
ވިންދޭ ލޯބި ތީ އެދޭ 9
އަޝްރާ އަންނަން ދެން އެތަނުގައި މަޑުކުރާނީއޭ ހިތައި ހިނގައިގަތް މިންހާގެ އަނގަ މަތީގައި ފަހަތުން މީހަކު އައިސް އަތް އަޅާ އޭނަގެ އަތުގައި ހިފާލަމުން އެތަނުގައި ހަދަން ފަށާފައި ހުރި ގުދަނެއްގެ ތެރެއަށް ލިއެވެ. އޭރު މިންހާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދެއެވެ. ގަންފައިވައި ބިރެއްގެ ސަބަބުން މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަލާމަތްވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނަ ހިފަހައްޓާއިގެން ހުރި މީހާ އެއަށްވުރެ ވަރުގަދަވެފައި މާ ހުޝިޔާރެވެ. އެމީހަކު ފަނޑު އަލިކަމެއް ވެރިވެފައިވި އެގުދަނުގެ ތެރެއަށް ވަދެ އެތަނުން ފާރެއްގައި މަޑުމަޑުން މިންހާ ޖައްސާލިއެވެ. އޭރުވެސް އެމީހެއްގެ އެއް އަތް މިންހާގެ އަނގަ މަތީގައި އަޅާފައިވީއިރު އަނެއް އަތުން މިންހާގެ އަތުގައި ހިފަހައްޓާފައިވެއެވެ. މިިންހާ އޭރުވެސް ހުއްޓުމެއްނެތި އެމީހެއްގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ” މިން… އިޓްސް މީ… އަލޫފް… ” މިންހާގެ އަނގަ މަތީގައި އަޅާފައިވި އަތް ނައްޓުވާލަމުން އަލޫފް ބުނެލުމާއެކު މިންހާގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ދެލޯ އިހުނަށްވުރެ ބޮޑު ކޮށްލާފައި އޭނާ އަލޫފަށް ބަލައިލިއެވެ.
މިންހާ އޭނަގެ ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަޑުންވެސް އެއީ އަލޫފްކަން އިނގުނެއްކަމަކު މިންހާ ފަރުވާތެރިކަމާއެކު އަލޫފްގެ މޫނަށް ބަލައިލިއެވެ. އެއާއެކު އެފަނޑު އަލިކަމުގެ ތެރެއިން އަލޫފްގެ ހިތްގައިމު ސޫރަ މިންހާއަށް ފެނިގެން ދިޔައެވެ. ކުރިން ހާސްވެ ބިރުގަނެފައި ހުރުމާއެކު ސަލާމަތްވާން މަސައްކަތްކުރަމުން ދިޔުމުން އެފަދަ ކަމަކަށް އޭނަގެ ސިކުނޑި ތަނެއް ނުދިނެވެ. ” މީ އަހަންނޭ މިން… ރިލޭކްސް… ” އެއްޗެކޭ ނުބުނެ އަދިވެސް ހަމަ އެފަދައިން މިންހާ ބަލަހައްޓާއިގެން ހުރުމުން އަލޫފް އޭނަގެ އަތުން މިންހާގެ މޫނުގައި ފިރުމާލަން އަތް ހިއްލާލަމުން ބުނެލިއެވެ. ” ކީއްވެ އެހެން ކަންތައް ކުރީ… އަލޫފަށް އެނގޭތަ އަހަރެން ބިރުގަތް ވަރެއް… އައި ވޯޒް ސޯ ސްކެއާޑް… ” ކުރެހިފައިވި އަޑަކުން މިންހާ އެހެން ބުނެ އަލޫފްގެ އަތް ދުރަަށް ޖައްސާލިއެވެ. އޭރު އެދެލޮލުގައި ކަރުނައިގެ ތެއްކަންވެސް އެކުލެވިފައިވިއެވެ. ” މިން… ޕްލީޒް ލިސެން… ” ދެވަނަ ފަހަރަށްވެސް މިންހާގެ މޫނުގައި ފިރުމާލުމަށް އަތް ހިއްލާލަމުން އަލޫފް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެނަސް މިންހާ އަލޫފްގެ އަތް ދުރަށް ޖައްސާލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. އަލޫފް އެފަދައިން ކަންތައް ކުރުމުން ހަމަ ރަނގަޅަށްވެސް މިންހާ ހުރީ ހިތްހަމަނުޖެހިފައެވެ. އަލޫފްގެ އެއަމަލުން އޭނަގެ ހިތުގައި އުފެދުނު ބިރުވެރިކަން އިހުސާސްކުރުރޭނޭ ހަމައެކަނި އޭނައަށެވެ. ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކީ މިންހާއަށް ހުއްޓެން މަޖުބޫރުވީ އަލޫފް އޭނަގެ އަތުގައި ހިފަހެއްޓުމުންނެވެ.
