“ނޫން.. އެއޯކޭ ވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާ އެއް ހޯދާލި އެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލި އިރު އައިނާގެ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތީ ހިޝާން އެވެ. *** ޝަހާދަތް އިނގިލީގައި ކާރުގެ ތަޅުދަނޑި އަނބުރަމުން ނިކުތް ހިޝާން މަޑު ޖެހިލެވުނީ އާޝިޔާ ގޮވާލުމުންނެވެ. އައިނާ އަށް ދެލޯ މަރާފައި “ޑޭމިޓް” އޭ ބުނެލެވުނީ ވާން މިއުޅޭ ގޮތް ފަހުމު ވުމުންނެވެ. “ދޭބަލަ […]
އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ. *** އޮފީހުގެ އެކި މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ ޒާން ދެއްކި ވާހަކަތަކެވެ. ކޮންމެސް ވަރަކަށް ޒާން ދެއްކި ވާހަކަޔަށް އެއްބަސް ވެވެމުން ދިޔަ ނަމަވެސް މުޅިއަކުން އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެކެވެ. ގޭތެރެގެ […]
” ދަރިފުޅާ ހާދަވަރަކަށޭ ތި ނިދާލީ.. ބައްޕައަށް މިހާރު އެތައް ފަހަރަކު ގޮވާލެވިއްޖެ.. މާބޮޑަށްވަރުބަލިވީތަ؟..” ހާތިބު ތެދުވެފައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯހޫރާލައިފިއެވެ. ވިސްނެމުންދަނީ ހުވަފެނާ މެދުގައެވެ. އަދިވެސް ހީވަނީ ކުރިމަތިން ފެންނަމުންދަނީ ހެންނެވެ. ބައްޕަގާތުވެސް ދެންމެ ފެނުނު ހުވަފެން ކިޔައިދޭކަށެއް ނުކުރޭނެއެވެ. މިހާރުވެސް ހާތިބަށް ދެވުނު ބައެއް ރަށްރަށުން އެފަދަ އުސްފަރުބަދަތަކާ ފެންކޯރުތަކާ މާގަސްތަށްވެސް ވަނީ ފެނިފައެވެ. ނަމަވެސް އެހާ ރީތިކޮށް އެފަދަ މަންޒިލަކަށް އަދި ނުދެވެއެވެ. އަދި އެފަދަ ރީތިކަމެއް ލިބިފައިވާ ބައެއް […]
ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ. ”ދަރިފުޅާ ތީ މީހުން އުޅޭ ގޮތްތަ؟ ދަރިއަކު ބެލުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނޭ. މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ރަނގަޅަށް ދަރިއަކު ތަރުބިއްޔަތު ކުރެވެނީ. ބައްޕަމެންނަށްވެސް އިނގޭ ދަރިފުޅު އޮފީހުގަ ބިޒީކަން. އެކަމަކު އޮފީހުގަ ވެސް ހުސް ވަގުތު ލިބޭނެ ދޯ. އެ ހުސްވަގުތުގަ ގެޔަށް އައިސް ޝިޒާއާ އެކު […]
ނޭވާ ހިފާއްޓާލަމުން އަހަރެން ޖެހިގެން ހުރި ދޮންބެއަށް އިޝާރާތެއް ކޮށްލީމެވެ. ދޮންބެ އިޝާން އަހަރެންގެ އަތުގައި ހިފާ ފިނޑިނުވާށޭ ބުނެލީ ވައި އަޑުންނެވެ. އަހަރެންގެ ކުޑަބެ އިޒާން އާއި ދޮންތަ އަޒްފާ ހުރީ އަހަރެންގެ ގަމީސް ވީދައިގެން ދާނެހާ ބާރަށް ފަހަތުން ހިފާއްޓައިގެންނެވެ. އަހަރެންގެ ކުޑަ ކޮއްކޮ އިމްޝާ ހުރީ އެންމެންގެ މެދުގައެވެ. އެ ފަކީރު ބިރުން ތުރުތުރު އަޅާވަރުން ދެންމެދެންމޭން ހަޅޭއްލަވައިގަނެފާނެހެން ހީވެއެވެ. އަހަރެން ހުރީ އިމްޝާގެ އަތުގައި ހިފުނުހާ ބާރަކަށް ހިފައިގެންނެވެ. އަނދިރިކަމުން މީހަކު […]
