ޒާޔާގެ ޚިޔާލްތަކުގެ ތެރެއަށް މަތީން ގެއްލިފައި އިންދައި އާލިޔާ އައިސް މަތީން އާއި ކުރިމަތިވާގޮތަށް އިން ސޯފާގައި އިށީނެވެ. މަތީން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންވަރުން އާލިޔާ އޭނާގެ ކުރިމަތީގައި އިށީންކަމެއް މަތީނަކަށް ނޭނގުނެވެ. އާލިޔާ ދެތިން ފަހަރަކު އޭނާގެ އަތުން ފުއްޓައްކެއް ޖަހައިލުމުން މަތީން ތެޅިގެންފައި އޭނާގެ ކުރިމަތީގައި އިން އާލިޔާ އާއި ދިމާލަށް ބަލައިލިއެވެ. މަތީން އަވަހަށް ނޫންކަމަށް ހެދެމުން ވާހަކަ ދައްކަން ފެށިއެވެ. “އެހެންވީމަ އަހަރެންގެ ޕްލޭން އަހަރެން ދައްތައަށް ކިޔާދީފަ އޮންނާނީ ބަނދަރަށް ދިޔަ މަގުމަތީ. ދެން ދައްތަ ހަދާނެގޮތެއް ބުނޭ…” މަތީން ބުނެލިއެވެ. އާލިޔާ އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު މޮޅު ޚިޔާލެއް އައިފަދައަކުން މަތީނާއި ދިމާލަށް ބަލައިލިއެވެ. “މަތީން.. ތިކަމުގަ ދައްތައަށްވުރެ މާ ރަނގަޅަށްވެސް މަތީނަށް އެހީވެދޭނެ މީހަކު ހުންނާނެ.” އާލިޔާ ވަރަށް ފޯރިއާއިއެކު އެ ޖުމުލަ ބުނެލި ގޮތުން މަތީނަށް އަވަސްއަވަހަށް އެއީ ކާކުހެއްޔޭ އަހައިލެވުނެވެ. “ޒާޔާގެ ދޮންމަންމަ. ޖަމީލާ.” ޖަމީލާގެ ނަން އިވުމުން މަތީނަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އޭނާ މީގެ ދުވަސްތަކެއް ކުރިން ވަނީ މިރަށުގައި ޖަމީލާ ކިޔާ މީހަކު މޫނުބުރުގާ އެޅި ވާހަކަ އަޑުއަހައިފައެވެ. މޫނުބުރުގާ އަޅައިގެން އުޅޭ މީހަކު އޭނާގެ ބައިގަނޑުން ރާވާ ރޭވުންތަކާއި އެއްގޮތަށް ކަންތައް ނުކޮށްދޭނެކަން މަތީނަށް ޔަޤީންވިއެވެ. “އެކަމަކު މަ އަޑުއެހިން ތިހެން ކިޔާ މީހަކު މޫނުބުރ…” މަތީންގެ އަނގަބަންދުވީ އާލިޔާ ބާރަކަށް ހޭން ފެށުމުންނެވެ. “އް.. ކީއްވީ؟” މަތީން ރަކިވާގޮތްވީ އޭނާއަށް މި ދެއްކުނީ ރަނގަޅު ވާހަކައެއް ނޫންހެން ހީވުމުންނެވެ. އާލިިޔާ ހުނުން ކޮންޓްރޯލް ކޮށްލަމުން ޖަމީލާގެ ޙަޤީޤަތް މަތީނަށް ކިޔައިދިނެވެ. އަދި ޖަމީލާގެ ރޭވުމަކީވެސް ހަމަ މަތީންމެންގެ ރޭވުމާއި ދާދި އެއް ރޭވުމެއްކަމަށް ބުންޏެވެ. އަދި ޖަމީލާގެ ޙަޤީޤަތް ތިންވަނަ މީހެއްގެ ކަންފަތާއި ހަމައަށް ފޯރިޔަނުދޭން އާލިޔާ ބުންޏެވެ. މަތީން އެކަމަށް އެއްބަސްވަމުން ޖަމީލާގެ ނަމްބަރު ހޯދިއެވެ. އަދި އާލިޔާއަށް ޝުކުރު އަދާކުރުމަށްފަހު ސޯފާއިން ތެދުވިއެވެ.

މަތީން ދަމުން ޒާޔާމެން ވަތް ކޮޓަރިއާއި ދިމާލަށް ބަަލައިލިއެވެ. އޭނާ އެވަގުތުވެސް އެ ކޮޓަރިއަށް ވަންނަން ބޭންވިއެވެ. އެކަމަކު އެތަނުގައި ޒާޔާގެ އިތުރުން އޭނާގެ އެކުވެރިޔާވެސް އެބަ އުޅެއެވެ. ޒާޔާ އެތާ އެކަނި އިންނަމަ މަތީން އެ ކޮޓަރިއަށް ވަނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. “ޒިޔާނާ، އަހަރުމެން ދެން ކުޅެލާނީ ކަލޭގެ ތިހިރަ ރީތި ދަރިޔާ. ހަހަހަ.” ވައި އަޑުން އެހެން ބުނެލުމަށްފަހު މަތީން އޭނާގެ ކަރުގައި އެޅުވިފައިވި ޗޭނުގަނޑު ރަނގަޅުކޮށްލުމަށްފަހު އެގެއިން ނުކުމެގެން ދިޔައެވެ.

ޒާޔާ ގެއަށް ދިޔައީ މަތީން ދިޔަތާ ފަނަރަ މިނެޓް ފަހުންނެވެ. “ޒާޔާ ކޮންތާކުން ތި އައީ؟” ޒާޔާއަށް ގެއަށް ވަދެވުމާއިއެކު ނިހާން ނުރުހުންވެފައިވި ރާގަކަށް އެހެން އެހުމުން ޒާޔާ ދެރަވާގޮތްވިއެވެ. ނިހާނަށް ހަމަ ރަނގަޅަށްވެސް އޭނާ އެ އައީ ފަވާޝަތުގެ ގެއިންކަން އެނގޭނެއެވެ. އެކަމަކު މިއަދު ބައްޕަ އެކަން ނުދެނަހުރި ކަމަށް ހެދުމުން ޒާޔާ ދެރަވިހިނދު ރުޅިވެސް އައެވެ. “ފަވާގެ ގެއަށް ގޮއްސަ މިއައީ.” ޒާޔާ ހަމައެކަނި ބުނެލީ އެހާވަރަށެވެ. އެއަށްފަހު ނިހާން ފަސްދީ ދާން ހިނގައިގަތެވެ. “ޒާޔާ!” ނިހާން ތަންކޮޅެއް ބާރަށް ގޮަވައިލުމުން ޒާޔާއަށް ހުއްޓެވުނެވެ. އަދި ފަސްއެނބުރި ބަލައިލިއިރު ނިހާން ހުރީ ރުޅިވެރި ނަޒަރަކުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒާޔާއަށް ވަގުތުން އިސްޖަހައިލެވުނެވެ. ބައްޕަގެ ރުޅިވެރި މޫނަށް ބަލަހައްޓައިގެން ހުންނާކަށް ޒާޔާއަކަށް ކެތެއް ނުވާނެއެވެ. ޒާޔާ އިސްޖެހި ގޮތަށް އިސްއުފުލައިނުލުމުން ނިހާންގެ ތުންފަތަށް މަޑުމަޑުން ހިނިތުންވުމެއް ވެރިވާން ފެށިއެވެ. ނިހާން މަޑުމަޑުން ހިނގައިލައިފައި ގޮސް ޒާޔާގެ އަތު މުލައްދަނޑީގައި މަޑުމަޑުން ހިފަހައްޓައިލިއެވެ. ޒާޔާއަށް ކުއްލިއަކަށް ނިހާންގެ މޫނަށް ބަލައިލެވުނެވެ. އޭރު ނިހާން ހުރީ ހިނިތުންވެލައިގެންނެވެ. ނިހާން ކުރިން ރުޅިއަިއިސް ހުރިހެނެއްވެސް ހިޔެއްނުވެއެވެ.

“ސޮރީ. ބައްޕަ ސަމާސަ ކޮށްލީ.” ނިހާން އެ ޖުމުލަ ބުނެލުމާއިއެއްކޮށް ޒާޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނާ ބޭނުންވީ އެވަގުތު އޭނާގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ނިހާން ކުރިމަތީ ބަންޑުންކޮށްލާށެވެ. ޒާޔާ ރޯން ފެށުމުން ނިހާންގެ ތުންފަތުގައިވި ހިނިތުންވުން މަޑުމަޑުން ފިލައިގެން ދިޔައެވެ. “ދަރިފުޅާ! ތި ރޮނީ ކީއްވެތަ…؟ އަނެއްކާ މީހަކު ދަރިފުޅަށް ކަމެއް ކުރީތަ؟” ޒާޔާ ރޮމުން ދިޔަގޮތުން ނިހާންގެ ހިތް ނުބައި ވަހުމްތަކުން ފުރެން ފެށިއެވެ. ޒާޔާ ދެފަރާތަށް ބޯ ހޫރުވަ ހޫރުވައިފައި ނޫނެކޭ ކިޔަން ފެށިއެވެ. “ދެން ކިހިނެތްވީތަ؟” ނިހާންގެ އަޑުގައި ކަންބޮޑުވުމާއި ހިތާމައިގެ އަސަރު އެކުލެވިފައިވިއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް މި ވާނުވާ އެނގެން ފެށިއެވެ. ޒާޔާ މި ރޮނީ ފަހަރުގައި މި ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާއަށް ޒާޔާއާއި މެދު މާބޮޑަށް އަޅައިނުލެވިފައިވީތީކަން ނިހާންއަށް ހީވިއެވެ. ޒާޔާ އެހެން ހުރެފައި އޭނާގެ ހިތުގައިވި ޝަކުވާތައް ނިހާން ކުރިމަތީ ބަންޑުންކޮށްލައިފިއެވެ. ބައްޕަ އަޅުގަނޑު ދުރުކޮށްލީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރިއެވެ. ނިހާނަށް ހީވީ ހަމަ ރަނގަޅަށެވެ. ޒާޔާގެ އެ ޝަކުވާތައް އަޑުއަހައިފައި ނިހާންވެސް ދެރަވިއެވެ.