އަލޫފް ކުއްލި ހަރަކާތަކާއެކު މިންހާގެ އަތުގައި ހިފާ ކުރިންވެސް ހުރި ގޮތަށް ފާރުގައި ޖައްސާލިއެވެ. އަލޫފްގެ އެ ކުއްލި ހަރަކާތުން މިންހާއަށް ސިހުން ލިބިގެން ދިޔައެވެ. ދެލޯ ބޮޑުވެފައި މިފަހަރުވެސް މިންހާއަށް ހުރެވުނީއެވެ. އަލޫފް މިންހާއަށް ނުދެވޭނޭހެން އޭނަގެ ދެއަތް ފާރުގައި ވިއްދާލާފައިވާއިރު ދެމީހުނަށްވެސް ދިޔައީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސްކުރެވެމުންނެވެ. އެހާ ގާތުގައި ވުމުން ދެހިތުގެ ތެޅުން އަވަސްވެފައިވީއިރު ދެހިތަށްވެސް ދިޔައީ ފޮނި އިހުސާސެއް ކުރެވެމުންނެވެ. ފަނޑު އަލީގެ ތެރެއިން ސާދަ ވިލޭރޭގެ ހަނދެއްފަދަ މިންހާގެ ރީތި މޫނަށް ބަލަން އަލޫފަށް ހުރެވުނެވެ. އަލޫފް މަޑުމަޑުން އޭނަގެ އަތުން މިންހާގެ އޮމާން މޫނުގައި ފިރުމާލިއެވެ. އަލޫފްގެ އަތުގެ ބީހުން އިހުސާސްވުމާއެކު މިންހާއަށް މަޑުމަޑުން ދެލޯ މަރާލެވުނެވެ. އެވަގުތު ލޭގެ ހިނގުން އިހުނަށްވުރެވެސް އަވަސްވިހެން ހީވިއެވެ. ” ޔޫ ލުކް ވެރީ ބިއުޓިފުލް… ” އަލޫފްގެ ފިރިިހެންވަންތަ އަޑުން އެހެން ބުނުމާއެކު މިންހާ އޭނަގެ ދެލޯ ހުޅުވާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައިވާ ފަދައެވެ. އަލޫފް އެހުރި ގޮތަށް ހުރެ މަޑުމަޑުން މިންހާގެ ވައަތުގެ ކަށި އިނގިލީގައި ރިހި އަނގޮއްޓިއެއް އަޅުވާލަދިނެވެ. އަލޫފްގެ އަސަރުގަދަ ދެލޮލަށް ގެއްލިފައިވި މިންހާއަށް އެކަން އިހުސާސްވީ ތަންކޮޅެއް ފަހުންނެވެ. މޫނު އެއްފަރާތަކަށް އަނބުރާލަމުން މިންހާ އޭނަގެ އަތަށް ބަލައިލިއެވެ. ރިހި ކުލައިގެ އެ އަނގޮއްޓީގައި ހުދު ކުލައިގެ ހިތުގެ ބައްޓަމުގެ އެހެއް ވާއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އަތަށް ބަލަހައްޓާއިގެން ހުރި މިންހާގެ ތުންފަތަށް ފުޅާ ހިިނިތުންވުމެއް ވެރިވުމާއެކު އަލޫފަށްވެސް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ”ތޭންކްސް… ރިންގް ވަރަށް ރީތި… ” އުފާވެފައިހުރެ މިންހާ ބުނެލިއެވެ. ” ނަސީބެއްނު މިނޫއަށް ކަމުދިޔަކަން… ތި ސަޕްރައިޒް ދޭށޭ މިންނު މިތަނަށް ގެނައީ… އަހަރެން ބޭނުންވީ ސްޕްޝަލް ގޮތަކަށް މިނޫ އަތުގަ ރިންގް އަޅުވަދޭން… އަބަދުވެސް މި އަނގޮއްޓި މިނޫ އަތުގަ ނުނަގާ ބައިންދައްޗޭ އަހަރެންގެ ހަނދާނެއްގެ ގޮތުގަ… އަހަރެމެންގެ ލޯބީގެ ހަނދާނެއްގެ ގޮތުގަ… ވަރަށް ވަރަށް ލޯބިވޭ މިނޫ ދެކެ… އަދި އަބަދުވެސް ވާނަން… ލަވް ޔޫ ސޯ މަޗް… ” މިންހާގެ އަތުގައި ހިފަހައްޓާލުމަށްފަހު އަލޫފް އެހެން ބުނެ ނުހަނު ލޮއެބާއެކު މިންހާ އަތުގައި ބޮސްދިނެވެ. އެއާއެކު މިންހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
