ފިޔަފަތް 1
އަފްލާމް އަކީ ޔޫ.އެސްގައި ހުންނަ ކުޑަކުޑަ ވިލެޖްއަކަށް އުފަންވި މީހެކެވެ. ރާއްޖެއަށް އަފްލާމް ދިޔަ ފަހަރެއް ގައި އަފްލާމްއާއި ޒައިނާ ދިމާވިއެވެ. ޒައިނާއާއި އަފްލާމްގެ މެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފެދިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަފްލާމް އިސްލާމްވީވެސް ޒައިނާ އާއި ބައްދަލުވި ފަހުންނެވެ. އެއަށްފަހު ޒައިނާއާއި އަފްލާމް ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔައީ ރާއްޖޭގައެވެ. ޒައިނާގެ އުފަން ރަށުގައެވެ. އަފްލާމްއަކީ ބޭރު މީހަކަށް ވެފައި އާދަޔާޚިލާފަށް ދޮނެވެ. އަފްލާމްގެ ހުންނަނީ ވެސް ނޫ ކުލައެއްގެ ލޮލެކެވެ. އަފްލާމްއާއި ޒައިނާއަށް ލިބިފައިވަނީ ދެ ކުދިންނެވެ އެއީ ޒައިދާންއާއި ޒައިލީންއެވެ.
ދެ ކުދިންވެސް ބޮޑަށް ވައްތަރީ އަފްލާމްއާއެވެ. ދެކުދިންވެސް އެހާ ދޮނެވެ. ޒައިލީން އާއި ޒައިދާންގެ ގައިގައި ހުންނަ ޒައިނާ އާއި ގުޅޭ އެންމެ ރީތި ސިފައަކީ ދެ ކޯތާފަތަށް އެޅޭ އަޑިކޮޅާއި ގަދަމުށި ކުލައިގެ ދެ ލޮލެވެ. އެމީހުން ޔޫ.އެސްއަށް ދިޔައީ އެ ދެކުދިން ގްރޭޑް ދިހައެއް ނިމުމުން އެކުދިން އެކޮޅަށް ކިޔަވަން ދާން ބޭނުން ވީމައެވެ. ރާއްޖޭގައި އުޅެމުން ދިޔައިރުވެސް އިނގިރޭސިއަށް އެކުދިން ނުލާހިކު ފަރިތައެވެ. އެހެންވީމައި ޔޫ.އެސްއަށް ކިޔަވަން ދިޔުން އެއީ އެހާ ބޮޑުކަމަކަށެއް ނުވިއެވެ.
އެއަރޕޯޓް ތެރެއިން ނުކުންނަމުން ޒައިލީން ގަޑި ބަލާލިއެވެ. “ޒައީ.. އަންނާށޯ ދާން..” ޒައިލީންގެ ދޮންބެ ޒައިދާން ގޮވާލިއެވެ. ޒައިލީން އަވަހަށް ލަގޭޖް ހިފައިގެން ޒައިދާންގެ ގާތަށް ދިޔައެވެ. އޭރު އަފްލާމް ކޮފީ ޝޮޕްއެއްގެ ގާތުގައި މަޑުކޮއްލައިގެން ހުއްޓެވެ. އޭރު ޒައިނާވެސް ކޮފީޝޮޕްގެ ތެރެއަށް ވަދެއްޖެއެވެ.
“ދަރިފުޅުމެން ހުންނާނީ ހޮޓެލްއެއްގައި.. އެތަނަކީ އެ ސްކޫލަށް ކިޔަވަންދާ ކުދިންނަށް ހާއްސަ ކޮއްފައިވާ ތަނެއް.. ކަމެއް ވެއްޖެއްޔާ މަންމަމެންނަށް ގުޅާލާތި.. ވަރަށް ލޯބިވޭ އިނގޭ ދެކުދިން ދެކެވެސް.. މަންމަމެން ދެދުވަސް ވަންދެން މިކޮޅުގައި މަޑުކޮއްލާފައި އަލުން ރާއްޖެ ދާން ފުރާނަން..” ޒައިނާ ދެކުދިންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ބަސްއަހައިގެން ކިޔަވާތި.. އެއްވެސް ކުއްޖަކަށް އުނދަގޫ ނުކުރާތި.. ކްލާހުން އެންމެ މޮޅު ރިޒަލްޓްސް ލިބޭ ކުދިންގެ ތެރޭގައި ދެކުދިންވެސް ހިމެނެންވާނެ.. އިނގޭ.. ދެންދަނީ… އިރުކޮޅަކުން އަންނާނެ ކާރެއް.. ފެހިކުލައިގެ ޕްރައިވެޓް ކާރެއް.. އެ ކާރުގެ ޑްރައިވަރަކީ ބައްޕަގެ ހާއްސަ ޑްރައިވަރެއް…. އޭނަ ކާރުގައި ތިކުދިން ހޮޓެލްއަށް ގެންގޮސްދޭނެ..” އަފްލާމް ކިޔާދިނެވެ. “އެންމެ ރަނގަޅު..” ޒައިލީން ބުނެލިއެވެ. އިރުކޮޅެއް ފަހުން އަފްލާމް އާއި ޒައިނާ އެހެން ކާރެއްގައި އަފްލާމްގެ މައިންބަފައިންގެ ގެއަށް ދާން ނައްޓާލިއެވެ.
“ޒައިއަށް ފިންޏެއް ނުވޭތަ..؟” ޒައިދާން އެއްސެވެ. “ނޫން ފިނިވޭ.. ރާއްޖެއިން އައީމަ ބޭނުން ވަނީ އަލުން ރާއްޖެދާން.. އެކަމަކު ރާއްޖެ ދެވުނީމައި ދޮންބެވެސް ބުނާނެ ހާދަހާވާ ހޫނޭ..” ލައިގެން އިން މެރޫން ޖެކެޓް ރީތި ކޮއްލަމުން ޒައިލީން ބުނެލިއެވެ. “ރާއްޖޭގައިވެސް ބައެއް ދުވަސްދުވަހު ވަރަށް ފިނި..” ޒައިދާން އެެހެން ބުނެލާފައި އަލުން ފޯނު ނެގިއެވެ.
