާނިޔަލް ކަފަ ލޮލީއަށް ފައިސާ ދެއްކުމަށްފަހު އޭތި ހިފައިގެން ދާޔާހުރި ދިމާލަށް އެނބުރިލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފޭދިގެން ގޮސް މުޅި މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައީ ދާޔާ ބެހެއްޓި ތާނގައި އޭނާ ނެތުމުންނެވެ. ފިހަރައިގެ އެކި ދިމަ ދިމާލަށް ނަޒަރު ހިންގަމުން ދިޔަ އިރު ދާނިޔަލްގެ ހިތް ހީވަނީ މޭފަޅައިފައި ނިކުމެދާނެހެންނެވެ. އެ ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ވާކަށް ދާނިޔަލް ނޭދެއެވެ. އެ ދަރިފުޅަކީ އޭނާގެ ދެލޮލުގެ ނޫރެވެ. މުޅި ދިރިއުޅުމުގެ އެއްބައެވެ. ދާނިޔަލް ދާޔާދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ވީއިރު ދާޔާގެ ބައްޕައަށް ވެ ހުރެ ދަރިފުޅަށް ދެރައެއް ވާން އޭނާ އެދޭނެހެއްޔެވެ؟ އަދި އެ މައުސޫމް ދަރިފުޅަށް ކަމެއް ވެއްޖެނަމަ އޭނާއަށް ކެތްކުރަން ހާދަ ދަތިވާނެއެވެ.
“ދާޔާ..” ވައި އަޑުން ދާޔާގެ ނަން ކިޔާލުމަށްފަހު ދިގު ފިޔަވަޅުތަކެއްގައި އޭނާ ފިހާރައިން ނިކުތެވެ. އެޔަށްފަހު ފިހާރައިގެ ދެކޮޅަށް ނަޒަރު ހިންގާލީ ހާސްކަމާއެކުއެވެ. އެއިރު އޭނާގެ ދެބުމަ ގާތްވެފައި ވާއިރު ނިތްމަތިން ކޮންމެވެސް ވަރަކަށް ދާހިތްލަން ފަށައިފައިވެއެވެ. ﷲގެ އިރާދަފުޅުން އެ ފިހާރައިގެ ދޮރުމަތީގައި ހުރި ދާނިޔަލްއަށް އެތަނާއި ދެތިން ފޫޓު ދުރުގައި ހުރި ދާޔާ ލޮލުގައި އަޅައިގަތެވެ. ދާޔާ އުޑަފައިން ތިރިވެގެން އިން އިރު ކޮންމެވެސް އަންހެނަކަށް އޭނާ އެހީތެރިވަމުން ދިޔައެވެ. ހީވާގޮތުން އެއްޗެހިތަކެއް ނަގައިދެނީއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ދާނިޔަލް އަވަސް އަވަހަށް އެދެމީހުންނާ ގާތަށް ދިޔައެވެ.
“ދާޔާ..” ދާޔާއާއި އޭނާ ގާތުގައި އިން މުސްކުޅި ފުރައިގެ އަންހެން މިހާ ގާތަށް ހުއްޓިފައި ދާނިޔަލް ބުނެލިއެވެ. އެ އަޑުގައި ވަނީ ހާސްކަމާއި ބިރުވެރިކަމެވެ. “ބައްޕީ..” ހިނިތުންވެލަމުން މައުސޫމް ރާގެއްގައި ދާޔާ ބުނެލިއެވެ. “ކީއްވެ ބައްޕި ގާތު ނުބުނެ ފިހާރައިން ނިކުތީ.. ދާޔޫއަކަށް ނޭނގޭތަ ބައްޕި ހާސްވާނެ ވަރެއް.. ޕްރިންސެސްއަށް ކަމެއް ވެއްޖިއްޔާ ބައްޕި ކިހިނެތް ހަދާނީވެސް؟” ދާޔާއާއި އެއްހަމައަކަށް ތިރިވަމުން ދާނިޔަލް ވާހަކަ ދެއްކި އިރު އޭނާއަށް ވާހަކަ ދެއްކުނީވެސް އިހުނަށްވުރެ ބާރަށެވެ. ހާސްވެފައި ހުރިވަރުން ކަމަށް ވެދާނެއެވެ. ދާޔާ ހުރީ މަޑުމައިތިރިކަމާއެކު ހައިރާންވެފައި ދާނިޔަލްގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ސޮރީ ބައްޕީ..” އޭނާގެ ދެކަންފަތު ފޫޅުގައި ހިފާލަމުން ދެރަވެލައިފައި ދާޔާ ބުނެލިއެވެ. ދާނިޔަލްއަށް ހަމަޖެހެވުނީ އެވަގުތުއެވެ. އޭނާއަށް ދެންމެ ވާހަކަ ދެއްކުނީ މާ ބާރަށްކަން ރޭކާލުމުން ދެރަވެސް ވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެ ދަރިފުޅު ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ދާޔާއަށް ދެރައެއް ލިބުމަށް ނޭދޭތީވެ އެގޮތަށް ވާހަކަ ދެއްކުނީއެވެ. “އިޓްސް އޯކޭ ޕްރިންސެސް.. އެކްޗުއަލީ އައި އެމް ސޮރީ.. ބައްޕި މާބޮޑަށް ހާސްވީމަ އެހެން ވާހަކަ ދެއްކުނީ އިނގޭ.. ދެން އެގޮތަށް ނަހަދައްޗޭ.. އެކަނި އެއްވެސް ތާކަށް ނުދައްޗޭ އިނގޭ.. އެއިރުން ޕްރިންސެސް ގެއްލިއްޖެއްޔާ މަންމިއާއި ބައްޕި ވަރަށް ސޭޑް ވާނެ..” ދާޔާގެ ކުޑަ ކުޑަ ހަށިގަނޑުގައި ބައްދާލަމުން ދާނިޔަލް ބުނެލިއެވެ. އެއަށްފަހު ދާޔާ އޭނާއާއި ދުރުކޮށްލައިފައި އެ ނިތަށް ނުހަނު ލޯތްބާއިއެކު ބޮސްދިނެވެ. ދާޔާ ބޯ ޖަހާލީ ދާނިޔަލް ދެއްކި ވާހަކަ ޤަބޫލު ކުރާ ފަދައަކުންނެވެ.
ދާނިޔަލްއާއި ދާޔާއާއި ދެމެދު ހިނގާދިޔަ ހުރިހާކަމެއް ބަލަން އިން މުސްކުޅި ދައިތަ އިނީ ހައިރާންކަމުގެ ދުނިޔެއެއްގައެވެ. ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން އޭނާއަށް ފެންނަމުން ދިޔަ ނަމަވެސް އޭނާ ހައިރާންވީ ކުރިމަތީގައި އިން ޒުވާނާ ފެނިފައެވެ.
ކައިރީގައި އިން ދައިތައަށް ސަމާލުކަން ދޭން ދާނިޔަލްއަށް ހަނދާންވީ މާ ފަހުންނެވެ. އެ ދައިތައާއި ދިމާލަށް ބަލައިލި އިރު އެ ދައިތަވެސް އިނީ ކަޅި ޖަހާނުލައި ދާނިޔަލްއަށް ބަލަންށެވެ. އޭނާ އެ ދައިތައަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “އަސްލު ދާޔޫ އައީ މި މާމައަށް ހެލްޕް ވެދޭންށޭ.. މާމަ ހިނގައިފަ އަންނަނިކޮށް ކޮތަޅުތައް ވެއްޓުނީ.. އެހެންވެ ދާޔޫ އެ އެއްޗެހި ނަގައިދޭން މި އައީ..” ދާޔާ ވާހަކަ ދެއްކިއެވެ. ދާނިޔަލް އެހެން ހެއްޔޭ ކިޔައި ދާޔާގެ ކޮލުގައި ހިފާލީ އުފަލުން ހުރެއެވެ.
އެ ދައިތައަށް ހޭވެރިކަމެއް ވުމުން ކޮޅަށް ތެދުވެލިއެވެ. ދާނިޔަލްވެސް ތެދުވެލިއެވެ. “ވަރަށް ލޯބި ލޯބި ކުއްޖެއް މިއީ..” ދާޔާގެ ކޮލުގައި ފިރުމާލަމުން އެ ދައިތަ ބުނެލިއެވެ. އެމީހާ ފެނުމުން ދާނިޔަލްއަށް ގާތްމީހަކާއި ވައްތަރު ގޮތެއް ހުންނަ މީހެއް ހެން ހީވިއެވެ. ނަމަވެސް މާބޮޑަކަށް ފާހަގައެއް ނުވިއެވެ. ދާޔާގެ މޫނުން ނަޒަރު ވަކި ކޮށްލުމަށްފަހު އަނެއްކާވެސް ދާނިޔަލްއަށް ބަލައިލިތަނުން އެމީހާއަށް ހުރެވުނީއެވެ. “ދެވިދާނެތަ ދައްތަމެން ގެއަށް.. ކުޑަ ވަގުތުކޮޅަކަށް ވިޔަސް.. މިތާ މަގުމަތީގަ ވާހަކައެއްވެސް ނުދެއްކޭނެއްނު.. ކުޑަކޮށް ވާހަކަ ދައްކާލަން ބޭނުން..” އުންމީދީ ގޮތަކަށް އެ ދައިތަ ދާނިޔަލް ގާތު އެދުނެވެ. ދާނިޔަލްއަށް ދޭންވީ ކޮން ޖަވާބެއްކަން ނޭނގުނެވެ. އެހެންކަމުން އޭނާގެ އަތުގައި ހިފާލައިގެން ހުރި ދާޔާގެ މޫނަށް ބަލައިލިއެވެ. އޭނާ ހުރީ ހެވި ދިލިފައެވެ. ނުދަންނަ މީހެއްކަމުން ކުޑަކޮށް ފަސްޖެހުނު ނަމަވެސް އޭނާ އެކަމާއި އެއްބަސްވެލިއެވެ.
“އާދޭ އެހެންވިއްޔާ ދައްތައާއި އެކީ.. މިތާ ކައިރީގަ އިންނާނީ ދައްތަމެން ގޭ..” އެދައިތަ އެހެން ބުނެ ކުރީގައި ހުރެގެން ހިނގައިގަތެވެ. މަގުމަތީގައި މީހުން ހިނގާބިނގާވެ އުޅޭތީ ދާނިޔަލް ދާޔާ އުރާލީ އެންމެ ފަސޭހަވާނީ އެގޮތް ކަމުގައިވާތީއެވެ. އެ ދައިތަގެ ފަހަތުން ދިޔަ ދާނިޔަލްއަށް ހުރި ފިޔަވަޅު މައްޗަށް ގަނޑުވެވުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އެތާ އެހުރީ އޭނާ އެތަށް އަހަރެއް ވަންދެން އެގެއެއްގައި ދިރިއުޅުނު އޭނާގެ ގެއެވެ. އޭނާގެ މަންމައާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރި ގެއެވެ. އެތަކެއް ފޮނި ހަނދާންތަކާއި ހިތާމަވެރި ހަނދާންތަކެއް ވަޅުލެވިފައިވި ގެއެވެ. ދާނިޔަލްގެ ލޮލުން ކަރުނަ ތިއްކެއް ނީރާލީ އިޚްތިޔާރުން ބޭރުގައެވެ. އޭނާގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. “ބައްޕީ.. ހިނގާބަލަ.. އެޔޮށް ދަނީ އެ މާމަ މިހާރު..” ދާނިޔަލްއަށް ހޭވެރިކަމެއް ވީ ދާޔާގެ އަޑަށެވެ. ދާޔާއަށް ނޭނގޭނެހެން ސިއްރުން ކަރުނަތިކި ފުހެލައިފައި އޭނާ ކުރިޔަށް ދިޔައެވެ. ދާޔާ އިނީ އޭނާގެ އެއް އަތުން ފިޔާތޮށިކުލައިގެ ކަފަލޮލީ ހިފަހައްޓާލައިގެންނެވެ.
ދާނިޔަލްގެ ހައިރާންކަން އިތުރުވީ އެ ދައިތަގޮސް އެގެއަށް ވަނުމުންނެވެ. އިރުކޮޅެއްގައި ބޭރުގަ މަޑުކޮށްގެން ހުރުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ އެތެރެއަށް ވަނީ ބޮލުގައި ސުވާލުމާކުތައް ޖަހައިގެން ހުރެއެވެ. ދާނިޔަލްއަށް މުޅި ގެއަށް ނަޒަރު ހިންގާލެވުނެވެ. ގެ ވަނީ ކުރިއެކޭ އެއްފަދައިން ސާފުކޮށްފައެވެ. ގޭގެ ހަލާކުވެފައި ހުރި ބައެއް ތަންތަން ވަނީ ކޮންމެވެސް ވަރަކަށް މަރާމާތުކޮށްފައެވެ. އެހެންކަމުން ކުދި ކުދި ބަދަލުތައް ފެންނަން ހުއްޓެވެ.
“އާދޭ މިތާ އިށީންނަން.. ދައްތަ އަންނާނަން ޖޫސްތައްޓެއް ހިފައިގެން..” ޖޯއްޔަށް އިށާރާތްކޮށްލަމުން އެދައިތަ އެހެން ބުނެލީ ހިތްހެޔޮކަމާއެކުއެވެ. “ފެންތައްޓެއް އެންމެ ރަނގަޅުވާނެ ދައްތާ.. މިގަޑީގަ ޖޫސްތައްޓެއް ނުބުއިޔަސް އެންމެ ރަނގަޅުވާނެ..” ދާނިޔަލް ހެވިލައިފައި ބުނެލުމުން އެ ދައިތަ ގޭތެރެއަށް ވަނެވެ. ދެން ނިކުމެގެން އައީ އަތުން ފެންތައްތެއް ހިފައިގެންނެވެ. “ކޮއްކޮއަށް ކިޔަނީ ކޮން ނަމެއްތަ؟” އެ ދައިތަ ދާނިޔަލްއާއި ވާހަކަ ދައްކަން ފެށިއިރު ދާޔާ އެގޭގައި ހައްދާފައި ހުރި ގަސްތަކެއް ކައިރީގައި އުޅުނެވެ. “ދާނިޔަލް..” ހިނިތުންވެލަމުން ދާނިޔަލް ބުނެލިއެވެ. އަދި ކިހނެތް ވެގެންތޯ އޭނާއާއި ވާހަކަދައްކަން ބޭނުންވީ ސުވާލުކޮށްލިއެވެ.