ޕާޓީ ތެރޭގައި ދެކޮޅަށް ދެކޮޅަށް ބަލައިލަ ބަލައިލަ ހުރި އިއާން ސިހުނީ އޭނަގެ ކޮނޑުގައި މީހަކު އަތް ލުމުންނެވެ. ބަލާއިލިއިރު ހުރީ ނާއިލެވެ. ”އޭ ބްރޯ… މާވަރަކަށް ކާކުތަ ތި ހޯދަނީ… ” ނާއިލް ލާނެއް ހިނިތުންވުމަކާއެކު ބުނެލިއެވެ. ”ސާބަސް… އަޝޫ އޭ މަ މި ހޯދަނީ… ދެކުނިންތަ… ” ދެފަރާތަށް ބޯ ހޫރުވާލަމުން އިއާން ބުނެލިއެވެ. ”އާނ… އަނެއް ފަރާތު ބޭރު ދޮރު ކައިރީގަ ހުރި… ފިނިކޮށްލަން ހުރީޔޯ ބުނީ އަހަރެން ކީއްކުރަނީހޭ ބުނީމަ… ” ނާއިލް އެހެން ބުނުމާއެކު އެބައަންނަ ކަމުގައި ބުނެ އިއާން ހިނގައިގަތެވެ. ހިނގާފައިދިޔަ އިއާންގެ ފިޔަވަޅުތައް ހުއްޓުނީ ޖެހިގެން ހުރި ގުދަނުން ދެމީހަކު ވާހަކަ ދައްކާ އަޑު އިވުނުހެން ހީވުމުންނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލި ނަމަވެސް އަނެއްކާވެސް ފަހަތަށް ޖެހިލާފާ ސިއްރު ސިއްރުން އިއާން ބަލައިލިއެވެ. އެއާއެކު ހީވީ މީހަކު އޭނަގެ ހިތުގައި ވަކިއަޅާއިގެން ހެންނެވެ. ނުހަނު ގާތުގައި ތިބި މިންހާ އާއި އަލޫފް ފެނި އިއާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެމީހަކު ލޯބިވާ ފަރާތް އެހެން މީހަކާއެކު އެހާ ގާތުގައި ވުމުން ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެކަން ގައިމެވެ. އެހެނަސް ދެލޯ މަރާ ބާރުކޮށްލަމުން އަމިއްލަ ހިތަށް ވިސްނައިދެން އިއާން މަސައްކަތްކުރިއެވެ. އިތުރަށް އެތާާ މަޑުކުރުމެއްނެއްތި އިއާން ގޮސް އަޝްރާ ފެނޭތޯ ބެލިއެވެ. އަޝްރާގެ ހިލަމެއް ނުވުމުން އިއާން އައި ކޮޅަށް އަނބުރާ ހިނގައިގަތެވެ.
މަޑު ހިނގުމެއްގައި ހިނގާފައިދިޔަ އަޝްރާގެ ހިތުގައިވި ބިރުވެރިކަމެވެ. ” ޝާއިފް… ” އަޝްރާ ގޮސް ސުކޫލުގެ ފަހަތު ފާރުގައި ލެނގިލައިގެން ހުރި ޝާއިފްގެ ކުރިމަތީގައި ހުއްޓުނެވެ. އަޝްރާ އައިސް އޭނަގެ ކުރިމަތީގައި ހުއްޓުމާއެކު ޝާއިފް އަޝްރާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލަމުން އޭނަގެ ގަޔާއި ދިމާލަށް ދަމާލިއެވެ. ” އާހް… ޝާއިފް… ތަދުވެޔޭ… ހާދަ ބާރަކަށޭ ތިހިފަހައްޓަނީ… ” ޝާއިފް ހިފަހައްޓާފައިވިލެއް ބާރުކަމުން ވީތަދުން އަޝްރާއަށް ބުނެލެވުނެވެ. ” އޯހް… އަހަރެން އަތްލީމަ އަޝްރާއަށް ތަދުވަނީ… ނާއިލްގެ އަތުތެރޭގަ ކިތަންމެ އިރަކު އޮތަސް ތަދެއް ނުވޭ…” ނުރުހުންތެރިކަމާއެކު ޝާއިފް ބުނެލި ވާހަކަތަކުން އަޝްރާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” ޝާއިފް… ކީކޭތަ ތިކިޔަނީ… އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގެ ޝާއިފް