Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަނދިރިފަރާތް 40

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
March 30, 2020 7 Mins Read
4 Comments

“ސާރ. ވީ ޝުޑް ކޯލް މައި ޑޭޑް.”

އަހަރެން އާރިފްސާރ އާ ދިމާއަށް އެނބުރެމުން ބުނެލީމެވެ.

** **

އަރޫންގެ ނަޒަރުން:

އަހަރެންގެ ކުރިމަތީގައި ރޫޝިން އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ސިކުނޑިއަށް އަރައި ފައިބަމުންދާ ޚިޔާލުތައް އެނގެން އަހަރެން ކިތަންމެހާވެސް ބޭނުމެވެ.

“ސޯ.. ޝުބީ.. މިއޮއް ހުރިހާ ދުވަހު.. ޝުބީ ވޯޒް.. އެލައިވް..”

އިސްއުފުލައި އަހަންނާ ދިމާއަށް ބަލާލަމުން އޭނާ ވާހަކަދެއްކީ އުނދަގޫ ގޮތަކަށެވެ.

އަހަރެން އޭނާއަށް ޝުބާގެ ހުރިހާ ވާހަކައެއް ކިޔަދީފިމެވެ. ނަމަވެސް އަދިވެސް އޭނާ އެއިންނަނީ ޤަބޫލުކުރަން ދަތިވެފައެވެ.

“ހިޔެއް ނުކުރަން ޝުބާ އެހެން، އޭނާގެ މަންމަމެންނަށް ވެސް އޮޅުވާލައިގެން އުޅެފާނެކަމަކަށް.”

ދެން އޭނާ ބުނެލި ޖުމްލައިގައި ކުޑަވަރެއްގެ ރުޅިވެރިކަމެއް އެކުލެވިފައި ވިއެވެ.

“އޭނަގެ މަންމަ ކުރި ހިތާމަ އެންމެ ގާތުން ދުތް މީހަކަށް ވާނެ އަހަރެން. އެކަމަކު ޝުބާ.. ޝީ ވޯޒް އެލައިވް… މިއޮއް ހުރިހާ ދުވަހު!”

އަތްމުއްކަވައި މޭޒުމަތީގައި ބާރަކަށް ޖަހަމުން އޭނާ ވާހަކަދެއްކިއެވެ.

“އަހަންނަށްވެސް އެނގެއޭ. އެކަމަކު ދެން މީގައި ކުރެވޭނެ އިތުރުކަމެއް އެބައޮތްތަ؟ ޕްލީޒް. ޝުބާ މި މިޝަން ފުރިހަމަކޮށްފަ ދާނެއޭ އޭނަގެ މަންމަމެންނާ ބައްދަލުކުރަން. އެހާ ހަމައަށް މިކަންތައް ސިއްރެއްގެ ގޮތުގަ ބާއްވަދީ..”

އަހަރެން ބުނެލީމެވެ.

“ޝުބާ ދުނިޔޭގަ ހުރިކަން އެނގޭއިރުވެސް އޭނާގެ އާއިލާއަށް އެކަން ސިއްރުކުރަންވީ؟؟”

ހިނދެއް ހިނދަކަށް އޭނާގެ އަޑު ދިއައީ ބާރުވަމުންނެވެ.

އޭނާއަށް މިކަންތައް ހަޖަމުކުރަން އުނދަގޫވާނެކަން އަހަންނަށް އެނގެއެވެ. އެންމެ ފުރަތަމަ މިކަންތައް އެނގުނުހިނދު އަހަންނަށް ވީވަރު އެނގޭނީ ހަމަ އަހަންނަކަށް ނޫންހެއްޔެވެ؟

“ޝިން. ޔޫ ހޭވް ޓު. އެޖެންސީއަށްޓަކާ..”

އަހަރެން އޭނާއަށް ވިސްނައިދެވޭތޯ ބެލީމެވެ. ވިސްނާނުލާ އޭނާއަށް ގޯހެއް ހެދިއްޖެނަމަ އެކަމުގެ ސަބަބުން ހުރިހާ ކަމަކަށް ލޮޅުން އަރައިގެން ހިނގައިދާނެއެވެ.

“އެޖެންސީ، އެޖެންސީ، އެޖެންސީ!! އެޖެންސީއަށްޓަކާ އޭނަ ހުރިހާ ކަމެއްވެސް އެކުރަނީ! އޭގެއިން އޭނައަށް އޮތީ ކޮން ފައިދާއެއްތަ އަޅެ ފަހެ!”

