Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 7

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 14, 2018 10 Mins Read
18 Comments

މިންހާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ” އަޝޫ… ކިހިނެއްވީ ހާދަ ހާސްވެފަ… ” ކޮޓަރިއަށް ވަދެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ހިނގައި ގަންނަމުން މިންހާ ސުވާލުކުރިއެވެ. ” ޝާއިފް ބުނީ މީޓްކޮށްލަން ބޭނުމޯ މިއަދު މިވަގުތު… އަހަރެމެން ގޭ ކައިރީ ބީޗްއަށް އަންނާށޯ… ނޭނގެ ކީއްކުރަން ކަމެއް… ދާކަށް ނުކެރޭނޭ ބުނީމަ ހުރީ ހިތްހަމަނުޖެހިފަ… އަހަރެން ބޭނުން ދާން.. އެކަމަކު މީހަކަށް ފެނިދާނެތީ ބިރު ގަންނަނީ… މިންނު ހިނގާބަ އަހަންނާއެކު ދާން… މިންނު ހުންނާނީ މީހަކު އާދޭތޯ ބަލަން ދުރުގަ… ޕްލީޒް… ޕްލީޒް…. ” މިންހާ ސުވާލުކުރުމާއެކު އަޝްރާ އަވަސް އަވަހަށް ވީ ކިހިނެއް ކަމާއި އޭނަ ބޭނުންވާ ގޮތް ހާމަކުރިއެވެ. ” އެކަމަކު އަޝޫ މީހަކަށް ފެނިއްޖިއްޔާ ކިހިނެއްް ހަދާނީ… ” ހިތް ނުތަނަވަސްވެފައިހުރެ މިންހާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. ” ނުފެންނާނެ އިންޝާ ﷲ… މީހަކު އަންނަންޏާ މިންނު ކޮންމެވެސް ގޮތަކުން އިޝާރާތެއް ކޮށްލާނީ… ޕްލީޒް.. ޕްލީޒް… ” އަޝްރާ އާދޭސްކުރަން ފެށުމުން އެންމެ ފަހުން މިންހާ އޭނައާއެކު ދާން އެއްބަސްވިއެވެ.

ފޯނުން ޝާއިފަށް މިދަނީ ކަމުގައި ބުނެ މެސެޖު ކުރުމަށްފަހު މިންހާއާއެކު އަޝްރާ ގެއިން ނިކުމެ އެގޭ ކައިރީގައި އޮތް އަތިރިމައްޗަށް ދާން ހިނގައިގަތެވެ. ގެތައް ފަސްދީފައި އޮންނަ ހިސާބުން އަތިރި މައްޗަށް ނިކުންނަން މަގެއް ހަދާފައިވީއިރު ދެފަރާތުގައި ގަސްތައް ހެދިފައި ހުއްޓެވެ. ޖެހިލާ ވައިރޯޅިތަކާއެކު ގަސްތައް ދެފަރާތަށް ނަށަމުން ދާއިރު އެމާހައުލުން ހިތްތަކަށްވެސް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. އަޝްރާ އާއި މިންހާ ގޮސް އަތިރިމައްޗަށް ފޭބިއިރު އެދެމީހުނަށް ފުރަގަސްދީގެން ޝާއިފް ހުއްޓެވެ. މަޑު ފިޔާތޮށި ކުލައިގެ ގަމީހަކާއެކު އައިސް ބުލޫ ޖިންސެއްގައި ހުރިއިރު ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން ހުރުމުން ނުހަނު ފިރިހެންވަންތަކަމަށް ދައްކައެވެ. މިންހާ ގާތު އެތަނުގައި ހުރުމަށް ބުނުމަށްފަހު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ޝާއިފްގެ ފަހަތުގައި ހުއްޓުނެވެ.

އަޝްރާ ޝާއިފްގެ ގާތަށް ދިއުމުން މިންހާ މީހަކު ފެންނަން ހުރިތޯ ވަށާއިގެން ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެކިކޮޅު ކޮޅަށް ނަޒަރު ހުއްޓާލައިގެން ހުރި މިންހާއަށް ސިހުންގެނުވީ ފަހަތުން އޭނަގެ ލޯ މަތީގައި މީހަކު އަތް އެޅުމުންނެވެ. ” އަލޫފް… ” ދުވި މީރު ސެންޓުގެ ވަހުންނާއި އެއަމަލުގެ ސަބަބުން އެއީ އަލޫފްގެ އަމަލެއްކަން އެނގި މިންހާއަަށް މަޑުމަޑުން އަލޫފްގެ ނަން ކިޔާލެވުނެވެ.

ހަވީރުގެ އެހިތްގައިމު ވަގުތު އިއާން އާއި ނާއިލް ދިޔައީ އަތިރިމަތީގެ ރީތި ދޮންވެލިގަނޑުގައި ހިނގަމުންނެވެ. ހިނގަމުން ދިޔައިރު ތަފާތު ވާހަކަތައް އެދެމެދުގައި ދެކެވެމުން ދިޔައެވެ. ހިނގަމުން ދިޔަ ދެމީހުންގެ ހިނގުން ހުއްޓި ބުމަ ގޮށްޖެހިގެން ދިޔައީ ފެންނަމުން ދިޔަ މަންޒަރުންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނުމަށްފަހު ގަސްތަކާއި ދިމާލަށް މިސްރާބުޖެހިއެވެ.

” ޝާއިފް… ” ޝާއިފް ހިތްހަމަނުޖެހިފައި ހުރުމުން ޖެހިލުންވެފައި ހުރި ނަމަވެސް އަޝްރާ އޭނަގެ ފަހަތުގައި ހުއްޓި މަޑުމަޑުން ޝާއިފަށް ގޮވާލިއެވެ. އަޝްރާގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމާއެކު ޝާއިފް ފަހަތަށް އެނބުރި އަޝްރާގެ އެރީތި މޫނަށް ހިނިތުންވެލަމުން ނަޒަރު ހުއްޓާލިއެވެ. ހިނިތުންވެހުރެ ޝާއިފް އޭނައަށް ބަލައިލުމުން އަޝްރާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ” އައިމް ސޮރީ ލަވް… ރުޅި އައިއްސައެއްނޫނޭ އަސްލު ހުރީ… އަޝް ނައިސްފާނެތީ އަހަރެން ރުޅި އައިސްފަ ހުރިކަމަށް ހެދުނީ… ކިހިނެއް އަހަރެން އަސްލު އަޝްދެކެ ރުޅި އަންނާނީ… އެއަށްވުރެ މާބޮޑަށް ލޯބިވޭ… ” އަޝްރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލު ޝާއިފަށް އިނގުނު ފަދައެވެ. އެއާއެކު ޝާއިފް ހަމަ އެ ހިނިތުންވުމުގައި ހުރެ އަޝްރާ އާ ވާހަކަ ދެއްކިއެވެ. ” ޝާއިފް… ދެން އެހެން ދުވަހަކުވެސް ނަހަދައްޗޭ… އަހަރެން ވަރަށް ބިރުން މިހުރީ ޝާއިފް ރުޅި އައީކަމަށް ހީކޮށް… ދެން ބުނެބަލަ އަވަހަށް… މީޓްކުރަން ބުނީ ކީއްކުރަން… އައިމް ކިއުރިއަސް ޓު ނޯ އިޓް… ” ޝާއިފްގެ ވާހަކަތަކުން ހިތްހަމަޖެހިފައި ހުރެ އަޝްރާ ބުނެލިއެވެ. ” ފަސްޓް ކްލޯޒް ޔުއާ އައިސް… އޭރުން އެނގޭނެ… ” ޝާއިފް އެހެން ބުނުމާއެކު ސުވާލު އުފެދިފައިހުރެވެސް ޝާއިފަށް އިތުބާރު ކުރަމުން އަޝްރާ އޭނަގެ ދިގު އެސްފިޔަތައް ތިރިކޮށްލާ ދެލޯ މަރާލިއެވެ.

