ކައިން އަކީ އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ރީތި މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ފެށުނީއްސުރެ ކައިން ބަލަމުން އަންނަނީ ކައިންގެ ބޮޑުދައިތަ ކާއިނާތުއެވެ. އެކާވީސް އަހަރު ވެފައި ހުރި ކައިރާ އަކީ ކައިންގެ ހުރި ހަމައެކަނި ދައްތައެވެ. މޫދަށް ދިޔުމަކީ ކައިން ކުޑައިރުއްސުރެ ބޭނުންވާ ކަމެކެވެ. ނަމަވެސް ކާއިނާތު އެކަމާއި ދެކޮޅު ހަދައެވެ. އޭގެ ސަބަބެއް ކާއިނާތު ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް ކާއިނާތުއަށް އަންގާ ނުލާ ކައިން […]
އެ ސޫރަ ފެނުމާއިއެކު ބިރުގަތީ ހަމައެކަނި ޒާޔާއެއްވެސް ނޫނެވެ. އެ ސޫރައިގެ ވެރިޔާވެސް ބިރުން ރޫރޫ އަޅައިގެން ދިޔައެވެ. ޒާޔާ ބިރުގަނެފައި ހުރިވަރުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދުއްވައިގަންނަން ހިތަށް އެރިއެއްކަމަކު ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ޒާޔާއަކަށް ނުކެރުނެވެ. އެ އަންހެންކުއްޖާގެ ދެލޯ ބޮޑުކޮށްލެވިފައިވީއިރު މޫނުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ މޫނުގައި ރެނދު ލައިފައި ހުރިހެންނެވެ. މޫނުމަތި އެހާ ކުރަކިކޮށް ފެންނަން ހުރިއިރު ހާމައަށް ފެންނަން އޮތް އަތް އޮތީ އެހާ އޮމާންކޮށް […]
“މަންމާ..” ގަތްބިރުން އަންޖަލް ވެއްޓުނެވެ. އަދި ފަހަތަށް އެބުރި ޖައިޝްއަށް ބަލާލިއެވެ. މިފަހަރު އެއަށްވުރެ ބާރަށް އަންޖަލް އަށް ހަޅެއްލަވައިގަނެވުނެވެ. ޖައިޝްގެ ސިފަ އަންޖަލްއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ބޯދިގުކޮށްފައި ހުރި އިރު މޫނު ވަނީ ފޮރުވިފައެވެ. ހަމައެކަނި ޖައިޝްގެ މޫނުން ފެންނަން ހުރީ ދެލޮލާއި ނޭފަތެވެ. ތުބުޅިއާއި މަތިމަސް ދިގު ކޮށްފައި ވުމުން މީހާގެ ރީތިކަން ގެއްލި ހީވަނީ “ބެއާ” އެއް ހެނެވެ. އަންޖަލް އަވަސް އަވަހަށް ކަކުލުގައި އަތް އަޅައިގެން ކޮރު ޖަހަމުން […]
އަހަރެން ދުވަހަކުވެސް މާގިނަ ރަހުމަތްތެރިންނެއް ހުންނާކަން ނޭދެމެވެ. ހަމަ އެކަނި ބޭނުންވަނީ އަހަރެން އެރަހުމަތްތެރިއާދެކެ ލޯބިވާ ފަދައިން އަހަރެންދެކެވެސް ލޯބިވާ ވަފާތެރި ރަނގަޅު ރަހުމަތް ތެރި އެކެވެ. ގިނަ ފަހަރު އަދު އިވެނީ ރަހުމަތް ތެރިންނަކީ ފެނިގެއްލޭ ބައެކޭ ބުނާ އަޑެވެ. ނަމަވެސް އަހަރެން ތިބާއާ ބައްދަލުވެ ވާހަކަ ދައްކަން ފެށިވަގުތުން ފެށިގެން އެބުނުމަކީ ތިބާއަށް ބުނެވިދާނެ ބުނުމެއް