ޖައިޝް 8
”ރީޝް. ކޮންހާ ލެޔެއް؟ ބަލީތަ؟”
ޖައިޝްގެ މޫނުމަތިން ކުރިން ނުފެންނަ ފަދަ ހާސްކަމެއް ފެންނަމުން ދިޔައެވެ. ރީޝްގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީންދެލައިގެން އިން އިރު ދިޔައީ ރީޝްގެ އަމަލުތަކަށް އެސްފިޔަ ޖަހައިވެސް ނުލައި ބަލަމުންނެވެ.
އެއީ މީގެ ކުރިން ޖައިޝްގެ ފަރާތުން ފާހަގަވެފައި ނުވާ އަމަލަކަށް ވުމުން ރީޝްއަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. ޖައިޝްއަށް ވެގެން މިއުޅެނީ ކިހިނެއްބާއޭ ރީޝްގެ ހިތަށް އަރަމުން ދިޔައިރު އޭގެ ދެވަނަ ސިކުންތުގައި ހަނދާނަށް އައީ ޖައިޝް އޭނާ ކޮޓަރިއަށް ވަދެގެން އައި އިރު އޮތީ ނިދާފައިކަމެވެ.
”ޖައިޝް ނުނިދަންތަ؟” ހައިރާންކަމެއް އެކުލެވިފައިވި އަޑަކުން ރީޝް އެހެން ބުނެލީ ޖައިޝްގެ މޫނަށް ބަލަހައްޓާގެން އިނދެއެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ގަދަ ވޭނަށް ކެތްކުރަމުން ގެންދިޔައީ އެކަން އެހެން އެއްވެސް މީހަކަށް ފާހަގަ ނުވާނެ ފަދައިންނެވެ.
”ހުމް. ލޯ މަރައިލައިގެން އޮއްވަ ލޯ ހުޅުވައިލި ގަޑީ ރީޝްގެ ނޭފަތުން ލޭ ފައިބަންނާތީ އައީ. ކީއްވެ އަހަރެން ކައިރި ބަލަން އިނީ؟ ކީއްވެ ނޭފަތުން ލޭ އެއައީ؟ ބަލީތަ؟” އެއްފަޗަކަށް ސުވާލުތައް އަމުނާލިއިރު ޖައިޝްގެ މޫނުމަތިން އަދިވެސް ހާސްކަން ފެންނަމުން ދިޔައެވެ.
”ކަމެއް ނުވޭ. ބައްޔެއް ނޫން. ހިނގާ ދެން ނިދަން.” ރީޝް އޭނާގެ ހެދުން ހިފައިގެން ފާހަނާއަށް ވަދެލީ ނިދި އައިސްފައި ހުރުމުންނެވެ. ޖައިޝްވެސް އެއްޗެކޭ ނުބުނެ އެނދުގައި އޮށޯވެލައި ހަމަޖެހިލީ ރީޝް އަންނަން ދެކަށެވެ. ދިހަ މިނެޓް ފާހަނާގައި ހޭދަކުރުމަށްފަހު ރީޝް ފާހަނާއިން ނުކުމެލީ ފެންވަރައި ތާޒާވެލައިގެންނެވެ.
ރީޝް ފާހަނާއިން ނުކުތުމާއިއެކު ޖައިޝްއަށް ހުއްޓާ ނުލައި ބެލެމުން ދިޔައީ ރީޝްއަށެވެ. ތުނި ފޮއްޗަކުން ފަހާފައިވާ އެ ނިދާ ހެދުން އަރަނީ ރީޝްގެ ކަކުލާ ހަމައަށެވެ. އެހެދުމުގެ ސަބަބުން ރީޝްގެ ހިކިފައިވާ ހަށިގަނޑު ފާހަގަވަމުން ދިޔައެވެ. ޖައިޝް ވެސް ބަލަމުން އެދިޔައީ އެކަންތައް ފާހަގަވުމުން ކަން ރީޝްގެ ހިތަށް އަރަމުން ދިޔައެވެ.