“ދައްތަ ދަންނަ މިހަކާއި ވަރަށް ބޮޑަށް ވައްތަރުކަމުން.. ހަމަ އޭނާގެ މޫނު ދާނިޔަލްގެ ތިހުރީ.. އެއްވެސް ތަފާތެއް ނެތް.. އިސްކޮޅުވެސް ހަމަ އެ އިސްކޮޅު.. މޫނުމަތިވެސް.. އެ ދޮންކަން.. އެ ދެބުމަ.. އަދި އެ ދެލޯ.. އަދީލް ކިޔާ މީހަކާއި ވައްތަރުކަމުން ދައްތަ ދާނިޔަލްއާއި ވާހަކަ ދައްކާލަން ބޭނުންވީ..” ދާނިޔަލް ބޯން އިން ފެންތަށި ކުއްލިއަކަށް ދުރުކޮށްލެވުނީ އޭނާ ކޮށި އެރުމުންނެވެ. ނުވެސް ދަންނަ މީހަކު އޭނާގެ ބައްޕަގެ ނަން ބުނުމުން އެހެން ވެދާނެ ނޫންހެއްޔެވެ؟
އެއީ އެހެން އަދީލްއަކަށް ވެސް ވެދާނެ ނޫންހެއްޔެވެ؟ ދާނިޔަލް އޭނާގެ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް ވެފައިވާ ހާސްކަން ކުޑައެއް ނޫނެވެ. “ކޮ.. ކޮން އަދީލް އެއް؟ މުޙައްމަދު އަދީލް މަނިކުތަ؟” ދާނިޔަލްއަށް ވީގޮތްފެނި ހައިރާންވެފައި އިން ދައިތަ ގާތުގައި ދާނިޔަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ. “ދައްތައަކަށް ނޭނގެ ފުރިހަމަ ނަމެއް.. އޭނާއަކީ އަދީލެއް ކަން އިނގެނީ.. ވެދާނެ ތިހެން ކަމަށްވެސް.. އޭނާގެ ނަމުގެ ފަހަތުގަ އެ އިން މަނިކުގެ ސަބަބުން އެބަ ހީވޭ އެއީ އޭނާހެން.. ދައްތަ މިކިޔާ އަދީލްގެ ބައްޕައަކީވެސް މަޝްހޫރު ވިޔަފާރިވެރިއެއް.. އޭނާގެ ނަމަކީވެސް މަނިކު.. އަދީލްއަކީ ދައްތަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ފިރިމީހާ.. ދައްތައާއި ދައްތަގެ ފިރިމީހާގެ ނުގަބޫލުގަ ދަރިފުޅު އަދީލްއާއި ކައިވެނިކޮއްގެން ދިޔައީ.. އެފަހުން އަދި އަދށް ދާންދެންވެސް އޭނާގެ ޚަބަރެއް ނުވޭ.. މިހާރު ދެރަވޭ އެއިރު ނުގަބޫލު ވެވުނީތީ.. ދައްތަމެން ބިރުގަތީ އަދީލް މުއްސަންޖަކަށް ވުމުން އެ ދަރިފުޅު ފަހުން ނިކަމެތި ކޮށްލަފާނެތީވެ.. އެހެންވެ އެއިރު އެކަމާއި ދެކޮޅުހެދީ.. އެކަމަކު ކިހިނެތް އިނގޭނީ.. ނޭނގެ މިހާރު އެ ދަރިފުޅު އުޅޭނެ ޙާލެއްވެސް.. އަދީލްއަކީ ގޯސް މީހަކަށް ވެއްޖިއްޔާ ދުވަހަކުވެސް އަހަރެން އޭނާއަށް މައާފެއް ނުކުރާނަން..” އެ ދައިތަ އަސަރާއެކު ވާހަކަ ދައްކާ ނިންމާލިއިރި ދާނިޔަލްއަށް އިނދެވުނީ ގަބުވެފައެވެ. އެ ދައިތަ ދައްކަމުން ދިޔަ ވާހަކަ ޤަބޫލު ނުކުރެވިފައެވެ.
އޭނާގެ ހިތުގެ ކަނަކުން އެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް އެ ދައިތައާއި ކުރުމަށް ގޮވަމުން ދިޔައެވެ ދާނިޔަލްގެ ސިކުނޑީގައި ދިޔައީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދެމުންނެވެ. “ދައްތަގެ ދަރިފުޅަށް ކިޔަނީ ކޮން ނަމެއް؟” ނޭވާ ހިފަހައްޓާލަމުން ދާނިޔަލް އެހެން އަހާލި އިރު އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔަ އިރު ދާނިޔަލްގެ ދެއަތްވެސް ދާހިތްލަމުން ދިޔައެވެ. “އާލިމާ..” ދާނިޔަލްއަށް އިންތަނުން ކުއްލިއަކަށް ތެދުވެވުނެވެ. ތަޤުދީރުގެ ނިންމެވުން ބަލައިބަލާށެވެ. ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އެތަށް ދުވަހަކަށްފަހު އޭނާއަށް އޭނާގެ މަންމަފަރާތު އާއިލާއާއި ބައްދަލުވެއްޖެއެވެ. ދާނިޔަލްގެ ލޮލުން ކަރުނަތައް ހޯސްލައިފައި ފައިބައިގަތެވެ. އެ ދައިތަ އިނީ ސުވާލުގެ ނަޒަރަކުން ދާނިޔަލްއަށް ވަމުން ދިޔަ ގޮތް ބަލާށެވެ. އަވަސް އަވަހަށް ދެލޮލުން ފޭބި ކަރުނަތައް ފުހެލައިފައި އެ ދައިތަ ކުރިމަތީގައި ދެކަކޫ ޖަހާލަމުން ދާނިޔަލް އިށީނެވެ. “ދައްތަގެ ދަރިފުޅަށް ކިޔަނީ އައިމިނަތު އާލިމާތަ؟” އަދިވެސް އިތުރަށް ޔަގީންކުރުމުގެ ނިޔަތުގައި ދާނިޔަލް އެހިއެވެ. އެ ދެލޮލުގައި އެއިރުވެސް މުތީތަކެއްފަދަ ކަރުނަތައް ވިދަމުން ދިޔައެވެ. ހައިރާންކަން އެކުލެވިގެންވީ ނަމަވެސް އެ ދައިތަ މަޑުމަޑުން ބޯ ޖަހާލީ ދާނިޔަލް ބުނެލި ވާހަކައާއި އެއްބަސްވެލަމުންނެވެ.
އެހިނދު އަނެއްކާވެސް އޭނާގެ ދެލޮލުން އިޚްތިޔާރެއްނެތި ކަރުނަތައް އޮހޮރިގެން ދިޔައެވެ. “މާމާ..” ވައި އަޑުން ދާނިޔަލް އެހެން ބުނެ އޭނާ ކުރިމަތީގައި އިން އޭނާގެ މާމަ ކަމުގައިވާ ފާތުމަގެ ދެއަތް ނަގައި އެ ދެއަތުގައި ބޮސް ދިނެވެ. އެއަށްފަހު އެ ދެއަތްތިލައިގައި އޭނާގެ މޫނު ޖައްސާލިއެވެ.
ދާނިޔަލްގެ ދުލުން ނިކުތް ބަސް އަޑުއިވިފައި ފާތުމަ އިނީ ޝޮކެއްގައެވެ. ބުނާނެ ބަހެއް ނޭގިފައި ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާގެ ސިކުނޑީގައި ދިޔައީ ސުވާލތައް ފުނިޖެހެމުންނެވެ. ގަބުވެފައި ފާތުމައަށް އިނދެވުނީއެވެ. އެއިރުވެސް ދާނިޔަލްގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔަ އިރު އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުރީ ހިތާމައާއި މާޔޫސްކަމެވެ. “އާނ މާމާ.. މިއީ ތި މާމަގެ މާމަ ދަރިފުޅު.. މާމަގެ ދަރިފުޅު އާލިމާގެ ހުރި ހަމައެކަނި ދަރިފުޅު ދާނިޔަލް..” ދާނިޔަލް އެހެން ބުނެލި އިރު އޭނާގެ އަޑުގައި އެތަށް ހާސް ވޭނެއް ވާކަން ދޭހަވަމުން ދިޔައެވެ. އެ ހިތް ﷲއަށްޓަކައި އެތަށް ހާސްފަހަރެއް މަތިން ޙަމްދުކުރަމުން ދިޔައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.
“ކީކޭ؟ އާލިމާގެ ދަރިފުޅޭ؟” ފާތުމަ ހައިރާންކަމާއި ސިހުމާއެކު ސުވާލުކޮށްލުމުން ދާނިޔަލް މަޑުމަޑުން ބޯ ޖަހާލިއެވެ. ފާތުމަ މަޑުމަޑުން އޭނާގެ އަތް ގެންގޮސް ދާނިޔަލްގެ ބޮލުގައި ފިރުމާލިހިނދު އޭނާގެ ލޮލުން ކަރުނައެއް ނީރާލިއެވެ. އޭނާގެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ދިޔަ އިރު ފާތުމައަށް ގިސްލެވެން ފަށައިފިއެވެ. ދާނިޔަލް ގައިގައި ބައްދާލި އިރު ފާތުމަގެ ހިތަށް ވަނީ ފުން އަސަރެއް ކޮށްފައެވެ. ދުރުގައި ހުރި ދާޔާއަށް އެ މަންޒަރު ފެނުމުން ވާނުވާ ނޭނގި ހުރިޙާލު މަޑު ފިޔަވަޅުތަކެއްގައި އައިސް އެތާ ހުއްޓިލިއެވެ. އެއިރު އޭނާގެ ބައްޕައާއި އެއްކަލަ ދައްތައާއި ދެމީހުން ރޯތަން ފެނުމުން ދާޔާގެ ހިތަކަށް ކެތެއް ނުވިއެވެ.
އޭނާގެ ދެތުންފަތަށް މަޑުމަޑުން ފިއްތާލިއެވެ. “ޑެޑީ؟ ޑެޑީ ރޮނީ ކީއްވެ؟” ދާޔާ ތުން ފިއްތާލައިގެން ހުރެފައި މަޑުމަޑުން ސުވާލުކޮށްލި އިރު އެ ދެލޯ ފުރި ކަރުނައިން ބަންޑުންވަނީއެވެ. އޭނާގެ ބައްޕަ އެގޮތަށް ރޯތަން ފެނުމުން އޭނާއަށްވެސް ކެތެއް ނުވިއެވެ. ފާތުމައާއި ދުރުވެލަމުން ދާނިޔަލް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. “ދާޔޫ.. ޑެޑީއަށް ޑެޑީގެ މާމަ ލިބުނީމަ މާ ބޮޑަށް އުފާވީ.. އަދި ކުރިން ނުފެނުނީމަ ދެރަވީ.. ދާޔޫއަށް އިނގޭތަ؟ މިހުރީ ޑެޑީގެ މާމައޭ.. ޕްރިންސަސްގެ ގްރޭޓް ގްރޭންޑްމާ..” ދާނިޔަލް އަވަހަށް އޭނާގެ ދެލޯ ފުހެލަމުން ބުނެލިއެވެ. “އައްދޭ.. ޕްރިންސެސް ރޮނީތަ؟ ޝްޝްޝް.. އެއްވެސް ކަމެއް ނުވެޔޭ..” ދާޔާގެ ދެލޯ ފުހެލައިދެމުން ދާނިޔަލް ވަރަށް ލޯބިން ބުނެލިއެވެ. އެޔަށްފަހު ދާޔާ އޭނާއާއި އިތުރަށް ގާތްކޮށްލިއެވެ. ދާޔާ ހުރީ އެއިރު ފާތުމައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފާތުމަވެސް ހުރީ އޭނާގެ މުނި މާމަ ދަރިފުޅާއި ދިމާލަށް ނުހަނު ލޯބިން ބަލަހައްޓައިގެންނެވެ.
“ދަރިފުޅާ..” ދާޔާގެ ބޮލުގައި ފިރުމާލަމުން ވަރަށް އޯގާތެރިކަމާއެކު ފާތުމަ ބުނެލިއެވެ. އެޔާއިއެކު އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. ގައިމު އޭނާއަށް އާލިމާ އެހާ ދުރުނުކޮށްލެވުނު ނަމަ މިއަދު އެ އާއިލާ އުޅުނީހީ ކިހާ އުފާވެރިކަމާއެކުގަ ހެއްޔެވެ؟ އޭނާއަށް އޭނާގެ މާމަ ދަރިފުޅު ފުރަތަމަ ފަހަރަށް ލޮލަށް އެ ފެނުނީވެސް އެ މާމަދަރިފުޅަށް ދަރިއެއް ލިބުނު ފަހުންނެވެ. ނަމަވެސް ނަމަނަމައިގެ ކެކޭނެ ރިހައެއް ނޯންނާނެއެވެ. ފާތުމަގެ ދަރިފުޅުގެ ޙާލަކީ ކޮބައިކަމެއްވެސް އެނގެނީކީ ނޫނެވެ. ކުރިން ކަންތައް ކުރެވުނު ގޮތާމެދު ފާތުމަގެ ހިތުގައި ޝަކުވާ އުފެދި ދެރަވިއެވެ.
“ކޮބާތަ ދަރިފުޅު މަންމަ؟ މާމަ މިހުރީ މަންމައާއި ވާހަކަ ދައްކާލާހިތުން ކެތްމަދުވެފަ.. އެ ދަރިފުޅާ ދުރުގަ ހުއްޓަސް ހުރީ ހިތާއި ދެކޮޅަށް.. ކޮންމެ ދުވަހަކު އެ ދަރިފުޅަށް އިންތިޒާރު ކުރެވޭ.. އެހެނަސް އެއީ ހަމަ މާމަމެން އަމިއްލައަށް ލިބިގަތް ވޭނެއް.. އެދުވަހު މަންމަ ބޭނުންވިގޮތަށް ކަންތައް ކޮށްދިން ނަމަ އެގޮތަށް ކަން ވެދިޔަ ނުދިޔައީސް.. ފަހުން މަންމަ އައީމަވެސް މާމަމެން އަމިއްލައަށް މަންމަ ފޮނުވާލީ.. މާމަމެންގެ ދެން ހުރީ ފިރިހެން ކުއްޖެއް.. އޭނާ ޅައިރު ނިޔާވެއްޖެ.. އޭނާ އެއީ ދާނިޔަލްގެ މަންމަގެ ކޮއްކޮ..” ފާތުމަ މާޔޫސްކަމާއެކު މާޒީގެ ވާހަކަ ކިޔައިދިނެވެ. “މަންމަ… މަންމަ ނެތް.. މީގެ އެތަށް އަހަރެއް ކުރިން މަންމަ މި ދުނިޔެ ދޫކޮށްފި.. ބައްޕަވެސް..” ދާނިޔަލް އިސްދަށަށް ޖަހާލަމުން ބުނެލި ވާހަކައާއި އެކު ފާތުމައަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
މަޑުމަޑުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ގިނަވެ ގިސްލުމަކަށް ބަދަލުވިއެވެ. އެއަށްފަހު އެ ގިސްލުން ގަދަވެ މުޅި ތަނުގައި ހިފާލީ ފާތުމަގެ ވޭނީ ރުއިމުގެ އަޑެވެ. ނަމަވެސް ކުރާނީ ކީތް ހެއްޔެވެ؟ ތަޤުދީރު ބަދަލެއް ނުވާނެވެ. އެއީ މިހާރު ވެ ނިމިފަ އޮތް ކަމެކެވެ. އަލުން އެ ދުވަސް އަނބުރާ ނައަންނާނެއެވެ. ﷲ އޭނާއަށް ދެއްވި އެ ބޮޑު ނިޢުމަތަށްވެސް އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ނުގެންގުޅެވުނެވެ. އެ ނިޢުމަތަށް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ނުވެވުނެވެ. އަންހެން ދަރިން ވަކި މީހަކާއި ކައިވެނި ކުރަން ބާރު ނައަޅަން އިސްލާމްދީނުގައި އަންގަވާފައި ވާއިރު ފާތުމަމެން ކުރިން ހުރީ އެކަން ކުރުމަށް ފައި ވިއްދާލައިފައެވެ. އެމީހުން ބޭނުންވީ އަދީލްއާއި ކުރެވެން އޮތް ކައިވެނި ހުއްޓުވައި ފަހުން އެހެން މީހަކާއި އާލިމާގެ ކައިވެނި ކުރުވާށެވެ. ނަމަވެސް އެކަން އެހެނެއް ނުވިއެވެ. އެންމެފަހުން އޭނާގެ ދަރިފުޅު އޭނާ ދޫކޮށް ދާން މަޖުބޫރުކުރުވީވެސް ހަމަ އޭނާއާއި އޭނާގެ ފިރިމީހާއެވެ. މިއަދު އެ ދަރިފުޅު މިދުނިޔެ ދޫކޮށް އެދިޔައީ އޭނާއަށް ނުވެސް އެނގި ހުއްޓައެވެ. މިއަދު އެކަމާއި ކިތަންމެހާވެސް ދެރަވެއެވެ. ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް އެ ވިސްނުނީ ވަގުތު ފާއިތުވީފަހުންނެވެ.
