ރާސްތާ2 ފަހުބައި
ރެފްރީ ކަށިގަނޑު ފުމުމާއެކު މެޗު ފެށީ ފްރާންސް ޓީމުންނެވެ. ފަރަންސޭސް ވިލާތުގެ ކުޅުންތެރިން ބެލީ އޮޅިގެން ނަމަވެސް ޔޫސުފްއަށް ބޯޅަ ނުދެވޭތޯއެވެ. ޔޫސުފް ވަށައިގެން ހައެއްކަ ކުޅުންތެރިން ޖައްސައިފައި ތިއްބެވެ. އެމީހުންގެ ކުޅުންތެރިން ކުޅެމުން ދިޔަ ގޮތުން މާއިޒް ކުޅުވާ ގޮތް ރަނގަޅަށް ދަސްކޮށްފައި ތިބިކަން އެނގެއެވެ.
ޑިފެންޑަރުން ޔޫސުފް ފަހަތު ޖައްސައިފައި ތިބުމުން އަލްޔަސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފަހަތުން ފްރާންސް ކުޅުންތެރިއަކު ޖައްސާލި ބޯޅަ އޭނާއަށް ލިބުނެވެ. ލިބުނު ބޯޅަ އެއް ފަރާތުގައި ހުރި ޒެވިޔަންއަށް އަލްޔަސް ދިނެވެ. ކުރިއަށް ދުވެފައި ކަނާއަތް ފަރާތު އަރިމަތިން އަލްޔަސް ހުސްވުމާއެކު އެ ބޯޅަ އަލްޔަސްއަށް ނަގައިދިނެވެ. ހަމަ ޖެހިލައިފައި އަލްޔަސް ހުށިޔާރު ކަމާއެކު އެ ބޯޅަ ގޯލާއި ދިމާއަށް ފޮނުވާލިއެވެ. އެހެންނަމަވެސް އެއަށްވުރެ ހުށިޔާރު ކަމާއެކު އެ ބޯޅަ ފްރާންސްގެ ކީޕަރު މަތަކުރިއެވެ.
އަލްޔަސްއަށް ބޯޅަ ލިބުނީންސުރެ އަލައިކާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ގޯލާއި ދިމާއަށް އަލްޔަސް ބޯޅަ ފޮނުވާލުމާއެކު އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ. ގޯލަށް ބޯޅަ ވަން ކަމަށް ހީކޮށް ފުންމައިގެން ތެދުވިއެވެ. ލަނޑެއް ނޫންކަން އެނގުމާއެކު މާޔޫސް ކަމާއެކު އަލައިކާ ގޮނޑީގައި އިށީނެވެ.
“ހިތްވަރޭ ކުދިންނޭ ހިތްވަރޭ!” މާނީ އޭނާއަށް ހަޅޭއްލެވޭ އެންމެ ބާރަކަށް ހަޅޭއްލަވަމުން ދިޔައެވެ. ނަވާރް އުނގުގައި އިން ލައިޝާ ދެލޯ ބޮޑުކޮށްގެން ބަލަން އިނެވެ. މާނީއަށް ވާ ގޮތް ފެނި ނަވާރްއަށް ހެވެމުން ދިޔައެވެ.
ފުރަތަމަ ހާފުގައި އަލްޔަސްގެ އިތުރަށް ޔޫސުފް އަދި ޒެވިޔަންވެސް ގޯލާއި ދިމާއަށް ގިނަ ހަމަލާތަކެއް ފޮނުވިއެވެ. ނަމަވެސް ތިން ދަނޑިން އެތެރެއަށް އެންމެ ބޯޅައެއް ވަނަވެސް ވިކޮޓޮރ އެއް ނުދިނެވެ. އަނެއްކޮޅުން ފްރާންސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން އުފައްދަމުން ދިޔަ ހަމާލާތައް ދިވެހި ކީޕަރު މަތަ ކުރަމުން ދިޔައެވެ. ރައިންވެސް ވަކި ވިކްޓޮރ އަކަށް ދޫނުކުރެއެވެ.
“ތިއިން ކޮންމެ ކުޅުންތެރިއަކަށް އަހަރެން އިތުބާރު ކުރަން. ލަނޑު ނުޖެހުނަސް އަދި އެހަށް މާޔޫސް ނުވާތީ! ވަގުތު އެބައޮތް. އަހަރުމެނަށް އިރާދަކުރެއްވިއްޔާ މިކަން ވާނޭ!” ދެވަނަ ހާފު ފެށުމުގެ ކުރިން މާއިޒް އޭނަގެ ކުޅުންތެރިންނަށް ހިތްވަރު ދިނެވެ. އެކުޅުންތެރިންގެ އުއްމީދު އާކޮށްދިނެވެ. މި މެޗު މުހިންމުވަނީ ކީއްވެކަން ބުނެދިނެވެ. އަދި މެޗުން ބަލިވި ކަމުގައި ވިއަސް އެކުދިންނާ މެދު އޭނާ ފަޚުރުވެރި ވާކަންވެސް ހާމަ ކުރިއެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔައެވެ. ދެ ފަރާތުގެވެސް ހަމަލާތައް ގިނަވާން ފެށިއެވެ. ދެ ބައިގެވެސް ދިފާއީ ކުޅުންތެރިންނަށް ބާރުކޮށް ބޮޑެތި ގޯސްތައް ހެދެމުން ދިޔައެވެ. އެގޮތުން މެޗުގެ ހަތްދިހަ ވަނަ މިނެޓުގައި ރާއްޖޭ ޓީމިގެ އެންމެ ޒުވާން ޑިފެންޑަރަށް ބޮޑު ގޯހެއް ހެދުނެވެ. ތަޖުރިބާ މަދުވުމާއެކު ހިތް އަވަސްވެފައި ހުރި ވަރުން ހުސްކޮށް ހުރި ފްރާންސް ކުޅުންތެރިޔާއަށް އެ ބޯޅަ ދެވުނެވެ. އެކުޅުންތެރިޔާ ހަމަ ޖެހިލައިފައި މަޑު މަޑުން ފޯނުވާލި ބޯޅަ ގޯލް ކީޕަރުގެ އަތް ދަށުން ލައިފައި ގޮސް ގޯލުގެ ތެރެއަށް ވަދެ ފްރާންސުން ލީޑު ނެގިއެވެ.
ފްރާންސް ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމައިގަތެވެ. ބެނޗުގައި ތިބި ކުޅުންތެރިންވެސް ފުންމައިގެން ތެދުވެ އުފާފާޅު ކުރިއެވެ. ކޯޗުވެސް ފުންމަ ފުންމައިފައި އުޅުނެވެ.
