ޖައިޝް 6
ޖައިޝްގެ އެއަމަލާ މެދު ވިސްނަން އިން ރީޝް ކުއްލިއަކަށް ކެއްސަން ފެށުމާއިއެކު އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ރީޝް އެވަރަށް ކެއްސަމުން ދިޔައިރު ޖައިޝްގެ އަމަލު ހުރި ގޮތުން އެންމެން ވެސް ހައިރާން ވެގެން ދިޔައެވެ.
”ބައްޕި ދެންދަނީ. އަހަރެން ދެން ދަނީ މި.” ޖައިޝްގެ އުނގުގައި އިން ޝިޒާ ކައިރީ ހުރި ގޮޑީގައި ބޭންދުމަށްފަހު ފެން ބޯލައިގެން ގެއިން ނުކުންނަން ދިޔައިރު ކަޅި ޖަހާވެސް ނުލައި ޝިޒާ ބަލަން އިނެވެ. ކެއްސަމުން ދިޔަ ހާލުގައި ވެސް ރީޝް ބަލަމުން ދިޔައީ ޖައިޝްއަށެވެ. ނަމަވެސް އެއަޑު އިވޭ ކަމަށްވެސް ހަދާ ނުލައި ޖައިޝް ނުކުމެގެން ދިޔައީ ރީޝްގެ ހިތް ދެފަޅި ކޮށްލަމުންނެވެ.
ޖައިޝްގެ ހަންހާރަވެތި ލޯތްބަށް ރީޝް އެދެމުން ދާތާ ކޮންދުވަހެއް ހެއްޔެވެ؟ އޭނާގެ ލޭފަވެތި ފިރުމުންތައް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ ކޮންމެ ނަމާދަކަށް ފަހު އެއްކަމަކަށް ދުއާ ކުރަމުން ދިޔައީ ޖައިޝްގެ ލޯބި ލިބޭތޯއެވެ. ރީޝްއަށް އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ ރީޝްގެ އުނި ސިފައެއް ހުރީތީ ހެއްޔެވެ؟ ނޫނީވިއްޔާ ހަމަ ޖައިޝް ރީޝް ދެކެ ފޫހިވީ ހެއްޔެވެ؟
އެވަރަށް ކެއްސަމުން ދިޔަ ރީޝްގެ އަނގައިން ލޭ އެތި އަންނަން ފެށިއެވެ. ނިޔާޝާއަށް ލިބުނު ސިހުމުގައި ދުރަށް ޖެހިވުނު އިރު ޝިޒާ މަންމީ ލެޔޭ ކިޔަމުން ރީޝް ކައިރިއަށް ދިޔައެވެ. ގޮޑިން ތެދުވެލައި ސިންކު ކައިރިއަށް ރީޝް ދިޔައީ އަނގަ ދޮވެލުމަށެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ނޭވާ ވަނީ ކުރުވެފައިއެވެ. ނޭވާ އުފުރެމުން ދިޔަ އިހްސާސެއް ކުރެވެމުން ދިޔައީތީ ރީޝް ނިކަން ފުންކޮށް ނޭވާ ލާން މަސައްކަތް ކުރިއެވެ.
”ދަރިފުޅާ ބަލީތަ؟” ނިޔާޝާ ރީޝްގެ ކޮޑުގައި އަތް ބާއްވާލިއެވެ. އަދި ވަރުބަލިވެފައިވި ރީޝްގެ މޫނަށް ބަލައިލާ ބުރަކަށީގައި ފިރުމާލިއެވެ. ޝިޒާވެސް ރީޝްގެ ހަރަކާތްތަކަށް ފެންކަޅިވެފައިވި ދެލޮލުން ބަލަމުން ދިޔައިރު ދެންމެ ދެންމެ ހީވީ އެދެލޮލުގައި ފުނިޖެހިފައިވި ކަރުނަތައް ފައިބަފާނެ ހެންނެވެ.
