ޖައިޝް 9
ޖައިޝްގެ ތަނަވަސް މޭ މަތީގައި ރީޝް ޖެހިގެން ދިޔައިރު ރީޝްއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. މޭ ތެޅެމުން ދިޔަލެއް ބާރުކަމުން ހީވީ މޭކަށިވެސް ފަޅާލާފައި ހަށިގަނޑު ދޫކޮށް ނުކުމެދާނެ ހެންނެވެ.
ރީޝްގެ ކަނދުރާ އާ ހަމައަށް ތިރިވެލުމަށްފަހު ޖައިޝް އެނާގެ ތުންފަތް ރީޝްގެ ދިގު ދޮން ކަނދުރާގައި ޖައްސާލިއެވެ. އަދި ކަންފަތާ ކައިރިއަށް އޭނާގެ އަނގަ ގެންގޮސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ވަރަށް ލޯބިވޭ.”
ރީޝްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް އޭނާގެ ކޯތާފަތަށް ޖަމާވެގެން ދިޔައެވެ. އަދި ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އުންމީދުވެސް ނުކޮށް ހުއްޓާ ޖައިޝްގެ ފަރާތުން އެހައި ގިނަ ދުވަހަށްފަހު އެކަހަލަ ހަދިޔާއެއް ލިބުމުން ރީޝްއަށް ހީވީ ދެއީދު އެއްފަހަރާ އައި ހެންނެވެ. އެއްޗެއް ބުނަން ނޭގި ގަނެފައި ހުރި ލަދަކާއި ވެފައި ހުރި އުފަލެއްގެ ސަބަބުން ރީޝްއަށް ހުރި ގޮތަށް ހުރެވުނީއެވެ. ދެވަނަ ފަހަރަށް ޖައިޝްގެ ތުންފަތުގެ މަޑު ފިރުމުމެއް އަމާޒުވެގެން ދިޔައީ ރީޝްގެ ނިއްމައްޗަށެވެ.
ރީޝްއަށް އޭނާގެ ދެލޯ މަރައިލެވުނެވެ. އަދި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރެވިގެން ދިޔައެވެ. ”ބަލާބަ. ބްލަޝް ވީ ތިއޮށް.” ޖައިޝް ރީޝްއާ ދުރަށް ޖެހިލުމަށްފަހު ބުނެލިއެވެ. އަދި އަނެއްކާވެސް ތުންފަތުގެ ދެ މިޔަކަން ދަމައިލުމަށްފަހު ހިނިތުންވެލިއެވެ. ޖައިޝްގެ އެއަމަލާއި ޖުމުލައިގެ ސަބަބުން ރީޝްއަށް އޭނާގެ ދެކޮލުގައި އަތް އަޅައި ފަހަތަށް އެނބުރިލެވުނެވެ.
ރީޝްގެ ފަރާތުން ފެންނަމުން ދިޔަ އަމަލުތަކުގެ ސަބަބުން މާޒީގެ އެކި އެކި ހަނދާންތައް ޖައިޝްގެ ސިކުނޑީގައި ކޮށްޓަމުން ދިޔައެވެ. އަދި އަނެއްކާވެސް ގޮސް ރީޝްގެ ކުރިމައްޗަށް އަރައި ރީޝް އާ އެއްވެރަށް ގުދުވެލިއެވެ. ނަމަވެސް ރީޝް މާކުރިން ޖައިޝްގެ ކަނދުރާގައި އަތް ވަށައިލުމަށް ފަހު ކޯތާފަތަށް ބޮސް ދިނެވެ.
