ފިޔަފަތް 5
* “އެންމެރަނގަޅު.. މިއީ އެންމެ މުހިންމު ވަގުތުކޮޅު.. މި ސްކޫލްގެ އިންޓަނެޓްއިންވެސް މައުލޫމާތު ނުލިބޭނެ އެންމެ ބޮޑު ހިސްޓްރީ..” އަލްޔާ ވާހަކަފަށަން ކަރުކެހެލިއެވެ. *
“ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްއަކީ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ތަނެއް.. މިއީ ދެހާސް ވިހިވަނަ އަހަރު.. އެނގޭ އެކަކުވެސް ގަބޫލެއް ނުކުރާނެކަން.. ވަރަށް ކުރިއްސުރެ ފެށިގެން ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަވަނަ އަހަރާއި ޖެހެންދެން އެތަނުގައި ހުންނަނީ ފާޑެއްގެ އިމާރާތެއް ބިނާކޮށްފައި.. އެ އިމާރާތަކީ ކުރީ ޒަމާނުގެ ޖިންނީން ބަންދު ކުރާތަނެއްކަމަށް މައުލޫމާތުދެނީ.. ދެން ޔޫއެސްއާއި މެލޭޝިޔާގެ ދަންނަ ބޭކަލުންތަކެއް އެތަން ތަޅާލީ.. އެޖިންނިތައް މިނިވަންވެގެން ދިޔައީ އެ އެއްޗެހީގެ މައި އެތީގެ ކައިރިއަށް.. ބުނެވޭގޮތުނަމަ އޭއްޗެހީގެ މައި އެއްޗަކީ އެހެން އެއްޗެއްސަށް ވުރެ މާވަރުގަދަ އެއްޗެއް.. އަދި އެއެއްޗަކީ އަސްލު ޖިންނިއެއް ނޫންކަމަށް ބައެއް މީހުން ބުނެފައިވޭ… އެ މައި އެތީގެ އަމުރަށް އެއެއްޗެހި އަމާޒުކުރީ ސަހަރާތަކަށް.. ނޫނީ ވަޅުލަން އުޅޭ މީހަކަށް.. އެއެއްޗެހި ވަންނަނީ މަރުވެފައި ތިބޭ މީހުންގެ ގަޔަށް.. ދެން އޭއްޗެހި މީހުންތަކުން ލަޝްކަރެއްހެދި.. މިކަމުގައި ޔޫއެސްގެ ނުލަފާ ބައެއްވެސް ބައިވެރިވި.. އެގޮތުން އެ ޖިންނި ބައިގަނޑާއި ޔޫ.އެސްގެ ނުލަފާ މީހުން ގަނޑު އެއްބައިވެގެން ކޮންމެވެސް ކަމެއް ކުރަން އުޅެނީ…” އަލްޔާ ކިޔައިދެމުން ގެންދިޔަވަރަކަށް ޒައިލީންއަށް ކަމެއް ރޭކާލަން ފެށިއެވެ. “ޑްރަންކްވެފައި ހުރި މީހާއަކީ އެހެންވީމައި މަރުވެފައި ހުރި މީހެއްތާ…” އެ ޖުމްލަ ހިތާހިތުން ކިޔާލިއިރު ވެސް ޒައިލީންގެ ގައިން ހީބިހި ނެގިއެވެ.
