Skip to content
އެސްފިޔަ

އައިނާ (2) 6

ހަވަނަބައި

އިސްރާ މިހެން ބުނުމުން ހިޝާން ބަލާލީ ދުރުގައި ރީތި ހިނިތުން ވުމެއް ދީގެން އިން އައިނާ އަށެވެ. “ނޭނގޭނެ..” ހިޝާން ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. ހުރިހާ ވާޙަކައެއްވެސް ކިޔައިދިން އިރު ވެސް އެކުއްޖެއްގެ ނަން ހިޝާން ނުބުނެއެވެ. އެއީ އައިނާ އޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ.

***

އިސްރާ ހިޝާންގެ ބޮލުގައި ފިރުމާލައިފައި ތެދުވެގެން ދިޔައެވެ. އިސްރާ އެތަނުން ތެދުވީ ފިކުރު ބޮޑުވެފައި އިނދެއެވެ. އެތަނުން އިސްރާ ދިޔައީ ޔަޤީން ކޮށްފައެވެ. މޫނުމަތިން އުފާވެރިކަމާއި ކަންބޮޑުވުން ވެސް ފެނުނެވެ. ހިނިތުންވުމެއް ގެންނަމުން އިސްރާ ގޮސް އެންމެން ކައިރީ އިށީނެވެ.

ގެއިން އެންމެން ހުސްވި އިރު އިރު އޮއްސެނީ އެވެ. ދަތުރު ވަރުބަލިކަން ފިލުވާލަން އިސްރާ ވަނީ ކޮޓަރިއަށެވެ. ދެން ހޭލެވުނީ ނުވައެއް ޖަހަނި ކޮށެވެ. އޭރު އަނީލް ކޮޓަރިއަށް ވަންނަނީއެވެ. “ހޭލެވުނީތަ ޑާރްލިން….” އަނީލްގެ އެކަހަލަ ކުދި ކުދި ސަމާސާ ތަކުން އިސްރާ އަށް ސިފަވަނީ އެދެމީހުންގެ ޅައިރެވެ.

އިސްރާ ނަމާދު ކޮށްލައިގެން ތިރއަށް ދިޔައިރު ދެބަފައިން ވެގެން ކާތަކެއްޗައް އޯޑަރުދީގެން ފޯރީގައި ކެރަމް ބޯޑު ކުޅެނީއެވެ. އެއްފަހަރު އައިނާ މޮޅުވިއްޔާ އަނެއް ދެފަހަރު މޮޅުވަނީ އަނީލް އެވެ. އިރުކޮޅެއް ނުވެ ކާތަކެތިވެސް އައެވެ.

ކެއި ގަޑީގައި އައިނާ އިންނަނީ ގިނަފަހަރު ޚިޔާލަކަށް ގެއްލިފައެވެ. “އަނާ.. ހާދަ މޫޑީ ވެފަ..؟” އައިނާ މާމަޑުން ހުންނަކަން އަނީލް އަށް ފާހަގަ ވެގެން އަހާލިއެވެ. އައިނާ ގަދަކަމުން މޫނުމައްޗައް ހިނިތުން ވުމެއް ވެރިކުރުވަމުން ނޫނެކޭ ބުނެލިއެވެ. މިހުރިހާ ކަމެއް އިސްރާ ދިޔައީ ގާތުން ބަލަމުންނެވެ.

