އައިނާ (2) 7
ހަތްވަނަބައި
އައިނާ ލޯޝަން އުނގުޅާލައިފައި ފުޅި ދަބަސް ތެރެއަށް ލިއެވެ. އަދި އަވި އައިނު ނަގާ ލޮލުގައި ހެޔޮވަރު ކޮށްލާފައި ފޯނު އަތައް ހެޔޮވަރު ކޮށްލީ ރަށުގެ ރީތި ފޮޓޯ އެއް ނަގާށެވެ. ފޯނު ނަގާފައި ފަރާތް ފަރާތައް ބަލާލީ ލޯ ދުށުމަށް އެދޭ ފަރާތް ފެނޭތޯއެވެ.
***
ތަންކޮޅެއް ދުރުގައި އިން ގަހަކަށް އަރައި އޮތް ހިޝާން އައިނާ އަށް ފެނުނެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާއި ކަނޑޫ ނޫކުލައިގެ ޓީޝާޓިގައި ހިޝާން ފެންނަނީ ވަރަށް ރީތި ކޮށެވެ.
އައިނާ އާއި އަޝްހާ މިސްރާބު ޖެހީ ރަށުގެ ތުނޑި އާއިވީ ދިމާ އަށެވެ. ތަންތަން ކޮޅުން ފެންނަ ފުޅި އާއި ދަޅު ފަދަ ތަކެތިން ރަމްޒު ކޮށްދެނީ އެއީ މީހުން ދަތުރު އަންނަ ރަށެއް ކަމުގައެވެ.
ފޮޓޯ ނަގަމުން ދަނިކޮށް އައިނާ އަށް އެއްޗެއް މައްޗައް އެރުނު ހެން ހީވިއެވެ. ބަލައިލީ އިރު ބޮޑު ކަކުންޏެކެވެ. ބިރުގަތް ބަރުން އައިނާ ހަޅޭތް ލަވައި ގަތީ ކަރު ބުޑުންނެވެ. ދުވަމުން ދެވުނީ އެހެން މީހުން ތިބި ދިމާ އާއި ދުރަށް ކަމެއް އައިނާ އަށް އޭރަކު ނޭންގެއެވެ.
“އަނާ.. ބަލާބަ މިއޮތް ޝެލް އެއް.. އިޓްސް ގޯޖިއަސް..” އަތައް ބޮއްޔެއް ނަގައިގެން އިން އަޝްހާ ހަމަ އެކަނި އެއަށް ސަމާލިވެ އިނދެ ބުނެލިއެވެ. “އަނާ..” އައިނާގެ ޖަވާބެއް ނުލިބުމުން އަޝްހާ ފަރާތް ފަރާތައް އެނބުރެމުން ބަލާލީ އައިނާ ފެނޭތޯ އެވެ.
އައިނާގެ ހިލަމެއް ނުވުމުން އަޝްހާ ކަން ބޮޑު ވިއެވެ. އަޝްހާ މިސްރާބު ޖެހީ އެންމެން ތިބި ދިމާލަށެވެ. ދިޔައިރު އެތާތިބި އެންމެން އުޅެނީ ސައިބޯށެވެ.
އަޝްހާ އަންނަ ތަން ފެނުމުން ހިޝާން އަރައި އޮތް ގަހުން ފޭބިއެވެ. އަޝްހާގެ މޫނުމަތީގައި ވި ކަންބޮޑުވުން ހިޝާން އަކަށް ނުފޮރުވުނެވެ. ފަހަތް ބަލާލީ އައިނާ އާދޭތޯ އެވެ. ނަމަވެސް ނުފެނުމުން ހިޝާންގެ ދެބުމަ ގޮށްޖެހުނެވެ.
“އަޝް.. ކިހިނެތްވީ..” ހިޝާން އަޝްހާ އަށް ގޮވާލަމުން ބުނެލިއެވެ. “އަނާ.. އަނާ…” ބާރަށް ހިނގުމުގެ ސަބަބުން ނޭވައި ކޮޅައް ގޮއްސައި އިން އަޝްހާ އަށް ބުނެވުނީ އެހާ ވަރަށެވެ. “އައިނާ އަށް ކިހިނެތް ވީ.. އަޝްހާ..” ހިޝާން ކަން ބޮޑުވެފައި އެހިއެވެ.
