ޖައިޝް 7
ކޮޓަރިއަށް ވަދެގެން އައި ރީޝް ގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ކޮޓަރީގައި ހުރި ކަޅު ސޯފާގައި އިށީންދުމަށްފަހު ޖައިޝްގެ މޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. އެއާއިއެކު މާޒީގެ އެކިއެކި ސޮފުހާތައް ރީޝްގެ ކުރިމަތީގައި އުކެން ފެށިއެވެ.
~ ހަ އަހަރު ފަސް ~
ނޫ އުޑުގެ ދަށުގައި ހުދު ކުލައިގެ ބޯ ވިލާތައް ރަސްކަން ކުރަމުން ދިޔައީ ދުނިޔެއަށް ދެމުން ދިޔަ ދިލަ އަވިން އަރަމުން އައި ހޫނު މަތަކުރެވޭތޯއެވެ. ސާފު ފިނި ވައިރޯޅިތައް ހިތްގައިމު ކަމާއެކީ ޖެހެމުން ދިޔައީ ގަހެއްގައި ހުރި ފަތެއް ވިއްޔާ ހަލުވާލަމުންނެވެ. ކޮތަރުތަކާއި ކާޅުތަށް މިނިވަންކަމާއިއެކީ އުދުހެމުން ދިޔައީ އެސޮރުމެންގެ އެކުވެރިންނާއެކު އެހިތްގައިމު މާހައުލުގެ އުފާ ހޯދަމުންނެވެ.
ކާރާއި ސައިކަލުތަކުން ފުރިފައިވާ މާލޭގެ މަޖީދީ މަގުގައި ރީޝް ހިނގާފައި ދިޔައީ އޮފީހަށް ދިޔުމަށެވެ. ކަޅުކުލައިގެ ޝޯލް އަކާއިއެކު ހަމައެކުލައިގެ ކަޅު ހެދުމުގައި ރީޝް ނުހަނު ޗާލެވެ. އެ ދޮން ހަންގަނޑާއި ލައިގެން ހުރި ހެދުމާ ގުޅެމުން ދިޔުމުން މަގުމަތިން ދިޔަ ގިނަ މީހުން ދިޔައީ ރީޝްއަށް ބަލަމުންނެވެ. އެއް ކޮނޑުގައި އަތް ދަބަހެއް އަޅުވާލައިގެން އިސްދަށަށް ޖަހައިލައިގެން ރީޝް ދިޔައީ މީހުންގެ ބެލުންތަކުން ސަލާމަތްވުމަށެވެ.
އިސާހިތަކު ސާފު ރީތި ހުދުކުލައިގެ ވިލާތައް އަޅިކުލައަށް ބަދަލުވެގެން ދިޔައެވެ. ޖެހެމުން ދިޔަ ވައި އިތުރަށް ގަދަވެ މަގުމަތީގައި ހުރި ކުނި ބުނިތައް ވަޔާއެކު ނަށަން ފެށިއެވެ. މަގުމަތީގައި ހޭލަމޭލަވެ އުޅުނު މީހުން އަވަހަށް އެމީހެއްގެ ގެޔަށް ދެވޭތޯ އުޅެން ފެށިއެވެ. ރީޝްވެސް އޭނާގެ އޮފީހަށް އަވަހަށް ދެވޭތޯ ބާރުބާރަށް ދަތުރު ފެށިއެވެ. ނަމަވެސް ހިސާބަކަށް ނުދެވެނީސް ރުޅިގަދަވެފައިވާ ވިލާތައް އޭގައި ބަރުޖެހިފައިވި ފެންތައް އޮއްސާލިއެވެ. އަތުގައި އޮތް ފައިލު ބޮލުގައި އަޅައި ވަކި ހިސާބަކަށް ހެދުން ހިއްލައިލުމަށްފަހު ފަޔަށް ލެވުނުހާ ބާރެއް ލައި ރީޝް ދުއްވާގަތީ އަސްކަންޏަކާ ދިމާލަށެވެ.