ރުޅިއައިސްފައި ރޫޝިން ހަޅޭއްލަވައިގަތެވެ. އެދެބުމަ ގޮށްޖެހިފައި ވީހިނދު އޭނާގެ ދެއަތްވަނީ ގަދައަށް މުއްކެވިފައެވެ.

“ޝިން. ކާމް ޑައުން. ހަމަޖެހިބަލަ. ފުންކޮށް ނޭވައެއް ލާބަލަ.”

އޭނާގެ ކޮނޑުގައި އަތްބާއްވާލަމުން އަހަރެން ވާހަކަދެއްކީމެވެ. ނަމަވެސް އޭނާ އަހަރެންގެ އަތް ފޮޅުވާލިއެވެ.

މޭޒުމަތީގައި އޮތް ރޫޝިންގެ ފޯނު ވައިބްރޭޓް ވެގެން ދިއައީ އެވަގުތެވެ. އޭނާ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ދެއަތަށް ބޯހޫރުވާލިއެވެ.

“ކާކުކަން އެނގޭތަ އެ މެސެޖުކުރީ؟ ޝިބާން. ޝުބާގެ ދޮންބެ. އަހަރެން އޭނައަށް ކޮން މޫނެއްތަ ދައްކާނީ، އަރޫން؟”

މިފަހަރު އޭނާގެ އަޑު ކުރިއަށްވުރެ މަޑެވެ. އެއަޑުގައި އެކުލެވިގެންވަނީ ރިހުމެވެ.

“އަހަންނަށް ފެންނަނީ ޝިން އިހަށް ޝިބާންއާ ވާހަކަ ނުދައްކަން.”

އަހަންނަށް ފެންނަގޮތް ހާމަކޮށްލީމެވެ. އެއާއެކު އޭނާ ދެލޯ މަރައި ފިއްތާލިއެވެ. އަދި އަހަރެން ބުނި އެއްޗަކާ އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ. ކިތަންމެ އުނދަގޫވީޔަސް އޭނާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.

އަހަރެމެން ތިބި ރޫމުގެ ދޮރު ކުއްލިއަކަށް ހުޅުވެގެން ދިއުމާއެކު އަހަރެމެން ދެމީހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިގެން ދިއައެވެ. ފުޅާ ހިނިތުންވުމަކާއެކު އެތެރެއަށް ވަދެގެން އައީ ރާޔާއެވެ.

ރާޔާގެ މޫނު ފެނުމާއެކު އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިއައެވެ. އަހަރެމެންނާ ދާދި ކައިރިއަށް އައުމަށްފަހު އޭނާ ހަރަންބަނދެލިއެވެ. އަދި ދެތުންފަތް އޫކޮށްލީ ކުޑަކުއްޖެއް ގޮތަށެވެ.

“ދެން މީ ހާދަހާވާ ފޮނި މީހެކޭ ދޯ!”

އަހަރެންނާ މުޚާތަބުކޮށް އޭނާ ވާހަކަދެއްކިއެވެ.

“އަނހާ، ޕިގްޓެއިލް. އަހަރެންތަ އަދިވެސް ފޮނީ؟ އަދިވެސް ތި ސްޓައިލް ދޫކޮށްލާކަށް ނޫޅެންތަ؟”

ތެދުވެ އޭނާގެ ދެފަރާތައް އައްސާފައިވާ އިސްތަށިގަނޑާ ބެހިލަމުން އަހަރެން ބުނެލީމެވެ.

“އާނ، ރާއްޖެ އައިސްފައިވެސް އަހަރެން ދެކިލާކަށް ނާދެ. އަރޫން ރާއްޖެ އައި ވާހަކަވެސް އަހަރެން ގާތު ބުނީ ރިޒާމް. މިހިރަ ރޫޝިންގަނޑު ވެސް ނުބުނޭ.”

ރޫޝިންގެ ކޮނޑުގައި ޖަހާލަމުން ރާޔާ ވާހަކަދެއްކިއެވެ. ނަމަވެސް ރޫޝިންގެ ކިބައިން ފެނިގެން ދިއައީ ހިމޭންކަމެވެ. އަދިވެސް އެވިސްނުމުގައެވެ. ކުރިން އަބަދު ރާޔާއާ ބެހި، ސަމާސާކޮށް އުޅުނު މީހާއެކޭ މިހާރު ހިއެއްވެސް ނުވެއެވެ.

