Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޖައިޝް 5

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 2, 2020 5 Mins Read
13 Comments

”ނޫ އާންޓީ. ޝިޒްގެ ބައްޕި އަންނާނޭ މިހާރު. މަންމިއަށް ގުޅީމަ މަންމި އަންނާނި ބަލާ. ޝިޒް ބޭނުމީ ޝިޒްގެ ބައްޕި މިއަދު ބަލައި އަންނަން. ބައްޕި ބުނި ޝިޒް ބަލައި އަންނާނަމޭ ވެސް.”

ޝިޒާގެ ގާތުގައި އިން މުދައްރިސް ޝިޒާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ސުކޫލްގެ ބޮޑު ދޮރާ ދިމާލަށް ބަލައިލިއެވެ. އެއިރުވެސް އެތަނުން އެކެއްގެ ވެސް ހިލަމެއް ނުވެއެވެ. ނަމަވެސް ސައިލަކެއްގެ އަޑު އިވުމާއިއެކު އަނެއްކާވެސް ދެމީހުންގެ ލޯ އެދިމާލަށް ދިޔައެވެ.

”ބައްޕީ.” ޝިޒާ ދުވެފައި ގޮސް ދޮރުން ބާރު ބާރަށް ހިނގާފައި ވަދެގެން އައި ޖައިޝްގެ ގައިގައި ބައްދާލިއެވެ. ނަމަވެސް ޖައިޝް މާ ބޮޑަށް އެކަމަށް ސަމާލުކަމެއް ނުދީ ޝިޒާ އުރާލާއިގެން ސައިކަލާ ހަމައަށް ގޮސް އޭގައި ޝިޒާ ބައިންދާ އޭނާ އަރައި ހަމަ ޖެހިލިއެވެ. އަދި ގެޔާ ދިމާލަށް ސައިކަލު ދުއްވާލިއެވެ.

”ބައްޕީ. ކީއްވެ ލަސްވީ؟” ޝިޒާގެ ކަދުރާ ޖައިޝްގެ މޫނާ ދިމާލަށް އަނބުރާލައި ދެއަތުން ޖައިޝްގެ އަތުގައި ހިފާލިއެވެ. އަޅައިގެން ހުރި ކަޅު އައިނުގެ ސަބަބުން ޝިޒާއަށް ޖައިޝްގެ ލޯ ނުފެނުނު ކަމުގައި ވިޔަސް އޭނާ ހުއްޓާ ނުލައި ޖައިޝްއަށް ބަލަމުން ދިޔައީ ޖަވާބެއް ދޭށޭ ބުނާ ފަދައިންނެވެ.

”ބައްޕި ހަނދާން ނެތުނީ ގަޑި. އެހެންވެ ލަސްވީ.” ޖައިޝް ޝިޒާގެ މޫނަށް ބަލައިލިއެވެ. އެވަގުތަކީ އޭނާގެ ފޯނު ރަނގަބީލު އަޅަން ފެށި ވަގުތެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ އޭނާ ބެލީ އަވަހަށް ޝިޒާ ގޮވައިގެން ގެޔާ ހަމައަށް ފޯރޭތޯއެވެ.

”ބައްޕިއަށް އިނގޭތަ. ޝިޒްގެ ކުލާސް ކުދިން ކައިރީ ބުނިން ބައްޕިއޭ ބަލައި އަންނާނީ. އެކުދިން ޝިޒް އާ ދިމާލަށް ވަރަށް ފާޑަކަށް ބަލަން ހުރީ ބައްޕަ އަންނަ ތަން ނުފެނުނީމަ. ޝިޒް ވަރަށް ދެރަވި އެހެންވެ.” ޝިޒާގެ ލޯ ތެމިގެން ދިޔައެވެ. ތުންފަތް ތުރުތުރު އަޅަމުން ދިޔައިރު އަދިވެސް ދިޔައީ ޖައިޝްގެ މޫނަށް ބަލަމުންނެވެ. ޖައިޝްގެ އެއަމަލުން އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކިތަންމެ ކެތްކުރަން އުޅުނަސް އެ ކުޑަ ކުޑަ ހިތަކަށް އެކަމެއް ނުވިއެވެ. އެއްވެސް ބާރެއް ނެތި ކަރުނައެއް އޭނާގެ ދޮންދޮން ކުޑަކުޑަ ކޮލަށް ބޮސް ދިނުމަށްފަހު ތިރިއަށް ފިރުކެމުން ދިޔައެވެ.