ދިވެހި ސަޕޯޓަރުންނާއި ކުޅުންތެރިން މާޔޫސްވެގެން ދިޔައެވެ. ބައެއް ސަޕޯޓަރުންނާއި ކުޅުންތެރިންގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ގޯސް ހެދުނު ކުޅުންތެރިޔާއަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މޫނުގައި ދެއަތް އަޅައިގެން ރޮވުނެވެ.
މާޔޫސްވި ނަމަވެސް ހިތްވަރު އެލުވާލާކަށް ޔޫސުފް ބޭނުމެއް ނުވިއެވެ. އަނެއް ޓީމުން އުފާފާޅު ކުރަމުން ދިޔަ ވަގުތު އޭނާ ހުރިހާ ކުޅުންތެރިން އެއްކޮށްގެން ހިތްވަރު ދިނެވެ. ވަކިން ޚާއްސަކޮށް ގޯސް ހެދުނު ޝައުމްއަށެވެ. ޝައުމްގެ މާޔޫސްވެފައިވާ ހިތް ހަމައަކަށް އެޅުނެވެ. ކަރުނަތައް ފުހެފައި އައު އަޒުމެއްގައި ކުޅެން ތައްޔާރުވިއެވެ.
ޔޫސުފްގެ ކެރުންތެރިކަމާއި އިސްނެގުން ފެނި އޭނާއާއި މެދު ފަޚުރުވެރިވެވުނެވެ. ޔޫސުފް ކެޕްޓަނެއް ގޮތުގައި ހަމަޖެއްސުން އެއީ އޭނާއަށް ނިންމުންނު ރަނގަޅު ނިންމުމެއްކަން ޔަޤީން ކުރެވުނެވެ.
މެޗުގެ ބާކީ އޮތް މަދު ވަގުތުކޮޅުގައި ވަރަށް ވިސްނައިގެން ދިވެހި ކުޅުންތެރިން ކުޅެމުން ދިޔައެވެ. ގިނަ ހަމަލާތައް އުފައްދަމުން ދިޔައެވެ. އަލްޔަސް، ޒެވިޔަން އަދި ޔޫސުފް ގިނަ ހަމަލާތައް އޭރިއާ ބޭރުންނާއި އެތެރެއިން ގޯލާއި ދިމާއަށް ފޮނުވަމުން ދިޔައެވެ. ނަމަވެސް އެއިން ކޮންމެ ހަމަލާއެެއް ހުށިޔާރު ކަމާއެކު ކީޕަރު ދިފާއު ކުރެއެވެ. ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް ދިވެހި ކުޅުންތެރިން ހިތްވަރު އެލެން ފެށިއެވެ. ރާއްޖޭ ކުޅުންތެރިންނަށް އުފާވެރިކަން ލިބުނީ މެޗުގެ އަށްޑިހަ ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުމުންނެވެ. ކީޕަރު ކަޓުވާފައި ޔޫސުފް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ގަސްތުގައު އަތުން ޖަހައި ފްރާންސްގެ ޑިފެންޑަރު އެ ބޯޅަ ބޭރުކޮށްލީއެވެ. ވަގުތުން ދިވެހި ޓީމަށް ޕެންލްޓީ ލިބި އެކުޅުންތެރިޔާއަށް ރަތްކާޑު ދައްކައިފައި ދަނޑުން ފޮނުވާލިއެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ފްރާނަސްގެ މުޅި ޓީމު މޯޅިވިއެވެ. ޔޫސުފް ޕެނަލްޓީ ޖަހަން ދިއުމުގެ ކުރިން ފްރާންސް ކުޅުންތެރިން ވިކްޓޮރ ގާތު ބޮނޑިވެ ވާހަކަތަކެއް ދެއްކިއެވެ.
ބޯޅަ ކައިރީ ހުއްޓިލައިގެން ދެ އުނނަގަނޑުގައި އަތް އަޅުވައިގެން ޔޫސުފް ހުއްޓެވެ. ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުން ދާ ފައިބަމުން ދިޔައެވެ. މޫނު މައްޗަށް ސީރިއަސްކަން ވެރި ކުރުވައިގެން ހުރިއިރު ފުން ނޭވައި ލަމުން ދިޔައެވެ. ބޯޅައަަށް ބަލައިފައި ގޯލާއި ދިމާއަށް ޔޫސުފް ނަޒަރު ހިންގާލި ގޮތުން، އޭނާގެ ދެލޯ ފެނުނު މީހަކު ޖެހިލުންވާނައެވެ.
ރެފްރީ ކަށިގަނޑު ފުމުމާއެކު ފުން ނޭވައެއް ދޫކޮށްފައި ޔޫސުފް ދުއްވައިގަތެވެ. ވަރަށް ވިސްނައިފައި ބޯޅައިގައި ބާރަށް ޖެހުމުގެ ބަދަލުގައި މަޑުމަޑުން ޖަހައިލިއެވެ.
ގޯލު ރޮނގުމަތީގައި ކަހަލަ ގޮތަކަށް ބޯޅަ އޮއްވައި ފައިން ޖަހައި ކުޅުމުގެ ތެރެއަށް އެ ބޯޅަ ވިކްޓޮރ ފޮނުވާލިއެވެ. ލިބުނު މާޔޫސްކަމުގައި ހަރަކާތެއް ކުރަންވެސް ޔޫސުފްއަށް ނޭންގުނެވެ. ޖެހި ޕެނަލްޓީ ކާމިޔާބު ނުވުމުން އޭނާގެ ހިތަށް ބަރުވެގެން ދިޔައެވެ. ސިކުނޑީގައި ރިހުމެއް އުފެދުނެވެ. ލޮލުން ދިލަ ނަގައިގެން ދިޔައެވެ.
ފްރާންސް ކުޅުންތެރިން އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްފައި ވިކްޓޮރ ގާތަށް ގޮސް އުފާފާޅު ކުރިއެވެ. މުޅި ދަނޑުގައިވެސް އެއް އަޑަކުން ވިކްޓޮރގެ ނަން ކިޔެވެ. ޕެނަލްޓީ ނާކާމިޔާބު ވުމާއެކު ދިވެހި ސަޕޯޓަރުންގެ އަޑު އެކީ ކެނޑުނެވެ.
“އޭއީ. ބްރޯ ހަމަޖެހިބަ. އަދިވެސް ވަގުތު އެބައޮތް ތިހެން އިނދެ ރުޔަކަސް ނުވާނެ. ޒެވް ކޯނަރު ނަގަން އެދިޔައީ. ހަމަޖެހެ” ޔޫސުފް ގައިގައި ކުޑަކޮށް ބައްދައިލައިފައި އަލްޔަސް ނަސޭހަތް ދިނެވެ. ދެލޯ ފުހަމުން ޔޫސުފް ބޯ ޖަހައިލިއެވެ. އިތުރު ހިތްވަރެއް ލައިފައި ކުޅުމުގެ ތެރެއަށް އޭނާ ވަނެވެ. ޒެވިޔަން ނަގައިދިން ކޯނަރު ވިކްޓޮރ ސަލާމަތް ކުރިއެވެ.