ކުއްލިއަކަށް އޭނާ ކޮޅަށް ތެދުވެއްޖެއެވެ. ރާޔާއާ ދިމާއަށް ބަލާވެސްނުލާ އޭނާ ހަރު ހިނގުމެއްގައި އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

“ހޭއި! ކޮބާތަ އޭނަގެ މައްސަލައަކީ؟”

ރޫޝިން ނިކުމެގެން ދިއުމާއެކު ރާޔާ ރުންކުރުވެފައި އަހާލިއެވެ. އަހަރެންނަށް އެވަގުތު ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ރޫޝިން މިވަގުތު ބޭނުންވާނީ އެކަނިވެލަންކަން އަހަންނަށް އެނގެއެވެ.

“ލެޓް ހިމް ބީ.”

އަހަރެން މަޑުމަޑުން ރާޔާއާ ދިމާއަށް ބުނެލީމެވެ.

އެވަގުތު އެތަނުގެ ތެރެއަށް ވަދެގެން އައި ރިޒާމް ފެނުމުން އަހަރެން އެދިމާއަށް ސަމާލުކަން ދިނީމެވެ.

“ކޮން ވަރެއް އަރައިގެންތަ ރޫޝިން ނިކުމެގެން އެދިއައީ؟ އަހަރެން ގައިގަ ޖެހިގަނެފައޭ އަދި އެ ދިއައީ.”

ރިޒާމްވެސް ވާހަކަދެއްކީ ރުންކުރު ގޮތަކަށެވެ.

“ނޭނގެ މަށަކަށްވެސް. އެއީ ޕާސަނަލަޓީ ޑިސްއޯޑާރ ހުންނަ މީހެއް.”

ރާޔާ ރިޒާމް އާ ދިމާއަށް ބުނެލިއެވެ.

“ހޭ، ވެލްކަމް ބެކް.”

ރިޒާމް އައިސް އަހަރެންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ވާހަކަދެއްކިއެވެ.

“ކޮބާ، ނިއު އިންވެންޝަންއެއް ނެތް؟”

ހިނިތުންވެލަމުން އަހަރެން އަހާލީ އެހެންނެވެ.

“އެބަހުރި އެބަހުރި، އެކަމަކު މިހާރު މުޅި އެޖެންސީ މިވަނީ އެލާޓުގަ ދޯ؟”

ގޮނޑިއެއްގައި އިށީންނަމުން އޭނާ ވާހަކަދެއްކިއެވެ. އަހަންނާ ރާޔާ ވެސް އޭނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑިތަކުގައި ޖައްސާލީމެވެ.

“ޔެސް، އާރިފް ސާރ ވެސް ހުރީ ހާސްވެގެން ދޮންބޮޑުވެފަ. އަޅެ، މިސްޓާރ ޒެޑް ހަމަ އަސްލުވެސް އުޅެނީ އެޖެންސީއަށް އެޓޭކް ކުރަންތަ؟”

ރާޔާ އަހަންނާ ދިމާއަށް ބަލާލަމުން އަހާލިއެވެ.

“އަހަރެމެންނަށް ލިބުނު މައުލޫމާތައް ބަލާފައި، ޔެސް..”

އަހަރެން ބުނެލީމެވެ.

“އަހަރެން އަޑުއެހިން ޑެލްޓާވެސް އައި ވާހަކަ އަރޫންއާއެކީ.. އެއީ ތެދެއް؟”

ރިޒާމް އަހާލިއެވެ.

އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ.

“އަޅެ، އައި ވޮނަ ސީ ޑެލްޓާ.”

ދަތްދޮޅީގައި އަތްވިއްދާލަމުން ރާޔާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

ހުރިހާ އެންމެންވެސް ޑެލްޓާ ދެކެން ބޭނުންވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް ޑެލްޓާއަކީ ކާކުކަން އެނގޭ ދުވަހު ހުރިހާ އެންމެންނަށް ވެސް ލިބިގެންދާނީ ކުއްލި ޝޮކެއްކަން ޔަޤީނެވެ.

“މާޒް ކޮބާތަ؟”

މައުޟޫ ބަދަލޮކޮށްލަމުން އަހަރެން އަހާލީމެވެ.

“ޓެކް ރޫމްގަ. ވަރަށް މީހުންނާ ވާހަކަނުދައްކަ މިހާރު. ދެން.. އިނގެއެއްނު؟”

ރިޒާމް މަޑުމަޑުން ބުނެލިއެވެ.

އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ކުޑަކުޑަ ރައިނާ މަތިން ހަނދާންވުމާއެކު އަހަރެންގެ ސިކުނޑިއަށް އުނދަގޫވާންފެށިއެވެ. އަހަރެން މާޒްއާ ވާހަކަދައްކަން އެބަ ޖެހެއެވެ. މިސްޓާރ ޒެޑްގެ މީހުން ކުރިންވެސް އޭނާއަށް އިންޒާރު ދިނެއް ނޫން ހެއްޔެވެ؟ އޭގެފަހުންވެސް އޭނާއަށް އެމީހުންގެ އިންޒާރެއް ނާންނަކަމެއް ނޭނގެއެވެ.

** **

ޝުބާގެ ނަޒަރުން:

އާރިފް ސާރ އަހަރެންގެ ބައްޕައަށް ގުޅައިގެން ރޫޝިންގެ ބައްޕަ، ލާމިއު އާ ބެހޭ މަޢުލޫމާތުތަކެއް ހޯދައިފިއެވެ. ނަމަވެސް އެތަނުންވެސް ޝައްކުކުރެވޭ އިތުރު މަޢުލޫމާތެއް ނުލިބުނެވެ. ލާމިއު އާ ޒަފަރާ ވެސް ގުޅުން އޮތީ ވިޔަފާރީގެ ކަމެއްގައެވެ.

އަހަރެމެންނަށް މިކަންތައް ކޮޅެއްގައި ނުޖެއްސިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެ މިސްޓާރ ޒެޑެއްވެސް މިހާރު މޫނު ދައްކަން ވެއްޖެއެއް ނޫން ހެއްޔެވެ؟ ހަމަ ހުވައެވެ. އޭނާ އަތުޖެހުނު ދުވަހަކުން އަހަރެން އޭނާއަށް ކުޅި ދައްކާލާނަމެވެ.

** **

އަރޫންގެ ނަޒަރުން:

ޓެކް ރޫމް ތެރެއަށް ވަނުމަށްފަހު އަހަރެން އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލީމެވެ. ކޮންޕިއުޓަރެއް ކައިރީގައި އިން މާޒް ފެނުމުން އަހަރެން އެދިމާއަށް ހިނގައިގަތީމެވެ. އަތުގައިވާ ކޮފީ މަގުން އޭނާ އިރުއިރުކޮޅާ އެތިފޮދެއް ބޮމުން ގެންދިއައިރުވެސް އެދެލޯ ސްކްރީނަކާ ވަތްކެއް ނުވެއެވެ.

“މާޒް..”

އަހަރެންގެ އަޑު ޖެހުމުން އޭނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައިސްގެން ދިއައެވެ. އަހަންނާ ދިމާއަށް ބަލާލަމުން އޭނާ ހިނިތުންވެލަން މަސައްކަތްކުރި ނަމަވެސް އެ ހިނިތުންވުމުގައިވާ ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ. އަމިއްލަ ދަރި ‘ކިޑްނެޕް’ ކޮށްގެން އުޅޭއިރު ވެސް އޭނާ މި އިންނަނީ މިތަނުގައި، މަސައްކަތުގައި ހެއްޔެވެ؟

“ހާލުކޮޅު ކިހިނެއް؟”

އަނެއްކާވެސް ކޮންޕިއުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓާލަމުން އޭނާ ވާހަކަދެއްކިއެވެ. އޭރުވެސް އޭނާގެ އެއްއަތް ދިއައީ ކީބޯޑުގެ ފިއްތަކަށް ހަލުވިކަމާއެކު ފިތަމުންނެވެ.

“އަހަރެންގެ ހާލު ރަނގަޅު. މާޒްއޯ؟ އަހަރެން ބުނިން ދޯ އޮފް ނަގައިގެން ގެއަށް ދާށޭ. އާރިފް ސާރ ކައިރީގަ ބުނީމަ ހަމަ ގައިމުވެސް އޭނަ މާޒްއަށް ޗުއްޓީ ހަމަޖައްސަދޭނެ. ޔޫ ނީޑް ރެސްޓް.”

އޭނާގެ ހާލާމެދު ކަންބޮޑުވެހުރެ އަހަރެން ވާހަކަދެއްކީމެވެ.

“އެޖެންސީ ނީޑްސްމީ..”

ރައްދެއްގެ ގޮތުގައި އޭނާ ބުނެލީ ހަމައެކަނި އެހެންނެވެ.

“މާޒް..”

އަހަރެން އަނެއްކާވެސް އޭނާގެ ނަމުން ގޮވާލީމެވެ.

“ކާންޓް ޔޫ ސީ އައި އޭމް ބިޒީ..”

