Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – އަށާރަވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 29, 2020 6 Mins Read
15 Comments

ފޮޓޯ ގަނޑުގައި އިން ލިޔުންކޮޅުން ހަތަރު ވަނަ ޖުމުލަ ކިޔުނުތަނާ ޒައިން ހާސްވާން ފަށައިފިއެވެ. ވާން މިއުޅެނީ ކިހިނެތްބާއެވެ؟ ވާން އުޅޭ ގޮތެއްވެސް އިނގޭނީ ދެން ހުރި ޖުމުލަތައް ވެސް ކިޔައިގެންތާއެވެ. އެކަމަކު ދެން އިން ޖުމުލައިގެ ފުރަތަމަ އަކުރުވެސް ކިޔައިނުލެވެނީސް އެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. މޫނުމަތީގައިވި ހާސްކަން އެއްފަރާތް ކޮށްލުމަށް ފަހު ޒައިން އެނދުން ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. “ޝިމް. ކަމަކުތަ؟ ކޮބާ ދޮންބެ؟” ކުރިމަތީގައި ހުރި ޝިމާޔާ ފެނި ޒައިން އަހައިލިއެވެ. އޭރުވެސް އޭނާގެ ނިތްކުރިން ދާތިކިތައް ފައިބައެވެ. މީހާ މާބޮޑަށް ވެސް ހާސްވީ ކަންނޭނގެއެވެ. “ކަމަކު ނޫން. ދޮންބެ ކުއްލިއަކަށް ހުޅުމާލެ ދާން ޖެހިގެން ހުޅުމާލެ ދިޔައީ. ހިއެއްނުވޭ ދެން މިއަދު މާލެ އަންނާނެހެނެއް. ދޮންބެ އަންނަންދެން އަހަރެން ހުންނާނީ ލައި ގާތުގަ އެގޭގަ. ދެން ކާގަޑިތަކުގަ މިގެއަށް އައިސް ކައްކައި ޒައިންއާއެކު ކައިގެން ދާނީ އެގެއަށް އަނެއްކާވެސް.” ޝިމާޔާ ބުންޏެވެ. ޒައިން އެކަނި ބަހައްޓަންވުމުން ޝިމާޔާގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ނަމަވެސް ޒައިންއަކީ ދުރު މީހެކެވެ. ޒައިންއަށް ކިތަންމެ އިތުބާރު ކުރިޔަސް ޝިމާޔާ އަށް އޭނާގެ ދޮންބެ ނުފެންނަ ހިސާބުގައި އެހެން ފިރިހެނަކާއި އެއް ގެއެއްގައި އުޅޭކަށް ނުކެރެއެވެ. ޒައިން ފުރަތަމަ އެކަމަށް އިންކާރު ކުރަން އުޅުނެވެ. އެއީ ޝަމީމް ނެތިއްޔާ ދެން ޝިމާޔާގެ ބެލެނިވެރިޔަކީ އޭނާ ކަމަށް ހިތް ބުނުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒައިންގެ ވިސްނުން ބަދަލުވިއެވެ. ޒައިން އަށް ވެސް އެކަން ވިސްނުނީ ކަންނޭނގެއެވެ. “ރަނގަޅު ތިގޮތް. އެކަމަކު ލައި އާ ދުރަށް ނުދާތި. އެކަނި ބޭރަށް ވެސް ނުނުކުންނާތި. ޝަމީމް ގުޅީމަ ފޯނު ނަގާތި. ވަރަށް ބަލައިގެން އުޅޭތި.” ޒައިން ބުންޏެވެ. ޝިމާޔާ ބޯ ޖަހައިލުމަށްފަހު ދާން ހިނގައިގަތެވެ.