”ނުކަނީ ތަ މިހާރު؟” ޖައިޝްގެ އެސުވާލުގެ ސަބަބުން ރީޝްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. ރީޝްގެ ނޭފަތުން ލޭ އައިސްގެން ޖައިޝްއަށް ކުރިން ނުވާ ވަރެއް މިރޭ އެވީ ކީއްވެ ހެއްޔެވެ؟ ރީޝް ހިކިގެން މީގެ ކުރިން ފާހަގާ ނުވިއިރު މިރޭ އެކަން ފާހަގަ އެވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ޖައިޝް ކުރީގެ ދިރިއުޅުމަށް ބަދަލުވީ ހެއްޔެވެ؟ ޖައިޝްއަށް ވިސްނުނީ ހެއްޔެވެ؟ އެބުރި ކުރީގެ ޖައިޝްއަށް ބަދަލުވީ ހެއްޔެވެ؟
”ނޫނޭ. ކިހިނެއްވީ؟” ރީޝް އައިސް އެނދުމަތީގައި އިށީންދެލައި އުނދަގޫވަމުން ދިޔަ ފައި އަމިއްލައަށް މޮޑެން ފެށިއެވެ. ޖައިޝް އެއިރުވެސް ރީޝްއަށް ބަލަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ރީޝްގެ ހަށިގަނޑަށް އައިސް ހުރި ބަދަލުން އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ.
”ވަރަށް ހިކިއްޖެ ހެން ހީވާތީ. ކިހިނެއްވީ ފަޔަށް؟” ހަގީގަތުގައިވެސް ޖައިޝް އެއުޅެމުން ދިޔަ އާދަޔާ ހިލާފު ގޮތުގެ ސަބަބުން ރީޝްގެ ހިތުގައި އެތައް ސުވާލެއް އުފެދެން ފެށިއެވެ.
”ފަޔަށް އުނދަގޫ ވާތީ މިއުޅެނީ.” ރީޝް އެއިން ގޮތަށް އިދެ ބުނެލިއެވެ. އަދި ކުރަމުން ދިޔަ ކަންތައް ކުރުމުގައި އިތުރަށް މަސްއޫލުވެލިއެވެ.
”ދައްކަބަލަ އަހަރެންނަށް. ރީޝް އޮށޯވޭ.” ޖައިޝް އެނދުން ތެދުވެގެން އައިސް ރީޝްގެ ފައިލާ ކޮޅުގައި އިށީންދެ އޭނާގެ އުނގަށް ރީޝްގެ ފައިލިއެވެ. އަދި މޮޑެން ފެށިއެވެ. ޖައިޝްއަށް ނޭނގުނު ކަމަކީ އޭނާގެ އެއަމަލުގެ ސަބަބުން ރީޝްގެ ދެ ލޯ ތެންމާލާފައިވާކަމެވެ. އެފަދަ ކޮންމެ އަމަލަކަށް ރީޝް އިންތިޒާރު ކުރަމުން ދާ ކަމެވެ. އެވަގުތު ކޮޅުގައި ރީޝްގެ ހަނދާނުގައި ކޮށްޓަން ފެށީ އޭނާ ބަނޑުބޮޑުއިރު ޖައިޝް ހަމަ އެގޮތަށް އޭނާގެ ފައި މޮޑެދިން ހަނދާނެއެވެ. އަދި ފައި ދުޅަވެފައި ހުރުމުން އެކަމާ ކަންބޮޑުވެގެން އުޅުނު ހަނދާނެއެވެ. އުނަގަނޑުގައި ރިއްސަމުން ދިޔައީތީ މޮޑެމުން ދިޔަ ހަނދާން އިއްޔަ ވީ ކަމެއް ހެން ރީޝްގެ ހަނދާނުގައި ވެއެވެ.
