Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޝިމްރީން ❤

darknexxx Level 1
December 17, 2018 6 Mins Read
10 Comments

ކުޑަދޮރުގެ ފަރުދާކުރުމަށްޓަކައި އަޅާފައިވާ ހުދު ކުލައިގެ ދޮރު ފޮތިގަނޑު ވިހުރެމުން ދިޔައެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުން ޖެހިލާ ފިނި ފިނި ރޯޅިތަކުގެ ސަބަބުންނެވެ. ފަރުދާ އެކީގައިހެން ހިއްލި ކުޑަދޮރުން ބޭރުން ފެންނަމުންދާ ތަރިތަކާއި ހަނދު ފާޅުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިލާރޮއްޖެއްވެސް ނެތް ކަޅު ފޮއެ އެ އުޑުގައި ތަރިތަށް ފިޔަޖަހަމުން ދިޔައީ ކަޅު ފޮތިގަނޑެއްގައި އެސްތަކެއް ވިދާނޭ ފަދައިންނެވެ.

ހުދުކުލައިގެ ސްނޯ ގަނޑެއްހެން ހީވާ އެނދުގައި ނިދާފައި އޮތް ފިރިހެން ކުއްޖާ މަސަތްކަތް ކުރީ އޭނާގެ ބޯ ބާލިސްތެރެއަށް ކޮށްޕޭތޯއެވެ. ގައި މަތީގައި އޮތް ރަޖާގަނޑު އެނދުން ބޭރަށް ފުންމާލުމުން ދެއަތް ގައިގައި އުނގުޅަމުން ދިޔައިރު އެ ޒުވާނާ ރަނގަޅަށްވެސް ހީކުރާވަކަމުގެ ހެއްކަކަށް ހީބިހިތަށް ފުދެއެވެ. ހިކި އެހެންނަމަވެސް ބައްޓަން ރީތި އެ ދޮން ހަށިގަނޑުގައިވާ ލޯލިތަށްވެސް ކޮޅަށް ޖެހެނީއެވެ. “ޝިމްރީން” އޭނާގެ ކަންފަތް ދޮށުގައި ގުގުމާލީ ބަރު އެހެންނަމަވެސް ފުން ފިރިހެން އަޑެކެވެ. ޝިމްރީންގެ ހަށިގަނޑު ތެރޭގައި ކަރަންޓް ޝޮކެއް ދަތުރުކޮށްލި ކަހަލަ އިހްސާސް އޭނާއަށް ކުރެވުނެވެ. ދެވަނަ ފަހަރަށްވެސް އެ އަޑު ތަކުރާރުވިއެވެ. ފިނި މަޑު އަތްތިލައެއްގެ ބީހުމާއެކުގައެވެ. ނޭވާތަށް އަވަސްވަމުން ދިޔަ ހާލު ޝިމްރީން ފުންމައިގެން ތެދުވިއެވެ.

އޭނާ ވަށައިގެން ހޯދާލިއެވެ. ޝިމްރީންގެ ދެލޯ ބޮޑުވެފައިވާއިރު ކޮޓަރީގެ ހަތަރު ފާރަށް އަވަސް ނަޒަރުތަކެއް ދެތިން ހަތަރު ފަހަރު ދިނެވެ. ލޯ އުނގުޅާލީ އެއީ އޭނާއަށް ހީވި ހީވުމަކަށް ވުމަށް އެދިއެވެ. ނަމަވެސް ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ފަހަތުން މީހަކު މެދު ހަށީގައި ބައްދާލިހެން ހީވުމުން ފަސް އެނބުރި ބަލާލިއެވެ. އިހްސާސް ވީ ވަރަށް ގާތުގައި މީހަކު ވާ ހެންނެވެ. ބައިމަތި ފުޅާ ހަށިގަނޑެއްގައި އަތްޖައްސާލެވުނުހެން ހީވިއެވެ. ދެރަ ތަންކޮޅަކީ އެމީހަކު ލޮލަށް ނުފެންނަ ކަމެވެ. ޝިމްރީން ނޭވާވެސް ތަށިވެފައިވާކަހަލައެވެ. ނުވަތަ ނޭވާ ލާން ހަނދާން ނެތީއެވެ.

