ފިޔަފަތް 4
* ”ކިހިނެތްވީތަ..؟” އަލްޔާ މާ ބާރަކަށް ޓަކިޖަހާތީ ރޫބީ ނުކުމެފައި އެއްސެވެ. “ރޫމްމޭޓް ބައްދަލުވުމެއް.. ޒައިވެސް އެބަހުރި ބޭރުގައި.. ތިމީހުން އަވަހަށް ލަގޭޖަށް ނޫނީ ދަބަހަކަށް ބޭނުންވާ އެއްޗެހި އަޅާ ޕެކް ކޮއްގެން އާދޭ.. އެނގެއެއްނު މިކިޔާ އެއްޗެއް..؟” ލައުރާ ނުކުތުމުން އަލްޔާ ބުނެލިއެވެ. އެ ޖުމްލަ އަހާފައި ޒައިލީން އަށް ކޮޅަށް ތެދުވެވުނެވެ. އަލްޔާއަށް މި ވަނީ ކިހިނެތް ބާވައެވެ.؟ *
އިތުރު ސުވާލެއް ނާހާ ރޫބީއާއި ލައުރާ ކޮޓަރިއަށްވަނެވެ. “ޒައި.. މިއީ ޒައިއަށް ނުހަނު އާކަމެއް.. ކުރިން ދުވަހުގައި ޒައި މިތަނަށް ތިއައީވެސް.. އެހެންވެ ޒައި އަވަހަށް ކުރިން އަންޕެކް ކުރި ހުރިހާ އެއްޗެއް ޕެކް ކޮއްގެން އަންނަންވީ މިތަނަށް.. މިއީ ރޫމްމޭޓް ބައްދަލުވުމެއް.. ލިބޭނީ ކުޑަވަގުތުކޮޅެއް.. އެހެންވީމައި ވަރަށް އަވަސް ކޮއްލާތި..” އަލްޔާ ހާސްވެފައި ބުނެލިއެވެ.
އަލްޔާގެ އަޑުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޒައިލީންއަށް އެނގުނެވެ. ޒައިލީން މަޑުމަޑުން ކޮޓަރި އަށް ގޮސްފައި އެއްޗެހިތައް ޕެކް ކޮއްލައިގެން ނުކުންނަމުން ޒައިދާންއަށް ވާނުވާ އަންގާލުމަށްޓަކައި ކުރު މެސެޖެއް ކޮށްލިއެވެ. ޒައިލީން ސިޓިންގރޫމަށް ނުކުތްއިރު ރޫބީއާއި ލައުރާ ސޯފާގައި ތިއްބެވެ. “‘އޯކޭ.. އޯކޭ.. ޕްރިންސިޕަލް ނެއިލޮން ގުޅާފައި ބުނީ މިއުޅެނީ މިތަން ހަންޓްކުރާ މީހުންނަށް މިތަން އެނގިގެންނޯ.. އެހެންވެ ވީހާވެސް އަވަހަކަށް ގޯލްޑް ސްވާން ހޮޓެލްއަށް ބަދަލުވާން ވީޔޯ.. ސޯ ވަރަށް ސިއްރު ސިއްރުން އެމީހެއްގެ ޕްރައިވެޓް ކާރަށް އަރައިގެން އަވަހަށް މިތަނުން ދާން ނައްޓާލަންވީ..” އަލްޔާ ކިޔައިދިނެވެ.
“ޒައި.. އަލްއަށް އެނގޭ ޒައި ތިހުރީ ސުވާލު ކުރަން ބޭނުންވެފައިކަން.. އެކަމަކު ގޯލްޑް ސްވާން ހޮޓެލްއަށް ބަދަލުވެފައި އަހަރެމެންގެ ސޭފްޓީ ޔަގީން ކުރެވުނީމައި ޒައިއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. އައި ޕްރޮމިސް..” އަލްޔާ ބުނެލިއެވެ.
“ސިއްރުސިއްރުންނޭ..؟ މިބޮޑު ހޮޓެލްގައި ސިއްރު ސިއްރުން ފިލަފިލައިގެން ދަނީ ކިހިނެތްތަ..؟” ރޫބީ ހާސްވެފައި އެއްސެވެ. “ނެއިލޮން ސަރ ބުނީ ސްކޫލް ކުއްޖެއް ނޫނީ ޓީޗަރެއް ފިޔަވާ ސަސްޕިޝަސް މީހަކު އުޅެންޏާ އެމީހަކަށް ފިލައިގެންނޭ ދާން ޖެހޭނީ.. އަދި ބުނަން ވާހަކައެއް.. ކްލަވްގެ މެންބަރުން ގޮވައިގެން ދާން ޖެހެނީ… ޑްރައިވަރު އަހަރެމެން ގެންދަން ޖެހޭ ތަނަށް ގެންގޮސްދޭނެ…” އަލްޔާ ކިޔައިދިނެވެ.