ކުޑަ ވަގުތުކޮޅަކަށްފަހު ޝާއިފް އަޝްރާގެ ގާތު ލޯ ހުޅުވުމަށް އެދުނެވެ. އެއާއެކު އަޝްރާ އޭނަގެ ދެލޯ ހުޅުވާލިއެވެ. ދެލޯ ހުޅުވާލުމާއެކު އޭނައަށް ފެނިގެން ދިޔަ މަންޒަރުން ބަޔާންނުކުރެވޭފަދަ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އޭރު ހުދު ކުލައިގެ އެހެއްޖެހި ރިހި އަނގޮއްޓިއެއްް ދިއްކޮށްލައިގެން ޝާއިފް އޭނަގެ ކުރިމަތީގައި ހުއްޓެވެ. ” އައި ލަވް ޔޫ އަޝްރާ… އަސްލު ޕްރޮޕޯސް ކުރި އިރު ދޭން ބޭނުންވީ ބަޓް… މެސެޖުން ޕްރޮޕޯސްކުރީމަ ކިހިނެއްދޯ ރިންގް އަޅުވާލަދޭނީ… ފަހުންވިޔަސް އަހަރެން ބޭނުންވީ އަހަރެންގެ ހަނދާނެއް އަބަދުވެސް އަޝްރާގެ އަތުގަ ބާއްވަން… ސޯ ޕްލީޒް ގިވް ޔުއާ ހޭންޑް… ” ޝާއިފް އެހެން ބުނުމުން އަޝްރާ މަޑުމަޑުން އޭނަގެ ވައަތުއަތް ޝާއިފްގެ އަތް މަތީގައި ބާއްވާލިއެވެ. ނުހަނު ލޮއެބާއެކު ޝާއިފް އަޝްރާގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލަދިނުމަށްފަހު އެއަތުގައި ބޮސްދިނެވެ. އެވަގުތު އަޝްރާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއިރު މޫނަށްވެސް ޖަންބު ކުލަ ވެރިވިއެވެ. ހިތަށް ލިބިގެންދިޔައީ ބަޔާންނުކުރެވޭފަދަ ހިތްހަމަޖެހުމާކާއި އުފަލެކެވެ.

މިންހާ އަލޫފްގެ ނަން ކިޔާލުމާއެކު އަލޫފް އޭނަގެ އަތް މިންހާގެ ލޯމަތިން ނެގިއެވެ. އަލޫފް އޭނަގެ އަތް ލޯ މަތިން ނެގުމާއެކު މިންހާ އުފާވެރި މޫނަކާއެކު ފަސްއެނބުރި އަލޫފްގެ ފުން ދެލޮލަށް ބަލައިލިއެވެ. އަލޫފަށްވެސް މިންހާގެ އެތޫނު ދެލޮލަށް ބަލަން ހުރެވުނީއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދުލުވުމުން ދެހިތުގައިވެސް އުފާވެރި ރާގެއް ކުޅެވިގެން ދިޔައެވެ. ” ކިހިނެއް އިނގުނީ އަހަރެން ކަމެއް… ” ލައިގެން ހުރި މަޑު ނޫކުލައިގެ ސްކިނީގެ ޖީބަށް އަތް ޖަހާލާ ހަމައަކަށް އެޅިލަމުން އަލޫފް ސުވާލުކުރިއެވެ. ”އަލޫފްގެ ސެންޓު ވަސް… ދެން އެހެން ނޫނަސް ތިހެން ކަންތައްކުރާނީ ހަމައެކަނި އަލޫފްކަން އިނގޭ… ” ކުޑަކޮށް އިސްޖަހައިލައިގެން ހުރެ ލަދުރަކި ހިނިތުންވަމަކާއެކު މިންހާ ބުނެލިއެވެ. ”މިން ލަދުގަތީމަ މާ ލޯބި… ” މިންހާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލަމުން އަލޫފް ބުނެލިއެވެ. އެއާއެކު މިންހާ އިތުރަށް ލަދުގަތެވެ. އަޝްރާ އައި ޝާއިފެކޭ އެއްފަދައިން އެދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއެއްގައެވެ. ވަށާއިގެން ހިނގާ އެއްވެސް ކަމަކަށް ސަމާލުކަމެއް ދިނުމެއްނެތި ލޯބިވާ ބައިވެރިޔާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައެވެ.

ފެންނަމުން ދިޔަ މަންޒަރު ބަލަން ގަސްތަކުގެ ނިވަލުގައި ތިބި އިއާން އާއި ނާއިލްގެ މޫނު މަތިން ތަފާތު އެކި ކުލަވަރުތައް ފެންނަމުން ދިޔައެވެ. އަޝްރާ އާއި ޝާއިފްގެ އަމަލުތައް ފެނި ދެމީހުންގެ ދެބުމަ ގޮށްޖެހިފައިވީއިރު ހިތުގައި ސުވާލުތައް އުފެދިފައިވެއެވެ. މިންހާ އާއި އަލޫފްގެ އެ ގާތް ކަމާއި ހަރަކާތްތަކުން އިއާންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވަމުން ދިޔައެވެ. އެމަންޒަރުތައް ފެނި އެންމެ ގާތް އެކުވެރިޔާގެ ހިތަށް ކުރާނެ އަސަރު ހިތަށްއެރުމާއެކު ނާއިލްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ހަމްދަރުދީގެ ނަޒަރަކުން އެވަގުތު ނާއިލަށް އިއާންއަށް ބަލައިލެވުނެވެ.