ރީޝްއަށް ނިދުނުކަން ޔަގީން ކުރުމަށްފަހު ޖައިޝް ގޮސް އޭނާ އޮށޯންނަ ތަނުގައި އޮށޯވެލީ ނިދި އައިސް އޭނާގެ އެސްފިޔަތަކަށް ބަރުކުރަމުން ދިޔައީތީއެވެ. ނަމަވެސް އެނދުގައި އޮށޯވެ ރަޖާ އަޅައި ހަށިގަނޑުގެ ބުރަކަން އެނދަށް ދޫކޮށްލެވުނު އިރުވެސް އޭނާގެ ބަރުވެފައިވާ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ވިސްނެމުން ދިޔައީ ރީޝްއަށް އައިސްފައިވާ ބަދަލާ މެދުއެވެ. ރީޝްގެ އަނގައިންނާ ނޭފަތުން އެއަންނަ ލެއާ މެދުއެވެ. ކަމެއްނުވާ ކަމަށް ހަދައި ރީޝް އެކަމެއް ހިންދާލާ ގޮތާމެދުއެވެ. ޖައިޝްއަށް އޭނާގެ ވާތް ނަގައި ނިތްމަތީގައި ބާއްވާލެވުނެވެ. އަދި ކަނާތުގެ ބޮޑުވައި އިނގިލި އަނގައަށް ލިއެވެ. އެހިތަކަށް ތަސައްލީއެއް ލިބިގެން ނުދެއެވެ. ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ލޯ މައްޗަށް އަނދިރިވެ ބޮލަށް ބަރުވަމުން ދިޔައެވެ. ސިކުނޑި ދެކޮޅުން ފިތޭ ކަހަލަ އިހްސާސެއް ވަމުން ދިޔައިރު މޫނުމަތީގައި ޝަބްނަމް ތިކިތަކެއް ފަދައިން ދާ ތިކިތައް ވިދަން ފެށިއެވެ. ނަމަވެސް ޖައިޝްއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ މީގެ ކުރިން ނުވާ ކަމެއް މިހާރު އެވަނީ ކީއްވެ ހެއްޔެވެ؟
އެގޮތުގައި ރީޝްއާ މެދު ވިސްނަން އޮވެފައި ޖައިޝްއަށް އޭނާގެ ދެލޯ މަރައިލެވުނެވެ. އަދި ފުން ނިންޖަކަށް އޭނާ ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
***
”ހައިޝަމް. މިފަހުން ފެނުނުތަ ރީޝް؟ ވަރަށް ބޮޑެތި ބަދަލުތަކެއް އޭނައަށް އައިއްސި. އެކަމަކު ކޮން ކަމަކާ ގުޅިގެން ބާ އޭ އަހަރެން މިހިތަށް އަރަނީ.” އެނދުމަތީގައި އިނެ މާނިއުގެ ހެދުންތައް ފަތް ޖަހަމުން މީޝާ ދިޔައީ އޭނާގެ އަތާ އެއްވަރަށް އަނގަވެސް ހަލުވަމުންނެވެ. ގުރުއާން ހަތިމު ހިފައިގެން ދުރުގައި ހުރި ގޮޑިއެއްގައި އިށީންދެލައިގެން އިން ހައިޝަމް އެއަޑު އިވިފައި ހަތިމު ލައްޕާލާ މީޝާ އެބުނި ވާޙަކައަށް ވިސްނަން ފެށިއެވެ.
”ވަރަށް ދުވަސް ވެއްޖެ ރީޝް ނުފެންނަތާ. މުޅިން ވެސް ދިމާވަނި ޖައިޝް އާ އެގޭ ޒާންބެ އާ.” ކަބަޑުމަތީގައި ހަތިމު ބާއްވާލުމަށްފަހު ހައިޝަމް އައިސް އެނދުމަތީގައި އިށީންދެލިއެވެ. މީޝާވެސް ފަތްޖެހި އެއްޗެހި އަލަމާރިއަށް އެޅުމަށްފަހު އައިސް ހައިޝަމްގެ ގާތުގައި އިށީންދެލައި ވަރަށް ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. އަދި ދެއަތް ދެއަތަށް މޮޑެން ފެށިއެވެ.
”އަހަރެން ވަރަށް ހާސްވޭ އެބަ. ރީޝްއަށް އެވަނީ ކިހިނެއްކަމާ މެދު. ދެން އަނެއްކޮޅުން މިފެތުރޭ ބަލިމަޑުކަމާ ހެދި.” ހައިޝަމްގެ ކޮޑުގައި މީޝާ ބޯ އަޅާލިއެވެ. އަދި މޫނު މައްޗަށް އައިސްފައި ހުރި އިސްތަށިތައް ބުރުގައިގެ އެތެރެއަށް ލައްވާލިއެވެ.
”ހާސްނުވޭ. އިރާދަކުރެއްވިއްޔާ އެކަކަށް ވެސް ދެރަގޮތެއް ނުވާނެ. ކެތްތެރިވާން ޖެހޭނެ މިކަމާ. ބޭރަށް ނުގޮސް ކަމާ ބެހޭ ފަރާތްތައް ދޭ އިރުޝާދުތަކަށް ބޯ ލަބައިގެން އުޅުނީމަ ހުރިހާ ކަމެއްވެސް ހަމަ ވާނީ ރަނގަޅަކަށް. ދެން އޮންނާނީ މާތްﷲގެ ހަޝްރަތަށް ދުއާ ކުރުން.” ހައިޝަމް ބެލީ މީޝާ އަށް ވިސްނައިދެވޭތޯއެވެ.
