Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ނުވަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
June 10, 2020 9 Mins Read
46 Comments

ޒާޔާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުމުން މަލައިކާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ޖޭމުގަސްދޮށުން ނުކުތީ އޭނާ ދިރިއުޅޭ ގެއަށް ދާންވެގެންނެވެ. ފަހަރެއްގައިވެސް ޒާޔާގެ ސޫރަ ފެނިދާނެކަމަކަށް ނޫނެވެ. “އަމްމް. ޖޭމް ގަހުގަ ޖޭމު އަޅާފަ ހުރީމަ ޖޭމު ބިންނަންވެގެން މިތާ މިއުޅެނީ.” ޒާޔާގެ ހިތުގައި އުފެދިފައިވި ސުވާލު ދެނެގަންނަމުން މަލައިކާ ދޮގެއް ހަދައިލިއެވެ. އޭނާ އެހާ ފަސޭހައިން ޒާޔާގެ ހިތުގައިވި ސުވާލު ދެނެގަތީ ޒާޔާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތް ފެނިފައެވެ. “މަލައިކާ މިއޮތް ހުރިހާއިރު ވަންދެން ޖޭމުގަސްދޮށުގަތަ ތި ހުރީ؟ މަލައިކާ ބިރެއް ނުގަނޭތަ؟” މަލައިކާގެ ޙަޤީޤަތް ނޭނގޭ ޙާލު ޒާޔާ ސުވާލުކުރިއެވެ. “އާނ އަހަރެން ބިރެއް ނުގަނޭ. މިތާ ދޮރުމަތީ އެބަހުރި ވިއްޔަ އަހަރެންގެ ބޭބެ. އޭނައާއެކީއޭ މިއުޅެނީ. ދެން މިހާރު އޭނަ ހިނގައިދާނެ. އަހަންނާ އަހަރެންގެ ބޭބެއަށް މީރު އެއްޗެއް ޖޭމަކީ. އެހެންވެ މިތާ ގަސްދޮށުގަ މަޑުކޮށްލީ. ދޮން ޖޭމުކޮޅެއް ހުރިތޯ ބަލާލަން.” ނުތަނަވަސްވެފައިވި ހިތަކާއިއެކީ މަލައިކާ ބުންޏެވެ. “ދެން ދަނީ އިނގެ. ބޭބެ ހުންނާނެ ކަންމަތީގަ.” ޒާޔާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ މަލައިކާ އަވަހަށް އެގެއިން ނުކުމެއްޖެއެވެ.

ދޮރާއްޓާއި ދިމާލަށް ބަލަން ހުރުމަށްފަހު ޒާޔާވެސް ބޭރަށް ނުކުތެވެ. އޭރު މަލައިކާ ފެންނާކަށް ނެތެވެ. ޖެހިތާ ލަކުނުވެސް ނެތީއެވެ. މިހާ އަވަހަށް އޭނާއަށް މަގުގެ ކަންމައްޗަށްވެސް ދެވުނީހެއްޔެވެ؟ މަލައިކާއަކީ އަޖައިބެއްފަދަ ކުއްޖެކޭ ހިތައި ޒާޔާ އޭނާގެ ފޯނުން ފްލެޝްލައިޓް ދިއްލައިލަމުން ހިނގައިގަތެވެ. ޒާޔާއަށް ނޭނގުނު ކަމަކީ އޭނާގެ ފަސްފަހަތުން މަލައިކާ އަންނަ ކަމެވެ.

މަގުމަތީ ހިނގަމުން ދިޔައިރު ޒާޔާ އަށް މަގުގެ އެކި ދިމަދިމާލަށް ބެލެމުން ދިޔައެވެ. މިއީ އޭނާ މިފަދަ ގޮތަކަށް ބޭރަށް ނުކުތް ފުރަތަމަ ރެއަށް ވުމުން ޒާޔާ ހުރީ ހިސާބަކަށް ބިރުގަނެފައެވެ. ގަހެއް ހެލޭތަން ފެނުނަސް ޒާޔާ ސިހިގެން ދެއެވެ. ޒާޔާ އެހެން މަގުގެ އެކި ދިމަދިމާލަށް ބަލަމުން ހިނގަމުން ދިޔައިރު ނޭނގޭ ސަބަބަކާ ހުރެ އޭނާއަށް ރައްކާތެރިކަން އިޙުސާސް ކުރެވެމުން ދިޔައެވެ. ކޮންމެވެސް މީހަކު އޭނާގެ ރައްކަލަށްޓަކައި އޭނާގެ ގާތުގައި އެބަ ހުއްޓޭ ހިތަށް އަރަނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރުގައި އެއީ އޭނާ ކުރުސި ކިޔަވައިގެން ނުކުތުމުން ވާ ކަމެއް ކަމުގައި ޒާޔާއަށް ޤަބޫލުކުރެވުނެވެ.

އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިލުމެއްނެތި ރައްކާތެރިކަމާއިއެކީ ޒާޔާއަށް ފަވާޝަތުމެން ގެއާއި ހަމައަށް ދެވުނެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ޒާޔާ އެ ގޭތެރެއަށްވަނެވެ. މުޅި ގޭތެރެއަށް ވެރިވެފައިވާ އަނދިރިކަން ފޫއަޅުވައިލަނީ ޒާޔާގެ ފޯނުން ދިއްލިފައިވި ލައިޓުންނެވެ. އޭގެ އިތުރަށް ފަނޑުކޮށް އެހެން ލައިޓެއްވެސް ގޭތެރެއަށް އެޅިފައިވިއެވެ. ޒާޔާ ހީކުރީ އެއީ އާލިޔާގެ ކޮޓަރި ދޮރުން ހެދިފައި ހުރި ކުޑަ ބާގަނޑުން ނުކުންނަ އައްޔެއްކަމެވެ. އެހެންނަމަވެެސް އެއީ ޒާޔާގެ ފަހަތުގައި ހުރި މަލައިކާގެ ލޮލުން ދޫކޮށްފައިވާ އައްޔެކެވެ. އެއްވެސް އަޑެެއް ނީއްވައި ޒާޔާ ފަވާޝަތުގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ. ކޮޓަރި ދޮރު ކައިރިއަށް ހުއްޓުނު އިރު ފަވާޝަތު ކުކުރާ އަޑު އިވެއެވެ. ޒާޔާ އަވަސްއަވަހަށް ދޮރު ހުޅުވުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ.

“ފަވާ. އޭތް. އަހަރެން މިހުރީއޭ.” އެނދުގެ މަގަތުގައި އިށީންނަމުން ޒާޔާ ބުންޏެވެ. ޒާޔާ ފަވާޝަތުގެ ނިއްކުރިމަތީ އޭނާގެ އަތް ޖައްސައިލިއިރު ހީވީ އޭނާގެ އަތްވެސް ފިހިދާނެހެންނެވެ. އެހާވެސް ފަވާޝަތު ހުން ގަދައީއެވެ. “ބޭސް ކާޑެއްވެސް ނެތްތަ؟” ސައިޑް ޓޭބަލް މަތި ބަލައިލަމުން ޒާޔާ އެހިއެވެ. “އެ..ވެސް..އޮ..އޮންނާނީ..ބޮޑް..ބޮޑުދައިތަ..ކޮޓަރް..ރީގަ.” ފަވާޝަތު ވާހަކަދެއްކިއިރު ހީވީ އޭނާގެ ނޭވާ ހާސްވާން އުޅުނުހެންނެވެ. ފަވާޝަތު ފުންކޮށް ނޭވާތަކެއް ލާން ފެށުމުން ޒާޔާ ކަންބޮޑުވާން ފެށިއެވެ. ދުރުގައި މަންޒަރު ބަލަން މަލައިކާ ހުއްޓެވެ. އޭނާ ނިންމީ ކޮންމެވެސްގޮތެއް ހަދައިގެން ނަމަވެސް ޒާޔާ އެ ކޮޓަރިން ނެރި ފަވާޝަތަށް އެހީވާށެވެ. ޒާޔާ ހުއްޓާ އޭނާ އެތަނަށް ފާޅުވެ ފަވާޝަތަށް އެހީވާން އުޅެފިއްޔާ އޭނާގެ ޙަޤީޤަތް ފަހުމް ވެދާނެތީ މަލައިކާ ޖެހިލުންވެއެވެ.