“ހެތެނީސް އެލްފޯމެނިޔާ.. މީ އެ ސްކޫލަށް ކިޔާ ނަމަކީ..” އަލުން އެ ސްކޫލް އިންޓަނެޓްއިން ބަލާލަމުން ޒައިދާން ބުނެލިއެވެ.
“ރާއްޖެ އިން ބޭރު ތަންތަނުގައި ސްކޫލްތަކަށް އެކިޔަނީ ހާދަހާވާ މަޖާ ނަންނަމޭ..” ޒައިދާންގެ ދުލުން އެ ޖުމްލަ އަޑު އަހާފައި ޒައިލީން ހީގަތެވެ. “މަޖަލެއް ނޫނޭ.. ރެސްޕެކްޓު ކޮއްބަލަ..” ޒައިދާން ޒައިލީން ގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. “އައުޗު.. ޒައިމެން ބޭނުންވެގެންނެއްނު ގްރޭޑް ޓެން ނިންމާފައި މިކޮޅަށް މިއައީ..” ޒައިލީން ވިސްނާލާފައި ބުނެލިއެވެ. “އެނގެޔޭ.. ދެން ބުނެބަލަ.. ޒައިއަށް މިސްކޫލްއާއި ބެހޭގޮތުން އެނގެނީ ކިހާވަރެއް.؟” ޒައިދާން އެއްސެވެ. “ޒައިއަށް އެނގެނީ އެތަނުގެ ކެންޓީނުން ޗީޒް ފްރައިސް ދޭކަން އެކަނި..” ޒައިލީން އަތުގައިވާ ލީފްލެޓް ބަލާލަމުން ބުނެލިއެވެ.
“އެ އަންނަނީ ކަންނޭނގޭ އެ ކާރު..” އާދައިގެ ވަރަކަށް ބާރަށް ދުއްވާލާފައި އަންނަ ފެހި ކުލައިގެ ކާރެއް ދައްކާލަމުން ޒައިދާން ބުނެލިއެވެ. “އޯކޭ.. ލަގޭޖުތައް ނަގާ..” ޒައިލީން ބުނެލިއެވެ. “ޒައި.. ޒައިގެ ޓީޝާޓް ގައި އެބައޮތް މަދިރިއެއް..!” ޒައިދާން އެހެން ބުނެލުމުން ޒައިލީން ފުންމައިގަނެފައި ޓީޝާޓް ގެ އެތަން މިތަން ފޮޅަންފެށިއެވެ. “އޭ ޒައި މަޖަލަކަށް ބުނެލި އެއްޗެކޭ..” ޒައިދާން އިރުކޮޅަކަށް ހީލާފައި ބުނެލިއެވެ.
“ދުނިޔޭގައި ހުރި އެންމެ ފޫހިވާ ދޮންބެ..” ޒައިލީން ތުންއަނބުރާލާފައި ޒައިދާންގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. “އަދި ހުރި ހަމައެކަނި ދޮންބެ…” ޒައިދާން އެހެން ބުނެލީ ޒައިލީންގެ ޖުމްލަ އިތުރަށް ފުރިހަމަ ކޮށްލަދޭންވެގެންނެވެ.
ޒައިލީން ލައިގެން ހުރީ ކަޅު ޓީޝާޓަކާއި ފަލަމަސްގަނޑަށް އަރާވަރުގެ ފިޔާތޮށި ޖެކެޓެކެވެ. ކަޅު ޖިންސާއި އެކީގައި އަރާލާފައިވާ ކަޅު އެންކަލް ބޫޓު ޒައިލީން އާއި ވަރަށް ގުޅެއެވެ. ކޮނޑާއިހަމައަށް ކޮށާލާފައިވާ އިސްތަށިގަނޑު ހުންނަނީ މުށި ކުލައިގައެވެ. ޒައިދާން ހުރީ ފެހި ކޯޓައަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. ލައިގެން ހުރި ފެހި ޖިންސާއެކީ އަރައިގެން ހުރި ކަޅު ބޫޓް ޕޮލިޝްކޮށްފައި ހުރިލެއް ފުރިހަމަކަމުން ހުރީ ދިއްލި ދިއްލިއެވެ. ޒައިލީންއެކޭ އެއްފަދައިން ޒަކުވާންގެ ވެސް ހުންނަނީ މުށިކުލައިގެ އިސްތަށިގަނޑެކެވެ. ހިސާބަކަށް އިސްތަށިގަނޑު ދިގުކޮއްލާފައި ވުމުން ވަރަށް ބޮޑަށް ބޭރު ކުއްޖެއް ވައްތަރު ޖަހައެވެ.
އެކާރު އައިސް އެކުދިންގެ ގާތުގައި މަޑުކޮއްލިއެވެ. “ތީ ޒައިލީންއާއި ޒައިދާން ދެއްތޯ..؟” އެ ފެހި ކާރުން ފައިބައިގެން އައި މީހާ ވަރަށް އިހްތިރާމާއިއެކީ އެއްސެވެ. “ލައްބަ..” ޒައިލީންވެސް ޖަވާބު ދިނީ އެމީހާ ވާހަކަ ދެއްކި ރާގަށެވެ. “އަވަހަށް އަރާ.. މިހާރުވެސް ކުޑަކޮށް ލަސްވެއްޖެ..” އެމީހާ ކާރުގެ ދޮރުފަތް ހުޅުވާލަމުން ބުނެލިއެވެ. ”މީ އިޔާން.. ތިކުދިންގެ އޮފިޝަލް ކާރު ޑްރައިވަރު.. ބޭނުން ވަގުތަކު އަޅުގަނޑަށް ގުޅާލައްވާ.. އޭރުން އަޅުގަނޑު އަންނާނަން.. އެކަމަކު އެކިއެކި ތަންތަނަށް ގެންދެވޭނީ ސްކޫލްގެ ފަރާތުން ފްރީޕާސް ލިބުނީމައި..” އިޔާން ތައާރަފްވެފައި ތަފްސީލް ކޮއްދިނެވެ. “އެންމެރަނގަޅު.. ތެންކިއު..” ޒައިލީން ކާރަށް އަރާ ސީޓުގައި ހަމަޖެހިލަމުން ބުނެލިއެވެ. ޒައިދާން ވެސް އެރުމުން ކާރު ނައްޓާލިއެވެ.
