Skip to content
އެސްފިޔަ

އައިނާ (2) 8

އަށްވަނަބައި

ދުވަމުން ގޮސް މަޑުޖެހުނީ އަޑެއް އިވުނުހެން ހީވެގެންނެވެ. ރަނގަޅައް އެއަދައް ސަމާލުވުމުން އެނގުނީ އެއީ އަންހެއް ކުއްޖެއްގެ ރުއިމުގެ އަޑުކަމެވެ. ނަމަވެސް ފަނޑު ކޮށް އިވެން ފެށުމުން އަޑު އަންނަނީ ވަކި ކޮންދިމާލުން ކަމެއް ބުނާކަށް ހިޝާން އަކަށް ނޭނގުނެވެ.

***

ވަރަށް ވަރުން އަޑު އަންނަ ދިމާ ފާހަގަކޮށް އެދިމާލަށް ހިޝާން ހިނގައި ގަތެވެ. ރަނގަޅު ދިމާ އަށްކަން އިނގުނީ ފަހަރަކަށް ވުރެ ފަހަރެއް އެއަޑު ބާރުވަމުން އަންނާތީވެއެވެ. ވަކިހިސާބަކަށް ދެވުނު ތަނާ އެއަޑު ފާހަގަ ވުމުން ހިޝާން އޭނާގެ ފިޔަވަޅު ތައް ބާރު ކޮށްލިއެވެ. އެއީ އޭނާގެ ހިތުގެ ހަމަޖެހުން ކަމަށްވާ އައިނާގެ އަޑެވެ. ދުއްވައިގަންނަން ނުކެރުނީ އެތަނުގައި ފުޅި އާއި ކާއްޓާއި ހިކި ފަންތައް ހުރުމުން ދަންޖެހިދާނެ ކަމުގެ ބިރަށެވެ.

މާ ކައިރިއަށް ނުދެވެނިސް އެއަޑު ކެނޑުނެވެ. ގަސްތައް ހާވަމުން އިސާހިތަކު އައިނާ ހުރިދިމާއަށް ނިކުމެވުނެވެ.

***

ރުއްބުޑެއް މަތީގައި މޫނުގައި އަތް އަޅުވައިލައިގެން ރޯން އިން އައިނާ އިނީ ގޮތް ހުސްވެފައެވެ. ރުއިން ހުއްޓާލީ ވަރުބަލި ވެގެންނެވެ. ކަރުނަތައް ހުއްޓުނު ނަމަވެސް އޭރުވެސް އައިނާގެ ބިރުވެރިކަމަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ.

އައިނާ އަށް މޫނުމަތީގައި އަޅާފައި އޮތް އަތް ނެގުނީ މީހަކު ވަރަށް ކައިރިން ގޮވާލުމުން ނެވެ. ފުރަތަމަ ފެނުނީ އެމީހެއްގެ ފައެވެ. ކާކުކަން އިނގުނީ ތޯއްޗެކެވެ. ދެން ފެނުނީ އެމީހެއްގެ މޫނު ނުބަލައި އެމީހެއްގެ ގައިގައި ބައްދައި ގަތް ތަނެވެ.

“އަހަ.. ރެން.. ސަލާ.. މަ. މަތް.. ކުރޭ..” ހިޝާން އަށް އައިނާ ބުނެލި ބަސްތައް އިވުނީ ގިސްލުމުގެ ތެރެއިންނެވެ. ބަސްތައް ބުރިބުރި ވެގެން އައުމުން އައިނާ ބިރުގަނެފައި ހުރި ވަރު އިހުސާސް ކުރެވުނެވެ. އައިނާގެ އެއްވެސް އަޑެއް ބަޑެއް ނީވުމުން އައިނާ ގަޔާއި ދުރުކޮށްލާފައި ބަލާލިއެވެ.

ހިޝާންގެ އަތް މައްޗައް ހޭނެތިގެން ވެއްޓުނު އައިނާ ފެނުމުން ހިޝާން އަވަހަށް އައިނާ އޭނާގެ އަތްދަނޑި މައްޗައް ނަގާފައި އެބޯ ގަސްތެކެ ތެރެއިން ނިކުމެވޭތޯ އުޅުނެވެ. ވަރަށް ޙާލުން ނިކުމެފައި ހާމައަށް ފެންނަން އޮތް ދޮންވެލި ބީޗް މަތީގައި އައިނާ ބާއްވާލިއެވެ.

