Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދަރިފުޅު

Lam'aa Level 6100 Login10 Stories
July 5, 2020 6 Mins Read
6 Comments

ދަރިފުޅު

ނޯޓު: މިއީ މީގެ ދެމަސްދުވަސް ކުރިން އަޅުގަނޑު ގެނެސްދިން ވާހަކައެކެވެ. މި ވާހަކައަށް ވާނީ ބަދަލުތަކެއް ގެނެސްފައެވެ.

ހަވީރުގެ ވަގުތުގައި ރަސްދޫގެ ގޮނޑުދޮށަށް ފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. މި ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލްކުރުމަށްޓަކައި ކުދިބޮޑު އެތައްބަޔަކު ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. އޭގެތެރެއިން އެކަކީ ނަވާއެވެ. ނަވާ ގޮނޑުދޮށަށް ދިޔައީ ބޯހަމަޖައްސާލާށާއި ދަރިފުޅުގެ އެދުމުގެވެސް މަތިންނެވެ. ނަވާ އޭނަގެ ދަރިފުޅު ޒީކް ކުޅެން ދޫކޮށްލުމަށްފަހު ހިޔަލުގައި އިށީދެލިއެވެ.

ނަވާ އަކީ ބަލާލަން ރީތި ޒުވާނެކެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފާވާ ނަވާއަކީ ފަސްއަހަރުގެ ކުއްޖެއްގެ މަންމައެކޭ ބަލާލާފައި ހީނުވާނެއެވެ. ހަމުގެ ކުލަ އަލިއިރު ނަވާއަށް ލިބިފައިވަނީ ކަޅު ރޭގަނޑެއްފަދަ ވަރުގަދަ ފަން އިސްތަށިގަނޑެކެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކުގެ ނިވަލުގައިވާ އަޅިކުލައިގެ ކަޅި އަމާޒުވެފައިވަނީ އޭނާގެ ދަރިފުޅަށެވެ. ހެދުން އެޅުމުގައި ނަވާގެންގުޅެނީ ސާދާގޮތެކެވެ. އާދައިގެ އިސްކޮޅެއް ލިބިފައިވާ ނަވާ އަކީ އެތަކެއް ހިތްތައް ކަތިލާފައިވާ ޒުވާނެކެވެ. ނަމަވެސް ނަވާގެ ހިތް ދެވިފައިވަނީ އޭނާގެ ދަރިފުޅުގެ ބައްޕަ ޒަލަފްއަށެވެ. ހިތްގައިމު މާހައުލުން ފެންނަމުން ދިޔަ އުފާއެރި އާއިލާތައް ފެނި ނަވާއަށް އޭނަގެ މާޒީގެ ދުވަސްތައް ހަނދާން ކުރުވިއެވެ.

***********

އޭރު ނަވާގެ އުމުރުން ސާދައަހަރެވެ. ނަވާގެ ބައްޕަވަނީ ނަވާގެ އުމުރުން އެންމެ ތިން އަހަރުގައި ހިގި ނުރައްކާތެރި އެކްސިޑެންޓެއްގައި މި ފަނާވަނިވި ދުނިޔެއާއި ވަކިވެފައެވެ. ނަވާގެ މަންމަގެ ފަރާތުން އެހަގީގަތް އެނގުނު ދުވަހުގެ ހަވީރުގެ ވަގުތެވެ. މަންމަގެ ގާތުން ހުއްދަހޯދުމައްފަހު ރަށުގެ އަތިރިމައްޗަށް ނަވާ ދިޔައީ ބޯހަމަޖައްސާލުމަށެވެ.

އަތިރިމަތީގައި އިނދެގެން ބައްޕައާއި މެދު ވިސްނަމުންދިޔަ ނަވާގެ ވިސްނުން އޭނަގެ މަންމަ ޒާހިރާގެ މައްޗަށް ކިލަނބުވަމުން ދިޔައެވެ. ނަވާއަށް ވިސްނުނުގޮތުގައި ބައްޕަ އެކްސިޑެންޓުވީ މަންމަގެ ސަބަބުންނެވެ. އެދުވަހު ބައްޕަގެ ބަދަލުގައި މަންމަ ފިހާރައަށް ދިޔަނަމަ އެ އެކްސިޑެންޓު ނުވީސްކަމުގައި ނަވާގެ ސިކުޑިއަށް ވިސްނައިދެމުން ދިޔައެވެ. އެތައްއިރަކު އަތިރިމަތީ ހޭދަކުރުމަށްފަހު ގެޔަށްދެވުނުއިރު އިރުއޮއްސިއްޖެއެވެ. މިކަމާ ޒާހިރާ ސުވާލުކުރި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