“ކްލަބްއާއި އެކީގައި ދާންވަނީ.. ނައިކެންއާއި އައިދިން ގޮވައިގެން ދާންވާނީ..” ލައުރާ ބުނެލިއެވެ. “އޯކޭ.. ބެސްޓް އޮފް ލަކް..” އަލްޔާ އެހެން ބުނެފައި ލަގޭޖް ހިފައިގެން ނުކުތެވެ.
“އަލް.. އަހަރެންނަކަށް ނޭނގޭ މި ވެގެން އުޅޭ ނޫނީ ވާން އުޅޭ ގޮތެއް.. އެކަމަކު އަލް ވާނެ ކިޔައިދޭން ތިބުނި ހަންޓަރސްގެ ވާހަކަ..” ޒައިލީން ބުނެލިއެވެ. “އޯކޭ.. އައި ޕިންކީ ޕްރޮމިސް..” އަނެއްކާވެސް އަލްޔާ ބުނެލިއެވެ. އަލްޔާ ކުރިއަށް ހިނގަމުން ދިޔަވަރަކަށް ދިޔައީ ދެ ފަރާތަށް ބަލަމުންނެވެ. ހީވަނީ އެހެން މީހުންގެ ލޯތަކަށް ވަންހަނާވާންވެގެން އުޅެނީހެންނެވެ.
ހޮޓެލްތެރެ ފަޅެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އެ ހަމަހިމޭންކަމުން ޒައިލީން ބިރުގަންނަގޮތް ވިއެވެ. އަލްޔާ ޒައިލީންގެ އަތުގައި ހިފައިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން ދިޔައީ އެންމެ ގާތުގައި ހުރި ލިފްޓާއި ދިމާލަށެވެ.
ލިފްޓުގެ ދޮރު ހުޅުވުނެވެ. ހަމައެއާއިއެކީގައި ދެމީހަކު ދެކުދިން އެތެރެއަށް ދަމައިގަތެވެ. ޒައިލީންއަށް ބަލާލެވުނީ ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައިގެން ހުރުމުންނެވެ. “ހެއިލް.. ޒައިގެ ފަހަތުން އެއްވެސް މީހަކު އަންނަ ތަން ދެކުނިންތަ..؟” ޒައިދާން އެއްސެވެ. ޒައިލީންއަށް ރަނގަޅަށް އޭނާގެ އަތުގައި ހިފައި ބާރުކޮއްގެން އިން ކުއްޖާއާއި ދިމާއަށް ބަލާލެވުނެވެ. ޒައިލީންގެ އަތުގައި ހިފައިގެން ހުރީ ހެއިލަންއެވެ. ޒައިލީންއަށް މިއޮއްހާއިރު ހީކުރެވުނީ ޒައިލީންގެ އަތުގައި ހިފައިގެން ހުރީ ޒައިދާން ކަމަށެވެ. ޒައިލީން ކުޑަކޮށް ރަކިވިއެވެ. “ނޫން.. ހިޔެއް ނުވޭ ހުރިހެންނެއް..” ހެއިލަން ބުނެލިއެވެ.
“ބަލާބަލަ..” ޒައިދާން ބުނެލިއެވެ. “ނޫނެކޭ ނެތޭ….” ލިފްޓްގެ ދޮރު ކެހުމުން ހެއިލަން އެހެން ބުނެލީ ޒައިލީންއާއި ދިމާލަށް ބަލާލަމުންނެވެ. “އޯކޭ..” ޒައިދާން ބުނެލިއެވެ. “އަލް…؟” ޒައިލީން ގޮވާލިއެވެ. އަލްޔާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. އެމޫނަށް ބަލާލަމުން ހެއިލަންވެސް އިސްދަށަށް ޖަހާލިއެވެ. “ކިހިނެތްވީތަ…؟” ޒައިލީން ހައިރާންވެގެން އެއްސެވެ. “ހެއިލް.. ޒައިދާންއަށް ކިޔައިދޭން ވާނެ.. އަލްޔާ ޒައިލީންއަށް މިވާނުވާ ކިޔައިދޭނަން..” އަލްޔާ މަޑުމަޑުން ބުނެލިއެވެ. ހެއިލަން ބޯޖަހާލި އިރު މޫނު މަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ.