”ނޫން. މާ ގިނައިން ކެއްސީމަ ކަމަށް ވެދާނެ ލޭ އެއައީ. މަންމަ ހާސް ނުވޭ. މީ މާ ބޮޑުކަމެއް ނޫން.” ރީޝް ހިނގައިގަތީ ޝިޒާ ގޮވައިގެން ކޮޓަރިއާ ދިމާލަށެވެ. އެއިރުވެސް ނޭވާ ލަމުން ދިޔަ ގޮތުން ހަމައަކަށް ނޭޅޭކަން ހާމަވަމުން ދިޔައެވެ. ނަމަވެސް އިތުރަކަށް ނިޔާޝާ ވެސް ރީޝް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. މޭޒުމަތީގައި ހުރި ތަށިތައް ނެގުމަށްފަހު އޭނާވެސް ކޮޓަރިއަށް ވަދީ އަސުރު ބަންގި ގޮވަން ކައިރިވުމުންނެވެ.
***
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެގެން ދިޔައީ ރީޝްގެ ހަށިގަނޑަށް ތަފާތު ބަދަލެއް ގެންނަމުންނެވެ. ކުރީގައިވި ރީތި ހަށިގަނޑު ފިލައި ގޮސް މުޅި މީހާގެ ހަށިގަނޑު ވަނީ އެއްކޮށް އަނަރޫފަވެ ހިކިފައިއެވެ. މަސްޖަހާލާފައިވާ ކޯ ވަނީ ހިނދިފައިއެވެ. ލޯ ވަނީ ވަޅުވަދެފައިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ރީޝް މަސައްކަތް ކުރީ ޖައިޝްއަށާއި ޝިޒާއަށް އޭނާގެ ފަރާތުން ބޭނުންވާ ލޯބި ދެވޭތޯއެވެ. އޭނާގެ އަޅާލުން ދެވޭތޯއެވެ.
މަސައްކަތުގައި ބިޒީ ޖައިޝްއަށް ރީޝްގެ ހަށިގަނޑަށް ބަދަލެއް އައިސް ހުރިހެން ވެސް ރޭކާ ނުލާފަދައިއެވެ. އޭނާގެ ބިޒީ ކަމުގައި ދުވަސްތައް ގުނަމުން ދިޔައީ އަމިއްލަ އުފާ ހާސިލް ކުރަމުންނެވެ. ކުޑަކޮށްވެސް އަނބިދަރިންނާ މެދު ވިސްނާލުމެއް ނެތިއެވެ. އެހެންޏާވެސް އުޅެމުން ދިޔަ ފަދައިން ކޮފީތަކުންނާއި ފިނި ބުރުޖެހުމުގައިއެވެ.
”ދަރިފުޅާ ޑޮކްޓަރަށް ދައްކަން ދާން ވީނުން. ހަށިގަނޑަށް ތި އަންނަ ބަދަލެއް ދަރިފުޅަކަށް ފާހަގައެއް ނުވޭތަ؟” ރީޝްގެ ހާލާމެދު ހަމައެކަނި ހަމްދަރުދީ ވާ މީހަކަށް ހުރީ ނިޔާޝާ އާއި ޒާންއެވެ. ރީޝް ޑޮކްޓަރަށް ދައްކަން ނުގޮސްގެން ވެސް އެކަމާ އެންމެ މާޔޫސްވީ އެދެމީހުންނެވެ. ނަމަވެސް ރީޝްއެއް އޭނާގެ ހަށިގަނޑަކަށް ފަރުވާލެއް ނުބަހައްޓައެވެ. ހަށިގަނޑަށް ކޮންމެ ގޮތެއްވިޔަސް އޭނާއަށް ހެވެވެ.
”މަންމާ. ހަށިގަނޑަށް މިއަންނަ ބަދަލަށް ވުރެ އަހަރެން އަހަރެންގެ ފިރިމީހާއަށާ ދަރިފުޅަށް ދޭން ޖެހޭ ލޯތްބާ އަޅާލުން ދިނުން މާ މުހިންމު. އެންމެ ފަހު ނޭވާ ލާން ވެސް އަހަރެން ބޭނުމީ އެދެމީހުންނަށް ފުރިހަމަ ލޯބި ދެމުން. އަހަރެން ބޭނުމެއް ނޫން ޑޮކްޓަރަށް ދައްކާކަށް.” ރީޝް އެހެން ބުނެފައި ސޯފާ މޭޒުމަތީގައި އޮތް ރިމޯޓް ނަގައި ޓީވީ ހުޅުވާލިއެވެ. އަދި ރިމޯޓް ބާއްވާލުމަށްފަހު ޓީވީއަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ ރޭގަނޑުގެ އަށެއްގެ ހަބަރު ކިޔަން ފެށުމުންނެވެ. ނަމަވެސް ރީޝްގެ ނަޒަރު ހުއްޓިގެން ދިޔައީ ތިރިއަށް އަރަމުން ދިޔަ ލިޔުން ކޮޅަށެވެ.
”މާލެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް ނަވާރައަށް ފައްސިވެއްޖެ.” ރީޝްއަށް ހީވީ އޭނާގެ ބޮލުގައި ބޮމެއް ގޮއްވައިލި ހެންނެވެ. ވަގުތުން ކޮޅަށް ތެދުވެލެވުނީ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. މިހާރުވެސް އޭނާއަށް ޖައިޝް ވީ ކޮންތާކުކަމެއްވެސް ނޭނގެއެވެ.
”ސުބްހާނަﷲ.” ތޮއްޖެހިފައިވާ މާލެ ތެރެއިން ކޮރޯނާގެ ވޭދަނައެއް ފެނުމުން ހުރިހާ އެންމެންގެ ލޯތައްވެސް ކަރުނުން ތެތްމާލިއެވެ. ސަލާމަތްވާނެ ކަމުގެ ކުޑަ ފުރުސަތެއް އޮތް އިރު އެންމެންގެ ސިކުނޑީގައިވެސް ވަނީ އެއް ސުވާލެކެވެ. މާލެއަށް ބަލި އައީ ކިހިނެއް ހެއްޔެވެ؟ މާލެއިން ފައްސިވި އެމީހާއަކީ މީގެ ކުރިން ގައުމުން ބޭރަކަށް ގޮސްފައި ހުރި މީހެއް ނޫނެވެ. އަދި ބޭރުން އައި މީހަކާ ބައްދަލުވެފައިވާ މީހެއްވެސް ނޫނެވެ. ނޫސްތަކުގެ ފަލަ ސުރުހީގައި އެވާހަކަތައް ހުރިއިރު ކޮންމެ މީހެއްގެ ހިތްވެސް ހާސްކުރުވަމުން ދިޔައެވެ.
ދެން ވާނީ ކިހިނެއްކަމާ މެދު އެންމެންވެސް ހާސްވެ ކަންބޮޑުވަމުން ދިޔައެވެ. އެގޮތުގައި ލިބުނު ސިހުމުގައި އިންދާ އަނެއްކާވެސް ރީޝްއަށް ކުރިން ވަމުން ދިޔަ އުނދަގޫތައް ވާން ފެށިއެވެ. އެއީ މިހާރު ރީޝްއަށް އާ ކަމަކަށް ނުވުމުން އޭނާ އެކަން ދެކެނީ އާދައިގެ ކަމެއްގެ ގޮތުގައިއެވެ. ގައިގެ އެތަން މިތަން ނޫފާގަނެ ރަތްވެފައި ހުރިއިރުވެސް ރީޝް އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ނޭފަތުން ލޭ އަޔަސް ޓިޝޫއަކުން ފުހެލުމަށްފަހު އެކަން ހިންދާލަނީއެވެ.
ކައިރީގައި އޮތް ފޯނު ނަގައި ޖައިޝްއަށް ގުޅަން ފެށީ އަވަހަށް އެހަބަރު ދިނުމުގެ ބޭނުމުގައިއެވެ. ނަމަވެސް އެތައް ފަހަރަކު ގުޅުމުންވެސް ރީޝްއަށް ލިބެމުން ދިޔައީ އެއް ޖަވާބެކެވެ. ފޯނު ނިއްވާލާފައިވާ ކަމުގައިއެވެ.
***
ރަސްފަންނުގައި ގުރޫޕު ހަދައިގެން ހިނގަމުން ދިޔަ ޖައިޝްގެ މޫނުމަތިން ފައުޅުވަމުން ދިޔައީ އުފާވެރިކަމެވެ. ދެލޮލުން އުޖާލާކަން ފެންނަމުން ދިޔައިރު ތުންފަތުގައި ކުޅެލާފައިވަނީ މާނަ ފުން ހިނިތުންވުމެކެވެ.
”މާލެއިން މީހަކު ޕޮސިޓިވް ވެއްޖެ އޯ.” ފޯނަށް ނަޒަރު ހުއްޓާލައިގެން ހިނގަމުން ދިޔަ ޖީނާ ބުނެލިއެވެ. ނަމަވެސް އެމީހުންގެ މޫނު މައްޗަކުން އެއްވެސް ކަހަލަ ހާސްކަމެއް ފެނިގެންނެއް ނުދިޔައެވެ.
