Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 22ވަނަބައި

kudhoo Level 310 Stories100 Comments
July 19, 2020 4 Mins Read
5 Comments

ރަވާހިބު އޭނާގެ އަސްލު ބާރު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް އަމިއްލައަށް ހޯދައިގެން އެމީހުން ބިންމައްޗަށް ތިރިކޮށްލައިފިއެވެ. ދަބަސް ހިފައިގެން އެނބުރި އައިސް އެއަންހެންކުއްޖާގެ އަތަށް ދިނެވެ. ޗިންކާ ރަވާހިބުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި އިރުކޮޅެއް ވާންދެން އެތާގައި ވާހަކަ ދައްކާން ހުއްޓެވެ. ޗިންކާއަށް ރަވާހިބުގެ ހުރިހާ ސިފަތަކެއް ކަމުދިޔައެވެ. އޭނާއަށް ރަވާހިބު ސިފަވެގެން ދިޔައީ ހީރޯއެއްގެ ގޮތުގައެވެ. އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލު ދިނުމުގެ ގޮތުން ޗިންކާއެދުނީ އޭނާއާއެކު ކައިރީގައި ހުރި ކެފޭއަކަށް ކޮފީ ބުއިމަށް ދާށެވެ. ރަވާހިބު ފުރަތަމަ އެކަމަށް ދެކޮޅު ހެދިއެވެ. ނަމަވެސް ޗިންކާ އެހާ ވަރަށް ކިޔާތީ އޭނާއާ އެކު ދިޔައެވެ.

ކޮފީގެ ރަހަ އަލަށް ލިބުނު ރަވާހިބުއަށް އެއަށްވުރެ މީރު ބުއިމެއް ދުވަހަކުވެސް ނުލިބޭފަދައެވެ. އެހާރަގަޅު ބުއިމެއް ދުވަހަކުވެސް މީހަކު އޭނާއަށް ދީފައި ނުވެއެވެ. ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އެރޭ ކޮފީއަކުން ނިންމާފައި ޗިންކާ ގެއަށް ދާން ނިކުންނަމުން އަދި ދިމާވާން ޖެހޭނެ ކަމުގައި ބުންޏެވެ . އެއީ އެއްވެސް ކަމެއް ނޫންކަމުގައި ބުނެ ކޮންމެ ދުވަހަކުވެސް އެތާ ރުއްހުރި ދިމާލުން ދިމާވާނެ ކަމުގައި ބުންޏެވެ. ޗިންކާ ގެއަށް ދާން ހިނގައިގަތުމުން އޭނާ ގެއަށް ގެންގޮސްދީފާނެ ކަމުގައި ރަވާހިބު ބުންޏެވެ. ނަމަވެސް އޭނަގެ ގެ ހުރީ އެތަނާ ކައިރީކަމުގައި ބުނެ ހިނގައިފައިވެސް ދެވިދާނެ ކަމުގައި ބުންޏެވެ. ޗިންކާއަށް ނޭނގޭ ގޮތަށް ޗިންކާގެ ފަހަތުން ރަވާހިބު ދިޔައެވެ. ޗިންކާ ބުނިހެން ގެ ހުރީ އެތާ ކައިރީއޮތް ގޯޅިއެއް ތެރޭގައެވެ. ގެ ހުރި ދިމާ ހުރީ ވަކިން އުސްކޮށެވެ. ގެއަށް ދާ މަގުގައި ވަނީ ވަކިން ސިޑި ހަދާ ފަސޭހައިން މައްޗަށް ދެވޭ ގޮތަށް ހަދާފައެވެ. ޗިންކާ ގެއަށް ވަނުމުން ރަވާހިބު އެނބުރި އަތިރި މައްޗަށް އައެވެ.