އަހަންނާ ދިމާ ބަލާވެސް ނުލާ އޭނާ ބުނެލިއެވެ. އޭނާ އުޅޭގޮތުން ހީވަނީ އަހަރެންމީ ބޮޑު އުނދަގުލެއް ހެންނެވެ. އެހެންވިޔަސް ހެވެވެ. އަހަރެން އޭނާއާ ވާހަކަދައްކަން އެބަ ޖެހެއެވެ.

“މާޒް! ޕްލީޒް! ވީ ނީޑް ޓު ޓޯކް.”

އާދޭހުގެ ރާގެއްގައި އަހަރެން ބުނެލީމެވެ. އެއާއެކު އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު އޭނާ އަހަރެންގެ މޫނަށް ބަލާލިއެވެ.

** **

ޝުބާގެ ނަޒަރުން:

“މިސްޓާރ ޒެޑް.. ދުނިޔޭގެ މި ސަރަހައްދުގައި އުޅޭ އެންމެ ނުލަފާ އެކަކު.. ޑްރަގް ޑީލިންގް.. ހިއުމަން ޓްރެފިކިންގް.. މީހުން މެރުން.. އަދިވެސް، އިތުރު ބައިވަރު ކަންތައްތައް ކުރުމުގެ މާހިރެއް.. ދިވެހިރާއްޖެއަށް އުފަން ޖަނަވާރެއް..”

“އަހަރެމެން އެންމެ ފުރަތަމަ އަތުލައިގަތީ ބަޝަރު.. އެއީ ތުރުކީގެ ބާރ އެއް ހިންގާ މީހެއް.. މިސްޓާރ ޒެޑާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވުނު މީހެއް.. އޭނާ އަހަރެމެން އަތުލައިގަތީ އޭނާގެ ބާރގެ ތެރެއިން.. އޭނާއަކަށްވެސް ސީދާ މިސްޓާރ ޒެޑާ ބެހޭ މަޢުލޫމާތެއް ނޭނގުނު.. އޭނާގެ ފަރާތުން އަހަރެމެންނަށް އެނގުނީ ޒަފަރު.. އޭނަ ބުނިގޮތުން ޒަފަރަށް މިސްޓާރ ޒެޑާ ބެހޭ މަޢުލޫމާތު އެނގޭނެ..”

“ޒަފަރު.. ގްރޭ ވުޑް ހައި ސްކޫލުގެ ޕްރިންސިޕަލް.. އޭނަ އަހަރެމެންނަށް އަތުލައިގަނެވުނީ ވަރަށް އުނދަގުލުން.. އޭނަގެ މީހުންގެ ކިބައިން އަހަރެމެންނަށް ސަލާމަތްވެވުނީ ހަމަ ކިރިޔާ.. ބަޓް، ހީ ހޭޑް އަ ވީކްނެސް.. އޭނާގެ ދަރި، އުޒޭލް.. އަހަރެމެން އުޒޭލް ކިޑްނެޕްކުރީ.. އޭނަ އަހަރެމެން ކައިރިއަށް އަމިއްލައަށް އައީ އުޒޭލް ސަލާމަތްކުރަން ވެގެން.. އޭނަގެ ފަރާތުން އެނގުނީ އޭޑީޓީޕީ7 ގެ މާނަ.. އޭޑީ އަކީ މިޒްޓާރ ޒެޑް.. ޑީޕީ އަކީ އޭނާގެ ޕާޓްނަރު.. 7 އަކީ އެމީހުން މިކަންތައް ފެށި އަހަރު، 2007… އަދި އޭނާގެ ފަރާތުން އެނގުނީ، މިހާރު މިސްޓާރ ޒެޑް މަސައްކަތްކުރަނީ އަހަރެމެންގެ އެޖެންސީ އޭނާގެ ބާރުގެ ދަށަށް ގެނައުމަށްކަން..”

މިހާތަނަށް އެނގިފައިވާ އެއްޗެއްސާމެދު ވިސްނަމުން އަހަރެން ގެންދިއައީމެވެ.

** **

އަރޫންގެ ނަޒަރުން:

އަހަރެން ހުއްޓިގެން ހުރީ އެޖެންސީގައި ހުންނަ މާޒްގެ ކޮޓަރީގައެވެ. އެތަނުގައިވާ ސޯފާގޮނޑީގައި މާޒް އިނީ އިސްޖަހާލައިގެންނެވެ. އަހަރެން އޭނާއާ ކައިރިއަށް ދެތިން ފިޔަވަޅު އަޅާލީމެވެ.

“މާޒް. އޭގެ ފަހުން މިސްޓާރ ޒެޑްގެ މީހުން ކޮންޓެކްޓްއެއް ނުކުރޭތަ ހަމަ؟”

އަހަރެން އަނެއްކާވެސް އޭނާ ގާތު އަހާލީމެވެ.