ޖައިޝްއަށް ލިބުނު ސިހުމުގައި ހުރިތާ ގުޑިވެސް ނުލާ ހުރެވުނީ ރީޝް އެކަހަލަ ކަމެއް ކޮށްދާނެ ކަމަށް އުންމީދުވެސް ނުކޮށް ހުއްޓާ އޭނާގެ ފަރާތުން އެފަދަ އަމަލެއް ފެނުމުންނެވެ. ބޭއިހްތިޔާރުގައި މިފަހަރު ޖައިޝްއަށް ހިނިތުންވެލެވުނު އިރު އޭގެ ދެވަނަ ސިކުންތުގައި ކޮލުގައި މަޑުމަޑުން ފިރުމަމުން ގޮސް ފާހަނާއަށް ވަދެލިއެވެ. ރީޝްވެސް ހަރުގަނޑުން އޭނާގެ ވަށް ބުރުގަލެއް ނަގައިލުމަށްފަހު އެ އަޅައިގެން ކޮޓަރިން ނުކުމެލީ ޖައިޝް ނުކުންނަން ވާއިރަށް މޭޒުމަތި ތައްޔާރު ކުރުމަށެވެ.
ނިޔާޝާ އާއި ރީޝް ސޯފާގައި ޓީވީ ބަލަން އިން އިރު ޒާން އުޅުނީ މޭޒުމަތީގައި ހުރި ނޫސްތަކުން ރަނގަޅު ނޫހެއް ހޯދާށެވެ. ނިޔާޝާ އިރުއިރުކޮޅާ އަނގަ ހުޅުވާލުމަށްފަހު ހާ ފުރިލާގޮތުން އޭނާ ބަލަމުން ދިޔައީ ކަމުދާ ކަހަލަ އެއްޗެއް ނޫން ކަން ހާމަވަމުން ދިޔައެވެ.
”ބައްޕިގެ ދޫނީ. ކޯއްޗެއް ބަލަނީ ތި؟” ޓީވީއަށް ގެއްލިފައި އިން ޝިޒާއަށް އޭގެ ތެރެއިން ނުކުމެވުނީ ޖައިޝްގެ އަޑު އިވުމުންނެވެ. ލަސްތަކެއް ނުކޮށް ދުވެފައި ގޮސް ޖައިޝްގެ ގައިގައި އޮޅުލާގަތީ އެފަދަ ގޮތަކަށް ޖައިޝް ވާހަކަ ދެއްކުމުންނެވެ.
ޒާން އާއި ނިޔާޝާ ވެސް ޖައިޝްގެ ވާހަކަ ދެއްކުން ހުރި ގޮތުން އަޖައިބުވެ އަންތަރީސް ވާވަރުވިއެވެ. އެފެންނަނީ ހުވަފެނެއް ކަމަށް ހީކޮށް ދެތިން ފަހަރަކު ލޯ ވެސް އުނގުޅާލިއެވެ. ނަމަވެސް ފެންނަމުން ދިޔަ މަންޒަރު ބަދަލުނުވުމުން އެމީހުންނަށް ޖެހުނީ އެއީ ހަގީގަތެއް ކަން ގަބޫލުކުރާށެވެ. ނިޔާޝާއަށް ކަރުނަވީ ލޮލަކުން ރީޝްއަށް ބަލައިލެވުނު އިރު ރީޝްވެސް ހުރީ ހިނިތުންވެލައިގެން ޖައިޝް އާއި ޝިޒާގެ ހަރާކަތްތަކަށް ބަލާށެވެ.
”ސްޓޯބެރީ ޝޯޓްކޭކް. ބައްޕި އާދޭ ޝިޒް އާ އެކީ މި ކާޓޫން ބަލަން. ވަރަށް ރީތި ކާޓޫނެއް. ދޯ މާމާ.” ޝިޒާގެ ތޫލި އަޑުން ރާގެއް އަޅުވާލާފައި އެހެން ބުނިލިއިރު އެންމެންގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ދުވެލިއެވެ. ނުހަނު އުފާވެފައި ހުރެ ޝިޒާ ޖައިޝްގެ ގައިގައި ބައްދާލައިގެން ހުރިއިރު ޝިޒާގެ ފަހަތަށް ލެވިފައި އޮތް އަތުން ޖައިޝްއަށް ނޭނގޭނެހެން ގޮވަމުން ދިޔައީ ރީޝްއަށެވެ.