ވިކްޓޮރ ކުރިއަށް ފޮނުވާލި ބޯޅަ ދިވެހި ކުޅުންތެރިންނަށް ލިބުނީ އެމީހުން އިތުރު ލަނޑެއް ކާމިޔާބު ކުރުމުންނެވެ. މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ލީޑު ފުޅާ ކުރެވެމުން ތަށި ލިބުނީ ކަމަށް ބަލައި އެމިހުން އުފާފާޅު ކުރިއެވެ. ދިވެހި ކުޅުންތެރިން މާޔޫސްވެ ހިތްވަރު އެލުނެވެ.
މޫނުގައި ދެއަތް އަޅައިގެން މާއިޒްއަށް ހުރެވުނެވެ. ހިތުގައި ތަފާތު ޝުޢޫރުތައް ހިނގަމުން ދިޔައެވެ. ކުރިއަށް އޮތް ވަގުތުކޮޅުގައި ދެލަނޑު ޖަހައި އެއް ވަރު ކުރެވުދާނެއެވެ. ނަމަވެސް މި ވަގުތު އޭނާގެ ކުޅުންތެރިން ތިބި ހާލުން އެކަން ވާނެހެން ހިއެެއް ނުވެއެވެ. އެންމެ ހިތްވަރުގަދަ ކުޅުންތެރިންވެެސް އެތިބީ މާޔޫސްވެ ގޮތް ހުސްވެފައެވެ.
“ނޯނޯ. އަދި ބަލިގަބޫލު ކުރާކަށް ނުވޭ. ކޮއްކޮގެ ދަރިފުޅަށް މި ތަށި އުފުލާލުމުގެ ފުރުސަތު އަދިވެސް އެބައޮތް” މާއިޒް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
މާއިޒް ޓީމު ކުޅެމުން ދިޔަ ގޮތަށް ބަދަލު ގެނައެވެ. މެދު ތެރެއަށް ކުޅޭ ދެކުޅުންތެރިއަކު ބަދަލުކޮށް ޔޫސުފްއާއި އަލްޔަސް ދެ އަރިމައްޗަށް ލައި ޒެވިޔަން އެންމެ ކުރިއަށް ކުޅޭ ގޮތަށް ބަދަލު ގެނައެވެ. މެދު ތެރެއަަށް ކުޅެން އޭނާ އެރުވި ކުޅުންތެރިޔަކީ ޒުވާން ކުޅުންތެރިއެއް ނަމަވެސް މި ފަދަ ވަގުތެއްގައި ނަތީޖާ ނެރޭނެ ފަދަ ކުޅުންތެރިއެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އަލްޔަސް ރީތި ބޯޅައެއް ޔޫސުފްއަށް ދިނެވެ. ތިން ޑިފެންޑަރުން ކައިރިން ނައްޓާފައި، ވިކްޓޮރ ކަޓުވާލުމަށްފަހު ރީތި ލަނޑެއް ޔޫސުފް ކާމިޔާބު ކުރިއެވެ. އެއާއެކު ދިވެހި ސަޕޯޓަރުންގެ އަޑު ދަނޑުގައި ގުގުމާލިއެވެ. ކުރިއަށް ވުރެ އަޑުގަދަކޮށް އާ ހިތްވަރަކާއެކު ސަޕޯޓު ކުރަން ފެށިއެވެ.
ފުރާންސް ކުޅުންތެރިން މެޗު ލަސްކުރަން މަސައްކަތް ކުރިއެވެ. ފަހަތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެލަ ކުޅެލައި ތިއްބެވެ. ފަހަތުން ޑިފެންޑަރަކަށް ވިކްޓޮރ ދިން ބޯޅަ އެރީ ސީދާ ޔޫސުފްގެ ފަޔަށެވެ. ބަލާކަށް ނުހުރެ ޔޫސުފް އެ ބޯޅަ ގޯލުގެ ތެރެއަށް ފޯނުވައިލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ހުރިހާ ކުޅުންތެރިން އައިސް ޔޫސުފް ގަޔަށް އަރައިގަތެވެ. އުއްމީދު ގެއްލިފައިވަނިކޮށް ނަތީޖާ އެ ހަމަހަމަ ވީއެވެ. ކޯޗު މާއިޒްގެ ބަދަލު ވަރަށްވެސް ރަނގަޅަށެވެ.
ހެދުނު ގޯހުގެ ސަބަބުން ވިކްޓޮރއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކުޅުންތެރިން އޭނާއަށް ބަލަމުން ދިޔަ ގޮތުން ހިތްހަލާކުވާވަރުވިއެވެ. ކޮންމެ ކުޅުންތެރިއެއް އަދި ކޯޗުގެ މޫނު މަތިން ފެންނަމުން ދިޔަ މާޔޫސްކަމަކީ އޭނާގެ ސަބަބުން ފެންނަމުން ދިޔަ މާޔޫސްކަން ކަމުގައި ގަބޫލު ކުރެވުނެވެ.
މޮޅުވެފައި އޮއްވައި ފަހުވަގުތު އެއް ވަރު ވުމުން ފްރާންސް ކުޅުންތެރިންނަށް ނޭދެވޭ އަސަރުކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ އެންމެ ފަހު ވަގުތު ކޮޅުގައި ރާއްޖެއިން ތިންވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގީއެވެ. މެދު ތެރެއިން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ބޯޅަ ހޯދައިގެން ގޮސް ޔޫސުފްއަށް ދިނެވެ. ޔޫސުފް އޭނާގެ ހުނަރާއި މޮޅު ވިސްނުން ބޭނުންކޮށްގެން ޒެވިޔަންއަށް ބޯޅަ ދޭކަމަށް ހަދައިފައި ބޯޅަ ހިފައިގެން ކުޅުންތެރިން ގާތުން ދެމިގަތެވެ. ވިކްޓޮރގެ ކަނާއަތް ފަރާތަށް ބޯޅަ ޖަހަން އުޅޭކަމަށް ހަދައިފައި ވިކްޓޮރ އެފަރާތަށް ހަރަކާތް ކުރިމާއެކު ވައަތް ފަޅިއަށް ބޯޅަ ފޮނުވާލައި ގޯލުގެ ތެރެއަށް ވައްދާލިއެވެ.
އެއޮަަށް ހުރިހާ ވަގުތު ބަލަން ތިބި އެންމެން ތިބީ ނޭވައި ހިފަހައްޓައިގެންނެވެ. ޔޫސުފް ހަދާގޮތް ބަލަން ތިބި އިރު ހިތްތަށް ތެޅެމުން ދިޔައެވެ. ބޯޅަ ގޯލަށް ވަންކަން ޔަގީން ވުމާއެކު އެމީހަކަށް ލެވުނުހައި ބާރަކަށް ހަޅޭއްލަވައިގަތެވެ.