ރޭގަނގު އަށެއްޖެހިފަހުން ނަވާ ކާންނިކުތެވެ. އެތައް އިރަކު ރޮއެފައިހުރިކަން އެދެލޮލުގައިވި ދުޅަކަމާއި ރަތްކަމުން އެނގެއެވެ. އެއިރުވެސް ނަވާއަށް ކޮންމެވެސްވަރަކަށް ގިސްލެވެއެވެ. ނަވާގެ ދެލޮލުގައިވި ރިހުންފެނިފައި ޒާހިރާގެ މައިލަގޮނޑިއަށް ކެތެއް ނުކުރެވުނެވެ. ނަވާ ގެނެސް މެޔާލާ ބޮޑިކޮށްލުމާޢި އެކު ނަވާ ދުރައްޖެހިލިއެވެ. ‘މަންމަ އަޅުގަނޑާދުރުގަ ހުރޭ. މަންމަގެ ސަބަބުން އަޅުގަނޑަށް އަޅުގަނޑުގެ ބައްޕަ ގެއްލުނީ..’ ނަވާގެ މިބަސްތައް ވެގެން ދިޔައީ ޒާހިރާއަށް ލިބުނު ޝޮކަކަށެވެ. ޒާހިރާ ހުރިހާވާހަކައެއް ނަވާއަށް ކިޔައިދިނީ ނަވާއަށް ވިސްނޭނެކަމަށެވެ. ނަމަވެސް ކަންތަށްމިވީ ޒާހިރާ ހީކުރި ގޮތަކަށް ނޫނެވެ.

‘ ދަ…ދަރިފުޅާ’. ޒާހިރާގެ އަޑު ނިކުތީ ކެޑިކެޑިގެންނެވެ. ‘އަޅުގަނޑު ބޭނުމެއްނޫން އިތުރު ވާހަކައެއް އަޑުއަހާކަށް…. އަޅުގަނޑަށް މިވަގުތު ކާން ހަދައިދީ އެވަރުންފުދޭ..’ ނަވާގެ އަޑުވަނީ ގިނައިރު ރުއިމުގެ ސަބަބުން ކުރެކިފައެވެ.

އެދުވަހުގެފަހުން ނަވާ ޒާހިރާގެ ކަންކަމުގާ ފަރުވާކުޑަކުރަންފެށިއެވެ. އަދި އެވަރުން ހިތްނުފުރިގެން ޒާހިރާއަށް ކުދި ކުދި ގޯނާތަށް ކުރަމުން ދިޔައެވެ. ޒާހިރާ ދިޔައީ ނަވާ ކުރަމުންދިޔަ ގޯނާތަކައް އެއްވެސް އެއްޗެއް ބުނުމެއްނެތި ކެތްކުރަމުންނެވެ. ނަވާގެ އުމުރުން ސަތާރަ އަހަރު ވީއިރު ނަވާވަނީ ޒާހިރާއަށް ބޮޑެތި އަނިޔާވެސް ކުރަންފަށާފައެވެ. ފެންފޮދެއްހާ މިންވަރުވެސް ނުދީ ޒާހިރާ ބަހައްޓަންފެށިއެވެ. ޒާހިރާ ދުނިޔެއަޅާ ދިޔައީ ނަވާގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިޔަފަހުންނެވެ.

*********

‘މަންމާ ކީއްވެ ރޮނީ’ ނަވާއަށް ހިޔާލީދުނިޔެއިން ނިކުމެވުނީ ޒީކް އައިސް އޭނަގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދީ އެ ކުޑަކުޑަ ލޯބިއަޑުން ނަވާއަށް ގޮވި އަޑުންނެވެ. ‘ކަމެއްނުވޭ..’ ނަވާ ޒީކް އަށް ހިނިތުންވުމެއް ހަދިޔާކުރަމުން ބުންޏެވެ. ‘ ހިނގާ ދެން ގެޔައްދާން މިހާރު އިރުއޮއްސެނީނުދޯ ދަރިފުޅޫ’ ނަވާ ޒީކްގެ އަތުގައި ހިފައިގެން ގެޔާދިމާލައް މިސްރާބުޖެހިއެވެ.