އެންމެން ތިބި ދިމާއަށް ގެންދަން ނުކެރުނީ ހާސްވެދާނެތީވެ އެވެ. ހިޝާން ފުރަތަމަވެސް ބެލީ އައިނާ ހޭއެރުވޭތޯ އެވެ. ކައިރީ އޮތް ހުސްފުޅިއެއް ހިފައިގެން ހިޝާން މިސްރާބުޖެހީ ކުރިމަތިން ފެންނަން އޮތް ސާފު މޫދާއި ދިމާ އަށެވެ. ފުޅީގެ މެދަކާއި ހަމައަށް ފެން އަޅައިގެން އައިސް އަތއް ފެންފޮދެއް އަޅާލިއެވެ. އަދި އައިނާގެ މޫނަށް އޭތި ބުރުވާލިއެވެ.

ދެފަހަރަކު އެސްފިޔަ ތަޅު ވާލުމަށްފަހު އައިނާ ލޯހުޅުވާލިއެވެ. ކުރިމަތިން ހިޝާން ފެނުމުން ސިހޭ ގޮތް ވިއެވެ. އަދު ކުއްލިއެއް ޖެހުމަށްފަހު ހުރިދިމާ އިން ކޮއްޅައް ތެދުވިއެވެ. “އަހަރެން ކިހިނެތް މިތަނަށް އައީ..؟” އޭރު ހަނދާން ނަށް އެކައްޗެއްވެސް ނާންނަ އައިނާ ބުނެލިއެވެ.

ދެލޯމަރާލީ ހަނދާން ކުރަން އުޅޭ ފަދައަކުންނެވެ. އިސާހިތަކު ފިލްމެއްހެން އައިނާގެ ދެލޯކުރިމައްޗައް މިއަދު ވީގޮތް ސިފަވަމުން ދިޔައެވެ. ދެލޯ ހުޅުވާލެވުނީ ހިޝާން ވާހަކަ ދެއްކި އަޑު އިވުމުންނެވެ.

“ކީކޭ ހިތައް އަރައިގެންތަ ބޯގަސްގަނޑެ ތެރެއަށް ވަނީ..؟” ހިޝާން ފާޑަކަށް ހިތްހަމަ ނުޖެހިފައި އައިނާ އާއި ދިމާއަށް ބުނެލިއެވެ. “ބަލަ ގަސްތުގައެއް އަހަރެންނެއްވެސް ނުވަންނާނެދޯ..؟” އައިނާވެސް އެންމެ ތަންފުކެއްވެސް ދޫނުކޮށް ބުނެލިއެވެ. “ގައިމު އެންމެން ތިބި ދިމާއަށް ދުއްވައިގަންނަން ވެސް ނޭނގުނީތަ..؟” ހިޝާން އަނެއްކާ ބުނެލިއެވެ.

“އަހަރެން ހީކުރީ އެދިމާ އަށޭ ދުއްވައި ގަނެވުނީ..” އައިނާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ. “ތަން ކޮޅެއްބަލައިގެން ދުއްވައި ގަތް ނަމަ.. ގެއްލުނު ނަމަ އޯ.. އަނެއްކާ ތުނޑިން ލާފައިވެސް ދެވިދާނެދޯ.. ގަސްގަނޑު ތެރެއަށް ވަންނަން ޖެހޭތަ ހަމަ.. ވެއްޓިގެން ތަނެއް ބިންދައިގެން ދިޔަނަމަ ކިހިނެތްހަދާނީ..؟” ހިޝާން ކަން ބޮޑުވީ ވަރުން ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

“ހިޝާން އާށް ކޮންކަމެއްތަ..؟ ހިޝާން އެއް ދެރައެއް ނުވާނެއެއްނު.. އަހަންނާއި ނުލާހިކު ދުރުން އުޅޭ މީހެއްނު ތީ.. ދެން ކީއްވެ އަހަރެން ސަލާމަތް ތިކުރީ.. އަހަރެން އިނދެގެން ތިހާ އުނދަގޫ ވަންޏާ އަހަރެން ގޮސްދާނަމޭ..” އައިނާ ހިޝާން އެގޮތައް ވާހަކަ ދެއްކުމުން ދެރަވި ވަރުން އަނބުރާ ގަސްގަނޑު ތެރެއަށް ވަންނަމުން ބުނެލިއެވެ.