“މިހާރު މިދަނީ ސްކޫލަށް.. ސްކޫލަށް ދިޔައީމައި އެކޮޅުން މީހަކު ތިކުދިންނާއި ހަވާލުވާނެ… އޭގެފަހުން އެ މީހާއާއި ފޮލޯކޮއްގެން އުޅެންވީ..” އިޔާން ކިޔައިދިނެވެ. “އިޔާން ކީއްވެ އަހަރެމެންނަށް ތިހުރިހާ ވާހަކައެއް ކިޔައިދެނީ.؟” ޒައިލީން އެއްސެވެ. “ހްމްމް ޔާ… އެކޮޅުންނެއް ނޫންތަ އަހަރެމެންނަށް ތި ވާހަކަތައް ކިޔައިދޭނީ..؟” ޒައިދާންވެސް އަހާލިއެވެ. “އެއީ އަޅުގަނޑު ތަންކޮޅެއް ކުރިން ސްކޫލަށް ލައިދިން ކުއްޖާ ޓީޗަރުންނަށް ފެނުނީ ސްކޫލްގެ ބޭސްމެންޓް ތެރެއިން ކަމަށް ވީމައި..” ލުއިލުއިކޮށް ހީލަމުން އިޔާން ބުނެލިއެވެ. “އެސްކޫލްގައި ބޭސްމެންޓެއްވެސް ހުރޭތަ..؟” ޒައިލީން އާއި ޚިލާފަށް ޒައިދާން ހުރީ ވަރަށް ފޯރި އަރާފައެވެ. “ލައްބަ ހުންނާނެ..” އިޔާން ހިނިތުންވެލާފައި ބުނެލިއެވެ.
ޒައިލީން ފޯނު ނަގާފައި ހެޑްފޯން ޖަހާލިއެވެ. އަދި ޒޭން މަލިކް ޖަހާފައިވާ ފޯލްޑާރގައި ހުރި ލަވަތައް ޕްލޭ ލިސްޓަށްލާފައި އަންނަންފެށި ލަވައަށް އަހަންމިއްޔަތުކަން ދެމުން ވަށައިގެންވާ މާހައުލަށް ކުޑަދޮރުގެ ބިއްލޫރި ގަނޑުގެ ތެރެއިން ބަލަމުން ދިޔައެވެ. އޭރު ޒައިދާންވެސް ފޯނަށް ހެޑްފޯން ޖަހައިގެން ކޮންމެވެސް ކުއްޖަކާއި ޗެޓް ކުރަމުން ދިޔައެވެ.
ބައިގަޑިއިރެއްގެ ދަތުރަކަށްފަހު އެންމެފަހުން އެކުދިންނަށް ސްކޫލަށް އާދެވިއްޖެއެވެ. ކާރުން ފޭބިގޮތަށް ޒައިލީން އަށް ބަލާލެވުނީ އެތަނާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ބޮޑު އިމާރާތަށެވެ. “ހޮޓެލް ސިލްވަރ ސްވާން..” ޒައިދާންގެ އަޑަށް ޒައިލީން ޒައިދާންގެ މޫނަށް ބަލާލިއެވެ. “އާދެ އެއީ ތިކުދިން ހުންނަން ހަމަ ޖެހިފައިވާ ހޮޓެލްއަކީ.. އެ ހޮޓެލްއަކީ މި ސްކޫލަށް ދާ ކުދިން ހުރުމަށް ހާއްސަ ހޮޓެލްއެކޭ ކުރިންވެސް ބުނެދިނިން ދެއްތޯ..؟” އިޔާން ކާރުން ފައިބައިގެން އައިސް ބުނެލިއެވެ.
“ވާވްވް.. ވަރަށް ސަޅި އެ ހޮޓެލް..” ޒައިލީންއަށް އެ ހޮޓެލްއާއި ދިމާލަށް ބަލާލެވުނެވެ. ރިހިކުލައިން ފަރުމާ ކޮށްފައިވާ ބޮޑު ހޮޓެލްއެކެވެ. “އެހުރީ ކަންނޭނގޭ އެތަނުގެ ލޯގޯއަކީ..” އިމާރާތުގެ މެދެއްހާ ހިސާބެއްގައި ބޮޑު ސްވާންއެއްގެ ކުރެހުމެއް ބޮޅެއްގެ ތެރޭގައި ކުރަހާލާފައިވެއެވެ. ޒައިލީން ކުޑަކޮށް އަރިއަކަށް ޖެހިލުމުން ހޮޓެލްތެރެ ރަނގަޅަށް ފެންނަން ފެށިއެވެ. ވަންނަ ދިމާލުގައި ބޮޑު ރިހިކުލައިގެ ސްވާންއެއް ހުއްޓެވެ. އެ ސްވާންގެ އަނގަ ހުޅުވާފައި ހުރިގޮތަށް ފަރުމާކޮށްފައިވާއިރު އެ ސްވާންގެ އަނގައިން ފައިބަމުން ދިޔަ ފެންތައް ވެރެނީ އޭގެ ތިރީގައި ހަދާފައިވާ ބޮޑު ފެންގަނޑުގެ ތެރެއަށެއެވެ. އިރުކޮޅެއް ވަންދެން އެ ސްވާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ޒައިލީން ފަހަތް ބަލާލީ ޒައިދާން ގޮވާލުމުންނެވެ.