މާ ވިއްކާ ފިހާރައެއްގެ އަސްކަނި ދޮށަށް ވަދެ ރީޝް އޭނާގެ ހެދުމުގައި ތަތްލާފައި ހުރި ވެލިތައް ފޮޅައި އަތުގައި އޮތް ފައިލްގައި ހުރި ފެންތައް ފުހެލިއެވެ. އަދި ވެހެމުން ދިޔަ ވާރޭއަށް ނަޒަރު ހުއްޓައިލިއެވެ.
މަޑު ފިޔާތޮށި ކުލައިގެ ގަމީހަކާއިއެކު ކަޅު ފަޓްލޫނެއް ލައިގެން ސައިކަލުގައި ދުއްވާފައި ދިޔަ ޖައިޝްއަށް މަޑު ޖެހެވުނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ކަޅު ވިލާގަނޑަށެވެ. ވިލާގަނޑަށް ބަލާކަށް ނުހުރެ އޭނާގެ މަންޒިލަށް އަވަހަށް ވާސިލްވެވޭތޯ ދުއްވާލީ އެ ވިއްސާރައިން ސަލާމަތްވުމަށެވެ. ނަމަވެސް މާދުރަށް ނުދެވެނީސް މުޅި ފަޒާ އެއްކޮށް އެ ވިލާގަނޑު ބައްދާލައި ބޮޑު ތިކި ވާރޭ އޮއްސާލީ މަގުމަތީގައި އުޅެމުން ދިޔަ މީހަކަށް ވިސްނާލުމެއްވެސް ނެތިއެވެ. ލަސްތަކެއް ނުކޮށް ޖައިޝް އޭނާގެ ސައިކަލު ޕާކް ކޮށްލައި ދުވެފައި ގޮސް އަސްކަނި ދޮށަށް ވަދެލިއެވެ.
ބޮލުގައި ހުރި ފެންތައް އަތުން ފޮޅާލުމަށްފަހު ޖައިޝް އޭނާގެ ވައަތް ފަރާތަށް ބަލައިލީ މީހަކު އެތަނުގައި ހުރި ކަމުގެ އިހްސާސް ކުރެވިގެންނެވެ. ހީވި ހީވުން ރަނގަޅުވެގެން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ ޕަރީއަށް އެސްފިޔަ ވެސް ޖަހައި ނުލައި ޖައިޝްއަށް ބަލަން ހުރެވުނީއެވެ. ވާރޭއަށް އަތް ދިއްކޮށްލައިގެން އެނެއް އަތް އެލުވައިލައިގެން ހުރި އެކުއްޖާގެ ތުންފަތުގައިވި ހިނިތުންވުން ޖައިޝްގެ ހިތް ފަތަހަކުރުވައިފިއެވެ. އެއްފަރާތުން ލޯ ފެންނަމުން ދިޔަނަމަވެސް އެލޮލުގައި އުޖާލާކަމެއްވި ކަން ފާހަގަވަމުން ދިޔައެވެ. ބޭ އިހްތިޔާރުގައި ޖައިޝްއަށް ހިނިތުންވެލެވުނީ ކީއްވެ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
ވާރޭއަށް އަތް ދިއްކޮށްލައިގެން ހުރި ރީޝްއަށް އޭނާގެ ކަނާތް ފަރާތަށް ކަނދުރާ އަނބުރާލަން މަޖުބޫރުވީ މީހަކު ބަލަން ހުރިހެން ހީވެގެންނެވެ. ކަނާތް ފަރާތަށް ބަލައިލި ރީޝްއަށް އޭނާގެ ހީ ޔަގީނަށް ބަދަލުވެގެން ދިޔައީ އިސްކޮޅުން ދިގު ރީތި ހަށިގަނޑެއް ލިބިފައިވި ޒުވާނާ އޭނާއާ ދިމާލަށް ބަލަމުން ދިޔުމުންނެވެ. ހިނދުކޮޅަކަށް ރީޝްއަށް ވެސް އޭނާއާ ދިމާ ބަލަން ހުރެވުނީ އެޒުވާނާގެ ފުރިހަމަކަމާ މެދު ތައުރީފު ކުރަމުންނެވެ. ފެނުގެ ސަބަބުން ވެއްޓިފައި ހުރި ފަން އިސްތަށިތަކާއި ތުނިތުނިކޮށް ފަޅަން ފަށައިފައިވި މަތިމަހާއި ތުބުޅީގެ ސަބަބުން ރީޝްއަށް ވީ ގޮތް ވެސް ނޭނގުނެވެ. ދެވަނަ ސިކުންތުގައި ރީޝްއަށް ބަލައިލެވުނީ އެބައިމަތި ފުޅާ ހަށިގަނޑަށެވެ. އެއަށްފަހު އެބާރުގަދަ މުލައްދަނޑިއަށް ނަޒަރު ހިންގައިލެވުނީ އެޒުވާނާގެ ރީތިކަމާއި ހަރުދަނާ ކަމުންނެވެ.