“އަހަރެން އެބަ އަންނަން.” ޒާޔާ އެހެން ކިޔައިފައި ދިޔައީ އެގޭގެ ބަދިގެއަށެވެ. ބަދިގޭ ފްރިޖް މަތީ ހުރި ކުޑަ ބާސްކެޓް ނަގައި އެ ހާވަން ފެށީ އޭގެން ބޭސްކާޑެއް ނަމަވެސް ފެނޭތޯއެވެ. އެހެންނަމަވެސް އޭގެން އެއްވެސް ކަހަލަ ބޭސްކާޑެއް ފެންނަން ނެތުމުން ޒާޔާ ބަދިގޭގައި ހުރި ކަބަޑުސެޓުތައް ބަލަން ފެށިއެވެ. އޭގެން އެއްވެސް ތާކުން ބޭސް ކާޑެއް ނުފެނުމުން ޒާޔާ ނިންމީ އާލިޔާގެ ކޮޓަރިއަށްދާށެވެ. ދެން އެ ނޫން ގޮތެއް ނެތީތީއެވެ. އާލިޔާ ކިތަންމެ ވަރަކަށް އޭނާއަށް ނަފްރަތު ކުރިޔަސް ފަވާޝަތަށްޓަކައި ނަމަވެސް އޭނާއާއި މިރޭ ވާހަކަދައްކަން ޖެހޭނެއެވެ.

މަލައިކާ ކޮޓަރި ދޮރު ތަޅުލައިގެން ފަވާޝަތަށްވެސް ނުފެންނާނޭހެން ފަވާޝަތު ކައިރިއަށް ދިޔައެވެ. ފަވާޝަތު ދެފަރާތަށް ފުރޮޅެމުން ދިޔައިރު ހީވަނީ މަރަށް ތެޅޭހެންނެވެ. މަލައިކާ މަޑުމަޑުން ފަވާޝަތުގެ ނިއްކުރީގައި އޭނާގެ އަތް ޖައްސައިލިއެވެ. އޭނާއަށް އެވަގުތު ދެވެން އޮތް އެންމެ ރަނގަޅަކަށް ފަވާޝަތަށް ފަރުވާ ދޭން ބޭނުންވިއެވެ. ފަވާޝަތުގެ ނިއްކުރީގައި އަތް ޖައްސައިގެން ދެލޯ މަރައިގެން ހުރެ މަލައިކާ އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. އިރުކޮޅަކުން ފަވާޝަތު ހިމޭންވިކަން އެނގުމުން މަލައިކާ ދެލޯ ހުޅުވައިލުމަށްފަހު އޭނާގެ ދެލޯ ހަނިކޮށްލަމުން ދެލޯ ރަން އައްޔަކުން ދިއްލައިލިއެވެ. އަދި ފަވާޝަތުގެ ނިއްކުރިއާއި ދިމާލަށް ރޮނގެއްހެން އެ އަލި ދޫކޮށްލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލައިކާ އަނެއްކާ އޭނާ އިހު ހުރިގޮތަށް ބަދަލުވެލިއެވެ. ދިއްލިފައިވި ދެލޯ ހުރީ އިހު ހުރިގޮތަށް ރީތިކޮށް ބޮޑުކޮށެވެ. އަނެއްކާވެސް މަލައިކާ ފަވާޝަތުގެ ނިއްކުރީގައި އަތް ޖައްސައިލިއެވެ. އެއާއިއެކު އިރުކޮޅެއްނުވެ ފަވާޝަތަށް ނިދިއްޖެއެވެ. ކޮޓަރިން ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުން މަލައިކާ އަވަސްއަވަހަށް ދޮރުގެ ތަޅު ހުޅުވައިފައި އެމީހަކަށްވެސް ނުފެންނާނެހެން އެހުރިތާ ހުރެ ގެއްލުނެވެ.

ޒާޔާ ކޮޓަރިއަށް ވަތްއިރު ނިދިފައި އޮތް ފަވާޝަތު ފެނުމުން ކުޑަކޮށް ޙައިރާންވިއެވެ. މީގެ އިރުކޮޅެއް ކުރިން ފަވާޝަތު އުޅުނީ އޭނާއަށް ނިދޭނެ ފަދަ ޙާލެއްގައެއް ނޫނެވެ. ފަވާޝަތު އެގޮތަށް ތެޅިތެޅި އެންމެ ފަހުން ވަރުބަލިވެގެން ނިދުނީއޭ ހިތައި ޒާޔާ ގޮސް ފަވާޝަތު ކައިރީ އިށީނެވެ. އަދި ފަވާޝަތުގެ ނިއްކުރީގައި އަތް ޖައްސައިލިއެވެ. ހަމަ އަތް ޖެހިލުމާއިއެއްކޮށް ޒާޔާއަށް އަތް ދަމައިގަނެވުނެވެ. މިއީ ހަމަ ޙަޤީޤަތެއް ހެއްޔެވެ؟ އެހާ އަވަހަށް އެ އައިއްސައި ހުރި ގަދަ ހުންގަނޑު ފިލައިގެން ދިޔައީ ހެއްޔެވެ؟ ވީ ނުވީއެއް ނޭނގިފައި ޒާޔާއަށް އިރުކޮޅެއްވަންދެން އިނދެވުނެވެ. އެހެން އިންދައި އޭނާއަށް ފެނުނީ އޭނާގެ ފޯނު ދިއްލުނު ތަނެވެ. އޭރު ގަޑިން ވީއިރެއް ފެނިފައި ޒާޔާއަށް ކޮޅަށް ތެދުވެވުނެވެ. އަވަސްއަވަހަށް ފަވާޝަތުގެ ގައިގައި ރީތިކޮށް ރަޖާގަނޑު އަޅައިލަދެމުން ކޮޓަރި ތަޅުލައިފައި ޒާޔާ ކޮޓަރިން ނުކުތެވެ. އަދި ފޯނުގެ ލައިޓް ދިއްލައިލަމުން އެގެއިން ނުކުތެވެ.

ދުވެފައި ކަހަލަ ގޮތަކަށް ޒާޔާ އައިސް ގެއަށް ވަނެވެ. އޭރު ޒާޔާ ކުޑަކޮށް ދާހިތްލައިފައި ހުރިއިރު ނޭވާވެސް ހިސާބަކަށް ކުރުވެފައިވިއެވެ. ގެއަށް ވަދެ ގޭދޮރު ތަޅުލައިފައި އޭނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހެދުން ބަދަލުކުރުމަށްފަހު ޒާޔާ އެނދުގައި އޮށޯވެލިއެވެ. ފަތިސްވާން އަދި ވަގުތުކޮޅެއް އޮތުމާއިއެކު ޒާޔާ ބޭނުންވީ އެވަގުތުކޮޅު ނިދައިލާށެވެ. އޭސީގެ ފިނިމިން މަތިކޮށްލަމުން ކައިރީގައި އޮތް ބާލީހުގައި ބައްދައިލަމުން ޒާޔާ ދެލޯ މަރައިލިއެވެ. އެއާއިއެކު ހަމަ އިރުކޮޅެއްގެ ތެރޭ އޭނާއަށް ނިދިއްޖެއެވެ.