އަޝްރާ އާއި ޝާއިފް ފަސް އެނބުރި ބަލައިލިއިރު މިންހާ އާއި އަލޫފް ހަރަކާތްތެެރިވަމުން ދިޔައީ ފޮޓޯ ނެގުމުގައެވެ. ” ބަލާބަލަ ދެމީހުން ފޮޓޯ ނަގާ ވަރެއް… މިދެމީހުން ގާޑު ކުރާކަށް ނެތެއްނު ބެހެއްޓޭކަށް… ދެމީހުންވެސް މިއުޅެނީ އަމިއްލަ ދުނިޔެއެއްގަ… ހެހެހެ… ” އަލޫފް އަދި މިންހާގެ ގާތަށް އައިސް ހުއްޓެމުން ޝާއިފް އެދެމީހުނާ ދިމާކޮށްލިއެވެ. އެއާއެކު ދެން އިވިގެން ދިޔައީ އެންމެންގެ ލުއި ހުނުމުގެ އަޑެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ހަތަރު މީހުން ތިބުމަށްފަހު އަލޫފް އާއި ޝާއިފް ދެން ދަނީ ކަމުގައި ބުނެ ހިނގައިގަތެވެ. އެދެމީހުން ލޮލު ކޮޅަށް ގެއްލެން ދެން ބަލަން ހުރުމަށްފަހު އަޝްރާ އާއި މިންހާވެސް ގެއަށް ދިއުމަށްޓަކައި ފަސް އެނބުރި ހިނގައިގަތެވެ. އެޅުނު ފުރަތަމަ ފިޔަވަޅާއެކު ދެމީހުންވެސް ހުއްޓުން އެރީ ކުރިމަތީގައި ތިބި އިއާން އާއި ނާއިލް ފެނިފައެވެ. އެދެމީހުންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އަޝްރާ އާއި މިންހާވެސް ހުރީ ޖެހިލުންވެފައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނުމަށްފަހު ކުއްވެރިއެއް ފަދައިން އިސްޖަހާލިއެވެ. އިއާން އާއި ނާއިލްގެ ސުވާލުތައް އަމާޒުވާނެކަން އިނގި ދެމީހުންވެސް ތިބީ ނުތަނަވަސްވެފައެވެ.

”އަޝްރާ…ކިހާ ދުހެއްވެއްޖެ ހިނގާ ކަމެއް މީ؟” ދެޖީބަށް އަތް ޖަހާލަމުން ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމާއެކު އިއާން އަޝްރާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ ސުވާލުކުރިއެވެ. ”ދޮންބެ… އަޅުގަނޑު… ބުނަން އުޅުނީ… މީ… ” ޖެހިލުންވެފައި ހުރުމުން އަޝްރާއަށް ވާހަކަ ދެއްކުންވީ އުނދަގޫކަމަކަށެވެ. ” އަޝްރާ… ކިހާ ދުވަހެއްވެއްޖެހޭ ދޮންބެ މިއަހަނީ… ” އިއާން ދެވަނަ ފަހަރަށް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ. ” ދޮންބެ… ދުވަސްކޮޅެއް… ވެއްޖެ… ” ޖެހިލުންވެފައިހުރެ އަޝްރާ ޖަވާބުދިނެވެ. ” މިންނު… މިންނު ކިހާ ދުވަހެއްވެއްޖެ… ތުއްތު ހިޔެއްނުކުރަން މިންނު މިކަހަލަ ކަމެއް ކޮށްފާނެކަމަކަށް… ” ނާއިލްވެސް މިންހާ އާއި ދިމާލަށް ބަލަހައްޓާއިގެން ހުރެ ބުނެލިއެވެ. ނާއިލްވެސް އަދި އިއާާންވެސް މިންހާ އާއި އަލޫފްގެ ގުޅުން ނޭނގޭ ކަމަށް ހެދުނީއެވެ. ” ތުއްތު… މީ… ކުރިން ރެއަކު… ތުއްތު ސޮރީ… ޕްލީޒް މަންމަމެން ގާތު ނުބުނައްޗޭ… ޕްލީޒް… ” މިންހާވެސް ޖެހުލުންވެފައި ހުރެވެސް ވާހަކަ ދެއްކިއެވެ. ” ދެމީހުންކުރެ އެކަކުވެސް ކިޔެވުމަށް ފަރުވާ ކުޑަކޮށްފިއްޔާ ބުނާން ދޯ އާން… ” ނާއިލް އެހެން ބުނެލުމާއެކު އިއާންވެސް އެކަމަށް ތާޢީދުކުރިއެވެ. އެއާއެކު މިންހާ އާއި އަޝްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ” ޕްރޮމިސް… ކިޔެވުމަކަށް ފަރުވާކުޑަނުކުރާނަމޭ… ” އަޝްރާ އާއި މިންހާ ދެމީހުން އެއްކޮށް އަވަސް އަވަހަށް ބުނެލިއެވެ. ” އެކަމަކު އަޝޫ… ދެން މިގޮތަށް މީޓްކޮށްގެން ނުވާނެ އިނގޭ… އަހަރެމެން ދެމީހުން ނޫން އެހެން މީހަކަށް ދެންމެ ފެނުނު ނަމަ ކިހިނެއްވާނީ… އެހެން މީހަކަަށް ފެނިއްޖިއްޔާ ހަމަގައިމުވެސް ރަށު ތެރޭގަ ކިޔާނެ… އޭރުން މަންމަ މެނާ ހަމައަށްވެސް މިވާހަކަ ފޯރާނެ… ” އިއާންގެ ވާހަކައިން ދެމީހުނަށްވެސް އެއްޗެކޭ ނުބުނެ ހުރެވުނީއެވެ. އިއާންގެ އެވާހަކަ ދެމީހުންވެސް ގަބޫލުކުރިއެވެ. ނާއިލްވެސް އެގޮތަށް ބައްދަލުނުކުރުމަށް މިންހާއަށް ލަފާދިނެވެ. އެއާއެކު މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެތަނުގައި އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ހަތަރު އެކުވެރިންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ.

ރޭގަނޑު އިޝާ ނަމާދުން އައިސް އަލޫފް އޭނަގެ އެނދުގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އަލޫފް ދިޔައީ މިއަދު ހަވީރު ނެގި ފޮޓޯތައް ބަލަމުންނެވެ. މިންހާގެ އެރީތި ތަސްވީރުތައް ބަލަމުން ދިޔައިރު އަލޫފްގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވިއެވެ. އެ ފޮޓޯތަކުގެ ތެރެއިންވެސް އަލޫފަށް އެންމެ ކަމުދިޔައީ އެދެމީހުން ނަގާފައިވި ސެލްފީއެވެ. އޭނާ ވަގުތުން އެފޮޓޯ ފޯނުގެ ވޯލްޕޭޕާއަށް ލިއެވެ. ފަހަތުން ފެހިކަން ގަދަ ގަސްތައް ފެންނަން ހުރިއިރު ދެމީހުންގެ މޫނު މަތިން ފެންނަމުންދާ އުފާވެރިކަމުން އެފޮޓޯ އިތުރަށް ފުރިހަމަކޮށްދެއެވެ. ” ދޮންބޭ… އަންނާށޯ ކާން މަންމަ ބުނީ… ” ފޮޓޯތަކަށް ގެއްލިފައި އޮތް އަލޫފް ސިހިގެން ދިޔައީ އީލާފް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވާހަކަ ދެއްކުމުންނެވެ. އޭނާ ފޯނު އެނދު މަތީގައި ބޭއްވުމަށްފަހު ދާން ހިނގައިގަތެވެ.