ތިކިޔާ އެއްޗެއް… ” ޝާއިފްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އަޝްރާ ބުނެލިއެވެ. ”ނޭނގޭނެ އަޝްރާއަކަށް… އަހަރެން މިދައްކަނީ މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާގެ ވާހަކަ… އަޝްރާގެ އުނަގަނޑުގަ އަތް ވަށާލައިގެން އަޝްރާގެ މޫނަށް ބަލަހައްޓާއިގެން އެހުރީ ނާއިލެއް ނޫންތަ… ނާއިލްގެ އަތުގައި ހިފަހައްޓާއިގެން އޭނަގެ ދެއަތުގެ ތެރޭގަ އޮތީ އަޝްރާއެއްނޫންތަ… އަދިވެސް ނޭނގުނުތަ… ” އަޝްރާގެ އަތަށް ބާރުކުރަމުން ދަތްކުނޑި ވިކާލަމުން ޝާއިފް ވާހަކަ ދެއްކިއެވެ. އެއާއެކު ދާދި ދެންމެއަކު ހިނގާދިޔަ އެހާދިސާ އަޝްރާގެ ހަނދާނަށް އައެވެ. ” އާހް… ޕްލީޒް ޝާއިފް ދޫކޮށްލަބަލަ… ތަދުވެޔޭ… ” ފެންކަޅިވެފައިވި ދެލޮލުން ޝާއިފަށް ބަލަހައްޓާއިގެން ހުރެ އަޝްރާ ބުނެލިއެވެ. ”ބުނެބަލަ އެއީ އަޝްރާއެއް ނޫންތަ… އަޝްރާ ލޯބިވަނީ އަހަރެންދެކެ ތޯ މިހާރު އަހަންނަށް ޝައްކު… ފެންނަ މަންޒަރުތައް ހެކިދެނީ އަޝްރާ ލޯބިވަނީ ނާއިލްދެކެ ކަމަށް… ކީއްވެތަ އެއްޗެކޭ ނުބުނަނީ އަޝްރާ… ” އަޝްރާގެ އަތަށް އިހުނަށްވުރެ ބާރުކުރަމުން ޝާއިފް ބުނުމާއެކު ވީތަދުން އަޝްރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެއާއެކު ދެލޮލަށް ޖަމާވެފައިވި ކަރުނަތައް އަޝްރާގެ ދޮން ކޯތާފަތުގައި ބޮސްދިނެވެ.
” ޝާއިފް… އިޓް ވޯޒް… އޭން އެކްސިޑެންޓް… އަހަރެން… ޝާއިފަށް ރިޕްލައި ކުރަމުން އައިމަ ރަނގަޅަށް ނުބަލާ އާދެވުނީ… އެހެންވެ ނާއިލްގެ… ގައިގަ ޖެހިފަ ވެއްޓެންދިޔަ ވަގުތު… ނާއިލް… އަހަރެން ވެއްޓުނަަ ނުދީ ހިފެހެއްޓީ… ޕްލީޒް… ޓްރައި ޓު އަންޑަސްޓޭންޑް… އަހަރެމެން ދެމީހުން މީ ހަމައެކަނި ފްރެންޑްސް އޭ… ކުރިންވެސް ބުނީމެއްނު ޝާއިފް ގާތު… ” ގިސްލެވެމުން ދިޔަ ހާލުވެސް އަޝްރާ ކަންތައް ހިނގާދިޔަ ގޮތް ކިޔައިދީ ޝާއިފަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ” އަހަރެންވެސް ބޭނުމޭ ގަބޫލުކުރަން… އެކަމަކުވެސް ފެންނަ މަންޒަރުތަކުން އަހަންނަށް އުނދަގޫވޭ… އަޝްރާގެ ގައިގަ އަހަރެން ފިޔަވައި އިތުރު އެހެން މީހަކު އިނގިލި ކުރިވެސް ޖައްސާލަކަށް އަހަރެން ބޭނުމެއްނޫން… ” އަޝްރާގެ އަތުން ދޫކޮށްލުމަށްފަހު މަޑުމައިތިރި އަޑަކުން ޝާއިފް ވާހަކަ ދެއްކިއެވެ. އަޝްރާގެ ވޭނީ ގިސްލުމުގެ އަޑުން ޝާއިފްގެ ހިތަށް އަސަރުކުރީ ކަމަށްވެސް ވެދާނެއެވެ. ” ދެން ޕްލީޒް ގަބޫލުކޮށްބަލަ… އައި އޮންލީ ލަވް ޔޫ… ” ޝާއިފްގެ އަތުގައި ހިފަހައްޓާލަމުން އަޝްރާ އާދެހުގެ ރާގެއްގައި ބުނެލިއެވެ. އަޝްރާ އެހެން ބުނުމުން އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ޝާއިފް އަޝްރާ އާ އިތުރަށް ގާތްވެލައި އޭނަގެ މޫނު އަޝްރާގެ މޫނާއި ގާތްކޮށްލިއެވެ. އޭރު ޝާއިފްގެ ނަޒަރު ހުއްޓިފައިވީ އަޝްރާގެ ފިޔާތޮށިކުލަ އަރާ ތުނި ތުންފަތަށެވެ. ކުރެވެން މިއުޅެނީ ކީއްކަން ރޭކާލުމާއެކު އަޝްރާ ނޫނެކޭ ބުނެ ޝާއިފްއާ ދުރުވެލިއެވެ. އޭރު އޭނަގެ މޫނު މަތިން ހާސްކަން ފެންނަމުންދެއެވެ. ” ޕްރޫވް މީ ދެޓް ޔޫ އޮންލީ ލަވްސް މީ… އަހަރެންދެކެ އަޝްރާ ހަގީގީ ލޯބި ވާނަމަ އަޝްރާ އަހަރެން ނުހުއްޓުވާނެ… ޕްރޫވް ކޮށްދީ އަޝްރާ އަހަރެންދެކެ ހަމަ ހަގީގަތުގަވެސް ލޯބިވާކަން… ” އަޝްރާގެ ލޮލާއި ލޯ ސީދާކޮށްލަމުން އެހެން ބުނެ ޝާއިފް ކުރިއަށް ފިޔަވަޅެއް އަޅާ އަޝްރާ އާ ގާތްވެލަމުން އަޝްރާގެ ތުނި ތުންފަތުގެ ފޮނި މީރުކަން ލިބިގަތެވެ. މިފަހަރު ޝާއިފް ހުއްޓުވާކަށް އަޝްރާ ނޫޅުނެވެ. އަޝްރާއަށްވެސް އެއަމަލުގައި ބައިވެރިވެވުނެވެ.
” އައިމް ސޮރީ އަޝް… ސޮރީ ފޯ ހާޓިން ޔޫ… ރުޅިއައިމަ އެގޮތަށް ކަންތައް ކުރެވުނީ… ދެން އެހެނެއް ނުވާނެ… އެން މިހާރު އަހަންނަށް ޔަގީންވެއްޖެ އަޝް އަހަރެންދެކެ ލޯބިވާކަން… ލަވް ޔޫ ސޯ މަޗް… ” ޝާއިފް އަޝްރާގެ މޫނުގައި ދެއަތުން ހިފަހައްޓާއިގެން ހުރެ އެހެން ބުނެ އަޝްރާ ގެނެސް އޭނަގެ ތަނަވަސް މޭގެ ތެރޭގައި ފޮރުވާލިއެވެ. އަޝްރާވެސް ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު ދެލޯ މަރާލަމުން ޝާއިފްގެ މޭތެރޭގައި އިތުރަށް ބޮނޑިވެލިއެވެ.
” ދެން ހިނގާ ދާން… އެހާ ގިނައިރު ތިބެނިކޮށް މީހަކަށް ފެނިދާނެ… ” އަލޫފްގެ ގާތުގައި ވާހަކަ ދައްކަން ހުރި މިންހާ ބުނެލިއެވެ. ” އޯކޭ… މިނޫ ބޭނުން ގޮތެއް… ” އަލޫފް މިންހާގެ އަތަށް ކުޑަކޮށް ފިތާލަމުން ބުނެލިއެވެ. ” ހޫމް… ކިހިނެއް ކިޔަން ހިތަށްއެރި ނަމެއްތަ ތީ… ” ވަރަށް ގަޔާވެފައިހުރެ މިންހާ އަލޫފްއާ ސުވާލުކުރިއެވެ. ” އެދެން ހަމަ ހިތަށްއެރީ… މާރީއްޗެއްނު މިނޫ… އެހެން މީހުން ނުކިޔާ ނަމެއް ކިޔަން ބޭނުމީ… ” އަލޫފް ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. ދެމީހުންވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެއްވެސް މީހަކު ފެންނަންނެތްތޯ ބަލާ ސިއްރު ސިއްރުން އެތަނުން ނިކުތެވެ. އެދެމީހުން ސުކޫލުގެ ދޮރާއި ހަމައަށް އެރިތަނާ އަޝްރާވެސް އަންނަތަން ފެނުނެވެ. އެއާއެކު އަލޫފް ދަނީކަމުގައި ބުނެ އަޝްރާއަށްވެސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ދާން ހިނގައިގަތެވެ. އިތުރަށް އެތަނުގައި ހުންނަން ނަހަދާ ދެމީހުންވެސް އަވަސްވެގަތީ ޕާޓީގެ ތެރެއަށް ވަދުމަށެވެ.