އިޔާންގެ އިރުޝާދާއި އެއްގޮތަށް ޒައިލީން އާއި ޒައިދާންް މިސްރާބު ޖެހީ ސްކޫލާއި ދިމާލަށެވެ. އޭރުވެސް ބައިވަރު ކުދިން އެތަނުގައި ތިއްބެވެ.
”އަލަށް އަންނަ ކުދިން އަންނަންވީ މައި ގްރައުންޑްއަށް..” އެތާ ސްޓޭޖެއް ގާތުގައި އިން މީހަކު މައިކުން ގޮވާލިއެވެ. ޒައިލީން ޒައިދާންއަށް ބޯ ޖަހާލިއެވެ. ކުދިންތައް މިސްރާބު ޖަހާފައިވާ ތަނަށް ޒައިލީން އާއި ޒައިދާން ވެސް ހިނގައިގަތެވެ. އެތާ ކުދިންތައް ތިބީ އަންހެން ފިރިހެން ކުދިން ވަކިންނެވެ. ޒައިލީން ކުޑަކޮށް ހާސްވިޔަސް ޒައިދާންގެ އަތުން ދޫކޮއްލުމަށްފަހު އަންހެން ކުދިންތަކުގެ ތެރެއަށް ވަނެވެ.
“އައްސަލާމުއަލައިކުމް.. މީ ތިކުދިންގެ ޕްރިންސިޕަލް.. ނަމަކީ ޗޯސެން ނެއިލޮންސް.. ނަމަވެސް ތިކުދިން ކިޔަންވާނީ މިސްޓަރ ނެއިލޮން.. ހުރިހާ ކުދިންނަށްވެސް މަރުހަބާ.. އާއަހަރުގެ ކިޔެވުން ފެށިގެންދާނީ މީގެ އެއް ދުވަސް ފަހުން.. އަލަށް އައި ކުދިންނަށް މިގަޑީގައި އެބައޮތް މިކޮޅުން ދޭ އެންޓްރީ ޓެސްޓެއް.. އެއީ ތިކުދިންގެ ފެންވަރު ބަލާލުމަށް ނަގައިދޭ ޓެސްޓެއް… މި ގޮވާލަނީ އަލަށް އައި ކުދިންގެ ނަންތަައް… ނަމެއް މަދުވެފައިވާ ނަމަ އަޅުގަނޑަށް އަންގާލަދެއްވުން އެދެން..” ޕްރިންސިޕަލް އޭނާގެ ކުރު ތައާރަފެއް ދީފައި އިރުޝާދު ދިނެވެ.
އެންމެ ފުރަތަމަވެސް ގޮވީ ޒައިލީންއާއި ޒައިދާންގެ ނަމެވެ. ދެން އިތުރު ތިރީހަކަށް ކުދިންގެ ނަން ގޮވާފައި އެ އެސެންބްލީއެއް ފަދަ އެއްތަންވެލުން ނިންމާލާފައި ކުދިންތައް ފޮނުވާލިއެވެ. ޕްރިންސިޕަލް އައިސް ފަހަރަކު ކުއްޖެއްގެ މޫނަށް ބަލާލިއެވެ. ”އެންޓްރީ ޓެސްޓް ޝީޓް އޮންލައިންކޮށް ބަލާލަންވީ.. އަދި ޝީޓް ގައި ނަން ޖަހާފައި ފަށަންވީ.. ލިބޭނީ ފަނަރަ މިނެޓް.. މާ އުނދަގުލެއް ނުވާނެ..” ޕްރިންސިޕަލް ނެއިލޮން ކިޔައިދިނެވެ. ޒައިލީން އޭނާގެ ފޯނު ނަގާފައި އޮންލައިންވެގެން އެޝީޓް ހޯދާލިއެވެ. އަދި އެޝީޓްގައި އޭނާގެ ނަން ޖަހާލާފައި ހަދަންފެށިއެވެ. އަދި ނުލާހިކު އަވަހަށް އެ ޝީޓް ހަދާ ނިންމާލާފައި ޕްރިންސިޕަލްއަށް ފޮނުވިއެވެ. ޕްރިންސިޕަލް ރިޒަލްޓްސްތައް ބަލާލިއެވެ.
އެންމެން ނިމުމުން ނެއިލޮން ވަކިވަކިން އެ ޝީޓްތައް މާކްކޮށްލިއެވެ. އަދި ކޮންމެވެސް ބަޔަކަށް ގޮވާލިއެވެ. އަދި އެމީހުންނާއެކީގައި ޒައިލީން އާއި ޒައިދާން ނޫން އެހެން ކުދިންތައް ފޮނުވާލިއެވެ. “ޒައިލީން އަދި ޒައިދާން… ސިބްލިންގްސް.. ރައިޓް..؟” އަޅައިގެން ހުރި އައިނު ރަނގަޅު ކޮށްލަމުން ނެެއިލޮން އަހާލިއެވެ. “ޔެސް ސަރ..” ވާހަކަ ދެއްކީ ޒައިދާންއެވެ. “ތި ދެކުދިންނަށް އެންމެ ރަނގަޅު ސްކޯރއެއް ލިބުނީ.. އަދި އަފްލާމްއަކީ އަޅުގަނޑާއެކީ ކިޔެވި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް…” ނެއިލޮން އެހެން ބުނެލުމުން ޒައިލީންއަށް ކުޑަކޮށް ނިތް އަރުވާލެވުނެވެ. އަފްލާމްގެ ނެއިލޮން ކިޔާ އެކުވެރިއެއް ހުންނަކަން ކުރިން އެނގިފައި ނުވާތީއެވެ. “އެހެންދެއްތޯ..؟” މިފަހަރުވެސް ވާހަކަ ދެއްކީ ޒައިދާންއެވެ.
