އެކުއްޖާ 21
* “އަވް ދަރިފުޅާ މިއީ…………” އަވީނާ އެއްޗެކޭ ބުނުމުގެ ކުރިން އިތުޤާލް އަވީނާ ހުއްޓުވިއެވެ. އަވްލީންގެ އޮމާން މޫނުމަތީ އަތް ބީއްސާލާފައި އިތުޤާލް ހީނލިއެވެ. އަދި އަޅައިގެން ހުރި އަވި އައިނު ނެގިއެވެ.
އަވްލީންއަށް ހިނިތުންވާކަށްވެސް ނޭނގުނެވެ. ހައިރާންވީ ވަރުން މިއީ ހުވަފެނެއް ނޫންބާވައޭ ވެސް ހިތަށް އެރިއެވެ. ސޯފާގައި އިށީނދެގެން އިން އަލާންގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ.
“ތީ އަހަރެންގެ……..” އަލާން އަހާލަން އުޅުނެވެ. “ތީ އަހަރެންގެ މަންމަތަ.؟؟” އަވްލީންގެ ލޮލުގައި ހުރި ފެހިކުލަ ހުރި އެ ދެލޯ ފެނިފައި އަވްލީންއަށް އެހުނެވެ. *
“އާނ އަވް… މީ ހަމަ އަވްގެ އުފަން މަންމަ.. އަލާންއާއި ދަރިފުޅަކީ ހަމަ މަންމަގެ ދެ ދަރިން… ދެން އެއީ އަވްގެ ދައްތަ…” ސޯފާގައި އަލާންއާއި ޖެހިގެން އިށީނދެގެން ހުރި އަފްލީންއަށް އިޝާރާތް ކޮށްލަމުން އިތުޤާލް ބުނެލިއެވެ. “މަންމައޭ..؟ ދައްތައޭ..؟” އަވްލީން ހުރީ އޮޅުން އަރާފައެވެ.
”ލި… ލިޔާން..” ރަނާއަށް ހީވީ ހުރިހާ އުފަލެއް ހެދުމުގެ ފަސްބަޔަށް ވެރުނު ހެންނެވެ. ދުވެފައި ގޮސް ރަނާއަށް ލިޔާންގެ ގައިގައި އޮޅުލައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ”އައްދޭ.. އެ ހަ މަސް ތެރޭގައި ހަމަ އެހާވަރަށް އަހަރެން މަތިން މިސްވީތަ..؟” ލާނެތް ހިނިތުންވުމަކާއެކީ ލިޔާން އަހާލިއެވެ. “ސޮރީ އެންމެ ދުވަހަކުވެސް ދެކިލަން ނާދެވުނީމައި… އަހަރެން ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތް…” ރަނާ އެބުނީ އިޝާރާތް ތަކުގެ ވާހަކަކަން ލިޔާން ވަރަށް ފަސޭހައިން ނަގައިގަތެވެ.
“ހޫމް ނައިކަން ރަނގަޅު… ފުލުހުންނަށް ވަނީ އެ ގެގަނޑު… މި ބުނީ އެ ކްރައިމް ސީންގެ ތެރެއިން ރަނޫގެ ކެވެލިކޮޅު ފެނިފައި…” ލިޔާން ބުނެލިއެވެ. މޭމަތީ އަތްއަޅަމުން ރަނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
“އެކަމް ފިލިގޮތަށް ލިޔާން ހާދަ އަވަހަކަށް ތި ހުރިހާ ކަމެއްކޮށް ނިންމާލީ..؟” ލިޔާންއަށް ބަލާލާފައި ރަނާއަށް އެހުނެވެ.
ލިޔާންގެ ދިގު އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާލާފައެވެ. ފުދޭވަރަކަށް ކުރުކޮށް ކޮށާލާފައި ހުރި އިސްތަށިގަނޑު ވަނީ ފަން ކޮށްފައެވެ. އަވި އެޅުމުން ބޮލުގައި ޖައްސާލާފައިވާ މުށިކުލަ ފާޅުވާއިރު ބަލާލަން ނުހަނު ހިތްގައިމެވެ. ފަޅާފައިވާ ތުނބުޅި އެކީ ބާލާފައި ވުމުން ތުންފަތުގެ ތިރީ ހުރި ކަޅުތިލަ ފެންނަން ހުއްޓެވެ. ލިޔާން ލައިގެން ހުރި އޮރެންޖް ކުލައިގެ ޓީޝާޓާއި ނޭވީބްލޫ ރިޕްޑް ޖިންސުގައި ލިޔާންއަށް ބަލާބަލާ މީހަކު ފޫހި ނުވާނެއެވެ. “ހައިރާންވި އަހަރެން ފާހަގަ ކުރަން ރަނާއަށް އެނގުނީމައި.. ދެންމެ ހުރަސްކޮށް ދިޔަ ދެ ފުލުހުންނަކަށްވެސް ނޭނގުނު މަ ވަކި ކުރާކަށް..” މަޖާ ހިނިގަނޑެއް ޖަހާލާފައި ލިޔާން ރަނާގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ.
“މީހާގެ ސިފަ އެކޮޅު ކޮޅުން ޖެހިޔަސް އަޑު ބަދަލެއް ނުވެޔޭ..” ރަނާ ބުނެލިއެވެ. “ރޭގަނޑު މެންދަން ވަންދެން އަހަރެންގެ ގައިގައި އޮޅުލައިގަނެގެން ހުންނަންތަ ރަނާ ތި ވިސްނަނީ..؟” ލިޔާން އަހާލިއެވެ. ރަނާ ތުން އަނބުރާލާފައި ލިޔާންގެ ގައިން ދޫކޮށްލާފައި ފަހަތަށް އެނބުރުނެވެ. “ރަނޫވެސް ހާދަހާ ބަދަލު ވެއްޖެޔޭ…” ލިޔާން ބުނެލި ޖުމްލައިން ރަނާ ލިޔާންއާއި ދިމާލަށް އެނބުރުނެވެ. “މީހަކު ބުނި މަގޭ އިސްތަށިގަނޑު ރީތީ ބުޅިކޮށް ހުންނައިރުއޭ…” ރަނާ ބުނެލިއެވެ. “ނޫން.. މިބުނީ ކުރިއަށްވުރެ ރަނޫ ރީތިވި ވާހަކައޭ..” ޖެހިލުމެއް ނެތި ލިޔާން ފާޅުކޮށްލިއެވެ.
އެމް ބީ ބިލްޑިންގ ތެރެއިން ހަމައެކަނި އިވޭ އަޑަކީ ކައުންޓަރުގައި ހުރި ކުއްޖާ ޓައިޕް ކުރާ އަޑެވެ. “ހެލޯ…” އެތެރެއަށް ވަތް މުޖާހިދު ބުނެލިއެވެ. “އާދެ… މިކޮޅަށް ދުރުވެލައްވާ..” އެތާ ހުރި ކުއްޖާ އިހުތިރާމާއެކީ ބުނެލިއެވެ. މުޖާހިދު ގޮސް ކައުންޓަރުގެ ގާތުގައި ހުއްޓުނެވެ. “ހަނދާން ކުރާތި..! އަހަރެން ކަލޭމެންނަށް މި އިތުރަށް ފައިސާ ދެނީ ކައިޔަންއަށް އޮޅުވާލަންވެގެން ކަން.. ކަލޭމެންގެ ކޮންމެ މުވައްޒަފަކަށް ފައިސާ ބަހައިގެން އުޅުނަސް މަށަށް ހެޔޮ… ނަމަނަމަ ކަލޭމެން މީހެއްގެ ދުލުން ކައިޔަންގެ އެ އެކްސިޑެންޓާއި ބެހޭގޮތުން އެއްޗެކޭ ބޭރުވެއްޖެނަމަ ދުވަސް ދުއްވާލާނަން..! އަހަރެން ބޭނުންވަނީ ކައިޔަން އެހާލުގައި ވާނުވާގައި އުޅޭތަން ދެކެން.. ހައްހައްހާ..!” މުޖާހިދު އެ އަންހެން ކުއްޖާ އަތަށް ދިނީ ބްރިފްކޭސްއެކެވެ.
