Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ސަތާރަވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 28, 2020 7 Mins Read
11 Comments

“މަންމާ ކޮބާތަ ޒެކް؟” ގޭތެރެއަށް ވަތް އާރިޝްއަށް ޓީވީ ބަލަން އިން އަސްމާ ފެނުމުން އަހައިލިއެވެ. “ޝަމީމް މެން ގެއަށޭ ކިޔާފަ ދިޔައީ.” އަސްމާ ބުންޏެވެ. “އެހެންތަ. އޭނަ ގެއަށް އައީމަ ބުނައްޗޭ އަޅުގަނޑުގެ ކޮޓަރިއަށް ވަދެލަން އިނގޭ މަންމާ!” އާރިޝް ބުނި ބުނުމަށް އަސްމާ ހްމްމް އެކޭ ބުނުމުން އާރިޝް އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ އާރިޝް އާއި ދިމާލަށް އަސްމާ ބަލައިލީ ހިތްދަތިވެފައިވާ ފަދަ ގޮތަކަށެވެ. އަސްމާ އިއްޔެ އާރިޝް އަށް ހާމަކޮށްދިން ޙަޤީޤަތަށް އެއްވެސް ބަހެއް އަދިވެސް އާރިޝް ނުބުނެއެވެ. އަސްމާ އެ ވާހަކަތައް ހަމައެކަނި އާރިޝް އާއި ޚިއްޞާ ކުރީ އެއީ މިވަގުތު އެންމެ ބޮޑަށް ހުރި ދަރިއަށް ވީތީއެވެ.

ޓީވީ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން ޚިޔާލަކަށް ގެއްލިފައި އިން އަސްމާއަށް އެތެރެއަށް ވަތް ނައިޒަކް ފެނި އިންތަނުން ތެދުވެވުނެވެ. “ދަރިފުޅު ހާދަ ލަހަކުން ތިއައީ؟” ނައިޒަކް އައިސް ސޯފާގައި އިށީނުމުން އަސްމާ އެހިއެވެ. “އާނ އެއީ ޝައްމު އާ ބައްދަލުކޮށްލާފަ އަންނަނިކޮށް ޒް.. ރައްޓެއްސަކާ ދިމާވެގެން އޭނައާ ވާހަކަ ދައްކާލަން މަޑުކޮށްލީ.” އިސްތަށިގަނޑު ތެރެއަށް އަތް މަހައިލަމުން ނައިޒަކް ބުންޏެވެ. ނޭނގޭ ސަބަބަކާ ހުރެ ނައިޒަކް އަށް ޒައިންގެ ނަން ބުނަން ފަސްޖެހުނެވެ. މިކަމެއް ކުރިމަތީގައި ހުރި އަސްމާ އަށް ފާހަގަވިހެނެއް ހިޔެއްނުވެއެވެ. “އެހެންވަނީ ދޯ. ތިއްތިބެ އުޅުނު ދަރިފުޅު ހޯދަން. ދޭބަލަ ތިއްތިބެ ކޮޓަރިއަށް.” އާރިޝްގެ ކޮޓަރިއަށް އިޝާރާތް ކުރަމުން އަސްމާ ބުންޏެވެ. އާރިޝްގެ ކޮޓަރިއަށް ބަލައިލަމުން ނައިޒަކް ތެދުވެ އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައިރު ހިތުގެ އެއްކަނަކުން ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭކަމަށް ގޮވައިލައިފިއެވެ.

އާރިޝްގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލަމުން ނައިޒަކް އައިސް އެ ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. އޭރު އާރިޝް ހުރީ އެ ކޮޓަރި ބެލްކަނީގައި އުޑަށް ނަޒަރު ހުއްޓައިލައިގެންނެވެ. “ޒެކް އާދެބަ.” ނައިޒަކް އާއި ދިމާލަށް ބަލައިލަމުން އާރިޝް ބުންޏެވެ. ނައިޒަކް ތެދުވެ އާރިޝް ކައިރިއަށް ދިޔައެވެ. އަދި ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތިއްތިބެ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން ޒެކް މި ގެނައީ.” ނައިޒަކް އަށް އާރިޝްގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމެވެ. ކުރިން އަބަދު ވައްތަރު ޖައްސައި ކަޖާކޮށް ހަދާ މީހާ މިދުވަސްކޮޅު ހުންނަނީ ވަރަށް ސީރިއަސް ވެފައެވެ. ނައިޒަކް އަށް އާރިޝްގެ އެ ބަދަލުވަމުން ދާ މިޒާޖު އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. “ތިއްތިބެ މިދުވަސްކޮޅު ހާދަ ސީރިއަސްވެފަ. ކިހިނެތްވީތަ އަނެއްކާ؟” ސީރިއަސް ކަން ވެރިވެފައިވާ އާރިޝްގެ މޫނަށް ބަލައިލަމުން ނައިޒަކް އަހައިލިއެވެ. “ތި ވާހަކަ ދައްކަންވެގެނޭ ޒެކް މި ގެނައީ. މިއުޅެނީ ޒެކް އަށް ނޭނގޭ ވަރަށް ބޮޑު ވާހަކައެއް ކިޔައިދޭންވެގެން. ނޭނގެ ޒެކް ގަބޫލުކުރާނެކަމެއްވެސް. އެކަމަކުވެސް ޒެކް އަޑުއަހާ. ޒައިންއަކީ ޒެކްގެ ފްރެންޑަކަށް ވިޔަސް އެއީ އަސްލު ޒެކްގެ ބޭބެއެއް. އަހަރެންގެވެސް. އަހަރުމެން ފަސްމީހުންގެ އެއްބަނޑު އެއްބަފާ ބޭބެ އެއީ.” އާރިޝްގެ ދުލުން ނުކުތް އެ ޖުމުލަތައް ނައިޒަކް އަށް ޤަބޫލުކުރަން ދަތިވިއެވެ. ހީވީ ދުނިތީރުތަކެއް އޭނާގެ ކަންފަތަށް ހަރައިލި ހެނެވެ. ނަމަވެސް އެވާހަކަ އެބުނީ އާރިޝްގެ ދުލުންނެވ. އާރިޝް އެއްވެސް ކަމެއްގައި ދޮގެއް ނުހަދާނެކަން ނައިޒަކް އަށް އިނގެއެވެ. ” ހެހެ.. ގަބޫލުކުރަން ދަތި ދޯ!” ދެލޯ ހަނިކޮށްގެން އާރިޝް އާއި ދިމާލަށް ބަލަން ހުރި ނައިޒަކްއަށް ބަލައިލަމުން އާރިޝް ބުންޏެވެ. ނައިޒަކް މަޑުމަޑުން ބޯ ޖަހައިލިއެވެ. ފުން ނޭވާއެއް ފަޒާތެރެއަށް ދޫކޮށްލުމަށްފަހު އާރިޝް ނައިޒަކް އަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އަސްމާ އެ ވާހަކަތައް ކިޔައިދިން ގޮތަށް އެންމެ އަކުރަކަށްވެސް ބަދަލެއް ނުގެނައިސް އާރިޝް ނައިޒަކްއަށް އެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ތިއްތިބެ ހިތަށް އަރަނީ ޒެކް އާ ޒައިން އާ ދެމީހުން ތިހާ ގާތްކޮށް އުޅޭއިރުވެސް މިކަހަލަ އެއްވެސް ކަމެއް ޒެކް އަށް ފާހަގަ ނުވަނީ ކީއްވެގެންބާއޭ.” އެންމެ ވިލާ ރޮއްޖެއްވެސް ނުވާ ސާފު ނޫ އުޑަށް ނަޒަރު ހުއްޓައިލްމުން އާރިޝް ބުންޏެވެ. “ތިއްތިބޭ. އަހަންނަށްވެސް ތިކަހަލަ ކަންތައްތަކެއް ފާހަގަވިއޭ. ކުރިންވެސް އަހަރުމެން ދެއްކީމެއްނު އެ ވާހަކަ. އެކަމަކު ދެން ދުނިޔޭގަ ވެސް އިއްތިފާގުން އެއްވައްތަރެއް ޖަހާ ދެމީހުން އުޅޭ އޭ ކިޔާތީ އަހަރެން އޭނަގެ ވާހަކަ ފަހުން ފަހުން އައިސް ނުދެއްކީ. އޭނާގެ ފުރިހަމަ ނަމަކީވެސް ޒައިން ޢަލީ ޒައިދް. އަހަރެން ހީކުރީ އެއީ އެހެން ޢަލީ ޒައިދް އެއްގެ ދަރިއެއްކަަމަށް. އެކަމަކު އެންމެ ފަހުން ޒައިން މި ވީ ހަމަ އަހަރުމެންގެ އުފަން ބައްޕަގެ ވެސް ދަރިއަކަށް.” ނައިޒަކް ބުންޏެވެ. ނައިޒަކް ވާހަކަ ދެއްކި އިރު އޭނާގެ ލޮލުން ކަރުނަ ނުފައިބައި ހުރީ ހަމަ ކިރިޔަ ކިރިޔާ އެވެ. ލޮލުތެރޭ ފުރި ބާރުވަމުން އަންނަ ކަރުނަތައް ހިފަހައްޓައިގެން ނައިޒަކް ހުރީ އިސްޖަހައިލައިގެންނެވެ. “ކީއްކުރާނީ ދޯ. ތަޤްދީރު އަހަރުމެނާ ސަމާސާ ކުރީ. އަހަރުމެން ކުޑައިރު އުފަލާ އަރާމާ ހިތްހަމަޖެހުމުގަ ދިރިއުޅުނުއިރު އެ ބޭބެ އުޅޭނީ ކޮންފަދަ ޙާލެއްގަ ކަމެއްވެސް އިނގެނީކީނޫން. ދެން ﷲ އިރާދަކުރެއްވިއްޔާ އެ ބޭބެގެވެސް މާޒީ ފޮނިވާނެ..” މިހާ ހިސާބަށް ބުނެވުނު ތަނުން އާރިޝްގެ ލޯ ކަރުނުން ފުރެން ފަށައިފިއެވެ. ދެލޯ ފުހެލުމަށްފަހު ކޮޓަރިއަށް ވަނީ އިތުރަށް އެތާ ހުންނަން ކެތް ނުވެގެންނެވެ. ބެލްކަންޏަށް ޖެހޭ ފިނިފިނި ވައިރޯޅިވެސް އެއީ އާރިޝްގެ ދުޝްމަނުންހެން ހީވާ ކަހަލަ އެެވެ.