ލަޝްކަރާ ބައްދަލު ކުރުމަށްޓަކައި ރަވާހިބު މޫދަށް އެރުނެވެ. ލަޝްކަރާ ބައްދަލު ކުރުމަށް ފަހު މާދަމާގެ ޓްރެއިނިންގތައް ނިމުމުން އެމީހުން އެނބުރި ދިޔުމަށް ބުންޏެވެ. އަދި އޭނަ ހަފްތާއެއް ފަހުން އެނބުރި އަންނާނެ ކަމުގައި ބައްޕައަށް ދަންނަވާލަ ދިނުމަށް އެދުނެވެ. ލަޝްކަރު ރަވާހިބު އެދުނު ފަދައިން ކަންތައް ކުރިއެވެ. އާދައިގެ މަތިން އެހަފްތާ ނިމެންދެންވެސް އޭނާއާ ޗިންކާއާ ބައްދަލު ކުރަމުން ދިޔައެވެ. ބައެއް ރޭރޭ ވާހަކަ ދައްކާލަން ރޭގަނޑު ދަންވަންދެންވެސް ތިބެއެވެ. ދެމީހުންގެ ގުޅުން ބަދަހިވަމުންގޮސް ޗިންކާގެ އެދުމަށް ރަވާހިބު އެގެއަށް ގޮސްވެސް އުޅެއެވެ. ޗިންކާގެ މައިންބަފައިންނަށްވެސް ރަވާހިބު ވަރަށް ކަމުދިޔައެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެކަށީގެންވާ ފަދަ ފިރިހެނެއް ކަމަށް ޗިންކާގެ މައިންބަފައިން ގަބޫލު ކުރިއެވެ.

ހަފްތާއެއް ވުމުން އޭނާގެ ސިޓީއަށް އެނބުރި ދާން ޖެހޭ ކަމުގައި ރަވާހިބު ބުންޏެވެ. އޭނާ އެކޮޅަށް އައިސްގެން އުޅެނީ މަސައްކަތުން ކުޑަ ޗުއްޓީއެއް ނަގައިގެން ސިކުނޑިއަށް އަރާމު ކޮށްލުމަށް ކަމުގައި ބުންޏެވެ. އެކޮޅަށް ގޮސްފައި ހަފްތާއެއް ފަހުން އެނބުރި އަދި އަންނާނެ ކަމުގައި ބުންޏެވެ. ރަވާހިބު އެނބުރިއައިސް އޭނަގެ ބައްޕަމެން ކައިރީ ޗިންކާއާ ކައިވެނި ކުރުމުގެ ހުއްދައަށް އެދުނެވެ. ނަމަވެސް އޭނަގެ ބައްޕަ ކަނޑަ އެޅިގެން އެކަމަށް ދެކޮޅު ހެދިއެވެ. ބައްޕަމެން އެއްބަސް ނުވެގެން ސަލާންޖަހާ ހިސާބަށްވެސް ރަވާހިބު އާދޭސް ކުރިއެވެ. އެންމެ ފަހުން ރަވާހިބުގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީގެން ހުންނަން އުނދަގޫވެ ހިތައް ކެތްނުވާ ހިސާބަށް ދިޔުމުން ހުއްދަ ދިނެވެ. ރަވާހިބުގެ މިލާ މޯޅިވެ ހުސްނުވާ ކަރުނަ ފެނުމުން އޭނާގެ ބައްޕަގެ ހިތް މަޑު ކަފަކޮޅަކަށް ވީއެވެ. ނަމަވެސް ރަވާހިބަށް ވަރަށް ނަސޭހަތް ދިނެވެ. އެތަނުގެ އުޅުމާ އަހަރެމެންނާ ތަފާތުވާނޭވަރު ކިޔާދިނެވެ. ހުރިހާ ކަމަކަށްވެސް ތައްޔާރުވާނޭ ކަމުގައި ރަވާހިބު ބުންޏެވެ.