ނިހާނަށް މި ވޭތުވެދިޔަ ދުވަސްތަކުގައި ޒާޔާއަށް ވުރެ މާ ބޮޑަށް ޖަމީލާއަށް ސަމާލުކަން ދެވުނީއެވެ. ޖަމީލާއަށް ސަމާލުކަން ދެވުނުވަރުން ނިހާން ހުރީ އެހެނިހެން ކަންތައްތަކާމެދު ހަނދާންނެތުނު ފަދަ ޙާލަތެއްގައެވެ. އެގޮތަށް އޭނާގެ އަމިއްލަ ދަރިފުޅުވެސް އޭނާއާއި ދުރުކޮށްލެވުނީއެވެ. ޖަމީލާ އޭނާއަށް މި ޖެއްސީ ކޮންފަދަ ޖާދުލެއްކަމެއް ނޭނގެއެވެ. “ދަރިފުޅަށް އިނގޭނެ ބައްޕަ މިދުވަސްކޮޅު ބިޒީވާނެކަން. އެހެންވެ އެހެން އެއްވެސް ކަމަކާ ބައްޕައަށް ނޫޅެވުނީ. އޮފީހުގެ ވަރަށް ގިނަ މަސައްކަތްތަކެއް ގޭގަވެސް ކުރަންހުރޭ. އެހެންވެ.” ނިހާން އަސްލު ސަބަބު އޮޅުވައިލިއެވެ. ފަހަރެއްގައިވެސް އޭނާއަށް ބުނެވޭ އެއްޗަކުން ޒާޔާގެ ހިތުގައި ޖަމީލާއާއި ދޭތެރޭ ނަފްރަތު އުފެދޭކަށް ނިހާން ބޭނުމެއްނުވެއެވެ. ޒާޔާ އޭނާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން ނިހާނަށް ހިނިތުންވެލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޒާޔާ ހިނިތުންވެލި ގޮތުން ނިހާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ، އޭނާވެސް ހަމަޖެހިފައިވި ހިތަކާއިއެކީ ގޭތެރެއަށް ވަދެގެން ދިޔައެވެ.

ނިހާން ގޭތެރެއަށް ވަދެގެން ދިޔުމުން ޖޭމުގަސްދޮށުގައި މަންޒަރު ބަލަން ފިލައި ހުރި ޖަމީލާ އެ ގަސްދޮށުން ނުކުމެއްޖެއެވެ. މޫނުބުރުގާ އަޅައިގެން ހުއްޓެއްކަމަކު އޭނާގެ ދެލޮލަށް ބަލައިލި މީހަކަށް އެ ދެލޮލުން އެ ބުނެދޭ އެއްޗެއް އެނގޭނެއެވެ. “މިދެމީހުން ދުރުކުރުވާކަށް ލާހިކެއް ނޫންކަންނޭނގެ…. އުހުނ. ދުރުކުރާނަން. އެކަން ނުވިޔަސް އެކަން ކުރާނަން. މިޒަމާނުގަ ކޮންކަމެއް ނުވާނީ؟ ކޮންމެކަމެއްވެސް ކުރެވިދާނެ. ޒާޔާ ކަލޭ ބަލަން ހުންނާތި. ކަލޭ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން އަހަރެން.” ހަމައެކަނި ޖަމީލާގެ އަމިއްލަ ނަފްސަށް އަޑުއިވޭނެ ވަރަށް ޖަމީލާ ވާހަކަ ދައްކަމުން ދިޔައެވެ. ޖަމީލާ އެހެން ހުއްޓައި ބަދިގެއާއި ދިމާލުން އޭނާގެ ފޯނު ރިންގްވާ އަޑު އިވެންފެށިއެވެ. ރުންކުރުވެފައި ހުރެ ޖަމީލާ ބަދިގެއަށް ގޮސް އޭނާގެ ފޯނު ނަގައި ގުޅަނީ ކާކުތޯވެސް ބަލައިނުލައި ހެލޯ އޭ ބުނެލައިފިއެވެ.

އެކޮޅުން ކޮންމެވެސް ފިރިހެނެއް ތީ ޖަމީލާ ހެއްޔޭ އެހުމުން ޖަމީލާގެ ދެބުމަ ގޮށްޖެހުނެވެ. މި މީހަކު މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ ޖަމީލާއަށް އާނ އެކޭވެސް ބުނެވުނީ ރުންކުރު ރާގަކަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ ހަމައަކަށް އެޅިލަމުން ރީތިކޮށް އާނއެކޭ ބުނެލިއެވެ. “ހެހެ. މީ މަތީން. މާ ބައިވަރު ވާހަކަތަކެއް ދައްކާކަށް ނެތިން. އަހަރުމެން މިއުޅެނީ…” މަތީން ވާހަކަ ދައްކަމުން ދިޔަވަރަކަށް ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވެއެވެ. އޭނާ ނޫނަސް ޒިޔާނާގެ ދުޝްމިނުން އެބަތިބިކަން އެނގުމުން ޖަމީލާއަށް އޭނާގެ ރޭވުން ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބުނެވެ. ޖަމީލާ މަތީން ދެއްކި ވާހަކަތަކާއި އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ. އަދި މަތީނާއި އޭނާގެ ރޭވުން ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ފެށިއެވެ. ނަމަވެެސް ނިހާނަށް އެކަމުގެ ހިލަމެއްވެސް ނުވާނެ ފަދައަކުންނެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް އެރޭގެ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ރަށުތެރެ ހިމޭންވެފައި ވާއިރު ކުދިކުދި ފަނިފަކުސައިގެ އަޑު އިވެމުން ދެއެވެ. މަޑުމަޑުން ޖެހިލާ ވައިރޯޅިން ގަސްތައް ހެލޭއިރު ހީވަނީ ނާމާންކަން މުޅި ރަށަށް ފަތުރައިލާހެނެވެ. ރަށުގެ ހުޅަނގު ފަރާތުގައި ހުރި ދަނޑުގައި ހުރި ފިނިފެންމާ ގަހަކުން ރަތް ފިނިފެންމަލެއް ނެއްޓި ވަޔާއިއެކު ގޮސް ދޮންދޮން އަތްތިލައެއްގެ ތެރެއަށްވަނެވެ. އޭރު އެ މަލުގެ ވަށައިގެން ރަން އައްޔެއް ފާޅުވާން ހުއްޓެވެ. މަލައިކާ އޭނާގެ އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމާ އޭނާގެ އަތަށް ބޮނޑިކޮށްލައިފައި އަތް ދޫކޮށްލުމާއިއެކު ރަން ކުނޑިތަކެއް ފަޒާތެރޭ ދައުރުވާން ފެށިއެވެ. މަލައިކާ އެ ކުނޑިތަކުތެރޭ މަޑުމަޑުން އެނބުރެމުން ދިޔައިރު ހީވަނީ ކުދިކުދި ޕަރުވާނާތަކަކާއިއެކީ ނަށަމުން ދިޔަހެނެވެ. މަލައިކާ އަމިއްލައަށް މަޖާކުރަމުން ދިޔައިރު އޭނާއަށް ވުރެ އުފާވެރި މަޚުލޫޤެއް މިދުނިޔެމަތީގައިވެސް ނެތްހެން ހީވިއެވެ.

ފަޒާތެރޭ ދައުރުވަމުން ދިޔަ ކުނޑިތައް އެއްކޮށް ފިލުމުން މަލައިކާ މިޞްރާބުޖެހީ ޒާޔާގެ ގެއާއި ދިމާލަށެވެ. އޭނާއަށް އަނެއްކާ ބާރުތައް ލިބުނުކަން ޒާޔާއަށް އެނގުމުން ޒާޔާ އުފާވާނެވަރު މަލައިކާއަށް އެނގެއެވެ. ޒާޔާގެ ގެއާއި ހަމައަށް ދެވުމާއިއެއްކޮށް މަލައިކާ އޭނާ އެންމެ ފުރަތަމަ ރޭ އެގެއަށް ވަތްގޮތަށް އޭނާގެ ހަށިގަނޑު ޖެލީގަނޑެއްގެ ސިފައަކަށް ބަދަލުކޮށްލަމުން އެގެއަށް ވަނެވެ. މަލައިކާ ގެއަށް ވަތްއިރު ޖަމީލާ ސިޓިންގް ރޫމުގައި އޭނާގެ ފޯނާއި ކުޅެން އިންތައް މަލައިކާއަށް ފެނުނެވެ. ހަމަ އެވަގުތު ޖަމީލާބިރުގަންނަވައިލަން މަލައިކާ ބޭނުންވިއެވެ. ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ މަލައިކާ އެ ގޭތެރެއަށް ވަނެވެ.

