ހުވަފެން
ވަޝައިގެން ވަނީ އުފާވެރިކަމުގެ މާހައުލެކެވެ. އެއްބައި ވަންތަކަމާ އެކުވެރިކަން ފެނިގެންދަނީ ކުރިމަތީ ހިނގަމުން ދިޔަ ގޮމަ ގުރޫޕުގެ ފަރި ނެށުމަށެވެ. އެތާ އިށީންދެގެން އިން ލިވްޔާގެ މޫނުގައިވެސް ވަނީ ރީތި އަދި ފަރި ހިނިތުންވެލުމެކެވެ. ލިވްޔާ އަކީ ދިގު މުށި އިސްތަށި ގަނޑެށް އޮންނަ ދިގު ކުއްޖެކެވެ. ލިވްޔާގެ ލޮލަކީ އެހެންމީހުންނާ އާދަޔާ ޙިލާފަށް މަޑު ނޫ ކުލައެއްގެ ކަޅިއެއް ހުންނަ ކުއްޖެކެވެ. ލިވްޔާ ވެސް އެހެންމީހުންނާ އެއްވަރަށް އުފަލުގައި އަތް ޖަހަމުން ގެންދިއައެވެ.
އިރުކޮޅަކުން ލިވްޔާގެ ފޯނު ރިންގުވާ އަޑުއިވުނެވެ. ލިވްޔާ ފޯނު ނަގާ ބަލާލިއެވެ. އެއީ ލިވްޔާގެ ދޮންބެ ނާއިޝްއެވެ. ” ހަލޯ.” ލިވްޔާ ފޯނަށް ޖަވާބުދިނެވެ. ” އާދޭ ރެސްޓޯރެންޓަށް.” ނާއިޝް ބުނެލިއެވެ. ” އާނ. މިދަނީ.” ލިވްޔާ ޖަވާބު ދިނެވެ. ލިވްޔާ ގޮނޑިން ތެދުވެފައި ހިނގައިގަތީ އެ ރަށުގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ ލިލީ ގާރޑަންއަށެވެ. ރެސްޓޯރެންޓަށް ދެވުމުން ލިވްޔާ ވަށައިގެން ބަލާލީ ދޮންބެ ކޮބައިތޯއެވެ. ނާއިޝް އެތާ ނެތުމުން ލިވްޔާ ބޭރަށް ނުކުތެވެ.
ފޯނުނަގައި ލިވްޔާ ނާއިޝްއަށް ގުޅާލިއެވެ. ” ހަލޯ.” ނާއިޝް ޖަވާބުދިނެވެ. ” ދޮންބެ ކޮންތާކުތަތީނީ؟” ލިވްޔާ ސުވާލު ކުރިއެވެ. ” މީނީ ފްރާންސް ކެފޭގަ. ކިހިނެއް ވީ؟.” ނާއިޝް ލިވްޔާ ކުރި ސުވާލަށް ޖަވާބު ދިނެވެ. ” މިއޮށް ހުރިހާ އިރު ދޮންބެއަށް މި އިންތިޒާރުކުރީ ލިލީ ގާރޑަންގަ.” ލިވްޔާ ރުޅި އައިއްސަ ހުރެފައި ނާއިޝްއަށް ޖަވާބު ދިނެވެ. ނާއިޝް ލިވްޔާ ބުނި ވާހަކައިގެ އަޑު އަހާފާ ހީނގަތެވެ. ” މި ދަނީ ލިވްޔާ ބަލާ.” ނާއިޝް ޖަވާބުދިނެވެ. އިރުކޮޅެއްވީ އިރަށް ނާއިޝް ލިވްޔާ ބަލާއައެވެ.