ޝިމާޔާ ދިޔުމުން ޒައިން ޝަމީމް އަށް ގުޅިއެވެ. އަދި ޝިމާޔާ ލައިލާ މެން ގެއަށް ދިޔަ ވާހަކަ ބުންޏެވެ. ޝަމީމް ވެސް އެކަމަށް އެއްބަސްވަމޭ ބުނެ އޭނާ މާދަމާގެ ވަގުތެއްގައި މާލެ އަންނާނެ ވާހަކަ ބުންޏެވެ. އަދި ޝިމާޔާ އާއި ކިތަންމެ ދުރުގައި ހުއްޓަސް ޝިމާޔާއަށް ވާނުވާ ބަލައިދޭން ބުނަމުން ފޯނު ކަނޑައިލިއެވެ. ޒައިން އޭނާގެ ނިތްކުރިން ހިއްލައިފައި ހުރި ދާތީ ކިތައް ފުހެލަމުން އަނެއްކާވެސް ފޮޓޯގަނޑު ހުޅުވައިލިއެވެ. އޭގައިވި ލިޔުންކޮޅަށް ބަލައިލަމުން އެއަށް ވަރަށް ސަމާލުވެގެން އިނދެ އަނެއްކާވެސް ޒައިން އެ ލިޔުން ފައްޓައިގެން ކިޔަން ފެށިއެވެ.

‘ޒައިންއަށް… ޒައިން އެވެ. މި މަންމައަށް މަޢާފުކުރާށެވެ. ޒައިން މިއޮތް ހުރިހާ ދުވަހު ކަނު އަނދިރިގަނޑެއްގެ ތެރޭ މި މަންމައަށް ބެހެއްޓުނީއެވެ. މީ ޙަޤީޤަތުގައި ޒައިންގެ މަންމައަށް ނުވިޔަސް ޒައިން ތީ ކާކުކަން މި މަންމައަށް އެނގެއެވެ. މިގޮތަށް މިއަދު މި ވާހަކަތައް މި ލިޔަން ޖެހުނީ ޒައިން ގާތުގައި މި ވާހަކަތައް ބުނާނެހާ ހިތްވަރު މި މަންމައަށް ނުލިބުމުންނެވެ. އަދި މި ވާހަކަތައް ޒައިން އަށް ކިޔައިދިނުމަށްފަހު ޒައިން މި ނިކަމެތި މަންމަ ދޫކޮށްލާފައި ގޮސްދާނެކަމުގެ ބިރު ހީވާތީއެވެ.

ޒައިން އެވެ. މި ދައްކާ ވާހަކަތައް ކަނުލައި އަޑުއަހާށެވެ. މިއުޅެނީ ކުޑަ ކުޑަ ވާހަކައެއް ބުނާކަށް ނޫނެވެ. މިއުޅެނީ ޒައިންއަށް ނޭނގޭ ބޮޑު ޙަޤީޤަތެއް ކިޔައިދޭށެވެ. ބޮޑޭ ބުންޏަސް މިއީ ޒައިންއަށް ސިއްރުކުރެވިފައިވި އަދި ޒައިންގެ އުފަން މަންމައަށްވެސް ސިއްރުކުރެވިފައިވި ބޮޑު ޙަޤީޤަތެކެވެ. ވީމާ ވަގުތު ފާއިތުވުމުގެ ކުރިން މި ދައްކާ ވާހަކަތައް އަޑު އަހައި ޒައިންގެ އަސްލު އާއިލާ ކައިރިއަށް އަވަހަށް ދާށެވެ.