އެތެރެއަށް ވަދެގެން އައި މިންހާ އާއި އަޝްރާ ފެނި ނާއިލް އެދިމާލަށް މިސްރާބުޖެހިއެވެ. މިންހާގެ ކުރިމައްޗަށް ދާން ބޭނުންނުވި ނަމަވެސް އިއާންވެސް ނާއިލްގެ ފަހަތުން ދިޔައެވެ. ”ކޮންތާކުން ދެމީހުން ތިޔައީ… ހާދަ ހޯދައިފީމޭ ދޯ އާން… ” ނާއިލް އިއާންއަށް ދޯދެމުން ބުނެލިއެވެ. އެއާއެކު އިއާން ހޫމް ލައްވާލިއެވެ. ” މީ… މިއައީ ގެއަށް ގޮސްލާފަދޯ މިންނު… މިންނުގެ ޝޯލް ސަކަރާތްވީމަ ޝޯލް ރީތިކޮށް ހަދާލައިގެން މިއައީ… ” އަޝްރާ އަވަސް އަވަހަށް އެހެން ބުނެ މިންހާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ނާއިލް ހުރީ އެދެމީހުންގެ ހަރަކާތްތަކުން ހައިރާންވެފައެވެ. އިއާންއަށް ވާނުވާ އިނގުނެއްކަމަކު އޭނަ އަޅާނުލާށޭ ބުންޏެވެ.
ޕާޓީ ނިމުމާއެކު އާއިލާ އެންމެނާއި ގާތް މީހުން ފޮޓޯ ނަގަން އަވަސްވެގަތެވެ. އެއަށްފަހު ކައިވެނި ކުރެވުނު ފަރާތްތައްވެސް އެރޭގެ ފޮނި ހަނދާންތައް ރައްކާކުރުމުގެ ގޮތުން އެތައް ފޮޓޮއެއް ނެގިއެވެ.
27 Comments!
Comments are closed.
އައްސަލާމްޢަލައިކުމް ހުރިހާ ކުދިން… އެންމެ ފުރަތަމަވެސް އިފޫ ހުރިހާ ކުދިންގެ ކިބައިން މި ޕާޓް ލަސްވިކަމަށްޓަކައި އަދި ކުރީގެ ޕާޓްތަކަށްވުރެ ކުރުވިކަމަށްޓަކައި މަޢާފަށް އެދެން… މިދުވަސްކޮޅުގެ ގޮތުން ލަސްވީ.. ވަރަށް ބިޒީ ދުވަސްކޮޅެއް… އުއްމީދުކުރަން ހުރިހާ ކުދިންވެސް މަޢާފުކޮށްދޭނެ ކަމަށް އަދި މި ޕާޓްވެސް ކަމުދާނެކަމަށް… ކެތްތެރިކަމާއެކު ވާހަކައަށް އިންތިޒާރު ކުރި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… ވާހަކައިގެ ދިހަވަނަ ބައި އިންޝާ ﷲ ހޮނިހިރު ދުވަހު ގެނެސްދޭނަން… އޭގެ ކުރިންވެސް ލިޔެވިއްޖެނަމަ އަޕްކޮށްދޭނަން… އަދި އެޕާޓް އިންޝާ ﷲ ދިގުކޮށްލެވޭތޯ ބަލާނަން… އިންތިޒާރު ކުރާނެކަމަށް އުއްމީދުކުރަން… ތިކުދިިން ތިދެއްވާ ސަޕޯޓަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… ވާހަކަ އާއި މެދެ ތިކުދިން ދެކޭގޮތް ކޮމެންޓުގެ ޒަރިއްޔާއިން އަންގާލަދޭނެކަމަށް އުއްމީދުކުރަން… އިންޝާ ﷲ އިފޫ ރިޕްލައި ކުރަމުން ދާނަން…
alhey thanq soo much vaahaka up kurythy ehaa bxy koh ulhemunvx
issok dear we’ll wait
we knw dhw bxy vma kan ifooge stories late vaany n its totally fine cox ifoo reason bunaathy
thanks a lot actually and aslu dhw u deserve ahseribahaai saabas hehe cox ehaa bxy koh ulhemunvx story up kuraathy
unique vaahaka kiyaafa reply kohlaanan ingey
sooo much loves
n much more misses
hama varah osm…….
just love it waiting curiously for the next part
n thanks ifoo
miss yuh
Unique ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much dear for understanding ❤️❤️❤️?????????… V v v ufaavehje unique ehaa supportive v ma ???❤️❤️❤️??????… Medhukedumeh nethi ifoo ah thidhey support ah v v v bodah thanks unique ❤️❤️❤️?????????… Ur one of the best reader ❤️❤️❤️??????… Much more loves from me dear n miss you too ❤️❤️❤️?????????…
Wow…. Varah furihama mi part vas…. Waiting
Anonymous ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Alhe ifoo ge cmmnt eh nufeney… V salhi stry.. 15dw ekudhinnah
Cute Lips ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Alhey sorry ifoo dhivehin comment kohleema henn heevany e nufennany… Dhen English inn comment kuraanan In Sha Allah ???… Minnu n ashraa ah 15 years n naail n iaan ah 16 years… Much loves from me dear ❤️❤️❤️?????????…
Masha allah❤❤❤vrh vrh vrh vrh rythi mi prt vx??????as usual???ifoo sis ge comment dhivehi language in liyefa inyma beryl ah fennaany baeh akuruthah???so can u please write it in letin??????Curiously waitinn fr the nxt?????Jazakumullah khairan ifoo sis❤?????????????
