Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

ހިތުގެ އުދާހުން ދުރުވާނެބާ! – ތިންވަނަ ބައި

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
March 28, 2020 4 Mins Read
15 Comments

ރޮވިފައިވާ އަޑަކުން އީޝަލް އެހެން ބުނެލިއިރު އެ އަޑުގައިވީ އާދޭހެވެ. ޒިޔާނާ އައިގޮތަށް އައިސް އީޝަލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލީ އަތުރުހި ބާރެއްލާފައެވެ. އަދި ތެޅިފައިވާ ބިއްލޫރިތައްހުރި ދިމާލަށް އީޝަލްކޮއްޕާލުމާއެކު އީޝަލްގެ ދެފައި ދަށުން ލޭތަށް ފައިބައިގަތެވެ. ޒިޔާނާގެ ހިތް އަދި ނުފުރެނީކަންނޭނގެއެވެ. އެވަރުން ނުވެގެން އަދި އީޝަލްގެ އަތުގައި ހިފާ ދަމަމުންކަހަލަ ގޮތަކަށް ބަދިގެއަށް ގެންގޮސް ދޮންކޮއްފައިވާ ދޭފަތް އީޝަލްގެ ކަނާއަތުގެ ނުފުށުގައި ޖައްސާލުމާއެކު އީޝަލްގެ ދެލޮލުން ކުޅަދާނަނުވެގެން ފައިބައިގަތް ކަރުނަތަކާއެކު ދެތުންފަތް ފޫ އަޅުވާލާފައި ނުކުތީ އެންމެ ލަފުޒެކެވެ.

“މަންމާ!..”

“އަޑުމަޑުކުރޭ!..ކަލެ މަންމައަށް ގޮވިޔަސް އަޑެއްނީވޭނެ..ނުވެސް އަންނާނެ..މަށަށް ދެން ހެޔޮ ކަލޭ ސުކޫލަށް ދަންޏާ ދިޔަޔަސް..މިއޮތީ ކަލެއަށް އަދަބުދީފަ..އެއްވެސް މީހެއްކައިރީ ބުނެގެންނުވާނެ މީ އަހަރެންކުރި ކަމެކޭ…ދޭ..ދޭ ގޮސް މަގޭ ކޮޓަރިއަށް ތަޅާލި ބިއްލޫރިތައް ނަގާ…” އީޝަލްގެ މޫނުމައްޗަށް އަދި އެއްފަހަރު އެތިފަހަރެއްވީއްލާލާފައި ޒިޔާނާ ބުންޏެވެ. އަދި މަޑުކުރުމެއްނެތި އެތަނުންދިޔައިރު އެ މޫނުގައި ކީއްކުރަން ހިތުގައިވެސް ރަހުމުގެ ކަންފުޅެއްވެސްނެތީކަންނޭނގެއެވެ. އެދެލޮލުން ފެނުނީ ނިވުމެއްނެތި ހުޅުފަޅައި ބޮޑުވަމުންދާ ނަފުރަތުގެ އަލިފާނެވެ. އެ އަލިފާންގަނޑުގައި ނިމުމެއްނެތް ފަދައެވެ.