ނޫމާން ސްކޫލަށް ދާން ހޭލަންވާއިރަށް ޖަމީލާ ހުރީ ނޫމާނަށް ކިރުތައްޓެއް ތައްޔާރުކޮށްފައެވެ. އަދިވެސް ބޮޑަށް އެހެން މީހުންގެ އިތުބާރު ހޯދުމަށްޓަކައި ޖަމީލާ ގޭގައިވެސް އުޅެމުން ދަނީ މޫނު ބުރުގާ އަޅައިގެންނެވެ. މިއަދު ހަވީރު އޭނާ ވަނީ ޒާޔާގެ ގެއަށް ދާން ނިންމައިފައެވެ. އެހެންކަމުން ޒާޔާއަށް ދޭނެ ރަނގަޅު ހަދިޔަލެއްވެެސް ތައްޔާރުކުރުމުގެ މަސައްކަތް އޭނާ ވަނީ ރޭގެ ވަގުތެއްގައި ފަށައިފައެވެ.

ނޫމާން ތައްޔާރުވެގެން އައުމުން ޖަމީލާ ކިރުތަށި ނޫމާނަށް ދިއްކޮށްލިއެވެ. ނޫމާން ތުން އަނބުރައިލަމުން އޭގައި ހިފައި އެއްފަހަރުން އެ ބޮއެލައިފިއެވެ. އަނގަ ޗޭކޮށްގެން ހުރެ ނޫމާން އެ ތަށި މޭޒުމަތީ ބަހައްޓަމުން އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ދެތިން ކޯވަރު ފެން ބޮއެލިއެވެ. “ހެހެ. ކިތަންމެ ނުބައި ވިޔަސް ކިރުސައިވެސް ބޯންވާނެ ކޮންމެދުވަހަކު ހޭލައިގެން. އޭރުން ސިކުނޑިވެެސް ތޫނުވާނެ އިރާދަކުރެއްވިއްޔާ.” ތަށި ދޮންނަން ހުރެ ޖަމީލާ ބުންޏެވެ. “އާނނ. ތީތި ބުއިމަށްވުރެ މާ ރަނގަޅުވާނެ ސިކުނޑި ނަގައި ހަނެއްގަ ލީ ނަމަ. އޭރުން ކަލޭ ހިތްއެދޭވަރަށް ސިކުނޑި ތޫނުވާނެއްނު.” މަލާމާތުގެ ރާގެއް އެކުލެވިފައިވި އެބަސްތައް ވީ ނޫމާންގެ ހިތު ތެރޭގައެވެ. އޭނާ އަށް އެ ބަސްތައް ދުލާއި ހަމައަށް ގެންނާކަށް ނުކެރުނެވެ. ޖަމީލާ ކުރިމަތީ މިހާރަކަށް އައިސް އެއްޗެކޭ ބުނަން ނުކެރުނެއްކަމަކު ނޫމާން ހިތާއިހިތުން ޖަމީލާއާއި ދިމާލަށް އެތަކެއް އެއްޗިއްސެއް ކިޔައިލައެވެ. ނޫމާން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޖަމީލާ ނޫމާނާއި ދިމާލަށް ބަލައިލިއެވެ. ޖަމީލާ އެއްޗެކޭ ހިތަށް އަރައިފާނެތީ ނޫމާން ހިނިތުންވެލުމަށްފަހު ދިޔައީއެވެ. “ފޮނި އިންސާނެއް. ތިމާވަރުގެ ރަނގަޅު މީހެއް ނެތިގެން ތިހިރަ އުޅެނީ.” ނޫމާން ދިޔަކަން ޔަޤީން ކޮށްލުމަށްފަހު ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުންޏެވެ.

ޒާޔާ ސްކޫލަށް ދާން ނުކުތީ ފަވާޝަތާ ދިމާވާނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އެހެންނަމަވެސް ސްކޫލާއި ކައިރި ނުވެވެނީސް ފަވާޝަތާއި ދިމާވިއެެވެ. ފަވާޝަތު ހެވި ދިލިފަައި ހުރިގޮތުން އެއީ ރޭގައި ބަލިވެގެން އުޅުނު ކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ. ރޭގައި ފަވާޝަތަށް ޖެހުނު ވަރުގަދަ ހުމުގެ އެއްވެސް އަލާމާތެއް އޭނާގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެެ. “ފަވާ؟ ސީރިއަސްކޮށް ބުނެބަ. އާ ޔޫ އޯކޭ؟” ޒާޔާއަށް ހުރެވުނީ އަދިވެސް ޤަބޫލުކުރަން ދަތިވެފައެވެ. އެހާ ގަދަޔަށް ޖެހުނު ހުމުގެ އަސަރު މިއަދު އެއްގޮތަަކަށްވެސް ފަވާޝަތުގެ މޫނުމަތިން ފެންނަން ނެތުމުންނެވެ. “އައިމް ޓޯޓަލީ ފައިން. އަސްލު ނޭނގެ ކިހިނެތްކަމެއް އެހާ އަވަހަށް ހުން ފިލައިގެން ދިޔައީ. އިޓްސް ލައިކް އަ މިރެކްލް. އަލްޙަމްދުލިއްﷲ އަހަރެން އެހާ އަވަހަށް ބަލިން ރަނގަޅުވީތީ.” ދެއަތް އުފުލައިލައި އުޑާއި ދިމާލަށް ބަލައިލަމުން ފަވާޝަތު ބުންޏެވެ. ޒާޔާއަށްވެސް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. އެންމެ ގާތް އެކުވެރިޔާ އެހާ އުފާވެފައި ހުންނާތީވެއެވެ. “އަސްލު އެނގޭތަ؟ ރޭގަ އަހަރެން ނޭވާ ހާސްވެގެން އެގޮތަށް ތެޅެމުން ދަނިކޮށް ހީވި މީހަކު އަހަރެންގެ ނިތުގަ އަތްޖައްސައިލިހެން. ދެން އޭގެ ފަހުން ވީނުވީއެއް ނޭނގުނު. ނިދުނީ ހަމަ. ނިދާ ހޭލެވުނުއިރު ހަމަ ސަތޭކަ.” ފަވާޝަތު އިތުރަށް ކިޔައިދިނެވެ. ސުކޫލާއި ހަމައަށް ދެވެންދެންވެސް ދެކުދިންގެ ދެމެދުގައި އެ ނޫން ވާހަކައެއް ނުދެކެވެއެވެ.

ގޭޓާއި ތަންކޮޅެއް ކައިރިއަށް ދެވުމާއިއެއްކޮށް ޒާޔާއަށް ފަވާޝަތުގެ އަތުގައި ހިފައިލެވުނެވެ. “ވަޓް؟” ޒާޔާ އޭނާގެ އަތުގައި ހިފެހެއްޓުމުން ފަވާޝަތަށް އަހައިލެވުނެވެ. ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރުމުން ފަވާޝަތު ވެސް ޒާޔާ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއެވެ. އޭރު ގޭޓުދޮށުގައި ނޫމާން އާއި ހަސްނައިން މަޑުކޮށްލައިގެން ބޮޑުތަކުރުފާނު ވާހަކައިގައި ތިއްބެވެ. “އޯ.. ދެން އަތުން ދޫކޮށްބަލަ.” ފަވާޝަތުގެ އަތަށް ތަދުވާން ފެށުމުން އޭނާ ބުންޏެވެ. ޒާޔާއަށް ފަވާޝަތުގެ އަތުގައި ހިފަހައްޓައިގެން ހުރެވުނީ ވަރަށް ބާރަށްކަން ރޭކައިލީވެސް ދެނެވެ. އަވަހަށް ފަވާޝަތުގެ އަތުން ދޫކޮށްލަމުން ޒާޔާ އިސްޖަހައިލިއެވެ. “މިތާ ތިބޭނީ ދޯ. ގޭޓު ކައިރިއަށް ދާން ހަދާނެކަމެއްނެތް.” ޒާޔާ ޖެހިލުންވެފައި ހުރިކަން އޭނާއަށް އެނގުންވުމުން ފަވާޝަތު ބުންޏެވެ. ޒާޔާވެސް އެކަމާ އެއްބަސް ވަމުން ވީހާވެސް ބޮޑަށް ހަސްނައިންއަށް ނުފެންނާނެ ފަދައަކުން ފަވާޝަތުގެ ފަހަތުގައި ހުއްޓިލިއެވެ.