ކެފޭއަށް ދެވުމުން ލިވްޔާ ނާއިޝްއަށް ސުވާލުކޮށްލިއެވެ.” އަސްލު ދޮންބެ އަޅުގަނޑު މިތަނަށް މިގެނައީ ކީއްކުރަންތަ؟” ނާއިޝް ޖަވާބު ދިނެވެ.” ދޮންބެ ލިވީ މިގެނައީ މާދަމާ ކޮއްކޮ މާލެ ދާތީ.” .” އާނ އަޅުގަނޑު އަދި ތިކަން ހަނދާންނެތޭ.” ލިވްޔާ ބުނެލިއެވެ. “ދެން މިކަން ބަހައްޓާ. ކޯއްޗެއް އޯޑަރު ކުރާނީ؟” ނާއިޝް ލިވްޔާ ކައިރި އަހާލިއެވެ.” މިލްކް ކޮފީއެއް.” ލިވްޔާ ނާއިޝްކައިރި ބުނެލިއެވެ. އިރުކޮޅެއްވީއިރަށް ދެ މީހުންނަށް ވެސް އޯޑަރުކުރި ކޮފީ ލިބުނެވެ. ދެމީހުން އެކީގައި ވާހަކަދައްކަމުން ކޮފީ ހުސް ކޮއްލިއެވެ.” އިހަށް ދޭ ބޭރުގަ މަޑުކޮށްލަން. މި އަންނަނީ ލާރިދައްކައިލާފައި.” ނާއިޝް އެހެން ބުނެލުމުން ލިވްޔާ އާނއެކޭ ބުނެލައިފާ ސައިކަލާ ދިމާލަށް ގޮސް ސައިކަލުގައި އިށީންދެލިއެވެ.
” ހިނގައިދާން.” ނާއިޝް ސައިކަލަށް އަރަމުން ބުނެލިއެވެ.” އާނ.” ލިވްޔާ ޖަވާބުދިނެވެ. ނާއިޝް ސައިކަލު ސްޓާޓް ކޮއްލައިފާ ސައިކަލު ދުއްވާލިއެވެ.” ދޮންބޭ. ހިނގާބަ ދޮންބެ މާދަމާ އަޅުގަނޑާ އެކީ މާލެ ގޮސްލައިފަ އަންނަން.” ލިވްޔާ ސުވާލުކޮށްލިއެވެ.” ދޮންބެ ލިވްޔާއާއި އެކީ ދާން ބޭނުން، އެކަމަކު މާދަމާ ދޮންބެ އޮވޭ ހަވީރު ޑިއުޓީ.” ނާއިޝް ދެރަވެލައިފާ ލިވްޔާ ކުރި ސުވާލަށް ޖަވާބު ދިނެވެ.” ދޮންބެ މާދަމާ އޮންނަނީ ހަވީރު ޑިއުޓީ އެންނު. އެހެން ވެއްޖީއާ ހެނދުނު ގަޑީ ދެވޭނެއެންނު.” ލިވްޔާ ބުނެލިއެވެ.” އެކަމަކު ވަރަށް އުނދަގޫ ވާނެއެއްނު.” ނާއިޝް ބުނެލިއެވެ.” ދެން ޕްލީޒް، ޕްލީޒް، ޕްލީޒް.” ލިވްޔާ ގޮތްދޫނުކޮށް ބުނެލިއެވެ.” ލިވްޔާ ކަމެއް ކުރަން ގަސްތުކޮއްފިއްޔާމު އެކަން ކޮއްފަބަހައްޓާނީ.” ނާއިޝް އާނއެކޭބުނެލިއެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. ލިވްޔާ އާއި ނާއިޝް ނުކުތީ ބަނދަރަށް ދާށެވެ. ނާއިޝް ސައިކަލައް އަރާ ލިވްޔާއަށް ގޮވާލިއެވެ.” ލިވްޔާ ހިނގާދާން، މިހާރުމާލަސްވެސް ވެއްޖެ.” ލިވްޔާ ޖަވާބު