ޒައިން އެވެ. ޒައިންގެ ބައްޕަ ޢަލީ ޒައިދް އަކީ މާލޭގައި އޭރު ހުރި ބޮޑު މުއްސަންޖެކެވެ. އޭނާ އެއްދުވަހަކު މި ރަށަށް އައީ އޭނާގެ އޮފީސް ދަތުރަކު މި ރަށުގައި ކުރިއަށްދާ އިވެންޓު ޙަރަކާތެއް ރެކޯޑު ކުރުމަށެވެ. އަހަންނާއި ޒައިދް ދިމާވީ ވެސް އެ ހިސާބުންނެވެ. އަހަންނަށް ފުރަތަމަ ނަޒަރުންވެސް ޒައިދް ކަމުދިޔައެވެ. އޭނާ ހުންނަ ތަނެއްގައި އެނޫން އެހެން ދިމާލަކަށް ބަލައެއްނުލެވެއެވެ. އެކަމަކު އޭނާގެ ހިތުގައި އަހަންނާއި ދޭތެރޭ އެއްވެސް ޝައުޤެއް ނެތްކަން އަހަންނަށް އެނގުނީ އަހަރެންނާ ދިމާވި ފުރަތަމަ ދުވަހު އޭނާ މޫނަށް ޖެއްސި ވައްތަރުންނެވެ. މާލޭގެ ބޮޑެތި މުއްސަނދިންނަށް ރާއްޖެތެރޭގެ އެއްވެސް ނިކަމެއްޗަކު ކަމަކުނުދާނެކަން އެދުވަހު އަހަންނަށް ވިސްނުނެވެ. އޭގެ ފަހުން އަހަރެންވެސް އެކަމަކާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. އެކަމަކު އޭގެ އަނެއްދުވަހު އަހަންނަށް އެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ ޒައިދް އަހަރެންގެ އެއްބަފާ ދައްތަ އަސްމާ އާއިއެކު އަތިރިމަތީގައި ހުއްޓާ ފެނުމުންނެވެ. އަހަރެންގެ ހިތުގައި އަސްމާ އާއި ދޭތެރޭ ޙަސަދަވެރިކަން އުފެދުނެވެ. ނަފްރަތު އުފެދުނެވެ. ޒައިދް އަކީ ހަމައެކަނި އަހަރެންގެ މީހެކޭ އެވަގުތު އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ. އިތުރަށް އެ މަންޒަރުތައް ބަލަން ކެތް ނުވުމުން އަހަރެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އަހަރެން ދިޔައީ އަސްމާ އަށް ހަދައިލާނެ ގޮތަކާ ދޭތެރޭ ވިސްނަމުންނެވެ.
ަ
އަހަރެން ބަދިގޭގައި ކެއުން ތައްޔާރުކުރަން ހުއްޓައި އަސްމާ ބަދިގެތެރެއަށްވަނެވެ. އޭރު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފެނި އަހަރެންގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް އަހަރެން ކެތް ކޮށްލައިގެން ހުރީ އަސްމާ އެއްޗެއް ބުނަންދެނެވެ. އިރުކޮޅެއްފަހުން ލޮނު ފުޅި ހިފައިގެން އަހަރެން ކައިރިއަށް އަސްމާ އައިސް ހަފްތާ އެއް ފަހުން މާލެ ދާން އުޅޭ ވާހަކަ ބުންޏެވެ. އަހަރެންނަށް ކެތްކުރެވުނީ އެހިސާބަށެވެ. ކޮށައިފައި ހުރި ފިޔާ ތަށި އަތުން ޖަހައި ހޫރުވައިލެވުނެވެ. “ކަލޭ ކޮންމެހެން މަށަށް ދެރަ ދީފަ މާލެ ދާން ހަދާނެކަމެއްނެތް. ހިތުން މާ ރީތިވެފަ ދޮންވީމަ މާލޭގެ ބޮޑެތި މުއްސަނދި މަހުޖަނުންނާ އިނދެގެން ކަލޭ ކޮންމެހެން ދާން އުޅޭނެކަމެއްނެތް. ޒައިދް އާ އިންނާނީ އަހަރެން. އެއީ ހަމައެކަނި އަހަރެންގެ މީހެއް. ލައްކަ ދުވަހު އަހަންނަށް ކެތްކުރެވިއްޖެ. ދުނިޔޭގައި ލިބެން އޮތިއްޔާ ލިބެން ހުރި ހުރިހާ މޮޅެއް ކުރިން ލިބުނީ ކަލެއަށް. އެކަމަކު މިފަހަރަކު އެ ފުރުސަތެއް މަށެއް ކަލެއަކަށް ނުދޭނަން. ސާފްވެއްޖެ؟ ކަލޭ އަހަ….” އަހަންނަށް އަސްމާ އާއި ދިމާލަށް އެތިވަރު ގޮވުނީ އެހާ ހިސާބަށެވެ. އާނއެކެވެ! އެވަގުތު އަސްމާގެ އަތުގެ ހޫނު އެތިފަހަރެއް އަހަރެންގެ ކޮލަށް އެރީއެވެ. އައި ރުޅިން އަހަރެންވެސް އަސްމާގެ ކޮލުގައި ޖަހަން އަތް ހިއްލައިލީމެވެ. އެކަމަކު އަސްމާ ޚުޝިޔާރުވެފައި އެ އަތުން އަހަރެންގެ އަތް ފޮޅުވައިލީއެވެ. “މަ ހީވެސް ނުކުރަން ދައްތަ ތިހެން ހަދާފާނެކަމަކަށް. އެހެންވީމަ ދައްތަ މަށަށް ފާރަލީދޯ މާވަރަކަށް. ދައްތަ ރުހުނަސް ނުރުހުނަސް އަހަރެން މި ފުރުޞަތު ގެއްލުވައެއްނުލާނަން. އަހަރެން މިއުޅެނީ އޭނާގެ މުއްސަނދިކަން ދެކެ ލޯބިވެގެނެއް ނޫނޭ. އަހަރެން އެންމެ ހިނދުކޮޅަކަށްވެސް ނުހުންނާނަން ދައްތަ ކައިރީގަ ދެނެއް. އަހަރެން މި ދަނީ ޖާލިޔާމެން ގެއަށް. މާލެދާ ދުވަހާ ޖެހެންދެން އަހަރެން ހުންނާނީ ދެން އެގޭގަ. ދައްތަގެ ލޮލަށް ދެން އަހަރެން ނުފެނުނިއްޔާ ކަންނޭނގެ ރަނގަޅުވާނީ. ދައްތަގެ ހިތުގަ އަހަންނާ ދޭތެރޭގަ ތިހާވަރަށް ޙަސަދަވެރިކަން އޮތް ކަމެއް ކުރި އަކުން މަށަކަށް ނޭނގެ.” މި ހުރިހާ އެއްޗެއް ބުނެ އަސްމާ ގެއިން ނުކުމެގެން ދިޔައީއެވެ. އޭނާގެ ލޮލުން އަހަންނަށް ވޭނާ ރިހުމުގެ އަސަރު ފެނުނެވެ. ނަމަވެސް އެވަގުތު އައިއްސަ ހުރި ގަދަ ރުޅިއެއްގެ ސަބަބުން ކަންނޭނގެއެވެ. އަހަރެން ގެ ހިތަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރިއެވެ. އަހަރެން އަދިވެސް ޢަޒުމު ކަނޑައެލީ އަސްމާ އަށް ފާރަލައި އަސްމާ އާއި ޒައިދް އާއި ދެމީހުން ދުރުކުރެވޭތޯއެވެ.