ދާނިޔަލް ފާތުމައަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ދާޔާ އިނީ ފާތުމަ އެގޮތަށް ރޯތީ ނުހަނު ދެރަވެފައެވެ. އެފަކީރު ކިރިޔާ ނުރޮވޭ ވަރެއްގައި އިން އިރު ދާނިޔަލްގެ ކަރުގައި ބައްދާލައިގެން އޭނާގެ ކޮނޑުގައި ބޯ އަޅާލއިގެން އޮތެވެ. “މާމާ.. ދެން މަންމަ އަނބުރާ ނައަންނާނެ.. މާމާއަށް ދެން އޮތް ފުރުސަތަކީ މަންމައަށްޓަކައި ހެޔޮ ދުޢާކުރުން.. އެ ފުރުސަތު ނަގާނުލައި.. މި އޮތް ވަގުތުގައިވެސް މަންމައަށްޓަކައި ހެޔޮ ދުޢާ ކޮށްދީ.. މަންމައަށް ބޭނުންވަނީ މާމަމެންގެ ހެޔޮ ދުޢާ.. ބައްޕައަށްވެސް.. އެކަންތައް މާމަ ކޮށްދީ.. މިދުނިޔެއިން ދެން ދިމާނުވި ނަމަވެސް ސުވަރުގެއިން ބައްދަލުވޭތޯ ދުޢާ ކޮށްދީ..” ކަރުނަވީ ދެލޮލާއެކު ދާނިޔަލް ބުނެލިއެވެ. ހިތްވަރު ކޮށްލައިފައި ފާތުމަ އޭނާގެ ދެލޯ ފުހެލަމުން ބޯ ޖަހާލިއެވެ.
“މާމާ.. ކާފަ ކޮބައި؟” ފާތުމަ ގާތުގައި އިން ޖޯލީގައި އިށީންދެލަމުން ކޮޅުކޮޅު ހޯދާލައިފައި ދާނިޔަލް ސުވާލުކޮށްލިއެވެ. “ކާފަ ވެސް ވަނީ މީގެ ދެ އަހަރު ކުރިން ނިޔާވެފަ.. ހުމެއް އައިއްސަ ހޮސްޕިޓަލުގަ އޮވެ އޮވެފަ ދެން ނިޔާވީ..” ހިތްދަތިކަން އެކުލެވިގެންވީ ހާލު ފާތުމަ ބުނެލިއެވެ. އޭނާގެ ޢާއިލާގެ އެންމެން މިއަދު މި ދުނިޔެ ދޫކޮށްފިއެވެ. އޭނާއަށް ދެން ކިހާ ހިތްދަތިކަމެއް ލިބޭނެ ހެއްޔެވެ؟
ފާތުމަގެ އެ ކުރު ޖުމުލައާއިއެކު ދާނިޔަލްގެ ހިތަށް އިތުރު ވޭނެއް ލިބިގެން ދިޔައެވެ. އާލިމާގެ އާއިލާގައި މިހުރީ ފާތުމަ އެކަންޏެވެ. ދެން ހުރި އެކަކާއިވެސް އޭނާއާއި ބައްދަލުނުވިއެވެ. ނަމަވެސް އެވަރުންވެސް އޭނާއަށް ފުދެއެވެ. ކިތަންމެ ދެރަވީ ނަމަވެސް މި ނިންމެވުމުގެ ފަހަތުގައިވެސް ކޮންމެވެސް ހެވެއް ވާނެކަން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ ހުރިހާކަމަކަށް އެންމެ ކުޅަދުންވަންތަ ރަސްކަލާންގެއެވެ. އަދި އެކަލާންގެއީ ހުރިހާކަމެއް އެންމެ މޮޅަށް ރާއްވަވާ ރަސްކަލާންގެއެވެ.
“މާމާ.. މިގެއަށް އާދެވުނީ ކިހިނެތް؟ ކޮން އިރަކު މިގޭގަ އުޅެން ފެށީ؟” މިއޮށް ހުރިހާއިރު އޭނާގެ ހިތުގައި އެނބުރެމުންދިޔަ ސުވާލު އެންމެފަހުން ދާނިޔަލް ކޮށްލިއެވެ. އޭނާގެ އުނގުގައި އިން ދާޔާ އިނީ އެއިރު ދާނިޔަލްގެ ފޯނުން ގޭމެއް ކުޅޭށެވެ. ފާތުމަވެސް މިހާރު އިނީ ހަމައަކަށް އެޅިފައެވެ. “މީގެ ގާތްގަނޑަކަށް ހަތަރު ފަސްވަރަކަށް އަހަރު ކުރިން މާމަމެން މިގެއަށް އައީ.. އެއީ އެއިރު އުޅުނު ގޭގެ ވެރިމީހާ އެތަން ބޭނުންވާކަމަށް ބުނީމަ.. ދެން މާމަމެން ހަދާނެ ގޮތް ހުސްވި.. އެޕާޓްމެންޓްތައް ކުއްޔަށް ހިފާނެހާ ފައިސާއެއް ނެތް މާމަމެން އަތަކު.. ދެން ގޮތް ހުސްވެގެން އެތަން މިތަން ބަލަނިކޮށް ފެނުނު ފަޅު ގެއެއް މީ.. ވަރަށް ހަޑިކޮށް ޖަންގަލި ހެދިފަ އެއިރު މި ގެ ހުރީވެސް.. މާމަމެން ދެން މިގެއަށް ބަދަލުވެ ތަނަވަސްކަން ހުރި މިންވަރުން މި ގެ މަރާމާތުކޮށްގެން އުޅެން ފެށީ.. އަވައްޓެރިން ކައިރީ އަހާލީމަ ބުނީ މީގެ އެތައް އަހަރެއް ކުރިން މިގޭ ވެރިމީހާ މަރުވީއޭ.. ދެން އޭނާގެ ދަރިފުޅުވެސް އެފަހުން ނޫޅެއޭ މިގޭގަ.. އެ ދެމައިން އެކަންޏޯ މިގޭގަ އުޅޭތަން ފެންނަނީވެސް.. އެހެން އެއްވެސް މީހަކު ނޫޅެޔޯ..” ފާތުމަ ވާހަކަ ދައްކާ ނިމުމުން ދާނިޔަލް އެއް މިޔަކަނުން ހިނިތުންވެލިއެވެ.
“އިއްތިފާގު ދޯ.. ހެހެ.. ﷲގެ ކުޅަދުންވަންތަކަށް ބަލާބަލަ މާމާ.. މިއީ އަޅުގަނޑުމެން އުޅުނު ގެ.. ތެދެއް.. އަޅުގަނޑާއި މަންމައާއި އެކަނި މިގޭގަ އުޅުނީ.. ބައްޕަ ނިޔާވި އަޅުގަނޑު ވަރަށް ކުޑައިރު.. ދެން އުޅުނީ ހަމަ އަޅުގަނޑާއި މަންމައާއި.. އެއްވެސް އެހެން މީހަކު ނޫޅޭނެ.. އަޅުގަނޑަށް އަށާރަ އަހަރުގަ މަންމަ ނިޔާވީ..” ދާނިޔަލް އޭނާގެ ހިތްދަތި މާޒީގެ ވާހަކަ ފާތުމައާއި ޙިއްސާކޮށްލިއެވެ. “މާމާ.. ދެން މާމަ މިގޭގަ އުޅޭނެ ކަމެއް ނެތް.. ހިނގާ އަޅުގަނޑުމެންނާއި އެކީ..” ދާނިޔަލް އެހެން ބުނެ އިން ތަނުން ތެދުވެލިއެވެ. ދާނިޔަލް ގޮތް ދޫނުކުރުމުން އެންމެފަހުން ފާތުމަ ހަތިޔާރު ބެހެއްޓިއެވެ.
އެޔަށްފަހު އިން ތަނުން ތެދުވެގެން ގޮސް ގޭތެރެއަށް ވަނެވެ. ދެން އޭނާ އައި އިރު އަތުގައި އާދައިގެ ވަރެއްގެ ކުޑަ ހެދުން އަޅާ ފޮއްޓެއް އޮތެވެ. ހީވާގޮތުން އެއީ އޭނާ ގެންގުޅޭ ސާމާނުތަކެވެ. “ދާޔޫ ބޭނުންތަ މި މާމަ؟” ދާޔާ އާއި އެއް ހަމައެއްގައި އިން ދާނިޔަލް ފާތުމައަށް ނަޒަރެއް ދީފައި ދާޔާ ގާތު އަހާލިއެވެ. އެހިނދު ދާޔާ އަވަސް އަވަހަށް ބޯ ޖަހާލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. “ހިނގާ ދޯ މާމަ ގޮވައިގެން އަހަރެމެން ގެއަށް ދާން.. އެއިރުން މާމަވެސް ޕްރިންސަސް ވެސް މަންމިވެސް އަދި ޑެޑީވެސް ވަރަށް ހެޕީވާނެ..” ދާނިޔަލް އިތުރު ކޮށްލިއެވެ. ދާޔާ ކުޑަކޮށް ދުވެލައިފައި ގޮސް ފާތުމަ ގާތު ހުއްޓުނެވެ. އަދި ފާތުމަގެ އަތުގައި ހިފައި ދާން ހިނގާށޭ ބުނެލިއެވެ. “ކޮކީ އިންނާނީ މާމައާއި އެކީ ފަހަތުގަ އިނގޭ ހޭންޑްސަމް..” ގޭގެ ދޮރޯއްޓާއި ދިމާއަށް ދަމުން ދާޔާ ދާނިޔަލްއަށް ބުނެލިއެވެ. ދާނިޔަލް ހެވިލަމުން މައްސަލައެއް ނެތޭ ބުނެލިއެވެ. އެއިރު ދާޔާއާއި ފާތުމަ އެ ގޭގެ ދޮރޯށި ހުޅުވާލައިފައި ގެއިން ނިކުންނަނީއެވެ. ދާނިޔަލްއަށް އާލާ މަތިން ހަނދާންވީވެސް އެވަގުތުއެވެ.
***
“ހެލޯ އާލް.. އަހަރެމެން ގެއަށް މިދަނީ.. މިއަދު ދެން ނުދާނީ ދޯ ރެސްޓޯރަންޓް އަށް.. ފަހުން ދާން ވީނު.. ކުޑަ ކަމަކު.. އާލް ގާތު ވަރަށް ބައިވަރު އެއްޗެހި ކިޔައިދޭންވެސް ޖެހޭ.. އެކަމް ފޯނުން ނުކިޔައިދެވޭނެ.. ގެއަށް އަންނަން ވީނު.. ޕްލީޒް..” ދާނިޔަލް ނައިސްގެން ލަސްވެފައި އިން އާލާއަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި އޮތް ފޯނު ރިންގް ވީ އަޑަށެވެ. އެއިރު ދާނިޔަލް ނޫނީ އެންމެން ރެސްޓޯރަންޓްގެ މޭޒު ކައިރީ ތިއްބެވެ. ދާނިޔަލް ބުނެލި ވާހަކައިން އާލާއަށް މާޔޫސްކަން ވެރިވީ ނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ދާނިޔަލް އެހެން އެބުނީ ކޮންމެވެސް ބޮޑުކަމެއް ވީމަކަން އޭނާއަށް އިނގެއެވެ. ރުޅި އައިސްގެން ދާނިޔަލްއާއި ދިމާލަށް އެއްޗެހި ކިޔުމުގެ އާދާ އާލާވަނީ މިހާރު މުޅިންހެން ދޫކޮށްލައިފައެވެ. އިސްލާމްދީނުގައި އަނބިން އެމީހުންގެ ފިރިންނަން ކަމޭހިތުމަށް ނުހަނު ބޮޑަށް އަންގަވާފައިވެއެވެ. އެ އާދައިގައި އޭނާ އޮޅިގެންވެސް ކޮޅުފައިން ޖެހޭކަށް ބޭނުމެއް ނޫނެވެ. އޭނާ ދާނިޔަލްއަށް ނުހަނު އިޙްތިރާމް ކުރެއެވެ. އޭނާގެ ހިތުގައި ދާނިޔަލްއަށްޓަކައި ވަނީ މަތިވެރި ޤަދަރެކެވެ. އެހެން ކަމުން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކާއި އެކަލޭގެ ފާނުގެ ސުންނަތުގައި ވާގޮތަށް އުޅެވޭތޯ އާލާ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ބަލައެވެ.
ޢާއިޝަތުގެ ފާނާއި ޚަދީއްޖަތުގެ ފާނާއި އަދިވެސް އިސްލާމީ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ ކަނބަލުން އެކަނބަލުންގެ ފިރިކަލުންނާއިމެދު ޢަމަލުކުރެއްވި ގޮތަށް ދާނިޔަލްއާއިމެދުވެސް އޭނާގެ ޢަމަލުތައް ބެހެއްޓޭތޯ އާލާ މަސައްކަތް ކުރެއެވެ. އެފަދަ ދީންވެރި ޞޯލިޙް އަތްބަކަށް ވުމަކީ އޭނާ އިސްލާޙުވުމަށްފަހު އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ.
.”އޯކޭ..” އެހެން ބުނެލުމަށްފަހު އާލާ ފޯނު ބޭއްވިއެވެ. “އަހަރެން ދަނީ އިނގޭ.. ދެން ފަހުން ދިމާވަމާ ދޯ އަނެއްކާވެސް.. ދާނިޔަލްއަކަށް އާދެވޭ ގޮތެއް ނުވި.. ކުޑަކަމެއް ދިމާވެގެންނޯ ބުނީ.. އެހެންވެ އަންނާށޭ ބުނީމަ މި ދަނީ..” ގޮނޑިން ތެދުވެލަމުން އާލާ ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. “ހޫމް އަވަހަށް ދޭ.. ފިރިކަލުން އިންތިޒާރުގެ ވަގުތުތައް ގުނަން އިންނާނެ މިހާރު..” އެއްލޯ މަރާލުމަށްފަހު ދިމާކުރާ ރާގަކަށް ރުކާ ބުނެލުމުން އާލާގެ ދެކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ. އަޒާންވެސް އިންދާ އޭނާއާއި އެފަދަ ގޮތަކަށް ރުކާ ދިމާކޮށްލުމުން އާލާ ނުހަނު ލަދުގަތެވެ. ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭވެސް އެވަގުތު އާލާ ހިތަށް އެރިއެވެ. ރުކާއަށް ލޯ އަޅާލުމަށްފަހު ދެން އާލާގެ ސަމާލުކަން ހުއްޓާލީ ފޯނުން ގޭމެއް ކުޅެން އިން އައުސްއަށެވެ.
“އައުސް.. މިއޮތީ ދައްތަގެ ފަރާތުން އައުސްއަށް އޮތް ހަދިޔާއެއް އިނގޭ..” އާލާ އައުސްއަށް ކޮތަޅެއް ދިއްކޮށްލައިފައި ބުނެލޮއެވެ. އެހިނދު ފުޅާ ހިނިތުންވުމަކާއެކީ އާލާއަށް ޝުކުރު އަދާކޮށްލަމުން އައުސް އޭގައި ހިފިއެވެ. ދެން ދަނީއޭ ބުނެ ރުކާ ދިން ކޮތަލާއި ދެންވެސް ހުރި ބާޒާރު ކޮތަޅުތައް ހިފައިގެން އާލަ ރެސްޓޯރަންޓުން ނިކުންނަން ދިޔައެވެ.