ރައްދުގައި ހިނިތުންވެލާފައި އެކުއްޖާ ބްރިފްކޭސްގައި ހިފިއެވެ. އެ ކައުންޓަރު ދަށަށްލާ ފޮރުވާފައި އެ ކުއްޖާ ދިޔަސް އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. “މީ ހާދަ މަކަރުވެރި މީހެކޭ… ކައިޔަންއަށް އެ ހާލު ޖައްސައިގެން އޭނައަށް ކޮން ފައިދާއެއްތަ ވާނީ..؟ ހުން.. ހެޔޮ.. މަށަށްވެސް އެބަ ފައިދާ ކުރޭ..” އެ އަންހެން ކުއްޖާ ލިބުނު ފައިސާކޮޅު ގުނާލަމުން ބުނެލިއެވެ.
“މަންމާ… މި ކިހިނެތްތަ ވަނީ..؟” ވާނުވާ ނޭނގިގެން އަވްލީންއަށް އެހެން އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. “މީ.. މީ…” އަވީނާގެ އަޑު ނުކުންނަނީ ކެނޑިކެނޑިގެންނެވެ. “މީ..؟” އަލާންވެސް ހުރީ ވާނުވާ އެނގެން ބޭނުންވެފައެވެ. ”މީ މަންމަގެ ކޮއްކޮ… ދަރިފުޅުމެންގެ އަސްލު މަންމަ..” އަވީނާގެ ދުލުން އެ ޖުމްލަ ބޭރުވިގަޑީ ހީވީ އަވްލީންގެ މޫނުމަތީ މީހަކު އެތިފަހަރެއް ޖެހި ހެންނެވެ.
”އިށީނދެބަލަ ދަރިފުޅުމެން… މަންމަ ބޭނުން ވީގޮތް ދަރިފުޅުމެންނަށްވެސް އަންގަން…” އިތުޤާލް އަލާންއާއި އަވްލީންގެ އަތުގައި ހިފާ ސޯފާގައި ބޭންދިއެވެ.
“އަސްލު މިވީގޮތަކީ…….” އިތުޤާލް ވީގޮތް ކިޔައިދޭން ފެށިއެވެ. އަލާންއާއި އަވްލީން ހުރީ ކަނުލާ އަޑު އަހަން ތައްޔާރަށެވެ.
އެނދުމަތީ އޮށޯވެގެން އޮތް ކައިޔަންގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގއާއި ދިމާލަށެވެ. އޭސީގެ ފިނި ގަދަކަމުން އެކޮޓަރިތެރެ ހީވަނީ ގަނޑުފެނުން ހަދާފައިވާ ތަނެއް ހެންނެވެ. ނަމަވެސް އެނދުމަތީގައި އޮށޯވެގެން އޮތް ކައިޔަންގެ ނިތްކުރިން ވިދަމުން ދިޔައީ ދާތިކި ތަކެވެ. “އަހަރެން……” މުޖާހިދާއި ގުޅިގެން ފެނުނު މަންޒަރުތައް ދިޔައީ ކައިޔަންގެ ސިކުނޑިތެރޭ ތޫފާނެއް އުފައްދަމުންނެވެ. ”އޭނަ ކީއްވެ އަހަރެން ލައްވާ ބުރަ މަސައްކަތް ކުރުވީ…؟ ކީއްވެ ޒިވީއަށް އަނިޔާ ކުރަން ޖެހުނީ..؟؟” ކައިޔަންގެ ހިތަށް އަރަމުން ދިޔައީ ޖަވާބެއް ނެތް ސުވާލުތަކެކެވެ.
“ޒާއިން..؟” ކައިޔަންއަށް ކުއްލިއަކަށް ބުނެވުނެވެ. “ޒާއިންއަކީ ކާކު..؟” ކައިޔަންއަށް އެހުނެވެ. އެ ނަމަކީ މިއަދު ހެނދުނުއްސުރެ ފެށިގެން ކައިޔަންގެ ހިތުގައި ހަރުލާފައިވާ ނަމެކެވެ. ކައިޔަން އެނދުން ތެދުވިއެވެ.
ކައިޔަން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައިވާ ފަންސާސް ހަތަރު އިންޗީގެ ބޮޑު ކެންވާސްގެ ކުރިމަތީގައެވެ. އޭގައި ކައިޔަންއަށް ކުރެހިފައިވަނީ ބޮޑު ވާސްއެކެވެ. އެ ވާސްގެތެރޭ ގައި އަށްވަރަކަށް އަލްސްޓްރާމީރިއާ ކުރެހުނީ ކީއްވެގެންކަމެއް ކައިޔަންއަކަށް ނޭނގުނެވެ.
”އީތަންއަކީ ދަރިފުޅުމެންގެ ބައްޕަ.. އަހަރެމެންނަށް ފުރަތަމަ ލިބުނީ އަފްލީން… ދެން ލިބުނީ އަވް… އެކަމަކު އަވްގެ އުމުރުން ތިން އަހަރު ވާއިރަށް އެނގިއްޖެ އަވްގެ ބޮލުގައި ޓިއުމަރއެއް ހުރިކަން…” އިތުޤާލް މަޑުމަޑުން އަވްލީންގެ ބޮލުގައި ފިރުމާލިއެވެ. “މަންމައަކަށް ނޭނގޭ އެއިރުއްސުރެ ފެށިގެން އަވް ތި ދިރިހުރީ ކޮން ޖާދުލެއްގެ ސަބަބަކުންކަމެއް.. އެކަމަކު ހެއްދެވި ފަރާތަށް ޝުކުރުހުރި….” އިތުޤާލް އެ ބުނެލީ އަވްލީންގެ ސިއްރުގެ ވާހަކައެވެ.
“އަވްގެ ބޮލުގައި އެ ޓިއުމަރ ހުރިކަން އެނގުނީމައި އީތަން ބޭނުމެއްނުވި އަވް ބަލާ ބޮޑުކުރާކަށް… އެކަމަކު އޭރު މަންމަ އަލާންއަށް ބަނޑުބޮޑު… އީތަން އަލާންވެސް ބަލަން ބޭނުންނުވީ އަވްލީންގެ ބޮލުގައި ހުރި ކަހަލަ ޓިއުމަރެއް އަލާންގެ ބޮލުގައި ހުރެދާނެތީ… އެހެންވެ މަންމަ އަވަހަށް އަލާން އާއި އަވް އަވީއާއި ހަވާލު ކުރީ..” އިތުޤާލް ކިޔައިދެމުން ދިޔައީ ކުރުކޮށެވެ.
“ކޮއްކޯ….” އަފްލީން އައިގޮތަށް އައިސް އަވްލީންއާއި އަލާންގެ ގައިގައި އޮޅުލައިގަތެވެ. އަފްލީންގެ ގައިގައި ބައްދާލަން އަވްލީންވެސް ބޭނުންވިއެވެ. ނަމަވެސް ކޮންމެވެސް ނުބަޔެއް އެބައުޅެޔޭ އަވްލީން ގެ ސިކުނޑި ބުނަމުން ދިޔަވަރުން ހަރަކާތެއް ކޮށްލަން ނޭނގިފައި އަވްލީން ހުއްޓެވެ.