ޖެހިގެން އައި ރޭގައި އިސްރާ ވަތް އިރު އައިނާ އޮތީ އާދައިގެ މަތިން ޚިޔާލެއްގައެވެ. “އައިނާ އަދިވެސް ނުނިދަންތަ..؟ މާދަން ސްކޫލަށް ވެސް ދާންޖެހެއެއްނު..” އިސްރާ އައިނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަންމާ.. ކީއްވެތަ އޭނަ ފެންނަ އިރަށް އޮޑުވެފައި ނުފެނުނީމައިވެސް އޮޑުވަނީ..؟ ވާހަކަ ދެއްކީމައިވެސް އޮޑުވޭ.. ނުދެއްކީމައިވެސް އޮޑުވޭ.. އަނެއްކާ ހިތް ހީވަނީ މޭކަށިގަނޑު ފަޅާފަ ނިކުމެދާނެހެން.. ދެން މަންމަ ބުނެބަލަ އަޅެ.. އަހަރެން ކީއްކުރަންވީ..؟” އައިނާ އިސްރާ ކޮނޑުގައި ބޯއަޅާލައިފައި އިސްރާގެ ބަނޑުގައި ފިރުމަމުން ބުނެލިއެވެ.

އައިނާގެ ވާހަކަ އިން އެދެއްކީ ފިރިހިން ކުއްޖެއްގެ ވާޙަކަ ކަން އިނގުނެވެ. އިސްރާގެ މޫނުމަތިން ކުޑަކޮށް މާޔޫސްކަން ވެރިވިއެވެ. ނަމަވެސް އެކަން ފޮރުވާލަމުން ހިނިތުން ވެލާފައި ބުނެލިއެވެ. “އެކީއްވެގެންނޭ އެހެން ވަނީ..” އިސްރާ އަހާލިއެވެ.

“ނޭނގެ.. ފެންނަ ހިސާބުގައި އުޅެންޏާ ބަލާލަން ވެސް ބިރުގަނޭ.. ހަތަރުކަޅި ހަމަކުރަން ނުކެރެނީ.. އެކަމު ނުފެންނަންޏާ ކޮބާތީވެސް ހޯދޭ.. އަބަދު ކައިރީގައި އުޅެންޏާ އަހަރެންނަށް ވާހަކަ ވެސް ދައްކަން ލަދުގަނޭ.. އެއްދުވަހު އާޝި ދައްތަ ބުނެގެން ޓިއުޝަނަށް ލާން ދިޔައީ ކާރުގަ.. ނޭނގެ ހިތްތެޅޭ އަޑު ނީވޭ ކަމެއްވެސް..” އައިނާ މަޑުން އޮވެ ހުރިހާ ވާހަކަ އެއް ދައްކާ ނިންމާލީ އަމިއްލަ އަށް ނަން ނުބުންޏަސް ބޭޒާރު ވެނިމިގެންނެވެ.

އެކޮޓަރިން އިސްރާ ނިކުމެގެން ދިޔައީ ފުޅާ ހިނިތުން ވުމަކާ އެކީއެވެ. އެބޮލުތެރޭގައި އެނބުރޭ ކަމެއް އެނގޭނީ އިސްރާގެ އިތުރުން ހެއްދެވި ފަރާތަށެވެ. ކޮޓަރި އަށް ވަތްތަނުން އަނީލް ގޮވާލިއެވެ. “ހާދަ އުފާވެފަ..” އިސްރާ ގޮސް އަނީލް ގާތު އޮށޯވެލުމުން އަނީލް އަހާލިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ..؟” އިސްރާ ސީރިއަސް މޫޑެއްގައި ބުނެލިއެވެ. “އަހާބަލަ..” އަނީލް އިސްރާގެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ. “އަނީލް ހިޝާން އަށް ކިހާވަރަކަށް އިތުބާރު ކުރަންތަ..؟” އިސްރާ އެހި ސުވާލަކުން އަނީލް އަށް ކުޑަކޮށް ސިހުން ލިބުނަސް އެއްވެސް ފިކުރެއްނެތި ބުނެލިއެވެ. “އައިނާ އާއި އެހެން ކުދިންނަށް ކުރާ އިތުބާރު އަހަރެން ހަމަ ހިޝާން އަށް ވެސް ކުރަން..” “މުޅި އުމުރަށް އައިނާ ހިޝާން އާއި ޙަވާލު ކުރާހާ އިތުބާރު ކުރަންތަ..؟” އިސްރާ މިފަހަރު އެހި ސުވާލަކުން ހަމަ ރަނގަޅަށް ވެސް އަނީލް ސިއްސުވާލިއެވެ. އަދި ވަގުތުން އިސްރާގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. “އާނ..” މިފަހަރުވެސް އަނީލް ވަރަށް ޔަޤީން ކަމާއެކު ބުނެލިއެވެ.