ވާނުވާ ނޭނގުނު ނަމަވެސް ޝިޒާގެ އެދުމަކަށް ފުރަގަސް ނުދިނުމަށް ޓަކައި ތަށިތައް މޭޒުމަތީ އަތުރާލުމަށްފަހު އަވަހަށް ހަލުވި ފިޔަވަޅު ތަކެއްގައި އެދިމާލަށް ދިޔައެވެ. ރީޝް ގޮސް އެތަނުގައި ހުއްޓުނު ތަނާ ޝިޒާ ތިރީގައި ބަހައްޓަން އެދުމުން ޖައިޝް ޝިޒާ މައްޗަށް އުފުލާލުމަށްފަހު ތިރީގައި ބެހެއްޓިއެވެ. ”ބައްޕީ ދީބަ ފޯން.” ޖައިޝް އަވަސް އަވަހަށް ޖީބުން ފޯނު ނަގާލުމަށްފަހު ޝިޒާއަށް ދިއްކޮށްލިއެވެ.
”މާމާ ހިފާބަ.” ނިޔާޝާގެ އަތަށް ފޯނު ލައި ދިނުމަށް ފަހު ޝިޒާ އަނެއްކާވެސް އައިސް ޖައިޝް ގާތު އުރަން އެދުނެވެ. އެކަކަށްވެސް ވަމުން ދާ ގޮތް ނޭނގޭތީ އަނގައިންވެސް ނުބުނެ ހުރި ފިޔަވަޅުމަތީ އެންމެން ވެސް ތިބީއެވެ. ”ޝިޒްގެ ފެމިލީ ހަމަ ވީ އޯ. މަންމީ ބައްޕި ކައިރިއަށް ޖެހިލަބަ. މާމާ މި ލޯބި ލޯބި ކުޑަ ފެމިލީގެ ފޮޓޯއެއް ނަގައި ދީބަ.” ކުޑަ ކުޑަ ޝިޒާގެ ވިސްނުން ތޫނުކަމުގެ ސަބަބުން އެންމެންނަށްވެސް ފުޅާ ހިނިތުންވުމެއް ވެވުނު އިރު ޝިޒާވެސް ދަތްޕިލާ ދައްކައިގެން އެއް އަތުން ރީޝްގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ.
ނިޔާޝާ ވެސް ސޯފާއިން ތެދުވެލައިގެން އައިސް ފޮޓޯ ނެގުމަށް ރަނގަޅު ތަނެއްގައި ހުއްޓިލައި އެކުޑަ ކުޑަ އާއިލާގެ ފޮޓޯއެއް ނެގުމަށް ފޯނު އުފުލާލިއެވެ. އޭރު ޖައިޝްގެ ވައަތުން ޝިޒާ އުރާލައިގެން ހުރިއިރު އެނެއް އަތް ވަނީ ރީޝްގެ ކޮޑުގައި ބާއްވާލާފައިއެވެ. ތިން މީހުންވެސް ހިނިތުންވެލާފައި ހުރިއިރު ފެންނަ ކޮންމެ މީހަކަށްވެސް އެއީ އެންމެ އުފާވެރި އެއް އާއިލާ އޭ ބުނެ ނުދާނެކަން ގައިމެވެ. ނަމަވެސް ހަގީގަތް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟
ރީތި އެކިގޮތް ގޮތަށް ފޮޓޯ ނަގައި ނިންމާލުމަށްފަހު ހެނދުނުގެ ނާސްތާ ފުރިހަމަ ކުރުމަށް ޓަކައި އެންމެން ވެސް އަވަސްވެގަތެވެ. ކާމޭޒު ދޮށުގައި އެންމެންވެސް ކަމުން ދިޔައިރު ދިޔައީ އެކި އެކި ވާހަކަވެސް ދައްކަމުންނެވެ. އެންމެ ގިނައިން އެދެމެދުގައި ދެކެވެމުން ދިޔައީ މިހާރު ފެތިރުގެން އުޅޭ ނުރައްކާތެރި ބައްޔާ މެދުއެވެ.
