ފާއިތުވި 8 އަހަރުތެރޭ މާލެއަށް އައިސްފައިވާ ނުހަނު ބޮޑެތި ބަދަލުތަކެއް ބަލާލި ކޮންމެ ދިމާލަކުން ފެނެއެވެ. މީގެ 8 އަހަރުކުރީގައި ހަދާފައިވާ އިމާރާތްތައް ސުންނާފަތިކޮށް އޭގެ ބަދަލުގައި ހުރީ 10 ނުވަތަ 15 ބުރީގެ ކުލަކުލައިގެ އިމާރާތްތަކެވެ. ހަމައެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހާމެ ތަފާތެވެ. ހުޅުލެއިން މާލެއަށް ދިޔަ މަގުމަތީގައި އިއުފާގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެކަމާ ރިހާމާއި މިޖްދާދު އިނީ ހީލަހީލައެވެ. އިއުފާގެ ވާހަކަތައް އަޑުއަހާން ޔޫން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. […]
ޒާޔާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުމުން މަލައިކާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ޖޭމުގަސްދޮށުން ނުކުތީ އޭނާ ދިރިއުޅޭ ގެއަށް ދާންވެގެންނެވެ. ފަހަރެއްގައިވެސް ޒާޔާގެ ސޫރަ ފެނިދާނެކަމަކަށް ނޫނެވެ. “އަމްމް. ޖޭމް ގަހުގަ ޖޭމު އަޅާފަ ހުރީމަ ޖޭމު ބިންނަންވެގެން މިތާ މިއުޅެނީ.” ޒާޔާގެ ހިތުގައި އުފެދިފައިވި ސުވާލު ދެނެގަންނަމުން މަލައިކާ ދޮގެއް ހަދައިލިއެވެ. އޭނާ އެހާ ފަސޭހައިން ޒާޔާގެ ހިތުގައިވި ސުވާލު ދެނެގަތީ ޒާޔާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތް ފެނިފައެވެ. “މަލައިކާ މިއޮތް ހުރިހާއިރު […]
ހާތިބުއަކީ އަމިއްލައަށް ބޭނުންވެގެން ކަންކަން ދަސްކުރުމަށް ފޯރި ހުންނަ ކުއްޖެކެވެ. ހާތިބުވެސް ފުރާދުވަސް ލަސްވިޔަސްވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. އޭނަ އަބަދުވެސް ބައްޕަ ބުނާތީއަޑުއަހައެވެ. ބައްޕަ އަބަދުވެސް ބުނާނެ “ކެތްތެރިންނާއެކުއޭ ﷲ ވޮޑިގެންވަނީ..” ” އަހަރެން ކެތްތެރިކަމާއެކު ކުރިމަތިލުމުން ހުރިހާ ފައިދާއެއްވެސް ވާނީ އަހަރެންނަށް” ހާތިބު އޭނަގެ ހިތާހިތާ ވާހަކަދެއްކިއެވެ. އެހަފްތާގައި ފުރަތަމަވެސް ހަތީބުއަށް ދިނީ އެކި ޝަހަރުތަކާ ޤައުމުތަކުގެ ބަސްތައް ދަސްކުރުމަށް ދެވިފައިވާ ފޮތެކެވެ. ހާތިބުއަށް އެމަސައްކަތް ތަންކޮޅެއް އުނދަގޫ ކަމަކަށް ވިއެވެ. ނަމަވެސް ހިތްވަރުގެ […]
^3^ ކުއްލި އަކަށް ސިޑިން ފައިބަން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ކައިން އަރިއަޅާލައިގެން ވެއްޓުނެވެ. ރެޖިސްޓަރތަކާއި ގަނޑުތައް ބަރިބަރިއަށް ބިމަށް އޮހިގަތެވެ. ކުއްލިއަކަށް ބާރުހުރި ލަތްކެއްޖަހާ މީހަކު ކައިން ތެދުކޮއްދިނެވެ. “ޝިޓް ޝިޓް ޝިޓް..” ކައިން އެޔެއްމިޔެއްނުބަލާ ވެރިފައިވާ ހުރިހާ އެއްޗެއް އަލުން ނަގަންފެށިއެވެ. ހުރިހާ އެއްޗެއް ނަގާފައި ކައިން އެކުއްޖަކަށް ޝުކުރުއަދާކުރަން އެނބުރުނެވެ. ކައިން ދިޔައީ އެއްލިގެންނެވެ. އެތަނުގައި ހުއްޓިގެން ހުރީ ކައިން ހީކުރި މީހުންގެ ތެރެއިން އެކަކެއް ވެސްނޫނެވެ. “ކަލޭތަ..؟” ރައިނާމެންގެ […]
