ހިތްް ކަލާޔަށް އެދޭތީ 17
“ކަޔާން” ކުރި މަތީގައިހުރި ޖުމައްޔާ ފުޅާ
ހިނިތުންވުމެއް ހަދިޔާ ކޮއްްލިއެވެ. އެހެން ނަމަވެސް
އެ އަޑަށް ބީރު ކަންފަތެއް ދެމުން ކަޔާން ކުރިއަށް
ހިނގައިގަތެވެ.”ކަޔާން..” ކުރިއަށް ހިނގައިގަތް
ކަޔާންގެ ދެފައި ބިމުގައި ތަތްލީ ފަހަތުން އިވުނު
އާދިލްގެ ހަރުކަށި އަޑުންނެވެ.”މަންމަ ގޮވާއިރުވެސް
ތި ދަނިއްޔޯ”ކަޔާންގެ އުޅަބޮންށީގައި ހިފާ އާދިލް
އޭނަޔާވީ ފަރާތަށް އަނބުރާލިއެވެ.”އޭއި..ބަލަ އަހަރެން
ކަޔާންއާއި އޭ މި ވާހަކަ ދައްކަނީ..ހަމަ މިހާރު މާފަށް
އެދޭ”އާދިލްގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމެވެ.
“ނޫން”ކިރިޔާ ފޫޅަށް އިވޭވަރަށް ކަޔާން ބުނެލީ
އިސްޖަހައިގެން ހުރެއެވެ.”ކީކޭ..”އާދިލްގެ ދެބުމަ
މަގުލަސްޖެހިގެން ދިޔައެވެ.”އާން..މި އަންހެނާ
ކައިރިން އަހަރެން ދުވަހަކުވެސް މަފަކައް ނޭދޭނަން
..އަހަރުމެން އެންމެންގެ ދިރިއުޅުން ހަލާކު ކޮއްލީ
މި އަންހެނާ..އަހަރެންގެ އެންމެ ގާތް އެކުވެރިޔާ..
މަގޭ ކޮއްކޮގެ މުޅި ހަޔާތް ބަރުބާދުކޮއްލި މި
ނުބާ ނުލަފާ ދައްޖާލު..””ކަޔާން” ރުޅިއައިސް
ފުފިފައިހުރި އާދިލްގެ އަތުގެ ހޫނު ހަމަލާ ކަޔާންގެ
ކަންކަށިމައްޗަށް އަރައިގެން ދިޔައެވެ.”އެންމެ ގާތް
އެކުވެރިޔާއޭ..ކަލޭ ލަދެއް ނުގަނޭތަ؟..މިހާ އަވަހައް
ހަނދާން ނެތުނީތަ..ނޫނީ މަގޭ ދުލުން ފާފަވެރި
ކުރުވަންތަ ތި އުޅެނީ؟”އާދިލްގެ ދަތްްކުނޑި ވިކިގެން
ދިޔައެވެ.”ޒުމްރާ މަރާލީ ޒާއިޝްއެއް ނޫން”ސާބިތު
ކަމާއެކު ކަޔާން ބުނެލިއެވެ.”ކީކޭ..މިހާރު ތިއުޅެނީ
މަގޭ ދަރީގެ މަރު އަހަރެމެންގެ ބޮލުގައަޅުވަންތަ؟”
އެންމެ ފަހުން ޖުމައްޔާ،ކަޔާންއާއި ކައިރިއަށް
ޖެހިލިއެވެ. އެވަގުތު ކަޅި މައްޗަށް ހިންގާލަމުން
ކަޔާން ފުންނޭވާއެއް ދޫކޮއްލިއެވެ.”އެހެން ކަމަށްވެސް
ވެދާނެ” ކަޔާންގެ އެޖުމްލައިން ޖުމައްޔާގެ މޫނު
ރުޅިން ރަތްވިއިރު ކައިރީގައި ހުރި އާދިލްގެ
ހޫނު ހަމަލާއެއް ދެވަނަ ފަހަރަށް ކަޔާންގެ