”އައްޗި. ހާދަ ކަޑައެއް ވާނޭ ދެން. ވަރަށް ފޫހި ވާނެ. ތަނަކަށް ދެވޭނެ ހެންނެއް ވެސް ނުހީވެ.” ޝިޔާމްގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ޖައިޝްގެ މޫނުމަތީގައިވެސް ވަނީ ހަމައެފަދަ އަސަރުތަކެކެވެ. ނުރައްކާތެރި ބައްޔެއް އެމީހުންނާ ހަމަ ކުރިއިރުވެސް އެކަމާ ހާސްވާ ހެންނެއް ނުހީވެއެވެ. އެޔަށް ވުރެ އެމީހުން ހާސްވަމުން ދިޔައީ ގުރޫޕު ހަދައިލައިގެން ކޮފީ ތަންތަނަށް ނުދެވިދާނެތީއެވެ.
”ހާސްނުވޭ. މިތަންތާ ހިޔެއް ނުވޭ ފިޔަވަޅުތައް އެހައި ހަރުކަށި ކުރާނެ ހެންނެއް. އަހަރެމެން ބޭރުގަ އުޅުނަސް ކޮންކަމެއް. ވާނެ ކޮފީއަށް ތަންތަނަށް ދާން. ގޭގައި ހުރެގެން އަހަރެމެން މަރުވެސް ވެދާނެ.” އެއްވެސް ވަރަކަށް ގޭގައި ހުންނާކަށް ޖައިޝް ބޭނުމެއް ނޫނެވެ. މުޅިންވެސް އުޅެން ބޭނުމީ ބޭރުތެޜޭގައިއެވެ. އޭނާއަށް ވެގެންވަންޏާ ގެޔަށް ނައިސް ދުވާލުދާ ހަތަރުދަމު އުޅޭނެކަން ޔަގީނެވެ. ނަމަވެސް އޭނާގެ މައްޗަށް ބަސް އުކާނެ ދެމީހަކު ހުރުމުން އެކަން ކުރަން ނުކެރެނީކަން ގައިމެވެ.
ނަމަވެސް މިއީ މީހެއްގެ ފިރިއެއް އުޅެން ޖެހޭނެ ގޮތް ހެއްޔެވެ؟ ކުޑަ ކުޑަ ކުއްޖެއްގެ ބައްޕައެއް އުޅެން ޖެހޭނެ ގޮތް ހެއްޔެވެ؟ މުޅި ދުނިޔެއަށް ނުރައްކަލަކަށް ވެފައި އޮތް ބައްޔެއް އައިސް އެމީހުންނާ ފައި ހަމަކުރުމުން ވެސް އަނބިދަރިން އެކަމުން ސަލާމަތް ކުރަން ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ އެތައް ބައެއް އެ ބަލީގައި މަރަމުން ދާއިރު ތިމާވެސް އެބަލީގައި މަރުވެދާނެ ކަމަށް ފިކުރު ނުކޮށްލަނީ ހެއްޔެވެ؟ ބަލީގައި ނުރައްކާ ބޮޑީ މުސްކުޅިންނަށް ކަމަށް ވާއިރު ތިމާގެ މައިންފައިން އެބަލިން ސަލާމަތް ކުރަން ހިތަށްވެސް ނާރުވަނީ ހެއްޔެވެ؟
”ކަޑައޭ. މަށަށް ޔަގީން ގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް ނާޅާލެވޭނެކަން. މަންމަމެން އެއައީ މިދިޔަ ހަފްތާގަ. ތިދެމީހުން ދެން އުޅޭ.” ޖީނާ އެހެން ބުނެލީ މޫނަށް ވެރެމުން ދިޔަ އިސްތަށިތައް ރީތިކޮށްލަމުންނެވެ. ފަންފަން ދިގު އެ އިސްތަށިގަނޑު ވަޔާ އެކީ ނަށަމުން ދިޔައިރު އޭނާގެ ހިމަ ދިގު އިނގިލަތަކުން ކަންފަތް ދަށަށް އިސްތަށިތައް ލައްވާލަމުން ދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.