މަލައިކާ މަޑުމަޑުން ހިނގައިލައިފައި ގޮސް ސިޓިންގްރޫމަށްވަދެ ޓީވީ ބަހައްޓައިފައި ހުރި ރެކް ކައިރިއަށް ދިޔައެވެ. ޓީވީ ކައިރީގައި ބާއްވައިފައި އޮތް ރިމޯޓުގައި އިން ރަތްކުލައިގެ ފިތަށް މަލައިކާ އޮއްބައިލިއެވެ. އެއާއިއެކު ޓީވީ ހުޅުވިގެން ދިޔައެވެ. ޓީވީއިން ފިލްމްގެ އަޑު އިވެން ފެށުމާއިއެކު ޖަމީލާ ދިޔައީ ސިއްސައިގެންނެވެ. އަމިއްލައަށް ޓީވީ ހުޅުވުނީ ކިހިނެތް ކަމާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދިފައިވިއެވެ. ދެވަނަ ސިކުންތުގައި ޖަމީލާ ބަލަބަލައި ހުއްޓާ ޓީވީ ރިމޯޓު ވެއްޓިއްޖެއެވެ. ޖަމީލާ ބިރުގަންނަން ފެށީ އެހިސާބުންނެވެ. ސޯފާއިން ހިރިލާންވެސް ނުކެރިފައި ޖަމީލާ އިންދައި މަލައިކާ ސްވިޗް ބޯޑުތައް ކައިރިއަށް ދިޔައެވެ. އަދި ދެވަނަ ވިސްނުމަކާއިނުލައި ހުރިހާ ސްވިޗެއް ނިއްވައިލިއެވެ. އެއާއިއެކު ޖަމީލާ ހަޅޭއްލަވައިގަތްގޮތަށް ދުއްވަައިފައި ގޮސް ނިހާންގެ ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. ޖަމީލާ ބިރުން އުޅެން ފެށުމުން މަލައިކާއަށް އެކަން މަޖާކަމަކަށްވިއެވެ. ހިނިގަނޑެއް ޖަހައިލަމުން މަލައިކާ އަނެއްކާ ދިޔައީ ޒާޔާގެ ކޮޓަރިއަށެވެ.

ޒާޔާގެ ކޮޓަރިއަށްވަދެ މަލައިކާ އޭނާގެ ހަށިގަނޑު އިހު ހުރިގޮތަށް ބަދަލުކޮށްލިއެވެ. މުޅި ގައިގައި ރަޖާގަނޑު އަޅައިގެން އޮތް ޒާޔާ ފެނި މަލައިކާއަށް ހީނލެވުނެވެ. މަލައިކާ އެވަގުތު ޒާޔާއަށް ކޮންމެވެސް ގޯނާއެއްކޮށްލައި ޒާޔާ ހޭލުއްވައިލަން ބޭނުންވިއެވެ. މަލައިކާ އެ ހުރިތާހުރެ އޭނާގެ ލޮލުގެ ބޭނުންކޮށްގެން ޒާޔާ ގައިގައި އަޅައިގެ އޮތް ރަޖާގަނޑު ނެގިއެވެ. އަދި މަލައިކާ އޭނާގެ ތުން ފުމެލިއެވެ. ޒާޔާއަށް މާ ބޮޑަށް ފިނިވެގެން ފުރޮޅިފުރޮޅިފައި ހޭލެވުނެވެ. ޒާޔާއަށް ހޭލެވުމާއިއެކު މަލައިކާ ތުންފުމުން ހުއްޓައިލިއެވެ. ޒާޔާ އޭނާގެ ހޭވިފައިވި އިސްތަށިގަނޑު ރަނގަޅުކޮށްލުމަށްފަހު އަނެއްކާވެސް އޮށޯންނަން އުޅުނެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި މީހަކު ހުރިހެން ހީވެގެން ޒާޔާ އެ ދިމާލަކަށް ބަލައިލިއެވެ. އެއާއިއެކު ޒާޔާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި އެހުރީ މަލައިކާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ.

“މަލައިކާ؟” މަލައިކާ ކުރިން ހުރިހެން ރީތިކޮށް ހުރުމުން ޒާޔާއަށް ޤަބޫލުކުރަން ދަތި ރާގަކަށް މަލައިކާއަށް ގޮވައިލެވުނެވެ. މިރޭ މަލައިކާގެ ހަންގަނޑުގައި ހަންގަނޑުގައި ރެނދު ލައިފައެއް ނެތެވެ. އަތްތިލަވެސް ރީތިވެފައި ނިޔަފަތިތައް ރީއްޗެވެ. އިސްތަށިގަނޑުވެސް ހުރީ ބިމުގައި ކޭއްތޭވަރަށް ދިގުވެފައެވެ. “އާނ. މަލައިކާ. ނޭނގުނުތަ؟” މަޑު ހުނުމަކާއިއެކު މަލައިކާ އެހިއެވެ. ޒާޔާ އެނދުން ތެދުވެ މަލައިކާ ކައިރިއަށް ދިޔައެވެ. އަދި މަލައިކާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. “މަލައިކާ.. ކިހިނެތްވެފަ މިހުރީ؟ އަނެއްކާ މަލައިކާގެ ބާރުތައް އަނބުރާ…” ޒާޔާ އެ ޖުމުލަ އެއްކޮށް ނިންމައި ނުލަނީސް މަލައިކާ ބޯ ޖަހައިލިއެވެ. “އަސްލުތަ؟ ކިހިނެތް؟” ޒާޔާ ހުރީ މަލައިކާއަށް އޭނާގެ ބާރުތައް އަނބުރައި ލިބުނު ގޮތެއް ބަލަން ކެތްމަދުވެފައެވެ.

މަލައިކާ އެނދުގައި އިށީނުމުން ޒާޔާވެސް ގޮސް މަލައިކާ ގާތުގައި އެނދުގައި އިށީންދެލިއެވެ. މަލައިކާ އޭނާއަށް ބާރުތައް ލިބުނު ގޮތް ކިޔައިދެމުން ދިޔައިރު ޒާޔާ އިނީ ހަމަ ރަނގަޅަށްވެސް ޙައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ކުރިމަތީ މީންދަ ޖިންނީގެ ދުލުން އޭނާއަށް މި އިވެނީ މީގެ ކުރިން ދުވަހަކުވެސް އެހެން މީހެއްގެ ފަރާތުން ވިޔަސް ނޫނީ އެހެން ތަނަކުން ވިޔަސް އަޑުއަހައިފައިވާ ވާހަކަތަކެއް ނޫނެވެ. “ދެން މިހާރު ކޮއްކޮވެސް ރަނގަޅު. ހީވަނީ ކޮއްކޮއަށްވެސް މިހާރު ރަނގަޅުގޮތް ވިސްނިފަވާނެހެން. ހެހެ..” މަލައިކާ ވާހަކަ ނިންމައިލައި ހިނިތުންވެލުމުން ޒާޔާވެސް ހިނިތުންވެލިއެވެ. “ވާއު މެޖިކަލް.. ހަހަ.. އަސްލު ހާދަ ތަފާތު ކަންތައްތަކޭ ދޯ މަލައިކާމެން ކަހަލަ މަޚުލޫގުންގެ ތެރޭގަ ތި ހިނގަނީ!” މަލައިކާ ހިނިތުންވެލަމުން އާނއެކޭ ބުނެލައިފިއެވެ. “ޒާޔާމެން ކަހަލަ އިންސާނުން ވަރަށް އަަޖައިބުވާނެ އަހަރުމެންގެ ވާހަކަތައް އިވިފަ.. ހަހަ.” މަލައިކާ އެހެން ބުނުމުން ޒާޔާވެސް ތިއީ ތެދެކޭ ބުނެލައިފިއެވެ. ދެ އެކުވެރިން އެރޭ އެތައް ވާހަކައެއް ދައްކައި ހީނ ސަކަރާތް ޖަހަން ތިއްބެވެ. ޒާޔާއަށް އެންމެ ބާރަށް ހެވުނީ މިރޭ މަލައިކާ ޖަމީލާ ބިރުގަންނުވަންވެގެން ކުރި ކަންތަކުގެ ވާހަކަ ކިޔައިދިނުމުންނެވެ. އެގޮތުގައި ސަކަރާތްޖަހަން ދެ އެކުވެރިން ތިބުމަށްފަހު ދެމީހުންވެސް ވަކިވީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ.

ހެނދުނު ކުޅެން ދާން ތައްޔާރުވެގެން ހަސްނައިން ގެއިން ނުކުތް ވަގުތު ނޫމާން އޭނާގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން އިނެވެ. “ކޮބާ ވަރަށް ގިނައިރުވެއްޖެތަ؟” ނޫމާން އެތާ އިންނަތާ ވަރަށް ގިނައިރުވެދާނެޔޭ ހީވުމުން ހަސްނައިން އަހައިލިއެވެ. “ނޫނޭ. ފަސްމިނެޓް ކުރިން އައީ. އޯކޭއެއްނު އެހެންމަ. ހިނގާ ދާން ދެން. ކަލޭ ބައިސްކަލު އެއޮތީނު ވިހަން ބާއްވާފަ އޮތް އަންހެނެއްހެން އެތަނަށް ޖަހާފަ. ހަހަހަހަ.” ހަސްނައިންއަށް މަލާމާތްކޮށްލަމުން ނޫމާން އޭނާގެ ބައިސްކަލު ދުއްވައިލިއެވެ. ހަސްނައިން ނޫމާން ބުނި ބަހަކަށް ސަމާލުކަމެއް ނުދިނީ އެއީ ނޫމާންގެ ކަށީގައި ހިފައިފައިވާ އާދައަކަށް ވާތީވެއެވެ. ހަސްނައިން އޭނާގެ ބައިސްކަލު ނަގައިގެން ބައިސްކަލަށް އަރައި ދުއްވައިލިއެވެ.