އަހަރެން ހީކުރި ވަރަށްވުރެ އަވަހަށް އަސްމާ ރަށުން ފައިބައިގެން މާލެ ފުރައިފިއެވެ. އަހަންނަށް އެކަން އެނގުނީ ޖާލިޔާގެ ފަރާތުންނެވެ. އަހަރެން މާލެ ދެވޭތޯ އެ ދުވަހުން އެ ދުވަހަށް މަސައްކަތް ފަށައިގަތީމެވެ. މާލެ ދެވޭވަރަށް އަހަރެން ހަފްތާއެއް ވަންދެން މަސައްކަތްކޮށްގެން ލާރި ހޯދީމެވެ. އެންމެފަހުން މާލެ ނުދެވި އުޅެނިކޮށް އަހަންނަށް ލިބުނީ ދުވަހަކުވެސް އަޑުއަހަން ބޭނުންނުވާ ފަދަ ޚަބަރެކެވެ. އަސްމާ އާއި ޒައިދް ކައިވެނިކުރި ޚަބަރެވެ. އަހަރެން ހަމަ އެ ދުވަހުން އެ ދުވަހަށް މާލެ ދާން ހަމަޖެހިފައި އޮތް ދޯނިން މާލެ ދިޔައީމެވެ. އަދި އެކި ގޮތްގޮތުން މާލޭގައި ހިނގައި ފިހާރައެއްގެ ދޮރުމަތިން ރައްޓެއްސަކު ހޯދީމެވެ. އަހަރެންގެ ނަޞީބު ރަނގަޅީކަންނޭނގެއެވެ. އެމީހާ އަހަންނަށް ވަރަށް ހެވެވެ. އަހަރެން މާލެއިން ފައިބަން ދެން އޭނާ ދިރިއުޅޭ ގޭގައި އަހަރެން ބަހައްޓަން އޭނާ ނިންމިއެވެ.