ކޮޅަށް ހުންނާނޭ ވަރުނެތުމުންދެފައިމައްޗަށް ތިރިވެ ފާރުގައި ބުރަކަށިޖައްސާލެވުނުއިރުވެސް އެ ދެލޮލުން ކަރުނައިގެ މުތީތައް ތިރިއަށް ފައިބަ ފައިބާހުއްޓެވެ. ފައި ދައްފުށުން ތޫނު ދިލައެއްނަގަމުން ދިޔައިރު ދެތުންފަތް ފޫއްދަވާލާފައި ނިކުންނަމުންދިޔަ ގިސްލުމުގެ ތެރެއިން އާހެއްގެ އަޑު ބޭރުވިއެވެ. ތުރުތުރު އަޅަމުންދިޔަ ވާއަތުން ފައިދައްފުށަށް ވަދެފައިވާ ބިއްލޫރިކޮޅު ނައްޓާލީ ހިތްވަރުކުރަމުންނެވެ. މިއީ ކުރިން އޭނާ ތަޙަންމަލުކުރަން ޖެހިފައިވާ ވޭނެއްނޫނެވެ. ތަޖުރިބާކުރަންޖެހުނު ދިރިއުޅުމެއްވެސް ނޫނެވެ. ނަމަވެސް އޭނާ މިވީ މަހެއްހާ ދުވަސްތެރޭގައި މި ދިރިއުޅުމަށް ހޭނިއްޖެއެވެ. ހިތއްދަތިކަމުގެތެރެއިންވެސް ކެއްތެރިވެވެނީ ދިރިހުންނަން ބޭނުންވާތީއެއްނޫނެވެ. ލޯބިވާ މަންމަގެ ޙައްޤުގައެވެ. އެ މަންމަގެ ހުވަފެންތައް ތެދުކޮށް ދިރިއުޅުމުގައި ޤައުމަށް ފައިދާތަކެއް ކުރާ ދަރިއަކަށް ވުމަށެވެ. ފައި ދައްފުށަށް ވަދެފައިވާ ބިއްލޫރިކޮޅުތަށް ނައްޓާލާފައި އެތަން ސާފުކުރިނަމަވެސް ލެއި އަންނަމުންދިޔައެވެ. އެހެންވުމުގެ ސަބަބުން ކޮޓަރިއަށްގޮސް އޭނަގެ ހެނދުމެއް ފައިގައި ނުހަނު ބާރަށް އޮޅާލިއެވެ. ކަނާއަތުގައި ދޯފަތް ޖެއްސިތަނަށް ތަދުވަމުންދިޔަ ނަމަވެސް އީޝަލް ކެއްކުރަމުން ޒިޔާނާގެ ކޮޓަރި ސާފުކުރުމަށްފަހު އޭނާގެ ލޭގެކުލަ ހޭކިފައިވާ ތަންތަން ސާފުކުރިއެވެ. ކަނާއަތުގެ ބޭނުން ނުކުރެވުމުން އެކަންތައްކުރަން ދަތިވިނަމަވެސް ވަރަށް ހާލުން އެ މަސައްކަތްތައް ކޮށްނިމުނުއިރު ކިރިޔަ ކިރިޔާ ދެފައިމައްޗަށް ކޮޅަށް ހުރެވޭކަމެވެ. ދެފައި ތުރުތުރު އަޅާ ހާލުގައިވެސް ފާރުގައި ވާއަތްވިއްދާލައިގެންހުރެ ކޮޓަރިއަށް ވަދެވުނުކަމެވެ. ކުރިއަށް ފިޔަވަޅެއްނޭޅެނިސް ދެފައިމައްޗަށް ވެއްޓުނެވެ. ސަހަރޯއެވެ! ބަލިކަށި އަންހެންކުއްޖަކަށް މިވަރުކުރަން ހެޔޮވާނެހެއްޔެވެ؟ ހިތެއްގެ ބަދަލު އެމީހެއްގެ ހަށިގަނޑު ތެރޭގައިވަނި ކަޅުވެފައިވާ ގާގަނޑެއްކަންނޭނގެއެވެ. އެހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީއެވެ. މި ނާޒުކުއަންހެންކުއްޖާވެސް ހަމަ ހައްދަވާފައިވަނީ ކައްޓައި މަހަކުންނޫންހެއްޔެވެ؟ މަޑުމަޑުން ތަށިމުށިގަނޑު މަތީގައި ނިއްކުރިޖއްސާލިއިރު އީޝަލްއަށް ގޮވާލެވުނީ މަންމައަށެވެ.
“މަންމާ..އަޅުގަނޑު ދޫކޮށްދިޔައީ ކީއްވެ..މަންމާ…..މަންމާ..އަޅުގަނޑު ވަރަށް ހަނދާންވޭ މަންމަ މަތިން..މަން…މަ…..” ގިސްލަ ގިސްލަމުންކަހަލަ ގޮތަކަށް އޭނާގެ ހިތުގެ އުދާސްތަށް ހަތަރުފާރުތެރޭގައި ބޭރުކުރަމުންދިޔަ އީޝަލްގެ ދެލޯ މަޑުމަޑުން މެރިގެންދިޔައެވެ.