ހިޝާން ވަގުތުން އައިނާގެ އަތުގައި ހިފެހެއްޓިއެވެ. “މިހާރު ކީއްކުރަން ތިހިފެހެއްޓީ.. ދޫކުރޭ..” އައިނާ ހިޝާން ހިފަހައްޓާފައި ހުރި އަތް ނައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. ހިޝާން އިނީ ދެތުންފަތް ފިއްތާ ބާރުކޮށްގެންނެވެ. ދެން އަނގައިން ނިކުންނާނެ ބަހަކީ ގައިމުވެސް ހިޝާންގެ ނަޒަރުން އައިނާ އެހާ ހިތްހަމަ ޖެހޭނެ ބަހެއް ނޫނެވެ.

“ދޫކުރާށޭ!!!..” އައިނާ މިފަހަރު ތަންކޮޅެއް ބާރުލުމުން ދޫވިއެވެ. އަދި ހިޝާން އާއި ވީ ދިމާ އަށް އެނބުރުނެވެ. “މިހާރު ކޮންމޮޔައެއް ވެގެންތަ ތިއުޅޭނީ.. އަހަރެން ހުއްޓުވަން އުޅެނީ ކީއްކުރަންތަ..؟” އައިނާ ހީވީ ހިޝާންގެ ދުލުގައި ހިފާ ދަމަން އުޅޭ ހެންނެވެ.

“ކޮޒް އައި ލަވް ޔޫ ޑެމިޓް….” ހިޝާން އައިނާގެ ދެއަތުގައި ބާރަކަށް ހިފާލަމުން ރުޅި އައިސަ ބުނެލިއެވެ. އައިނާ އިނީ ހިޝާން ބުނެލި ބަސްތަކުން ޝޮކެއްގައެވެ. ހިތުގެ އަޑިން އުފާކުރާ ޙާލު އައިނާ ހުރީ ގުޑާލަން ވެސް ނޭނގިފައެވެ.  ހިޝާން ހަމަ އެބާރުމިނުގައި އައިނާ ދުރުކޮށްފައި އަނެއް ފަރާތައް އެނބުރުނެވެ. މިވީ ގޮތުން ހިޝާން އަށް ދެން އައިނާ ފެންނަ ހިސާބުވެސް ނުހުރެވޭނެއެވެ.

އެވަގުތު ވީ އަޝްހާ އަށް ވެސް އެތަނަށް އާދެވުނު ވަގުތަށެވެ. އެދެމީހުންނަށް ނޭނގުނީ އެދެމެދުގައި ވީ ހުރިހާ ކަމެއް ދެންމެ އަޝްހާ އަށް އަޑު އިވުނު ކަމެވެ. ތަނުގެ ޙާލަތު އޮތްގޮތުން އަޝްހާ އިނީ އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހަދާލައިގެންނެވެ.

އަޝްހާ އައިނާގެ އަތުގައި ހިފައިގެން އެންމެން ތިބި ދިމާއަށް މިސްރާބު ޖެހިއެވެ. އައިނާ ފެނުމުން އިސްރާ އައިނާގާތު ކާން އަންނާށޭ ބުނެލިއެވެ. ދަތުރުގެ ފޯރި ގަދަ ވާން ފެށީ އަދި ކިރިޔާ އެވެ. އަރުޝް ގޮވައިގެން އިސްރާ އިނީ ހިޔަލުގައެވެ. އެތަނުން ވަރަށް ރީތިކޮށް އެންމެން ފައިގަތަޅާ ކުޅެން ތިބި މީހުން ފެނެއެވެ. ޚަދީޖާވެސް އިސްރާގާތު އެންމެންނަށް ބަލަން ހެވިފައިއިނެވެ.