ބަދިގެ ތެރޭ ސަކަރާތްޖަހަމުން ދިޔަ ތިން މީހުން ވެސް ހުނުން ހުއްޓައިލީ ޒައިންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ސްކްރީނަށް އަރައިފައި އޮތް ނުދަންނަ ނަމްބަރު ފެނި ޒައިންގެ ދެބުމަ ގޮށް ޖެހުނެވެ. ނުދަންނަ ނަމްބަރުތަކުން ޒައިންއަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަކީ ޒައިންގެ އާދައަކަށް ނުވުމުން ފޯނު ސައިލެންޓަށް ލައިފައި މޭޒުމަތީގައި ބޭއްވިއެވެ. “ކާކުތަ ގުޅީ؟” ބަތް ސުވަލެއް އަނގައަށް ލަމުން ޝިމާޔާ އެހިއެވެ. “ނޭނގެ ފާޑެއްގެ ނުދަންނަ ނަމްބަރެއް.” އެއްވެސް އަސަރެއް ނެތް ގޮތަކަށް ޒައިން ބުންޏެވެ. ދެވަނަ ސިކުންތު ގައި ޒައިންގެ ފޯނުގެ ސްކްރީނު ދިއްލުމުން އަނެއްކާވެސް ޒައިން ފޯނަށް ބަލައިލިއެވެ. މިފަހަރު އެ ނުދަންނަ ނަމްބަރުން އިނީ މެސެޖު ކޮށްފައެވެ. ދެބުމަ ގޮށް ޖަހައިގެން އިނދެ ފޯނު ނަގައި ޒައިން އެ މެސެޖު ކިޔައިލިއެވެ. މެސެޖު ކިޔަމުން ދިޔަ ޒައިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށިއެވެ. “އެއްކަލަ އާރިޕް މި ގުޅަނީ.” ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޒައިން ބުންޏެވެ. ޒައިންގެ ޙަރަކާތްތަކަށް ބަލަން ޝިމާޔާ އާއި ޝަމީމް އިނީ ހެވިފައެވެ. “ހަލޯ.. އޭ ބްރޯ ހާދަ ދުވަހެއް ކޮށްލާފައޭ ތި ގުޅާލީ.” ފޯނު ކަންފަތުގައި ޖައްސައިލަމުން ޒައިން ބުންޏެވެ. “ހެހެ.. އާނ ދޯ. ވަރަށް މިސްވި ޒައިން މަތިން…..” ދެ އެކުވެރިންގެ ވާހަކަ ފެށުނީ އެހިސާބުންނެވެ. ޝަމީމް މެން ކައި ނިމުނުއިރުވެސް ޒައިން އިނީ ފޯން ކޯލުގައެވެ. “ބްރޯ ދެން ބާއްވަމާ. އަދި ކައި ނުނިމިގެން މިއުޅެނީ. ފަހުން ޚަބަރެއް ވެލައްޗޭ.. އާނ އޯކޭ.” ޒައިން ފޯނު ބާއްވައިފައި ތަށީގައި ބާކީ ހުރި ބަތްކޮޅު އަވަސްއަވަހަށް ކައިލިއެވެ. އަދި ލުނބޯ ޖޫސް ތަށި އެއް ނޭވާއިން ބޮއެލުމަށްފަހު އަތްދޮވެލައިގެން އޭނާގެ ފޯނު ހިފައިގެން ސިޓިންގް ރޫމަށް ދިޔައެވެ. ޝިމާޔާ ތަށިތައް ނަގައި ބަދިގެތެރެ ސާފުކޮށްލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ގޭގެ ބޮޑު ދޮރުގައި ޓަކި ޖަހާ އަޑަށް ޝަމީމް ސޯފާ އިން ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރި ލައިލާ ފެނި ޝަމީމްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ލޮއިލޯ.” ލައިލާ އާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން ޝަމީމް ލައިލާ އާއި ދިމާކޮށްލިއެވެ. “ހަހް. އަނެއްކާ އަނެއް ހަ ކަންތައް. މީނާ އާ ޖެހިއްޖެއްޔާ ނޯންނާނެ ސަލާމަތެއް.” ޝަމީމްއާއި ދިމާލަށް ކަޅި އަޅައިލައިގެން ހުރެ ހިތާ ހިތުން ލައިލާ ޝަމީމްއަށް ކުދިކިޔަމުން ދިޔައެވެ. “ކޮބާތަ ޝިމާ؟ އޭނަ ހޯދަން މި އައީ.” ކިތަންމެ ރީތިކޮށް ވާހަކަދައްކަން އުޅުނަސް ލައިލާ އަށް ވާހަކަ ދެއްކުނީ ރުންކުރު ރާގަކަށެވެ. “އައްދެ. އަހަރެން ހަމަ އެހާ ލޯބިން ގޮވާލީމަވެސް ރުޅިއައީ؟” ލައިލާ އަށް އެތެރެއަށް ވަންނަން ތަންދައްކަމުން އަނެއްކާވެސް ޝަމީމް ލައިލާ އާއި ދިމާކޮށްލިއެވެ. ލައިލާ އެއްވެސް އެއްޗެކޭ ނުބުނެ ޝިމާޔާގެ ކޮޓަރިއަށް ދިޔައެވެ. “ޝަމީމް ވެސް މޮޅޭ ދޯ އަންހެން ކުދިންނާ ބެހެން.” ސޯފާގައި ޝަމީމް އިށީނުމުން ޒައިން ބުންޏެވެ. “ހެހެ. އެއީ ދެން ޝިމްގެ ބެސްޓް ފްރެންޑް ވީމާ ހަމަ ދިމާކޮށްލީ. ކުރިން ސްކޫލް ގަ އުޅުނުއިރުވެސް ވަރަށް ދިމާކުރަން އޭނައާ. ވަރަށް ރުޅި އަންނާނެ އިނގެ. އިނގޭތަ. އޭރު ސްކޫލްގަ އިންޓަވަލް އިން އައިސް އަހަރެން އޭނަ އާ ދިމާކޮށްލީމަ ގާ ގަނޑަކުން އެއްލާ މަގޭ ނިއްކުރިން ތަންކޮޅެއް ހަލާކުކޮށްލިއޭ. ހަަހަހަ.” ޝަމީމް ހެމުން ހެމުން ބުންޏެވެ. ޒައިން ދެފަރާތަށް ބޯ ހޫރުވައިލީ އެކުވެރިޔާގެ ހުންނަ ސަކަގޮތްގަނޑު އަދިވެސް ނުކެނޑޭތީއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އެއް ހަފްތާ ފާއިތު ވެއްޖެއެވެ. ރަށަށް ވެރިވެފައިވާ ފަނޑު އަނދިރިކަން ނައްތައިލީ ކަނޑު މެދުން ބޯ ދިއްކޮށްލި އިރެވެ. ހިނިތުންވެލައިގެން އިރު އަރަމުން ދިޔައިރު މޯޅިވެފައިވާ ގަސްގަހާގެއްސާއި މާމެލާމެއްޔަށް ދިރުންގެނުވައިދެމުން ދިޔައެވެ. ހެނދުނުގެ މި ވަގުތު އާރިފް ބޭރަށް ނުކުތީ އޭނާގެ ބައްޕަގެ އެދުމަކަށް ޒައިންގެ މެން ގެއަށް ދިއުމަށެވެ. ޒައިން އެ ރަށް ދޫކޮށް މާލެ ދިޔަފަހުން އެ ގެ ވަނީ އެއްކޮށް ފަޅުވެފައެވެ. ގޭގެ ވަށައި ފާރުގައި ރެނދު ލައިފައި ވާއިރު ގެއަށް ވަންނަ ދޮރު އިނީ ކިރިޔާ ނުވެއްޓިއެވެ. އާރިފް އެގެއަށް ވަދެ ހަމީދާ ގެ ކޮޓަރިއަށްވަނެވެ. ހިރަފުހުން އެ ކޮޓަރި ފުރިބާރުވެފައި ވާއިރު އެކި ދިމިދިމާލުގައި މަކުނުވާ އަޅައިފައި ހުއްޓެވެ. އާރިފް ވަރަށް ޙާލުން އެ ކޮޓަރީގައި ހުރި އަލަމާރި ކައިރިއަށް ދިޔައެވެ. އަލަމާރި ހުޅުވައިލުމާއިއެކު އެންމެ ފުރަތަމަވެސް އާރިފްގެ މޫނަށް ހިރަފުސްބުރީއެވެ. ދެލޯ މަރައިލައި އުނގުޅައިލުމަށްފަހު އަނެއްކާވެސް އާރިފް ދެލޯ ހުޅުވައިލިއެވެ. އާރިފްގެ ބައްޕަ ބުނި ފޮތިގަނޑު އެ އަލަމާރި ތެރެއިން އާރިފްއަށް ފެނުމާއެކު އެ ނަގައި އޭނާ ގެނައި ކޮތަޅެއްގެ ތެރެއަށް ލިއެވެ. އަލަމާރީގެ ދޮރުފަތް ލައްޕައިލަން އުޅުނު އާރިފްގެ ލޮލުގައި އަލަމާރިތެރޭ އޮތް ކަރުދާސްގަނޑެއް އަޅައިގަތެވެ. ދެވަނަ ވިސްނުމެއް ނެތި އާރިފް އޭނާގެ ގެއަށް ދިޔައީ އެ ކަރުދާސްގަނޑުވެސް ހިފައިގެންނެވެ.