ލާޝާ ދުވެފައި ގޮސް އެރީ ޓެރެސް އަށެވެ. ނިއަލް އިންނާނީ އެ ތާނގައި ކަން ޔަގީން ކޮށްލަމުންނެވެ. ލާޝާ ޓެރެސް އަށް ވަތް އިރު ނިއަލް އިނީ ގޮނޑިއެއް ގައި އިށީނދެގެން ދެ އަތުން މޫނު ފޮރުވައިލައިގެނެވެ. ނިއަލް އިން ގޮތް ފެނުމުން ލާޝާ އަށް ހީވީ އޭނާގެ ހިތުގެ ހިނގުން މަދު ސިކުންތު ކޮޅަކަށް ނަމަވެސް މަޑު ޖެހިލި ހެންނެވެ. ލާޝާ މަޑު ފިޔަވަޅު ތަކެއްގައި ގޮސް ނިއަލް ކުރިމަތީގައި ހުއްޓުނެވެ. އަދި ނިއަލްގެ ކޮނޑުމަތީގައި […]
އާތިކާގެ އަތުގައި ހިފާލުމަށްފަހު އިސްހާޤު އާތިކާގެ އަތް ފޮޅާލިއެވެ. ޖައިޝާ ދޭތެރޭ އާތިކާ ކަންތައް ކުރާ ގޮތަކީ އިސްހާޤް އެއް ގޮތަކަށްވެސް ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ” އާތިކާ ކިހިނެއްވެގެންތަ ތިއުޅޭނީ… ޖައިޝްއަކީވެސް މަގޭ ދަރިއެއް.. މިގޭ އެހެން ކުދިންހެން އޭނައަށްވެސް މިގޭތެރޭ ބޭނުން ކަމެއް ކުރެވޭނެ…” އިސްހާޤުގެ ރުޅިގަޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަންޖަލް އައިސް ޖައިޝްގެ އަތުގައި ހިފާފައި ގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަންޖަލްގެ ސަބަބުން ޖައިޝްއަށް އެފަދަ […]
“ހިޝާންބެ އާއި އަނާގެ އެއްކަލަ ފޮޓޯ ހައިދައްތަ ނެގީމައި ޑިލިޓް ކުރާށޭ ނުބުނުމުން.. އެކަމާ..؟” އަޝްހާ މިހެން ބުނެނިމުނުތަނާ އިވުނީ އެއްވެއް ބިންމައްޗައް ވަރަށް ބާރަށް ވެއްޓުނު އަޑެވެ. އޭރު އަޝްހާ އިނީ އައިނާގެ ކޮޓަރީގެ ދޮރުމަތީގައި ލިވިންގ ރޫމަށް ކުރިމަތި ލައިގެންނެވެ. *** އެނބުރި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ވެއްޓި ޖެހުނު ގޮތަކުން އުނަގަނޑައް ތަދުވެގެން ނުތެދުވެވިފައި އޮތީ އައިނާ އެވެ. “އަނާ.. ކިހިނެތް ތަ ތިހެދީ..؟” އަޝްހާ ހާސްކަމާއެކު އައިނާ ކައިރިއަށް ގޮސް […]
“ބައްޕަ ކީއްވެތަ އަހަރެން ތި ދުރުކޮށްލީ؟ ކީއްވެތަ؟ އަހަންނަށް ކޮން ކަމެއްތަ ކުރެވުނީ ބައްޕަ ހިތްހަމަނުޖެހޭވަރުގެ؟ އަހަންނަށް ކުރިން ބައްޕަގެ އެދުމަށް ދެކޮޅު ހެދުނުނަމަ.” ޒާޔާ އޭނާގެ އަމިއްލަ ނަފްސާއި ޝަކުވާކުރަމުން ދިޔައެވެ. މިއަދު އޭނާގެ ބައްޕަ ގާތުގައި އެ ޝަކުވާތައް ކުރިޔަސް ބައްޕަ އަޑެއް ނާހާނެކަން ޒާޔާއަށް އިނގިއްޖެއެވެ. އާނއެކެވެ! މައުސޫމް ދަރިފުޅަށްވުރެ ބައްޕައަށް އެ މުހިންމުވީ އެހެން މީހެކެވެ. ދަރިފުޅު ދެރަވާނެފަދަ އެއްވެސް ކަމެއް ބައްޕަ ނުކުރާނެކަމަށް ބައްޕަ ކުރި ވަޢުދު ޒާޔާ ވަރަށް […]