އަހަރެން ވަރަށް ރަނގަޅަށް އަހަރެންގެ މަސައްކަތް ފަށައިގަތީމެވެ. އަހަންނަށް އޭނާގެ ސިކުނޑި ކައިލާކަށް އެހައި އުނދަގުލެއް ނުވިއެވެ. އަހަރެން އޭނާ ގާތުގައި ބުނީ ޒައިދް އަކީ އަހަރެންގެ ފިރިމީހާ ކަމުގައެވެ. އަދި އަހަރެންގެ ކޮއްކޮ އޭނާއާއެކީ ފިލައިގެން މާލެ ތެރޭ އުޅޭ ވާހަކަ ބުނީމެވެ. ދޮގެއްގެ މައްޗަށް ދޮގު ހަދަމުންގޮސް އޭނާގެ ހިތުގައި އަހަންނާއި ދޭތެރޭ ޙަމްދަރުދީވެސް އުފެދުނެވެ. އަހަރުމެން ދެމީހުންވެގެން އަސްމާ އާއި ޒައިދް ހޯދުމުގެ މަސައްކަތް ފަށައިގަތީމެވެ.

އަހަރުމެން ދެމީހުންނަށް އަސްމާ އާއި ޒައިދް ފެނުނީ އެއް ދުވަހަކު ފިހާރައަކަށް ވަދެ އުޅެނިކޮށެވެ. އަސްމާގެ ބޮޑުވެފައިވާ ބަނޑު ފެނުމުން އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދާގޮތަށްގޮސް އެ ބަނޑުގައި އެތިފަހަރެއް އަޅުވައިލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އަހަރެން ކެތްކޮށްލައިގެން ހުރީމެވެ. އަހަރެން އަވަހަށް އަސްމާ މެން އެތަނުގައި ތިބި ވާހަކަ އަހަރެންގެ ނުބައި ނުލަފާ އެކުވެރިޔާ ކައިރީ ބުނީމެވެ. އަދި ހަދަންވީގޮތް އަވަސްއަވަހަށް ކިޔައިދިނުމަށްފަހު އޭނާ އަސްމާ މެން ކައިރިއަށް ފޮނުވައިލީމެވެ އެ މަންޒަރު ބަލަން އަހަރެން ތަންކޮޅެއް ދުރުގައި ހުރި ހަރުގަނޑެއްގެ ނިވަލުގައި ހުރީމެވެ.

އަސްމާ އާއި ވާހަކަ ދައްކައިލައި ސަލާމް ކޮށްލުމަށްފަހު އޭނާ އެނބުރި އަހަރެން ކައިރިއަށް އައެވެ. އޭނާގެ ފަރާތުން އަސްމާ ދިރިއުޅޭ ތަންވެސް އަހަންނަށް އެނގުނެވެ. އަދި އަސްމާ ވިހަން ދުވަސްތަކެއް އެބައޮތްކަންވެސް އަހަންނަށް އެނގުނެވެ. އަހަރެން ނިންމީ އަސްމާ ވިހަންދެން މާލޭގައި މަޑުކުރާށެވެ. އަދި އަސްމާއަށް ލިބޭ ދަރިފުޅު އަތުލާށެވެ. އެކަން ކުރުމަށް ރޭވުނު އެންމެ ފުރިހަމައަށް އަހަރުމެން ދެމީހުން ކަންތައްތައް ރާވައިލީމެވެ.