“ނޫން… އަވް.. ނޫން..!!” ޕޭޝަންޓެއް މައިތިރި ކޮށްފައި ކޮޓަރިން ނުކުތް މުޒައިނާއަށް އިވުނެވެ. އެ އަޑު އަންނަނީ މުޒައިނާ ނުކުތް ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިންނެވެ. ލައިގެން ހުރި ނޫކުލައިގެ ފައިތިލައާއި ހަމައަށް އަރާވަރުގެ ހެދުމަށް ދަމާލާފައި މުޒައިނާ އަޅައިގެން ހުރި ނޭވީބްލޫ ޝޯލް ރީތި ކޮށްލިއެވެ. “މިހާ ދަން ގަޑިއެއްގައި ކާކުބާ..؟؟؟” މުޒައިނާއަށް މަޑުމަޑުން ބުނެލެވުނެވެ.
މުޒައިނާއަކީ އެމް ބީ ބިލްޑިންގގައި މަސައްކަތް ކުރާ އެންމެ ކުޅަދާނަ އެއް ސައިކޭޓްރިސްޓެވެ. ޕޭޝަންޓުން މައިތިރި ކޮށްލަން އަދި އެމީހުންގެ ފިކުރުތައް ދެނެގަންނަން މުޒައިނާއަކީ ހަމަ އެއްވަނައެވެ. އެއަޑު އަންނަނީ ކައިޔަންގެ ކޮޓަރިންކަން މުޒައިނާ ނަގައިގަތެވެ. މިހާތަނަށް މުޒައިނާއަށް ނާކާމިޔާބުވި ހަމަ އެކަނި ޕޭޝަންޓަކީ ކައިޔަންއެވެ. ނަމަވެސް ކައިޔަންއަށް އެވާގޮތެއް ބަލާލަން މުޒައިނާ ބޭނުންވިއެވެ.
އަރައިގެން ހުރި ކްރީމް ކުލައިގެ ފައިވާނުން އެންމެ އަޑެއްވެސް ގޮއްވާނުލާ މުޒައިނާ ކައިޔަންގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ހިންމިއަކަށް ދޮރު ހުޅުވާލެވުނުތަނާ މުޒައިނާ ދިޔައީ ސިއްސައިގެންނެވެ.
“އަވީ ދެން ދިޔައީ ތިކުދިން ގޮވައިގެން މާލެއަށް… ދައްތަ ހަލާކުވެފައިވާ ހިތަކާއެކީވެސް މެލޭޝިޔާގައި އީތަންއާއި އަފްލީންއާއެކީ ހުރީ… މީގެ ފަސްވަރަކަށް މަސް ކުރިން އެނގުނީ އީތަންގެ ބޮލުގައިވެސް އެފަދަ ޓިއުމަރެއް އޮތްކަން.. އަހަރެމެން މެލޭޝިޔާއިން އޮޕަރޭޝަންވެސް ކުރިން.. އެކަމަކު… އެކަމަކު އެ އޮޕަރޭޝަން…” އިތުޤާލްގެ އަޑު ކެނޑޭ ގޮތްވިއެވެ.
“އޮޕަރޭޝަން ނާކާމިޔާބު..” އިތުޤާލް ބުނެލިއެވެ. “ކުރީ ހަފްތާގައި އީތަން މި ދުނިޔެ ދޫކުރީ.. ފަހު ވަގުތުކޮޅުގައި އީތަން އެދުނީ އަވްގެ ބޮލުން އެ ޓިއުމަރ ނެގޭތޯ މަސައްކަތް ކުރުމަށް.. އަވް އަދި ތީ ކުޑަކުއްޖެއް… އަވްއަށް އަދި ވަގުތު އެބައޮތް..” އިތުޤާލް އަސަރާއެކީ އެހެން ބުނެލަމުން އަވްލީން ގެނެސް މޭގައި ޖައްސާލިއެވެ.
“ހަލޯ… ޑޮކްޓަރ ޝަހީމާ ތަ..؟؟” މުޒައިނާ އަވަހަށް ފޯނު ނަގާ ގުޅާލީ އެމް ބީ ބިލްޑިންގގައި އެންމެ ދުވަސް ވަންދެން މަސައްކަތް ކުރި އެންމެންގެ އިހުތިރާމް ލިބިފައިވާ ޑޮކްޓަރު ޝަހީމާ އަށެވެ. “ކީކޭ މުޒޭ..؟” އެކުގައި މަސައްކަތް ކުރެވިފައިވާލެއް ގިނަކަމުން އެދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ. “އަވަހަށް މިކޮޅަށް އައިސްދީފާނަންތަ..؟ އަލަށް ގެނައި ޕޭޝަންޓްގެ ކޮންޑިޝަން އެބަ ދަށްވޭ…” މުޒައިނާގެ އެދުމަށް ޝަހީމާ އޭނައަށް ޚާއްސަ ކޮޓަރިން ނުކުމެ އެލެވޭޓަރަށް އެރިއެވެ.
“އަވް… ދައްތައަށް މާފްކުރޭ…” އަވީނާ އިސްޖަހާލިއިރު ލޮލުން ކަރުނަ ފޭބިއެވެ. އަވްލީން ހިތުގައި ޖެހުނެވެ. މިވީހާ ދުވަސް ވަންދެން މަންމައޭ ކީ މީހާ ދައްތައޭ ކިޔާ ވާހަކަ ދެއްކުމުންނެވެ. “އަވް.. އެނގޭ ގަބޫލު ކުރަން ދަތިވާނެކަން… އެހެންވެ ދައްތަ މިއައީ މިވެސް ހިފައިގެން..” އިތުޤާލް ވަރަށް ފަރުވާތެރި ކަމާއެކީ އައިނު މޭޒުމަތީ ބޭއްވިއެވެ. މީހަކު އައިނެއްދެކެ އެހާ ލޯބިވެގެން އުޅޭތަން އަވްލީން އެ ދެކުނީ އަލަށެވެ.
އިތުޤާލް އަތްދަބަހުން ނެގީ އުފަންދުވަހުގެ ސެޓްފިކެޓެވެ. އަވްލީން އެއަށް ބަލާލިއެވެ. އޭގައި އިތުޤާލް ގެ ނަމާއި އީތަންގެ ނަން ޖަހާފައި އޮތެވެ. “މަންމައަށް އިނގޭ އަވް އަދި ކުޑަ ދުވަސްކޮޅެއް ބޭނުން ވާނެކަން… އެހެންވެ ދެތިން ދުވަސް ވަންދެން މިކޮޅުގައި މަޑުކޮށްލާފައި އަހަރެމެން ދެން މެލޭއަށް ފުރާނީދޯ..؟” އިތުޤާލް ކަންތައްތައް ރާވާލާފައިވަނީ ނުހަނު މޮޅަށެވެ.
އަވްލީން އެއްޗެކޭ ނުބުނެ ގޮސް ވަނީ ކޮޓަރިއަށެވެ. ފަހަތުން އަލާންވެސް އައިސް ވަނެވެ. “މިވަނީ ކިހިނެތްތަ އަވް..؟؟؟” އަލާން ބުނެލީ އަވްލީން ބުނަން އުޅުނު ޖުމްލައެވެ. ދޭނެ ޖަވާބެއް އަވްލީންއަށް ނުވިސްނުނެވެ. ކައިޔަންއާއެކީ ކާރުގައި އަވަހަށް އައީވެސް އަވީނާއަށް ކައިޔަންގެ ސައިކޭޓްރިސްޓްގެ މަގާމު އަވްލީންއަށް ހަމަޖެހުނު އުފާވެރި ޚަބަރު ބުނާށެވެ. ނަމަވެސް ގެއަށް ވަތްތަނާ އެ ފެށުނު ބޮޑު ޑްރާމާގެ ސަބަބުން އަވްލީންއަށް މިހާރު ކުރަންވީ ކީއްކަމެއް ނޭނގެއެވެ.
