ނޭނގި ވެވުނީ ލޯތްބޭ- 4
“ރީމް… އެބަ އަންނަން މިގެއަށް ވަދެލާފަ އިނގޭ… ރީމްވެސް އަންނަންވީނު؟” ޔޫޝައު ރީމް ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ.
“ޔޫޝައު ވަދޭ! އަހަރެން މި ޖޯލީގަ އިށީނދެލައިގެން އިންނާނަން! ބައި ދަ ވޭ… ކާކުގެ ގެއެއްތަ އެއީ؟” ރީމް އެހިއެވެ.
“އެއީ… މައި ލަވްގެ!” އެގެއާއި ދިމާލަށް ހިނގައިގަންނަމުން ޔޫޝައު ބުނެލިއެވެ. ރީމް ހެވިފައި ހުރެ ދެފަރާތައް ބޯހޫރުވަމުން ޖޯލީގައި އިށީނދެލިއެވެ. އެހެން އިންދައި ރީމްގެ ލޮލަށް އަޅައިގަތީ އެގެއިން ނުކުތް ފިރިހެނަކަށެވެ. އޭނާވެސް ރީމް ފެނިފައި ސިއްސައިގެންދިޔަ ކަހަލައެވެ. ދެފަރާތް ބަލާލައިފައި ވަރަށް ނޫން ކަމަށް ހަދައި އެމީހާ އަވަސް ހިނގުމެއްގައި ގޮސް އަނެއް ގޯޅިއަށް ލަނބައިލިއެވެ. ރީމްގެ ސިކުނޑި މިހާރު ސުވާލު ތަކުން ފުރި ބަންޑުންވަނީއެވެ. އެއީ ކާކުތޯ ރީމް ހޯދަން ބޭނުންވިއެވެ. އެގޭ މީހެއް ތޯ ބަލަން ރީމް ބޭނުންވިއެވެ. ގޭ މީހެއް ނަމަ ސިއްސައިގެން ދާންވީ ކީއްވެ ހެއްޔެވެ؟ ސިއްސައިގެން ދިޔަޔަސް އެހާ ފާޑަކަށް އެ އުޅުނީ ކީއްވެ ހެއްޔެވެ؟ އެތާނގައި އިނދެ ބޯގޮވައިފާނެތީ އިތުރަށް އެތާނގައި ނީނދެ އެގެއަށް ވަންނަން ރީމް ހިނގައިގަތެވެ.
“ލަމްނާ! ސަޕްރައިޒް!!” ޔޫޝައު އެގެއަށް ވަދެ ބަދިގޭގައި ފެން ބޯންހުރި ލަމްނާ ސިއްސުވައިލަމުން ބުނެލިއެވެ.
“ޔޫޝައު؟ ކޮން އިރަކު ރަށައް އައީ؟” ޔޫޝައު ހުރި ފަރާތަށް އެނބުރެ ހައިންރާންވެ ހުރެ ލަމްނާ އަހައިލިއެވެ.
“އިއްޔަ އައީ… ދޮންތަ ފިޔަވައި އެހެން މީހަކަށް ނޭނގޭނެ އަހަރެން އަންނަ ކަމެއް!” ޔޫޝައު ބުނެލިއެވެ.
“އަޅޭ… ހާދަ މިސްވިއޭ ޔޫޝައު މަތިން! ދޭ ސޯފާގަ އިށީނދެލަން… މި އަންނަނީ ޖޫސްތައްޓެއް ގިރާލައިގެން!” ވަރަށް ލޯބިން ލަމްނާ ބުންޏެވެ.
“އޯކޭ!” މިހެން ބުނެފައި ޔޫޝައު ބަދިގެއިން ނުކުމެ އެގޭ ސިޓިންރޫމުގައި އިން ކަޅު ކުލައިގެ ސޯފާގައި އިށީންނަން ހިނގައިގަތެވެ. ޔޫޝައު ސޯފާގައި އިށީނދެލިތަނާހެން ދޮރުކައިރިން މީހަކު ވައިއަޑުން ޔޫޝައު އަށް ގޮވުމުން އޭނާ ސިއްސައިގެން ގޮސް ތެދުވެ ފަހަތް ބަލައިލިއެވެ.