ނިދަން އޮށޯވެ އޮތް މިންހާގެ ސިކުނޑީގައި ވަނީ އަލޫފްގެ އެކި ހަނދާންތަކެވެ. މިއަދު ހަވީރު އަލޫފް އާއެކު އެ ހޭދަކުރެވުނު ވަގުތުތައް ވަނީ އޭނަގެ ހިތުގައި ރައްކާކުރެވިފައެވެ. އެރީތި ހަނދާާންތަކުން އޭނަގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެއެވެ. މިރޭވެސް ނިދީގެ ފޮނި މީރުކަމަށް މިންހާ ފީނައިގަތީ އަލޫފްގެ ހަނދާންތަކުގައި އޮވެއެވެ.

އެނދުގައި އޮށޯވެ އޮތް އިއާންގެ ލޮލުގައި މިރޭވެސް ނިދީގެ އެއްވެސް އަސަރެއްނެތެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދަނީ އަލޫފް އާއި މިންހާގެ ހަނދާންތަކެވެ. އެއިން ކޮންމެ މަންޒަރަކުންވެސް އިއާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދެއެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ އެތައް މަންޒަރެއް އަދި އޭނައަށް ފެންނާނެކަން ހަނދާންވުމުން ކޮންމެ ހާލެއްގައިވެސް އޭނަ ކެތްތެރިވާން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. އިއާާންއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކުގައި އޮއްވައެވެ.

މުޅިން އައު ދުވަހަކަށް އިރު އެރުމާއެކު ކާޅާއި ކޮވެލީގެ އަޑުން ފަޒާތެރެ ގުގުމާލިއެވެ. އާދައިގެ މަތިން ފަތިސް ނަމާދަށްފަހު މިންހާ ފޮތް ކިޔުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ތިރިއަށް ފޭބިއެވެ. އޭރު އަޝްރަފާއި މާހިލް ކޮފީ ބޯން ތިބިއިރު ނާހިދާވެސް ކޮފީއެއް ތައްޔާރުކުރުމުގައި އުޅެއެވެ. މިންހާ އައުމާއެކު އެންމެންވެސް ހިނިތުންވުމަކާއެކު ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. މިންހާވެސް ހިނިތުންވެލަމުން އެއެންމެނަށް ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. ”މިންނު… ކޮފީއެއް ހަދައިދެންތަ މަންމަ… ” ނާހިދާ އެހެން ބުނުމާއެކު މިންހާ އަމިއްލައަށް ތައްޔާރުކޮށްލާނެ ކަމުގައި ބުނެލިއެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު އާއިލާގެ އެންމެން އެކުގައި ކޮފީއަށް އިންސާފުކުރަމުން ދިޔައެވެ. ” މިންނު ދޭބަލަ މަންމައަށް މަގުމަތި ކުނިކަހާލަދެން ރޮށި ފިހަންވާއިރަށް… ” އެންމެން ބުއި ކޮފީ މަގުތައް ދޮންނަން ސިންކު ކައިރީގައި ހުރި ނާހިދާ އެހެން ބުނުމާއެކު މިންހާާ ލައްބައޭ ބުނެ އިލޮށިފައްޗެއް ހިފައިގެން މަގުމަތި ކުނިކަހަން ނިކުތެވެ. ނާއިލް މެން ގޭ ފަޅިއާއި އެއްކޮށް ކުނިކަހާ ކުނިތައް ގެނުމަށްފަހު މިންހާ އެތެރެއަށް ވަނެވެ. އޭރު ނާހިދާ ފުށް ގުޅަތައް ހަދާ ރޮށި ދަމަން ތައްޔާރުވަނީއެވެ. އިލޮށިފަތި އޮތްތަނުގައި ބޭއްވުމަށްފަހު ބަދިގެެއަށް ވަދެ އަތް ދޮވެލައިގެން ރޮށި ފިހުމަށް މިންހާ އަވަސްވެގަތެވެ.

” މަންމާ… ކޮފީއެއް ހަދައިދީބަލަ… ” ކަންނެތް ހިނގުމެއްގައި ހިނގާފައި އައިސް ބަދިގެއަށް ވަން އީލާފް އޭނަގެ މަންމަ އާޒިމާއާ ވާހަކަ ދެއްކިއެވެ. ” މީ މީހުން ކޮފީ ބޯ ގަޑިތަ… މިހާރު އެހެރަ ދިހައެއް ޖަހަނީ… ސައި ތައްޔާރުކޮށްފަ ކިތަންމެ އިރެއް މިހާރު… މަންމަ މިހިރީ އީލާފް އައިމަ ނޫނީ ސައިވެސް ނުބޮއެ… އިށީންދޭ ސައިބޯން… އީލާފްއަށް މަންމަ އެވަރަށް ގޮވީމަވެސް ނުދެތުވެ އޮތީއެއްނު… ސުކޫލު ކިޔެވުން އޮންނަ ދުވަހަކުވެސް މަންމަ ގޮވާވާ ބަލިވާފަހުން އީލާފް ތެދުވަނީ… ބަންދު ދުވަސްތަކުގަ ނިދާލިޔަކަސް އެއީ މައްސަލައެއް ނޫން… އެކަމަކު ދިހައެއް އެގާރަ ޖަހަންދެން ނިދަންޏާ ތަންކޮޅެއް ބޮޑު ވަރެއްހެން މަންމައަށް ހީވަނީ… ބަންދު ދުވަސްތަކުގެ ތެދުވެގެން އީލާފް މަންމައަށް އެހީތެރިވެދޭނަމަ ކަންކަމުގަ… މިހާރު ތިހިރީ ފަނަރަ އަހަރުވެފަ… މަންމައަށް އެހީތެރެވެދޭން ކުދިކުދި ކަންތައް ނަމަވެސް އީލާފް ކުރަންވާނެ އެއްނު މިހާރު… ބަލާބަލަ މިހާރުވެސް ނާހިދާ ގޯތި މިންހާއަށް… ހާދަ ރަނގަޅު ކުއްޖެކޭ އެއީ… މިއަދުވެސް މަންމަ ދެކުނިން ވަރަށް ހެނދުނާ މަގުމަތި ކުނިކަހަން އޮއްވަ… އީލާފް އާ އެއްއުމުރެއްގެ ކުއްޖެއްނު އެއީވެސް…އާސިމާ ގޯތި އަޝްރާވެސް އެހާ ރަނގަޅު ކުއްޖެއް އެއީ… ” ސައި ޖޯޑަށް ސައި އަޅާ ތަށިތަކުގެ މަތި ނަގަމުން ދިޔަ އާޒިމާ ވާހަކަ ދައްކަމުން ދިޔައެވެ. ” މިންހާާ މިންހާ މިންހާ… ސުކޫލުގަ މިންހާ… ބޭރު ތެރޭގަވެސް މިންހާ… އެންމެ ފަހުން މިގޭގަވެސް މިންހާ… އަޅެ މިންހާ ނޫން އެހެން މީހަކު ނިދުނިޔޭގަ ނޫޅެނީތަ… އަހަރެން ނޫޅެން ސައިބޯކަށްވެސް… ” އޭނަގެ މަންމަގެ ދުލުންވެސް މިންހާއަށް ތަޢުރީފުގެ ބަސްތައް ލިބުމުން އީލާފްއަށް ކެތެއްނުކުރެވުނެވެ. އައި ރުޅީގައި ބާރަށް އެހެން ބުނުމަށްފަހު ސައިވެސް ނުބޮއެ އޭނަގެ ކޮޓަރިއަށް ދިޔައެވެ. އީލާފްގެ އަމަލުތައް ހުރި ގޮތުން އާޒިމާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުލިބުނެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ އުޅުން ހުންނަގޮތުން އާޒިމާ ނުހަނު ކަންބޮޑުވެއެވެ. އެތައް ފަހަރަކު އޭނަ މިހާރު އީލާފްއަށް ވިސްނައިދޭންވެސް މަސައްކަތް ކޮށްފިއެވެ. ތަކުރާރުކޮށް ނަސޭހަތްދެމުން ދިޔަ ނަމަވެސް އުޅުން ރަނގަޅެއްނުވެއެވެ. ވަނީ ހައްތަހާ ގޯހެވެ. ކަންބޮޑުވެފައި އިނދެ އާޒިމާއަށް ދެފަރާތަށް މަޑުމަޑުން ބޯ ހޫރާލެވެނެވެ.