“އޭ.. މުޒޭ… އަވަހަށް އަހަރެންގެ އައިނު ދީބަލަ..” ޝަހީމާ ފޯނުން އެ މަންޒަރު ވީޑިޔޯ ކުރަމުން ބުނެލިއެވެ. “އަވް ނޫން.. އަވް ތިހެން ނުހަދާ..!” ކައިޔަން ނިދީގައި އޮވެ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ބިރުވެރި ހުވަފެނަކުން ހޭލަން މަސައްކަތް ކުރާހެންނެވެ. ޝަހީމާ ދިޔައީ އެހުރިހާ މަންޒަރެއް ވީޑިޔޯ ކުރަމުންނެވެ. “މުޒޭ… ކައިޔަންގެ ސައިކޭޓްރިސްޓްއަށް ކިޔަނީ ކޮން ނަމެއްތަ..؟” ޝަހީމާއަށް އެހުނެވެ. މުޒައިނާ ފޯނު ބަލާލާފައި ބުނެލި ނަމުން ޝަހީމާ ދިޔައީ ސިއްސައިގެންނެވެ.
“ކައިޔަން އެބުނަނީ އަހަރެމެންގެ އަވްގެ ވާހަކަތަ..؟ އަހަރެމެންގެ އަވްލީންގެ ވާހަކަތަ..؟” ޝަހީމާއަށް އެހުނެވެ. “މަރިޔަމް އަވްލީން އެ އަންހެންކުއްޖާއަށް ކިޔަނީ.. ވަރަށް ކުޅަދާނަޔޭ ބުނި އަޑު އެހިން.. ދެން އަހަރެންނަށްވެސް ކޮންޓްރޯލް ނުކުރެވުނު ޕޭޝަންޓެއް އެކުއްޖާއަށް ކޮންޓްރޯލް ކުރާނަމަ ވަރަށް ކުޅަދާނަ ވާނެ…” މުޒައިނާ އަވްލީންއާއި ދޭތެރޭ ފަޚުރުވެރިވިއެވެ. ޝަހީމާއަކީ ފަރުހާންގެ ދައްތައެވެ. އަވްލީންގެ ޕްރައިވެޓް ޑޮކްޓަރުވެސް މެއެވެ.
ޖެހިގެން އައި ދުވަހަށް އިރުއެރީ ރަނާ ހޭލައިގެން އުޅެނިކޮށެވެ. ލިޔާން އަނބުރާ އައިކަން އެނގުމުން ރަނާގެ ގާތަށް އައިސްފައިވަނީ އާދަޔާޚިލާފް ފޯރިއެކެވެ. “އެ ކެވެލިކޮޅަކީ މަގޭ އެއްޗެއްކަން އެނގޭނީ ހައިއަށާއި ކައިޔަންއަށް އެކަނި.. ކައިޔަންގެ މެމޮރީސް ލޮސްވީމައި ކައިޔަން ހަނދާނެއް ނުވާނެ… ދެން ހައިނާ… ހައިނާއަށް އެއީ މަގޭ އެއްޗެއްކަން އެނގިހުރެ ކީއްވެބާ މައްސަލަ ނުޖެއްސީ..؟” ރަނާ އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ.
އަވްލީންއަށް ހޭލެވުނު ނުވައެއް ޖަހައިފިއެވެ. އިރުގެ ރަންދޯދިތައް މޫނަށް އެޅެން ފެށުމުން އަވްލީން އިތުރަށް ނިދާހިތެއް ނުވިއެވެ. މިއަދަކީ އަވްލީން އެމް ބީ ބިލްޑިންގއަށް ދާންޖެހޭނެ ފުރަތަމަ ދުވަހެވެ. “ހަލޯ..؟” ފޯނު ރިންގުވާން ފެށުމުން އަވްލީން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “އަވް މެލޭއަށް ފުރަންދޯ ތިއުޅެނީ..؟” އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑު އަވްލީންއަށް އޮޅުވައެއް ނުލެވުނެވެ.
“އާނ.. ކިހިނެތްވީ..؟” ލިޔާން ކުރި ސުވާލަށް އަވްލީން ޖަވާބުދާރީވިއެވެ. “ހަހަ.. ކަމެއް ނުވޭ…. އަހަރެންގެ އަޑު އިވުނީމައި އަވް ބިރު ނުގަންނާތީ ކުޑަކޮށް ހައިރާންވެފައި މަ މި ހުންނަނީ..” ލިޔާން ބުނެލިއެވެ. ލިޔާންއާއި ވާހަކަ ދައްކާ ހިތް ނުވެގެން އަވްލީން ފޯނު ކަނޑާލާފައި ފާޚާނާއަށް ވަނެވެ. ލިޔާން ބުނަން އުޅުނު ވާހަކައަކީ ކިހާ މުހިއްމު ވާހަކައެއްކަން އަވްލީންއަށް އެނގުނުނަމަ ފޯނު ކަނޑާ ނުލީސްކަން ޔަގީނެވެ.
“ހެހެ.. އަވް… މިހުރިހާ ކަމެއް މިދަނީ އަހަރެންގެ ޕްލޭނާއި އެއްގޮތަކަށް..” ލިޔާން އިށީނދެގެން ހުރި ގަހުން ފޭބިއެވެ. ލައިގެންހުރި ކަޅު ޖިންސުގެ ދެ ޖީބަށް އަތް ޖަހާލައިގެން ލިޔާން ހިނގައިގަތީ ރަނާގެ ގާތަށް ދިޔުމަށެވެ. މިފަހަރު އޭނަގެ ޕްލޭން ރަނާއަށް ކަމުދާނެކަން ޔަގީނެވެ.
“ހޭ ނިއު ގަރލް…” އަވްލީން އެމް ބީ ބިލްޑިންގއަށް ވަތްތަނާ ކުއްލިއަކަށް އަންހެން ކުއްޖެއް އައިސް ކުރިމަތީ ހުއްޓުނެވެ. “ހައި..” އަވްލީން ހިނިތުންވެލިއެވެ. “އަހަރެންމީ މުޒައިނާ.. އޯކޭ މުޒޭ ކިޔާފައި ގޮވިޔަސް.. އަހަރެން މިއައީ އަވްލީންއަށް ކަންތައް ކުރަންވީގޮތް ކިޔައިދޭން… އަން.. މިއޮތީ ޝެޑިއުލް…” މުޒައިނާ އަވްލީންގެ އަތަށް ގަނޑެއް ލައިދިނެވެ.
“ޕޭޝަންޓް ބޭނުންވާ ކޮންމެ ގަޑިއެއްގައި އަވްލީން ޖެހޭނެ ޕޭޝަންޓާއި ރަނގަޅަށް ކޮމިއުނިކޭޓް ކުރަން… މެއިންލީ އަވް ޖެހޭނީ ކައިޔަންއަށް ޓްރީޓް ކުރަން… މިއޮތީ ކައިޔަންގެ ފައިލް.. މީގައި ހުންނާނެ ކައިޔަންގެ އިންފޮމޭޝަންތައް ޖަހާފައި.. ދެން އޮތީ އަވްގެ ހިތްވަރެއް.. ހެލްޕް ހިމް.. އެންޑް ފޮލޯ މީ…” މުޒައިނާ ކުރިއަށް ހިނގަމުން ދިޔަވަރަކަށް ހަދަންވީ ގޮތްވެސް ކިޔައިދެމުން ދިޔައެވެ. އަވްލީން މުޒައިނާ ކިޔައިދެމުން ދިޔަ ކޮންމެ އެއްޗަކަށް ބޯ ޖަހަމުން ގެންދިޔައެވެ. އެލެވޭޓަރަށް އަރާ މުޒައިނާ އަވްލީންއާއި ދިމާލަށް ފުންކޮށް ބަލާލިއެވެ.