“ރީމް!” ޔޫޝައުވެސް ރީމްއަށް ގޮވީ ވައި އަޑުންނެވެ. ޔޫޝައު އަށް ވީގޮތް ފެނި ރީމްގާތަށް ހިނިއައެވެ.
“ކިހިނެއްވީ؟” ދޮރާއި ދިމާލަށް ހިނގައިގަންނަމުން ޔޫޝައު ބުނެލިއެވެ.
“ކަމެއް ނުވޭ…” ރީމް ބުންޏެވެ.
“ފޫހި ވީ ދޯ… އޭރުވެސް ބުނީމެންނު އަންނާށޭ!” ރީމްއާއި އެކު އެގެއަށް ވަންނަމުން ޔޫޝައު ބުންޏެވެ.
“ތި ދެ ލަވް ބާޑުންނަށް ޖެހޭނުންނު ސްޕޭސްދޭން!” ލާނެތް ހިނިތުންވުމެއް ޔޫޝައުއަށް ރައްދު ކުރަމުން ރީމް ބުނެލިއެވެ.
“ސާބަސް!” ޔޫޝައުވެސް ހެވިފައި ހުރެ ބުންޏެވެ. ދެމީހުންވެސް ގޮސް ސޯފާގައި އިށީނދެލި ވަގުތަކީ ލަމްނާ ބަދިގެއިން ނުކުމެގެން އައި ވަގުތެވެ. ރީމް ޔޫޝައުއާއި މާ ހެވިފައި ވާހަކަ ދައްކަން އިންތަން ފެނުމުން ލަމްނާ ހިތްހަމަނުޖެހުނެވެ. މޫނަށް ގަދަކަމުން ހިނިތުންވުމެއް ގެންނަމުން ލަމްނާ އެމީހުންނާއި ދިމާލަށް ހިނގައިގަތެވެ.
“ލަމް، އައީތަ؟ މީ ރީމް… ދޮންތަގެ ބެސްޓް ފްރެންޑް އެންޑް ވެޑިންގ ޕްލޭނާ… މިހާރު އަހަރެންގެވެސް ފްރެންޑެއް!” އެއްފަހަރު ރީމް އަނެއްފަހަރު ލަމްނާއާއި ދިމާލަށް ބަލައިލަމުން ޔޫޝައު ބުނެލިއެވެ. “ރީމް… މިއީ ލަމް… މައި ބެޓާ ހާފް!” ލަމްނާއާއި ދިމާލަށް ހީނލަމުން ޔޫޝައު ބުނެލިއެވެ.
“ނައިސް ޓު މީޓް ޔޫ، ލަމްނާ!” ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން ރީމް ބުންޏެވެ.
“ނައިސް ޓު މީޓް ޔޫ ޓޫ، ރީމް! ވަރަށް ލޯބި ނަމެއް!” ސަލާމް ކުރަން ނުކުރަން ހުރެފައި ލަމްނާ ސަލާމް ކޮށްލިއެވެ.
“ތޭންކްސް” ލަދުރަކި ގޮތަކަށް ރީމް ބުނެލިއެވެ.
“އަންނާނަން ރީމްއަށްވެސް ޖޫސްތައްޓެއް ހިފައިގެން!” ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން ލަމްނާ ބުންޏެވެ.
“އޯކޭ ވާނެ ނުގެނަޔަސް… ސައި ބޮއެގެން މިއައީ!” ރީމް ހިނިތުންވެލާފައި ބުންޏެވެ.
“އެހެން ދޯ؟ ޔޫޝާއު މެންގޭގަތަ އުޅެނީ؟” ލަމްނާ އަހައިލިއެވެ.
“އާން!” ރީމް ދިނީ ކުރު ޖަވާބެކެވެ.