ޖައިޝްއަށް އެއްވެސް ކަމެއް ރޭކާނުލާ ފަދައެވެ. ނޫނީ ކަމެއް އިނގެން ބޭނުންނުވާ ކަމަށް ހަދަނީއެވެ. ޝިޒާގެ ލޮލުން ކަރުނައެއް ވެއްޓިގެން ދިޔަ ނަމަވެސް ޖައިޝްއަށް އެމަންޒަރު ފެނުނު ހެންނެއް ހިޔެއް ނުވެއެވެ. އަނގައިން ވެސް ބުނެނުލާ ގޭގެ ކައިރީގައި ސައިކަލު މަޑުކޮށްލުމަށްފަހު ޝިޒާ ގޮވައިގެން ފޭބީ އޭނާގެ އަމިއްލަ ހިޔާލެއްގައި ހުރެއެވެ.

އަނެއްކޮޅުން ޝިޒާގެ ހާލަކީތޯއެވެ. ޖައިޝްގެ އަޅާލުމާއި ސަމާލުކަން އޭނާއަށް ލިބެމުން ނުދާތީ އެހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ފުހެލައި ޖައިޝްގެ ކުޑަވާ އިނގިލީގައި ޝިޒާ ހިފައިލީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ކުޑަކުޑަ ޝިޒާ ވެސް ދިޔައީ އޭނާގެ ހުރިހާ އުދާސްތަކެއް އެހެން މީހުންނަށް ފަރުދާ ކުރަމުންނެވެ. އެ ލޯބި ލޯބި ހިނިތުންވުމުގެ ނިވަލުގައިއެވެ.

***

ހާސްވެ ކަންބޮޑުވެފައި ހުރެ ރީޝް އޭނާގެ އަތަށް ފޯނު ލައިގެން ހުރެ ގޭގެ ސިޓީންގރޫމުގެ މެދުގައި ހުރެ ހިނގަމުން ދިޔައީ ސާޅީސްފަހެއް ވެގެން ބޮޑުވެގެން ދިޔައިރުވެސް ޝިޒާ ގެޔަށް ނުގެންނާތީއެވެ. ޖައިޝްއަށް ގުޅުމުން ފޯނު ނުނެގުމުން އަނެއްކާވެސް އޭނާގެ ހިތުގައި ރަސްކަން ކުރަން ފެށީ ނިމުމެއް ނުވާ ބިރުވެރިކަމާ ނުތަނަވަސްކަމެވެ.

ތިން ހަތަރު ފަހަރު ގުޅުމުން ވެސް ޖައިޝް ފޯނު ނުނެގުމުން ރީޝްގެ ލޮލުން ކަރުނައެއް ވެއްޓިގެން ތިރިއަށް ފައިބާގަތެވެ. މޭ ފިތޭ ކަހަލަ އިހްސާސެއް ވަމުން ދިޔައިރު އޭނާ އިރުއިރުކޮޅާ މެޔާ ދިމާލުގައި އަތް ހިންގާލައެވެ. އެންމެފަހުން އެތަނުގައި ހުރި ގޮޑީގައި އިށީންދެލީ ގައިން ވަރު ދޫވަމުން ދިޔަ ކަހަލަ އިހްސާސެއް ވަމުން ދިޔައީތީއެވެ.

އެގޮތުގައި ޖައިޝްއަށް ގުޅާލަ ގުޅާލާ އިން ރީޝްއަށް ކޮޅަށް ތެދުވެވުނީ ޖައިޝްއާއެކު ވަދެގެން އައި ޝިޒާ ފެނިފައިއެވެ. ދުވެފައި ގޮސް މަޑުމަޑުން ޝިޒާގެ ގައިގައި ބައްދާލީ އެހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެން ދިޔައީތީއެވެ.

”ކީއްވެ ލަސްވީ؟” ޝިޒާ ދޫކޮށްލުމަށްފަހު މާމަ ކައިރިއަށް ދާށޭ ބުނެ ރީޝް ދެން އެބުރިލީ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހި ޖައިޝްއާ ވީ ކޮޅަށެވެ.