ކޯތާފަތަށް އަރައިގެން ދިޔައެވެ.”މަންމައާއި
ޖަދަލު ކުރާކައް ލަދެއްނުގަނޭތަ؟”ކޯތާފަތުގައި
އަތްއަޅައިގެންހުރި ކަޔާންއާއު ދިމާލަށް ގުދުވެލަމުން
އާދިލް ބުންޏެވެ.”އަހަރެން މަންމަ މަރުވިތާ ކިތަންމެ
ދުވަހެއް”ކަރުނަވީ ލޮލަކުން އާދިލްއައް ބަލާލަމުން
ކަޔާން ކުރިއަށް ހިނގައިގަތެވެ. އެއައްފަހު ބަން ލާފައި
ކޮޓަރީގެ ދޮރު ޖަހައިފިއެވެ. އެނދުމައްޗަށް ވެއްޓުނު
ކަޔާން ކައިރީގައިހުރި ސައިޑް ޓޭބަލް މަތީގައި ހުރި
ފޮޓޯ ގަނޑެއް ނެގިއެވެ.އެ ފޮޓޯގެ މެދުގައި ހުއްޓި
ހުރީ އޭނައެވެ.އޭނަގެ ކަނާތްފަޅީގައި ކަޅު ސޫޓެއްގައި
ޒާއިޝްހުރި އިރު އޭނަގެ ވައަތް ފަޅީގައި ހުދު ހެދުމެއްގައި
ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެއް
ހުއްޓެވެ.ކޮންމެ މީހެއްގެ މޫނު މަތީގައިވި ފުރިހަމަ
ހިނިތުންވުމުން ދައްކައިދެނީ ކޮޅެއްނެތް އުފާވެރިކަމެވެ.
އެހިނދު މާޒީގެ ސޮފްހާތަކުގެ ތެރެއިން އެ ސޮފްހާ
ފަރުދާވެވިގެންދިޔައީ އިޙްތިޔާރަކާއި ނުލައެވެ.
********************************
ރިސޯޓުގެ އެހިތްގައިމު އަތިރިމަތި ޒީނަތްތެރި ކުރެވިފައިވަނީ
ގަދަ ނުލާއި މަޑު ނޫކުލައިގެ ލައިޓުތަކުންނެވެ.ހަވީރުގެ އެ
ހިތްފަސޭހަ ވަގުތު ޖެހިލާ މަޑު ވައިރޯޅިން ހިތައްފިނިކަން
ލިބޭނެކަން ގައިމެވެ.ގޮނޑުދޮށަށް ބީހިލާ މަޑު ރާޅުތަކުގެ
ސަބަބުން މާހައުލުގައިވި ހިމޭންކަން ނައްތާލާއިރު އިވެމުން
ދިޔަ ހިތްގައިމު މިއުޒިކްގެ ސަބަބުން ފަޒާގައި
ވެރި ވެފައިވަނީ މަސްތުކަމެވެ.”އަނބި ގަބޫލުކޮއްފިން”
ޒާއިޝްގެ ފިރިހެންވަންތަ އަޑުން އެހެން ބުނެލުމާއެކު
ހުރިހާ މެހެމާނުންގެ އަތްތިލަބަޑީގެ އަޑުން ފަޒާ
ގުގުމާލިއެވެ.ކައިރީގައި ކައިވެނީގެ ހެދުމުގައި،
އިން ޒުމްރާގެ އަތަށް ފިއްތާލަމުން އޭނަ
ހިނިތުންވެލިއެވެ. ބަދަލުގައި ޒުމްރާވެސް ރަކި
ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.އެ ލޮބުވެތި
ވަގުތު ކޮޅު ސިއްރުސިއްރުން ކަޔާން އޭނަގެ
ކެމެރާގައި ރައްކާކޮއްލިއެވެ.”ކޮންގްރާ ސިސީ..