_________________________________________

ތިންވަނަ ބުރީގެ ހޯލްވޭ ތެރެއިން  މަޑު ފިޔަވަޅުތަކެއްގައި ޝިމްރީން ކުލާހާ ދިމާލަށް މިސްރާބުޖެހިއެވެ. ފޮތްބޮނޑީގައި ބާރަށް ބައްދާލަމުން މޭގައި ޖައްސާލައިގެން ހުރިއިރު ބެލްކަނި ކައިރީގައްޔާ ކުލާސްތަށް ދޮރުމަތީގައި ތިބި ކުދިންގެ ފާޑު ކިޔުންތަށް ހުއްޓުމެއް ނެތި އަމާޒުވަމުން ދިޔައެވެ. އަޑު ނީވޭ ކަމަށް ހަދައިގެން ދިޔަނަމަވެސް ޝިމްރީންގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑަށް އެއިން ކޮންމެ ވާހަކައަކުން ދަރު އަޅެމުން ދިޔަކަން އެމީހުންނަށް އިނގޭނީ ކިހިނަކުން ހެއްޔެވެ.

“އޭ މަ އަޑުއެހިން އެ އަންހެން އުޅެނީ ޖިންނި އަވަލައިގެންނޯ. ސިހުރު ހަދައިންވެސް ފައްސާނުލެވުނު ޖިންނިއެކޯ..” ކުލާހަށް ވަންނަ ދިމާކުރި ޝިމްރީންއަށް އިވޭވަރަށް ދޮރުކުރިމަތީގައި ހުރި ޝައިހާ ބުނެލިއެވެ. އޭނާ ތުންފަތް ފޫއަޅުވާލީ ތުއި ހިނިގަނޑެކެވެ. “އެހެންނުވާނީ އިންސާނުންގެ ތެރެއިން ފިރިހެނަކު ޝިމްރީންއަށް ބަލާނުލާތީ މިހާރު ރޭގަނޑުގޮސް ޖިންނި ފިރިހެނެއް އާދޭތޯ އިންނަނީ އަތިރީގަޔޯ.” ޝައިހާޔާ ޖެހިގެން ހުރި އޭނާ އެކުވެރިޔާ އަޒްކާވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ކުލާސް އެތެރެއަށް ވަދެ އެދެމީހުންނަށް ފުރަގަސްދީގެން ހުރި ޝިމްރީންއަށް ކަތި ނަޒަރެއް ދިނެވެ.

ޝިމްރީންއަށް ކޮންޓްރޯލް ކުރެވުނީ ވަކި ހިސާބަކަށެވެ. ނިކަން ދުވަހު ކެތްކޮށްގެން ހުރެވިއްޖެއެވެ. ދެން މިކަމެއް ހިލާ ނުވާނެއޭ ޝިމްރީން ސިކުނޑި ބުންޏެވެ. އެއް އަތް މުއްކަވާލާފައި އަނެއް އަތުން ދަބަހުގެ ވާގަނޑުގައި ހިފާއްޓާލަމުން އޭނާ ފަސްއެނބުރި ބަލާލިއެވެ. “ކަލޭމެންނަށް ނުބެހޭ ކަންތަކާ ނުބެހިފަ ނޭނގޭ ވާހަކަ ނުދެއްކީމަ ވީއެއްނު. ކީއްކުރަންތަ ކޮންމެހެން އެހެންމީހުންގެ ލައިފްގެ ތެރެއަށް ބޯ ބާނަނީ. މަށާ ޖިންނިއެއް އަވަލާފަ ހުރެގެން ސިހުރުގެ ބާރުން އެ ޖިންނި ނުދިޔައީމަ ކަލޭމެން އަންނަންވީނު ދޯ އެހީއެއް ވެދޭން މަޝްހޫރު ސިހުރުވެރިން ހަދާ ސިހުރަށްވުރެ މާ ތާހިރު މޮޅު ސިހުރެއް ތި އަނގަތަކުން ހެނދޭނެ ހެން މަށަށް ހީވަނީ..” އަޑުގެ ނެތްތަނަށް ޝިމްރީން ހަޅޭއްލަވައިގަތް އަޑު ތިރީ ފްލޯރ ތަކަށްވެސް އިވޭނެކަން ގައިމެވެ. އޭނާގެ ވާހަކަތަކުންނާ ދުވަހަކުވެސް ނުފެންނަ މިޒާޖުން އެތަށް ބަޔަކު ހައިރާންކުރުވިއެވެ. ހުރިހާ ދިމާލެއްގައި ތިބި އެންމެންގެ ނަޒަރުވަނީ ޝިމްރީންއާ ސީދާވެފައެވެ. އަނގަތަށް ހުޅުވިފައި ކަރަންޓު ޝޮކު ޖެހިފައި ތިބި މީހުންގެ އަދަދު އިނގިލިތަކުން ގުނާ ލެވޭވަަރަށް ވުރެއް ގިނައެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޝައިހާއާއި އަޒްކާވެސް ދެލޯ ބޮޑުވެފައި ތިއްބެއެވެ. މިއީ އެމީހުންނަށް ކުރިން ފެނުނު ބަސްމަދު ފިނޑި މަޑުމައިތިރި ޝިމްރީންއެއް ނޫނެވެ. ދުވަހަކުވެސް ޝިމްރީން އެދެމީހުންގެ މޫނުމައްޗަށް ބަސްބުނެފާނެކަމަކަށް ހީކުރެވިފައެއް ނެތެވެ. ހިމޭންވެ ހުއްޓުން އަރާފައިވާ އެ މަންޒަރު ހަލަބޮލި ކޮށްލީ ބެލްކަނި ކައިރީ ސަކަރާތް ޖަހަން ތިބުމަށްފަހު ކުލާހަށް ވަތް ފަސް ފިރިހެނުންގެ ގްރޫޕް އަތްޖަހަން ފެށި އަޑަށެވެ. “ހޯހޯ..ކަލޭމެން ދެން ކަޑަވޭ..ކަޑަވޭ ކަޑަވޭ ކަޑަވޭ…” އޭގެތެރެއިން މާއިން ރީތި ރާގަކަށް ގޮވަން ފެށިއެވެ. ތިބެން ހަމަޖެހިފައިވާ ސީޓު ތަކުގައި އެ ހަ މީހުން އިށީނދެލިއެވެ. ދުރު ދުރުގަ އެހެންނަމަވެސް ކުލާހުގެ އެއްކަނުގައި އިނދެފައި އަނެއްކަނުގައި އިންނަ މީހާޔާ އަޑުގެ ނެތްތަނަށް ވާހަކަ ދެއްކުމަކީ އެމީހުންގެ އުސޫލެވެ.