ނޫންކަން އަހަރެންނަސް ޔަޤީން ވިއެވެ. އެކަނިވެރިކަމުގައި އެކަނިވެރި ވަގުތުތަކުގައި ހިނިތުންވެލާނެ ސަބަބުތައް އަމިއްލައަށް ވިސްނައި ހިނިތުންވަމުންދިއަ ދުވަސްތައް އަހަރެން ހަނދާންވެއެވެ. އެކަނިވެރިކަމުގައި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގެ ތެރޭގައި “ނެގަޓިވް” ވިސްނުންތަކުގައި އަހަރެން ވީމުއެވެ. ތިބާއެވެ. އަހަރެންގެ ދިރިއުޅުމުގައި ތިބާއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަހަރެންނަށް ހެއްވާ މަޖާ ވާހަތައް ކިޔައިދިން ހަނދާންތައް އެބަހުރިއެވެ. ލޮލަށް ނުފެންނަން މީހެއް މީހަކަށް އިތުބާރު ކުރާ ފަދައިން އަހަރެން ތިބާއަށް އިތުބާރު ކުރަމެވެ. ތިބާއަށް އަހަރެންގެ ވާހަކަތައް އަކުރުން އަކުރަށް ކިޔާދިނީމުއެވެ. އަހަރެންނަކީވެސް މުހިއްމު މީހެއްކަން އަހަރެންނަން ތިބާ އިހްސާސްކޮށް ދިނީމުއެވެ. މެންދަމުގެ ވަގުތުގައި ތިބާއަށް ގުޅައި ތަކުން ތާކުން ނުޖެހޭ ކަންކަމާ ކަންބޮޑުވެ ހުރެ ވާހަކަތައް ހިއްސާ ކުރި ދުވަސްތައް އަހަރެން ހަނދާން ވެއެވެ. ތިބާ ނެތްނަމަ އަހަރެންގެ މި ހަޔާތް އަހަންނަން ނުލިބުނީސްކަން ޔަޤިނެވެ. އެންމެ ރަގަޅަށް އަހަރެންގެ ހަޔާތް އިނގޭނެ ފަރާތަކީ ތިބާ އެވެ. އަހާށެވެ. މިހާރު އަހަރެމެންނަން ވާހަކަ ނުދެއްކުނު ނަމަވެސް އަހަރެން އަބަދުވެސް ތިބާގެ ފޯން ކޯލަކަށް މަރުހަބާ ކިޔާނަމެވެ. އަހަރެން ދޫކޮށް އެހެން “ބެސްޓް ފުރެންޑް” އެއް ނުހޯދާށެވެ. އަހަރެންނަން ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވަމެވެ. އަހަރެންގެ މިޖާޒު ތިބާއަށް ކަމުދާކަމަށް އަހަރެން އުއްމީދު ކުރަމެވެ.
ސަންފާއާ ޝުއައިބުއަށްވެސް ޔާނިއުއަށް ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވުނެވެ. ޔާނިއު ގޭގަ ހުއްޓަސް އަބަދު އުޅެނީ ކޮޓަރީގައެވެ. ކެއުމާވެސް އެހާ ދުރުވެއްޖެއެވެ. ރައްޓެހިންނާއެއްކޮށް ވަގުތު ހޭދަކުރުމަށް އަބަދު ބޭރަށްދާ ކުއްޖާ ގޭގާއި ބަނޑުއަޅައިގެން އޮންނަންފަށާފިއެވެ. ރޭގަނޑަށް އިރުއޮތްސޭއިރު ގެއިން ނިކުންނަން އާދަކޮށްފިއެވެ. އެހާ ސަކަރާތްޖަހާ މަޖާކޮށް އުޅުނު ކުއްޖާ މުޅިން ހަމަ ހިމޭންވެއްޖެއެވެ. އެއްރެއެއްގެ ދަންވަރެވެ. ސަންފާ އޭނާގެ ކޮޓަރީގައި ބަހަށްޓާފައި ހުރި ޖަގުން ފެންހުސްވެގެން ފެންއަޅަން ބޭރަށް ނިކުތެވެ. ސަންފާ އޭނާގެ ކޮޓަރިން ނިކުމެގެން ޔާނިއުގެ […]