***
ގޭގެ ދޮރު ހުޅުވާލުމަށްފަހު ދާނިޔަލް އެ ދޮރު އެތެރެއަށް ކޮށްޕާލިއެވެ. އެޔަށްފަހު އޭނާ ގޭތެރެއަށް ވަނެވެ. ފާތުމަގެ އަތުގައި ހިފައިގެން ހުރެ އެކިއެކި ވާހަކަތައް ދައްކަމުން ދާޔާވެސް އޭނާގެ ފަހަތުން ގެއަށް ވަނެވެ. ކާރަށް އެރީންސުރެ ދާޔާ އެ ދަނީ ފާތުމައާއި އެކިއެކި ވާހަކަތައް ޙިއްސާ ކުރަމުންނެވެ.
އިރު އޮއްސެއް ގާތްވެފައި ވުމާއެކު މުޅި އުޑުމަތީގައި ވަނީ ރަތްވިލާތައް ފަތުރާލައިފައެވެ. އެހެން ކަމުން ގޭގެ ބެލްކަންޏާއިވީ ދޮރުން ފޭދިގެން އައިސް ސިޓިންގް ރޫމުގައި ހުރި މުށިތައް މަތީގައިވެސް ވަނީ ކޮންމެވެސް ވަރަކަށް އެ އުޑުމަތިގައިވި މަންޒަރު ކުރެހިފައެވެ. ގޭތެރޭގައި ވަނީ މަޑު އަލިކަމެކެވެ. ދާނިޔަލް ގޭގެ ދޮރު ލައްޕާލުމަށްފަހު ބޮކިތައް ޖައްސާލިއެވެ. އަދި ބެލްކަންޏާއި ދިމާލަށް ގޮސް އެތަނުގެ ދޮރުވެސް ދަމާލައިފައި ލައްޕާލިއެވެ. “މާމާ އާދޭ މިތާ އިށީންނަން..” ދާނިޔަލް ސޯފާއެއް ކައިރި ހުރެ އެތާ އިށީނުމަށް ފާތުމަ ގާތު ބުނެލިއެވެ. ދާޔާ އޭނާގެ އަތުގައި ހިފައިގެން އައިސް އެތާ އިށީންނެވެ. “ދާޔޫ ހާދަ ރައްޓިއްސޭ ދޯ މާމައާއި..” ދާޔާ އޅެމުން ދިޔަ ގޮތް ފެނި ހިނިއައިސްފައި ދާނިޔަލް ބުނެލިއެވެ. “މިއީ މާމަ ކުއްޖެކޭ ދޯ..” ދާޔާ އޭނާއާއި ގާތްކޮށްލަމުން ފާތުމަ ބުނެލިއެވެ. އެހިނދު ދާޔާ އޭނާގެ ކުދި ކުދި ދަތްތައް ފެންނަ ވަރަށް ހީލިއެވެ.
އެންމެންގެ ސަމާލުކަން ދަމައިގަތީ އެވަގުތު ގޭގެ ދޮރު ހުޅުވާލި އަޑަށެވެ. އެއިރު އާލާ ގޭތެރެއަށް ވަންނަނީއެވެ. އޭނާއަށް ހައިރާންކަން ލިބިގެން ދިޔައީ ނުދަންނަ ދައްތައެއް އެތާ އިނުމުންނެވެ. “މިއީ ކޮން ދައްތައެއް؟” ވާނުވާ ނޭނގޭ ޙާލު ފާތުމައަށް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލަމުން އާލާ އަހާލިއެވެ. އެވަގުތު ދާޔާ އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ދާނިޔަލްގެ އަޑަށް އޭނާ ހުއްޓުނެވެ. “ދާޔޫ ދޭބަލަ އިހަށް ކޮޓަރިއަށް.. ބައްޕިމެންވެސް ފަހުން ދާނަން އިނގޭ..” ދާނިޔަލް އެހެން ބުނެލުމާއެކު އިތުރު ސުވާލެއް ނުކޮށް ބަސް އަހައިގެން ދާޔާ ދިޔައެވެ. މަންމަމެން އެހެން ބުނެފިއްޔާމު އެއީ ‘ބޮޑުކުދިން’ ދައްކާ ވާހަކައެއް ކަން އެ ޅަ ސިކުންޑިއަސް ނަގައިގަނެވެއެވެ. ދާޔާ ދިޔުމާއެކު އަދިވެސް އޭނާގެ ޙައިރާންކަން ނުފިލާ ހާލު އާލާ ދާނިޔަލް ގާތު ސޯފާގައ އިށީނެވެ. އަދި ދާނިޔަލްއަށް ބަލައިލީ ވީގޮތް ކިޔައިދޭންވީ ނޫންހޭ ބުނާކަހަލަ ގޮތަކަށެވެ.
“މިއީ އަހަރެންގެ މާމަ..” ދާނިޔަލް އެހެން ބުނެލުމާއެކު އާލާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ޤަބޫލު ކުރަން ދަތިވެފައި އިނދެ ފާތުމައަށް ބަލައިލިއެވެ. ދެން ދާނިޔަލް އޭނައަށް އެކުރުން އަކުރަށް ހުރިހާ ވާހަކައެއް ކިޔައދިނެވެ. އެއިރު އާލާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އެ ހުރިހާ ކަމަކަށްފަހުވެސް ﷲގެ ރޭއްވެވުން ހާދަ މޮޅެވެ. އެންމެފަހުން ދާނިޔަލްއާއި އޭނާ އަބަދުވެސް ހޯދަން ބޭނުންވާ އޭނާގެ ލޯބިވާ މާމަ ދިމާވެއްޖެއެވެ. “މާމަ ދެން ހާސްނުވޭ.. މިގޭގަ މާމައަށް ހަމަޖެހިލައިގެން އުޅެވޭނެ.. އިން ޝާ ﷲ.. ވަރަށް އުފާވެއްޖެ ދާނިޔަލްގެ މާމައާއި ދިމާވީމަ.. ދާނިޔަލް އަބަދުވެސް ދައްކާނެ މަންމަ ފަރާތު އާއިލާއާއި ދިމާ ނުވާ ވާހަކަ.. މާމަ ހޯދަންވެސް އޭނާ ވަރަށް އުޅުނު..” ފާތުމަ ގާތަށް ގޮސް ފާތުމަގެ އަތުގައި ހިފާލަމުން އާލާ ބުނެލިއެވެ. އާލާއާއި ދާނިޔަލްގެ ހިތްހެޔޮ ކަމުން ފާތުމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. “މާމާ.. މިއީ ދާން ގެ އަންހެނުން އާލާ..” ދާނިޔަލް ހިނިތުންވުމަކާއެކު އިޢުލާން ކޮށްލިއެވެ. އެހިނދު ފާތުމަ އާލާގެ ބުރަކަށީގައި ފިރުމާލިއެވެ.
އެމީހުން އެގޮތުގައި އެތައް އިރެއް ވާންދެން ވަހަކަ ދައްކަން ތިއްބެވެ. އެންމެނަށްވެސް ހޭވެރިކަން ލިބިގެން ދިޔައީ ބަންގީގެ މޫރިތި އާޔަތްތައް އިވިގެން ދިޔަ ވަގުތުއެވެ. އެ ގޮވަމުން ދަނީ ނަމާދަށް އަވަހަށް އައުމަށެވެ. ވީއިރު ނަމާދު އެންމެ ހިނދުކޮޅަކަށްވެސް ލަސް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގެ އުފަލާއި މަޖަލަށްޓަކައި ތިމާގެ ޙަޤީޤީ ކާމިޔާބީ ހޯދޭނެ މަގު ތިމާއާއި ދުރުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. ﷲގެ ލޯބިވެވޮޑިގަތުމާއި އެކަލާނގެ ރުއްސެވުން ހޯދުމަށްޓަކައި އަވަސް ކުރަންވީއެވެ. ދުނިޔޭގައި ލިބިފައި މިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާ ތިމާގެ ޢަމަލުތައް އިސްލާޙު ކުރަންވީއެވެ.
ދާނިޔަލް އިންތަނުން ތެދުވެލީ ނަމާދަށް ދާންށެވެ. ﷲގެ ރުއްސެވުން ހޯދުމަށް އޭނާގެ ހިތް ވަނީ ފެން ބޮވައިގަނެފައެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންވާ އަޅުންގެ ތެރޭގައި ހިމެނުމަށް އޭނާ ވަނީ ކެތްމަދުވެފައވެ. ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް ކުރެވޭ ފާފާތަކަށް އަބަދުވެސް ތައުބާ ވުމަކީ އޭނާގެ ޢާންމު ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ. “މިދަނީ ނަމާދަށް..” ކޮޅަށް ހުރެފައި ޖީބަށް ފޯނު ލަމުން ދާނިޔަލް އެހެން ބުނެ ގެއިން ނިކުންނަން ދިޔައެވެ.
“މިކޮޓަރި މިއީ މާމައަށް އިނގޭ.. އެނދުވެސް ބަހައްޓާފަ ހުންނާނީ.. އަލަމާރިއާއި ހުރިހާ އެއްޗެއްވެސް ހުންނާނެ.. އެހެން އަންނަ މީހަކަށްވެސް ހުރެވޭ ގޮތަށް އެތަން ހަދާފަ ހުންނާނީ.. އެހެންވީމަ މިއަދުންފެށިގެން މިއީ މާމަގެ ކޮޓަރި.. އަޅުގަނޑުވެސް މިދަނީ ދެން ނަމާދުކުރަން.. މާމަވެސް ނަމާދުކޮށްލާ..” ފާތުމައަށް ޚާއްސަކޮށްފައިވީ ކޮޓަރި އޭނާއަށް ދައްކަމުން އާލާ ބުނެލިއެވެ. ފާތުމަވެސް ޝުކުރު ވެރިވާ ޙާލު އާލާއަށް ހިނިތުންވެލައިފައި އެތެރެއަށް ވަންނަން ދިޔައެވެ. ނަމަވެސް އާލާ އޭނާއަށް ގޮވާލުމަށްފަހު އާލާ އޭނާގެ ފޮށި އެތެރެއަށް ވައްދައިދިނެވެ. ފާތުމަ އާލާއަށް ބަލައިލީ ޝުކުރުވެރިވާ ޙާލު ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.
އާލާ ކޮޓަރިއަށް ވަދެ ދާޔާ ގޮވައިގެން ވުޟޫކޮށް ނިންމައިފައި ނަމާދުކުރަން ތައްޔާރު ވެލިއެވެ. އާލާ އޭނާގެ މުޞައްލަ ޤިބްލައާއިވީ ފަރާތަށް ފަތުރާލިތަނާ ދާޔާވެސް އައިސް އޭނާގެ ކުޑަ މުޞައްލަ އާލާގެ މުޞައްލަ އާއި ޖައްސާފައި ފަތުރާލިއެވެ. އެޔަށްފަހު އާލާ ކަން ކުރަމުން ދިޔަ ގޮތަށް އިސްޓާކީނަށް އަރައިފައި ނަމާދު ކުރާ ބުރުގާ ބޮލަށް މަހާލިއެވެ.
ހަމަ އާލާއެކޭ އެއްގޮތަށް އޭނާގެ ޙަރަކާތްތައް ދާޔާ ކޮޕީކުރަމުން ދިޔައެވެ. ދާޔާގެ އެފަދަ ޢަމަލުތަކުން އާލާގެ ހިތް ލޯބިން ފުރި ބަންޑުންވެގެން އާދެއެވެ. ދާޔާއަކީ އިސްލާމްދީނަށް ލޯބިކުރާ އެދީނަށް ޙުރުމަތްތެރިކޮށް ހިތާ ކުއްޖަކަށް ހެދުމަކީ އާލައާއި ދާނިޔަލްގެ އަބަދުގެވެސް ދުޢާ އެކެވެ. ނަމާދުކޮށް ނިންމާފައި އާލާ ދުޢާއަށް އަތް ނަގައިގެން އިނދެ ފާފަ ފުއްސެވުމަށާއި އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ހުރުމުގެ ތައުފީޤު ދެއްވުން އެދި އޭނާ ދުޢާ ކުރިއެވެ. ރަސޫލުއްﷲ ޝައްލައްﷲ ޢަލައިހި ވަސައްލަމްއަށްޓަކައިވެސް އެތައް ފަހަރަކު ދުޢާ ކުރިއެވެ. އަދި ދާނިޔަލްއާއި އޭނާގެ ކައިވެނި ބާއްޖަވެރި ކޮށްދެއްވުން އެދި ދުޢާ ކުރި އިރު ދާނިޔަލްއަށްޓަކައިވެސް އެތައް ފަހަރެއް މަތިން ދުޢާ ކުރިއެވެ. ހަމަ އެފަދައިން ދަޔާއަށާއި ދާނިޔަލްގެ ޢާއިލާ އެހެން މީހުންނަށްޓަކައި ދުޢާ ކުރިއެވެ. އެޔަށްފަހު އާދައިގެ މަތިން އޭނާ އެހެންމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ. އޭނާ ދުޢާ ކޮށް ނިންމައިފައި ދާޔާއަށް ބަލައިލި އިރު ދާޔާ އަދިވެސް އިނީ ދެއަތް އުފުލާލައިގެންނެވެ. އާލާއަށް ކުޑަކޮށް ހިނި އާދެވުނެވެ. ދާޔާ ހާދަހާ ދިގު ދުޢާއެއް ކުރަނީތާއޭ އޭނާގެ ހިތުގައި ވިއެވެ.
“ދަރިފުޅޫ.. ދަރިފުޅު ކޮން ދުޢާއެއް ތިކޮށްލީ؟ ވަރަށް ދިގު ދުޢާ އެއް ކުރިހެން މަންމިއަށް ހީވަނީ..” ދާޔާގެ ކޮނޑުގައި އަތް ވަށާލައިފައި ގެނެސް އޭނާއާއި ގާތްކޮށްލަމުން ދާޔާގެ މޫނަށް ނަޒަރު ހުއްޓާލައިފައި އާލާ ބުނެލިއެވެ. ދާޔާ މައުސޫމްކަމާއިއެކު އާލާގެ މޫނަށް ބަލައިލިއެވެ. “އެއީ ﷲ ދާޔޫ ދެކެ އަބަދުވެސް ލޯބިވާން.. ދެން މަންމިއާއި ބައްޕިއާއި ދާޔޫ އަބަދުވެސް ހެޕީކޮށް އުޅެން.. ދެންން.. ދާޔޫމެން ތިން ކުދިން އެއްކޮށް ޖަންނަހް އަށް ދާންށާ މާމައާއި ކާފާއާއި މުޅި ފެމިލީ އަށް ޖަންނަހް އަށް ދެވުން.. އަދި.. މަންމިއާއި ބައްޕި އަބަދުވެސް ދާޔޫއަށް ގިފްޓްސް ދީ ކެންޑީސް ގަނެދޭތޯވެސް..” އެންމެފަހުން ދާޔާ ބުނެލި ތަންކޮޅު ބުނި އިރު އެ މޫނުމަތިން އިތުރަށް މައުސޫމްކަން ފެންނަމުން ދިޔައެވެ. އާލާއަށް ހެވުނެވެ. އޭނާ ދާޔާ ގެނެސް އެ މޭތެރޭގައި ބޮނޑި ކޮށްލަމުން ދާޔަގެ ނިތަށް ބޮސް ދިނެވެ.