ކޮންމެއަކަސް އެ ދުވަސްކޮޅު އަހަރެންގެ އެކުވެރިޔާ ގިނަ ވަގުތު ހޭދަކުރަނީ އަސްމާ ގާތުގައެވެ. އަސްމާ ވިހަންދެން އަސްމާ އަށް ހުރިހާ ކަމެއްގައި އެހީތެރިވަމުން އަހަރެންގެ އެކުވެރިޔާ ދިޔައެވެ. ކޮންމެ ދުވަހަކުވެސް އޭނާ ގެއަށް އަންނައިރު އަހަރެން އޭނާ އާއި ސުވާލު ކުރަމުއެވެ. އަސްމާ އަހަރެންނޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކައިތޯއެވެ. ނަމަވެސް އޭނާ ބުނީ އަހަރެންގެ ނަންވެސް އަސްމާ އޭނާގެ ކުރިމަތީގައި ނުގަންނަ ކަމެވެ. އަހަރެންގެ ހިތުގައި އަސްމާ އާއި ދޭތެރޭ އޮތް ރުޅިވެރިކަން އިތުރަށް ގަދަވިއެވެ. އަސްމާ މަރާލަންވީއޭ ހިތަށް އެރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެކަމަކު އެއީ ކިހައި ނުބައި ކަމެއްކަން އަހަންނަށް އެނގެއެވެ. އަހަރެން ދެކޭ ގޮތުގައި އަސްމާ ޒައިދް އާއި ކައިވެނިކުރުން އެއީ އަސްމާ އަހަންނަށް ދިން ވަރަށް ބޮޑު ދެރައެކެވެ. އެހެންކަމުން އޭގެ ބަދަލު ހިފަން އަހަރެން ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ދުވަސްތަކަކަށްފަހު އަސްމާ ވިހޭ ޚަބަރު އަހަންނަށް ލިބުނެވެ. އަހަރެން ދެން އޭނާ ކައިރީ ބުނީ އިތުރަށް ދެން އަސްމާ ކައިރިއަށް ނުދިއުމަށެވެ. އަސްމާ ގެއަށް ދޫކޮށްލަންދެން މަޑުކުރަން އަހަރެން އޭނާ ކައިރީ ބުނީމެވެ. އެހެންކަމުން އަހަރުމެން ދެމީހުން މަޑުކުރީ އަސްމާ ހޮސްޕިޓަލުން ދޫކޮށްލަންދެނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އަސްމާ ހޮސްޕިޓަލުން ދޫކޮށްލެވުނު ވާހަކަ އަޑުއިވުމުން އަހަރުމެން ދެމީހުން ހަމަ އެދުވަހު މަސައްކަތް ފަށައިގަތީމެވެ.

އެދުވަހު އަހަރުމެން ދެމީހުން ޒައިދް ދިރިއުޅޭ ގެއަށް ދިޔައީމެވެ. އެ ބޮޑު ގެ ފެނިފައިވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަސްމާ އެގޭގައި އުޅޭނެ އަރާމު އަދި ހަމަޖެހޭ ދިރިއުޅުން ހިތަށް ގެނެވުމުން އަހަރެންގެ ހިތަށް އުނދަގޫގޮތްތަކެއް ވާން ފެށިއެވެ. އަހަރުން ދެމީހުން ފާރައަށް އެ ގޭގެ ބަގީޗާ ތެރޭ އެތައް އިރަކު ތިބީމެވެ. އިރުގަނޑަކަށްފަހު ޒައިދް ނުކުތުމުން އޭނާ އެ ގޭތެރެއަށް ވެއްދީމެވެ. ނަޞީބަކުން އެގަޑީ އަސްމާއަށް އޮތީ ނިދިފައެވެ. ދަނޑިވަޅު ބަލައިފައި އޭނާ ނުކުތީ އަސްމާގެ ދަރިފުޅު ގޮވައިގެންނެވެ. އަހަރުމެން ދެމީހުން ވީހާވެސް އަވަހަކަށް ގެއަށް ދިޔައީމެވެ. އެ ދަރިފުޅު އަހަރެންގެ އަތަށް ލައިދިނުމުން އަހަންނަށް ވީގޮތެއް ވެސް ނޭނގުނެވެ. ހިތް ލޯބިން ބަންޑުންވާންފެށީއެވެ. އެ ދަރިފުޅު އޮތްލެއް މައުސޫމު ކަމުންނެވެ. އެ ދަރިފުޅު އޮތްލެއް ލޯބިކަމުންނެވެ. އަހަރެންގެ ހަރުވެފައި އޮތް ހިތް މަޑުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.

