ހަވީރުގެ ހިތްގައިމު ވަގުތެވެ. މާލޭގެ ހަމަހިމޭންކަން ގެއްލުވާލައިފައި ވަނީ މަގުމަތީގައި ހޭލަމޭލަވެ އުޅުނު މީހުންނާއި ދުއްވާ އެއްޗެހީގެ ސަބަބުންނެވެ. ލާރާ މަޑު ހިނގުމެއްގައި ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފޯނަށެވެ. އެންމެ ހިނދުކޮޅަކަށް ވެސް ފޯނުން ނަޒަރު ވަކިކޮށް ނުލާ ހިނގަމުން ދިޔަ ލާރާ ގޮސް ލައިގަތީ ކުރިމަތިން ލާފައި އައި މީހެއް ގައިގައެވެ. ހަމަ އެއާއެކު ލާރާ އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ލާރާ […]
ކޮޓަރިއަށް ވަދެގެން އައި ރީޝް ގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ކޮޓަރީގައި ހުރި ކަޅު ސޯފާގައި އިށީންދުމަށްފަހު ޖައިޝްގެ މޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. އެއާއިއެކު މާޒީގެ އެކިއެކި ސޮފުހާތައް ރީޝްގެ ކުރިމަތީގައި އުކެން ފެށިއެވެ. ~ ހަ އަހަރު ފަސް ~ ނޫ އުޑުގެ ދަށުގައި ހުދު ކުލައިގެ ބޯ ވިލާތައް ރަސްކަން ކުރަމުން ދިޔައީ ދުނިޔެއަށް ދެމުން ދިޔަ ދިލަ އަވިން އަރަމުން އައި ހޫނު މަތަކުރެވޭތޯއެވެ. ސާފު ފިނި […]
ޖައިޝްގެ އެއަމަލާ މެދު ވިސްނަން އިން ރީޝް ކުއްލިއަކަށް ކެއްސަން ފެށުމާއިއެކު އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ރީޝް އެވަރަށް ކެއްސަމުން ދިޔައިރު ޖައިޝްގެ އަމަލު ހުރި ގޮތުން އެންމެން ވެސް ހައިރާން ވެގެން ދިޔައެވެ. ”ބައްޕި ދެންދަނީ. އަހަރެން ދެން ދަނީ މި.” ޖައިޝްގެ އުނގުގައި އިން ޝިޒާ ކައިރީ ހުރި ގޮޑީގައި ބޭންދުމަށްފަހު ފެން ބޯލައިގެން ގެއިން ނުކުންނަން ދިޔައިރު ކަޅި ޖަހާވެސް ނުލައި ޝިޒާ ބަލަން އިނެވެ. ކެއްސަމުން ދިޔަ ހާލުގައި […]
އަނބުރާ ރަށަށް ދިއުމަށްޓަކައި ވަރުދާންމެން އުދުއްސައިގަތުމުން އެނބުރި އަދި އެރަށަށް އައުމަށް ޖީން ދައުވަތު ދިނެވެ. ވަރުދާން އަނެއްކާވެސް މަޑުކޮށްލައިފައި މާދަމާއަދި އަންނާނެ ކަމުގައި ބުންޏެވެ. އޭގެފަހުން ކޮންމެ ދުވަހެއްވެސް ހޭދަވަމުން ދަނީ ވަރުދާންއާ ޖީންގެ ގުޅުމަށް އިތުރުވަމުންއައި ބޮޅުތަކެއްގެ ގޮތުގައެވެ. ޖީންއާ ބައްދަލުކުރުމަށްޓަކައި ވަރުދާން ކޮންމެ ދުވަހަކުވެސް އެރަށަށް އާދެއެވެ. ދެމީހުންގެ ގުޅުމަށް ފަސްމަސް ވި ދުވަހު ވަރުދާން ޖީންގެ ގާތުން ކާވެންޏަށް އެއްސެވެ. ޖީންވެސް އެކަން އުފަލުން ބަލައިގަތެވެ. އެއީ ޖީންވެސް ނުލާހިކު ބޭނުންވެފައި […]
ޒާޔާގެ ޚިޔާލްތަކުގެ ތެރެއަށް މަތީން ގެއްލިފައި އިންދައި އާލިޔާ އައިސް މަތީން އާއި ކުރިމަތިވާގޮތަށް އިން ސޯފާގައި އިށީނެވެ. މަތީން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންވަރުން އާލިޔާ އޭނާގެ ކުރިމަތީގައި އިށީންކަމެއް މަތީނަކަށް ނޭނގުނެވެ. އާލިޔާ ދެތިން ފަހަރަކު އޭނާގެ އަތުން ފުއްޓައްކެއް ޖަހައިލުމުން މަތީން ތެޅިގެންފައި އޭނާގެ ކުރިމަތީގައި އިން އާލިޔާ އާއި ދިމާލަށް ބަލައިލިއެވެ. މަތީން އަވަހަށް ނޫންކަމަށް ހެދެމުން ވާހަކަ ދައްކަން ފެށިއެވެ. “އެހެންވީމަ އަހަރެންގެ ޕްލޭން އަހަރެން ދައްތައަށް ކިޔާދީފަ އޮންނާނީ […]