ޖައިޝްއަށް އަދިވެސް ބަލަން ހުރެވުނީ އެކުއްޖާއަށެވެ. އެކުއްޖާވެސް ޖައިޝްއާ ދިމާލަށް ބަލަން ހުރުމުން ޖައިޝްގެ ހިތަށް ގޮތެއް ވެގެން ދިޔައިރު ތުންފަތަށް ހިނިތުންވުމެއް ވެސް ވެރިވެލެވުނެވެ. ބޭއިހްތިޔާރުގައި އޭނާއަށް އެކުއްޖާއާ ދިމާލަށް ހިނގައިގަނެވުނީ ހަމައެގޮތުގައި ގަޑުވެފައި ހުރެއެވެ.
އެ ޒުވާނާ ރީޝްއާ ދިމާލަށް ހިނގަން ފެށުމުން އޭނާއަށް ތެޅިގަނެވުނެވެ. އަދި އެހެން ފަރާތެއް ބަލައިލީ ވަރަށް ނޫން ކަމަށް ހަދައިލާފައިއެވެ. ވާރޭވެސް ތުނިކޮށްލައިފައިވުމުން ރީޝް އެތަނުގައި އިތުރަށް މަޑުނުކޮށް އޮފީހަށް ދިޔުމަށް ހިނގައިގަތީ ފަސް އެބުރި ބަލައިވެސް ނުލައިއެވެ.
”ހެއީ. މީ ތިކުއްޖާގެ ފައިލެއްތަ؟” ބިންމައްޗަށް ވެއްޓިފައި އޮތް ފައިލު ނަގައި ޖައިޝް އެޔަށް ނަޒަރު ހިންގައިލިއެވެ. ފެހި ކުލައިގެ ޕްލާސްޓިކް އެފައިލުގައި ކަރުދާސްތައް ފުނިޖެހިފައިވިއެވެ.
އެޒުވާނާގެ އަޑު ޖެހުމާއިއެކު ރީޝްގެ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އަދި އަތުގައި ފައިލު ނެތްކަން ވެސް ހަނދާންވީ ހަމަ އެވަގުތުއެވެ. އެހެންކަމުން އެޒުވާނާއަށް ނުބަލަން ހުވާ ކޮށްގެން ރީޝް ކުރިއަށް ހިނގައިގަތީ އިސްޖަހައިލައިގެން ހުރެއެވެ. ”ތޭންކްސް.” އެޒުވާނާގެ އަތުން ފައިލު ނަގައި ރީޝް އަނެއްކާވެސް ހިނގައިގަތެވެ. ނަމަވެސް އެޒުވާނާގެ މޫނަކަށް ބަލައެއް ނުލައިއެވެ.