އާނއެކެވެ! ޒައިން އެވެ. ޒައިން އެދުވަހު އަހަރެންގެ ހިތް އެއްކޮށް ބަދަލުކޮށްލިއެވެ. ޒައިންގެ މަންމަ އަސްމާ އާއި ދޭތެރޭ އަހަރެންގެ ހިތުގައި އޮތް ރުޅިވެރިކަން އެދުވަހު ޒައިން ފެނުމުން އެއްކޮށް ފިލައިގެން ދިޔައެވެ. ޒައިންއެވެ. ޒައިންގެ މަންމައަކީ އަހަރެންގެ އެއްބަފާ ދައްތައެވެ. މިހާރު އެއީ ފަސްކުދިންގެ މަންމައެވެ. ޒައިންއެވެ. އަވަހަށް ދާށެވެ. ޒައިންގެ މަންމަ ކައިރިއަށް އަވަހަށް ދާށެވެ. މިހާރު އަސްމާ އަހަރެންގެ މަތިން ހަނދާން ހުންނާނެކަމެއް ނޭނގެއެވެ. ޒައިންގެ މަންމައަށް މިވާހަކަތައް ކިޔައިދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. އަހަރެން ޒައިންގެ މަންމަގެ ފަރާތުން މަޢާފަށް އެދެމެވެ. ހެޔޮހިތުން ތިޔަ ދެމައިން އަހަންނަށް މަޢާފް ކުރާނެކަމަށް އަހަރެން އުންމީދުކުރަމެވެ…… ޙަމީދާ…’

އެ ލިޔުންގަނޑު އެއްކޮށް ކިޔައި ނިމުނުއިރު ޒައިންއަށްވީވެސް ހަމަ އާރިފްއަށް ވީވަރެވެ. ނޫނެކެވެ. އާރިފްއަށް ވީވަރަށްވުރެ ދިހަ ގުނަ ބޮޑުވަރު ޒައިންއަށް ވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި ޒައިންގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޒައިންއަށް ޒައިންއަކީ ކާކުކަން އަދި މި އެނގުނީއެވެ. މިއޮތް ހުރިހާ ދުވަހު އޭނާއަށް މިއުޅެވުނީ ކަނު އަނދިރިގަނޑެއްގެ ތެރޭގައިކަން ރޭކައިލީ އަދި ކިރިޔާއެވެ. އެތައް އިރަކު ކަރުނަ އަޅައި ރޯން ޒައިންއަށް އިނދެވުނެވެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނައިޒަކް އަކީ ހަމައެކަނި އޭނާގެ އެކުވެރިއެއްނޫންކަން މިއަދު ޒައިން އަށް އިނގިއްޖެއެވެ. އެއީ އޭނާއާއި އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އަދި އިތުރު ހަތަރު ކޮއްކޮ ތިބޭނެތާއެވެ. އެމީހުން ދެކޭ ހިތުން ޒައިންގެ ހިތް އެވަގުތު ތެޅިފޮޅެން ފަށައިފިއެވެ. އޭނާގެ މަންމަ ދެކިލާހިތުން ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. މަންމަގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ހިތް ފުރެންދެން ރޯލަން ޒައިން ބޭނުންވިއެވެ. ސުވާލަކީ ޒައިންއަށް އޭނާގެ އާއިލާ ކުރިމައްޗަށް އަރައި އޭނާއަކީ ކާކުކަން ބުނާނެ ހިތްވަރު ލިބިދާނެ ހެއްޔެވެ؟ އޭނާގެ އާއިލާ މީހުން އޭނާ ބަލައިގަންނާނެ ހެއްޔެވެ؟ އަސްމާ އޭނާގެ މަތިން ހަނދާންހުންނާނެހެއްޔެވެ؟ ކޮންމެއަކަސް މިކަހަލަ އެތައް ސުވާލުތަކެއް ޒައިންގެ ސިކުނޑިތެރޭ އެނބުރެން ފެށިއެވެ. އޭނާގެ އާއިލާ ކައިރިއަށް ދާން ހަދާނެގޮތަކާއި ދޭތެރޭ ވިސްނަން އިން ޒައިން ސިހުނީ އަނެއްކާވެސް އެ ކޮޓަރީގެ ދޮރުގައި ޓަކި ދޭން ފެށުމުންނެވެ.