ހަވަނަބައި އިސްރާ މިހެން ބުނުމުން ހިޝާން ބަލާލީ ދުރުގައި ރީތި ހިނިތުން ވުމެއް ދީގެން އިން އައިނާ އަށެވެ. “ނޭނގޭނެ..” ހިޝާން ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. ހުރިހާ ވާޙަކައެއްވެސް ކިޔައިދިން އިރު ވެސް އެކުއްޖެއްގެ ނަން ހިޝާން ނުބުނެއެވެ. އެއީ އައިނާ އޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ. *** އިސްރާ ހިޝާންގެ ބޮލުގައި ފިރުމާލައިފައި ތެދުވެގެން ދިޔައެވެ. އިސްރާ އެތަނުން ތެދުވީ ފިކުރު ބޮޑުވެފައި އިނދެއެވެ. އެތަނުން އިސްރާ ދިޔައީ ޔަޤީން ކޮށްފައެވެ. […]
”މާތްކަލާކޯ ތީ ކޯޗެއް..؟” އެތެރެއަށް ވަތް އަޒަލްގެ އަޑަށްވެސް އަހަރެން ފަހަތެއް ނުބަލަމެވެ. އަހަރެން އިޒާނަށްވުރެ ވެސް ހައިރާންވީއެވެ. އިޒާނުގެ އަތުގައި އެ އޮތީ ސަހަލު އެއްޗެއް ނޫނެވެ. “އަޅޭ އިވާނޫ..! އަހަރެންނާއިވެސް ޝެއާ ކޮށްގެން ދޯ ކާނީ..؟” އަޒަލްގެ އަޑަށް އަހަރެންނަށް ހޭވެރިކަމެއް ވިއެވެ. “މަށާއި ޝެއާ ކޮށްގެން ކާން ޖެހޭނީ.. މަށެއްނު އިވާނުގެ އިޒާންބެއަކީ..” އިޒާން އޭތި މެޔާއި ލާ ބޮނޑި ކޮށްލިއެވެ. އަހަރެންނަށް އަދިވެސް ހުރެވުނީ އެ ހަދިޔާއާއި ދިމާލަށް ބަލާށެވެ. އެއީ […]
“ކަޔާން” ކުރި މަތީގައިހުރި ޖުމައްޔާ ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮއްްލިއެވެ. އެހެން ނަމަވެސް އެ އަޑަށް ބީރު ކަންފަތެއް ދެމުން ކަޔާން ކުރިއަށް ހިނގައިގަތެވެ.”ކަޔާން..” ކުރިއަށް ހިނގައިގަތް ކަޔާންގެ ދެފައި ބިމުގައި ތަތްލީ ފަހަތުން އިވުނު އާދިލްގެ ހަރުކަށި އަޑުންނެވެ.”މަންމަ ގޮވާއިރުވެސް ތި ދަނިއްޔޯ”ކަޔާންގެ އުޅަބޮންށީގައި ހިފާ އާދިލް އޭނަޔާވީ ފަރާތަށް އަނބުރާލިއެވެ.”އޭއި..ބަލަ އަހަރެން ކަޔާންއާއި އޭ މި ވާހަކަ ދައްކަނީ..ހަމަ މިހާރު މާފަށް އެދޭ”އާދިލްގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމެވެ. “ނޫން”ކިރިޔާ ފޫޅަށް އިވޭވަރަށް ކަޔާން ބުނެލީ އިސްޖަހައިގެން […]
”ނޫ އާންޓީ. ޝިޒްގެ ބައްޕި އަންނާނޭ މިހާރު. މަންމިއަށް ގުޅީމަ މަންމި އަންނާނި ބަލާ. ޝިޒް ބޭނުމީ ޝިޒްގެ ބައްޕި މިއަދު ބަލައި އަންނަން. ބައްޕި ބުނި ޝިޒް ބަލައި އަންނާނަމޭ ވެސް.” ޝިޒާގެ ގާތުގައި އިން މުދައްރިސް ޝިޒާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ސުކޫލްގެ ބޮޑު ދޮރާ ދިމާލަށް ބަލައިލިއެވެ. އެއިރުވެސް އެތަނުން އެކެއްގެ ވެސް ހިލަމެއް ނުވެއެވެ. ނަމަވެސް ސައިލަކެއްގެ އަޑު އިވުމާއިއެކު އަނެއްކާވެސް ދެމީހުންގެ ލޯ އެދިމާލަށް ދިޔައެވެ. ”ބައްޕީ.” ޝިޒާ ދުވެފައި ގޮސް […]