“އަހަރެން ވަރަށް ރީތި ބޮއްޔެއް ފެނިގެން އެއާއި ވެގެން އުޅެމުން އައިނާ އަށް އޭތި ދައްކާލަން ވެގެން ގޮވީ.. ޖަވާބެއް ނުލިބުނީމައި ފަހަތް ބަލާލި އިރު ހިލަމެއް ވެސް ނުވޭ.. އައިނާ އަކަށް ނުކެރޭނެ ފަޅު ރަށަކު އެކަނި އެއްވެސް މީހަކާއި އެއްކޮށް ނޫނީ ދުރަށް ދާކަށް.. ހިޝާން ބޭ.. އަހަރެން ވަރަށް ކަންބޮޑުވޭ އެބަ..” އަޝްހާ ހާސްވެފައި ބުނެލިއެވެ.
ހިޝާންވެސް ހާސްވެފައި އެއްއަތް ބޮލުގެ އިސްތަށިގަނޑު ތެރެއަށް ލިއިރު އަނެއްއަތް އިނީ އުނަގަނޑުގައެވެ. “އަޝޫ ދޭ އެދިމާ ލަށް.. ފަހަރެއްގައި އެދިމާލުގައި ވެސް ހުރުން އެކަށީގެންވޭ… މީ އެހާ ބޮޑު ރަށެއް ނޫނެއްނު.. ހިޝާންބެ ދާނަން މިދިމާލަށް.. އެން…. އެއްވެސް މީހަކު ކައިރީ އެކައްޗެއްވެސް ނުކިޔާތި..” ހިޝާން ހިނގަމުން ދިޔައީ އަޝްހާ އައިނާ އުޅުނު ދިމާއަށެވެ.
***
“އަޝޫ ކޮންތާކަށް..؟ ހާދަ ބާރަކަށް…” ހިނގަމުން ދިޔަ އަޝްހާ ހުއްތުވަމުން އިޔާޒު ބުނެލިއެވެ. “މި.. ކަމެއް ނުވޭ.. މިދިމާ ނުބެލޭތީވެ އެހެންވެ..” އަޝްހާ އިޝާރާތް ކުރަމުން ބުނެލިއެވެ. “އެކަނިތަ..؟ ކޮބާ އަނާ..؟” އިސްރާ އައިނާ ފެންނަން ނެތުމުން އަހާލިއެވެ.
“އަނާ ވެސް އެބަ އާދޭ އިރުކޮޅަކުން.. އެބަ އުޅޭ ބޮލިތަކެއް ފެނިގެން އޭތި ފޮޓޯ ނަގަން..” އެންމެ އަވަހަށް ސިކުނޑިއަށް އެރި ދޮގު ހަދާލިއެވެ. އިސްރާ ބޯޖަހާލާފައި މާޙައުލަށް ނަޒަރު ހިންގާލީ ސްކޭން ކުރާ ފަދައަކުންނެވެ.
***
ހިނގަމުން ދިޔަ ހިޝާން އަށް ކުއްލިއަކަށް ފައިދަށައް ބަލާލެވުނީ އެއްޗަކަށް އެރުމުންނެވެ. ބަލައިލިއިރު ކުނިވާން ގާތް ވެފައި އޮތ ކަކުންޏެއް ފެނުމުން ހިޝާންގެ މޫނު ކުނިވިއެވެ. ދެން ކުރިމައްޗައް ބަލާލިއިރު ފެނުނީ އައިނާ އަރައިގެން އިން ރަބަރު ފައިވާނެވެ.
ދެން އިން ކިބަ ފެނުނީ ތަން ކޮޅެއް ދުރުންނެވެ. ދެން އަނެއްކާވެސް ކަކުންޏައް ބަލާލީ ދިރާސާ ކުރާ މީހަކު ފަދައިންނެވެ. އޭތީގެ ކައިރީގައި ހުރި ފިޔަވަޅުތަކަކީ މީގެ ކުޑައިރުކޮޅެއް ކުރިން އެޅި ފިޔަވަޅު ތަކެއްކަން އިނގެނީ އެފިޔަވަޅު ތައް ފުންވުމުންނެވެ. ފަސް މަޑު ސަރަހަށްދަކަށް ވުމުން ކަކުނި ދުވެފައި ހުރި ނިޝާން ތައް ވެސް ހުއްޓެވެ.
ހިޝާން އަށް ކަންތައް ނަގައިގަންނާކަށް ގިނައިރެއް ނުނެގިއެވެ. އައިނާ އަށް އެކަކުނި މައްޗައް އެރިގެން ބިރުން ތަނެއްދޮރެއް ނުބަލައި ދުއްވައިގަތީ ކަން ހިޝާން އަށް ޔަޤީނާއި ގާތައް އިނގުނީ އައިނާގެ ފައިވާން ޖޯޑު ފެނުމުންނެވެ.