“އެހެންމަ ދިމާވާނެ ދޯ ވަރަށް އަވަހަށް… ޔޫޝައުގެ މަންމަ ގާތު ވަރަށް އަވަހަށް ޔޫޝައުއާ އަހަރެންގެ ގުޅުން ވާހަކަ ދައްކާނަން ދޯ؟” ޔޫޝައުއަށް ދޯ ދެމުން ލަމްނާ ބުނެލިއެވެ.
“އާން! މިރޭ އަންނަންވީނު އަހަރުމެންގެއަށް!” ޔޫޝައު ބުންޏެވެ. ޔޫޝައުއާއި ލަމްނާ ވާހަކަ ދައްކަމުން ދިޔައިރު ރީމް ދިޔައީ ގޭތެރެއަށް ލޯހިންގަމުންނެވެ.
“ކާކު ތި ހޯދަނީ؟” ލަމްނާ ގެ ސުވާލު އަމާޒުވީ ސީދާ ރީމްއަށެވެ.
“ހަހް؟ ނޫން މީހެއް ނުހޯދަން… ގޭގަ އިތުރު މީހަކު ނޫޅޭތީވެ!” ފުރުސަތުގެ ބޭނުން ހިފާ ރީމް ކުރަން ބޭނުންވި ސުވާލު ލަމްނާއަށް ކުރިއެވެ.
“އޯހް… ގޭއެކެށްވެސް ނެތްރަށަކު… މަންމަ ބަލިވެގެން ރާއްޖެއިން ބޭރަށް ގޮސްވީ!” ލަމްނާ ބުނެލިއެވެ. ޔޫޝައު ގާތު އެވާހަކަ ބުނަންވީތޯ ނޫނީ ނުބުނަންވީތޯ ރީމް ވިސްނަން މަސައްކަތް ކުރިއެވެ. ނަމަވެސް ވިސްނާލާ ކޮންމެ ފަހަރަކު އޭނާގެ ބޮލުގައި ރިއްސައިގަނެއެވެ.
“ރީމް؟ ކިހިނެއްވީ؟” ރީމް އޭނާގެ ނިތްކުރީގައި އަތްލައިގެން އިނުމުން ޔޫޝައު އަހަލިއެވެ.
“ނޫން ކަމެއް ނުވޭ!” ޔޫޝައު ގޮވުމުން ސިހިފައި ރީމް ބުނެލިއެވެ. ޔޫޝައުގެ ސަމާލުކަން ރީމްއަށް ލިބުނީތީ މިކަމާ ލަމްނާ ނުރުހުނެވެ. ވަގުތުން އޭނަގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު ރޯވާން ފެށިއެވެ. ލަމްނާގެ އެއްޗަކީ ލަމްނާގެ އެއްޗެކެވެ. އޭނަގެ އެއްޗަކަށް އެހެން މީހަކު ބަލައިލިޔަސް އޭނާ ރުޅި އާދެއެވެ. އިނގިރޭސި ބަހުން ބުނާނަމަ ލަމްނާއަކީ ވަރަށް “ޕޮސެސިވް” މީހެކެވެ.
“މި އަންނަނީ ރީމްއަށް ފެންތައްޓެއް ހިފައިގެން!” ކަންބޮޑުވެފައި ހުރި ކަމަށް ހެދިގެން ބަދިގެއަށް ގޮސް ފިނިފެން ތައްޓެއް ހިފައިގެން ލަމްނާ ސިޓިންރޫމަށް އައެވެ.
“ރީމް..” ފެންތަށި ރީމްއަށް ދިއްކޮށްލަމުން ލަމްނާ ރީމްއަށް ގޮވައިލިއެވެ. ރީމްއަށް ރަނގަޅަށް ފެންތަށި ނުވެސް ހިފެހެއްޓެނީސް ލަމްނާ ފެންތަށި އޭނަ އަތުން ދޫކޮށްލިއެވެ. ފަޅި ސުކުންތެއް ތެރޭ ތަށި ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ފެންތައް ރީމްގެ ގަޔަށް ބުރައިގެން ދިޔައެވެ.
ލިބުނު ސިހުމެއްގެ ސަބަބުން ރީމްއަށް ކޮޅަށް ތެދުވެވުނެވެ. ޔޫޝައުއަށްވެސް ވީ ހަމަ މިވަރެވެ.
