Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

ހިތުގެ އުދާހުން ދުރުވާނެބާ! – ދެވަނަ ބައި

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
March 28, 2020 3 Mins Read
24 Comments

ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ދެތުންފަތް ފޫއަޅުވާލާފައި ނިކުންނަމުންދިޔަ ވޭނީ ގިސްލުން ގަދަކަމުންކަހަލަ ގޮތަކަށް ހުނުމަކަށް ބަދަލުކުރިއިރު އެ އަޑުގައިވީ އިންތިހާދަރަޖައިގެ ވޭނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަށް ފޮހެމުންފިޔައިރު މުޅި ކޮޓަރިތެރޭގައިވެސް ފެތުރިފައިވަނީ އެ އަންހެންކުއްޖާގެ ވޭނުންފުރިގެންވި ހުނުމުގެ އަޑެވެ.
****
ތާޒާ ވެލައިގެން ނުކުތްއިރު ފަތިސްނަމާދު ބަންގީގެ އަޑު އިވުމާއެކު އެ އަންހެންކުއްޖާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. އެއީ އޭނާގެ ހިތަށް ހަމަޖެހުންލިބި ކެއްތެރިކަން ލިބޭވަގުތުކޮޅެކެވެ. ދިރިއުޅުމާއިންގެން ކުރިއަށްދާން ލިބޭ ކުޑަ ކުޑަ ހިތްވަރެކެވެ. އެހެން ހުރިހާކަމެއް މަތިން ހަނދާން ނެތޭ ހަމައެކަނި ވަގުތުކޮޅެވެ. ނަމާދުކޮށް ނިމުމާއެކު މުސައްލަ އޮޅާލާފައި އެނދުމަތީގައި ބާއްވާލިއެވެ. ކުޑަ ކޮޓަރިއަކަށްވުމުން އެ ކޮޓަރީގައި ހުރީ އެނދެއްގެ އިތުރުން އަލަމާރިއެކެވެ. އަލާމާރީގެ އެއްފަޅިއެއްގައި ފޮތް ދަބަހެއް އިނެވެ. ބޭރަށް ހުޅުވޭގޮތަށް އިން ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލާލަމުން އެ އަންހެންކުއްޖާ ހިނިތުންވެލިއެވެ. ކުޑަ ނަމަވެސް ހިތްހަމަޖެހުމެނެއް ހިތަށް ލިބުނުފަދައެވެ. ރޭގައި ނުނިދައި ހުރުމުގެ ނަފްސަށް ލިބިފައިފާ ލޮޑުކަމެއްގެ ސަބަބުން މަޑުމަޑުން ތިރިވެ ބިންމަތީގައި އިށީނދެ ދެލޯ މެރި ނިދުނުއިރުވެސް އޭނާއަށް ނޭނގުނެވެ.

“އީޝަލް! މި ދޮރުހުޅުވާށޭ..” ނިދިފައި އިން އީޝަލްއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނުއިރު ބޮޑުކޮށްލެވިފައިވާ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ގަޑިން ވީއިރެއް އަންދާޒާކޮށްލަން ނޭންގުނެއްކަމަކު ވަރަށް ލަސްވެއްޖެކަން އެނގުނެވެ. އުނދަގޫގޮތަކަށް ހިތްދިރުވާލަމުން އަވަސް ހިނގުމެއްގައި ގޮސް ދޮރުހުޅުވާލިއިރު އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް މޫނުމައްޗަށް އަރައިގެންދިޔަ ދިލަ ހޫނުއެތިފަހަރަކުން އެދެތުންފަތް ފޫއަޅުވާލާފައި ނުކުތީ ވޭނީ އާހްއެހެވެ.