ޖައިޝްގެ އުޅުމަށް އައި ހެޔޮ ބަދަލުގެ ސަބަބުން ނިޔާޝާ އާއި ޒާން ދިޔައީ ހިތުން މާތް ﷲ އަށް ހަމްދުކުރަމުންނެވެ. އެމީހުން އޮތްހާ ދުވަހު ކުރަމުން އައި ދުއާތައް އިޖާބަ ކުރެއްވުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ؟
”މިހާރުވެސް ވަރަށް ގިނަ މީހުންނަށް ޖެހެމުން ތަ ދަނީ؟” އަނގައަށް ރޮށިކޮޅެއް ލަމުން ޖައިޝް އެހެން ބުނެލީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ ފަދަ ގޮތަކަށެވެ. ޖައިޝްއަކީ އެއްޗެހި ކިޔައި އުޅޭ މީހަކަށް ނުވުމުން ދުނިޔޭގައި އަދި ރާއްޖޭގައި ވެސް ވާ ކަންތައްތައް އެކި ގޮތްގޮތަށް އޭނާއަށް އިވިގެން ދަނީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކަތަކުންނެވެ. އެކި މީހުން އެކި ވާހަކަ ދެއްކި ކަމުގައި ވިޔަސް އޭނާއަށް ޖެހޭނީ ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކުރާށެވެ. ނޫނީވިއްޔާ އެއްޗެކޭ ނުބުނެ ހަނު ހުންނާށެވެ. ވާހަކަތަކުގެ ހައްގު ތެދުގޮތް އޭނާއަށް އޮޅުންފިލަނީ މަދު ފަހަރަކުއެވެ.
”ހޫމް. މިއަދުވެސް ސާޅީހަކަށް މީހުންނަށް ޖެހިއްޖެ. ރޭންޑަމް ސާމްޕްލްތައް ވެސް ނަގަމުން ދަނީ މާލެއަށް ފެތުރިފައި ވަނީ ކިހާ ވަރަކަށް ތޯ ބަލަން. މާދަން ހީވޭ އޭގެ ނަތީޖާތައް ލިބޭނެ ހެން.” ފަހަކަށް އައިސް ކޮންމެ ދުވަހަކު ހަބަރު އަޑު އަހަމުން ދާތީ ރީޝްއަށް ނޭނގޭ އެއްޗެއް ނުހުރެއެވެ. ހަބަރުބެލުމަކީ ރީޝްގެ އާދައަކަށް ވެއްޖެއެވެ. ކޮންމެ ރެއަކު އަށެއް ޖަހަންވާ އިރަށް ރީޝް ސޯފާގައި އިންނަނީ ހަބަރު އަޑު އެހުމަށެވެ.
”އެހެންތަ.” ކުރު ޖަވާބެއް އިއްވާލުމަށްފަހު ކެއުމާއިގެން ޖައިޝް މަސްއޫލުވެގެން ދިޔައެވެ. އަދި އިރުއިރުކޮޅުން ޝިޒާއަށް ވެސް އޭނާގެ އަމިއްލަ އަތުން ލަވަމުން ދިޔައެވެ.