ކުޅުންތެރިންތައް ޔޫސުފް ގަޔަށް އަރައިގަތެވެ. ވޯލްޑްކަޕްގެ ފައިނަލު މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ ކެޕްޓަނަށް ޔޫސުފް ވެގެން ދިޔައެވެ. ފުޓުބޯޅައިގެ ތާރީޚު ތެރޭގައި އޭނާގެ ނަން ރަން އަކުރު ފަވާލެވޭނެކަން ޔަގީނެވެ.
ފްރާންސް ޓީމުން ކޮށްޓުމާއެކު ރެފްރީ ކަށިގަނޑު ފުމެފައި މެޗު ނިންމާލިއެވެ. ބެންޗުގައި ތިބި ދިވެހި ކުޅުންތެރިން ދަނޑަށް އަރައިގަތެވެ. އެމީހުންނަށް ލިބިފައި ހުރި އުފާ ބުނެދޭކަށްވެސް ނޭންގެއެވެ. ތަފާތު ޝުޢޫރުތައް ހިތުގައި ހިނގަމުން ދިޔައެވެ.
މާއިޒްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ދުވެފައި ގޮސް ކޮއްކޮގެ ދަރިފުޅު ގައިގައި ބައްދައިލިއެވެ. އުމުރުން އެންމެ ބާވިސް އަހަރުގައި ޔޫސުފް އެ ހޯދީ ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ރާއްޖެއަށް މެޗު ކާމިޔާބުކޮށްދީ ވޯލްޑްކަޕް ތަށި ހޯދައިދިނީއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ހެޓްރިކް ހެދިއެވެ. މުޅި ދަނޑުގައި އެއް އަޑަކުން ޔޫސުފްގެ ނަން ކިޔަމުން ދިޔައެވެ.
ފްރާންސް ކުޅުންތެރިން ދަނޑުމަތީގައި ހުއްޓިފައި ތިއްބެވެ. އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ ވިކްޓޮރއަށެވެ. މެޗުގެ ހީރޯއިން ޒީރޯއަށް ބަދަލުވިކަމުގައި އަމިއްލައަށް ޤަބޫލު ކުރެވުނެވެ.
ކުޅުންތެރިންގެ އައިލާތައް ދަނޑަށް އެރިއެވެ. އަލްޔަސްއަށް އަލައިކާ ފެނުމާއެކު ގޮސް ބައްދާލިއެވެ. “އެހެރީ މަންމައާއި ބައްޕަ. ޔޫ ޝުޑް ގޯ އެންޑް ހަގް ދެމް” އަކްޔަން އަދި އަލާޔާ ގޮވައިގެން އަންނަމުން ދިޔަ ޝިއުރާއާއި ވިލްދާން ދައްކާލަމުން އަލައިކާ ބުންޏެވެ. އަލައިކާ އަތުގައި ހިފައިގެން އަލްޔަސް ހިނގައިގަތެވެ. ވިލްދާން އަތުގައި އިން އަކްޔަން އުރާލުމަށްފަހު އެކުއްޖާގެ ކޮލަށް އަލްޔަސް ބޮސް ދިނެވެ. “ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅާ މެދު ވަރަށް ފަޚުރުވެރިވަން. ކުރިން ކަންތައް ކުރެވުނު ގޮތާމެދު މާފަށް އެދެން. ބައްޕަގެ އެހީއާ ނުލައި ވެސް ދަރިފުޅު މިހާ ހިސާބަށް އައިތީ ވަރަށް އުފާވޭ!” އަލައިކާ އަތަށް ދަރިފުޅު ދީފައި ބައްޕަ ގައިގައި އަލްޔަސް ބައްދާލިއެވެ. އަލްޔަސް ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
މާނީއާއި އާރާޝް ދަރިފުޅު ގާތަށް ގޮސް ދަރިފުޅާ މެދު ފަޚުރުވެރި ވާވަރު ހާމަކޮށްލިއެވެ. އެ ދަރިފުޅަށްޓަކައި އެމީހުން އުފާވާ މިންވަރުވެސް ބުނެދިނެވެ.
ނަވާރް ލައިޝާ ގޮވައިގެން އައުމާއެކު ޔޫސުފް ދަރިފުޅު އުރާލައިފައި ނަވާރް ގައިގައި ބައްދާލިއެވެ. “އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ލަވް” ޔޫސުފް ކަންފަތް ދޮށުގައި ސިއްރު ސިއްރުން ނަވާރް ބުނެލިއެވެ. އެއާއެކު ޔޫސުފް ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ.
މާއިޒް ކުރިމައްޗަށް ހުއްޓުނު މާނީ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. “ދޮންބޭ” ކުޑައިރު ފަދައިން ބޭބެ ގައިގައި މާނީ ބައްދާލިއެވެ. ބޭބެއަށްޓަކައި އެންމެ އުފާކުރާ އެކަކަށް މާނީ ވެގެން ދާނެއެވެ. ކޮއްކޮ އަދިވެސް އޭނާދެކެ އެންމެ ކުޑައިރު ފަދައިން ލޯބިވެއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ރަންބޫޓު ލިބުނީ ޔޫސުފްއަށެވެ. މުބާރާތުގެ އެންމެ އަލިގަދަ ތަރިއަށް ޔޫސުފް ވެގެން ދިޔައެވެ. ހުރިހާ އިނާމެއް ބަލާ ދިޔައިރު ޔޫސުފް ދިޔައީ ދަރިފުޅު ލައިޝާ ގޮވައިގެންނެވެ.
ފްރާންސް ކުޅުންތެރިން ރިހި މެޑަލް ބަލާ ދަނޑަށް އެރި ވަގުތު ރާއްޖޭ ކުޅުންތެރިން ދެފަރާތުގައި ތިއްބެވެ. އެކުޅުންތެރިންނަށް ހައްގުވާ އިހްތިރާމު އަދާކުރުމަށެވެ. ފްރާންސް ކުޅުންތެރިންގެ މޫނު މަތިން ފެންނަމުން ދިޔަ މާޔޫސްކަން އެއްވެސް ބަޔަކަށް ސިއްރެއް ނުވިއެވެ. އެކުޅުންތެރިން ގަދަކަމުން ނަމަވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ.
ރާއްޖޭ ކުޅުންތެރިން ރަން މެޑަލް ބަލާ ސްޓޭޖަށް އަރަަމުން ދިޔަ ވަގުތު ސަޕޯޓަރުންގެ އަޑު ދަނޑުގައި ގުގުމަމުން ދިޔައެވެ. ކޮންމެ ކުޅުންތެރިއެއްގެ މޫނު މަތިންވެސް ފެންނަނީ އުޖާލާ ކަމެވެ.
