Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއެހެނިހެން

ނޫރިޝް ( ފަހުބައި )

HAAIX Level 1
December 14, 2018 One Min Read
12 Comments

ތުއި ހިނގުމެއްގައި ފޮނި ގޮތަކަށް ހިނގާފައި އައިސް ވޯޑުން އެތެރެއަށް ވަން އާރާ ފެނި އީޝަލްގެ ލޭ ކެކިގަތެވެ. ބާރު ހިނގުމެއްގައި އޭނާ އާރާ އާ ދިމާލަށް ހިނގައިގަތީ ނޫރިޝް އާ ދޭތެރޭ ކަންތައް ކުރި ގޮތް ހިތަށް އެރުމުން ނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އާރާގެ ކޯތާފަތް މަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހި އެވެ.

ވޯޑުން ވަދެގެން އައި އާރާގެ މޫނުމައްޗަށް އަނދިރި ވީ އަރައިގަތް ދިލަ ތަދަށް ކެތް ނުކުރެވުމުން ނެވެ. މީހާ ހަމައަކަށް އެޅިލުމަށްފަހު ކޯ މަތީގައި އަތް އަޅައިގެން ހުރެ ކުރިމަތި ބަަލާލީ ވީކީތް ތޯ ބަލާލުމުގެ ނިޔަތު ގައެވެ. ކުރިމަތީގައި ދެ ބުމަ ގޮށް ޖަހައި ލައިގެން ރުޅި އައިސް ރަތް ވެފައި ހުރި އީޝަލް ފެނުމާއިއެކު އާރާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. އެއް ފަހަރު އީޝަލް އާ ދިމާލަށް އަނެއް ފަހަރު އަނގަ މަތީގައި އަތް އަޅައިގެން ދެ ލޯ ބޮޑު ކޮށްލައިގެން ދުރުގައި ހުރި ނޫރާ އާ ދިމާލަށް ބަލަން ހުރެފައި ކޯމަތީގައި އަޅައިފައި އޮތް އަތް ނަގާ އީޝަލްގެ ގައިގައި ޖަހަން މަޅާލި ވަގުތު ފަހަތުން މީހަކު އައިސް އާރާގެ އަތުގައި ހިފަހައްޓާ ބާރަށް ފޮޅުވާލި އެވެ. ވީ ތަދުން އާރާއަށް އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނެވެ. އަތަށް ތަދުވެފައިވާ ކަން އާރާގެ ދެ ލޮލުގެ ތެރޭގައި ބޮނޑިވެފައިވާ ތާޒާ ކަރުނަތައް ހެކިވެ އެވެ. ނަމަވެސް އާރާ ކަހަލަ ހިތެއް ނެތް އަނިޔާވެރިންނަށް އަނިޔާ ހައްޤެވެ.

އާރާ އެއްފަރާތަކަށް ކޮއްޕާލުމަށްފަހު އީޝަލް ފަހަތް ބަލާލީ އާރާގެ އަތުގައި ހިފެހެއްޓީ ކާކު ތޯ ބެެލުމުގެ ޝައުގު ހިތުގައި އޮތްލެއް ބޮޑު ކަމުންނެވެ. އަތުގެ މުލައްދަނޑިން އެއީ ފިރިހެނެއް ކަން ޔަގީންވި ނަމަވެސް ކާކު ކަމެއް ނޭނގުނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ފަހަތް ބަލާލި ވަގުތު ކުރި މަތިން މާޝަލް ފެނުމުން ދިޔައީ ސިއްސައިގެންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާޝަލްއަށް ހިނިތުންވެލަމުން އީޝަލް އެ ދިމާލަށް ބަލަހައްޓައިގެން ހުރި އާރާ ކައިރިއަށް ޖެހިލިއެވެ.