ހަފްތާއެއް ފަހުން ރަވާހިބު އަނެއްކާވެސް ޗިންކާމެންގެ ރަށަށް ދިޔައެވެ. އޭނަގެ އަތުގައި އޭރު ޗިންކާމެންގެ އަތުގައި އޮންނަފަދަ އެންމެ ފަހުގެ ފޯނެއްވެސް އޮތެވެ. އެއްގަމަށް އަރާ އެންމެ ފުރަތަމަވެސް އެތާ ކައިރިން ގެސްޓް ހައުސްއެއް ހޯދިއެވެ. ރަވާހިބުމެންނަކީ އެމީހުންގެ ބާރުން އިންސާނުންނަށް އެއްޗެހިދެއްކޭ ބަޔަކަށް ވާތީ އަތުގައި ފައިސާވެސް އެހާމެ ގިނައިން ހުއްޓެވެ. އެއްމަހަށް ވާވަރަށް ރޫމަށް ފައިސާ ދެއްކިއެވެ. އެއަށްފަހު ރޫމަށްގޮސް ހަމަޖެހިލައިގެން އެދުގައި އޮށޯތެވެ. ކޮންފަދަ އަރާމު ތަންމައްޗެއް ހެއްޔެވެ. މިހާބޮޑު ފަސޭހައެއް ވެވެން އޮތްވާ ކާކުބާ މިފަދަ ކަމެއް ދޫކޮށްލާނީ.. ރަވާހިބުގެ ހިތައް އަރަމުން ދިޔައެވެ. އިރުކޮޅަކުން ފޯނުނަގައި ޗިންކާއަށް ގުޅާލިއެވެ. އޭނަ އެކޮޅުގައި ހުރި ވާހަކަ ބުނުމުން އެގެއަށް އައުމަށް ޗިންކާ އެދުނެވެ. ފޯނު ބާއްވާފައި ކުޑަކޮށް ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލައިގެން ނިކުތެވެ. ޗިންކާގެ ހުރި މަގަށް އެޅުނު އިރު އޭނަގެ އިންތިޒާރުގައި ހުރި ޗިންކާ ފެނުނެވެ. އެމައުސޫމު އަންހެން ކުއްޖާ ފެންނަ ކޮންމެ ފަހަރަކު އިރަށް އިރަކަށް ވުރެ ބޮޑަށް ރަވާހިބުގެ ހިތް ދޫވަމުން ދިޔައެވެ.