އަވަސްއަވަހަށް މޫނުފުހެލައި ހަދައިލުމަށްފަހު ޒައިން ދޮރު ހުޅުވަން އަވަސްވެގަތީ ޝިމާޔާ އައީކަމަށް ހީކޮށްފައެވެ. ޒައިންއަށް ނޭނގުނުކަމަކީ އޭނާ އަރަންޖެހޭނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ކުރިމައްޗަށްކަމެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

މާޔޫސްވެފާ

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 4

Next
March 29, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 4

Previews
March 29, 2020

މާޔޫސްވެފާ

15 Comments!

  1. Dhonthy says:
    March 29, 2020 at 10:31 am

    Salaam all readers. Miothee vaahakaige ashaaravana bai upload vefa. Mi bai es dhonthi enme beynunvarakah noon meenee liyevifaeiy. Kuree bayah vure es mibai kuruhen dhonthiau heevanee. Anyways mihaaru miothee zain au zainge hageegaiy ingifa. Readers au heeveytha zain au faseyhain zainge aailaa kairiau dheveynehen? By the way enjoy reading and leave a comment. Everybody stay safe at home. Love you all ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. Ishu says:
      March 29, 2020 at 1:34 pm

      Dhonthisss vv nala

    2. Dhonthy says:
      April 5, 2020 at 2:18 pm

      Thank you ishu

  2. Zar@ says:
    March 29, 2020 at 11:39 am

    Zain plxx you get aaailaa kairiah dahcheyyy plxxxxx…??? God Curiously Waiting for the next part…. Heyy when next part.. Love you too.. be safe…

    1. Dhonthy says:
      April 5, 2020 at 2:17 pm

      Zain will go dear. And sorry for the late reply. Love you and yes. You also be safe. ❤️❤️❤️

  3. Yanaa says:
    March 29, 2020 at 2:53 pm

    Varah varah varah reethi????
    maa sha Allah❤❤❤❤❤❤❤❤
    waiting waiting????????
    ❤❤❤❤love you ❤❤❤❤❤

    1. Dhonthy says:
      March 29, 2020 at 7:11 pm

      Thank you so much Yanaa. Yes dear keep waiting. Love you too dear ❤️❤️❤️❤️❤️❤️???????❤️❤️❤️???❤️?❤️

  4. No more 12 says:
    March 30, 2020 at 3:39 am

    Wow… I’m exited to know what’s going to happen next… Whn is nxt part??? Waiting…

    1. Dhonthy says:
      March 30, 2020 at 5:19 am

      Thank you so much dear. Haha. Konmeves surprising kameiy vaane dhw dhn next part ga. Hehe. Iraadhakurevviyyaa Thursday ga noonee eyge es kurin next part upload kureveythw balaanan. Yes dear keep waiting. ❤️

  5. Quiiin? says:
    March 30, 2020 at 9:00 am

    !!!Hiii
    Vrh bodu kameh vaan kanneyge eulheniii … i’m so curiouse to knw how zain will react … hehe vrh vrh vrh rythi mi part vx … ma sha allah??
    ?Waiting fr nxt
    Ly

    1. Dhonthy says:
      April 5, 2020 at 2:20 pm

      Sorry dear for the late reply. Zain react kuri goiy mihaaru engeyne kamau mi balanee inge. Hehe. And thank you so much dear. Love you too??❤️?

  6. Isha says:
    March 30, 2020 at 12:25 pm

    Dhonthhssss..???❤❤vv nice mi parts vesss,❣?

    1. Dhonthy says:
      March 30, 2020 at 2:07 pm

      Isha dear❤️❤️❤️???? Thank you so much dear

  7. very nice says:
    March 30, 2020 at 2:12 pm

    ????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Dhonthy says:
      April 5, 2020 at 2:22 pm

      Awwwww ???????❤️❤️❤️❤️❤️??????? Thank you dear ??????????❤️❤️❤️❤️❤️

Comments are closed.


All Right Reserved!