ކުރިމަތީގައި ހުރި މީހާއަށް އީޝަލް ހިނިތުންވެލިގޮތުން އެއީ އޭނާ ދަންނަ މީހެއްކަން އާރާއަށް އިނގުނެވެ. ރަނގަޅަށް ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ބަލާލުމަށްފަހު އީޝަލްއަށް ބަލާލެވުމުން ދެ މީހުންގެ އެއް ގޮތް ސިފަތަކެއް ހުރި ކަން ފާހަގަ ވިއެވެ. އެ ވާނީ އީޝަލްގެ ބޭބެ އަކަށޭ އާރާގެ ހިތް ބުންޏެވެ. ” ކަލޭ ލަދެއް ނުގަނޭ ތަ… ނޫރިޝް އެހެން ހަދާފަ މި ތަނަށް އަންނާކަށްވެސް ” އީޝަލް ހުރީ ރުޅި އައިސްގެން ގޮސް ހަލާކު ވާވަރު ވެފަ އެވެ. ” އަހަރެން ނޫރިޝްއަށް ކީތްތަ ކުރީ… ” އާރާ ހީކުރީ އެއްވެސް މީހަކަށް އޭނާ ގެ އަދިރިފަރާތް ނޭނގޭ ކަމަށެވެ. އެކްޓްކޮށްގެން މީހުންގެ ހިތް އަތުލަންވެސް އެއަށްވުރެ މޮޅު މީހެއް ހުރެދާނެ ހެނެއް ހިއެއް ނުވެއެވެ. އޭނާގެ ފޭކު ކަރުނައިން އެހެން މީހެއްގެ ހިތް އަތުނުލެވުނު ނަމަވެސް ވާނުވާ ނޭނގިފައި ހުރި މާޝަލްގެ ހިތް ފަތަހަކޮށްލީ ކާމިޔާބުކަމާއި އެކު ގައެވެ. ” ދަރިފުޅާ! ކީކޭތަ ތި ކިޔަނީ… ” މާޝަލްގެ މޫނު މަތިން އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަން އިނގެއެވެ. ފޫހިވީ ވަރުން އީޝަލްއަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ.

މާޝަލް ދަރިފުޅާ އޭ ކިޔާ އީޝަލްއަށް ގޮވާލުމުން އާރާ ދިޔައީ އެއްލިގެން ނެވެ. ފާޑަކަށް މާޝަލްގެ މޫނަށް ބަލަހައްޓައިގެން ހުރުމުން މާޝަލް ވޯޑުން ނިކުމެގެން ދިޔައީ އާރާ އާ ދިމާލަށް އެއް ބުމަ އަރުވާލާފައެވެ. ކަޑަވީ ވަރުން އާރާ އެނބުރުނީ އަނެއް ފަރާތަށެވެ. ލޯ ހުޅުވާލީ މީހެއްގެ ގައިގައި ލައިގަތުމުން ނެވެ. ރުޅި ގަދަވެގެން ގޮސް ދެ ކަންފަތުން ދުންބުރާ ވަރުގައި ހުރި އީޝަލް ފެނުމުން ސިހިފައި އާރާއަށް ފަހަތަށް ޖެހިލެވުނެވެ. އެއްޗެއް ނުބުނެ ދޮރުން ނިކުމެގެން ގޮސް އީޝަލް އެރީ އޭނާގެ އިންތިޒާރުގައި އިން އޭނާގެ ބައްޕަގެ ސައިކަލުގެ ފަހަތަށެވެ.

” ދަރިފުޅާ! ކީކޭތަ ދަރިފުޅު އެތާ ހުރި ކުއްޖާ ކައިރީ ދެންމެ ތިކީ ” މާޝަލްއަށް އަދިވެސް ވިސްނެނީ ދެންމެ ވީކަން ކަންތަކާ ދޭތެރޭ ގައެވެ. އީޝަލް އަލިފުން ޔާއަށް އާރާ ކަންތައް ކުރި ގޮތް މާޝަލްއަށް ކިޔައިދިނެވެ. މާޝަލްއަށް ޕިސް ޕިސް އޭ ކިޔާ ބޯ ހޫރާލެވުނީ އާރާގެ ހަރަކާތްތަކާއި ވިސްނުން ހުރިލެއް ގޯސް ކަމުންނެވެ.