”އަހަރެންނަކީ ރީޝް އާ ލޭގެ ގުޅުން އޮތް މީހަކަށް ނުވިޔަސް އެއްވެސް ފަހަރަކު ނޭދެން ރީޝްއަކަށް ދެރަގޮތެއް ވާކަށް. ރީޝްއާ ދިމާވިތާ ހަތަރު އަހަރު ވެގެން ދިޔައިރުވެސް އަބަދުވެސް އެ ހިތްހެޔޮ އެކުވެރިޔާ އާ މެދު ވިސްނޭ. ޖައިޝްގެ ސަބަބުން އެފަކީރު އުޅޭނެ ހާލާ މެދު ވަރަށް ދެރަވޭ. ހިތަށް އަރާ ހަމަ ނަސީބެކޭ ރީޝްއަށް ހިތްހެޔޮ އޯގާތެރި ދެވަނަ މައިންބަފައިންނެއް ލިބުނުކަން.” މީޝާގެ ލޮލުން ކަރުނައެއް އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދަތްދޮޅިއަށް ފައިބައިގަތެވެ. އަދި ނޭފަތުން ފައިބަމުން ދިޔަ ދަވަތައް ފޭބި ނުދިނުމަށް ޓަކައި ނޭފަތް މައްޗަށް ދަމައިލިއެވެ.
”ޖައިޝްއަށް ވެސް އަދި ވިސްނޭނެ. އިންޝާ ﷲ. ދެން ކަންކަމާ ނުވިސްނާ. ކޮބާ ތަ މާނިއު؟ އިރު އެރީންސުރެ އަދި ނުފެނޭ.” ހައިޝަމް ބެލީ ވާހަކަ އޮޅުވާލާ މީޝާގެ މޫނަށް އުޖާލާކަމެއް ވެރިކުރެވޭތޯއެވެ.
”މަންމަ ކައިރީ ވެއްޖެ. ހިނގަ ދާން ސައިބޯން.” މީޝާ އޭނާގެ މޫނު ދޮވެލައިގެން ކޮޓަރިން ނުކުމެގެން ދިޔައީ ހެނދުނުގެ ނާސްތާ މޭޒުމައްޗަށް އިންސާފު ކުރުމަށެވެ. ހައިޝަމްވެސް މާނިއު ގޮވައިގެން އައިސް މޭޒު ދޮށުގައި އިށީންދެލިއެވެ.
***
ގޭތެރޭގެ އެކިތަންތަން ސާފު ކުރުމުގައި އުޅުނު ޖީނާއަށް އެމަސައްކަތުން ހިނދުކޮޅަކަށް އަތް ނަގައިލަން މަޖުބޫރުވީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. ލަސްތަކެއް ނުކޮށް އަވަހަށް ފޯނު ހުޅުވާލާ މެސެޖް ކިޔާލިއެވެ. ޝިޔާންގެ މެސެޖަކަށް ވުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު އަވަހަށް އެމެސެޖަށް ރައްދެއް ދެވޭތޯ މަސައްކަތް ކުރިއެވެ. ކޮފީއަކަށް ދިޔުމަށް ޝިޔާން އެދިފައިވާ އިރު ޖީނާގެ މޫނުމަތީގެ ކުލަވަރު އޮއްސިގެން ދިޔައެވެ. ”ބުނީމެއްނު އަހަރެންނަކަށް ނުދެވޭނޭ. އެނެއްކޮޅުން ކެފޭތަކާ ރެސްޓޯރެންޓްތައްވެސް ބަންދު ކޮށްފިއެއްނު. ދެން ކިހިނެއް ދާނީ ވެސް. ޖައިޝްއާ އެއްކޮށް ދޭ. އަހަރެން މިއުޅެނީ ގޭތެރެ ސާފު ކުރުމުގަ.”
ޖީނާ މެސެޖް ފޮނުވާލާ މޭޒުމަތީގައި ބާއްވާލުމަށްފަހު އަނެއްކާވެސް މަސައްކަތަށް އެބުރި ރުޖޫއަވެލިއެވެ.