“ކިތަށްފަހަރުތަ އަހަރެން ކަލޭކައިރީ ބުނަން ޖެހެނީ ހެނދުނު އަށެއްޖެހުމުކުރިން ހުންނަން ޖެހޭނީ ކާން ހެދިފައޭ..އަޑެއް އިވޭ އެއްޗެއްވެސް ނޫން މީ އަދި..އެއް މަސް ނުވޭ އަދި ކަލޭ އައިތާ..އަހަރެން ބުނިން ނިހާދު ކައިރީ ކަލޭ އަމާ މަރުވެގެން މި ގެއަށް ގެނައިރުވެސް މަށަކަށް ކަލޭއެއް ނުބެލޭނޭ..އަމާ މަރުވީމަ އަހަރެމެންގެ އާއިލާއަށް އޭނަ އެދިޔައީ ކަލޭ ދޫކޮށްލާފަ..ކަލޭވެސް ޝައިލާ އާއެކު ދިޔަނަމަ މަށަށް މި އުނދަގުލެއް ނުޖެހުނީސް..ދެން ފޮނިދައްކާކަށް ދެލޮލުން ކަރުނަބާލުވާނެކަމެއް ނެތް..ކާކު ކަލޭގެ ފޮނިބަލާނެ ކަމަށްތަ؟ އޭން..ގަޑިން ވީއިރެއް އެނގޭތަ!.. މިހާރު އެއޮށް ބާރަޖަހަނީ..މިކަމުގެ އަދަބު ކަލެއަށް ލިބޭނެ..މިޔަދު ކަލެއަށް ކާކަށް ނުލިބޭނެކަން ހަނދާންކުރާތި..މަށަށް ނޭނގި ކެއިކަން އެނގުނަސް ހޭއަރުވާލާނަން…ތި ހުންނަނީ..ހަމަ މިހާރު ދޭ ގޮސް މެންދުރަށް ކާން ހަދާ..ކާން ހަދާފަ އެއްޗެހި ދޮވެ ހިތްކަން އަޅާފަ ގޭތެރެ ފޮޅާފަ ކުނިކަހަންދޭ….އެންމެ ފޮތްކޮޅެއްވެސް ފެނިގެންނުވާނެ..އެއްޗެހި ހިކުނީމަ އިސްތިރިކޮށްފަ ފަތްޖަހާތި..އަދި އަހަރެންގެ ކޮޓަރިއާ ޒާރާގެ ކޮޓަރި ފޮޅައި ސާފުކުރާތި….” ކޮޓަރީ ދޮރުމަތީގައިރު ޒިޔާނާ ބުނެލިއިރު އެ އަޑުގައިވީ ނަފްރަތާއި ފޫހިކަމެވެ.

ޝައިލާ އަކީ ނިހާދުގެ ފުރަތަމަ އަނބިމީހާއެވެ. އެކަމާ ޒިޔާނާ ހަސަދަވެރިވަނީ އިންތިހާއަށެވެ. އީޝަލްއަށް ދެ އަހަރުގައި ނިހާދު ޝައިލާއާ ވަރިވީއެވެ. އޭނަގެ ދެވަނަ އަނބެއް ހުންނަކަމެއް ޝައިލާއަކަށް އެނގުމުން ކަންތައްތައް ގޯސްވިއެވެ. ޒިޔާނާގެ ދަރިފުޅަށްވެސް އޭރު ދެ އަހަރެވެ. އީޝަލްއަށްވުރެ ޒާރާ ކުޑައީ އެންމެ ހަތަރުމަހެވެ. ފައިސާހުރުމުން ނާހިދުއަށް ދެ އަނބިންގެ ކަންތައްތައް ކޮއްދޭކަށް އުނދަގުލެއް ނުވިއެވެ. ކަންތައްތައް ފަޅައަރައި ގޯހުން ގޯހަށްދާން ފެށުމުން ނާހިދު ޝައިލާ ވަރިކޮށްފައި ޒިޔާނާ ގާތަށް ދިޔައީ އީޝަލްވެސް ޝައިލާ ގާތުގައި ބަހައްޓާފައެވެ. އޭގެފަހުން އެދެމައިން އުޅުނު ހާލެއް ނިހާދަކަށް ނޭނގެއެވެ. ހޯދާކަށްވެސް ނޫޅެއެވެ. ނަމަވެސް ފަނައަހަރު ފަހުން މީގެ އެއްމަސްކުރިން ޝައިލާ ނިޔާވެއްޖެކަމުގެ ހަބަރު ނިހާދުއަށް ލިބުނެވެ. އީޝަލްއަށް އަޅާލާނެ މީހެއް ނެތުމުން އީޝަލްއާ ހަވާލުވެތިބި މީހުން ވަރަށް ހާލުން ނިހާދުއަށް ގުޅޭނެ ނަންބަރެއް ހޯދައި އެކަން އެނގީއެވެ. ފަނަރަ އަހަރުފަހުން ޝައިލާ މަރުވި ޚަބަރުލިބި އޭނާގެ ދަރިފުޅުގެ ޙަބަރުލިބުމުން އެ ހިތުގައިވި ހަމްދަރުދީއެއްގެ ސަބަބުން ދަރިފުޅު އޭނާ ގާތަށް ގެނައީއެވެ.