އޭގެ އަނެއް ދުވަހެވެ. އިރު ބޮލާއި ދިމާ މެދުގައި އިނދެ ދުނިޔެ ހޫނު ކުރަމުން ދިޔަ ވަގުތެވެ. ކަޅުހުއްތުބޭ އަތް ފުރާ ކޮތަޅު ހިފައިގެން އައިސް ވަނީ ނޫރާމެންގެ އަށެވެ. މިއަދު ހެނދުނު ނޫރިޝް ދޫކޮށްލުމުން ނޫރާ ގުޅާފައި އެ ވާހަކަ ބުނުމުން ނެވެ. ސަލާމް ގޮވާލާފައި މަޑުކޮށްލީ ސަލާމުގެ ޖަވާބު ލިބެން ދެންނެވެ. އެތެރެއިން ސަލާމް ބަލާގަތް އަޑު އިވުމުން ގޭތެރެއަށް ވަތް އިރުނޫރާ އެ ދިމާލަށް އަންނަނީ އެވެ. ” އަނހަ… ކަޅުހުއްތުބޭ ދޯ! ” ހިނިތުންވެލަމުން ނޫރާ ވާހަކަ ދެއްކި އެވެ. ” އާނ… ބޭބެ މިއައީ މިއަދު މިކަން ނިންމައިދެވޭތޯ… ” ކަޅުހުއްތުބޭ ގެނައި ކޮތަޅު ތަކުން ފަންޑިތައަށް ބޭނުންވާ ތަފާތު ވައްތަރުގެ ކުނޑި އާއި މާ ތަކެއް ނަގަމުން ވާހަކަ ދެއްކި އެވެ. ” ހަމަ ފަށަން ވީ… ” ނޫރާ ހީކުރީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. “އާނ… ކޮބާތަ ނޫރިޝް… ” ސޯފާގައި އިށީނދެލަމުން ކަޅުހުއްތުބޭ އަހާލި އެވެ. ” ކޮޓަރީގަ ވީ… ގެންނަން ވީ ތޯ… ” ނޫރާ އަހާލުމާއެކު ކަޅުހުއްތުބޭ ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުން ނެވެ.

ނޫރާ ގޮއްސަ އައި އިރު އައީ ނޫރިޝް ގޮވައިގެން ނެވެ. ” އެކޮއި… މިތާ އިށީނދޭ… ” ކަޅުހުއްތުބޭ މަލުގެ ފިޔައިން ހަދާފައިން ވައް ބުރަށް އިޝާރާތް ކޮށްލަމުން ބުނެލި އެވެ. ނޫރިޝް ގޮސް އެތާ އިށީނުމާއި އެކު ކަޅުހުއްތުބޭ ކިޔެވުން ފަށައިފި އެވެ.