Beryl Stone ❤️❤️❤️… Ur comment is soooooo colourful ❤️❤️❤️???… I like it ❤️❤️❤️??????… Thankyou soooooo much ❤️❤️❤️?????????… Ohh sorry dear… Dhen latin inn liyaanan ingey ???… Ifoo comment bunely story lasveema n mi part ehen part thakah vure kuru v ma sorry ey hurihaa readers ge faraathun… Mi dhuvaskolhu busy v ma ey aslu lasvy… Kehtherikamaaeku story ah inthizaaru kuri hurihaa kudhinnah v v v bodah thanks ey… Next part In Sha Allah Saturday ga genesdheynan n In Sha Allah miahvure dhigukoh ???… Much more loves from me dear ❤️❤️❤️?????????…
Finally again…!!!!!!!! ❤❤❤?????? Its okay darling… Ifoo bixy v ma nugenes dheveyne thaa dhw…?????❤❤…I understand that and accept your apology And i forgive you for that…❤❤?????….Bunelan beynun vany for me story las vegen foohi vaa haa gina dhvaheh nuveyey Adhi…❤❤❤???…Iyye kiyaalin anekkaa vex 1to 8 aa hama ah…Story reethi v ma vex vaany ehen thaa dhw❤❤❤??❤❤…Let say something about this??????… Ifoo alhe kihineh tha thi hadhany ??????❤❤❤…. I am addicted to read this story ❤❤❤?????…This part also awesome and very intresting…???❤❤???…Action thah genesdhyfa vaa goiy varah furihama????❤❤…Dhn vaki keekey bunan onnaany mioh reethi,furihama adhi ehaame molhu story aa dhekolhah❤❤❤??????…Alhe aan ah ehn nahadhaa…Save his life???…Minnu aa aan gulhuvadhy avahah…Ifoo buni gothun i can get best reader award dhw ❤❤❤??????…Thank you once again for the wonderful story….Waiting for next part??????….Miss you and much loves from me…❤❤❤??????
@lkleel ❤️❤️❤️… Again @lkleel ge colourful, long, supportive commenteh dhw ???❤️❤️❤️???… Comment as usual v v v reethi ❤️❤️❤️???… Thankyou soooooo much for understanding, for supporting me ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???❤️❤️❤️… Story ehaa kamudhiyaima mihiree v v v hih hama jehifa ???… Aan dhw ???… Let’s see what happens… Yahh… @lkleel akee enme best eh reader so ekahala award eh dhenyaa ifoo ge faraathun @lkleel ah dheynan awardeh In Sha Allah ??????… Heheh… Thankyou once again for the support ❤️❤️❤️?????????… Much more loves from me n miss you too ❤️❤️❤️?????????…
This is the first time naash mi storyy ah comment kuraa..but hurihaa part eh vx kiyan…??….what to say mi story ah….hama ehaa vx riithi…??…i am like addicted to this story …knme faharaku esfiya ah vadhelaafa mi story up vefa in thw balan…??…ehaa vx kiyaa hiy vefa hunnanii….and now lets say somethin abt this story dhw…mi story hama obiness to the max….story kiyaa iru hiivanii kurimathii ga fenna hen….❤❤…and plx ifoo….aan ah ehn nuhadhaba….varah dhera vey aslu…??….i donno why …naash beynumii minnu aa aan aa gulhuvan…???….and whats wrong with that shaaif??kiihve tha ehaa varah shakku kuranyy….??….i hate that type if people…??…ashra eba bune eh nun eyna naail dheke loabi eh nuveyey….adhi hama rulhi anna faharaku ehchix kiyaane….whyy?????..
And its okayh lahn up kuriyax…..its totally fine…??…and i will wait …??…knme miihaku vx bxy vedhaane nun…..☺….this storyy us just amaaaaxing…..??….much loves from me ifoo….???….missed…?…and i really appreciate your work….ehaa bxy koh ulhemun vx up kuriima vvvvv happy…??….