ނިޔަފަތިތަކާއި ކުޅެމުން ތުންފަތުގައި ދަތް އަޅައިގެން ހުރި އަވްލީންއަށް ބަލާލާފައި ނުތަނަވަސްވަނީ ކަން މުޒައިނާ ނަގައިގަތެވެ. “އޯކޭވާނެ.. ތިހާ ނުތަނަވަސްވާކަށް ނުވޭނު އަދި… ކައިޔަންއަކީ ވަރަށް އެކުވެރި ޕޭޝަންޓެއް.. ހަމައެކަނި މައްސަލަކަށް ހުރީ ވަރަށް ފަހުން ކައިޔަންއަށް ދިމާވި އެކްސިޑެންޓް އެއްގައި މެމޮރީޒް ދިޔުން.. އެހެންވެ ކައިޔަންއަށް މިއަދު ފޭސް ކުރެވޭނީ ޕާސްޓް އިވެންޓްސް.. އަދި ހީ ހޭޒް އަ ހާރޑް ޓައިމް ސްލީޕިން އިން ޕީސް.. މިއަދުގެ ސެޝަން ނިމުނީމައި އަހަރެންގެ ރޫމަށް އަންނާތި… އަހަރެން އަވްއަށް ދައްކަން ބޭނުންވާ ބައެއް އެއްޗެހި އެބަހުރި.. އަވް.. ހަނދާން ބަހައްޓާތި ސެޝަން ނަގައިދޭއިރު ރަނގަޅަށް ވިސްނާތި.. ރުޅި ނާންނާތި… ކައިޔަން ބުނާ ވާހަކަތައް ރަނގަޅަށް ނޯޓް ކުރާތި… ސެޝަން ނަގަން ލިބޭ ޓައިމަކީ ވިހި މިނެޓް މިއަދު ހަތަރުގަޑި ބައިގައި އަންނާތި އަހަރެންގެ ރޫމަށް…” މުޒައިނާ ބުނެދެމުން ދިޔަ ވާހަކަތައް ވެގެން ދިޔައީ އަވްލީންއަށް ލިބުނު ފަސޭހައަކަށެވެ.
“އަވްލީން.. ކުރިން ކައިޔަން ދަންނަންތަ…؟” ރޭ ފެނުނު މަންޒަރުތަކާއި ހުރެ މުޒައިނާ ހުރީ އަވްލީން އާއި އެ ސުވާލު ކުރަން ބޭނުންވެފައެވެ. ހަމަ ކުއްލިއަކަށް މީހަކު އަވްލީންގެ ނަމުންނެއް ނުކިޔާނެއެވެ. ކައިޔަން ނިދީގައި އޮވެގެން ކީ އަނެއްކާ މި އަވްލީންގެ ނަން ނޫންބާވައެވެ.؟
“ލައްބަ..” ކުޑަކޮށް ސިހިފައި ހުރެ އަވްލީން ބުނެލިއެވެ. “ނެވަރމައިންޑް.. އާދޭ… ރޫމް ނަންބަރު ފަންސަވީހަކީ ކައިޔަންގެ ރޫމް… ވަންނައިރު ޓަކި ޖަހަންވާނެ.. ހުއްދަ ނުލިބެނީސް ވަދެގެން ނުވާނެ..” މުޒައިނާ އެހެން ބުނެލާފައި ބޯ ކަހާލިއެވެ. މުޒައިނާ ރޭގައި ކައިޔަންގެ ކޮޓަރިއަށް ވަނީ ވަގަށްކަމުން މުޒައިނާ އެހެން ކިޔަން މާ ރަނގަޅެއް ނޫނޭ މުޒައިނާގެ ހިތަށް އެރިއެވެ. “ތެންކިއު..” އަވްލީން ފަންސަވީސް ވަނަ ކޮޓަރީގެ ދޮރު ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.
މުޒައިނާ ޓަކި ޖަހާލުމުން ކައިޔަން އެތެރެއަށް ވަންނާށޭ ބުނެލި އަޑު އިވިފައި އަވްލީން ކުރިއަށްވުރެ ބޮޑަށް ފިނިވިއެވެ. އިސްޖަހާލައިގެން ހުރެ އަވްލީން މުޒައިނާގެ ފަހަތުން ރޫމްއަށް ވަނެވެ.ކައިޔަން ހުރިގޮތް ފެނިފައި އަވްލީންއަށް މަޑުމަޑުން އިސް އުފުލާލެވުނެވެ.
“ވެއިޓް ވަޓް..؟؟؟” ލިޔާން ބުނި ޖުމްލަ އިވުނީ ރަނގަޅަށް ނޫންކަމަށް ހިތާ ރަނާއަށް އެހުނެވެ. “ކޮން ވަޓެއްތަ ރަންގަނޑު..؟ މިބުނީނު ޕްލޭނެއް ހަދައިފީމޭ.. ދެން އޭރުން އަވް ދުވަހަކުވެސް ތި ދެމީހުންގެ މެދަކަށް ނާންނާނެ..” ލިޔާން ބުނެލިއެވެ.
“އެކަމް.. މިހާރު ކައިޔަން….” “އެނގެޔޭ.. އެ ކައިޔަންގެ އެކްސިޑެންޓް ވީކަން މަށަށް އެނގެޔޭ… ކައިޔަންގެ ހަނދާންތައް ދިޔަކަންވެސް މަށށް އެނގެޔޭ… އޭނަ މިހާރު ހުރީ އެމް ބީ ބިލްޑިންގގައި ކަންވެސް މަށަށް އެނގެޔޭ..” ލިޔާން ބުނެލީ ރަނާ ބުނެދޭން އުޅުނު ތިން ވާހަކައެވެ. “ދެން މިހާރު އިންލޭންޑް ޓައިޕެންގެ މަތިން ކައި ހަނދާނެއް ނެތޭ…. ދެން ކޮން ޕްލޭނެއްތަ ލިޔާން ތި ހެދީ..؟” ރަނާ އެއްސެވެ. “މަ ހީކުރީ އަވް ދުވަހަކުވެސް ކައިޔަންއާއި ރަނާގެ މެދަށް ނާންނާނެ ގޮތެއް އެބައޮތޭ ބުނީމައި ރަނާ ވާނީ އުފާކަމަށް… އެކަމަކު…” ލިޔާން އެތަނުގައި ހުރި ބެންޗެއްގައި އިށީނެވެ.
“ނޫނޭ ލިޔާން.. އަހަރެންނަށް ފުދޭ މިހާރު…” ރަނާ ކުޑަކޮށް ފެންކަޅިވިއެވެ. ލިޔާން ރުޅިއައީކަމަށް ހިތާއެވެ. “ރަނޫ ރޮނީތަ..؟” ރަނާ އިސް ޖަހާލުމުން ލިޔާން ތެދުވިއެވެ.
ކައިޔަން އޮތީ ޑިޕްސް ހަދާށެވެ. ދާ ހިއްލާފައި ވުމުން ލައިގެން ހުރި އައިސްބްލޫ ޓީޝާޓްވަނީ ގައިގައި ތަތްލަވާފައެވެ. ދަލުން ތެމިފައިވާ މޫނުން ކައިޔަން ކަސްރަތުކުރަން ފެށީ ދެންމެ ނޫންކަން އެނގެއެވެ. “ވަން މިނެޓް..” އެއްޗެކޭ ބުނަން މުޒައިނާ އަނގަ ހުޅުވާލިތަނާ ކައިޔަން ވަނީ ފާޚާނާއަށެވެ.