ކުރިމަތިން ފެންނަމުން ދިޔަ ކުއްޖާގެ އަމަލުތައް ހުރި ގޮތުން ޖައިޝްއަށް ހިނިތުންވެލެވުނީ އެއީ މީގެ ކުރިން އޭނާއަށް ފެނިފައިނުވާ ފަދަ އާދަޔާ ހިލާފު ކުއްޖެއް ވީމައެވެ. އެހެން އަންހެން ކުދިންނާ އެކުއްޖާ ތަފާތުވުމުންނެވެ. ދެވަނަ ފަހަރަށް ވެސް ޖައިޝްއަށް ހެއި އޭ ކިޔާ ގޮވައިލެވުނީ އެކުއްޖާއާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ”އަމް.. ކޮން ނަމެއް ތަ ކިޔަނީ؟ ލިފްޓެއް ދޭންތަ؟”
”ނުދަންނަ މީހުން ކައިރީ ނަން ބުނެ ނުހަދަން. ނޫން. ޝުކުރިއްޔާ.” މަޑުމައިތިރި ކަމެއް އެކުލެވިފައިވި އެކުއްޖާގެ ރީތި އަޑު ޖައިޝްގެ ކަންފަތަށް ފޯރީ މިއުޒިކެއް ފަދައިންނެވެ. ފަހަތަށް އެބުރިލައިގެން ހުރި އެކުއްޖާގެ ކުރިމައްޗަށް ޖައިޝް ގޮސް އަރައިލީ އަދިވެސް ހިތް ނުފުރޭތީއެވެ.
”އަހަރެންނަށް ކިޔަނީ ޖައިޝް. ބައިދަވޭ އަހަރެން ނުދަންނަ މީހަކަށް ނުހަދައި. އަހަރެންމީ ގޯސް މީހެއް ނޫން. އަހަރެންގެ ރަނގަޅު ކަމުން ތިކުއްޖާގެ ވެއްޓިފައި އޮތް ފައިލުވެސް މި ދެއްކީ. ކޭން ވީ ބީ ފްރެންޑްސް؟”
ރީޝް ހިނދުކޮޅަކަށް ވިސްނާލިއެވެ. ޖައިޝްގެ ރައްޓެއްސަކަށް އޭނާ ވާން ވީ ހެއްޔެވެ؟ ނޫނީ ނޫނެކޭ ބުނެ އެތަނުން ދާން ވީ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އޭނާއަކީ ފޮނި މީހެއްކަމަށް ޖައިޝް ދެކޭނެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
”އައިމް ރީޝް. ޔަހް އޯކޭ. އެންޑް ތޭންކްސް އަ ލޮޓް. މިއަދު ޖައިޝް މި ފައިލު ނުދިން ނަމަ އަހަރެންގެ މަސައްކަތްތައް ފެނަށް ދާނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ހިތުގައި ޖައިޝްއަށް ކުޅެން ފެށި ރާގަށް ރީޝްއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން ޖައިޝްގެ ރައްޓެއްސަކަށް ވުމަށް ރީޝް އާބަސް ބުނީއެވެ.
ސިފައާ އެއްވަރަށް ނަންވެސް ރީއްޗޭ ޖައިޝްގެ ހިތަށް އަރަމުން ދިޔައެވެ. އަދި ރީޝްގެ ރައްޓެއްސަކަށް އޭނާއަށް ވެވުމުން އޭނާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ”ހިނގަދާން. އަހަރެންނާއެކު. އަހަރެންވެސް މަސައްކަތް ކުރަނީ ރީޝް މަސައްކަތް ކުރާ ތި އޮފީހުގަ. މިއަދު މި ފަސްޓް ޑޭ.”