***
ގަދަކަމުން ކަހަލަ ގޮތަކަށް ޖައިޝް އޭނާގެ ދެލޯ ހުޅުވާލާ ރަނގަބީލުވަމުން ދިޔަ ފޯނަށް ބަލައިލިއެވެ. އަދި ޝިޔާން ގުޅަމުން ދިޔައީތީ އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ”ހެލޯ.” ނިދިބަރުވެފައިވާ އަޑަކުން ޖައިޝް ވާޙަކަ ދެއްކީ އެނދުމަތީގައި ހަމަޖެހިލަމުންނެވެ.
”ހިނގަދާން ތަނަކަށް ދާން. ގޭގަ އޮވެއޮވެ ފޫހިވެއްޖެ.” ޖައިޝްއަށް ފޯނު ކަންފަތުން ނަގައި ގަޑިއަށް ނަޒަރު ހިންގައިލެވުނެވެ. އަދި އަނެއްކާވެސް ފޯނު ކަންފަތުގައި ޖައިލިއެވެ. ”ކިހިނެއްވީ އެއްޗެކޭ ނުބުނީ؟” ޝިޔާން އަނެއްކާވެސް އިތުރުކޮށްލިއެވެ.
”އަހަރެން ދާން ވީ ހެއްޔެވެ؟ ނޫނީ ރީޝްއާ ޝިޒާ ކައިރީ މަޑު ކުރަން ވީ ހެއްޔެވެ؟” ޖައިޝްއެކޭ ދެކޮޅަށް ކިރެމުން ދިޔަ ތިލަފަތެކޭ ތަފާތެއް ނެތެވެ. ކިރެންވީ ކޮން ކޮޅަކަށްކަން ނޭނގިފައި އިންދާ ކޮޓަރިއަށް ރީޝް ވަންތަން ފެނިފައި ޖައިޝް އަވަހަށް ގޮތެއް ނިންމާލިއެވެ. ”މިއަދު ނުދެވޭނެ. ދެން ބާއްވަނީ.” ޖައިޝް އޭނާ ނިންމި ގޮތް ޝިޔާންއަށް އިއްވާލާ ފޯނު ކަނޑާލިއެވެ.
ޖައިޝްގެ ފަހު ޖުމުލަ އިވިފައި ރީޝްގެ ހިތް އުފަލުން ނަށައިލިއެވެ. ހަގީގަތުގައިވެސް ޖައިޝް ބަދަލުވީއޭ ހިތަށް އަރައި ރީޝްއަށް ހިނިތުންވެލެވުނެވެ. ”ހޭލެވުނީ ދޯ. މޫނުދޮވެގެން އާދޭ ސައިބޯން. ހުންނާނެ ޖައިޝްއަށް އެންމެ މީރު އެއްޗެހި ހަދާލާފަ.” ރީޝް އެހެން ބުނުމަށްފަހު އަލަމާރިން ޖައިޝްގެ ޓީޝާޓާކާއި އެކު ޖިންސް ސޯޓެއް ނެގުމަށްފަހު ސޯފާގައި ބާއްވާލިއެވެ. އަދި ކޮޓަރިން ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން ޖައިޝް ރީޝްގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ދަމައިގަތެވެ.
ޖައިޝްގެ ތަނަވަސް މޭ މަތީގައި ރީޝް ޖެހިގެން ދިޔައިރު ރީޝްއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. މޭ ތެޅެމުން ދިޔަލެއް ބާރުކަމުން ހީވީ މޭކަށިވެސް ފަޅާލާފައި ހަށިގަނޑު ދޫކޮށް ނުކުމެދާނެ ހެންނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Me first dhw….. ??
Awwwwwwn soooooo romantic… ❤️❤️❤️❤️
Finally I think things are getting better… ????
Maashaa Allah V v v v Salhi… ????❤️❤️❤️❤️❤️???❤️❤️❤️❤️?????❤️❤️❤️
I like it.. ☺️☺️☺️☺️????????????????????????????????????
Keep up with the good work….. ????I like you very much… You are great… I like authors who publish stories regularly….. And You are one of them… ????
Inshaa Allah I’ll be always there to support you…..
You are soooooo talented……..
This story is very emotional and yet soooooo touching, so I like it very much…….
Good luck with this story…..
Sometimes I may not be able to comment cuz school started, but will try…. Hope you understood……
Curiously waiting….. ???
How many parts total??
Love you ????????