ގެޔައް އައިގޮތައް ޒީކްއަށް ކާންދިނުމަށް ނަވާ އަވަސްވެގަތެވެ. ނަމަވެސް ޒީކް ދިޔައީ ނުކާންވެގެން ބޮޑާދައްކަމުންނެވެ. ‘ ދަރިފުޅޫ ދެން ކާލަބަލަ… ބަލަ މިހުރީ ކުޑަ ކުޑަ އެތިކޮޅަކަށްވެފަ މިހާރު..’ ނަވާ ޒާކްގެ އަނގައާ ކައިރިކުރަމުން ދިޔަ ސަމްސާގައި ޒީކް އަތުން ޖަހާ ދުރައް ފޮޅުވާލިއެވެ. ސަމްސާ ވެއްޓި ހުރިހާ ކާއެތިކޮޅުތައް މުޅިތަނަށް ބުރައިގެން ދިޔައެވެ. އެހެން ސަމްސަލެއް ހިފައިގެން އައިސް އަނެއްކާވެސް ޒީކްއަށް ކާންދިނުމައިގެން ނަވާ އުޅުނެވެ.’ ދަރިފުޅާ ދެން ބަސްއަހައިގެން ކާލަބަލަ… އޭރުން މާދަން އީފާ ދައްތައާއި މަންމަ އާއެކު ދަރިފުޅަށް އައިސްކުރީމް ބޯން ދެވޭނީ….’ ނަވާ ޒީކް ރުއްސައިގެން ކާންދެވޭތޯބަލަމުން ދިޔައެވެ. ‘ އީފާ ދައްތިއާ މަންމި އާ ޒީކް މާދަން އައިސްކުރީމް ބޯން ދަނީ؟؟’ ޒީކް އޭނަގެ ޅައަޑުން ބުނެލިއެވެ. ނަވާ ބޯޖަހާލީ އާއެކޭ ބުނާފަދައިންނެވެ. ‘ ޕިންކީ ޕުރޮމިސް؟’ ޒީކް މިފަހަރު ބޭނުންވީ ޔަގީން ކުރާށެވެ. ‘ ޕިންކީ ޕުރޮމިސް ބަޓް ޒީކް މީތިކޮޅު ހުސްކޮއްލިއްޔާ ދެވޭނީ’ ނަވާގެ ވާހަކަ ރަނގަޅަށް ނުނިމެނިސް ޒީކް އަނގަހުޅުވިއެވެ.

ކާންދީ ނިމުމާއި އެކު ޒީކް ފެންވަރުވާލާފައި ނިންދެވުމަށް ނަވާ އުޅުނެވެ. ޒީކްއަށް ނިދުމާއި އެކު ނަވާ އަވަސްވެގަތީ އީފާއަށް ގުޅާށެވެ. ‘އީފާ ކިހިނެއް ހާލު؟’ ނަވާ ފުރަތަމަވެސް އީފާގެ ހާލު އަހާލިއެވެ. ‘ އަލްހަމްދުލިއްލާހި ރަނގަޅު.. ތިކޮޅުން ކިހިނެއްތަ؟’ އީފާވެސް ނަވާގެ ހާޅު އޮޅުންފިލުވާލިއެވެ. ‘އަލްހަމްދުލިއްލާހް ރަނގަޅު.. މާދަން ހަވީރުން ފުރީވާނެތަ؟ ޒީކް އާ އެންމެން އައިސްކޯން ބޯން ދާންކަމަށް އީފާ ފުރީއިއްޔާ…’ ނަވާ ގުޅި އަސްލު ބޭނުން ހާމަކޮށްލިއެވެ.’ ‘ ޔަގީނެއްނު ދާނަން.. ކިހާއިރަކުތަ ދާނީ’ ހިނިތުންވުމަކާއި އެކު ދާންވީ ވަގުތާ ބެހޭގޮތުން އީފާ ސުވާލު ކުރި އެވެ. އެހެންކަމުން ހަތަރުގަޑި ބަޔަށް ދާން އެންބަސް ވުމަށްފަހު ދެރަހުމަތްތެރިން އެތައް އިރަކު ތަފާތު އެތައް ވާހަކައެއް ދައްކަން ތިބުމައްފަހު ފޯނު ބޭއްވިއެވެ. އީފާ އަކީ ނަވާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އިތުރުން މިހާރު ހުރި ހަމައެކަނި ރަހުމަތްތެރިޔާއެވެ. ނިދުމައްޓަކައި އޮށޯވެލުމާއި އެކު އަނެއްކާވެސް މާޒީގެ ހަދާންތަން ނަވާ ވަށާލިއެވެ.