***
ދިގު އެސްފިޔަތައް ތަޅުވާލާފައި މަޑުމަޑުން ހުޅުވާލި ދެލޮލުން ފެނިގެންދިޔައީ ވަރުބަލިކަމެވެ. ކުއްލިއަކަށް ކޮޅަށްތެދުވެވުނީ މިހާރު އިރުއޮއްސޭނެއޭ ހިތަށް އެރުމުންނެވެ. ނަމަވެސް ތެދުވުމާއެކު އަރިއަޅާލީ ފައިން ނަގައިގަތް ދިލައަކުންނެވެ. އަލަމާރީގައި އަތް ވިދާލާފައި ކޮރުޖަހަމުންކަހަލަ ގޮތަކަށް ގޮސް އެނދުގައި އިށީނެވެ. ކުއްލިއަކަށް ދޮރުހުޅުވުނު އަޑުއިވުމުން އީޝަލްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނު ހިނދު ދެލޯ ބޮޑުކޮށްލެވުނީ ބިރުގެންފަ ހުރުމުންނެވެ. ނަމަވެސް އެ ބިރުވެރިކަން ކެނޑިގެންދިޔައީ ޒިޔާނާގެ މޫނުގެ ކުލަވަރުފެނިފައެވެ.

“ކަލޭ މިރޭ ކައްކަން ނަޔަސް ހެޔޮ..މިރޭ ނުނިކުންނާތި ކޮޓަރިން ބޭރަށް..އަށެއް ޖެހުމުކުރިން ކަލެއަށް ކާއެއްޗެހި ޒާރާ ލައްވާ ފޮނުވާނަން..މިރޭ ނިހާދު އަންނާނެ..ކަލޭ ދެން މިރޭ ބޭރަށް ނުނިކުމެ ދެން ނުކުންނާނީ މާދަން ސުކޫލަށްދާން..އެކަމު ބުނަން..ކަލެއަށް ސުކޫލަށް ދެވޭނީ ތަށިތައް ދޮވެފަ ބޭރު ކުނިކަހާފަ…” މުނުމަތި އުޖާލާވެފައިވިޔަސް އިންޒާރުގެނަޒަރަކުން އީޝަލްއަށް ބަލާލަމުން ޒިޔާނާ ބުންޏެވެ. ހައިރާންވެފައި ހުރިއެއްކަމަކު އީޝަލް އަވަސް އަވަހަށް ބޯޖަހާލިއެވެ. ޒިޔާނާ ދިއުމުން އީޝަލްއަށް ވިސްނާލެވުނެވެ. ދުވަހަކުވެސް ނިހާދު އާދެއޭ ކިޔާފަ ޒިޔާނާ މިވަރަކުން ނޫޅެއެވެ. ނަމަވެސް ވިހިވަރަކަށް ދުވަސްފަހުން ނިހާދު ފެންނާނެތީ ޒިޔާނާ އެހާ އުފާވެފައިހުރީކަމަށް އީޝަލްއަށް ހީކުރެވުނެވެ. ތަޒާވެލައިގެން ނުކުތްއިރު ކާއެއްޗެހި ކޮޓަރިއަށް ވައްދާފައި ހުއްޓެވެ. ކައުމުގެ ކުރިން ނަދުކުރުމަށްފަހު ކުޑަ އިރުކޮޅަކު ޤުރުއާން ކިޔެވިއެވެ. ކައިނިމުމުން ތަށި ބަހައްޓާފައި ދަބަހަށް ފޮތްއަޅާ ހަމަކުރުމަށްފަހު އަލަމާރިކައިރީގައި މަޑުކޮށްލީ ކޮރުޖަހަމުންނެވެ. ނަމަވެސް އީޝަލް މަސައްކަތްކުރީ އާދައިގެ ހިނގުމުގައި ހިނގުމަށެވެ. އެކަމު ނަގާ ދިލަޔަށް ކެތްނުކުރެވެނީއެވެ.