އޭގެ ފަނަރަވަރަކަށް މިނެޓް ފަހުން ފެންވަރާލައިގެން ކައިޔަން ފާޚާނާއިން ނުކުތީ ހަމައެކަނި ޖިންސެއް ލައިގެންނެވެ. ރަނގަޅަށް ފެންވެސް ނުހިއްކާ ހުރުމުން ކައިޔަންގެ އިސްތަށިގަނޑުން ފެންތިކިތައް ގޮސް ދެކޮނޑު ތެންމަމުން ދިޔައެވެ. ”ހޭ މުޒް.. ވަޓްސް އަޕް..؟” އަލަމާރިން ފެހި ކުލައިގެ ޓީޝާޓެއް ނަގާ އޭގެ ތެރެއަށް ބޯ ކޮށްޕާލަމުން ކައިޔަން އަހާލިއެވެ.
”ކައިޔަން.. މީ ކައިޔަންގެ ސައިކޭޓްރިސްޓް… މީގެ ފަހުން ކައިޔަން ބޭނުން ކޮންމެ ކަމެއް އަވްލީން އާއި ޝެއަރ ކުރެވޭނެ.. ހެސިޓޭޓް ނުކުރާތި… އަވް ނުބުނާނެ އެކަކު ކައިރީގައިވެސް..” އަވްލީންއާއި ދިމާލަށް ލޮލުގެ ކުޑަކޮޅުން ބަލާލަމުން މުޒައިނާ ބުނެލިއެވެ.
“އޫފް.. ނައިސް ޓު މީޓް ޔޫ އެގެއިން..” ކައިޔަން ބުނެލިއެވެ. “ސެޝަން ފެށެން ދެން އޮތީ ދެންމެ ފަސް މިނެޓު.. އޯލް ދަ ބެސްޓް..” އަވްލީންގެ ކޮނޑުގައި ޖަހާލާފައި މުޒައިނާ ނުކުތެވެ.
”ހޭ.. ވަރަށް ދުވަސް ވަންދެން ކޮށްލަން ބޭނުންވެފައި އޮތް ސުވާލެއް އެބައޮތް.. ކުރިޔަސް މައްސަލައެއް ނެތްދޯ..؟؟” އެނދުގައި އިށީންނަމުން ކައިޔަން ހުއްދައަކަށް އެދުނެވެ. “ހުއްދަ ނޭހިޔަސް ކައިޔަން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެވޭތޯ ބަލާނަން..” އަވްލީން އޭރުވެސް ކައިޔަންއާއި ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ”މީގެ ކުރިން އަހަރެންނާއި އަވްލީން ދިމާވިތަ..؟ މިބުނީ ހޮސްޕިޓަލުން ފެނުނު ދުވަހުގެ ކުރިން..” ކައިޔަން ކުރި ސުވާލަށް ދޭނެ ޖަވާބެއް އަވްލީން ވިސްނާލިއެވެ.
”ހުއްޓާލާ.. އައިމް ސޮރީ…” ލޯބިގޮތަކަށް ދެ ކަންފަތުގައި ހިފާލަމުން ލިޔާން ބުނެލިއެވެ. “އޯކޭ… ޕްލޭން ކިޔާދީ…” ރަނާ އެދުނެވެ. “އާދޭ މަށާއެކީ..” ލިޔާން ރަނާގެ އަތުގައި ހިފާ ހިނގައިގަތެވެ.
”ރަނޫއަށް އެބަ ފެނޭތަ އެހެރަ އަންހެން މީހާ..؟” މުޖާހިދުމެންގެ ގޭގެ ބޭރުގައި ލަހުފާއާއެކީ ކުނި ކަހަން އޮތް އިތުޤާލްއާއި ދިމާލަށް ލިޔާން އިނގިލި ދިއްކޮއްލިއެވެ. “ސާބަސް ލިޔާން.. މީސްމީހުންނާއި ދިމާލަށް އިނގިލި ދިއްކުރާކަށް ނުވާނެޔޭ..” ލިޔާން ޝަހާދަތް އިނގިލީގައި ހިފާ ތިރި ކޮށްލަމުން ރަނާ ބުނެލިއެވެ. “ހޫމް ހޫމް.. އެއީ މަގޭ ޕްލޭނަކީ..” ލިޔާން އެހެން ބުނެލުމުން ރަނާ ހައިރާންވެފައި ލިޔާންގެ މޫނަށް ބަލާލިއެވެ.
”އުހުމް.. ހިޔެއް ނުވޭ…” އަވްލީން އެހެން ބުނީ ހިތާދެކޮޅަށެވެ. “އޯހް.. ވަރަށް ހީވޭ ކުރިން ދިމާވި ހެން…” ކައިޔަން ދެކޮނޑު އަރުވާލިއެވެ. އަވްލީން ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލިއެވެ. ކެންވާސް ގައި ކުރަހާފައިވާ އަލްސްޓްރާމީރިއާތައް އަވްލީންގެ ލޮލުގައި އަޅައިގަތެވެ.
“ކައިޔަން.. މީ ކީއްވެގެން ކައިޔަން ކުރެހި ކުރެހުމެއް..؟” އަލްސްޓްރާމީރިއާތައް ފެނުމުން ހިތަށް އެރި ލޮޅުން ފޮރުވަން މަސައްކަތް ކުރަމުން އަވްލީން އަހާލިއެވެ. ކައިޔަން އެނދުން ފުންމާލައިގެން އައިސް ކެންވާސްގެ ކުރިމަތީ ހުއްޓުނެވެ. “ނޭނގޭ.. ކުއްލިއަކަށް ކުރަހާ ހިތްވީ.. ހީވަނީ ކުރިން މަ ވަރަށް ކެއާކުރި ކުއްޖެއްގެ ފޭވަރިޓެއް ހެން ތި މަލަކީ.. ހަނދާނެއް ނެތް ކާކުގެ ކަމެއް..” ކައިޔަން ބޯ އަރިކޮށްލައިގެން ހުރެ އަވްލީންއަށް ޖަވާބު ދިނެވެ.
“އެ އަންހެންމީހާ..؟ އެއީ ކާކު..؟” ރަނާއަށް އެހުނެވެ. “އެއީ އަވްލީންގެ ބަޔޮލޮޖިކަލް މަންމަ.. އަސްލު މަންމަ..” ބޮޑަށް ސާފުވާނޭ ގޮތަކަށް ލިޔާން އެކައްޗެއްވެސް ނުކިޔައިދެނީ ކީއްވެގެން ބާވައޭ ރަނާގެ ހިތަށް އެރިއެވެ. ”އަވްއާއި އަހަރެން މާލޭގައި އުޅުނުއިރު އަހަރެންނާއި މި އަންހެން މީހާއާއި ދިމާވެގެން ހަގީގަތް އަހަރެންނަށް ކިޔައިދިނީ.. އެ އަންހެން މީހާވެސް މަގޭ ގާތުގައި ނުބުނޭ އަވްލީންގެ ބޮލުގައި އޮންނަ ޓިއުމަރގެ ވާހަކައެއް..” ލިޔާން ބުނެލިއެވެ.
