Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (3)

Ihoo Level 2100 Login10 Stories100 Comments
March 27, 2020 2 Mins Read
11 Comments

ލައިބްރަރީއިން ފޮތްނަގައިގެން ދެކުދިން ގެޔަށްދާން މިސްރާބުޖެހިއެވެ. ގެޔަށް ދިޔަ މަގުމަތީގައި ގާލްގައިޑް ކުދިން ދިޔަ ކޮރެއާ ކޭމްޕްގައި ހިނގާދިޔަ ހުރިހާ ކަމެއް ހ އިން ޗ އަށް ރިހާމް ކިޔާދިނެވެ.

“ކޭމްޕްގައި އުޅުނު ހުރިހާ ކުދިންވެސް ވަރަށް އެކުވެރި. އެބައޮތް ކޭމްޕްގައި އުޅުނު ރައްޓެހި ކުއްޖެއްގެ ނަމްބަރާއި އީމޭލް އެޑްރެސް ދީފައި އެކުއްޖާއަށް ގުޅަން. އެންމެ ސަޅީ ކޮންމެ ކޭމްޕްގައި އުޅޭ އެންމެންނަށްވެސް ކޮންސާރޓަކަށް ދާން ހިލޭ ޓިކެޓް ލިބޭތީ”

“ހާދަ ސަޅިއޭ ދޯ؟ އިހޫވެސް ގާލްގައިޑްގައި ބައިވެރިވެވުނުނަމަ ތިކަހަލަ ކޭމްޕް ދެވުނިސް.. މިމަންމައެއް ދުވަހަކުވެސް އެއްބަހެއް ނުވާނެ އިހޫ އެކަނި ތަނަކަށް ދާކަށް.. އެއީ ކީއްވެ ކަމެއް އަދި އަދަށްވެސް އިހޫ އަކަށް ނޭނގެ..”

“ވެދާނެ އިހޫއަކީ އަންހެން ކުއްޖެއް ވީމާ ކަމަށް އެނުފޮނުވަނީ..”

ދެމީހުން ގެޔާއި ހިސާބަށް ދިޔައީ ޒުވާބުކުރަމުންނެވެ. ރިހާމްމެން ގެޔާއި ހިސާބަށް އާދެވުމުން ރިހާމް އެހިސާބުން ގެޔަށް ދިޔައެވެ. އިޙްނާ އަވަހަށް ގެޔަށް ވަދެ ކިޔަވާ މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު ކޮޓެރީގެ ދޮރުތަޅުލިއެވެ. އަދި ހިތުގައިވާ އުދާސްތަކާއި ވަރުބަލިކަން ފިލުވުމަށްޓަކައި ފެންވަރައިލަން ފާހާނާއަށް ވަދުނެވެ. ނިކުމެ ކަޅުކުލައިގެ އަބާޔާއަކާއި އާދައިގެ ކަޅު ބުރުގާއެއް އަޅައިގެން ކޮޓެރީގެ އެއް ފަރާތެއްގައި ހުރި ކިންގް ސައިޒްގެ އެނދުގައި ޖައްސާލިއެވެ.

ކަމެއް ހަނދާންވީ ފަދައިން ކުއްލިއަކަށް ތެދުވެ ހެޑުބޯޑު މަތީގައި ހުރި ފޮޓޯ ފުރޭމެއް ނަގާ އިޙްނާގެ މޭމަތީގައި ފޮރުވައިލިއެވެ. އިރުކޮޅެއް ނުވެ މުޅި ކޮޓަރި ތެރޭ އިވެމުން ދިޔައީ އިޙްނާގެ މަޑު ގިސްލުމުގެ އަޑެވެ.

” ބައްޕާ! ކީއްވެތަ އިހޫއާ މަންމައާ އެކަނި ބަހައްޓާފަ ދިޔައީ… ކީއްވެތަ ބައްޕާ؟؟ އިހޫ އެންމެ އުފާވި ދުވަހު ބައްޕަ ނެތީމާ ވަރަށް ދެރަވި… އެކަމަކު… އެކަމަކު ހަމަ ބައްޕައާއި މަންމައަށްޓަކައި އެދުވަހު ނުރޮއި ކެތްކުރީވެސް… ބައްޕަ އެއްވެސްކަމަކާ ހާސްނުވާތި… އިންޝާ ﷲ އިހޫ ބައްޕަ އުފާވާ ކަހަލަ ނަތީޖާ ހޯދުމުގައާއި އަޅުކަންތައްތައް ކުރުމުގައި ފަރުވާ ކުޑައެއް ނުކުރާނަން…”