އަލަމާރިއަށް ތަރުތީބުކަމާއެކު ފަތްޖަހާލެވި ބެހެއްޓިފައިވާ އަންނައުނުތަކުގެ އެންމެ ދަށުގައި އޮތް ފޮތެއް ހިފައިގެން އީޝަލް އަލަމާރި ކައިރީ އިށީންނަމުން ހަމަޖެހިލިއެވެ. އެ ފޮތުގައި ފިރުމާލީ ނުހަނު ލޯބިންނެވެ. ގަދަ މުށިކުލައިގެ ބަނޑޭރިގަނޑެއް އެފޮތަށް ލައްވާލެވިފައިވީއިރު އެއީ ނުހަނު ބޯ ފޮތެކެވެ. ދުވަސްވެފައި އޮތް ފޮތެކެވެ. ފެންނަ ފެނުމަށް އެއީ ފޮތެއްކަމަށް ހީކުރެވުނަސް އެއީ އޭނާގެ މަންމަގެ ހަޔާތުގެ ވާހަކައެވެ. އެހަޔާތުގެ އަޑިގުޑުން ޞަފުހާތަކުގެ ވާހަކައެވެ. އެއީ އޭނާގެ އަތުގައި އޮތް އޭނާގެ މަންމަގެ އެންމެ ފަހު ހަނދާނެވެ. އެ ފޮތް މޭގައި ޖައްސާލަމުން އީޝަލް ޝަކުވާކުރަން ފެށިއެވެ. ނަމަވެސް އެންމެފަހުން އޭނާ ކެއްތެރިވާނެކަމަށް ބުނެ މަންމަ ބޭނުންވާފަދަ މީހަކަށްވާން އަޒުމުކަނޑަ އެޅިއެވެ. ދެލޮލުން ކަރުނަ ފޭބިއަސް އެ ކަރުނަތަށް ފޮރުވަމުން ހިނިތުންވާނަމޭ ބުނެލީ އަސަރާއެކުގައެވެ.
***
ހަތަރުގައި ސާޅީސްވުމާއެކުހެން ތެދުވެ ނަމާދުކޮށްގެން ރޭގައި އެމީހުންކެއި ތަށިތަށް ދޮވުމަށްފަހު ރޮއްޓާ މުގުރިހައާއި މަސްހުނި ހަދައި ނިމުނުއިރު ފަސްގަޑި ފަންސާސް ވެއްޖެއެވެ. އަވަސް އަވަހަށް އިލޮށިފަތިހިފައިގެން ކުނިކަހަން ފެށިއެއްކަމަކު އަތުން އިލޮށިފަތި ދޫވިއިރު ދެތުންފަތުން މަޑު އާހެއް ނުކުތީ އަތަށް ނެތި ދިޔައަކުންނެވެ. އަދިވެސް ޒިޔާނާ ދޯފަތްޖެއްސި ދަތުން ދިލަ ނަގާއިރު ކަނާއަތުން އީޝަލްއަށް އެއްޗެއް ހިފައިނުލެވެއެވެ. ހިނގޭނަމަވެސް އެހެން ހުރެފައި ކުއްލިއަކަށް އަރާ ތޫނު ތަދަކުން ބެލެންސް ކަޓައިގެން އަރިއަޅާލާފަހަރު އާދެއެވެ. ވަރަށް ހިތްވަރުކޮށްފައި ކުނިކަހާނިމުމުން އީޝަލް އަވަސްވެގަތީ ފެންވަރައި ސުކޫލަށް ދާން ތައްޔާރުވުމަށެވެ. ސުކޫލު ފަހު އަހަރުކަމުން އީޝަލް ބޭނުންވަނީ ނުހަނު ރަނގަޅު ނަތީޖާއެއް ހޯދާށެވެ. މަންމަ އާއިއެކު މަންމަ ރަށުގައި އުޅުނުއިރުވެސް އޭނާ ހޯދަމުންދިޔައީ ރަން ވަނަތަކެވެ. އެހެންވުމުން ފަހުއަހަރުގައިވެސް ވިދައިލާނެފަދަ ވަނައެއް ހޯދުމަކީ އީޝަލްގެ އަޒުމެވެ. ރެޑީވާން ހުއްޓާ ދޮރުހުޅުވުނު އަޑު އިވުމުން އީޝަލް ފަސްއެނބުރި ބަލާލިއެވެ. އޭރު އޭނާ ހުރީ ދަބަސް އަޅުވާންށެވެ. ޒިޔާނާ ވަނުމުން އީޝަލް ކުޑަކޮށް ހައިރާންވިއެވެ. އާނމުކޮށް ޒިޔާނާއަކީ މިހާ ފަތިހާ ހޭލާ މީހެއް ނޫންކަމުން އެ އަސަރު މޫނުމަތިން ފާޅުވެލީއެވެ. އޭނާއަކީ އާންމުކޮށް ހެނދުނު އެގާރަވެސް ޖަހާފަހުން އެނދުމަތިން ހިތްލައިލާ މީހެކެވެ.