* “އަޅެ ޖަވާބެއް ނުދޭނަންތަ..؟ ކޮބާތަ އަވްގެ ފޯނު..؟ އަވް ކައިޔަން އަށް ގުޅީމައި ކައިޔަން ޖަވާބެއް ދީފާނެއްނު..؟” އަވްލީންއަށް އެހަމަހިމޭންކަންދެކެ އާދެވުނީ ރުޅިއެވެ. ދެކޮޅު ބަލާލެވުމާއެކީ އޭނާ އޮތް އެނދުގާތުގައި ހުރި މޭޒުމަތީ އޮތް ފޯނު ނުހަނު ފަސޭހައިން ފެނުނެވެ. “ކައިޔަންއެއް ތިފޯނަކަށް ޖަވާބެއް ނުދޭނެ..” އަވީނާއަށް ހިތްވަރުކޮއްލާފައި ބުނެވުނީ އެހެންނެވެ. އަވްލީން ނަމްބަރު ޖަހަޖަހާ ހުރެފައި ގަނޑުވިއެވެ. * “ކޮބާ ކައިޔަން..؟؟” އަވްލީންއަށް އަވީނާގެ ކޮނޑު ގައި ހިފާ ތަޅުވައިގަނެވުނެވެ. ތަޅުވައިގަތްގަތީނުން އައިވީ ބޭގުވެސް […]
ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި އާލިޔާ އިރުއިރުކޮޅާ ގޭގެ މައި ދޮރާއި ދިމާލަށް ބަލައިލައެވެ. ބައެއް ފަހަރަށް ވަގުތު ހިނގާލެއް ލަސްވާހެން އާލިޔާއަށް ހީވެއެވެ. ކިތަންމެފަހަރަކު ޒާޔާއަށް ގުޅަންވެސް ހިތަށް އެރިއެވެ. އެކަމަކު ޒާޔާއަށް ޝައްކެއް ވެދާނެތީ އާލިޔާ ކެތްކޮށްލައިގެން އިނީއެވެ. “ބޮޑުދައިތާ. އަހަރެން މި ދަނީ ނޫމާންމެން ގެއަށް.” އާލިޔާ އާއި ދިމާލަށް ބަލައިވެސްނުލައި ފަވާޝަތު އަވަސްއަވަހަށް އެ ވާހަކަ ބުނެލުމަށްފަހު ގެއިން ބޭރަށް ނުކުމެއްޖެއެވެ. އާލިޔާ އެކަމަށް އެއްވެސް އެއްޗެކޭ ނުބުނީ ފަވާޝަތު ދިޔުމުން […]
ތިން އަހަރެްހާ ފަހުން ރާއްޖޭގެ ފަސްގަނދުގައި ފައި ޖައްސާލި ރާޔާ އަށް ކުރެވުނީ ފޮނި އިހުސާސެކެވެ. ރާއްޖޭން ބޭރުގެ ތޮއް ޖެހިފައިވާ މާހައުލު ދޫކޮށް އުފަން ރަށަށް ރާޔާ އައީ އޭނާގެ ހުވަގެން ހާސިލް ކޮށް ނިންމާގެންނެވެ. ރާޔާ ރަށު ތެރެއަށް ނަޒަރެއް ދިނުމަށްފަހު އަވަހަށް ހިނގައި ގަތީ ގެޔާ ދިމާލަށެވެ. ފާއިތު ވި ތިން އަހަރު ތެރޭގައި ގެޔަށް އައިސްް ހުރި ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާޔާ ހުރީ ބަސް ހުއްޓިފައެވެ. .. ރާޔާ ގެޔަށް […]
“ހެޕީ ބާތްޑޭ” ލާޝާ ގޭތެރެއަށް ވަދެ ބޮކި ދިއްލާލުމުން އެންމެން އެއް އަޑަކުން ގޮވާލިއެވެ. އޭރު އެންމެންނަށް ވުރެން ތަންކޮޅެއް ކުރީގައި ހުރި ނިއަލް އަތުގައި ހެޕީ ބާތްޑޭ ލާޝާ ޖަހާފައި އިން ކޭކެއް އިނެވެ. ނިއަލްގެ ފަހަތުގައި ލާޝާ އާއި އަދި ނިއަލްގެ މައިންބަފައިންނާއި، ނައިހާގެ މަންމަ އާއި ނާއިކްގެ މައިންބަފައިންނާއި، ލާރާގެ އިތުރުން ނައިހާ ވެސް ހެވިފައި ތިއްބެވެ. ލާޝާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ލާޝާ އަކީ ދުވަހަކުވެސް އޭނާގެ އުފަންދުވަސް […]