ކާކޮޓަރިއަށް ވަންނަން އައި އަލޫފްވެސް ހުރީ އީލާފްގެ އަމަލުތަކުން ކަންބޮޑުވެފައެވެ. އޭނަ އާއި މިންހާގެ ގުޅުމުގެ ވާހަކަ އީލާފްއަށް އެނގޭ ދުވަހަކުން އަދި ކިހާ ވަރެއް ވާނެބާއެވެ. މީހެއްގެ ދުލުން މިންހާއަށްޓަކައި ތަޢުރީފުގެ ބަހެއްވެސް އަޑު އިވޭކަށް އީލާފް ނޭދެއެވެ. އެކަމާ ވިސްނަމުން ގޮސް ކާކޮޓަރިއަށް ނުވަދެ އަލޫފްވެސް އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ ޔުނިޓު ޓެސްޓުތައް ފެށޭ ދުވަހެވެ. މިދިޔަ ދުވަސްތަކުގައި މިންހާމެންވެސް ގިނަ ވަގުތު ހޭދަކުރީ ފިލާވަޅުތައް ދަސްކުރުމުގައެވެ. ހަފްތާއެއްގެ ތެރޭގައި ނިމިގެން ދިޔަ ޔުނިޓު ޓެސްޓުތަކުން ލިބުނީ ވަރަށް ރަނގަޅު ނަތީޖާތަކެކެވެ. ޔުނިޓު ޓެސްޓުތައް ނިމުމާއެކު ދެން ފެށިގެން ދިޔައީ ދިވެހި ހަފްތާއަށް ތައްޔާރުވުމުގެ ކަންތައްތަކެވެ. ހައުސްތަކުން މީޓިންތައް ބާއްވާ އެކި ހަރަކާތްތަކަށް ދަރިވަރުން ހަމަޖައްސާ ފަރިތަކުރުންތައް ކުރިއަށް ގެންދަން ފެށިއެވެ. އެހެންކަމުން ދަރިވަރުން ގިނަ ވަގުތުތައް ހޭދަކުރަމުން ދަނީ ސުކޫލުގައެވެ. ހެނދުނު ރަސްމީ ގަޑިތަކުގެ ކިޔެވުން ނިންމާލުމަށްފަހު އިތުރު ކުލާސްތަކަށް ހާޒިރުވާން ޖެހެއެވެ. އެއަށްފަހު ހަވީރާއި ރޭގަނޑު ދިވެހި ހަފްތާއަށް ތައްޔާރުވުމުގައި ސުކޫލުގައި ހޭދަކުރެއެވެ. ކޮންމެ ރެއަކުވެސް ނުވަގަޑި ތިރީސް ހިނގަން ދެން ފަރިތަކުރުންތައް ކުރިއަށް ދެއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަަވެސް މިންހާ އާއި އަޝްރާ ދިޔައީ ލޯބިވެރިންނަށް ވަގުތު ހުސްކުރަމުންނެވެ. މައިންބަފައިންނާއި ސިއްރުން އެކުދިން ދިޔައީ އެގުޅުން ކުރިއަށް ގެންދަމުންނެވެ. މިންހާ އާއި އަލޫފްގެ ގުޅުން އަމާން އޮމާންކަމާއެކު ކުރިއަށް ދާއިރު ފަހަކަށް އައިސް އަަޝްރާ އާއި ޝާއިފް އާއި ދެމެދު ކުދިކުދި ދެބަސްވުންތައް ހިނގާ މައްސަލަތައް ޖެހޭ ހިސާބަށްވެސް ދެއެވެ. އަބަދުވެސް ޝާއިފްގެ ޝަކުވާއަކަށް ވަނީ އަޝްރާ އޭނަ އާއި ބައްދަލު ނުކުރުމެވެ. އަޝްރާ ކޮންމެ ފަހަރަކުވެސް ތަކުރާރުކޮށް މަޑުމައިތިރިކަމާއެކު ޝައިފަށް ވިސްނައިދޭން މަސައްކަތްކުރެއެވެ.

” ދަރިފުޅާ ތައްޔާރުތަ… ” ނާހިދާ މާހިލްގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބުނެލިއެވެ. ”ހިނގާ ދާން މަންމާ… ” އެވަގުތު މާހިލްވެސް އޭނަގެ ކޮނޑުގައި ދަބަސް އަޅުވާލަމުން ބުނެލިއެވެ. މާހިލް ކޮޓަރިން ނިކުތުމާއެކު އެންމެން އެކުގައި ގެއިން ނިކުތެވެ. އޭރު އަޝްރާވެސް އެގެއާ އަރާ ހަމަވަނީއެވެ. ” އާދޭ… ދޮންބެ ފުރުވަން މިދަނީ… ދޮންބެ ފުރުވާފަ ގަޑިޖެހުމުގެ ކުރިން ޕްރެކްޓިސް ކުރަން ދެވޭނެއެއްނު… ” ސުވާލުގެ ނަޒަަރަކުން އަޝްރާ ބަލައިލުމާއެކު މިންހާާ ބުނެލިއެވެ. އަޝްރާވެސް މިންހާގެ އާއިލާ އާއެކު ދާން ހިނގައިގަތެވެ. މާހިލް އެދަނީ މިއަދު ހަތަރެއް ޖަހާއިރު ފުރާ ލާންޗުން މާލެ ދާށެވެ. މާހިލް އާއެކު މިދަތުރުގައި އޭނަގެ ބައްޕަ އަޝްރަފާއި ތިއްތަ ނާސިހާގެ އިތުރުން ނަޝްފާ އާއި މައިޝާ އަދި މައިޝާގެ ދޮންތަވެސް ބައިވެރިވެއެވެ. އަދި ނައުޝާދުގެ އިތުރުން އޭނަގެ ދޮންބެވެސް ދެއެވެ. އެންމެންވެސް މާލެ އެދަނީ މާހިލް އާއި މައިޝާގެ އިތުރުން ނައުޝާދާއި ނަޝްފާގެ ކައިވެންޏަށް ބޭނުންވާނޭ ބައެއް އެއްޗެހި ގަނުމަށެވެ. މިހާރުއްސުރެ އާއިލާތަކުން އެދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.