ދިނެވެ.” މިދަނީ.” ލިވްޔާ ބޭރަށް ނުކުންނަމުން ޖަވާބު ދިނެވެ. ލިވްޔާ އާއި ނާއިޝް ސާކަލައް އަރާ ނައްޓާލިއެވެ. ލިވްޔާގެ ދަބަސް ކޮނޑުގައި އަޅުވައިގެން ލިވްޔާ ދިޔައީ ލޯންޗުގެ އެންމެ ފަހަތު ސީޓަށެވެ. ފަހަތުން ނާއިޝް ވެސް ލިވްޔާ އާއި އެކީ އައެވެ. ލޯންޗު ނައްޓާލީ ދެމިނެޓުފަހުންނެވެ. ތިން ގަޑި އިރު ފަހުން ލޯންޗު މާލެއަށް ލެފިއެވެ. ލިވްޔާ މާލެ ބަނދަރަށް އަރާ ވަށާ ބަލާލިއެވެ.” ލިވްޔާ.” ފަހަތުން ކުއްޖަކު ގޮވާލި އަޑަށް ލިވްޔާ އަވަހަށް ފަހަތަށް އެނބުރެލިއެވެ.” ނޫރް.” ލިވްޔާ ގޮސް އެ އަންހެން ކުއްޖާ ގައިގާ ބައްދާލިއެވެ. ލިވްޔާ އާއި ނޫރް އަކީ ކުޑައިރު އެކީ ކިޔަވަމުން ގެންދިޔަ ދެ ކުދިންނެވެ. ނަމަވެސް ފަހުން ނޫރްގެ މަންމަވަނީ ނޫރް މާލެއަށް ކިޔަވަން ބަދަލުކޮށްފައެވެ. ދުރުގައި ވީނަމަވެސް ދެމީހުން ދެމީހުނަށް ކޮންމެ ދުވަހަކު ގުޅައި ހަދައެވެ.
” ކާކު ބުނީ އަހަރެ މިކޮޅަށް އަންނަ ވާހަކަ؟” ލިވްޔާ ސުވާލު ކޮށްލިއެވެ.” ދޮންބެ ބުނީ.” ނޫރް ބުނެލިއެވެ. ލިވްޔާ ފަހަތަށް އެނބުރެލައިފާ ނާއިޝް ކައިރި ބުނެލިއެވެ.” ކީއްވެތަ ބުނީ.” ނާއިޝް ބުނެލިއެވެ.” ހަމަޖެހިބަލަ. އޭރުންނެންނު އެ އެޕާރޓްމެންޓް ގަ ލިވްޔާ އަށް ރޫމެއް ތައްޔާރު ކުރެވޭނީ.” ލިވްޔާ މަޑުން ހުއްޓެވެ.” އަޅުގަނޑު އުޅޭނީ ނޫރް އާއި އެކީގަތަ؟” ލިވްޔާ ސުވާލުކުރުމުން ނާއިޝް ބޯޖަހާލިއެވެ. ދެ މީހުން އަތް ގުޅުވާލައިގެން ކާރަށް އެރިއެވެ. އިރު ކޮޅަކުން ކާރު ހުއްޓާލީ މަޗަންގޯޅީގައި ހުރި ޑިލައިޓް ވިލާ ގެ ކުރިމައްޗަށެވެ. ތިން މީހުން ކާރުގަ އިން ޑްރައިވަރަށް ލާރި ދީފަ އެކީގައި ނިކުތެވެ. ލިވްޔާ ބޭރަށް ނިކުމެލައިފާ ގެ ބަލާލިއެވެ. އެގެ އަކީ ތިން ބުރީ އިމާރާތަކަށް ހަދައިފައި އޮންނަ ގެއެކެވެ.” ވާއު.” ލިވްޔާ ހިނިތުން ވެލައިފައި ބުނެލިއެވެ. ނާއިޝް ލިވްޔާގެ ފޮށި ކާރުން ބޭރަށް ނެރެލިއެވެ.” ހިނގާ އެތެރެއަށް ދާން!” ނޫރް ބުނެލިއެވެ.” އާނ.” ލިވްޔާ ޖަވާބު ދިނެވެ.