ޖަމީލާ އަވަދިނެތި އޭނާ ކުރަން ހުރި މަސައްކަތައިގެން އުޅުނެވެ. ދެތިން ޗޮކްލެޓަކާއި ރަތް ކުލައިގެ ލޭސް ފޮތިގަނޑަކާއި ކުޑަވަރެއްގެ މާ ބޮނޑިއަކާއި އަދިވެސް އެހެނިހެން ބައެއް ކުދިކުދި ސާމާނު ޖަމީލާ ބަންދުކުރަމުން ދިޔައެވެ. އެއްޗެހިތައް ކުޑަވަރެއްގެ ކަރުދާސް ފޮއްޓަކަށް އަޅައި އެ ފޮށި ރަތް ކުލައިގެ ގަނޑަކުން ފޮރުވައިލިއެވެ. އަދި ހުދު ކުލައިގެ ރިބަނެއް އައްސައިލައިފައި އޭގެ މަތީ ހުދުކުލައިގައި އިން ކަރުދާސް ފިނިފެންމަލެއް ތަތްކޮށްލިއެވެ. އޭނާ ހެދި ކުޑަކުޑަ މާބޮނޑިވެެސް ފޮށީގެ މަތިން ކަނާތްފަރާތު ކަނުގައި ހަރުކޮށްލިއެވެ. އޭނާ ހިތްހަމަޖެހޭވަރަށް އެ ހަދިޔާ ތައްޔާރުކުރެވުމުން އެ ފޮށި އޭނާގެ އެނދުމަތީ ބައިންދައިފައި އޭނާގެ ފޯނު ނަގައި އާލިޔާއަށް ގުޅައިލިއެވެ. “ކޮބާ. ބޭނުންވާވަރަށް އެއްޗެހި ގަނެ ނިންމައި ހަދިޔާ ހެދުނީ ދޯ.” ޖަމީލާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އާލިޔާ ވާހަކަދެެއްކިއެވެ. ޖަމީލާ އާނއެކޭ ބުނެލީ ފުޅާ ހިނިތުންވުމަކާއިއެކީއެވެ.

އާލިޔާ ހުރީ އޭނާގެ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގައިލަ ހިނގައިލައެވެ. ރޭގައި އޭނާއަށް ކަންތައް ކުރެވުނު ގޮތާއި މެދު އާލިޔާ ހުރީ ކުޑަކޮށް ދެރަވެސްވެފައެވެ. ފަވާޝަތު އެހާވަރަށް ގޮވުމުންވެސް އެކަމާ އަޅައިނުލެވުނީތީ އާލިޔާއަށް އޭނާގެ އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވުނެވެ. ފަވާޝަތަކީ އޭނާއޭ ކިޔައިގެން ކޮންމެފަދަ ވާހަކައެއްވެސް އެހެންމީހުން ކައިރީ ދައްކާނެ ކުއްޖެއްކަން އެނގޭތީ އެކަމާ އާލިޔާ ހުރީ ހާސްވެފައެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާއަކީ ނުބައި މީހަކަށްވާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. “މިހާރުވެސް ރަނގަޅަށްވިއްޔާ ޒާޔާގެ ކަންފަތާ ހަމައަށް ރޭ އަހަރެން ފަވާޝަތު ގޮވަގޮވައި އަޅައިނުލި ވާހަކަ ފޯރާނެ. ދެން ނޭނގެ އަދި އޭނަ އެހެންމީހުން ކައިރީ މިވާހަކަތަކެއްް ދައްކާނެކަމެއްވެސް. ހުވާ މިބުނީ ހައްތަހާވެސް އެހެން މީހުން ކުރިމަތީ އަހަރެން ގޯސް މީހަކަށް މި ވަނީ އަބަދުވެސް.” އާލިޔާ އޭނާގެ އަމިއްލަ ނަފްސާއި ޝަކުވާ ކުރަމުން ދިޔައެވެ. އަމިއްލަ ދަރިއެއްފަދަ ފަވާޝަތަށްވުރެ ބޮޑަށް އާލިޔާއަށް މުހިންމު ވަނީ ހައްތަހާވެސް އެހެން މީހުން އޭނާއާއިމެދު ދެކޭ ގޮތެވެ.

މިއަދުގެ ކިޔެވުން ނިންމައިލުމަށްފަހު ކުދިންތައް އެކުދިންގެ ގޭގެއަށް ދާން ފަށައިފިއެވެ. ފަވާޝަތާއި ޒާޔާއާއި ނޫމާން އެކުއެކީ އައިއިރު ހަސްނައިން އެމީހުނަށްވުރެ ކުރިން އޭނާގެ ގެއަށް ހިނގައްޖެއެވެ. ޒާޔާ ހުރުމުން ހަސްނައިން އަށް މިހާރު އުނދަގޫވާކަން ނޫމާނަށް އެނގެއެވެ. އަނެއްކާ ޒާޔާއަކީ އަންހެން ކުއްޖަކަށްވާތީ ހަސްނައިން ޒާޔާ ހުންނަ ތަނެއްގައި އެމީހުނާއި ދުރުދުރުން އެއުޅެނީ ޒާޔާއަށް ކޮންމެވެެސް ވަރެއްގެ އިޚުތިރާމެއް ކުރާތީކަންވެސް ނޫމާނަށް އޮޅިފައެއް ނެތެވެ. ޒާޔާ ވެސް ހުންނަނީ ހަސްނައިން އޭނާއާއި ދުރުދުރުން އުޅޭތީ ހަމައަކަށް އެޅިފައެވެ. އަދިވެސް ރަށުތެރޭ ގަދައަށް ދެކެވެމުން ދަނީ އެދުވަހުގެ ވާހަކަތަކެވެ. ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދައްކާ މީހުންވެސް ފެނެއެވެ. އެކަމަކު އެއީ އެ ރަށުގެ ނިޞްބަތުން ވަރަށްވެސް މަދު ބައެކެވެ. ގިނަ މީހުންނަކީ ދޭތެރެ ޖައްސަން ހަދަހަދައިގެން ވާހަކަ ދައްކާ ބައެކެވެ.

“ޒާޔާ. އަހަރެން ހަވީރު މިގެއަށް އާދެވޭތޯ ބަލާނަން. މިއަދު އެ ދިން ފިލާވަޅު އަހަރުން ދެމީހުން ގުޅައިގެން ތިބެވެސް ހިއެއްނުވޭ ނިންމޭނެހެނެއް.” ޒާޔާގެ ގެއާއި ހަމައަށް އާދެވުމުން ފަވާޝަތު ބުންޏެވެ. “ވީޑިއޯ ކޯލަކަށް ދެމީހުން އަރާނީ. އޭރުން އޯކޭ ވާނެއްނު.” ޒާޔާ އެހެން ބުނީ ވީހާވެސް ބޮޑަކަށް ފަވާޝަތަށް ފަސޭހަކޮށްދޭން ބޭނުންވާތީއެވެ. ފަވާޝަތު އާލިޔާ ގާތުގައި ކިތަންމެ ވަރަކަށް ބަހަނާ ދައްކައި އާދޭސްކޮށް ހެދިޔަސް އާލިޔާ ފަވާޝަތު މިގެއަށް ނުފޮނުވާނެކަން ޒާޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒާޔާ ހީކުރި ގޮތާއި ޚިލާފަށް ފަވާޝަތު ނިކަން އަވަހަށް އެކަމާ އެއްބަސްވެލިއެވެ. “އަހަރެންވެސް ބައިވެރިިކުރަންވީނު.” ނޫމާން އޭނާގެ ބޮލުގައި އަތްފުނާއަޅަމުން ބުންޏެވެ. “ނައް އައް. ނޯ ބޯއީސް.” ޒާޔާ އާއި ފަވާޝަތަށް އެ ޖުމުލަތައް ބުނެވުނީ އެއްފަހަރާއެވެ. އެއާއިއެކު ތިން މީހުނަށްވެެސް އެއްފަހަރާ ހީނގަނެވުނެވެ. “ހެހެހެ. އޯކޭ. ދަނީ އިނގެ. ސީ ޔަ.” ޒާޔާއަށް ހަނާއަޅައިލަމުން ފަވާޝަތު ނޫމާނާއިއެކީ ހިނގައިގަތެވެ.