މަންމަމެނާއެކު އައިސް ޖެޓީއަށް އެރި ނާއިލްގެ ނަޒަރު އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ އަޝްރާއަށެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއެކު އަޅާފައިވި އޮރެންޖު ކުލައިގައި ޝޯލްގައި އަޝްރާ ފެންނަލެއްް ވަރަށްވެސް ރީއްޗެވެ. ހެދުމުގައި ސީދަލަށް ދިގުކޮށް ވަނީ އޮރެންޖު ކުލައިގެ ގޮއްތަކެއް ފާޑު އެއްޗެއް ހަރުކުރެވިފައެވެ. ބަލައިލަން ނުހަނު ރީއްޗެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އެރީތިކަން އިތުރުކޮށްދެއެވެ. ނާއިލްގެ ތޫނު ނަޒަރު އޭނައަށް އަމާޒުވެފައި ހުރުމުން އަޝްރާއަށް ދިޔައީ އުނދަގޫވަމުންނެވެ. ނާއިލްގެ އެތޫނު ނަޒަރުން އޭނަގެ ލޮލަށް ބަލަންނުކެރިފައިހުރި އަޝްރާ ދިޔައީ އޭނަގެ ނަޒަރު އެކިިކޮޅުކޮޅަށް ދަތުރު ކުރަމުންނެވެ. ” އޭތް… މަގޭ ކޮއްކޮދެކެ ލޯބިވެވުނީތަ މާވަރަކަށް ތިބަލަނީ… ” އަޝްރާއަށް ބަލަން ގެއްލިފައިހުރި ނާއިލަށް އޭނަގެ ނަޒަރު ބަދަލުކޮށްލެވުނީ  އިއާން އައިސް އޭނަގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ވާހަކަދެއްކުމުންނެވެ. ” ނޫނޭ… މަ އަޝްރާދެކެ… އެވެސް ލޯބި… ނެވާ… ހެހެހެ… ” ނާއިލް ހިނިގަނޑެއްް ޖަހާލަމުން އެހެން ބުނެލުމާއެކު އިއާންއަށްވެސް ހެވުނެވެ. ” އަންނާން އެ ކްރައި ބޭބީ ރުޅިއަރުވާލާފަ… ” މިހެން ބުނެ ނާއިލް ގޮސް އަޝްރާގެ ގާާތު ހުއްޓުނެވެ. އަޝްރާ ހުރީ ނާއިލްގެ ހަތަކާތްތަކުން ވާނުވާގައެވެ.

” ހާދަވަރަކަށް ރީތިވެގެން ތިހިރީ… ޝާއިފަށް ދައްކަންދޯ ހަމަ… އެއްވެސް ރީއްޗެއްނޫން… ހީވަނީ ހަމަ އޮރެންޖެއްހެން… ” އަޝްރާގެ ގާތު ހުއްޓި އުޅަބޮށިން އަޝްރާގެ އަތުގައި ޖަހާލަމުން ހަމައެކަނި އަޝްރާއަށް އަޑުއިވޭ ވަރަށް ނާއިލް ބުނެލިއެވެ. ” ނާއިލް ލިސެން… ” އައި ރުޅީގައި ޝަހާދަތް އިނގިލި ނާއިލް އާއި ދިމާލަށް ދިއްކޮށްލަމުން ބާރަށް އަޝްރާއަށް ބުނެލެވުނެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ނަޒަރު އެދެމީހުނަށް ހުއްޓުނެވެ. ” އަޝޫ.. ކިހިނެއްވީ…” އެދެމީހުނަށް ބަލަހައްޓާއިގެން ހުރެ މާހިލް ސުވާލުކުރިއެވެ. ” އެއްވެސް… ކަމެއް… ނުވޭ…” ނާއިލް އާއި ދިމާލަށް ދިއްކޮށްލައިގެން ހުރި އިނގިލި ތިރިކޮށްލާ ގަދަކަމުން ހިނިތުންވަމުން އަޝްރާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ލަދު ގަންފައިހުރުމުން އޭނައަށް ވާހަކަ ދެއްކުނީ އަޅައަޅާއިގަންނަމުންނެވެ. އޭރު ނާއިލް ހުރީ ހިނގަނޑު ފަޅާއިގެންދާން ކައިރިވެފައެވެ. އަޝްރާއަށް ވީގޮތް ފެނި ނާއިލް ހުރީ ވަރަށް މަޖާވެފައެވެ. އޭރު އެންމެންގެ ތުންފަތުގައިވެސް ވަނީ ލާނެއް ހިނިތުންވުމެކެވެ. އެންމެންގެ ސަމާލުކަންވެސް އެހެން ދިމަދިމާލަށް ދަތުރުކުރުމާއެކު އަޝްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދި ނާއިލްގެ މޫނަށް ބަލައިލަމުން ދެބުމަ ގޮށްޖަހާލުމަށްފަހު ދެލޯ އަޅާލިއެވެ. އޭރު ނާއިލް ހުރީ ލާނެއް ވައްތަރަކަށް ހިނުތުންވެލައިގެންނެވެ. ” ނާއިލް… ލިސެން… ނޯ ނީޑް ޓު ލާފް އިނގޭ… އަހަރެން މިހާރު ކިތައް ދުވަހު ނާއިލް ގާތު ބުނެފިން އަހަރެން ކޮންމެ ކުލައެއްގެ ޝޯލްއެއް އެޅިޔަސް އަދި ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ނާއިލް އާ ބެހޭކަމެއް ނޫނޭ… ނާއިލަށް އަހަރެން ރީތި ނުވިޔަކަސް ދެރައެއް ނުވެއޭ… އަހަރެން ބޭނުމެއްވެސް ނޫން… ނާއިލްގެ އެއްވެސް ކޮމްޕްލިމެންޓެއް އަހަންނަށް މުހިއްމެއްނޫން… ގޮޓް އިޓް… އައި ޖަސްޓް ހޭޓް ޔޫ… ނާއިލް އަބަދުވެސް ބަލަނީ އަހަންނަށް ކޮންމެވެސް ޖެއްސުމެއް ކުރެވޭތޯ… ޔޫ އާ އިރިޓޭޓިން މީ… ނާއިލް އަބަދު… ” އަޝްރާ ނާއިލްގެ ބަނޑުގައި އޭނަގެ އޮޅަބޮށިން ޖެހުމަށްފަހު ދެދަތްޕިލަ ޖައްސައިގެން ހުރެ ހަމައެކަނި ނާއިލަށް އަޑުއިވޭވަރަށް އެއްޗެހި ކިޔަމުންދިޔައެވެ. ” އޯ ނޯ ސްޓޮޕް އިޓް ނައު… އަހަރެން އެންމެ ދެތިން ބަހެއް ބުނެލި ކަމަށްޓަކަައި އަޝްރާއަށް ތިވަރުތިވީ.. ސާބަސް އިނގޭ… ނުވިތާކަށް މަގޭ ބަނޑުގަވެސް ޖަހައިފިޔޭ… ޔޫ ނޯ ވަޓް… އައި ހޭޓް ޔޫ ޓޫ… އައި ޖަސްޓް ހޭޓް ޔޫ… އަޝްރާ އާއެކު މަށަށް އެންމެ މިނިޓެއްް ހޭދަކުރަންޖެހުނަސް އަހަރެން ދުނިޔެއިން މޮޔަވެދާނެ… ޔޫ އާ ސޯ އިރިޓޭޓިން… ތިއަނގަ ހުޅުވައިފިއްޔާ ލައްޕާކަށް ނޭނގެ… ޝާއިފް އަޝްރާ ހޭންޑަލް ކުރަނީ ކިހިނެއްބާއޭ ހިތަށް އަރާ… ކޮންމެ މީހަކު ބޮލަށްވެސް އުނދަގޫވާނެ އަޝްރާ ވާހަކަ ދައްކަން ފަށާއިފިއްޔާ… ހުއްޓާކަށް ނޭނގޭވިއްޔަ… ” ނާއިލްވެސް އެހެން ބުނުމަށްފަހު އަޝްރާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަވަހަށް އެތަނުން ހިނގައިގަތެވެ.