“ދަންނަ ބޭކަލުންގެ އާއިލާތަކުގެ ތެރެއިން މިސްޓަރ ނެއިލޮންވެސް އައިސްފައިވަނީ.. ނެއިލޮންގެ ކަރުގައި އަޅާފައި ހުރޭ ފާޑެއްގެ ކުޑަ ފަށެއް ކަހަލަ އެއްޗެއް. އެއެއްޗެހި ބޭނުންވެގެން އުޅެނީ އެފަށް.. އެފަށް އޭއްޗެހި ބޭނުންވެގެން އުޅެނީ ކީއްވެގެންކަމެއް އަހަރެމެންނަކަށް ނޭނގޭ އެކަމަކު މިސްޓަރ ނެއިލޮންއަށް އެނގިދާނެ.. އަހަރެމެންނަށް ހީވާގޮތުން އެ ފަށެއް ލިބިއްޖެނަމަ ހުރިހާ ޖިންނިންތަކުގެ މައްޗަށް އެމީހުން ގަނޑު ބާރު ފޯރުވާނެ.. ހުރިހާ އިންސާނުންނެއް މަރާލާނެ.. ނެއިލޮން މަރާލެވޭނީ އެފަށް އޭނާގެ ހަށިގަނޑާ ވަކި ކޮއްފިނަމަ.. އެފަށްއަޅާ ކޮންމެ މީހަކުވެސް ޖެހޭނީ ވަރަށް ރައްކާތެރި ވެގެން އުޅެން..” އަލްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހެއިލަން ހުރީ އަނގަޔަށް އިނގިލި ލައިގެންނެވެ. ހީވާގޮތުން ހެއިލަން އެވިސްނަނީ ޒައިދާންއާއި ޒައިލީން ދެން ކުރާނެ ކަންތައްތަކާއި ބެހޭގޮތުންނެވެ.
“މި ކިޔައިދިނީއެއްނު އެ ބައިގަނޑާއި ޔޫ.އެސްގެ ނުލަފާ މީހުންތަކުގެ ވާހަކަ.. އެލަޝްކަރާއި ދިމާލަށް ކުރިއްސުރެވެސް ކިޔެމުން އަންނަނީ ހަންޓަރުން.. އެއީ ހަންޓަރުންނަކީ.. ނެއިލޮން ކިތަންމެ ބޮޑު ނުރައްކަލެއްގެ ތެރޭގައި އުޅެމުން ނަމަވެސް ޚިޔާރުކުރީ އެހެންމީހަކުވެސް ދިރިއުޅޭނެފަދަ ދިރިއުޅުމެއް އުޅުމަށް.. ނެއިލޮން ބޭނުންވީ އެހެން މީހުންނަށް އެހީތެރިވާން.. އީވެން ދޯ ހީ ނިއު ދެޓް ސަމް ޑޭ ދަ ހަންޓަރސް އާރ ގޮއިންގ ޓު ކަމް ފޯރ ދަ ކެވެލިކޮޅު.. ނެއިލޮންގެ ވެސް ކުރިން ނެއިލޮންގެ އާއިލާ މީހެއް ހުޅުވި ސްކޫލެއް ހެތެނީސް އެލްފޯމޭނިޔާއަކީ.. އޭނާ މަރުވީ ނަވާރަސަތޭކަ ނުވަދިހަ ހަޔެއްގައި.. އެތަން އެގޮތަށް ނުބަހައްޓަންވެގެން ދެހާސްވަނަ އަހަރުގައި އޭނާ ހެތެނީސް އެލްފޯމޭނިޔާގެ ނަމުގައި އެ ބިންގަނޑުގައި މިސްކޫލް ބިނާކުރި.. ނެއިލޮންގެ މަގްސަދަކީ އެ ނުރައްކަލާއި ބެހޭގޮތުން އިތުރު ބަޔަކަށް މައުލޫމާތު ފޯރުކޮއްދިނުން.. ނެއިލޮން އޭނަ އަމިއްލަ ފުރާނަދިޔަސް އެއްގޮތަކަށް ވެސް މައްސަލައެއްނޯވޭ.. ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލަށްދާ ކޮންމެ ކުއްޖަކީ މިހާރު އެ ނުރައްކާތެރި ހަންޓަރުންގެ ކިބައިން އެހެން މީހުން ސަލާމަތްކުރަން ޖެހޭނެ ކުއްޖެއް.. އަހަރެމެންނާއި ދޭތެރޭގައި ނެއިލޮން ވަރަށް އިތުބާރު ބަހައްޓާ… ނެއިލޮން ޔަގީންކުރަނީ ހަންޓަރުންގެނަމުގައި އެބަޔަކު އައިސްފި ނަމަވެސް އަހަރެމެން ހެތެނީސް އެލްފޯމޭނިޔާގައި ކިޔެވި ހުރިހާ ދަރިވަރުން އެމީހުންތައް ހުއްޓުވާނެ ކަމަށް.. އެހެންވެ އަހަރެމެން މިހަގީގަތް އެނގުނުފަހުން އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ނުބުނެ މިއުޅެނީ..” އަލްޔާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