Naash ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… Ifoo v v v ufaavehje Naash ah story kamudhiyaima n story kiyaalaafa mifaharu commenteh vx kohleema ???❤️❤️❤️… It means a lot for me ??????❤️❤️❤️… V v v ufaavehje comment kiyaalaafa ???… Aan n minnu dhw… Let’s see what happens… Shaaif ulhey gothun ifoo vx foohi… Hehhe… Dhenn vaagotheh balamaa dhw… V v v ufaavehje Naash ehaa understanding v ma n ifoo ge work appreciate kuryma ???❤️❤️❤️… Much more loves from me dear ❤️❤️❤️????????? n miss you too… Hope to see ur comment more often ???…
Speechless ?????????… What a nice story ?????????… Masha Allah this story is just fabulous ?????????… Ifoo ur the best writer in the site ???⭐⭐⭐???… Waiting for the next ???❤❤❤???… Much n more loves from me ?????????????????????????????????????????????????????????????????????????????????????????????????????????????????????????
Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ❤️❤️❤️???… Hehhe… Ifoo ah vure maa reethi koh story liyaa kudhinn ulhey mi site ga ???… Anyways thanks ❤️❤️❤️???… Naju ge comment v v v colourful ❤️❤️❤️??????… I really like it ???❤️❤️❤️… Much more loves from me dear ???❤️❤️❤️??????…
Masha Allah…V salhi story?
Fasa❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Hama vrh salhi ??????hama execellent???????❤❤ifoo thikuraa hihvarh hama saabas???naail aa ashra aa ????set kuran veenun eyrah???? vvvvv salhi vaane ????????????thank you for nice story???????you execelent writer??????alhugandu ves gabool kuran bxy kamun kan nuliyeveny????????I CAN SAY TRY YOUR BEST??????bxy viyas vaahaka up koh dheythyyy thanksss???????????❤???????thank you so so so much???????????????????????????❤?????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????i am happy for this nice story hama habeys?????❤???????♂️?♀️?♀️??????????????ven next?????more love from meeee?????❤❤❤❤❤❤❤❤❤❤????????????????????????
Sau ❤️❤️❤️… Thankyou soooooo much dear for the colourful, supportive comment ❤️❤️❤️?????????… Ifoo v v v ufaavehje Sau ah vx story reethi v ma n commenteh kohleema ❤️❤️❤️?????????… Let’s see what happens… In Sha Allah balaanan bxy viyas story up kureveythr ???… Next part In Sha Allah Saturday ga ???… Much more loves from me dear n thanks a lot ???❤️❤️❤️??????…
Ifoo dearr ♥♥ varah varah reethi story ?? Ekam iaan haadha dhera eh vaaney every time minnu and aloof ehaa kairyga ulheythan fenunyma ??? Aloof adhi fennany varah loabi koh ? Fahun neynge vaane gotheh Ves.. Ekam ashra hama fennany shaaif aa dhuruvaan ?? haadha shakku bodey.. Livy emme rulhi anna kanthah ei.. Ifoo dear kihinehtha.. Livy hama baraabaru ?????? Hehe.. Waiting for next part dear.. Love youuuu ♥♥❤❤????????????❣❣??
Livy ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje comment kohleema ???… Yahh… Aan v dheravaane ???… But what to do… Shaaif n ashraa dhw… Let’s see what happens to them… Alhamdhulillah ifoo hama v ragalhu ???… Next part In Sha Allah Saturday ga… If possible e ah vure kurin vx up kohdheynan ???… Much more loves from me dear ❤️❤️❤️?????????…
I love you ifoo??????❤❤❤❤❤❤❤because you write this story nicely vennnnn bext??❤❤asluves ham a asluves greaat❤❤❤❤❤?????????????????????❤❤❤??????????????????ifooo thikuraa work ah hama saabas riya bunaany thank you a lottt??????????????????your best writer????????????????????hama heevany kurimathin sifa vaahen mi story reaad kuraa time??????????????????????????????????????????????????????????I❤U
I❤U
Your best ham very vvvvvv reethi gooood saaabas thikuraa work ah???????????❤❤??♥️♥️uuu are a goood writer
How are u ifoo?
Bxy viyas story write kuraathy thankssss??????♥️?❤❤more love from meeee
???????❤
Dear ifooo your obinesssss??????❤??♥️
Wennnnn next???????❤❤❤??????????????????❤❤
rifgaa ❤❤❤… thankyou soooooooo much dear ❤❤❤?????????… ur comment is sooo colourful… i loved it ❤❤??????… v v v ufaavehje ???… hope to see ur comment more often ???… miadhuge vaguthehga In Sha Allah next part up kohdheynan ???… Much more loves from me dear ❤❤❤?????????…
Nice and good luck and thank you
Ifoo fe vaahaka varah shali thanks