“ވައްތަރަކަށް ބަލާނެކަމެއް ނެތް..މިޔަދު ކަލެ ސުކޫލަށް ދާނީ މަށާ އެކު..ތި ނިމުނީ އެއްނު ތައްޔާރުވެ..ހިނގާ..” އީޝަލްގެ ކަނާއަތުގައި ހިފައިގެން ކޮޓަރިން ނުކުމެ ޒިޔާނާ ގޭން ނުކުތެވެ. ނިކުތުމާއެކުހެން އީޝަލްގެ އަތުން ދޫކޮށްލަމުން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނާއި ސުކޫލަށްދާ ކުދިންތަށް ފެނިފައި ހިނިތުންވެލިއެވެ. މިރަށަށް އައި ފަހުން މީ އީޝަލް ބޭރަށް ނުކުތް ފުރަތަމަދުވަހެވެ. ސުކޫލަށް ދިޔަ މަގުމަތީ އެތަށް ބައެއްގެ ނަޒަރު އީޝަލްއަށް ހުއްޓުނެވެ. ނަމަވެސް އީޝަލް އެކަމާ އަޅާނުލައި ސުކޫލަށް ދާ މަގު ފާހަގަކުރަމުންދިޔައީ ޒިޔާނާ އޭނާއާއެކު އެ އައީ މީ އޭނާގެ ފުރަތަމަ ދުވަހަށް ވުމުންކަން އެނގޭތީއެވެ. ނަމަވެސް ޒާރާ އާ އެކުގައިވެސް އީޝަލް ފޮނުވިދާނެއެއްނޫންހޭ ހިތުގައި އޮތް ނަމަވެސް އީޝަލް އެ ސުވާލެއް ނުކުރިއެވެ. ސުކޫލު ކައިރީ މަޑުކޮށްފައި އީޝަލްއަށް ބަލާލުމެއްނެތި ދާން އުޅުނު ޒިޔާނާގެ މަޑުޖެހިލީ އޭނާއާ މީހަކު ވާހަކަދައްކަން ފެށުމުންނެވެ. އަދި އީޝަލްއާ ވީ ފަރާތަށް އެނބުރުނެވެ.

“ޒިޔާނާ..މީ ކޮންކުއްޖެއްތަ؟..ތިގޭ ގައި އުޅޭ ކުއްޖެއްތަ؟..އަހަރެން އަދި ނުދެކެން މި އަންހެންކުއްޖާއެއް މި ރަށަކުން އެހެންވެ މި އަހާލީ..” ޒިޔާނާގެ ގާތްތިމާގެ މީހެއްކަމަށްވާ ފާއިގާ ބުނެލީ އީޝަލްއަށް ބަލާލަމުންނެވެ. އެވަގުތު ޒިޔާނާ ދެއްކުންތެރި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުރުވަމުން އީޝަލްއަށް ބަލާލުމުން އީޝަލްވެސް ގަދަކަމުންކަހަލަ ގޮތަކަށް ހީނލިއެވެ.