“އޯހް..” ޒައިލީން އެނޭވާ ދޫކޮއްލިއިރު ހީވަނީ އެވާހަކަތައް ނިމެންދެން ނޭވާނުލާ ހުރިހެންނެވެ. “އައި ހޭވް އަ ކުއެސްޝަން..” ޒައިދާން އަތްމައްޗަށް ހިއްލާލިއެވެ. “ތިބުނީނު ދަންނަ ބޭކަލުންގެ ވާހަކަ..؟؟ އެމީހުން ކީއްވެގެންތަ ޖިންނިންތައް ބަންދު ކުރާ އިމާރާތް ތަޅާލީ..؟” ޒައިދާން އަހާލިއެވެ. “އޯވްވް… އެ ޖިންނިން ބަންދު ކުރާ ތަނުގެ ތެރޭގައި އެ ކެވެލިފަށް އޮތީ.. އެޖިންނިންތައް ބޭނުންވަނީ އެ ކެވެލި ފަށް އޭއްޗެހީގެ މައި އެއްޗާއި ހިސާބަށް ގެންދަން… އެކަން އެނގުނީމައި އެ ދަންނަ ބޭކަލުންތައް އެ ތަން ތަޅާލީ.. އެ ފަށް ރައްކާތެރި ކުރަންވެގެން..” ހެއިލަން އަލްޔާއަށްވުރެ ކުރިން ކިޔާދިނެވެ. “އެހެންވިއްޔާ އަލްމެންނަށް މިހުރިހާ މައުލޫމާތެއް އެނގެނީ ކީއްވެގެންތަ..؟” ޒައިލީން އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ.
“ކޮންމެ ހުކުރު ދުވަހެއްގައި ހުރިހާ ކުދިންނަށް އޮންނާނެ މައި ގްރައުންޑް ގައި އެސެމްބްލީއެއް.. އެތަނުގައި މިސްޓާރ ނެއިލޮން އަހަރެމެންނަށް ކިޔައިދޭނެ ހަންޓަރުންގެ ވާހަކަ.. ހަންޓަރުން އަންނާނެ ކަމާއި ހަންޓަރުން އައީމައި އަހަރެމެން ކަންތައްތައް ކުރާނެގޮތުގެ ވާހަކައާއި އެކަހަލަ ވާހަކަތައް..” އަލްޔާ ބުނެދިނެވެ. “ކީއްވެގެންތަ އެހެންމީހުންގެ ކައިރީ މިވާހަކަ ނުބުނަނީ..؟ އެކަހަލަ ވާހަކައެއް އަޑު އިވުނީމައި ކީއްވެގެންތަ މި ސްކޫލުން ކެނޑިގެން އެހެން ސްކޫލަކަށް ނުގޮސް ތި ހުންނަނީ..؟؟” ޒައިދާން އަހާލިއެވެ.
”އެއީ އަހަރެމެންނަށް ވިސްނޭތީ… އަހަރެމެންނަށް އެނގޭ އަހަރެމެން އެވާހަކަތައް އަޑުއަހާފައި ހެތެނީސް އެލްފޯމޭނިޔާ ސްކޫލުން ކެނޑިގެން އެހެން ސްކޫލަކަށް ދިޔަސް ހަންޓަރުންތައް އައިސް އެމީހުންގެ މަގްސަދު ހާސިލް ކޮށްފިއްޔާ ކޮންމެ ތަނަކު ފިލައިގެން ހުއްޓަކަސް އަހަރެމެންނަށް އެމީހުންގެ ފަރާތުން ގެއްލުން ލިބޭނެކަން.. ކޮންމެ ތަނަކު ފިލައިގެން ހުއްޓަކަސް އެމީހުންތައް އައިސް އަހަރެމެން މަރާ…………” ހެއިލަންގެ ޖުމްލަ އަލްޔާ ހުއްޓުވާލިއެވެ. އަދި ވައިއަޑަކުން ތިވަރުންވެސް ފުދެޔޭ ބުނެލިއެވެ.