އައިނާ އާއި އިޔާޒު އާއި އަނީލް އެއްޓީމަކު ތިބި އިރު ހިޝާން އާއި އާޝިޔާ އާއި އަޝްހާ އެއްޓީމެކެވެ. ފުރަތަމަ މެދައް އެރީ އައިނާގެ ޓީމެވެ. އެއްލާ ބައެއްފަހަރު ކެޗް ހިފަމުން ގޮސް އެންމެ ފަހު ކުޅުންތެރިއަކަށް އިނީ އައިނާ އެވެ. އެކެއް، ދޭއް، ތިނަކުން ގޮސް ނުވަވަނަ ބޯޅަ  އާއި ހަމައަށް އައިނާ އަށް ދެވުނެވެ. މިފަހަރު އެއްލީ ހިޝާން އެވެ. އެއްލި ބޯޅަ ގޮސް ޖެހުނީ އައިނާގެ މޭމަތީ ހިތާއިވީ ދިމާލު ގައެވެ. ނަމަވެސް މޭމަތީ ޖެހިފައި ނަމަވެސް ވެއްޓުނީ އަތަށެވެ.

ހީވަނީ އެއީ ހިޝާން ފޮނުވާލި ތީރެއް އައިނާ ހިފިހެންނެވެ. ދެމީހުންވެސް ތިބީ ހުއްޓުން އަރާފައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވީކަންތައް މަތިން ދެމީހުންނަށްވެސް ހަނދާން އާކޮށްދިން ކަމަކަށް އެކަން ވާނެއެވެ. އެދެމީހުންނަށް ވެފައި އިން ގޮތް އެނގެނީ ހަމަ އެކަނި އަޝްހާ އަށެވެ.

ކިތަންމެ އަނގަ ތަޅާފައި މަޖާ ނަގައިގެން އުޅުނަސް މިކަންވީ އަޝްހާ އަށް ސިއްރުކުރަން މަޖުބޫރު ކަމަށެވެ. އެހެނީ އެއީ އެދެމީހުންގެ އަތްމައްޗައް އެކަން ދޫކޮށްލައިގެން އަޝްހާ އިނީ މާތްﷲގެ ކިބަފުޅަށް ވަކީލު ކޮށްލައިގެންނެވެ. ވާން އޮތް އެންމެ ރަނގަޅަކަށް އެކަން ވާނެތާއެވެ.

_ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. A aaR

    miothy 8 vanabai vx up vefa.. mibai vx kamudhaane kamah unmydhukuran.. dhen vaany kihineh baa dhw.. readers ah heevany kihineh hen Aina react kuraany?? nxt prt ah inthixaaru kohlaa..

  2. ?Ril?

    Wow mi part ves varah Sali.?????? Masha Allah. ???Aley finally hishaan propose kuree dhw ainaa ah Aley so cute.????? ???????❤️❤️??Dhen hope they both get together pls ingey A aar…?????☺️☺️???? Pls dhenoi baa avaha up kohladheychey. ???Waiting for next❤️❤️❤️❤️
    Love uuuu❤️❤️❤️❤️❤️

    1. A aaR
      ?Ril?

      Aww Jazaakallah khairan Ril.. Vv happy vehje.. ?❤️ Dhen balama hingaa dhw vaagotheh.. ? Mireyga submit kohlaanan insha Allah.. ??❤️

  3. ?Ril?

    U are 14 dhw A aar Ril ves 14 ???????????❤️❤️❤️❤️❤️❤️❤️❤️

    1. A aaR
      ?Ril?

      Yh Ril dear❤️???

  4. Bluebird

    Maashaa Allah V v v v Salhi… ❤️ ❤️ ❤️ ❤️
    Woooow……… ????
    It’s jaw-dropping…….. ☺️☺️☺️☺️☺️
    Keep it up.. ??????????
    Love you…… ?????❤️❤️❤️❤️❤️❤️???????????❤️❤️❤️❤️❤️❤️❤️??????

    1. A aaR
      Bluebird

      Jazaakallah khairan Blue ?❤️ lyt?

  5. Maash

    Kon iraku aneh part??? Any ways mi bai Varah furihama… ☺️?????.. Varah Varah Varah reethi Maasha Allah ?? waiting for the next part ???☺️❤️???

    1. A aaR
      Maash

      Jazaakallah khairan maash ?? next prt insha Allah mirey up kohladheynan ❤?

Comments are closed.