ތިން މީހުން އެތެރެއަށް ވަދުނެވެ. ފުރަތަމަ ފްލޯރ އަކީ ބައިސްކަލާ، ސައިކަލް ފަދަ ތަކެތި ލާތަނެކެވެ. ލިވްޔާ އަވަހަށް ދުވެލައިފައި މައްޗަށް އެރިއެވެ. ދެވަނަ ފްލޯރ ގައި ކާގެއާއި ސިޓިންގ ރޫމާއި އަދި ބެލްކަންޔެއަވެސް އޮވެއެވެ. ލިވްޔާ ހުރީ މަތީ ފްލޯރ ހުނާނެގޮތެއް ބަލަން އިންތިޒާރުގައެވެ. މައްޗަށް އެރިއިރު ކުރިމަތީގައި ދެ ކޮޓަރި އޮތެވެ. އަދި ދެވަނަ ފްލޯރހެން ބެލްކަންޔެއްވެސް އޮތެވެ.” ވައަތަށް އެއޮއްތީ ލިވްޔާ ކޮޓަރި.” ނޫރް ބުނެލިއެވެ. ލިވްޔާ ގޮސް ނައީޝް އަތުން ފޮށި ނަގާ ކޮޓަރިއަށް ވެއްދިއެވެ. ކޮޓަރީގައި ހުރީ ހެޔޮވަރު ވަރަކަށް ހުރި އެނދަކާ، ކަބަޑަކާ، އަދި ބޮޑު ފާހަނައެކެވެ.
” ނެއްތަ އެއްޗެއް ކާލާކަށް؟. ވަރަށް ބަނޑުހައި.” ލިވްޔާ ބޭރަށް ނިކުމެ ނޫރް ކައިރި އަހާލިއެވެ.” ނޫން ހުންނާނެ އެއްޗެހި ހަދައިފަ. ކާން އަރަން ވީނު.” ނޫރް ޖަވާބު ދިނެވެ. ދެ މީހުން ތިރިއަށް ގޮސް މޭޒު މަތީ ކާން އިޝީން ދުނެވެ.” ކޮބާ ދޮންބެ؟” ލިވްޔާ ދެކޮޅު ބަލާލާފާ ބުނެލިއެވެ.” ހޮޓަލަށޯ މިދަނީކިޔާފަ ގޮއްސި.” ނޫރް ބުނެލިއެވެ.” ހިނގާ ކާން ފަށަން.”ލިވްޔާ އެހެން ބުނެލާފައި މޭޒުމަތީ އޮތް ސޭންޑްވިޗެއް ނަގައި ކާން ފެށިއެވެ. ” ބަނޑުފުރެއްޖެ، ދެނެއް ނުކެވޭނެ.” ލިވްޔާ އިރުކޮޅެއްވީރަށް ބުނެލިއެވެ. ” އެހެން ވެއްޖެއްޔާ ހިނގާ ރެސްޓެއް ނަގައިފަ ބައިސްކަލު ދުއްވަން ދާން؟!” ނޫރް ބުނެލިއެވެ. ލިވްޔާ ނޫރްގެ މޫނަށް ބަލަން ހުރެފައި އާނއެކޭ ބުނެލިއެވެ.” ހިނގާދާން.” ނޫރް އިރުކޮޅަކުން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.” އާނ.” ލިވްޔާ ތެދުވެލާފާ ބުނެލިއެވެ. ދެ މީހުން ހެލްމެޓު ހިފައިގެން ތިރިއަށް ފޭބިއެވެ.” އިނގޭތަ ބައިސްކަލު ދުއްވަން؟” ލިވްޔާ ނޫރް ކައިރި އަހާލިއެވެ.” އާނ. ކީއްވެނޭންގެންވީ؟” ނޫރް ލިވްޔާ ކައިރި ބުނެލައިފާ ބައިސް ކަލަށް އެރިއެވެ.