ހަވީރުގެ ވަގުތެވެ. ހެނދުނަށް ފޮޅޭ މާތައް މިލައި ގަސްގަހުން ވަކިވެ ބިންމައްޗަށް ފައިބަމުން ދިޔައެވެ. އަދި ހަވީރަށް ފޮޅޭ މާތައް ގަސްތަކުގައި ފަތިވަމުން ދިޔައެވެ. ބޮޑެތި ދުގެނތި ގަސްގަހާއި ހިރުނދު ގަސްތަކާ މިދިލި ގަސްތަކުން ގިނަ އަދަދަކަށް ފަތް ފައިބައިފައި ހުއްޓެވެ. ފުދޭވަރަކަށް ވައިޖެހޭތީ ގަސްގަހުން ވެރިފައި ހުރި ފަތްތައް ވައިރޯޅިއާއިއެކު އެކި ދިމަދިމާލަށް އުދުހެމުން ދެއެވެ. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. މިއީ ހިތްގައިމު މަންޒަރަކަށް ވިއެއްކަމަކު ރަށުތެރެ ސާފުކުރުމަށްޓަކައި ބިންމައްޗަށް ވެރިފައި ހުންނަ ފަތާއި އެކިކަހަލަ ކުނިތައް ނަގަން ޖެހެއެވެ. އެކަން ކުރުމުގައި ރަށުުގެ މެދު އުމުރުގެ އަންހެނުންނާއި އުމުރުން ދުވަސްވީ އަންހެނުން ރަށުތެރޭ ޙަރަކާތްތެރިވަމުން ދެއެވެ.

ޖަމީލާ އޭނާ ހެދި ހަދިޔާ ފޮށި ހިފައިގެން ގެއިން ނުކުތެވެ. އުސްމާންވެސް ގޭގައި ނެތް ވަގުތަކަށް ވުމާއިއެކީ އޭނާއަށް އެއްވެސް ސުވާލަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ޖަމީލާ ހިނގަމުން ހިނގަމުން ގޮސް އެ ރަށުގެ މިދިލިމަގު ގޯޅިން އެޅި ވަގުތު އެމަގުގައި ކުނިކަހަން އޮތް މީހަކު އިލޮށިފަތި ފޮޅައިލި ގޮތަކުން ޖަމީލާގެ ހެދުމަށް ހިރަފުސް ބުރައިގެން ދިޔައެވެ. ޖަމީލާ އަށް ފުރަތަމަ އެ މީހާއާއި ދިމާލަށް ބަލައިލެވުނީ ރުޅިވެރިކަމުގެ ނަޒަރަކުންނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ރޭވުން މަތިން ހަނދާންކޮށްލަމުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ހިނިތުންވެލިއެވެ. އޭނާ މޫނުބުރުގާ އަޅައިގެން ހުއްޓަސް އޭނާގެ މޫނުމައްޗަށް އަރާ ކުލަވަރުތައް އެހެން މީހުނަށް ދެނެގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ “އަހަނ. ހިރަފުސްކޮޅެއް ބުރީ ދޯ. ހެހެ.. އެއީ މައްސަލައެއް ނޫން އިނގެ ދައްތާ. ރަށުތެރެ ސާފުކުރާއިރު މިކަހަލަ ކުދިކުދި އިންސިޑެންޓްސް ތަކާ ދިމާވާނެ ދޯ. ހެހެހެ.” ޖަމީލާ އޭނާގެ ހެދުމުން ހިރަފުސް ފޮޅަމުން އެ މީހާއާއި ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ ބެލިއެވެ. އެ މީހާއަށް އޭނާއަކީ ޖަމީލާކަން ނޭނގޭ ފަދަ ގޮތަކަށެވެ. ޖަމީލާ ހީކުރި ގޮތަށް އެމީހާވެސް ހިނިތުންވެލަމުން އެކަމަށް މަޢާފަށް އެދެމުން އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ޖަމީލާ ހިރަފުސް ފޮޅައި ނިމި ތެދުވެ ހިންދެމިލިއެވެ. އަދި އެ މީހާއަށް ރުޅިވެރިކަމުގެ ނަޒަރަކުން ބަލައިލަމުން އެތަނުން ދިޔައެވެ. އެ މީހާ އެވަގުތު ހުރީ ޖަމީލާއަށް ފުރަގަސް ދީގެން ކަމަށް ވުމާއިއެކު އޭނާއަށް ޖަމީލާ ބަލައިލިކަންވެސް ނޭނގެއެެވެ. އޭނާއަށް އެ މަންޒަރު ފެނުނުނަމަ ޖަމީލާ އޭނާއަށް ބަލަހައްޓައިގެން ހުރިގޮތް އޭނާއަށް ފެނުނީހެވެ. ޖަމީލާގެ ހަނިވެފައިވި ދެލޯ އޭނާ ރުޅިއައިސްފައި ހުރިކަމަށް ހެކިދެއެވެ.

ޖަމީލާއަށް ޒާޔާގެ ގެއާއި ހަމައަށް ދެވުމާއިއެއްކޮށް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ޙަޤީޤަތުގައި ހަދިޔާއެއް ހަދައިގެންވެސް ޒާޔާއާއި ބައްދަލުކުރަން އެގެއަށް އެއައީ ހަމަ ނިހާން ދެކިލާ ހިތުންނެވެ. އަދި ޒާޔާގެ ނަޒަރިއްޔާތު ބަދަލުކޮށްލުމާވެސް އެކީއެވެ. ދޮރާށި ހުޅުވައިލުމަށްފަހު އެތެެރެއަށްވަންނަމުން ޖަމީލާ ސަލާމް ގޮވައިލިއެވެ. “ވަޢަލައިކުމުއްސަލާމް.” ބަދިގެއިން ނުކުންނަމުން ލިލިއަން ސަލާމް ބަލައިގަތެވެ. “ޒާޔާ އެބައުޅޭތަ؟” ލިލިއަން އަށް ބަލައިލައި މޫނުމައްޗަށް ވައްތަރެއް ޖައްސައިގެން ހުރެ ޖަމީލާ އެހިއެވެ. “އާނ އުޅެނީ. ކޮޓަރީގަ އުޅެނީ.” ލިލިއަން ޖަމީލާއަށް ގޭތެރެއަށް ވަންނަން ތަން ދައްކަމުން ބުންޏެވެ. ޖަމީލާ ދެންވެސް ލިލިއަންއަށް ބަލައި އަނގަ ޗޭ ކޮށްލިއެވެ. ލިލިއަން ލައިގެން ހުރި ޕާކިސްތާނު ހެދުމުގެ ސަބަބުން އެއީ ވަރަށް ދަށް ފެންވަރެއްގެ މީހެއްކަން ޖަމީލާއަށް އެނގެއެވެ. އޭނާއަށް އަނގަ ޗޭކޮށްލެވުނީ އެހެންވެއެވެ. ނިކަމެތި ފަޤީރުންނާއި ޙާލުގައި ޖެހިފައިވާ ކޮންމެ މީހެއްވިޔަސް ޖަމީލާގެ ޙާލަކީ އެއީއެވެ. އެއީ ކުޑަކުއްޖަކަށްވިޔަސް މެއެވެ.