“ދެން އެހެން އެއްވެސް މީހެއްގެ ގާތުގައި މިވާހަކަތައް ނުބުނަނީ ނެއިލޮންގެ އެދުމަކަށް.. މިސިއްރު ތައް ބުނެދެވޭ މީހާއަކީ ހަންޓަރުންނާއި ގުޅުމެއްހުރި މީހަކަށް ވެއްޖެނަމަޔޯ..؟ އޭރުން ކަޑަވާނެއްނު..؟” ހެއިލަން އިތުރުކޮށްލިއެވެ.
“އެހެންވިއްޔާ ހަންޓަރުން އަންނައިރަށް ކީއްވެ އެ ހޮޓެލް އިން މި ހޮޓެލްއަށް ބަދަލުވާން މިޖެހުނީ..؟” ޒައިދާންގެ ސުވާލުތައް ހުއްޓުމެއްނެތި އަންނަންފެށިއެވެ. “އެއީ މިސްޓަރ ނެއިލޮން ބޭނުމެއް ނުވެޔޭ އަހަރެމެން އެކަކަށްވެސް ގެއްލުމެއް ވާކަށް… އެއް އެސެމްބްލީއެއްގައި މިސްޓަރ ނެއިލޮން ކިޔައިދިން ގޮތުންނަމަ ހަންޓަރުންނަށް އަހަރެމެން ފެނިއްޖެނަމަ އަހާނީ އެންމެ ސުވާލެއް.. އެއީ އޭތި ކޮބާ…؟؟؟ އޭތި، އެމީހުން މީންކުރަނީ އެއްކަލަ ފަށަށް.. އަހަރެމެން މިސްޓަރ ނެއިލޮން ވީތަނެއް ނުބުނެފިއްޔާ އެމީހުން އަހަރެމެން މަރާލާނެ… ތެދުތެދަށް ބުނެދީފިއްޔާވެސް އަހަރެމެން މަރާލާފައި އެމީހުންގަނޑު މިސްޓަރ ނެއިލޮންގެ ގާތަށް ދާނީ…” ހެއިލަން އެހެން ބުނެލުމުން ޒައިލީން އިންތިހާޔަށް ބިރުގަތެވެ. “ސްކޫލަކަށޭ ކިޔާފައި އަހަރެމެންނަށް މިއާދެވުނީ މަރުގެ ޓިކެޓް ފްރީކޮށް ވިއްކާ ތަނަކަށެއްނު ޒައީ..” ޒައިދާން ހިތްހަމަ ނުޖެހިގެން ކޮޅަށް ތެދުވިއެވެ.
އޭރުވެސް ޒައިލީންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަލްޔާ އާއި ހެއިލަން ކިޔާދިން ވާހަކަތައް އޭނާ ގެ ކަންފަތްދޮށުގައި ރިޕީޓްވަމުން ދާކަހަލައެވެ.
“ސްކޫލުން ކެނޑިގެން ދާން ބޭނުންޏާ އެކުއްޖަކަށް އެ ފުރުސަތު އޮންނާނެ..” ހެއިލަން ބުނެލި ޖުމްލަ އަކުން ޒައިލީންއަށް އިސްއުފުލާ ބަލާލެވުނެވެ. “ގްރޭޓް..!! ޒައި ހިނގާ ސްކޫލުން ކެނޑެން..” ޒައިދާން އެހެން ބުނެލުމުން ޒައިލީން މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ހެއިލަންގެ މޫނުމަތިން ކުލަ އޮއްސުނެވެ. ”ޒައި.. ހަމަ އަސްލުވެސް ކެނޑިގެން މިތަނުން ދަނީތަ..؟” އަލްޔާ އެއްސެވެ. “ނޫން..” ޒައިލީންގެ ދުލުން އެ ބަސް ބޭރުވުމާއެކީގައި ޒައިދާން ހައިރާންވެފައި ޒައިލީންގެ މޫނަށް ބަލާލިއެވެ.