އެއްދުވަސް ނިމި އަނެއްކާވެސް އާދުވަހެކެވެ. ހަވީރުގެ ހިތްގައިމު ވަޤުތު ކަމުން ރަސްފަންނުގެ ހިތްގައިމު މަންޒިލަށް އެތަށް ބަޔަކު ޖަމާވަމުން ދިޔައެވެ. އުޑުމަތި ސާފު ދުވަހެއްކަމުން ވިލާރޮއްޖެއްހާ ހިސާބުވެސް އެ އުޑުމަތީގައި ނުވެއެވެ. އެކި ކަޑަތައް ދަށުގައާއި ޖޯލިފަތިތަގުގައި މީސްމީހުން އިށީނދެ ތިބި އިރު ހުދު ދޮންވެލިގަނޑުގައި ކުޑަކުދިން ދުވެ މަޖާނަގަމުން ދިޔައެވެ. ޖެހެމުންދިޔަ ސާފު ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. ހުދު ދޮން ވެލިގަނޑަށް ރާޅުތައް ބީއްސަމުން ދިޔަ ވަގުތު ޖެހެމުން ދިޔަ ވައިރޯޅިތަކުގެ އަޑާއި އެ ރާޅުތަކުގެ އަޑު އެއްވަމުން ދިޔުމުން ތަނުގެ ހަމަހިމޭންކަން ނަގާލައިފައިވެއެވެ. އެ ހިތްގައިމު ވަގުތު ދާނިޔަލްއާއި އާލާގެ އިތުރުން ދާޔާއާއި ފާތުމަވެސް އެތަނަށް އައީ ހިތްހަމަ ޖައްސާލުމަށެވެ.
ދާނިޔަލް ހުއްޓިލައިގެން ހުރި އިރު އޭނާއަށް ވިސްނެމުން ދިޔައީ ﷲގެ ކުޅަދުންވަންތަ ކަމާމެދުއެވެ. މި ހުރިހާ ތަނެއް އެކަލާނގެ އުފައްދަވާފައި އެވަނީ ކިހާ ފުރިހަމައެއް ކޮށް ހެއްޔެވެ؟ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް އެކަލާނގެ އަޅުންނަށް އެކަލާނގެ ނުދެއްވައެވެ. ހުރިހާކަމެއްވެސް އެހާމެ ފުރިހަމައެވެ. އެ ހުރިހާ ނިޢުމަތްތަކެއް ދެއްވާފައިވާއިރުވެސް އެޔަށް ޝުކުރުވެރި ނުވާ ބަޔަކުވެސް ވެއެވެ. އިސްލާމީ ތާރީޚުން ﷲގެ ނިޢުމަތަށް ޝުކުރުވެރި ނުވި މީހުންގެ ވާހަކަ އަހަރެމެންނަށް އިނގިގެން ދެއެވެ. އަދި އެމީހުންނަށް ﷲގެ ކޯފާ އައި ގޮތް އެއީ އަދުގެ ޖީލަށް އޮތް ޢިބުރަތަކަށް ވީ ނަމަވެސް އެއިން ޢިބުރަތް ލިބިގަންނަނީ މަދު މީސްކޮޅެކެވެ.
ހުދުކުލައިގެ ޕްލޭން ޓީޝާޓަކާއި އެކު ކަޅުކުލައިގެ އެންމެ މިހާރުގެ ފަޓުލޫނެއްގައި ހުރި ދާނިޔަލް ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. އޭނާގެ ދެއަތް ދެޖީބަށް ޖަހާލެވިފައި ވީއިރު އޭނާގެ ތޫނު ނަޒަރު ގޮސް ހުއްޓިފައިވަނީ ހުރި ސީދަލުން ކުރިމައްޗަށެވެ. އުޑާއި ކަނޑު ފެންނަމުން ދިޔަ އިރު އޭނާގެ ވިސްނުން ގޮސްފައިވަނީ މާ ދުރަށެވެ. އާލާ އިނީ ދާނިޔަލް އާއި މާ ދުރު ނޫން ތަންކޮޅެއްގައި ހުދު ދޮންވެލިގަނޑުގައި އިށީންދެލައިގެންނެވެ. ދާޔާ އެއިރު ފާތުމަ ގޮވައިގެން ގޮސް ވެއްޔާއި ކުޅެން އިނެވެ.
ދާނިޔަލް ހުރީ އާލާއަށް ފުރަގަސް ދީގެންނެވެ. އާލާ އެހެން އިށީނދެ އިން އިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ދާނިޔަލްއަށެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ މީގެ އެތަށް އަހަރެއް ކުރިން އޭނާއަށް ލޯބިވެވުނު ނުވެސް ދަންނަ ޒުވާނާއެވެ. ކުއްލިއަކަށް ދެކޮލަށް ބޯ ހޫރުވާލީ އޭނާ މިއީ މީހެއްގެ އަތްބަކަށް ވާއިރު އެހެން ހިލޭ ފިރިހެނުންނާއިމެދު ވިސްނުމަކީ ރަނގަޅު ކަމަކަށް ނުވާތީއެވެ. ދާނިޔަލް އައިސް އާލާ ގާތު އިށީނެވެ. “ސުވާލެއް ކޮށްލަންތަ؟” ދާނިޔަލް އިށީނުމާއެކު އާލާ އަހާލިއެވެ. އެހިނދު ދާނިޔަލް މަޑުމަޑުން ބޯ ޖަހާލީ އެކަމާއި އެއްބަސްވެލަމުންނެވެ. “އަހަރެންގެ ކުރިން ދާން އެއްވެސް މީހެއް ދެކެ ލޯބިވިންތަ؟ ނޫނީ އެއްވެސް ގާލްފްރެންޑެއް ގެންގުޅުނިންތަ؟” އާލާ ކޮށްލި ސުވާލުން ދާނިޔަލް ގާތަށް އައީ ހިންޏެވެ.
“ބުނަން ވީތަ؟” ދާނިޔަލް އެހެން ބުނެލުމުން އާލާގެ ހިތް މާޔޫސްވާ ގޮތް ވިއެވެ. އަދި އެ ބުނަން އުޅޭ ކުއްޖަކާއި މެދު ޙަސަދަ ވެރިވެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތް ހަމައަކަށް އަޅުވާލަމުން ހިތަށް އެރުވުނު އެއްޗިއްސާމެދު ދެރަވެ ﷲގެ ހަޟްރަތުން ފާފަ ފުއްސެވުން އެދި ދުޢާ ކޮށްލިއެވެ. “އެކުއްޖާއަކީ ދާންގެ ފަސްޓް ލަވް.. ދެން އެއްވެސް ކުއްޖެއް ދެކެ ލޯތްބެއް ނުވަން.. ނުވެސް ވެވުނު، އަލްޙަމްދުލިއްލާހް.. އެހެން ކުއްޖަކާ ރައްޓެހިވެސް ނުވަން.. ސްކޫލުގަ އުޅުނު އިރު ލޯބި ވެވުނީ އެ ކުއްޖާ ދެކެ.. ވަރަށް ބޮޑަށް ލޯބި ވެވުނު.. އެކަމް ހިތުން އެކަންކަން އެންމެ ފަހުން ނެރެލީ.. އެ ކުއްޖާ އެއިރު ވަރަށް ރޫޑް ވާނެ.. އަބަދުވެސް ހުންނާނީ ދާން ދެކެ ރުޅި އައިސްފަ.. ފެންނަ އިރަށް އެއްޗެހި ކިޔާލާނެ.. އެ ކުއްޖާއަށް ކިޔަނީ ފާތިމަތު އާލާ އަރީފް..” ދާނިޔަލް އެހެން ބުނެ އެއްލޯ މަރާލިއެވެ. އާލާގެ ދެކޮލަށް ލޭތައް ޖަމާވަމުން ގޮސް ދެކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ދާނިޔަލްއަށް އިނދެވުނީ އެހެން ދިމާލަކަށްވެސް ނަޒަރު ހުއްޓާލަން ނޭނގިފައެވެ. ﷲގެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ. “މާ ޝާ ﷲ..” އެ ބަސްތައް ވީ ދާނިޔަލްގެ ހިތު ތެރޭގައެވެ.
“އާލާގެ ހުރިތަ؟” ދާނިޔަލްވެސް އާލާ ކުރި ސުވަލު ހަމަ އޭނާއާއި ކޮށްލިއެވެ. “ރުޅި ނާންނައްޗޭ.. ޕްލީޒް.. ދާނިޔަލްއަށް އިނގެޔެއްނު އާލް މިހާރު ދާން ދެކެ ވަރަށް ލޯބިވާކަން..” އާލާ މައުސޫމްކަމާއެކު ބުނެލިއެވެ. ދާނިޔަލް ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. “އެއީ މީގެ އެތައް އަހަރެއް ކުރި.. ރުކާ އާއި އެކީ އަހަރެން އައީ ހަމަ ރަސްފަންނަން.. އައިސް އުޅެފަ ރުކާ އާއި ވާހަކަ ދައްކަމުން ދައްކަމުން ދިޔައީ ފަހަތް ނުބަލާ ފަހަތަށް ހިނގަމުން.. ދެން ދަނިކޮށް އެތާ ހުރި ފިރިހެން ކުއްޖެއް ގައިގަ ޖެހިފަ އަހަރެން ވެއްޓުނީ.. ދެން ދާނިޔަލްއަށްވެސް އިނގެޔެއްނު އާލްއަކީ ސިނގު ރުޅި އަންނަ މީހެއް ކަން.. ދެން އެދުހުވެސް ހަމަ ރުޅި އައީ.. އެކުއްޖާ އާއި ދިމާލަށް އެއްޗެހި ކިއިން ކޮންމެސް ވަރަކަށް.. ދެން އެކުއްޖާ ސޮރީ ބުނެފަ ދިޔައީ.. އެދުވަހަކަށްފަހު އެކުއްޖާ މަތިން ހަނދާން ނައްތައެއް ނުލެވުނު.. އެއީ ކަންނޭނގެ އާލްގެ ފަސްޓް ލަވް އަކީ.. އޭގެ ފަހުން ތިއީ އާލް ލޯބިވި ޒުވާނަކީ.. އާލްވެސް އެއްވެސް މީހަކާ ރައްޓެހި ނުވަން.. އެދުވަހު އެކުއްޖާ ހުރީ ވައިޓް ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ފަޓުލޫނެއް ލާފަ.. އޭނަ ހުރީ..” އާލާ ޖެހިލުންވެ އިން ނަމަވެސް ކިޔައިދެމުން ދިޔައެވެ.
އެންމެފަހުން އޭނާ ބުނި ބައި ފުރިހަމަ ނުވަނީސް ދާނިޔަލް އިން ތަނުން ތެދުވެލިއެވެ. އަދި ދެޖީބަށް އަތް ޖަހާލައިފައި އާލާއަށް ފުރަގަސް ދިނެވެ. “މިހެން.. ދޯ؟” ދާނިޔަލް ކުޑަކޮށް ހިނި އަންނަމުން ބުނެލިއެވެ. އާލާއަށް ލިބިގެންދިޔައީ ޙައިރާންކަމެކެވެ. އެ ޙައިރާންކަމުގައި އިނދެ އެކަމާއި އެއްބަސްވެލިއެވެ. އަނެއްކާވެސް ދާނިޔަލް އައިސް އާލާ ގާތު އިށީނދެލިއެވެ. “އެކަމް ކިހިނެއް ދާނިޔަލްއަށް އިނގުނީ؟” ލިބިފައިވީ ހައިރާންކަމުގައި އާލާ އަނެއްކާވެސް ދާނިޔަލްއާއި ސުވާލު ކޮށްލިއެވެ. އެވަގުތު އެތަނަށް ފެތުރިގެން ދިޔައީ ދާނިޔަލްގެ ލުއި ހުނުމުގެ އަޑެވެ. “އެއީ އެދުހު އެތާ ހުރީ އަހަންނަށް ވާތީ..” ސާބިތުކަމާއެކު ދާނިޔަލް ބުނެލިއވެ. “ދޮގު ނަހަދާ.. އަސްލު ގެސް ކޮށްލިތަނުން ދިމާވީމަ ދޯ ތިއުޅެނީ..” ދާނިޔަލްގެ އަތުގައި ޖަހާލައިފައި އާލާ ބުނެލިއެވެ. “ނޫނޭ.. އެދުވަހު އެތާ ހުރީ ހަމަ އަހަރެން.. އަހަރެންވެސް އެތަނުން ދާންވެގެން އެނބުރެން އުޅެނިކޮށް އާލާ އަހަރެން ގައިގަ ޖެހިފަ ވެއްޓުނީ.. ދެން އާލާއަށް ފެނިއްޖެއްޔާ ރުޅި އަންނާނެކަން އިނގޭތީވެސް އަވަހަށް އަހަރެން ފަހަތަށް އެނބުރުނީ.. ވެއްޓުނު ތަނާ އާލާ ރުޅި އައި.. އެއީ ހަމަ ޔަގީން ކަމެއް.. ދެން ބުނީ ކީކޭ؟ “ބަލަ މަ ނަގައިދޭކަށްވެސް ނޫޅުނޭ އަދި މީނާއެއް.. ކުށެއް ކުރެވުނީމަ މާފަށް އެދެން ވެސް ނޭނގޭތަ؟” މިހެނެއްނު ބުނީވެސް.. އާލާ އެހެން ބުނީމަ އަހަންނަށް ހަމަ ހެވުނު އެދުވަހު.. އެންމެފަހުން ކަމަނާފާނު ހިތްޕުޅާ ނުވެދާނެތީ ސޮރީ ބުނެފަ އައީ..” އާލާ ބުނި ރާގަށް އޭނާ އެދުވަހު ދާނިޔަލްއާއި ދިމާލަށް ބުނި އެތި ދާނިޔަލް ބުނެލިއެވެ. އާލާއަށް އިނދެވުނީ ހައިރާންވެ އަންތަރީސް ވެފައެވެ.
އޭނާގެ ފިރިމީހާއަކީ އެހެންކަމުން އޭނާގެ ފުރަތަމަ ލޯބިވެސް މެއެވެ. ﷲގެ ކުޅަދުންވަންތަ ކަމެވެ. ދެހިތެއް ގުޅެން އޮތް ނަމަ ކިތަންމެ ދަތތަކެއް ކުރިމަތި ކުރެއްވި ނަމަވެސް އެކަލާނގެ އެ ދެހިތް ވަތްކެއް ނުކުރައްވާނެއެވެ. އެ ނަފްސެއް އުފަންވުމުގެވެސް މާ ކުރިން ވަނީ އެމީހަކާއި އެކު ދުނިޔޭގައި އެހެން މީހަކު ދިރިއުޅޭނެ ނަމަ އެމީހެއްގެ ނަން ލިޔުއްވާފައެވެ. ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
“އަނގަ ލައްޕާލާ.. ވެލިކޮޅެއް ވަދެދާނެ..” ދާނިޔަލް އާލާގެ ދަތް ދޮޅީގައި ހިފައި ކުޑަކޮށް ހުޅުވިފައިވި އޭނާގެ އަނގަ ލައްޕާލަދިނެވެ. “އެއިރު އަހަރެން ނަމާދުކޮށް ދުޢާ ނުކުރި ނަމަވެސް ހިތުން އަބަދުވެސް ދުޢާ ކޮށްލެވޭ އަހަރެންގެ ފުރަތަމަ ލޯތްބަކީ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް ވުމަށް.. އެ ދުޢާ އެހެންވީމަ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަ ކުރައްވައިފި.. އެކަލާނގެ ކިހާ އޯގާވަންތަ..” އާލާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. “ދުޢާ އަކީ ޙަޤީގަތުވެސް ވަރަށް ބާރުގަދަ އެއްޗެއް.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާއޭ ބުނާނީ ކޮންމެވެސް ކަމެއް ވެގެންނެއްނު.. ބައެއް ފަހަރަށް އަހަރެމެންގެ ޙަޔާތުގެ ހުރިހާ ދޮރެއް ބަންދުވެފަ ވާކަހަލަ އިޙުސާސެއް ކުރެވިދާނެ.. ހީވެދާނެ އެއްވެސް ގޮތެއް ނެތޭ.. އެހެން ނަމަވެސް އޭގެ ތެރެއިން ހުރިހާ ދޮރެއް ޙަޤީގަތުގައި ބަންދު ނުވެ ހުރެދާނެ.. އެ އެއްޗެހި ހުޅުވަން ބޭނުންވަނީ ބާރުގަދަ ތަޅުދަނޑިއެއް.. އެހެން ނޫނީ އެ ދޮރު ހުޅުވަން ކެތްތެރިކަމާއެކު ބާރަށް ކޮށްޕާލެވޭނެ އެއްޗެއް.. އެއީ ދުޢާ..” ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ ދާނިޔަލް ބުނެލިއެވެ. ކައިރީގައި އިން އާލާ އިނީ ޝައުޤުވެރިކަމާއެކު ދާނިޔަލް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާށެވެ. އެއް އަތުން ދަތްދޮޅީގައި އަޅުވާލައިގެން އިން ގޮތުންވެސް އެކަން ދޭހަވެއެވެ.