ދެމީހުން އެތެރެއަށް ވަންއިރު ޗިންކާގެ މައިންބައިންވެސް ސިޓިންގ ރޫމުގައި ތިއްބެވެ. ރަވާހިބުއަށް އެތެރެއަށް ވަދެވުމާއެކު އެރޭގެ ކެއުމަށް ދައުވަތު ދިނެވެ. އެންމެންވެސް ކެއުމާއިގެން ކުރިއަށް ދަނިކޮށް ޗިންކާގެ ބައްޕަ އެދުނީ ދެމީހުން ކައިވެނި ކުރުމަށެވެ. އެކަމާ ވަގުތުން ރަވާހިބު އެއްބަސްވިއެވެ. ޗިންކާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދެމީހުންގެ ގުޅުން އެހާހިސާބަށް އައިރު އެންމެ ފަހަރަކުވެސް ރަވާހިބު އޭނާގާތުން ރައްޓެހިވާންވެސް ނާހައެވެ. އެކަމަކު ބައްޕަ ބުނުމާއެކު ކައިވެންޏަށް އެއްބަސްވީއެވެ. ރަވާހިބު އޭނާ ކައިރީ ނުބުނި ނަމަވެސް އޭނައާ މެދު ގަޔާވާކަން ޗިންކާއަށް އިހުސާސް ކުރެވެއެވެ. ކައިވެނި ކުރާނެ ދުވަހެއް ދެމީހުން މަޝްވަރާކުރުމަށްފަހު ބުނުމަށް ޗިންކާގެ ބައްޕަ އެދުނެވެ. ކެއުމަށްފަހު ދެމީހުން ނިކުތީ ބޭރު މަގުގައި އަރާފައިބަން ހުރި ސިޑިއަށެވެ. ސިޑީގެ ހަރުފަތެއްގައި ދެމީހުން އިށީދެއްޖެއެވެ. ރަވާހިބު ޗިންކާގެ އަތުގައި ހިފާފައި ކުރިން އޭނަ ކައިވެނި ކުރަން ބޭނުން ވާ ވާހަކަ ނުބުނީ ޗިންކާއަށް ސަޕްރައިޒެއް ދޭން ކަމުގައި ބުންޏެވެ. އަދި ޗިންކާ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ ކުޑަ ޑައިމަންޑެއް ލާފައިވާ ރިންގެއް ނަގާ އެއްފައިގެ ކަކޫ ބިންމަތީ ޖައްސައިގެން އަނެއްފައި މައްޗަށް ބަރޯސާވެގެން ހުރެ އޭނާއާ އިންނާނަންތޯ އަހާލިއެވެ. ޗިންކާއަށް ލިބުނު އުފާ ބަޔާންކޮށްދޭންވެސް ނޭގުނެވެ. ވަގުތުން ޔެސްއޭ ބުނެ ޗިންކާ އޭނާގެ ވައަތް ދިއްކޮށްލުމުން ކަށިއިނގިލީގައި އަނގޮޓި އަޅުވައިދިނެވެ. ދެމީހުންގެ ގުޅުން އިތުރު ގުޅުމަކުން ފެށިގެން ދިޔައެވެ. ހުރިހާކަމަކަށް ވިސްނާފައި އަންނަ މަހުގެ ނިމޭ ހިސާބުގައި ދެމީހުން ކައިވެނި ކުރުމަށް ނިންމާ ޗިންކާގެ ބައްޕަ ގާތުގައި ބުންޏެވެ. ކައިވެނި ކުރި ތާރީޚު ނިންމި ހިސާބުން ކައިވެނި ކުރާ ދެމީހުންނަށާ އާއިލާގެ އެންމެނަށް ހެދުމާ ގަހަނާ ގަތުމުގައި މުޅި އެދުވަސްކޮޅު ދިޔައީ ބުރަކޮށެވެ.

މަހެއް ވަންދެން އެތަނުގައި އުޅެފައި ރަވާހިބު އަނެއްކާވެސް އޭނާ އުޅޭ ތަނަށް ދިޔައެވެ. ދެން ކައިވެނި ކުރާ ދުވަހުގެ ދެތިން ދުވަސް ކުރިން އަންނާނެ ކަމުގައި ބުންޏެވެ. ރަށަށް ދެވުމާއެކު ބައްޕަމެނަށް އެޚަބަރު ދިނެވެ. އެހާ އުފާވެރިކަމެއް އޭނަގެ ހިތައް ނުލިބުނަސް ދަރިފުޅުގެ ކުރިމަތީ ހިނިތުންވެލައިގެން ހުރެ އެހަފްލާއަށް އާއިލާގެ އެންމެން ދާނެ ކަމުގައި ބުންޏެވެ. ރަވާހިބު މެންނަކީ އެމީންގެ ގައުމުގެ ރަސްކަން ކުރަމުން އަންނަ އާއިލާ ކަމުން ރަށުގެ އެންމެންވެސް އެމީހުނަށް ގަދަރު ކުރެއެވެ. ކައިވެނި ކުރަން އޮންނަ ދުވަހު އެމީހުން އެރަށަށް ދާނެ ކަމުގައި ބައްޕަ ބުނުމުން ރަވާހިބަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.