މެންދުރަށް ކާންހެދުމަށްފަހު ދާވަށިގަނޑު ފުރިގެން އޭގެ ބޭރުގައިވެސް ބެހެއްޓިފައިވާ ދާއެއްޗެހިތައް ދޮންނަން އަޅާފައި މެންދުރުގެ ރަތްގަދަ އަވިގަނޑަށް އިލޮށިފަތިހިފައިގެން ނުކުމެ އީޝަލް ކުނިކަން ފެށިއިރު އެ މޫނުމަތީގައި ދާތިކިތަށް ވިދަ ވިދާހުރީ މުތީތަކެއް ފަދައިންނެވެ. ސަތާރަ އަހަރުވިނަމަވެސް އީޝަލްއަށް ލިބިފައިވާ ރީތިކަމަކުން އެންމެ ބަލައިލުމަކުންވެސް ފިރިހެނުންގެ ހިތްތައް އޭގެމަގާމުން ދޫވެދާނެކަން ގައިމެވެ. އައްވަށް ނުކުތުމުން އެ މުށިކުލައިގެ އިސްތަށީގަނޑަށް ރަންކުލައެއް އެރިއިރު މޫނަށް މަޑު
ރަތްލައެއްވެރިވެފައިވެއެވެ. ޒިޔާނާ މޫނުމަތީގައި ޖެހިތަނުން ފަސް އިނގިލި ފެންނަން ހުރިނަމަވެސް އީޝަލްއަށް އެކަމެއް ނޭނގެއެވެ. އީޝަލްގެ މަންމަ ފަރާތު ކާފަ އިނދެގެން އުޅުނީ ބޭރު އަންހެނަކާއި ނަމަވެސް އިސްލާމަކަށް ވުމުން ކައިވެނިކޮށް އެމީހުނަށް ލިބުނު ހަމައެކަނި ދަރިފުޅު ޝައިލާއަށް އޭނަގެ މަންމަގެ ރީތި ސިފަލިބި އެ ސިފަތަށް އީޝަލްއަށްވެސް ލިބުނީއެވެ. ނިހާދުއާ ޝައިލާ ކައިވެނިކުރިއިރުވެސް އޭނާގެ މަންމައާ ބައްޕަ ވަނީ އޭނާއަށް ސަތާރައަހަރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވެފައެވެ. ކުނިކަހައި ނިމުމާއެކުހެން އީޝަލް އަވަސްވެގަތީ އެއްޗިހިތަށް ހިތްކަން އަޅާފައި ކައިފައިހުރި ތަށިތައްދޮވުމަށެވެ. ތަށިތައްދޮވެ ނިމުމުން ގޭތެރެ ފޮޅާލާފައި ވަށިގަނޑު ހިފައިގެން ބޭރަށްގޮސް ހިކިފައިހުރި އަންނައުނުތަށް އެވަށިގަނޑަށް އަޅާލުމަށްފަހު ގޭތެރެއަށް ވަދެ އިސްތިރކުރާ މޭޒުކައިރީ މަޑުކޮށްލަމުން ދެތިން ނޭވާލިއެވެ. ރެއިންސުރެ ނުކައިހުރުމުގެ ސަބަބުން ބަނޑުހައިހޫނުކަން އިހުސާސްކުރެވުނަސް ކުރާނެ އިތުރުކަމެއް ނެތުމުން އިސްތިރިކޮށް ނިންމާލުމަށްފަހު ޒިޔާނާއާ ނާހިދުގެ ކޮޓަރިއަށް އެމީހުންގެ އެއްޗެހި ލުމަށްފަހު ޒާރާގެ ކޮޓަރިއަށްގޮސް އޭނާގެ އަންނައުނުތައް އަލަމާރިއަށްލުމަށްފަހު އަވަސްވެގަތީ ކޮޓަރިތައް ފޮޅުމަށެވެ. ޒާރާގެ ކޮޓަރި ރީތިކުރުމަށްފަހު ފޮޅައިސާފުކޮށްފައި ޒިޔާނާގެ ކޮޓަރި ފޮޅަން ފެށިއެވެ. އީޝަލްގެ ހަރަކާތްތައް ލަސްވަމުން ދިޔަނަމަވެސް އޭނާ ފޮޅަމުންދިޔައެވެ. ކޮޓަރީދޮރު ހުޅުވުނު ވަގުތު އީޝަލް އަރިއަޅާލަން އުޅުމާއެކު އޭނާގެ ހަށިގަނޑު ވެއްޓުމުގެކުރިން އެއްޗެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަނިކޮށް ރީތިވާ މޭޒުމަރީގައިހުރި ބިއްލޫރި ސެންޓުފުޅީގައި އަތުންޖެހި ބިންމައްޗަށް ވެއްޓުމާއެކު ތެޅިގެންދިޔައެވެ. އަވަސް އަވަހަށް ހަށިގަނޑު މަތަކުރުމާއެކު ދެލޯ ބޮޑުކޮށްލާފައި ދޮރާދިމާލަސް ބަލާލެވުނީ އެ މަންޒަރުފެނުނު ޒިޔާނާގެ ރުޅިވެރި ހަޅޭކުގެ އަޑަށެވެ.