ޖައިޝްގެ ކޮންމެ އަމަލަކަށް ރީޝްގެ ހިތް ލެބެމުން ދިޔައެވެ. ”އަހަރެންމީ ފިރިހެނުންގެ ސައިކަލު ފަހަތަށް އަރައި އުޅޭމީހެއް ނޫން. އެކަމު ވެސް.. ހިނގާ. ބާކީ ތިން މިނެޓް.” ގަޑި ޖެހެން ގިނަ ވަގުތު އޮތް ނަމަ ރީޝް ޖައިޝްގެ ސައިކަލު ފަހަތަށް ނާރާނެކަން ޔަގީނެވެ. ނަމަވެސް ހިނގާފައި ދާނެ ވަގުތު ނެތުމުން ރީޝް އެންމެ ފަހުން ގޮސް ޖައިޝްގެ ސައިކަލު ފަހަތަށް އަރައިލިއެވެ. އަދި ނިކަން މަޑުމަޑުން އިނެލިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މަޑުމަޑުން އިން ނަމަވެސް ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައީ ދެމީހުންގެ ހިތުގައި އުފެދިފައިވި ލޯބި ކުރިލާ ހެދި ދެމީހުންގެ ނަންވެސް ލޯބިވެރިންގެ ލިސްޓްގެ އެންމެ ކުރިއަށް އަރަމުންނެވެ. ޖައިޝްގެ ފަރާތުން ރީޝްއަށް ލިބެމުން ދިޔަ އޯގާތެރިކަމާއި ލޯބީގެ ސަބަބުން އެންމެ ހިނދުކޮޅަކަށްވެސް ރީޝްގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އަބަދުވެސް ތުންފަތުގެ ދެމިޔަކަން ކަންފަތާ ހަމައަށް ދަމައިލައިގެން ދާހާ ކޮންމެ ތަނަކަށް ރީޝް ދަނީ އަބަދުވެސް ޖައިޝްގެ ފަރާތުން ފަނޑުވުމެއް ނެތި އެލޯބި ލިބޭނެކަމަށް ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
ދެމީހުންގެ ކައިވެނީގެ ގޮށް ބުރާސްފަތި ދުވަހެއްގައި ޖަހައިލެވުނު އިރު ރީޝްއަށް ލިބިގެން ދިޔަ އުފާ ބަޔާން ކުރަންވެސް ދައްޗެވެ. ޖައިޝްގެ ހައްގަކަށް މުޅި އުމުރަށް ރީޝް ހަދައިލެވުމުން އޭނާގެ ހިތް އުފަލުން ތެޅި ފޮޅެމުން ދިޔައިރު ހިތުގައިވި ކޮންމެ ނާރެއްވެސް ދިޔައީ އެއުފަލުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ.
ކައިވެނީގެ ސަބަބުން ޖައިޝްގެ ފަރާތުން ރީޝްއަށް ލިބިގެން ދިޔަ ލޯބި ހަގުނަ ވެގެން ދިޔައެވެ. މީން ދުވަހަކުވެސް މީހެއްގެ ފަރާތުން ލިބިފައި ނުވާ ލޯތްބަކާ އޯގާތެރިކަން ރީޝްއަށް ލިބެމުން ދިޔައިރު ޖައިޝްގެ މަންމައާއި ބައްޕަވެސް ރީޝްއަށް އެހައި ހެވެވެ. އޭނާގެ މައިންބައިންނެކޭ އެއްވެސް ތަފާތެއް ނެތޭ ރީޝްގެ ހިތަށް ކޮންމެ ދުވަހަކު އަރަމުން ދެއެވެ.
ޖައިޝްއަށް ރީޝްގެ ފަރާތުން ލިބެމުން ދިޔަ ލޯބިންނާއި އަޅާލުމުން ޖައިޝްގެ ހިތަށް ހަމަޖެހުމެއް ގެނެސްދީފައިވެއެވެ. އެންމެ ހިނދުކޮޅަކަށްވެސް ރީޝްއާ ދުރުގައިވުމަށް އެހިތް ނޭދޭއިރު އަބަދުވެސް އެދެމުން ދިޔައީ ރީޝް ގާތުގައި ވުމަށެވެ.