”ގަޑި ނޭނގޭތީ. ހަނދާން ކޮށްދޭން ރީޝް ކީއްވެ ނުގުޅީ؟” ރީޝް އާ ވީ ކޮޅަށް ޖައިޝް ވެސް އެބުރިލާ ރީޝް އާ ކުރިމަތިލިއެވެ. އޭނާގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔަނަމަވެސް އެ މަންޒަރު ފެނިފައި ރީޝްއަށް އެއްގޮތްވެސް ނުވެއެވެ.

”ޖައިޝް ލަދެން ނުގަނޭތަ ތިހެން ބުނާކަށް. ތިއީ ދަރިފުޅުގެ ބައްޕައޭ. ދަރިފުޅު ސުކޫލަށް ދާ ގަޑި އެއް ނޭނގެ. ސުކޫލުން އަންނަ ގަޑިއެއް ނޭނގެ. އުޅެނީ ކޮން ގްރޭޑެއްގަ ކަމެއް ނޭނގެ. ޖައިޝް އެކޭ ބީރަށްޓެއްސެކޭ އެބައޮތްތަ ތަފާތެއް.” ރީޝްގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރު ވަމުންނެވެ. ރުންކުރުކަމެއް އެކުލެވިފައިވި އެއަޑުގައި ވަރުބަލިކަމެއް ވި ކަންވެސް ފާހަގަވަމުން ދިޔައެވެ.

ރީޝް އެނެއްފަރާތަށް އެނބުރިލީ ޖައިޝްއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގައިގައި ނެތުމުންނެވެ. ޖައިޝްގެ އަމަލުތަކާ ބަހުރުވަ ހުންނަގޮތުން ރީޝްގެ ހިތް ކަފާ ކުދި ކުރަމުން ދިޔައެވެ. ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ޖައިޝްއާ އޭނާ ކައިވެނި ކުރީ އެތައް އުންމީދަކާ އެކުއެވެ. އެތައް ހުވަފެނެއް ދެކެމުންނެވެ. ފަހަރުގައި ވެސް ދެމީހުން ޝަކުވާ ކޮށް އެކަކު އަނެއްކަކު ދެކެ ރުޅިން ހުންނާކަށް ނޫނެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ހުވަފެނުން އަދި އުންމީދު ކުރި ގޮތަށް ހިޔާލީ މަންޒަރު ކުރެހެމުން ދިޔައީ މުޅިން ނުބައިކޮށެވެ. ހަގީގީ ދިރުއުޅުމުގައި ކަންތައްވަމުން ދިޔައީ އެއްވެސް އިންސާފެއް ނެތް ގޮތަކަށެވެ.

ޖައިޝްގެ އުޅުމަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެ ހެއްޔެވެ؟ އަބަދުވެސް ރީޝްއަށް ކުރެވެމުން ދިޔައީ ޝަކުވާއެވެ. އަމިއްލަ ހިތާއެވެ. އަމިއްލަ ނަފްސާއެވެ. ރީޝްގެ ހުރިހާ ޝަކުވާއެއް އަޑު އަހައި އަހައި އޭނާގެ އަމިއްލަ ނަފްސު ވެސް އޭނާއަށް ނަފްރަތު ކުރާނެކަން ޔަގީނެވެ. ނަމަވެސް ދެން އިތުރަށް ރީޝްގެ ޝަކުވާތައް އަޑުއަހަން ހުރީ ކާކު ހެއްޔެވެ؟ ރީޝްއަކީ އާއިލާގެ އާރެއް ޔާރެއް ނެތް ނިކަމެއްޗެކެވެ. މިއަދުވެސް ޖައިޝް އެގެއިން އޭނާ ނެރެލައިފި ނަމަ އުޅެން ޖެހޭނީ މަގުމަތީގައިއެވެ. ސަލާން ޖަހާށެވެ. ނަމަވެސް އެހެން ވާކަށް ރީޝް ބޭނުމެއް ނޫނެވެ. އެހެން ވިޔަކަ ނުވެސް ދޭނެއެވެ.