ގްރޭޑް އެގާރަ އާއި ބާރައިގެ ކުދިން އެދުވަހު ކުޅެން އައިސް ތިއްބެވެ. އެއީ އެކުދިން އަމިއްލައަކަށް ކުޅެލާ މެޗެއްކަމަކު އެ މެޗު ބަލަން އެހެން ކްލާސްތަކުގެ ކުދިންވެެސް އައިސް ތިއްބެވެ. ޒާޔާ އާއި ފަވާޝަތުވެސް މެޗު ބަލައިލަން އައިސް ތިއްބެވެ. މިއޮތްފަދަ ހެނދުނުގެ ވަގުތުގައިވެސް ދެކުދިން ތިބީ ކައިރީގައި ހުޅުވައިފައި ހުރި ގާޑިޔަލުން ފަޅޯމަޖާ ތައްޓެއް ގަނެގެންނެވެ. ފަނަރަވަރަކަށް މިނެޓް ފަހުން މެޗު ފަށައިފިއެވެ. މެޗު ފެށުމާއިއެކުހެން މެޗު ބަލަން އައިސް ތިބި ކުދިންގެ އަޑު ގަދަވާން ފެށިއެވެ. ޒާޔާ އާއި ފަވާޝަތުވެސް އެކުދިންނެކޭ އެއްވަރަށް ބާރަށް ހަޅޭއްލަވަމުން ދިޔައެވެ. ނޫމާނާއި ހަސްނައިންއަކީ ފުޓްބޯޅަ ކުޅެން މޮޅު ދެކުދިންނަށްވާތީ ގިނަ ކުދިންގެ ދުލުން ނުކުންނަނީ އެދެނަމެވެ.

ހެނދުނު ރަށުގެ ބަނދަރަށް ދާން ނުކުތް މަތީނަށް ކުދިންތަކެއް ހަޅޭއްލަވާ އަޑު އިވޭތީ އެ ދިމާލަށް ބަަލައިލިއެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ފެނުނީ އެ ކުދިންތަކުގެ ތެރޭ ހުރި ޒާޔާއެވެ. އެހެންކުދިންނެކޭ އެއްވަރަށް ޒާޔާ ‘ހަސްނައިން’ އޭ ކިޔައި ހަޅޭއްލަވަމުން ދިޔައެވެ. ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މަތީނަށް ހޭވެރިކަމެއްވީ ކުޅެމުން ދިޔަ ކުއްޖަކު ވެއްޓި އެ ޓީމުގެ ކުދިންތައް ހަޅޭއްލަވަން ފެށުމުންނެވެ. މަތީން ކަތި ނަޒަރަކުން ޒާޔާ އާއި ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް ބަނދަރަށް ދާން ހިނގައިގަތެވެ.

މަތީން ބަނދަރަށް ދިޔައިރު ނެރުން އެތެރެއަށް ވަދެފިއެވެ. އެ ލޯންޗު ލަފަން ހަމަޖެހިފައިވި ސަރަޙައްދަށް މަތީން ދިޔައެވެ. ލޯންޗު ލެފުމާއިއެއްކޮށް ފަސިންޖަރުން އޭގެން ފައިބަން ފެށިއެވެ. މަތީން ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް މީހުންތަކުން ފުރޭނިގެން ލޯންޗުން ބިޔަ ފިރިހެނަކު ފޭބުމުންނެވެ. ބޮލު އިސްތަށިގަނޑު އެއްކޮށް ހައިލައިޓް ކޮށްފައިވިގޮތުންނާއި ލައިގެން ހުރި ޓީޝާޓާއި ޖީންސުގެ ސަބަބުން އެއީ ހުޅަނގުގެ ޘަޤާފަތަށް ލޯބިކުރާ މީހެއްކަން އިނގިގެން ދެއެވެ. ޓީޝާޓުގެ ކަރުގައި އެޅުވިފައިވި އަވި އައިނު ނަގައި ލޮލުގައި އަޅައިލަމުން ކޮނޑުގައި އަޅުވައިފައި އިން ދަބަސް ރަނގަޅުކޮށްލުމަށްފަހު އެ މީހާ މަތީން ކައިރިއަށް ދިޔައެވެ.

“ކޮބާ. މިއޮތް އާދެވުނީނު.” ދެއަތް ކޮނޑާއި ހަމައަށް އުފުލައިލައި ދެމިލަމުން ޖިނާން ބުންޏެވެ. “އާނ ތިއޮތީ އާދެވިފަ ހަމަ. ޖިނާން އޭ. މަޑުކުރެވޭކަށް ނެތެއްނު. މިތާ ކައިރީ އޮތް ބޯޅަދަނޑުގަ ޒާޔާ އެބައުޅޭ.” މަތީން އެހެން ބުނެލުމާއިއެކު ޖިނާން އަވަހަށް ހިނގާށޭ ބުނެލައިފިއެވެ. ދެމީހުން ހިނގަމުން ދިޔައިރު ޒާޔާއާއި ބެހޭގޮތުން ލިބިފައި ހުރި ބައެއް މައުލޫމާތުތައް މަތީން ޖިނާނާއި ޚިއްޞާކުރަމުން ދިޔައެވެ. އެގޮތަށް ދެ އެކުވެރިން ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ފުޓުބޯޅަ ދަނޑާއި ހަމައަށް ދެވިއްޖެއެވެ. މަތީން އަތުގެ އިޝާރާތުން ޒާޔާ ދައްކައިލުމާއިއެކު ޖިނާންގެ ދެލޯ ހަނިވެގެން ދިޔައެވެ. “ހްމްމް. ހަމަ ޑުޕްލިކޭޓް ޒިޔާނާ އެހުރީ.. ވާއު ވާއު. ޒްޒްޒް. ހާދަ ރީއްޗޭ.” ޖިނާނަށް ވަމުން ދިޔަ ގޮތްތައް ފެނި މަތީނަށް ނުހީ ނުހުރެވުނެވެ. “ހެހެހެ. އެ އަދި އެންމެ ސޯޅަ އަހަރުގެ ކުއްޖެއް. ޖިނާން ތިހިރީ ތިރީހަށްވުރެ މައްޗަށް އަޅާފަ މިހާރު. ހެހެ. ސަޅި އިނގޭ. ކޮންމެ ގޮތެއް ހަދާފަވެސް އަހަރުމެން ވާނެ މިކަން ކާމިޔާބު ކުރަން…. ދެން ހިނގާ ސައިބޯން ދާން.” ޖިނާން ދަމުން ދިޔައީ އަދިވެސް އެއްފަހަރު ފަސްއެނބުރި ޒާޔާގެ ސޫރައަށް ބަލައިލައިފައެވެ.

މެޗު ނިމުމާއިއެކު ސަޕޯޓަރުންތައް ހަޅޭއްލަވަން ފެށިއެވެ. ޒާޔާ އާއި ފަވާޝަތަށްވެސް ހަޅޭއްލަވައިގަންނަމުން އެކަކު އަނެކަކު ގައިގައި ބައްދައިގަނެވުނެވެ. ހަސްނައިންމެން ޓީމް މޮޅުވުމުން ޒާޔާ އާއި ފަވާޝަތު އުފާކުރަމުން ދިޔައިރު ހީވަނީ މެޗުން މޮޅުވީ އެދެކުދިންހެނެވެ. އިދިކޮޅު ޓީމުން މެޗުން ބަލިވެ ދެރަވިއެއްކަމަކު އެމީހުންވެސް ހަސްނައިންމެންގެ އުފަލުގައި ބައިވެރިވިއެވެ. އެމީހުން އެއްގޮތަކަށްވެސް އެކަކު އަނެކަކާއި ހިފައި ތަޅާފޮޅާ ހަދާކަށް ބޭނުމެއް ނުވެއެވެ. މި މެޗު މި ކުޅެވުނީވެސް ކުރިން ދެޓީމު ލައްވައި މިކަންތަކަށް އެއްބަސްކުރުވުމަށްފަހުގައެވެ.

މެޗު ބަލައި ނިންމައިފައި ޒާޔާއާއި ފަވާޝަތު ދިޔައީ ޒާޔާގެ ގެއަށެވެ. ނިހާން ވަނީ ޒާޔާއަށް ގުޅައި ފަވާޝަތު ގޮވައިގެން އެގެއަށް ސައިބޯން އައުމަށް ބުނެފައެވެ.

“ކޮބާ. މިއޮއް އައީއެއްނު. ޖަމީލާ! މިކުދިންނަށް ސައި ހަދާލަދީ އަވަހަށް.” ޒާޔާމެން އައިސް ކާމޭޒު ކައިރީ އިށީނުމުން ނިހާން ބުނެލިއެވެ. ޖަމީލާ ހްމްމް ލައްވައިލަމުން ނުރުހިފައި ހުރެވެސް ސައި ހެދުމުގައި އުޅުނެވެ. އަބަދު މަސައްކަތުގައި އުޅެން ޖެހޭތީ އޮށޯވެލާނެ ވަގުތުކޮޅެއްވެސް ނުލިބޭތީ ޖަމީލާ ހުންނަނީ އެކަމާ ހިތްހަމަނުޖެހިފައެވެ. އޭނާ ބޭނުންވަނީ ވަރަށް ޝާހީ ދިރިއުޅުމެއް އުޅޭށެވެ. ގޭގެ މަސައްކަތްތައް ކުރަން ނޯކަރަކު ބަހައްޓައި އޭނާ އަރާމުކޮށް އުޅެން ބޭނުންވެއެވެ. މިގޭގައި ނޯކަރެއްގެ ގޮތުގައި ލިލިއަން އުޅުނަސް ނިހާންމެން ލިލިއަން ދެކެނީ ހަމަ އާއިލާ މީހެއްގެ ގޮތުގައެވެ. އަދި ޖަމީލާ ގާތުގައިވެސް ލިލިއަން އަކީ ނޯކަރެއްގޮތުގައި ނުދެކުމަށް ނިހާން ވަނީ ބުނެފައެވެ. ލިލިއަން ލައްވާ ހުރިހާ ކަމެއް ކުރަން ބޭނުންވިއެއްކަމަކު ޖަމީލާ ކެތްކޮށްލައިގެން އެ ހުންނަނީ ކިރިޔާވެސް ނިހާނަށް ޝައްކެއް ވެދާނެތީވެއެވެ. އަދި އޭނާގެ ރޭވުންވެސް ކާމިޔާބުކުރަން ބޭނުންވާތީވެއެވެ.