މާއިޒްއަށް މުޅިން ތަފާތު އިހްސާސްތަށް ކުރެވެމުން ދިޔައެވެ. އަހަރުތަކެއް ކުރިން ޓީމުގެ ކެޕްޓަނުގެ ގޮތުގައި އެ ތަށި އުފުލާލި ހަނދާންތައް އާވިއެވެ.
ޔޫސުފް އަތަށް ތަށި ލިބުނު ވަގުތު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަހަރުތަކެއް ކުރިން ބޮޑުބޭބެ މާއިޒް ވޯލްޑްކަޕް ތަށި އުފުލާލިއިރު އޭނާ ދުނިޔެއަށް އުފަންވެސް ނުވެއެވެ. މިއަދު އެ ބޮޑުބޭބެގެ މޭސްތެރިކަމުގެ ދަށުން ކުޅެ އޭނާ އެތަށި އެ އުފުލާލީއެވެ.
ރާއްޖޭއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. މަގުތަކުގައި މީހުން އެއްވެ ޓީމާށް ސާބަސް ދިނުމުގައި އުޅުނެވެ. ޓީވީ ޗެނަލްތަކުންވެސް ރާއްޖެ ތަށި ހޯދި ޚަބަރު ނޫން އިތުރު ޚަބަރެއްވެސް ނުގެނެއެވެ.
ދަނޑުގައިވެސް އެހާ ފޯރިގަދައެވެ. ދިވެހިންގެ ހަމަ ލޮލަށް ތަށި ފެނި އެ ތަށި އިތުރު ހަތަރު އަހަރަށް އަމިއްލަ ފަސްގަނޑުގައި ބޭންދުމުގެ ފުރުސަތު ދެވަނަ ފަހަރަށް އެ ވަނީ ލިބިފައެވެ. ކުޅުންތެރިން ތަށްޓާއެއްކޮށް ފޮޓޯ ނަގާ ހަދަމުން ދިޔައެވެ.
ޔޫސުފް އޭނާއަށް ލިބުނު މެޑަލް ދިނީ މަންމައަށެވެ. އެމެޑަލް ހައްގުވާ ފަރާތަކީ މަންމަ ކަމުގައި ޔޫސުފް އަދި ނަވާރްވެސް ޤަބޫލު ކުރިއެވެ.
އަލްޔަސް އަކްމަލްއަށް ވަކިން ޚާއްސަކޮށް ޝުކުރު އަދާކުރިއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރަން އެންމެ އެހީވެދިނީ އަކްމަލްއެވެ. އަމިއްލަ ނަފްސަށް އިތުބާރު ގެއްލިފައިވަނިކޮށް އަކްމަލް އޭނާއަށް އިތުބާރު ކުރިއެވެ. ކުޅުމުގެ ފުރުސަތު އޭނާއަަށް ދިނެވެ. ބައްޕައަކު އޭނާގެ ދަރިއަކާ މެދު ދެކޭނެ ހުވަފެން އޭނާއާ މެދު ދެކުނެވެ. ދުނިޔެއަށް އޭނާއާ މެދު އަކްމަލް ކުރާ އުއްމީދު ހާމަކުރިއެވެ. ފަހަރުގައި އަކްމަލް އޭނާއަށް އިތުބާރު ނުކުރިނަމަ މިއަދު އޭނާ ކުރިއަރައިފައި ވާ ވަރަށް ކުރިނޭރުނީހެވެ.
އެ ދުވަހު އަލްޔަސްއަށް އިތުބާރު ކުރެވުނީތީ މިއަދު އަކްމަލްވެސް އުފާކުރެއެވެ. އަލްޔަސް ވެގެން ދިޔައީ އޭނާ ހަމަ އުއްމީދު ކުރި ފަދަ ކުޅުންތެރިއަކަށެވެ. އަލްޔަސް އަކީ ހުރިހާ ގޮތަކުންވެސް އޭނާ ފަޚުރުވެރި ވާ ފަދަ ޒުވާނަކަށް ވިއެވެ.
ހަފްތާއަކަށް އުފާފާޅު ކުރުން ދިގު ދެމިގެން ދިޔައެވެ. ރާއްޖޭގެ ޤައުމީ ޓީމު ރާއްޖޭގެ ހުރިހާ ރަށަކަށްގޮސް ސަޕޯޓަރުންނާއި ބައްދަލުކޮށް ފޮޓޯ ނަގައި ހެދިއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މުޅި ޓީމަށް ތަޢުރީފުކޮށް ކުޅުންތެރިންގެ ހިތްވަރަށް ސާބަސް ދިނެވެ.
ހުރިހާ ކުދިން އެއް ވުމާއެކު ގޭ ޓެރަހުގައި ކުޑަ ސަޔެއް ބޭއްވިގެން ދިޔައެވެ. ދުވަސްތަކަކަށް ފަހު އެންމެން އެއްވީ އަލަށެވެ. އާއިލާ އެންމެން އެއްކޮށް ބައްދަލުވުމާއެކު ތަނުގެ އަޑުވެސް ވަނީ ގަދަވެފައެވެ.
އުނދޯލީގައި އިށީންދެގެން އިން މާނީގެ ނަޒަރު ހުއްޓިފައި ހުރީ ފިރިހެން ދަރިފުޅާއި ދަރިފުޅުގެ ކުޑަ އާއިލާއަށެވެ. އެއަށްފަހު ފުރާވަރަށް އަޅަމުން ދިޔަ އަންހެން ދަރިފުޅަށް ބަލާލިއެވެ. އޭނާ ދެން އެންމެ އުއްމީދު ކުރަނީ އެ ދަރިފުޅު ބޮޑުވެގެން ރަނގަޅު މުސްތަޤްބަލެއް ހޯދާނެ ދުވަހަކަށެވެ. ޔޫސުފް ފަދައިން މިންހާވެސް ވެގެން ދާނީ ބަސްއަހާ ކިޔަަމަންތެރި ކުއްޖަކަށްކަން ޔަގީނެވެ.
ޔަޒަންއާއި އަލާޔާ ފޯރިއާއެކު ކުޅެމުން ދިޔައެވެ. ލައިޝާއާއި އަކްޔަން އަދި އާޔާ ކުޑަކަމުން އެކުދިން ލަވައިގެން ކުޅެން ޔަޒަންއާއި އަލާޔާ އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ. އެކަމާ ރުޅިގަދަ ވެގެން އާޔާ ބޮޑާ ހާކަން ފެށިއެވެ. އެންމެފަހުން އިޝަލްއާއި އަހާން އައިސް އެތިން ކުދިން ގޮވައިގެން ދިޔައެވެ. އާޔާ މަތަވީ އަހާންއަށް އެކަންޏެވެ. އައިރާއާއި ޔާޒްއަށް ވުރެ އާޔާ އަހާންއާ ދޯޅެވެ.