“ވަރަށް އުފާވެއްޖެ އަފްލާމްގެ ދެކުދިންނަށް މިސްކޫލުން ކިޔަވަން އައީމައި.. މަރުހަބާ..” ނެއިލޮންގެ ރާގުން ހީވަނީ ޒަމާންވީ އެކުވެރިޔަކާއި ވާހަކަ ދައްކާހެންނެވެ. އެހާ ރަސްމީ ގޮތްގަނޑެއް ނެއިލޮން ނުގެންގުޅެއެވެ. އެކަމާއި ހެދި ޒައިލީންގެ ނުތަނަވަސްކަން މަޑުމަޑުން ދާން ފެށިއެވެ.
“ޓެސްޓް ހެދި ކުދިންގެ ތެރެއިން ތިދެކުދިންނަށް އެންމެ މަތިން ލިބުނީ.. އެވާހަކަ ބުނެފިންދޯ…؟ ދެ ކުދިންވެސް ހުންނަން ހަމަޖައްސާފައިވާނީ ހޮޓެލް ސިލްވަރ ސްވާންގައި… ހޮޓެލްއަށް ގޮސްފައި އަޅުގަނޑު މިބުނާ މަގުން ތިކުދިންގެ ރޫމަށް ދެވޭނެ.. ޒައިލީން އުޅޭނީ ރޫމް ނަންބަރު ފަސްސަތޭކަ ތިރީސްފަހެއްގައި.. ޒަކުވާން އުޅޭނީ އެފްލޯރގެ މަތީބައިގައި ހުންނަ ރޫމްގައި.. އެއީ ރޫމް ނަންބަރު ފަސްސަތޭކަ ފަންސާސް ދޭއް.. ލިފްޓަށް އަރާފައި ޒައިލީން ފިތާލާނީ ފްލޯރ ފަނަރައަށް.. ދެން ޒަކުވާން ސޯޅައަށް.. ހަނދާންކުރާތި ސްކޫލްގެ ޝެޑިއުލް ނަގަން.. ޝެޑިއުލް ލިބޭނީ ސްކޫލް އޮފީހުން.. މާދަމާ ސްކޫލަށް ގޮސްފައި ޝެޑިއުލް ނަގަން ހަނދާންކޮށްލަދެން.. ދެން ބޭނުން ގަޑިއަކު ކެވޭނެ ހޮޓެލްގައި.. ކައްކަން ބޭނުމިއްޔާ ކެއްކޭނެ.. ހޮޓެލް ކައިރި ޝޮޕްތަކުގައި ހުންނާނެ އެއްޗެި ލިބެން.. އެކަމަކު ކައްކަންޏާ އަމިއްލައަށް ބޭނުންވާ އެއްޗެހި ގަންނަންވާނީ.. ނޫނީ ވެންޑިން މެޝިންއިން އެއްޗެއް ނަގައިގެން ކާންވީ.. ކޮންމެ ފްލޯރއެއްގައި ހުންނާނެ ވެންޑިން މެޝިން.. ދެން އެތާ ކޮންމެ ފްލޯރއެއްގައިވެސް ހުންނާނެ ކައުންޓަރއެއް.. ބޭރަށް ދާއިރު ކައުންޓަރުގައި ތިބޭ ކުދިންނާއި ތަޅުދަނޑި ހަވާލު ކޮށްފައި ދާންވާނީ… ނޫނީ ދާންވީ ދިމާ ނޭނގިއްޖެނަމަ އެތާ ތިބޭ ކުދިންގެ ގާތުގައި އަހާލީމައި ބުނެދޭނެ..” ނެއިލޮން ހަދަންވީގޮތް ކިޔާދީފައި ދެކުދިން ފޮނުވާލިއެވެ.
ޒައިލީންއާއި ޒައިދާން ހޮޓެލްއަށް ވަންނަން ހިނގައިގަތެވެ. އަދި ލިފްޓްއަށް އެރިއެވެ. “ދޮންބެ ރެޑީތަ ރޫމް މޭޓްސްއާއި ބައްދަލު ކުރަން.؟” ޒައިލީން އެއްސެވެ. “ޕްރައިވެޓް ރޫމެއް ނުލިބޭތަ..؟” ޒައިދާން އެއްސެވެ. “ހިޔެއްނުވޭ.. ޒައިއަށް ހީވަނީ ރޫމްމޭޓްސް ހުންނާނެހެން..” ޒައިލީން ބުނެލިއެވެ.
“އޯކޭ.. ޒައި ބަސް އަހައިގެން އުޅެއްޗޭ..” ޒައިލީންއަށް އޭނާގެ ފްލޯރއާއި ހަމައަށް އެރުމުން ޒައިދާން ބުނެލިއެވެ. “ޔޫ ޓޫ..” ޒައިލީން ޒައިދާންއާއި ސަލާމް ކޮއްލުމަށްފަހުގައި ލިފްޓްއިން ފޭބިއެވެ. ޒައިލީން ހުރީ ފިނިވެފައެވެ. އަލަށް ތަނަކަށް އެކަނި ވަދެވުމުންނެވެ. ޒައިލީން ކައުންޓަރަށް ދިޔައެވެ.
“ރޫމް ނަންބަރ ފަސްސަތޭކަ ތިރީސްފަހެއް ހުންނަނީ ކޮންތާކުގައިތޯ..؟” ޒައިލީން އެއްސެވެ. “އެތާ އެ ކޮޅުގައި ހުންނާނެ ކުޑަ ލިފްޓެއް… އެ ލިފްޓްގާތުގައި ހުންނާނެ..” ކައުންޓަރގައި އިން އަންހެންކުއްޖާ އަށް ޝުކުރު އަދާކޮއްފައި ޒައިލީން މަޑުމަޑުން ހިނގައިގަތެވެ. ޒައިލީން ކުޑަ ތަންކޮޅަކަށް ހިނގާލިތަނާ އެ ބުނާ ލިފްޓް ފެނިއްޖެއެވެ. އަދި އެންމެ ކަނުގައި އިން އޭނާގެ ރޫމް ފަސްސަތޭކަ ތިރީސްފަހެއް ވެސް ފެނުނެވެ.