“ކަލެއަށް ރަނގަޅަށް ކަމެއް ކުރަން އެނގޭތަ…އެއީ ކިތަށް ރުފިޔާކަން އެނގޭތަ ކަލެއަށް..ހަމަމިހާރު އެތަން ސަފުކުރޭ..ސުންޕާ ދޮންދަރިއެއް މަށަށް ބަލަންޖެހިފަހުރި..މިކަމުގެ އަދަބުވެސް ކަލެއަށް ލިބޭނެ.. މާދަން ސުކޫލަސް ދާން ޖެހެފުރަތަމަ ދުވަހެއްނު ދޯ..ކަލެއަކަށް ސުކޫލަކަށް ނުދެވޭނެ މާދަމާއަކު…” ރުޅިއައިސް ރަތްވެފައިހުރި ޒިޔާނާ ބުނެލިއެވެ. އީޝަލްގެ ދެލޯ ބޮޑުވިއެވެ. މިއަހަރު ފެށި ސުކޫލަށްދާންޖެހޭ ފުރަތަމަ ދުވަހު ނުދާކަމުގައި ރިކޯޓުފޮތަށް އަރާކަށް އޭނާ ނޭދެއެވެ.

“މަން…ދައްތާ..ޕްލީޒް…ސުކޫލެއްނޫން…އެނޫން އަދަބެއްދިނަސް އަޅުގަނޑު ޝަކުވާއެއް ކީއްކުރަން ޗުއްޕުވެސް ނުބުނާނަން…އާދޭސްކުރަން ދައްތާ…ސުކޫލަށް ދިޔަދީ…” ރޮވިފައިވާ އަޑަކުން އީޝަލް އެހެން ބުނެލިއިރު އެ އަޑުގައިވީ އާދޭހެވެ. ޒިޔާނާ އައިގޮތަށް އައިސް އީޝަލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލީ އަތުރުހި ބާރެއްލާފައެވެ. އަދި ތެޅިފައިވާ ބިއްލޫރިތައްހުރި ދިމާލަށް އީޝަލްކޮއްޕާލުމާއެކު އީޝަލްގެ ދެފައި ދަށުން ލޭތަށް ފައިބައިގަތެވެ. ޒިޔާނާގެ ހިތް އަދި ނުފުރެނީކަންނޭނގެއެވެ. އެވަރުން ނުވެގެން އަދި އީޝަލްގެ އަތުގައި ހިފާ ދަމަމުންކަހަލަ ގޮތަކަށް ބަދިގެއަށް ގެންގޮސް ދޮންކޮއްފައިވާ ދޭފަތް އީޝަލްގެ ކަނާއަތުގެ ނުފުށުގައި ޖައްސާލުމާއެކު އީޝަލްގެ ދެލޮލުން ކުޅަދާނަނުވެގެން ފައިބައިގަތް ކަރުނަތަކާއެކު ދެތުންފަތް ފޫ އަޅުވާލާފައި ނުކުތީ އެންމެ ލަފުޒެކެވެ.

“މާންމާ!..”

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 2

Next

ވާށޭ މަށާ އެކީ-2

Next
March 28, 2020

ވާށޭ މަށާ އެކީ-2

Previews
March 27, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 2

24 Comments!

  1. malsamalkkomal says:
    March 28, 2020 at 4:54 pm

    salam readers..hope you all will like this part too..
    Feel free to comment..
    lve ya all, be safe

  2. Yanaa says:
    March 28, 2020 at 5:20 pm

    Varah varah reethi ❤❤❤❤❤❤
    maa sha Allah????????
    waiting waiting❤❤❤❤❤❤❤❤
    ????love you mal????

    1. Malsa Moosa says:
      March 28, 2020 at 7:27 pm

      thankx yan..ly too

  3. ❤️lamee❤️ says:
    March 28, 2020 at 5:26 pm

    Konkahala dhon mamma eh haadha nulafaa eyyy. Next part ah inthizaaru kuran ????v reethi

    1. Malsa Moosa says:
      March 28, 2020 at 7:27 pm

      thankx lamee..dhw..mal vx nudheken ehaa nulafa dhon mamma eh..

  4. Kairaa says:
    March 28, 2020 at 5:29 pm

    Varah reethi mi part vx…waiting for the nxt part….