“ވަރަށް ބޮޑަށް ސޮރީ ރީމް!” ލަމްނާ ބުންޏެވެ.
“އާހް!!” ފަޔަށް ތަދުވެގެން ރީމްއަށް ސޯފާ މައްޗަށް ޖެހިގަނެވުނެވެ.
“ރީމް؟! ފައި ދައްކާލަބަލަ!” ޔޫޝައު ރީމް ގާތު އިށީންނަމުން ރީމްގެ ފައިގެ ދަށްފުއް ބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. ފަޔަށް އިނީ ބިއްލޫރި ކޮޅެއް ހެރިފައެވެ. ހެރިފައި އިންތަނުން ހޯސްލާފައި ލޭފައިބަނީއެވެ.
“ދައްކަ އަހަރެން ތި މުށި ކޮޅު ނައްޓައިދޭން!” ލަމްނާ ރީމް ގާތަށް ޖެހިލަމުން ބުންޏެވެ.
“ނޫން! އަތްނުލާތި!” ލަމްނާ ރީމްގެ ފަޔަށް އަތްލަން އަތް ނެގިތަނާހެން ޔޫޝައު އޭނަގެ އަތުގައި ހިފައިފައި ހުއްޓުވިއެވެ. “ހޮސްޕިޓަލަށް ގުޅާބަލަ! ބިއްލޫރި ކޮޅެކޭ ހެރިފަ އިނީ… ވަރަށް ބައިވަރު ލޭވެސް އެބަ އާދޭ! ލަމްނާ! އަވަސް!” ޔޫޝައުއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އައިސްފައި ހުރި ރުޅި ކޮންޓްރޯލު ކުރަމުން ފޯނު ނަގައި ރަށު ހޮސްޕިޓަލަށް ލަމްނާ ގުޅިއެވެ.
“ލަމް! ދޭބަލަ ޓިޝޫއެއް ހިފައިގެން އަންނަން!” ޔޫޝައު ބުނެލިއެވެ. ލަމްނާ އިތުރަށް ރުޅި އައެވެ.
“ޔޫޝައު ތި ހީކުރީ އަހަރެންމީ ތިދެމީހުންގެ ނޯކަރުތަ؟ އޭނ! ޔޫޝައު! ތި ރީމްގެ އަތުން ދޫކޮށްބަލަ!” ޔޫޝައުއާއި ރީމް ދުރުކުރަމުން ލަމްނާ ހަޅޭއްލަވައިގަތެވެ.
“ލަމް! ކިހިނެއްވެފަތަ ތިހިރީ؟؟ ރީމްގެ ފަޔަށް މިއޮތީ ބިއްލޫރި ކޮޅެއް ހެރިފަޔޭ!” ޔޫޝައުވެސް ހަޅޭއްލަވައިގަތެވެ.
“އެހެވޭ ރީމްއަށް ކޮންމެ ގޮތެއްވިޔަސް! ޔޫޝައު ތީ ހަމައެކަނި އަހަރެންގެ މީހެއް!” ލަމްނާ ބުންޏެވެ.
“މަޑުން ހުރޭ!” ޔޫޝައު ބުންޏެވެ.
*****
“ލަމް! ލަމް؟ ކޮބާތަ ޓިޝޫ؟؟” ޔޫޝައު ލަމްނާ ގާތު އެހިއެވެ.
“ކީކޭ؟” ޙިޔާލީ ދުނިޔެއިން ހަޤީޤީ ދުނިޔެއަށް އަންނަމުން ލަމްނާ އަހައިލިއެވެ.
“ޓިޝޫ ކޮބާހޭ؟” ރީމްއަށް ތެދުވަން އެހީތެރި ވެދެމުން ޔޫޝައު އަހައިލިއެވެ.
