އިރުގެ ރަން ދޯދި ތަކުން ދުނިޔެ އަލި ކުރަމުން ދިޔަ ވަރަކަށް މާލޭ މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހޭލަ މޭލަވެ އުޅޭ މީހުންތައް ދިޔައީ އިތުރު ވަމުންނެވެ. އެއް އަތުގައި ކޮފީ ޖޯޑެއް އިން އިރު އަނެއް އަތް ރެއިލިންގ ގައި އަޅުވާލައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން ޔާނިޝްގެ ފިރިހެންވަންތަ ކަން އިންތިހާ އެވެ. ވިލު ނޫ ކުލައިގެ ސޯޓަކާއި ކަޅު ކުލައިގެ ހޫޑީއެއް ގައި ޔާނިޝް ފެންނަލެއް ވަރަށް ހިތްގައިމެވެ. ނިއަލް އާއި ނާއިކް […]
ކަޅުފޮއި އަނދިރި ރެއެެކެވެ. ޖެހިލާ މަޑު ވައި ރޯޅިން އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބެ އެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ. އެއީ އަހަރެންގެ މަންމަގެ ފޮޓޯ ގަނޑެކެވެ. މިއީ ކޮންމެ ރެއެއްގެ ވެސް އާދަ އެވެ. އެތައް އިރެއް ވަންދެން އަހަންނަށް އެ ފޮޓޯ ގަނޑަށް ބަލަހައްޓައިގެން ހުރެވެއެވެ. އަދި ހިތާ ހިތުން އެތައް ޝަކުވާތަކެއް ކުރެވެއެވެ. އަހަރެންގެ ހިތި މާޒީ މަތިން ހަނދާންވާ ކޮންމެ ފަހަރަކު […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. މާލޭގެ ހަމަހިމޭންކަން ގެއްލުވާލައިފައި ވަނީ މަގުމަތީގައި ހޭލަމޭލަވެ އުޅުނު މީހުންނާއި ދުއްވާ އެއްޗެހީގެ ސަބަބުންނެވެ. ލާރާ މަޑު ހިނގުމެއްގައި ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފޯނަށެވެ. އެންމެ ހިނދުކޮޅަކަށް ވެސް ފޯނުން ނަޒަރު ވަކިކޮށް ނުލާ ހިނގަމުން ދިޔަ ލާރާ ގޮސް ލައިގަތީ ކުރިމަތިން ލާފައި އައި މީހެއް ގައިގައެވެ. ހަމަ އެއާއެކު ލާރާ އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ލާރާ […]
ލާޝާ ދުވެފައި ގޮސް އެރީ ޓެރެސް އަށެވެ. ނިއަލް އިންނާނީ އެ ތާނގައި ކަން ޔަގީން ކޮށްލަމުންނެވެ. ލާޝާ ޓެރެސް އަށް ވަތް އިރު ނިއަލް އިނީ ގޮނޑިއެއް ގައި އިށީނދެގެން ދެ އަތުން މޫނު ފޮރުވައިލައިގެނެވެ. ނިއަލް އިން ގޮތް ފެނުމުން ލާޝާ އަށް ހީވީ އޭނާގެ ހިތުގެ ހިނގުން މަދު ސިކުންތު ކޮޅަކަށް ނަމަވެސް މަޑު ޖެހިލި ހެންނެވެ. ލާޝާ މަޑު ފިޔަވަޅު ތަކެއްގައި ގޮސް ނިއަލް ކުރިމަތީގައި ހުއްޓުނެވެ. އަދި ނިއަލްގެ ކޮނޑުމަތީގައި […]
ޖެހިގެން އައި ދުވަހުވެސް ލާޝާ އުޅުނީ ބޯ އަނބުރާފައި، މޭނުބައިކުރާތީ އެވެ. އެހެންކަމުން ނިއަލް އަށް ލާޝާ އެ ހާލުގައި އުޅޭތަން ބަލަން ކެތްނުވެގެން ލާޝާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރ ދިން ޚަބަރާއި އެކު ލާޝާގެ އިތުރުން ނިއަލްގެ މޫނުމަތިން ފެނިގެން ދިޔައީ އުޖާލާ ކަމެވެ. ޑޮކްޓަރ ޝާން އެ ބުނީ ނިއަލް އާއި ލާޝާ އެންމެ އަޑު އަހަން ބޭނުން ވެގެން އުޅޭ އެއް ޖުމުލަ އެވެ. އާނއެކެވެ. ޑޮކްޓަރ ޝާން އެ ބުނީ […]