“ފައިބާ.. އަވަސް އަވަސް..” ލިފްޓްގެ ދޮރުހުޅުވުމުން ޒައިދާން ބޭރަށް ނުކުތެވެ. އަލްޔާ ލިފްޓުން ފޭބުމުން ހެއިލަން ނުކުތެވެ. ޒައިލީންއަށް ފޭބުނީ ކިރިޔާއެވެ. ލިފްޓްގެ ދޮރު ލެއްޕުނެވެ. ހަތަރު ކުދިން ދުވެފައި މައި ގްރައުންޑަށް ދިޔައެވެ. ޒައިދާން އޭނާގެ ބެކްޕެކާއި އަލްޔާގެ ލަގޭޖް ހިފައިގެން ދުވެފައި ދިޔައެވެ. ހެއިލަން ހުރީ އޭނަގެ ބެކްޕެކާއި ޒައިލީންގެ ލަގޭޖް ހިފައިގެންނެވެ. އޭރު މަގުމަތީގައި ކާރު ތަކެއް ޕާކުކޮއްފައި ހުއްޓެވެ. “އިޔާން އެހުރީ..” ހެއިލަން އެހެން ބުނަމުން ދުއްވައިގަތީ ޒައިލީންގެ އަތުގައި ހިފައިގެންނެވެ. ހާސްވެފައިހުރި ވަރުން ޒައިލީންއަށް އަތް ފޮޅުވާލާނެހާ ހިތްވަރެއް ނުލިބުނެވެ. އަލްޔާއާއި ޒައިދާންވެސް އައިސްފިއެވެ. ކާރަށް ދެ ލަގޭޖާއި ދެ ބެކްޕެކް ލާފައި އެންމެން ކާރަށްއެރިއެވެ. ޒައިލީން ކާރަށް އަރާފައި ދޮރު ލައްޕާނުލަނީސް އިޔާން ބާރު ސްޕީޑެއްގައި ކާރު ދުއްވާލިއެވެ. ނަމަވެސް ވަރަށް ހާލުން ޒައިލީން ގުދުވެގެން އޮވެ އެ ދޮރު ލައްޕާލިއެވެ.
“ކިރިޔާ ތި އާދެވުނީ..” އިޔާން މައިނޭވާ ލަމުން ބުނެލިއެވެ. “އެ މީހުންތައް އަންނަން ފެށީތަ…؟” އަލްޔާ އެއްސެވެ. “ނޫން.. އެކަމަކު އަދި އަންނާނެ..” އިޔާން ބުނެލިއެވެ. “ހަމަކިރިޔާ..” ސީޓުގައި ހަމަޖެހިލަމުން ހެއިލަން ބުނެލިއެވެ. “އައިމް ސޯ ސޮރީ ގައިޒް..” ޒައިލީންއާއި ޒައިދާންއާއި ދިމާ ބަލާލަމުން އިޔާން ބުނެލިއެވެ. “ކީއްވެ..؟” ޒައިދާން އެއްސެވެ. “އެއީ ތިކުދިން އަލަށްވެސް މި ސްކޫލަށް އައި އަހަރަށްވެފައި ތިކުދިންނަށް ދިމާވި ގޮތުން..” އިޔާން ކިޔައިދިނެވެ. “އޯކޭ އިޔާން ނުކިޔައިދިނަސް.. އަލް ބުނީ ފަހުން ކިޔައިދޭނަމޭ..” ޒައިލީން ބުނެލިއެވެ.
އިޔާން ގަޑިއިރަކަށްވުރެ ގިނައިރު ދުއްވުމަށްފަހުގައި ހޮޓެލްއަކަށް އެކުދިން ލައިދިނެވެ. އެހޮޓެލް ފަރުމާ ކުރެވިފައިވަނީ ރަންކުލައިންނެވެ. ހޮޓެލްގެ ރަންފަރުމާތައް މަތީގައި ރަންކުލައިގެ ވަރަށް ބޮޑު ސްވާންއެއްގެ ސޫރަ ކުރަހާލާފައިވެއެވެ. “އެމީހުން އަންނަން ފަށައިފިއޭ.. އެހެންވެ އިތުރުގޮތެއްނެތް..” އިޔާން ދައްކާލީ ހުސްކޮށް އޮތް ކާރެކެެވެ. ސުވާލު ކުރަންވެގެން ޒައިލީން އަނގަ ހުޅުވާލިއެވެ. ހުސްކޮށް އޮތް ދިރުމެއް ނެތް ކާރަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.؟ ކުއްލިއަކަށް އެއްވެސް މީހެއްގެ ބާރެއް ނެތި ކާރުގެ ދޮރުފަތް ހުޅުވުނެވެ. ޒައިލީންއަށް ފާޑަކަށް އަނގަ ހަދާލެވުނެވެ.