”ރީޝް. އަހަރެން އައިސް ގެޔަށް ވަންނައިރަށް ޝަކުވާ ނުކޮށްބަލަ. އަހަރެން ފެންނަ އިރަށް އަބަދުވެސް ޝަކުވާ ކުރުމުގައި ރީޝް އުޅެނީ. ރީޝް ގަބޫލުކޮށްބަލަ. އަހަރެން ރީޝްއާ ދަރިފުޅު ދެކެ ވަރަށް ލޯބި ވޭ އޭ. ހަމައެކަނި ތިދެމީހުންނަށް ދޭން ވާ ވަގުތު އަހަރެންނަށް ނުދެވޭކަން.” ރީޝްގެ ކޮޑުގައި ހިފާލައިގެން އާދޭހުގެ ރާގެއްގައި ޖައިޝް އެހެން ބުނެފައި ޓައީ ބާލަމުން ގޮސް ކޮޓަރިއަށް ވަދީ ރީޝް ތަނެއް ގުޑުވާ ނުލައި ހަމަ އެގޮތުގައި ހުއްޓައެވެ.

”ޖައިޝް ހަގީގަތުގައި ވެސް އަހަރެންދެކެ ލޯބި ވޭ ހެއްޔެވެ؟ ދަރިފުޅު ދެކެ ލޯބި ވޭ ހެއްޔެވެ؟ ދެން އަމަލުން އެކަން ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ޝަކުވާ ކުރާތީ ޖައިޝް އަހަރެން ދެކެ ފޫހި ވީ ހެއްޔެވެ؟ ރުޅި އައި ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ޝަކުވާ މިކުރަނީ ޖައިޝްގެ ހަށީގައި ހަރުލާފައި ހުރި ނުބައި އާދައެއް ފިލުވާލުމަށެވެ. އަހަރެންނާ ދަރިފުޅުގެ ހައްގެއް ހޯދުމަށެވެ. މިކަމުގައި އަހަރެންގެ ކުށެއް އަޅެ އެބޮތް ހެއްޔެވެ؟ އެމީހެއްގެ ހައްގެއް ހޯދަން ޝަކުވާ ކުރެވިދާނެ ނޫން ހެއްޔެވެ؟ ދައުވާ ވެސް ކުރެވިދާނެ ނޫން ހެއްޔެވެ؟ އާދޭސް ވެސް ކުރެވިދާނެ ނޫން ހެއްޔެވެ؟”

ނިޔާޝާގެ ކޮޓަރިއަށް ވަދެ ޝިޒާ ގޮވައިގެން ރީޝް ގޮސް ވަދެލީ އެމީހުންގެ ކޮޓަރިއަށެވެ. އޭރު މޫނު ދޮވެލައިގެން ޖައިޝް ފާހަނާއިން ނުކުންނަނީއެވެ. އަލަމާރިން ޝިޒާގެ ހެދުމަކާ ޖިންސެއް ނެގުމަށްފަހު އެނދުމަތީގައި ބާއްވާލުމަށްފަހު ރީޝް ޝިޒާގެ ބޮލުގައި އައްސާފައި އިން ރިބަން ފަށް ނަގައި ޑްރެސިން ޓޭބަލް މަތީގައި ބާއްވާލިއެވެ.

ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރެ ޖައިޝް ދިޔައީ އަނެއްކާވެސް އޮފީހަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ރަތްކުލާގެ ޓައީ ކަރުގައި ހެޔޮވަރު ކޮށްލުމަށްފަހު ވެއްޓިފައި ހުރި އިސްތަށިތައް ކޮޅަށް ހިއްލައިލަމުން ޖައިޝް އޭނާގެ ގަޔަށް ސެންޓް ބުރުވާލިއެވެ. އަދި އިސްޓާކީނަށް އަރައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

”އަނެއްކާވެސް ދަނީތަ؟ ކައިގެން ދާން މަޑު ކުރަން ވީނުން.” ޖައިޝްގެ ތުވާލި އެނދުމަތިން ނަގައި ހަރުގަނޑުގައި އަޅުވާލުމަށްފަހު ރީޝް ޝިޒާގެ ކަންތަކާ އުޅެމުން ދިޔައެވެ. ޝިޒާ ހެނދުން ބަދަލުކޮށް ނިމުމާއިއެކު ތަޅުގައި ހިފަހައްޓާލައިގެން ހުރި ޖައިޝްގެ ފައިގައި ބައްދާލިއެވެ. ”ޝިޒްއާ އެކު ކައިގެން މިއަދު ބައްޕި ދާން ވީނުން.” ޝިޒާ ހަމަ އެގޮތުގައި ހުރެ ބުނެލިއެވެ.