ޒައިލީން ލިފްޓާއި އަރާ ހަމަވިތަނާ ލިފްޓްއިން ނުކުމެ ބާރުބާރަށް ހިނގައިގަތް ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިފައި ޒައިލީން ވެއްޓެން ދިޔައެވެ. ނަމަވެސް އެކުއްޖާ ޒައިލީންގެ އަތުގައިހިފާ ދަމައިގަތެވެ. ޒައިލީންއަށް އެކުއްޖާއަށް ބަލާލެވުނެވެ. ބްލޮންޑްއަށްދާ ކުލައަކަށް ހުރި އިސްތަށިގަނޑެކެވެ. އެކުއްޖާގެ ބޮޑު އަޅި ކުލައިގެ ދެލޯ ހުރެފައި މޫނުމަތިވެސް ނުހަނު ރީއްޗެވެ. ޒައިލީންގެ ތުންފަތަށްވުރެ ރަތް ކަން މަޑުވިޔަސް އެތުންފަތް ވެސް ރީއްޗެވެ. ޒައިލީން އަވަހަށް އިސްދަށަށް ޖެހިއެވެ. ޒައިލީންއަކީ ނުދަންނަ މީހުންނާއި ވާހަކަދައްކަން ލަދުގަންނަ ކުއްޖެކެވެ. އަދި އެއީ ފިރިހެން ކުއްޖެއް ނަމަ މާ ލަދުގަންނާނެއެވެ. “ސޮރީ..” ޒައިލީން މާފަށް އެދުނެވެ. އެކުއްޖާ ކުޑަކޮށް ހީލާފައި ހިނގައިގަތެވެ.
ޒައިލީން ގޮސް އެރޫމްގެ ބެލް ޖަހާލިއެވެ. ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ދިން ތަޅުދަނޑި އޮތްކަން ވެސް ހަނދާންވީ ބެލް ޖެހުނު ފަހުންނެވެ. ދޮރު ހުޅުވީ އަންހެން ކުއްޖެކެވެ. “ތީތަ އާކުއްޖާ އަކީ..؟ ޕްރިންސިޕްލް ބުނުއްވި ތިކުއްޖާ އަންނަ ވާހަކަ..” ރަނގަޅަށް ތައާރަފް ނުވެވެނީސް އެކުއްޖާ ބުނެލިއެވެ. “ވަދޭ.. އެތާ ވޮޝިންމެޝިންގާތުގައި އިންނަ ކޮޓަރިއަކީ އަހަރެމެންގެ ކޮޓަރި.. އަވަހަށް އަންޕެކް ކޮއްގެން ކާންއާދޭ..” އެކުއްޖާ ނުހަނު އެކުވެރިކަމާއި އެކީގައި ވާހަކަ ދެއްކިއެވެ. ޒައިލީން ކުޑަކޮށް ހީލާފައި ލަގޭޖާއި ބައެއް ފޮށިތައް ހިފައިގެން ކޮޓަރިއަށް ވަނެވެ.
ޒައިލީން ކޮޓަރިއަށް ބަލާލިއެވެ. ފާޚާނާއަކާއި ކުޑަ ބެލްކަންޏެއް ހުއްޓެވެ. ދެ އެނދާއި ބޮޑު ދެ ކްލޯސެޓް ހުއްޓެވެ. ފޮތްހަރުގަނޑެއްވެސް ހުއްޓެވެ. ބާކީ ހުރި ތަންކޮޅުގައި ހުރީ ބޮޑު ސްޓަޑީ ޓޭބަލްއެކެވެ. ޒައިލީން ލަގޭޖުން ހެދުންތައް ނަގާފައި ކްލޯސެޓަށް ލިއެވެ. ކިޔަވަން ގެންދާ ފޮތްތަކާއި ވާހަކަ ފޮތްތައް ފޮތް އަޅާ ހަރުގަނޑުގައި ތަރުތީބު ކުރިއެވެ. ފައިވާންތަކާއި ބޫޓުތައް ތަރުތީބުކުރިއެވެ. ފާޚާނާއަށް ފާޚާނާގެ ސާމާނުތައް ލިއެވެ. އަދި ޑްރެސިން ޓޭބަލްގައި ރީތިވާ ސާމާނުތައް އެތުރިއެވެ. އެ މަސައްކަތް ނިންމާލެވުނީ ސާޅީސް މިނެޓް ހާތެރޭގައެވެ. ފިނިވެފައި ހުރުމުން ޒައިލީން ބޭނުންވީ ފެންވަރާލާށެވެ. އެއާޕޯޓުން އައިގޮތަށް ފެންވެސް ނުވަރާ ޖެހުނީ އެޓެސްޓެއް ހަދަން ދާށެވެ. އެކަން ހަނދާންވުމާއެކީ ޒައިލީންއަށް ކުޑަކޮށް މޫނު ހަދާލެވުނެވެ. ޒައިލީންއަކީ ސާފުތާހިރު ކަމަށް ނުހަނު ލޯބިކުރާ ކުއްޖެކެވެ.