ޖަމީލާ ގޮސް ޒާޔާގެ ކޮޓަރީގައި ޓަކި ޖެހުމާއިއެއްކޮށް އެތެރެއިން ޒާޔާ ދޮރު ހުޅުވައިފިއެވެ. “ފަވާ އަހަ…” ޒާޔާ ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ ކުރިމަތީގައި މޫނުބުރުގާ އަޅައިގެން ހުރި މީހާ ފެނިފައެވެ. އޭނާ ހީކުރީ ފަވާޝަތު ވީޑިއޯ ކޯލް ކުރަން އުޅެފައިވެސް ޚިޔާލު ބަދަލުވެގެން އެގެއަށް އައީކަމަށެވެ. މާ ވަރުލައިފައި ދޮރު ހުޅުވުނީވެސް އެހެންވެއެެވެ. އެކަމަކު ކުރިމަތީގައި މިހުރީ އިހަކަށް ދުވަހު އޭނާއާއި ދިމާވި ‘ރަނގަޅު’ ދައްތައެވެ.

“ދައްްތަ އެތެރެއަކަށްވެސް ނުވައްދާނަންތަ؟” ޒާޔާ ބަލަހައްޓައިގެން ހުންނަން ފެށުމުން ޖަމީލާ އެހިއެވެ. ޒާޔާ ދެފަރާތަކަށް ބޯ ހޫރުވައިލަމުން ޖަމީލާއަށް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ޖަމީލާ އެތެރެއަށްވަދެ އެނދުގައި އިށީނުމާއިއެއްކޮށް ޒާޔާ ދޮރު ލައްޕައިލައިފައި އައިސް ޖަމީލާ ގާތުގައި އިށީނެވެ. “މީ ދައްތަ އެކޮއެއަށް ގެނެސްދިން ހަދިޔާއެއް.” އޭނާ އަތުގައި އޮތް ހަދިޔާ ފޮށި ޒާޔާއަށް ދިއްކޮށްލަމުން ބުންޏެވެ. ޒާޔާ އޭގައި ހިފައި އޭނާގެ އުނގުގައި ބައިންދަމުން އެ ފޮށީގައި ފިރުމައިލިއެވެ. އެ ފޮށި ޕާރުސަލް ކޮށްފައިވާލެއް ފުރިހަަމަ ކަމާއި ރީތިކަމުން ޒާޔާ އެ ކަނޑަންވެސް ބޭނުންނުވި ކަހަލައެވެ. އެކަމަކު އޭގެ ތެރޭ ހުރި އެއްޗެހިތައް ބަލަން ބޭނުންވަންޏާ ޖެހޭނީ އެ ކަނޑަންތާއެވެ. “ތީގަ ހުންނާނީ ހަމަ ދައްތަ އެކޮއެއަށް ހޯދަދީފަ ހުރި ބައިވަރު އެއްޗެހި. ކަމުދާނެކަމަށް އުންމީދުކުރަން… އެކޮއެއަށް ހެޔޮ އެދޭތީ ދައްތައަށް މިހުރިހާ ކަމެއް މި ކުރެވެނީ. އެކޮއެ…” ޖަމީލާ ވާހަކަދައްކަ ދައްކައި ހުއްޓާ ޒާޔާ ޗޮކެއް ކަނޑައިލުމުން ޖަމީލާގެ އަނގަ ބަންދުވިއެވެ. އޭނާ ހީކުރީ އޭނާއަށް ދައްކަން ނުވާވަރުގެ ވާހަކައެއް އަނެއްކާ ޒާޔާ ކައިރީ ދެއްކުނީ ކަމަށެވެ. “ކީއްވެތަ އެކޮއެ ތި ކިޔަނީ؟ މީ ޒާޔާއޭ.. ހެހެ. ދައްތައަށް ކިޔަނީ ކޮން ނަމެއްތަ؟” ޒާޔާ އެންމެ ފަހުން ކުރި ސުވާލު އިވިފައި ޖަމީލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އެހާ އަވަހަށް އޭނާގެ ނަން ހާމަކުރާކަށް ބޭނުމެއްނުވެއެވެ. ކޮންމެވެސް މޮޅު ބަހަނާއެއް ދައްކަން ހިތަށް އަރައިފައިވެސް ޖަމީލާއަށް އެކަން ކުރާކަށް ނުކެރުނެވެ. އޭރުން އަނެއްކާ ޒާޔާއަށް އޭނާގެ ނުބައި ސޫރަ ފާހަގަވެގެން ހިނގައިދާނެތީއެވެ. މިނެޓްތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޖަމީލާ ހިނިތުންވެލަމުން ޒާޔާއަށް ބަލައިލިއެވެ. “ދައްތައަށް ކިޔަނީ ޒީވާ.” ޖަމީލާ ވީހާވެސް ބޮޑަކަށް ޒާޔާއާއި ގުޅޭނެ ނަމެއް ޚިޔާލަށް ގެންނަމުން ބުންޏެވެ. ޒާޔާ ބޯ ޖަހައިލަމުން އޭނާގެ އުނގުގައި އިން ހަދިޔާ ފޮށި ކަނޑަން އުޅުނެވެ. ހަމަ އެވަގުތު ޖަމީލާ އެތަނުން ދާން ބޭނުންވިއެވެ. ޒާޔާގެ ފަރާތުން އޭނާއާއި ސުވާލުތައް ކުރިމަތިވެދާނެތީ އެ ސުވާލުތަކުން ރެކެން ޖަމީލާ ބޭނުންވިއެވެ. “ދައްތަ ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. ދަނީ އިނގޭ ޒާޔާ. އަދި އަންނާނަން ވަރަށް ފްރީ ދުވަހަކުން.” ޒާޔާގެ ބޮލުގައި ފިރުމައިލައި ކުޑަކޮށް ޒާޔާ ގައިގައި ބައްދައިލަމުން ޖަމީލާ ބުންޏެވެ. “ލައްބަ ދައްތާ. އަދި އަންނައްޗޭ.” ޖަމީލާ ބޯ ޖަހައިލުމަށްފަހު އެ ކޮޓަރިން ނުކުތެވެ.

ޖަމީލާ ގޭތެރެއިން ނުކުތް އިރު ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައި ނިހާން އިންތަން އޭނާއަށް ފެނުނެވެ. ޖަމީލާ ވަގުތުން ނިހާން ކައިރިއަށް ދާން ބޭނުންވިއެވެ. އެކަމަކު އަނެއްކާވެސް އޭނާގެ ރޭވުން މަތިން ހަނދާންވުމުން ޖަމީލާގެ ޚިޔާލު ބަދަލުވިއެވެ. ނިހާންއަށް ނުފެނިވެސް ދެވޭނެ ގޮތެއް އޮތުމުން ޖަމީލާ އެ ގޮތް ޚިޔާރު ކުރިއެވެ. ގަސްތަކު ތެރެއިން މަޑުމަޑުން ހިނގަމުން ގޮސް އުދޯލީގެ ފަހަތުން ލައިފައި ޖަމީލާ މަޑުމަޑުން ގޭ ދޮރާށި ހުޅުވައިލުމަށްފަހު އަވަހަށް ނުކުތެވެ. ގޭ ދޮރާށި ލެއްޕުނުހެން ހީވެގެން ނިހާންއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު މަޑުމަޑުން ދޮރާށި ލެއްޕޭތަން ނިހާންއަށް ފެނުނެވެ. އެއީ މާ ބޮޑު ކަމަކަށް ނުހަދައި އޭނާ އަނެއްކާވެސް އޭނާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ޖަމީލާ މޭގައި އަތްއަޅައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތީ ނިހާން ނުކުމެދާނެހެން ހީވާތީއެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް ނިހާން ފެނުމުން ޖަމީލާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. މާދަންވެސް އެގެއަށް އާދެވޭނެކަމުގެ ފޮނި އުންމީދުގައި ޖަމީލާ އޭނާގެ ގެއަށް ދިޔައެވެ.