“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…. ވާނަމޭ އުމުރަށް އެކީ ޖާނާ…. ނޭދެމޭ ދުރުވާކަށެއް ލޯބިވާ…. ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…” ލާޝާ ކަންފަތައް ހެޑްސެޓު ޖަހައިގެން އިނދެ، އިވެމުން ދިޔަ ލަވަ އާއި އެއްވަރަށް ކިޔަމުން ދިޔައެވެ. އޭރު ލާޝާ ކައިރީގައި ލާޝާގެ ލެޕްޓޮޕް ހިފައިގެން ނައިހާ އިނީ ނިއަލް އާއި ލާޝާގެ ކައިވެނި ޕާޓީގައި ނަގައިފައި ހުރި ފޮޓޯތައް ބަލާށެވެ. ނައިހާ ލާޝާ ކައިރިއަށް އެ ގެއަށް އައީ ލާޝާގެ އެދުމުގެ މަތިންނެވެ. ނިއަލް ޑިއުޓީ […]
ސުކޫލު ނިމިގެން ގެއަށް ދިއުމަށްޓަކައި ޒާރާ މަގުމައްޗަށް ނުކުތެވެ. ދިއްލާފައިވާ ރަތްދަކަ އަވިން ސަލާމަތްވުމަށްޓަކައި ގަސްގަހުގެ ހިޔަލުން ހިނގޭތޯ އޭނަ ބެލިއެވެ. ވެފައި ހުރި ވަރުބަލިކަމާއި ބަނޑުހައި ހޫނުކަން އިހުސާސް ކުރެވޭ ކޮންމެފަހަރަކު ޒާރާ އޭނަގެ ހިނގުން ބާރުކޮށްލައެވެ. ފޮތްދަބަސް ހިފައިގެން ގޭދޮށަށް އާދެވުމާއިއެކު ޒާރާ ދިޔައީ ސިއްސައިގެންނެވެ. މުޅި ގޭދޮށް ވަނީ މީހުންތައް އެއްވެ ތޮށްޖެހިފައެވެ. އިނގިލި ކުރި ޖައްސައިލާނެހާ ތަންކޮޅެއްވެސް ނެތެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމާއި ބިރުވެރިކަމެވެ. އެންމެންގެ ތެރެއިން […]
އަންޖަލް ދެލޯ މަރާ ތުންފަތް ފިއްތާލިއެވެ. ޖައިޝް ކިރިޔާ އަންޖަލްގެ މޫނު ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އަދި އަންޖަލްގެ ކަންފަތް ކައިރިއަތްގޮސް މަޑުމަޑުން ބުނެލިއެވެ. ” އަހަންނަކީ އެހާ ނުލަފާމީހެއްނުން… އަހަރެން އަންޖަލް ގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން..” ޖައިޝް މިހެން ބުނެފައި ގޮސް އޭނާއަށް ހާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އަންޖަލްއަށް ހުރީ ގުޑާލަންވެސް ނޭގިފައެވެ. ދެލޯ މަރައިގެން ހުރިގޮތަށް ހުރެވުނު އިރެއްވެސް ބުނާކަށް ނޭގުނެވެ. އީދުގެ ދެދުވަސް އަންޖަލް އަށް ހީވީ […]
* “އަވް ދަރިފުޅާ މިއީ…………” އަވީނާ އެއްޗެކޭ ބުނުމުގެ ކުރިން އިތުޤާލް އަވީނާ ހުއްޓުވިއެވެ. އަވްލީންގެ އޮމާން މޫނުމަތީ އަތް ބީއްސާލާފައި އިތުޤާލް ހީނލިއެވެ. އަދި އަޅައިގެން ހުރި އަވި އައިނު ނެގިއެވެ. އަވްލީންއަށް ހިނިތުންވާކަށްވެސް ނޭނގުނެވެ. ހައިރާންވީ ވަރުން މިއީ ހުވަފެނެއް ނޫންބާވައޭ ވެސް ހިތަށް އެރިއެވެ. ސޯފާގައި އިށީނދެގެން އިން އަލާންގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. “ތީ އަހަރެންގެ……..” އަލާން އަހާލަން އުޅުނެވެ. “ތީ އަހަރެންގެ މަންމަތަ.؟؟” އަވްލީންގެ ލޮލުގައި ހުރި […]
މަލައިކާ ޖަމީލާގެ ފަސްފަހަތުން ހިނގަމުން ދިޔައެވެ. ދުވާލު ވަގުތަށް ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައިވާ ބާރުތައް ވަނީ ބަލިކަށިވެފައެވެ. އެހެންކަމުން އޭނާއަށް ޖަމީލާ ބިރުގަންނަވައިލަން ކުުރެވޭނެ އެއްވެސް ކަމެއް އެވަގުތު ނުވިއެވެ. ޒާޔާއާއި ދިމާވި ދުވަހުން ފެށިގެން މަލައިކާއަށް ޖަމީލާއަކީ ކާކުކަން އޮޅިފައެއް ނެތެވެ. މަލައިކާގެ ބާރުގަދަ ސިކުނޑިއަށް ޒާޔާއާއި ގުޅޭ ކޮންމެ މީހެއްގެ މަޢުލޫމާތު ވަރަށް ސާފުކޮށް އިނގިފައިވިއެވެ. ޖަމީލާ އާއި އާލިޔާ އަކީ ޒާޔާއަށް ރަނގަޅުވާނެ ބައެއް ނޫންކަން އެނގުނު ދުވަހުން ފެށިގެން މަލައިކާ […]