Skip to content
އެސްފިޔަ

ނޭނގި ވެވުނީ ލޮތްބޭ- ޓްރެއިލަރ

“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުން ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ ޑިސައިނަށް ހުރި ދަބަހެއް އަޅުވައިލައިފައިވެއެވެ. ލައިގެން ހުރި އައިސް ބްލޫ ޖީންސާއި މަޑު ފިޔާތޮށި ކުލައިގެ ކަކުލާއިހަމައަށް އަރާ ގަމީސްވައްތަރުގެ ހެދުމަކާއި އަޅައިގެންހުރި އަޅި ކުލައިގެ ޝޯލުން ރީމް ވަރަށް ލޯބި ވައްތަރު ޖަހައެވެ. ކޮށްލައިފައިވާ ލުއި މޭކަޕާއި ތުންފަތުގައި ޖައްސައިފައި ހުރި މެރޫން ކުލައިން ރީމް ފެންނަނީ ހޫރުޕަރީއެއްފަދައިންނޭ ބުންޏަސް ގޯހެއް ނުވާނެއެވެ.

ރީމްގެ މަޑު މުށި ކުލައިގެ ލޮލުގައި އަޅައިގަތީ ދުރުން އަންނަ “ގޮމަ” ލޯންޗެވެ. އެމް.އެމް.އޭ ގެ ކުރިމައްޗަށް ވާގޮތަށް ލޯންޗުގެ ދުވެލި މަޑުކޮށްލިއެވެ. އިރުކޮޅެއް ނުވެ ރީމް ލޯންޗަށް އަރަން ހިނގައިގަތެވެ. ލޯންޗުގެ އެންމެ ފަހަތުން ދެވަނަ ޝީޓުން ބޭރު ފެންނަގޮތަށް ރީމް އިށީނދެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފޯނުން ގަޑި ބަލައިލި އިރު ގަޑިން ދޭއް ޖަހަނީއެވެ. ރީމް ސިއްސައިގެންދިޔައީ ކައިރިން އެއްޗެއް ވެއްޓުނު އަޑަށެވެ. އަނެއްފަރާތަށް ބަލައިލިއިރު ރީމްއާއި އެއް އުމުރެއްގެ ޒުވާން ފިރިހެން ކުއްޖެއް ރީމް ގާތު އިށީންނަނީއެވެ. އޭނާގެ ކުރިމަތީގައި ވެއްޓިފައި އޮތް ކޮތަޅު ނަގައިދެމުން ރީމް އެ ޒުވާނާއާ ހިނިތުންވުމެއް ބައްދަލު ކޮށްލިއެވެ….

ނޯޓު- ފުރަތަމަ ބައި ގެނެސްދޭނީ ބުރާސްފަތު ދުވަހުގައެވެ. މި ވާހަކަ ކޮންމެ ހޯމަ ބުރާސްފަތި ދުވަހެއްގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަން. އުއްމީދު ކުރަން މިވާހަކަވެސް ތި ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.
~ޝުކުރިއްޔާ

Comments (8)

  1. Bookworm

    Hey raaya sis… thnx rom vhk eh liyaathee???…raaya sis ge rom stry akah v intnizaaru kohfin?… at last kiyaalan libijje?❣️?… trailer kiyaalaafa heevany stry vvv reethi vefa rom vaanehen?… curiously waiting for the first prt of the stry ???…good luck dear????❤️…
    tc??❤️ …love u nd ur strys sis❤️?????

    1. Raaya
      Bookworm

      Book worm ge comment kiyaalaafa vvv ufaa vehjje hama… raayage vaahaka akah intizaaru kuraa kan ingunyma adhi e ah vire vx bodah ufaa vehjje????… in sha allah maadhama first part submit kohlaanan… lyt… take care???

  2. Ziaaya

    Wow bestow it’s so nice? eyee khakubaa

    1. Raaya
      Ziaaya

      Thanks bestiee??? eii kaaku kan engeyene dhw kuriyah oii baithakun?

  3. Naani

    Traila ge gothun ves heevey Varah reethivaanehen… ❣️waiting for next… ?

    1. Raaya
      Naani

      Thanks naani? uhmeedhu kuran vaahaka vx reethi vaane kamah… keep waiting ??

  4. Nafu✨

    raaya sorry vr bodah maa lahun comment kohleveythy.. nafu kurin vs buni hen gavaaidhun comment nukurevidhaane. but hama konme part eh vs up kohlaairah kiyaaleveythw balaanan insha allah. dhn hama bunegeyni trailer hama habbu ey. vr curious vaane gothakaa medhu.. vr rythi vaane hen hyvey.. stay safe

  5. Raaya

    alheeyy.. its ok nafu. school hulhuvunynma dhn emmenvx vrh busy vaane ehnnu. vrh ufaa vehjje nafu ge comment eh libunyma. trailer kamu diyaee ma vx vrh vrh ufaa vehjje 🙂 uhmeedhu kuran vaahaka vx reethi vaane kamah.. stay safe

Comments are closed.