***
ދުވަސްތައް ހަލުވި ކަމާއިއެކީ ފާއިތުވަމުން ދިޔައީ ފުރަބަންދުގެ ސަބަބުން އެކި މީހުންގެ ދިރިއުޅުމަށް އެކި ބަދަލުތައް ގެންނަމުންނެވެ. ސުކޫލުތަކާއި އޮފީސްތައް އަދި އެހެނިހެން ތަންތަންވެސް ބަންދުވެފައި ހުރުމުގެ ސަބަބުން ގިނަ މީހުންނަށް ކުރަންޖެހޭ ކަންތައް މަދުވެފައިވާ އިރު އެނެއްބާ މީހުން ދިޔައީ ކުރިން އަނބިދަރިންނާއިއެކު ހޭދަ ނުކުރެވުނު ވަގުތުތައް އަބުރާ ދެމުންނެވެ. އަދި އެނެއްބައި މީހުން ދިޔައީ ވަގުތުތައް ނިދުމުގައި ބޭކާރު ކުރަމުންނެވެ.
ފުރަބަންދުގެ ސަބަބުން ރީޝްއާއި ޖައިޝްގެ ހަޔާތް ކުރީގެ ހާލަތައް ރުޖޫޢަވެފައިވާ އިރު މުޅި އެގެޔަށްވެސް ވަނީ އައު ދިރުމެއް ލިބިފައިއެވެ. އެކި ދުވަސް ދުވަހު އެކި ކަންތައް ކުރަމުން ދިޔައީ ޝިޒާއަށް މަންފާވަނިވި ގޮތް ގޮތަށެވެ. ނަމަވެސް ރީޝްގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ދިޔައިރު ނޭވާ ލުމުގައިވެސް ދަތިތައް ކުރިމަތިވަމުން ދިޔައީ ކުރިއަށްވުރެ ގިނައިންނެވެ. ނަމަވެސް އަދިވެސް ރީޝް އެއީ މާ ބޮޑު ކަމަކަށް ނުހަދައެވެ. ކުރިން ފެންނަމުން ނުދާ އެތައް ލިސާނެއް މިހާރު އެހަށިގަނޑުގައި ވި ނަމަވެސް ރީޝްއަށް އެއީ އާދައިގެ ކަމެކެވެ.
ބޭރަށް ނުދެވުމުގެ ސަބަބުން ދެރަވެ މާޔޫސްވެފައިވާ ޖައިޝްއަށް ގޭގައި އުޅެން ޖެހުމުން ވީ ފޫއްސެވެ. ބޭރަށް ފިޔަވަޅެއް ނާޅާތާ ހަފްތާއެއް ވެގެން ދިޔައިރު ފިނިބުރާ އެކުވެރިންނާއިއެކު ތަންތަނަށް ނުދެވުމުގެ ސަބަބުން އޭނާގެ ހިތް ވަނީ މާޔޫސްވެފައިއެވެ. ނަމަވެސް ބޭރުފުށުން އެކަން ނުދައްކާ ފޮރުވާފައި ވަނީ ނިކަން މޮޅަށެވެ. ރީޝްއާ ޝިޒާ ހިތްހަމަޖައްސާލުމަށް ޓަކައި އޭނާ އެކުޅޭ މޮޅެތި ތަމްސީލުތަކަކީ އެންމެ މޮޅެތި އެކްޓަރުންނަށްވެސް ނުވާނެ ކަމެއް ކަން ޔަގީނެވެ. ފޫހިވެފައިވާ ގަޑިތަކުގައިވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން އުޅެނީ ރީޝްއަށް ކުޑަވެސް ޝައްކެއް ނުވާނެ ފަދައިންނެވެ. އެހައިވެސް އެކަންކަމުގައި ޖައިޝް ކުޅަދާނައެވެ.