*******

ނަވާގެ މަންމަ މަރުވުމައްފަހު ނަވާ އެގޭގައި ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެހެން އުޅުމުގެތެރޭގައި ނަވާގެ ހިތުގައި ލޯބި އުފެދުނެވެ. ނަވާ އަކީ ބޭނުންވެއްޖެ އެއްޗެއް ހޯދާ އަންހެން ކުއްޖެއްކަމުން އޭނަގެ ހިތުގެ ރަސްގެފާނު ކަމުގައިވާ ޒަލަފް ގެ ހިތުން ޖާގަ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ނަވާ ލާ ހެދުންތައް ކުރިޔައްވުރެ ކުރު ކުރިއެވެ. މޫނުގައި ފާޑު ފާޑުގެ ފައުންޑޭށަން ތަކާއި އެއްޗެހި މީހާގެ ސިފަގެއްލޭވަރައް ހާކަންފެށިއެވެ.

އެގޮތައް އެތައް މަސައްކަތެއްކޮއްގެން ނަވާއަށް ޒަލަފްގެ ހިތާއި ހަމައަށް ވާސިލްވެވުނެވެ. އެދުވަސް އެއީ ނަވާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްކަމަށް ނަވާ ގަބޫލް ކުރެއެވެ. ނަވާގެ އުމުރުން ނަވާރަ އަހަރުގައި ޒަލަފް އާއި ކައިވެނިކޮއް ދިރިއުޅުމެއް ފެއްޓިއެވެ. އެދެމަފިރިން ލާރި ހޯދުމައްޓަކައި ވަޒީފާއަށް ނިކުންނަށް ފެށިއެވެ.

ގިނަދުވަސްތަކެއްނުވެ ނަވާ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިނެވެ. އަލަތު ދަރިފުޅަށް ނަވާ ބަލިވެއިންކަން އެނގުނުދުވަހުންފެށިގެން ޒަލަފްގެ އަޅާލުން ނަވާއަށް ލިބޭލެއް ކުޑަވާންފެށިއެވެ. ޒަލަފްގެ އުޅުމަށް އަންނަމުން ދިޔަ ބަދަލްތަކުގެ ސަބަބުން ނަވާ ހުންނަނީ ހާސްކަމުގެ ތެރޭގައި ބަދެވިފައެވެ. ހެނދުނު އޮފީހައްދާމީހާ ގެޔައްއަންނަނީ އެތައްދަމެއް ވާފަހުންނެވެ. އެއްބައި ރޭރޭ ނަވާ ވަރުބަލިވެގެން ނިދޭއިރުވެސް ޒަލަފް ގެޔައް ނާދެއެވެ.

ދުވަސްފުރާ ނަވާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ދަރިފުޅު ލިބުމުންވެސް ޒަލަފްގެ އުޅުމަށް ބަދަލެއް ނައެވެ. އުޅުން ދިޔައީ ހައްތާސް ގޯސްވަމުންނެވެ. ދަރިފުޅަށް ހަތްދުވަސް ވުމުން ނަމަކަށް ޒީކް ހަމަޖެއްސީވެސް ނަވާ އަމިއްލައަށް ނަންހޯދައިގެންނެވެ. ދަރިފުޅަށް މަހެއްވީފަހުން ނަވާއަށް ލިބުނީ ދުވަހަކު ވެސް ލިބޭނެކަމަށް އުންމީދުކޮށްގެން ހުރި ހަބަރެއްނޫނެވެ. ޒަލަފް ނަވާ ވަރިކޮށް އޭނަގެ ލޯބިވެރިޔާ ދަނާ އާއި އެކުދިޔައީއެވެ. ދަމުން ބުނެލި ބަސްތައް އަދިވެސް ނަވާގެ ކަންފަތުގައި ހަރުލާފައިވާކަހަލައައެވެ. ‘ ތިކަހަލަ މިހަކާއި އެކު އުޅެން ބޭނުންވާނީ ކާކު؟ ތިހުރީ މީހާ މުޅިން ސިފަގެއްލިފަ ފަލަވެގެންގޮސް… އަހަރެން ދިރިއުޅުމުން ނުކުމެގެން ދޭ.. ތިހުރީ ވަރިކޮއްފަ’ ވޭނީ މި ބަސްތަކަކީ ބިރުވެރި ހުވަފެނަކަށް ވުމަށް ނަވާގެ ހިތަށް އެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ.