“މި އަންނަނީ ޓިޝޫ…” ލަމްނާއަށް މިހާހިސާބަށް ބުނެވުނު ތަނާ އެމްބިއުލަންސްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ޔޫޝައު ރީމް ގޮވައިގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ފަހަތުން ލަމްނާވެސް ހިނގައިގަތެވެ. ރީމް އެމްބިއުލެންސް ފަހަތަށް އަރުވައިފައި ޔޫޝައު ފަހަތަށް އެނބުރެލިއެވެ.
“ލަމް…ލަމް މަޑުކުރޭ ގޭގަ އިނގޭ… ރީމް ގެއަށް ދޫކޮށްލީމަ އަހަރެން ގުޅާނަން އިނގޭ… ލަވް ޔޫ!” ޔޫޝައު މިހެން ބުނެ އެމްބިއުލެންސަށް އަރައި ހޮސްޕިޓަލަށް ދާން ނައްޓާލިއެވެ. އެމްބިއުލެންސް ލޮލުގެ ކޮޅަށް ގެއްލެންދެން ލަމްނާއަށް ބަލަން ހުރެވުނެވެ.
“ރީމް… އަދި ރީމް އައިތާ ރަނގަޅަށް އެއްދުވަސް ވެސް ނުވޭ ތިއުޅެނީ އަހަރެންގެ ޔޫޝައު އަހަރެން އަތުން ޖަހައިގަންނަންތަ؟ ނޫން! ހަމަހިލާ ތިކަމެއް ނުވާނެ! ތިހެން ވިޔަކަ ނުވެސް ދޭނަން! ޔޫޝައު އިސް އޮންލީ މައިން!!” ލަމްނާގެ ދެއަތް މުށްކެވިގެން ދިޔައެވެ. އޭނާގެ ހިތުގައިވާ ނަފްރަތުގެ ހުޅުކޮޅަށް ރީމް ފެންނަ އިރަށް ތެޔޮ އެޅޭފަދައެވެ. އައި ރުޅިއެއްގެ ސަބަބުން ގެޔަށް ވަދެ ބާރު ބާރަށް ކޮޓަރި ދޮރު ޖަހައި ތަޅު ލިއެވެ. އޭރު ލަމްނާއަށް މައި ނޭވާ ލެވެނީއެވެ. ދިޔަ ގޮތަށް ގޮސް އެނދުމަތީގައި ހުރި ބާލިސްތައް އެތަން މިތަނަށް އުކަން ފެށިއެވެ. އެނދުމަތީގައި އަޅައިފައި އޮތް ބެޑުޝީޓުވެސް ނަގައި ހޫރުވައިލިއެވެ. ލަމްނާގެ ހަށިގަނޑު ތުރުތުރު އަޅަނީއެވެ. ކުރިމަތީގައި އިން ކަބަޑު މަތީގައި އިން ބިއްލުރި ފެންފުޅި ބިންމައްޗަށް ވައްޓައި ތަޅައިލިއެވެ. އެވަރު ނުފުދިގެން ކޮޓަރީ ކަނެއްގައި އިން ކުޑަ މޭޒުގައި ފައިން ޖަހައި އެވެސް ވައްޓާލިއެވެ. މަޑު ހިނގުމެއްގައި ލަމްނާ ކޮޓަރީގެ ކަނާއި ދިމާލަށް ހިނގައިގަތެވެ. ފާރުގައި ލެނގިލައިފައި މަޑު މަޑުން ލަމްނާ ތިރިވާން ފެށިއެވެ. ތިރީގައި އިށީނދެވުމާއި އެކު ފައި ގަޔާއި ކައިރި ކޮށްލައި ފައި ވަށާ އަތް އަޅުވާލިއެވެ. ލަމްނާ ލާ ބަރު ނޭވާގެ އަޑު މުޅި ކޮޓަރީގެ ހިމޭންކަން ނާގާލައެވެ. ލަމްނާއަށް އެހެން އިނދެވުނީ ގުޑާވެސް ނުލައެވެ.