“މަލަކާ ކަލޭވެސް މިހާރު އެ މަލައިކާ ބުނާ ބަސް އަޑުއަހަން ފެށީ ދޯ! އަހަރެން މީ ކަލޭގެ މަންމަ. ކަލޭ ޖެހޭނީ އަހަރެން ބުނާ ބަސް އަޑުއަހަން. އިނގިއްޖެ.” މަލަކާގެ ފަރާތުން ފެންނަ މަޑުމައިތިރިކަމާއި އިސްލާމްދީނުގެ ރިވެތި ސިފަތައް ފެންނަން ފެށުމުން މަލްހާއަށް އެއްޗެކޭ ނުބުނެ ނުުހުރެވުނެވެ. މީގެ ތަންކޮޅެއް ކުރިން މަލްހާ މަލަކާއަށް ދިން ވަރަށް އަގުބޮޑު ހަދިޔާއެއް މަލަކާ ވަނީ ޙާލުގައި ޖެހިފައިވި މަޚުލޫޤަކަށް ދީފައެވެ. އަދި މަލަކާގެ ހިތުން ރުހުމުން އޭނާއަށް ލިބިފައި ހުރި ބައެއް ބާރުތައްވެސް ވަނީ އޭނާފަދައިން ބައެއް ނިކަމެތި މަޚުލޫޤުންނަށް ދީފައެވެ. މަލަކާ އޭނާގެ މަންމަ ކީ އެއްވެސް އެއްޗަކަށް ރައްދެއް ނުދިނެވެ. އިސްލާމްދީނުގައި މަންމައާއި ބެހޭގޮތުން އަންފަވައިފައިވި ހުރިހާ ކަމެއް މަލަކާއަށް އެނގުނު ފަހުން އޭނާ އެންމެ ފަހަރަކުވެސް މަލްހާއާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކިތަންމެ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިޔަސް މެއެވެ. މަލަކާ އެއްވެސް އެއްޗެކޭ ނުބުނެ ހަނުހުރުމުން މަލްހާއަށް ކަމަކު ނުދިޔައެވެ. މަލްހާ ދިޔަގޮތަށް ގޮސް މަލަކާގެ އަތު މުލައްދަނޑީގައި ބާރަކަށް ހިފެހެއްޓިއެވެ. “ބުނަން. ކަލޭ ޖެހޭނީ މަ ބުނާ ގޮތް ހަދަން. އެހެންނޫނީ މަލައިކާ މަރާލާނަން. ސިކުންތުކޮޅެއްގެ ތެރޭގަ.” ދަތްކުނޑިވިކައިގަންނަމުން މަލްހާ ބުނެލިއެވެ.

މަލަކާ މަލްހާގެ އަތް ފޮޅުވައިލިއެވެ. “ދޮންތައަކީ މަންމަގެވެސް ދަރިއެއްނު. ކީއްވެ ދޮންތަ މަރާލަން ތިއުޅެނީ. އަޅުގަނޑެއްނު މަންމަ ނުރުހޭ ގޮތަށް މިއުޅެނީ. ދޮންތަ މަރާލުމަށްވުރެ މާ ރަނގަޅުވާނެ އަޅުގަނޑު މަރާލިޔަސް… ދޮންތަ އަކީ މާތް ޖިންނިއެއް. ސާފު ހިތެއްގެ ވެރިއެއް. ދޮންތައަށް އެއްވެސް ގެއްލުމެއް ނުދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.” މަލަކާ ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު އެތަނުން ގެއްލިއްޖެއެވެ. މަލްހާ އައި ރުޅިން އޭނާގެ އަތް މުއްކަވައިލެވުނެވެ. އޭނާގެ ދެލޯ ރަތްވެ އަނގަ ހުޅުވައިލުމާއިއެކު ފެހިކުލައިގައި އިން ދޫ ދިގުވެ މަތީގައި ހަރުކޮށްފައި ހުރި ޗާންދަލިޔާގައި ދުލުން ޖެހިޖެހީނުން ވައްޓައި ތަޅައިލިއެވެ. “ނޫން. އަހަރެން މަލަކާއަކަށް ދެރައެއް ނުދޭނަން. މަލަކާގެ ސިކުނޑިވެސް އެ ދޮވެލީ ހަމަ މަލައިކާ. މަލަކާ އެހެން އުޅެލާފަ އަދި ރަނގަޅުވެދާނެ. މަލައިކާ! މަ ވަރަށް އަވަހަށް ދާނަން ކަލޭ ކައިރިއަށް. ލާހިކެއް ނޫން މިފަހަރު ކަލެއަށް ސަލާމަތްވާކަށް. މަށެއް އަބަދަކު މަޑުންނެއް ނުހުންނާނަން.” މަލްހާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. ނުލަފާ ވައްތަރަކަށް ހީލައިގެން ދޫ ނެރެގެން އިން މަލްހާ އަށް ނޭނގުނު ކަމަކީ އޭނާއަށް މަލައިކާ އަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމެވެ. އެއަށްވުރެ މަލައިކާގެ ބާރު މާ ގަދަވާނެކަމެވެ.

ޒާޔާމެން ސައި ބޮއެ ނިންމައިފައި ދިޔުމުން ޖަމީލާ ބަދިގެތެރޭގައި އެކަނިވިއެވެ. ނިހާން ވެސް ސައި ބޮއެ ނިންމައިލައިގެން އޭނާގެ އޮފީސް މަސައްކަތެއް ކުރުމަށްޓަކައި އޮފީހަށް ދިޔައީއެވެ. ލިލިއަން ވެސް އަރާމުކޮށްލުމަށްޓަކައި އޭނާގެ ކޮޓަރިއަށް ދިޔައީއެވެ. ޖަމީލާ ސައި ބޮއެ ނިންމައިލައިގެން ދިޔައީ ޒާޔާގެ ކޮޓަރިއަށެވެ. ޒާޔާ ފާޚާނާގައި އުޅޭ އަޑު އިވޭތީ ޖަމީލާ އަވަހަށް ކޮޓަރިތެރެއަށް ދެމިގެންފައި އެނދުމަތީގައި އޮތް ޒާޔާގެ ފޯނު ނެގިއެވެ. ފޯނު ހުޅުވައިލިއިރަށް ޕެޓަރން އެއް ކުރަހަން އަރާފައި އިނުމުން ޖަމީލާއަށް ޗޮކެއް ކަނޑައިލެވުނެވެ. އެކަމަކު ޖަމީލާގެ ނަޞީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ޕެޓަރން ގައި ޒެޑް އަކުރެއް އަޅައިލިއިރަށް ފޯނު ހުޅުވިއްޖެއެވެ. ޖަމީލާ އޭނާގެ ފޯނު ނަގައި ޒާޔާގެ ފޯނާއި އޭނާގެ ފޯނު ‘ޒަޕްޔާ’ އިން ކަނެކްޓް ކޮށްލައިފައި ޒާޔާގެ ބައެއް ފޮޓޯތައް ޖަމީލާގެ ފޯނަށް ފޮނުވައިލިއެވެ. ޒާޔާ ފާޚާނާއިން ނުކުންނަން ތަޅުގައި ހިފި ވަގުތު ޖަމީލާ ތެޅިގެންފައި އަވަސްއަވަހަށް އެ އެޕް ކްލޯސްކޮށްލައި ޒާޔާގެ ފޯނު އިހު އޮތްގޮތަށް އެނދުމަތީގައި ބޭއްވިއެވެ. އަދި ސައިޑް ޓޭބަލް މަތީގައި ހުރި ފޮޓޯ ފްރޭމް ނަގައި އޭގައި ފިރުމަން ފެށިއެވެ.

ފާޚާނާއިން ނުކުތް ޒާޔާއަށް ޖަމީލާ ޒިޔާނާގެ ފޮޓޯ ފްރޭމް ނަގައިގެން ހުރިތަން ފެނުމުން އަވަހަށް ގޮސް ޖަމީލާ އަތުން އެ ފްރޭމް އަތުލިއެވެ. “ތީތަ ދަރިފުޅުގެ މަންމައަކީ؟” ޖަމީލާ އަހައިލިއެވެ. ޖަމީލާ ‘ދަރިފުޅު’ ކިޔުމުން ޒާޔާއަށް އުނދަގޫވެގެން ދިޔައެވެ. އޭނާގެ އުފަން މަންމަ އާއި ބައްޕަ ނޫން އެހެން މީހަކު އޭނާ އާއި ދިމާލަށް ދަރިފުޅު ކިޔާކަށް ބޭނުމެއްނުވެއެވެ. “އަ.. އާނ.. ދައްތަ ކީއްކުރަނީ މިތަނުގަ؟” ޒާޔާ އެ ސުވާލުކޮށްލުމާއިއެކު ޖަމީލާއަށް ބޭއިޚްތިޔާރުގައި އެނދުމަތީ އޮތް ޒާޔާގެ ފޯނަށް ބަލައިލެވުނެވެ. އަވަހަށް ނޫންކަމަށް ހެދެމުން ޖަމީލާ ޒާޔާއަށް ބަލައިލައި ހިނިތުންވެލައިފިއެވެ. “މަންމަ މިއައީ ދަރިފުޅު ކޮބާތޯ ބަލާލަންވެގެން. ދަރިފުޅު އެގަޑީ ފާހަނާގަ އުޅޭތީ މަންމަ މިތާ މަޑުކޮށްލީ.. ހެހެ. މަންމަ މި ދަނީ ޖައްސާލަން އިނގޭ.” ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން ޖަމީލާ އެ ކޮޓަރިން ނުކުމެއްޖެއެވެ.