“ހީވެއްޖެ ކަމެއްހެން..މަގޭ ޝިމްރީން ނުލާހިކު ގަޓުވާނެ ކަލޭމެނޭ..އަދި ތިފެނުނީ އެއްބައި އިނގޭ” ދަބަސް ބަހައްޓާފައި ޝިމްރީންއާ ދިމާލަށް އައި ލުވެއިޒް ބޯޑު ކުރިމަތީގައި ހުއްޓި ޝިމްރީންގެ ކޮލުގައި ތުންފަތް ޖައްސާލަމުން އެއްލޯ މަރާލިއެވެ. ދަތްކުނޑި ވިކާލަމުން ބާރު ހިނގުމެއްގައި ގޮސް ޝިމްރީން އޭނާގެ ސީޓުގައި އިށީނދެލިއެވެ. ދޮރުމަތީގައި ތިބި ޝައިހާ މެނަށް ބަލާލަމުން ދޫ ދިއްކޮށްލާފައި ޝިމްރީން އަތުން އިޝާރާތެއް ކޮށްލިއެވެ. މޫނުމަތަށް ރަތަށް އަރާފައި ތިބި ހާލު އެދެމީހުންވެސް އިށީނދެލިއެވެ. ކުރަން ހިތުއަޅައިގެން ހުރި މަސަތްކަތް ކާމިޔާބު ވުމުން ސީޓާ ދިމާލަށް ލުވެއިޒް ހިނގައިގަތެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަށް ގަނޑުވީ ފަހަތުން ކުލާސް ޓީޗަރުގެ އަޑު އިވުމުންނެވެ.

“އައިސްބަލަ.” ދޮރުމަތީގައި ހުރެފައި ޓީޗަރު ފަތިގަނޑު ނަގާ އިޝާރާތްކޮށްލިއެވެ. ކަންނެތް ގޮތަކަށް އާފުރިލަމުން ލުވެއިޒް ޓީޗަރު ކުރިމަތީގައި ހުއްޓިލިއިރު އޭނާ ކިޔަން އުޅޭ އެއްޗެއް އިނގި ހުރެއެވެ. “ހަތެއް ޖަހާއިރު އެސެމްބްލީ ފެށުމުގެ ކުރިން ތި ބެގީ ޖަހަންދޭ ފާހަނަޔަށް..” ޓީޗަރުގެ ބަހާއެކު ލުވެއިޒް އިސްޖަހާލަމުން އޭނާގެ ޔުނީފޯމަށް ބަލާލިއެވެ. ފަޔަށް ހެޔޮވަރުކޮށް ހުރި ހިމަ ކަޅު ފަޓުލޫނު ދަށަށް ޖަހާފައި ހުރި ހުދު ގަމީހުގެ ހާލު ދެރަކަމާއެވެ. ފަހަތުންނާ ދެފަރާތުން ބެގީ ނެއްޓި ގަމީސް ބޮނޑިވެފައި ކުރިމަތިން އަޑިއަށް ޖަހާފައި ހުރިނަމަވެސް ދެންމެ ދެންމެއަކު ނިކުމެދާނެހެން ހީވެއެވެ.