ރީމްގެ ފައިން ބިއްލޫރި ކޮޅު ނައްޓަންދެން ޔޫޝައު ރީމް ގާތު މަޑުކުރިއެވެ. ބިއްލޫރި ކޮޅު އެހާ ބޮޑު ނުވިނަމަވެސް ވަރަށް ބައިވަރު ލޭއައެވެ. އެހެންކަމުން ލޭމަނާވާން ތަންކޮޅެއް ގިނަ އިރު ނެގިއެވެ. ފައިގައި ބޭސް އަޅައިފައި ރީމް ގެއަށް ދޫކޮށްލިއެވެ. އެމްބިއުލެންސް ގޮސް ޔޫޝައުމެންގޭ ދޮރު މައްޗަށް މަޑުކުރުމުން ރީމްއާއި ޔޫޝައު ފައިބައިގެން އެތެރެއަށް ވަންނަން ހިނގައިގެތެވެ. ދެއަތުން ޔޫޝައުގެ ކަނާއަތުގައި ހިފަހައްޓައިގެން ރީމް ގެއަށް ވަނީ ކޮރަމުން ކަހަލަ ގޮތަކަށެވެ.
“ސުބުހާނަﷲ! ރީމް؟ ދަރިފުޅާ ފަޔަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟” ގެއަށް ނުވެސް ވަދެވެނީސް ދޮރު ކުރިމަތީ ހުރި މަރިޔަމް ރީމްގާތަށް ދުވަމުން ކަހަލަ ގޮތަކަށް ދިޔައެވެ.
“ހަސަނޫ! އައިނާ! އައިސްބަލަ! ކޮން ބޭސްގަނޑެއް އަޅާފަ ތިއޮތީ؟” ރީމްގެ އަތުގައި ހިފަހައްޓައިފައި މަރިޔަމް އެހިއެވެ.
“ލަމް…” ރީމްއަށް މިހާހިސާބަށް ބުނެވުނެތަނާ ޔޫޝައު ލޮލުގެ އިޝާރާތުން އެއްޗެކޭ ނުބުނެ މަޑުކުރަން ބުންޏެވެ. ސުވާލު އުފެދުނު ނަމަވެސް ރީމް ނިންމީ ހަނުހުންނާށެވެ.
“މަންމާ… އެތެރެއަށް ވަދެފަ ބުނާނަން!” ޔޫޝައު އަވަހަށް ބުނެލިއެވެ. ރީމް އެތެރެއަށް ވެއްދި އިރު ގޭ އެންމެ ކަހަލަ ގޮތަކަށް ތިބީ ސިޓިންރުމުގައެވެ. ރީމް ސޯފާގައި ބައިންދައިފައި ޔޫޝައުވެސް ރީމްގެ މަގަތުގައި އިށީނދެލިއެވެ. އޭރު ގޭ އެންމެން ސޯފާ ވަށާލައިލައިފިއެވެ.
“މާ މަޝްހޫރު މީހަކު މިތާ އިނީތަ ސޯފާ ވަށައިލައިގެން ތި ތިބެނީ؟” ޔޫޝައު ސަމާސާ ރާގަކަށް ބުނެލިއެވެ.
“ރީމް… އަދިވެސް ފަޔަށް ތަދުވޭތަ؟” ހުދާ އަހައިލިއެވެ.
“ނޫން… އެހާ ބޮޑަކަށް ތަދެއް ނުވޭ… ކޮބާ ޔޫނުސް ނާދޭތަ؟” ރީމް އެހިއެވެ.
“އުހުން… އަދި އިރުކޮޅެއް ވާނެޔޯ!” އައިނާ ރީމް ގާތު އިށީނދެލަމުން ބުންޏެވެ.
“ހިނގާ ޕްލޭން ކުރަން ފަށަމާ!” ރީމް ބުންޏެވެ.
“އަދިވެސް ތިކަންތަ ނުކުރެވިފަ އޮތީ؟ ރީމް… ފަޔަށް ކިހިނެއްހޭ ތި ބިއްލޫރި ކޮޅު ހެރުނީ؟ ހަމަ ހުރެ ބަހައްޓާފައެއް ނުހެރޭނެދޯ!” މަރިޔަމްގެ އަޑުގައި ވަނީ ހާސްކަމެވެ.