ކައިވެންޏަށް ހަމަސްވެގެން ދިޔައިރު ރީޝް އިނީ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އެކަމުގެ ސަބަބުން ޖައިޝްގެ ފަރާތުން ލިބެން ފެށި އަޅާލުމާއި އޯގާތެރިކަން އިތުރަށް އިތުރުވެ ރީޝްގެ ހިތްވެސް ފަޅައިގެންދާ ވަރުވިއެވެ.
ނަމަވެސް ޖައިޝްގެ އުޅުމަށް ބަދަލު އަންނަން ފެށީ ރީޝް ވިހައިގެން އޮފީހުން ކެނޑުނު ހިސާބުންނެވެ. އޭރުވެސް ޖައިޝް އޮފީހަށް މެދުކެނޑުމެއް ނެތި ދަމުން ދިޔައިރު އެކަމަށް ނުހަނު ފަރުވާ ބަހައްޓަން ފެށިއެވެ. ޝިޒާއަށް ދެމަސްވެގެން ދިޔައިރު ޖައިޝް ގެޔަށް އައުން ލަސްވެގެން ދިޔައެވެ. ގަޑިން ދިހައެއް އެގާރަ ޖަހާއިރު ގެޔަށް އަންނަމުން ދިޔައިރު ޖައިޝްގެ ފަރާތުން ރީޝްއަށް ލިބެމުން ދިޔަ ހަހަރުވެތި ލޯބި ފަނޑުވެގެން ދިޔައެވެ. އެ ލޭފަވެތި ފިރުމުންތައް މަދުވެގެން ދިޔައެވެ. އެހެންނަމަވެސް ރީޝް އޭނާގެ އުންމީދު ކަނޑައެއް ނުލައިއެވެ. ޝަކުވާއެއް ނުކުރެއެވެ.
އޮފީހުގައި ބިޒީ ދުވަސް ދުވަސް ވެސް އަންނާނެކަން ރީޝްއަށް އެނގެއެވެ. އަދި އެދުވަސް ތަކުގައި އެމީހުންނަށް ވަގުތު ދެވޭލެއް މަދުވާނެކަންވެސް ރީޝްއަށް އެނގެއެވެ. ނަމަވެސް ރީޝްއަށް ހިތާމައެއް ލިބިގެން ދިޔައީ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ޖައިޝްގެ އެ ބިޒީކަމަށް ބަދަލެއް ނާންނާތީއެވެ. އެމީހުންނަށް ވަގުތު ނުދެވޭތީއެވެ. އަޅާނުލެވޭތީއެވެ. ރީޝްގެ އުންމީދުތައް ފުޑުފުޑުވާން ފެށިއެވެ. ދެކެމުން އައި ހުވަފެންތައް ފެނަށް ވެގެން ދާން ފެށިއެވެ. ބައްޕައެއްގެ ލޯބި ފުރިހަމަ ގޮތުގައި ލިބެމުން ނުދާ ހާލު ޝިޒާ ބޮޑުވަމުން އައީ ގިނަ ދުވަސް ދުވަހު ޖައިޝް ނުވެސް ދެކިއެވެ.
ޖައިޝްއަށް ކޮންމެ ގޮތެއްވެސް ވަރިހަމަ އީ ކަންނޭނގެއެވެ. ރީޝްއާ ޝިޒާއަށް ވުރެ ޖައިޝްއަށް މުހިންމީ އެކުވެރިންނެވެ. އޭނާގެ ‘އޮފީސްމޭޓު’ ންނެވެ. ޝިޒާއަށް ބައްޕައެއްގެ ލޯބި ބޭނުންވާނެ ކަމެއްވެސް ޖައިޝްއަށް ނޭނގެނީ ކަންނޭނގެއެވެ. ކުރިން ރީޝްއަށް ދެމުން އައި ލޯބި އަދިވެސް ބޭނުންވާނެ ކަން ނޭނގެނީ ކަންނޭނގެއެވެ.