ޝިޒާ ގޮވައިގެން ކުޅެން އިން ޖައިޝްއަށް ފޯނެއް އަންނަން ފެށުމުން ބެލްކަންޏަށް ނުކުމެލައި ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ ހަމަހިމޭން މަގު މައްޗަށް ނަޒަރު ހިންގައިލިއެވެ. ”އޭ. ހިނގާބަ ދުއްވާލަން ދާން. މިހާރު ފޫހިވެގެން މޮޔަވާ ވަރު ވެއްޖެ ގޭގަ އޮވެ އޮވެ.” ޝިޔާން ފުރަތަމަވެސް ކުރަން ފެށީ ޝަކުވާއެވެ. އެއީ ފާއިތުވި ކޮންމެ ދުވަހެއްގައި ޖައިޝްއަށް އިވޭ އަޑެކެވެ. ނަމަވެސް އެކަމަށް އިންކާރު ކުރަނީ ހަމަ ޝިޒާ އާއި ރީޝް އަށް ޓަކައިއެވެ.
”އާން. ހިނގަ ދާން. ވަރަށް ފޫހިވެއްޖެ މިހާރު މަ ވެސް. ހަފްތާއެއް ވަނީ މަގުމަތީގައި ދުއްވާނުލެވޭތާ. ކޮންތާކަށް ދާން ވީ؟” ހަފްތާއަކަށްފަހު ފުރަތަމަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ނިންމައި ޝިޔާން އާއިއެކު ރަސްފަންނަށް ދިޔުމަށް ތައްޔާޜުވެލިއެވެ.
ބިސް ކުލައިގެ ގަމީހަކާއިއެކު ކަޅު ކުލައިގެ ފަޓްލޫނެއް ލުމަށްފަހު އިސްތަށިގަނޑުގައި ޖެލް ލާ މައްޗަށް ހިއްލާލުމަށްފަހު ޖައިޝް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބުނެވެސް ނުލައި ތައްޔާރުވެލައިގެން ނުކުތުމުން ރީޝް އާއި ޝިޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ބޮޑު ސުވާލު މާކެކެވެ. މިއަންނަނީ އޭ ބުނެލުމަށްފަހު ޖައިޝް ގޭގެ ބޮޑު ދޮރާ ދިމާލަށް މިސްރާބު ޖެހީ ރީޝް އެއްޗެކޭ ނުބުނުމަށް ހިތާ ހިތުން ދުއާ ކުރަމުންނެވެ.
”ކޮންތާކަށް؟” ބޮޑު ދޮރުގައި ލެގިލަމުން ރީޝް އެހެން ބުނެލީ ނުތަނަވަސްވެފައިވާ ހިތަކާގެންނެވެ. އެކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ރީޝްގެ ދެ ލޯ ކަރުނުން ފުރާލާފައިވާ އިރު ހިކިފައިވާ ތުންފަތް ދިޔައީ ތުރުތުރުލަމުންނެވެ.
”މިއަންނަނީ އޭ.” ރީޝް ދިޔައީ ޖައިޝްއަށް ބޭރަށް ނުކުމެވެން އިން މަގު ބަންދުކުރަމުންނެވެ. ޖައިޝްގެ މޫނުމަތިން ރުޅިވެރިކަން ފައުޅުވަމުން ދިޔައިރު ވެސް ރީޝް އޭނާގެ ގޮތުގައި ހުރީ ބޭރަށް ގޮއްސި ނަމަ ވާނެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ”ރީޝް ތީ ދެން ކޮން ސަކަރާތެއް. ތަނަކަށް ނުގޮސް މިހާރު ހަފްތާއަކަށް ގޭގައި މަޑު ކޮށްފިން ރީޝްގެ އެދުމަށް. އަހަރެން ދާން ތަން ދައްކާ.” ރީޝް ދުރަށް ކޮށްޕާލުމަށްފަހު ޖައިޝް ގޭގެ އޮޅިގަނޑު ގިރާކުރުމަށްފަހު ނުކުމެގެން ދިޔައީ އެކަމުގެ ސަބަބުން އުފަލުން ފޮޅުފައިވާ ރީޝްގެ ހިތް ހަލާކު ކޮށްލަމުންނެވެ.