ލުވެއިޒް ބޯ ޖަހާލިއެވެ. އޭނާގެ ބެގީ އޮތީ ވަަރަށް ހާލު ދެރަކޮށްކަމަށް އިއުތިރާފުވިއެވެ. “ދެން މި އިސްތަށިގަނޑު މާދަމާޔަށް ކޮށަން ޖެހޭނެ..އެހެންނޫނީ ޕްރިންސިޕަލް އޮފީހަށް ގެންގޮސަށް ޓްރިމަރަކުން ބާލާލާނީ..” އެއަރިއަކުން ލުވެއިޒްގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި ފަތިގަނޑަކުން ކޮޅަށް ޖަހަމުން ޓީޗަރު އިންޒާރު ދިނެވެ. ” ޓްރިމަރު ގެންނަން ކެރޭނީކީވެސް ނޫންވިއްޔަ..އެހަރުން ދެން މީ ކުޑަކުދިންތަ ތި ކަހަލަ ބިރު ދައްކަން..ޓްރިމަރެއް ގެނެއްސިއްޔާ ހުވާ މި ބުނީ ކަލޭގެ މޫނު ބަލާލާނީ..” ލުވެއިޒް ކަޅި އަނބުރާލަމުން ހިނގައިގަތީ އޭނާގެ އަމިއްލަ ނަފްސާ އެތަށް ވާހަކައެއް ހިއްސާކުރަމުންނެވެ.

ކުލާސް ފަހަނަ އަޅާ ދިޔުމުންގެ ކުރިން ކުޑަދޮރުގެ ބިއްލޫރިގަނޑުން އެތެރެ ބަލާލިއެވެ. ހިނިގަނޑު ހިފާއްޓާލައިގެން ތިބި ކުދިންގެ ސަބަބުން އޭނާއަށް މަޖާވީއެެވެ. ނަމަވެސް އަނގަމަތީގައި އަތް އަޅައިގެން ނުހޭން ހުވާކޮށްގެން އިން ޝިމްރީން ފެނުމުން ލުވެއިޒް ފްލައިން ކިސް އެއް ރައްދުކޮށްލިއެވެ. ޝިމްރީން މޫނު އަނބުރާލިކަމުގައިވިޔަސް އެ ވެގެން ދިޔައީ ލުވެއިޒްއަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

_________________________________________

ކެންޓީނުގެ ކިއުގައި އެތަށް ސަތޭކަ ކުދިން ވަގުތުތަށް ގުނަމުން ދިޔައެވެ. ކާއެތިކޮޅެއް ލިބޭނެކަމުގެ އުންމީދުގައެވެ. އޭގެތެރެއިން އެކަކީ ޝިމްރީންއެވެ. އިސްޖެހިގޮތަށް އުފުލާނުލާ ހަށަން ބަނދެލައިގެން ހުރީ އެއްވެސް މީހަކަށް ނުބަލަން ހުވާކޮށްގެންނެެވެ. ވަށައިގެންވާ މާހައުލު އޭނާއާ ގުޅޭ ތަފާތު ވާހަކަތަށް އެކި ގޮތް ގޮތަށް ދައްކަމުން ދިޔަނަމަވެސް މެއެވެ. “މައި ބޭބީ ލުކިން ޝެކްޝީ.” ނަމަވެސް ލުވެއިންގެ އަޑު ތަންކޮޅެއް ދުރުން އިވުނުހެން ހީވުމުން ބަލާނުލާ ހުންނަން ކެތްނުވީ ކިއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ބޯ ހިއްލަލަމުން ކާ މޭޒުތަށް ހުރި ދިމާލަށް ބަލާލިއެވެ. އެންމެ ކަނުގައި ބަހައްޓާފައި ހުރި މޭޒުގައި އިށީނދެެގެން އިން ލުވެއިޒްގެ ނަޒަރުވެސް ސީދާވީ ޝިމްރީންއާއެވެ. އެއްއަތުން ބާރގާއެއް ކަމުން ދިޔައީ އަނގަ ކައިރިގަޔާއި އަތުގައި މެޔޮނައިސް އުނގުޅައިގެންނެވެ. ގޮނޑި މައްޗަށް ފައިލައިގެން ލުވެއިޒްއާއެކު އިން ބިސްބުރި މާއިން ހެސްކިޔާފަ ގަދަޔަށް ކެވޭތޯ މަސަތްކަތް ކުރީ މާދަމާއެއް ނާންނާނޭ ހިތަށް އަރުވައިގެންހެން ހީވެއެވެ.