ދެ މީހުން ބައިސްކަލު ދުއްވައިފައި ދިޔައީ ރަސްފަންނު ކައިރިއަށެވެ.” އެންމެ ފުރަތަމަ ރަސްފަންނު ނިމޭތަނަށް ދެވޭ މީހަކުޖެހޭނެ މިރޭ ކާން ގެންދަން.” ނޫރް ލިވްޔާކައިރި އުފަލުން ބުނެލިއެވެ. ލިވްޔާއެހެން ބުނި އަޑު އަހާފައި ބެލީ ރަސްފަންނު ނިމޭތަނަށް ދެވޭތޯއެވެ. އިރުކޮޅަކުން ލިވްޔާގެ ފޯނު ރިންގުވާން ފެށިއެވެ.” ހަލޯ.” ލިވްޔާ ޖަވާބުދިނެވެ.” ދޮންބެ މިދަނީ ރަށަށް ދާން. ކޮއްކޮ ތީނީ ކޮންތާކުތަ؟” ނާއިޝް ސުވާލުކޮށްލިއެވެ.” މީނީ ރަސްފަންނު ކައިރީގަ. އަވަހަށް އެޕާޓްމަންޓް ކައިރިއަށްދަންތަ؟” ލިވްޔާ ނާއިޝް ކާއިރި ބުނެލިއެވެ.” އޮހޯން މާލަސް ވާނެ.” ނާއިޝް އެހެންބުނެލާފަ ފޯނު ބޭއްވިއެވެ.” ކިހިނެއްވީ؟” ނޫރް ލިވްޔާ ކައިރި އަހާލިއެވެ.” ދޮންބެ މާލެން ފުރާތީވެ.” ލިވްޔާ އެހެން ބުނެލައިފައި އަނެއްކާ އަލުން އަވަހަށް ނިމޭތަނައްދެވޭ ތޯ ބެލިއެވެ. އެކަމަކު އެހާވަރުން ދުއްވީމަވެސް މޮޅުވީ ނޫރްއެވެ.” ކޮބާ، ލިވްޔާ ޖެހޭނެ އަހަންނައް ކާންދޭން.” ނޫރް ލިވްޔާ ދިމާލައް ބުނެލިއެވެ.” އާނ ހެވޭ. ދޭނަމޭ. އެނެއްކާ ޖެހެއެއްނު މާލެ އައީމަވެސް ކާންދޭން. ހިނގާ ގެޔަށް ދާން.” ލިވްޔާ ބައިސްކަލު އެނެއްފަޅިއައް އަނބުރާލައިފާ ނޫރް ކައިރި ބުނެލިއެވެ.
ގެއަށް ދެވުމުން ލިވްޔާ އަވަހަށް ރެޑީވެލިއެވެ. ރެޑީ ވީރު ގަޑިން 8:30 ވަނީއެވެ. އަވަހަށް ނޫރްކައިރި ތައްޔާރުވާން ބުނެފަ ލިވްޔާ ބޭރަށް ނުކުތެވެ. ޓެކްސީ އަކަށް އަރާ ލިވްޔާ ޑައިން އެރޯކައިރިއަށް ދިޔައެވެ. ރެސްޓޯރެންޓަށް ދެވުމުން ލިވްޔާ އެތެރެއަށް ވަދެފައި ނޫރްއަށް ގުޅާލިއެވެ.” ހަލޯ. އާދޭ ޑައިން އެރޯއަށް.” ލިވްޔާ ނޫރް ކައިރި އަންނަން ވީތަން ބުނެފައި ފޯނު ކަނޑާލިއެވެ. އިރުކޮޅެއްވީއިރަށް ނޫރް ދޮރު ކުރިމައްޗަށް އެރިތަން ފަނުމުން ލިވްޔާ ނޫރް ކައިރިއަށް ދިޔައެވެ. ދެ މީހުން އެތާގަ އިން ހުސް މޭޒެއް ކައިރީގައި އިށީނދުނެވެ.” ކޯއްޗެށް އޯޑަރުކުރާނީ؟. އަހަރެ އޯޑަރުކުރާނީ ބީފް ސްޕެގެޓީއެއް.” ލިވްޔާ ނޫރް އަށް ސުވާލުކޮއްލިއެވެ.” އަހަރެވެސް.” ނޫރް ޖަވާބުދިނެވެ. ދެ މީހުން ވެއިޓަރަށް އޯޑަރުދީފާ ވާހަކަދައްކަން ފެށިއެވެ.” މާދަމާ ޖެހެއެންނު ކޮލެޖައްދާން. ހުރިހާ އެއްޗެއް ރެޑީ ކޮށްފިންތަ؟” ނޫރް ސުވާލު ކޮއްލިއެވެ.” އާނ. އެކަމަކު އެހާ އަވަހަށް ދާނީ ކިހިނެއް؟” ލިވްޔާ ކޯކު ތަށި ބޯލައިފާ ނޫރް ކައިރި އަހާލިއެވެ.” ދެވޭނެއޭ. ޖަސްޓްބީ ޕޭޝަންޓް.” ނޫރް ހަމަޖެހިލާފާ ޖަވާބުދިނެވެ. އޯޑަރުކުރި އެތި އައުމުން ލިވްޔާ އާއި ނޫރް ކައި ނިންމައިގެން ގެއަށް ދިޔައެވެ. ގެއަށް ގޮސް ދެ މީހުން ސޯފާގާ އިށީންދުނެވެ.
