ވަޝައިގެން ވަނީ އުފާވެރިކަމުގެ މާހައުލެކެވެ. އެއްބައި ވަންތަކަމާ އެކުވެރިކަން ފެނިގެންދަނީ ކުރިމަތީ ހިނގަމުން ދިޔަ ގޮމަ ގުރޫޕުގެ ފަރި ނެށުމަށެވެ. އެތާ އިށީންދެގެން އިން ލިވްޔާގެ މޫނުގައިވެސް ވަނީ ރީތި އަދި ފަރި ހިނިތުންވެލުމެކެވެ. ލިވްޔާ އަކީ ދިގު މުށި އިސްތަށި ގަނޑެށް އޮންނަ ދިގު ކުއްޖެކެވެ. ލިވްޔާގެ ލޮލަކީ އެހެންމީހުންނާ އާދަޔާ ޙިލާފަށް މަޑު ނޫ ކުލައެއްގެ ކަޅިއެއް ހުންނަ ކުއްޖެކެވެ. ލިވްޔާ ވެސް އެހެންމީހުންނާ އެއްވަރަށް އުފަލުގައި އަތް ޖަހަމުން ގެންދިއައެވެ. އިރުކޮޅަކުން ލިވްޔާގެ […]