ލުވެއިޒްގެ ހަރަކާތްތަށް ހުރި ގޮތުން އެއްމިޔަކުން ޝިމްރީން ހީލިއެވެ. ނޭނގިނަމަވެސް އޭނާގެ ހިތަށް ހަމަޖެހުން ލިބުނީ މޮޔަގޮތަށް ލުވެއިޒް ހީލުމުންނެވެ. ކިތަންމެ ރުޅި އައިކަމުގައިވިޔަސް ފުރަތަމަ ދުވަހުން ފެށިގެންވެސް ލުވެއިޒްއަކީ ޝިމްރީންގެ ހިތް ހާއްސަ ދަރަޖައެއް ދީފައިވާ މީހެއްކަން އޭނާ ނުދެނެހުއްޓެވެ. އިނގިލީގައި ހުރި މެޔޮނައިސް ކޮޅު ލުވެއިޒް ބޯލީ ލޮލީ ޕޮޕެއްހެއްނެވެ. “ކިތަންމެ ގައްޑާވަފަ އުޅުނަސް ހަމަ ޅަކަން ނުކެނޑެނީއޭ..” ޝިމްރީންގެ ހިތް ބުންޏެވެ.

އޯޑާރ ކުރި ބާގާރ އަކާ ޗިޕްސް ޕެކްގެ އިތުރަށް ޖޫސް ތަށްޓާއެކު އިށީންނާނެ ތަނެއް ޝިމްރީން ހޯދިއެވެ. ނަމަވެސް ހުރިހާ މޭޒެއް މިހާ އަވަހަށް ވަނީ ފުރިފައެވެ. ގްރޫޕް ހަދާލައިގެން އެންމެން ތިބި އިރު ޝިމްރީން އަކީ އެއްވެސް ގްރޫޕެއްގައި އުޅޭ މީހެއް ނޫނެވެ. ދެން އޭގެ މާނައަކީ އޭނާ އިށީންނަން ޖެހެނީ ވަކި ބިންމަތީގަބާއެވެ. “އޭ މަންޖޭ އާދޭ ޖޮއިން ކުރަން..” ފައިލައިގެން އިން ގޮނޑިމަތިން ފައި ނަގާ ފޮޅާލަމުން ލުވެއިޒް ގޮވާލިއެވެ. އިތުރުގޮތެއް ނެތުމުން ޝިމްރީން އެ މޭޒުގައި އިށީންނަން ދިޔައެވެ. ނަމަވެސް ލުވެއިޒްއާ ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ހަށިގަނޑުގައި ނޭނގޭ ބާރަކުން އަޅާ ކޮށްޕާހެން ހީވެއެވެ. ހަށިގަނޑު ކޮއްޅަށް ހިފެއެއްޓުމަށް ޝިމްރީން މަސަތްކަތް ކުރިއެވެ. އެހެންނަމަވެސް މޭޒާ ކައިރިވިތަނާހެން އިދިފުށަށް ޝިމްރީން ވެއްޓުނެވެ. ކުއްލި ހަރަކާތާއެކުގައެވެ. ހަށިގަނޑު އެކީގައި ބިމަށް ޗިސްވިނަމަވެސް މޫނު ޖެހުމުގެ ކުރިން ހިއްލާލެވުނެވެ. ޓްރޭއިން ބޭރަށް އެއްވެސް އެއްޗެއް ނުވެއްޓޭކަން ނަސީބެކެވެ. ނަމަވެސް ޖޫސްތަށިން އެތިކޮޅެއް ޓްރޭއަށް އެޅިފައި ހުއްޓެވެ.

“ކިހިނެތް ތި ހެދީ ކަލޯ..” ކުކުޅު ތަށި ދުރަށް ޖައްސާލާފައި މާއިން ބުނެލިއެވެ. “ކަލޭ ބަނޑުފުރާ މުއްތިކުރޭ އަވަހަށް” ޝިމްރާން ނަގަން އޭނާ އުޅުމުގެ ކުރިން ލުވެއިޒް ތެދުވެ އެ މަސަތްކަތާ ހަވާލުވިއެވެ. ޝިމްރީންގެ އަތުގައި ހިފާ އޭނާ ނަގައި ދިނެވެ. މުޅި ކެންޓީނު އޭނާއަށް މަލާމާތް ކުރި ކަހަލައެވެ. ގިނަ އަންހެން ކުދިންތަށް ހަސަދައިގެ ނަޒަރުވެސް ދެމުން ދިޔައެވެ. “އެވީ ކިހިނެތް؟ ކައްސާލީ ދޯ. ތަނެއް ބިންދައިގެން ދިޔަތަ” ޝިމްރީންގެ ޓްރޭނަގަން ގުދުވެލި ލުވެއިޒް އެއްސެވެ. ޔުނީފޯމްގެ ސްކާރޓަށް ދަމާލަމުން ޝިމްރީންް އޭނާއަށް ލޯ އަޅާލި ތަން ދުއްޓެވެ. ހެމުން ދިޔަ އަންހެން ގްރޫޕަށް ލުވެއިޒް ބަލާލިއެވެ. “ކަލޯގަޔާ ހޭނެ ކަމެއް ނުފެނިފަ..ކައެމެން މަންޖެޔެއް ވެއްޓިޖެއްޔާ ކުޑަކުއްޖަކު އުފަންވާއިރު ރޯ ހާ ބާރަށް ރޯނެ.” ލުވެއިޒް އެމީހުންގެ ހުނުން އޭނާގެ މޮޅު ފަށުވި ބަސްތަކުން އަންހެންވެރިންގެ އަނގަތަށް މައިތިރިކޮށްލިއެވެ.