ޖަމީލާ އެ ކޮޓަރިން ނުކުތުމާއިއެކު ޒާޔާ ކޮޓަރި ތަޅުލައިފައި އައިސް ފޮޓޯ ފްރޭމް ސައިޑް ޓޭބަލް މަތީ ބެހެއްޓިއެވެ. އަދި އެނދުމަތީ އިށީނދެ އޭނާގެ ފޯނު ހުޅުވައި އޭތި ޗެކް ކޮށްލީ ޖަމީލާ އެއާ ކުޅެފައިވާކަމަށް ހިތް ބުނުމުންނެވެ. ޒާޔާ ކީއްކުރަނީހޭ އެހުމުން ޖަމީލާ ޒާޔާގެ ފޯނަށް ބަލައިލި ތަން ޒާޔާއަށް ވަރަށް ސާފުކޮށް ފެނިފައިވިއެވެ. ފޯނު ބަލައިލިއިރު އޭގެން އެއްވެސް އެޕްލިކޭޝަން އަކަށް ވަދެފައި އިން ކަމަކަށް ނުދައްކައެވެ. ފުން ނޭވައެއް ދޫކޮށްލެވުނީ ޖަމީލާ މި ފޯނު ނުހާވާނެއޭ ހިތަށް އެރުމުންނެވެ. އެކަމަކުވެސް ޒާޔާގެ ހިތް ވަނީ ކޮންމެވެސްވަރަކަށް ނުތަނަވަސްވެފައެވެ. އެހާ ފަސޭހަ ޕެޓަރން އެއް ޖަހައިފައި އިންއިރު އެ ފޯނު ކޮންމެ މީހަކުވެސް ހުޅުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ޖަމީލާ އޭނާގެ ކޮޓަރިއަށް ގޮސް އެންމެ ފުރަތަމަވެސް މަތީން އޭނާއަށް ދިން ނަމްބަރެއް ފޯނުގައި ސޭވް ކޮށްލިއެވެ. އަދި ވައިބަރ ހުޅުވައިލައިފައި އޭގެން އެ ނަމްބަރުގެ ޕްރޮފައިލް ބަލައިލިއެވެ. ޕްރޮފައިލް އަކަށް ލައިފައި އިނީ ޔޫރަޕް ހިސާބު މޮޑެލްއެއްގެ ފޮޓޮއެކެވެ. މީހާގެ ސިފަ ގެއްލޭވަރަށް ޓެޓޫ ޖަހައިގެން މާ ރީތިވާންވެގެން ދިގު އިސްތަށިގަނޑެއްވެސް އެމީހަކު ޖަހައިގެން ހުއްޓެވެ. އަތުގައި އޮތް މައިކު އަނގަޔާއި ކައިރިކޮށްލައި ރޮކްސްޓާރެއްހެން ދެއަތް ނަގައިގެން ހުރި ގޮތުން މިއީ މި ނަމްބަރުގެ ވެރި ފަރާތަށް އެންމެ ކަމުދާ މީހާކަމަށް ޖަމީލާ ނިންމިއެވެ. އެ ނަމްބަރުން އޮންލައިން ކަމަށް ދައްކައިފައި އިނުމުން ޖަމީލާ ޗެޓް ލޮގު ހުޅުވައިލައިފައި ‘ހައި’ ސްޓިކާއެއް ފޮނުވައިލައިފިއެވެ. އިރުކޮޅެއްނުވެ އެކޮޅުން ހައި ޖަހައި ތީ ކާކުހެއްޔޭ އެހުމުން ޖަމީލާ ޒާޔާގެ ފޮޓޮއެއް ފޮނުވައިފައި މީ ޒާޔާއޭ ބުނެލައިފިއެވެ.

ކުޑަގޮޅިއެއްކަހަލަ ކޮޓަރިގަނޑެއްގެ ތެރޭ އޮތް ލިއަމް އަށް ފެނުނު ރީތި ފޮޓޮއެއްގެ ސަބަބުން އޭނާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔަ ފަދައެވެ. ދުނިޔޭގައި އުޅެ ބޮޑުވިއިރުވެސް އޭނާއަށް މިކަހަލަ ރީތި ކުއްޖެއް އަދި ފެނިފައެއް ނުވެއެވެ. ލިއަމް ވަގުތުން ޒާޔާ އާއި ބެހޭގޮތުން އެނގެން ބޭނުންވިއެވެ. އޭނާ ކުރާ ކޮންމެ ސުވާލަކަށް ސިކުންތެއްވެސް ނުވަނީސް ޖަވާބު އާދެއެވެ.

އެކޮޅުން އެމީހަކު ގުޅަން ފެށުމުން ޖަމީލާ ވަގުތުން ބިޒީ ކޮށްލިއެވެ. އަދި އެމީހާ ކިހިނެތްވީހޭ އެހުމުން ޖަމީލާ ބުނެލީ ގުޅުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. ޒާޔާގެ ނަމުގައި ޖަމީލާ އެމީހަކާ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އެހެނިހެން ފޮޓޯތަކެއްވެސް ފޮނުވައިލައިފިއެވެ. އަދި ޗެޓް ލޮގުން ނުކުމެ އެ ޗެޓް ލޮގު ހައިޑް ކޮށްލިއެވެ. އަދި ފޯނު އެނދުގެ ހެޑްބޯޑް މަތީ ބާއްވައިފައި އެނދުމަތީ އޮށޯވެލިއެވެ. “ހަހަ. ޒާޔާ. މިފަހަރު ކަލެއަކަށް ސަލާމަތެއް ނުވާނެ.” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެހެން ބުނެލުމަށްފަހު ޖަމީލާ ދެލޯ މަރައިލިއެވެ. ޖަމީލާ ނިންމައިގެން އެހުރީ ލިއަމް މިރަށަށް ގެނައިސް ޒާޔާއަށް ކުރާނެކަމެއް ކޮށް ނިމުނީމަ އޭނާ އާއި ލިއަމް އާއި ދެމެދު ދެކެވުނު ވާހަކަތައް ނިހާނަށް ދައްކާށެވެ. ޖަމީލާއަށް ޒާޔާ މުޅި ދުނިޔެއަށް ބޭޒާރު ކޮށްލެވިދާނެކަމުގެ ބޮޑު ޔަޤީންކަމެއް އޮތަސް ޖަމީލާއަށް ނޭނގުނު ކަމަކީ ތިމާ ފޭހުނު އިލޮށި ހެރޭނީ ހަމަ ތިމާގެ ލޮލަށްކަމެވެ.

(ނުނިމޭ)

84

55 Comments

  1. Ram

    July 4, 2020 at 11:37 am

    Maasha Allah VVV reethi😍😍😍😘😘😘

    • Dhonthy

      July 4, 2020 at 4:57 pm

      Awww thank you so much Ram 🙂 🙂 🙂 <3 <3 <3

  2. Dhonthy

    July 4, 2020 at 12:45 pm

    Salaam all readers. Miothee fanara vana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Mihaaru Zaayaa ehuree v dangerous situation egga. Zaayaa au ekamun faseyhavaanehen heeveybaa? Anekkaa Malaikaa hutta salaamaiy vevidhaanehen heeveybaa? Hehe. Enjoy reading and leave a comment. Love you all and stay safe <3 <3 <3 <3 <3 <3 <3 <3 <3 <3 <3 Next episode iraadhakurevviyyaa Wednesday ga submit kollaanan. 🙂 🙂 🙂 🙂 🙂 🙂 🙂

  3. Maash

    July 4, 2020 at 12:53 pm

    Kon iraku next part… Waiting curiously ☺️😊😉
    Varah Varah reethi… Alhugadu abadhu ves mi vaahaka kiyan alah comment eh mi kohli… 💖💖❤️

    • Dhonthy

      July 4, 2020 at 4:59 pm

      Awlhey Maash 🙂 🙂 🙂 Thank you so much dear. It really means a lot for me. Next episode Wednesday ga submit kollaanan inge. Keep waiting curiously 😀 😀 😀 Haha.

  4. ނަންނެތް

    July 4, 2020 at 1:08 pm

    ސާދަފަނަރަ ފުރައިގެ ކުއްޖަކާ އަޅައިބަލާއިރު “ދޮންތި” ވަރަށް މޮޅު ކަމަށް ފެނޭ. ިތިގޮތުގައި ކުރިޔަށް

    • Dhonthy

      July 4, 2020 at 5:01 pm

      Awww vvv ufaavejje mi kuru kuru comment kiyaalaafa es. 😀 😀 🙂 🙂 🙂 😀 V bodau shukuriyyaa thi dhin hivvarauttakaa 🙂 <3 <3

  5. Kairaa

    July 4, 2020 at 1:35 pm

    masha allah….varah varah reethi mi bai vx…..curiously waiting for the nxt part….lysm…stay safe siss….

