އައިނާ (2) 9
ނުވަވަނަބައި
ކިތަންމެ އަނގަ ތަޅާފައި މަޖާ ނަގައިގެން އުޅުނަސް މިކަންވީ އަޝްހާ އަށް ސިއްރުކުރަން މަޖުބޫރު ކަމަށެވެ. އެހެނީ އެއީ އެދެމީހުންގެ އަތްމައްޗައް އެކަން ދޫކޮށްލައިގެން އަޝްހާ އިނީ މާތްﷲގެ ކިބަފުޅަށް ވަކީލު ކޮށްލައިގެންނެވެ. ވާން އޮތް އެންމެ ރަނގަޅަކަށް އެކަން ވާނެތާއެވެ.
***
އައިނާ އާއި ހިޝާން އަށް ހޭވެރިކަމެއްވީ އާޝިޔާ ގޮވާލުމުންނެވެ. އަދި އަނެއްކާވެސް ހަމަ އެފޯރިގަނޑު އެންމެންގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އައިނާ އާއި ހިޝާން އިނީ ކުޅޭހިތް ކެނޑިފައެވެ. ނަމަވެސް ދެމީހުންގެ މޫނުމައްޗަކުންވެސް އެކަމެއް ނުދައްކައެވެ.
ކުޅެނިމުމުން ހުރިހާ އެންމެންވެސް ދިޔައީ މޫދަށެވެ. ގަހެއްގެ ހިޔަލުގައި އެރޭހިތް ނުވެފައި އިނީ ހަމައެކަނި އައިނާ އެވެ. ދަނޑި ކޮޅަކުން ބިންމަތީގައި ރޮނގު އަޅުވަމުން ދިޔަ އައިނާ އަށް ވަށައިގެންވާ މާޙައުލުގައު ވާއެއްކަމެއްވެސް ނޭނގެ އެވެ.
އައިނާ ސިއްސައިގެން ދިޔައީ ބޮލަށް ފެންތަކެއް އެޅުމުންނެވެ. އަނގަޔަށް ދިޔަ ފެންތަކުން އެނގުނީ އެއީ ލޮނުފެންކަމެވެ. ކައިރީގައި ބަނޑުގައި އަތްއަލާފައި ގުދައް ހޭން އޮތް އަޝްހާ ފެނުމުން އައިނާ އަށް އެނގުނެވެ. އެކަން ކުރީ އަޝްހާ އެވެ. އެހެންނޫނަސް އެކަހަލަ ކަމެއް އަޝްހާ ނޫން މީހަކު ނުކުރާނެ އޭ އައިނާގެ ހިތައް އެވަގުތު އެރިއެވެ.
އެވަގުތު އައި ރުޅިން އައިނާ އިށީން ދެގެން އިން ދިމާލުން ވެލި މުށެއް އަތައް ނެގިއެވެ. އައިނާ އިންތަނުން ހިއްލާލާން ވާއިރަށް އަޝްހާ ދުއްވައި ގަތެވެ. ފަހަތުން އައިނާވެސް އަވަހަށް އަޝްހާ އަތު އަޅުވާލެވޭތޯ ދުއްވައިގަތެވެ.
އެމުޅި މާޙައުލުގައި އެވަގުތު އެއް އަޑަކަށް އިވެނީ އައިނާ އާއި އަޝްހާގެ ހުނުމުގެ އަޑެވެ. އައިނާ އަޝްހާގެ ފަހަތުން ގޮސް އަޝްހާގެ ބުރަކައްޓާއި ދިމާލަށް ވެލިތައް އުކާލިއެވެ. އެވަގުތު އަޝްހާވެސް ކުއްލިއަކަށް ހުއްޓުމުން އައިނާވެސް ކޮންޓްރޯލް ނުވެ ހުއްޓުނު އަޝްހާގެ ގައިގައި ޖެހުނެވެ.
އަދި ދެމީހުން އެއްކޮށް ވެލިގަނޑު މައްޗައް ގުޅައަކަށް ޖެހުނެވެ. އެވަގުތުވެސް ދެމީހުން ދެމީހުންނަށް ބަލާލާފައި ހޭންފެށިއެވެ. ސަކަރާތް ޖަހަމުން ޖަހަމުން ގޮސް ދެމީހުންވެސް މޫދައް ފުންމާލި އެވެ. ފަތާފައި ތަންކޮޅެއް ދުރައް އައިނާ ޖެހިލީ ފަތާނުލެވޭތާ ދުވަސް ކޮޅެއް ވުމުންނެވެ.