ޖައިޝް ގުދުވެލައި ޝިޒާ އުރާލުމަށްފަހު އެއްއަތުން ޝިޒާގެ ކޮލުގައި ހިފާލިއެވެ. އަދި ހިނގާށޭ ބުނެލީ ޝިޒާގެ ބޮލުގައި ފިރުމާލަމުންނެވެ. ލިބުނު އުފަލުގައި ޝިޒާ ނުހަނު ބާރަށް ޖައިޝްގެ ކަރުގައި އޮޅުލާގަތެވެ. ޖައިޝް ވެސް ޝިޒާގެ އެއަމަލުގައި ބައިވެރިވެލިއިރު ރީޝް ދުރުގައި އެމަންޒަރު ބަލަން ހުރީ ގަބޫލު ނުކުރެވިފައިއެވެ. އޭނާއަށް އެފެންނަނީ ހުވަފެނެއް ބާއޭ ހިތަށް އަރުވަން ރީޝް އެގޮތުގައި ހުއްޓާ ޖައިޝް ކޮޓަރިން ނުކުމެ ދޮރު ޖަހާލިއެވެ.

މޭޒުދޮށުގައި އިން ގޮޑީގައި އިށީންދެލައިގެން އިން ޝިޒާގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައިރު އޭނާގެ މޫނު ވަނީ އުޖާލާވެފައިއެވެ. ހުއްޓާ ނުލައި ޖައިޝްގެ މޫނަށް ބަލަމުން ދިޔައިރު އެންމެ ފަހަރަކުވެސް ރީޝް މޫނަކަށް ނިޔާޝާގެ މޫނަކަށް ބަލައި ނުލައެވެ.

”ޝިޒް. ހާދަ އުފަލެއް ވެފައޭ ދޯ މީނީ. ދަރިފުޅު ކާނި ރޮށިތަ ބަތްތަ؟” ރީޝް އައިސް ޝިޒާގެ ކައިރީގައި އިށީންދުމަށްފަހު ބުނެލިއެވެ.

”މަންމީ. ޝިޒް މިއަދު ކާނި ބައްޕި އަތުން.” ޝިޒާ ގޮޑިން ފައިބައިގެން ގޮސް ޖައިޝްގެ އުނގަށް ވަދެލިއެވެ. އޭރު ޖައިޝްގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ޖައިޝްވެސް ދެކޮޅު ހެދުމެއް ނެތި ޝިޒާ އުނގަށް އަރުވާލުމަށްފަހު އޭނާގެ ތަށިން ބަތް ސުވައެއް ނަގައިލުމަށްފަހު ޝިޒާއަށް ލަވައިލީ ނިކަން ލޯބިންނެވެ.

އަނެއްކާވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ރީޝްއަށް ގަބޫލުކުރަން ދަތިވިއެވެ. އެއީ ހަގީގަތް ކަމަކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ޖައިޝްގެ ފަރާތުން އެކަހަލަ އަމަލެއް ފެނިފައެއް ނުވެއެވެ. އެހެންޏާ ޖައިޝްއަކީ ޝިޒާ އެގޮތަށް އުގަށް އަރަން ދިޔަނަމަވެސް ދުރުކޮށްލާ މީހެކެވެ. ނަމަވެސް ޖައިޝް މިއަދު މުޅިން ތަފާތެވެ.

ނިޔާޝާގެ ހިތަށްވެސް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. އެއީ ރީޝްގެ ޝަކުވާތައް މެދު ކަނޑައިލުމަށް ޖައްސައިލި މޮޅު ތަމްސީލަކަށް ވެދާނެ ކަމުގެ ބިރު ހިތުގެ އެއްފަރާތުގައި އޮތް އިރު ޖައިޝްގެ އެއަމަލުން އޭނާގެ ހިތުގެ އެނެއްފަރާތުގައި ވަނީ ހިތްހަމަޖެހުމާއި އުފަލެވެ. މީގެ ކުރިން ޖައިޝްގެ ފަރާތުން އެކަހަލަ އަމަލެއް ފެނިފައި ނުވުމުން މި ފަހަރު ނިޔާޝާގެ ދެލޯ ކަރުނައިން ތެތްމާލިއެވެ.