    1. Malsa Moosa says:
      March 28, 2020 at 7:28 pm

      thankx kai

  5. magnumm says:
    March 28, 2020 at 5:58 pm

    Mallluuuuu…hw r u darlinnnn…I hope u r fine as meh??anyway mi part vx hama varah varah interesting???also da ‘sifakurun’ iss da best…Whn next malleyyy…purple u gurl?????

    1. Hyvanii says:
      March 28, 2020 at 6:45 pm

      Magnumm thee malsa ge bf thr??? ?

    2. Malsa Moosa says:
      March 28, 2020 at 7:35 pm

      seriously..Haha..are u kidding me? e ee anhen kujjekey..she is my bestie ..And islam dheenaku noavy gf bf gengulheykah. ekm its funny nge thimeehun ehen heekureema..ahah

    3. Malsa Moosa says:
      March 28, 2020 at 7:30 pm

      thankx bro..I’m fine..adhi vx play store rangalhu nuvytha?..Im waiting nge ol vandhen..how are you mann..thankx nge..Insha allah varah avahah next part up kolladhynan..

    4. magnumm says:
      March 28, 2020 at 8:16 pm

      Ahcheedi dhn bf ey kiyaane tha dw…mal brother kiyaathy vaahaa kanthakeyy…also fr ya kind info ngeyyy…I AM A GURL AS I SAID BEFORE?❤dhn hadhaan kurahche mii gurll kujjeh kann…also mallu..koyah rangalhu bondi eh dheynan ngeyy..hehehe??

    5. Malsa Moosa says:
      March 28, 2020 at 8:31 pm

      އަހާ..އަދިވެސް ކިޔާނީ ބްރަދާރ..ޔެޕް..ޝީ އިޒް އަ ގާލް..ވަރަށް މަޖާ ވެއްޖެ ތިމީހުން އެހެން ހީކުރީމަ ..ގޭގަ އޮވެ ފޫހިވެފަ އޮއްވާ އަދި ކިރިޔާ މަޖާވާ ކަހަލަ ކަމެއް ވީ..އަހަށް..ކޮންކަހަލަ ބޮނޑިއެއްތަ ދޭނީ..އައްޑޫ ބޮނޑިއެއްތަ؟..އެހެ..އަމް ވެއިޓިންގ

  6. Hyvaniii ah thaaidhukuran says:
    March 28, 2020 at 6:46 pm

    Mashah vx hyvaniii ehn … hahaha

  7. malsamalkkomal says:
    March 28, 2020 at 7:37 pm

    Ehenn vi iru thi heekuri rangalhakah nun..

  8. magnumm says:
    March 28, 2020 at 8:22 pm

    n also BF kiyedhaane dw best friend short kohfa?but me n mal r best frndss forever?dwww mall

  9. malsamalkkomal says:
    March 28, 2020 at 8:27 pm

    ޔެޕް..ވީ އާރ ބެސްޓް ފްރެންޑްސް ފޯ އެވާ..އިންޝާ ﷲ

  10. magnumm says:
    March 28, 2020 at 8:52 pm

    dhn pleeeshh…brother nukiyahchey…nukiyaashey bunyma kiyanya varah dherverne nge…call meh sis oh bro..ekm bro nukiyaathii?

  11. malsamalkkomal says:
    March 28, 2020 at 9:43 pm

    އޯކޭ ކޮޔާ..ދެން ސިސް ބުނީމަ ނުކިޔޭނު ދޯ..އެކަމް އަދި ކިޔަން “ގާލް” ނިކްނޭމްއެއް ހަދާނަން އެނގޭ މެގްނަމްމްމް ޕުޑިންގަނޑު

  12. Hyvanii says:
    March 28, 2020 at 10:34 pm

    Bf mibuniii bestfriend ashey … pis pis pis …???

    1. malsamalkkomal says:
      March 30, 2020 at 8:12 pm

      ??

  13. Hyvanii says:
    March 28, 2020 at 10:36 pm

    Hehehe ufaavehje mal ah majaa v ma hehehe

  14. h....?????? says:
    March 30, 2020 at 10:39 am

    wow…v reethi mivaahaka…heevany fahn adhi maa reethi vaanehn..but liyumah fah kiyaaleema mistakes rangalh kureveyne….mistake huhtehkamak ibaaraaih kurumaa sifakurn v reethi….keep it up…waitng for nxt part

  15. malsamalkkomal says:
    March 30, 2020 at 8:13 pm

    Eheh..Thankx nge..foohivegen maruvaavaru vefa huttaa ekahala ehchekey bunima heehee halaakuvefa othee..???

Comments are closed.

Next Episodeހިތުގެ އުދާހުން ދުރުވާނެބާ! – ތިންވަނަ ބައި←


All Right Reserved!