ޔޫން ދިޔައީ އިޙްނާ މެންދުރު ކާންވެގެން ނާންނާތީވެ ޔޫންގެ މަންމަ (މަލްސާ) ބުނެގެން ކާން ގޮވާށެވެ. ދޮރުގެ ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. ކަމެއް ޔަގީން ކޮށްލުމަށްޓަކައި ޔޫން ދޮރުގައި ކަންފަތް ޖަހާ އަޑުއަހާލިއެވެ. ކޮޓެރި ތެރެއިން މަޑު ގިސްލުމެއްގެ އަޑުޖެހުމާއިއެކު އަޅާނުލައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އިޙްނާ އެގޮތަށް ދޮރު ތަޅުލައިގެން އޮންނާނީ ގިނައިން ބައްޕަ މަތިން ހަނދާންވާ ވަގުތުތަކުގައެވެ. އެއީ އޭނާ ރޮއެފައި ހުންނަ ތަން އެއްވެސް މީހަކަށް ދައްކަން ބޭނުން ނުވާތީވެއެވެ.

މަލްސާ އަނެއްކާވެސް އައިސް އިޙްނާއަށް ގޮވާފިންތޯ އެހުމުން ޔޫން ދޮރު ތަޅުލާފައި ހުރިކަމަށް ޖަވާބު ދިނެވެ. އޭގެ އަނެއް ދުވަހު ސްކޫލަށް ދާން ތައްޔާރުވެގެން ޔޫން ނިކުތްއިރަކު އިޙްނާއެއް ނެތެވެ. ޑްރައިވަރު ގާތު އަހާލުމުން އެނގުނީ މިއަދު މާކުރިން އިޙްނާ ސްކޫލަށް ދިޔަކަމެވެ. ކާރުތެރޭގައި އިން އިރުވެސް ޔޫންއަށް ވިސްނެނީ އިޙްނާއާ މެދުގައެވެ. ސްކޫލާއި ހިސާބަށް އާދެވުނުކަން ރޭކާލީ ޑްރައިވަރު ބަރުގޮނު އަޅާލުމުންނެވެ.

ކްލާހަށް އާދެވުމާއިއެކީ ޔޫންއަށް މިއަދު ހަނދާންވީ ގޭޓު ޑިއުޓީ އޮންނަ ކޮންމެ ދުވަހަކު އިޙްނާ އޭނާއަށް ވުރެ ކުރިން ސްކޫލަށް އަންނަ ކަމެވެ. އެހެންކަމުން އިންޓަވަލްގެ ކުރިއަކުން އިޙްނާއަކާއި ވާހަކައެއް ނުދެކެވޭނެއެވެ. ކެތްތެރިކަން ކުޑަވެފައިވާ ހިތަކާއި އެކީ ގަޑިއަކަށް ފަހު ގަޑިއެއްނިމި އެންމެ ފަހުން އިންޓަވަލް ގަޑީގެ ބެލް ޖެހިއެވެ.

އިންޓަވަލް ތަށި ހިފައިގެން އެނބުރި ބަލާލިއިރަކު އިޙްނާއެއް ނެތެވެ. މުޅި ސްކޫލު ތެރޭ އިޙްނާ ހޯދުމަށް ޔޫން އަތްފުނާއަޅަނިކޮށް ގަހެއްގެ ހިޔަލުގައި ހުރި ބެންޗެއްގައި އިޙްނާއާއި ރިހާމް އޮލަ ވާހަކައިގައި ތިބި ތަން ފެނުނެވެ.

” ޕިސްޕިސް… މިދެމީހުން އެއްތަން ވެއްޖިއްޔާ ދެން އޮންނާނީ ބޮޑުތަކުރުފާނު ވާހަކަ… ދުވަހަކުވެސް ތި ގެންގުޅޭ ވާހަކަ ގޯނި ހުސްވެފައި އޮތް ތަނެއް ނުދެކެން… ” ޔޫން އެދެކުދިންނަށް މަލާމާތްކުރުމުގެ ގޮތުން ބުންޏެވެ.

” އަހަރެމެންނާއި ދިމާއަށް މަލާމާތަށް އެހެން ބުނާއިރު ޔޫން ވަކި ދެރަތަ؟ އަހަރެމެން ތިބި ތަނަކުން ހޯދާ ތެރެހެއް ހެން ތަތްލަވައިގެން އަހަރެމެންގެ ފޫބުޑުގައި ކޮންމެ ދުވަހަކުވެސް އިންނާނީ… ދެން ނުލިބޭނެ މިއެއް ވެސް… ”

ރިހާމް ޔޫންއާ ދިމާއަށް ދޫ ނެރެފައި ޔޫންގެ ތަށި ހިފައިގެން ދުއްވާގަތެވެ. ރިހާމްގެ ފަހަތުން އޭނާގެ ތަށި ހޯދުމަށްޓަކައި ޔޫން ބަލާކަށް ނުހުރެ ދުއްވާގަތެވެ. މިކުޅިވަރު ބަލާލުމަށްޓަކައި ހިނި އައިސްފައި އިޙްނާ ބަލަން އިނެވެ. އަދި ހިތާއިހިތުން މާތްﷲގެ ހަޟްރަތުގައި މިއުފާވެރިކަން ދެމެހެއްޓުވުމަށްޓަކައި ދުޢާކުރިއެވެ. އެހެނަސް މުސްތަޤުބަލުގައި ކަންތައްވާނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.