ފަތާލާފައި އިރުކޮޅަކު މޫދުގައި އުޅެފައި އެއްގަމަށް އެރީ ފެންބޮވައި ގަތުމުންނެވެ. ކުޑަފެންފުޅިން އެތިކޮޅެއް އަނގައަށް އަޅާލާފައި އަނެއްބައި މޫނަށް އޮއްސާލީ ލޮނުތައް މޫނުން ފިލުވާލުމަށެވެ.
“ދަރިފުޅާ..! މަންމަ ބުނަމެއްނު ބޯފެން އިސްރާފު ނުކުރާށޭ.. އެހެރީ ވަޅު ފެން ފުޅި.. އޭގެން އެތިކޮޅެއް މޫނަށް އަޅާލެވޭނެ އެއްނު..” އެވަގުތު އެތަނަށް އައި އިސްރާ އަށް މިމަންޒަރު ފެނުމުން ބުނެލިއެވެ.
އެވަގުތަކީ އެތަނަށް ލޯންޗެއް ގާތް ކުރި ވަގުތެވެ. އޭގެއިން ވެސް ބައިވަރު މީހުން ފޭބިއެވެ. އަދި އަނެއްކާ އަނެއް ލޯންޗު ހަމަ ގާތް ކުރިއެވެ. އޭގެ ތިބި މީހުންނާއި އަނެއް ލޯންޗު ތިބި މީހުން މާއެކުވެރިކޮށް ފެނުމުން އެއީ އެއްކޮށް އައިސް އުޅޭ ބައެއް ކަން އެނގުނެވެ.
ފަހުން އައި ލާންޗުން ފުންމާލި އަންހެން ކުއްޖާ ފެނުމުން އައިނާ އަށް އެކުއްޖަކާ މެދު ޝައްކު ވިއެވެ. އަޝްހާ ކައިރިއަށް ޖެހިލީ ޔަޤީން ކޮށްލާށެވެ. “އަނާ.. އެއްކަލަ ރީމް..” އެވަގުތު ރީމާ އަށް ވެސް އެދެމީހުން ފެނިގެން ތޯއްޗެކެވެ. އެދިމާ އަށް މިސްރާބު ޖެހިއެވެ.
“ބަލާބަ އުޅޭލެއް ވަގުކަން.. ރަށައް އައިކަން ވެސް އަންގާ ނުލާ.. ހުއް ވަރަށް ފޫހިވޭ..” އަޝްހާ ތުންދަމާލަމުން ރީމާ އާއި ދިމާއަށް ބުނެލިއެވެ. “ހޫމްމްމް.. ރޭގަ ދަންވަރު ފްލައިޓުންނޭ އާދެވުނީ.. ތިދެކުދިންނަށް ހަމަ ސަޕްރައިޒް އެއް ދޭންވެގެން..” އައިނާ ގައިގައި ބައްދާލާފައި ރީމާ ބުނެލިއެވެ.
“ރީމް ތަންކޮޅެއް ފަލަ ވެއްޖެ ދޯ..؟ ބަލާބަ ކޯވެސް ފުފިފަ ހުރި ވަރު.. ހެހެ..” އައިނާ މަޖަލަކަށް ބުނެލިއެވެ. “ހަހަ.. އަހަރެންގެ ވާހަކަ ދައްކަން ތީ މާމޮޅެ ދެމީހުންތަ.. އަނާ ވެސް މިހާރު މާދިގަށްވެސް ދިގެއްނު.. ނިކަން ބަލާބަ މި އަޝޫ އަށް އަދި ވެސް ހަމަ ކުރީގައި ހުރި ވަރަށް.. އެންމެ ތަންފުކެއްވެސް ޖެހިނުލާ.. އަޝޫ އެހެން ހުއްޓާ އަނާ ވާނީ އެންޓަނާ އަކަށް ތޯއްޗެއް.. ހަހަހަހަ” ތިން މީހުން ވެގެން ހެމުން ހެމުން އެތާގައި ގަހެއްގެ ދަށުގައި އިށީންދެލިއެވެ.