“މަގޭ ހިތަށް އަރަނީ އެ އިންލޭންޑް ޓައިޕެން ގަނޑު ކިހިނެތްބާވައޭ މިހާ ދުވަސް ވަންދެން ދުނިޔޭގައި ހުރީ.. އެކަމަކު ޓިއުމަރެއް ވިއްޔާ އެހާ ފަސޭހައިން ރަނގަޅު ކުރެވޭތަ..؟” ރަނާ އަހާލިއެވެ. “މަށަކަށް ނޭނގޭ… އަވްލީން ބޭނުންނަމަ އެއަށް ފަރުވާ ކުރެވެންވެސް އެބައޮތް.. މަށަށްވެސް ނޭނގެނީ އަވްލީން އެއަށް ފަރުވާ ކުރަން ބޭނުން ނުވަނީ ކީއްވެގެންކަން..” ލިޔާން ކޮނޑު އަރުވާލާފައި އިތުޤާލްއާއި ދިމާލަށް ބަލާލިއެވެ. “ޔަގީންތަ އެއީ އިންލޭންޑް ޓައިޕެންގަނޑުގެ މަންމަކަން..؟” ރަނާ އަހާލިއެވެ.
“އާނއެކޭ…” ލިޔާން ޕިސްޕިސް ކިޔާލިއެވެ. “އޯހް.. މަ ހީކުރީ އަދި ހަރުފައެއް ވައްތަރުކަމަށް ޖަހާނީ..” ރަނާ ބުނެލި ޖުމްލައިން ލިޔާން ހީނގަތެވެ. “އެހެންޏާ… ރަނޫ އަވްލީންއާއި ދިމާލަށް އަބަދު އިންލޭންޑް ޓައިޕެންއޭ ކިޔާކިޔާ މިހާރު ތިއޮތީ އިންސާނެއް ރެޕްޓައިލްއެއް ވަކިކުރަން ނޭނގިފައި..” ލިޔާން ހެމުންހެމުން މަލާމާތް ކޮށްލިއެވެ. “ކޮބާ ތަފާތަކީ..؟ އެ އަވްލީންގަނޑަކީ އިންސާނެއްގެ ސިފަ ޖެހިގެން ހުރި ހަރުފައެއް ނޫންކަން ކިހިނެތް އެނގެނީ..؟” ރަނާ ހަށަން ބަނދެލާފައި މޫނު އަނބުރާލިއެވެ.
ގުދަށް އޮތް ގޮތުން އިތުޤާލް އަޅައިގެން ހުރި އަވި އައިނު ވެއްޓުނީ ދެނެވެ. މީހަކަށް އިތުޤާލްގެ ދެލޯ ފެނުމުގެ ކުރިން އިތުޤާލް އައިނު ނަގާ ފޮހެލިއެވެ. އެވަގުތު ރަނާއަށް އިތުޤާލްގެ ދެލޯ ވަރަށް ރީއްޗަށް ފެނުނެވެ. އަވްލީންގެ ލޮލުގައިވެސް ހުންނަ އެ ފެހިކުލަ އެދެލޮލުން ފެނުމާއެކީ ރަނާއަށް ގަބޫލު ކުރަން ފަސޭހަވިއެވެ. ކުއްލިއަކަށް އަފްލީން ގެއިން ނުކުތެވެ. “އިންލޭންޑް ޓައިޕެން..؟؟ އޭނަގެ އިސްތަށި.. އޭނަގެ އިސްތަށިގަނޑު ހާދަ އަވަހަކަށް އެ ދިގުވީ..؟؟ އޭނަ އިސްތަށިގަނޑުގައި ބްލޮންޑްކުލަ ޖެއްސީ ކޮން އިރަކު..؟” އަފްލީން ފެނިފައި ރަނާއަށް އެހުނެވެ. “އެއީ އަވްއެއް ނޫނޭ.. ރަނގަޅަށް ބަލާބަލަ..” ލިޔާން އަފްލީންގެ ދެލޯ ދައްކާލިއެވެ.
”އަލްސްޓްރާމީރިއާތަކުގެ އަދަދު ރިޕްރެސެންޓް ކޮށްދެނީ ކައި އެންމެ ލޯބިވާ މީހުންގެ އަދަދު… އެއީ ޒިވީ، އިކޫ، ހައި، މަންމަ… ދެން ބާކީ އެހުރި ފަސް މަލަކީ ކޮން ބަޔެއް ރިޕްރެސެންޓް ކޮށްދޭން ކުރެހުނު އެއްޗެއްކަމެއް ނޭނގޭ… އެކަމަކު ކޮންމެވެސް ފަސް މީހެއް އެބަ މަދުވޭ..” އެ ކުރެހީ ކީއްވެ ކަން ކައިޔަން އަވްލީންއަށް ބުނެދިނެވެ. ”އަލްސްޓްރާމީރިއާ ޕެއިންޓިން ރިޕްރެސެންޓްސް ޕީޕަލް ހޫ ހީ ކެއަރސް އަބައުޓް..” އަވްލީން އަތުގައި އޮތް ކުޑަ ނޯޓްފޮތުގައި އެ އަވަހަށް ނޯޓް ކޮށްލިއެވެ. “ކައިޔަން.. އެއްވެސް ވަރަކަށް ހަނދާން އެބަހުރިތަ އެއީ ކޮން ބަޔެއްކަން..؟” ހިތްވަރު ކޮށްފައި އަވްލީން އަހާލިއެވެ. “އުހުމް… ކިހިނެތްވީ..؟” ކައިޔަން އަހާލިއެވެ.
“އަހަރެން ޖަލުން ސަލާމަތްވި ތަނާ އެ އަންހެންމީހާ ރަށުތެރޭ ހިނގާތަން ފެނުނީ… އެހެންވެ ޕްލޭނެއް ސިކުނޑިއަށް ހަމަ އައީ…” ލިޔާން ހެވިފައި ހުރެ ބުނެލިއެވެ. ރަނާ ލިޔާންގެ މޫނަށް ބަލާލިއެވެ. ރަނާ މިވަގުތު އެ ވިސްނަނީ ކޯޗެއްކަން ލިޔާންއަށް އިނގޭނެނަމައެވެ.
“ބަލާބަލަ.. ފެނޭތަ އެހެރަ ބޮޑު އަލްސްޓްރާމީރިއާ…؟” ކައިޔަން ދައްކާލީ ވާސްއަށް ޖަހާފައިވާ އެންމެ ބޮޑު އަލްސްޓްރާމީރިއާއެވެ. އެމަލުގެ ކުލަ އެހެން މާތަކާއި ބަލާފައި ގަދަވެފައި ސައިޒުންވެސް ބޮޑެވެ. “ޔެސް..” އަވްލީން ބުނެލިއެވެ. “އެއީ އަހަރެންނަށް މުޅި ދުނިޔެއިންވެސް އެންމެ ލޯބިވާ އަދި އެންމެ ސްޕެޝަލް ކުއްޖާ ރިޕްރެސެންޓް ކޮށްދޭ މާ…” ކައިޔަން އެހެން ބުނެލުމުން އަވްލީންގެ ހިތުގެ ތެޅުން އެތައްހާސް މިނަކަށް ބާރުވެލިއެވެ. “އެއީ ކާކު..؟؟؟” އަވްލީން އަހާލިއެވެ. “މަޑުކުރޭ… އިންނާނެ ކުރަހާފައި..” ކައިޔަން ބާލީސް ދަށުން ކުޑަ ކެންވާސްއެއް ނެގިއެވެ.
“ރަނާ..؟؟؟” އަވްލީންގެ ދުލުން ބޭރުވިއެވެ. “ރަނޫއޭ ބޮޑަށް ހީވަނީ… އެކަމަކު ރަނޫއަށް އެންމެ ރީތިވަނީ އޯކިޑްސް…. އެކަމް މިބުނާ ކުއްޖާއަށް އެންމެ ރީތިވާނީ އަލްސްޓްރާމީރިއާ… ޝިޓް.. އެއީ ކާކުތަ..؟؟” ކައިޔަން އަމިއްލަ ބޮލުގައި ޖަހާލާފައި ހަނދާންކުރަން އުޅުނެވެ.