މިއަދު ހަވީރުން ގެޔަށް މެހެމާނުންތަކެއް އަންނާތީވެ މިލްނާއާއި މަލްސާ ބަދިގެ ތެރޭގައި އުޅުނީ ވަރަށް ބުރަކޮށެވެ. އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އިޙްނާ ހުރީ ގަސްތަކަށް ފެން ދޭށެވެ. ދަނބުކުލައިގެ ބަޓަރފްލައި އަބާޔާ އެކީ ކަޅު ޝޯލެއް އާދައިގެ ގޮތަކަށް އަޅައިގެން އިޙްނާ ހުރިއިރު ބަގީޗާގައި ހެދިފައިވާ މާތަކާއި ނުހަނު ގުޅެއެވެ. ފެން އިސްކުރު ބާރުކޮށް ތަންކޮޅަކަށް ހިންގާލިތަނުން ފެން ހޮޅީގައި އަޅައިގަނެފައި އިޙްނާ ވެއްޓެން ދިޔައެވެ. އެހެންނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ މުށުތެރޭގައި އިޙްނާ ހައްޔަރުވިއެވެ francepharmacie.fr.

*ނުނިމޭ*

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން

Next

ނުވާނަން ތަފާތެއް… 12

Next
March 27, 2020

ނުވާނަން ތަފާތެއް… 12

Previews
March 27, 2020

އަންނަންދެން ހުންނާނަން ލޯބިން

11 Comments!

  1. Ihoo says:
    March 27, 2020 at 2:52 pm

    Assalamu alaikum readers,
    Huriha kudhin ge haalu kihineh? V gina dhuvahah fahu ihna ge part3 genedhevunu kamah taka allah ah hamdhu kuran. Alhamdhulillah! Huriha kudhin vx vhk genesdhevun las vi kamah taka nihaayathah maaf ah edhen.. Adhi huriha kudhinnah vhk kamu dhaane kamah ummeedhu kuran..
    #stayhome
    #washyourhands
    Jazakillah khairan

    1. Ihoo says:
      March 27, 2020 at 3:03 pm

      Aslu ihoo mi part up kurin sunday ga but 4 days vee iru vx up nuvyma anehka reyga story up kury kurin up kuri ethi dlt koffa

  2. Yan♥️ says:
    March 27, 2020 at 2:57 pm

    Vaahaka Varah reethi Masha Allah
    Dhen next part konirakun upkurany
    Be safe and stay home

    1. Ihoo says:
      March 27, 2020 at 3:08 pm

      Jazakillah khairan yan… in sha allah sundayga

    2. Ihoo says:
      April 1, 2020 at 12:26 pm

      Mihaaru next part vee submit koffa?

  3. ? princess ? says:
    March 27, 2020 at 4:48 pm

    Varah reethi . Looking forward to the next part. ???

    1. Ihoo says:
      April 1, 2020 at 12:23 pm

      Jazakillah khairan princess… Next part submit koffa vee

  4. Qaanitha says:
    March 27, 2020 at 8:27 pm

    masha allah vrh salhi mi part vs.. I was waiting for this.. miadhu hendhunu vaahaka kiyaifin.. but I didn’t tell you that I’ve read it because I knew you would tell us.. and guess what? just now you texted me saying there’s a surprise for us.. so i knew it was abt the story.. ihoo story up vumuge “inthizaaruga” ulhunu goiy eba imagine kureveyey.. SURPRIIIISE ?
    love ya dear bestie ❤

    1. Ihoo says:
      April 1, 2020 at 12:25 pm

      Mee dhw dheyn ulhunu surprise aky..? Jazakillah khairan qaanitha

  5. Kim Taehyung/v/Tae tae says:
    March 31, 2020 at 4:54 pm

    Welcome back after a long time….story Hama Habeys… Waiting for next part… Purple u ?????????????

    1. Ihoo says:
      April 1, 2020 at 12:24 pm

      Jazakillah khairan tae tae…next part submit koffa vee

Comments are closed.


All Right Reserved!