” އަދި ޖެހޭނެއެއްނު ލާނެ ހެދުންވެސް ޗޫޒްކުރަން؟” ލިވްޔާ ނޫރް ދިމާލަށް ބަލައިލާފާ ބުނެލިއެވެ.” އާނ، ހިނގާދާން. އެކަމަކު ފުރަތަމަ ޖެހޭނީ މަގޭ އެއްޗިހި ޗޫޒްކުރަން.” ދެ މީހުން ތެދުވެގެން ގޮސް ވަދުނީ ނޫރްގެ ކޮޓަރިއަށެވެ. ލިވްޔާ ގޮސް އެ ކޮޓަރި ކަބަޑު ހޮޅުވާލިއެވެ. ކަބަޑު ތެރޭގައިން ރަތް ކުލައިގެ ޓީޝާޓެއްނަގައި ލިވްޔާ ނޫރް ކައިރި އޭތިލާން ބުނެލިއެވެ.” ކޮބައި ތިރިންލާއެތި.” ނޫރް ބުނެލިއެވެ. ލިވްޔާ އިރުކޮޅަކުން ނޫރްގެ ޖިންސުތަކަށް ބަލާލިއެވެ.” އަން މިއޮތީ.” ލިވްޔާ ކަބަޑުތެރެއިން ނޫކުލައިގެ ފަޅާފައިން ޖިންސެއްނަގައި ނޫރް އަތަށް ދެމުން ބުނެލިއެވެ. ނޫރް އަވަހަށް ގޮސް ފާހަނައަށް ވަދެފައި އޭތިލައިގެން ބޭރަށް ނުކުތެވެ.” އެނބުރެލަބަލަ ރަނގަޅަށް ބަލައިލަން.” ލިވްޔާ އުފާވެލައިފާ ބުނެލިއެވެ. ލިވްޔާ އެހެން ބުނެލުމުން ނޫރް އެނބުރެލިއެވެ.” އާނ މީތިލާން ވާނީ.” ލިވްޔާ ތެދުވެލައިފައި ބުނެލިއެވެ.” ހިނގާދާން ލިވްޔާ ކޮޓަރިއަށް.” ނޫރް ކޮޓަރި ދޮރުހޮޅުވާލާފާ ބުނެލިއެވެ. ނޫރްގެ ފަހަތުން ލިވްޔާވެސް ހިނގާގަތެވެ.
” ކޮބާ ހެދުންތަށް؟” ނޫރް ތަންތަން ބަލަމުން ސުވާލު ކޮއްލިއެވެ.” އަދިވެސް އޮތީ ފޮށީތެރޭގަ.” ލިވްޔާ ފޮށީގަ އިން ޒިބު ހޮޅުވާލައިފާ ބުނެލިއެވެ. ނޫރް ގޮސް ފޮށި ކައިރީގާ އިށީންދެފާ ފޮށި ހާވަންފެށިއެވެ. ނޫރް ފޮށިން ފެހި ކުލައިގެ ޓީޝާޓެއް ދަމާގަތެވެ. ތެދުވެލާފައި ލިވްޔާ ގައިގާ ޖައްސާލިއެވެ. ލިވްޔާ ޓީޝާޓަށް ބަލައިލާފާ ފޮށިން މަޑުނޫކުލައެއްގެ ފަޅާފައިން ޖިންސެއް ނެގިއެވެ.” ވާއު. އަހަރެމެން ދެމީހުން އެއްވައްތަރުވާނެ އޭރުން.” ނޫރް ބުނެލިއެވެ. ލިވްޔާ ބޯޖަހާލިއެވެ.” ހިނގާ ދެން ނިދަން.” ލިވްޔާ ބުނެލިއެވެ. ނޫރް ދިޔައީ ނިދަން ނޫރްގެ ކޮޓަރިއަށެވެ. ލިވްޔާ ނިދާ ހެދުމަށް ބަދަލުކޮށްލައިގެން، ފޯނު އެލާމު ކޮށްފައި އަރާ އޮށޯވެ ނިދިއެވެ.