ތުންފަތުގައި ދަތް އަޅާލަމުން އަވްލީންއަށް މަޖުބޫރުވީ ކަރުނަތައް ކޮންޓްރޯލް ކުރާށެވެ. ކަރުނަތައް ދިރުވާލަމުން އަވްލީން ކައިޔަންއާއި ދިމާލަށް ބަލާލިއެވެ. ”މިއޮތީ އެކުއްޖާގެ އަސްލު ކުރެހުން.. ވަރަށް މިސްޓީރިއަސް ކަންކަން ވަނީ… އެކުއްޖަކު އަބަދު ފެންނަނީ ހުވަފެނުގައި.. މޫނެއް ނުފެނޭ.. ނޫނީ ފެނުނަސް ހަނދާނެއް ނުހުރޭ… އެ ކުއްޖާގެ ހުރޭ ވަރަށް ދިގު އިސްތަށިގަނޑެއް..” ކައިޔަން އެ ސިފަކޮށްދެނީ އަވްލީން ކަން އަވްލީންއަށް އެނގެއެވެ. ”އެކަމަކު އިއްޔެރޭ………..” ކައިޔަން ޖުމްލަ މަޑު ޖައްސާލިއެވެ. “އިއްޔެރޭ ކިހިނެތްވީ..؟” އަވްލީން އަހާލިއެވެ.
“އިއްޔެރޭ ހުވަފެނުން ފެނުނު ކުއްޖާގެ އިސްތަށިގަނޑު ވަރަށް ކުރު… އެއީ ކާކުކަން އެނގޭތަ..؟” ކައިޔަން އަހާލިއެވެ. “ރަނާތަ..؟” އަވްލީންއަށް އެހުނީ ބޭއިޚްތިޔާރުގައެވެ.
“އުހުމް.. ރޭ ހުވަފެނުގައި ފެނުނީ އަވްލީން..” ކުޑަކޮށް ލަދުގަނެފައި ކައިޔަން ބުނެލިއެވެ. އަވްލީން ދިޔައީ ސިއްސައިގެންނެވެ. “ހޭ އެބަ އަންނަން ބޭރަށް ޖެހިލާފައި.. މިރޭ އަށެއްގައި ދިމާކުރައްޗޭ..” ކައިޔަން ކުއްލިއަކަށް ތެދުވިއެވެ. “އެންމެ ރަނގަޅު… ސެޝަންވެސް ނިމިއްޖެ…” ގަޑިއަށް ބަލާލާފައި އަވްލީން ބުނެލިއެވެ.
އަވްލީން ނުކުތުމުން ކައިޔަން ދޮރު ތަޅުލިއެވެ. ދެ މީހުންވެސް ހިނގައިގަތީ ދެ ދިމާލަށެވެ. އަވްލީން ފަހަތް ބަލާލިއިރު ކައިޔަންވެސް ފަހަތް ބަލާލަނީއެވެ. ކޮލަށް އަޑިކޮޅު އަރުވާލަމުން ކައިޔަން އަވްލީން އަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އަތް ހޫރާލިއެވެ. އަވްލީންވެސް ހީނލާފައި ވިހިވަނަ ރޫމްގެ އެކޮޅުން ގޯޅި އެޅިއެވެ.
އަވްލީން ކުރިއަށް ހިނގަމުން ދިޔަވަރަކަށް ފަހަތުން މީހަކު އަންނަހެން ހީވިއެވެ. ދެފަހަރަކު ފަހަތް ބަލާލިއިރުވެސް މީހަކު ނުފެނުނެވެ. ދެން ކުރިއަށް ހިނގައިގަތް ތަނާހެން ބޮކިތައް ކަނިކަނި ލާން ފެށިއެވެ. އަވްލީން ހިނގަމުން ދިޔަވަރަކަށް އޭނަގެ ފިޔަވަޅުގެ އިތުރުން އެހެން މީހެއްގެ ފިޔަވަޅުގެ އަޑު އިވެމުން ދިޔައެވެ. އަވްލީން ހިނގުން ބާރުކޮށްލިއެވެ. ކުއްލިއަކަށް މީހަކު އައިސް ބާރުބާރަށް އަވްލީންގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. އެމީހެއް ހިފާއްޓައިގެން ހުރިލެއް ބާރުކަމުން އެމީހާގެ ތޫނު ނިޔަފަތިތައް އަވްލީންގެ ހަންގަނޑު ޒަޚަމްކޮށްލާފައި އެތެރެއަށް ވަދެދާނެޔޭ ހީވެއެވެ.
އެ މީހާ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލަމުން ހަޅޭއް ނުލެވުމަށް އެދުނެވެ. އަވްލީންގެ ދެލޯ ބޮޑުވެފައި ވާވަރުން މަގާމުން ބޭރު ވެދާނޭވެސް ހިތަށް އަރައެވެ. އަވްލީން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލުމުން އެމީހާ އަވްލީންގެ އަނގަމަތީ އަތްއަޅާ ބާރު ކޮށްލިއެވެ. އަދި އަވްލީންގެ އަތުގައި ހިފާ ދަމަމުން ގޮސް ޖެހިގެން ހުރި ކޮޓަރިތެރެއަށް ކޮއްޕާލިއެވެ.
“އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި..!” އެތެރެއިން އިވުނީ އަންހެން އަޑެކެވެ. އެއީ މިއަދު އަވްލީންއަށް އިވުނު އަޑެކެވެ. ކާކުބާވައޭ ވިސްނަން ހުއްޓާ އެ އަނދިރި ކޮޓަރި ތެރެއިން އެ އަންހެންމީހާ އައްޔަށް ނުކުމެލިއެވެ. އަވްލީންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “ތީ…” އެއްޗެކޭ ބުނަން އަވްލީންގެ ދޫ ހަރަކާތް ކުރިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.





Varah Varah Varah Varah reethi ❣️?✨?
Maa sha Allah ?? curiously waiting waiting waiting waiting for the next part ?✨? ly ⚡??
Awwwnnn thank you Livy dear ??? But sadly I don’t thing I can upload the next part that soon ??? I upload this story to another site and that site has maintain work so… I’ll try my best though to upload 22 soon inge.. Love you more Livy dear ?????????
Wow, Mi part vx varah varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤ haadha hini aadhe eyy Rana Av are dhima ah inland taipan kiyaathy ?????? btw when is next part?? Imma curiously waiting for next part! ??????????????ly
Glad to know you liked it Izabell dear ?? Next part may take some time ?? But ill try my best to bring it to u guys soon ??? Love you more dear ?
Wow, Mi part vx varah varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤ haadha hini aadhe eyy Rana Av are dhima ah inland taipan kiyaathy ?????? btw when is next part?? Imma curiously waiting for next part! ??????????ly
Aw double vefa dho it’s alright but thanks again dear ???????
Story he mi part vs Hama varah sali sis. When is tha next part sis. Lysm.
Next kudakoh Las vedhaane ??? sorry to disappoint u dear ?? Love you so much more Ril dear ???????
Masha Allah mi part vxx Hama varah varah loabi… Lysm Yoon.??♥️♥️??????. If you don’t mind can you tell your age yoon… Don’t take this wrong I just wanna know….?????
Oof sorry een dear.. age is something I can’t tell anyone 🙁 But Keep on reading ingeyy ?? Maybe I can tell you my name when this story ends ??? Love you so much more Een dear ???????????????????
Vrh vrh rythi mi part ves Masha Allah ?btw when is the next part…. Curiously wait for next part
Ohh it’s okay my lovely Yoon ♥️♥️♥️♥️♥️.. Insha Allah I’ll reading until this story ends….??????????