“އަނެއްކާ ކޮންކަމަކާތަ ތި ވިސްނަނީ.. އަހަރެންނަށް އެނގޭ ތި ސިކުނޑީ ތެރޭގައި ކޮންމެވެސް ކަމެއް އެބަ އެނބުރޭކަން.. އަނެއްކާ އެހެންޏާ ނުކުރާކަހަލަ ސުވާލު ތި ކުރަނީ.. އަނެއްކާ ކިހިނެތްވީ.. ބުނެބަލަ އިރާ..” އަނީލް އަހާލިއެވެ.

“އަނީލް… އައިނާ އެން.. ހިޝާން…..” ލަސްލަހުން މިހެން ކިޔާފައި އިސްރާ ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ހުއްޓާލީ އަނީލް އަށް ވިސްނޭނެ ފަދައަކުން ބަސްތައް އަތުރާލާފައެވެ. “ވަޓް.. އާރ ޔޫ ސީރިއަސް އިރާ.. އަސްލު ވެސްތަ.. ދެމީހުންނާއި ވާޙަކަ ދެއްކީ އެހެންވެ ދޯ..؟ ތިއްތިބެ ކައިރީ މާދަން……” އިސްރާ އަނީލްގެ އަތުގައި ހިފާލިއެވެ. “ކިހިނެތްވީ.. އިރާ..” އަނީލް އިސްރާ އަށް ބަލާލަމުން ބުނެލިއެވެ.

އިސްރާ ދެފަރާތައް ބޯހޫރުވާލިއެވެ. “ނޯ؟؟!! ޔޫ މީން.. އެދެމީހުން ޖެހިލުން ވަނީ އޭ..!!” އަނީލް ސުވާލުގެ ނަޒަރަކުން އިސްރާ އަށް ބަލާލިއެވެ. “އައިނާ އަށް އަދި ރިއަލައިޒް ވެސް ނުވޭ…” އިސްރާ މިހެން ކިޔާފައި އޮށޯވެލިއެވެ. “އެންން.. އެދެމީހުންގެ މައްޗައް އެކަން ދޫކޮށްލާ.. އައި ނޯ… އަނީލް މަސައްކަތް ކުރާނެކަން.. ސޯ.. މާކުރިން މިހެން މިބުނެލީ..”

އިސްރާ ހިނިތުން ވުމަކާއެކީ މިހެން ކިޔާފައި އުނަގަނޑާ ހަމައަށް ކުއިލްޓް އަޅާލިއެވެ. ދެލޯމަރާލީ ނިދީގެ އަރާމުކަމަށް ގެނބެން ބޭނުންވި ވަރުންނެވެ. އަނީލްވެސް ލައިޓް ނިއްވާލައިފައި ނިދާ ބޮކީގެ އައްޔައް ކޮޓަރި ބަދަލުކޮށްލިއެވެ. އަދި އިސްރާގާތު އޮށޯވެފައި ނިދޭތޯ މަސައްކަތް ކުރިއެވެ.

***

އައިނާ އާއި އަޝްހާ ތިބީ ސްކޫލް ސްޓަޑީ ޕާކުގައި އެވެ. ދެމީހުންގެވެސް ހުސްގަޑި އަކާ ދިމާވީ އެއް ވަގުތެކެވެ. ބެންޗެއްގެ ދަށުގައި އިށީންދެގެން ތިބީ އޮލަ ވާހަކަ އެއްގައެވެ. “އަޝޫ.. ހިނގާބަ ބައްޕަމެން ކައިރީ ބުނެގެން ދަތުރެއް ދާން.. މިހާރު އެކަހަލަ ތަނަކަށް ވެސް ނުދެވޭ ވިއްޔާ..” އައިނާ އަޝްހާ ކައިރީ މިހެން ބުނެލިއެވެ.