”މި ހާދިސާ ހީވަނީ ފިލްމެއްހެން.. ވިލެންސް ޓޭކިން އޯވާރ ދި ވޯލްޑް.. ސުޕަރ ހީރޯސް ސްޓޮޕިންގ ދެމް…” ޒައިލީން ކުޑަކޮށް ހީނލިއެވެ. “ބަޓް ދިސް އިޒް ރިއަލް ލައިފް…” ޒައިދާންއަށް އެއްޗެއް ވިސްނުނުހެން ހީވިއެވެ. ދިޔަގޮތަށްގޮސް އެނދުމަތީގައި އިށީނދެއްޖެއެވެ. “އަލް.. އަހަރެމެން މިހާރު ކީއްކުރަންތަ ޖެހޭނީ..؟” ޒައިލީން އެހެން ބުނެލުމުން އަލްޔާ ކުޑަކޮށް ހީނލިއެވެ. “މިސްކޫލްގައި އެހާ ގިނަ ކުދިން ނޫޅެނީ އެވާހަކަތައް އަޑު އިވުނީމައި ސްކޫލުން ކުދިންތައް ކެނޑިގެން ދާތީ.. ކިރިޔާވެސް އަންޑަރސްޓޭންޑްވާ ކުއްޖަކަށް ވެއްޖެނަމަ މިތަނުގައި އެކުއްޖަކު މަޑު ކުރޭ.. އަހަރެމެން ޖެހޭނީ ދެން މިސްޓާރ ނެއިލޮން ބުނަންދެން މި ހޮޓެލްގައި މަޑުކުރަން..” އަލްޔާ އެހެން ބުނެލުމުން ޒައިލީން މަތީ އެނދަށް އަރާ ދެލޯ މަރާލިއެވެ. އޭނާގެ ސިކުނޑީގައި އުފެދެމުން އައި ތޫފާން މަޑުޖައްސާލަންވެގެން އެނޫންގޮތެއް ޒައިލީންއަކަށް ނުވިސްނުނެވެ. “ދެ އޮޕްޝަން.. ސްކޫލުން ކެނޑިގެން މަންމިމެން ގާތަށް ދިޔުން.. ނޫނީ މިތަނުގައި އެބުނާ ހަންޓަރުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރުން..” ޒައިލީން ބުނެލިއެވެ. “މިކަމުގައި ކަންބޮޑުވާންޖެހޭނީ މިސްޓަރ ނެއިލޮންއެއްނު..؟ އަހަރެމެން އެންމެން މިކަމުގެ ތެރެއަށް ވައްދައިގެން ކިހިނެތްތަވަނީ..؟ ދެޓްސް ސޯ ބޭޑް..” ޒައިދާން އޭރުވެސް އޮޅުން އަރައިގެން ސުވާލު ކުރަމުން ދިޔައެވެ.
“އެމީހުންގެ ބޮޑު ލަޝްކަރެއް އޮވޭ.. މިސްޓަރ ނެއިލޮން އެކަނި ކިހިނެތް އެ އެންމެންނާއި ކުރިމަތިލާނީ..؟ އެހެންވެގެން މިސްޓަރ ނެއިލޮން ސްކޫލް ހުޅުވީ.. އަހަރެމެން އެސްކޫލަށް ގެންގޮސްގެން އަހަރެމެންނަށް ނެއިލޮން އާއި އެ ފަށް ރައްކާތެރި ކުރުވުމުގެ މަސައްކަތް ހަވާލު ކުރަންވެގެން..” އަލްޔާ ބުނެލިއެވެ. “ހީ އިޒް ޔޫސިން އަސް.. މިސްޓާރ ނެއިލޮން އަހަރެމެން އެ ބޭނުންކުރަނީ ޝީލްޑެއްގެ ގޮތުގައެއްނު..؟” ޒައިދާން ބުނެލިއެވެ. “ތިހެން ބުންޏަސް ރަނގަޅުވާނެ.. އެކަމަކު އެ ހަންޓަރުން އައިސް ނެއިލޮންސަރ ގެ އަތުން އެ ފަށް ނަގައިފިއްޔާ ޒައިދާންވެސް ޒައިދާންގެ ފެމެލީވެސް ސަލާމަތެއް ނުވާނެ..” ހެއިލަން ވިސްނައިދޭން މަސައްކަތް ކުރިއެވެ. “ޔާ.. އެމީހުންނަށް އެ ފަށް ލިބިއްޖެނަމަ އެކަކުވެސް ސަލާމަތެއް ނުވާނެ.. މީ ނެއިލޮން ސަރ ބުނެދިން ގޮތް.. އެ ހަންޓަރުން އެންމެން މަރާލާނީކަމެއް ދިރި ހުއްޓާ ވަޅުލާނީކަމެއް އަހަރެމެންނަކަށް ނޭނގޭ..” އަލްޔާ ކިޔައިދިނެވެ. “ވީ ވިލް ސްޓޭ..” ޒައިލީންގެ އަޑަށް ހެއިލަންއަށް ހިނިތުންވެވުނެވެ. ޒައިދާންވެސް ފުންނޭވާއެއް ދޫކޮށްލާފައި އެންމެފަހުން އެއްބަސްވިއެވެ. ހެއިލަން ދިޔަގޮތަށް ގޮސް ޒައިލީންއާއި އަތާއަތް ޖެއްސެވެ.