“އެމީހުން ކީއްކުރަންތަ އަހަންނާ ކޮންޓެކްޓް ކުރަންވީ؟ އައި ބިޓްރޭޑް ދެމް..”

އޭނާ އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ދެން ރައި..”

އަހަރެން ފެށި ޖުމްލަ ހުއްޓުމަކަށް އައީ މާޒް އޭނާގެ އަތް މައްޗަށް އުފުލައި އިޝާރާތް ކޮށްލުމުންނެވެ.

“ރައިނާ ގެ ވާހަކަ އަހަރެން ގާތު ނުދެއްކިއްޔާ ރަނގަޅީ..”

ހަރުކަށި ގޮތަކަށް އޭނާ ބުނެލިއެވެ. އޭރު އޭނާގެ ކަޅުކަން ގަދަ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ދެން އަހަރެމެން ދެމީހުންގެ ދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ.

“އަރޫން..”

އިރުކޮޅެއްފަހުން މާޒް އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެން އޭނާގެ މޫނަށް ނަޒަރު ހިންގާލީމެވެ. މިހާރު އެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެވެ. އޭނާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން އަހަރެން ދެރަވިއެވެ. މަޑުމަޑުން ގޮސް އަހަރެން އޭނާގެ ކައިރީގައި އިށީނީމެވެ. އަދި ހިތްވަރުދިނުމުގެ ގޮތުން އޭނާ ކޮނޑުގައި އަތް އަޅާލީމެވެ.

“އަހަންނަކަށް ނޭނގެ އަހަރެންގެ ރައިނާ މިހާރު ދުނިޔޭގަ ހުރިކަމެއްވެސް. އެމީހުން ބުނީ ރައިނާ ސަލާމަތްކުރަން ބޭނުންވާނަމަ އެމީހުންގެ ސައިޑަށް އަރާށޯ. އެކަމަކު.. އެކަމަކު އަހަރެން ފަހު ވަގުތު އެމީހުންނަށް ދޯކާ ދިނީ.. އެކަން އެމީހުންނަށް އެނގޭނެ.. އެހެންވީމަ.. އެހެންވީމަ އެމީހުން މިހާރު އަހަރެންގެ ދަރިފުޅު މަރާލާފާނެ ދޯ؟”

ތުރުތުރު އަޅާ އަޑަކުން އޭނާ ވާހަކަދައްކަން ފެށި ހިނދު ހޯސްލާފައި އެ ދެލޮލުން ކަރުނަތައް ފައިބަން ފަށައިފިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ގިސްލެވެން ފަށައިފިއެވެ.

“މާޒް.. ބީ ސްޓްރޯންގް.. އިރާދަކުރެއްވިއްޔާ ރައިނާއަށް އެއްވެސް ކަމެއް ނުވާނެ. އަދި އަހަރެމެންނަށް މިސްޓާރ ޒެޑް އަތުލައިގަނެވޭނެ.. ރައިނާ ވެސް ސަލާމަތުން އެނބުރި މާޒް ކައިރިއަށް ގެނެވޭނެ..”

އަހަރެން އަޑަށް ބާރުލާފައި ވާހަކަދެއްކީމެވެ. އޭރު އަހަރެންގެ ހަށިގަނޑުގައިވާ ލޭ ދިއައީ ކެކެމުންނެވެ. މިސްޓާރ ޒެޑަށްޓަކާ އަހަރެންގެ ހިތުގައި ރޯވެފައިވާ އަލިފާންގަނޑު ދިއައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ.

** **

ޝުބާގެ ނަޒަރުން:

އެޖެންސީގައި ހުންނަ އަހަރެންގެ ކޮޓަރީގެ ތެރެއަށް ވަދެގެން އައިއިރު އަހަރެންގެ ހަށިގަނޑަށް އިހުސާސްވަމުން ދިއައީ ވަރުބަލިކަމެވެ. ކޮޓަރި ތަޅުލުމަށްފަހު އަހަރެން ކޮނޑުގައިވާ ދަބަސް ބިންމައްޗަށް ވައްޓާލީމެވެ. އަރައިގެން ހުރި ބޫޓު ބާލައި ތަޅުންގަނޑު މައްޗަށް ހޫރާލުމަށްފަހު އަހަރެން މިސްރާބުޖެހީ ފާހާނާއާ ދިމާއަށެވެ.