“އޯހް ނޯ..” އިޚުތިޔާރުން ބޭރުގައި ހިޝާން އަށް ބުނެވުނެވެ.
ދެން ދުއްވައި ގަތީ ދިމާ ކުރިމައްޗައް އޮތް ދުރުދުރަށް ފެތުރިފައި އޮތް ގަސްތަކުގެ ތެރެއަށެވެ.
***
“މަންމާ… މަންމާ.. އަޝޫ.. ބައްޕާ…” ތަނެއް ދޮރެއް ނުބަލައި ދުވަމުންދިޔަ އައިނާ ދިޔައީ އެންމެ ގަސްބޯ ހިސާބަށެވެ. މަންމަމެންނާއި ކައިރި ނުވާތީވެ ދުވުން މަޑު ކޮށްލާފައި ވަށައިގެން ބަލައިލިއެވެ. އާދެވުނު ހިސާބުވެސް ފާހަގަ ކޮށްލަން އައިނާ އަށް ނޭގެއެވެ.
ބިރުގަތް ވަރުން މިފަހަރު އައިނާ އަށް ފެށުނީ ރޯށެވެ. ދެން އެތަނުން ނިކުންނާނީ ކިހިނެތް ހެއްޔެވެ. އާދެވިފައި ހުރީ ރަށުގެ އެންމެ ދުރަށެވެ. ތަން ކޮޅެއް ބަލާލައިގެން ދުއްވައިގަނެވުނު ނަމައެވެ.
ފެށުނީންސުރެ އައިނާ އަކީ ކަކުނިދެކެ ނިކަން ބިރުގަންނަ ކުއްޖެކެވެ. އެއްދުވަހަކު ރަށެގެ ގޮނޑު ދަށުގައި އުޅެނިކޮށް އެތަނުން ދިޔަ ކަކުންޏެއް ނަގައިގެން އަތައް ލައިގެން އުޅުމުން އޭތި އަތުގެ އިނގިލީގައި ހިފިފަހުން އައިނާ ކަކުނިދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އަނެއްކޮޅުން އެހާ ބޮޑު އެއްޗެއް ފެނުމުން އައިނާ ހަނދާންވީ ކުޑައިރު ކަކުނި ދަތް އެޅު ދުވަސް މަތިންނެވެ.
އިސާހިތަކު އައިނާގެ ދެލޮލުން ކަރުނަތައް ފައިބައި ގަތީ ފެންކޯރެއް ބަންޑުން ޖަހައިލި ފަދައިންނެވެ. އަޑުން އަޑުނަގައި ރޮއެގަނެވުނީ ނިކުންނާނެ މަގެއް ނުފެނުމުންނެވެ. ވަށައިގެން އޮތީ ބޮޑެތި ގަސްތަކުން ފުރިފައެވެ. ބިރުގަނެފައި ހުރިވަރުން އައި ދިމާލެއްވެސް ފާހަގަ ކުރަން އައިނާ އަށް ނުކުޅެދުނެވެ.
ދުވަމުން ގޮސް މަޑުޖެހުނީ އަޑެއް އިވުނުހެން ހީވެގެންނެވެ. ރަނގަޅައް އެއަދައް ސަމާލުވުމުން އެނގުނީ އެއީ އަންހެއް ކުއްޖެއްގެ ރުއިމުގެ އަޑުކަމެވެ. ނަމަވެސް ފަނޑު ކޮށް އިވެން ފެށުމުން އަޑު އަންނަނީ ވަކި ކޮންދިމާލުން ކަމެއް ބުނާކަށް ހިޝާން އަކަށް ނޭނގުނެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




miothy 7th prt vx up vefa.. kamudhaane kamah unmydhu kuran.. dhen oi bai day after tomorrow ga insha allah submit kohlaanan.. tc.. enjoy reading.. mi alhuganduge first love story v ma kuh hunnaane.. faahaga kohla dhinu maky alhuganduge varah bodu edhumeh..
Mi part ves varah Sali . ??Masha Allah. Aina as hishaan as varah guley.??❤️❤️? Ohh waiting for the next part….❤️?❤️??
Jazaakallah khairan Ril ❤️?
i hv submitted the 8th prt last night
??Reethi Varah Reethi ??