Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (13)

Ihoo Level 2100 Login10 Stories100 Comments
July 7, 2020 2 Mins Read
4 Comments

ޑޮކްޓަރުބުނި ޖުމްލައަކީ ޔޫންގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅުނު ފަދަ ޖުމްލަ އެކެވެ. ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އެޑޮކްޓަރަކީ ޔޫންމެންގެ ރަށުގައި އުޅުނު ޑޮކްޓަރެއްކަމުން އޭނާއަށް ނުހަނު ފަސޭހައިން ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހިތާމަވެރި ޚަބަރު ޔޫން އެއަންހެން ކުއްޖާގެ އާއިލާއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ކޮން މޫނަކާއިގެން ހެއްޔެވެ؟ އެތައް އަހަރަކަށްފަހު ޔޫންއަށް އޭނާގެ އެންމެ ހިތްއެދޭ ސޫރަ ފެނުމުން ގާތުގައި މަޑުކުރާ ހިތްވި ކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި މިވަގުތު ހެދިފައިހުރި ހައިޖާނުގަނޑު ބޮލުން ފިލުވުމަށްޓަކައި ހޮސްޕިޓަލުން ބޭރަށް ނިކުތެވެ. ހަމައެވަގުތު މިޖްދާދު ޔޫންގެ ފޯނަށް ގުޅަން ފެށިއެވެ. 

“އަހަރެން މަތިން ހަނދާން ނައްތާލައިފައި ކޮންތާކު ތިހުރީ މިހާރު؟ ނުބުނާތި އަދިވެސް އެފިހާރައިގައި ތާށިވެފައޭ..”

“އަހަރެން ބުނާ ރެސްޓޯރެންޓަކަށް ވަރަށް އަވަހަށް އާދެވިދާނެތަ؟ ފޯނުން ދެއްކޭ ވާހަކައެއްނޫން..” ޔޫން އެހެންބުނެ ފޯނުކަނޑައިލައި މިޖްދާދު ދާންވީ ރެސްޓޯރެންޓުގެ ނަން މެސެޖް ކުރިއެވެ. އެހާލަށް އެޒުވާނާ ދޫކޮށްލާފައި އައީ ޔޫންގެ ހިތާއި ދެކޮޅަށެވެ.

ވާހަކަ ދައްކާނީ ކެއުމަށްފަހުކަމަށް ޔޫން ބުނުމުން ދެމީހުން އޯޑަރު ދިނެވެ. އޭރުވެސް ރެސްޓޯރެންޓް ތެރޭގައި ލެވެންޑަރވަސް ފެތުރިފައިވެއެވެ. މުޅި ތަނުގެ ތެރޭގައި ވަރަށް އަލިމަޑުކައި ނިމިގެންވެސް އެތައް އިރެއް ފަހުންވެސް ޔޫންއަށް ވާހަކައެއް ނުފެށުނެވެ.

“އިނގޭތަ.. މިއަދު އަހަރެންނަށް އިޙޫއާ ދިމާވެއްޖެ..”

“އޭނ.. ކޮންތާކުން؟ އިޙްނާއަށް އިނގުނުތަ ޔޫންކަން ތީ ނޫނީ ޔޫންއަށްތަ އިނގުނީ؟ ކީއްކުރަނިކޮށް ފެނުނީ؟ ކޮންތާކުން ފެނުނީ؟” ޔޫންގެ ކުރު ޖުމްލައިން އެތައް ސުވާލުތަކެއް މިޖްދާދަށް ކުރެވުނެވެ. ފިހާރަ ތެރޭގައި ކަންތައްތައް ވީގޮތް ސިއްރުކުރުމެއްނެތި ޔޫން ހުރިހާ ވާހަކައެއް މިޖްދާދަށް ކިޔައިދިނެވެ.