ފާޚާނާއަށް ވަދެ ހޫނު ފެނުން ފެންވަރާލައިގެން ޒައިލީން ނުކުތެވެ. އަދި އަޅިކުލައިގެ ސްވެޓަރަކާއި ކަޅު ހައިވެއިސްޓެއް ލާފައި ޒައިލީން ކުޑަ ސްކާފެއް އެޅިއެވެ. އަދި ފުނާއަޅައިގެން ރީތި ވެލައިގެން ޒައިލީން ކޮޓަރިން ނުކުތެވެ. އޭރު އޭނާއާއި އިރުކޮޅެއްކުރިން ވާހަކަދެއްކި އަންހެންކުއްޖާ ގެ އިތުރުން ދެ އަންހެން ކުދިން އެތާނގައި ތިއްބެވެ. ޒައިލީންއަށް ވަށައިގެން ހޯދާލެވުނެވެ. އެތަނުގައި އެހެން ކޮޓަރިއެއް ހުރިކަން ފާހަގަވީ ދެނެވެ. ކައްކާ ބަޔަކާއި ސިޓިންރޫމެއް ހުރުމުން ޒައިލީން ހަނދާންވީ ރާއްޖޭގައި ޒައިނާއާއިއެކީގައި ހުޅުމާލެއަށް ދިޔަދުވަހު ނަމާދުކުރަން ވެގެން ދިޔަ ޒައިނާގެ ދައްތައެއް އުޅޭ ފްލެޓް މަތިންނެވެ. އެ ފްލެޓާއި މިތަނާއި އެއްގޮތްކަމެއް ހުއްޓެވެ.
“އާދެވިއްޖެދޯ..؟ އަދި ނަމެއްވެސް ނުބުނަމެއްނު؟ ކޮންނަމެއް ކިޔަނީ..؟” ކުރިން ޒައިލީން އާއި ވާހަކަ ދެއްކި ކުއްޖާ އެއްސެވެ. “ޒައިލީން..” ހީލަމުން ޒައިލީން ބުނެލިއެވެ. “އޯވްހް.. ދިވެހި ރާއްޖެއިން އައި ކުއްޖެއްދޯ..؟” އެކުއްޖާ އެއްސެވެ. “ކައިންޑް އޮފް… ޒައިލީން މީ ޔޫ.އެސް ކުއްޖެއް.. ދެން މަންމައަކީ ރާއްޖެ..” ޒައިލީން ބުނެލިއެވެ. “އޯހް.. އަހަރެންމީ އަލްޔާ.. އެކަމަކު މެލޭޝިޔާ އިން އައި ކުއްޖެއް..” އަލްޔާ ތައާރަފް ވެލިއެވެ. “ދެން އެއީ ރޫބީއާއި ލައުރާ… ލައުރާއަކީ ސިންގަޕޫރުން އައި ކުއްޖެއް.. ދެން ރޫބީ.. އޭނައަކީ ބްރެޒިލް..” އަލްޔާ ކިޔާދިނެވެ.
”ހައި މީ ޒައިލީން..” ޒައިލީން ރޫބީއާއި ލައުރާގެ ގާތަށްގޮސް ތައާރަފް ވެލިއެވެ. “ހައި އައިމް ރޫބީ…” ވަރަށް ހިތްހެޔޮކޮށް ހިނިތުންވެލާފައި ރޫބީ ބުނެލިއެވެ. ލައުރާ އިނީ ތުންފިއްތާލައިގެންނެވެ. “ތީ ލައުރާދޯ.. ނައިސް ޓު މީޓް ޔޫ..” ޒައިލީން ސަލާމް ކޮއްލަން އަތްދިއްކޮއްލިއެވެ. ނަމަވެސް ލައުރާ އެއަތަށް ބަލާލާފައި އެކޮޅުގައި އިން ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. ސިހުނު ވަރުން ޒައިލީންއަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ. “އަޅާނުލާ.. އެއީ ލައުރާގެ ގޮތް.. އިރުކޮޅަކުން އައިސްފައި ވަކި ނުވާވަރަށް އެކުވެރިވެދާނެ..” އަލްޔާ އައިސް ޒައިލީންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“ދެން އާދޭ ސައިބޯން..” ރޫބީ މޭޒެއް ގާތު ހުއްޓިފައި ބުނެލިއެވެ. އެކުދިންގެ ފަރާތުން ބީރައްޓެހި ކަމެއް ނުފެނުމުން ޒައިލީން ހިތްހަމަ ޖެހުނެވެ. އަލްޔާ މޭޒުމަތިގައިވާ ތަށިތަކުން މަތި ނެގިއެވެ. އެތާހުރީ ކަޕްކޭކާއި ސޭންޑްވިޗެވެ. “ޒައިލީން ކޯއްޗެއް ބޯނީ..؟ ކޮފީތަ ނޫނީ މިލްކްތަ..؟؟” އަލްޔާ އެއްސެވެ. “ޑޯންޓް ވޮރީ.. ޒައި އަމިއްލައަށް ކޮފީއެއް ހަދާލަފާނަމޭ..” ޒައިލީން ބުނެލިއެވެ. އޭރު ރޫބީވެސް ކުޑަކޮށް އަނގަ ހުޅުވިފައި އިނެވެ. “އޭނ..؟” އަލްޔާއަށް ބުނެވުނެވެ. ޒައިލީންއަށް ދެންމެ ބުނެވުނު އެއްޗަކާއި ދޭތެރޭ ވިސްނާލެވުނީ އަދިކިރިޔާއެވެ. “ސޮރީ.. އެއީ ޒައިލީންގެ އާއިލާ މީހުން ގޮވާގޮތް..” އަމިއްލަ އަމިއްލައަށް ޒައިއޭ ބުނެވުނު ކަން ރޭކާލުމުން ޒައިލީން އަނގަމަތީގައި އަތްއަޅާލަމުން ބުނެލިއެވެ. “އެހެންވިއްޔާ އަލްޔާ ދެން ޒައިލީންއަށް ގޮވާނީ ޒައިއޭ ކިޔާފަ…” އަލްޔާ ހީލަމުން ބުނެލިއެވެ.