ޒައިލީންގެ ހަނދާނަށް އައީ ކުރިން ދުވަހު އެރި ކާރުގައި ހުރި މީހާ އެކްސިޑެންޓް ވުމުން އެމީހާގެ ގައިން ނުކުތް ނޫ އަލިތައް މަތިންނެވެ. އަނެއްކާ އެކަމާއި މިކަމާއި ގުޅުން ހުރި ބާވައެވެ.؟ އިޔާން އަވަހަށް އެ ހޮޓެލްގެ ފަހަތުގައިވާ ގަހެއްގެ ނިވަލުގައި ހުރި ގަރާޖެއް ކަހަލަ ތަނަކަށް ކާރު ވެއްދިއެވެ. އިޔާން އަތުން އިޝާރާތް ކޮއްލުމުން އަލްޔާއާއި ހެއިލަން ކާރުން ފޭބިއެވެ. ޒައިލީންއާއި ޒައިދާން ފޭބުމުން އިޔާން ކާރު އެތާ އެއް ފަރާތެއްގައި ޕާކުކުރިއެވެ.
“އެހެރަ ފެންލައިޓް އެބަފެނޭތަ..؟” އިޔާން އެތާނގައި ތެޅިފައިވާ ފެންލައިޓެއް ދެއްކިއެވެ. “ހްމްމް.. ކިހިނެތް މިހާރު ހަދަންވީ..؟” ހެއިލަން ހާސްވެފައި އެއްސެވެ. “އަތާއި ފަޔަށް ވަރަށް ބަލައިގެން އެ ފެންލައިޓްގެ ތެރެއިން އެތަނުގެ ތެރެއަށް ފުންމާލަންވީ..” އިޔާން ބުނެލިއެވެ. އިޔާން އެހެން ބުނެލިތާ ސިކުންތު ކޮޅެއްގެ ތެރޭގައި ހެއިލަން އެތާ ފެންލައިޓް މަތީގައިވާ ދަގަނޑު ކޮޅެއްގައި އަތް އެޅުވިގޮތަށް ފަރިތަކަމާއި އެކީގައި އެތެރެއަށް ފުންމާލިއެވެ. އެތެރެއަށް ފުންމާލާފައި ހެއިލަން ފެންލައިޓުން ބޭރަށް ބޯ ދިއްކޮއްލާފައި ހިނިތުން ވެލިއެވެ. ޒައިދާންވެސް އެތެރެއަށް ފުންމާލާފައި ބޭރަށް އަތް ދިއްކޮއްލިއެވެ.
އަލްޔާ އެއަތުގައި ހިފަމުން ފާރުގައި ދެފައި ޖެއްސިގޮތަށް އެތެރެއަށް ފުންމާލަން އުޅެނިކޮށް ތޫނު ބިއްލޫރި ކޮޅެއްގައި ފައި ޖެހުނުގޮތަށް ލައިގެން ހުރި ޖިންސު ފަޅައިގެން ގޮސް ފަލަމަސްގަނޑުން ތަންކޮޅެއް ކަނޑައިގެން ގޮސް ލޭއައެވެ. ޒައިދާން އަވަހަށް އަލްޔާ އެތެރެއަށް ވެއްދުމަށްފަހުގައި އެ ތަންކޮޅުގައި ޖީބުން ނެގި މަލަންކޮޅެއް އަޅައިދިނެވެ. ހެއިލަން ބޭރަށް އަތް ދިއްކޮއްލިއެވެ. ޒައިލީން އެ އަތަށް ބަލާލަމުން ޝުކުރުވެރި ހިނިތުންވުމެއް ހަދިޔާ ކޮއްލާފައި އެއަތުގައި ބާރަށް ހިފިއެވެ. ހެއިލަންގެ އެހީގައި ޒައިލީންއަށް އެތެރެއަށް ވަދެވުނީ ސަލާމަތުންނެވެ.
އިޔާން އެތެރެއަށް ވަނުމުން އެންމެން އެކީގައި ހިނގައިގަތެވެ. “އޯކޭ.. މިހާރު އެންމެން އަޑުއަހާތި.. ތިއިން އެއްވެސް ކުއްޖަކީ ހެތެނީސް އެލްފޯމެނިޔާ ސްކޫލްއިން އައި ކުއްޖެއްނޫން.. ތިއީ މި ހޮޓެލްއަށް ކުޑަ ޗުއްޓީއެއް ހޭދަކޮއްލަން އައިސްހުރި ކުދިންތަކެއް.. އަޑުއިވޭ..؟ ތިއީ އެ ސްކޫލުން އައިސްގެން ހުރި ކުދިން ތަކެކޭ ބުނެފިއްޔާ ބުނެފިއްޔާ ހަންޓަރުންނާއި ހަމައަށް އެ މައުލޫމާތު ފޯރުމަކީ ޝައްކެއް އޮތްކަމެއް ނޫން..” އިޔާން އެހެން ބުނެލުމުން އަލްޔާއާއި ހެއިލަން ބޯޖަހާލިއެވެ.