އެތެރެއަށް ވަނުމަށްފަހު އަހަރެން މޫނުދޮންތަ ތަށީގެ ކުރިމަތީގައި ހުއްޓުނީމެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން އަހަންނަށް އިރުކޮޅަކު ހުރެވުނެވެ.

“އިޒް ދިސް ވޯތް އިޓް..؟”

އަހަންނަށް އަމިއްލަ ނަފުސަށް ކޮށްލެވުނު ސުވާލަކީ އެއީއެވެ.

“އިޒް އެވްރީތިންގް އައި ސެކްރިފައިޒްޑް… ވޯތް އިޓް…”

އަހަރެން އިސްކުރުދޫކޮށްލީމެވެ. ދެއަތުން ފެންފޮދެއް ނެދުމަށްފަހު މޫނުގައި އުނގުޅާލީމެވެ.

އަހަންނަށް މިހާރު އަހަރެންމީ ބޭނުންތެރި މީހެއް ކަމުގެ އިހުސާސެއް ނުކުރެވެއެވެ. އާއިލާއަށް އަހަރެން ވަނީ މަރުވެފައެވެ. ރައްޓެހިންނަށް އަހަރެން ވަނީ މަރުވެފައެވެ. މިޝަންވެސް އަހަންނަށް ކާމިޔާބެއް ނުވިއެވެ. އަހަރެންމީ ކީއްކުރާ އިންސާނެއް ހެއްޔެވެ؟

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނބުރުނު ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ފާހާނާގެ އެއްފަރާތެއްގައި ހުރި ބިލިގާއެވެ. އެއާއެކު އަހަރެންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އަހަރެންގެ ސިކުނޑި މިވަނީ ހާސްވެފައެވެ. ‘ބަބްލް ބާތް’ އަކުން އަހަރެންގެ ބޯ ހަމަޖެހިދާނެއެވެ.

ބިލިގާއަށް ފެންއަޅަން ޖެއްސުމަށްފަހު އަހަރެން ލައިގެން ހުރި އަންނައުނު ބޭލީމެވެ. ފޮނު އަރާފައިވާ ބިލިގާގެ ފެންގަނޑު ތެރެއަށް ފައި ލުމާއެކުވެސް އަހަރެންގެ ހަށިގަނޑަށް ކުޑަވަރެއްގެ ލުޔެއް ލިބުނުހެން ހީވިއެވެ. އެތެރޭގައި އިށީންދެ ހަމަޖެހިލުމަށްފަހު އަހަރެން ދެލޯ މަރާލީމެވެ. އެވަގުތު އަހަރެން ބޭނުންވީ އެހެން ހުރިހާ ޚިޔާލުތަކަކާ ދުރުވާށެވެ. ސިކުނޑި ހަމަޖައްސާލާށެވެ.

އަހަންނަށް އެހެން އިނދެވުނީ ކުޑަ އިރުކޮޅެއް ވަންދެނެވެ. އަހަރެން ކުރިން ލައިގެން ހުރި ޖެކެޓު ޖީބުގައިވާ ފޯނު ރިންގުވާން ފަށައިފިއެވެ. އަހަންނަށް ޗުސް ތަޅާލެވުނެވެ. ނަމަވެސް އަހަރެން އެ ކޯލް ނަގަން އެބަޖެހެއެވެ. އެއީ އެޖެންސީގެ ފޯނުވިއްޔާއެވެ.

ތެދުވެ ފޯނު ހިފައިގެން އައިސް އަހަރެން އަނެއްކާވެސް ބިލިގާ ތެރޭގައި ޖައްސާލީމެވެ. މާބޮޑު ވިސްނުމަކަށް ނުގޮސް އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ. ނަމަވެސް ހަމަ އެވަގުތު ފޯނު ކެނޑިއެއްޖެއެވެ. ދެން އިވުނީ މެސެޖެއް އައި އަޑެވެ. އަހަރެން އަވަސް އަވަހަށް އެ މެސެޖު ހުޅުވާލީމެވެ.

“ހެލޯ ޑެލްޓާ.. ކުރިމަތީގައި ހުރި ޓީވީއަށް ބަލާލާ..”

ނުދަންނަ ނަންބަރަކުން އައިސްފައިވާ އެ މެސެޖު ފެނުމާއެކު އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ. އަވަސް ނަޒަރަކާއެކު އަހަންނަށް ބަލާލެވުނީ ބިލިގާއާ ދިމާ ކުރިމަތީގައި ހަރުކޮށްފައިވާ ޓީވީގެ ސްކްރީނަށެވެ. ހަމަ އެވަގުތު އެ ސްކްރީން ދިއްލިގެން ހިނގައްޖެއެވެ.