“ކިހިނެތްވީ ސެމިސްޓާ ބްރޭކްގެ ކުރިއަށް ތި ވަޑައިގެންނެވީ..؟؟” އަޝްހާ އޭނާގެ ރާގުގައި ރީމާ އަށް ސުވާލު އަމާޒު ކޮށްލިއެވެ.
“ޖެހިޖެހިގެން ތިންދުވަސް ބަންދެއްނު.. މިދެން ހަމަ ޖައްސާލީ.. ތިދެކުދިން މިސްވާވަރުންނާއި އެއްކޮށް..” ރީމާ އޭނާ އައި ސަބަބު ބުނެލިއެވެ.
“އޭނީ ކޮންކުއްޖެއްތަ..؟ ވަރަށް ފެންނަ ހަނދާނެއްވޭ.. އެކަމު އައި ކާންޓް ރިމެމްބާ..” އައިނާ ދުރުގައި އިން ކުއްޖަކަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
“އެއީ..؟؟؟ އެއީ ނަޝްވާ އެއްނު.. ހަނދާނެއްނެތްތަ.. ސެވަންގެ އަހަރު ނިންމާފާ އޭނަ ޗޭންޖް ވީއެއްނު މާލެ…” ރީމާ ބުނެލިއެވެ.
“ނަޝްވާ އޭ..؟؟؟ އެކަމް އޭނާ ހާދަ ޗޭންޖް އޭ ދޯ.. އެހެންނުވާނީ.. އެހެރީ ވިއްޔާ ދަތުރު އައިސްވެސް އުނގުޅާފައި ހުރިހާ ފައުންޑޭޝަން.. މަޑުކޮށްބަ..!؟ އޭނަ ރީމްގެ ފެމިލީ އާއި އެއްކޮށް ކީއްކުރަނީ..” އަޝްހާ ކުއްލިއަކަށް އެއްޗެއް ހަނދާން ވާފަދައިން ބުނެލިއެވެ.
“ބަލަ އަހަރެންގެ މަންމަ އާއި ނަޝްގެ މަންމަ އަކީ ބެސްޓް ފްރެންޑްސް.. ދެން އިނގޭނު.. މަގޭ މަންމަގެ ގޮތް.. އަހަރުން ހެން މަންމަގެ ވެސް އޮންނާނެ ބެސްޓީ، ބެސްޓީ ގޮތްގަނޑު.. ނަޝްގެ ފެމިލީވެސް ބައިވެރިވި..” ރީމާ އޮޅުން ފިލުވައިދިނެވެ.
އާންމު މަޢުޟޫ އަކަށް ފަހުން ދެކެވުނީ ރީމާ ދިއުމުން އެގްރޫޕް އެކަނި ވިވަރުގެ ވާހަކަ އެވެ. އަދި ރީމާ އަވަހަށް ރަށައް ބަދާލުވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ވާހަކަ ވެސް އައިނާ އާއި އަޝްހާ ބުންޏެވެ.
***
އެންމެންނާއި ދުރުގައި ހުރި ނަޝްވާގެ ނަޒަރު ހުރީ ގަހެއްގެ ހިޔަލުގައި ފޯނާއި ކުޅެން އޮތް ހިޝާން އަށެވެ. އެންމެ ސިކުންތު ކޮޅަކަށްވެސް ނަޝްވާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލު ނުވެއެވެ. އޭނާގެ ގަދަ މުށިކުލައިގެ ދެލޯ ފޮރުވާލެވިފައިވާ އަވި އައިނުގެ ސަބަބުން އެއްވެސް މީހަކަށް އެކަމެއް ފާހަގަ އެއް ނުކުރެވުނެވެ.
މަހަކު އެއްފަހަރު ރައްޓެހިވެގެން އުޅޭ ކުދިން ބަދަލު ވުމަކީ ނަޝްވާގެ އާދައެކެވެ. ކޮންމެ ކުއްޖަކާއި ވެސް ނަޝްވާ ރައްޓެހި ވަނީ ހަމަ މަޖަލަކަށެވެ. ކުއްޖަކާ ރުޅި ވާއިރު ގިނަ ކުދިން ނަޝްވާގެ ހަމަ ލޮލަށް ނުވެސް ފެނެއެވެ. ހަމައެކަނި ފޯނުން ވާހަކަ ދައްކާލާފައި އެގުޅުން ނިންނާމަލީ އެވެ.