ޒައިލީން ހުރީ އޭރުވެސް ވާނުވާ ނޭނގިފައެވެ. އެންމެން މި އުޅޭ ގޮތުން ހީވަނީ ސަވައިވަލް ގޭމްއެއްގެ ތެރޭގައި އުޅޭހެންނެވެ. ހަންޓަރުންނަކީ ކޮން ބައެއް ހެއްޔެވެ.؟ “ހަންޓަރސް އޮފް ދި ސެންޗުއަރީ…” ޒައިލީން ކުއްލިއަކަށް ހަނދާންވިއެވެ. ލައިބްރަރީ އިން ފެނުނު ފޮތުގައި ހަންޓަރުންނޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ޖަހާފައި އޮތެވެ. އެ ފޮތް ހިފައިގެން ނާދެވުމުގެ މޮޔަ ޒައިލީންގެ ހިތަށްއެރިއެވެ.
“އޯކޭ.. ތި އެންމެން ކިޔަވާނީ އެއް ކޮޓަރިއެއްގައި.. ހަންޓަރުން ދިޔައީމައި އަހަރެމެން ހޮޓެލް ސިލްވަރ ސްވާންއަށް ބަދަލު ވާނީ..” އިޔާން އިތުރުކޮއްލިއެވެ. “އޯކޭ..” ޒައިލީން މަޑުމަޑުން ބުނެލިއެވެ. އިޔާން އާއި އެކީގައި ހިނގަމުން ދަނިކޮށް ކުޑަކުޑަ ދޮރެއް ފެނުނެވެ. އިޔާން އެ ދޮރުގެ ތަޅު ހަލާކު ކޮއްލާފައި ބޭރަށް ނުކުތެވެ. ޒައިލީންވެސް އެތަނުން ބޭރަށް ނުކުތެވެ. އެތަން ހީވަނީ ކުޑަ ގުދަނެއް ހެންނެވެ. އެކި އެކި ފޮށިތައް ދުރަށް ޖައްސަމުން އިޔާން އެތަނުގެ މައިދޮރު ހުޅުވާލުމަށްފަހު ބޭރަށް ނުކުތެވެ. “އެއީ ސީކްރެޓް އެންޓްރެންސް އަކީ.. އޭރުން ހަންޓަރުން މި ހޮޓެލްގެ ދޮރު ކުރިމަތީ ހުރިކަމުގައި ވިޔަސް އެ މީހުންނަށް ނުފެނި އަހަރެމެންނަށް އެތެރެއަށް ވަދެވޭނީ މި މަގުން ލާފައި..” އިޔާން ވައިއަޑުން ކިޔައިދިނެވެ. އެއީވެސް ހަމަ ސިލްވަރ ސްވާންފަދަ ހޮޓެލްއެކެވެ. ނަމަވެސް ފުދޭވަރަކަށް ތަފާތެވެ. އޭރުވެސް މީހުން ގަނޑު ވަށައިގެން ހިނގަމުން ދިޔައެވެ. ގިނައީ ހުސް ބޭރު މީހުންނެވެ.
ވަށައިގެން ބަލަން ހުއްޓާ އަލްޔާ ޒައިލީންއަށް ގޮވާލިއެވެ. “ޒައީ..!!!” އަލްޔާ ޒައިލީންގެ ކޮނޑުގައި ޖަހާލިއެވެ. “ތެންކިއު ހެއިލް..” ޒައިލީން ވަރަށް ހިތްވަރުކޮއްފައި ބުނެލިއެވެ. ޒައިލީންއަށް އެހެން ބުނެވުނީ ކިހާ ހިތްވަރެއް ކޮށްގެންކަން ދެނެވޮޑިގަންނަވާނީ މާތް ﷲއެވެ. ހެއިލަންގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ކުޅެލިއެވެ. “އަލަށްދޯ…؟” އެދެކުދިންނާއި ދިމާލަށް ބަލަމުން ޒައިދާން ބުނެލިއެވެ.
“ދޮންބެޔޯ…؟؟” ޒައިލީން އެއްސެވެ. “ހެއިލަންއާއި ބައްދަލުވި ފަހުން ދޮންބެ ހެއިލް ނޫން ނަމަކުން ނުކިޔަން..” ޒައިދާން ބުނެލިއެވެ. “އެ ތެދެކޭ… ޒައި ޖަސްޓް ސެއިޑް ހެއިލް..” އަލްޔާއަށް ވެސް ފާހަގަ ކުރެވިގެން ލާނެތް ފާޑަކަށް ހީނލިއެވެ.