“މަންމާ! މިރޭ ކިޔާދޭނަމޭ!” ޔޫޝައު މަރިޔަމް ގާތު ބުންޏެވެ.
“އެކީއްވެ މިރޭ؟” މަރިޔަމް އެހިއެވެ.
“މިރޭ އެބައޮތޭ ސަޕްރައިޒެއް! މަންމަ ވަރަށް އުފާ ވާނެ!” ޔޫޝާއު މަރިޔަމް ކުރިމައްޗަށް ހުއްޓިލާފައި ބުނެލިއެވެ. އޭރު އެންމެންގެ ނަޒަރު ވަނީ ޔޫޝައުއަށް ހުއްޓިފައެވެ.
“ކޮން ސަޕްރައިޒެއް؟” ޔޫޝާއުގެ ތިއްތަ ސުމައްޔާ އަހައިލިއެވެ.
“ދެން ތިއްތާ! މިރޭ އިނގޭނެ އެންނު!” ޔޫޝައު ބުންޏެވެ.
“ދެން އެކެއްވެސް އެއްވެސް ސުވާލެއް ނާހާތި… އެންމެންވެސް ބެކް ޓު ވޯކް!” ސާމަސާ ރާގަކަށް ޔޫޝައު ބުނެލިއެވެ.
“ތި ސަޕްރައިޒަށް އެބަ ޖެހެ އެންނު އިންތިޒާރު ކުރަން!” ކޮޓަރިއަށް ވަންނަމުން ނާހިލް ޖެއްސުން ކުރާ ފާޑަކަށް ޔޫޝައުއާއި ދިމާލަށް ބުނެލިއެވެ.
“ޔޫޝައޫ! ދޮންތަގެ ލޯބިވާ ކޮއްކޯ! ކޮން ސަޕްރައިޒެއްތަ!” އައިނާ އައިސް ޔޫޝައު ގާތު އިށީންދެލަމުން އަހައިލިއެވެ.
“ހެހެހެ… ސަޕްރައިޒް ވާނި ސަޕްރައިޒަކަށް… އަހަރެން މިދަނީ ކުޑަކޮށް ޖައްސާލަން!” ސޯފާއިން ތެދުވެ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން ޔޫޝައު ބުނެލިއެވެ.
“ދެން ހެވޭ ތިހާ ފޮނި ނުވިޔަސް! ރީމް… ރީމްއަށް އިނގޭތަ؟” އައިނާ ރީމް ގާތު އެހިއެވެ. އޭރު ހުދާއާއި ޒިއުނީ ސޯފާގައި އިށީންނަނީއެވެ.
“އަހަންނަކަށްވެސް ނޭނގޭ އޭނަ އެކިޔާ ސަޕްރައިޒެއް؟” ރީމް ތެދުތެދަށް ބުންޏެވެ.
“އަސްލުވެސް؟” އައިނާ ފުންނޭވާއެއް ލަމުން ބުނެލިއެވެ.
“އާން! ހިނގާ ކޮޓަރިއަށް ގޮސް ރާވަން ފަށަމާ ދޯ!” ރީމް ސޯފާއިން ތެދުވަމުން ބުނެލިއެވެ.
“އޭ!އޭ! ބަލައިގެން!” ހުދާ މިހެން ބުނެފައި ރީމްގެ އަތުގައި ހިފެހެއްޓިއެވެ.
“ސާބަސް ހުދާ! އަހަރެން މީ ކުޑަ ކުއްޖެއް ނޫނޭ!” ރީމް ހެވިފައި ހުރެ ބުނެލިއެވެ.
“ކުޑަ ކުއްޖެއްކަން އިނގޭނެޔޭ ޔޫޝައު ހުރި ނަމަ!” ޒިއުނީ ރީމްއަށް ޖެއްސެން ކޮއްލުމުގެ ގޮތުން ބުނެލިއެވެ.
“އެއްކަލަ!” ރީމް ބުންޏެވެ.