“ހިނގާ ޒައިން އާ ބައްދަލުކުރަން.” ކަކުލުގައި އަތުގެ ދެ އުޅަނބޮށި ވިއްދައިލައިގެން ތުނބުޅީގައި އަތް ހާކަން އިނދެ އާރިޝް ބުންޏެވެ. “ނޫން ތިއްތިބޭ. އަދި ނުވޭ ކަންނޭނގެ. ހިނގާ ތުއްތަމެނަށްވެސް މި ވާހަކަ ކިޔައިދޭން. އެހެންނޫނީ ފަހުން ވާގޮތް ކަމަކު ނުދާނެ.” އާރިޝް އިށީނދެގެން އިން ސޯފާ އާއި ޖެހިގެން ހުރި ސޯފާގައި އިން ނައިޒަކް ބުންޏެވެ. “ތެދެއް ތިބުނީވެސް. ދެން މާދަން ތިކަމާ އުޅޭނީ. މިހާރު ތި ކަމަކާ ވިސްނާ ވިސްނާ ސިކުނޑި ގޮވާ ހިސާބަށްވެސް ހިނގައްޖެ.” ބޮލުގައި ދެއަތުން ޖަހައިލަމުން އާރިޝް ބުންޏެވެ. “އަދި ނުވޭ ސިކުނޑި ގޮވާވަރެއް. އަހަރުމެން އެންމެން އެއްކޮށް މަސައްކަތް ކުރީމަ އިންޝާﷲ އެކަން ކާމިޔާބު ވާނެ. އަދި ޒައިންއަށް އެއީ ކާކުކަން އިނގޭނެ.” ވަރަށް ސާބިތުކަމާއިއެކު ނައިޒަކް ބުންޏެވެ. ނައިޒަކް އެހާ ސާބިތުކަމާއެކު އެހެން ބުނުމުން އާރިޝްއަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އާރިފްގެ އަތުގައި އޮތް ކޮތަޅު އޭނާގެ ބައްޕަ އާއި ޙަވާލު ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބު ތެރެއިން އެއްކަލަ ކަރުދާސްކޮޅު ނެގިއެވެ. ކަރުދާސްގަޑު ފަތްޖަހައިފައި އޮތުމުން އާރިފް ހީކުރީ އެއީ އެންމެ ކަރުދާސްގަނޑެއް ކަމަށެވެ. ނަމަވެސް އެ ނިއުޅުވައިލިއިރު އޮތީ ދެތިން ގަނޑުގައި ހީރަސް ޖަހައިފައެވެ. އަދި އެ ގަނޑުގައި ވަނީ ތާނަ އަކުރުން ވަރަށް ރީތިކޮށް ވާހަކަތަކެއް ލިޔެފައެވެ. އާރިފް އެ ގަނޑު ހިފައިގެން އޭނާގެ އެނދުގައި އިށީންދެލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އޭގައި ލިޔެފައި ހުރި ވާހަކަތައް ކިޔަން ފެށިއެވެ.