“އަހަރެންނަށް ހީވަނީ ކުރިން ޔޫންގެ ރަށުގައި އުޅުނު އިރުން ފެށިގެން އެމިޙްރާން ދިޔައީ އިޙްނާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންހެން.. އެއީ ޔޫން އަހަރެންނަށް ކިޔާދިފައި ހުރި ވާހަކަތަކަށް ބިނާކޮށް މި ބުނަނީ.. އެސިއްރު ބޭނުންކޮށްގެން މިހާރުވެސް އިޙްނާ ބްލެކްމެއިލް ކުރަނީ.. ލަސްނުކޮށް މަންމަމެންނަށް އެސިއްރުގެ ޚަބަރު ދީ.. މިހާރު ޔޫންއަށް އެކަން އެނގިފައި އޮތީމަ އާއިއެކީގައި.. ކިތަންމެ ދެރަވާނެ ކަހަލަ ކަމަކަށް ވިޔަސް.. އެންމެ ކުޑަމިނުން އަމިއްލަ އާއިލާއަށް އަންގަންވާނެ.. ކޮންމެ މީހެއްގެ ހަޔާތަށްވެސް މިކަހަލަ އިމްތިހާނުތަކެއް އަންނާނެ..” ވިސްނޭ ހަރު މީހެއް ފަދައިން އޭނާގެ ވިސްނުން ޔޫން އަށް ހުށަހެޅިއެވެ. “އަހަރެން ބުނީ ޔޫން އަށް އިނގުނުތަ ކުރިން އެއީ ކޮންކަމެއްކަން؟”

“ނޫން.. އަހަރެން ގާތުގައި ނުވެސްބުނޭ އެކަހަލަ ވާހަކައެއް.. އަދި އަމުދުން ހިއެއްނުވޭ ރިހާމްގެ ގާތުގައިވެސް ބުނިހެންވެސް.. އަހަރެންނަށް ކުރިން މިކަން އެނގުނުނަމަ މިޙްރާން ކުޅޭނެހާ ޑްރާމާއެއް ބަލާކަށް ނުހުންނާނަން..” މިޙްރާންދެކެ އައިސްފައިވާ ރުޅިން ޔޫން ވަރަށް ބާރަށް އަތް މުށްކަވާލިއެވެ. މުށްކަވާލިލެއް ބާރުކަމުން އަތްތުރުތުރު އަޅައެވެ. އޭރު ޔޫންގެ އަތުގެ ނާރުތައްވެސްހުރީ ފުއްޕާފައެވެ. އެހާ ރަނގަޅަށް ކަންތައްތައް ކޮށްދިނީމާވެސް މިޙްރާން އޭނާއަށް ދިނީ ތެޔޮ ހަމެކެވެ. އެހުރި ރުޅިގަނޑުގައި ޔޫން ފޯނުނަގައި ޕޮލިހަށް ގުޅަން ފެށުމުން މިޖްދާދު ފޯނު އަތުލައި ވަގުތުން ކަނޑާލިއެވެ.

“ކީއްވެގެން ތިކަނޑާލީ؟ އަހަރެން ބޭނުމެއްނޫން އިތުރަށް އިޙްނާއަށް ކަމެއް ވާކަށް..” އެޖުމްލައާއެކު ހިތަށް ތަދުވެގެން ޔޫން ލޯ މަރާލިއެވެ. އިޙްނާއަކީ ޔޫންގެ ހިތުގެ ހިތްހަމަ ޖެހުމެވެ. ހިތުގެ އެއްބައެވެ. އިޙްނާގެ ރީތި ދެލޮލުން އިތުރަށް ކަރުނަ އޮހޭތަން ދެކުމަށް ޔޫން ބޭނުމެއް ނޫނެވެ. 