ޒަލަފް ނަވާ ވަރިކޮށްފައި ދިޔަފަހުން ހަބަރެއްނުވެއެވެ. ދަރިފުޅަށްވެސް ހަރަދެއް ނުކުރެއެވެ. ނަވާ އޮފީހުން ޗުއްޓީ ނަގަން އުޅުމުން ޗުއްޓީ ނުދީ އޮފީހުގެ ބޮޑުމީހާ އިބްކާރް ނަވާ އޮފީހުން ވަކިކުރިއެވެ. އަތްމަތި ދަތިވެ ހަދާނެގޮތް ހުސްވެފައިވަނިކޮށް ނަވާއާ އީފާ ދިމާވިއެވެ. އެއީ ހެޔޮލަފާ އެކުވެރިއެކެވެ. އީފާގެ އެހީ ނަވާގެ ދެމައިންނަށް ލިބެންފެށިއެވެ.

މިހުރިހާ ކަމެއް ކުރިމަތި ވުމުން ނަވާއަށް އޭނާގެ މަންމަ މަތިން ހަދާންވެއެވެ. އޭރު ނަވާއަށް ޒާހިރާއަށް އެހާލުޖެއްސުނީތީ ރޮއެ ހިތާމަކުރިއެވެ. މަންމައަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާކުރެވުނެވެ. މިއަދު ނަވާއަށް ވަނީ މަންމައިންގެ މަތިވެރިކަމާއި މަންމަ އަކީ ކިހާ މުހިންމު މީހެއްކަން އިހުސާސް ވެފައެވެ. ނަވާ އަށް ހެޔޮ ވިސްނުން ލިބުނީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަން ނަވާ ދަނެއެވެ.

މިއަދު ނަވާ ވަނީ ވަރަށް ބޮޑަށް ބަދަލްވެފައެވެ. ދީން އުނގެނި މަންމަގެ މައްޗަށް އޭނަގެ ހިތް ވަނީ ސާފުކޮއްފައެވެ. އެދުހު ނުވިސްނުނީތީ މިއަދު ނަވާ ހިތާމަކުރެއެވެ. އޭރު ނަވާ ލާން ގެންގުޅުނު ކުރު ހެދުންތައް މިހާރު ވަނީ ކަށިމައްޗާއި ހިސާބައް އަރާ ކަޅުހެދުމަށް ބަދަލް ކުރެވިފައެވެ.

************

ހަވީރު ހަތަރެއްޖެހީ އީފާ ނަވާމެން ގޭގައި ހުއްޓައެވެ. ޒީކް ރީތިކޮއްގެން ނަވާ ނިކުތްއިރު ހީވަނީ ބިމައް ދިރިކޮއްލާފައި ހުރި ޕަރީއެއްހެންނެވެ. ނަވާގެ ފަރާތުން ލިބިފައިވާ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ފަހަތައް ދޫކޮށްލެވިފައެވެ. ‘މާޝާﷲ… އީފާ ދައްތިގެ ޒީކް ހާދަ ލޯތްބޭދޯ… ހަމަ ކުޑަ ކުޑަ ޕަރީއެއްހެން ހީވަނީ މިއަދު. ކާކުތަ މިއަދު ކޮއްކޮ ދޮންކޮއްލީ..”’ އީފާ ޒީކް އާއި އެއްހަމަޔަކަށް ތިރިވެލަމުން ޒީކްއަށް ތައުރީފްކޮއްލިއެވެ. ނަވާއަށް ބަލާލާފައި ހިނިތުންވުމަކާއި އެކު ޒީކް ރީތިކުރީ މަންމި އޭ ބުނެލާ އީފާގެ ގެއަތުގައި ހިފައިގެން ބޭރަށް ނިކުންނަށް ޒީކް ހިނގައިގަތެވެ.