ދުވަސްތައް ހަލުއިކަމާއެކު މާޒީއާއި އެކު ވަމުން ދިޔައީ ލާޝާ އާއި ނިއަލްގެ އިތުރުން ނައިހާ އާއި ނާއިކްގެ ދިރިއުޅުން ވެސް އިހުނަށް ވުރެ ބޮޑަށް އުފާވެރި ކުރުވަމުންނެވެ. އެކަކު އަނެކަކު ދެކެވާ ތެދުވެރި ލޯބި އިތުރަށް ފުން ކުރާ ހާލުގައެވެ. ނައިހާ އާއި ލާޝާގެ އެކުވެރިކަމެކޭ އެއްފަދައިން ނިއަލް އާއި ނާއިކްގެ އެކުވެރިކަން ވެސް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެކަކު އަނެކަކާ އެކީ ދުވަހުގެ ބޮޑުބައެއް ހޭދަ ކުރަމުންނެވެ. ނަމަވެސް ދެރަކަމަކީ ހަތަރު މީހުން އެކީ އެތައް […]
“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…. ވާނަމޭ އުމުރަށް އެކީ ޖާނާ…. ނޭދެމޭ ދުރުވާކަށެއް ލޯބިވާ…. ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…” ލާޝާ ކަންފަތައް ހެޑްސެޓު ޖަހައިގެން އިނދެ، އިވެމުން ދިޔަ ލަވަ އާއި އެއްވަރަށް ކިޔަމުން ދިޔައެވެ. އޭރު ލާޝާ ކައިރީގައި ލާޝާގެ ލެޕްޓޮޕް ހިފައިގެން ނައިހާ އިނީ ނިއަލް އާއި ލާޝާގެ ކައިވެނި ޕާޓީގައި ނަގައިފައި ހުރި ފޮޓޯތައް ބަލާށެވެ. ނައިހާ ލާޝާ ކައިރިއަށް އެ ގެއަށް އައީ ލާޝާގެ އެދުމުގެ މަތިންނެވެ. ނިއަލް ޑިއުޓީ […]
“ހެޕީ ބާތްޑޭ” ލާޝާ ގޭތެރެއަށް ވަދެ ބޮކި ދިއްލާލުމުން އެންމެން އެއް އަޑަކުން ގޮވާލިއެވެ. އޭރު އެންމެންނަށް ވުރެން ތަންކޮޅެއް ކުރީގައި ހުރި ނިއަލް އަތުގައި ހެޕީ ބާތްޑޭ ލާޝާ ޖަހާފައި އިން ކޭކެއް އިނެވެ. ނިއަލްގެ ފަހަތުގައި ލާޝާ އާއި އަދި ނިއަލްގެ މައިންބަފައިންނާއި، ނައިހާގެ މަންމަ އާއި ނާއިކްގެ މައިންބަފައިންނާއި، ލާރާގެ އިތުރުން ނައިހާ ވެސް ހެވިފައި ތިއްބެވެ. ލާޝާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ލާޝާ އަކީ ދުވަހަކުވެސް އޭނާގެ އުފަންދުވަސް […]
ނިއަލް އާއި ލާޝާ އަށް ގެއަށް އާދެވުނު އިރު ހުރީ އެގާރަ ޖަހަން ކައިރިވެފައެވެ. ނިއަލް ކާރު ޕާކު ކޮށްފައި އައިސް ލާޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ވުމާއެކު ސިިޓިންރޫމުގައި އިން ނިޔާޝާ އާއި ނާއިމް އެ ދެމީހުންނަށް ފެނުނެވެ. އެހެންކަމުން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ލާޝާ އާއި ނިއަލް ގޮސް އިށީނީ ނިޔާޝާމެން ކައިރީގައި، ސޯފާގައެވެ. އެ ހަތަރު މީހުން އެކިއެކި ވާހަކަތައް ދައްކަން ވަރަށް ގިނައިރު ވަންދެން އެ […]