“ﷲއަށް ދުޢާ ކުރުމުން ދޫކޮށްލައިގެން ނުވާނެ.. ތިމާ އެކަލާނގެ ޙަޟްރަތުގައި އެދޭ ކަންތައް އެ ވަގުތު ނުވެދާނެ.. އެ ހަފްތާވެސް ނުވެދާނެ.. ޖެހިގެން އޮތް މަހުގަ ވެސް ނުވެދާނެ.. ހަމަ އެގޮތަށް ޖެހިގެން އޮތް އަހަރުވެސް އެކަމެއް ނުވެދާނެ ނުވަތަ ތިމާ ކުރި ދުޢާގެ ނަތީއްޖާ ނުފެނިދާނެ.. އެކަމަކު އެކަމެއް ވެގެން ދާނެ ﷲ ތިމާއަށް މެދުވެރި ކުރައްވާ ވަގުތު.. ތިމާއަށް އެކަމެއް މެދުވެރިވާން އެންމެ ރަނގަޅު ވަގުތު ދެނެވޮޑިގެންވަނީ އެކަލާނގެ.. އަހަރެމެންނަށް މި ކުރިމަތިވާ ޓެސްޓްތަކުގެ ފަހަތުގަ ވާ ސަބަބަކީވެސް އެކަލާނގެ އެކަލާނގެ އަޅުން ދެކެ ވާ ލޯބިފުޅު..
އެހެންވީމަ ދުޢާ ކުރުން މަތީ ދެމި ހުންނަން ވާނެ.. ދުޢާ އަކީ ހުރިހާ ނުބައި ވިސްނުންތަކާއި ރުޅިއާއި ހާސްކަންފަދަ ކަންކަމުން ދުރުކޮށްދީފާނެ އެއްޗެއް.. ﷲގެ ޙަޟްރަތުގައި ތިމާގެ ހިތް ހުޅުވާލައި އެކަލާނގެއާއި ތިމާގެ ހިތުގައި ވާ އެއްޗެއް ޝެއަރ ކުރުމުން އެ ލިބޭ ހިތްހަމަޖެހުން ބަޔާންވެސް ނުކުރެވޭނެ.. ފަސް ޖެހޭނެ ކަމެއް ނެތް.. ހަމަ ތިމާގެ ހިތުގައި ވާ އެއްޗެހި އެކަލާނގެއާއި ޙިއްސާ ކުރަން ވީ.. އެކަލާނގެ އަޅުންގެ ދުޢާތައް އެކަލާނގެ އައްސަވާނެ.. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެ.. އެކެމާމެދު އަހަރެމެންނަށް ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް..
ތިމާ ﷲގެ ޙަޟްރަތުގައި ކުރި ދުޢާއަށް އެހާ އަވަހަށް ނަތީއްޖާ ނުފެނުނީމަ އޭގެ މާނައެއް ނޫން އެއީ ތިމާގެ ތަޤްދީރުގަ އެކަން ނެތީއެކޭ.. ފަހަރުގަ ވެދާނެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމެއް އެ ލަސް ކުރައްވަނީ ތިމާގެ ކެތްތެރިކަން އިމްތިހާން ކުރެއްވުމަށް ކަމަށްވެސް.. ކާކަށް އިނގެނީ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެކަކަށްވެސް އެކަން ކަމެއް ނޭނގޭނެ.. އެހެންވީމަ ތިމާގެ ދުޢާތަކާއި މެދު ޝައްކު ނުކުރޭ.. ތިމާއަށް އެ ވާހަކަ ދެއްކެނީ ތިމާގެ ހުރިހާ ހުވަފެނެއް ޙަޤީގަތަކަށް ހަދައިދެވޭނެ ފަރާތަކާއި.. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ..
ހަމައެކަނި އަހަރެމެން ދެމީހުންގެ ދިރިއުޅުމަށްވެސް ވިސްނާލަބަލަ.. އަހަރެމެން ކުރި ބައިވަރު ދުޢާތައް އެބަހުރި ދޯ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަ ކުރައްވާފައި؟ ބޭނުންވަނީ ކެތްތެރިކަން.. އަދި ކެތްތެރިކަމާއެކު އެކަލާނގެއަށް ދެންނެވުން.. ތިމާގެ ފަރާތުން އެހެން މީހަކަށްވެސް ދެވޭނެ އެންމެ ރަނގަޅު އަދި ހެޔޮ އެއް ހަދިޔާއަކީ އެހެން މީހުންނަށްޓަކައި ތިމާ ކޮށްދޭ ދުޢާ.. އެ ޢަމަލު ކިހާ ރިވެތި.. އެމީހަކަށް ނުވެސް އެނގި ހުއްޓާ ތިމާ އޭނާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމުން މަލާއިކަތް ބޭކަލުން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކޮށްދޭ.. މާ ޝާ ﷲ..” ދާނިޔަލް ވާހަކަ ދައްކަމުން ދިޔަ އިރު ދޭތެރެ ދޭތެރެއިން ހިނިތުންވެލައެވެ. އާލާ އޭނާގެ އަތުގައި ހިފާލި ވަގުތު ދާނިޔަލް އެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ހަތަރު ކަޅި ހަމަކޮށްލިއެވެ.
އެ ދެމީހުންވެސް އެތަށް ކަމެއް އަމިއްލަ ދިރިއުޅުމުގައި ތަޙައްމަލު ކޮށްފިއެވެ. ނަމަވެސް ހިތްވަރާއި ކެތްތެރިކަމާއެކު އެ ކަންކަމާއި ކުރިމަތިލީ ސާބިތުކަމާއެކުއެވެ. ﷲގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. އަބަދުވެސް ދެމިތިބީ ދުޢާ ކުރުން މަތީގައެވެ. އާޚިރުގައި އެ ޢާއިލާއަކީ ކިހާ އުފާވެރި ޢާއިލާއެއް ހެއްޔެވެ؟ ﷲ އެންގެވި ގޮތަށް އެބައެއްގެ ދިރިއުޅުން ބަހައްޓައިފި ބަޔަކަށް އޮތީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަން އެކަލާނގެ ވަނީ ބަޔާންކުރައްވާފައިއެވެ. ދާނިޔަލްއާއި އާލާގެ އެ ކުޑަކުޑަ ޢާއިލާއަކީ މިއަދު އޭގެ މިސާލެކެވެ.
“މަންމީ.. ބައްޕީ.. ދާޔޫ ބޭނުން ބެލޫން އެއް..” ފާތުމަ އާއި އެކު ވެލިކުޅެން އިނދެފައި ދާޔާ ދުވެމުން އައިސް ދާނިޔަލް މެން ގާތުގައި ހުއްޓިލިއެވެ. ފާތުމަ އެއިރު އިން ތަނުން މަޑުމަޑުން ތެދުވެގެން ހިނގާލައިފައި އައިސް އެމީހުންނާއި އަރާ ހަމަވަނީއެވެ. “އެހެރަ މީހާ ފުއްޕާހަންތަކެއް ގެންގުޅޭތަން ފެނުނު ތަނާ އެހެން ކިޔާފަ އެ އައީ..” ފާތުމަ ހެވިލައިފައި ބުނެލިއެވެ. އެހިނދު އާލާވެސް އެހެން ހެއްޔޭ ބުނެ ހިނިތުންވެލިއެވެ. “ޕްރިންސެސް ބެލޫން ބޭނުން ވީއޭ؟” ދާނިޔަލް ދާޔާގެ ކުޑަ ހަށިގަނޑުގައި ދެއަތުން ހިފަހައްޓާލަމުން އަހާލިއެވެ. ދާޔާ މައުސޫމް ކަމާއެކު ބޯ ޖަހާލުމުން އޭނާ ދާޔާ އުރާލައިގެން އެތާ ފުއްޕާހަން ވިއްކަން ހުރި މީހެއް ގާތަށް ދިޔައެވެ. އެޔަށްފަހު އެނބުރި އައީ ހީލިއަމް ބެލޫން ބޮނޑިއެއް ހިފައިގެންނެވެ. ފަސް ވަރަކަށް ފުއްޕާހަން އެއްކޮށްލައިފައި އިން އިރު ވަރަށްވެސް ފުރިހަމައެވެ. އެކި ކުލަ ކުލައިގެ ފުއްޕާހަން އޭގައި ވި އިރު ދާޔާ އިނީ އޭގައި ހިފާލައިގެންނެވެ.
އާލާމެންނާ ހަމައަށް އައުމުން ދާނިޔަލް ދާޔާ ތިރީގައި ބެހެއްޓިއެވެ. އެވަގުތު އާލާ ދާޔާ ލައިގެން ހުރި ޓޮޕް ކޮޅު ރީތިކޮށްލަދިނީ އެ މައްޗަށް އަރައިފައި ވުމުންނެވެ. ބޭބީ ޕިންކް ކުލައިގެ ޓޮޕް ކޮޅަކާއި އެކު ފްލޯރަލް ސްކާޓެއް ދާޔާ ތިރިން ލައިގެން ހުރި އިރު އިސްތަށިގަނޑު ވަނީ މަތިން ފެށިގެން ދެފަރާތަށް ގަތާފައެވެ. ބޮލުގެ ފަހަތާއި ހަމައަށް ގަތައިފައި އެ ހިސާބުގައި ހުރި އިސްތަށިތަކުގެ ބުޑާއި ހަމައިން އައްސާލައިފައި ދެން ބާކީ އޮތް ބައި އޮތީ ދޫކޮށްލައިފައެވެ. ދާޔައާއި ވަރަށްވެސް ގުޅެއެވެ. ކަރުގައި އަޅާފައި އޮތް ރަން ފަށާއި އަތާއި ފައިގައި ހުރި ރަން ކެވެލިކޮޅުތަކުން ފަޅު ފިލުވާލަދީފައިވެއެވެ. އާލާވެސް ހަޑިއެކޭ ނުބުނެވޭނެއެވެ. ކަޅުކުލައިގެ ބަޓަފްލައި އަބާޔާ އަކާއި އެކު ޕްލަމް ކުލައިގެ ޝޯލްއެއްގައި އާލާ ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ.
“ހިނގާ ދޯ ދެން ގެއަށް ދާން.. އިރުއޮއްސެނީނު.. ދެން އެހެން ދުވަހަކުން އަނެއްކާވެސް އަންނާނީ ދޯ މޫދު ކައިރިއަށް..” ވަރަށް ފަސޭހައިން ދާޔާ އާލާގެ ބަހަށް އެއްބަސް ވެލިއެވެ. “މަންމިގެ ޕްރިންސެސް..” އާލާ އެހެން ބުނެ ދާޔާގެ ކޮލުގައި ބޮސް ދިނެވެ. އަދި އިން ތަނުން ތެދުވެފައި ހެދުމުން ވެލި ފޮޅާލިއެވެ. އަދި ދާޔާގެ އަތުގައި ހިފާލިއެވެ. އާލާގެ ވައަތުގައި ދާޔާ ހިފާލައިގެން ހުރި އިރު ދާނިޔަލް ހުރީ ދާޔާގެ ވައަތް ފަރާތުގައެވެ. ގާތުގައި ފާތުމަވެސް ހެވިލައިފައި ހުއްޓެވެ. އެ ޢާއިލާ އެކު އެކީގައި ހިނގާލައިފައި ގޮސް ރަސްފަންނުން ނިކުމެ ކާރަށް އެރިއެވެ. އެންމެންވެސް ދިޔައީ ހިތާހިތުން އެ އުފާވެރިކަން އެގޮތުގައި ލެހެއްޓެވުން އެދި ދުޢާ ކުރަމުންނެވެ. ދާނިޔަލް ކާރު ދުއްވާލި އިރު އެ ދުވަހަށްޓަކައި އިރުގެ މަސައްކަތް ނިމެން އުޅޭކަން އަންގަމުން ދިޔައީ ފެނާއި ތޮޅެލި އިރެވެ. މުޅި އުދަރެހުގައި ރަތްވިލާ ލައިފައި ވާއިރު ވަރަށްވެސް ހިތްގައިމެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ﷲގެ ކުޅަދުންވަންތަކަމެވެ.
“ސުބްޙާނައްﷲ..” ކާރުގެ ކުރީ ސީޓުގައި އިން އާލާގެ ނަޒަރު ހުއްޓިފައި ވަނީ ކުޑަދޮރުން ބޭރަށެވެ. ފެންނަމުން ދިޔަ މަންޒަރުން ﷲގެ ކުޅަދުންވަންތަ ކަމާމެދު އޭނާއަށް ދިޔައީ ވިސްނެމުންނެވެ. އަދި މިއަދު ދާނިޔަލް ދެއްކި ވާހަކަ ކޮޅު އެ ހިތުގައި ގުގުމަމުން ދިޔައެވެ. “މުއުމިނެއްގެ ހަތިޔާރަކީ ދުޢާ..” ދާނިޔަލް ވާހަކަ ދެއްކި އިރު ބުނެލި ޖުމުލައެއް އާލާ ވައި އަޑުން ބުނެލި އިރު އެ ތުންފަތުގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ.