ކޮންގްރާ މޭން..އޫޕްސް..ޅިޔަނު”ޒުމްރާ ގަޔާއި
ކައިރިކޮއްލަމުން ޒާއިޝްގެ ކޮނޑުގައި ކަޔާން
ބޮނޑިއެއް އަޅުވައިލިއެވެ.”އައުޗް ތީތަ ޒުމްގެ
ދޮންބެ އޭނަގެ ހަބީއައް ދޭ ވެޑިން ގިފްޓަކީ”
ޒާއިޝް ކޮނޑުގައި ފިރުމާލިއެވެ.”މީ އަދި
ކުޑަ ވަރެއް…މަގޭ ސިސްއަށް ދެރައެއްދޭ ދުވަހަުން
މި މުލައްދަޑީގައި ހުރި ވަރު ދައްކާލާނަން”
ހިނިގަނޑަކާއި އެކު ކަޔާން ދިނީ އިންޒާރެއް
ފަދައެވެ.”މަ ޕީސް”ދެއަތް މައްޗަށް އުފުލާލަމުން
ޒާއިޝް ބުންޏެވެ.”އޭ ތިން މީހުން ސްމައިލް
ވެލަބަ”އެވަގުތު އެތަނައް އައިސް ހުއްޓުނު
ކިޔާރާ ކެމެރާ ރެޑީ ކޮއްލަމުން ބުނެލިއެވެ.
ކަޔާންގެ ވައަތްފަޅީގައި ޒުމްރާ ހުއްޓިލިއިރު
ކަޔާންގެ އަނެއްފަޅީގައި ޒާއިޝް ހުއްޓެމުން
ހިނިތުންވެލިއެވެ.
**************************
ކަޔާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮޓޯގަނޑުގެ
ތެރެއައްވިރުމާއެކު،އޭނަ ހިންދެމިލިއެވެ. ކަރުނައިގެ
ތެރެއިންވެސް އޭނައަށް ހިނިތުންވެލެވުނީ އެ އުފާވެރި
ހަނދާންތައް އައު ވުމުންނެވެ. އެހެންންމަވެސް
ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޭދުނީ
އެ އުފާވެރިކަން ފަސްއަޅާ ފޮރުވުނު ފަދައިން
ގެއްލިގެން ދިޔަ ހަނދާން ވުމުންނެވެ.
****************************
މ.މާވިލްގޭގެ ދޮރުމައްޗަށް ސައިކަލު ހުއްޓާލުމާއެކު
އިވްރާ ފައިބައިފިއެވެ.”މަޑުކޮއްލައްޗޭ..ކިޔާ އެބަ ގެންނަން”
ޔޫހާން ދާން ހެދުމުން އިވްރާ އޭނަ ހިފަހައްޓާއިފިއެވެ.
އޭރު އެ މޫނު މަތީގައިވަނީ ލާނެތްކަމެވެ.އިރުކޮޅެއްފަހުން
ކިޔާރާ ނިކުތެވެ.އެހެން ފަހަރުތަކެކޭވެސް އެއްގޮތައް މި
ފަހަރުވެސް ޔޫހާންގެ ތޫނު ނަޒަރު ކިޔާރާއައް އަމާޒުވިއެވެ.
އެތަންފެނި ކިޔާރާއަށް ހިންދިރުވާލެވުނެވެ.ވަރަށް ނޫންކަމަށް
ހަދާފައި އިވްރާގެ އަތުގައި ހިފައިގެން އޭނަ ގޭތެރެއަށް
ވަންނަންް ދިމާކުރިއެވެ.އެހެންނަމަވެސް ކުއްލިޔަކައް ޔޫހާން
އޭނަގެ މިނިވަންކޮން އޮތް އަތުގައި ހިފަހައްޓައިފިއެވެ.
ކިޔާރާގެ ފިޔަވަޅުތައް މަޑުޖެހިލުމުން، އިވްރާ ފަސް
އެނބުރި ބަލައިލައިފިއެވެ. ހިނިއައިވަރުން އޭނަ އަނގަ
މަތީގައި އަތް އެޅީ އެ ހިނިގަނޑު ހިންދާލުމަށެވެ.