އޭގެ އަނެއްދުވަހެވެ. އެލާމު ރިންގުވި އަޑަށް ލިވްޔާ ހޭއެރިއެވެ. ލިވްޔާ ޖިންސު ހިފައިގެން ދިޔައީ ޖިންސު އިސްތިރިކުރާށެވެ. ބޭރަށް ނުކުތް އިރު ނޫރް ވެސް ހުރީ ޖިންސު އިސްތިރިކުރާށެވެ.” ގުޑް މޯރނިންގް.” ލިވްޔާ ނޫރް ކައިރި ބާރުބާރަށް ބުނެލިއެވެ. ނޫރް ސިއްސާގެންގޮސް ލިވްޔާ ހުރި ފަޅިއަށް ބަލާލިއެވެ.” ލިވްޔާތި އަހަރެ ބިރުދަށްކުވާލީނު.” ނޫރް ހެވެލައިފައިބުނެލިއެވެ. އިސްތިރިކޮށް ނިމުމުން ދެ އެކުވެރިން އަވަހަށް ކޮޓަރިއަށް ވަދެ ރީތިވާން ފެށިއެވެ.” ހިނގާ ދާން.” އިރުކޮޅަކުން ނޫރް ލިވްޔާ ކޮޓަރި ދޮރުކުރިމައްޗަށް އަރާ ބުނެލިއެވެ.” އާނ.” ލިވްޔާ ނޫރްއަށް ޖަވާބުދީފާ ދަބަސް ކޮނޑުގަ އަޅުވައިގެން ބޭރަށް ނުކުތެވެ. އޭރު ނޫރް ލިވްޔާއަށް މަޑުކޮށްގެން ހުއްޓެވެ. ދެ މީހުން އެކީ ތިރިއަށް ފޭބިއެވެ. އޭރު ކުރިމަތީ ޓެކްސީއެއް އޮތެވެ. ލިވްޔާ އާއި ނޫރް ފަހަތު ސީޓުގައި އިޝީންދެފައި ސީނިއާރ ޔުނިވާރސްޓީއަށް ދާން ޑްރައިވަރު ކައިރި ބުނެލިއެވެ.
އިރު ކޮޅެއްވީރަށް ޓެކްސީ މަޑުކޮށްލީ ޔުނިވަރސްޓީ ކުރިމައްޗަށެވެ. ލިވްޔާ ޑްރައިވަރަށް ލާރި ދައްކައިފާ ބޭރަށް ނުކުތެވެ. ދެ މީހުންއެކީ ޔުނިވަރސްޓީތެރެއަށް ވަދުނެވެ.
4 Comments!
Comments are closed.

I think this is your first story am I right? heheh maashallah varah varah reethi. mistakes ebahuri madhumadhun namaves. faahagakohlevunu mistakes: Vadhuneve. ehenneh noon liyaanee ‘vaneve.’ Mihen liyaanee ok dho? adhi one more. isheendhuneve. ehenneh noon liyaanee ‘isheeneve.’ nuvatha ‘isheendhelieve’. ummeedhu kuran mikan kan rangalhu kohlaane kamah. varah reethi mi bai ves lysm! stay safe. ??????????????????????❤❤❤❤????????????
midhen vaahaka ehtha ??
Vashaigen kiyaa iru onnaany shaviyani.. kalhi eh hunna ge badhalu reethivees kalhieh libifaivaa.. isheendhuneve Liyaa iruves onnaany shaviyani.. vadhuneve ge badhalu Vaneve liyaany ingey dear.. dhen nunimenyaa nunimey jahaalyma kiyunthrinnah faseyha vaane.. btw reethi ingeyy.. ❤???
v.reethi????