އެތަނުގައި އެތައް ވާހަކައެއް ދެއްކުމަށްފަހު ތިން މީހުންވެސް ގެޔާ ދިމާލަށް މިސްރާބު ޖެހީ އެގާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭރު މަގުމަތީގައި ފުދޭ ވަރަކަށް ގިނައިން ޕޮލިހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އެއިން ކަމަކަށް އެކަކުވެސް ސަމާލުކަމެއް ނުދެއެވެ.
***
ގެޔަށް އައިސް ވަން ޖައިޝް ފެނިފައި ރީޝްއަށް ކޮޅަށް ތެދުވުނެވެ. އަދި ލުއި ފިޔަވަޅުތަކެއް އަޅުމުން ގޮސް ޖައިޝްގެ ކުރިމައްޗަށް ގޮސް ހުއްޓިލިއެވެ. ލޯ ކައިރި ކަޅުވެފައިވާ ރީޝްގެ ލޮލަށް ޖައިޝް ބަލައިލިއެވެ. އަދި އިސްދަށަށް ޖަހައިލާ އަނެއްކާވެސް ރީޝްއަށް ބަލައިލިއެވެ.
”ޖައިޝް. ދެން ބޭރަށް ނުދާތި. މުޅި މާލެ ފުރަބަންދު ކޮށްފި. ބޭރުތެރެއިން ފެންނަ ކޮންމެ މީހެއް ޖޫރިމަނާ ކުރޭ. ދެން ނުދައްޗެ ބޭރަށް. މާލެއިން ކޮރޯނާގެ ކޭހެއް ފެނުނީމަ މިހާ ބޮޑެތި ފިޔަވަޅުތަކެއް އެއެޅީ.” ރީޝް ޖައިޝްގެ އަތުގައި ހިފާލިއެވެ. އަދި އެއަތުގައި މަޑުމަޑުން ފިރުމާލިއެވެ.
”ދެން.” ރީޝް އާއެކު ކުރިއަށް ހިނގަމުން އައިސް ޖައިޝް އިށީންދެލީ ސޯފާގައިއެވެ. އަދި އޭނާގެ ފޯނު ޖީބުން ނަގައި އެއާ ކުޅެން ފެށިއެވެ. ޖައިޝްގެ ކޮންމެ ހަރަކާތަކަށް ރީޝް ބަލަން އިނީ ފެންކަޅިވެފައިވި ދެލޮލަކުންނާއި ހަލާކުވެފައިވާ ހިތަކުންނެވެ.
ޖައިޝްގެ އެއަމަލުން ރީޝްގެ ހިތަށް ވާނެ ތަދު ހަމަ އެއްވެސް ވަރަކަށް ޖައިޝްއަށް ނޭނގެނީ ހެއްޔެވެ؟ ޖައިޝްގެ ކޮންމެ އަމަލަކުން އެހިތް ހަލާކު ކުރަމުން ދިޔައިރު ވާނެ ތަދާއި އަޅާނެ ވޭން ނޭނގެނީ ހެއްޔެވެ؟ އެހިތުގައި އެތައް ކޫރުމެއް އެޅިފައިވާކަން އަންދާޒާ ނުކޮށްލެވެނީ ހެއްޔެވެ؟
”ދެނޭ. ދެން ޖައިޝް ގެއިން ބޭރަށް ދާނެ ކަމެއް ނެތް. ގޭގައި މަޑު ކުރޭ.” ޒާންގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ހުމް އޭ ބުނެލުމަށްފަހު ޖައިޝް ސޯފައިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެލިއެވެ. އަދި އެނދު މައްޗަށް ޖެހިގަނެ ފޯނުން މީހަކަށް މެސެޖް ކުރަން ފެށިއެވެ.
އެނދުގެ މެދުގައި މައުސޫމު ގޮތަކަށް ނިދާފައި އޮތް ޝިޒާއަށް ޖައިޝް ބަލައިލާ އެމޫނުގައި ފިރުމާލިއެވެ. އަދި ކޯތާފަތަށް ބޮސް ދިނުމަށްފަހު އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ. ”އަހަރެން ހަމަ ބޭރަށް ނުގޮސް އުޅެން ވީ ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު އުޅެމުން އައި ގޮތް ދޫކޮށްލަން ވީ ހެއްޔެވެ؟ އަހަރެން ރީޝް ދެކެ އެވަރަށް ލޯބިވާ އިރު އެކަން ހަމަ އެއްވެސް ވަރަކަށް ރީޝްއަށް ނޭނގެނީ ހެއްޔެވެ؟ ޝިޒާ ދެކެ ލޯބި ވާވަރު ރީޝްއަށް ހަމަ ނޭނގެނީ ހެއްޔެވެ؟” އެނދުމަތީގައި ބޯ އަޅާލުމަށްފަހު ޖައިޝް އޭނާގެ ދެލޯ މަރައިލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑަށް އަތް ލައި އިސްތަށިތަކާ ކުޅެން ފެށިއެވެ.