ކައިވެނި ކުރަން ތިންދުވަހަށް ވެފައިވަނިކޮށް އޭނަ އެނބުރި އެކޮޅަށް ދިޔައެވެ. އޭރު ޗިންކާގެ އާއިލައިންވަނީ ކައިވެނި ކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައެވެ. ނަމަވެސް އެހުރިހާ ކަމަކަށް ޚަރަދުކުރާނޭ ފައިސާ ނެތުމުން ނުކެރި ހުރެ ނަމަވެސް ޗިންކާ ބުންޏެވެ. ރަވާހިބު ހުރިހާކަމަކަށް ފައިސާ ދައްކާ ނިންމިޔެވެ. ކައިވެނީގެ ހުރިހާ ކަމެއްވެސް އަމާން އޮމާންކޮށް ތައްޔާރުކުރެވުނެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހަށް ރަވާހިބުގެ އާއިލާގެ އެންމެންވެސް އައެވެ. ރަވާހިބުގެ އާއިލާގެ އެންމެން ބޭއްވި ގާތްގުޅުމުން ޗިންކާގެ އާއިލާވަރަށް ބޮޑަށް އެމީހުނަށް އިތުބާރުކުރެވުނެވެ. ހުދުކުލައިގެ ކޮނޑުފެންނަގޮތަށް އަތްދިގުކޮށް ފަސްބައި ފުޅާކޮށް ފަހާފައިވާ ހެދުމުގައި އިތުރު ފުރިމަކަމެއް ގެނެސް ދިނުމަށްޓަކައި ބޮލުގައި ލޭސްއިންދިގުކޮށް އަޅަންފައިފައިވާ ފޮތިކޮޅު ޗިންކާއާ ވަރަށް ބޮޑަށް ގުޅެއެވެ. އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ޗިންކާއަރައިގެން ހުރި އުސްފައިވާނުންނެވެ. މޫނުގެ އެއްބައި ފޮރުވޭގޮތަށް ބޮލުގައި އަޅާފައިވާ ލޭސްފޮތިކޮޅުގެ އެއްބައިވަނީ ވައްޓާލެވިފައެވެ. ކައިވެނި ކުރަން ހަމަޖައްސާފައިވާ އެސަރަހައްދުގެ ފެހި ޕާކަށް ކާރުން ފައިގެން ޗިންކާގެ އަތުގައި ހިފައިގެން އޭނާގެ ބައްޕަ އާދެއެވެ. އެމީހުންގެ އިންތިޒާރުގައި ރަވާހިބުއާ އޭނަގެ އާއިލާ ތިއްބެވެ. އަޅާފައިވާ ދޫލައިގެ އަނެއް ކޮޅުގައި ރަވާހިބު ކޮޅަށް ހުއްޓިލައިގެން ހުއްޓެވެ. އެތެރެއިން ހުދުކުލައިގެ ގަމީހެއްލާ ބޭރުން ކަޅުކުލައިގެ ކޯޓު ފަޓުލޫނެއްލާ ހަމަ އެކުލައިގެ ބޫޓަކަށް އަރައިގެން ހުރި ރަވާހިބު ފެންނަ އަންހެންކުއްޖަކުވެސް މޮޔަވާނެކަން ގައިމެވެ.