ޖަމީލާ ޒާޔާއަށް ދިން ހަދިޔާ ފޮށި ކަނޑަމުން ޒާޔާ އޭގައި ހުރި އެއްޗިއްސަށް ބަލައިލިއެވެ. ފުދޭވަރަކަށް އެއްޗެހި ހުރުމުން ޒާޔާ ފަހަރަކު އެއްޗެއް ނަގަމުން ދިޔައެވެ. ޗޮކްލެޓްތަކެއް ހުރިއިރު ރަތްކުލައިގެ ފޮތިގަނޑެއްވެސް އޮތެވެ. އަދި ޒާޔާ އެންމެ އުފާވީ އޭނާއަށް އެންމެ ބޭނުންވާ އެއްޗިހިވެސް ހުރީމައެވެ. ހުރިހާ އެއްޗެއް ނަގައިނިމުނުއިރު އޭގައި ފަތްޖަހައިިފައި އޮތް ހުދު ކަރުދާސްގަނޑެއް ޒާޔާއަށް ފެނުނެވެ. ދެބުމަގޮށްޖެހިގެން ދިޔަހިނދު ޒާޔާ އެ ކަރުދާސްކޮޅު ނަގައި ނިއުޅުވައިލަމުން އެއަށް ބަލައިލިއިރު އެއީ ސިޓީއެކެވެ. އެނދުމަތީ ހުރި ހަދިޔާތަށް އެއްފަރާތް ކޮށްލުމަށްފަހު ޒާޔާ އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އެ ސިޓީ ކިޔަން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ކުރުވި ދިގު އިންތިޒާރު… 3

Next

ނޭނގި ހިތޭތިއަތުލީ 36

Next
June 12, 2020

ނޭނގި ހިތޭތިއަތުލީ 36

Previews
June 10, 2020

ކުރުވި ދިގު އިންތިޒާރު… 3

46 Comments!

  1. Izabell says:
    June 10, 2020 at 5:30 pm

    Mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤ Ekam mi Jameela are Aaliyaa dheke haadha foohi ve eyy. Hithah araa gos moonumathy jahaafaanamey vx.??Btw when is next part? Imma curiously waiting for next part ?????lysssm

    1. Dhonthy says:
      June 10, 2020 at 11:19 pm

      Awww thank you so so so much Izabell ? ? ? Hahaha. Jameelaamen fenuni dhuvahakun vaane thi bon’di emeehunau dheyn dhw ? ? ? ? ? Hehehe. Next part Insha Allah Friday ga submit kollaanan inge. Keep waiting dear. Love you too Izabell <3 <3 <3 <3 <3 <3 <3

  2. Kylie says:
    June 10, 2020 at 5:35 pm

    Maasha allah v reethi mi part vx…. Waiting fr nxt part… Ly sis… Nd me first tha

    1. Dhonthy says:
      June 10, 2020 at 11:20 pm

      Nooney mifaharu Kylie second ? Hehe. Thank you sooo much dear. Yes dear! Keep waiting doe the next part. Love you too <3 <3 <3 <3

  3. Dhonthy says:
    June 10, 2020 at 5:52 pm

    Salaam all readers ? ? ? Miothee nuvavana bai upload vefa. Unmeedhukuran hurihaa kiyuntherinnau es mi bai kamudhaanekamau. Insha Allah dhihavana bai anekkaa es maadhamaa noon aneh dhuvahu (12.06.2020) ga submit kollaanan. Enjoy reading and leave a comment ? ? ? Love you all <3 <3 <3 <3 <3 <3 <3

  4. Saaji says:
    June 10, 2020 at 7:08 pm

    masha allah mi part ves varah reethi. waitting for the next part. I really hate jameelaa :-/

    1. Dhonthy says:
      July 21, 2020 at 1:03 am

      Saaji ? ? ? Thank you so much dear. Next part mihaaru kiyaalaane kamau mi balanee. Iyyege vaguthegga kanneynge Saaji ge comment publish vefa meenee. Hehe. Once again thank you so much ? ? ?

  5. Sadha says:
    June 10, 2020 at 7:48 pm

    !!Hey dhonthy
    Jameela mee haadha gos myhekey dhw.. i just hate jameela … moonu burugaa vx eulhenii namakah alhaigen… aaliya adhi hurihaa kamehge emme adyga ulhenii.. i just hate them… btw stry hama habeys ingey.. ma sha allah.. ♥️

    1. Dhonthy says:
      June 10, 2020 at 11:23 pm

      Hey Sadha ? ? Ahaha. Haadha majaa comments thakakey mi story au mi libenee dhw ? ? ? Thihaa rulhi aeema kamaku nudhaanennu. Hurey dhn konme es hisaabakun jameelaamenau varugadha lan’deiy dheynamey okay ? ? ? ? Anyways thank you so much Sadha <3 <3 <3

  6. Anuahs says:
    June 10, 2020 at 8:25 pm

    Masha Allah. Mee hama varah habeys story eh.♥️?. Hama ehvana.btw varah intresting malaikaa ulheytheeve.??

    1. Dhonthy says:
      June 10, 2020 at 11:25 pm

      Awww thank you so much Anuahs ? ? ? It really means a lot for me. Hope to see your comments more often ? ? <3 <3 <3 Malaikaa gina kudhinnau kamudheyey dhw ? ? ?

  7. Kairaa says:
    June 10, 2020 at 10:24 pm

    Alhey dhonthy thihaa vrh curious kohlaakah nuvaane ehnnu kn me faharaku?….???hehe…btw mi bai vx varah varah reethi…alhey vrh curious vehjje….masha allah…curiously waiting for the nxt part…lysm…be safe

    1. Dhonthy says:
      June 10, 2020 at 11:28 pm

      Oops. Curious vitha aslu es? Dhonthi heekuree mibai ninmaalevunee v ehenkahala gothakau kamau. Hehe. Anyways thank you so much Kairaa ? ? ? Alhey dhn keep waiting curiously for next part. ? ? Hehe. Love you too dear and be safe <3 <3 <3 <3 <3 <3 <3

  8. Niuko says:
    June 11, 2020 at 7:42 am

    Hey dhonthii…Masha Allah this is one of the best Hama vrh habeys mi story ..btw vrh interesting malaika ulhey thii..
    Waiting for next part..
    Love you ?
    Take care dhonthii ❤️❤️❤️❤️

    1. Dhonthy says:
      June 11, 2020 at 8:34 am

      Hey Niuko ? ? ? Thank you soooo much dear. It really means a lot for me. ? ? <3 <3 <3 Yh Malaikaage fans haadha ginaey dhw. Hehe. ? ? ? yes dear keep waiting for the next ep. Hope to see your comments more often. Love you too <3 <3 <3 <3 <3 Take care

  9. Ahuu says:
    June 11, 2020 at 2:10 pm

    Mi part ves hama varah habeys, ❤️❤️❤️❤️❤️
    Nd vvvvvvvv reethi????
    Waiting for nxt part lysm???
    Mihaaru jameelaa ge reyvun roolhaalaa Eyrun ohnaanee nihaan ge loabi libifa ????
    #Stay home #Stay safe ????

  10. Ahuu says:
    June 11, 2020 at 2:13 pm

    Mi part ves hama varah habeys ❤️❤️❤️❤️❤️
    Nd vvvvvvvv reethi ????
    Dhen jameelaa ge reyvun roolhaalaa Eyrun ohnaanee nihaan ge loabi libifa???…..Hehe?
    #Stay home #Stay safe ???