“އެއަންނަނީ މިސްޓަރ ނެއިލޮން..” އިޔާން އެދިމާލަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ”ވެލްޑަން.. އިޔާން ތީ ޕްރިންސިޕަލް ސެލިއުޓް ކުރާވަރުގެ ކުއްޖެއް..” މިސްޓަރ ނެއިލޮން އައިގޮތަށް އައިސްފައި ބުނެލިއެވެ. “ތެންކިއު ސަރ..” އިޔާން ހިނިތުންވެފައި ބުނެލިއެވެ. މިސްޓަރ ނެއިލޮން ގޮސް ލިފްޓަށް އެރިއެވެ. އޭރު އެ ލިފްޓްތެރޭ ބައިވަރު މީހުން ހުއްޓެވެ. އަލްޔާ އިޔާންއާއި ދިމާލަށް ބަލައިލިއެވެ.
“އިޔާންވެސް ކިޔެވީ ހެތެނީސް އެލްފޯމޭނިޔާއިންނޭ..” އަލްޔާ ބަލަން ހުރި ވައްތަރު ފެނި އިޔާން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “އެހެންތަ..؟” ހެއިލަންއަށް އެހުނެވެ. “އަލްޔާ މިތާ ކިޔަވާތާ އަހަރެއް ވީއިރުވެސް އިޔާންވެސް ކިޔެީ މިތަނުންކަމެއް ނޭނގުނު..” އަލްޔާ ބުނެލިއެވެ. “ޔޫ ނޯ ވަޓް..؟ އިޔާން މިތާ ކިޔަވަން އުޅުނުއިރު ގައިވެސް މިކަންތައް ގަނޑު ހިނގި.. މިފަހަރު މި ކަންތައްތައް ގޯސްވާނޭ މިންވަރެއް ވެސް އެނގެނީކީއެއް ވެސްނޫން..” އިޔާން ހާސްވެފައި އެހެން ބުނުމުން ޒައިލީން ކުޑަކޮށް ދާ ހިއްލަން ފެށިއެވެ. ހެއިލަން ފުން ނޭވާއެއް ލިއެވެ.
“ގޯޑް.. އިޔާން އަވަހަށް އަހަރެމެންގެ ރޫމްތައް ދައްކައިދީ.. ޒައިއަށް ހަންޓަރުންނާއި ބެހޭގޮތުން ކިޔައިދޭ ހިތުން ކެތް ނުލަވައިފި..” އަލްޔާ ބުނެލިއެވެ. އިޔާން ލިފްޓާއި ދިމާލަށް ހިނގައިގަތުމުން އެންމެންވެސް ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އިޔާން ހުއްޓުނީ މީހަކު އޭނާއަށް ގޮވާލުމުންނެވެ. އިޔާން އެދިމާ ބަލައިލަމުން ދުވެފައި އެމީހާއާއި ސަލާމް ކުރިއެވެ. “ބަޑީ.. ނުފެންނަތާ ހާދަދުވަހެއް ވެއްޖެޔޭ.. އެކަމަކު ރެޑީތަ…؟” އިޔާން އެހެން އެހީ އެމީހާގެ ކަންފަތާއި ދިމާލަށް ގުދުވެލަމުންނެވެ.
ހެއިލަންގެ ތޫނު ކަންފަތުގައި އެ އަޑު ޖެހުނެވެ. ”ރެޑީއޭ..؟ މިމީހުން ކޮންކަމަކަށްތަ މި ރެޑީވަނީ..؟” ހެއިލަންގެ ހިތުގައި ވަގުތުން ސުވާލު އުފެދުނެވެ.
“އިޔާން އަމިއްލައަށް މިކަން ކުރަން ބުނީތީ ވެސް އަހަރެމެން ހައިރާންވެއްޖެ.. އެކަމަކު ދެން މިނޫން ގޮތެއް ނޯންނާނެތާ…” އެމީހާ ހީނލާފައި ބުނެލިއެވެ. “އޯކޭ.. ގުޅީމަ މިކޮޅަށް އަންނަން މިތަނަށް އެންމެ މިނެޓެއް ވެސް ލަސްނުކުރާތި..” އިޔާން އެމީހާގެ ކޮނޑުގައި ޖަހާލުމުން އެމީހާ ވަރަށް ވެލާފައި އެއްލޯމަރާލަމުން ހިނގައިގަތެވެ.