ގޭ ބޮޑު ދޮރުގައި ވަރަށް ބާރަށް އައިސް އެއްޗެއް ޖެހުނު އަޑަށް އެންމެންނަށް ތެޅި ގަނެވުނީ ސިހުނުލެއް ބޮޑު ކަމުންނެވެ. ކަޅުހުއްތުބޭވެސް ސިހުނު ނަމަވެސް އޭނާ ކިޔެވުން ހުއްޓައެއް ނުލައެވެ. އިރު ކޮޅެއް ފަހުން ފެނުނީ ނޫރިޝްގެ ހަށިގަނޑު އެއްވެސް މީހެއްގެ ބާރަކާއި ނުލާ މައްޗަށް އަރާ ތަނެވެ. އެ މަންޒަރު ފެނުމުން ނޫރާ ބިރުން ނުވިރުނީ ކިރިޔާ އެވެ. ކަޅުހުއްތުބޭ އެ ދިމާލަށް ކުނޑި ކޮޅެއް ބުރުވާލި ތަނާ ހެން ފެނުނީ ބަލަ ބަލާ ތިއްބާ އެ ހަށިގަނޑު ތިރިވާ ތަނެވެ. އޭރުވެސް އަނގަ މަތީގައި އަތް އަޅައިގެން ހުރެ ނޫރާ ރޮނީ އެވެ. ” މީ ކިހާ ދެރަ ކަމެއް… ކަލޭ އިރު އިރު ކޮޅުން މަ މި ތަނަކަށް ތި ގެންނަނީ ކީތް ކުރަން ތަ… ” ނޫރިޝް ފިރިހެނެއް ގެ އަޑުން ވާހަކަ ދެއްކުމުން އޭނާގެ ހަށިގަނޑު ތެރޭގައި ޒިލްމީން އުޅޭ ކަން ނޫރާއަށް އިނގުނެވެ. ފުއްޕާފައި އެހެން ބުނި އިރު ހީވަނީ އާ ބާރުތަކެއް ލިބިފައި ހުރި ހެންނެވެ. ” ކަލޭ ނޫރިޝް ދޫކޮށްލާ…. ނޫނީ އަނދާލާނަން… ” ބޭކާރު ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ކަޅުހުއްތުބޭ އުޅުނީ އެއްފަހަރުން ނިންމާލާށެވެ. ” ނޫން… އަހަރެން އަނދާ ނުލާ… އަހަރެން ނޫރިޝްް ދޫކޮށްލަފާނަން…. ” ‘ އަނދާލާނަން ‘ މި ބަސް ކަޅުހުއްތުބޭގެ ދުލު ކޮޅުގައި އޮއްވާ އޭތި ސައިޒު ވެއްޖެ އެވެ. ” ކަލޭ މެންނަކަށް އިތުބާރެއް ނުކުރެވޭނެ…. އެއްވެސް ޔަގީންކަމެއް ނެތް ތި ބުނާ ބަހަކު… ” ކަޅުހުއްތުބޭ އިތުބާރު ނުކުރެވިފައި ކަހަލަ ގޮތަކަށް ބަލަހައްޓައިގެން ހުރެ ބުނެލި އެވެ. ” ނޫން…. އަހަންނަށް އިތުބާރު ކުރޭ… ” ނޫރިޝް ވައް ބުރުގެ ތެރޭގައި ހުރެ ކަޅުހުއްތުބޭ އާ ދިމާލަށް އަންނަމުން ބުނަމުން ދިޔައެވެ. ވައް ބުރުގެ ބޭރުން އަޅާފައި އޮތް މަލުގެ ފިޔަތަކުގައި ފައި ޖެހުމާއި އެކު ނޫރިޝް ދިޔައީ ވިއްސައިގެން ނެވެ. ” އިތުބާރު ކުރެވޭނީ ކަލޭ އިސްލާމް ވީމަ… އިސްލާމް ވެއްޖިއްޔާ ދޫކޮށްލާނީ ވެސް…. ” ކަޅުހުއްތުބޭ ބޭނުންވީ ސުލްހަވެރިކަމާއި އެކު މިކަން ނިންމާލާށެވެ. ” ހަހަހަ… ތިހެން ވެއްޖިއްޔާ ވަރިހަމަ އިތުބާރު ނުކުރިޔަސް… ” މިހެން ބުނޭ އޭތި ނިކުމެގެން ދިޔައީ އެވެ. ވަރު ދޫވެގެން އެތަނަށް ވެއްޓުނު ނޫރިޝްގެ ހަށިގަނޑުވެސް އެކަމަށް ހެކި ވެއެވެ. ކަޅުހުއްތުބޭގެ އިޝާރާތަށް ނޫރާ ނޫރިޝް ހޭ އެރުވި އެވެ. އަދި އެ ބުރުން ބޭރުކޮށް ސޯފާ މަތީގައި ބޭއްވީ ނޫރިޝް ސުވާލުކޮށް ކޮށް ހުއްޓާ ފަހުން ކިޔައި ދޭނެ ކަމަށް ބުނަމުން ނެވެ.