“ޕިސް ޕިސް! ތިމީހުން ތިނޫން ގޮތެއް ނުވާތި! އެބަ އަންނަން ތިއްތަ ގޮވައިގެން.. އިނގޭ!” އައިނާ އޭނަގެ ތިއްތަ ބަލާ އެކޮޓަރިއަށް ދިޔައެވެ. ބާކި ތިން މީހުން އެމީހުންގެ ކޮޓަރިއަށް ވަދެ ކުރަންވީ ކަންތައް ކުރަން ފެށިއެވެ.
ޔޫޝައު ކޮޓަރިއަށް ވަދެ ދިޔަ ގޮތައްގޮސް އެނދަށް ޖެހިގަތެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރީގައި ހުރި ބޮޑު ކުޑަ ދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލިން ކޮޓަރީގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އޮށޯވެގެން އޮތް “ކުވީން” ސައިޒު އެނދުގެ އެއްފަރާތުގައި ކުޑަވަރެއްގެ ކަބަޑެއް ބަހައްޓައިފައި ހުއްޓެވެ. އަދި އެ ކަބަޑު މަތީގައި “ލޭމްޕް” އަކާއި ޔޫޝައުގެ އަވި އައިނު އޮތެވެ. ކޮޓަރީގައި ލައިފައި ހުރި “ކްރީމް” ކުލައާއި ބެޑްރޫމް ސެޓު ވަރަށް ގުޅެއެވެ. ބަންޑުން އޮށޯވެލަމުން ޔޫޝައު ފޯނު ނަގައި ލަމްނާއަށް ގުޅާލިއެވެ.
“ހަލޯ ލަވް!” އެކޮޅުން ފޯނު ނެގުމުން ޔޫޝައު ލޯބިން ފުރިފައިވާ އަޑަކުން ގޮވައިލިއެވެ.
“ލަމް؟ ލަމް؟!” އެކޮޅުން އިވުނު ހަޅޭކުގެ އަޑާއިއެކު ޔޫޝައު އެދުމަތިން ތެދުވެ ލަމްނާއަށް ގޮވަން ފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



alheyyyyyyyyyyy kihinehbaa evy.. btw mi lamna aky haadha ehn kahala kuhjekey dhw. negative thinking.. pis pis pis.. balaabala rym ah vs hedhi goii.. vr foohi.. and nafu ah faahaga vi thaneh ingey.. rym men nubunany hen maryam ah kihineh enguny bihloori kolheh heruny kan.. dhn ekaku vs rym dhiyae konthaakah thw suvaaleh noofahdhaa.. dont take this comment as negative.. these are the points nafu ah fenunu.. rangalhu kohlaane kamah unmeedhu kuran ingey raaya.. btw vr vr vr vr furihama vaahak.. mi part vs vr rythi.. masha allah.. btw rashah kiyaairu innaany shaviyani sukun. not alifu sukun.. adhi vs ehfaharu vr rythi vr furihama vaahaka… curiously waiting for next part.. gud luck and keep it up raaya.. stay safe dear..
alhe raaya sorry.. nafu ah olhuny.. hykury adhi ebaa nugeney kamah.. vr vr vr bodah sorry.. rym men geyah aihey dhw edhiyae. i’m really sorry raaya.. 🙁
hehe yeah, lamna vrh negative dhw, keehkuraany! and dont worry i wont take it as a negative comment… raaya ah vx dhemme faahaga vy ethankolhu… really sorry for the mistake! and thanks for telling the sukun ethi… abadhuvx olhey ehcheh… hehe… dhn anna bai thakuga e mistakes thah rangalhu kohlaanan… thanks a lot nafu 🙂 btw… second comment ga e iny kon baehge vaahaka bunefatha?? geteh nuvi… you too stay safe ly
ulhunehnu rym gehligen.. nafu hykuri adhi ebaa nugenna kamah.. geyah dhiya vaahaka.. geyah ais saiboagennu emyhun anehka lamna men geyah dhiyae dhw.. hehe nafu kury part kuda koh handhaan nethifa huryma v gotheh eyyi.. sorry
hehe.. its ok… baehfaharu vaane ehnvx, mihaaru igihjje ehnnu dh ok vaane 🙂