ހެއިލަން ސުވާލުގެ ނަޒަރަކުން އިޔާންއާއި ދިމާ ބަލާލުމުން ވެސް އިޔާން ވާ ކަމަކަށް ވެސް ނުހެދިއެވެ. “ދަމާ..؟” ލިފްޓަށް އަރަމުން އިޔާން ބުނެލިއެވެ. ހެއިލަން ހުރީ ތުންފަތުގައި ދަތް އަޅައިލައިގެންނެވެ. “އޭ ހެއިލް..؟” އަލްޔާ ވައިއަޑުން ގޮވާލިއެވެ. ހެއިލަން ސިހިފައި އެދިމާ ބަލާލަމުން ހިނިތުންވެލިއެވެ. ލިފްޓްގެ ދޮރު ހުޅުވުމާއިއެކީގައި އިޔާން ނުކުތެވެ. އަދި ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވިއެވެ. “މި ކޮޓަރީގައި ތިހުރިހާ ކުދިންވެސް އުޅޭނީ..” އިޔާން އެހެން ބުނެލިއިރު ރާގުގައި އަމަރުވެރި ގޮތެއް އެބަހުއްޓެވެ. ޒައިލީން ވެސް ހައިރާންވެގެން ބަލާލިއެވެ. އިޔާން ފާޑަކަށް ހީނލިއެވެ. ހީވަނީ އިޔާން އެހީނލީ ގަދަކަމުންހެންނެވެ. “އިޔާން ހުންނަނީ ކޮންތާކު..؟” ޒައިދާން އެއްސެވެ. “މިތާ ކޮޓަރިއެއްގައި ހަމަ..” އިޔާން ބުނެލިއެވެ.
“އޯކޭ..” ހެއިލަން ޒައިލީންގެ އަތުގައިހިފާ ކޮޓަރީގެތެރެއަށް ދަމައިގަތެވެ. ޒައިލީން ގޮސް ހެއިލަންގެ ގާތުގައި މަޑުޖެހުނެވެ. ޒައިދާން އާއި އަލްޔާ ވަނުމުން ހެއިލަން ރަނގަޅަށް ދޮރުލައްޕާ ތަޅުލިއެވެ. “އަވަހަށް އަންޕެކް ކުރަންފަށާ..” ހެއިލަން ބުނެލިއެވެ.
ރީތި ކުރުމުގެ ނިޔަތުގައި އެކޮޓަރީގައި ފުދޭވަރަކަށް ބޮޑު މަސްޓޭންކެއް ބަހައްޓައިފައިވެއެވެ. އެކޮޓަރީގައި ދެ ބަންކްބެޑް ހުއްޓެވެ. “ކާކަށް މަތި..؟” އަލްޔާ އެއްސެވެ. “އަޅުގަނޑަށް މަތި..” ހެއިލަން އަތް މައްޗަށް ނެގިއެވެ. “ޒައިވެސް ބޭނުމީ މަތި..” ޒައިލީން ބުނެލިއެވެ. “ޒައިއަށް އެނގޭ ދޮންބެ ބިރުގަންނާނެ މަތީގައި ނިދަން..” ޒައިލީން މަލާމާތް ކޮއްލިއެވެ. ޒައިދާން އެދިމާ ބަލާލަމުން ދޫނެރެލާފައި ވައްތަރެއް ޖައްސާލިއެވެ.
“އޯކޭ.. ކްލޯސެޓްއަށް އެންމެންގެ ހެދުންތައް ލާނީ.. ދެން ކާނީ މިތާނގައި ހުންނަ ކެފެޓޭރިއާއިން..” އަލްޔާ ކިޔައިދިނެވެ. އިރުކޮޅެއްގެތެރޭގައި އެންމެން އަންޕެކް ކުރުމުގައި މަޝްއޫލު ވެއްޖެއެވެ. “ނިމިއްޖެ..” ޒައިލީން ގޮވާލިއެވެ. “މީ ޓޫ…” އަލްޔާއާއި ޒައިދާންއަށް އެހެން ބުނެވުނީ އެއްފަހަރާއެވެ. ”އަހަރެން ވެސް ނިމުނީ..” ފަސްވަރަކަށް މިނެޓްފަހުން ހެއިލަން ބުނެލިއެވެ. “އަޅެ ފަހެ ތީ އަންހެނެއްތަ…؟ ހާދަލަހޭ ނިންމާލިލެއް..!” ޕިސްޕިސް ކިޔަމުން ޒައިދާން ބުނެލިއެވެ.
“އޯކޭ.. މިއީ އެންމެ މުހިންމު ވަގުތުކޮޅު.. މި ސްކޫލާއި ބެހޭގޮތުން އިންޓަނެޓްއިންވެސް މައުލޫމާތު ނުލިބޭނެ އެންމެ ބޮޑު ހިސްޓްރީ..” އަލްޔާ އެ ވާހަކަ ކިޔައިދޭން ފަށަން ކަރު ކެހެލިއެވެ.