ނާއިލް ގޮސް އިއާން ގާތު ހުއްޓުނެވެ. އޭރު އަޝރާ ދެބުމަ ގޮށްޖަހައިލައިގެން ވަރަށް ނުރުހުންވެފައި ނާއިލަށް ބަލަހައްޓާއިގެން ހުއްޓެވެ. އޭރު ޖެޓީގައި ތިބި އެންމެންގެ ނަޒަރުތައް ވަނީ އެދެމީހުނަށް ހުއްޓިފައެވެ. އެއިން ކޮންމެ މީހެއްގެ ތުންފަތުގައިވެސް ވަނީ ލާނެއް ހިނިތުންވުމެކެވެ. އެހެނަސް އަޝްރާ އާއި ނާއިލްގެ ހަރަކާތްތައް ބަލަން އަތިރިމަތި ކައިރީގައި ހުރި ހިރުނދު ގަހުގައި އެލުވައިފައިވި ޖޯލީގައި އޮތް ޝާއިފްގެ މޫނު މަތިން ފެންނަމުން ދަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

ލާންޗު އައުމާއެކު އެންމެންވެސް ލާންޗަށް އަރައި ހަމަޖެހިލިއެވެ. އެއާއެކު ލާންޗު އޭގެ މަންޒިލަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. މާހިލްމެން ފުރުވަން އައިސް ތިބި އެންމެންވެސް އެމީހުން ފުރުމާއެކު އަނބުރާ ގެއަށް ދިއުމަށް ހިނގައިގަތެވެ. ގެއަށް ދާން ދިޔައިރުވެސް އަޝްރާ ކުރިންވެސް ޝާއިފަށް ހިނިތުންވެލި ފަދައިން ހިނިތުންވެލިއެވެ. އެހެނަސް މިފަހަރު ހިނިތުންވެލުމުގެ ބަދަލުގައި ޝާއިފްގެ މޫނު މަތިން ފެނިގެން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. މިކަމުން އަޝްރާގެ ހިތަށް ތަދުވިއިރު ސުވާލުވެސް އުފެދިގެން ދިޔައެވެ. ގެއަށް ދެވުނުހާ އެންމެ އަވަހަކަށް ޝާއިފާއި ވާހަކަ ދައްކަން އަޝްރާ ހިތާހިތުން ނިންމިއެވެ.

މާހިލްމެން ފުރުމާއެކު އިއާން އާއި އަޝްރާގެ އިތުރުން ނާއިލް އާއި މިންހާ އެކުއެކީގައި ސުކޫލަށް ދިޔައެވެ. އެކުއްޖަކު އެކުއްޖެއްގެ ހައުސްއަކަށް ޚާއްސަކުރެވިފައިވި ކުލާސްރޫމަށް ގޮސް ފަރިތަކުރުންތައް ކުރިއަށް ގެންދަން ފެށިއެވެ. ދޭތެރެދޭތެރެއިން މިންހާ އާއި އަލޫފް އާއި ދެމެދު ބަދަލުކުރެވެމުންދާ ހިނިތުންވުންތައް ފެނި އިއާންގެ ހިތުގައި ރިއްސާލައެވެ. ކިތަންމެ ބަލަން ބޭނުން ނޫންނަމަވެސް ހަމަ ބެލެނީއެވެ.

” މިންނު ބައިވެރިވީ ކޮން ހަރަކާތްތަކެއްގަ… ” ފަރިތަކުރުންތައް ނިންމާލުމަށްފަހު ގެއަށަ ދަމުން ނާއިލް މިންހާ އާއި ސުވާލުކުރިއެވެ. ” މިންނު ބައިވެރިވިން ބައިވަރު ހަރަކާތްތަކުގަ… ބަހުސް ކުރުމާ މަޒުމޫނު ލިޔުމާ ވާހަކަ ލިޔުމާ އަދަބީ ސުވާލު މުބާރާތުގަ… ” މިންހާ ޖަވާބުގައި ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގަައި ތިބެ އެންމެންވެސް އެމީހެއްގެ ގެއަށް ދިޔައެވެ. ނާއިލް އައިސް ވަނީ މިންހާގެ ގެއަށެވެ. އޭނަގެ މަންމަ އާއި ދޮންތަ މާލެ ދިޔުމާއެކު ނާއިލް އާއި އޭނަގެ ބައްޕަ ކެއުމަށް ހަމަޖެހިފައިވަނީ މިންހާގެ ގެއިންނެވެ. އެދެމީހުން އައިސް ގެއަށް ވަދުމާއެކު ނާހިދާ ސައިބޯން އައުމަށް ބުނެލިއެވެ. އެއާއެކު ސިޓިން ރޫމު ސޯފާގައި ތިބި އަޝްރަފާއި ރަޝީދުވެސް އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. ނާއިލް އާއި މިންހާވެސް އަތުގައި ހުރި ގަނޑުތައް ސިޓިން ރޫމު ސޯފާތައް ކުތިމަތީގައި ހުރި ބިއްލޫރި ހަތަރެސްކަން މޭޒު މަތީގައި ބެހެއްޓުމަށްފަހު ސައިބޯން ކާކޮޓަރިއަށް ވަނެވެ.