”އަހަރެން ޖައިޝް ދެކެ މިހާ ވަރަށް ލޯބި ވާއިރު ހަމަ އެކަން އެއްވެސް ވަރަކަށް ޖައިޝްއަށް ނޭނގެނީ ހެއްޔެވެ؟ ޖައިޝް އަހަރެން ދެކެ ހަމަ ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެން ބޭކާރު މީހަކަށް ހެދީ ހެއްޔެވެ؟ އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟”
ކޮޓަރިއަށް ވަދެގެން އައި ރީޝް ގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ކޮޓަރީގައި ހުރި ކަޅު ސޯފާގައި އިށީންދުމަށްފަހު ޖައިޝްގެ މޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. އެއާއިއެކު މާޒީގެ އެކިއެކި ސޮފުހާތައް ރީޝްގެ ކުރިމަތީގައި އުކެން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







wowwww?????
speechless??
varah varah reethi mi bai vx???
masha allah❤️❤️
curiously waiting for the nxt part☺️??
LYSM???
STAY SAFE SISS??☺️
nd me first dhw?☺️☺️?❤️
yayyyyyy. congratulations kairaa dearr. ur first.. thank u soo much dear. it means a lot.. keep waiting for next part.. u too stay safe. lymm..
and vr vr ufaavehjje thi colorful commentun..
Reethi is suffering from cancer right?
Reesh **
balamaa dhw reesh ah evany kihineh kan. nafu akah nueh buneveyne. hehe
I think she is suffering from corona virus??
lets see dhw reesh ah evany kihineh kan.. vr bodah thanks hiyaalu thah faalhu kuraathy.. thank u..
Varah varah reethi???
Sis ur sooo talented??masha allah??
I can’t wait to read next part???
Kon irakun next part kiyaalan libeynee????
Stay safe sisoo❣️❤️❤️
alheyyy lamko thank u soo much for ur colorful comment.. it means a lot.. keep waiting for the next part.. insha allah vr avahah kiyaalan libeyne.. u too stay safe.. ly
Vr vr reethi mi part vx curiously waiting… dhen jaish beyrah dhaane baa.. btw reesh ah evany kihineh tha
thank u sooo much riff.. it means a lot.. balamaa dhw jaish beyrah dheythw vs.. kuriah oii baan engigen dhaane.. alheyy reesh evany kihinehbaa dhw.. btw hama balamaa dhw hama.. stay safe. ly
Awwwwwwn sissssyyyyy sorry I couldn’t comment yesterday but I read….. ???BTW This part is very nice….. ?????????????????????????????????????????????
That jerk ???he doesn’t care about Reesh… I hate Jaish…… I think Reesh got covid 19…. ???
Once again I like your stories very ???very ???very ???very ???very ???very ???very
???very ???very ???very ???very much….
Keep it up sissssyyyyy… ??⚡⚡⚡⚡????
L❤️ve you s❤️❤️❤️❤️❤️❤️❤️❤️ much
TC ? ? ? ? ?
Sorry name nujehi…
alhey its ok dear.. ehnves vaane dhw.. btw nafu hama bunaane ehcheh vs neygifa myny dear ge comment fenifa.. ehaa dhigu koh ehaa kula gadha commenteh kohlyma bluebird ah vr vr vr bodah thanks.. it means a lot.
yess nafu vs vr foohivey jaish eulhey gothakun.. jaish ah visneyne nama dhw.. lets see dhw reesh ah ehvaa gotheh.. vr bodah thanks thigothah hiyaalu faalhu kuraathy inge.. awww thank u thank u thabnk u so so so so so so so so so so so so much.. nafu vs beynun hama thikahala comment akun reply dheyn. but miaku neii thi emojis thakeh.. once again thanks a lot.. lymm.. u too take careee.