(ނިމުނީ)
74 Comments!
Comments are closed.
haadha dhigu inthizaare kohfeemey
vrh bodah sorry.. noor up kurun las v sababuves bunelaifin.. 🙂 ehn namaves dhigu inthizaarakah fahuves up kurevihje.. al’hamdhulillaah.. adhi keiyytheri kamaaeku mi part ah inthizaaru kureethy vrh bodah shukuru adhaakuran.. jazakillah khairan dear.. 🙂 ummeedhu kuran mi part kamudhaane kamah.. 🙂
assalaamu a’laikum my dear readers.. 🙂 al’hamdhulillaah, miothee vaahakaige fahubai up vefa.. :-)dhigu inthizaareh dear men lavvaa kuruvan jehunythy nihaayathah ma’aafah edhen.. 🙁 noor ah kudakameh dhimaavegen aslu up nukurevuny.. update eh dheveyne gotheh ves nueh neiyy eiraku.. noor ah thaakah dhaan jehuny.. ehnvegen.. thikudhinnah ves ingeynu dhw miee dhn holiday kan.. thikudhin fadhain noor ves family aa eky trip ehga thaakah goslan jehuny.. vrh vrh vrh bodah sorru my dear readers.. 🙁 miee extra long part eh ingey kudhinney.. ehn parts thakuge dhethin guna dhigu vaane mi part.. 10260 word mi part ga inaane.. adhi proof read kurumah 2:30 mins varu heydhavi.. 🙂 mi part ves kaamiyaabu kamaaeky genesdhevunu kamahtakaa allah ah hamdhu kuran.. al’hamdhulillaah.. feshunyssure thi kudhin nor ah thi dhemundhaa hiyyvarah ves vrh bodah shukuruverivan.. thi dhey hiyyvaruge kithanme kuda baskolhakyves noor ah vrh bodu ehcheh.. jazakumullah khairan all.. 🙂 kuree part ge baeh comments kiyaalumaa eky noor eyhchissah mi comment in answer kureveytho eba try kuran.. 🙂 dhaayaa dhaaniyal ah ‘handsome’ ey kiyanee loabin.. dhaaniyal ves dhaayaa ah princess kahala ehchehi loabin kiyaathy dhaayaa ves dheythere dheytherein ehn bunelanee.. 🙂 dhn that kangaroo kids pre school dhw.. hehe.. noor akah maa bodakah neyngey pre school ge vaahaka thakeh.. ehnve noor ge baeh gaaiyy meehunge faraathun ivey name akah v ma e school ge name jahaaly hama.. noor ah maabodakah e school thakuge info eh neynge.. hodhaalevunu nama furihamavys kanneynge dhw? dhn vaahakaehge ekahala kankan rangalhu kohleveytho try kuraanan.. in sha allah.. 🙂 vrh vrh vrh bodah adhives ehfaharu ma’aafah edhen mi part las v kamahtakaa.. ehgothakah ves vaahaka up kurun huhtaalaakah noon adhi readers rulhi aruvaalaa, readers ge samaalukan hoadhan kuri kameh ves noon miee.. noor ah feel kurevey readers ves dhera vaanekan.. adhi readers rulhi aruvaalumakun noor ah libeyne ehves faidhaa eh neiyy dhera noony.. 🙁 ehn namaves adhives nihaayathah ma’aafah edhen up nukurevi las v konme dhuvahakah.. wifi nulibumaa ekahala eki sababuthakaa hure las v.. noor story liyanee laptop in kamah vaathy data akun up nukureveyne.. comment thakah reply ves kuran beynun.. ehn namaves midhuvaskolhu noor ah comment thakah reply nukureveyne vaahaka nuhanu hithaaayaai eku dhannavan.. noor ah midhuvaskolhu vrh bxy.. ehn namaves noor ah free v haa avahakah reply kureveytho try kuraanan, in sha allah.. 🙂 reply las vaa kamugaivaneenama eyge maana akee noor bxy ey ingey readers.. 🙂 reply nukurevunu namaves noor abadhuves thikudhinnah shukuruverivaane, in sha allah.. 🙂 noor ge hithugai ekan onnaane, al’hamdhulillaah.. 🙂
ummeedhu kuran mi vaahakain thikudhinnah iburatheh libigen dhiya kamah.. ehn vehje kamugai vaneenama noor vrh ufaavaane.. al’hamdhulillaah.. 🙂 noor ge kuriyah oiyy vaahaka hiyeh nuvey ehaa avahah up kureven fesheyne heneh.. ehn v ma thikudhin mi part aai noor ge story aai medhu ehves suvaaleh ufedhifa vaanama noor aai hama share kohlan v.. ehaa avahah javaabu nudhevunu namaves noor ah free v haa avahakah javaabu dheveytho balaanan.. in sha allah.. 🙂 hurihaa kudhinnah ves vrh vrh vrh baahjaveri dhuvas thakakah edhen.. adhi faagathi mustaqbalakah edhen.. hurihaa kudhin noor ah thi dhey support ah adhives ehfaharu shukuru dhannavan.. abadhuves noor ge hithugai thikudhinnaa medhu shukuruverikan vaane.. maaiyy allah alhamenge faafa fuhsavaa alhamennah heyo rahmaiyy lavvaashi.. aameen.. jazakumullah khairan and LY all.. 🙂
adhi vrh muhimmu vaahakaeh bunelan.. noor ah hurihaa comment thakeh adhi nukiyey 40th part ge.. ehn namaves kiyunu dhuvahu keen ehbai.. e kiyunu comment therey in konmeves reader eh jahaafa noor mi vaahaka liyun huhttaalaa vaahaka.. aee dhogu mauloomaatheh.. 🙁 vrh vrh dheravi ekahala vaahakaeh reader eh jahaafa inyma.. noor ehves faraathakah neennaane ekahala mauloomaatheh hihsaa kohfa.. noor ehn v ma hurihaa readers ge faraathun ves vrh bodah edhey kameh aee hageegaiyy balaafa noony vaahaka nudhakkan.. aee islam dheen ves manaa kuraa kameh.. dhogu mauloomaathu fethurumun gehlun vaanee hamaekani noor akah noon.. aee noor ah gehlun dhinumuge maanaigai kohfaivaa kamakah v namaves ekamun gehlun vegendhaane ethah faraatheh hama thibedhaane.. wallah aulam.. 🙂 noor ah ingey noor ah mihen kanthah kurevunyma readers thibeynee vrh rulhi aisfakan.. ekamaku neiyy noor ah ves ithurah kureveyne kameh.. ehn namaves allah ge iraadhafulhun miadhu mi part up kurevihje.. al’hamdhulillaah.. mi varunves noor ah fudhey.. ummeedhu kuran readers ge faraathun dhn ekahala kameh nufennaane kamah.. hamaekani noor akah noon.. mi site ga ulhey ehn writers ge readers ves mikahala kameh thakuraaru nukuraane kamah ummeedhu kuran.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3
Alaa ah beyrun kohcheh fenuny? get eh nuvi kiyaa kiyaa
I think e bunany iru ohsey manzaru ge furihama kan fennna vaahaka kanneynge eba bune eh nu mulhi udharehugaa raiii vilaa laafaa vaairu varah hiyy gaimey …..thats wht i think?????????
Fenuny iru ossey manzaru
minnu aa red ebuni gothah aalaa car ga dhiya iru eyna iny beyrun fenna mun dhiya gudhurathee manzaruthah balan.. ehn v ma evaahaka aee ingey zaara.. 🙂 jazakillah khairan dear.. 🙂
Finally
Masha Allah!!!! This story is just amazing…u are such a talented girl!!..I was totally blown away after reading this story…. I even cried!!!…it’s so heart touching…dhaaniyal’s grandma remind me of mine…dhaaya and dhaaniyal’s relationship is just like my lil cousin sister and her dad….they totally behave like that!!! My lil brother is just like aus….I can imagine my family in this story…..everyday when I look at my sis busy with the phone…I asked her whether dhua stry is uploaded or not!!!! As I am little bit lazy to find out by myself…. My besty texted on dec14 and told me that its uploaded!!! I was just over the moon to know it!!! Thanks for uploading the entire storyy….JAZAKALLAH KHAIRAN
This story really made good changes in my life….so thankyou noor sis!!! Will wait for ur next story….I will miss u
awww.. al’hamdhulillaah.. dear ge comment kiyaalaafa vrh vrh ufaavehje.. kiyamun dhiya iru noor ah iny smile vevifa.. vrh ufaaveri ihusaaseh kurevemun dhiyaee.. al’hamdhulillaah allah ge heyo rahmaiyy fulhun dear ge hayaathah badhaluthah genesdhevvyma.. 🙂 vrh vrh ufaavehje.. 🙂 Wa iyaaki.. btw jazakillah khairan dear.. 🙂 i’ll miss you more dear.. 🙁
Hama habeys
jazakillah khairan dear.. 🙂
At last up v dhw??? ekam v sad vehjje story nimunyma ?????? vvv iburaiiitheri vaahaka eh ??? mi story ah fahu noor sis ge ehen story akah inthizaaru kuraanan inshaa allah???? u are the best story writer ever ???? mi part and mi story vs vvvvvvvvvvvvvvvvvvv reeeethi mashaa allah??????? and aslu ga ves muuminehgge hathiyaaraky dhuaaa ?? you are so good, great fabulous, nice ,kind , wonderful, and much more maashaa allah???????? i m just speeach lesss ???? u r the best ….
noor ge ehn story eh fennaanetha dhn ????? curiously will be waiting for another story from you???????? lots of love ? and i m second dhw????
Ooops 5 th dhw ??????????
al’hamdhulillaah yess dear.. 🙂 alhey dear.. dhn mi story ves nimeynennu dhw hama ehn stories ekey eh fadhain.. 🙂 jazakillah khairan minnu.. 🙂 vrh ufaavehje.. in sha allah tauba story ehkoh liye nimuneema noor masahkaiyy kuraanan up kureveytho.. mihaaru e vaahaka liyevemun mi dhanee, al’hamdhulillaah.. 🙂 ehentha? vrh vrh vrh ufaavehje dear thihne bunelyma.. dear ves thy hama best ingey.. 🙂 jazakillah khairan minnu.. 🙂 🙂 🙂 in sha allah, adhi fennaane kamah balamaa dhw.. nor mihuree story ehkoh liye nimmaafa noony up nukuran kamah.. aee noor ah ves adhi readers ah ves faidhaa kuraane goiyy kamah vaathyve.. in sha allah TAUBA liye nimunuhaa avahakaha up kureveytho balaanan.. 🙂 awwww.. lots of love from me too.. 🙂 hehe.. yess you’re 5th.. congrats dear.. 🙂
Al’hamdhulillah! Finally up vejje.. thank you so much Noor.. it surely was worth the wait. Noor vaahaka ninmaa vrhak kujjeh liyefa inyma varah dhera vi ekam vx I trust you. Kinda knew dhw Noor ehnneh hama story huttaeh nulaane kan.. so miadhu varah happy vejje. Varah iburaiytheri story eh n varah baivaru suvaalu thakehge javaabu vx libijje mi story in. So thanks gal ??? may God bless you
N looking forward for the next story..
al’hamdhulillaah yess dear.. 🙂 you’re welcome dear.. 🙂 al’hamdhulilaah.. vrh ufaavehje dear noor ah trust kuraakan ingunyma.. ehves reader eh ekahala comment nukurumah noor anehkaaves ilthimaas kuran.. 🙂 jazakillah khairan dear.. 🙂 you’re welcome Girl.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaa thibaage faafa fuhsavaashi.. 🙂
Nice ????
jazakillah khairan dear.. 🙂
al hamdhulillah v v v iburaetheri v furihama ☺??????????
al hamdhulillah v v v iburaetheri v furihama ☺??????????
awww.. jazakillah khairan liyaa dear.. 🙂
At last dhigu inthizaarehge nimun aiy ❤️❤️❤️❤️❤️???haaadha haadha haadha reehchey ?????vvv iburaih theri vaahaka eh?????ur stories gives us courage and kanthah thah islaahu kuran furusathu vs libey ????vvv reethi again Mashaallah Mashaallah noor sis I’ll miss u so much?????????u r like a sister who cares so much ☺️☺️☺️☺️Love yuh beeeeeeeeeg koh❤️❤️❤️❤️❤️??❤️Sis he new story akah vvvvvv inthizaaru kuraanan??????????????????eagerly waiting for anew story ☺️☺️☺️Mi story vs mi thafaathu Ibraih theri kiyaa hih vaa kahala story eh❤️❤️?????❤️?❤️?❤️?nimuny ma vv dhera vey mihaa reethi story eh nimuny ma n thank yuh so much ❤️❤️??????❤️❤️❤️❤️❤️❤️❤️
al’hamdhulillaah yess dear.. 🙂 jazkillah khairan maya.. 🙂 al’hamdhulillaah, vrh ufaavehje noor mi vaahaka thah liyaa maqsadhu furihama v thee.. maaiyy allah ee ekalaange alhunnah emme oagaavantha raskalaange.. aharemenge dua thah ekalaange assavaane.. ehn v ma aharemennah hidhaayaiyy dhakkavaanee ves ekalaange.. v iru ekalaange ah abadhuves shukuruveri vaan vaane.. 🙂 awww.. i’ll miss you more dear.. mihaaruves thi hurihaa kudhin mathin ves vrh bodah miss vey.. 🙁 al’hamdhulillaah.. 🙂 even though i’m not your sibling heekohlaa ingey miee ves hama gaaiyy sis eh kamah. 🙂 vrh ufaavaane eirun noor.. 🙂 awww.. <3<3<3 al'hamdhulillaah. vrh ufaavehje dear thihen bunelyma.. noor mi balanee v haaves avahakah vaahaka nimmaalumahfahu up kuran fesheytho, in sha allah.. 🙂 jazakillah khairan maya dear.. 🙂 konme kamakah ves nimumeh annaanennu dhw dear? 🙂 you're welcome.. 🙂
Masha allah..
jazakillah khairan dear.. 🙂
Maasha allah..noor sis! How are you??? Im fine alhamdulillah…btw sis ge mi story vrh vrh vrh furihama..sis! Its ok lahun up viyas, i know kameh dhimaa nuvanna nior sis up kuraane baraabarah..ehenu? Sis! Kokee ge fav two stories akee jana ge story and sis ge story..eii dheen v bodah genes dheefaa indhey..maasha allah..sis you are the best..luv u so much..ummaaaaaah
jazakillah khairan.. 🙂 yes dear.. al’hamdhulillaah i’m great.. 🙂 al’hamdhulillaah ehntha? 🙂 jazakillah khairan dear.. vrh ufavehje noor ah ithubaaru kureethee.. 🙂 ehntha? maa sha allah.. vrh vrh ufaavehje ekahala vaahaka ah dear shauquverivaathee.. jazakillah khairan kokee.. 🙂 awww.. dear ves thiee haa best inge.. 🙂 awww.. <3<3<3
Salaam noor.. Vrh dhuvas fhn dhwh konme fhrk s mishy ah cmnt khleveny.. Sry ngh… Mi vhk vrh vrh rythi …❤❤❤❤❤❤❤❤❤❤ adhi dhynaa behey gothun s mauloomath libunu… Alhamdhulillah… Noor ge kury vhk in s libunu kahala rnglh iburathh mi vhk in s mishy mnh libunu.. Think yu alt…??????? mi vhk vrh vrh vrh rythi… Noor mi masakkathuga maaiyy Allah barakaaiy lavvrshi…. Noor he next story fennaany kn irkn?? Curiously waiting ngh.. Lysssm..???????
wslm dear.. 🙂 it’s okay ingey mishy.. bxy v ma ehn ves vaanennu dhw dear? 🙂 al’hamdhulillaah.. vrh ufaavehje.. jazakillah khairan dear.. 🙂 ehntha? maa sha allah.. aw.. you’re welcome.. 🙂 maaiyy allah thibaage faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. 🙂 in sha allah, vaahaka ehkoh liye nimuneema noor balaanan vaahaka up kuran fesheytho.. 🙂 ahaha.. al’hamdhulillaah vrh ufaavehje. 🙂 awww.. <3<3<3
Mi story feshuneensuren kiyan but comment eh nukohleveny….noor sis ge hurihaa stories ves hama varah reethi and thanku varah bodah mikahala iburaiteri deenee vaahakathah genesdeyteeve….noor sis ge next story akee tauba dhw…ly???…and I’m waiting for ur next story lahun nexr story genes devunas abaduves noor sis ge story ahkah wait kuraanan❤❤❤
ehntha? al’hamdhulillaah and jazkillah khairan maii.. 🙂 in sha allah yes dear.. 🙂 awww.. <3<3<3 alhey.. vrh ufaavehje dear tauba ah inthizaaru kuraa kan ingunyma.. in sha allah noor mi balanee v haaves avahakah e vaahaka nimmaalumah fahu up kuran fesheytho.. 🙂
Mihaa reethi furihama vaahaka eh adhi dhuvahakuves nukiyan.. mashaa Allah… mi story kitamundhaagadee gadhayah rovey faharaa heveyfaharaa annaathee aslu hithah eri liyuntheriyaa molhukamey subuhaanallah… vaahaka kiyamungos giss levifa hunna faharu v gina.. vvv reethi.. thank u for the beutifull story.. noor sis ge next story ah varah inthizaaru kuraanan insha allah..