އައިސްކުރީމް ގަނެގެން ޒީކްމެން ދިޔައީ ޕާކަށެވެ. އައިސްކުރީމް ބޮއެ ނިންމިގޮތަށް ޒީކް ކުޅުމުގެ ފޯރީގައި ޖެހުނެވެ. ނަވާއާއި އީފާ ތިބީ އެތާ ހިލައިން ހަދާފައި ހުރި ގޮނޑިއެއްގައި ވާހަކަ ދައްކާށެވެ. އެހެން އެތަނަށް ޒުވާނަކު އައެވެ. ‘އަހަރެންނަށް ކިޔަނީ އަފްލާހް… އަހަރެންނަށް ނަވާ ވަރަށް ރަނގަޅަށް އިނގޭ.. އެކަމަކު ނަވާއަށް އަހަރެން ނޭނގިދާނެ… އަހަރެން ނަވާގެ މައުލޫމާތު ހޯދާތާ ދެއަހަރެއްހާ ދުވަސް ވެދާނެ. އަހަރެންނަށް ނަވާ އެންމެ ފުރަތަމަ ފެނުނީ ފިހާރަޔަކުން. ޒީކް އެއީ ނަވާގެ އާއި ޒަލަފްގެ ދަރިއެއްކަންވެސް އަހަރެންނަށް އިނގޭ. ޒަލަފް ނަވާ ވަރިކުރީ ޒީކް ވިހޭތަނުންކަންވެސް އިނގޭ..’ ނަވާ އިނީ އެ ގޮތްނޭނގޭ މީހާއަށް އޭނަގެ ހުރިހާ މައުލޫމާތެއް އެނގޭތީ ހައިރާންވެފައެވެ. ކައިރީގަ އިން އީފާވެސް އިނީ އަނގަހުޅުވިގޮތައް ލައްޕަން ނޭނގިފައެވެ. ‘ އަފްލާހް އަށް ނަވާއާއި ބެހޭގޮތުން ތިހާ ބައިވަރު މައުލޫމާތު އެނގެނީ ކިހިނެތް؟’ އީފާއަށް ނުހުރެވިގެން އަހާލިއެވެ. އެއީ ނަވާގެ ހިތުގައި ވެސް އެވަގުތު އުފެދިފައި އޮތް ސުވާލެވެ.

ޖަވާބުގައި އަފްލާހް ޖަހާލީ ހިނިގަނޑެކެވެ. އަދި ބުންޏެވެ. ‘ހިތްކިޔަންޏާ މައުލޫމާތު ވެސް ހޯދޭނެއެއްނު.’ ވަގުތުން ތެދުވެ އަފްލާހް އާއި ދިމާލަށް ކަޅި އަޅާލަމުން ކިޔަން އުޅޭ އެއްޗެއް ސާފުކޮށް ކިޔުމަށް ނަވާ ބުނެލިއެވެ. ނަވާގެ އަޑައް އައި ބަދަލް ފާހަގަ ވުމާއި އެކު އީފާއަށް ނަވާގެ އަތުގައި ހިފަހައްޓާލެވުނެވެ.

‘ ބުނަން މިއުޅޭ އެއްޗަކީ އަހަރެން ނަވާދެކެ ވަރަށް ލޯބިވެޔޭ… އިންނަން ބޭޏުމޭ..’ އަފްލާހް އެއްވެސް ޖެހިލުމެއްނެތި އޭނަގެ ބޭނުން ހާމަކޮއްލިއެވެ. ‘ދިރިއުޅުމަކީ ކުޅޭ ކުޅިވަރެއްނޫން’ ނަވާ ވަރަށް ކެރި ހުރެ ބުނެލިއެވެ. ‘ހޫމް ރަނގަޅު ވާހަކައެއް… އެކަން އެނގޭތީ އަހަރެން ނަވާގެ އިންތިޒާރުގައި މިހުންނަނީ.’ އަފްލާހް ނަވާއަށް ބަލާލަމުން ހިނިތުން ވުމެއް ހަދިޔާކުރިއެވެ. ‘ ފާތިމަތު ނަވާ އަހްމަދު… އަހަރެންނާ އިންނަން ކެރޭނެތަ؟’ އަފްލާހް އޭނަގެ އެންމެ ފުރިހަމަ ހިނިތުންވުމުގައި ހުރެ ނަވާއާއި ސުވާލުކުރިއެވެ.