  11. Dhonthy says:
    June 11, 2020 at 2:36 pm

    Salaam readers ? ? ? For my own reasons I’ve decided to submit the next episode on Sunday. So please please wait patiently for the next episode. Insha Allah I’ll submit the next ep on Sunday for sure ? ? ? Stay safe everyone. Love you all <3 <3 <3 <3 <3

  12. Sadha says:
    June 11, 2020 at 2:41 pm

    ♥️Ok will be waiting

    1. Dhonthy says:
      June 11, 2020 at 3:44 pm

      Yes darl keep waiting ? ? ?

  13. Ahuu says:
    June 11, 2020 at 3:30 pm

    Mi part ves hama habeys ❤️❤️❤️❤️❤️
    Nd vvvvvvvvvvvvvvvvv reethi?????
    E jameelaa ge reyvun roolhehjihyaa onnaanee Ragalhah nihaan libifa ??….. Hehe??
    Waiting for nxt part lysm siss ??
    #Stay home #Stay safe????

    1. Dhonthy says:
      June 11, 2020 at 3:49 pm

      Awww thank you so much Ahuu ? ? ? Ahaha Ahuu thihen kiyanikou jameelaa au nihaan libidhaane ingey ? ? ? ? Hehe. And yes! Keep waiting for the next episode. Love you too and stay safe <3 <3 <3 <3 <3 <3 <3 <3 <3 <3

  14. Ahuu says:
    June 11, 2020 at 4:29 pm

    Aa jameelaa ah nihaan libihjihyaa zaayaage diriulhun halaakuvee ???
    So sad vaane zaayaa ge dhiriulhun halaaku vehjihyaa ???
    But heevanee malaikaa zaayaa ekamun salaamaih kuraanehen ???rhen ve happy ???

    1. Dhonthy says:
      June 11, 2020 at 8:10 pm

      Ehem Ehem. Ahuu thihaavarau ringnaa dhonthi au mi story nuliyevidhaane inge ? ? ? ? Haha. LOL. ? Hingaa dhn balamaa Malaika Zaayaa salaamaiy kuraanekamau dhw. ? ? ?

  15. Mint says:
    June 11, 2020 at 6:23 pm

    Alhey varah reethi mi part vx..varah dhuvasthakeh kohlaafa anehka vx mi comment eh kohlevunee…but mint hama up kuraairan kiyaafa ❤eh dhen
    Keep it up dhonthy❤❤❤?????
    Lysm

    1. Dhonthy says:
      June 11, 2020 at 7:12 pm

      Awlhey dhuvasthakakaufahu Mint ge comment eiy fenuneema vvv ufaavejje ? ? ? Thank you so much Mint. It really means a lot for me. Love you too dear <3 <3 <3 <3 <3 <3

  16. Maukko says:
    June 11, 2020 at 7:04 pm

    Dhonthy mi part vx vrh vrh vrh vrh reethi ❤?????
    I wonder whts written on the letter?!! So curious to know…kyp it up Dhonthy adivx ehffaharu masha allah vrh reethi nd thnkx 4 the beautiful story ????b safe karaa land kudhin??

    1. Dhonthy says:
      June 11, 2020 at 7:15 pm

      Awwww thank you so much Maukko ? ? ? Vvvv ufaavejje Maukkoge thi comment kiyaalaafa. You are really supportive for me ?. ? It means a lot for me dear. You too stay safe. Ahaha! Karaa land kudhinney ? ? ? Maukko au anekkaa ingeytha dhonthige rau? Hehe. Keep waiting inge <3 <3 <3 <3 <3 <3 <3

    2. މެގްނަމް says:
      June 11, 2020 at 8:34 pm

      ނޭނގި ހުންނާނެތަ ދޯ؟، ބައޯގަ ޖަހާފައި އިންނައިރު..އަހަހަ ލަވް ޔޫ ތޮއްޑޫ ???ކަރާ..ޖަސް ކިޑިންގ

    3. Dhonthy says:
      July 21, 2020 at 1:05 am

      Ahahaha. Love you too mag ? ? ? <3 <3 <3 <3

  17. Nww-she says:
    June 11, 2020 at 8:43 pm

    Mi part vess varah varah varah varah varah varah reethi
    Masha Allah
    Curiously waiting for the next part
    ❤❤❤❤❤❤❤❤❤❤❤

    1. Dhonthy says:
      June 11, 2020 at 9:55 pm

      Awww thank you so much Nww-she ? ? ? Means a lot for me. And yes! Keep waiting for the next episode. Next ep on Sunday Insha Allah <3 <3 <3 <3 <3 <3 <3 <3 <3 <3

  18. Quentus says:
    June 12, 2020 at 2:14 pm

    Wow dhonthy i kiyan dhnthi ge all vaahaka ekam comment nukureveny woooooow wooooow vrh rythi grrrrrrrr mi jameela mn eiulheny keehvegen tha aaliyaa vx maa rangalhu kamah hedhign i hate them very much emme rythi vaany jameelaa ge reycun falhaaaraadhuvahu

    1. Dhonthy says:
      July 21, 2020 at 1:07 am

      Quentus ? ? ? Thank you so so much dear and sorry for the late late reply. Jameelaa ulhey gothun v rulhi araiganey dhw ? ? ? Jameelaa ge reyvun falhaa aruvaalaanan edhdhuvahaku inge. ? ? ? Once again thank you so much for this supportive comment ? ? ?

  19. Livy says:
    June 12, 2020 at 6:40 pm

    Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting for the next part ?✨?

    1. Dhonthy says:
      June 12, 2020 at 8:10 pm

      Awww thank you so much Livy ? ? ? Yes dear keep waiting <3 <3 <3 <3

  20. Maukko says:
    June 12, 2020 at 10:55 pm

    When is next part im bieng inpatient abt it??just so excited to read the next part???hihi vedhaane i ah ingeniy kmh vx?…magic hehe A.A thoddoo skl jahaafa iniyma hama buneliy ehn..dhn hama ok ehnnu i frnd eh hurey hama ahaaliyas ingeyne??

    1. Dhonthy says:
      June 13, 2020 at 12:31 am

      Dear dhonthi next episode Sunday ga submit kollaane vaahaka buneemennu dhw ? ? Aan info box ga ehn ineema engunee dhw. Gadha inge ? ? ? Hahaha. Okay dhonthi Maukko ge thi friend hoadhaanan inge. Hehe ? ? ?

  21. Maukko says:
    June 13, 2020 at 11:36 pm

    Hihi hoadhahchey ??? i bet u can??

    1. Dhonthy says:
      June 14, 2020 at 12:25 am

      Hehe. Hoadhaanamey inge ? ? ?

  22. Niuko says:
    June 14, 2020 at 2:19 pm

    Dhonthii .. kobaatha next episode ??

    1. Dhonthy says:
      June 14, 2020 at 3:01 pm

      Niuko ? ? Hama dhenme mi submit kollee. So publish vandhen madukollaa inge ? ? ?

  23. Niuko says:
    June 14, 2020 at 3:37 pm

    Okey …
    ??

  24. Shaibath says:
    June 15, 2020 at 1:12 pm

    Dhonthii…kobaatha next part☹️☹️

  25. SHARAN?? says:
    June 19, 2020 at 1:52 pm

    MI prt vx Varah Varah reethi e Jameela gandu ge kan thah haadha mathiee ga Ey dhw e ulheny ????

    1. Dhonthy says:
      June 19, 2020 at 6:25 pm

      Awww thank you so much dear. Ahaha jameelaa ge kanthau mihaaru maa machchau hingaijji dhw hahaha ? ? ? ?

Comments are closed.

Next Episodeޒާޔާ (ދިހަވަނަ ބައި)←


All Right Reserved!