“އާނ.. އެބުނާހެންވެސް ތެދެކޭ.. އަނާ ގޮސް ބުނޭ ދޮންބެ ކައިރީ..” އަޝްހާ ވެސް ދާހިތް ވާވަރުން ބުނެލިއެވެ. “އޭއި.. ބުނައްޗޭ..” އަޝްހާގެ ގަޑި ޖެހުމުން އެނބުރި ކުލާހަށް ދަމުން ބުނެލިއެވެ.

***

ޖެހިގެން އަންނަ ހޮނިހިރު ދުވަހު ހުރިހާ އެންމެން ދާގޮތައް ކައިރީގައި އޮތް ދަތުރުދާ ރަށަކަށް ދާން އަނީލް ލާންޗާއި އެއްޗެހި ހަމަ ޖެއްސިއެވެ. މިކަމާ އެންމެ އުފާވީ އަޝްހާ އާއި އައިނާ އެވެ.

***

ހޮނިހިރު ދުވަހެވެ. ހެނދުނު ހައެއް ޖެހިއިރު ކްރިސްޓަލްގޭ އާއިލާ ހުރިހާ މެންބަރުން ތިބީ ލާންޗު ކައިރީގައެވެ. އެންމެ ފަހުވަގުތު ހައިފާ އަށް ނުދެވުމުން ހުރިހާ އެންމެން ވެސް ތިބީ މޫޑު ގެއްލިފައެވެ. ނަމަވެސް ލާންޗު ކައިރިއަށް އެއްޗެހި ހިފައި ގެން އައުމުން މަޑުމަޑުން މޫޑު ރަނގަޅުވަމުން ދިޔައެވެ.

“އަޝޫ އަދިވެސް ދެލޯ ނުހުޅެ ވޭތަ…” އައިނާ އަޝްހާ ގެ މޫނަށް ބަލާލާފައި އަހާލިއެވެ. “ވަރަށް ނިދި އާދޭ އެބަ..” އަޝްހާ އާފުރެން ފެށުމުން އަނގަމަތީގައި އަޓް އަޅާލިއެވެ. “އެހެނޭ ވާނީ… ރޭގަނޑޫ ނުނިދަންޏާ..” އައިނާ އަޝްހާގެ ގައިގައި ޖަހާލަމުން ބުނެލިއެވެ.

“މިގޭގެ ކުދިންތައް ބޮޑު ވީމައި ނުތިބޭ ދޯ ވެލިކުޅޭނެ ކުއްޖެއް ވެސް..” މަރިއަމް ބުނެލިއެވެ. “އަރުޝް އޭނީއެއްނު އަރުޝް..” އާޝިޔާގެ އުރުގައި އިން އަރުޝް އަށް އިޝާރާތް ކުރަމުން އަޝްހާ ބުނެލިއެވެ. “އަރުޝް އެކަނިއެއްނު.. އެހެނޭ މިކިޔަނީ..” މަރިއަމް ބުނެލިއެވެ. “މަންމާ… ހާދަ ހާސްވަނީ.. މިގޭ ހުރިހާ އެންމެން ބޮޑެތި ވާއިރު ވެސް ބޮޑު ނުވާ ބޭބީ އެއް އިންނާނެ އެއްނު.. ހާސްކަނޑާލަބަ.. އަޝޫ ހުންނާނޭ އަރުޝް އާއި ޖޮއިންވެ ވެލި ކުޅެން..” ހިޝާން މަޖާ ވެލާފައި އެހެން ބުނެލީ ނިދި އައިސްފައި އިން އަޝްހާ ރުޅި އަރުވާލަން ވެގެންނެވެ.