އޭތި އެ ގޮތަށް ދިއުމުން ދެން މި ކަން ނިންމޭނީ ހަނގުރާމަކޮށްގެން ކަން ކަޅުހުއްތުބެ އަށް އިނގުނެވެ. އެހެން ކަމުން އޭނާ އަވަސްވެގަތީ ހަނގުރާމަކޮށްގެން ނަމަވެސް ނޫރިޝް މި ކަމުން ސަލާމަތް ކޮށްދެވޭތޯ އެވެ. ކަޅުހުއްތުބޭ އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް ހަނގުރާމައަށް ތައްޔާރު ވަމުން ދިޔައެވެ. ހަގުރާމައަށް އޭނާއަށް ތަބާވާ ޖިންނިންގެ ބޮޑު ލަޝްކަރެއްގެ އުފެއްދީ ހަނގުރާމަ ކުރަން ފަސޭހަ އަކަށެވެ. ހަނގުރާމައަށް ތައްޔާރު ވެވުނީ ހަމަ ކިރިޔާ އެވެ. އެ ކޮޅުން ހަމަލާތައް އަމާޒު ކުރަން ފަށައިފިއެވެ. ކަޅުހުއްތުބޭ ހީކުރީ ޒިލްމީންގެ ބައިގަނޑުގައި ތިބޭނީ އަތުން ގުނާލެވޭހާ މަދު މީސްކޮޅެއް ކަމަށެވެ. ނަމަވެސް ކަންތައް ވީ އެހެންނެއް ނޫނެވެ. ޒިލްމީންގެ ބައިގަނޑު ފެނިފައި ކަޅުހުއްތުބޭގެ ދެ ލޯ ދިޔައީ ތަރަ ތަރަ ޖަހައިގެންނެވެ. ކަޅުހުއްތުބޭގެ ބައިގަނޑުގައި ނެތް ހާ ބައިވަރު ޒިލްމީންގެ ބައިގަނޑުގައި ތިއްބެވެ. އެ ބައިގަނޑުގައި ޒިލްމީންގެ އާއިލާވެސް އޮތް ގޮތަށް އޮތެވެ. އޭނާގެ އެކުވެރިންނާއި އޭނާއަށް ހެޔޮ އެދެންޏާ އެދޭހާ މީހަކު އެތާ ތިއްބެވެ. ނަމަވެސް މިކަމާ މާޔޫސްވުމުގެ ބަދަލުގައި ކަޅުހުއްތުބޭ ވީ އުފަލެވެ. ހަގުރާމައިގައި އެމީހުން ބަލިވެ ނެތިގެން ގޮސްފި ނަމަ، އެކަމުގެ ބަދަލު ހިފާނެ މީހަކު ދެން ނުހުންނާނެ ތީ އެވެ. އިންސާނުންނާއި ޚިލާފަށް އެމީހުންގެ ތެރޭގައި މައާފު ކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އެމީހުންގެ ދުނިޔޭގައި އޮންނަނީ ކޮންމެ ކަމަކަށްވެސް ބަދަލު ހިފުމާއި ދެކޮޅުވެރިކަން އުފެއްދުމެވެ. ނަމަވެސް ކަޅުހުއްތުބެއަށް ނޭނގުނު ނަމަވެސް ބަދަލުހިފާފާނެ އެކަކު ހަނގުރާމައިގައި ބައިވެރި ނުވެ އަދި އެބަ ހުއްޓެވެ.

ކަޅު އަނދިރި ނާމާން ޖަންގަލީގައި ހިނގަމުން ދިޔަ ހަނގުރާމަ ނޫރިޝްއަށް ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. އެ ހަނގުރާމައަށް ވުރެ ބޮޑަށް ނޫރިޝްއަށް ސަމާލުކަން ދެވެމުން ދިޔައީ އެ   ތަނުގައި ހުރި ބިޔަ ގަހެއްގެ ފުރަގަހުގައި ހުރެ އޭނާގެ އާއިލާ ބަލިވެ މަދުވަމުން ދާ ތަން ބަލަން ހުރެ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ކުޑަ ކުއްޖާއަށެވެ. އެއީ ޒިލްމީންގެ ދަރިފުޅު ޒިއްލީން އެވެ. އެއީ ޖިންނިއަކަށް ވިނަމަ ވެސް  ނޫރިޝްގެ ހިތުގައި އެކުއްޖާ އަށް ހަމްދަރުދީ އުފެދުނެވެ.

ހަނގުރާމަ ނިމުނީ ކަޅުހުއްތުބޭގެ ލަޝްކަރު މޮޅުވެ، ޒިލްމީންގެ ލަޝްކަރު ބަލިވެގެންނެވެ. އެބައިގަނޑު ގައި ތިބި ހުރިހާ ޖިންނިތައް ޝަހީދުވެގެން ދިޔައެވެ.