“މަށާ ދިމާލަށް މަލާމާތްކުރާ މީހުންނާ މީނަ ބެހެނީ ކީއްވެތަ މަށެއްވެސް ނުބެހެމެއްނު..” ދެބުމަ ގޮށްޖަހައިގެން ހުރެ ޝިމްރީން ހިތާހިތުން ބުނެލިއެވެ. އޭނާގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވި ޙިޔާލުގެ ސަބަބުން ފާހާނާޔާ ދިމާލަށް ދުއްވައިގަތެވެ. މޭޒުމަތީގައި ޓްރޭ ބަހައްޓާލައިގެން ޝިމްރީން ދިޔަ މަންޒަރު ބަލަން ލުވެއިޒް ހުރީ ވާނުވާގައެވެ. އޭނާ އެއްބުމަ އަރުވާލިއެވެ. “އޭ މަށަށް ހީވަނީ އިދިފުށަށް ވެއްޓުނީމަ ޕީޕީ އެމަޖެންސީ ވީ ކަންނެ..” ވައި އަޑުން ލުވެއިޒްގެ ކަންފަތް ބުޑުގައި ޒިވާން ބުނެލިއެވެ. އޭނާވެސް މިހާރު އިނޭ މޭޒަށް އަރައެވެ. “އައްޗީޑި..” ކުކުޅު ފައި އަނގައިން ނެގި މާއިންއަށް އެ އަޑު އިވިގެން މޫނަށް ވައްތަރު ޖައްސާލިއެވެ. “ހޫނ..ކައިބަލަ..” މާއިންގެ ބަނޑުގައި ޖަހާލަމުން އަނެއްކާވެސް ލުވެއިޒްއަށް ޒިވާން ސަމާލުކަން ދިނެވެ. “ތަނަކުން ވެއްޓިގެން ވާކަމެއްތަ؟.” އަނގަ ޗޭ ވެފައި ހުރި މައުލޫމާތް މުއްސަނދި ލުވެއިޒް އޭނާ ދެކޭ ގޮތް ބުނެލިއެވެ. ދެ ކޮނޑު އަރުވާލާފައި އިށީނދެ ޓްރޭގައި ހުރި އެތިކޮޅު ކާންފެށީ އެއީ ޝިމްރީންގެ އެތިކޮޅުކަން ހަނދާން ނެތިއެވެ.

________________________________________

ސިންކު ކައިރީގައި ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ޝިމްރީން ބަލާލިއެވެ. ކަނދުރާޔާ ހަމައަށް އަރާ އޭނާގެ ފަން އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ސީލިންގަށް ބަލާލަމުން ދެލޯ މަރާ ތަގުޅިކޮށްލީ އަވަސް ނޭވާތަކަކާއެކުގައެވެ. ދެވަނަ ސިކުންތުގައި އިސްކޫރު ދޫކޮށްލުމަށްފަހު ފެން މުގޯށްޓެއް އަތަށް ނަގައި ލޯގަނޑަށް ޖެހިއެވެ. އެތަށް ފަހަރަކު އެކަން ތަކުރާރު ކުރުމުންވެސް ހަމަޖެހުމެއް ލިބޭ ގޮތްނުވިއެވެ. “ނާއިޝް ކަލެޔަށް ހަލާކުރި..” އަޑުގެ ކޮޅަށް ޝިމްރިން ގޮވާލިއެވެ. އަޑު އަހާނެ މީހަކު ނެތަސް ހެވެއެވެ. ފަހަތުން އަނެއްކާވެސް މީހަކު ބައްދާލި ކަހަލަ އިހްސާސް ކުރެވުނެވެ. ކުރިން ފަހަރުތަކާ ހިލާފަށް ޝިމްރީން މަސަތްކަތް ކުރީ ވީއްލިގަންނާށެވެ. ދެކޮޅަށް ތެޅެމުން ދިޔަނަމަވެސް އެ އަތުގެ ބާރު މާ ގަަދައެވެ.