___
ރީޝްއަށް އޭނާގެ މާޒީގެ ޑައިރީ ލައްޕާލަން ޖެހުނީ ނޭފަތް ތިރީގައި އެއްޗެއް ޖެހުމުންނެވެ. ހަމަބިމަށް އާދެވުނު އިރު އޭނާގެ ކުރިމަތީގައި ޖައިޝް އިންއިރު އަތުގައި އޮތް ޓިޝޫން ދިޔައީ އޭނާގެ ނޭފަތު ތިރީގައި ކާއްތާލަމުންނެވެ. ކަންވީ ގޮތް ރަނގަޅަށް އެނގުމުން ރީޝް އަވަހަށް ޖައިޝްގެ އަތުން ޓިޝޫ އަތުލައި އަމިއްލައަށް ފުހެން ފެށިއެވެ.
”ރީޝް . ކޮންހާ ލެޔެއް؟ ބަލީތަ؟”
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







6 aharu kuri eh noon tha innaany
salaam all.
unmeedhu kuran mi bai vs kamudhaane kamah.. and mi part ga nafu ah vr vr vr bodu mistake eh hedhifa ebaan.. ~6 aharu fas~ dhw eyny liyevifa. aslu rangalhu gothaky ~6 aharu kuri~. nafu ah rangalhah balaanulevi eyndhee..
vr vr vr vr bodah shukuriyaa kiyuntherin thidhehvaa supportah.. adhi ehves medhu kendumeh nethi konme part akah comment kuraa kudhinnah bunelan othy vr vr vr vr vr vr vr vr vr vr vr bodah shukuriyyaa ey. thigothugai nafu ah support kuran hunnahcheh..
have a nice day. dhn oi bai vs vr avahah kiyaalan libeyne.
stay safe. ly. thank u
Masha allah vrh reethi
thanks a lot fathima
MaShaaAllah mibai vs hama best
thanks a lot scarlet
Maashaa Allah V v v Salhi…. Adhikiriyaa tha Jaish ah egunee anhenun balive ulheykan…… But I feel hope now that he was helping her… ?????BTW v v v v reethi☺️☺️☺️☺️☺️
Keep up with the good work..
Love you… ❤️❤️❤️❤️❤️❤️❤️❤️
thanks a lot bluebird.. hmm adhi kiriyaa jaishah ekan vs einguny.. hehe.. once again thank u soo much.. lym
wowwwww????
speechless????
varah varah reethi mi bai vx????
masha allah????
nd vrh curious vehjje????
can’t wait to read nxt????
and when next sis????
LYSM SISS????
STAY SAFE SISS❤️❤️❤️❤️
thanks a lot kairaa.. thank u soo much.. u too stay safe.. lym
Hama iraa ingey… ragalhuvaany reesh bodah balikohlihyaa..eyrun JAISH ah visnidhaane thoahcheh???btw its osum hama… v iraa… bst of luck… comme t nukuroyas kiyan in sha allah gavaidhun… bxy with skl stuffs????… aneh prt v avahah kiyaalan libeynekamah ummydhukuran.. stay home stay safe..?????
hehe.. thanks a lot laalu.. aslu vs dhw.. vaguthu faaithuvaa fahun viya visneyny.. alheyy thank u soooo much inge.. vr ufaavehjje commenteh kohlyma. unmeedhu kuran comment nukuriyas nafu ge vaahaka thah kiyaalaane kamah.. ya sch hulhuvunyma dhn jeheyni vaahaka ah vure sch kanthakaa ulhen.. u too.. stay safe
Alheyyy varah imotional mi part?☺️
Varah varah reethi….neynge hama bunaane ehcheh vc??
Masha allah???
Curiously waiting for the next partt???
Ly sis….stay safe???
thanks a lot lamko.. it means a lot.. lym.. u too stay safe
thanks hmm dear faahaga kohla dhinythy.. ethankolhu eyyi nafu ah vs nufeni in thankolheh.. aslu hama dear thibuni gothah ethanugaa innaani 6 aharu kuri..