    • Dhonthy

      July 4, 2020 at 5:02 pm

      Awww thank you so much Kairaa 🙂 🙂 🙂 Yes keep waiting for the next episode. Love you too and stay safe <3 <3 <3 <3

  6. Afu

    July 4, 2020 at 1:43 pm

    Wow dhonthy this prt is also hama amazing 🥰🥰😍😍😍❤️❤️❤️❤️❤️❤️♥️♥️♥️♥️♥️….. Alhey miulhey jameela akaa hedhi vx dhera kamehnu 😡😡😠😠😠… Ekamu dhonthy zaayaa ah dhera gotheh nahadhahchey 😔😔😔😔☹️☹️☹️… I think eyrah malaika kahneyge only zaayaa ah help vaan huhnaanee dhoooo … curiously Waiting for nxt prt … Whn nxt??? …
    Stay safe watermelon rashu kuhjjaa 🤣🤣🤣😂😂😂😅😅
    TC
    Lysssssmmmmmm ❤️♥️♥️♥️♥️❤️❤️❤️

    • Dhonthy

      July 4, 2020 at 5:14 pm

      Awlhey Afu 🙂 🙂 🙂 What will I say? Haha. Alhamdhulillah hama v ufaavejje Afu ge thi dhigu adhi colourful comment kiyaalaafa. Thank you so much Afu 🙂 🙂 🙂 Jameelaa kanthau mihaaru maa machchau dhanee ey dhw. Keekkuraanee? Awlhey Zaayaa au dheragotheiy nahadha veythw mi balanee. Malaikaa au help vevidhaane adhi help nuvevi es hingaidhaane. Balamaa!
      Next episode Wednesday ga submit kollaanan inge. Keep waiting. Aha watermelon rashu kujjaa ey! Hahaha 🙂 😀 😀 😀 😀 😀 🙂 Take care and love you toooo <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  7. Niuko

    July 4, 2020 at 2:16 pm

    Alhey dhonthii zaya ah kihineii tha mi vany 😞 by the way this part is awesome..take care ..love yuhh ❤️🥰 curious to read next part ..

    • Dhonthy

      July 4, 2020 at 5:16 pm

      Zaayaa au dhw? Hmmm! Jameelaa gaathu ahaa 😀 😀 😀 😀 hehe. Anyways thank you so much Niuko 🙂 🙂 🙂 🙂 Keep waiting for the next part. Take care and love you too <3 <3 <3 <3 <3 <3

  8. Ahuu

    July 4, 2020 at 2:27 pm

    Afu can you give your I’d 😊😊😊

  9. Ahuu

    July 4, 2020 at 2:27 pm

    Afu can you give your I’d 😊😊😊

    • Afu

      July 4, 2020 at 3:45 pm

      Kon app ehge id eh dheyn v ???

    • Afu

      July 4, 2020 at 3:46 pm

      Hangout thr??

  10. Ahuu

    July 4, 2020 at 5:30 pm

    Messenger ge 😊😊😊

  11. Maii

    July 4, 2020 at 5:45 pm

    Woww🤗😍…. mi part vx v v v
    Reethi😍❤……. masha allah😍😍 Dhonthy haadha molhey story liyan😍💛, varah talent ebahuri💜… dhonthy ah thikamuga kuri ah dheveyne♡.. imagine kohdheefa hunna goeh vx varah reethi hama😍💖 kiyamun dhaairu hama sifavany💝😍😍😍… bunelan othy ur the best ey hama😍💙💙💛💛💜💜💚💚❤❤💓💓💕💕💖💖💗💗💝💝💟💟❣❣😍😍😍😍😍🤗🤗😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤waiting for the next part luv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • Dhonthy

      July 20, 2020 at 7:37 pm

      Awww thank you so much Maii. Miadhu kanneynge pending ga huri comments thah publish mivee. Hehe. Ehnve late reply eiy midhevenee. Once again thank you so much for the support and love 🙂 🙂 🙂 🙂

  12. Sadha

    July 4, 2020 at 9:29 pm

    Alhey jameela mn haadha goahey dhw… next part ga jameela mn nah eulheniii bodu landeh liben kanneyge… btw dhonthy ge sifa kurun thah vrh bodah improve vehje ma sha allah… will be waiting fr next part friendooo
    ♥️👐😀

    • Dhonthy

      July 4, 2020 at 10:28 pm

      Awww Sadha 🙂 🙂 🙂 Yes jameelaa v goas. Anyways thank you so much Sadha. V bodu bai improve vey eba Alhamdhulillah! Adhi es hunnaane improve kuran jehey thanthankolhu. Ekanthau faahaga kolla dhechche inge 🙂 🙂 🙂 😀 😀 😀 🙂 And yes! Keep waiting for the next ep ekuveriyaaaa. Hahaha 😀 <3 <3 <3 <3

  13. Mary

    July 5, 2020 at 12:23 am

    love u dhonthyyyyyyyyyyyyyyyyy❤❤❤❤❤💞 story💝💝💝💝 vvvvvv💛💛💛💛💜💜💜💜nice💎💎💎hpe to c u girl

    • Dhonthy

      July 5, 2020 at 12:54 am

      Awwwwwn 🙂 🙂 🙂 🙂 😀 😀 😀 Thank you so so so so much for this colourful and beautiful comment. It really means a lot for me. 😀 😀 😀 🙂 🙂 🙂 Love you tooooooooo <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 Awww that's one of my hope too <3 <3 <3

  14. shanha

    July 5, 2020 at 2:04 am

    wow varah reethi mi vaahaa .mi vaahakaige konmey part akah varah inthizaaru kureyvay vaahakaike ulhy jameelaayah kulhy kulhigadah kurieyrumeh nulibey gothah vaahaka gendhan naa varah reeti vaane masha ahllah varah furihama .adhi vaahakaiga ulhy malaika ge bai thankolheh dhigukoh lahchy eyrun varah kiyaa hihvaaney ❤❤❤❤❤

    • Dhonthy

      July 5, 2020 at 2:50 am

      Awlhey shanha 🙂 🙂 🙂 Thank you so much. It really means a lot for me. And thidhin khiyaalu hama v kamudhey inge. Malaikaa ge baithau hama ithuruvegen dhaane kuriau huri episodes thakuga. <3 <3 <3 <3 <3 <3 <3 <3 <3

  15. maasha

    July 5, 2020 at 8:32 am

    Hi

  16. Ahuu

    July 5, 2020 at 9:34 am

    Maasha Allah Maasha Allah Maasha Allah 💛💚💛💚💛💚💛💚💛💚💛💚💛siss vareh hama Neii 💪💪💪💪💪💪💪💪💪💪💪bunaane eh chehves ves neyge 🙂😉🙂😉🙂😉🙂😉🙂😉speechless 🤐🤐🤐🤐🤐🤐🤐🤐🤐superb 👌👌👌👌👌👌👌👌👌👌👌Dhen mihen kiyan yaaa kiyan vee dhw sis 😍😘😍😘😍😘😍😘😍😘😍😘😍 mi part ves hama habeys.. 👍👍👍👍👍👍👍👍👍👍👍👍nd varah varah varah varah varah varah varah varah varah varah nice 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 alhey jameelaamen eaee rahumeh huri meeheh nooney dhw 😡😠😡😠😡😠😡😠😡😠😡😠😡😠😡😠alhey zaayaa ah Kihineh baa vaane 😰😩😰😩😰😩😰😩😰😩😰😩😰😩😰😩Anehkaa malikaa zaayaa salaamaii kuraanebaa🤔😲🤔😲🤔😲🤔😲🤔😲🤔😲🤔😲🤔😲🤔sis haadha curious koshey thi ninmanee 😀😁😀😁😀😁😀😁😀😁😀😁 my heart beat is so fast 💔💔💔💔💔💔💔💔💔💔💔💔I am scared 😮😧😮😧😮😧😮😧😮😧😮😧😮😧😮😧😮zaayaa ah gotheh v dhaaneythe🤛🤜🤛🤜🤛🤜🤛🤜🤛🤜🤛🤜🤛🤜🤜 sis mihaaru thi dhanee kuriah vureh molhuvamun ekah vhk Inn ves igey 💜💙💜💙💜💙💜💙💜💙💜💙💜💙💜💙
    TC…….. 💗💟💗💟💗💟💗💟💗💟💗💟Stay safe 💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘love you more more more more more more 🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤 Always kokee sis dheke love v ❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞mee kan Neynge ehme dhigu comment akee dhw 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅sis adhives eh faharu love you more then moreeeeeeee 💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖

  17. Anonymous

    July 5, 2020 at 9:46 am

    Maasha Allah Maasha Allah Maasha Allah 😁😀😁😀😁😀😁😀😁😀 sis haadha molhey 👍👍👍👍👍👍👍👍mihaaru heevey siss huriah vureh molhuvaaheh vhk ah viyaa komme reader akah ves ekan faahaga vaane🖖🖖🖖🖖🖖🖖🖖🖖🖖🖖🖖🖖🖖🖖mi part ves hama varah habeys 😍😘😍😘😍😘😍😘😍😘😘😍and varah varah varah varah varah varah varah varah nice 😎😎😎😎😎😎😎😎😎😎😎😎😎😎😎😎hama speechless 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐bunaane ehcheh ves neyge hama molhee superb 👌👌👌👌👌👌👌👌👌👌👌👌👌👌alhey jameelaa haadha goohey maliykaa hama ragalhu goii ehedhee gina ginainn biru dhahkan V 😡😠😡😠😡😠😡😠😡😠😡😠😡😠😡😠😡😠 mihaaru zaayaage dad ves heevanee kuriah vure kurieh zaayaa aa dhuruvaan ulhey hen 😥😥😥😥😥😥😥😥😥😥😥😥😥😥bt maliykaa zaayaa salaamaih kuraane iraadha kureh viyya🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 maliykaa is best ghost 👍👍👍👍👍👍👍👍👍👍👍👍👍👍👍👍hehe😂😂😂😂😂😂😂😂😂😂😂😂😂😂😂siss alhey nxt part avahah up kohladheeba pls 😍😍😍😍😍😍😍😍😍😍😍😍😍😍😍😍kokee always love my sis ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤tc….. 💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙stay safe 💛💚💛💚💛💚💛💚💛💚💛💚💛💚💛💚Adheves eh faharu love you more than more 💝💘💝💘💝💘💝💘💝💘💝💘💝💘💘💝💘💝💘