ނަވާއަށް ހަދާނެ ގޮތެއް ނޭނގިވާ އީފާއާއި ދިމާއަށް ބަލާލެވުނެވެ. އީފާ ބޯޖަހާލިއެވެ. އާއެކޭ ބުނާށޭ ބުނާފަދަ އިށާރާތެކެވެ. ނަވާ އަފްލާޙް އާއި ދިމާލަށް ބަލާލިއެވެ. އަދި ބޮލުގެ އިށާރާތުން އާއެކޭ ބުނެލިއެވެ.

ޒީކް އެވަގުތު އެތަނަށް އައެވެ. ‘މަންމީ މީކޮން ބޭބެއެއް.؟’ ލޯބި ހިނިތުން ވުމަކާއި އެކު އަފްލާހް އާއި ދިމާލަށް ޒީކް އިށާރާތްކުރިއެވެ. ‘ބޭބެ މިއީ ޒީކްގެ ބައްޕި’ ނަވާއަށް އެއްޗެއް ނުބުނެވެނިސް އަފްލާހް ޒީކް އުރާލަމުން ޒީކް އައް ޖަވާބުދިނެވެ. ‘ ޔޭ އެންމެފަހުން ޒީކް އަށް ބައްޕިއެއް ލިބުނީއޯ… ލަވް ޔޫ މަންމި އެންޑް ބައްޕި..” ޒީޚްގެ އުފާވެރިކަންފެނި ނަވާގެ ހިތް އުފަލުން ފުރުނެވެ.

ޒީކް އާ ލޯބިކޮއްލަމުން އެނބުރި ކުޅެން ދިޔުމަށް އަފްލާހް ބުންޏެވެ. ‘އަހަރެން ބޭނުމީ ވީއެންމެ އަވަހަކަށް ކައިވެނި ކުރަން’ ޒީކް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ނަވާ އާއި ކުރިމަތިލަމުން އަފްލާހް ބުނެލިއެވެ. ‘އެންމެ ރަނގަޅު،އެކަމް ފަހުން ކައިވެނީގެ ވާޙަކަ ދައްކަމާ… މީ އަހަރެންގެ ނަންބަރު. މިރޭ ގުޅާލާ ކައިވެނީގެ ވާޙަކަ ދައްކާލަން’. އަފްލާހްގެ އަތުގައި އޮތް ފޯނުގައި ނަންބަރު ޖަހާލަދެމުން ނަވާ ބުނެލިއެވެ.

އެރޭ ޒީކް ނިންދެވުމަށްފަހު ގޭތެރޭގެ ކަންކަމުގައި އުޅެނިކޮށް ނަވާގެ ފޯނު ރިންގް ވާ އަޑު އިވެންފެށިއެވެ. ފޯނު ނެގުމުން އެކޮޅުން ވާޙަކަ ދެއްކީ އަފްލާޙް އެވެ. ދެމީހުން ވާހަކަ ދެއްކުމަށްފަހު ހަމަޖެހުނީ މަސްދުވަސް ފަހުން ކައިވެނި ކުރެވޭގޮތަށެވެ. މަސްދުވަސް ނިމިގެން ދިޔައީ ކިހިނެތްކަންވެސް ނަވާއަށް ނޭނގެއެވެ.

މިއަދަކީ ނަވާއާއި އަފްލާހްގެ ކައިވެނި ކުރެވޭ ދުވަހެވެ. ކައިވެނި ޕާޓީ ކުލަގަދަކޮށް ނުބޭއްވީ އެއީ ނަވާ ބޭނުންވާ ގޮތްކަމަށް ވީތީއެވެ. ނަވާ ބޭނުންވީ އާއިލާއާއި ރަހްމަތްތެރިންގެ މެދުކައި ކުޑަވަރެއްގެ ސަޔެއް ބާންވާލަންށެވެ. އަނބިގަބޫލް ކޮއްފީމޭ އަފްލާޙްގެ ދުލުން ބުނި ވަގުތުނު ނަވާގެ ހިތް އަވަސްވެގެން ދިޔައެވެ. ސަބަބެއް ވިސްނާ ވިސްނާ ނަވާ އަށް ނޭނގުނެވެ. ‘އަހަރެން ބޭނުން އަދި މިގުޅުމަށް ވަގުތު’ ޕާޓީ ނިމި ދެމީހުންނަށް އެކަނިވެލަން ފުރުސަތު ލިބުމުން ނަވާ ބުނެލިއެވެ.