ކޮއްކޮމެން އައިސް ކުދިން ގެންދިޔުމުން ހަ ކުދިން އެކަނި ތިބެ ވާހަކަ ދައްކާލަން ފުރުސަތު ލިބުނެވެ. “ލުކް އެޓް އަސް ނަވާ. އަހަރުން މީ ދުނީޔޭގެ ޗެމްޕިއަންސްގެ ވައިފުން” ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިގެން އަލައިކާ ބުނި ގޮތުން ނަވާރްއަށް ހެވުނެވެ. އަދި އަލައިކާގެ ވާހަކައާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “އަލްކޮގެ ބައްޕައަކީ ވޯލްޑް ޗެމްޕިއަންއެއް. އަންކަލްއަކީ ވޯލްޑް ޗެމްޕިއަންއެއް. ކަޒިންއަކީ ވޯލްޑް ޗެމްޕިއަންއެއް. ހަސްބަންޑަކީވެސް ވޯލްޑް ޗެމްޕިއަންއެއް. އަލްކޮ ވަށައިގެން ހުސް ޗެމްޕިއަނުން” ޔާޒް ވިސްނަން އިނދެފައި ބުނެލިއެވެ. އަލައިކާއަށް ވާއު ބުނެވުނީ އެކަން ކުރިން އޭނާއަށް ވިސްނިފައި ނެތުމުންނެވެ. ކުޑަކޮށް ފޮނިވެފައި އެއްބުމަ ހިއްލާލިއެވެ. “މަ ހިތަށް އަރާ ކޮއްކޮމެން އުޅޭނީ ކިހިނެއްބާއޭ. އިޝަލް އެއިޓީން ވެގެން ވަރަށް ފޮނިވެފަ އުޅުނު. އިނގޭތަ ބައްޕަ ގާތުގަ ބުންޏޯ ތިމަންނަ އިންނާނީ ލަންޑަން ކުއްޖަކާއޯ. އާސެނަލް އަންހެން ޓީމުގަ އުޅޭ ކޮންމެސް ކުއްޖަކު އިޝަލްއާ ހެދި އުޅެއޯ އޭނަ ބުނި!” އަކްމަލް ފަދައިން އިޝަލްއަކީ ވެސް ގޯލް ކީޕަރެކެވެ. އަކްމަލް އާސެނަލްގެ ކޯޗުކަމާއި ހަވާލުވުމާއެކު އާސެނަލްއިން އެމީހުންގެ ޖޫނިއާރ ޓީމަށް އިޝަލް ހޯދިއެވެ. ސަތާރަ އަހަރުގައި އިޝަލް ވަނީ އާސެނަލްގެ ބޮޑު ޓީމަށް އެފްއޭކަޕްގައި ކުޅެދީ ހުރިހާ މެޗަކުން ކްލީން ޝީޓް ހަދާފައެވެ. އަކްމަލް ފަދައިން އިޝަލްއަކީވެސް ހުނަރުވެރި ގޯލް ކީޕަރެކެވެ. ހުނަރާއި އެއްވަރަށް އަކްމަލްގެ ރީތިކަން ވެސް އިޝަލްއަަށް ވަނީ ލިބިފައެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ފިރިހެންވަންތަ ސޫރައެކެވެ. ލަންޑަން ކުދިންގެ މެދުގައިވެސް އިޝަލް ވަނީ މަޤުބޫލުވެފައެވެ. އެކަމާ އޭނަ ހުންނަނީ ވަރަށް ފޮނިވެސް ވެފައެވެ.
“މަގޭ މަސްކަނީ ދޯ!” ފަހަތުގައި އިނދެ އިޝަލް ކުސްތަޅާލިއެވެ. “ޕްލީޒް މިތަނުން ފޮނުވާ ނުލާތި. މަށަށް މިހާރު އަށާރަ ވެއްޖެދޯ” އިޝަލް ފޮނުވާލަން ވެގެން އެއްޗެކޭ ބުނަން އަލައިކާ އަނގަ ހުޅުވާލުމާއެކު އިޝަލް އާދޭހުގެ ރާގެއްގައި ބުންޏެވެ. އަލައިކާ ހޫން އަޅުވާލުމާއެކު އިޝަލް ހީލިއެވެ. އިޝަލް ހަތަރު އަހަރު ކުރިމް ބޭނުންވި ކަންތައް ވުމުން ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލިއެވެ.
ހަތަރު މަސް ފަސް…..
ބެލެންޑިއޯ އެވޯޑް ނައިޓަށް ރާއްޖޭގެ އެމްއައި ރިސޯރޓް ވަނީ ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. އެވޯޑް ހަފްލާ އޮންނަ ހޯލަށް ދިއުމަަށްޓަކައި ހުރި މަގުތަކުގައި ވަނީ ރަތްދޫލަ އެޅިފައެވެ. ރަތްދޫލަ މަތިން ކުރިއާއި މިހާރުގެ ކުޅުންތެރިން އެމީހުންގެ އާއިލާއާ އެއްކޮށް ހޯލަށް ވަންނަމުން ދިޔައެވެ. ހަފްލާ ހުށަހަޅައިދޭން ތިބީ ރާއްޖޭގެ އެންމެ މޮޅު ދެ ޕްރެޒެންޓަރުންނެވެ. ރަތްދޫލަ މަތިންވެސް ކުޅުންތެރިންގެ އިންޓަވިއު ނަގަމުން ދިޔައެވެ.
ގިނަ ބައެއްގެ ލޯތަށް ހުއްޓުނީ ރަތްދޫލަ މަތިން ހިނގައިފައި އަންނަމުން ދިޔަ ޔޫސުފްގެ ކުޑަ ކުޑަ އާއިލާއަށެވެ. ކަޅު ކުލައިގެ ކޯޓު ފުޓުލޫނުގައި ޔޫސުގް ހުރިއިރު އަންހެނުން ނަވާރް ހުރީ އެއްކޮށް ދިގުކޮށް ހުރި ކަޅު ހެދުމެއް ލައިގެންނެވެ. ހެދުމުގެ އެއް އަރިމަތީ މަތިން ފެށިގެން ތިރިއަށް ރިހި ކުލައިގެ ފަށެއް އަޅައިފައި ހުއްޓެވެ. އެފަށާ ގުޅޭގޮތަށް ނަވާރް އިނީ ރިހި ކުލައިގެ ޝޯލެއް އަޅައިގެންނެވެ. އެދެމީހުންގެ އަތުގައި ހިފައިގެން އިން އަންހެން ދަރިފުޅު ލައިޝާ ހީވަނީ ޕަރީއެއް ހެންނެވެ. ކަކުލާ ހަމައަށް އަންނަ ހުދު ކުލައިހެ ހެދުމުގެ ފަސްބައި ހުރީ ފުއްޕާފައެވެ. ހެދުން ދަށުން ހުދު ކުލައިގެ ސްޓޮކިންއެއް ލައްްވައިފައި ހުއްޓެވެ. ކޮނޑާ ހަމައަށް އޮތް ފަން އިސްތަށިކޮޅު ދޫކޮށްލައިފައި އޮތްއިރު ކޮކާލެއް ގޮތަށް އިން ދައްޗެއް ބޮލުގައި އެއް އަރިމަތީގައި ޖަހައިފައި ހުއްޓެވެ. އިންޓަވިއު ކުރަން އިން ކުއްޖާ ޔޫސުފްގެ އާއިލާއަށް ތަޢުރީފު ކުރިއެވެ.