 

~- އެއްމަސް ފަސް –

ހަވީރުގެ ހިތްގައިމު ވަގުތެވެ. ނޫރިޝް އާއި އީޝަލް އެކުގައި ދިޔައީ ހިނގާލާށެވެ. މިހާރު ނޫރިޝް ސިހުރުގެ ކަންތަކުން އެއްކޮށް ހެން ސަލާމަތްވެ  އީޝަލް ފަދައިން އާދައިގެ ދިރިއުޅުމެއް އުޅެމުން ދެ އެވެ. ނަމަވެސް އޭނާއަށް އޭނާއަށް އަމިއްލަ ގޭގައި ދިރިއުޅުމަށް ވަނީ ނުކުޅެދިފައެވެ. މިހާރުވެސް އެގޭގައި ނިދާ ރެއަކު ވިއްޔާ އޭނާއަށް ސިހުރުގެ އުނދަގުލާއި ކުރިމަތި ލާން ޖެހެއެވެ. އެހެން ކަމުން އޭނާ މިހާރު އިޝާގެ އެދުމުގެ މަތިން ނިދަނީ އެގޭގައެވެ. ދެ މީހުން ސަކަރާތުގައި ގޮސް އަތިރި މަތީގައި ހިނގާލާފައި މަޢްރިބް ނަމާދަށް ބަންގި ގޮވުމުން ހިނގައިގަތީ ގެއާ ދިމާލަށެވެ.

= ނިމުނީ =

Share Article

Follow Me Written By

HAAIX

Level 1

im 13 years old and loves to read and write dhivehi stories

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 27

Next

ރުއިމުގެ އަޑު

Next
December 14, 2018

ރުއިމުގެ އަޑު

Previews
December 14, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 27

12 Comments!

  1. Waat!!! says:
    December 15, 2018 at 7:35 am

    Alheyy vaahaka minmaaliitha??? vrh salhi story??? hope to see a new story soon

  2. Aroo says:
    December 15, 2018 at 9:35 am

    Nimun kamaku nudhey

  3. Cute Lips says:
    December 15, 2018 at 10:59 am

    Salhi… Aneh stry akh reply nukurevun.. Srry. Haaix.. Ehnve meehcha reply kuree… Hma habeys..

    1. Cute Lips says:
      December 15, 2018 at 12:48 pm

      Haaix … Noorish ah egey ga ulhen udhagoo vaahaka bunedhinin dw sihuru ge sababun…geyah sihuru hadhaafaavaanama udhagoo vaane geyah vanumun… Mi buni ethi adhi understand nuvangna buney… Eyrun detail kuraanan..

  4. Raaya says:
    December 15, 2018 at 11:44 am

    V salhi ingey. Best.. 🙂

  5. Minnnu says:
    December 15, 2018 at 12:26 pm

    Story vv reethi ???? maashaa allah……… haaix ge ithuru story eh dhn fennaanetha??????????

  6. natash says:
    December 15, 2018 at 6:14 pm

    expected kuda kujjehge faraathun welldone focus on your studies

  7. nash says:
    December 16, 2018 at 9:35 pm

    maashaa allah. varah furihama. hiyeh nuvey 13 yrs ge kujjeh liyefa in vaahkaeh henneh vx. well done. keep it up ???

  8. nash says:
    December 16, 2018 at 9:38 pm

    maashaa allah. varah furihama. hiyeh nuvey 13 yrs ge kujjeh liyefa henneh vx. well done Haaix. keep it up.???

  9. Dhaadhu says:
    December 17, 2018 at 1:45 am

    Im sorru but family ehga ehaa ehgoeh nan thakeh hureema kiyaa iru varah odd.. aanmu koh dhemafiringe dharin ge nanthah eh goeh vaany. But mom dad daughter n son nan eh goeh veema ehaa ehaa eh noon. Maashal eeshal ishaa.. noorish nooraa.. mi hama hiyaaleh.. vaahaka nice hama.

  10. Rose says:
    December 17, 2018 at 5:24 pm

    Haadha avahakah thi ninmaaly??

  11. Kitty?❤❤ says:
    March 21, 2019 at 4:09 pm

    Yeah.maa a as ninmaaliley

Comments are closed.



All Right Reserved!