“ބަޓް.. އަލްޔާ އެކިޔައިދިނީނު.. ހަނދާން ބަހައްޓާތި.. އަހަރެމެން ހަތަރު މީހުން އެކަކު އަނެކަކަށް އެކަނި އިތުބާރުކުރާނީ ސިލްވަރ ސްވާންއަށް ބަދަލުވަންދެން.. އެބުނީނު މަރުވާ މީހުންނަށޭ އެޖިންނި ތައް އަމާޒުކުރާނީ.. އެހެންވެ ކޮންމެ މީހެއްގެ ސިފައިގައިވެސް އެއެއްޗެހި އަތުވެދާނެ.. އެހެންވެ ބަލައިގެން އުޅެންވާނީ..” ހެއިލަން ބުނެލިއެވެ. ހެއިލަން އެހެން ބުނީ ވަކި މަގްސަދެއް އޮވެގެންނެވެ. އެއީ އިޔާން އުޅުނުގޮތުން ހެއިލަންގެ ހިތުގައި ނުބައި ޝައްކެއް އުފެދިފައި ވާތީއެވެ. ”އޯކޭ.. ހިނގާ ކިޔަވަމާ..؟” ކިޔެވުމުގެ ހިޔާލުދިނީ އަލްޔާއެވެ. ”އާފިލާވަޅެއްނޫން.. އެކަމަކު އަލުން މުރާޖާއާ ކޮއްލަން އިއްޔެ ކިޔެވި ބައިތައް..” ޒަކުވާން ބުނެލިއެވެ. “އޯކޭ..” ޒައިލީން އެއްބަސްވިއެވެ.
މުޅި މެންދުރާއި އަސުރު ހޭދަވީ ކިޔެވުމުގައެވެ. އެ ކިޔެވުމުގެ ތެރޭގައި މަޖާކުރުމާއި ސީރިއަސްނޫން ކުދިކުދި ޒުވާބުތައް ކުރުންވެސް ހިނގައިގެން ދިޔައެވެ.
“އޭ ދެން ނިންމާލަމާ..؟ މިހާރު ވާވަރަށް ކިޔެވިއްޖެ ކަންނޭނގޭ..” ޒައިލީން ހިސާބުފޮތް ލައްޕާލަމުން ބުނެލިއެވެ. “ދޮގެއްނޫން.. މަޖާކުރުމާއި ކިޔެވުމުގެތެރޭގައި ވަގުތު ދިޔަގޮތްވެސް ނޭނގުނޭ..” އަލްޔާ މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. “ހްމްމްމް..” ހެއިލަން އެހެން ބުނަމުން ފޮތްތައް ދަބަހަށް ލާން ގުދުވެލިއެވެ.
“ކާންދަމާ..؟ ބަނޑުހައެއް ނުވޭތަ ތިއިން އެކަކުވެސް..؟” ބަނޑުން އަޑު ކިޔުމުން ޒައިދާން އެއްސެވެ. “އޯކޭ.. ނިންމާލާފައި މިތަނުގެ ޕޫލްއަށް ދަމާ..؟ ޕޫލްއަށް ގޮސްފައި އަންނާނީ އަށެއް ޖަހާކަށް ހާއިރު.. އައިސްފައި ފެންވަރައިގެން ކައިގެން ނިދާނީ..” ހެއިލަން ބުނެލިއެވެ. “ޔެސް ޔެސް.. ކެފެޓޭރިއާއަށް..” އަލްޔާ ރޫމްގެ ތަޅުދަނޑި ނަގަމުން ބުނެލިއެވެ.