ޖައިޝްގެ ފަރާތުން ފެނުނު މަންޒަރުން ޝިޒާގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއިރު މަޑު ގިސްލުމެއް އަނގައިން ބޭރުވަމުން ދިޔައެވެ. އެއަޑު އިވިފައި ރީޝް އަވަސް އަވަހަށް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ޝިޒާ އާ ހަމައަށް ދިޔައީ ނުހަނު ހިތްވަރު ކޮށްލައިގެންނެވެ. މުށިގަނޑު މަތީގައި ޖެހުނު ގޮތުން ރީޝްގެ ގައިގައި އަޅަމުން ދިޔަ ވޭން އިތުރުވެފައި ވީ ނަމަވެސް އެއީ އޭނާއަށް އިހްސާސު ނުވާ ތަދެކެވެ. އެ ވޭނަށް ކެތްކުރަން އާދަވެފައިވީ ފަދައެވެ.
***
ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ޖައިޝްގެ ހިތަށް އާރޯކަމެއް ލިއްބައިދެމުން ދިޔައިރު ހަފްތާއެއް ވަންދެން ބަންދުވެފައިވާ ސިކުނޑި ދިޔައީ ހުޅުވެމުންނެވެ. ޖައިޝްގެ ފަހަތުގައި އިން ޝިޔާންގެ ހަށިގަނޑަށް ވެސް ދިޔައީ އެފަދަ އަސަރުތަކެއް ފާޅުވަމުންނެވެ. ދިގު ދަތުރަކަށް ފަހު ރަސްފަންނަށް ޝިޔާން އާއި ދެމީހުން ގޮސް ވަދީ އެތަން ހަމަހިމޭންވެފައި އޮތުމުގެ ސަބަބުންނެވެ. ރާޅު ޖަހާ ފަށުގައި ޖައިޝް ގޮސް މަޑުކޮށްލިއިރު ޝިޔާން ދިޔައީ އޭނާގެ އެކުވެރިން ފެނިގެން އެމީހުންނާ ދިމާލަށެވެ.
ކުދިކުދި ރާޅު ތަކާ ސަމާސާ ކުރަމުން ދިޔަ ޖައިޝްގެ ތުންފަތުގައި ވަނީ ނުހަނު ރީތި ހިނިތުންވުމެކެވެ. މޫނުމަތި ވަނީ އުޖާލާވެފައިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







salaam my dear readers..
unmeedhu kuran mi bai vs kamudhaane kamah.. and thikudhinnah hyvani dhn kihineh hen vaani?? comment ur views..
sch hulhuvunyma thankolheh bxy koh ulheythy kurin dhiya dhe bayah reply nudhevuny ingey.. ekam mihaaru hunnaani reply dhyfa.. thank u sooo much for all the support.. i really appreciate those words.. thank u..
baahjja veri reygandakah hurihaa kudhinnah vs edhen.. stay safe. ly.
next part vs avahah kiyaalan libeyne. insha allah. keep waiting
Alheyy sissoo varah varah reethi?❤️❤️
Masha allah??
Reesh ah evanee kihinehbaa anehkkaa?
Sis reesh ah dhera gotheh nuhadhahchey??
Kn irakun nxt part kiyaalan libeynee?❤️?
Curiously waiting❤️❤️
Ly sis stay safe???❤️
Nd me first tha??❤️
yeyeyayyyyyyy.. yess ur first lamko.. congratulations.. and thank u sooooooooo much for ur beautiful comment.. and regular koh konme bayakun lamko ge commenteh fennaathy hama vr ufaavey.. thanks a lot dear.. aslu vs reesh ah ehvaa gotheh neygeythy dhw.. ya nafu vs mibalany reesh ah dheragotheh nuhedhey thw.. next maadhamaa kiyaalan libidhaane. insha allah.. sch hulhuvunyma nafu ah vaahaka submit kureveyleh las vedhaane.. but will try.. keep waiting.. u too stay safe and lym
mi bai vx varah varah reethi??
masha allah??
speechless????
alhey vrh curious vey eba reesh ah e vaa goii balan….kairaa ah hama heevanee covid jehuny hen???
curiously waiting for the nxt part???