“މިޙްރާންއަކީ ކޮންޕެނީއެއްގެ މެނޭޖަރެއް އަހަރެންނަށް އިނގިފައިވާ ގޮތުން.. އެމީހުންނަށް ރުފިޔާ އުޑުން ބޯކޮށްވެހޭ.. ކަމެއް ދިމާވެގެން އެކޮންޕެނީ އިން މީހަކު ބެދޭއިރަށް މީސްމީހުންނަށާއި ލޯޔަރުންނަށް ރިޝްވަތު ދީގެން ސަލާމަތްކުރޭ.. މިހެން މިބުނީ ކުރިންވެސް އެގޮތަށް އެކޮންޕެނީގައި ކަންތައްތައް ހިނގާފައި އޮތީމަ.. އެހެންވީމާ އަހަރުމެންޖެހޭނެ ކުރާން މިއުޅޭ ކަންތައް ވަރަށް ވިސްނައިގެން ކުރާން.. އަދި މިޙްރާންއާ ދެކޮޅަށް ވަރުގަދަ ހެކި ބޭނުންވާނެ.. އަހަރެން އަޑުއަހަން ވަރަށް ގިނައިން މިޙްރާންް ކޮންމެވެސް އެއްޗެއް ވިއްކާ ބަޔަކާ ޑީލް ހަދައިލައިގެން އުޅޭ ވާހަކަ.. އެއީ ކޯއްޗެއް ކަމެއް %100 ޔަގީން ކަމާއިއެކު ބުނާކަށް ނޭނގޭ.. ފުރަތަމަ ކަމަކަށް އަހަރެންނަށް ފެންނަނީ އިޙްނާގެ ސިއްރާއެކު ހުރިހާ ވާހަކަތަކެއް ތިއާއިލާއަށް ކިޔައިދޭން.. އިޙްނާގެ މަންމައަށް ކިޔާ ދިނުމުގެ ކުރިން ޔޫން މަންމައަށް ކިޔާދީ.. އޭރަށް އިޙްނާގެ މަންމައަށް ޔޫންގެ ވާހަކަތަކަކީ ދޮގެކޭ ބުނާކަށް ނުކެރޭނެ.. އަމިއްލަ ދަރިއަކަށް ދެރަ ގޮތެއްވާކަށް ދުވަހަކުވެސް އެމީހެއްގެ މައިމީހާ ނޭދޭނެ.. ހިނގާ މިހެން ހަދާން..” މިޖްދާދު ކަންތައްތައް ކުރަންވީ ގޮތުގެ ޕްލޭނެއް ޔޫންއަށް ކިޔާދެމުން ދިޔައެވެ. ޔޫން ދިޔައީ ބުނާ ކޮންމެ ކަމަކަށް އެކަމާ އެއްބަސްކަން ބޮލުގެ އިޝާރާތުން ބޯ ޖަހަމުންނެވެ.

***

މުށިކުލައަކަށްދާ ރޭނދާއިން ޑިޒައިން ކޮށްފައި ބަނޑާއި ދިމާލުން މެދުގައި ކުދި ރޫތަކެއް ލެވިފައިވާ ބަޓަރފުލައި އަބާޔާއެކީ ކަޅު ޝޯލެއް އާދައިގެ ސްޓައިލަކަށް އަޅައިގެން ޒުވާން ފުރައިގެ ކުއްޖެއް ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރައެއް ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. އެޒުވާނާހުރީ މީހެއްގެ އިންތިޒާރުގައިކަން އެދިމާލަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އެހެންހުންނަތާ 5 މިނެޓަށްފަހު އިންތިޒާރުގެ ނިމުން އައީ ބަލާބެލުމަށް ތިރީހުގެ އަހަރުތަކުގައި ގުނަމުންދާ މީހެއް އައުމާއި އެކުގައެވެ. އެމީހަކާއި އެކު އެޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ދިޔުމަށް ހިނގައިގަތެވެ. އެދެމީހުންގެ ދެމެދުގައިއޮތީ މަޔަކާއި ދަރިއެއްގެ ދޭތެރޭގައި އޮންނަ ގުޅުމެކެވެ. މައުލޫމާތު ސާފުކުރާ މޭޒު ކައިރިއަށް ގޮސް އިޙްނާ އޮތްތަން ހޯދާ އެކޮޓަރިއަށް ދިޔައެވެ.

“އިޙްނާ!!”

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

ނުފިލާނޭ މިހިތަކުން… 21

Next

އިމްތިޙާން 15

Next
July 7, 2020

އިމްތިޙާން 15

Previews
July 7, 2020

ނުފިލާނޭ މިހިތަކުން… 21

4 Comments!

  1. Ihoo says:
    July 8, 2020 at 12:46 am

    Assalamu alaikum
    Alhaamdhulillah again with another part with 516 words.. Ummedhu kuran huriha kudhinnah vx mi part kamudhaane kamah.. And PLX point out if theres ANY mistake.. School reopen kureema part thah genes dheveyleh las vedhaane.. ekm vaahaka nimendhen genes dheynan in sha allah..
    Jazakallah khairan <3 <3 <3
    NOTE: Visnaa vaahaka genesdheynee ihna vaahaka nimuneema kan (in sha allah) huriha kiyuntheringe samaalu kaamataka dhenne veemeve.

  2. Felix says:
    July 8, 2020 at 7:27 am

    V reethi

    1. Ihoo says:
      July 8, 2020 at 11:46 pm

      jazakallah khairan felix <3 <3 <3

  3. Felix says:
    August 4, 2020 at 7:44 pm

    Kn irakun next part annanii?

Comments are closed.



All Right Reserved!