ރަވާހިބު ހުރި ހިސާބަށް ޗިންކާ ގެންގޮސް ދިނުމަށްފަހު ޗިންކާގެ ބައްޕަ އައިސް އެމީހުނަށް ޚައްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ދެމީހުންގެ މެދައްވާގޮތަށް އެއްފަރާތެއްގައި ހުރި މީހާ ކައިވެނި ކޮށްދޭން ފެށިއެވެ. ދެމީހުންގެ ކައިވެނީގެ ޚިތުބާ ނިމުމުން އަނގޮޓި ބަދަލް ކުރުން އޮތެވެ. މިފަހަރު ޗިންކާގެ އަތުގައި އެޅުވީ ހުދުކުލައިގެ ބޮޑު ޑައިމަންޑު އަނގޮޓިއެކެވެ. ދެމީހުންގެ ކައިވެނީގެ ކަންތައް ނިމި އުޅެން ހަމަޖެހުނީ ޗިންކާ މެންގެ ގޭގައެވެ. ހަނީމޫންގެ ގޮތުގައި ޗިންކާ ދާން ބޭނުންވީ ޕެރިސްއަށެވެ. އެހެންކަމުން ދެމީހުން ހަނީމޫނަށް ފުރިފަހުން އެއްމަސްފަހުން އެނބުރިއައެވެ. އޭރު ޗިންކާއަށް މޭނުބައި ކުރުމާ ހޮޑުލެވުމާ ހެނދުނަށް ހޭލަންވެސް އުދަގޫވެގެން އުޅެއެވެ. ރަށަށް ގޮސް ހަފްތާއެއް ވީއިރުވެސް ރަގަޅު ނުވުމުން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ޓެސްޓްތައް ހެދުމަށްފަހު ނަތީޖާ ލިބޭނެ ވަގުތު ބުނުމުން ޗިންކާ އަރާމު ކޮށްލަން ބޭނުންވާތީ ދެމީހުންވެސް ދިޔައީ ގެއަށެވެ. ޓެސްޓްގެ ނަތީޖާ ލިބުމާ ދޭތެރޭ ވަރަށް ގިނަ އިރު އޮތުމުން ޗިންކާ ގެއަށް ލާފައި ރަވާހިބު ދިޔައީ އޭނާގެ އާދައިގެ މަތިން އަތިރި މައްޗަށެވެ. އެއީ ކޮންމެ ދުވަހަކުވެސް ކޮންމެސް ވަގުތުކޮޅެއްގައި މޫދައް ނުފޭބޭނަމަ އޭނައަށް އުދަގޫވާތީއެވެ. ގިނަފަހަރު ދާންވީމާ އޭނާ ވަޒީފާގެ ކަމެއްގައޭ ބުނެ ތަންކޮޅެއް ގިނަ ވަގުތުވެސް މޫދުގައި ހޭދަކޮށްފައި ގެއަށް ދެއެވެ. ޓެސްޓްގެ ނަތީޖާ ބަލާ ދާގަޑި ޖެހުމުން ރަވާހިބު ހޮސްޕިޓަލަށް ދިޔައެވެ. ލިބުނު ޚަބަރުން އޭނާ އުފަލުން މަރުނުވީވެސް ކިރިޔާއެވެ. މިދުނިޔޭގައިވެސް އޭނާއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު ލިބުނީއެވެ. ހޮސްޕިޓަލުން ނިކުތް ރަވާހިބުގެ މޫނު މަތީގައި ހާސްކަން އެކުލެވިފައިވިއެވެ. އޭނާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއްތޯ ހިތުގައި ސުވާލު އުފެދެމުން ދިޔައީއެވެ.  އޭނަ ފަދަ ކުއްޖަކަށް ވެއްޖިއްޔާ ހަމަގައިމުވެސް ނުކުޅެދޭ ކުއްޖެކޭ ބުނެ އެކުއްޖާ މަރާވެސް ލަފާނެއެވެ.

( ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

ތިޔަލޯބިން ހިތް ފުރިއްޖޭ..
Previous

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)

Next

ލޯތްބައްޓަކައި(20ވަނަ ބައި)

Next
July 19, 2020

ލޯތްބައްޓަކައި(20ވަނަ ބައި)

Previews
July 19, 2020

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)

ތިޔަލޯބިން ހިތް ފުރިއްޖޭ..

5 Comments!

  1. Ram says:
    July 19, 2020 at 8:28 pm

    Maasha allah vvvv reethi???????

    1. kudhoo says:
      July 19, 2020 at 8:55 pm

      ???I appreciate your time.
      ??And thanks to you Ram ??

  2. kudhoo says:
    July 19, 2020 at 8:59 pm

    ??Shaharu vaahakaige 22 vana bai miothee up vefai. Kiyaalaafa comment eh kollaathi. ???

  3. thiththaaaaaaaaaaaaaaa says:
    July 19, 2020 at 10:23 pm

    yaayyy!!!! finally !!masha allah kudhu ,…..vvvvvvvvvvvvvv reethi

  4. kudhoo says:
    July 19, 2020 at 11:21 pm

    ?? thank you thihthaa ???

Comments are closed.

Next Episodeޝަހަރު 23ވަނަބައި←


All Right Reserved!