“ނޫނޭ ފާއިގާ..މީ އަހަރެންގެ ދޮން ދަރިއެއް..އެނގެއެއްނު އެއްކަލަ ޝައިލާ..އޭނާގެ ދަރި އީޝަލް މީ..ވަރަށް މަޑުމައިތިރި ކުއްޖެ މީ..އޭނަ މަންމަ ކުއްލިގޮތަކަށް ނިޔާވީމަ އޭނަ ބަލާނެމީހަކު ނެތިގެން ނާހިދުއަށް އެމީހުން ގުޅިމަ އަހަރެން ނާހިދު ކައިރީ ބުނީމަ ގެނެސްދިނީ..ދޯ ދަރިފުޅާ..ރަނގަޅަށް ކިޔަވައްޗޭ..މަންމަ ދަނީއޭ ދެން..އިނގޭ..” ދެއްކުންތެރިކަމުގެ އިންތިހާއެވެ. ނަމަވެސް އީޝަލް ހަމައެކަނި ބޯޖަހާލީއެވެ. އެވަގުތު އީޝަލްގެ ބޮލުގައި ފިރުމާލާފައި ޒިޔާނާ ދިޔައީއެވެ. ބެލްޖެހުމުން އީޝަލް ހިނގައިގަތީ އަވަހަށް ކުލާހަށް ދާންށެވެ. ކުއްޖެއްކައިރީ އޮޅުންފިލުވައިގެން ކުލާސް ބާރަ އޭ އިންނަ ތަން އެނގުމާއެކު އެދިމާލަސް ހިނގައިގަތްއިރުވެސް އެތަށް ކުދިންނެއްގެ ނަޒަރު އީޝަލްއަށް ހުއްޓެމުންދިޔައެވެ. ބައެއްކުދިން އެނބުރި އެނބުރިފައިވެސް ބަލަމުންދިޔައީ އީޝަލްގެ ރީތިކަންފެނިފައެވެ. ކުލާސް ފެނުމުން އަވަހަށް ގޮސް ސަލާމް ގޮވާފައި ކުލާއަށް ވަންނަން އުޅުނުއިރު ކުލާސް ޓީޗަރު ދޮރުމަތީގައި ހުރުމުން ޓީޗަރު އެދުނީ ދަބަސް ބަހައްޓާފައި އައުމަށެވެ. ފަހަތުން ދެވަނަ ބަރީގައި އިން ހުސް ގޮނޑިއެއްގައި ދަބަސް ބަހައްޓާފައި ޓީޗަރު ކައިރީގައި މަޑުކޮށްލަމުން ސަލާމް ގޮވާލިއެވެ.

“ވަޢަލައިކުމުއް ސަލާމް..އީޝަލް ދޯ ކިޔަނީ ދަރިވަރަށް..ހްމްމް..މީ ޒިފާނާ މިސް އެނގެ..ކުލާސް ޓީޗަރު….އޯކޭ..ދޭ ކުލާހަށް..” ހިނިތުންވެލަމުން ޒިފާނާ ބުނެލުމުން ރައްދުގައި ހިނިތުންވުމެއް ބައްދަލުކޮށްލާފައި އީޝަލްވެސް ކުލާހަށް ވަދެ އެސެމްބްލީއަށް ދާން ލައިނަށް އަރާ ރެޑީވިއެވެ. އެސެންބްލީ ނިމުމުން ކުލާހަށް އާދެވުނުއިރު އީޝަލްގެ ފައި ތުރުތުރު އަޅަމުންދިޔަނަމަވެސް އޭނާ ހަމަޖެހިލަން މަސައްކަތް ކުރަމުން އިށީނެވެ. ޓީޗަރު ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތުމުންހުރިހާ ކުދިން އިށީނދެ ހަމަޖެހިނުލެވިގެން އުޅެނިކޮށް ފިރިހެންވަންތަ އަޑަކުން ސަލާމް ގޮވާލިއަޑު އިވުނެވެ. ހުރިހާ އެންމެންހެން ކުލާސް ދޮރާ ދިމާލަށް ބަލާލުމުން އީޝަލްވެސް ބަލާލިއެވެ. ނަމަވެސް އީޝަލްގެ މޫނުމަތިން އެ ރީތިކަން ހުސްކުރި ފިރިހެންވަންތަ ޒުވާނާފެނިފައި އަސެރެއްގެ ހިސާބުވެސް ފެނިނުލައެވެ.