ޖައިޝްގެ އެއަމަލާ މެދު ވިސްނަން އިން ރީޝް ކުއްލިއަކަށް ކެއްސަން ފެށުމާއިއެކު އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ރީޝް އެވަރަށް ކެއްސަމުން ދިޔައިރު ޖައިޝްގެ އަމަލު ހުރި ގޮތުން އެންމެން ވެސް ހައިރާން ވެގެން ދިޔައެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އައިނާ (2) 5

Next

ހިތްް ކަލާޔަށް އެދޭތީ 17

Next
July 2, 2020

ހިތްް ކަލާޔަށް އެދޭތީ 17

Previews
July 2, 2020

އައިނާ (2) 5

13 Comments!

  1. ?Nafu✨ says:
    July 2, 2020 at 5:58 am

    ✨salam readers.. hope u all will like this part too.. and please point out the mistakes for me. so i can improve my writing..
    have a nice day. stay safe all.. thanks for the support.. ly✨

  2. Lamko says:
    July 2, 2020 at 7:51 am

    Varah varah reethi mi part vc?❣️?
    Whn nxt?
    Curiously waiting for the next part..ly sisoo?????

    1. ?Nafu✨ says:
      July 2, 2020 at 8:14 pm

      thank u soo much lamko.. it means a lot.. submit kohlaafa v. maybe mirey up vedhaane. keep waiting.. stayy safe.. lymm

  3. Riff? says:
    July 2, 2020 at 10:25 am

    Reesh ah kihineh v e… vr reethi mi part vx can’t wait to read nxt part…curiously waiting..

    1. ?Nafu✨ says:
      July 2, 2020 at 8:15 pm

      balamaa dhw kihineh kan e v.. thank u sooo much riff.. it means a lott.. keep waiting

  4. Kairaa says:
    July 2, 2020 at 12:32 pm

    varah varah reethi mi bai vx…..masha allah….speechless…kairaa ah heevanee reesh ah covid19 jehuny kn neyge dhw?….alhey ekm ehn nuhadhahchey??….hama heevaa ehcheh bunely ingey?….curiously waiting for the nxt part….lysm stay safe

    1. ?Nafu✨ says:
      July 2, 2020 at 8:17 pm

      thank u soo much kairaa.. it means a lot.. alheyy balamaa dhw kihineh kan e v.. faharehga kairaa thibuni gothah vs vedhaane. nuve vs dhaane.. hehe.. keep waiting.. u too stay safe.. lymm

  5. Bluebird says:
    July 2, 2020 at 1:37 pm

    Wow sis v salhi….. ???????????????????????????Maashaa Allah…. It’s very nice… Keep it up…… LYSSSSSSM TC ❤️❤️❤️❤️❤️❤️?????????????????????????????????❤️❤️❤️❤️

    1. ?Nafu✨ says:
      July 2, 2020 at 8:19 pm

      alheyy haadha colorful commentekey. thi hurihaa kulaehga hearts hama nafu ah tha? hehe.. thank u soo much bluebird.. it means a lot.. stay safe. take care.. lymm

  6. Unkwn says:
    July 2, 2020 at 4:23 pm

    Cancer thr anehkaa????

    1. ?Nafu✨ says:
      July 2, 2020 at 8:20 pm

      balamaa dhw kihinehkan evy.. kuriah huri baithakun engigen dhaane..

  7. ?Alika?? says:
    July 3, 2020 at 3:23 pm

    Maasha Allah ??
    V v reethi mi part ves
    Waiting for the next part.
    Kobaatha Aashko mihaaru. V nufeney comment eh kohfa innathan. Is she ok. Is there anyone who knows anything abt what happened to her. Ehen nuuniy nafu ge vaahaka ah baraabarah comment kuraane vihyaa ehnve ahaaliy…..
    Nafu do u know anything abt her?

    1. ?Nafu✨ says:
      July 3, 2020 at 8:03 pm

      thank u sooo much alika. it means a lot. vr ufaavehjje alika ge commenteh nufeni hurefa fenunyma.. ya keep waiting for next part..
      asluvs nafu vs miulheny aashkoge comment eh nufenigen.. nooney alika. nafu ah ehgothakah vs neygey.. vr wait eba kuran aashkoge comment akah.. stay safe.. ly

Comments are closed.

Next Episodeޖައިޝް 6←


All Right Reserved!