    • Dhonthy

      July 5, 2020 at 12:23 pm

      Awlhey dhonthige kokkee 😀 😀 😀 Sis neiy hama bunaane ekachcheh es. Hehe. Aslu v bodu hiyvareiy libijje inge. Adhi hama vvvvvv bodau ufaavejje Ahuu ge thi comment kiyaafa 🙂 🙂 🙂 🙂 😀 Thank you so much kokkee 🙂 🙂 🙂 🙂 Next episode iraadhakurevviyyaa v avahau submit kollaanan inge. Keep waiting. Once again thank you so much for this beautiful and colourful comment 🙂 🙂 🙂 🙂 😀 🙂 😀 😀 😀 😀 Kokkee au es colourful reply eiy dheyn beynun ekm PC eiy veema madhumadhu emoji kolheiy mihunnanee. Hehe 😀 😀 😀 🙂 🙂 🙂 🙂 🙂 🙂 Sis always love you kokkee 🙂 🙂 🙂 🙂 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 Take care and stay safe <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

    • Dhonthy

      July 5, 2020 at 12:28 pm

      Salaam all readers 🙂 🙂 🙂 Soalhavana bai hama liyamun migendhanee. Dhn dhonthi au bunevifa vanee Wednesday ga submit kollaanamey. Ekm Soalhavana bai submit kolleveynee Wednesday ge fahun. Seedhaa dhuvaheh bunaakau neynge. Sorry for this but unmeedhukuran hama soalha vana bayau inthizaarukuraanekamau. 🙂 🙂 🙂 😀 😀 😀
      Thankolheiy lahun ebai genesdheveynethee e bai v dhigukou liyelaafa kiyuntherinnaa hama au genesdheynan Insha Allah. Stay safe everyone 🙂 🙂 🙂 🙂 🙂 🙂 Love you all <3 <3 <3 <3 <3 <3 <3 <3 <3 <3

  18. Ahuu

    July 5, 2020 at 9:51 am

    Not anonymous Ahuu alhey eohh loabi comment ga eydhee name nujehe so srrrrrry 😩😩😩😩😩😩😩😩😩😩varah dhera veh je e comment ga name nujehunee ma😣😣😣😣😣😣😣😣😣😣😣😣 but mihaaru Ingeyne siss ah eaee me kah Dhwwww alhey pls gabool kurahchey eyakee me ok 💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝

    • Dhonthy

      July 5, 2020 at 12:32 pm

      Aha eiy massalaeiy nooney kokkee. No need to be sad. E comment fenuni irau dhonthi au engijje miulhenee ekkala kokkee kan. Haha. So there’s no reason for you to be sad about that. Always be happy. Mistakes will happen okay dear. This is a reminder to myself first. 🙂 🙂 🙂 🙂 🙂

  19. Afu

    July 5, 2020 at 11:46 am

    Ahuu sorry …. Miulhenee messenger ah kuda kameh vgn …. Sorry btw ragalhu kohlevunu haa avahakah id dheynan igey … Once again I’m very sorry

  20. lu

    July 5, 2020 at 1:01 pm

    masha allah. vvv reethi

    • Dhonthy

      July 20, 2020 at 7:39 pm

      Thank you so much Iu. 🙂 🙂 🙂

  21. Afu

    July 5, 2020 at 2:12 pm

    Mihaaru okay vejje … Afu ge id eh noon igey mom ge id btw u can talk ….. Sifaza Hameed …. Eii id so ahuu talk kurahchey

  22. Ahuu

    July 5, 2020 at 6:23 pm

    Afu Javaabu dheeba messenger inn 😊😊😊😊😊

    • Afu

      July 9, 2020 at 2:00 pm

      Idiot Ahuuuu you are nuts😒😒😒😝

    • Afu ge friend eh

      July 9, 2020 at 2:08 pm

      Eyyy Mee kon Ahuu eh tha maa fonivegen ulheyyy😉😉😉😉 I think she has some problems in her brain😝😝😝😂😂😂lol😂😂 dho Afuuu and Niana

  23. Niana😜😜😘

    July 6, 2020 at 5:40 pm

    Hmm dhen ahu maa fonivegen ulheny afu aa alah vaahaka dhahkuny Ma dhw

    • Afu

      July 9, 2020 at 2:01 pm

      Yes you are right Niana👌👌Ahuuu maa fonivegen e ulhenyyy

    • Ahuu

      July 12, 2020 at 9:21 pm

      Me ma foni eh nuvan 😎😎😎

  24. Cutie🧡💛❤️

    July 9, 2020 at 11:58 am

    Waaaau💛💛💛💛💛💛🙂🙂🙂🙂💕💕💕💯💯💯what a storyyy😍😍😍It’s just amazing🧡🧡🧡 can’t wait for next part😍🧡 By the way dhonthige haalu kihinehtha???? Varah miss vey mihaaru dhonthi mennaa chat nukureveythyy😔😔😔TC 💛💛

    • Dhonthy

      July 11, 2020 at 9:59 pm

      Awlhey thank you so much Cutie 🙂 🙂 🙂 It really means a lot for me 🙂 🙂 🙂 Dhonthi ge haalu Insha Allah hama v rangalhu. Cutie ge haalu es rangalhuvaanekamau unmeedhukuran. Yeah miss you more cutie. Take care 🙂 🙂 🙂 🙂 <3 <3 <3 <3 <3 <3

  25. Neeeeeenathhhhh

    July 9, 2020 at 2:12 pm

    Eyyy mi kon Ahuu akaa Afu eh thaa???? I am confused🤔🤔🤔🤔🤔🤔🤔🤔🤨🤨🤨🤨🤨🤨🤨🤨🤨

  26. Messenger dheke rulhi Anna kuhjaa

    July 9, 2020 at 2:17 pm

    Dhonthiiiiii Mee kon messenger ehge vaahaka eh tha mithaa mi dhahkanyy🤦🤦🤷🤷🤔🤔🤔miii messenger eh nooney messenger ge vaahaka dhahkaakah😒😒😒🤨

    • Dhonthy

      July 20, 2020 at 7:40 pm

      Hehe. Dhonthi akau hama neynge eggothakau es 🙂

  27. Ahuu

    July 10, 2020 at 9:18 pm

    That’s me menge amihla kameh dhw afu 🤓🤓

  28. Shorty

    July 11, 2020 at 7:15 pm

    Dhonthii ..alhe kn irakun tha next episode kiyaaleveynii 😔😔

    • Dhonthy

      July 11, 2020 at 9:52 pm

      Alhey shorty dheranuvachchey inge. Miadhu submit kollaifin next episode. Keep waiting 🙂 🙂🙂

  29. Ahuu

    July 11, 2020 at 9:07 pm

    Alhey dhonthy are you OK 😥😥😥😥😥😥 I am very sceard dhonthy ah gotheh vehjihyaa kokee varah dheravaane 🙁🙁🙁🙁 always hadhaan kuraathi dhonthy mathin visna dhonthy dheke loabi vaa kokee eh hunnaanne ok💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛 tc….. 💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💜💙💜💙💜💙💜💙💜💙💜💙💜💙💜💜💙💜💙💜💙💜💜💙💜💙💜💙💜💙💜💙💜💙💜💙💜💜💙💜💙💜💙💜💙💜💜💙💜💙💙💜💙💜💜💙💜💙💜💙💜💙💜💜💙💜💙💜💜💙💜💙💜💙stay safe…. ❤️🖤❤️🖤❤️🖤❤️🖤❤️❤️🖤❤️🖤❤️🖤❤️❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤🖤🖤🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤🖤❤️🖤❤️

    • Dhonthy

      July 11, 2020 at 9:56 pm

      Alhey kokkee dheranuvachchey. I m totally fine dear. Dhonthi akau Dhonthi akau iraadhakurevviyyaa eh kameh es nuwe 🙂 🙂 🙂 🙂 🙂 Awwwwwn how sweet…… Love you too kokkee. Stay safe my lwbii kokkee 🙂 🙂 🙂 🙂

  30. Ahuu

    July 12, 2020 at 3:39 pm

    Stay safe ga eh kokee akah noolhe vun 😢😢😢😢😢😢😢😢😢😢😢😢😢😢😢kokee mi ulheny varah bali koh 😥😥😥😥😥😥😥😥😥 aridha fus roaga jehegen 😣😣😣😣😣😣😣😣😣bt mihaaru madicine ke fahun ragalhu 😙😙😙😙😙😙😙😙😙😙😙😙😙😙 dhen mihaaru hama ekani kehsa née 😧😧😧😧😧😧😧😧😧😧sis kokee aa dua koh dhehchey kokee avahah ragalhu vet tho. …..e cat akaa behen feshi fahun mihin mi v ❤❤❤❤❤❤❤❤❤❤❤❤❤❤❤always ahuu kokee love my sissssss more than moreeeeeeeeeeeee 💚💛💚💛💚💛💜💓💛💓💛💓💟💛💓💛💓💛💓💛💓💛💓💛💔💛💞💛💕💔💛💞💘💔💘💟💛💓💞💛💔💛💔💛💞💘💓💓💛💟💛💔💛💞💛💟💛💓💜💛💔💘💞💗💓💚💓💘

    • Raaish ahhu 💖💖

      July 18, 2020 at 8:43 pm

      SHAFAKALLAH ahhu love ♥️♥️
      I always will be with you
      I love u more than anything uhmmmmaaaaaa ♥️♥️♥️♥️♥️♥️♥️♥️🌸😘😘😘😘😘😘😘😘😍😍😍😍😍😍😍🖤🖤🖤💖💖💖💖💖

Comments are closed.