“ވަދޭ…ތަޢާރަފުވެލަން ވީއެއްނު…” ދޮރުމަތީގައި އެ ފިރިހެންކުއްޖާ ހުރުމުން ޒިފާނާ ބުނެލީ ހިނިތުންވެލަމުންނެވެ.

“މިޒްޔާން..” އޭނާ ބުނެލީ ހަމައެކަނި އެހެންނެވެ. އަދި އެހެން އެއްވެސް މީހަކަށް ބަލާލުމެއްނެތި ފިރިހެންވަންތަ ހިނގުމެއްގައި އީޝަލް ކައިރީގައި އިށީތީ އިތުރު ހުސް ގޮނޑިއެއް އެތަނުގައި ނެތުމުންނެވެ. އީޝަލްހަމަ އިސްޖަހާލައިގެން އެއިންގޮތަށް އިނީއެވެ. ނަމަވެސް ހިނދުކޮޅަކަށް މިޒްޔާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން އެނގުނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 3

Next

އަނދިރިފަރާތް 38

Next
March 28, 2020

އަނދިރިފަރާތް 38

Previews
March 28, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 3

15 Comments!

  1. malsamalkkomal says:
    March 28, 2020 at 10:25 pm

    ސަލާމް ރީޑާރސް.
    އުމްމީދުކުރަން މި ބައިވެސްް ކިޔުންތެރިންނަށް ކަމުދާނެކަމަށް. އިންޝާ ﷲ ލިޔެވުނު އެންމެ އަވަހަކަށް އަނެއް ބައި އަޕްކޮށްލަދޭނަން.
    ޝުކުރިއްޔާ ހުރިހާ ކިޔުންތެރިންވެސް މަލްއަށް ދޭ ތަރުހީބަށް!

  2. Lamko says:
    March 28, 2020 at 11:44 pm

    Me first thr…. Mallu thii hama best best…. But sorry mi story ge 2 part ah comment eh kohnulevuni ma… Mi part vc vrh vrh reethi…. Obiness to tha max ???. Ly malluuu????????

    1. Malsa Moosa says:
      March 30, 2020 at 8:05 pm

      Thankx lamkko..Eheh..its ok eyy..?♥

  3. ❤️lamee❤️ says:
    March 29, 2020 at 11:16 am

    Wow varah reethi Hama habeys . Dhen vaanee kihineh baa ? Next part ah inthizaaru kuran ????????♥️♥️♥️♥️

    1. Malsa Moosa says:
      March 30, 2020 at 8:06 pm

      Thankx lamee?

  4. magnumm says:
    March 29, 2020 at 11:43 am

    Malleyyy… u r soooooooo talented milk chocolatoooo???lav uuuu laodsssss…whn nexttt???

    1. Zaa says:
      March 29, 2020 at 4:50 pm

      Hey magnumm…iss me zaa…reply eh dhyba…i missed yuhh…

    2. magnumm says:
      March 29, 2020 at 11:10 pm

      awwwnn..missed u too sweetheart❤❤❤❤lav u loadsssss sissoooo????also gud nyt

    3. Malsa Moosa says:
      March 30, 2020 at 8:09 pm

      Thankx dairy Milk ??..lve ya too..tuesday night ga Insha Allah.?♥

  5. Kairaa says:
    March 29, 2020 at 9:47 pm

    Varah varah reethi mi part vx….waiting for the nxt part….

    1. Malsa Moosa says:
      March 30, 2020 at 8:10 pm

      Thankx kai

  6. NooYas says:
    March 30, 2020 at 5:33 am

    V nice inge Malkko. Waiting for the next part of this story. By the way Mizyan that name is beautiful Maasha Allah. The story too. Hehe. Love you Mallu. ❤️❤️❤️?❤️❤️❤️

  7. malsamalkkomal says:
    March 30, 2020 at 8:11 pm

    Thankx dhonthy..miss you..Hehe..ly ♥

  8. ??tweety?? says:
    April 3, 2020 at 6:49 pm

    whn next

  9. Malsa moosa - lysh - says:
    June 23, 2020 at 4:20 pm

    thanks

Comments are closed.


All Right Reserved!