= ނުނިމޭ =
އަނެއްކާވެސް ޔޫން ހުރިހާ ކިޔުންތެރިންނަށް މި ވާހަކައަކީ ”ފިކްޝަނަލް” މި ކެޓެގަރީގެ ދަށުން ގެނެސްދޭ ވާހަކައެއްކަން ހަނދާން ކޮށްލަދެމެވެ. މި ވާހަކައިގައި އަސްލާއި އެއްގޮތް ނުވާ ވަރަށް ގިނަ (ފިކްޝަނަލް) ބައިތައް ހުންނާނެއެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެކަމަށް އުންމީދު ކުރަމެވެ. ޝުކުރިއްޔާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.





Wow…………….yoonnn dear this part is vvvvvvvvvvvvvvvvvv nice………..may God bless you and fulfill your dreams……luv you more and more my fav author………tcg…….btw me first dhw…………????♥️♥️♥️♥️???????????????????????♥️♥️♥️♥️♥️♥️♥️♥️
Thank you Een ?? My Allah bless you too ✨✨?? Thnx a lot Een ur a big inspiration ✨??. You also take care and love you more ✨? Labba you first
Ohhh….and varah curious kohlaafa thi ninmaaly………plsss next part avahah up kurahchey Yoon dear
Thnx ?✨ Yoon miadhu 5th Wana part submit kollanan ingeii ??✨ thanx again Een dear
Dialog ga ehaa ginain OK nukiyabala..ehaa eh noon ehaa ginain ehn kiyaathy
Thanks a lot .. ?✨ very happy cux u gave me a part to improve ?? Will try my best to improve that okay part ?✨ Thnxxies dear ?? tc
vvvv reethi masha allah…. curiously waiting for the next part..when next part
Thanks his lover ✨?✨ Insha Allah will submit today ingeii ? Admin approval libunyma it’ll be uploaded ? Lysm and tc his lover
Mashaa Allah this is beautiful and please bring this story until it finishes love you so much yoon
Thanks Lee?? ?✨✨ Insha Allah I would never end a story medhu therein ? Love you more dear Lee??
Take care
Thnx a lot Lee?? Insha Allah will always continue the story I have started till the end ?? Love you so much more Lee?? Take care dear
Mi part ves vrh Sali Masha Allah..????????????.
Yoon haadha curious kohlaafaey dhw thi ninmaalee .??? Varah Sali ekamku ves hehehe??.. waiting for the next part
Love uuuu ❤️❤️❤️❤️
TC and stay safe ❤️❤️❤️❤️
Awwwnnn thank u sooo much Ril dear ✨? It’s kinda a hobby of mine to finish a part like that ?? Thanks again ✨✨? Love you more Ril dearlinggggg ? You take care and stay safe too ✨✨ ml
Wow wow wow wow wow wow woooooooww… Sis mi prt ves varah reethi..?????
Varah interesting nxt prt kiyaalaa gothun…..????
Kon history eh baa…?????
Anyway waiting for the nxt prt sis …??
Luv ya sis ???????
TC n stay safe.♥️♥️♥️♥️♥️
Thnxxxx No one ??? History.. Hethenyese Alformania High school ge history ?? Love you more No one ?? You takr care and stay safe too dear No one ingeiii
☺️☺️Wow wow wow wooooow.. Mi part ves Varah Varah reethi ☺️ waiting curiously to the next part ???
By the way me last dhw. ? aslu school onnaathy Varah busy ??
Thnkssss Maash ???? thankss a lot ?? hehe issoke even if ur last i got ur sweet comment and thats what makes me vv happy? its alright ? beacuse schl vxx vrh important ? yoon vx studies aa hedhi up kurun las vanee… Vrh sorry ehnve ? thnx maash lysm and tc
Siso you’re so kind love you and your stories take care ??
Thnx Lee sissoo ??? tc and love u more
When are you uploading the next part ??
Yoon studies aa hedhi kuda koh buxy mi dhuvas kolhu ?? ekam will try my best maadhan nxt bai genesdheyynn ❤?? thnx and stay safe
All the best siso?? love you so much ??
Thnxx Lee dear. 🙂 Love u more
Wish you luck in your studys??
Thanksss again Lee..
Dear readers 🙂 I have submitted the 5th part.. After getting the admin approval, the story will be uploaded.. Hope u enjoy reading my stories 🙂 Thnx a lot all
Part 6 when uploading my dear sis TC love you
maasha allah mi bai vss hama Awesome waiting curously fr the next part lve u yooon sis
Yoooon…. Dear this part is also awesome❤️❤️ varah ufaa vey thi kahala writer eh ulheythyy…. So proud of you dear..