ނަވާ އާއި އަފްލާހްގެ ކައިވެންޏަށް އަހަރެއް ވީއިރު ހުރިހާކަމެއް ވަނީ ހަމަޔަކަށް އެޅިފައެވެ. ‘ނަވާ ބަލައިގެން’ ނަވާ އަރި އަޅާލި ވަގުތު އަފްލާހް އަށް ބުނެވުނެވެ. ފަސްމަހުގެ ބަނޑާއި އެކު ކުރިޔަށްވުރެ ނަވާ ރީތިކަމަށް ދައްކައެވެ.’ ‘އަހަރެން އޯކޭ އޭ.. އަފޫ މާބޮޑަށޭ ތި ހާސްވަނީ…’ އަފްލާޙް އަށް އާބަސް ބުނުމަކީ ނަވާއަށް ކުރެވުނު ރަނގަޅު ކަމެއް ކަމުގައި ނަވާ ދެކެއެވެ.

ދުވަސްފުރާ މިފަހަރަކުވެސް ނަވާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ކުރީ ކައިވެންޏާޢި ހިލާފަށް އަފްލާހްގެ އަޅާލުން ވަރަށް ބޮޑަށް ނަވާއަށް ލިބެމުން ދިޔައެވެ. އިންޝާގެ ނަމުން އެ ތުއްތު ކުއްޖާއަށް ނަންދެވުނެވެ. ޒީކް އިންޝާ އަށް ނިކަން ވަރުހުރެއެވެ. މިއަދު ނަވާއަށް އޭނާގެ އާއިލާ ފުރިހަމަ ވެއްޖެ ކަމުގެ އިހުސާސް ކުރެވެއެވެ. ނަވާއަށް އެޅުން ފަދަ ކަތި ފިޔަވަޅެއް އޭނާގެ ދަރިންނަށް އެޅުނަ ނުދިނުން އެއީ ނަވާގެ އެންމެ ބޮޑު އެއް އަޒުމެވެ. އެކުދިންނަކީ ދީނަށް ލޯބިކުރާ ހެޔޮލަފާ ކުދިން ކަމުގައި ހަދަން ނަވާ ގަދައަޅާ މަސައްކަތްކުރަން ނިންމިއެވެ.

ނިމުނީ

 

Share Article

Follow Me Written By

Lam'aa

Level 6100 Login10 Stories

I love to read and write stories. Both negative and positive comments are welcomed ?

Other Articles

Previous

އައިނާ (2) 7

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..15

Next
July 5, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..15

Previews
July 5, 2020

އައިނާ (2) 7

6 Comments!

  1. ?ލޭޑީ ބަގް ? says:
    July 5, 2020 at 7:22 pm

    Varah reethi ingey ?

    1. Lam'aa says:
      July 6, 2020 at 10:52 am

      Thanks ladybug ?

  2. Kairaa says:
    July 5, 2020 at 10:05 pm

    vrah varah reethi fahu bai vx…..masha allah……dhn kn irakun sis ge new story eh kiyaalan libeynee??….lysm….stay safe…

    1. Lam'aa says:
      July 6, 2020 at 10:54 am

      Thanks kairaa… New story eh kiyaalan libeyne Insha Allah avahah… Lym.. Stay safe… ?

  3. ♡Eshh♡ says:
    July 6, 2020 at 7:35 pm

    Lam gandeyyyyyyyyy…maasha allah?????????????????????????..storyyy vvvvvvvvvvvvvvvvvvvv reeeeeethi???????????????????…v interesting koh thi ninmaaaleeves..vrh salhi hama?..ganduge ehen story eh kiyaalan libeyneee kon irakun?????…curiously waitinnnn??????..keep it up n lysssssm?

    1. Lam'aa says:
      July 6, 2020 at 10:59 pm

      Labba esh gandeyyyyyyyyy… Thank yuh ?… Lam ge ehen story eh kiyaalan libeyne Insha Allah avahah… Inthizaaru kuraane kamah ummeedhu kuran.. ? Lyssssm❤️

Comments are closed.



All Right Reserved!