“ވަޓް ދަ….؟”

ކުއްލިއަކަށް ތެދުވެ ކައިރީގައިވާ ތުވާލިން ހަށިގަނޑު ނިވާކޮށްލިހިނދު އަހަރެންގެ ދުލުން ނިކުތީ އެބަސްތަކެވެ.

ސްކްރީންއިން މިހާރު ފެންނަމުން ދިޔައީ ކުޑަ އަންހެންކުއްޖެކެވެ. ކުޅޭ އެއްޗެހިތަކެއް ތެރޭގައި، އެކަމަށް ގޮސް ހުސްވެފައި އިން އެކުއްޖާ އަކީ… ރައިނާ ހެއްޔެވެ؟ މާޒްގެ ދަރިފުޅު ހެއްޔެވެ؟ އަހަންނަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

“ހެލޯ ޑެލްޓާ..”

ބަރު އަޑަކުން ވާހަކަދައްކަމުން ސްކްރީންއަށް މިހާރު އެއެރީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އެއީ މިސްޓާރ ޒެޑްގެ މީހެއްކަން ޔަޤީނެވެ. ނަމަވެސް އެމީހުން އަހަރެންނާ ކޮންޓެކް ކުރީ އެ ކިހިނެއް ހެއްޔެވެ؟ އެޖެންސީގެ އެއްވެސް މީހަކަށް ނޭނގި އެމީހުންނަށް މިހެން ހެދިދާނެ ހެއްޔެވެ؟

“ހާސްވެފަ ދޯ ތި ހުރީ؟ އިތުރު މީހަކަށް ނާންގައްޗޭ.. އެހެންނޫނީ މިކުއްޖާގެ ދުވަސް ދުއްވާލާނަން..”

ނުރައްކާތެރި ގޮތަކަށް އޭނާ ވާހަކަދެއްކިއެވެ. އަހަރެންގެ ދެއަތް މުއްކެވިގެން ދިއައެވެ.

“އޭނަ ސަލާމަތްކުރަން ބޭނުމިއްޔާ، އަހަރެން މި ފޮނުވާ އެޑްރެހަކަށް، އެކަނި އާދޭ.. ހަނދާންކުރާތި! އެ.ކަ.ނި.”

އެހެން އެމީހާ ބުނުމާއެކީ ސްކްރީން ނިވިގެން ހިނގައްޖެއެވެ. އޭރު އަހަރެންގެ ލޭ ދިއައީ ކެކެމުންނެވެ. ކިހާދެރަކަމެއް ހެއްޔެވެ؟

ނަމަވެސް ރައިނާ ސަލާމަތުން ހުރިކަން އެނގުމާއެކު އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިއައެވެ. އަހަރެން އޭނާ ސަލާމަތްކުރަން ބޭނުމެވެ. އަހަރެން ރައިނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަމެވެ. އެކަނި ނަމަވެސް އަހަރެން އޭނާ ސަލާމަތްކުރަން ދާނަމެވެ.

އިރުކޮޅަކުން އަހަރެންގެ ފޯނަށް އިތުރު މެސެޖެއް އަތުވެއްޖެއެވެ. އަހަރެން ދާންޖެހޭ ތަނުގެ އެޑްރެސްއެވެ.

ބާރުބާރަށް ފާހާނާއިން ނިކުތުމަށްފަހު އަހަރެން އެޖެންސީގެ ސޫޓް ލާންފެށީމެވެ. އަތުގައި ހުރިއްޔާ ހުރިހާ ހަތިޔާރެއް އެއްކުރަން ފެށީމެވެ.

~ނުނިމޭ~

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި… 7

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 6

Next
March 30, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 6

Previews
March 30, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 7

4 Comments!

  1. Liaa says:
    March 30, 2020 at 9:56 pm

    Hello guys, sorry for taking so long to update 🙁
    Plz follow my fb page for updates.
    @storiesbyliaaa
    Liaa Ge Vaahaka

    Hope you enjoy this episode <3
    Love you guys who still support me.

  2. Sama says:
    March 30, 2020 at 10:10 pm

    Wow vaahaka vvv reethi
    Hama habeys
    When nexr

  3. imkko says:
    April 2, 2020 at 7:49 pm

    Still waiting for the next ep …. ly … v reethi mi baives ❤❤❤❤

  4. euemme says:
    April 4, 2020 at 4:36 pm

    Don’t tell me I have to wait for another 2 years

Comments are closed.


All Right Reserved!