އަދި އަވަސްއަވަހަށް ގޭތެރެއަށް ވަންނަން ހިނގައި ގަތެވެ.
ހެވިފައިހުރެ އެތެރެއައް ވަންނަން ދިޔަ އިވްރާ މުުޑިއެރީ
ގެއިން ނިކުންނަން އައި ޒާއިޝް އާއިއެވެ.ޒާއިޝްގެ
މޭމަތިންްފެށިގެން އިވްރާގެ ނަޒަރު މަޑުމަޑުންގޮސް
ހުއްޓުނީ އެ ފުންކަނޑެއްފަދަ ދެ ލޮލަށެވެ. ބޭއިޙް-
ތިޔާރުގައި އޭނައަށް ހިންދިރުވައިލެވުނެވެ. އެވަގުތު
ޒާއިޝް އިވްރާގެ ފަސްދީ ހިނގައިގަތުމުންވެސް އޭނައަށް
އެ ހުރި ގޮތަށް ހުރެވުނެވެ.އެހެންނަމަވެސް ކުށްލިޔަކައް
ހިތަށް ވެރިވެގަތް ޚިޔާލުން އިވްރާގެ ދެ ލޯ ބޮޑުވިއެވެ.
ދުވެފައިގޮސް ޒާއިޝްގެ ކުރި ބެއްދުނު ގޮތެއްވެސް
އޭނައަކަށް ނޭނގެއެވެ.”ވަޓް ދަ..” ދެބުމަ މަގުލަސް
ޖެހިގެންދިޔަ ޒާއިޝްގެ އަނގައިން ބޭރުވިއެވެ. އިވްރާގެ
ކޮނޑުގައި ހިފާ އެއްފަރާތަށް ކޮއަޕާލަމުން އޭނަ އަނެއްކާވެސް
ހިނގައިގަތެވެ. އެހެންނަމަވެސް އޭނަގެ ފައި ބިމުގައި ތަތްލީ
ކަންފަތުގެ ތޫރި ފަޅައިގެންދާހާ ބާރަށް އިވްރާ
ހަޅޭލަވައިގަތުމުންނެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Ayayyy miy mihaaru esfiya in kiyaa enme ryythi vaahaka Maashaa Allah ? avahah up kohladhyba next part? can’t wait kiyaahithun.. ?
Yayyy me first dho …. Varah reethi ingey … Ivraa get sis akee Zumraa ennuntha varah reethi ingey …. Curiously waiting for the next part ☺️☺️ ☺️☺️
Yayyyy ?? congra starlight vixx..thank you so much…? glad to hear that..next part insha Allah Friday ga..much loves dear ❤
Salaam readers.. here is the 17th part of the story.. mi bai vx kamudhaane kamah unmeedhu kuran.. n 16th part gai comment kuri baeh kudhinge comments adhi publish eh nuvey..ekam varah ufaavi e comments thah fenifa.. thank you all for the support and love ? ..enjoy n feel free to comment.. next part insha allah Friday gai ..much loves.. tc all ???
Wow www vrh reethi. Masha Allah❤️❤️❤️
Jazaakillah khairan shuba ??
Maasha Allah vrh reethi ingey mi part ves ?? curiously waiting for the next part☺️☺️
Jazaakillah khairan sis ?
Wooowww vvvvvvvvvv Reethi maasha Allah… Comment nukurevunas baraabarah kiyan mi stry… Hama buneveynii maasha Allah ey.. Whn nxt dear?? Curiously waiting fr the nxt part..
Awwwnn ? varah miss vi ingey naash mathin… varah ufaavejje.. jazaakillah khairan dear ?? next part insha Allah maadhamaa
Awwn miss yuh more dear.. Srry nge? kurii Ge part thakah comment nukurevunii bxy kamn bt hama emme part eh vs miss koh nula baraabarah kiyan mi stry.. ☺️☺️♥️
It’s ok dear ☺☺ varah ufaavejje story baraabarah kiyaakan inguneema ❤
Thank you so much baby gorl ?? it means a lott… insha Allah mirey up kureveythw mi balanee… much loves ??