“ދޫކުރޭ..ދުރަށްދޭ..” މަޑުމައިތިރި އަޑަކުން ނަމަވެސް ދަތްކުނޑި ވިކާލާފައި ޝިމްރީން ބުންޏެވެ. “ނުދާނަން..ތީ މަގޭ ހައްގެކޭ.ކީއްވެތަ ދުރަށް ދަނީ. ބުނެވިއްޖެ ދޯ ވަރަށް ލޯބިވެޔޭ..” ކަންފަތު ފޫޅުގައި މީހަކު ދަތް އަޅާލިއެވެ. ސޫރައެއް ނުފެނުނު ނަމަވެސް އެ ފިރިހެންވަންތަ އަޑު އިވި ބީހުންތަށް ޝިމްރީންއަށް އިހްސާސްކުރެވުނެވެ. “ތިޔަށް ކިޔާ އުޅެނީ ލޯބި؟ ޖެއްސުން ކޮށްފަ އަނިޔާދީފަ ނުކުރާ ގޯނާއެއް ނޯވޭ. ހީވަނީ ފުރުސަތަކަށް ބަލަބަލާ ހުންނަހެން. ދެން ތިބުނީ ކީއްވެހޭ ދުރަށް ދަނީ؟ މިހާރު ވެސް މީހުން މަށަށް ކުރާ މަލާމާތް ކުޑައީތަ ޖިންނިޔަކާ އިންސިއަކާ އެކީގަ އުޅޭނީ ކިހިނެތް.؟” ޝީމްރީން ވާހަކަ ތަކުތެރޭގައި އެތަށް ސުވާލެއް ހިމެނުނެވެ. ނަމަވެސް ތެދުބަހުން އޭނާ ކިޔަދިނީ އޭނާގެ ޙިޔާލު ހުރި ގޮތެވެ.

“އާން މަ ޖެއްސުން ކުރާނަން..ކަލޭ މަގޭ ހައްގަކަށް ވަންދެން..އެ ލުވެއިޒާ ދުރަށް ދަންދެން މަގޭ އުނދަގޫތަކަށް ނިމުމެއް ނާންނާނެ.” ބާރު އަޑެއް ގުގުމާލަމުން އެ ފިރިހެންމީހާގެ ހިލަމެއް ނުވިއެވެ. ޝިމްރީންއަށް ގަބޫލުކުރެވުނީ އޭނާ ދިޔައީ ކަމަށެވެ. “ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. މަށަކީ އެހެން އަންހެނުންހހެން ކަލޭ ތި ހީކުރާހާ ޗީޕް މީހެއްވެސް ނޫން..އެކަން ސާބިތު ކޮށްދޭނަމޭ..” ދަތް ޖައްސާލަމުން ޝިމްރީން އިސްކޫރި ބާރު ކޮށްލިއެވެ. އަތުގައި ހުރި ފެންތަށް ފޮޅާލިއިރު އޭނާގެ މޫނުމަތިން ފެނުނު ކުލަވަރު ބަޔާންކުރަން ދައްޗެވެ.

______________________________________

ހުދުކުލައިގެ ބޮޑު ވެޑިންގެ ޑްރެސްގައި ޝިމްރީން އިނީ ބޮނޑި ގޮނޑިއެއްގައި އައްސާގައެވެ. ގުޑި ނުލެވޭވަރަށެވެ. އަނގަ މަތީގައި އަޅާަފައިވާ ފޮތިގަނޑުގެ ސަބަބުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އޭނާގެ ގޮނޑި ވަށާ އެނބުރުނު ކޯޓު ފަޓުލޫނުގައި ހުރި ނާއިޝްގެ ތުންފަތް މަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އެއްފައި މައްޗަށް ޝިމްރީން އިން ގޮނޑި ކައިރީގައި ނާއިޝް އިށީނދެލިއެވެ. އޭނާގެ އަތުތެރޭގައި އޮތް ރިހި ކުލައިގެ އަގޮޓި ޝިމްރީންއަށް ދައްކާލީއެވެ. ހިފެއްޓުމެއްނެތި ބޮޑު ތިކި މުތީގެ ކަރުނަ ޝިމްރީންގެ ލޮލުން އޮހެން ފެށިއެވެ.