” ކުޑާއްތާ.. ކޯންޗެއް ހުރީ ސައިބޯން… ” ކާކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނުމަށްފަހު ނާއިލް އަހާލިއެވެ. ” ހުރީ ނާއިލަށް އެންމެ ކަމުދާ ހަނޑުލު ގުޅަ އާ މިންނުއަށް އެންމެ ކަމުދާ ޗޮކްލެޓް ކޭކު އަދި ބަޖިޔާ… ” ހިނިތުންވެލަމުން ތަބަށްތަކުގެ މަތި ނަގަމުން ނާހިދާ އެހެން ބުނުމާއެކު ނާއިލް އަވަސް އަވަހަށް ޗޮކްލެޓް ތަބަށް އޭނަ އާއި ގާތަށް ދަމާލުމަށްފަހު އެހެން މީހަކަށް ނުނެގޭނޭހެން ހިފަހައްޓާއިގެން އިނެވެ. ”ދެން ތުއްތު… މެދުގަ ބައިންދާ ތަބަށް… އެހެން ނޫނީ އެންމެ ގުޅައެއްވެސް ނުދޭނަން… ” ތުންކޮޅު އޫ ކޮށްލަމުން މިންހާ އެހެން ބުނުމާއެކު އެންމެނަށްވެސް ހެވުނެވެ. ” އަން ޗޮކްލެޓް ގާލް… މިއީވާ ޗޮކްލެޓަށް ފޯރިހުންނަ ކުއްޖެއް… ހެހެހެ… ” ލުއި ހުނުމަކާއެކު އެހެން ބުނަމުން ނާއިލް މިންހާއަށް ތަބަށް ދިއްކޮށްލިއެވެ. މަޖާ މާހައުލެއްގައި ތިބެ ހަވީރުގެ ސަޔަށް އެންމެންވެސް އިންސާފުކުރަމުން ދިޔައެވެ.

ގެއަށް ވަދެ އިއާން ކާކޮޓަރިއަށް ވަނުމާއެކު އަޝްރާ ސިއްރު ސިއްރުން ގޮސް ސޯފާ މަތީގައި އޮތް އޭނަގެ މަންމަގެ ފޯނު ހިފައިގެން އަވަސް ހިނގުމެއްގައި ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އަޝްރާ ޝާއިފަށް މެސެޖު ކޮށްލިއެވެ. މެސެޖު ކޮށްލުމާއެކު ޝާއިފް ގުޅިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އިމްތިޙާން (24ވަނަ ބައި)

Next

ވުމުން ހިތެއްގެ މިލްކުގައި 10

Next
December 14, 2018

ވުމުން ހިތެއްގެ މިލްކުގައި 10

Previews
December 14, 2018

އިމްތިޙާން (24ވަނަ ބައި)

18 Comments!

  1. Ifoo ifoo says:
    December 14, 2018 at 10:39 am

    Salaam dear readers ❤️❤️❤️??????… Here is the 7th part ???… Hope all will like this part too ???… Feel free to comment your views ???… I’m sorry adhi kury part ge baeh comments thakah reply nukureveythy bt miadhuge vaguthehga reply kohlaanan In Sha Allah ???… Love you all my readers ❤️❤️❤️??????…

  2. ish says:
    December 14, 2018 at 11:43 am

    When next
    Vvvvvvvvvvvv Reethi nedt part avahah up kohlaathi
    Hama Aslugaives vrh salhi

    1. Ifoo ifoo says:
      December 14, 2018 at 12:10 pm

      ish ❤️❤️❤️… Thankyou sooo much dear ❤️❤️❤️?????????… Ifoo v v v ufaavehje mi part vx dear ah reethi v ma ???… Next part In Sha Allah day after tomorrow morning ga ???… Lots of love dear ???❤️❤️❤️??????…

  3. Sharu says:
    December 14, 2018 at 11:56 am

    When is next part? Story varah reethi, Maasha Allah

    1. Ifoo ifoo says:
      December 14, 2018 at 12:12 pm

      Sharu ❤️❤️❤️… Thankyou soooo much dear ???❤️❤️❤️??????… Next part In Sha Allah day after tomorrow morning ga ???… Much loves from me dear ❤️❤️❤️?????????…

  4. Sooo says:
    December 14, 2018 at 1:08 pm

    Nice

    1. ifoo says:
      December 14, 2018 at 3:14 pm

      Sooo ❤️❤️❤️… Thankyou so much dear ❤️❤️❤️?????????…

  5. @Ikleel says:
    December 14, 2018 at 2:20 pm

    Again…!!!Another part of my favourite story…❤❤❤??????…This story is very intresting ❤❤??????..This part also amazing…❤❤❤??????…Story genesdhyfa in goiy vrh furihama…❤❤❤??????…Story kiyamun dhaa iru hama heevany loa mathin manzaru fenna hen…❤❤????…Hama ehaa vex furihama…❤❤❤?????? You are so telented…❤❤????…Keep it up your good work dear ifoo…???❤❤???…Vrh ufaa vey kuraa support balaigannaathy…❤❤????? I will support you for ever like this…❤❤?????…Story dhigu koh gennessa regular koh update koh dheythy v ufaa vey…❤❤❤???????…Waiting for next episode..Miss you ifoo…????❤❤…Much loves???❤❤❤??

    1. ifoo says:
      December 14, 2018 at 3:20 pm

      Awwwwnn ❤️❤️❤️?????????… @lkleel ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Ur comment is soooooo colourful ??????❤️❤️❤️… I just love it ❤️❤️❤️???… Ifoo v v v ufaavehje story ehaa reethi v ma dear ah ??????❤️❤️❤️… Regular koh @lkleel ge colourful supportive comments libeythy v v v ufaavehje ??????❤️❤️❤️… It really means a lot for me ???❤️❤️❤️… Aslu vx v v v ufaavehje ???… Miss you too dear n much more loves from ifoo ??????❤️❤️❤️???…

  6. unique says:
    December 14, 2018 at 3:19 pm

    masha allah
    mi partvx varah reethi
    waiting for the next part
    misses

    1. ifoo says:
      December 14, 2018 at 3:22 pm

      Unique ❤️❤️❤️… Thankyou sooo much ❤️❤️❤️?????????… V v ufaavehje ???…

  7. shdhr;!? says:
    December 14, 2018 at 3:26 pm

    Alheyyy v lwwbii…masha allah..
    Ifooo yur the best….
    ❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????

    1. ifoo says:
      December 17, 2018 at 7:31 am

      Awwwwnn ❤️❤️❤️??????… Thankyou soooo much dear ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???…

  8. ހިދާ says:
    December 14, 2018 at 6:09 pm

    Maashaﷲhama habeys thi mibpart nimaaly vvvvvvv sahli kon becaz this story is nice waiting fo next part

    1. ifoo says:
      December 17, 2018 at 7:33 am

      Hidhaa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???…

  9. Naju says:
    December 14, 2018 at 10:01 pm

    Alhey Ifoo mi story haadha reehchey ?????????… Ehaame intresting ?????????… This part is also amazing ?????????… I just love it ?????????… I can image each n every scene in it ?????????… Ur so talented ??????❤❤❤… Keep up the good work dear ?????????… Curiously waiting for the next ?????????… lysm my favourite writer Ifoo ????????????❤❤❤?????????⭐⭐⭐☀☀☀??????????????????

    1. ifoo says:
      December 17, 2018 at 8:51 am

      Naju ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…

  10. Queen says:
    April 22, 2019 at 12:07 pm

    Hiii ?????your story was amazing ??????

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 8←


All Right Reserved!