ކޮންމެއަކަސް އެ ވާހަކަ ކޮޅު އެއްކޮށް ކިޔައި ނިންމައިލިއިރު އާރިފްގެ ލޮލުން ކަރުނަ އޮހޮރެން ފަށައިފިއެވެ. ދުވަސްވީ އެކުވެރިޔާގެ ޙަޤީޤަތް އޭނާއަށް މި އިނގުނީ އަދި ކިރިޔާއެވެ. ޒައިންގެ މައިންބަފައިންނަކީ ކޮންބައެއްކަމާއި ޒައިންއަކީ މި ރަށަށް ނިޞްބަތްވާ މީހެއްނޫންކަންވެސް މިއަދު އާރިފްއަށް އެނގުނެވެ. އެހެންނޫނަސް ޒައިން ވަނީ އޭނާ އެ ރަށުގައި އުޅުނުއިރު ރަށަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދީފައެވެ. ޒައިންއަކީ އެ ރަށު އެންމެންގެ ލޯތްބާއި އިޚްތިރާމާއި އިތުބާރު ހޯދާފައިވާ ފަރާތެކެވެ. ވީއިރު ޒައިންގެ މި ޙަޤީޤަތް އެނގިއްޖެއްޔާ އެކަމާއި ހިތާމަނުކުރާނޭ އެކަކުވެސް އެ ރަށުގައި ނުހުންނާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހާ ވެސް ޒައިން ދެކެ އެ ރަށު މީހުން ލޯބިވެއެވެ.

