އާޅެން ހިތެއް ނުފުރޭނެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތަކީ ފޫނެތް ޖާޑީއެއްފަދަ އެއްޗެކެވެ. ދުވަހަކު އެއެއްނުފުރޭނެއެވެ. އެއްލާރި ދެލާރިއަށް ވުމީ އަބަދުގެ އުއްމީދެވެ. ފަޤީރު ދިރިއުޅުމަށް ރުހެވުމީ ހިތުގެ ހަމަޖެހުމެވެ. މުއްސަނދި ދިރިއުޅުން އެދޭނަމަ ހަމަޖެހުން ގެއްލިދާނެއެވެ. މާއްދިއްޔަތުގެ ފަހަތުން ދުވަންފެށެއެވެ. މީހުންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވެއެވެ. އާދައިގެ ގޮތެއް ޚިޔާރުކުރުމީ އެންމެ މޮޅު ފަރުވާއެވެ. ހިތްކިޔާހާ ކަމަކަށް ތަބާ ނުވުމީ އެންމެ ފައިދާބޮޑު ގޮތެވެ. ދުނިޔެވީ ދަރުސް ލިބިގަތުމީ މުސީބާތުގެ ދޮރުބަންދުވާ ކަމެކެވެ. ޝަކުވާ ނުކުރުމީ […]
ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ. އިރުކޮޅަކުން ޕޮލިސް ސްޓޭޝަންގައި ހުރި […]
މާހިރުގެ ދެމަފިރިން އެކުގައި ކާރުގައި ގެއަށް ފޮނުވާލުމަށްފަހު މިދުއާމް އާއި ހަމްޒާ ގެއަށްދިޔާއީ ސައިކަލުގައެވެ. މާހިރުއާއި ހިދާ އަކީ އަބަދުވެސް ނުރަނގަޅުކަމެއް ނޫންނަމަ ދަރިންގެ އުފަލަށް އިސްކަންދޭ ބަޔަކަށްވުމުން ދިޔައީ ލަސްނުކޮށް އައުމަށް ބުނެފައެވެ. ފަސްއަހަރުފަހުން ކިޔެވުން ނިންމާލައިގެން އައިރު ރަށުތެރެ އަށް އައިސްފައިވާ އުމްރާނީ ބަދަލުތަކުގެ އިތުރުން ހިތްގައިމު އަރާމު ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ދުއްވަމުންދިޔަ މިދުއާމްގެ ލޮލުގައި އެދިމާއިން ގޯޅިއަކުން ލަނބާލި އަންހެން ކުއްޖާ އަޅައިގަތުމާއެކު ދުއްވަން އިން ހަމްޒާގެ ކޮނޑުގައި ކޮޢްޓާލުމަށްފަހު އެދިމާއަސް […]
އިރުއޮއްސެން ގާތްވުމުން ތިން މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ. މިންހާ ގެއަށް އައިސް ވަންއިރު ސިޓިން ރޫމުގައި އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. އޭނަވެސް ގޮސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ”މަންމާ… ބައްޕާ… މިރޭ އަޝޫ ގެއަށް ގޮސްލަންތަ ތުއްތު އާ އާން އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކާން… އަޅުގަނޑުމެން ހަތަރު ކުދިން ކައްކާާނީ… ކުޑަކޮށް މަޖާކޮށްލަން… ދެން މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… އޭރުން އަނެއްކާވެސް އެންމެންވެސް […]
ގަޑީގެ ސިކުންތުކަށިގެ އޭގެ ވާޖިބުއަދާކުރުމުގައި ފަރުވާތެރިކަމާއެކުގައި ކުރިއަށްދެއެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތްމީހަކުފަދައިން ސަލްވާއޮތީ ފުންހިޔާލެއްގެތެރޭގައެވެ. “އެއީ އަނެއްކާ އިންސާނެއްބާއެވެ. ގައިގެކުލައަލި، އޮމާންހަނގަޑެކެވެ. އިސްކޮޅުގައި ހަފޫޓްހުންނާނެކަންގައިމެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނބުޅިމަތިމަސްވެސް ތުނިކޮސްބަހައްޓާފައި ހުރުމުން އޭނާގެ ފިރިހެންވަންތަކަށް އިތުރަށް ހާމަވެގެންދެއެވެ. ލޮލުގެ އެސްފިޔަތަށްދިގުވެފައި ބުމައިގެ އިސްތަށިތަށް އެހާބޯކޮށްހުރުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަދި އެޖާދުވި ދެލޮލުގައިވާ މަޑުނޫކުލައިގެ ކަޅިރަވައިގެ ޖާދޫގައި ޖެހި ފިދާވާނެ އެތަކެް އަންހެންކުދިންނެއް ތިބޭނެކަން ގައިމެވެ. ” ހިތުގައި އެނބުރެމުން ދިޔަ ތަފާތު ހިޔާލުތަކާއި ޝުއޫރުތަކާއެކު […]