ރަތްދޫލަ މަތިން އެންމެ ފާހަގަކޮށްލެވޭ ޖޯޑަށްވީ އަލައިކާއާއި އަލްޔަސްގެ ޖޯޑެވެ. އަލައިކާ އަކީ ވެސް ފުޓުބޯޅައިގެ އާއިލާ ދަންނަ މޫނަކަށް ވުމުންނެވެ.
ކޮންމެ ތަރިއަކާ ސުވާލުކުރުމުންވެސް އެ އަހަރުގެ އެވޯޑް އެންމެ ހައްޤު ކުޅުންތެރިޔަކީ ޔޫސުފް ކަމުގައި ބުނެއެވެ. ވޯލްޑްކަޕްގެ އިތުރަށް އޭނާވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގައި ޕްރިމިއާރ ލީގުގެ ތަށި ހޯދައިދީފައެވެ. ތިން މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެެ.
އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ޔޫސުފް މަޓެއޯ އަދި ކްރިސްޓިއާނޯ ޖޭއަރްއެވެ. ކްރިސްޓިއާނޯ ޖޭއާރް އަދި މަޓެއޯ އާ އެއް ސްޓޭޖެއް ހިއްސާކުރަން ލިބުނީތީވެ ޔޫސުފް ފަޚުރުވެރިވިއެވެ. އެއީ ނަމޫނާއެއް ގޮތުގައި އޭނާ ބެލި ތިން ކުޅުންތެރިންނެވެ. އެދެކުޅުންތެރިންގެ ފަރާތުން ތަޢުރީފުގެ ބަސްތައް އޭނާއަށް ލިބުމާއެކު ހިތް އުފަލުން ނަށާލިއެވެ. ސްޓޭޖް މަތީގައި އިން އިރު އޭނާގެ އާއިލާ މީހުންގެ މޫނު މަތީގައިވި އުފާވެރިކަން ޔޫސުފްއަށް ފެންނަމުން ދިޔައެވެ.
މެސީ ރޮނާލްޑޯ އަދި އާރާޝް ސްޓޭޖަށް އައުމަށް ހުށަހަޅައިދޭން އިން ކުއްޖާ އެދުނެވެ. ދަރިންނަށްޓަކައި ފަޚުރުވެރިވެފައި ތިބެ ތިން ތަރިންވެސް ސްޓޭޖަށް އެރިއެެވެ. އެ މީހުންގެ މޫނުމަތީގައިވި ނުފުލާ ހިނިތުންވުމުންވެސް ދަރިންނަށްޓަކައި އުފާކުރާކަން އެނގެއެވެ.
“އަހަރެން ނެތިން ދޮގު ހަދާކަށް. ޔޫސުފްއަކީ އޭނާ ބައްޕަ އާރާޝް ފަދައިން ވަރަަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް. ޒުވާން އުމުރުގައި ކެޕްޓަނެއްގެ ގޮތުގައި ވޯލްޑް ކަޕް ތަށި އުފުލާލެވޭނީ ވަރަށް މޮޅު ކުޅުންތެރިއަކަށް ވީމަ. ހަގީގަތުގައި މިރޭގެ މި އެވޯޑް ހައްގުވާ ކުޅުންތެރިއަކީ އެއީ” ހުށަހެޅުން ތެރިން އެވޯޑް ލިބޭނީ ކޮން ކުޅުންތެރިއަކަށްތޯ މެސީއާ ސުވާލު ކުރުމުން މެސީ ދިނީ ވަރަށް ފުރިހަމަ ޖަވާބެކެވެ. އެ ޖަވާބަށް ތާއިދު ކުރުމުގެ ގޮތުން ރޮނާލްޑޯ ބޯ ޖަހައިލިއެވެ. ފަޚުރުވެރިކަމާއެކު ދަރިފުޅާ ދިމާއަށް ބަލާލިއެވެ.
“މި އަހަރުގެ ބެލެންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔަކީ ރާއްޖޭ އަދި ލިވަޕޫލްގެ ޒުވާން ކުޅުންތެެރިޔާ ޔޫސުފް ހަސަން އާރާޝް!” ޔޫސުފްގެ ނަން އިއުލާން ކުރި ވަގުތު މުޅި ތަނުގައި އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ.
ހިތަށް ލިބުނު އުފާ އެވަގުތު ބަޔާން ކޮށްދޭންވެސް ޔޫސުފްއަށް އުނދަގޫވިއެވެ. ބައްޕަގެ އެވޯޑްތަކާ ތަށިތައް ފެނި ބެލެންޑިއޯ ހޯދުމަކީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން އެހާ ޅައިރު ހަގީގަތަކަށް ވެދާނެ ކަމަށް ފަހަރުގައިވެސް އޭނާ ހީނުކުރެއެވެ. ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންނާ ވާދަކޮށް އޭނާ އެވަނީ އެ އެވޯޑް ކާމިޔާބުކޮށްފައެވެ. އުފާވެރި ކަމުގަ ކަރުނަ އެ ލޮލުން ނީރާލިއެވެ. ކުޑަ ކުއްޖެން ފަދައިން ބައްޕަ ގައިގައި ބައްދާލެވުނެވެ.
އަމިއްލަ އަތުން ދަރިފުޅަށް ބެލެންޑިއޯ އެވޯރޑް ދޭން ދެކެމުން އައި ހުވަފެން މިހާ އަވަހަށް ހަގީގަތަކަށް ވެދާނެ ކަމަަކަށް އާރާޝް އުއްމީދެއް ނުކުރެއެވެ. ދަރިފުޅު އައިސް ބައްދާލުމުން ފަޚުރުވެރި ކަމާއެކު އެ ދަރިފުޅު ގައިގައި އާރާޝް ވެސް ބައްދާލިއެވެ.