އެންމެންއެކީގައި ނުކުތެވެ. ވަށައިގެން ބަލާލަމުން އަލްޔާ ވަރަށް ރަނގަޅަށް ދޮރު ތަޅުލިއެވެ. އަދި ތަޅުދަނޑި ޖީބަށްލަމުން އަލްޔާވެސް ހިނގައިގަތެވެ.
“ކޯންޗެއްބާ މެނޫގައި ހުރީ..؟” މޭޒުމަތީގައިވާ މެނޫ ނަގާލަމުން ހެއިލަން އެއްސެވެ. ”މިތަނުގައި މި މީހުން ކާންދޭނެ އެއްޗެއްވެސް އެނގެނީކީއެއް ނޫން..” ބޮލަށްވަތް ޚިޔާލަކުން ފަކުރު ގަނެގެން އަލްޔާ ބުނެލިއެވެ. “ތިބުނީ ޕޯކް.. އޫރުމަސްކަހަލަ އެއްޗެހީގެ ވާހަކަދޯ..؟” ޒައިލީންވެސް ފަކުރުގަނެގެން ބުނެލިއެވެ. “ވަޓްސް ރޯންގް ވިތް ދެޓް..؟” ހެއިލަންއަކީ މުސްލިމު ކުއްޖަކަށް ނުވުމުން އޭއްޗެހި ކައި އުޅެއެވެ. “އެއީ ހަރާމް އެއްޗެކޭ…” ހެއިލަންއަށް ނޭނގޭނެކަން އެނގޭ ހާލުވެސް ޒައިލީން ދެލޯ ކުޑަކޮށްލާފައި ބުނެލިއެވެ.
ބޯއަރިކޮށްގެން ހެއިލަން ހުރީ އެ ބުނި ބަހުގެ މާނައާއި ދޭތެރޭ ވިސްނާށެވެ. “ޔެސް.. އެކަހަލަ އެއްޗެހި ހުރެއްޖެނަމަ ބޭރުން އެއްޗެއް ގަނެގެން ކާލާނީއޭ.. މާ ކަން ބޮޑުނުވެބަލަ ލޭޑީސް..” ބޯހޫރުވަމުން ޒައިދާން ބުނެލިއެވެ.
“ޒައި ކާން ބޭނުމީ އައިސްކްރީމް އާއި ޗޮކްލެޓް ޗިޕްސް.. ބޯނީ ހޮޓް ޗޮކްލެޓް..” ޒައިލީން އޯޑަރު ދިނުމުން އެހެން އެންމެންވެސް އައިސްކްރީމާއި ޗޮކްލެޓް ޗިޕްސްއަށާއި ހޮޓް ޗޮކްލެޓް އަށް އޯޑަރުދިނެވެ. އިރުކޮޅެއްގެ ތެރޭގައި ވެއިޓަރު އެކުދިންގެ ކާއެއްޗެހިތައް ގެނެސްދީފިއެވެ. ޒައިލީންއަށް ފުރަތަމަ އެ ޗޮކްލެޓް ޗިޕްސްއިން އެތިކޮޅެއް ކާލެވުމާއިއެކީގައި ފާޑެއްގެ ގޮތެއްވިއެވެ. އޭތި މާފިނީ ތޯއްޗެކެވެ. ޒައިލީން ވާވަރަށް ޗިޕްސް ކެއެވެ. ޗިޕްސް ކައި ނިންމާފައި އައިސްކްރީމް ތަށިވެސް ހުސް ކޮއްލާފައި ޒައިލީން ހޮޓްޗޮކްލެޓް ތަށިވެސް އެއްނޭވައިން ބޯލިއެވެ. ޒައިލީން ކަންތައްތަކާއި ދޭތެރޭގައި ވިސްނާވަރު އެހެން ކުދިންނަށް ނަގައިގަނެވުނެވެ. އަލްޔާ ރުފިޔާ ލާ އެތީގެތެރެއަށް ރުފިޔާ ލިއެވެ.