“ކޮންމެ ކަމަކަށްވެސް އެއްޗަކަށްވެސް ކަނޑައެޅިފަ އޮންނަ ވަކި ވަގުތެއް އޮވެއެވެ. އުފެދޭ ކޮންމެ އެއްޗަކީވެސް އެ އެއްޗަކަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމުން ނެތިފަނާވެދާ އެއްޗެކެވެ. މިއީ ދެބަސްވެވެންނެތް އިލާހީ ޤާނޫނުގައި ވާގޮތެވެ. ދަރިފުޅާއެވެ. މަންމަ އުފަންވީ މީގެ ތިރީހަކަށް އަހަރުކުރިން ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. މަންމަ ބަލާބޮދުކުރުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް އެބައިމީހުން ވިއެވެ. މަންމަ އަކީ މުޖުތަމަޢު ބަލައިގަންނަފަދަ މީހަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދިންކަން މަންމަ އުފަލާއެކު ފާހަގަކުރަމެވެ. ކޮންމެ އަކަސް ގިނަބައެއްގެ […]
އާދޭހުގެ ރާގެއްގައި އަލޫފް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އީލާފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އެދުން އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިންހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އީލާފްގެ ހިތުގެ އެދުމަށް ބަދަލު އައެވެ. އޭނަގެ ދިރިއުޅުމުގައި ބޭނުންވާ ގިނަ ކަންތައްތައް ހާސިލްނުވަނީ މިންހާގެ ސަބަބުން ކަމުގައި ގަބޫލުކުރެވި ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ. ” […]
ރޯޝީންއާއި ނައީމު ގެއަށް އައިސް ވަން އިރު ގޭގެ ދޮރު މަތީގައި ހުރި ފައިވާނުން އިޔާން އައިއްސި ކަން އެނގުނެވެ. އަތުގައި ހުރި ކޮތަޅުތަށް ބެހެއްޓުމަށްފަހު އިޔާން ކައިރިއަށް ދާން އުޅުނު ރޯޝީން ހުއްޓުވީ ނައީމުއެވެ. ރޯޝީން އާއި ނައީމުއަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ. މެންދަމުގެ ހަމަ ހިމޭން ވަގުތުގައި އިޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ”ހަލޯ.. އަދިވެސް ނިދަނީތަ؟ އާދެބަލަ ރުފިޔާކޮޅެއް ހިފައިގެން.. އަހަރެމެންގެ ގުރޫޕަށް މިހާރު އެހެން ދެ މީހަކު އިތުރު ވެއްޖެ.. ދެންވެސް އާދެބަލަ.. ވަރަށް ފޯރި މިތަން..” ފޯނު ނެގުމާއިއެކު ލޫޝާން ވާހަކަދައްކަން ފެށިއެވެ. މެންދުރު ނިދި ގޮތަށް އިޔާންގެ ދެލޯ ހުޅުވާލީ ފޯނު ރިންގުވި އަޑަށެވެ. […]
އަރާމުކޮށް ނިދާފައި އޮތް މިންހާއަށް ހޭލެވުނީ އޭނަގެ ދޮން މޫނަށް އިރުގެ ރަން ދޯދިތައް އެޅުމުންނެވެ. ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރު ކަހާލާފައިވާއިރު ދޮރު ފޮތިތަކުން އިރުގެ ރަން ދޯދިތައް އެޅިފައިވީ ސީދާ އޭނަގެ މޫނަށެވެ. ފަތިސް ނަމާދަށް ފަހުވެސް ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން މިންހާާ ގަސްތުކުރީ ނިދާލާށެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލަމުން މިންހާ ތެދުވިއެވެ. އާދައިގެ މަތިން އެނދުމަތި ތަރުތީބުކޮށްލުމަށްފަހު މިންހާ ފާޚާނާއަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. މަޑު […]