“މި އަގޮޓި ތި އަތުގަ އެޅުމަށްފަހު ދުވަހަކުވެސް މަށަކާ ކަލޭ ވައްކެއް ނުކުރެވޭނެ..” ޝިމްރީންގެ އަނގަމަތީގައި އައްސާފަ އޮތް ފޮތިގަނޑު ނައްޓާލަމުން ނާއިޝް ބުނެލީ ލާނެއްކޮށެވެ. ޝިމްރީންގެ ލޮލުން އޮހޮރުނު ކަރުނަތަަކަކީ އޭނާގެ ހިތަށް ލިބުނު ހަމަޖެހުމެއް ކަހަލައެވެ. “ނޫން..މަށާ ކަލޭ ދުރުކުރެވޭނެ ކޮންމެސް ގޮތެއް އޮންނާނެ” ބަލި ގަބޫލުކުރަން ބޭނުންނުވި ޝިމްރީން ތަކުރާރުކޮށް ކިޔަމުން ގެންދިޔައެވެ. “އޮތް ގޮތަކީ މަ މަރާލުން. އެކަމަކު އެއީ އަދި އަދަށް ދާންދެންވެސް ކަލޭމެން އިންސާނުންނަށް ކުރެވުނު ކަމެއް ނޫން ދޯ.” ތުރުތުރު އަޅާ ހާލު ގަދަހަދަމުން ދިޔަ ޝިމްރީންގެ އަތުގައި ހިފާ ދަމާލަމުން އެ އިނގިލީއާ އަގޮޓި ކައިރިކޮށްލިއެވެ. “ނޯ ނޯ..” ފަހު ވަގުތު ކޮޅަށް ވާނެނަމައޭ ހިތާ ޝިމްރީން ލޯ މަރާލިއެވެ. ނަމަވެސް އޭނާއަށް ސިހިފައި ލޯ ހުޅުވާލެވުނީ ބަޑިއެއް ގޮއްވާލި އަޑަށެވެ. ފަހަތުން އައި އެ ވަޒަން އެރީ ސީދާ ނާއިޝްގެ ބުރަކަށްޓަށެވެ. ވަގުތުން ހޭހުސްވެގެން އޭނަ ވެއްޓުނެވެ. ވެއްޓުނު ނާއިޝްގެ ފަހަތުން ފާޅުވި ސޫރައަށް ޝިމްރީން ބަލާލިއެވެ. އޭނާގެ ވިންދު ހިނދުކޮޅަކަށް މަޑުޖެހެލިއެވެ. “ލުވެއިޒް..” ޝިމްރީން ދޫ ހަރަކާތްކޮށްލިއެވެ.

އިންތިޒާރު ކޮށްލައްވާ!!

ނޯޓް: މިއީ 25 ޑިސެންބަރުގައި އަޅުގަނޑު ގެނެސްދޭން ހަމަޖެހިފައިވާ ވާހަކައިގެ ޓްރެއިލާރއެކެވެ.

 

Share Article

Follow Me Written By

darknexxx

Level 1

Other Articles

Previous

ވޭނީ ދިރިއުޅުން 2

Next

ައަހަރެންގެ ހިތުގެ އުދާސް……..

Next
December 17, 2018

ައަހަރެންގެ ހިތުގެ އުދާސް……..

Previews
December 17, 2018

ވޭނީ ދިރިއުޅުން 2

10 Comments!

  1. eny says:
    December 17, 2018 at 10:39 pm

    v salhi…. 25 december eii my mom ge birthday too? waiting for this stry ingey?

    1. darknexxx says:
      December 18, 2018 at 10:59 am

      Awwn Thanks alot dear..ehnthr rangalhu date eh dhw decide mi kurevunii ❤❤?? eheh

  2. Reader says:
    December 17, 2018 at 11:36 pm

    Iimmpppreeeesssiivveeee

  3. Reader says:
    December 17, 2018 at 11:37 pm

    Woowwwowwoww

  4. kookie says:
    December 18, 2018 at 10:32 am

    wowowow varah reethi vane hen neevey. ehaa avahah kiyaa hihvejje

    1. darknexxx says:
      December 18, 2018 at 11:36 am

      Ayee ehe thank you so much ❤❤❤ inthizaaru kohlachey ??

  5. Mixha says:
    December 18, 2018 at 3:44 pm

    Biruveri vaahaka eh tha mee ??

  6. Nattu says:
    December 18, 2018 at 9:33 pm

    25th dec is my birthday too

  7. Aurora says:
    December 28, 2018 at 2:25 pm

    now it’s 28 December… adhivx story eh nugenesdhey… ????

  8. Mistake says:
    January 3, 2019 at 7:04 pm

    Anyone didn’t notice??endhu matheega oiy firihen kujjege vaahaka feshumuga othee

Comments are closed.


All Right Reserved!