“ދެން ހިޝާން ބޭ.. ވަރަށް ފޫހިވޭ..” އަޝްހާ މިހެން ބުނުމުން އިވުނީ ހުރިހާ އެންމެންގެ ހުނުމުގެ އަޑެވެ. މަޑު މަޑުން ދަތުރުގެ ފޯރި އައެވެ. ލާންޗައް އަރައިގެން ނައްޓާލިއިރު ހަގަޑި ދިހައެއް ވަނީ އެވެ.

ފަނަރަ ވަރަކަށް މިނިޓު ތެރޭގައި ދާން ބޭނުންވާ ރަށައް ދެވުނެވެ. އިސްރާ ފައިބަން އެހީތެރިވާ އަނީލް އުޅުނެވެ. އައިނާ އާއި އަޝްހާ ގޮސް ހިޔާގަނޑައް ވަނެވެ. ދަބަސް ހާވާލަމުން ނެގީ ސަން ލޯޝަން ފުޅިއެވެ. އަދި އަތު ކުރި އާއި މޫނުގަޔާއި އަދި ފައިތިލައިގައި ވެސް ސަން ލޯޝަން އުނގުޅާލިއެވެ.

ދުރުގައި އިން ހިޝާން އައިނާ އަށް ބަލާލިއެވެ. ލައިގެން އިން ކަޅުކުލައިގެ ހަރުވާޅާއި ކަކުލާ ހަމައަށް އަރާ ފެހިކުލައިގެ ހެދުމެއްގައި އައިނާ ފެންނަނީ ވަރަށް ރީތި ކޮށެވެ. ބުޅި އިސްތަށިގަނޑު އޮތީ ވޫލު ކޮޅަކުން އައްސާލާފައެވެ.

އައިނާ ލޯޝަން އުނގުޅާލައިފައި ފުޅި ދަބަސް ތެރެއަށް ލިއެވެ. އަދި އަވި އައިނު ނަގާ ލޮލުގައި ހެޔޮވަރު ކޮށްލާފައި ފޯނު އަތައް ހެޔޮވަރު ކޮށްލީ ރަށުގެ ރީތި ފޮޓޯ އެއް ނަގާށެވެ. ފޯނު ނަގާފައި ފަރާތް ފަރާތައް ބަލާލީ ލޯ ދުށުމަށް އެދޭ ފަރާތް ފެނޭތޯއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Faiherrr??

    This part is also very nice. Hama awesome. ???❤️❤️❤️❤️❤️❤️???????????????take care. Be safe. Love you

    1. A aaR
      Faiherrr??

      Jazaakallah khairan faiherr.. Tc n lyt

  2. Faiherrr??

    And one more point you are my favourite writer ❤️❤️❤️??

    1. A aaR
      Faiherrr??

      Jazaakallah khairan ?❤️❤️

  3. Haishamm

    Kaley thy kaaku tha adhi eiy magey favourite writer not yours. ??????

  4. ?Ril?

    Mi part ves varah Sali …..
    Masha Allah..????
    Waiting for the next….❤️❤️❤️??

    1. A aaR
      ?Ril?

      Jazaakallah khairan ril.. ?

  5. Faiherrr??

    A aar y not replying comments. I am so sad. ??????????????????

    1. A aaR
      Faiherrr??

      Sorry faiherr dear.. Half night akah falhu rashakah dhiya ee ma vagutheh nulibunu.. Adhi kiriya mi enguny vx upload vi kan vx.. Once again sorry ??

  6. A aaR

    Miothy mibai vx up vefa.. Nxt prt hendhunun submit kohlaanan??❤️ stay safe.. Tc.. Gud night

  7. Bluebird

    Maashaa Allah V v v Salhi….. ❤️❤️❤️???❤️❤️❤️???❤️❤️❤️???❤️❤️❤️???❤️❤️❤️???
    I like it ??????
    Keep it up ?????
    Love you ???????????
    TC ??????

    1. A aaR
      Bluebird

      Jazaakallah khairan blue bird ? Lyt tc

  8. 16 SHABAKKO 7

    Hama reethee ???

Comments are closed.