ehntha? vrh vrh ufaavehje dear ah mi vaahaka kamudhiyaeema.. 🙂 jazakilla khairan dear.. 🙂 ahahahaha.. aee vedhaane noor ge mizaajah vaathy egothah liyeveny kamah ves.. hehe.. 🙂 alhey ehntha? vrh bodah sorry ingey dear men ehn roan jehunyma.. 🙁 jazakillah khairan hajja.. you’re welcome.. 🙂 al’hamdulillaah,, vrh ufavehje.. 🙂
Mi vaahaka ah comment kurevunu hadhaaneh nei… Ekamaku ababadhuves Aish Noor ge vaahakathah kiyan. Masha Allah! Mi vaahakaves varah reethi…
IAish Noor ah faagathi musthagubaleh Allah minvaru kuravvaashi. Kiyuntherin liyuntherinnahves ithubaaru kuranvaane. Aish Noor akee vaahaka baraabarah genesdhevvi liyuntherieh. Baeh faharu dhimaavaa kankamun update nukurevidhaane. Noor liyaavaahakathakakee ethah hikumathakun furigenvaa vaahaka thakehkan Noorge vaahaka kiyaa baeh nama ingenvaane… Noor vaahaka genesdhenee maaiy magsadhehga kan ingenvaane.. Yageenunves alhugan’dah evaahakathah kiyenee kiyaahithun eyga ethah ibraiythakeh vaathee…
ehntha? al’hamdhulillaah and jazakillah khairan Ainee.. 🙂 maaiyy allah thibaa gee faafa fuhsavaa thibaa ah heyo ramaiyy lavvaashi. adhi thibaa ah ves faagathi mustaqbaleh minvaru kohdhevvaashi.. 🙂 🙂 🙂 maa sha allah.. vrh ufaavehje dear ah ehaa faseyhain noor ge haalathu understand v ma.. 🙂 jazakillah khairan ingey thi baskolhah.. 🙂 maaiyy allah noor ah minvaru kohdhevvi mi hunarun thi kudhinnah faidhaakuranivi gothakah ehcheh genesdheveytho noor mi masahkaiyy kuranee, in sha allah. 🙂 maaiyy allah alhamenge faafa fuhsavaa alhamennah rahmaiyy lavvaashi.. 🙂
Masha Allah mi ee varaha Gina morals thakeh libigen dhoua story e .noor sis ge ehen story thah fadhain mi story ves varaha reethi???????????????????????????????????????????????????????????????????????????????????????????????????????????????????????????
jazakillah khairan dear,, 🙂 vrh vrh ufaavehje ingey riya.. 🙂
Masha allah vvvvvv rythi stry eh mii… ekm vvvvvvv dhera vey mihaa rythi stry eh nimunyma… noor dear ge ehn stry akah inthizaaru kuran…
jazakillah khairan dear.. 🙂 aww.. ekam konme kamakah ves nimumeh annaanennu dhw dear? ehnney hama mikamuga ves mi v.. 🙂 al’hamdhulillaah.. vrh ufaavehje.. 🙂 jazakillah khairan twinkle dear.. 🙂
Masha allah ??????Hrdha rythi stry ekey miii???????????nimun vx ehaa rythi❤????Twinkle? bunaahn vrh vrh sad vey mikahala stry eh numunyma???heheheh??alhugandu ge hiyy hama saafu noor sis aa dheytherey ??????Avas mustaqbalehga sis ge 3rd stry ‘ thauba ‘ fenigen dhaane kamah heekuran????Jazakumullah khairan dear??????????????will miss ya
jazakillah khairan dear.. 🙂 vrh ufaavehje.. 🙂 aw.. hama twinkle aa ehn kudhin kairy noor ves bunihen komme kamakah ves nimumeh annaane.. egothah mi story ves dhn mi nimunee.. 🙂 kaamiyaabu kamaa ky story nimmaalevunu kmahtakaa allah ah hamhu kuran adhives eh faharu.. al’hamdhulillaah.. 🙂 ehntha? jazakillah khairan dear.. bolah vrh bodah lui v vaahaka eh thi bunely dear.. 🙂 vvvvv ufaavehje.. 🙂 in sha allah mi balanee v haaves avahakah genesdheveytho e vaahaka.. 🙂 wa iyyaki.. 🙂 awww.. will miss you more dear..
Ma Sha Allah, Feshigen nimendhen ves varah furihama vaahaka eh mi ie, sifakurun, haadisa, hushahalhaidinun, adabifenvaru varah ves furihama… Adhives aish noor ge ithuru vaaaka akah intizaau kuraanan, welldone and good luck ???
al’hamdhulillaah.. vrh ufaavehje.. 🙂 jazakallah khair mutha.. 🙂 in sha allah v haa ves avahakah noor ge aneh vaahaka genesdhinumah mi masahkaiyy kuranee.. jazakallah khair mutha.. 🙂 gud luck to you too mutha.. 🙂
Mi vaahaka vvv reethi??? … feshunysure kiyann but comment mikohlee alah… ???
jazakillah khairan dear.. 🙂 ehntha? vrh ufaavehje.. 🙂
Noor sis story liyun huttaalanee eyy comment eh ga inndha fenifa v dheravi?. . Aslu thedhah bunaanama mi story inn me ah v v gina kankan dhas vi?. . .i don’t know how to thank you enough?. . .my life is soo much changed after learning more frm this. . .i started reading this story because it is in dheenee category?. . .i wanted some story like this which will inspire me?. . . .btw noor story abadhuvess liyahche. . .you got that telent masha allah?. . .thigothah abadhuvess naseyhaitheri vaahaka liyahche?. . . I’ll really miss this wonderful story ?…..n just saying, this is not the first time I commented on this. . . .i usually do comment ekam mifaharu i didn’t want ppl to knw that i wrote this???. . . .
Someone tha
awww.. aee thedhu mauloomaatheh nooney ingey dear.. 🙂 maa sha allah & al’hamdhulillaah.. vrh ufaavehje.. 🙂 aww.. aee ehaa kameh nooney ingey.. dear menah mi vaahakain iburatheh haasil vehje nama noorge nagsadhu haasil ves v.. noor ah hiyy hamajehun ves libunee.. thank you ehaa varun nubunyas ves noor ge evves massala eh noannaane.. in sha allah.. 🙂 maa sha allah.. vrh ufaavehje.. allah ge oagaavanthah kan balaabala dear.. 🙂 ekalaange alhun dheke ekalaange loabive vodigen vaakamuge heiyykeh aee ekalaange alhunnah thedhumagu dhakkavaa hidhaayaiyy dhehkevumakee.. subhaanallah.. 🙂 maa sha allah, ehntha? vrh ufaavehje dheeny vaahaka dear kiyaa hiyy vaa kan bunelyma.. 🙂 aww.. .. alhey.. hehe.. noor ah ves vaguthu v varakun balaanan vaahaka tah genesdheveytho, in sha allah.. ehves kamakee abadhah dhemi onnaane kan kameh noonennu dhw? ehn v ma neynge adhi kuriyah oiyythaa kanthah vegen dhaane gotheh.. wallah aulam.. 🙂 jazakillah khairan dear.. 🙂 aww.. ehntha? kon kuhjebbaa miee.. hmmm.. 🙂 alhey ehntha? hehe.. konme kuhjakah viyas vrh ufaavehje dear ge comment kiyaalaafa.. jazakillah khairan dear.. 🙂
noor adhi thaubaa genes dheyyynunn dhww….
in sha allah yess dear.. e vaahaka liyaa nimuneema up kuran fashan mi visnanee.. 🙂
???????Wow wow so wow mi month Monday ga alhugandah mi vaahaka fenuneema khan fresher dheenee category ga ineema. I got a good moral from this story.neynge mi vaahaka ga sababun alhugandah vvv ????asarukohfi Neyge alhungadah sis ah shukuru adhaakuraane gotehves aslu hurihaa part Ah comment nukuree enkoh kiyaanimuneema comment kurn miadhu mihaaru enkoh kiyaanimuneema mi nominee vvvvv asarugadha vaahaka Hama hyvany hageegee vaahaka when Jon
Sis he hen vaahakeh sis he hen vaahaka fennaany Hama mi kamala iburaitheri mi kamala vaahaka kiyaalan libeyne kamah ummeedhukurn.luv u dear????
aww.. al’hamdhulillaah vrh ufaavehje.. 🙂 hehe its okay ingey ehaa bodah shukuru adhaa nukuriyas.. hehe.. ib@ menah vaahaka thah kamudhiyaeema noor ah fudheyey.. 🙂 ehentha? vrh ufaavehje dear.. 🙂 in sha allah, dhn ves othy hama dheenee vaahaka eh.. 🙂 jazakillah khairan dear.. 🙂 aww.. <3<3<3<3<3
Salam. Noor kon irakun thaubaa vaahaka genesdheny. E vaahakaige inthizaaruga alhugandu mihunnany. Ummedhu kuran varah avaha thaubaa kiyaalan libeyne kamah
wslm.. hehe.. thaubaa dhwwww.. 🙂 thaubaa vaahaka mihaaru noor liyamun midhanee.. mifaharu vaahaka ehkoh liye nimmaalaafa up kuran noor mi visnanee, in sha allah.. noor ah heevanee aee kanneynge dhefaraathah ves aslu emme rangalhu gothakee.. 🙂 vaahaka mihaaru fudheyvarakah bodu baeh liyevifa othy.. ekam ehkoh liye nimmaafa up kuran fashaathyve aneh hen daily koh nueh liyevey noor ge busy schedule aa hedhi.. hama vrh vrh vrh undhagulun time hoadhaigen ehaa varah ves liyevifa othy.. dhn ehn v ma noor akah hama ehgothakaha ves neynge bunaakah miveni dhuvahaku ey story up kuran fashaanee.. liyevunuhaa avahakah in sha allah balaanan up kuran fesheytho, ingey dear.. 🙂 yeah, in sha allah liyevunuhaa avahakah hama.. 🙂
One of the best story i have ever read…..maa shaa allah mi vaahaka vrh reethi….waiting 4 the next storyy…
jazakillah khairan dear.. vrh ufaavehje.. ?
When are u going to start uploading thauba?…eagarly waiting for the story noor❤??
wallahi, liyevunuhaa avahakah.. hehe.. mihaaru liyevemun dhanee.. liyefa huri baithakah ithuru badhaluthah genevemun dhaathee adhi ithurah las vaane kamah noor ah beleveny.. allahu a’lam.. 🙂 in sha allah vaahakah liye nimunuhaa avahakah upload kuran fesheytho noor masahkaiyy kuraanan.. 🙂
Noor sis….kn irakuntha nxt prt upload kohdhenyy……curiously waiting 4 the nxt story
labba.. 🙂 vaahaa liye nimunuhaa avahakah, in sha allah.. 🙂
Adhivex nunimeytha sis????
Curiouslyy waitingggggg……
Hope u r going to upload it soooon….
labba.. varah bodah ma’aafah edhen las vaathyve. ehen namaves alhugandah hama kurevunuhaa masahkatheh kuramun midhanee avahah nimmaaleveytho, in sha allah.. 🙂
Alhe adhivx story nunimeytha dhn hope vrh avahah up kuraane kamah♥️♥️
labba. 🙁 varah gina dhathi thah ves kurimathi veemayaa eky las vamun mi dhanee.. ehen nama ves veehaaves avahakah vaahakaige furathama bai publish kureveytho masahkaiyy kuramun mi dhanee, in sha allah.. 🙂 jazakumullah khairan all the readers for your support.. may allah subhaanhu wata’aalaa always bless each and every one of you and your family.. 🙂 ly all my dear readers.. 🙂 <3<3<3
assalaamu a’laikum dear readers.. varah gina dhuvahah fahu thi hurihaa kiyuntherinnah alhugandu ehcheh mi bunelevenee.. hehe.. alhuganduge aa vaahaka ‘taubaa’ publish kurun lasvamun dhaathy hurihaa kiyuntheringe faraathun nihaayathah ma’aafah edhen.. ehen namaves v haaves avahah vaahaka nimmeeytho alhugandu mi balanee.. thi kiyuntherinnah kuru khulaasaa eh dhey nama buneveynee, varah gina faharah alhugandu vaahaka alun liyan feshunymaey mihen mi vanee.. hehe.. fas varakah faharu alhugandah vaahaka alun liyan fehtihje ithurubadhaluthah gennamun.. lol.. mihaaru mi liyanee hama enme final ethi kamah balaigen liyamun mi dhanee.. hehe.. ehen v ma veehaaves avahakah vaahaka ehkoh liye nimumun vaahaka mi site ah up kuramun dhaane vaahaka kiyuntherinnah dhannavaalan, in sha allah.. 🙂 may allah bless you guys always.. Jazakumullah khairan and LY ALL.. 🙂 <3<3<3
Eagerly waiting for your next story noor?♥️
Can’t wait to read your next story and i just love your stories thanks for your beautiful stories♥️♥️♥️??♥️♥️
Eagerly waiting for your next story. Aslu khulaasaa kiyaifa varah kiyaa hithun mihunnanee. Unmeedhu kuranee veehaaves avahakah sis ge “thauba” kiyaalan libeyne kamah. Ly 2 ,may god bless you ☺️☺️??
Wowow finally vrh gina dhuvas thakakah fahu noor sis ge vhk eh liben ulheyyyhen heeveyy??can’t wait to read your lovely stry “tauba”?? hope the stry will up soon LY…
Assalaamu a’laikum. Hurihaa kiyuntheringe haaluves rangalhu kamah ummeedhu kuran. Enme furathama kamakah, alhugandu aa vaahaka ‘tauba’ ge inthizaaruge kiyuntherin mihaa dhuvas vaandhen behettunythy varah bodah ma’aafah edhen. Vaahaka nimen fudhey varakah gaaiyyvefai vanikoh laptop in dhimaavi massala akaa gulhigen liyunu ehbai ehkoh vanee fuhevifa. Ehen kamun, ebai ehkoh alhugandu alun liyan jehumaai eku dhen vaahaka upload kuran fesheyne dhuvaheh thiya kiyuntherin gaathu bunedheyn alhugandah neyngeythee ma’aafah edhen. Ithuru bahanaa thakeh dhekkumuge niyathehves alhuganduge nueh neiyy. 🙂 Kiyuntherin alhugandah dhevvi support ah fah fashun shukuru dhannavan. Allah ge heyo rahmaiyy fulhun alhugandah mihaa hisaabah aadhevuny ves thiya kiyuntheringe varah bodu suppport aa eky. Hurihaa kiyuntherinnah ves baahjaveri reyakah edhen. jazakumullah khairan. 🙂
Alheyy??….itx ok??…im happy that even after that u are continuing the storyy….that is one of the storyy which i am longing to read….hope u will upload the story…❤❤
Liyunu hurihaa baeh ehkoh fuhevunythrr???…if not u can uplod the prts which is with u…and upload kuramun vx vaahaka nimmaaleveynehnu noor sis…if it is difficult for u then leave it…???…u can take ur time….i only wants to read that story…??