އާރާޝް އަތުން ޔޫސުފްއަށް ބެލެންޑިއޯ އެވޯޑް ދެވިގެން ދިޔައެވެ. ގިނަ ބައެއްގެ ތައުރީފު އެ ދެބަފައިންނަށް ލިބުނެވެ.
“މި ވަގުތު ކުރެވޭ އިހުސާސްތައް ބުނާކަަށް ނޭންގެ. ވަރަށް އުފާވޭ. މި ހިސާބަށް އަސްލު މި އާދެވުނީ ގިނަ ބައެއްގެ އެހީއާ އެކު. ފުޓުބޯޅައިން ކުރިއަށް ދާން އެންމެ އެހީވީ އާއިލާއިން. ދެރަވާ ވަގުތު ހިތްވަރު ދީ އަހަރެންގެ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނީ އެމީހުން. ދެން އަހަރެންގެ ކޯޗު ފިރްމިނޯއާއި އެކުގައި ކުޅުނޫ ކުޅުންތެރިން ޚާއްސަކޮށް އަލްޔަސް. އެ އެންމެންނަށްވެސް މި ވަގުތު ޝުކުރު އަދާކުރަން ބޭނުން. އަދި އަހަރެންގެ އަންހެންނުނަށް ވަރަށް ޚާއްސަކޮށް ޝުކުރު އަދާކުރަން ބޭނުން” އޭނާއަށް އެހީވެދިން އެންމެންނަށް ޔޫސުފް ޝުކުރު އަދާކުރިއެވެ. އެވަގުތު ގިނަ ވާހަކަ ދައްކަން އޭނާއަށް އުނދަގޫވިއެވެ.
މާލެ ގޮއްސައި ދަރިފުޅު ލައިޝާ ނިންދަވައިފައި ޔޫސުފް އަދި ނަވާރް ދިޔައީ ޓެރަހަށެވެ. ދެމީހުންގެ ލޮލުގައިވެސް ނިދީގެ ކަންފުޅެއްވެސް ނެތެވެ.
“މަށަކަށް ހިއެއް ނުވޭ މިރޭ ނިދޭނެހެންވެސް. ތެދައް ބުނަނީ ނަމަ އަހަންނާ ނަވް ދިމާ ނުވިނަމަ މި ކާމިޔާބީ ނުހޯދުނީސް ކަންނޭންގެ!” ނަވާރް އުނގުގައި ބޯ އަޅައިގެން ޔޫސުފް އޮތީ އުޑުގައިވި ތަރިތަކަށް ބަލާށެވެ. “އެއީ ކީއްވެ؟” “އެއީ ނަވްއާ ދިމާ ވުމުގެ ކުރިން ބޮޑަށް އަހަންނަށް އުޅެވުނީ އަންހެން ކުދިންގެ ތެރޭގައި މަގޫބޫލުވާން. އަސްލު ކެރިއާރ އަށް ވުރެ އެކާމ ވިސްނެނީ. އެކަމް ނަވްއާ ދިމާ ވެގެން ލޮތްބަކީ ކޯޗެއްކަން ދަސްވީ. ދުވަހަކުވެސް ހިތަކަށް ޓުވެންޓީ ތްރީ ވާއިރު މެރީ ކޮށްގެން ބައްޕައަކަށް ވެދާނެ ކަމަކަށް. ތެދަށް ބުނަނީނަމަ އަހަރެންގެ ހަޔާތުގައިއާ އެންމެ އުފާވެރި ދުވަހަކީ ލައި އުފަންވި ދުވަސް. އެކުޑަ ލޯބި ލޯބި ފުށްގަނޑު އުރާލި ވަގުތު ހިތްވިރިގެން ދިޔަ. އެދުވަހާ އަޅާ ކިޔާފަ މިއަދު އަދި ވޯލްޑް ކަޕް ތަށި ލިބުނު ދުވަސް ނުވާނެ އެކައްޗަކަށްވެސް. އަހަރެން ހަޔާތުގެ ރާސްތާ އެންމެ މުހިންމު ބަޔަކީ އާއިލާ. ޚާއްސަކޮށް ނަވް އަދި ލައިޝާ. ހަޔާތުގެ މި ރާސްތާގައި އަހަންނާއެކު އަބަދުގެ އަބަދަށް ނަވް ހުރެދެއްޗޭ!” ނަވާރް އަތުގައި ހިފައިލައިފައި ޔޫސުފް އެދުނެވެ. “އިންޝާﷲ އަބަދުވެސް ޔޫސުފްއާ އެކު ވާނަން” ހިނިތުންވެލަމުން ނަވާރްވެސް ޔޫސުފް އަތުގައި ހިފައި ބާރުކޮށްލިއެވެ.
ނިނުނީ
18 Comments!
Comments are closed.
Salam my beloved readers. Here is the last part of rastha2. Hope you all enjoyed reading the stry. I wud like to thank all the readers who supported me. I wdnt be able to do this without all of you. Sooo thank u all for supporting me.
vrh salhi srty eh i loved it keep it up
alheyy vhk nimuny thr
Alhe nimuny dhww… kada ennu..
Mi vv shaugu verikoh kiyaalevunu stry eh
Season 3 nereynetha???loved this story….
???Kiyaa plxxxxx season 3 neredheythi ingey.. Haadha avahey nimunuleh.. Heevanee stry therey ga ulhevey hen.. Ehaa ves nice mi stry.. Mashaa Allah….mee hama best forever… Love you
Alhey Nimuny dhw mi story vx???…Vvvvvvvvvvvvv reethi fahu bai vx??????..dhn kn irakun thr kiyaa ge story eh kiyaalan libeynee…
Alhey nimuny dhww…. Season 3 ves neredhehchey…… Hurihaa episode eh ves kiyan ekamu adhi kiriyaa dhw comment eh mikohlevuny❤️❤️
?????Koya mii eyru Aish kuraa commentu???kuru kuru dhw
Vrh kuru hehehebd
Kuruvaanu Dhw.. Eyru santhi akah neyngey vihyaa dhigu comment kuraakah Dhw Aisaa
Varah furihama.. vvvv reethi vaahaka eh..
Love it….hope u will upload prt 3 also
MashaAllah Vaahaka Varah reethi keep it up Kiyaaaaaaaaaaara dhoony # lovefrmmessi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
Loved it….❤❤
Mihaathanah kiyunu emme reethi story. Loved it. Pls pls pls season 3 nerehchey.
Koba Ril nimunii thr
Kiyaafin cmnt tha aish but adhi mioleny Mi s ge 6 vana part gaa 2 days therey ninmaalevey varu vaane Buxy noonee Aaa Hheehhehehe dhen manzil stry kiyaafanshaany eah cmnt ves kuraana ingey aish hehe
Manje kuraa cmnt eyru vrh kuru hehehhe