އާރިފް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ޒައިންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ޒައިންގެ ފޯނު ނިއްވާލައިފައިވާކަމަށް ބުނަން ފެށުމުން އާރިފް އޭނާގެ ފޯނު އެނދުމަތީ ބޭއްވުމަށްފަހު އެ ގަނޑަށް ބަލައިލިއެވެ. މިކަންތައް ކޮންމެހެން ޒައިން އަށް އަންގަން ޖެހޭނެއެވެ. ޒައިން އަކީ ކާކުކަން ޚުދު ޒައިންއަށް ވެސް އެބަ އިނގެންޖެހެއެވެ. އެހެންނޫނީ އަނެއްކާ ފަހުންވެސް ޒައިންއަށް ހިތާމައާއި ހިތްދަތިކަމާއި ކުރިމަތިލާން ޖެހިދާނެއެވެ. އާރިފްގެ ހިތުގައި ޒައިން އާއި ދޭތެރޭ ދުވަހަކުވެސް ނުއުފެދޭވަރަށް މިއަދު ޙަމްދަރުދީ އުފެދިއްޖެއެވެ. ޒައިން އެ އުޅެނީ ކިހާ ބޮޑު އަނދިރިގަނޑެއްގެ ތެރޭގައި ހެއްޔެވެ؟ އެ އަނދިރިގަނޑުން އެ ފަކީރު ސަލާމަތްކޮށްދޭން އެބަ ޖެހެއެވެ. އާރިފް އަނެއްކާވެސް ފޯނު ނަގައި ޒައިންއަށް ގުޅޭތޯ ބެލިއެވެ. ކުރިއެކޭވެސް އެއްފަދައިން މިފަހަރު ވެސް ބުނީ ޒައިންގެ ފޯނު ނިއްވާލައިފައިވާކަމަށެވެ. އާރިފް އެންމެ ފަހުން އެ ގަނޑު ތައް ވަކިން ފޮޓޯ ނަގައި ވައިބަރގެ ޒަރީޢާއިން އެ ލިޔުންކޮޅު ޒައިންއަށް ފޮނުވިއެވެ. އަދި އޭނާގެ ފޯނުން އެ އެއްޗެހި ޑިލީޓް ކޮށްލީ އިތުރު މީހަކަށް އޭތި ފެންނަން ނޭދޭތީއެވެ. އަދި އެ ކަރުދާސްކޮޅު ވެސް ވަރަށް ރައްކާތެރިކަމާއި އެކު އާރިފްގެ އަލަމާރިއަށް ލައި ފޮރުވިއެވެ.