LYSM???
STAY SAFE SISS❤️❤️❤️
alheyyyyy thank u soooooo much kairaa for ur beautiful comment.. and vr ufaavey kairaa ge commenteh konme part akun fenigen dhaathy.. thanks a lot dear.. ya nafu vs vr vr curious vefa mihury.. reesh ah evany kihineh baa dhw.. kairaa ah thi hyvaa gothah vs vedhaane. kuriah huri part thakun yageen kohlamaa dhw.. keep waiting.. u too stay safe and lym
Hey nafu,vrh bodah sorry ingey comment nukureveythy… school hulhuvunyma hama vaguthu nuvegen miulheny… miadhu adhi mi hama akah elhuny… i just wanna remind you tht vaahaka ah comment nudhinas i am still reading the story ey ingey…
Vrh reethi mi baivx… heevany hama e vaahaka thereyga ulheveyhen mi kiyaa iru… ehaa vx reethi… and i love your sifa kurunthah…❤??
hii raaya. iss ok dear.. sch hulhuvunyma konme partakah comment nukuriyas nafu ah ok. sch ah vure vaahaka muhinmeh nuvaane dhw.. ya nafu vr ufaahjje vaahaka kiyaalaakan ingunyma comment nukuriyas.. and mi part ah dhuvas thakeh kohlaafa comment eh kuryma vs vr vr ufaavehjje. thanks a lot dear.. alheyyy thank u thank u so soooo much.. right now i’m speechless. stay safe. ly
????????Hurihaa? part ?akah comment? nukuriyas ?knme ?part ?vx? kiyan ?igey?… vr reethi ?kury? dhe ?part ?vx? … also ?mi ?part ?vx ?vr ?vr? reethi.?????????. hy ?vx ?nukuraa gothakah ?stry ?thi ?genn ?dhany ???… masha ?allah? keep ?it ?up? sis????????..? be ?safe????? .. ?lysm??????
awwwwwwwwwww.. riff dear.. dhuvas thakakah fahu riff ge comment eh nafu ah libihjje. and kiyaa vs lehvihjje. right now i’m speechless dear.. so many purple hearts.. alheyyy.. thank u thank u so soooooo much.. it means a lot. vr vr ufaavehjje riff ge comment kiyaalaafa. once again thanks a lot.. u too stay safe and lym
Maashaa Allah V v v Salhi…. ❤️❤️❤️❤️❤️??????❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️❤️❤️❤️
I like it……. ☺️☺️☺️????????
Keep up with the good work.. ?????????
How many parts left…. ?????????????
Saranghae… ❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️????????????????❣️❣️❣️❣️❣️❣️❣️???????
TC….. ??????????
alheyyyyyyyy.. bluebird ge colorful commentge sababun right now i’m speechless dear. kykey dhn bunaany vs.. thank u sooo soooo much dear.. now i think 3 parts left.. i’m not sure inge.. maybe 3 parts left.. once again thanks a lot dear.. saranghae.. u too take care
Vrh reethi mi part vx. Its very unique… Next part avahah up kohdhehchey ☺️ ❤️❤️
thank u soooo much thihu.. it means a lot dear..
Masha allah… Masha allah… Mi part vx vvv salhi ingey… Anekka jaish ah kon habarehbaa e libuny? V curious kohlaafa thi nimmaaly… Whn nxt? Curiously waiting…
alheyy thank u soo much bookworm.. it means a lot dear..
Kmme bayakah comment nukuriyass Vaahaka Hama baraabarah kiyan… I really love this story ?…. Keep it up nafu♥️✨
Stay safe
Ly♥️?✨
vr ufaavehjje comment kohlyma tara.. thank u soo much.. it means a lot.. u too stay safe.. ly more