“ލައުރާ..؟ ލައުރާ.. ސައިބޯން އަންނަންވީނު.؟” ރޫބީ ގޮސް ލައުރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ބުނެލިއެވެ. “އަހަރެން ސައިބޯނީ އެކުއްޖާ ދިޔައީމަ..” ލައުރާ އެހެން ބުނެލުމުން ރޫބީ ބޯ ހޫރުވާލާފައި އައިސް މޭޒު ގާތުން ގޮނޑިއެއް ދަމާލާފައި އައިސް އިށީނެވެ. ޒައިލީން ކަޕްކޭކެއް ކާލާފައި ދެސޭންޑްވިޗް ކައިލިއެވެ. އަދި ކޮފީ ހަދަން މޭޒު ދޮށުން ތެދުވިއެވެ. “ނިމުނީތަ…؟ ހާދަ އަވަހަކަށް ތި ނިންމާލީ..؟” އަލްޔާ އެއްސެވެ. ”ބަނޑު ފުރިއްޖެ.. ކޮންތަނަކުތަ ކޮފީ ހުންނަނީ..؟” ޒައިލީން އެއްސެވެ. “ވާތްފަރާތުގައި ތިހިރަ ކަބަޑުގައި..” ރޫބީ ބުނި ކަބަޑުން ޒައިލީން ކޮފީޕެކެޓެއް ނަގާފައި ކޮފީ ހެދިއެވެ. އަދި އެބޯލައިގެން ފެން ތައްޓެއްވެސް ބޯލައިގެން ކޮޓަރިއަށް ވަނެވެ.
ޒައިލީން ފޯނު ނަގާފައި ޒަކުވާންއަށް ގުޅިއެވެ. “ދޮންބޭ.. ދޮންބެ އޯކޭތަ.؟” ޒައިލީން އެއްސެވެ. “ޒައީ.. ކަމަކުދާކަށްނެތް..! ފެނުނީމައި ކާލާ ވައްތަރުގެ ކުދިން ތިބީ.. އެތާ ހުންނަނީ ސިޓިންގރޫމް އަކާއި ކައްކާ ތަނަކާއި ކާތަނެއް.. ހުންނަނީ ދެ ކޮޓަރި.. ހަތަރު މީހުން އުޅޭ.. ދޮންބެއާއި އެއްކޮޓަރީގައި އުޅެނީ ހެއިލަން ކިޔާ ކުއްޖެއް.. އެކުއްޖާ ދެން އޯކޭ.. ހެއިލަން ހުންނަނީ ފުދޭވަރަކަށް މަޑުން.. ދެން އުޅެނީ ނައިކެންއަކާއި އައިދިންއެއް.. ދޮންބެއާއި ހެއިލަންއާއި ޒައިއާއި ޒައިގެ ރޫމްމޭޓަކަށް އުޅޭ ކޮންމެވެސް ކުއްޖެއްކަންނޭނގޭ… އެކުއްޖާއާއި ޒައި އާއި ދޮންބެ އާއި ހެއިލަންއާއި އެއް ކްލަބެކޯ..” ޒަކުވާން ފޯނު ނެގިގޮތަށް އަމުނާލިއެވެ.
“ކޮން ކްލަބެއް..؟” ޒައިލީންއަށް އެހުނެވެ. “ސާބަހޭ ޒައީ.. އިންޓަނެޓްއިން ސަރޗް ކޮއްބަލަ މިސްކޫލްގެ ހިސްޓަރީ.. ހުންނާނެ ކްލަބްސްތަކެއް.. މިއީ ވަރަށް އޯލްޑް ތަނެއް އަސްލު.. އެކަމަކު އަލުން ހަދާފައި.. މިހާރު މިތަނުން ކިޔެވި މީހުންވެސް މުސްކުޅި ވެގެން މަރުވެފައިވާ ކަމަށްވެސް ބުނޭ…” ޒަކުވާން ވަރަށް ޝައުގުވެރިވެފައި ކިޔައިދިނެވެ. “އެހެންތަ..؟ ޒައި ފަހުން ބަލާލާނަން…” ޒައިލީން އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





Mi part ves varah Sali mash Allah. ???Keep it up Yoon ..?????????. Varh vrah Sali ingey…????????
Waiting for next????
Love uuu????
TC????
Stay safe❤️❤️❤️❤️
Thanks Ril ???? That’s so sweet ?? Lve you more ???? Take care n stay safe Ril
Mee first dhw
Labba Ril ???? you first
Just wow.. Yoon your so AMAZING !! I feel like i can see that hotel right infront of my eyes. You really left me speach less.. Your the best best Auther.. One of my fav dear Lysm and tc
thank yoooooouu Ulfarrrr ???? Thanks a lot ? love you more ??? Take care.
Sorry for the delay but welcome back Yoon….
I was a lil buxy with school works n had some trouble 2 so couldn’t comment…glad your back… Anyway this prt is cool…. Feshun varah reethi… Waiting for the nxt
Awwwwnnnn thanks no one ???? alhey issoke ? schools important too ? Keep waiting Insha Allah will upload soon ?? Study well ? tc
To all my dear readers ?
There might be a few mistakes in names ? It was some copy paste issues ? You might see a name that says -Zakwaan- but
but actually it was supposed to be – Zaidhaan – ?? Rlly sorry about that. If there is any other mistake then that one, pls tell me ?? I would try my best not to make that mistake in the upcoming parts ? Love you all ?? Tc
Ohh yoooon… This story is awesome… I love it…. Waiting for next part…. Lyssssm…. May God bless you and everything you do…❤️❤️❤️❤️??
Thank you so much Eekko 11 ??? Insha Allah will upload soon ??? May Allah bless you too ?? and love u more ?? tc
Mi story ge first part ves v reethi… Waiting for the nxt part❤️
Thanks RA Ne ???? Insha Allah will upload soon
Woow Yoon its better than I expected ☺️???. Keep up the good work??. You will get all my support. Stay safe and waiting for next part curiously ?☺️?❤️?
Thanks dear Maash ???? Will always try my best in everything I do ??✨✨ Thanks I’ll always remember your support ??? stay safe ?? LY and tgc