ނިދީގައި އޮތް ޒައިންއަށް ހޭލެވުނީ ދިހައެއް ޖަހައި ބޮޑުވި ފަހުންނެވެ. އެހެންޏާ އެހާ އަވަހަށް ހޭލާ މީހާއަށް މިއަދު އެހާ ލަހުން ހޭލެވުނީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. ރޭގައި ޒައިން މާ ގިނައިރު ވަންދެން ގޭމް ކުޅެން އިނީއެވެ. ގޭމް ކުޅެ ނިންމާލަން ޖެހުނީވެސް ފޯނު ނިވިގެންނެވެ. އެހެންކަމުން ޒައިން ރޭގައި ނިދީ އޭނާގެ ފޯން ޗާޖަރަށްވެސް ޖަހައިފައެވެ. ފާޚާނާއަށް ވަދެ ތާޒާވެލައިގެން ޒައިން ނުކުތް އިރު ސައި ހުރީ ހަމަ ތައްޔާރުގައެވެ. މިއަދު ޝިމާޔާ ހުރީ ޒައިންއަށް އެންމެ މީރުވާނޭ ގޮތަށް ޕޭންކޭކް ފިހެފައެވެ. ހިތްހަމަޖެހޭވަރަށް ސައި ބުއިމަށްފަހު ޒައިން އަނެއްކާވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. މިއަދު ޝިމާޔާ އާއި ޝަމީމް ބާޒާރުކުރަން ނުކުމެ އުޅޭ ދުވަހެކެވެ. އެހެންކަމުން އެމީހުން ތިބޭނީ ކުރީބައިގައި ސައިބޮއެގެންކަން ޒައިންއަށް އެނގެއެވެ.

ޗާޖަރަށް ޖަހައިފައި އޮތް ފޯނު ޗާޖަރާއި ވަކި ކޮށްލުމަށް ފަހު ފޯނު ހިފައިގެން ޒައިން އެނދުގައި އޮށޯވެލިއެވެ. ފޯން ހުޅުވައިލުމާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ އާރިފްގެ މިސްވެފައި އިން ދޭ ކޯލެވެ. އަދިވެސް އިތުރު ވައިބަރ ނޮޓިފިކޭޝަން ތަކެއް އައިސްފައި ހުރުމުގެ ސަބަބުން އޭނާ ވައިބަރ އަށް ވަދެލިއެވެ. ވައިބަރ އިން ވެސް އައިއްސައި ހުރީ އާރިފްގެ މެސެޖުތަކެކެވެ. ‘ޒައިން. މީތި ކިޔާލައްޗޭ. ވަރަށް ފަރުވާތެރިކަމާއެކު އެންމެ ތަންފުކެއްވެސް ދޫކޮށްނުލާ ކިޔާލައްޗޭ. މީގަ މިއޮތީ ޒައިން ގެ އަސްލު ޙަޤީޤަތް. ޒައިން ތީ ކާކުކަންވެސް މީގެން އެނގެން އެބަ އޮތް. ކިޔާލައްޗޭ.’ އާރިފްގެ އެ މެސެޖު ކިޔައިލުމާއިއެކު ޒައިންގެ ދެބުމަ ގޮށްޖެހުނެވެ. އަހަރެންގެ އަސްލު ޙަޤީޤަތޭ އެބުނި ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ޒައިންގެ ހިތަށް އެރިއެވެ. ކޮންމެއަކަސް އާރިފް ފޮނުވައިފައި ހުރި ފޮޓޯތަކުން ކުރެ ފުރަތަމަ ފޮޓޯ ޒައިން ބަލައިލިއެވެ. އެ ލިޔުމުގައި ލިޔެފައިވި ކޮންމެ ޖުމުލައެއް ކީ ވަރަކަށް ޒައިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ލޯބިން އަތުގައި ހިފާލާށޭ…