TC…
awwwwww mulhin adhi alah nafu ah mihaa dhigu comment eh reader ehge faraathun mi libuny.. aslu vs vr ufaavehjje dear ge comment kiyaalaafa.. nafu vs balaanan hama dhigu comment eh kohlevey thw.. and yes congratulations dearrrrrr… ur firssst.. thank u soooooooo much for the colorful, long and the lovely comment.. ur comment really motivates me to write the story.. ya nafu ah vs hyvani hurihaa kameh rangalhu vaan hen dhw eulheny.. btw lets see dhw.. alheyyy thanks a million dear.. i dont know what to say like my eyes are tearing up.. i’m really glad dear.. insha allah kiyuntherin beynun vaa gothah nafu kanthah kurevey thw balaanan.. alheyy.. ya keep supporting me dear.. so i can improve my writings.. all i need is readers support.. thank u thank u sooo sooo much.. ya iss ok.. vaahakayah vure mihaaru sch muhinmu vaane dhw.. good luk dear ah vss.. ya i understand.. total 3 or 4 parts left.. lets see.. lym.. u too take caree..
Masha allah?..stry vvv unique?..v rangalhu moral eh vx libey?..what I like most about u is that u publish the stry regularly☺️..keep it up dear???..best wishes from me?..lysm darl❤️?????..whn nxt..curiously waiting..
thank uu soo much bookworm.. vr ufaavehjje dear ah story kamudhaathy.. ya nafu abadhu vs balaanan readers beynunvaa gothah kanthah kurevey thw.. and gavaaidhun vaahaka hama up vs kuraanan.. thanks a lot for your comment.. ya thank u.. lym.. mihaaru submit kohlaafa v.. keep waiting.. insha allah miadhu upload vedhaane..
Maasha Allah varah reethi mi part ves curiously waiting for the next part ☺️☺️☺️
alheyy thank u soo much dear.. it means a lot.. ya keep waiting.. stay safe
Alheeyyy haadha reehcheyyy????
Obiness to the maxxx????
Sis aslu vc varah molhey story liyan????
Masha allah??☺️
Whn nxt??
Curiously waiting for the nxt??
Ly sisooo stay safe??☺️
alheyyy thank u sooo much lamko.. it means a lot.. ur colorful comment motivates me a lot.. thank u dear.. alheyy kidy dhahtha bunelaahen lamko ehn bunelaa adu ahaalaa hiyy vehjje.. hehe.. ehntha.. vr ufaavehjje lamkoge faraathun ekan ingunyma.. thanks a million.. submit kohlaafin.. insha allah miadhu vedhaane upload.. keep waiting.. u too stay safe.. lym
Alhey…haadha reethi stry ekey… I just love it…nafu ge hurihaa vhk eh vx kiyaalin… vvv salhi vefa unique…komme vhk akun vx moral eh libey….curiously waiting for the nxt part dear??…lysm darla❤️?????
alheyy thank u soo much shaayan.. it means a lot.. i’m really happy.. vr ufaavehjje nafuge hurihaa vaahaka eh kiyaalikan ingunyma.. and vaahakathah kamugos ibratheh libunyma vs. thank u thank u so sooo much dear.. ya keep waiting.. lym
omg??????
haadha reehchey mi bai vx???
im speechless??
masha allah??
curiously waiting for the nxt part???
LYSM❤️❤️❤️❤️???
STAY SAFE SISS??
alheyyy omg.. thank u soooooo much kairaaa.. it means a lot. kairaage colorful comment really really motivates me.. thank u dear.. ya keep waitingg. u too stay safe. lym
Hi sis . V dhuvas vehje dhw comment eh nukureveythaa. It’s actually cux my grandma passed away.?. Reyn feshigen story ge parts thah kiyaa mi nimmaaliy.. Maasha Allah V reethi hurihaa parts ehves. Keep it up..
Curiously waiting for the next part.
Ly
hii dearrr. nafu hama inthizaaru ga mihury dear ge comment akah.. finally aashkoge comment eh kiyaalevihjje dhuvas thakakah fahu.. i’m so happy because ur backkkk.. alheyy aashkoge maama ah suvarugeyge dhaaimy niumaii dhehvaashi. aameen. nafu heekury sch hulhuveythy dear dhiyae kamah.. but hykuri gothakah noon dhw mi v.. vr ufaavehjje hurihaa baithakeh kiyaalaafa commenteh kohlyna.. thank u thank u so soooo much.. keep waiting.. lym
Jaeysh Hassan
??? jaeysh hassan