“ޗިލް ޒައި.. އަދި އެހާ ބިރުގަންނަވަރުގެކަމެއް ދިމައެއް ނުވޭނު..” ޒައިލީން ހަމަޖައްސާލަން ވެގެން އަލްޔާ ބުނެލިއެވެ. ނަމަވެސް ޒައިލީން އެއަށްވުރެ ކުޅަދާނައެވެ. “ޒައިއަށް އެނގޭ ތިމީހުން ޒައި މާވަރަށް ވިސްނާތީކަން ތިހެން ތިބުނީ..” ޒައިލީން ބުނެލިއެވެ. ”އިޓްސް އޯކޭއޭ ބޭބީ ކޮއްކޮގަނޑާ…” ޒައިދާން ބުނެލިއެވެ. ޒައިލީން އެދިމާލަށް ބަލާލަމުން ނެޕްކިން ހިފައިގެން ޒައިދާން އާއި ދިމާލަށް ދުއްވައިގަތެވެ. ޒައިދާންވެސް އަތުނުވާންވެގެން ދުއްވައިގަތެވެ. ހެއިލަން ބޯހޫރުވާލާފައި ދުއްވައިގަތެވެ. އަލްޔާވެސް ހެމުން ދުއްވައިގަތެވެ. ”ހުރެބަލަ ދޮންބެ ގަނޑަށް ލަނޑެއް ދޭނަން.. ބޭބީ ކޮއްކޮ ގަނޑޭ ކިޔަންޖެހޭތަ..؟” ޒައިލީން ދުވަމުން ޒައިދާންއަށް އިވޭވަރަށް ބުނެލިއެވެ.
ރޫމްއާއި ހަމައަށް ދެވެން ވާއިރަށް ޒައިލީން ޒައިދާންގެ ގައިގައި ވަރުގަދަ ބޮނޑިއެއް އަޅައިފިއެވެ. ނެޕްކިން އެއްލާލާފައި ޒައިލީން އަލްޔާގެ އަތުން ތަޅުދަނޑި ހޯދާފައި ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުނުތަނާ ޒައިލީން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ޒައިލީން ހުރިތަން އަލްޔާ ހެއިލަންއަށް ދައްކާލިއެވެ. ގަލުން ހަދާފައިވާ އެއްޗެއް ފަދައިން ޒައިލީން ހުންނަން ފެށުމުން ހެއިލަން ގޮސް ބަލާލިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





☺️Woooooow☺️Mi part adhey thw mulhi dhuvahu inthizaaruga hurin?☺️ Varah awesome history eh?anehkaa zai ah koahchehba e fenuny ☺️❤️ Maasha Allah Mi part Varah reethi ?? waiting curiously for the next part ??Lyssm Yoon TC???
Thnxxx Maash dear ?? Love u so much more dear?
☺️?By the way me first dhw☺️
Labba Maash u first dear ??? stay safe dearlin ? tgc
Alheyyy… Dhn vaany kihineiy baa… Plz avahah up Jolla dhechey…. Varah ufaa vey yoooon he stry mihaa reethi v ma…. Love you dear…. V ufaa vey hurihaa part akah cmmt kureveythee vx… So much loving and so awesome story… Love you dear… Waiting for next❤️❤️❤️❤️❤️
Thnxxx Eekko 11 ????? Issoke dear I understand eyyy ??? TC n stay safe dearlinggg ?? love u so much more ingeiii ??? keep waiting
Ohh woww…. Me second dho❤️??
Labba dear u second mi faharu ???? tc
Varah reethi mi part ves curiously waiting for the next part ☺️ take care ♥️♥️♥️
Thnxxxxx Starlight vixx ???? you take care too
vvvvvvvv vvvvvvvv nice ige .masha allah..when next
Thanxxies luciyaa ??? vrh happy ??? soon ingeii
Vvvvv nice as usual……….. curiously waiting for the next ??????……..lots and lots of love and take good care Yoon……..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thnxxxxx Een ???? with more and more love for u dear ??? Take good care ??? Stay safe Dearlin Een ?? much Lovesss