Next

އަނދިރިކަން_ދެވަނަބައި_

Next
March 28, 2020

އަނދިރިކަން_ދެވަނަބައި_

Previews
March 28, 2020

ލޯބިން އަތުގައި ހިފާލާށޭ…

11 Comments!

  1. Liyaa says:
    March 28, 2020 at 8:28 am

    Nice ❤️??

    1. Dhonthy says:
      March 29, 2020 at 10:23 am

      Thank you Liyaa ??❤️

  2. ?Shaa? says:
    March 28, 2020 at 9:09 am

    Dhonthzssss vv reeethi ingey mi part vs when next

    1. Dhonthy says:
      March 29, 2020 at 10:24 am

      Thank you so much shaa dear. ❤️❤️❤️?

  3. Dhonthy says:
    March 28, 2020 at 12:14 pm

    Salaam all! Heekuri varah vure kurin miothee sathaara vana bai upload vefa Alhamdhulillah! Mi bai kurukan es dhonthiau ingey. Ekamaku mi bayah vaavarah miothee liyefa. Unmeedhukuran hurihaa kiyuntherinnau es mibai kamudhaane kamau. Next episode will be uploaded as soon as possible. Enjoy reading and leave a comment. Love you all ❤️❤️❤️❤️?❤️❤️❤️❤️

  4. Quiiin? says:
    March 28, 2020 at 3:08 pm

    Vrh salhi mi part vx …. dhonthy ur so talented … i really like ur strys … waiting fr nxt part …. mi part ah like eh vx dhyfin hehe..
    ??❤

    1. Dhonthy says:
      March 29, 2020 at 10:26 am

      Thank you so much dear. Awww v ufaavejje dhonthige stories like veyey buneema. Mihaaru kiyaaleveyne next part dear. ❤️❤️❤️??❤️❤️

  5. sama says:
    March 28, 2020 at 4:41 pm

    Masha allah
    vaahaka hama habeys
    v furihama v reethi
    hehe
    ekam thankolhehlahee up vaaleh
    kuree part ga vefahunna kanthah handhaanves netheyfahun aneh part up vaavaru mi vanee
    Dhen jeheynee anekkaa kuree part ehennoonee Vaahaka fashaigen kiyaalan
    and migothah lasvanyaa kiyuntherin waiting ga nubaithibbaa Dhen vaahaka up vaane dhuvaheh bunelaafa beyndhiyyaa readers ah ves faseyhavaanehen alhugandakah heevanee
    by the way adhives ehfaharu buneveynee vv reehchey vahaka Ingey vaahaka up kurumakee faseyha kamehnoonkan I appreciate your hard work
    good luck with your stories
    keep it up
    and stay home stay safe

    1. Dhonthy says:
      March 28, 2020 at 5:00 pm

      Thank you so much sama. Yh dhonthiau es inge v lahun kan episode thah mi nerevenee. But I am trying hama daily koh upload kodhdheveythw. Ekm busy veema it’s kinda difficult. Adhi seedhaa dhen annan oiy episode upload vaane dhuvaheh neygeythee bunanee as soon as possible ey. Mi bai es meenee heekuri v vure kurin upload vefa. Once angain thank you so much sama for commenting. And thanks for the support dear. Means a lot for me.

  6. Yanaa says:
    March 28, 2020 at 6:14 pm

    Varah varah varah reethi.❤❤❤
    maa sha Allah???????
    Curiously waiting waiting for the next part❤❤❤❤❤❤❤❤❤
    ❤❤❤Love you dhonthii❤❤❤

    1. Dhonthy says:
      March 28, 2020 at 8:05 pm

      Thanks you so much Yanaa. Yh keep waiting curiously. Hehe. Love you so much dear ❤️❤️❤️❤️❤️❤️❤️❤️???????

Comments are closed.


All Right Reserved!