ކުއްޖަކާއި ރައްޓެހި ވުމަށް ނަޝްވާ އަށް ބޭނުންވަނީ ދެކަމެކެވެ. އޭގެތެރެއިން އެއްކަމެއް ފުރިހަމަ ވިއަސް ނިމުނީ އެވެ. ސިފަ ހުތުރު ކުއްޖަކު ނަޝްވާ އަކަށް ކަމަކު ނުދެއެވެ. ބޭނުންވަނީ ރީތި ބަލާލަން ހިތްގައިމު ހޭންޑްސަމް ކުދިންނެވެ.
ދެން ނަޝްވާ ބަލާ އަނެއްކަމަކީ އެކުއްޖަކު އައިސްފައި ހުރި އާއިލާ އެވެ. މުއްސަނދި ގަދަރުވެރި އާއިލާ އެއްނަމަ އެކުއްޖަކު އަތު އަޅުވާލެވޭ ތޯ ނަޝްވާ ބަލަ އެވެ. މިހާރުވެސް ނަޝްވާ ރައްޓެހިވެގެން އުޅެނީ ރީތި ކުއްޖެއް ނަމަވެސް އެހާ މުއްސަނދު ކުއްޖަކާއި އެއް ނޫނެވެ.
ނަޝްވާ ވަގުތުން އޭޏާ ރައްޓެހި ވެގެން އުޅޭ ރުހާން އަށް މެސެޖެއްކޮށްލި އެވެ. *ވީ އާ ޑަން.. ދެން އަހަރެން ނަކަށް ރުހާން އާއި އެކު ނޫޅެވޭނެ.. އެން ވަން މޯ ތިންގް.. އައި ޑޯންޓް ލަވް ޔޫ… ބައި.. މީގެ ފަހުން ދެން ނުގުޅާތި* މެސެޖް ސެންޑް ކޮށްފައި ލައިގެން އިން ބާރު ސްކިނީގެ ޖީބަށް ކޮށްޕާލި އެވެ.
ދެތިން މިނިޓު ނުވަނީސް ރުހާންގެ ކޯލެއް ނަޝްވާ އަށް ލިބުނެވެ. ވީފޫހިން ކޯލު ކަނޑާލާފައި އަނެއްކާވެސް ޖީބަށްލިއެވެ. ނުކުޅަދާނަ ވާވަރަށް ގުޅަން ފެށުމުން އެންމެ ފަހުން ނަޝްވާ ފޯނު ނިއްވާލައިފައި ގެނައި ދަބަސްތެރެއަށް ލިއެވެ.
ނަޝްވާގެ މިސްރާބު ހުރީ ހިޝާން އާއި ދިމާއަށެވެ. ނަޝްވާ ގޮސް ހިޝާން އާއި އެއްފޫޓު ދުރުގައި އިށީންދެލިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލި ހިޝާން އަށް ނުދަންނަ އަންހެން ކުއްޖަކު ކައިރީގައި ހުރުމުން ހައިރާވިއެވެ. އަދި ވަގުތުން ތަންކޮޅެއް ދުރުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތަކީ އައިނާ ވެސް ހިޝާން އަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވިއެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




9th vana bai vx up v.. ?❤️? Kamudhaane kamah ummydhu kuran..
Varah Sali mi part ves Masha Allah…❤️❤️❤️ Keep it up. ??????Aina aa hishaan aa dhemedah kuje aee dhw ..?????. Pls Aina aa hishaan guluvaadheeba A aar dear. ??????
When next ????
Lysm❤️❤️❤️❤️
Stay safe ❤️❤️❤️❤️
Jazaakallah khairan Ril.. Dhen balamaa hingaa dhw vaagotheh.. ?❤️ Nxt Day after tomorrow ga insha Allah.. ? Lyt ❤️❤️ stay safe..
?
ދެން އިން ބައި ވާނީ އިއްޔަ މެންދުރު ސަބްމިޓް ކުރެވިފައެވެ. އ
❤️❤️❤️❤️❤️❤️❤️